ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/29 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/29
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 29/HC
-
A/2010
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޙަސީނާ މުޙައްމަދު
ކާޑު ނަންބަރު: A210358
ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު 9013
މިހާރުގެ އެޑްރެސް: ފ.ޑިއަރެސްޓް
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
، ދާއިމީ އެޑްރެސް:
* މިހާރުގެ އެޑްރެސް:
..
• ރަޖިސްޓްރީ ތާރީޚް: 02 ރަބީޢުލްއައްވަލު 1431"
16 ފެބްރުއަރީ 2010
* ނިމުނު ތާރީޚް: 28 ޛުލްޙިއްޖާ 1432
24 ނޮވެމްބަރ 2011
އުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: މަދަނީކޯޓުގެ ނަންބަރު: 2009/JC/2527
ނިންމެވި ފަރާތް: ޖިނާއީ ކޯޓް
• މައްސަލައިގެ ބާވަތް: ޚިޔާނާތްތެރިވުން
، ހުށަހެޅި ތާރީޚް: 20.12.2009
* ނިމުނު ތާރީޚް: 14.01.2010
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
2
2010/HC-A/29
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/2527 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ
ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ދަފްތަރު ނަންބަރު 9013، ޙަސީނާ މުޙައްމަދުގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މިމައްސަލައިގައި
އިސްތިއުނާފް ރައްދުވީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށެވެ.
0
ފާހަގަކުރެވުނު
:46
24 4 3 2 4 5 6
(l
އިސްތިއުނާފުކުރެވޭ ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/2527 ޤަޟިއްޔާގައި
ދަފްތަރު ނަންބަރު 9013، ޙަސީނާ މުޙައްމަދު، ސިވިލް ސަރވިސް ކޮމިޝަނުގެ މަސައްކަތު މީހެއްގެ ވަޒީފާގައި
އުޅެމުން އެކޮމިޝަނުގެ އެއްވެސް އެއްޗަކަށް ޚިޔާނާތްތެރިވިކަމަށް އިންކާރުކުރިނަމަވެސް، ޙަސީނާ މުޙައްމަދު،
ސިވިލް ސަރވިސް ކޮމިޝަނުގެ ބަދިގެ ތެރޭގައި ހުރި ކޮފީ ފުޅިއަކުން ކުޑަދަޅަކަށް ކޮފީ އަޅައިގެން ގެއަށް
ގެންދިޔަކަމަށާއި، ފާޚާނާ ސާފުކުރުމަށް ގެންގުޅޭ ކްލީން ކްލީން އާއި މޮޕްއަޅަން ގެންގުޅޭ ސޯކުލިން ފުޅިތަކުން
އެހެން ފުޅިތަކަށް އަޅައިގެން ގެއަށް ގެންދަނިކޮށް ދުށްކަމަށް ޏ.ފުވައްމުލައްހަވީރީގެ ޝަރީފާ އަޙުމަދުއާއި،
ށ.މިލަންދޫރިހިވެލިގެ މަރްޔަމް ނަޖީބާ ބުނާތީ، ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ޙަސީނާ
މުޙައްމަދުގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ދަޢުލަތުން ކުރައްވާފައިވާތީ، ޖިނާއީ ކޯޓުން ބެއްލެވި
މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "ދަޢުލަތުން ދ.ހުޅުދެލިހަވީރު ޙަސީނާ މުޙައްމަދުގެ
މައްޗަށް ކުރައްވާފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން ޙަސީނާ މުޙައްމަދު، ސިވިލް
ސަރވިސް ކޮމިޝަނުގެ މަސައްކަތު މީހެއްގެ ވަޒީފާގައި އުޅެމުން އެކޮމިޝަނުގެ އެއްވެސް އެއްޗަކަށް
ޚިޔާނާތްތެރިވިކަމަށް އިންކާރުކުރިނަމަވެސް، ޙަސީނާ މުޙައްމަދު ސިވިލް ސަރވިސް ކޮމިޝަނުގެ ބަދިގެ ތެރޭގައި
ހުރި ކޮފީ ފުޅިއަކުން ކުޑަދަޅަކަށް ކޮފީ އަޅައިގެން ގެއަށް ގެންދިޔަކަމަށާއި، ފާޚާނާ ސާފުކުރުމަށް ގެންގުޅޭ ކްލީން
ކްލީންއާ މޮޕްއަޅަން ގެންގުޅޭ ސޯކުލިން ފުޅިތަކަކުން އެހެން ފުޅިތަކަށް އަޅައިގެން ގެއަށް ގެންދިޔަކަމަށް ހެކިންގެ
ހެކިބަހުން ޝަރީޢަތަށް ސާބިތުވާތީ، ޚިޔާނާތްތެރިވުމުގެ ކުށުން ޙަސީނާ މުޙައްމަދު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި
މިއީ މީނާގެ މައްޗަށް ކުށެއް ސާބިތުވި ފުރަތަމަ ފަހަރުކަމަށްވާތީ، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލް ޢުޤޫބާތުގެ
131 ވަނަ މާއްދާގެ (ހ) ގެ ދަށުން ދ.ހުޅުދެލި ހަވީރު ޙަސީނާ މުޙައްމަދު 06 (ހައެއް) މަސްދުވަހުގެ
އަރުވާލުންކަން" އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
3
2{10/HC-A/29
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
(2
ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/2527 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ދަފްތަރު ނަންބަރު 9013، ޙަސީނާ މުޙައްމަދުގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން 03 (ތިނެއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/2527 ޤަޟިއްޔާގައި
ޙަސީނާ މުޙައްމަދުގެ ފަރާތުން ކޯޓަށް ހުށަހެޅި 2 (ދޭއް) ހެކިންގެ ބަޔާން ނެގުމަށް ކޯޓަށް
ރުކުރުމަށްފަހުވެސް އެ 2 މީހުންގެ ބަޔާން ނެގުމެއްނެތި އަނބުރާ ފޮނުވާލިކަމަށްބުނެ ހުށަހެޅި ނުކުތާ.
ދެވަނަ ނުކުތާއަކީ، ޙަސީނާ މުޙައްމަދުގެ މައްޗަށް ވައްކަންކުރިކަމަށް ބުނާ މަސައްކަތު
ދެމީހުންނަކީ ޙަސީނާ މުޙައްމަދުއާއި ޒާތީގޮތުން ޖައްސާލާ އަދި ޙަސީނާ މުޙައްމަދާ ދިމާއަށް އޮފީހުން
ކަނޑާލާނަމޭ ބުނެފައިވާ ދެމީހުންކަމަށްބުނެ ހުށަހެޅި ނުކުތާ.
ތިންވަނަ ނުކުތާއަކީ، ސިވިލް ސަރވިސް ކޮމިޝަނުން މޯލްޑިވްސް ޕޮލިސް
ސަރވިސްއަށް ފޮނުވާފައިވާ ސިޓީގައި ސިވިލް ސަރވިސް ކޮމިޝަނުގެ ބަދިގޭގައި ބޭނުންކުރެވުނު ކޮފީ
މެޝިނެއް ގެއްލިފައިވާކަމަށް ލިޔެފައި އޮތްނަމަވެސް، އެ ކޮފީ މެޝިނަކީ ޙަސީނާ މުޙައްމަދު ދުށް އަދި
ގެންދިޔަ އެއްޗެއް ނޫންކަމަށްބުނެ ހުށަހެޅި ނުކުތާ
މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/2527 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި،
މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި
ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/2527 ޤަޟިއްޔާގައި ޙަސީނާ މުޙައްމަދު ސިވިލް
ސަރވިސް ކޮމިޝަނުގެ މަސައްކަތު މީހެއްގެ ވަޒީފާގައި އުޅެމުން އެކޮމިޝަނުގެ އެއްވެސް
އެއްޗަކަށް ޚިޔާނާތްތެރިނުވާކަމާއި ޙަސީނާ މުޙައްމަދު ސިވިލް ސަރވިސް ކޮމިޝަނުގެ ބަދިގެ
ތެރޭގައި ހުރި ކޮފީ ފުޅިއަކުން ކުޑަދަޅަކަށް ކޮފީ އަޅައިގެން ގެއަށް ނުގެންދާކަމާއި، ފާޚާނާ
ސާފުކުރުމަށް ގެންގުޅޭ ކްލީން ކްލީންއާ މޮޕްއަޅަން ގެންގުޅޭ ސޯކުލިން ފުޅިތަކަކުން އެހެން
ދިވެހިރާއްޖޭގެ
23
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
4
2{10/HC-A/29
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
24
26 ހ
ފެގޅޭރ
ފުޅިތަކަށް އަޅައިގެން ގެއަށް ނުގެންދާކަން ސާބިތުކުރުމަށްޓަކައި ޙަސީނާ މުޙައްމަދުގެ ފަރާތުން
ޖިނާއީ ކޯޓަށް ދެ ހެކިން ޙާޟިރުކޮށްދެއްވުމަށް އެދިފައިވާނެކަމަށް ބަޔާންކޮށްފައިވީނަމަވެސް، ޖިނާއީ
ކޯޓުގެ ނަންބަރު 2009/JC/2527 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުންނާއި އަދި
ޙަސީނާ މުޙައްމަދު ޝަރީޢަތުގައި ދީފައިހުރި ބަޔާންތަކަށް ބެލުމުން އެކަން އެނގެންނެތްކަމާއި،
އެހެންނަމަވެސް، ޙަސީނާ މުޙައްމަދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ޖިނާއީ
ކޯޓުގައި ދެ ހެކިން ޙާޟިރުކޮށްދެއްވުމަށް ސިޓީއިން އެދިފައިވާނެކަމާއި، އަދި އެއީ ސިވިލް
ސަރވިސް ކޮމިޝަނުގައި ވަޒީފާ އަދާކުރާ، ޢަބްދުﷲ ފައިރޫޒުއާއި ޒިދުނާ އިބްރާހީލްކަމަށް
ބުނެފައިވުމުން، އެ ދެ ހެކިންގެ ތެރެއިން ސިވިލް ސަރވިސް ކޮމިޝަނުގެ އެޑްމިނިސްޓްރޭޓިވް
އޮފިސަރ، ހއ.ކެލާ ރަންގަލި ޢަބްދުﷲ ފައިރޫޒު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް
ޙާޒިރުކުރުމުން، ސިވިލް ސަރވިސް ކޮމިޝަނުގެ ބަދިގެ ހުންނަނީ އަބްދު ފައިރޫޒު
މަސައްކަތްކުރާ ފްލޯރގައި ނޫންކަމާއި، އަދި އެތަނުން އެއްޗެއް ގެންދިޔަޔަސް ޢަބްދުﷲ ފައިރޫޒަށް
ގޭނެކަމާއި، އަދި ޙަސީނާ މުޙައްމަދު ސިވިލް ސަރވިސް ކޮމިޝަނުން ދުވަހަކުވެސް އެއްޗެއް
ގެންދިޔަރޭވެސް އަދި ނުގެންދެއޭވެސް ބުނާކަށް ނޭނގޭކަމާއި، އަދި އަބްދުﷲ ފައިރޫޒަކީ ޙަސީނާ
މުޙައްމަދާއި އެކު ސިވިލް ސަރވިސް ކޮމިޝަނުގައި ވަޒީފާއަދާކުރާ އަނެއް ދެ މަސައްކަތު
މީހުންކަމުގައިވާ ޝަރީފް އަޙްމަދާއި މަރިޔަމް ނަޖީބާ އުޅޭގޮތް
އުޅޭގޮތް ބަލާ
ބަލާ މީހެއްނޫންކަމަށް
ބުނެފައިވާކަމާއި، ޙަސީނާ މުޙައްމަދުގެ ފަރާތުން ޖިނާއީ ކޯޓަށް ޙާޟިރުކުރައްވާފައި ބަޔާން
ނުނަންގަވާކަމަށް ބުނާ ދެވަނަ ހެކި، ޒިދުނާ އިބްރާހީމް ދިވެހިރާއްޖޭގެ ހައިކޯޓަށް
ޙާޟިރުކުރުމަށްޓަކައި ޒިދުނާ އިބްރާހީމްގެ ދާއިމީ އެޑްރެހަށް ކޯޓަށް ޙާޟިރުވުމަށް އަމުރު
ފޮނުވުމުން، އައްޑުއަތޮޅު ހުޅުދޫ އޮފީހުން އެ އޮފީހުގެ ނަންބަރު S6
/
2010
/
290 (18 ޖުލައި
2010) ގެ ސިޓީއިން އަންގަވާފައިވަނީ ޒިދުނާ އިބްރާހީމް ރަށުގައި ނޫޅޭކަމާއި އަދި އެނާވީ
ރާއްޖެއިން ބޭރުގައިކަމާއި، އަދި މިހެންކަމުން، ޒިދުނާ އިބްރާހީމް އުޅޭ ތަނެއް ޙަސީނާ މުޙައްމަދު
ހޯދުމަށްފަހު
ދިވެހިރާއްޖޭގެ ހައިކޯޓަށް އެންގުމަށް އިތުރު ފުރުސަތު ދެވިފައިވާކަމާއި،
އެހެންނަމަވެސް ޒިދުނާ އިބްރާހީމްއާ ބެހޭ ފުރިހަމަ މަޢުލޫމާތު ޙަސީނާ މުޙައްމަދަށް
ހުށަނޭޅުނުކަމާއި، އަދި ޝަރީފާ އަޙްމަދާއި މަރިޔަމް ނަޖީބުއާ ދެ މީހުންގެ ހެކިބަސް ލިބިފައިވަނީ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
5
2010/HC-A29
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ތަފާތެއްނެތް ގޮތުންކަމުން، ޙަސީނާ މުޙައްމަދުގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ކުށް ސާބިތުވެފައިވަނީ
އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތިކަން އެނގެއެވެ.
(ނ) ޙަސީނާ މުޙައްމަދު ޚިޔާނާތްތެރިވި ކަމުގެ ގޮތުން ޙަސީނާ މުޙައްމަދު ސިވިލް ސަރވިސް
ކޮމިޝަނުގެ ބަދިގެ ތެރޭގައި ހުރި ކޮފީ ފުޅިއަކުން ކުޑަދަޅަކަށް ކޮފީ އަޅައިގެން ގެއަށް
ގެންދިޔަކަމަށާއި، ފާޚާނާ ސާފުކުރުމަށް ގެންގުޅޭ ކްލީން ކްލީންއާ މޮޕްއަޅަން ގެންގުޅޭ ސޯކްލިން
ފުޅިތަކަކުން އެހެން ފުޅިތަކަށް އަޅައިގެން ގެއަށް ގެންދިޔަކަމަށް ހެކިދިން ސިވިލް ސަރވިސް
ކޮމިޝަނުގެ ދެ މަސައްކަތު މީހުން ކަމުގައިވާ ޝަރީފާ އަޙްމަދުއާއި މަރިޔަމް ނަޖީބާ އަކީ ޙަސީނާ
މުޙައްމަދުއާއި ޒާތީގޮތުން ޖައްސާލާފައި ތިބި ދެ މީހުންކަމަށް ޙަސީނާ މުޙައްމަދު ބުނިނަމަވެސް،
ޝަރީފާ އަޙްމަދުއާއި މަރިޔަމް ނަޖީބާއާ ދެ މީހުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް
ޙާޒިރު ކުރެވިފައިވާކަމާއި، އަދި ޝަރީފާ އަޙްމަދުއާއި މަރިޔަމް ނަޖީބާއާ ދެމީހުން ޙަސީނާ
މުޙައްމަދުއާ ޒާތީގޮތުން ޖައްސާލައިގެން އުޅެންވީ އެއްވެސް ސަބަބެއް ޙަސީނާ މުޙައްމަދަށް
ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ބެލި ފަޕޑިޔާރުންނަށް ސާބިތުކޮށްދެވިފައިނުވާކަން
ފާހަގަކުރެވެ
«O
OX
¢ ¢ ¢ ¢3 #
.
(ނ) ސިވިލް ސަރވިސް ކޮމިޝަނުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވާފައިވާ ސިޓީގައި
ސިވިލް ސަރވިސް ކޮމިޝަނުގެ ބަދިގޭގައި ބޭނުންކުރެވުނު ކޮފީ މެޝިނެއް ގެއްލިފައިވާކަމަށް
ލިޔެފައި އޮތްނަމަވެސް، އެ ކޮފީ މެޝިނަކީ ޙަސީނާ މުޙައްމަދު ދުށް އަދި ގެންދިޔަ އެއްޗެއް
ނޫންކަމަށްބުނެ ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/2527 ޤަޟިއްޔާ އިސްތިއުނާފު ކުރަމުން
ޙަސީނާ މުޙައްމަދު ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވީނަމަވެސް، ޖިނާއީ ކޯޓުގެ ނަންބަރު
2009/JC/2527 ޤަޟިއްޔާގައި ޙަސީނާ މުޙައްމަދުގެ މައްޗަށް ދަޢުވާކޮށް އަދި ސާބިތުވެފައިވަނީ
ޙަސީނާ މުޙައްމަދު ސިވިލް ސަރވިސް ކޮމިޝަނުގެ މަސައްކަތު މީހެއްގެ ވަޒީފާގައި އުޅެމުން
އެކޮމިޝަނުގެ ބަދިގެ ތެރޭގައި ހުރި ކޮފީ ފުޅިއަކުން ކުޑަދަޅަކަށް ކޮފީ އަޅައިގެން ގެއަށް
ގެންދިޔަކަމާއި، ފާޚާނާ ސާފުކުރުމަށް ގެންގުޅޭ ކްލީން ކްލީންއާ މޮޕްއަޅަން ގެންގުޅޭ ސޯކްލިން
ފުޅިތަކަކުން އެހެން ފުޅިތަކަށް އަޅައިގެން ގެއަށް ގެންދިޔަކަމާއި، މިކަންކަން އެ ޤަޟިއްޔާގެ
*
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
6
2{10/HC-A/29
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނައޮތުމުން، ސިވިލް ސަރވިސް ކޮމިޝަނުން
ގެއްލިފައިވާ ކޮފީ މެޝިނާއިބެހޭ އެއްވެސް ދަޢުވާއެއް ޙަސީނާ މުޙައްމަދުގެ މައްޗަށް
އުފުލިފައިނުވާކަން އެނގެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ޖިނާއީ ކޯޓުގެ ނަންބަރު
2009/JC/2527 ޤަޟިއްޔާގައި ޙަސީނާ މުޙައްމަދުގެ މައްޗަށް ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ
ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލިހަށް ޤަބޫލު ނުކުރެވެއެވެ.
ދެންފަހެ އިސްވެ ބަޔާންކުރެވުނު ޤާނޫނީ އަދި ޝަރުޢީ ސަބަބުތައް އެހެން ހުރުމާއިއެކު، ޖިނާއީ
ކޯޓުގެ ނަންބަރު 2009/JC/2527 ޤަޟިއްޔާގައި އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ދަފްތަރު ނަންބަރު
9013، ޙަސީނާ މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޙުކުމަކީ ޤާނޫނީ އަދި
ޝަރުޢީ ހަމަތަކާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް ބަލާނެ ތަނެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv