ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/367 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ
ނިމުނު ގޮތު
2016/HC-A/367
کمری
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 367/HC
-
A/2016
• އިސްތިއުނާފު ކުރިފަރާތް:
+ ނަން: ޢަބްދުލްމަޖީދު އާދަމް
އައިޑީ ކާޑު ނަންބަރު: A115518
*
ދާއިމީ އެޑްރެސް: ދިވަރު ހދ. ކުޅުދުއްފުށި
މިހާރުގެ އެޑްރެސް: -
#
އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރު: -
* ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
• ރަޖިސްޓްރީ ކުރެވުނު ތާރީޚް:11 ޛުލްޤަޢިދާ 1437
14 އޯގަސްޓް 2016
ނިމުނު ތާރީޚް: 28 ޛުލްޤަޢިދާ 1437
31 އޯގަސްޓް 2016
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2016
/
5872/J
/
MD-145
ނިންމެވި ކޯޓު: ކްރިމިނަލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު
* ހުށަހެޅުނު ތާރީޚް: 19 އޯގަސްޓް 2016
ނިމުނު ތާރީޚް:19 އޯގަސްޓް 2016
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތު
2016/HC-A/367
کی عمری
ދެލި
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
5872/J
/
MD-145 ކޯޓު އަމުރު
ނެރެފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެއަމުރު އިސްތިއުނާފު ކޮށްދިނުން
އެދި ދިވަރު ހދ.ކުޅުދުއްފުށީ ޢަބްދުލްމަޖީދު އާދަމް ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ކުރެވުނު
1.ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
5872/J
/
MD-145 ކޯޓު އަމުރު، ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއި އެއްގޮތްނޫ ކަމަށްބުނެ އެ ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް ދިވަރު
ހދ.ކުޅުދުއްފުށީ ޢަބްދުލްމަޖީދު އާދަމް (ދ.ރ.ކާޑު ނަންބަރު:
ގެ ފަރާތުން
ހުށަހަޅާފައިވެއެވެ.
(A115518
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
5872/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު
އެކޯޓު އަމުރު ނެރެފައިވަނީ، 19 އޯގަސްޓް 2016 ދުވަހުގެ 15:48 އިން ފެށިގެން
03 ސެޕްޓެމްބަރ 2016 ދުވަހުގެ 15:47 އަށް ދިވަރު/ ހދ.ކުޅުދުއްފުށީ ޢަބްދުލްމަޖީދު އާދަމް
(ދ.ރ.ކާޑު ނަންބަރު: A115518) މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި
ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްކަމާއި، މިގޮތަށް ޢަބްދުލްމަޖީދު އާދަމް ބަންދުކޮށްފައި ބެހެއްޓުމަށް
އަމުރުކުރެއްވި ސަބަބަކީ، "މުޖުތަމަޢުގެ ސަލާމަތަށްޓަކައި” ކަމަށް މިއަމުރަށް ބެލުމުން އެނގެން
24 2 *
އއވާ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ
2016/HC-A/367
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
5872/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތައްނޫންކަމަށްބުނެ ދިވަރު، ހދ.ކުޅުދުއްފުށީ
ޢަބްދުލްމަޖީދު އާދަމްގެ ފަރާތުން އެއަމުރު އިސްތިއުނާފުކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް،
އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން
ހުށަހަޅާފައިވާ؟
4 22
• ފުރަތަމަ ނުކުތާއަކީ، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި "މީހަކަށް
މަޖުބޫރުކޮށްގެން ބަޔާން ހޯދުމާއި، ޤާނޫނާ ޚިލާފަށް ހެކި ހޯދުމަކީ އެއްވެސް ފަރާތަކުން ކޮށްގެން ވާނޭ
ކަންކަމެއް ނޫނެވެ. އެގޮތަށް ހޯދާ ބަޔާންތަކާއި ހެކިތައް ޝަރީޢަތަށް ޤަބޫލުކޮށްގެނެއް ނުވާނެ" ކަމަށް
ބަޔާންކޮށްފައިވަނިކޮށް، ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެކީގެ މައްޗަށް ބުރަވެ ޢަބްދުލްމަޖީދުގެ ބަންދުގެ
މުއްދަތު އިތުރުކޮށްފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތަށް 1 ވަނަ އިސްލާހު ގެނައުމުގެ
ޤާނޫނުގެ 18 ވަނަ މާއްދާގެ (ބ) ގައި، ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު)
ގައިވާ ކުށްތަކާއި އެ ކުށްތަކާ ގުޅުންހުރި އުސޫލުތައް ޤާނޫނުލްއުޤޫބާތުގައި ހިމެނިފައިވާ ގޮތަށް
މުރާޖަޢާކުރުމަށްފަހު، ޤާނޫނު ނަންބަރު 17
:
2014 އިސްލާހުކުރުމާމެދު ނުވަތަ އުވާލުމާމެދު،
ޤާނޫނުލްއުޤޫބާތަށް 1 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 12
(ބާރަ) މަސްދުވަހުގެ ތެރޭގައި ގޮތެއް ކަނޑައަޅަންވާނެކަމުގައި އޮވެ، އެ ޤާނޫނަށް ގޮތެއް ކަނޑަނޭޅި
އޮތުމުން، ސަސްޕެންޑްވެފައި އޮތް ޤާނޫނެއްގެ ދަށުން ޢަބްދުލްމަޖީދަށް ތުހުމަތުކޮށްފައިވާތީ،
ސުޕްރީމްކޯޓުގެ ޤަޟިއްޔާ ނަންބަރު 19/SC
-
A/2010 އާ ޚިލާފުވެފައި ވުން ކަމަށް ބުނެ ހުށަހެޅި
2 / 33
މ އވެ
4. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
5872/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް ދިވަރު/ ހދ.ކުޅުދުއްފުށީ ޢަބްދުލްމަޖީދު އާދަމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގަޑިޓް ރި
ޝަރީޢަތުގެ މަޖިލީހުގައި މައްސަލާގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި
ދިވެހިން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 0471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2 4 23» »»
2016/HC-A/367
ޤަޟިއްޔާ ނިމުނު "
کی مرکی
ދެވެ
ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
5872/J
/
MD-145 ކޯޓު
އަމުރަށް ބަލާއިރު އެކޯޓު އަމުރު ނެރެފައިވަނީ، 19 އޯގަސްޓް 2016 ދުވަހުގެ 15:48 އިން ފެށިގެން
03 ސެޕްޓެމްބަރ 2016 ދުވަހުގެ 15:47 އަށް ދިވަރު/ ހދ.ކުޅުދުއްފުށީ ޢަބްދުލްމަޖީދު އާދަމް
(ދ.ރ.ކާޑު ނަންބަރު: A115518) މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން ކަނޑައަޅާ ތަނެއްގައި
ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްކަމާއި، މިގޮތަށް ޢަބްދުލްމަޖީދު އާދަމް ބަންދުކޮށްފައި ބެހެއްޓުމަށް
އަމުރުކުރެއްވި ސަބަބަކީ،"މުޖުތަމަޢުގެ ސަލާމަތަށްޓަކައި" ކަމަށް މިއަމުރަށް ބެލުމުން އެނގެން އޮވެއެވެ.
3 (285/
(ނ) ދެވަނަކަމަކީ، ޢަބްދުލްމަޖީދު އާދަމް ހައްޔަރުކުރެވިފައިވަނީ، މީނާއާއި އިތުރު
ބަޔަކު ބައިވެރިވެގެން އެއްޖިންސުން ގުޅުންހިންގަމުން އަންނަކަމުގެ މަޢުލޫމާތުލިބިފައިވާތީ،
ކްރިމިނަލްކޯޓުގެ ނަންބަރު 2016
/
819/J
/
HA-145 ކޯޓު އަމުރުގެ ދަށުންކަމާއި، ޢަބްދުލްމަޖީދު
އާދަމް ހައްޔަރުކުރުމަށްފަހު، މީނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް 24 ގަޑިއިރުގެ ތެރޭގައި
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރެވިފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަކަމަކީ، ޢަބްދުލްމަޖީދު އާދަމް މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ބާވަތަށް
ބަލާއިރު، ޢަބްދުލްމަޖީދު އާދަމްގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ އެއްޖިންސުންގުޅުން ހިންގުމުގެ ކުށުގެ
ތުހުމަތުކަމުގައިވާއިރު، އެއްޖިންސުން ޖިންސީގުޅުން ހިންގުމަކީ ކުށެއްކަމާއި، މިމައްސަލައިގައި
ޢަބްދުލްމަޖީދު އާދަމްގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ ތަބީޢަތަށާއި، ކުޑަބޮޑުމިނަށާއި، ކުށުގެ
ނުރައްކާތެރިކަމާއި، ހުށަހެޅިފައިވާ ހެކި ޤަރީނާގެ މައްޗަށް ރިޢާޔަތްކުރާއިރު، ޢަބްދުލްމަޖީދު އާދަމްގެ
މައްޗަށް ތުހުމަތުކުރެވުނު ކުނުގެ ސަބަބުން މީނާގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް
އޮތްކަމަށް ބެލެވޭތީ، މީނާ 19 އޯގަސްޓް 2016 ދުވަހުގެ 15:48 އިން ފެށިގެން 03 ސެޕްޓެމްބަރ
2016 ދުވަހުގެ 15:47 ނިޔަލަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލްކޯޓުން ނިންމު ވާތީ
ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޚިލާފަށްކަމުގައި ބެލެވެންނެތް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2016/HC-A/367
5 ޤަޟިއްޔާ
ޤަޟިއްޔާ ނިމުނު ގޮތު
کی مرکل مم
ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންދެކެނީ ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
5872/J
/
MD-145 ކޯޓު އަމުރު
އިސްތިއުނާފުކުރުމަށް ޢަބްދުލްމަޖީދު އާދަމްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލައި،
އެއަމުރަށް ބަދަލުގެންނަންޖެހޭފަދަ ސަބަބެއް ނުވާކަމުގައެވެ.
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ފާހަގަކުރެވިފައިވާ ސަބަބުތަކަށްޓަކައި
ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
5872/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފުކުރުމަށް
ޢަބްދުލްމަޖީދު އާދަމް ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލައި، ކްރިމިނަލްކޯޓުގެ
އެއަމުރަށް ބަދަލުގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީވިޔަސް ސަބަބެއްނެތަތީ، ކްރިމިނަލް ކޯޓުގެ
ނަންބަރު 2016
/
5872/J
/
MD-145 ކޯޓު އަމުރަށް ބަދަލު ގެންނާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި
މިޤަޟިއްޔާބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
2 2 92
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv