ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/267 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/267
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
A/
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 267/HC
-
A/2011
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޖަވާޒު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: 56
/
2003-C
ދާއިމީ އެޑްރެސް: ލ. ކުރަހާގެ
މިހާރުގެ އެޑްރެސް: ލ. ކުރަހާގެ
*
• އިސްތިއުނާފު ރައްދުވި ފަރާތް
* ނަން: ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑް
ދާއިމީ އެޑްރެސް: 975/95، އެސް.އެމް ޓަވަރ ބިލްޑިންގ، ޕަޔަތައި ޑިސްޓްރިކްޓް، ބެންކޮކް، ތައިލަންޑް
ރަޖިސްޓްރީ ނަންބަރު: 0005
/
2010-FC * މިހާރުގެ އެޑްރެސް: އެޗް.ޑީ.ސީ ބިލްޑިންގ، ހުޅުމާލެ
"
• ރަޖިސްޓްރީ ތާރީޚް: 28 ޛުލްޙިއްޖާ 1432
ނިމުނު ތާރީޚް: 18 ޖުމާދަލްއާޚިރާ 1439
އޭޕްރިލް 2013
24 ނޮވެމްބަރ 2011
28
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
1211
/
Cv
-
C/2239)
• ނިންމެވި ފަރާތް: ސިވިލް ކޯޓު
• މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅި ތާރީޚް: 28.09.2010
ތާރީޚް: 17.07.2011
0
މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޔޫސުފް ޙުސައިން ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
2
2{11/HC-A/267
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
1211
/
Cv
-
C/2239) ޤަޟިއްޔާ،
އެކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ޖަވާޒު ކޮންސްޓްރަކްޝަން ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވުނު ޤަޟިއްޔާއެކެވެ. މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ
44 04
ލިމިޓެޑްއެވެ.
l) އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
1211
/
Cv
-
C/2239)
ޤަޟިއްޔާގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗް.ޑީ.ސީ) އާއި ތައިލެންޑްގެ ރިއަލްއެސްޓޭޓް
ކުންފުންޏަކާއި ދެމެދުގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން އުފެދިފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏެއްކަމު
ޏެއްކަމުގައިވާ
ޕްރޮކްސީ އެޗް.ޑީ.ސީ ހައުސިންގ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްޤީ ކުރުމަށް ރޭވިފައިވާ "ކޮރަލް ވިލް"
ހައުސިންގ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 178 ފްލެޓްގެ މަސައްކަތަށް
ބޭނުންވާ މުވައްޒަފުން ތިބޭނެ ތަންތަނާއި، އެމަސައްކަތަށް ބޭނުންވާ އެހެނިހެން ތަންތަން ޢިމާރާތްކުރުމުގެ
މަސައްކަތް ޖަވާޒު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ
ލިމިޓެޑާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން 27 މެއި 2010 ދުވަހު ޖަވާޒު ކޮންސްޓްރަކްޝަން ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށް، ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އެމަސައްކަތާއި
ޙަވާލުވެ، އެމަސައްކަތްކޮށް ނިމުމުން، އެމަސައްކަތަށް ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑުން ޖަވާޒް
ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ 873,857.45$US (އަށްލައްކަ ހަތްދިހަ
ތިންހާސް އަށްސަތޭކަ ފަންސާސް ހަތެއް އެމެރިކާ ޑޮލަރު ސާޅީސް ފަސް ސެންޓްސް) ގެ ތެރެއިން ކޭސޯން
ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން ނުދައްކާވާ 533,484.45$US (ފަސްލައްކަ ތެއްތިރީސްހާސް
ހަތަރުސަތޭކަ އަށްޑިހަ ހަތަރެއް އެމެރިކާ ޑޮލަރު ސާޅީސް ފަސް ސެންޓްސް) ހޯދުމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
3
2{011/HC-A/26
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
04 0 0 0x
ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑުގެ މައްޗަށް ޖަވާޒު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން
ދަޢުވާކުރުމުން ބެއްލެވި މައްސަލައެއްކަމާއި،
އެޤަޟިއްޔާ ނިންމަވާފައިވަނީ "..ހުޅުމާލޭގައި ތަރައްޤީ ކުރުމަށް ރޭވިފައިވާ "ކޮރަލް ވިލް"
ހައުސިންގ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 178 ފްލެޓްގެ މަސައްކަތަށް
ބޭނުންވާ މުވައްޒަފުން ތިބޭނެ ތަންތަނާއި، އެމަސައްކަތަށް ބޭނުންވާ އެހެނިހެން ތަންތަން އިމާރާތްކުރުމުގެ
މަސައްކަތް ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑާދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން 27 މެއި 2010 ދުވަހު ޖަވާޒު ކޮންސްޓްރަކްޝަން
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށް، ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން
އެމަސައްކަތާއި ޙަވާލުވެ، އެމަސައްކަތްކޮށް ނިމުމުން، އެމަސައްކަތަށް ކޭން ކޮންސްޓްރަކްޝަން ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުން ޖަވާޒު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ 873,857145$US
(އަށްލައްކަ ހަތްދިހަ ތިންހާސް އަށްސަތޭކަ ފަންސާސް ހަތެއް ޕޮއިންޓް ހަތަރެއް ފަހެއް އެމެރިކާ ޑޮލަރު) ގެ
ތެރެއިން ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ނުދައްކާވާ 533.484745$US
(ފަސްލައްކަ ތެއްތިރީސްހާސް ހަތަރުސަތޭކަ އަށްޑިހަ ހަތަރެއް ޕޮއިންޓް ހަތަރެއް ފަހެއް އެމެރިކާ ޑޮލަރު) ހޯދުމަށް
އެދި ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުން ކުޅަ ދަޢުވާއަށް ބަލާއިރު،
ދަޢުވާލިބޭ ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދަޢުވާއަށް
އިންކާރުކުރާކަން އެނގޭކަމާއި،
12 (ބާރަ) އެއްބަސްވުމުގެ ބޭރުން ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މަސައްކަތް
ޤުލުކޮށްފައިވާކަން އެނގެން ނެތުމުންނާއި، އަނގަބަހުން ވަކިގޮތަކަށް އެއްބަސްވެ، އެމައްޗަށް ލިޔުމުން
އެއްބަސްވުން ހަދާފައިނުވާ ކަންކަމުގައި، ވަކި ޝަރުޠުތަކެއްގެ ދަށުން ވަކި މަސައްކަތްތަކެއް ކުރުމަށް
އެއްބަސްވެފައިވާކަން ޘާބިތުކޮށްދިނުމަކީ ދަޢުވާ ކުރާ ފަރާތުގެ ކަމެއްކަމުގައި ވާހިނދު، މިޤަޟިއްޔާއިން ބަލަމުން
މިދާ މައްސަލައިގައި ހިމެނޭ 12 (ބާރަ) އެއްބަސްވުމުގެ ބޭރުން މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ޖަވާޒް
ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ބަޔާންކުރާހިނދު، އެމަސައްކަތްތަކުގެ
ހ23 4
492
/94އކެވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
4
2{011/HC-A/26
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މަސައްކަތްތައް ކުރުމަށް ދެފަރާތުގެ މެދުގައި އެއްބަސްވެފައިވާކަން ޝަރީޢަތަށް ޘާބިތުކޮށްދިނުމުގެ ގޮތުން
ހުށަހަޅާފައިވާ ހެކިން އެފަދައިން އަނގަބަހުން އެއްބަސްވުންތަކެއްވެފައި ވާކަން އެނގެންނެތަތީ،
ހުށަހަޅާފައިވާ ދަޢުވާއިން ލިބިދިނުމަށް އެދިފައިވާ 533.484145$US (ފަސްލައްކަ
ތެއްތިރީސްހާސް ހަތަރުސަތޭކަ އަށްޑިހަ ހަތަރެއް ޕޮއިންޓް ހަތަރެއް ފަހެއް އެމެރިކާ ޑޮލަރު) އަކީ ކޭސޯން
ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް
ދޭންޖެހޭ ފައިސާކަން ސާބިތުނުވާކަމުގައި ކަނޑައަޅައި، ޙުކުމްކޮށް" މައްސަލަ ނިންމަވާފައިވާކަން އެޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
2) ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
1211
/
Cv
-
C/2239) ޤަޟިއްޔާ،
އެކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ޖަވާޒު ކޮންސްޓްރަކްޝަން ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން 05 (ފަހެއް) ނުކުތާއެއް ފާހަގަކޮށް،
އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ހުޅުމާލޭގެ T1001 ބިމުގައި "ކޮރަލް ވިލް" ގެ ލޭބަރ ކްއާޓާރޒް
ޢިމާރާތް ކުރުމުގެ
މަސައްކަތް ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން ޖަވާޒް
ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވާކަމާއި، އެބޮޑު މަސައްކަތް ޖަވާޒް
ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ޚަރަދުގައި ކޮށް ނިންމާފައިވާކަން ޝަރީޢަތަށް ސާބިތުވާއިރު،
މައްސަލާގައި އިންޞާފު ޤާއިމް ކުރެއްވުމަށް ކުރެއްވި ރިޢާޔަތަށް އޮޅުން އެރުމުގެ ސަބަބުން ޖަވާޒް
ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ އެބޮޑު ޙައްޤު ގެއްލިގެންދާކަމަށް ބުނެ ހުށަހެޅި ނުކުތާ.
• ދެވަނަ ނުކުތާއަކީ، ހުޅުމާލޭގައި "ކޮރަލް ވިލް" ގެ ލޭބަރ ކްއާޓާރޒް ޢިމާރާތް ކުރުމުގެ
ގޮތުން ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކޮށް ނިންމާފައިވާ މަސައްކަތްތަކުގެ ތަފްޞީލް
ޝަރީޢަތަށް ހުށަހަޅާފައިވާއިރު، އެތަފްޞީލުގެ މައްޗަށް ޝަރީޢަތުން އިންޞާފުވެރި ރިޢާޔަތެއް ކުރައްވާފައި
ނުވުމުން ޙައްޤު ޤާއިމް ކުރެއްވުމަށް ހުރަސް އެޅިފައިވާކަމަށް ބުނެ ހުށަހެޅި
ހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
5
2{011/HC-A/26
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ތިންވަނަ ނުކުތާއަކީ، ހުޅުމާލޭގައި "ކޮރަލް ވިލް" ގެ ލޭބަރ ކްއާޓާރޒް ޢިމާރާތް ކުރުމުގެ
މަސައްކަތް ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވާކަމާއި، އެމަސައްކަތްތައް
ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކޮށް ނިންމާފައިވާކަމާއި،
އެއެންމެހާ މަސައްކަތްތަކަށް
އިންވޮއިސް ހުށަހަޅާފައިވާކަމާއި، އެއެންމެހާ އިންވޮއިސް ޤަބޫލު ކޮށްފައިވާކަމާއި، އެއަށްފަހު އެމަސައްކަތްތަކުގެ
ޖުމްލަ އަގުން ބައެއް ދައްކާފައިވާކަން ޝަރީޢަތަށް ސާބިތުވާއިރު، އިންވޮއިސްތަކުގެ މައްޗަށް ކުރައްވާފައިވާ
ރިޢާޔަތަށް އޮޅުން އެރުމުގެ ސަބަބުން ޙުކުމްގެ ޢަދުލުވެރިކަން ގެއްލިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ހ2 1
ހަތަރުވަނަ ނުކުތާއަކީ، "ކޮރަލް ވިލް" ގެ ލޭބަރ ކްއާޓާރޒް ޢިމާރާތް ކުރުމުގެ މަސައްކަތް
ޖަވާޒު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކޮށް ނިންމުމުން އެމަސައްކަތްތަކަށް ކޭސޯން
ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑްއިން ދޭންޖެހޭ އަގުގެ ތެރެއިން ނުލިބިއޮތް އަދަދު ދިނުމަށް އެކުންފުނީގެ
މެނޭޖިންގ ޑިރެކްޓަރގެ ހައިޞިއްޔަތުން ޑރ.ނަޕަލްތު ޕްރަޗަމުއަންގ އެއްބަސްވިކަން ޝަރީޢަތަށް ލިބުނު
ހެކިބަސްތަކުން ސާބިތުވާއިރު އެނުކުތާގެ މައްޗަށް ރިޢާޔަތް ކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
• ފަސްވަނަ ނުކުތާއަކީ، ޝަރީޢަތުގެ މަޖިލިސްއަށް ހުށަހެޅުނު ހެކިންގެ ތެރެއިން މަދުބަޔަކު
ނޫނީ ޙާޟިރު ކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
3) މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
1211
/
Cv
-
C/2239) ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މިމައްސަލައާ ގުޅޭ
ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ހުޅުމާލޭގައި ތަރައްޤީ ކުރުމަށް ރޭވިފައިވާ "ކޮރަލް ވިލް" ހައުސިންގ
މަޝްރޫޢު އަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗް.ޑީ.ސީ) އާއި ތައިލެންޑްގެ ރިއަލްއެސްޓޭޓް
ކުންފުންޏަކާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އުފެދިފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏެއްކަމުގައިވާ
ޕްރޮކްސީ އެޗް.ޑީ.ސީ ހައުސިންގ ޕްރައިވެޓް ލިމިޓެޑުން ކުރަމުންދާ މަސައްކަތެއްކަމާއި، މިމަޝްރޫޢުގެ ދަށުން
ޕްރޮކްސީ އެޗް.ޑީ.ސީ ހައުސިންގ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޭސޯން ކޮންސްޓްރަކް ބާން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
6
2{011/HC-A/26
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ہی کررر
ox
4
4xތ
ހިންމޭނީ ކޮސޯން
ލިމިޓެޑްއާއި ކޮންސްޓްރަކްޝަންގެ މަސައްކަތް ޙަވާލުކޮށްފައިވާކަމާއި، މިމަސައްކަތުގެ ބައެއްކަމުގައިވާ ކޮރަލް
ވިލްގެ ލޭބަރ ކުއާޓާރސްގެ މަސައްކަތް ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑުން ޖަވާޒް
ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާއި ޙަވާލުކޮށްފައިވާކަން އެނގޭކަމާއި، އަދި މިކަން ހައުސިންގ
ޑިވެލޮޕްމަންޓް ކޯރޕަރޭޝަންގެ ނަންބަރު 2010
/
41/(9)/HC
(
161
)
-CM (27 މެއި 2016) ސިޓީއިން
އެނގެން އޮންނަކަމާއި،
ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑްއާއި ޖަވާޒު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑާ ދެމެދު މިކަމުގެ މައްޗަށް އަނގަބަހުން އެއްބަސްވުމެއްވެވުނުކަން އެނގޭކަމާއި، ތުން، ކޭސޯން
ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑްގެ ނަޕަވްތު ޕްރަޗަމުއަންގ ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1211
ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހަށް ދީފައިވާ ބަޔާނަށް ބަލާއިރު،
ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ޖަވާޒު ކޮންސްޓްރަކްޝަން ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑާ މުޢާމަލާތްކުރީ ނަޕަވްތު ޕްރަޗަމުއަންގ ކަން އެނގޭކަމާއި، ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރަންވީ މަސައްކަތުގެ ސްކޯޕްއާ ގުޅޭގޮތުން ވަކިގޮތެއް
ކޮންސްޓްރަކްޝަން ކުންފުނިން ވަކިގޮތެއް ނިންމީމަކަމަށާއި، އެކަމާ
ގޮތުން
ފަރާތްތަކާ
މަޝްވަރާކުރުމަށް ނަޕަލްތު ޕްރަޗަމުއަންގ ރާއްޖެއިން ބޭރަށް ފުރުމުގެ ކުރިން ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ ސާމްޕަލެއްގެ ގޮތުގައި ދެ ލިވިންގ ކުއާޓާރސް ތައި މީހުންނަށް
ހަދައިދިނުމަށްކަމަށް ނަޕަލްތު ޕްރަޗަމުއަން ބުނެފައިވާކަން ފާހަގަކުރެވޭކަމާއި، އަދި އޭނާ އެނބުރި ރާއްޖެ
އައިއިރު ޖަވާޒު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހަތަރެއް ނުވަތަ ފަސް ޔުނިޓް ހަދާ
ނިންމާފައިވާކަމަށާއި، އެއަށްފަހު ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑުން ނިންމީ ތައި ސްޓާފުންގެ ނުވަ
ޔުނިޓް ހަދާގޮތަށްކަމަށާއި، އަދި ދެން ހުރި އަދަދުތައްވެސް ނިންމާފަ އެގްރީމެންޓްތަކެއްގައި ދެފަރާތުން
ސޮއިކުރެވުނުކަމަށާއި، ތަފާތު އެތައް އެގްރީމެންޓްތަކެއް ހަދާފަހުރި ސަބަބަކީ ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ
ލިމިޓެޑް ގެ ކަމާބެހޭ ވެރިޔާއަށް ހުއްދަދެވެނީ ކޮންމެ އެގްރީމެންޓެއްގެ ދަށުން ވަކި އަދަދެއްގެ ފައިސާ
ދިނުމަށްކަމަށާއި، އެއަށްވުރެ މަތީގެ ފައިސާގެ އަދަދުތަކަށް، އެކުންފުނީގެ ސީ.އީ.އޯ އާ ހަމައަށް ދާންޖެހޭކަމަށާއި،
ޖަވާޒު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ސިވިލް
2010/Cv-C/1211 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިހުރި ވާހަކަތަކަށް ބެ
ކަމާބެހޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
2{11/HC-A/267
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
12
2 ހ2 2022
ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑުން ލޭބަރ ކުއާޓާރސްގެ މަސައްކަތް ޙަވާލުކުރިއިރު އަންގާފައިވަނީ
US
$
1,000,000.00 (އެކެއް މިލިއަން ޔޫ.އެސް ޑޮލަރު) އަށްވުރެ އިތުރުނުވާގޮތަށް މަސައްކަތް ކުރިއަށް
ގެންދިއުމަށްކަމަށާއި، އަދި މިކަމަށް ނަޕަވްތު ޕްރަޗަމުއަންގ ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
އިންކާރުކޮށްފައިވާކަން ފާހަގަކުރެވޭކަމާއި،
ދެފަރާތު ދެމެދު ވެވުނު އެގްރީމެންޓްގެ ދަށުން ދައްކަންޖެހޭ ފައިސާގެ
އަދަދަކީ 380,763.00$US (ތިންލައްކަ އަށްޑިހަހާސް ހަތްސަތޭކަ ފަސްދޮޅަސް ތިނެއް ޔޫ.އެސް. ޑޮލަރު)
ކަމަށާއި، އެއަދަދުގެ %97 (ނުވަދިހަ ހަތެއް އިން ސައްތަ) ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑަށް ދައްކާފައިވާނެކަމަށް ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ބުނެފައިވާކަން
ގަކުރެވޭކަމާއި، ބާކީ ނުދައްކާއޮތް %3 (ތިނެއް އިން ސައްތަ) ހިފަހައްޓާފައިވަނީ މަސައްކަތް ނުނިންމާ
ހުރުމުންކަމުގައާއި، އެގޮތުން އެއްބަސްވުމުގައިވާ މުއްދަތަށް މަސައްކަތް ނުނިންމައިފިނަމަ، ޕެނަލްޓީއެއްގެ ގޮތުގައި
0.4
% (ސުމެއް ޕޮއިންޓް ހަތަރެއް އިން ސައްތަ) ދެއްކުން އެއްބަސްވުމުގެ 4 ވަނަ މާއްދާއިން
ލާޒިމުކުރާކަމަށާއި،
އެހެންނަމަވެސް ޖަވާޒު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކޮށްނިންމާފައިވާ
މަސައްކަތުގެ ޖުމްލަ އަގަކީ 873,857.45$US (އަށްލައްކަ ހަތްދިހަ ތިންހާސް އަށްސަތޭކަ ފަންސާސް ހަތެއް
ޔޫ.އެސް. ޑޮލަރު ސާޅީސް ފަސް ސެންޓްސް) ކަމަށް ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ބުނެފައިވާކަމާއި، އަދި މިއަދަދުގެ ތެރެއިން ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން
ނުދައްކާއޮތީ US533,484.45 (ފަސްލައްކަ ތެއްތިރީސްހާސް ހަތަރުސަތޭކަ އަށްޑިހަ ހަތަރު ޔޫ.އެސް.ޑޮލަރު
ސާޅީސްފަސް ސެންޓްސް) ކަމަށާއި، އަދި ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1211 ޤަޟިއްޔާގައި
ދަޢުވާކޮށްފައިވަނީވެސް އިސްވެ އިޝާރާތް ކުރެވުނު އަދަދު ހޯދުމަށްކަން ފާހަގަކުރެވޭކަމެވެ.
(ނ) ދެވަނަ ކަމަކީ، ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑުން ޖަވާޒު ކޮންސްޓްރަކްޝަން
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާގެ %97 (ނުވަދިހަ ހަތެއް އިން ސައްތަ) މިހާރު
ދައްކާފައިވާނެކަމަށް ބުނެފައިވާއިރު، އަދި އެފައިސާ ޖަވާޒު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް
ލިބިފައިވާކަމަށް ޖަވާޒު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އިންކާރު ނުކުރާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{011/HC-A/26
ދެއްކެއް
ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ އިންވޮއިސްގައިވާ ބައެއް
މަސައްކަތަކީ ދެފަރާތު ދެމެދު ވެވުނު އެކި އެއްބަސްވުންތަކުގެދަށުން ކުރެވިފައިވާ މަސައްކަތްތައްކަން ކޭސޯން
ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑުން ފާހަގަކޮށްފައިވާކަމާއި، އަދި އެމަސައްކަތްތަކަށް އޭގެކުރިން ފައިސާ
އެކާފައިވާނެކަމަށާއި، އަދި ޖަވާޒު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން މަސައްކަތުގެ އަގު
ތަކުރާރުވާ (ޑަބަލް ބިލްވާ) ފަދައިން އިންވޮއިސްތައް ހުށަހަޅާފައިވާކަމަށް ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ
ލިމިޓެޑުން ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
އެހެންނަމަވެސް، ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑާއި ޖަވާޒު ކޮންސްޓްރަކްޝަން
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެވުނު 12 އެގްރީމެންޓްގައި ނުހިމެނޭ މަސައްކަތްތަކެއް ނުވަތަ 12
އެގްރީމެންޓުގެ ބޭރުންކޮށްފައިވާ މަސައްކަތްތަކެއް ހުރިކަން ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑުންވެސް
ދަށު ކޯޓުގައިވެސް އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތުގެ މަޖިލިހުގައިވެސް އެއްބަސްވާކަން
2 ހ އމޑޖ2ތރު
ހ ޤަކރުވާކަމާއި،
2 2x 2
ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1211 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ
ފާހަގަކުރެވުނު ނުކުތާތަކުގެ 10 ވަނަ ނުކުތާގައި "އަނގަބަހުން އެއްބަސްވެ، އެމައްޗަށް
ލިޔުމުން އެއްބަސްވުން
ހަދާފައިނުވާ ކަންކަމުގައި، ވަކި ޝަރުތުތަކެއްގެ ދަށުން ވަކި މަސައްކަތްތަކެއް ކުރުމަށް އެއްބަސްވެފައިވާކަން
ޘާބިތުކޮށްދިނުމަކީ ދަޢުވާކުރާ ފަރާތުގެ ކަމެއްކަމުގައި ވާހިނދު، މިޤާޟިއްޔާއިން ބަލަމުންމިދާ މައްސަލައިގައި
ހިމެނޭ 12 (ބާރަ) އެއްބަސްވުމުގެ ބޭރުން މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ޖަވާޒު ކޮންސްޓްރަކްޝަން
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ބަޔާންކުރާހިނދު، އެމަސައްކަތްތަކުގެ ތަފްޞީލާއި، މަސައްކަތްތައް ކުރުމަށް
ދެފަރާތުގެ މެދުގައި އެއްބަސްވެފައިވާކަން ދައްކުވާދިނުމުގެ ގޮތުން ޝަރީޢަތަށް ހުށަހަޅާފައިވާ ހެކިން އެފަދައިން
އަނގަބަހުން އެއްބަސްވެފައިވާކަން އެނގެންނެތްކަން.." ފާހަގަކުރައްވާފައިވާކަމާއި،
ހުށަހެޅިފައިމިވާ މައްސަލައިގައި ކަންހިނގާދިޔަ ގޮތަށް ބަލާއިރު، ކޭސޯން ކޮންސްޓްރަކްޝަން
ކޮމްޕެނީ ލިމިޓެޑުން ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އެންމެ ފުރަތަމަ މަސައްކަތް
ޙަވާލުކޮށްފައިވަނީ އެކަމަށް އަނގަބަހުން އެއްބަސްވެގެންކަން އެނގޭކަމާއި، އަދި މަސައްކަތް ނިމުނުފަހުން
އެމަސައްކަތާގުޅޭ ގޮތުން 12 އެގްރީމެންޓެއްގައި ދެފަރާތުން ސޮއިކުރިކަން އެނގޭކަމާއި، ސިވިލް ކޯޓުގެ ނަންބަރު
2010/Cv-C/1211 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުންވެސް ދައްކާފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
9
2{011/HC-A/26
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޖަވާޒު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ޙަވާލުކުރެވުނު މަސައްކަތުގެ ޙުދޫދު ނުވަތަ ސްކޯޕް
ސާފުކޮށް އެނގެން ނެތްކަން ފާހަގަކުރެވޭކަމާއި، އަދި މަސައްކަތް އެންމެ ފުރަތަމަ އަނގަބަހުން
ޙަވާލުކުރެވުނުއިރު، ހުޅުމާލެ T1001 ބިމުގައި ކުރަން ޙަވާލުކުރި މަސައްކަތުގެ ކުރެހުމެއްވެސް ނުވަތަ
ތަފްޞީލުވެސް ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑުން ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑަށް ދީފައިނުވާކަން ދެފަރާތުގެ ވާހަކައިންވެސް އެނގޭކަމާއި، 11 އަދި 12 ވަނަ އެގްރީމެންޓް
ހަދަމުންދިޔައިރު ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑަށް އިތުރު ތިން ޢިމާރާތެއް ހަދާފައިހުރިތަން
ނުނުކަމަށާއި، އެއީ އެގްރީމެންޓްގެ ސްކޯޕްގައި ނުހިމެނޭ ކަންތައްތަކެއްކަމަށް ކޭސޯން ކޮންސްޓްރަކްޝަން
ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ޖަވާޒު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ މުޢާމަލާތްކުރި ނަޕަވްތު
ޕްރަޗަމުއަންގ ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1211 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހަށް ދީފައިވާ
ބަޔާނުގައި ބުނެފައިވާކަން ފާހަގަކުރެވޭކަމާއި އެމަސައްކަތް ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑުން
ޖަވާޒު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމަށްފަހު ޖަވާޒު ކޮންސްޓްރަކްޝަން ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުންކުރި މަސައްކަތް އެއްވެސް މީހަކު ސުޕަވައިޒް ނުކުރާކަމަށް ބުނެފައިވާކަން ފާހަގަކުރެވޭކަމެވެ.
ވ2 2x22
އެކަމާ ގުޅޭގޮތުން
(ނ) ތިންވަނަ ކަމަކީ، ޢާންމު އުޞޫލެއްގެ ގޮތުން އަނގަބަހުން ވެވުނު އެއްބަސްވުމެއްގެ މައްޗަށް
ފަހުން ލިޔުމުން އެއްބަސްވާނަމަ، ޝަރީޢަތުގައި ރިޢާޔަތް ކުރެވޭނީ ފަހުން ލިޔެވުނު އެއްބަސްވުމަށްކަމާއި،
އެހެންނަމަވެސް، އަނގަބަހުން ވެވުނު އެއްބަސްވުމެއްގެ މައްޗަށް ބަރޯސާވެ، އެއެއްބަސްވުމުގެ ދަށުން ކުރަންޖެހޭ
މަސައްކަތްތައް
ކޮށްނިންމާފަހުން
ލިޔުމުން އެއްބަސްވާއިރު، ކުރެވިފައިހުރި ބައެއް
މަސައްކަތްތަކަށް ލިޔުމުން އެއްބަސްވެ، އަނެއްބައި މަސައްކަތްތަކަށް އިންކާރުކުރާއިރު، ޝަރީޢަތުން ރިޢާޔަތްކުރަން
ޖެހޭނީ ފަހުން ލިޔުމުން ހެދުނު އެގްރީމެންޓްތަކަށް އެކަނިނޫންކަމާއި،
ހުށަހެޅިފައިމިވާ މައްސަލައިގައިވާ ފަދައިން، ބޮޑެތި މަޝްރޫޢުތަކާ ޙަވާލުވެފައިވާ ބޮޑެތި
ކޮންސްޓްރަކްޝަން ކުންފުނިތަކުން، އެއްފަރާތުން އަނެއް ފަރާތަށް މަސައްކަތެއް ކުރަން ޙަވާލުކުރެވުނުކަން
އެނގޭއިރު، އެކަމަކު އެޙަވާލުކުރެވުނު މަސައްކަތުގެ ޙުދޫދު އެނގެން ނެތްއިރު، އަދި ޙަވާލުކުރެވުނު މަސައްކަތް
ކުރަމުންދިޔަ ގޮތް މަސައްކަތް ޙަވާލުކުރި ފަރާތުން ސުޕަވައިޒް ނުކުރާ ޙާލު، އިތުރަށް ކުރެވުނު މަސައްކަތަކީ ކަމާ
ނުގުޅޭ މަސައްކަތެއްކަން ނުވަތަ އޭގެ ބޭނުން އެމަޝްރޫޢޫއާ ގުޅިގެން ނުހިފޭނެ މަސައްކަތެއްކަން
ދިނުމަކީ މަސައްކަތް ޙަވާލުކުރި ފަރާތުގެ ކަމެއްކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
10
2/11/HC-A/27
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0 0
20
ދިވެހި824 ކޯ"
ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑުން ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑާ ޙަވާލުކުރި މަސައްކަތަކީ ކޮރަލް ވިލްގެ ލޭބަރ ކުއާޓާރސް ހެދުންކަމުގައިވީއިރު، އެތަނުގައި އިތުރަށް
ހެދުނުކަމަށް ސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑުން ފާހަގަކޮށްފައިވާ ޢިމާރާތްތަކަކީ ސައިޓް އޮފީހަކާއި،
ލިވިންގ ކުއާޓާރސްއަކާއި ފުޑް ސްޓަފް ސްޓޯރއެއްކަމަށް ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑުންވަނީ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ފާހަގަކޮށްފައިކަމާއި،
ޙަވާލުކުރެވުނު މަސައްކަތުގެ ޙުދޫދު ސާފުނުވާ ޙާލު، ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުން އެމަސައްކަތް ކުރަމުން ގެންދިޔައިރު، ސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑުން
އެމަސައްކަތް ސުޕަވައިޒް ނުކުރާކަމާއި އަދި އެމަސައްކަތް ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑްގެ
ބެލުމުގެ ދަށުގައި ހުރި ބިމެއްގައިކުރެވުނުއިރު އެކަން ނުހުއްޓުވާކަން ފާހަގަވާއިރު، އިސްވެ އިޝާރާތްކުރެވުނު
ޢިމާރާތްތަކަކީ ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑަށް އޭގެ ބޭނުން ނުހިފޭނެ، އަދި ދެފަރާތު ދެމެދު
އަނގަބަހުން ވެވުނު އެއްބަސްވުމުގެ ޙުދޫދުގެ ބޭރުން ކޮށްފައިވާ ކަމެއްކަން ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭނީ
ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑުންކަމަށްވާތީ،
މިމައްސަލައިގައި ދެފަރާތު ދެމެދު ލިޔުމުން ވެވުނު އެގްރީމެންޓްތަކުގެ ބޭރުން ކުރެވިފައިހުރި
މަސައްކަތްތަކާ ގުޅޭގޮތުން، އިސްވެ ފާހަގަކުރެވުނު ކަންތައްތަކަށް ރިޢާޔަތް ކުރައްވައި، ލިޔެވިފައިހުރި
އެގްރީމެންޓްތައް ހެދުމުގެ ކުރިން ކޮށް ނިންމާފައިހުރި މަސައްކަތްތަކުގެ ތެރެއިން، އެއެގްރީމެންޓްތަކުގައި ނުހިމެނޭ
މަސައްކަތްތަކަކީ ކޮބައިކަން ކަނޑައަޅުއްވައި، އަދި އެމަސައްކަތްތަކަކީ ދެފަރާތު ދެމެދު އަނގަބަހުން
އެއްބަސްވެވުނު ގޮތުގެ ޙުދޫދުގެ ބޭރުން ކޮށްފައިވާ ކަމެއްކަމަށް ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑަށް
ސާބިތުކޮށް ނުދެވިއްޖެނަމަ، ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑުން ޖަވާޒު ކޮންސްޓްރަކްޝަން ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ފައިސާގެ އަދަދު ކަނޑައަޅުއްވައި، ސިވިލް ކޯޓުން މިމައްސަލައިގައި ގޮތެއް
ކަނޑައެޅުއްވުމަށްޓަކައި މިމައްސަލައަކީ ސިވިލް ކޯޓަން ތަޙުވީލުކުރަންޖެހޭ މައްސަލައެއްކަމަށް މިމައްސަލަބެލި
ފަނޑިޔާރުންނަށް ފެނުނުކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
11
2{11/HC-A/267
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް
ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1211 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ބާޠިލު
ޙުކުމެއްކަމަށް މިމައްސަލަބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ
ލިމިޓެޑާއި ޖަވާޒު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ލިޔުމުން ވެފައިވާ އެއްބަސްވުންތަކުގައި
ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން ޖަވާޒު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ
މަސައްކަތަކީ ކޮބައިކަމާއި، އަދި އެމަސައްކަތަކީ ދެފަރާތު ދެމެދު އެއްބަސްވެވުނު ގޮތުގެ ޙުދޫދުގެ ބޭރުން
ކޮށްފައިވާ މަސައްކަތަކަށް ނުވާކަން ޝަރީޢަތަށް ސާބިތުވެއްޖެނަމަ، އެމަސައްކަތަށް ކޭސޯން ކޮންސްޓްރަކްޝަން
ކޮމްޕެނީ ލިމިޓެޑުން ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާގެ އަދަދު
ކަނޑައަޅުއްވައި، މިކަންކަމަށް ރިޢާޔަތް ކުރައްވައި މިމައްސަލައިގައި ގޮތެއް ކަނޑައެޅުއްވުމަށްޓަކައި، ޤާނޫނު
ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ސިވިލް ކޯޓަށް
މިމައްސަލަ ތަޙުލީލުކޮށް، މިމައްސަލަ އަލުން ބެއްލެވުމަށް ކަނޑައަޅައި، މިމައްސަލަ ބެލި ފަނޑިޔާރުންގެ
އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ވީއިޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;