ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/219 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/219
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 219/HC
-
A/2012
އިސްތިއުނާފުކުރި ފަރާތް:
* ނަންސިވިލްސަރވިސް ކޮމިޝަން
• އިސްތިއުނާފް ރައްދުވި ފަރާތްތައް:
* ނަން: ޙައްވާ ޙަސަން
.ޑީ ކާޑު ނަންބަރު: A322792
ދާއިމީ އެޑްރެސް: ށ.މަރޮށި ސާޒް
މިހާރުގެ އެޑްރެސް: ށ.މަރޮށި ސާޒް
އާން
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 14 ރަމަޝާން 1433
02 އޯގަސްޓް 2012
* ނިމުނު ތާރީޚް: 25 ޖުމާދަލްއާޚިރާ 1434
މެއި
(05
2013
0
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2012/VTR/37
ނިންމެވި ތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
މައްސަލާގެ ބާވަތް: ވަޒީފާއާބެހޭ
4 2 2 4
ދިވެހިރާއްޖޭގެ
މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޔޫސުފު ޙުސައިން، ފަނޑިޔާރު: އަޒްމިރާލްދާ ޒާހިރު،
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
'2
2012/HC-A/219
ދިޢުވާގެ ޚުލާޞާ
XOC
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/37 މައްސަލަ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ސިވިލް
ސަރވިސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ށ.މަރޮށި ސާޒް ޙައްވާ ޙަސަންއެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
01 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/37 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެމައްސަލައަކީ "ށ.މަރޮށި ސާޒް ޙައްވާ ޙަސަން (ދިވެހި ރައްޔިތެއްކަން އަންގައިދޭ
ކާޑު ނަންބަރު A322790) 2002 ވަނަ އަހަރުން ފެށިގެން ށ.މަރޮށި، އަލްމަދަރުސަތުލް މުނައްވަރާގައި
ވަޒީފާއަދާކުރަމުން ދަނިކޮށް 2007 ވަނަ އަހަރު އެސްކޫލް ސަރުކާރު ސްކޫލަކަށް ބަދަލުވުމާ ގުޅިގެން،
އޭރު އަލްމަދަރުސަތުލް މުނައްވަރާގައި ވަޒީފާއަދާކުރަމުން ދިޔަ ހުރިހާ މުވައްޒަފުންނާއެކު ސަރުކާރާ
ޙަވާލުކޮށްފައިވަނިކޮށް، އޭނާގެ ވަޒީފާގެ ކަންތައް ހަމަނުޖައްސައި، އޭނާ 2007 ވަނަ އަހަރުން ފެށިގެން
ވަޒީފާގައި ގެންގުޅުމަށްފަހު، ލައިބްރޭރިއަންގެ މަޤާމުގެ ޝަރުތު ހަމަނުވާތީ ވަޒީފާ ދާއިމީކޮށްދެވެން
ނެތްކަމަށްބުނެ ވަޒީފާއިން ވަކިކުރުމަށް 15 ނޮވެމްބަރ 2011 އިން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ
ނޯޓިސް ދީފައިވާތީ، އެމައްސަލަ ބަލައިދިނުމަށް އެދި ށ.މަރޮށި ސާޒް، ޙައްވާ ޙަސަން (ދިވެހި
ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A322790) ސިވިލް ސަރވިސް ކޮމިޝަންއަށް ރައްދުވާގޮތަށް
11 މާރޗް 2012 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ބެލެވުނު މައްސަލައެއްކަން
އެނގޭކަމާއި
،
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2012/HC-A/219
އެމައްސަލަ ނިންމަވާފައިވަނީ "މައްސަލަ ހުށަހެޅި ފަރާތާއި، މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި
ލިޔެކިޔުންތަކާއި، ދައްކާފައިވާ އެންމެހާ ވާހަކަތަކަށް ނަޒަރުކުރާއިރު، މައްސަލަ ހުށަހެޅި ށ.މަރޮށި/ ސާޒް،
ޙައްވާ ޙަސަން (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A322790) އަކީ 2002 ވަނަ
އަހަރުން ފެށިގެން ނ.މަރޮށި، އަލްމަދަރުސަތުލް މުނައްވަރާގައި ލައިބްރޭރިއަންއެއްގެ ވަޒީފާ އަދާކުރަމުން
ގޮސްފައިވާ މީހެއްކަމަށާއި، އެ ސްކޫލް 2007 ވަނަ އަހަރު ސަރުކާރު ސްކޫލަކަށް ބަދަލުވެ، އެސްކޫލްގެ
މުވައްޒަފުން ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ގޮތުގައި ހަމަޖެހިގެން ދިޔައިރު ޙައްވާ ޙަސަންއަކީ
ށ.މަރޮށި، އަލްމަދަރުސަތުލް މުނައްވަރާގެ މުވައްޒަފެއްކަން އެނގެން އޮތުމުން، ޤާނޫނު ނަންބަރު
02/2008 (ވަޒީފާއާބެހޭ ޤާނޫނު)ގެ 17 އަދި 13 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޙައްވާ ޙަސަން ހުރި
މަޤާމަކީ ދިވެހި ސިވިލް ސަރވިސްގެ ދާއިމީ މަޤާމެއްކަމަށް ބަލަންޖެހޭ ހިނދު، ޙައްވާ ޙަސަން
އަދާކުރަމުން ދިޔަ ވަޒީފާގެ ޝަރުޠު ފުރިހަމަ ނުވާތީކަމަށްބުނެ، 14 ފެބްރުއަރީ 2012 ގައި އޭނާ
ވަޒީފާއިން ވަކިކޮށްފައިވަނީ، ދިވެހި ސިވިލް ސަރވިސްގެ ދާއިމީ މަޤާމެއްގައި ހުރި މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމަށް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާޢިދުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަން
ސާބިތުވާތީ، ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކޮ
ޙައްވާ ޙަސަން ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތި، ޤާނޫނު ނަންބަރު 02/2008
(ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާއާ ޚިލާފަށްކަމަށް މައްސަލަ ބެލި މަޖިލީހުގެ އިއްތިފާޤުން
ކަނޑައަޅައި، ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ ދަށުން ޙައްވާ
ޙަސަން އަދާކުރަމުން ދިޔަ ވަޒީފާ ދާއިމީކޮށް، އޭނާ އެ ވަޒީފާގައި ބެހެއްޓުމަށާ
އޭނާއަކީ އެއްވެސް
ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، އޭނާގެ ވަޒީފާއާގުޅޭ
އެންމެހާ ކަންކަން،
މިއަދު، 08 މެއި 2012 އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ހަމަޖެއްސުމަށާއި، އޭނާ
ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން މުސާރައާއި ޢިނާޔަތްތަކުގެ ގޮތުގައި ދޭންޖެހޭ އެންމެހާ ފައިސާ،
މިއަދު 08 މެއި 2012 އިން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ޙައްވާ ޙަސަން އަށް
އެކީއެއްފަހަރާ ދިނުމަށްފަހު، އެކަން، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް މައްސަލަ ރައްދުވި
ސިވިލް ސަރވިސް ކޮމިޝަންއަށް އަންގާ އަމުރުކުރަމެވެ" މިފަދައިންނެވެ.
ތަކަށް،
ޑ
02 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/37 މައްސަލަ ނިމިފަވާގޮތް ބަސީގައި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4
2012/HC-A/719
ސަރވިސް ކޮމިޝަންގެ ފަރާތުން 03 (ތިނެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭ ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 38 ވަނަ މާއްދާގައި ބަޔާންކުރާ
ވަޒީފާ ދިނުމުގެ އަސާސީ މިންގަނޑުގެ ތެރެއިން އެމާއްދާގެ (ށ) ގައި ވާފަދައިން ޝަރުޠު ހަމަނުވާ
ފަރާތަކަށް، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޚިލާފަށް ވަޒީފާދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން
ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ، ސިވިލް ސަރވިސް ކޮމިޝަނުން ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއެއް
ޙައްވާ ޙަސަން އަށް ދީފައިނުވަނީސް، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދުގެ 87 ވަނަ މާއްދާއާ ޚިލާފަށް
އޭނާއަކީ ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއެއްގައި ހުރި މީހެއްކަމަށް ބަލައި، މުސާރައާއި ޢިނާޔަތް
ދިނުމަށް ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް ޓްރައިބިއުނަލުން އަމުރުކޮށްފައިވަނީ އެ ޓްރައިބިއުނަލަށް
ޤާނޫނުން ލިބިދީފައިނުވާ އިޚްތިޔާރެއްގެ ދަށުންކަމަށް ބުނެ ހުށަހެޅި ނުކުތާ.
coca
OXO
(ށ) ތިންވަނަ ނުކުތާއަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) އަދި އެ ޤާނޫނުގެ 17
ވަނަ މާއްދާއަށް ރިޢާޔަތްކޮށް ކަމަށް ބަޔާންކޮށް ޓްރައިބިއުނަލްގެ ނިންމުން ނިންމާފައިވަނީ ބުނެވިދިޔަ
މާއްދާތަކުގެ މަޤްޞަދާއި ރޫޙާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
403 މިމައްސަލައާއި ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/37
މައްސަލަ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން
އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތަ
/ ފ ދ ގެ ¢ ¢ ¢ ¢
އެތައް ފާހަގަބރވެއވެ.
(ހ) ފުރަތަމަކަމަކީ، ށ. މަރޮށި ސާޒް ޙައްވާ ޙަސަން އަކީ 2002 ވަނަ އަހަރުން ގެ
ށ.މަރޮށި އަލްމަދްރަސަތުލް މުނައްވަރާގެ ލައިބްރޭރިއަން އެއްގެ ވަޒީފާ އަދާކުރަމުން ދިޔަ
*
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
5
2012/HC-A/219
2¢ ¢
މުވައްޒަފެއްކަމާއި، ޙައްވާ ޙަސަންގެ ކިބައިގައި އޭނާ އަދާކުރަމުންދިޔަ މަޤާމުގެ ޝަރުތު ފުރިހަމަ
ނުވާކަމަށް ބުނެ، 14 ފެބުރުއަރީ 2012 ގައި ޙައްވާ ޙަސަން އަދާކުރަމުން ދިޔަ ވަޒީފާއިން އޭނާ
ވަކިކުރުމަށް 15 ނޮވެމްބަރު 2011 ގައި ޙައްވާ ޙަސަން އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން
ނޯޓިސް ދީ ވަޒީފާއިން ވަކިކޮށްފައިވާކަމާއި، ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21
ވަނަ މާއްދާ އަށް ބަލާއިރު، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމުގައި
ބަޔާންވެގެން އޮންނަކަމާއި، އަދި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން، އެމުވައްޒަފަކު ހުށައަޅާ
ވާއެއް ނުވަތަ ދަޢުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން
ސާބިތުކޮށް ދިނުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި،
އެހެނިހެން ޙާލަތްތަކުގައި ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަން ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި
ބަޔާންވެގެން އޮންނަކަމާއި، ޙައްވާ ޙަސަން އަދާކުރަމުން ދިޔަ ވަޒީފާއިން އޭނާ ވަކިކުރެވިފައިވަނީ
އަލްމަދްރަސަތުލް މުނައްވަރާ އަކީ ކުރިން އަމިއްލަ ސުކޫލަކަށްވެފައި އެސްކޫލާއި 15 ފެބުރުއަރީ 2007
ގައި ސަރުކާރުން ޙަވާލުވުމަށްފަހު، ޝަރުތު ހަމަނުވާ މީހުން ވަޒީފާގައި ބޭތިއްބުމަކީ ވަޒީފާދިނުމުގެ
އުސޫލުތަކާއި ޚިލާފުކަމަކަށްވާތީ އަދި ޙައްވާ ޙަސަން އަކީ ލައިބްރޭރިއަން އެއްގެ މަޤާމުގެ ޝަރުތު ހަމަވާ
ފަރާތެއް ނޫންކަމުން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 38 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ
ނަންބަރަށާއި، އެޤާނޫނުގެ 70 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު
އަސާސީގެ 182 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 4 ވަނަ ނަންބަރު ގައި ސިވިލް ސަރވިސް
ކޮމިޝަނާއި މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރެއިން ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން
ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
cu o
« OXO
(ށ) ދެވަނަކަމަކީ، ޙައްވާ ޙަސަން އަދާކުރަމުން ދިޔަ ވަޒީފާއިން އޭނާ ވަކިކުރި އިރު ސިވިލް
ސަރވިސް ކޮމިޝަނުން ރިޢާޔަތްކޮށްފައިވާކަމަށް ބުނާ ޤާނޫނު ނަންބަރު 5/2007 ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނުގެ 38 ވަނަ މާއްދާއަށް ބަލާއިރު، އެމާއްދާއަކީ ސިވިލް ސަރވިސްގެ ވަޒީފާ ދިނުމުގެ
އަސާސީ މިންގަނޑު ބަޔާންކޮށްދޭ މާއްދާކަމާއި، މި މާއްދާގެ (ހ) ގައި ދިވެހި ސިވިލް ސަރވިސްގެ
މަޤާމަކަށް ސިވިލް ސަރވިސްގައި ހިމެނޭ މީހަކު ވިޔަސް އަދި ނުހިމެނޭ މީހަކު ވިޔަސް ޢައްޔަނުކުރަން
ވާނީ ސިޔާސީ ނުފޫޒުތަކުން އެކަހެރި ވެފައިވާ ގޮތެއްގައި މެރިޓް އަކީ އަސާސީ މިންގަނޑު ކަމަށް ބަލާގެން
ކަމަށް އޮންނަ އިރު އެ މާއްދާގެ (ށ) ގައި އަސާސީ މިންގަނޑަކީ މެރިޓް ކަމަށް ބަލައިގެން ވަޒީމާ
އްޖޭގެ ހައި
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
6
2012/HC-A/219
ކަމަށް ބެލެވޭނެ ގޮތްތައް ބަޔާންކޮށްފައި ވާ ކަމާއި މި ގޮތުން 38 ވަނަ މާއްދާގެ (ށ) ގެ 1 ގައި
ބަޔާންވެގެން ވަނީ ޢައްޔަން ކުރެވުނު މީހަކީ ވަޒީފާގެ ޝަރުތު ފުރިހަމަވާ މީހެއްކަމުގައި ވުން
މިފަދައިން ކަމާއި، މީގެ އިތުރުން ދިވެހި ސިވިލް ސަރވިސްގެ އެއްވެސް މަޤާމެއް، ޢިނާޔަތެއް
ލިބިދިނުމުގެ ގޮތުން މީހަކަށް ހަމަޖައްސައިދީގެން ނުވާނެކަމަށާއި، އަދި ދިވެހި ސިވިލް ސަރވިސްގެ
މަސައްކަތަށް ނިކުންނަން ނުޖެހޭގޮތަށް ވަޒީފާއެއް ހަމަޖައްސައިދީގެން ނުވާނެކަމަށް ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނުގެ 70 ވަނަ މާއްދާގައި ބަޔާން ކުރެވިގެން ވާކަން އެނގެން އޮންނަކަމެވެ.
Oxuc
(ނ) ތިންވަނަކަމަކީ، މިމައްސަލައާއި ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ވަޒީފާއާބެހޭ
ޓްރައިބިއުނަލްގައި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ޙައްވާ ޙަސަން ނ.
މަރޮށި އަލްމަދްރަސަތުލް މުނައްވަރާގެ ލައިބްރޭރިއަންގެ ވަޒީފާ އަދާ ކުރަން ފަށާފައިވަނީ 2002 ވަނަ
އަހަރުގައި ކަމާއި، އޭރު އެމަދަރުސާ ހިންގަމުން ދިޔައީ އަމިއްލަ ފަރާތަކުން ނަމަވެސް 15 ފެބުރުއަރީ
2007 ގައި އެމަދަރުސާ ސަރުކާރުގެ މަދަރުސާ އަކަށް ބަދަލުވެގެން ގޮސްފައިވާކަން އެނގޭކަމާއި،
ސަރުކާރުގެ މަދަރުސާ އަކަށް މި މަދަރުސާ ބަދަލުވުމަށް ފަހުގައި ވެސް ޙައްވާ ޙަސަން އެމަދަރުސާގައި
އަދާކުރަމުންދިޔަ ވަޒީފާގައި ދެމި ހުރި ކަން އެނގޭކަމާއި، އަދި މަދަރުސާ ސަރުކާރުގެ މަދަރުސާ އަކަށް
ބަދަލުވުމަށް ފަހު ޙައްވާ ޙަސަން އެމަދަރުސާގައި އަދާކުރަމުން ދިޔައީ ސަރުކާރުގެ ވަޒީފާއެއް ނޫންކަމަށް
ސިވިލް ސާރވިސް ކޮމިޝަނަށް ސާބިތު ކޮށްދެވިފައިނުވާކަމާއި، މިހެންކަމުން އެހެން ގޮތަކަށް ޝަރީޢަތަށް
ސާބިތުވާން ނެތް ޙާލަތުގައި ޙައްވާ ޙަސަންގެ ވަޒީފާއަކީ އޭރު ސަރުކާރުގެ ވަޒީފާއެއްކަމުގައި ބެލެވެން
ޖެހޭނެކަމާއި، ޙައްވާ ޙަސަންގެ ވަޒީފާ ސަރުކާރުގެ ވަޒީފާއަކަށް ބަދަލުވެގެން ގޮސް ފައިވަނީ ދިވެހި
ސިވިލް ސަރވިސްގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ކަން އެނގެން އޮތް އިރު، ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނު އައުމުގެ ކުރިން ސަރުކާރުގެ މުވައްޒަފުންގެ ގޮތުގައިތިބި ފަރާތްތަކާއި މެދު
ޢަމަލުކުރަން ޖެހޭގޮތް ބަޔާންކޮށްދީފައިވާ ސިވިލް ސަރވިސްގެ ޤާނޫނުގެ 73 ވަނަ މާއްދާގެ (ނ) ގައި
ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ސަރުކާރު މުވައްޒަފުންގެ
ގޮތުގައި ތިބި، ނަމަވެސް ޤާނޫނުގެ ދަށުން ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ނުވާ ހުރިހާ
ފަރާތްތަކާއި އޮންނަ ޚިދުމަތުގެ ގުޅުމަށް ނިމުން ގެންނަންވާނެކަމަށާއި މިގޮތުން ކޮމިޝަނުން ލިޔުމުން
ފޮނުވާ ނޯޓިހަކުން މިކަން ރައްދުވާ ފަރާތްތަކަށް އަންގަންވާނެކަމަށް އޮންނައިރު، އެމާއްދާގެ
މިޤާނޫނަށް ޢަމަލުކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި، މިޤާނޫނުގެ ދަށުން
IF
zއްޖޭގެ ހައި
*
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
7
2012/HC-A/219
ސަރވިސްގެ މުވައްޒަފުންކަމަށް ކަނޑައަޅާ މުވައްޒަފުންނަށް ދިވެހި ސިވިލް ސަރވިސްގެ ވަޒީފާ
ހަމަޖައްސަންވާނެ ކަމަށް ބަޔާން ކޮށްފައިވާކަން އެނގޭކަމާއި އެހެންނަމަވެސް މިއިން އެއްވެސް ފިޔަވަޅެއް
ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި ސިވިލް ސަރވިސް ކޮމިޝަނުން ޙައްވާ ޙަސަންއާއި މެދު
އަޅާފައިވާކަން އެނގެން ނެތްއިރު، ޙައްވާ ޙަސަން އަދާކުރަމުން ދިޔަ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ
ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް ޢަމަލުކުރަން ފެށިތާ 3 އަހަރު ދުވަސް ފާއިތުވެގެން ދިޔަ ފަހުންކަން
އެނގޭކަމެވެ.
uc
(ރ) ހަތަރުވަނަކަމަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އާއި، ޤާނޫނު
ނަންބަރ 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އާއި މި ދެޤާނޫނަކީވެސް ދިވެހި ސިވިލް
ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ މައްޗަށް ހިންގޭނެ ދެޤާނޫނުކަން އެނގޭއިރު، ވަޒީފާއާބެހޭ
ޤާނޫނުގެ 13 ވަނަ މާއްދާގައި މުވައްޒަފެއްގެ ވަޒީފާގެ އެއްބަސްވުމުގެ ބާވަތް ތިން ބާވަތެއްގެ ވަޒީފާގެ
އެއްބަސްވުންތަކަށް ބަހާލެވިގެންވާކަން އެނގޭކަމާއި މި ގޮތުން ވަޒީފާގެ ވަކި މުއްދަތެއް ކަނޑައެޅިފައި
ނުވާ އެއްބަސްވުމާއި، ވަޒީފާގެ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމާއި، ވަކި މަސައްކަތަކަށް
ޚާއްސަކޮށްފައިވާ އެއްބަސްވުން ހިމެނިގެންވާ ކަމުގައި އެމާއްދާގައި ބަޔާންވެފައި އޮންނައިރު، ވަޒީފާގެ
އެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމެއްތޯ ނުވަތަ ނޫންތޯ ބަލާނެ މިންގަނޑެއް
ބަޔާންކޮށްދިނުމުގެ ގޮތުން ވަޒީފާއާ ބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގައި (ވަޒީފާއާބެހޭ ޤާނޫނަށް 1
ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެ 02 ވަނަ މާއްދާ) ބަޔާންކުރަނީ، "ވަކި މުއްދަތެއް ކަނޑައެޅިފައިވާ
ވަޒީފާގެ އެއްބަސްވުމެއް، ވަޒީފާގެ ޖުމްލަ މުއްދަތު ދެއަހަރު ދުވަހަށްވުރެ އިތުރުވާގޮތަށް އަކޮށްފިނަމަ،
ނުވަތަ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފިނަމަ، ނުވަތަ ދެފަރާތުންމެ ޢަމަލުތައް ބަހައްޓާގޮތަކުން،
އާކޮށްފިކަން، ނުވަތަ އިތުރުކޮށްފިކަން ދޭހަވާނަމަ، އެއެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ
އެއްބަސްވުމެއްކަމަށް ބަލަންޖެހޭނެއެވެ." މިފަދައިން ކަމާއި، މިމާއްދާއަށް ރިޢާޔަތް ކޮށް ޙައްވާ ޙަސަންގެ
ވަޒީފާއަކީ ދާއިމީ ވަޒީފާއެއްކަން ނުވަތަ ވަގުތީ ވަޒީފާއެއްކަން ދެނެގަތުމަށް ބަލާއިރު، ޙައްވާ ޙަސަންގެ
ވަޒީފާ ށ. މަރޮށި އަލް މަދްރަސަތުލް މުނައްވަރާއިން ހަމަޖެހި، އެސްކޫލް ސަރުކާރުގެ ސުކޫލަކަށް ބަދަލުވީ
ފަހުން، އަދި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް 01 މެއި 2008 ގައި ޢަމަލުކުރަން ފަށާ، އޭނާ
އަދާކުރަމުން ދިޔަ ވަޒީފާއިން 14 ފެބުރުއަރީ 2012 ގައި ވަޒީފާއިން ވަކި ކުރަންދެން އޭނާ އެވަޒީފާގައި
ދެމިހުރިކަން އެނގެން އޮތުމުން ޙައްވާ ޙަސަން އާއި މެދު ސިވިލް ސަރވިސް ކޮމިޝަންގެ ޢަމަލުގެ .
IT
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
8
2012/HC-A/219
ބެހެއްޓި ގޮތުން އޭނާ އަދާ ކުރަމުން ދިޔަ ވަޒީފާއަކީ ވަޒީފާ އާ ބެހޭ ޤާނޫނުގެ އިސްވެ އިޝާރާކުރެވުނު
މާއްދާގެ ދަށުން ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއް ދަށުން ދާއިމީ ވަޒީފާއެއްގައި
ހުރި މީހަކު ކަމުގައި ބަލަން ޖެހޭކަން އެނގޭކަމެވެ.
3,
(ބ) ފަސްވަނަކަމަކީ، އިސްވެ އިޝާރާތްކުރެވުނު ކަންކަމުގެ އަލީގައި ބަލާއިރު، ޙައްވާ ޙަސަން
އަކީ ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފެއްގެ ގޮތުގައި ބެލެވެން އޮތުމުން، ޙައްވާ ޙަސަންގެ ވަޒީފާއިން
އޭނާ ވަކިކުރަން ޖެހޭނީ ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގައިވާ ގޮތުގެ
މަތިން ދިވެހި ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށްޓަކައި ކަނޑައަޅައި ބަޔާން
ކުރެވިފައިވާ ގޮތުގެ މަތީންކަމާއި، މި ގޮތުން ދިވެހި ސިވިލް ސަރވިސްގައި މަސައްކަތް ކުރާ ދާއިމީ
މުވައްޒަފުން ވަޒީފާއިން ވަކި ކުރެވިދާނެ ސަބަބުތައް އެޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 1 ން 7
އާއި ހަމައަށް އޮންނަ އަކުރުތަކުގައި ބަޔާންކުރެވިފައިވާއިރު، އެއިން އެއްވެސް ސަބަބެއް ޙައްވާ ޙަސަންގެ
ވަޒީފާއިން ވަކިކުރި ސަބަބުގެ ތެރޭގައި ބަޔާންވެގެން ނުވާކަން އެނގޭކަމާއި، އަދި ހަމަ މިއާއި އެކު ދިވެހި
ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގައި، ދިވެހި ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގައި ޢަމަލު ކުރަން ޖެހޭ އުސޫލާއި އެފަދަ މުވައްޒަފަކު ވަޒީފާއިން ދޫކޮށްލެވޭ ޙާލަތްތައް އެ
ޤަވާޢިދުގެ 117 ވަނަ މާއްދާގެ (ހ) އިން ފެށިގެން (އ) ހަމައަށް އޮންނަ އަކުރުތަކުގައި
ލެވެގެންވާއިރު، ޙައްވާ ޙަސަންގެ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ މިއިން ކޮން ޙާލަތެއް
.ދުވެރިވެގެންކަން ސިވިލް ސަރވިސް ކޮމިޝަނަށް ބަޔާން ކޮށްދެވިފައިނުވާކަމާއި، މުވައްޒަފުގެ ޤާބިލުކަން
ނެތިގެން ވަޒީފާއިން ދޫކޮށްލަންޖެހުމަކީ ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 117 ވަނަ މާއްދާގެ
(ރ) ގެ ދަށުން ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފަކު ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއިން
ދޫކޮށްލެވިދާނެ ސަބަބެއް ކަމުގައި ވީނަމަވެސް މިއަކުރުގެ ދަށުންވެސް މުވައްޒަފަކު ދޫކޮށްލަންޖެހޭނީ ވަޒީފާ
އަދާކުރުމުގައި ގެންގުޅެންޖެހޭ ޓެކްނޮލޮޖީއާއި ގޮތްތައް ބަދަލުވެގެން ތަމްރީންގެ ފުރުސަތު ދެވި، ނަމަވެސް
އެ ފުރުސަތުގެ އެދެވޭ ނަތީޖާ ޙާސިލު ނުކުރެވުމުގެ ސަބަބުން ނުވަތަ މުވައްޒަފުން އަދާކުރަން ޖެހޭ
ވަޒީފާގެ މަސައްކަތަށް ބޭނުންވާ ކެރި ކުޅަދާނަކަން ނެތިގެންކަން މި އަކުރަށް ބެލުމުން އެނގޭއިރު، ޙައްވާ
ޙަސަން އަދާކުރަމުންދިޔަ ވަޒީފާއަށް އިތުރަށް އަހުލުވެރި ވުމުގެ ތަމްރީން ފުރުސަތު ސިވިލް
ސަރވިސްކޮމިޝަނުން ޙައްވާ ޙަސަން އަށް ދިންކަން އަދި އެފަދަ ފުރުސަތެއް ދިނުމުން އެކަމުގެ އެދެވޭ
ނަތީޖާ ޙާސިލް ނުކުރެވިވާކަން ސިވިލް ސަރވިސް ކޮމިޝަނަށް ސާބިތުކޮށްދެވިފައި ނުވާކަމާއި
،ޔަ$
cox >
މައިކް
*
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
9
2012/HC-A/219
ޙަސަން އަކީ 2002 ވަނަ އަހަރުން ފެށިގެން އޭނާ އެވަޒީފާއިން ވަކިކުރުމާއި ހަމައަށް ވަޒީފާގައި 10
(ދިހައެއް) ވަރަކަށް އަހަރުވާންދެން ވަޒީފާ އަދާކުރަމުން ގޮސްފައިވާ ފަރާތަކަށްވާއިރު އޭނާގެ ވަޒީފާގެ
މަސައްކަތަށް ބޭނުންވާ ކެރި ކުޅަދާނަކަން ނެތްކަމުގައި ބެލެވެން ނެތް އިރު އެކަންވެސް ސިވިލް ސަރވިސް
ކޮމިޝަނަށް ސާބިތުކޮށްދެވިފައި ނުވާކަން އެނގޭކަމެވެ.
cox>
(ޅ) ހަވަނަކަމަކީ، ޙައްވާ ޙަސަންގެ ވަޒީފާ އާއި މެދު ސިވިލް ސަރވިސް ކޮމިޝަންގެ ޢަމަލުތައް
ބަހައްޓާފައި ވާ ގޮތުގެ ނަތީޖާއެއްގެ ގޮތުން ޙައްވާ ޙަސަން އަކީ ދިވެހި ސިވިލް ސަރވިސްގެ ދާއިމީ
މުވައްޒަފެއްގެ ގޮތުގައި ދާއިމީ މަޤާމެއް ހުރި ފަރާތެއް ކަމުގައި ބަލަން ޖެހޭތީ، އޭނާއާ މެދު ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނުގެ 38 ވަނަ މާއްދާގައިވާ ވަޒީފާ ދިނުމުގައި ޢަމަލު ކުރަން ޖެހޭނެ އުސޫލު މިހާރު
ތަޠުބީޤު ކުރެވޭނެކަމުގައި ބެލެވެން ނެތުމުންނާއި، ޙައްވާ ޙަސަންގެ ވަޒީފާ ދާއިމީވެފާވާ ވުމަކީ ދިވެހި
ސިވިލް ސަރވިސްގެ މަޤާމެއް، ޢިނާޔަތެއް ލިބިދިނުމުގެ ގޮތުން ހަމަޖައްސައިދިން ދިނުމެއްކަމުގައި ބެލެވެން
ނެތުމުންނާއި، ޙައްވާ ޙަސަން ސިވިލް ސަރވިސްގައި އަދާކުރަމުން ދިޔަ ދާއިމީ ވަޒީފާއިން އޭނާ
ވަކިކުރުމުގައި ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ސިވިލް ސަރވިސްގެ
ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން
ސަބަބެއް ޙައްވާ ޙަސަންގެ ކިބައިގައި ހުރިކަން ސިވިލް ސަރވިސް ކޮމިޝަނަށް ސާބިތު ކޮށްދެވިފައި
ނެތުމުގެ އިތުރުން ޙައްވާ ޙަސަން ވަޒީފާއިން ވަކިކޮށްފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި
ދިވެހި ސިވިލް ސަރވިސްގެ ޤަވަޢިދު 2010 ގައި، ދިވެހި ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގައި ޢަމަލު ކުރަން ޖެހޭ އުސޫލު ބަޔާންކޮށްފައިވާ ޗެޕްޓަރ 9 ގައި ބަޔާންކޮށްފައިވާ
ގޮތާއި ޚިލާފަށް ކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
ފެނުނު ހިނދު، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޙައްވާ ޙަސަން ވަޒީފާއިން
ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތިކަމުގައިކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާ
ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާއިން ލިބިދޭ ޤާނޫނީ ޙައްލު ޙައްވާ ޙަސަނަށް ލިބިދިނުމަށް އެ
ޓްރައިބިއުނަލް އިން ނިންމާފައިވާ ނިންމުމަށް ބަދަލެއްގެންނަން ޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް
ސަބަބެއް މި މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް އޮތްކަމަކަށް މި
މައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ނުފެންނަކަމެވެ.
OXO
ލި18
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު މުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
10
2012/HC-A/219
07
37/VTR/2012
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއިއެކު،ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު
މައްސަލައިގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން
އިސްތިއުނާފުކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލާއިރު،
ވަޒީފާއާބެހޭ ޓްރައިބިނަލުން އެމައްސަލައި ނިންމާފައި ނިންމުން ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި
ޚިލާފުނޫންކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/37 މައްސަލައިގައި އެޓްރައިބިއުނަލުން ނިންމާފައިވާ
ނިންމުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv