ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/317 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/317
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 317/HC-A/2015
އިސްތިއުނާފުކުރި ފަރާތް:
* ނަން: ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
* ރެޖިސްޓްރީ ނަންބަރ : 996
/
2008-C
އެޑްރެސް: 39 އޯކިޑުމަގު | ކ.މާލެ
މިހާރުގެ އެޑްރެސް: އޭޑީކޭ ޓަވަރު / ކ. މާލެ.
އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: އިބްރާހީމް ލުޠުފީ
އައިޑީ ކާޑު ނަންބަރ: A011074
* ނަން: އަޙްމަދު ޝިފާހު
އައިޑީ ކާޑު ނަންބަރ: A228939
* ނަން: މުޙައްމަދު ރިޔާޝް
އައިޑީ ކާޑު ނަންބަރ: A112071
* ނަން: މުޙައްމަދު އަބޫބަކުރު
ކާޑު ނަންބަރ: A312545
ދާއިމީ އެޑްރެސް: އިރުދޭމާގެ | ކ. ހުރާ
މިހާރުގެ އެޑްރެސް: އިރުދޭމާގެ ހުރާ
: ދާއިމީ އެޑްރެސް: ނަފާ | ހދ. ނޮޅިވަރަން
މިހާރުގެ އެޑްރެސް: ނަފާ | ހދ. ނޮޅިވަރަން
ދާއިމީ އެޑްރެސް: ކަނީރުމާގެ / ހއ. ތުރާކުނު
މިހާރުގެ އެޑްރެސް: ކަނީރުމާގެ / ހއ. ތުރާކުނު
ދާއިމީ އެޑްރެސް: ލިލީގެ
މާޅޮސް
މިހާރުގެ އެޑްރެސް: ލިލީގެ
*
2
ބ. މާޅޮސް
26
ރަޖިސްޓްރީކުރެވުނު ތާރީޚް: 09 ސެޕްޓެންބަރު 2015
ނިމުނު ތާރީޚް: 09 އޮކްޓޯބަރު 2017
0
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2014/VTR/108
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/317
0
• ނިންމެވިތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
ހުށަހެޅުނުތާރީޚް: 13-08-2014
ނިމުނު ތާރީޚް: 30-07-2015
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/317
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/108 މައްސަލަ އެ ޓްރައިބިއުނަލުން
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ، ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއިން ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ
ކ.ހުރާ/ އިރުދޭމާގެ އިބްރާހީމް ލުޠުފީއާއި، ހދ. ނޮޅިވަރަން ނަފާ އަޙްމަދު ޝިފާއުއާއި،
ހއ. ތުރާކުނު
ކަނީރުމާގެ މުޙައްމަދު ރިޔާޝްއާއި އަދި ބ. މާޅޮސް ލިލީގެ މުޙައްމަދު އަބޫބަކުރު އެވެ.
0
ފާހަގަކުރެވުނު ނުކުތާތައް
19
01- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/108 މައްސަލައަކީ،
ހުރާ
އިރުދޭމާގެ އިބްރާހީމް ލުޠުފީއާއި، ހދ. ނޮޅިވަރަން ނަފާ އަޙްމަދު ޝިފާއުއާއި، ހއ. ތުރާކުނު ކަނީރުމާގެ
މުޙައްމަދު ރިޔާޝްއާއި އަދި މާޅޮސް ލިލީގެ މުޙައްމަދު އަބޫބަކުރު، ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް
ލިމިޓެޑްގެ ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި ވަޒީފާ އަދާކުރަމުން ދަނިކޮށް އެއްވުމެއް
ބޭއްވިކަމަށް ބުނެ ވަޒީފާއިން ވަކިކޮށްފައިވާތީ، ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ގަވާއިދާއި ޚިލާފަށްކަމަށް
ކަނޑައަޅައި އަދި ވަޒީފާ ގެއްލިފައިވާ ދުވަސްތަކުގެ މުސާރައާއި އެލަވަންސްތަކާއި، ކުރިން އަދާކުރަމުންދިޔަ
ވަޒީފާ ހޯދައިދިނުމަށް އެދި ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ރައްދުވާގޮތަށް 13 އޯގަސްޓް 2014
ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ބައްލަވާފައިވާ މައްސަލައެއް ކަމާއި؟
އެ މައްސަލަ ނިންމަވާފައިވަނީ، ”ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތުންނާއި މައްސަލަ ރައްދުވި
ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށާއި މައްސަލަބެލި މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހެކިންގެ
ހެކިބަހުގެ މައްޗަށް ރިޢާޔަތްކޮށް ބެލިއިރު، މައްސަލަ ހުށަހެޅި ފަރާތްތައް، ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް
ލިމިޓެޑްގެ ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި ވަޒީފާ އަދާކުރަމުން
ރަމުން ދަނިކޮށް އެއްވުމެ
ދިވެހިރާއްޖެ
އިސްދޫ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/317
/04
2
0 ދި8
ސަބަބއެނޫންކަމާއި،
# 8 2
ބޭއްވިކަމަށް ބުނެ ވަޒީފާއިން ވަކިކޮށްފައިވާތީއާއި، ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ
މިކަމާއި، މައްސަލަ ހުށަހެޅި ފަރާތްތަކުން ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއީ
ޢަދުލުވެރިކަންވެސް ޤާއިމުކޮށްފައިނުވާތީ، ކުރިން އަދާކުރަމުންދިޔަ ވަޒީފާ ހޯދައިދިނުމަށާއި ވަޒީފާ ގެއްލިފައިވާ
ދުވަސްތަކުގެ މުސާރައާއި އެލަވަންސްތައް ހޯދުމަށް އެދި ހުށަހަޅާފައިވާ މި މައްސަލާގައި، މައްސަލަ ހުށަހެޅި
ފަރާތްތައް މައްސަލަ ރައްދުވި ފަރާތުގެ ވަޒީފާއިން ވަކިކޮށްފައިވަނީ ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް
އެންޑް ސްޕާގައި ޤާނޫނާ ޚިލާފަށް ބޭއްވި އެއްވުމުގައި ބައިވެރި ވެފައިވާތީއާއި، މި އެއްވުން ރޫޅާލައި
ޞުލްޙަވެރިކަމާއެކު އެތަނުން ދިޔުމަށް އެތަނަށް ހާޒިރުވެތިބި ފުލުހުން އެންގި އެންގުމަށް ފާޅުގައި ދެކޮޅު
ހަދާފައިވާތީއާއި، ފުލުހުންނަށް އިންޒާރުދީ ބިރުދައްކާ އަދި ފުލުހުންގެ މަސައްކަތަށް ހުރަސްއަޅާފައިވާތީވެ،
މައްސަލަ ހުށަހެޅި ފަރާތްތަކުގެ ޢަމަލުތައް ހުރިގޮތުން އިތުރަށް އެފަރާތްތައް ވަޒީފާގައި ބަހައްޓައިފިނަމަ،
ރިސޯޓަށް ގެއްލުންތަކެއް ވެ ރިސޯޓުގެ އާއްމު މަޞްލަޙަތައް ގެއްލުން ލިބިދާނެކަމެއްކަމުގައި
ޤަބޫލުކުރެވޭތީކަމަށް މައްސަލަ ރައްދުވި ފަރާތުން ބުނެ، އެކަން ސާބިތުކޮށްދީފައިވާތީ، މައްސަލަ ހުށަހެޅި
ފަރާތްތައް ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އާ
ޚިލާފަށް ނިންމި ނިންމުމެއްކަމުގައި ކަނޑައަޅާނެ ތަނެއް ނެތްކަމަށާއި، މިފަދަ ޙާލަތެއް މެދުވެރިވެގެންވެސް،
މުވައްޒަފުން ވަޒީފާއިން ވަކިކުރަންވާނީ، އެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ކުރިން ޤާއިމުކުރަން
މައުޟޫއީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށް ފަހުގައިކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން
މިހާތަނަށް ނިންމާފައިވާ ވަޒީފާއާބެހޭ މިބާވަތުގެ މައްސަލަތަކަށް ބަލާއިރު އެނގެން އޮންނައިރު، އިބްރާހީމް
ލުޠުފީއާއި، އަޙްމަދު ޝިފާއުއާއި، މުޙައްމަދު ރިޔާޝް އަދި މުޙައްމަދު އަބޫބަކުރު އަދާކުރަމުންދިޔަ ވަޒީފާ
އިޢާދަކޮށްދިނުމަށް އެދިފައިވީނަމަވެސް، މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކިކުރުމުގައި، މަޢުޟޫޢީ
ޢަދުލުވެރިކަން ފުރިހަމަވެފައިވާތީ އެފަރާތްތަކުން އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ ދިނުމަށް މައްސަލަ ރައްދުވި
ފަރާތަށް އަންގާނެ ތަނެއް ނެތްކަމަށާއި، އެހެންނަމަވެސް މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކިކުރުމުގެ
RE
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/317
ކުރިން ފުރިހަމަ ކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ފުރިހަމަކޮށްފައިވާކަން ސާބިތުވާ މިންވަރަށް މައްސަލަ
ރައްދުވި ފަރާތުން ދަލީލު ހުށަހަޅާފައިނުވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 85 ވަނަ މާއްދާއަށް ރިޢާޔަތްކޮށް މާލީ
ބަދަލެއްގެ ގޮތުގައި، މުޙައްމަދު އަބޫބަކުރަށް 7,956.72 (ހަތްހާސް ނުވަސަތޭކަ ފަންސާސް ހައެއް ޕޮއިންޓް
ހަތްދިހަ ދޭއް) ރުފިޔާއާއި، އިބްރާހީމް ލުޠުފީއަށް 23,130.00 (ތޭވީސްހާސް އެއްސަތޭކަ ތިރީސް)
ރުފިޔާއާއި، އަޙްމަދު ޝިފާހުއަށް 12,443.94 (ބާރަހާސް ހަތަރުސަތޭކަ ސާޅީސް ތިނެއް ޕޮއިންޓް ނުވަދިހަ
ހަތަރެއް) ރުފިޔާއާއި، މުޙައްމަދު ރިޔާޝްއަށް 11,333.07 (އެގާރަހާސް ތިންސަތޭކަ ތިރީސް ތިނެއް ޕޮއިންޓް
ހަތެއް) ރުފިޔާ، މިއަދު، 30 ޖުލައި 2015) އިން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި މައްސަލަ
ހުށަހެޅި ފަރާތްތަކަށް އެކީ އެއްފަހަރާ ދިނުމަށްފަހު އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް،
މައްސަލަ ބެލި މަޖިލީހުގެ މެންބަރުންގެ އިއްތިފާޤުން ކަނޑައަޅައި، މައްސަލަ ރައްދުވި ފުރަނަ ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑަށް
އަންގާ
މިފަދައިންކަން އެ މައްސަލައިގެ މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓުން އެނގެންއޮވެއެވެ.
އަމުރެކެވެ
8ވ
-02
އިސްވެ
ބަޔާންކުރެވުނު ގޮތުގެމަތީން
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2014/VTR/108 މައްސަލަ ނިންމެވުމުން، އެ މައްސަލަ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ
ޤާނޫނީ އުސޫލު ތަކާއި ޚިލާފަށް ކަމަށްބުނެ، ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
އިސްތިއުނާފު ކުރުމަށް 3 (ތިނެއް) ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާ މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއިގެ ތެރެއިން:
• ފުރަތަމަ ނުކުތާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި
ޚިލާފަށް މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް ދަށު ކޯޓުތަކުން ތަބާވާން ވާނެކަމަށް
ބަޔާންވު ޚިލާފަށް ދިވެހި ރާއްޖޭގެ ހައިކޯޓުގެ ނަންބަރު 149/HC
-
A/2014
ހ2 0 ޑ ޓ 40
ބންވެޤީންވެ
އްޖޭގެ
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/317
+2ނ
2 283
10
ޤަޟިއްޔާއާއި ނަންބަރު 77/HC-A/2013 ޤަޟިއްޔާގެ ނިންމުންތަކަށް ރިޢާޔަތްކުރެއްވުމެއްނެތި މައްސަލަ
ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ އިޖްރާޢީ ޢަދުލުވެރިކަން ޤާއިމުނުކޮށްކަމަ
ކަނޑައަޅުއްވާފައިވުން ކަމަށް ބުނެ ފާހަގަކުރި
• ދެވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއާއި ޚިލާފަށް
ދިވެހިރާއްޖެ ބައިވެރިފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތްކުރެއްވުމެއްނެތި
މައްސަލަ ނިންމާފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި ބާއްވާފައިވާ
އެއްވުންތަކަކީ ޓުއަރިޒަމް އެޕްލޯއީސް އެސޯސިއޭޝަން ”ޓީމް“ ފަރާތުން ބާއްވާފައިވާ އެއްވުންތަކެއްކަން
އެނގޭކަމަށް ކަނޑައަޅުއްވާފައިވަނީ ޤަވާއިދު ނަމްބަރު 20-R/2015 (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދު)
ގެ 42 ވަނަ މާއްދާއާއި ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
03- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/108 މައްސަލައިގެ މައްސަލަ ނިމުނު
ގޮތުގެ ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފު ކުރުމަށް ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
ހ) ކ. ހުރާ އިރުދޭމާގެ އިބްރާހީމް ލުޠުފީއާއި، ހދ. ނޮޅިވަރަން ނަފާ އަޙްމަދު ޝިފާއުއާއި،
ހއ. ތުރާކުނު ކަނީރުމާގެ މުޙައްމަދު ރިޔާޝްއާއި އަދި މާޅޮސް ލިލީގެ މުޙައްމަދު އަބޫބަކުރު، ފުރަނަ
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި ވަޒީފާ
19
R
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/317
04
އަދާކުރަމުން ދަނިކޮށް އެއްވުމެއް ބޭއްވިކަމަށް ބުނެ ވަޒީފާއިން ވަކިކޮށްފައިވާތީ، ވަޒީފާއިން ވަކިކޮށްފައިވަނީ
ޤާނޫނާއި ގަވާއިދާއި ޚިލާފަށްކަމަށް ކަނޑައަޅައި އަދި ވަޒީފާ ގެއްލިފައިވާ ދުވަސްތަކުގެ މުސާރައާއި
އެލަވަންސްތަކާއި، ކުރިން އަދާކުރަމުންދިޔަ ވަޒީފާ ހޯދައިދިނުމަށް އެދި ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް
ލިމިޓެޑަށް ރައްދުވާގޮތަށް 13 އޯގަސްޓް 2014 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވާ
ކަމާއިގެ
މައްސަލަ ހުށަހެޅި ފަރާތްތައް މައްސަލަ ރައްދުވި ފަރާތުގެ ވަޒީފާއިން ވަކިކޮށްފައިވަނީ ޝެރަޓަން
މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި ޤާނޫނާ ޚިލާފަށް ބޭއްވި އެއްވުމުގައި ބައިވެރި ވެފައިވާތީއާއި،
އެއްވުން ރޫޅާލައި ޞުލްޙަވެރިކަމާއެކު އެތަނުން ދިޔުމަށް އެތަނަށް ހާޒިރުވެތިބި ފުލުހުން އެންގި އެންގުމަށް
ފާޅުގައި ދެކޮޅު ހަދާފައިވާތީއާއި، ފުލުހުންނަށް އިންޒާރާއި ބިރުދައްކާ އަދި ފުލުހުންގެ މަސައްކަތަށް
ހުރަސްއަޅާފައިވާތީވެ، މައްސަލަ ހުށަހެޅި ފަރާތްތަކުގެ ޢަމަލުތައް ހުރިގޮތުން އިތުރަށް އެފަރާތްތައް ވަޒީފާގައި
ބަހައްޓައިފިނަމަ، ރިސޯޓަށް ގެއްލުންތަކެއް ވެ ރިސޯޓުގެ ޢާއްމު މަޞްލަޙަތައް ގެއްލުން ލިބިދާނެކަމެއްކަމުގައި
ޤަބޫލުކުރެވޭތީކަމަށް މައްސަލަ ރައްދުވި ފަރާތުން ބުނެ، އެކަން ސާބިތުކޮށްދީފައިވާތީ، މައްސަލަ ހުށަހެޅި
ފަރާތްތައް ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އާ
ޚިލާފަށް ނިންމި ނިންމުމެއްކަމުގައި ކަނޑައަޅާނެ ތަނެއް ނެތްކަމަށާއި، މިފަދަ ޙާލަތެއް މެދުވެރިވެގެންވެސް،
މުވައްޒަފުން ވަޒީފާއިން ވަކިކުރަންވާނީ، އެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ކުރިން ޤާއިމުކުރަންޖެހޭ
މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށް ފަހުގައިކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން
މިހާތަނަށް ނިންމާފައިވާ ވަޒީފާއާބެހޭ މިބާވަތުގެ މައްސަލަތަކަށް ބަލާއިރު އެނގެން އޮތުމުން، އިބްރާހީމް
ލުޠުފީއާއި، އަޙްމަދު ޝަފީއުއާއި، މުޙައްމަދު ރިޔާޝް އަދި މުޙައްމަދު އަބޫބަކުރު އަދާކުރަމުންދިޔަ ވަޒީފާ
އިޢާދަކޮށްދިނުމަށް އެދިފައިވީނަމަވެސް، މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކިކުރުމުގައި، މައުޟޫޢީ
ޢަދުލުވެރިކަން ފުރިހަމަވެފައިވާތީ އެފަރާތްތަކުން އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ ދިނުމަށް މައްސަލަ ރައްދުވި
z
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/317
4 ޒ
އޭއީއެވެ.
CCCXOCO
ފަރާތަށް އަންގާނެ ތަނެއް ނެތްކަމަށާއި، އެހެންނަމަވެސް މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކިކުރުމުގެ
ކުރިން ފުރިހަމަ ކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ފުރިހަމަކޮށްފައިވާކަން ސާބިތުވާ މިންވަރަށް މައްސަލަ
ރައްދުވި ފަރާތުން ދަލީލު ހުށަހަޅާފައިނުވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 85 ވަނަ މާއްދާއަށް ރިޢާޔަތްކޮށް މާލީ
ބަދަލެއްގެ ގޮތުގައި، މުޙައްމަދު އަބޫބަކުރަށް 7,956.72 (ހަތްހާސް ނުވަސަތޭކަ ފަންސާސް ހައެއް ޕޮއިންޓް
ހަތްދިހަ ދޭއް) ރުފިޔާއާއި، އިބްރާހީމް ލުޠުފީއަށް 23,130.00 (ތޭވީސްހާސް އެއްސަތޭކަ ތިރީސް)
ރުފިޔާއާއި، އަޙްމަދު ޝިފާހުއަށް 12,443.94 (ބާރަހާސް ހަތަރުސަތޭކަ ސާޅީސް ތިނެއް ޕޮއިންޓް ނުވަދިހަ
ހަތަރެއް) ރުފިޔާއާއި، މުޙައްމަދު ރިޔާޝްއަށް 11,333.07 (އެގާރަހާސް ތިންސަތޭކަ ތިރީސް ތިނެއް ޕޮއިންޓް
ހަތެއް) ރުފިޔާ ދިނުމަށް އަންގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/108 މައްސަލައި
ޙުކުމް ކުރައްވާފައިވާކަން އެންގެންއޮ
(ހ) ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ ދަށުން، އެޤާނޫނުގެ ތަރަހައިގެ
ތެރޭގައި ހިމެނޭ މުވައްޒަފަކު، ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަވާންޖެހޭކަންކަން ބަޔާންކޮށް ދިވެހިރާއްޖޭގެ
ހައިކޯޓުން ނިންމާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 24/HC
-
A/2010 ޤަޟިއްޔާއާއި، ނަންބަރު
208/HC
-
A/2010 ޤަޟިއްޔާއާއި، ނަންބަރު 134/HC-A/2011 ޤަޟިއްޔާއާއި، ނަންބަރު -HC/2011
138/A ޤަޟިއްޔާފަދަ ޤަޟިއްޔާތަކަށް ބަލާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައިވާ ގޮތުގެމަތިން
ނޯޓިހެއް ދިނުމަކާ ނުލައި މުވައްޒަފަކު ވަކިކުރެވޭނީ އެމާއްދާގައި ބަޔާންކޮށްފައިވާ ދެ ޝަރުތެއް
ފުރިހަމަވެގެންކަމަށާއި، އެއީ:
އެމުވައްޒަފެއްގެ މަސައްކަތެއްގެ އަޚްލާޤު އެކަށީގެން ނުވުން، އަދި
އެމުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު،
ކުރެވޭނޭކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެނުން.
.1
.2
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/317
CO
9
8 އ ދވ
ންނަކމަށް
ކަމަށާއި، އަދި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން، ނޯޓިހެއް ދިނުމަކާނުލައި،
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަވާންޖެހޭ، އިސްވެ އިޝާރާތްކުރެވުނު ދެ ޝަރުތު
ފުރިހަމަވޭތޯ ބެލުމުގައި، ވަޒީފާއިން ވަކިކުރުމަށް ކަނޑައެޅިފައިވާ މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު
އެކަށީގެން ނުވާކަމަށް ކަނޑައެޅޭނީ، އެމުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ
ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތަށް ފެންނަ ޙާލަތުގައި ނުވަތަ
އެމުވައްޒަފަކު ޚިޔާނާތްތެރި ވެފައިވާ ޙާލަތުގައިކަން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (1)
އަށް ބެލުމުން އެނގޭކަމަށާއި؟
އަދި، މުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ
ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތުން ބަލާ، އެމުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު ރަނގަޅު
ވަޒީފާދޭ ފަރާތުން ނިންމުމުގައި، އެނިންމުމަށް ވާސިލުވުމަށް ވަޒީފާދޭ ފަރާތުން ތަޠްބީޤްކުރި
ހަމައަކީ އެކަށީގެންވާ ހަމައެއްކަމަށް ވާންޖެހޭނެކަމަށާއި، ހަމައެފަދައިން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ
މާއްދާގެ (ހ) ގެ ދަށުން ފުރިހަމަވާންޖެހޭ ދެވަނަ ޝަރުޠުކަމަށްވާ، އެމުވައްޒަފަކު ވަޒީފާގައި އިތުރަށް
ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނޭކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެނުން، ވެސް
ފުރިހަމަވާނީ އެމުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ ކުރެވޭނެކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެނުނު
ހަމައަކީވެސް އެކަށީގެންވާ ހަމައަކަށް ވެގެންކަން އެމާއްދާއަށް ބެލުމުން އެނގޭކަމަށާއި،
މީގެއިތުރުން، މުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ
އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތުން ބަލާ، އެމުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު
ރަނގަޅު ނޫންކަމަށް ވަޒީފާދޭ ފަރާތުން ނިންމުމުގައި، އެނިންމުމަށް ވާސިލުވުމަށް ވަޒީފާދޭ ފަރާތުން
ތަޠުބީޤުކުރި ހަމައަކީ އެމުވައްޒަފެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ތުޙުމަތުކުރެވިފައިވަނިކޮށް، އެކުށަކީ ވަޒީފާދޭ
ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތަށް ޤަބޫލުކުރެވޭ
42
މިކުރެވޭ ބާވަތުގެ
ދިވެހިރާއްޖޭގެ
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/317
44
ކުށެއްކަމަށްވާ ޙާލަތްތަކުގައި، އެމުވައްޒަފުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ޖިނާއީ މިންގަޑުން ސާބިތުވުމަކީ ލާޒިމުކަމެއް
ނޫންކަމަށާއި، މިޙާލަތުގައިވެސް ވަޒީފާދޭ ފަރާތުން ބަލަންޖެހޭނީ، އެމުވައްޒަފެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ
ކުށާގުޅިގެން ވަޒީފާދޭ ފަރާތުން ކުރާ ތަޙްޤީޤަށް މަދަނީ އަދި އިދާރީ ފިޔަވަޅެއް އެޅުމަށްޓަކައި އެކަމެއް
ސާބިތުކުރަން އޮންނަ މިންގަނޑުތަކުން އެކަމެއް ސާބިތުވޭތޯކަމަށާއި، އެމިންގަނޑަކީ އެމައްސަލައަކާ ގުޅިގެން
ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާތައް ވަޒަންކޮށް ބަލާއިރު ބޮޑަށް ބުރަވެވޭ ގޮތެއްގެ މައްޗަށް ބިނާކުރުން
(balance of probabilities) ކަމަށާއި؛
ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި ޤާއިމުކޮށްފައިވާ އުސޫލަށާއި، މުޅި ޤާނޫނުގެ ރޫޙަށް
ބަލާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުރިހަމަކުރަންޖެހޭ ދެ ޝަރުޠު
ފުރިހަމަކުރުމުގައި ވަޒީފާދޭ ފަރާތުން ތަޠުބީޤުކޮށްފައިވާ ހަމައަކީ އެކަށީގެންވާ ހަމައެއްކަން ސާބިތުކުރުމަކީ
ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަމަށް ބަލަންޖެހޭކަމަށާއި،
ހެންމެ، ވަޒީފާއާބެހޭ ޤާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގައި ނުވަތަ ވަޒީފާއިން ވަކިކުރުމުގެ ކުރިން، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރިކުރުމަކީ
ޢަދުލުވެރިކަމާއެކު ކުރެވޭކަމެއްކަން ކަށަވަރުކުރަން ޖެހޭކަމަށާއި، އެކަން އެގޮތަށް ކުރެވިފައިވާކަމަށް ޢާންމު
އުސޫލެއްގެ ގޮތުން ބެލެވޭނީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ
ޢަދުލުވެރިކަން
އިޖްރާއީ ޢަދުލުވެރިކަން
(procedural fairness) ޤާއިމުކުރެވިފައިވާނަމަ ކަމަށާއި،
މަޢުޟޫއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި ނުވަތަ
42
4
ހަމައެހެންމެ،
fairness)
(substantive
އެކަށީގެންވާ ސަބަބެއްކަމަ
ވުންކަމަށާއި، އިޖްރާއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި،
ދިވެހިރާއްޖޭގެ
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/317
.1
އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖްރާޢާތަކީ ޢަދުލުވެރި އިޖްރާޢާތަކަށް
ވުންކަމަށްވެސް އެފަދަ ޤަޟިއްޔާތަކުގައި ބަޔާންކޮށްފައިވާކަން އެނގެންއޮވެއެވެ.
(ނ) ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި
ޢަމަލުކުރަންޖެހޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިހާތަނަށް ކަނޑައަޅުއްވާފައިވާ، އިސްވެ މިއިޝާރާތްކުރެވުނު
ޤާނޫނީ އުސޫލުތަކަށް ބަލާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގެ ކުރިން ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ބެލެވޭނީ އެމާއްދާގެ
(ށ) ގެ (1) ނުވަތަ (2) ގައިވާ ގޮތުގެމަތިން އެމާއްދާގެ (ހ) ގައިވާ ދެ ޝަރުޠު ފުރިހަމަވެފައިވާނަމަކަމާއި،
އަދި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ޢާންމު ޙާލަތްތަކުގައި ކަނޑައެޅޭނީ، ވަޒީފާދޭ ފަރާތުން،
އެންމެ ކުޑަމިނުން އަންނަނިވި ގޮތުގެމަތިން ޢަމަލުކޮށްފައިވާނަމަކަމާއި، އެއީ:
ތުހުމަތުކުރެވިފައިވާ ކަމަކާބެހޭ މަޢުލޫމާތު (އޭރަކު ދެވެން
ހުންނަ ހުރިހާ ތަފްސީލަކާއެކު، އެމުވައްޒަފަކަށް ވަޒީފާދޭ ފަރާތުން ދިނުމަށްފަހުގެ
އެ ތުހުމަތަކާމެދު ޖަވާބުދާރީވުމުގެ ފުރުސަތު އެމުވައްޒަފަކަށް ދިނުމަށް ފަހުގެ
އެމައްސަލައެއް އިދާރީގޮތުން ތަޙްޤީޤުކުރުމަށްފަހު؟
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ފުރިހަމަވާންޖެހޭ ދެ ޝަރުޠު
ފުރިހަމަވާކަމަށް، އެކުރެވޭ ތަޙްޤީޤަކަށް ފެނިގެން، އެމުވައްޒަފަކު ވަކިކުރަން ނިންމައިފިނަމަ، އެމުވައްޒަފަކު
ވަކިކޮށްފައިވާކަން، ވަކިކުރި ސަބަބުތަކާއެކު އެމުވައްޒަފަކަށް އަންގާފައިވުން.
ކަމާއި، އަދި، އެމުވައްޒަފަކަށް ޖަވާބުދާރީވުމަށް ދެވޭ ފުރުސަތުގައި، އެމުވައްޒަފަކު
އެދިފައިވާނަމަ، އެމުވައްޒަފަކު ކަނޑައަޅާ މީހެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތުވެސް އެމުވައްޒަފަކަށް
ދެވިފައިވާނަމަކަން އެނގެންއޮވެއެވެ.
4
2 ހ4 4c4ޑ
އެމްވެއޒަފައޤީ
8.2/
46
4 2
.2
.3
.4
7
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/317
(ހ) އިސްތިއުނާފަށް ހުށަހެޅިފައިމިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/108
މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ މައްޗަށް އިސްވެ މިއިޝާރާތްކުރެވުނު ޤާނޫނީ އުޞޫލުތައް
ތަޠުބީޤުކުރާއިރު، .
ކ. ހުރާ އިރުދޭމާގެ އިބްރާހީމް ލުޠުފީއާއި، ހދ. ނޮޅިވަރަން ނަފާ އަޙްމަދު ޝިފާއުއާއި،
ހއ. ތުރާކުނު ކަނީރުމާގެ މުޙައްމަދު ރިޔާޝްއާއި އަދި ބ. މާޅޮސް ލިލީގެ މުޙައްމަދު އަބޫބަކުރު، ފުރަނަ
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި އަދާކުރަމުންދިޔަ
ވަޒީފާއިން ވަކިކޮށްފައިވަނީ، ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި ޤާނޫނާ ޚިލާފަށް ބޭއްވި
އެއްވުމުގައި ބައިވެރި ވެފައިވާތީއާއި، މި އެއްވުން ރޫޅާލައި ޞުލްޙަވެރިކަމާއެކު އެތަނުން ދިޔުމަށް އެތަނަށް
ހާޒިރުވެތިބި ފުލުހުން އެންގި އެންގުމަށް ފާޅުގައި ދެކޮޅު ހަދާފައިވާތީއާއި، ފުލުހުންނަށް އިންޒާރާއި ބިރުދައްކާ
އަދި ފުލުހުންގެ މަސައްކަތަށް ހުރަސްއަޅާފައިވާތީވެ، އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ޢަމަލުތައް ހުރިގޮތުން
އިތުރަށް އެފަރާތްތައް ވަޒީފާގައި ބަހައްޓައިފިނަމަ، ރިސޯޓަށް ގެއްލުންތަކެއް ވެ ރިސޯޓުގެ ޢާއްމު މަޞްލަޙަތައް
އެލުން ލިބިދާނެކަމެއްކަމުގައި ވީހިނދު، ބުނެވިދިޔަ ސަބަބަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ
ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއްކަމުގައި ޝަރީޢަތުން ދެކޭކަމާއި،
އެހެންކަމުން އިސްތިއުނާފު ރައްދުވާފަރާތްތައް އިސްތިއުނާފުކުރި ފަރާތުގެ ވަޒީފާއިން ވަކިކުރުމުގައި
ފުރިހަމަވާންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން ފުރިހަމަވެފައިވާކަން އެނގެން އޮންނަކަމާ
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން
ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވޭތޯ ބަލާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ
މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން
ޤާއިމުކުރެވިފައިވާކަމަށް ޢާންމު އުސޫލެއްގެ ގޮތުން ބެލެވޭނީ، ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފު ވަޒީފާއިން
ވަކިކުރުމުގެ ކުރިން، އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަންކަމާބެހޭ މަޢުލޫމާތު (އޭރަކު ދެވެން ހުންނަ
ހުރިހާ ތަފްސީލަކާއެކު) ވަޒީފާދޭފަރާތުން އެމުވައްޒަފަކަށް ދީފައިވުމުގެ އިތުރުން އެތުހުމަތުތަކާމެދު
ޕީއ
-
RE
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/317
ޖަވާބުދާރީވުމުގެ ފުރުޞަތު އޭނާއަށް ދިނުމަށްފަހު، އެމައްސަލައެއް ތަޙްޤީޤުކުރުމަށްފަހު، ވަޒީފާއާބެހޭ ޤާނޫނުގެ
23 ވަނަ މާއްދާގެ ދަށުން ފުރިހަމަވާންޖެހޭ ދެ ޝަރުޠު ފުރިހަމަވާކަމަށް، އެކުރެވޭ ތަޙްޤީޤަކަށް ފެނިފައިވުމުގެ
އިތުރުން އެމުވައްޒަފަކަށް ޖަވާބުދާރީވުމަށް ދެވުނު ފުރުޞަތުގައި، އޭނާ އެދިފައިވާނަމަ، އޭނާ ކަނޑައެޅި
މީހެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތުވެސް އޭނާއަށް ދެވިފައިވާނަމަކަމާއި؛
އެހެންނަމަވެސް އެމުވައްޒަފެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ، އެކަމެއްގެ މައްޗަށް ބިނާކޮށް
އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ވަޒީފާދޭ ފަރާތުން ނިންމާ ކަމަކީ، އެކަމެއް އެމުވައްޒަފެއްގެ ފަރާތުން
ހިނގާފައިވާކަން ވަރަށް ފާޅުކަންބޮޑުގޮތެއްގައި ފެންނަން ހުންނާނެ ކަމެއްކަމުގައިވާނަމަ، އަދި އެކަމަކީ އެކަމުގެ
މައްޗަށް ބިނާކޮށް ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިހެއް ދިނުމަކާނުލައި އެމުވައްޒަފަކު
ވަޒީފާއިން ވަކިކުރެވޭ ބާވަތުގެ ކަމެއްކަމަށްވާނަމަ، އެފަދަ މައްސަލަތަކުގައި ވަޒީފާދޭ ފަރާތުން އެމުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގެ ކުރިން (އާންމު އުސޫލާ އެއްގޮތްވާ ގޮތުގެމަތިން) އިތުރު ތަޙްޤީޤުތަކެއްކޮށް، އެކަމާމެދު
ޖަވާބުދާރީވުމުގެ އިތުރު ފުރުސަތުތަކެއް އެމުވައްޒަފަކަށް ދިނުމަކީ ވަޒީފާދޭ ފަރާތުގެ މައްޗަށް ކޮންމެހެން
ލާޒިމުކަމެއް ނޫންކަމާއިގެ
އިސްވެ މިބަޔާންކުރެވުނު ކަންކަމުގެ އަލީގައި، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގައި
ކަންހިނގާފައިވާ ގޮތަށް ބަލާއިރު، އިސްތިއުނާފު ރައްދުވި ފަރާތްތަކުން ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް
ލިމިޓެޑްގެ ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި އަދާކުރަމުންދިޔަ ވަޒީފާއިން
ވަކިކޮށްފައިވަނީ، ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި ޤާނޫނާ ޚިލާފަށް ބޭއްވި
އެއްވުމެއްގައި ބައިވެރި ވެފައިވާތީއާއި، މި އެއްވުން ރޫޅާލައި ޞުލްޙަވެރިކަމާއެކު އެތަނުން ދިޔުމަށް އެތަނަށް
ހާޒިރުވެތިބި ފުލުހުން އެންގި އެންގުމަށް ފާޅުގައި ދެކޮޅު ހަދާފައިވާތީއާއި، ފުލުހުންނަށް އިންޒާރާއި ބިރުދައްކާ
އަދި ފުލުހުންގެ މަސައްކަތަށް ހުރަސްއަޅާފައިވާތީކަން އެނގެން އޮންނައިރު އެކަންކަމަކީ ފާޅުކަންބޮޑުގޮތެއްގައި
ފެންނަން ހުންނާނެ އަމަލުތަކެއްކަމާއި، އިސްވެބުނެވިފައިވާ ފަދައިން، އެޢަމަލުތަކަކީ އެކަމުގެ މައްޗަށް ބިނާކޮށް
R
ހައިކޯ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
14 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/317
uco
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިހެއް ދިނުމަކާނުލައި އެމީހުން ވަޒީފާއިން ވަކިކުރެވޭ
ބާވަތުގެ ޢަމަލުތަކެއްކަމާއި؛
އެހެންކަމުން، އެމައްސަލައާ ގުޅިގެން ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިތުރު
ތަޙްޤީޤެއްކޮށް، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ޢަމަލުކޮށްފައިވާ ގޮތާމެދު ޖަވާބުދާރީވުމަށް އިތުރު
ފުރުސަތުތަކެއް ދީފައިނުވިނަމަވެސް، ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން އިސްތިއުނާފު
ރައްދުވާ ފަރާތްތައް ވަކިކޮށްފައިވަނީ މިބާވަތުގެ މައްސަލަތަކުގައި ވަޒީފާދޭ ފަރާތުން ޤާއިމުކުރަންޖެހޭ އިޖްރާއީ
ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހުގައިކަމަށް ބަލަންޖެހޭކަން އެނގެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަމަށް ބަލާއިރު، ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ
ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި އަދާކުރަމުންދިޔަ ވަޒީފާއިން އިސްތިއުނާފު ރައްދުވާ
ފަރާތްތަކުން ވަކިކޮށްފައިވަނީ، މިބާވަތުގެ މައްސަލަތަކުގައި އެ އެކުންފުނީގެ ފަރާތުން ޤާއިމުކުރަންޖެހޭ
މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހުގައިކަން އެނގެން އޮތުމުން، މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2014/VTR/108 މައްސަލައިގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުން
ދަލު ގެންނަންޖެހޭ ނިންމުމެއްކަމަށެވެ.
0
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް
ހުރުމާއެކު، ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް
ސްޕާގައި އަދާކުރަމުންދިޔަ ވަޒީފާއިން ކ. ހުރާ އިރުދޭމާގެ އިބްރާހީމް ލުޠުފީއާއި، ހދ. ނޮޅިވަރަން ނަފާ
އަޙްމަދު ޝިފާއުއާއި، ހއ. ތުރާކުނު/ ކަނީރުމާގެ މުޙައްމަދު ރިޔާޝްއާއި އަދި ބ. މާޅޮސް ލިލީގެ މުޙައްމަދު
އަބޫބަކުރު ވަކިކޮށްފައިވަނީ، މިބާވަތުގެ މައްސަލަތަކުގައި އެކުންފުނީގެ ފަރާތުން ޤާއިމުކުރަންޖެހޭ މައުޟޫޢީ
R
، ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމް 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
15 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/317
ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހުގައި ކަމަށް، މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2014/VTR/108 މައްސަލައިގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން، މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށް، އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
$i;
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ