ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/112 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/112
އަلA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
*
• ޤަޟިއްޔާ ނަންބަރު: 112/HC-A/2012
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: މުޙައްމަދު އަފްޝީން ޝަރީފް
ދާއިމީ އެޑްރެސް:
އައި.ޑީ.ކާޑު ނަންބަރު: A144394
މިހާރުގެ އެޑްރެސް:
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލު: އ. ޕަބްލިކް ޕްރޮސިކިއުޓަރ އޒް. ޢާއިޝަތު ފަޒްނާ އަޙްމަދު
ޖަވާހިރުމާއާގެ
ޖަވާހިރުމާއާގެ
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 24 ޖުމާދަލްއޫލާ 1433
ނިމުނު ތާރީޚް: 04 ޖުމާދަލްއާޚިރާ 1433
16 އޭޕްރީލް 2012
25
އޭޕްރީލް 2012
އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2012
/
05/N8C
ނިންމެވި ކޯޓު
ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ކޯޓުއަމުރު
• ހުށަހެޅުނު ތާރީޚް:
15 އޭޕްރީލް 2012
ނިމުނު ތާރީޚް: 15 އޭޕްރީލް 2012
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/112
ދަޢުވާގެ ޚުލާޞާ
މިއީ، ތ.
ބުނެ
ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012
/
05/N8C ކޯޓުއަމުރަކީ ޝަރުޢީ،
ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް އެއަމުރު އިސްތިއުނާފުކުރުމަށް
ގ.ޖަވާހިރުމާއާގެ، މާލެ، މުޙައްމަދު އަފްޝީން ޝަރީފް އެއަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު
ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މުޙައްމަދު އަފްޝީން ޝަރީފުގެ ފަރާތުން ކުރި މިއިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ދިވެހި ދައުލަތް) އެވެ.
CCCC
ފާހަގަކުރެވުނު ނުކުތާތައް:
.e
1. ތ. ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 2012
/
05/N8C ކޯޓުއަމުރަކީ، 2012
އޭޕްރީލް 14 ވަނަ ދުވަހުގެ ވަގުތެއްގައި ގުރައިދޫ ކައުންސިލްގެ އިދާރާގެ ހުއްދަ ނުހޯދައި ކައުންސިލް
އިދާރާގެ ތެރެއަށް ބަޔަކު މީހުން މަސްތުގެ ޙާލުގައިތިބެ ގްރޫޕް ހަދައިގެން ވަދެ ރަށުގެ މަޞްލަޙަތު ނަގާލަން
މަސައްކަތް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ މިމައްސަލާގައި މީނާ ދޫކޮށްލައިފިނަމަ މީނަގެ ފަރާތުން
މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިދާނެތީއާއި، އަދި މުޖުތަމަޢުގެ ފަރާތުން މީނާއަށް ނުރައްކަލެއް
ކުރިމަތިކޮށްފާނެކަމަށް ފެންނާތީއާއި މައްސަލައިގެ ހެއްކަށް ނުފޫޒެއް ފޯރުވައިފާނޭކަމަށް ފެންނާތީ ކަމަށް
ވިދާޅުވެ 2012 އޭޕްރީލް 15 ވަނަ ދުވަހުގެ 11:40 އިން ފެށިގެން 2012 އޭޕްރީލް 18 ވަނަ ދުވަހުގެ
11:40 ގެ ނިޔަލަށް، 03 (ތިނެއް) ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށުގައި މުޙައްމަދު އަފްޝީން
ޝަރީފް ބަންދުކޮށްފައި ބެހެއްޓުމަށް ކުރައްވާފައިވާ އަމުރެއްކަން އެއަމުރުން އެނގެން އޮވެއެވެ.
N8C/2012/05
ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
ކޯޓުއަމުރު
އިސްތިއުނާފުކުރުމަށް މުޙައްމަދު އަފްޝީން ޝަރީފްގެ ފަރާތުން ތިން ނުކުތާ ފާހަގަކޮށް އެނުކުތާތަކާއިމެދު
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ޖެހިރާއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
2012/HC-A/112
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
0
• ފުރަތަމަ ނުކުތާއަކީ: ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނުތާ 24 ގަޑިއިރު ތެރޭގައި
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށްދީފައިނުވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
COC
• ދެވަނަ ނުކުތާއަކީ: ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 05 ވަނަ މާއްދާގެ (ށ) ގައި ބަންދުގެ މުއްދަތު
ކުރުމަށް ހުށަހެޅުމުގެ ކުރިން ކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ހުވާކޮށްފައިނުވާކަމަށް ބުނެ ފާހަގަކުރި
3
3
3
3 ހދ
**
253 ، ކ
ނުކުތާއެވެ.
ތިންވަނަ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ ދަށުން ކުށެއްގެ ތުހުމަތުގައި
ހައްޔަރުކުރާ މީހުންނަށް ލިބިދޭންޖެހޭ މަޢުލޫމާތު ލިބިދީފައިވާކަން ކަށަވަރުނުކުރައްވައި ކޯޓުއަމުރު ނެރުއްވާފައިވާ
ކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ.
3. ނތ.
ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012
/
05/N8C ކޯޓުއަމުރު މުޙައްމަދު
އަފްޝީން ޝަރީފްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން
ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ: މުޙައްމަދު އަފްޝީން ޝަރީފް ބަންދުކޮށްފައިވަނީ 2012 އޭޕްރީލް 14 ވަނަ
ދުވަހުގެ ވަގުތެއްގައި ގުރައިދޫ ކައުންސިލް އިދާރާގެ ހުއްދަ ނުހޯދައި ކައުންސިލް އިދާރާތެރެއަށް ބަޔަކު
މީހުން ގްރޫޕް ހަދައިގެން ވަދެ ރަށުގެ މަޞްލަޙަތު ނަގާލަން މަސައްކަތް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ
މައްސަލައެއްގައި ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާގެ ތެރެއިން އެދުވަހުގެ 11:15 ގައިކަން މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ނަންބަރު TD040649 ”ހައްޔަރު ކުރެވޭ މީހާގެ މަޢުލޫމާތު ފޯމް“ އިން އެނގެން
etc >
އޮވެފައި؟
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
2012/HC-A/112
~
ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012
/
05/N8C ކޯޓުއަމުރުގައި 2012 އޭޕްރީލް
15 ވަނަދުވަހުގެ 11:40 އިން ފެށިގެން 2012 އޭޕްރީލް 18 ވަނަ ދުވަހުގެ 11:40 އަށް، މުޙައްމަދު
އަފްޝީން ޝަރީފް ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ކަނޑައަޅުއްވާފައިވާއިރު، ޤާނޫނުއަސާސީ
ލާޒިމްކުރަނީ ހައްޔަރުކުރެވުނުތާ 24 ގަޑިއިރު ފާއިތުވުމުގެ ކުރިން ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށްޓަކައި
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުންކަމާއި، އެއާއި ޚިލާފަށް 24 ގަޑިއިރު ފާއިތުވުމުގެ ސުންގަޑިއަށް
ބަންދާއިމެދު ގޮތެއް ނިންމުން ލާޒިމް ކޮށްފައިނުވާކަން އެމާއްދާއިން އެނގޭކަމާއި، އެހެންކަމުން 2012
އޭޕްރީލް 15 ވަނަދުވަހުގެ 11:40 އިން ފެށިގެން މުޙައްމަދު އަފްޝީން ޝަރީފް ބަންދުގައި ބެހެއްޓުމަށް
އަމުރުގައި ބަޔާންކުރެވިފައި އޮތުމަކީ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) ގައި ކުށެއްގެ ތުހުމަތުގައި
ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތީންތޯ ކަނޑައެޅުމަށްޓަކައި އެމީހަކު ހައްޔަރު
ކުރެވުނުތާ ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރާންވާނެކަމަށް އޮންނަ
އޮތުމާއި ތަޢާރަޟުވާކަމެއް ނޫންކަމާއި، އަދި ހަމައެހެންމެ އެކަމަކީ މުޙައްމަދު އަފްޝީން ޝަރީފްގެ ބަންދާމެދު
ގޮތެއް ނިންމުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުނުކުރާކަމަށް ބެލެވޭނެ ކަމެއް ނޫންކަން އެނގެއެވެ.
(ނ) ދެވަނަ ކަމަކީ: މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު TD040649 "ހައްޔަރު ކުރެވޭ
މީހާގެ މަޢުލޫމާތު ފޯމް“ ގެ ކޮޕީއެއް ތ.ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނުކަން ދެފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވެފައި، އެ ފޯމުގައި
މުޙައްމަދު އަފްޝީން ޝަރީފް ހައްޔަރުކުރީ [2012 އޭޕްރިލް 14 ވަނަ ދުވަހުގެ ވަގުތެއްގައި ތ.ގުރައިދޫ
ކައުންސިލް އިދާރާގެ ހުއްދަ ނުހޯދައި ކައުންސިލް އިދާރާތެރެއަށް ބަޔަކު މީހުން ގްރޫޕް ހަދައިގެން ވަދެ ރަށުގެ
މަސްލަޙަތު ނަގާލަން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަޙްޤީޤު ކުރުމަށް ޓަކައި، ކަމަށް
ބަޔާންކުރެވިފައިވާކަމާއި،
އަދި އެ ފޯމުގައި ހަނުހުރުމުގެ ހައްޤު ލިބިގެންވާކަމާއި، ޤާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ފުރުޞަތު
ލިބިގެންވާކަމާއި، ގެންދެވޭ ތަން މުޙައްމަދު އަފްޝީން ޝަރީފްއަށް އެންގިފައިވާކަމާއި، އެކަންކަން މުޙައްމަދު
އަފްޝީން ޝަރީފްއަށް އެންގުމުން އެ ލިޔުމުގައި ސޮއި ކުރުމަށް ނުވަތަ ލިޔުމާއި ޙަވާލުވުމަށް އިންކާރު
ދިވެހިރާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2012/HC-A/112
ޕޮލިސް ލާންސް ކޯރޕްރަލް އާދަމް ޙަނީފާ އާއި ޕޮލިސް ލާންސް ކޯރޕްރަލް ޙަސަން ޙުސައިންގެ
ޙާޟިރުގައިކަމަށް ބަޔާންކޮށް އެ ދެ މީހުން 2012 އޭޕްރިލް 14 ވަނަ ދުވަހުގެ 22:13 ގައި އެފޯމުގައި
ސޮއިކޮށްފައިވާކަން އެ ފޯމުން އެނގެންއޮތުމުން، ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ ދަށުން ލިބިދޭންޖެހޭ
މަޢުލޫމާތުތައް އެމާއްދާގައި ކަނޑައެޅިފައިވާ ގޮތަށް މުޙައްމަދު އަފްޝީން ޝަރީފްއަށް ލިބިދީފައިވާކަން
ތ.ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުން މުޙައްމަދު އަފްޝީން ޝަރީފްގެ ބަންދާއިމެދު ގޮތެއް ނިންމެވުމުގެ ކުރިން
ކަށަވަރު ކުރައްވާފައި ނުވާކަމަށް ބަލާނެ ޝަރުޢީ ނުވަތަ ޤާނޫނީ ހަމައެއް ނެތްކަން އެނގެއެވެ.
ބ.
(ނ) ތިންވަނަ ކަމަކީ، މި މައްސަލައާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ނަންބަރު TD040649 [ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭމީހުން ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ
ހުށަހަޅާ ފޯރމް” ގައި މައްސަލައާ ގުޅޭގޮތުން ލިބިފައިވާ ހެކި ނުވަތަ ޤަރީނާގެ ގޮތުގައި މަންޒަރު ދުށް
ފަރާތްތަކުން ބުނާ ބުނުމާއި، މުޙައްމަދު އަފްޝީން ޝަރީފްގެ ކުޑަކަމުދާ ތަކެތި ދިނުމަށް އެންގުމުން ކުޑަކަމުދާ
ތަކެތި ނުފުދޭނެކަމަށްބުނެ އިންކާރުކޮށްފައިވާ ކަމަށް ބަޔާންކޮށްފައިވީނަމަވެސް އިޝާރާތްކުރެވުނު ހެކިތައް
ތ.ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިނުވާކަން މިމައްސަލައާގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުގެ ފަރާތުން ދައްކާފައިވާ ވާހަކައިން އެނގެން އޮންނަކަމާއި،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު،
އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް
ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ
ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް
ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން
އޮވެފައި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
.-5
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/112
ތ. ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012
/
05/N8C ކޯޓުއަމުރުގައި، މުޙައްމަދު
އަފްޝީން ޝަރީފް ދޫކޮށްލައިފިނަމަ، މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިދާނެތީއާއި، އަދި
މުޖްތަމަޢުގެ ފަރާތުން މުޙައްމަދު އަފްޝީން ޝަރީފްއަށް ނުރައްކަލެއް ކުރިމަތިކޮށްފާނޭކަމަށް
ފެނިވަޑައިގަންނަވާތީއާއި އަދި މައްސަލައިގެ ހެއްކަށް ނުފޫޒެއް ފޯރުވަފާނެކަމަށް ފެނިވަޑައިގަންނަވާކަމަށް
ޔާންކުރައްވާ މުޙައްމަދު އަފްޝީން ޝަރީފް ބަންދުކުރައްވާފައިވީނަމަވެސް، އިޝާރާތްކުރެވުނު ސަބަބުތައް
ހުރިކަމަށް ދަލާލަތުކުރާ ހެއްކެއް ހުށަހެޅިފައިނުވާކަން އެނގެން އޮތްއިރު، ތ.ހިރިލަންދޫ މެޖިސްޓްރޭޓް
ކޯޓުން މުޙައްމަދު އަފްޝީން ޝަރީފްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ރިޢާޔަތް ކުރައްވާފައިވަނީ މިމައްސަލަ
އެކޯޓަށް ހުށަހެޅި، ތަޙުޤީޤުކުރާމީހާގެ ބަހަށްކަމަށް ބެލެވޭކަމާއި،
2 *ހ8
އ 43ށް
މުޙައްމަދު އަފްޝީން ޝަރީފްގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ތ.ހިރިލަންދޫ މެޖިސްޓްރޭޓް
ކޯޓަށް މިމައްސަލަ ތަޙުޤީޤުކުރާމީހާގެ ފަރާތުން ހުށަހެޅިއިރު، ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު” ގެ 05 ވަނަ މާއްދާގެ (ށ)
ގައި ބުނެފައިވާ ހުވާ އެފަރާތުން ކޮށްފައިނުވާކަން ތ.ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުން ދިވެހިރާއްޖޭގެ ހައިކޯޓަށް
.ވާފައިވާ
ނަންބަރު
(17.04.2012) ފެކްސް މެސެޖުން
2 89
އެކޯޓުގެ
172012/N-8-IC
ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުން މުޙައްމަދު އަފްޝީން ޝަރީފް ބަންދުގައި ބެހެއްޓުމަށް އަމުރު
ނެރުއްވުމުގައި ޢަމަލުކުރައްވާފައިވަނީ ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު ގެ 05 ވަނަ މާއްދާގެ (ށ) ގައި ކަނޑައެޅިފައިވާ
އިޖުރާތާއި އެއްގޮތަށް ނޫންކަން އެނގެއެވެ.
އްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
7
2012/HC-A/112
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
• ޙުކުމް:
3 0 22
4 3 2 3
ކަންތައްތައް
ޕީ.
ދެންފަހެ، އިސްވެ ފާހަގަކުރެވުނު
ންކުރެވިދިޔަ ގޮތުގެމަތިން
ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012
/
05/N8C ކޯޓުއަމުރުގެ ދަށުން ޖަވާހިރުމާއާގެ،
މާލެ، މުޙައްމަދު އަފްޝީން ޝަރީފް 2012 އޭޕްރީލް 15 ވަނަ ދުވަހުގެ 11:40 އިން ފެށިގެން 2012
އޭޕްރީލް 18 ވަނަ ދުވަހު 11:30 އަށް ބަންދުގައި ބެހެއްޓުމަށް ތ. ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުން
ނެރުއްވާފައިވާ އެކޯޓުގެ ނަންބަރު 2012
/
05/N8C ކޯޓުއަމުރަކީ ބާޠިލު އަމުރެއްކަމަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ލީޤަޟިއްޔާ ބަލައި ނިޔާ ކަނޑައެޅީގެ
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ޢަބްދުﷲ ޙަމީދު
ޔޫސުފް ޙުސައިން
(ފަނޑިޔާރު)
(ފަނޑިޔާރު)
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv