ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/148 ޤަޟިއްޔާގެ ޙުކުމް
1
20j4/HC-A}j48
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
6
ޤަޟިއްޔާ ނަންބަރ: 148/HC-A/2014
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ބްލޫ ލެގޫން
ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް * ދާއިމީ އެޑްރެސް: ގ.ފަނަސް މާލެ
އައިޑީ ކާޑު ނަންބަރ:-
މިހާރުގެ އެޑްރެސް: ފ.ފަނަސް،މާލެ
*
0
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: އަބްދުﷲ ޞާލިޙް
އައިޑީ ކާޑު ނަންބަރު: A077190
އެޑްރެސް: ސެންޓަރޕޮއިންޓް/ ސ.ހިތަދޫ
މިހާރުގެ އެޑްރެސް: ސެންޓަރޕޮއިންޓް/ ސ.ހިތަދޫ
ރަޖިސްޓްރީކުރެވުނު ތާރީޚް: 29 ރަޖަބު 1435
28 މެއި 2014
ނިމުނު ތާރީޚް: 26 ޛުލްޙިއްޖާ 1435
20 އޮކްޓޯބަރު 2014
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2013/VTR/192
ނިންމެވި ތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
ހުށަހެޅި ތާރީޚް:
13 ނޮވެމްބަރު 2013 ނިމުނު ތާރީޚް: 27 ފެބުރުވަރީ 2014
*
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރުން ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރުން އަޒްމިރާލްދާ ޒާހިރު ފަނޑިޔާރުން އަބްދުއްރައޫފު އިބްރާހީމް
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
20j4/HC-A/j4
އިންވެސްޓްމަންޓްސް
ފަރާތަކީ
ހުށަހެޅި ސ.ހިތަދޫ، ސެންޓަރޕޮއިންޓް، ޢަބްދުﷲ ޞާލިޙް (4A077190 ބްލޫލެގޫން އިންވެސްޓްމެންޓްސްކީއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2017/VTR/192 މައްސަލަ އެ
ޓްރައިބިއުނަލުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ބްލޫ ލެގޫން
ޕްރައިވެޓް ލިމިޓެޑް (ކުންފުނީގެ ރަޖިސްޓްރީ ނަންބަރު:13
/
83-C) ގެ ފަރާތުން
އިސްތިއުނާފަށް ހުށަހެޅުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި،
އިސްތިއުނާފް ރައްދުވާ
ސ.ހިތަދޫސެންޓަރޕޮއިންޓް،
ޞާލިޙް
(ދ.ރ.ކާޑް ނަންބަރު:A077190) އެވެ.
ހަގަކުރެވުނު ނުކުތާތައް:
A01 އިސްތިއުނާފް މިކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2017/VTR/192
މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެމައްސަލައަކީ ސ.ހިތަދޫސެންޓަރޕޮއިންޓް، ޢަބްދުﷲ ޞާލިޙް
2012 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ބްލޫ ލެގޫން އިންވެސްޓްމަންޓްސް
ޕްރައިވެޓް ލިމިޓެޑް ގެ ދަށުން ހިންގާ މަޑޫގަލި އައިލެންޑް ރިސޯޓްގެ އެސިސްޓަންޓް ފްރަންޓް އޮފީސް
މެނޭޖަރުގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް، 2013 ވަނަ އަހަރުގެ
އޮކްޓޯބަރ މަހުގެ 27 ވަނަ ދުވަހު އޭނާ އަދާކުރަމުން ގެންދިޔަ ވަޒީފާއިން ވަކިކޮށްފައިވާކަމަށްބުނެ، ބްލޫ
ލެގޫން އިންވެސްޓްމަންޓްސް
ވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް ރައްދުވާގޮތަށް، 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ
13 ވަނަ ދުވަހު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޢަބްދުﷲ ޞާލިޙް ހުށަހަޅާފައިވާ މައްސަލައެއްކަމާއި،
އެމައްސަލަ ބައްލަވައި ނިންމާފައިވާ ނިންމުމުގައި "ދެންފަހެ،
މު
މައްސަލައާ ގުޅިގެން
މައްސަލަ ހުށަހެޅި ފަރާތުންނާއި މައްސަލަ ރައްދުވި ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށާއި، މައްސަލަ ބެލި
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ފާހަގަކުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، މައްސަލަ
4 ,
44
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖީ
3
20j4/HC-A/j4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
552
ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ މަޑޫގަލި އައިލެންޑް ރިސޯޓްގައި އެސިސްޓެންޓް ފްރަންޓް އޮފީސް
މެނޭޖަރުގެ މަޤާމުގައި ވަޒީފާއަދާކުރަމުން ދަނިކޮށް 27 އޮކްޓޯބަރ 2013 ގައި ވަޒީފާއިން ވަކިކޮށްފައިވަނީ،
ޢަބްދުﷲ ޞާލިޙްގެ ފަރާތުން ކުންފުނީގެ ވިޔަފާރިއަށް ދަތިވާ ޒާތުގެ ކަންތައްތަކެއް ފެނިފައިވާކަމަށް
ތުޙުމަތުކުރެވޭ މައްސަލަ ބަލަމުންދާއިރު، ޢަބްދުﷲ ޞާލިޙް މަޑޫގަލި އައިލެންޑް ރިސޯޓްގައި ހުރުމުން އެ
މައްސަލަ ބެލުމަށް ދަތިވާތީ، އެ މައްސަލަ ބަލައި، އެ މައްސަލާގައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅައި
ނިމެންދެން، މަޑޫގަލި އައިލެންޑް ރިސޯޓުން ފުރައިގެން ދިޔުމަށް އެންގި އެންގުމާއި އެއްގޮތަށް
ޢަމަލުކޮށްފައިނުވުމުން، ޢަބްދުﷲ ޞާލިޙްގެ ވަޒީފާގެ އަޚްލާޤު އެކަށީގެންނުވާކަން ސާފުކޮށް އެނގޭތީ، ޤާނޫނު
ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ ކަމަށް މައްސަލަ ރައްދުވި
ފަރާތުން ބުނާއިރު، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުން
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަވާންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާ، އިޖުރާއީ ޢަދުލުވެރިކަން
ފުރިހަމަކޮށްފައިވާކަން ސާބިތުވާ މިންވަރަށް މައްސަލަ ރައްދުވި ފަރާތުން ދަލީލު ހުށަހަޅާފައިނުވާތީ،
ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ޢަބްދުﷲ ޞާލިޙް ވަޒީފާއިން ވަކިކޮށްފައިވަނީ
ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް މައްސަލަ ބެލި މަޖިލީހުގެ މެމްބަރުންގެ އިއްތިފާޤުން ކަނޑައަޅައި،
ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރަށް ރިޢާޔަތްކޮށް ޢަބްދުﷲ ޞާލިޙް
ކުރިން އަދާކުރަމުން ދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށާއި އޭނާއަކީ އެއްވެސް ޙާލެއްގައި މައްސަލަ ރައްދުވި
ބްލޫލެގޫން އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމުގައި ނުބެލުމަށާއި،
ޢަބްދުﷲ ޞާލިޙް ވަޒީފާއިން ވަކިކުރިކަމަށް ބުނާ ތާރީޚުން ފެށިގެން މި މައްސަލަ ނިމުނު ދުވަހާ ހަމައަށް،
މުސާރައާއި އިނާޔަތުގެ ގޮތުގައި ޢަބްދުﷲ ޞާލިޙަށް ލިބެންޖެހޭ ފައިސާ، 2014 ވަނަ އަހަރުގެ ފެބްރުއަރީ
މަހުގެ 2 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި، ޢަބްދުﷲ ޞާލިއަށް އެކީ އެއްފަހަރާ ދިނުމަށް
ފަހު، އެކަން 03 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، ބްލޫލެގޫން
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
20j4/HC-A/j4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑަށް އަންގާ އަމުރުކޮށް މި މައްސަލަ ނިންމަން ފެނެއެވެ." މިފަދައިން
ބަޔާންކޮށްފައިވާކަން އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމެވެ. .
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:
2013/VTR/192 މައްސަލަ ނިންމުމާއި ގުޅިގެން، ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން އެމައްސަލަ އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ: ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ވަޒީފާގެ އެއްބަސްވުމުގެ 17 އަދި
20 ވަނަ މާއްދާއަށް ރިޢާޔަތް ކޮށްފައި ނުވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ދެވަނަ ނުކުތާއަކީ: ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބުނާ ނޯޓިސް ނުދީ
ވަޒީފާއިން ވަކިކުރެވޭނެ ހާލަތްތަކަށް މައްސަލަ ނިންމިއިރު ރިޢާޔަތްކޮށްފައި ނުވާކަމަށްބުނެ ފާހަގަކޮށްފައިވާ
I
ނުކުތާއެވެ.
2011/HC-A/134
ތިންވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ކަނޑައަޅާފައިވާ ފުރިހަމަކުރާންޖެހޭ މަޢުޟޫއީ ޢަދުލުވެރިކަމާއި، އިޖުރާއީ ޢަދުލުވެރިކަމަކީ
ނޯޓިސް ދިނުމަށްފަހު ވަކިކުރާނަމަ ފުރިހަމަކުރަންޖެހޭ މައުޟޫޢީ އަދި އިޖްރާއަތް ތަކެއްކަމުގައި ވާއިރު،
މިކަމަށް ވަޒީފާއާއިބެހޭ ޓްރައިބިއުނަލްއިން ރިޢާޔަތް ކޮށްފައި ނުވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
03- ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާއާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު: 2017/VTR/192 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފްކުރުމަށް ބްލޫ
މުގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި
ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި
ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
ވީހިރާއްޖޭގެ ހަގަށް
26
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/148
3.1- ފުރަތަމަ ކަމަކީ: ބްލޫލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުން ހިންގާ
މަޑޫގަލި އައިލެންޑް ރިސޯޓުގައި ސ.ހިތަދޫސެންޓަރޕޮއިންޓް، ޢަބްދުﷲ ޞާލިޙު ވަޒީފާ އަދާކުރަމުންދަނިކޮށް
27 އޮކްޓޯބަރ 2013 ވަނަ ދުވަހު އޭނާ އެވަޒީފާއިން ވަކިކޮށްފައިވަނީ، އޭނާގެ ފަރާތުން ކުންފުނީގެ
ވިޔަފާރިއަށް ދަތިވާ ޒާތުގެ ކަންތައްތަކެއް ފެނިފައިވާކަމުގެ ތުހުމަތުކުރެވޭ މައްސަލައެއް ބަލަމުންދިޔައިރު،
ޢަބްދުއްﷲ ޞާލިޙު މަޑޫގަލި އައިލެންޑް ރިސޯޓުގައި ހުރުމުން އެމައްސަލަ ބެލުމަށް ދަތިވާކަމަށްބުނެ،
އެމައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ނިމެންދެން ޢަބްދުﷲ ޞާލިޙު މަޑޫގަލި އައިލެންޑް ރިސޯޓުން
ފުރައިގެން ދިޔުމަށް އަންގައި އެކަމުގެ އިންތިޒާމް ހަމަޖައްސާފައިވަނިކޮށް އެ އެންގުމާއި އެއްގޮތަށް
ޢަމަލުކުރުމަށް ޢަބްދުﷲ ޞާލިޙު އިންކާރުކޮށް އެ އެންގުމާއި އެއްގޮތަށް ޢަމަލުކޮށްފައިނުވާތީ، ޢަބްދުﷲ ޞާލިޙު
ގެ ވަޒީފާގެ އަޚްލާޤް އެކަށީގެން ނުވާކަމަށްބަލައި، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23
ވަނަ މާއްދާގެ (ހ) ގެ ދަށުންކަން ޢަބްދުﷲ ޞާލިޙު ވަޒީފާއިން ވަކިކުރިކަން އެންގި ލިޔުމުގައި
ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަމެވެ.
3.2- ދެވަނަ ކަމަކީ: ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް ބަލާއިރު،
އެޤާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ މުވައްޒަފަކު، ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވޭނީ
ހަމައެކަނި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތުގައި އެމާއްދާގައި
ބަޔާންކޮށްފައިވާ ގޮތުގެމަތިންކަން އެނގޭކަމާއި، މިގޮތުން ބަލާއިރު، ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާއަދާކުރާ
ފަރާތެއް އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު، އޭނާ
ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް
ވަޒީފާދޭ ފަރާތަށް
ނުފެންނަ ޙާލަތުގައިކަމަށް އެމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި، ފެކަމުން ވަޒީފާއާބެހޭ ޤާނޫނުގެ
މާއްދާގެ ދަށުން، ނޯޓިހެއް ދިނުމަކާނުލައި، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ ދެ ޝަރުތެއް
ފުރިހަމަވެގެންކަމާއި، އެއީ
1. އެމުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުން، އަދި
އެހެންކަމުން
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ه27 ހދޓ ޝާ *
6
20j4/HC-A/j4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
44( 6
2 ހދ8
ރެވޭނޭކަމެއެކެމަށް
2. އެމުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު،
ވަޒީފާދޭ ފަރާތަށް ނުފެނުންކަން: އެނގެން އޮންނަކަމާއި،
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން، ނޯޓިހެއް ދިނުމަކާނުލައި، މުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަވާންޖެހޭ، އިސްވެދެންނެވިފައިވާ ދެ ޝަރުޠު ފުރިހަމަވޭތޯ ބެލުމުގައި،
ވަޒީފާއިން ވަކިކުރުމަށް ކަނޑައެޅިފައިވާ މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވާކަމަށް
ކަނޑައެޅޭނީ، އެމުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ
ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތަށް ފެންނަ ޙާލަތުގައި ނުވަތަ އެމުވައްޒަފަކު ޚިޔާނާތްތެރި
ވެފައިވާ ޙާލަތުގައިކަން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (1) އަދި (2) ނަންބަރަށް
ބެލުމުން އެނގޭކަމާއި،
މުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ
ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތުންބަލާ، އެމުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު ރަނގަޅު
ނޫންކަމަށް ވަޒީފާދޭ ފަރާތުން ނިންމުމުގައި، އެނިންމުމަށް ވާސިލުވުމަށް ވަޒީފާދޭ ފަރާތުން ތަޠުބީޤުކުރި
ހަމައަކީ އެކަށީގެންވާ ހަމައެއްކަމަށް ވާންޖެހޭނެކަމަށާއި، ވަޒީފާދޭ ފަރާތަށް ހަމަ ފެންނަ ފެނުމެއްގެ މައްޗަށް
އެކަނި މުވައްޒަފަކު
ވަކިނުކުރެވޭނެކަމަށް، ދިވެހިރާއްޖޭގެ
ނަންބަރު 24/HC-A/2010 ޤަޟިއްޔާގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި،
އަދި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުރިހަމަވާންޖެހޭ ދެވަނަ
އެމުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު،
ވަޒީފާދޭ ފަރާތަށް ނުފެނުން"، މިޝަރުޠު ވެސް ފުރިހަމަވާނީ އެމުވައްޒަފަކު ވަޒީފާގައި
އިތުރަށް ބެހެއްޓުމަކީ ކުރެވޭނެކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެނުނު ހަމައަކީ އެކަށީގެންވާ ހަމައަކަށް
ވެގެންކަން އެމާއްދާއަށް ބެލުމުން އެނގޭކަމާއި،
42
3 · & هދ 6
2 ހދه
422ސކޮށް
404
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
20j4/HC-A/j4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހަމަ8.05
އ ހދމް ، هހ$ &
13ކމެވެ.
ce O
މީގެއިތުރުން، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި ޤާއިމުކޮށްފައިވާ އުޞޫލަށާއި،
މުޅި ޤާނޫނުގެ ރޫޙަށް ބަލާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން
ފުރިހަމަކުރަންޖެހޭ ދެ ޝަރުޠު ފުރިހަމަކުރުމުގައި ވަޒީފާދޭ ފަރާތުން ތަޠުބީޤުކޮށްފައިވާ ހަމައަކީ އެކަށީގެންވާ
ތުކުރުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަން ފާހަގަކުރެވޭ
3.3- ތިންވަނަ ކަމަކީ: އިސްވެދެންނެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
24/HC-A/2010 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގޮތުގެމަތިން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި
ނުވަތަ ވަޒީފާއިން ވަކިކުރުމުގެ ކުރިން، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރިކުރުމަކީ ޢަދުލުވެރިކަމާއެކު ކުރެވޭ
ކަމެއްކަން ކަށަވަރުކުރުމަށްޓަކައި ވަޒީފާދޭ ފަރާތުން ޢަމަލުކުރަންޖެހޭ ގޮތްތަކެއް ނުވަތަ އަޅަންޖެހޭ
ފިޔަވަޅުތަކެއް ހުންނަކަމާއި، މިގޮތުން މީގެކުރިން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ މިބާވަތުގެ
މައްސަލަތަކަށް ބަލާއިރު، ވަޒީފާއާބެހޭ ޤާނޫނު ހިންގޭނެ ދާއިރާގެ ތެރޭގައި ހިމެނޭ މުވައްޒަފަކު ވަޒީފާއިން
ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި
އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށް ފަހުގައިކަން އެނގޭކަމާއި،
މައުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ އަދުލުވެރި
ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށްވުންކަމަށާއި، އިޖްރާއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގައި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖްރާޢަތަކީ ޢަދުލުވެރި
އިޖްރާއާތަކަށްވުންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 134/HC-A/2011 ޤަޟިއްޔާގައި
ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަމެވެ.
3.4- ހަތަރުވަނަ ކަމަކީ: ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރަންޖެހޭ އިސްވެދެންނެވިފައިވާ ޤާނޫނީ އުޞޫލުތައް، އިސްތިއުނާފަށް
ހުށަހެޅިފައިމިވާ މައްސަލަ (ނަންބަރު: 2013/VTR/192 މައްސަލަ) އަށް ތަޠުބީޤުކުރުމުން،
މިމައްސަލާގައި އިސްތިއުނާފު ރައްދުވާ ޢަބްދުﷲ ޞާލިޙް ވަޒީފާއިން ވަކިކުރުމުގައި ބްލޫ ލެގޫއްޖޭގެ ހައި
COCCO
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
20j4/HC-A/j4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
24
ފެނިފައިވާކަމަށް ތުހުމަތުކު
ބަލަމުންދާއިރު
އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޤާއިމުކުރަންޖެހޭ މަޢުޟޫޢީ ޢަދުލުވެރިކަން
ޤާއިމުކޮށްފައިވޭތޯ ބަލާއިރު،
ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުން ހިންގާ މަޑޫގަލި އައިލެންޑް
ރިސޯޓުގައި ޢަބްދުﷲ ޞާލިޙު އަދާކުރަމުން ގެންދިޔަ ވަޒީފާއިން، 27 އޮކްޓޫބަރު 2013 ގައި އޭނާ
ވަކިކޮށްފައިވަނީ، ޢަބްދުﷲ ޞާލިޙު އެރިސޯޓުގައި ވަޒީފާ އަދާކުރަމުން ދިޔުމުގެ ތެރޭގައި އޭނާގެ ފަރާތުން
ކުންފުނީގެ ވިޔަފާރިއަށް ދަތިވާ ޒާތުގެ ކަންތައްތަކެއް
ތުހުމަތުކުރެވުމާ ގުޅިގެން އެމައްސަލަ
އޭނާ އެރިސޯޓުގައި ހުރުމުން އެމައްސަލަ ބެލުމަށް ދަތިވާތީ، އެމައްސަލަ ބަލައި
އެމައްސަލާގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ނިމެންދެން ޢަބްދުﷲ ޞާލިޙު އެރިސޯޓުން ފޭބުމަށް އަންގައި
އެކަމަށް ބޭނުންވާ ދަތުރުފަތުރުގެ ކަންތައްތައް ހަމަޖައްސައިދީފައިވަނިކޮށް، ކުންފުނިން އަންގާފައިވާ ގޮތާ
އެއްގޮތަށް ޢަމަލު ކޮށްފައިނުވާތީ، ޢަބްދުﷲ ޞާލިޙުގެ ވަޒީފާގެ އަޚްލާޤު އެކަށީގެން ނުވާކަމަށްބަލައި، ޤާނޫނު
ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން، ނޯޓިހެއް
ދިނުމަކާނުލައިކަން، ޢަބްދުﷲ ޞާލިޙު ވަޒީފާއިން ވަކިކުރިކަން އަންގާ ބްލޫ ލެގޫން އިންވެސްޓްމަންޓްސް
ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވާ ސިޓީއަށް ބެލުމުން އެނގެން އޮތްއިރު، ބްލޫ ލެގޫން
އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން ޢަބްދުﷲ ޞާލިޙު ވަކިކުރުމުގައި ޤާއިމުވާންޖެހޭ
މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަމަށް ބެލެވޭނީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން،
ނޯޓިހެއް ދިނުމަކާނުލައި، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަވާންޖެހޭ، އިސްވެދެންނެވިފައިވާ ދެ
ޝަރުޠު ފުރިހަމަވެފައިވާނަމަކަމާއި،
މިގޮތުން، ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން ޢަބްދު
ޞާލިޙު ވަކިކޮށްފައިވަނީ އެކުންފުންޏާ ދެމެދު ހެދިފައިވާ ވަޒީފާގެ އެއްބަސްވުމުގެ
މާއްދާގެ ދަށުން އޭނާ އެކުންފުނީގެ ފަރާތުން އަންގާފައިވާ
ލިޔުމުން ލިބި، އެ
އެންގުމަށް އޭނާ ކިޔަމަންވެފައި ނުވާތީކަން މިމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ސާފުކޮށް
&4 ހއ
އޭނާއަށް
444
20.1 ވަނަ
ޑއ ދه
8 29 8 6
އެންގެމެއެ*
4
2 ހއ
އޭނައަށް
ހައިކޯ2
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
20j4/HC-A/j4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެނގެން އޮންނައިރު، އެކަމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން އޭނާގެ މަސައްކަތު އަޚްލާޤު
އެކަށީގެން ނުވާކަމަށާއި އަދި އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ ކުރެވޭނޭކަމެއްކަމަށް އެކަށީގެންވާ
ހަމަތަކުގެމަތިން ވަޒީފާދޭ ފަރާތަށް ކަނޑައެޅުމަށް އެކަށީގެންވާ ސަބަބެއްތޯ ބަލާއިރު،
މުވައްޒަފަކާ ގުޅޭގޮތުން މައްސަލައެއް ބަލަމުންދާ ވަގުތެއްގައި، އެމައްސަލައެއް ބެލުމަށް
ހުރަސްއެޅޭ ފަދަ ޕޮޒިޝަނެއްގައި އެމުވައްޒަފަކު ހުރެއްޖެނަމަ އިތުރު މައްސަލަތަކެއް ކުރިމަތިވެދާނެކަމަށް
ފެނިއްޖެ ޙާލަތެއްގައި، މުވައްޒަފަކު ވަޒީފާއަށް ނުނިކުމެ ހުރުމަށް ވަޒީފާދޭ ފަރާތުން އެންގިދާނެކަމަށް ބްލޫ
ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއި ޢަބްދުﷲ ޞާލިޙުއާ ދެމެދު ހެދިފައިވާ ވަޒީފާގެ
އެއްބަސްވުމުގެ 20.1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ވަޒީފާއަދާކުރާ ފަރާތް އެ އެއްބަސްވުމާ
ޚިލާފުވެއްޖެނަމަ ލިޔުމަކުން އެކަން އެމީހަކަށް އެންގުމަށްފަހު އެމީހަކު ވަޒީފާއިން ވަކިކުރެވިދާނެކަމަށް އެ
އެއްބަސްވުމުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި،
އެހެންނަމަވެސް، އާންމު އުޞޫލެއްގެ ގޮތުން، ވަޒީފާދޭ ފަރާތަކާއި ވަޒީފާ އަދާކުރާ
ފަރާތަކާ ދެމެދު ހެދިފައިވާ ވަޒީފާގެ އެއްބަސްވުމެއްގައި ހިމެނޭ މާއްދާއަކާ ޚިލާފުވާ ކޮންމެ ފަހަރަކީ އެފަދަ
މުވައްޒަފަކު ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރެވޭނެ ޙާލަތެއް ނޫންކަމާއި،
ވަޒީފާގެ އެއްބަސްވުމާ ޚިލާފުވެގެން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން
ވަކިކުރެވޭނީ އެމުވައްޒަފަކު ޚިލާފުވެފައިވާ މައްދާގެ ނައްޞުގައި ބޭނުންކޮށްފައިވާ ޢިބާރާތަށާއި،
މަޤްޞަދަށާއި، އެމާއްދާއާ އެމުވައްޒަފަކު ޚިލާފުވެފައިވާ މިންވަރަށާއި ޙާލަތަށާއި، މައްސަލާގެ ވަށައިގެންވާ
އެހެނިހެން އެންމެހާ ކަންތައްތަކަށް ބަލާއިރު، އެމާއްދާއަކާ އެމުވައްޒަފަކު ޚިލާފުވި ޚިލާފުވުމުގެ ސަބަބުން
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައިވާ ޝަރުޠުތައް، އިސްވެދެންނެވިފައިވާ ޤާނޫނީ ހަމަތަކުގެ މަތިން
ފުރިހަމަވާ ޙާލަތުތަކުގައި އެކަނިކަމާއި،
މިގޮތުން ބަލާއިރު، އިސްވެ މިބަޔާންކުރެވުނު، ބްލޫ ލެގޫން އިންވެސްޓްމަންޓްސް
ޕްރައިވެޓް ލިމިޓެޑާއި ޢަބްދުﷲ ޞާލިޙު އާ ދެމެދު ހެދިފައިވާ ވަޒީފާގެ އެއްބަސްވުމުގެ 20.1 ވަނަ މާއްދާގެ
COCCO
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
20j4/HC-A/j4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މަޤްޞަދަކީ، އޭނާއާ މެދު ތުހުމަތުކުރެވޭ މައްސަލައެއް ކުންފުނިން ބަލާ ތަޙްޤީޤު ކުރަންޖެހޭ ޙާލަތުގައި އޭނާ
ވަޒީފާއަދާކުރާ ތަނުގައި، އެމާޙައުލުގައި (ރިސޯޓުގައި ހުރެއްޖެނަމަ އެ ތަޙްޤީޤަކަށް އެކިއެކި ގޮތްގޮތުން
ހުރަސްއަޅައި ދަތިކުރުންފަދަ ކަންތައްތައްކުރުމުގެ ފުރުޞަތު އޭނާއަށް އޮންނާނެތީ އެފަދަ ކަންތައްތަކުން އޭނާ
އެއްކިބާކޮށް، އެޙާލަތު ނައްތާލައި، އޭނާއާމެދު
އާމެދު ކުންފުނިންކުރާ ތަޙްޤީޤުތައް، އޭނާގެ ފަރާތުން ކުރިމަތި
ކުރުވަފާނެ ދައްޗަކުން ނުވަތަ ފޯރުވާފާނެ ނުފޫޒަކުން އެއްކިބާކޮށް، އެކަށީގެންވާ ގޮތެއްގައި ތަޙްޤީޤު ކުރުމަށް
މަގުފަހިކުރުންކަމަށް ޤަބޫލުކުރެވޭކަމާއި،
ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއި ޢަބްދުﷲ ޞާލިޙު
ހެދިފައިވާ ވަޒީފާގެ އެއްބަސްވުމުގެ 20.1 ވަނަ މާއްދާގެ، އިސްވެ މިދެންނެވުނު މަޤްޞަދުގެ އިތުރުން
އެކުންފުނީގައި ޢަބްދުﷲ ޞާލިޙު އަދާކުރަމުން ގެންދާ ވަޒީފާގެ ޒާތާއި، އޭނާގެ މަޤާމުގެ ފެންވަރާއި، ވަޒީފާ
އަދާކުރާ ތަނާއި، ޢަބްދުﷲ ޞާލިޙު ވަޒީފާއިން ވަކިކުރުމާ ހަމައަށް އެރިސޯޓުގައި ކަންތައް ހިނގާފައިވާ
ގޮތާއި، އޭނާގެ މައްޗަށް އަޞްލު ތުހުމަތުކުރެވިފައިވާ މައްސަލާގެ ބާވަތަށާއި މައްސަލާގެ ވަށައިގެންވާ
އެންމެހާ ކަންތައްތަކަށް ޖުމްލަގޮތެއްގައި ބަލާއިރު، ޢަބްދުﷲ ޞާލިޙު އާ ބްލޫ ލެގޫން އިންވެސްޓްމަންޓްސް
ޕްރައިވެޓް ލިމިޓެޑާއި ދެމެދު ހެދިފައިވާ ވަޒީފާގެ އެއްބަސްވުމުގެ 20.1 ވަނަ މާއްދާގެ ދަށުން ކުންފުނީގެ
ފަރާތުން އޭނާއަށް އަންގާ އެންގުންތަކަށް އޭނާ ތަބާ ނުވުމަކީ، އޭނާގެ މަސައްކަތު އަޚްލާޤު އެކަށީގެން
ނުވާކަމަށާއި، އަދި އޭނާ އަދާކުރަމުން ދިޔަ ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ
އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމެއްކަމަށް، އިސްވެދެންނެވިފައިވާ ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާ
ގޮތުގެމަތިން، ކަނޑައެޅިދާނޭ ސަބަބެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމާއި،
އެހެނީ ޢަބްދުﷲ ޞާލިޙުގެ މައްޗަށް އެމާއްދާ ތަންފީޛު ނުކުރެވުމަކީ އޭގެ ސަބަބުން
އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ އަސްލު މައްސަލަ ބެލުމުގައި ކުންފުންޏަށް ހުރަސްތަކެއް އެޅުމުގެ
އިތުރުން، ކުންފުނީގެ މުވައްޒަފުންނާމެދު ތުހުމަތުކުރެވޭ ކަންކަމުގައި ކުންފުނިންކުރާ ތަޙްޤީޤުތައްގީއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
639
11
20j4/HC-A/j4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެކަށީގެންވާ މާޙައުލެއްގައި ކުރުމަށް ހުރަސްއެޅިގެން ދިޔުމާއި، އަދި އެފަދަ މަޤާމެއްގައި ހުރި މުވައްޒަފެއްގެ
މައްޗަށް އެއްބަސްވުމުގެ އެފަދަ މާއްދާއެއް ނުވަތަ މާއްދާތަކެއް ތަންފީޛު ނުކުރެވޭ ގޮތްވުމަކީ އެކުންފުނީގައި
މަސައްކަތްކުރާ އެހެން މުވައްޒަފުންނަށް އެކަމުން ހިތްވަރުލިބި،
އެއްބަސްވުމުގެ މާއްދާތަކާ ޚިލާފުވުމުގެ
ޙާދިސާތައް އިތުރުވެގެން ދިޔުމުގެ ފުރުޞަތު ހުޅުވިގެން ހިގައިދާނޭކަމެއްކަމަށްވާތީކަމާއި، އަދި މިފަދަ
ކަންކަމަކީ، ކުންފުނީގެ މުވައްޒަފުންނާއި ކުންފުންޏާ ދެމެދު އޮންނަންޖެހޭ ގުޅުންތަކަށް ބުރޫއަރާ،
މަސައްކަތުގެ މާޙައުލު ނުތަނަވަސްވެ، ކުންފުނީގެ މުވައްޒަފުން ކުންފުނީގެ މައްޗަށް ނުޙައްޤުން އެކިއެކި
ޒާތުގެ ނުފޫޒާއި ބާރު ފޯރުވުމަށް މަގުފަހިވުމުގެ ސަބަބުން ކުންފުނީގެ ވިޔަފާރިއަށް ގެއްލުންތަކެއް ލިބުން
އެކަށީގެންވާ ކަންތައްތަކެއް ކަމަށްވާތީކަމާއި،
އެހެންކަމުން، މިބަޔާންކުރެވުނު ކަންކަމުގެ މައްޗަށް ޖުމްލަގޮތެއްގައި ބަލާއިރު،
އިސްތިއުނާފަށް ހުށަހެޅިފައި މިވާ މައްސަލާގައި، ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ
ވަޒީފާއިން ޢަބްދު
ޞާލިޙު ވަކިކުރުމުގައި އެކުންފުނީގެ ފަރާތުން ޤާއިމުކުރަންޖެހޭ މައުޟޫޢީ
ޢަދުލުވެރިކަން ޤާއިމުވެފައިވާކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
OCX
ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމެވެ.
3.5- ފަސްވަނަ ކަމަކީ: އިސްތިއުނާފުކުރެވިފައި މިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު: 2017/VTR/192 މައްސަލާގައި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގެކުރިން ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވޭތޯ ބަލާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 208/HC-A/2010 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ފަދައިން،
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ
އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން ޢަބްދުﷲ ޞާލިޙު ވަކިކުރުމުގެ ކުރިން، ޢަބްދު
ޞާލިޙުގެ މައްޗަށް
މަތުކުރެވިފައިވާ ކަންކަމަކާބެހޭ
މަޢުލޫމާތު (އޭރަކު ދެވެން ހުންނަ ހުރިހާރާއްޖޭގެ
ކު
8/22
ދި 8
5
etcc
ހ3
ތެހެ2
1
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
20j4/HC-A/j4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ތަފްޞީލަކާއެކު) ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޢަބްދުﷲ ޞާލިޙަށް
ދީފައިވުމުގެ އިތުރުން އެތުހުމަތުތަކާމެދު ޖަވާބުދާރީވުމުގެ ފުރުޞަތު އޭނާއަށް ދިނުމާއެކު، އެމައްސަލައެއް
ތަޙްޤީޤުކުރުމަށްފަހު، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ފުރިހަމަވާންޖެހޭ ދެ ޝަރުޠު
ފުރިހަމަވާކަމަށް، ކުރެވުނު ތަޙްޤީޤަށް ފެނިފައިވުމުގެ އިތުރުން ޢަބްދުﷲ ޞާލިޙަށް ޖަވާބުދާރީވުމަށް ދެވުނު
ފުރުޞަތުގައި، އޭނާ އެދިފައިވާނަމަ، އޭނާ ކަނޑައެޅި މީހެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތުވެސް
އޭނާއަށް ދެވިފައިވާނަމަކަމާއި،
މިދެންނެވުނު ކަންކަމުގެ އަލީގައި، އިސްތިއުނާފަށް ހުށަހެޅިފައި މިވާ މައްސަލާގައި
ކަންހިނގާފައިވާ ގޮތަށް ބަލާއިރު، އިސްވެދެންނެވިފައިވާ ފަދައިން ބްލޫ ލެގޫން އިންވެސްޓްމަންޓްސް
ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން ޢަބްދުﷲ ޞާލިޙު ވަކިކުރެވިފައިވަނީ، އެކުންފުންޏާ އޭނާއާ ދެމެދު
ހެދިފައިވާ ވަޒީފާގެ އެއްބަސްވުމުގެ 20.1 ވަނަ މާއްދާގެ ދަށުން 27 އޮކްޓޯބަރ 2013 ގެ ތާރީޚުގައި
އެކުންފުނީން
އޭނާއަށް
ފޮނުވާފައިވާ ސިޓީއަކުން އަންގާފައިވާ އެންގުމެއް
އެ އެންގުމަށް
އޭނާ
ކިޔަމަންވެފައި ނުވާތީކަން މިމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ސާފުކޮށް އެނގެން
އޮންނައިރު، މިބަޔާންކުރެވުނު ސިޓީއަށް ބަލާއިރު، އެސިޓީގެ ޒަރިއްޔާއިން އަންގާފައިވާ އެންގުން
އެންގިފައިވަނީ ކީއްވެގެންކަމާއި، އަދި އެ އެންގުމާ އެއްގޮތަށް ޢަމަލު ނުކޮށްފިނަމަ ކުންފުނީގެ ފަރާތުން
އޭނާއާ މެދު ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި މިދެންނެވުނު
ސިޓީ ޢަބްދުﷲ ޞާލިޙަށް ލިބިފައިވާކަމަށް އޭނާ އެއްބަސްވެފައިވާތީއާއި، އެސިޓީގައި އޭނާ ރަށުން ފޭބުމަށް
އަންގާފައިވާ ގަޑީގެ އެކަށީގެންވާ ވަގުތުގެ ކުރިން އެ ސިޓީ ލިބިފައިވާކަން މިމައްސަލައާ ގުޅިގެން
ޢަބްދުﷲ ޞާލިޙުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން ސާފުކޮށް
އެނގޭކަމާއި، އަދި އެސިޓީގައި ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޢަބްދު
ޞާލިޙަށް އަންގާފައިވާ ކަންތަކުގެ ޒާތަށް ބަލާއިރު، އެ
ޢަމަލުކޮށްފައިވާކަން ނުވަތަ ނޫންކަން ވަރަށް ފާޅުކަންބޮޑުގޮތެއްގައި ފެންނާން އޮތްކަމަށްޓަކައި، އެމުވައްޒަފަކު
އޭނާއަށް ލިބި
4
2 ހއ
އޭނަ އަށް
07 8 2
4 8
23 4
އއޤީe
ގޮތުގެމަތިން އޭނާ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
.
13
20j4/HC-A/j4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
14 2
308ސ2042$
4 &
ކޮށްފައިވާކަމަކީ ނުވަތަ ނުކޮށް ދޫކޮށްލާފައިވާކަމަކީ އެކަމުގެ މައްޗަށް ބިނާކޮށް ވަޒީފާއާބެހޭ ޤާނޫނުގެ 23
ވަނަ މާއްދާގެ ދަށުން ނޯޓިހެއް ދިނުމަކާނުލައި އެމުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭ
ފެވާނަމަ، މިފަދަ މައްސަލަތަކުގައި ވަޒީފާދޭ ފަރާތުން ޤާނޫނީ ފިޔަވަޅުއެޅުމުގެ ކުރިން
(އާންމު އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން، އިތުރު ތަޙްޤީޤުތަކެއްކޮށް، އެކަމާމެދު ޖަވާބުދާރީވުމުގެ އިތުރު
ފުރުޞަތުތަކެއް އެމުވައްޒަފަކަށް ދިނުމަކީ ވަޒީފާދޭ ފަރާތުގެ މައްޗަށް ކޮންމެހެން ލާޒިމުކަމެއް ނޫންކަމާއި،
އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާއާއި މުޅިން އެއްގޮތް ޤަޟިއްޔާއެއްކަމުގައިވާ
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2013/VTR/193 މައްސަލާގެ އިސްތިއުނާފު ބަލާފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 146/HC
-
A/2014 ޤަޟިއްޔާގައިވެސް މިއުޞޫލު ތަޠުބީޤު
ކޮށްފައިވާކަން އެޤަޟިއްޔާގެ ރިޕޯޓުން އެނގެން އޮންނަކަމާއި،
އެހެންކަމުން، ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއި ޢަބްދުﷲ ޞާލިޙު
އާ ދެމެދު ހެދިފައިވާ ވަޒީފާގެ އެއްބަސްވުމުގެ 20.1 ވަނަ މާއްދާގެ ދަށުން، 27 އޮކްޓޫބަރު 2013 ގެ
ތާރީޚުގައި އެކުންފުނީން އޭނާއަށް ފޮނުވާފައިވާ ސިޓީގައި، އެ ސިޓީގެ ޒަރިއްޔާއިން އޭނާއަށް އެކުންފުނީގެ
ފަރާތުން އަންގާފައިވާ އެންގުން އަންގަންޖެހުނު ސަބަބާއި އެ އެންގުމާ ގޮތުގެމަތިން އޭނާ
ޢަމަލުނުކޮށްފިނަމަ އެޅޭނެ ފިޔަވަޅު ސާފުކޮށް ބަޔާންކޮށްފައި އޮއްވާ، އެސިޓީގެ ޒަރިއްޔާއިން ބްލޫ ލެގޫން
އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޢަބްދުﷲ ޞާލިޙަށް އަންގާފައިވާ އެންގުމާ އެއްގޮތަށް
އޭނާ ޢަމަލުކޮށްފައިނުވާކަން ފާޅުކަން ބޮޑުގޮތެއްގައި ފެންނަން އޮތްކަމަށްޓަކައި، އަދި ވަޒީފާދޭ ފަރާތާއި
ވަޒީފާއަދާކުރާ ފަރާތާ ދެމެދު ހެދޭ ވަޒީފާގެ އެއްބަސްވުންތަކުގައި ހިމެނޭ، މިމައްސަލަ އެމައްޗަށް
ބިނާވެފައިވާފަދަ މާއްދާތަކާ މުވައްޒަފަކު ޚިލާފުވުމަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން
އެފަދަ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ ކަމެއްކަމަށްވުމާއެކު، އެމައްސަލައާ ގުޅިގެން ބްލޫ ލެގޫން
އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިތުރު ތަޙްޤީޤެއްކޮށް، އޭނާގެ ފަރާތުން ޢަމަލުކޮށްފައިވާ
ގޮތާމެދު ޖަވާބުދާރީވުމަށް އިތުރު ފުރުޞަތުތަކެއް ދީފައިނުވިނަމަވެސް، ބްލޫ ލެގޫން އިންވެސްޓްމަންޓްސް
4 0 8 2
އއ 03
8 0 4 6 8 e
6 24
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
= ،
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/148
OCX
ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން ޢަބްދުﷲ ޞާލިޙު ވަކިކޮށްފައިވަނީ މިބާވަތުގެ މައްސަލަތަކުގައި ވަޒީފާދޭ
ފަރާތުން ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހުގައިކަމަށް ބަލަންޖެހޭކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަމަށް
ޖުމްލަގޮތެއްގައި ބަލާއިރު، ބްލޫ ލެގޫން
އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގައި ޢަބްދުﷲ ޞާލިޙު އަދާކުރަމުންދިޔަ ވަޒީފާއިން،
27 އޮކްޓޫބަރު 2013 ގައި އޭނާ ވަކިކޮށްފައިވަނީ، މިބާވަތުގެ މައްސަލަތަކުގައި އެކުންފުނީގެ ފަރާތުން
ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހުގައިކަން އެނގެން
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އެއްބަސްވެވިފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2013/VTR/192 މައްސަލާގައި
އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލު ގެންނަންޖެހޭ
4 3 29
284ނ
4
46 ހދ 6
ނަނ00އ29ނ.
ދެންފަހެ އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް
ހުރުމާއެކު، ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގައި ސ.ހިތަދޫ)ސެންޓަރޕޮއިންޓް ޢަބްދު
ޞާލިޙު (ދ.ރ.ކާޑް ނަންބަރު:A077190) އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ، މިބާވަތުގެ
މައްސަލަތަކުގައި ޤާއިމްކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ޤާއިމްކުރުމަށްފަހުގައި
ކުމަށްވުމާއެކު، ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގައި ޢަބްދުﷲ ޞާލިޙު އަދާކުރަމުންދިޔަ
ވަޒީފާއިން އޭނާ ވަކިކުރުމުގައި އެކުންފުނީން ޢަމަލުކޮށްފައިވަނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ
ޤާނޫނު) އާ އެއްގޮތްވާގޮތު؟
މަތިންކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް
ވެސް އިއްތިފާޤުވެވިފައިވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2017/VTR/192 މައްސަލާގައި
އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ބާޠިލްކޮށް، އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 33/471)
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv