ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/119 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/119
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
..
0
ޤަޟިއްޔާ ނަންބަރު: 119/HC-A/2016
އިސްތިއުނާފުކުރި ފަރާތް:
* ނަން: ފާޠިމަތު ޝިފާޒާ ވަޙީދު
ކާޑު ނަންބަރު: A067215
)
ދާއިމީ އެޑްރެސް: ބ. ސޯސަންމާގެ، މާލެ
މިހާރުގެ އެޑްރެސް:
ސޯސަންމާގެ، މާލެ
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ރާއްޖެ ޗެމްބަރސް
ރަޖިސްޓްރީ ނަންބަރު: 02
/
2007-P
ދާއިމީ އެޑްރެސް: މ.މާހިފުމާލެ
* މިހާރުގެ އެޑްރެސް: ލ.މާހިމާލެ
ރަޖިސްޓަރީ ކުރެވުނު ތާރީޚް: 15 މާރޗް 2016
ނިމުނު ތާރީޚް: 23 މެއި 2017
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2014/Cv-C/618
ނިންމެވިކޯޓު: ސިވިލް ކޯޓް
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ހެޅުނުތާރީޚް: 17-03-2014
ނިމުނު ތާރީޚް: 30-09-2015
0
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަލީ ސަމީރު
RE
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމް 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2016/HC-A/119
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/618 ޤަޟިއްޔާ އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މ.ސޯސަންމާގެ
މާލެ، ފާތިމަތު ޝިފާޒާ ވަޙީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ ރާއްޖެ ޗެމްބަރސް އެވެ.
eeއ
UCO
01 ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/618 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް
ބެލިއިރު، އެ ޤަޟިއްޔާއަކީ ކޮކޯއާ އައިލެންޑް ރިސޯޓް (މާލެއަތޮޅު މަކުނުފުށި) ކުއްޔަށް ދިނުމަށް
މ.ސޯސަންމާގެ/ މާލެ އަލްމަރުޙޫމް އުސްއަކުރު ޢަބްދުﷲ ވަޙީދު އާއި އޯކިޑް ރިސޯޓް (މެނޭޖްމަންޓް)
ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އަލްމަރުޙޫމް އުސްއަކުރު ޢަބްދުﷲ ވަޙީދަށް ލިބެންޖެހޭ
ޙައްޤުތައް އަލްމަރުޙޫމް އުސްއަކުރު ޢަބްދުﷲ ވަޙީދު ނިޔާވުމަށްފަހު އެމަރުޙޫމުގެ ވާރިޘުންނަށް ލިބެންޖެހޭ
ހިނދު އެގޮތުގެ މަތީން ޙަވާލާދެވުނު އެއްބަސްވުމުގެ
ވުމުގެ ދަށުން އެމަރުޙޫމުގެ ވާރިޘުންނަށް ލިބެންޖެހޭ ޙައްޤުތައް
ހޯދުމުގައި އެހީތެރިވެ ދިނުމަށް އެމަރުޙޫމުގެ ވާރިޘުއްގެ ޙައިސިއްޔަތުން ފާޠިމަތު ޝިފާޒާ ވަޙީދު ރާއްޖެ
ޗެންބަރސް އާއެކު ވެފައިވާ އެއްބަސްވު
ސްވުމުގެ ދަށުން ދައްކަންޖެހޭ އެންމެހައި ފައިސާ ހޯދުމަށް އެދި
މ.ސޯސަންމާގެ/ މާލެ، ފާޠިމަތު ޝިފާޒާ ވަޙީދުގެ މައްޗަށް ރާއްޖެ ޗެމްބަރސްގެ ފަރާތުން ދަޢުވާކުރުމުން
ބެލެވުނު ޤަޟިއްޔާއެއް ކަމާއި؛
އެޤަޟިއްޔާ ނިންމަވާފައިވަނީ އައިލެންޑް ރިސޯޓް (މާލެއަތޮޅު މަކުނުފުށި) ކުއްޔަށް
ދިނުމަށްޓަކައި 26 ޖަނަވަރީ 2000 ގައި މ. ސޯސަންމާގެ އަލްމަރުޙޫމް އުސްއަކުރު ޢަބްދުﷲ ވަޙީދުއާއި
އޯކިޑް ރިސޯޓް (މެނޭޖްމެންޓް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އަލްމަރުޙޫމް
އުސްއަކުރު ޢަބްދުﷲ ވަޙީދުގެ ވާރިޘުންނަށް ލިބިދޭންޖެހޭ އެންމެހައި ޙައްޤުތައް ހޯދުމުގައި އެހީތެރިވެދިނުމުގެ
....ކޮކްއި
OOCOU
އްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/119
ގޮތުން ރާއްޖެޗެމްބަރސް އާއި އަލްމަރުޙޫމް އުސްއަކުރު ޢަބްދުﷲ ވަޙީދުގެ ވާރިޘުންނާއި ދެމެދު
ސޮއިކުރެވިފައިވާ ޤާނޫނީ ޚިދުމަތް ދިނުމުގެ އެއްބަސްވުމުގެ ދަށުން ރާއްޖެ ޗެމްބަރސްގެ ފަރާތުން އެރިޒޯޓުގެ
ކުލި ބޮޑުކުރުމާއި އޯނަރސް ބަނގަލާ ޢިމާރާތް ނުކުރުމުގެ ސަބަބުން މަރުޙޫމް އުސްއަކުރު ޢަބްދުﷲ ވަޙީދުގެ
ވާރިޘުންނަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި އޯކިޑް ރިސޯޓް (މެނޭޖްމެންޓް) ޕްރައިވެޓް ލިމިޓެޑާއި
ވާހަކަ ދައްކައިގެން މަސައްކަތް ތަކެއް ކޮށްފައިވާކަމާއި، ބަޔާންވެދިޔަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން
އެރިސޯޓުގެ ކުލީގެ ގޮތުގައި އޭރު ކޮންމެ އަހަރަކު ލިބެމުންދިޔަ 100,000.00 $US (އެއްލައްކަ އެމެރިކާ
ޑޮލަރު)ގެ ބަދަލުގައި ކޮންމެ އަހަރަކު ކުލީގެ ގޮތުގައި 500,000.00 $US (ފަސްލައްކަ އެމެރިކާ ޑޮލަރު)
އަދި އޯނަރސް ބަނގަލާ ޢިމާރާތް ނުކުރުމުގެ ސަބަބުން މަރުޙޫމް އުސްއަކުރު ޢަބްދުﷲ ވަޙީދުގެ ވާރިޘުންނަށް
ލިބިފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުން 400,000.00 $US (ހަތަރުލައްކަ އެމެރިކާ ޑޮލަރު) ދަޢުވާލިބޭ
ފަރާތްތަކަށް ދިނުމަށް އޯކިޑްރިސޯރޓް (މެނޭޖްމެންޓް) ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްބަސްވެ އެގޮތުގެ
މަތީން އެފައިސާ މަރުޙޫމް އުސްއަކުރު ޢަބްދުﷲ ވަޙީދުގެ ވާރިޘުންނަށް ލިބެމުންދާކަން ހުށަހެޅިފައިވާ
ލިޔުންތަކުން އެނގެން އޮތުމާއިއެކު ރާއްޖެ ޗެމްބަރސް އާއި މަރުޙޫމް އުސްއަކުރު ޢަބްދުﷲ ވަޙީދުގެ
ވާރިޘުންނާއި ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖެ ޗެމްބަރސްގެ ފަރާތުން ކުޅަ މަސައްކަތުގެ
ނަތީޖާއެއްގެ ގޮތުން ކޮކޯއާ އައިލެންޑް ރިސޯޓް (މާލެއަތޮޅު މަކުނުފުށި) ކުއްޔަށް ދިނުމަށް 26 ޖަނަވަރީ
2000 ގައި މ.ސޯސަންމާގެ އަލްމަރުޙޫމް އުސްއަކުރު ޢަބްދުﷲ ވަޙީދުއާއި އޯކިޑް ރިސޯޓްސް (މެނޭޖްމަންޓް)
ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ކުލީގެ ގޮތުގައި ކޮންމެ އަހަރަކަށް ލިބެމުން ދިޔަ
އެއްލައްކަ އެމެރިކާ ޑޮލަރަށްވުރެން އިތުރަށް އިސްލާޙްކުރެވުނު އެގްރީމެންޓުގެ ދަށުން ކޮންމެ މަހަކު ލިބެމުންދާ
400,000.00 $US (ހަތަރުލައްކަ އެމެރިކާ ޑޮލަރު)ގެ ރޭޓުން 04 (ހަތަރެއް) އަހަރު ދުވަހަށްޖެހޭ
US
$
1,600.000.00 (ސޯޅަލައްކަ އެމެރިކާ ޑޮލަރު)ގެ (ފަނަރަ ޕަސެންޓް) އަށްވާ
US
$
240,000.00 (ދެލައްކަ ސާޅީސްހާސް އެމެރިކާ ޑޮލަރު)ގެ ތެރެއިން 24,000.00$US
ދ
15
އްޖޭގެ
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/119
(ސައުވީސްހާސް އެމެރިކާ ޑޮލަރު) އަކީ ރާއްޖެ ޗެމްބަރސް އާއި މަރުޙޫމް އުސްއަކުރު ޢަބްދުﷲ ވަޙީދުގެ
ވާރިޘުންނާއި ދެމެދު ސޮއިކުރެވިފައިވާ ޤާނޫނީ ޚިދުމަތް ދިނުމުގެ އެއްބަސްވުމުގެ 04 ވަނަ މާއްދާގެ (ށ) ގެ
ދަށުން ދަޢުވާލިބޭ މ. ސޯސަންމާގެ ފާތިމަތު ޝިފާޒާ ވަޙީދު (އައި.ޑީ.ކާރޑް ނަންބަރު A067215}
ޒިންމާވާންޖެހޭ ފައިސާއެއްކަމުން މިފައިސާއަކީ ދަޢުވާލިބޭ މ. ސޯސަންމާގެ ފާޠިމަތު ޝިފާޒާ ވަޙީދު
(އައި.ޑީ.ކާރޑް ނަންބަރު A067215) ރާއްޖެ ޗެމްބަރސްއަށް ދޭންޖެހޭ ފައިސާއެއްކަން ހުށަހެޅިފައިވާ
ލިޔުންތަކުން ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި މިފައިސާ ރާއްޖެ ޗެމްބަރސްއަށް ލިބިދިނުމުގެ
ގޮތުން 30 ސެޕްޓެމްބަރ 2015 މިދުވަހުން ފެށިގެން މަދުވެގެން އެމަހަކަށްޖެހޭވަރު އެމަހަކު ސިވިލް ކޯޓަށް
ފައިސާ ދައްކަމުންގޮސް މީލާދީ 04 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި މިފައިސާ ދައްކައި ދަރަނި
ޚަލާޞްކުރުމަށް
ކެކުރުމަށް ދަޢުވާލިބޭ މ. ސޯސަންމާގެ ފާޠިމަތު ޝިފާޒާ ވަޙީދު (އައި.ޑީ.ކާރޑް ނަންބަރު A067215)
އަށް އަންގައި...“ ޙުކުމް ކުރައްވައި ކަން އެނގެން އޮވެއެވެ.
CCCX
404
0
02- ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/618 ޤަޟިއްޔާ އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މ.ސޯސަންމާގެ
މާލެ، ފާޠިމަތު ޝިފާޒާ ވަޙީދުގެ ފަރާތުން 03 (ތިނެއް) ނުކުތާއެއް ހުށަހަޅައި، އެނުކުތާތަކާ ގުޅޭ ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އޭގެ ތެރެއިން:-
ފުރަތަމަ ނުކުތާއަކީ، މިމައްސަލައަކީ ޤާނޫނީ މަސައްކަތްތައް
ކުރުމަށް ވެވިފައިވާ
އެއްބަސްވުމެއްކަމަށްވުމާއެކު، މި މައްސަލައިގައި ވެފައިވާ އެއްބަސްވުމަށް ރިޢާޔަތްކޮށް ރާއްޖެ
ޗެމްބަރސްއިން ކޮށްފައިވާ ޤާނޫނީ މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުން އެއްވެސް ޙައްޤެއް ފާޠިމަތު
ޝިފާޒާ ވަޙީދު ނުވަތަ އުއްސަކުރު ޢަބްދުﷲ ވަޙީދުގެ ވާރިސުންނަށް ލިބިފައިނުވާއިރު، އަދި
ލިބިފައިވާ ޙައްޤެއް ލިބިފައިވަނީ ރާއްޖެ ޗެމްބަރސްއާ ޙަވާލުކުރެވުނު މަސައްކަތްތައް ކުރިއަށް
ނުގެންދެވި މަޑުޖެހުމުގެ ސަބަބުން އުއްސަކުރު ޢަބްދުﷲ ވަޙީދުގެ ވާރިސުންގެ އަމިއްލަ އިސްނެގުމުގެ
ތެރެއިން ކޮށްފައިވާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށްވީނަމަވެސް، ސިވިލް ކޯޓުން މި
އެހިރާއް
، ހައި
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2016/HC-A/119
COC
މައްސަލަ ނިންމެވުމުގައި ޙައްޤުތައް ލިބިފައިވަނީ ރާއްޖެ ޗެމްބަރސްއިން ކޮށްފައިވާ މަސައްކަތްތަކުގެ
ނަތީޖާއެއްގެ ގޮތުން ކަމަށް ކަނޑައަޅުއްވައި ނިންމަވާފައިވާ ނިންމެވުމުގައި ޢަދުލުވެރިކަން ނެތްކަމަށް
ބުނެ ހުށަހެޅި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: އުއްސަކުރު ޢަބްދުﷲ ވަޙީދުގެ ވާރިސުންނަށް ލިބިފައިވާ ޙައްޤެއް ލިބިފައިވަނީ
ފާޠިމަތު ޝިފާޒާ ވަޙީދު ވެސް ހިމެނޭ ގޮތުން، އުއްސަކުރު ޢަބްދުﷲ ވަޙީދުގެ ވާރިސުން އަމިއްލަ
ގޮތުން ކޮށްފައިވާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ޙައްޤު ފޯރުކޮށްދީފައިވާ ފަރާތްކަމަށްވާ،
އޯކިޑް ރިސޯޓްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކަނޑައެޅިގެން ބަޔާންކޮށް، އެކަން
ސާބިތުކޮށް ދިނުމަށް ބޭނުންވާ ހެކި ފޯރުކޮށްދީފައިވާއިރު، އަދި އެލިޔުން ސިވިލް ކޯޓަށް
ހުށަހެޅިފައިވާއިރު، އެކަމަށް އެއްވެސް ވަރަކަށް ރިޢާޔަތްކުރެއްވުމެއް ނެތި ސިވިލް ކޯޓުން މައްސަލަ
ނިންމަވާފައިވަނީ ސާބިތުކުރުމުގެ މިންގަނޑުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ރާއްޖެ ޗެމްބަރސްއާއި އިސްތިއުނާފުކުރާ ފަރާތާ ދެމެދު ކުރެވިފައިވާ
އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޙަސަން ސަޢީދު ކިޔާ ބޭފުޅެއްކަން އެނގެން އޮތްއިރު، ރާއްޖެ
ޗެމްބަރސްގެ ފަރާތުން މައްސަލަ ހުށަހަޅާފައިވާ ކަމަށް ސިވިލް ކޯޓުން ބަލައިގަނެފައިވަނީ ޤާނޫނީ
ހުށަހެޅި ނުކުތާއެވެ.
ހަމަތަކާ ޚިލާފަށްކަމަށް
ބުނެ
03- ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/618 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
މ.ސޯސަންމާގެ/ މާލެ، ފާޠިމަތު ޝިފާޒާ ވަޙީދުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެ ނުކުތާތަކާ ގުޅޭ ގޮތުން
ފާޠިމަތު ޝިފާޒާ ވަޙީދުގެ ފަރާތުންނާއި މި އިސްތިއުނާފް ދަޢުވާ ރައްދުވާ ރާއްޖެ ޗެމްބަރސްގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ބުނެވިދިޔަ ސިވިލް ކޯޓުގެ
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ
ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
މައްޗަށް
ހު
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2016/HC-A/119
(ހ) މި މައްސަލައަކީ، އުސްއަކުރު ޢަބްދުﷲ ވަޙީދުގެ ވާރިސުންނަށް އުސްއަކުރު ޢަބްދުﷲ ވަޙީދާއި
އޯކިޑް ރިސޯޓްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ ސަބްލީސް އެގްރީމަންޓުގެ ދަށުން ލިބިދޭ
ޙައްޤުތައް ހޯދައިދިނުމުގެ މަސައްކަތް ކޮށްދިނުމަށާއި އަދި އެ މަސައްކަތުން އެސަބްލީސް އެގްރީމަންޓުގެ ދަށުން
ލިބޭ ޙައްޤުތަކަށްވުރެ އިތުރަށް ހޯދައިދޭ ޙައްޤުތަކުގެ ތެރެއިން 4 (ހަތަރެއް) އަހަރު ދުވަހަށް ލިބޭ ޙައްޤުގެ
15
% (ފަނަރަ އިންސައްތަ) ޢަބްދުﷲ ވަޙީދުގެ ވާރިސުންގެ ފަރާތުން ކޮންމެ ވާރިސަކު ވަކިވަކިން ޒިންމާ
ނަގާ ގޮތަށް ރާއްޖެ ޗެމްބަރސްއަށް ދިނުމަށް އެއްބަސްވެ ރާއްޖެ ޗެމްބަރސްގެ ފަރާތުން ޙަސަން ސަޢީދާއި
ޢަބްދުﷲ ވަޙީދުގެ ވާރިސުންނާ ދެމެދު ވެފައިވާ ޤާނޫނީ މަސައްކަތް ކޮށްދިނުމުގެ އެއްބަސްވުމެއް ވެވިފައިވާ
ކަމާއި އެއެއްބަސްވުމުގެ ދަށުން ރާއްޖެ ޗެމްބަރސް އިން އިސްވެ ބުނެވިދިޔަ ސަބްލީސް އެގްރީމަންޓުގެ ދަށުން
އުސްއަކުރު ޢަބްދުﷲ ވަޙީދުގެ ވާރިސުންނަށް ލިބެންޖެހޭ ޙައްޤުތައް ހޯދައިދިނުމަށް ޤާނޫނީ މަސައްކަތްތަކެއް
ކޮށްފައިވާކަމާއި އަދި އެކަންކަމާމެދު މައްސަލަ އިސްތިއުނާފުކުރާ ފާޠިމަތު ޝިފާޒާ ވަޙީދު
އިންކާރުކޮށްފައިނުވާކަން އެނގެން އޮވެއެވެ.
CCCX
(ނ) އުސްއަކުރު ޢަބްދުﷲ ވަޙީދުގެ ވާރިސުންނަށް އުސްއަކުރު ޢަބްދުﷲ ވަޙީދާއި އޯކިޑް ރިސޯޓްސް
މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ ސަބްލީސް އެގްރީމަންޓުގެ ދަށުން ލިބިދޭ ޙައްޤުތަކަކީ،
ކޮންމެ އަހަރަކު 100،000.00 (އެއްލައްކަ) ޔޫއެސް ޑޮލަރ އާއި، ބަންގަލޯރ އެއް އިމާރާތްކޮށް އެތަނުގެ
މަންފާ ލިބުން ކަން އެނގޭކަމާއި، އެގޮތުން އޯކިޑް ރިސޯޓްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ޢިމާރާތްކޮށް ދޭންޖެހޭ ބަންގަލޯރ އިމާރާތް ކޮށްފައިނުވާކަމާއި، އެކަމުގެ ބަދަލާއި އަދި ކޮންމެ އަހަރަކު
އުސްއަކު ޢަބްދުﷲ ވަޙީދުގެ ވާރިސުންނަށް 500،000.00 (ފަސްލައްކަ) ޔޫއެސްޑޮލަރ ދައްކާ ގޮތަށް
ހަމަޖެހިގެން ދިޔައީ ރާއްޖެ ޗެމްބަރސް އިން އުސްއަކުރު ޢަބްދުﷲ ވަޙީދުގެ ވާރިސުންނަށް އިސްވެ ބުނެވިދިޔަ
ސަބްލީސް އެގްރީމަންޓްގެ ދަށުން ލިބެންޖެހޭ ޙައްޤުތައް ހޯދުމަށް ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ
ގޮތުންކަން މި މައްސަލާގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބެލުމުން އެނގެން އޮންނަކަމާއިގެ
އެހެންކަމުން، މިގޮތަށް ހަމަޖެހުމާގުޅިގެން ކުރިން ލިބެމުންދިޔަ އަދަދަށްވުރެ ކޮންމެ އަހަރަކު
400،000.00 (ހަތަރު ލައްކަ) ޔޫއެސްޑޮލަރ ޢަބްދުﷲ ވަޙީދުގެ ވާރިސުންނަށް ލިބިގެން ދިޔަކަމާއި މި
z
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/119
މައްސަލައިގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، މި މައްސަލައިގައި ސުޢޫދު އެންޑް އަންވަރު ކޯ ގެ
ފަރާތުން ތަމްސީލްކޮށްފައިވަނީ އޯކިޑް ރިސޯޓްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުކަން އެފަރާތުން ރާއްޖެ
ޗެމްބަރސްއަށް ފޮނުވާފައިވާ ލިޔެކިޔުންތަކަށް ބެލުމުން އެނގޭއިރު، އިސްވެ ބުނެވި ދިޔަ ސަބްލީސް
އެގްރީމަންޓްގެ ދަށުން އުސްއަކުރު ޢަބްދުﷲ ވަޙީދުގެ ވާރިސުންނަށް އިތުރަށް ލިބުނު ޙައްޤުތައް ލިބިގެންދިޔައީ
އެފަރާތުން އަމިއްލަ ގޮތުން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށް އެފަރާތްތަކުން
ބުނިކަމުގައިވީނަމަވެސް، އެކަން ސާބިތުކުރެވޭ ވަރުގެ ކާފީ ހެކި ފާޠިމަތު ޝިފާޒާ ވަޙީދުގެ ފަރާތުން
ހުށަހެޅިފައި ނުވާތީއާއި އަދި އެމަސައްކަތް އުސްއަކުރު ޢަބްދުﷲ ވަޙީދުގެ ވާރިސުންގެ ފަރާތުން ކުރުމަށް
އެހެންފަރާތަކާ ޙަވާލުކޮށްފައިވާކަން އެނގެން ނެތުމާއެކު، އޯކިޑް ރިސޯޓްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑާއި
އުސްއަކުރު ޢަބްދުﷲ ވަޙީދާ ދެމެދު ވެވިފައިވާ ސަބްލީސް އެގްރީމަންޓްގެ ދަށުން އުސްއަކުރު ޢަބްދުﷲ ވަޙީދުގެ
ވާރިސުންނަށް އެއިރު ލިބެމުންދިޔަ މިންވަރަށްވުރެ އިތުރު ޙައްޤުތަކެއް ލިބިގެން ދިޔައީ، ރާއްޖެ ޗެމްބަރސްގެ
ފަރާތުން ކޮށްދިން މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން
ބަލަންޖެހޭކަން އެނގެއެވެ.
(ނ) އަމިއްލަ ފަރުދަކު އެމީހެއްގެ ނަމުގައި ވިޔަފާރިއެއް ރަޖިސްޓްރީ ކުރުމުގެ ނަތީޖާއަކީ
އެވިޔަފާރިއާއި އެވިޔަފާރީގެ މަސްއޫލުވެރިޔާ އާ ވަކިނުކުރެވުންކަމާއި، އެގޮތުން އެވިޔަފާރީގެ އެންމެހައި
މިލްކިއްޔާތެއްގެ މިލްކްވެރިއަކީ، އެވިޔަފާރީގެ މަސްއޫލުވެރިޔާ ކަމުގައިވުމާއި އެވިޔަފާރިން އުފައްދާ ފައިދާއަކީ،
އެވިޔަފާރީގެ މަސްއޫލުވެރިޔާގެ އެއްޗަކަށްވުމާއި، އެވިޔަފާރީގެ ދަރަންޏަށް ޒިންމާވާންޖެހޭ ފަރާތަކީ އެވިޔަފާރީގެ
މަސްއޫލުވެރިޔާކަމާއި، އެވިޔަފާރި ހިންގުމުގެ ޒިންމާ އަދާކުރުމަށް މަސްއޫލުވެރިޔާއަށް އެހެން ފަރާތެއް
ޢައްޔަންކުރެވިދާނެކަމާއި ނަމަވެސް އެފަދަ ޙާލަތެއްގައި ވެސް އެވިޔަފާރިން ކުރާ މަލާތްތަކަށާއި،
އެވިޔަފާރީގެ ދަރަނިތަކަށާއި، އެނޫންވެސް އެވިޔަފާރީގެ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުމުގެ ޒިންމާއިން
އެވިޔަފާރިގެ މަސްއޫލުވެރިޔާ ބަރީއަނުވާނެކަން އެނގޭކަމާއި، ރާއްޖެ ޗެމްބަރސްއަކީ ޙަސަން ސަޢީދާއި
ޢަބްދުﷲ ޖަމީލް އަޙްމަދާ ދެމީހުން ޙިއްސާވާ ގޮތަށް އުފައްދާފައިވާ ޕާޓްނަރޝިޕެއް ކަމާއި އެހެންކަމުން ރާއްޖެ
ޗެމްބަރސްއިން ކޮށްދޭ މަސައްކަތްތަކަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ ގޮތުން ކުރެވޭ ދަޢުވާތަކާއި އެހެނިހެން
މެޢު2
40
4 4
z
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2016/HC-A/119
ލިޔުންތަކުގައި ރާއްޖެ ޗެމްބަރސްގެ ނަމުގައި ސޮއިކޮށް މައްސަލަ ހުށަހެޅުމުގެ ބާރު ރާއްޖެ ޗެމްބަރސްގެ އެއް
ޕާޓްނަރުކަމުގައިވާ ޙަސަން ސަޢީދަށް ލިބިގެންވާ ކަމަށް ބަލަންޖެހޭކަން އެނގެއެވެ.
ވީމާ، މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ސިވިލް ކޯޓުގެ ނަންބަރު
2014/Cv-C/618 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ
ސަބަބެއް ނެތް ކަމަށެވެ.
ޙުކުމް:
4
ދެންފަހެ އިސްވެ ބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު
2014/Cv-C/618 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް
ބަލާނެ ސަބަބެއް ނެތްކަމަށް ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ޙުކުމްކޮށްފީމެވެ.
ހު
ދިވެހި2
+
P;
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ