ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/34 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2011/HC-A/34
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
M/
އި
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 34/HC
-
A/2011
• އިސްތިއުނާފު ކުރިފަރާތް
* ނަން: އަޙްމަދު ފާއިޒް
* އައި.ޑީ.ކާޑް ނަންބަރ: A010538
ދާއިމީ އެޑްރެސް: ޖަވާހިރުމާގެ/ ހދ. ނައިވާދޫ
މިހާރުގެ އެޑްރެސް:ޖަވާހިރުމާގެ/ ހދ. ނައިވާދޫ
އިސްތިއުނާފް ރައްދުވި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ރަޖިސްޓްރީ ނަންބަރ:
ދާއިމީ އެޑްރެސް: -
މިހާރުގެ އެޑްރެސް:
، ރަޖިސްޓްރީ ކުރެވުނު ތާރީޚް: 01 ފެބްރުއަރީ 2011
*ނިމުނު ތާރީޚް: 11 ފެބްރުއަރީ 2015
އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2011
/
37-MD
ނިންމިކޯޓް: ތިލަދުންމަތީ ދެނުކުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓް
އަމުރުގެ ބާވަތް: ކޯޓު އަމުރު
އަމުރު ނެރުނު ތާރީޚް: 31 ޖެނުއަރީ 2011
ދިވެހިރާއްa
ހަ
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް،
ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު،
ފަނޑިޔާރު އަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2011/HC-A/34
• ދަޢުވާގެ ޚުލާޞާ
މިއީ، ތިލަދުންމަތީ ދެނުކުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓް ނަންބަރު 2011
/
17-MD
ކޯޓު އަމުރު، އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފަށްކަމަށްބުނެ، އެކޯޓު އަމުރު
އިސްތިއުނާފު ކުރުމަށް ހދ. ނައިވާދޫ ޖަވާހިރުމާގޭ އަޙްމަދު ފާއިޒުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފު ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް:
1. ތިލަދުންމަތީ ދެނުކުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 2011
/
37-MD
ކޯޓު އަމުރު، އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފަށްކަމަށް ބުނެ އެކޯޓު އަމުރު
އިސްތިއުނާފު ކުރުމަށް ހދ. ނައިވާދޫ ޖަވާހިރުމާގޭ އަޙްމަދު ފާއިޒުގެ ފަރާތުން ހުށަހަޅާފައިވެއެވެ.
2. ތިލަދުންމަތީ ދެނުކުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 2011
/
37-MD
ކޯޓު އަމުރަށް ބަލާއިރު އެކޯޓު އަމުރު ނެރުއްވާފައިވަނީ، 31 ޖެނުއަރީ 2011 ވަނަ ދުވަހުގެ 10:00 އިން
ފެށިގެން 03 ދުވަހުގެ މުއްދަތަށް ހދ. ނައިވާދޫ ޖަވާހިރުމާގޭ އަޙްމަދު ފާއިޒް ފުލުހުންގެ ބެލުމުގެ ދަށުގައި
މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވައިކަން
އެނގޭކަމާއި، އަޙްމަދު ފާއިޒް ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު ކުރެއްވި ސަބަބަކަކީ އަޙްމަދު ފާއިޒުގެ
މައްޗަށް
ތުހުމަތު ކުރެވުނު މައްސަލާގައި ފުލުހުން ހުށަހަޅާފައިވާ ހެކި ޤަރީނާއަށް ބަލާއިރު، މިވަގުތު މީނާގެ
މައްޗަށް ތުޙުމަތު ކުރެވިފައިވާ މައްސަލައިގެ ބާވަތުން ތަޙްޤީޤު މަރުހަލާ ނުނިމެނީސް ދޫކޮށްލައިފިނަމަ،
މިކަލެއްކުރިމަތި ވެދާނެކަމަށް ފެނިވަޑައިގެންކަން އެނގެން އޮވެއެވެ.
ހއ ހ 2
މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަ
ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އާބު މުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
" ދިވެހިރާއްޖެ
3
2011/HC-A/34
މައްޗަށް މީހަކު
ޤާނޫނުއަސާ
ނިންމުމުގެ ޤަވާޢިދު"ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލަޑިގްރާއްޖޭގެ ހައިކޯ
3. ތިލަދުންމަތީ ދެނުކުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 2011
/
37-MD
ކޯޓު އަމުރު ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ ހދ. ނައިވާދޫ ޖަވާހިރުމާގޭ
އަޙްމަދު ފާއިޒުގެ ފަރާތުން 2 ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
، ފުރަތަމަ ނުކުތާއަކީ: ތުހުމަތު ކުރެވުނު މައްސަލާއަކީ ބަނގުރާ އިޝްތިހާރު ކުރުމުގެ
މައްސަލައެއްކަމަށް ފުލުހުން ބުނެފައިވާއިރު، އެފަދަ އެއްޗެއް އަޙްމަދު ފާއިޒުގެ އަތުގައި ހުރިތޯ
ބަލާފައިނެތުމާއި، އެފަދަ އެއްޗެއް އަތުގައިނެތީސް ބަޔަކުބުނާ ބުނުމެއްގެ
ހައްޔަރުކޮށް،
ގެ 49 ވަނަމާއްދާއާ ޚިލާފަށް ބަންދުގެ މުއްދަތު އިތުރު ކޮށްދެއްވާފައިވާކަމަށް ބުނެ ހުށަހެޅި
ނުކުތާ.
• ދެވަނަ ނުކުތާއަކީ: ތުހުމަތުކުރެވުނު މައްސަލައިގައި މިހާތަނަށް އެފަދަ އެއްވެސް އެއްޗެއް،
އަދި އެފަދަ އެއްޗެއް އަޙްމަދު ފާއިޒު އަތުގައި ހުރިކަން ނުވަތަ ބަނގުރާ އިސްތިހާރުކުރުމަށް ކުރިކަމެއް،
ބުނިބަހެއްވިޔަސް ހުށަހަޅާފައިނުވާއިރު، ފުލުހުން ސިޔާސީ މަޤްޞަދުތަކެއް ޙާސިލްކުރުމަށް އަޙްމަދު ފާއިޒު
ހައްޔަރުކޮށްފައިވަނިކޮށް އެކަމުގެ ޙަޤީޤަތް ބެލުމެއްނެތި ތިލަދުންމަތީ ދެނުކުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް
ކޯޓުން ބަންދުގެ މުއްދަތު އިތުރު ކޮށްދެއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
4. މިމައްސަލައާއި ގުޅިގެން ތިލަދުންމަތީ ދެނުކުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2011
/
37-MD ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް އަޙްމަދު ފާއިޒުގެ ފަރާތުން ހުށަހެޅި
ނުކުތާތަކަށާއި، އެނުކުތާތަކާގުޅޭ ގޮތުން އަޙްމަދު ފާއިޒުގެ ފަރާތުންނާއި މިއިސްތިއުނާފް ދަޢުވާރައްދުވާ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަކުގެ
(ހ) ފުރަތަމަ ކަމަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި،
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް
COC
¢ ¢ ¢
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
ހައި
4
2011/HC-A/34
ހެކި ފޮރުވުމަ
ވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް، ނުވަތަ
ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް
ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި މެނުވީ އެއްވެސް މީހަކާއި މެދު ޝަރީޢަތުން ޙުކުމް ކުރުމުގެ ކުރިން
އެމީހަކު ބަންދުގައި ބަހައްޓައިގެންނުވާނެކަމަށް ބަޔާންކޮށްފައި އޮންނަކަމާއި، ތިލަދުޝްމަތީ ދެނުކުބުރީ
ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011
/
37-MD ކޯޓު އަމުރަށް ބަލާއިރު، އަޙްމަދު ފާއިޒް 03
ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ތިލަދުންމަތީ ދެނުކުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އަމުރު
ކުރައްވާފައިވަނީ އަޙްމަދު ފާއިޒްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލައެއްގައި ފުލުހުން ހުށަހަޅާފައިވާ
ހެކި ޤަރީނާއަށް ބަލާއިރު، މީނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލައިގެ ބާވަތުން ތަޙްޤީޤު މަރުޙަލާ
ނުނިމެނީސް ދޫކޮށްލައިފިނަމަ، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބަޔާންކުރައްވައިކަން
އެއަމުރަށް ބެލުމުން އެނގެން އޮންނަކަމެވެ.
ފާއިޒުގެ މައްޗަށް
(ށ) ދެވަނަ ކަމަކީ: އިސްވެ އިޝާރާތް ކުރެވުނު ތިލަދުންމަތީ ދެނުކުބުރީ ކުޅުދުއްފުށީ
މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 2011
/
37-MD ކޯޓު އަމުރަށް ބަލާއިރު، އަޙްމަދު ފާއިޒް 03 ދުވަހުގެ
މުއްދަތަށް ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު ކުރައްވާފައިވާ ސަބަބަކީ އަޙްމަދު ފާއިޒް ދޫކޮށްލައިފިނަމަ،
މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމެއްކަމަށް އެއަމުރުގައި ބަޔާންކޮށްފައިވާއިރު، އަޙްމަދު
އްޗަށް ތުހުމަތުކުރެވި ތަޙުޤީޤު މަރުޙަލާއަށް ބަންދުގައި ބެހެއްޓުނު މައްސަލައަކީ ބަނގުރާ
އިސްތިހާރުކުރުމުގެ މައްސަލައެއްކަމާއި، އަޙްމަދު ފާއިޒް ދިރިއުޅޭ ގޭގެ ކުރިމަތީގައި މޭޒެއް ބެހެއްޓުމަށްފަހު
އެމޭޒުގައި ރާބޯން ގެންގުޅޭކަހަލަ ތަށިތަކެއް އަތުރާ އަދި ފާޑެއްގެ ދިޔާއެއްޗެއް އެއަށް އަޅާ ރާހުސްކޮށްފައިވާ
ފުޅިތަކެއް އެމޭޒުމަތީގައި ބަހައްޓާ އެތަނުން ތަފާތު ވައްތަރުގެ ރާ ލިބެންހުރިކަމަށް ބުނެފައިވާކަމަށް ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުން ދީފައިވާ ބަޔާނުން އެނގެން އޮންނަކަމާއި، އަޙްމަދު ފާއިޒުގެ ބަންދުގެ
މުއްދަތު އިތުރުކުރުމަށް ތިލަދުންމަތީ ދެނުކުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައިގެ
ލިޔުމުން ހެކި ޤަރީންކަމަށް ބަޔާންކޮށްފައިވަނީ މަންޒަރު ދުށް މީހުންކަމާއި، މަންޒަރު ދުށް މީހުންނަށް އަޙްމަދު
ފާއިޒް ގޭގެ ކުރިމަތީގައިހުރި މޭޒެއްގައި ބަނގުރާ ހުސްކުރި ދެފުޅި ހުއްޓާ ފެނުނުކަމަށާއި އަދި ލައުޑް
ސްޕީކަރުން އަޙްމަދު ފާއިޒުގެ ގެއިން އެކިވައްތަރު ރާލިބެން ހުރިކަމަށް ގޮވަމުން ދިޔަކަމަށާއި އެވަގުތަކީ
8
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2011/HC-A/34
އެތަނުގައި ހދ. ނައިލައިދޫގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކާއި އަދި ކުޑަކުދިންތަކެއް އެތަނުގައި ތިބި
ވަގުތެއްކަމަށް ހެކިން ބުނެފައިވާކަން ދައުލަތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ބަޔާނަށް ބެލުމުން
އެނގެން އޮންނަކަމާއި، މިމައްސަލައިގައި އަޙްމަދު ފާއިޒުގެ ފަރާތުން މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް
ކުރިމަތިވެދާނެ ގޮތަށް ކުރިކަމަކީ އާއްމުން ގިނަ ތަނެއްގައި ބަނގުރާ އިސްތިހާރުކުރުން ކަމަށް ދައުލަތުން
ބުނެފައިވާކަން އެނގެން އޮންނަކަ
ނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، ތިލަދުންމަތީ ދެނުކުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު
2011
/
37-MD ކޯޓު އަމުރުގައި އަޙްމަދު ފާއިޒް ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބަކީ އަޙްމަދު
ފާއިޒްގެ ސަބަބުން މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައިކަން އެނގޭއިރު،
މިމައްސަލައިގެ ބާވަތަށާއި، ކަން ހިނގިގޮތް ކަމަށް ބަޔާންކުރާ ގޮތުގެ މައްޗަށާއި މުޅި މައްސަލައިގެ
ވަށައިގެންވާ އެހެނިހެން ކަންތައްތަކުގެ މައްޗަށް ބެލުމުން އަޙްމަދު ފާއިޒުގެ ފަރާތުން އެފަދަ ނުރައްކަލެއް
މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރިމަތިވެދާނެކަމަށް ބެލެވެން އޮތްކަން އެނގެން އޮންނަކަމެވެ.
އެހެންކަމުން، ތިލަދުންމަތީ ދެނުކުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓް ނަންބަރު
2011
/
37-MD ކޯޓު އަމުރަށް ބަދަލު ގެންނަން ނުޖެހޭކަމަށް މިޤަޟިއްޔާ ބެލި ފަނޑިޔާރުންނަށް
އިއްތިފާޤުވެވިފައިވެއެވެ.
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު
ގޮތަށް ހުރުމާއެކު ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 2011
/
17-MD ކޯޓު
އަމުރު އިސްތިޢުނާފުކުރުމަށް އަޙްމަދު ފާއިޒުގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެއަމުރު
ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2011/HC-A/34
ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، ތިލަދުންމަތީ ދެނުކުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2011
/
17-MD ކޯޓު އަމުރަށް ބަދަލެއް ގެންނަންޖެހޭނެ ތަނެއް ނެތްކަމަށް މައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv