ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/199 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތު
2015/HC-A/199
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
-
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 199/HC
-
A/2015
0
އިސްތިއުނާފު ކުރިފަރާތް:
* ނަން. އަޖިތު ކުރިޝަންތަ ރަނަތުން މުޑަގަލީގެ
ދާއިމީ އެޑްރެސް: ސްރީލަންކާ
މިހާރުގެ އެޑްރެސް: ލ.ބަހުރެއިން/ ކ.މާލެ
* ޕާސްޕޯޓް ނަންބަރު: N2207929
• އިސްތިއުނާފު ރައްދުވާ ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* އައިޑީ ކާޑު ނަންބަރު.
ދާއިމީ އެޑްރެސް:
• ރަޖިސްޓްރީކުރެވުނު ތާރީޚް:02 ޝަޢުބާން 1436
20 މެއި 2015
ނިމުނު ތާރީޚް: 30 ޝަޢުބާން 1436
17 ޖޫން
2015
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު، 2015
/
3013/J
/
MD-145
އަމުރުގެ ބާވަތް: ކޯޓު އަމުރު
ނިންމެވި ކޯޓް: ކްރިމިނަލް ކޯޓު
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލީސް:
ފަނޑިޔާރު އގ.ޢަލީ ސަމީރު، ފަނޑިޔާރު އގ.ޢަބްދުލްޣަނީ މުޙައްމަދު، އޖ.ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރ
އީމެއިލް [email protected]، ދި(ކެއްގެ
ދިވެހިރާއްޖެ، ފޯން: 3325
:
329، ފެކްސް: 3316471
:
www.highcourt-gov.my en
2
ޤަޟިއްޔާ ނިމުނު ގޮ
2015/HC-A/199
مل من *
• ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3013/J
/
MD-145 ކޯޓު އަމުރު
ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ އަޖިތު ކުރިޝަންތަ
ރަނަތުންގެ މުޑަގަލީގެ (ޕާސްޕޯޓް ނަންބަރު: N2207929) ގެ ފަރާތުން އެ އަމުރު ދިވެހިރާއްޖޭގެ
ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
ޏ0ވ
1. އިސްތިއުނާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3013/J
/
MD-145 "ކޯޓު
އަމުރު" އަށް ބަލާއިރު، އެ އަމުރަކީ އަޖިތު ކުރިޝަންތަ ރަނަތުންގެ މުޑަގަލީގެ ޕާސްޕޯޓް ނަންބަރު:
N2207929) ގެ މައްޗަށް ތުހުމަތުކުރެވިފައިވާ މަސްތުވާ ތަކެއްޗާއި، ބަނގުރާ ގެންގުޅެ އެތަކެތީގެ
ވިޔަފާރިކުރުމުގެ ކުށުގެ މައްސަލައަކާއި ގުޅިގެން، އެކި ގެއްލުވާލުމަށް މަސައްކަތް ކޮށްފާނެކަމަށްޓަކައި 25
އެޕްރީލް 2015 ވަނަ ދުވަހުގެ 19:16 އިން ފެށިގެން 05 މެއި 2015 ވަނަ ދުވަހުގެ 19:15 އަށް،
10 (ދިހައެއް) ދުވަހުގެ މުއްދަތަށް އަޖިތު ކުރިޝަންތަ ރަނަތުންގަ މުޑަގަލީގެ (ޕާސްޕޯޓް ނަންބަރު:
N2207929) ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް
ނެރުއްވާފައިވާ އަމުރެއްކަން
434/2/24
އެނގެންއޮވެއެވެ
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3013/J
/
MD-145 "ކޯޓު އަމުރު" އަކީ ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ނެރުއްވާފައިވާ އަމުރެއް ކަމަށް ބުނެ އަޖިތު ކުރިންތަ ރަނަތުންގަ
މުޑަގަލީގެ ފަރާތުން އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާފައިވާ ފޯމުގައި 02 (ދޭއް) ނުކުތާއެއް ފާހަގަކޮށް
އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3013/J
/
MD-145 ކޯޓު
އަމުރުގައި، ކްރިމިނަލް ކޯޓުން އަޖިތު ކުރިޝަންތަ ރަނަތުންގަ މުޑަގަލީގެ ގެ ބަންދުގެ މުއްދަތު
އިތުރުކުރުމުގައި ކުށެއްގެ ތުޙުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ދިވެހިރާއްa
ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަސް
އީމެއިލް: info@hig&hcourt.gov.mv، ދިއެވެ
www.highcourt-gov.my
2015/HC-A/199
کی عمری
އެޗް.
3 ޤަޟިއްޔާ ނިމުނު 1
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 6 ވަނަ މާއްދާގެ (ނ) އާއި ޚިލާފަށް ނިންމާފައިވާކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3013/J
/
MD-145 ކޯޓު
އަމުރުގައި، ކްރިމިނަލް ކޯޓުން އަޖިތު ކުރިޝަންތަ ރަނަތުންގަ މުޑަގަލީގެ ބަންދުގެ މުއްދަތު
އިތުރުކުރުމުގައި ކްރިމިނަލް ކޯޓުން ކުށެއްގެ ތުޙުމަތުގައި ހައްޔަރު
އެޔަރުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް
ނިންމެވުމުގައި އާންމުކޮށް ޢަމަލުކުރައްވަމުން އަންނަ އުސޫލާއި ޚިލާފަށް ޢަމަލުކޮށްފައިވާކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3013/J
/
MD-145 ކޯޓު އަމުރަށާއި، އަޖިތު
ކުރިޝަންތަ ރަނަތުންގަ މުޑަގަލީގެ ފަރާތުން އެ އަމުރު އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށާއި، މައްސަލައާއި ގުޅުހުންހުރި
ޤާނޫނުތަކާއި ޤަވާޢިދުތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
(ހ)ފުރަތަމަކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ
ކްރިމިނަލް
ނަންބަރު
2015/3013(J
(
MD-145 ކޯޓު އަމުރަކީ، އަޖިތު ކުރިޝަންތަ ރަނަތުންގަ މުޑަގަލީގެ ޕާސްޕޯޓް
ނަންބަރު: N2207929) ގެ މައްޗަށް ތުހުމަތުކުރެވިފައިވާ މަސްތުވާތަކެއްޗާއި، ބަނގުރާ ގެންގުޅެ
އެތަކެތީގެ ވިޔަފާރިކުރުމުގެ މައްސަލާގައި، 25 އެޕްރީލް 2015 ވަނަ ދުވަހުން ފެށިގެން 15 (ފަނަރަ)
ދުވަހުގެ މުއްދަތަށް އަޖިތު ކުރިޝަންތަ ރަނަތުންގަ މުޑަގަލީގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 127334/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ
ފޯމް" އިން
ނެރުއްވާފައިވާ އަމުރެއްކަމާއި،
2ތ2,4
ހނހޅުހން
އެ އަމުރުގައި، 25 އެޕްރީލް 2015 ވަނަ ދުވަހުގެ 19:16 އިން ފެށިގެން 05 މެއި 2015
ވަނަ ދުވަހުގެ 19:15 އަށް، 10 (ދިހައެއް) ދުވަހުގެ މުއްދަތަށް އަޖިތު ކުރިޝަންތަ ރަނަތުންގަ
މުޑަގަލީގެ ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު ކުރައްވާފައިވާކަން އެނގޭކަމެވެ.
ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ރީނީ
އީމެއިލް: info@hig&hcourt.gov.mv، ދިވެހިއެވެ
www.highcourt.gov.my
4
4 3 2 32
ޤަޟިއްޔާ ނިމުނު ގޮ
2015/HC-A/199
کی مرگی
(ށ) ދެވަނަކަމަކީ، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު
ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ
7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި، އެއިން ސަބަބެއް
އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށް ކަން ޤާނޫނުއަސާސީގެ
48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަކަމަކީ، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 6 ވަނަ މާއްދާގެ (ނ) ގައި ހައްޔަރާއި ނުވަތަ
ބަންދާމެދު ގޮތެއް ނިންމާ މަޖިލީހުގައި ހައްޔަރުގައި ނުވަތަ ބަންދުގައިވާ މީހާއަށް ނުވަތަ އޭނާ ވަކީލަކާއެކު
ޙާޟިރު ކުރެވިފައިވާނަމަ އޭނާގެ ވަކީލަށް ދިފާޢުގައި ވާހަކަ ދެއްކުމުގެ ފުރުޞަތު ދޭންވާނެކަމަށް
ބަޔާންކޮށްފައިވާއިރު، އިސްތިއުނާފް ކުރެވިފައިމިވާ
ކްރިމިނަލް
ނަންބަރު
2015/3013(J
(
MD-145 ކޯޓު އަމުރު ނެރެދެއްވި މުއްދަތު މަޖިލީހުގައި އަޖިތު ކުރިޝަންތަ
ރަނަތުންގަ މުޑަގަލީގެ ފަރާތުން ވަކީލަކު ޙާޟިރުވެފައިވާއިރު، ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު
އަޖިތު ކުރިޝަންތަ ރަނަތުންގަ މުޑަގަލުގެ ވަކީލަށް އަދި އަޖިތު ކުރިޝަންތަ ރަނަތުންގަ މުޑަގަލީގެ އަށް
ދީފައިނުވާކަމަށް އޭނާގެ ފަރާތުން ބުނެފައިވާ ކަމަށާއި، އަދި އަޖިތު ކުރިޝަންތަ ރަނަތުންގަ މުޑަގަލީގެ
ބަންދުގެ މުއްދަތު އިތުރުކުރި މަޖިލީހުގައި ހާޟިރުވެހުންނެވި މޯލްޑިވްސް ޕޮލިސް ސަރވިސްގެ
އިންވެސްޓިގޭޓިންގ އޮފިސަރ، ޕޮލިސް ކޯޕްރަލް މަމްދޫޙާ ޙަސަން (ސ.ނ. 1850) ވެސް އަޖިތު
ކުރިޝަންތަ ރަނަތުންގަ މުޑަގަލީގެ ބަންދުގެ މުއްދަތު އިތުރުކުރި މަޖިލީހުގައި ވާހަކަ ދެއްކުމުގެ ފުރުސަތު
އަޖިތު ކުރިޝަންތަ ރަނަތުންގެ މުޑަގަލީގެ އަށް އަދި އޭނާގެ ވަކީލަށްވެސް ދިނުމަކާ ނުލައި މުއްދަތު
އިތުރުކޮށްދީފައިވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވާތީ، އެކަމަކީ،
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާއިދު" ގެ 6 ވަނަ މާއްދާގެ (ށ) އާއި ޚިލާފު ޢަމަލެއް ކަމުގައިވާތީ، ކްރިމިނަލް ކޯޓުގެ
ނަންބަރު: 2015/3013(J
(
MD-145 ކޯޓު އަމުރުން އަޖިތު ކުރިޝަންތަ ރަނަތުންގަ މުޑަގަލީގެ
ބަންދުގެ މުއްދަތު އިތުރުކުރުމަށް ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭނެކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤު ވެވިފައިވެއެވެ.
ދިވެހިރާއްޖެ، ފޯން: 33251029، ފެކްސް: 3316471
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު
އީމެއިލް: [email protected]ވެ، ދިގެވެ
www.highcourt-gov.my
5
ޤަޟިއްޔާ ނިމުނު ގޮތު
کمر تميم ب
2015/HC-A/199
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މިޤަޟިއްޔާގައި އިސްތިއުނާފު
ކުރެވިފައިމިވާ، ކްރިމިނަލް ކޯޓުގެ
ނަންބަރު 2015/3013(JMD-145 ކޯޓު އަމުރުން
25 އެޕްރީލް 2015 ވަނަ ދުވަހުގެ 19:16 އިން ފެށިގެން 05 މެއި 2015 ވަނަ ދުވަހުގެ 19:15
އަށް، އަޖިތު ކުރިންތަ ރަނަތުންގަ މުޑަގަލީގެ (ޕާސްޕޯޓް ނަންބަރު: N2207929) 10 (ދިހައެއް)
ދުވަހުގެ މުއްދަތަށް ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް ކުރައްވާފައިވާ އަމުރު ބާޠިލްކޮށް އެގޮތުގެ މަތިން
ޙުކުމްކޮށްފީމެވެ.
OXO
ދިވެހިރާއްޖެ، ފޯން: 3325
:
329، ފެކްސް: 3316471
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަސް
އީމެއިލް [email protected]، ދިވެހިއެވެ
www.highcourt-gov.my