ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/152 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/152
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
0
ޤަޟިއްޔާ ނަންބަރު: 152/HC-A/2015
އިސްތިއުނާފުކުރި ފަރާތް:
* ނަން: އާދަމް އިބްރާހިމް ކޮއި
އައިޑީ ކާޑު ނަންބަރު:A085111
ދާއިމީ އެޑްރެސް: : ހާވިލާގެ/ ޅ. ހިންނަވަރު
މިހާރުގެ އެޑްރެސް: މ. ސްޓަރލައިޓު/ ކ. މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް: ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)
0
ހުށަހެޅުނު ތާރީޚް: 22 އެޕްރީލް 2015
ނިމުނު ތާރީޚް: 5 މާރިޗް 2017
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު
ނަންބަރު:2013/Cv
-
C/589
ނިންމެވިކޯޓް: ސިވިލް ކޯޓު
ޤަޟިއްޔާގެ ބާވަތް: މަދަނީ މައްސަލަ
ހުށަހެޅުނުތާރީޚް: 11 މާރޗް 2013 ނިމުނު ތާރީޚް: 12 ނޮވެންބަރު 2014
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސް ފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް،
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/152
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ނަންބަރު 2013/Cv-C/589 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ ޤާނޫނީ
އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ހިންނަވަރު ހާވިލާގެ އާދަމް އިބްރާހީމް ކޮއިގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
ހިންނަވަރު ހާވިލާގެ އާދަމް އިބްރާހީމް ކޮއިގެ ފަރާތުން ކުރި މިއިސްތިއުނާފް ދަޢުވާ ރައްދުވާ
ފަރާތަކީ ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް) އެވެ.
0
14
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ނަންބަރު 2013/Cv
-
C/1589 ޤަޟިއްޔާ އަކީ، ސްޓާރވައިޓް އަލްމަރްޙޫމް
އަޙްމަދު ޤާސިމް ދުނިޔޭގައި ހެޔޮޙާލުގައިހުރެ، އަޙްމަދު ޤާސިމް ބެލުން ޝަރުތުކޮށް މ. ސްޓާރލައިޓް އެވެ
ކިޔާ ގޯތިން އަޙްމަދު ޤާސިމަށް ލިބިގެން އޮތް ބައި ހިންނަވަރު ހާވިލާގެ (މ.ސްޓާލައިޓް) އާދަމް
އިބްރާހީމް ކޮއި (ދ.ރ.ކާޑު ނަންބަރA085111) އަށް މިލްކުވާގޮތަށް ދޭން ބުނެފައިވާތީ، މ.ސްޓާރލައިޓް
އެވެ ކިޔާ ގޯތިން އާދަމް އިބްރާހީމް ކޮއި އަށް ލިބެންޖެހޭ ބައި ލިބިދިނުމަށް އެދި އާދަމް އިބްރާހީމް ކޮއިގެ
ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން ބައްލަވާފައިވާ ޤަޟިއްޔާއެއް ކަމާއި،
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ: [ދެންފަހެ، ހިންނަވަރު ހާވިލާގެ
(މ.ސްޓާރލައިޓް) އާދަމް އިބްރާހީމް ކޮއި (ދ.ރ.ކާޑު ނަންބަރA085111)ގެ ފަރާތުން ހުށަހަޅާފައިވާ
މައްސަލައަށް ބަލާއިރު،
ދަޢުވާއަކީ ސްޓާރލައިޓް އަލްމަރްޙޫމް އަޙްމަދު ޤާސިމް ދުނިޔޭގައި ހެޔޮޙާލުގައި ހުރެ،
އަޙްމަދު ޤާސިމް ބެލުން ޝަރުތުކޮށް މ. ސްޓާރލައިޓް އެވެ ކިޔާ ގޯތިން އަޙްމަދު ޤާސިމަށް ލިބިގެން އޮތް
ބައި އާދަމް އިބްރާހީމް ކޮއި އަށް މިލްކުވާގޮތަށް ދޭންބުނެފައިވާތީ، ސްޓާރލައިޓް އެވެ ކިޔާ ގޯތިން އާދަމް
އިބްރާހީމް ކޮއި އަށް ލިބެންޖެހޭ ބައި ލިބިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއްކަމާއި،
މިޤަޟިއްޔާއަށް ވަނޮޅު އަމީނާ މޫސާ (ދ.ރ.ކާޑު ނަންބަރު A039923) އާއި
މ.ހުދުކަނީރުގެ ލަޠީފާ މޫސާ (ދ.ރ.ކާޑު ނަންބަރު A047668) ތަދައްޚުލުވުމަށް އެދިގެން އެފަރާތްތަކަށް
12
*
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/152
417/Cv-C/2013
އެފުރުޞަތު ދީފައިވާކަމާއި، އަދި މައްސަލަ ހިނގަން ފެށުމަށް ފަހުގައި ކޯޓުގެ ފަރާތުން މިޤަޟިއްޔާއަށް ދިވެހި
ދައުލަތް ތަދައްޚުލުކުރުމުން،
އަލްމަރުޙޫމު އަޙްމަދު ޤާސިމްގެ ތަރިކައިގެ މައްޗަށް އާދަމް އިބްރާހީމް ކޮއިގެ އެއްވެސް ޙައްޤެއް
ނެތަތީ، މ.ސްޓާރލައިޓް އެވެކިޔާ ގޯތީގައި އާދަމް އިބްރާހީމް ކޮއަށް ދިރިއުޅުމުގެ އިންތިޒާމުތައް
ހަމަޖައްސައިދިނުމަށް ކޯޓަށް އަމުރުކުރެވެން ނެތް ކަމުގައި ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1209
ޤަޟިއްޔާގައި ކަނޑައަޅައި ޙުކުމްކޮށްފައިވާތީއާއި، ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި އަލްމަރުޙޫމް އަޙްމަދު ޤާސިމްގެ ވާރިޘަކު އަދި ޒަވިލްއަރުޙާމުންގެ މީހެއް ނެތުމުން،
މ.ސްޓާރލައިޓް އެވެކިޔާ ގޯތިން އަލްމަރުޙޫމް އަޙްމަދު ޤާސިމްއަށް ލިބިގެންވާ ބަޔާއި، އެބިމުގައިވާ
ޢިމާރާތްތަކާއި ނުއުލުވޭ މުދާ ދިވެހި ދައުލަތަށް ލިބިގެންވާކަމަށް ކަނޑައަޅާފައިވާތީ، މިޤަޟިއްޔާއިން
ހުށަހަޅާފައިވާ ދަޢުވާކުރުމުގެ ޙައްޤު ދަޢުވާކުރާފަރާތުގެ ކިބައިގައި ނެތްކަމަށް ކަނޑައަޅައި ދިނުމަށް ދިވެހި
ދައުލަތުގެ ފަރާތުން އެދި އެކަމުގެ މައްޗަށް އިޖުރާއީ ނުކުތާއެއް ހުށަހަޅާފައިވާކަމާއި،
ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބަލާއިރު، ސިވިލް
ކޯޓުގެ ނަންބަރު 2012/Cv
-
C/1209 ޤަޟިއްޔާއާއި، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/417
ޤަޟިއްޔާގެ ނިޔާއަށް ބެލުމުން، މ.ސްޓާރލައިޓް އެވެކިޔާ ގޯތީގައި އާދަމް އިބްރާހީމް ކޮއިގެ އެއްވެސް ޙައްޤެއް
އޮތްކަން އެނގެން ނެތިފައި، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1209 ޤަޟިއްޔާއާއި، ސިވިލް ކޯޓުގެ
2013/Cv
-
C/417 ޤަޟިއްޔާގެ ޙުކުމަށް ބަދަލެއް އައިސްފައިނުވާތީއާއި، ކޯޓަކުން ކޮށްފައިވާ
ޙުކުމެއް ނުވަތަ އެއިގެ ނަތީޖާއަށް ބަދަލު އަންނަފަދަ ނިޔާއެއް އިއްވުމަކީ ދަށުކޯޓަކަށް ކުރެވޭނެ ކަމެއް ކަމުގައި
ނުވާތީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/598 ޤަޟިއްޔާއިން ކޮށްފައިވާ މިދައުވާ ބަލައި ކުރިޔަށް
ގެންދެވޭނެ ތަނެއް ނެތް ކަމުގައި ކަނޑައަޅައި ޙުކުމްކޮށްފީމެވެ.“ މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުން އެނގެންއޮވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/598
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލު
ތަކާ ޚިލާފަށް ކަމަށްބުނެ، އާދަމް އިބްރާހީމްކޮއިގެ ފަރާތުން އިސްތިއުނާފު ކުރުމަށް 02 (ދޭއް) ނުކުތާއެއް
ނަންދަ(
CCCX.
ދިވެހިރާއްޖޭގެ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/152
ނަވއވ.
ފާހަގަކޮށް އެނުކުތާތަކާ މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއިގެ
ތެރެއިން:
• ފުރަތަމަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/589 ޤަޟިއްޔާ ބައްލަވަމުންގޮސް
އާދަމް އިބްރާހިމް ސޮއި ކުޅަ ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިން ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކޮށް
ހެކިބަސް ނެންގެވުމަށްފަހު ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އާއި، (ށ) އާއި
ޚިލާފަށް އާދަމް އިބްރާހީމް ކޮއިގެ ޙައްޤު ނިގުޅައިގަނެވޭ ގޮތަށް ސިވިލް ކޯޓުގެ ނަންބަރު
2012/Cv-C/1209 ޤަޟިއްޔާގެ ޙުކުމަށް ރިޢާޔަތް ކުރައްވައި މައްސަލަ ނިންމަވާފައިވުން ކަމަށް ބުނެ
ފާހަގަކުރި
• ދެވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1209 ޤަޟިއްޔާގައި އާދަމް އިބްރާހީމް
ކޮއި ދަޢުވާކޮށްފައިވަނީ އާދަމް އިބްރާހީމް ކޮއިގެ ޙައްޤު މުދަލެއް ހޯދުމަށް ކަމަށްވީހިނދު އަދި އެމުދާ
ގ.ސްޓާރލައިޓުގައި ހުންނާން ޖެހުނު ސަބަބަކީ ސްޓާރލައިޓު އަލްމަރުޙޫމް އަޙްމަދު ޤާސިމު ދުނިޔޭގައި
އޭނާގެ ހިޔާވަހިކަމަށް އާދަމް އިބްރާހީމު ކޮއި އާއި އާދަމް އިބްރާހީމު ކޮއިގެ ޢާއިލާ ގެންގޮސް އެތައް ދުވަހަކު
އެ ގޯތީގައި އާދަމް އިބްރާހީމު ކޮއި އާއި އާދަމް އިބްރާހީމު ކޮއިގެ ޢާއިލާ ދިރިއުޅޭ އަދި މ. ސްޓާރލައިޓު
އަޙްމަދު ޤާސިމު ގަދަވެ ސަލާމަތުން ހެޔޮ ޙާލުގައި އޭނާގެ މުދަލުގެ ދެބައިކުޅަ އެއްބައި ވަސިއްޔަތުން އާދަމް
އިބްރާހީމު ކޮއި އަށް ދީފައިވާތީކަން އެނގޭއިރު ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/589 ޤަޟިއްޔާ
ނިންމެވުމުގައި މިކަންކަމަށް ބައްލަވާފައި ނުވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
03- ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/589 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އާދަމް އިބްރާހީމު ކޮއިގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ދިވެހިރާއްޖެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/152
ސްޓާރލައިޓް އަލްމަރްޙޫމް އަޙްމަދު ޤާސިމް ދުނިޔޭގައި ހެޔޮޙާލުގައިހުރެ، އަޙްމަދު
ޤާސިމް ބެލުން ޝަރުޠުކޮށް ސްޓާލިރައިޓް އެވެކިޔާ ގޯތިން އަޙްމަދު ޤާސިމަށް ލިބިގެން އޮތް ބައި
ޅ.ހިންނަވަރު ހާވިލާގެ އާދަމް އިބްރާހީމް ކޮއި އަށް މިލްކުވާގޮތަށް ދޭން ބުނެފައިވާކަމަށް ބުނެ އެ ގޯތިން
އާދަމް އިބްރާހީމް ކޮއި އަށް ލިބެންޖެހޭ ބައި ލިބިދިނުމަށް އެދި އާދަމް އިބްރާހީމް ކޮއި ސިވިލް ކޯޓުގެ
ނަންބަރު 2013/Cv-C/598 ޤަޟިއްޔާއިން ހުށަހަޅާފައިވާ ދަޢުވާގައި، ސިވިލް ކޯޓުގެ ނަންބަރު
2012/Cv-C/1209 ޤަޟިއްޔާއާއި، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/417 ޤަޟިއްޔާގެ ނިޔާއަށް
ބެލުމުން، މ.ސްޓާރލައިޓް އެވެކިޔާ ގޯތީގައި އާދަމް އިބްރާހީމް ކޮއިގެ އެއްވެސް ޙައްޤެއް އޮތްކަން އެނގެން
ނެތިފައި، އެދެ ޤަޟިއްޔާގެ ޙުކުމަށް ބަދަލެއް އައިސްފައިނުވާތީއާއި، ކޯޓަކުން ކޮށްފައިވާ ޙުކުމެއް ނުވަތަ އެއިގެ
ނަތީޖާއަށް ބަދަލު އަންނަފަދަ ނިޔާއެއް އިއްވުމަކީ ދަށުކޯޓަކަށް ކުރެވޭނެ ކަމެއް ކަމުގައި ނުވާތީ، އާދަމް
އިބްރާހީމު ކޮއިގެ ފަރާތުން އިސްތިއުނާފުކޮށްފައި މިވާ ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/598
ޤަޟިއްޔާއިން ކޮށްފައިވާ ދަޢުވާ ބަލައި ކުރިޔަށް ގެންދެވޭނެ ތަނެއް ނެތް ކަމުގައި ކަނޑައަޅުއްވައި
ޙުކުމްކުރައްވާފައިވާކަން އެނގެން އޮވެއެވެ.
(ނ) މ. ސްޓާރލައިޓް އަލްމަރްޙޫ
މަރްޙޫމް އަޙްމަދު ޤާސިމް ގޯތިކަމުގައިވާ މ.ސްޓާރލައިޓް އެވެކިޔުނު
ގޯތި ދެބައިކޮށް، ހެކިންގެ ޙާޟިރުގައި އެތަނުން އެއްބައިގައިވާ އެންމެހައި ޢިމާރާތްތަކާއި، ވަޅުފަދަ ތަންތަން
ޅ.ހިންނަވަރު ހާވިލާގެ އާދަމް އިބްރާހީމް ކޮއިއަށް ވަޞިއްޔަތުންދީފައިވާ ކަމަށާއި، އަދި އެތަނުގައި އާދަމް
އިބްރާހީމް ކޮއި އާއި، އާދަމް އިބްރާހީމް ކޮއިގެ އަނބިދަރީން ޢުމުރު ދުވަހަށް ދިރިއުޅުމުގެ ޙައްޤު ހެކިން
ހެކިކޮށް އާދަމް އިބްރާހީމް ކޮއިއަށް ދީފައިވަނިކޮށް، އެގޯތީގެ ވެރިފަރާތްކަމުގައިވާ އަޙްމަދު ޤާސިމް
ނިޔަދުވުމުން، އެގޯތީގައިވާ އާދަމް އިބްރާހީމް ކޮއިގެ މުދަލާއި، ތަކެއްޗާއި، އަދި އާދަމް އިބްރާހީމް ކޮއި، ކައްކާ
ކައިބޮއި އުޅޭ ބަދިގެ ބޭނުންކުރުމުގެ ފުރުޞަތު ނުދީ، ޤާނޫނުއަސާސީއާ ޚިލާފަށް މިޙައްޤު މ.ހުދުކަނީރުގެ މާލެ
ލަޠީފާ މޫސާ އާއި މ.ވަނޮޅު މާލެ އަމީނާ މޫސާ ނިގުޅައިގަނެފައިވާކަމަށް ބުނެ މިޙައްޤު ލިބިގަތުމަށް އެދި
ލަޠީފާ މޫސާއާއި، އަމީނާ މޫސާގެ މައްޗަށް އާދަމް އިބްރާހީމް ކޮއި ސިވިލް ކޯޓުގެ ނަންބަރު
2012/Cv-C/1209 ޤަޟިއްޔާގައި ދަޢުވާކޮށްފައިވާކަން އެނގެން އޮންނައިރު،
# 2
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/152
ދeeއ
2
40
ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ބިމުގެ މައްޗަށް ކުރެވޭ ވަޞިއްޔަތް
ކުރާންވާނީ ޝަރީޢަތް މެދުވެރިކޮށް، އެޤާނޫނުގެ 17 ވަނަ މާއްދާގައިވާ ގޮތުގެ މަތީންކަމާއި، ސްޓާރލައިޓް
އަލްމަރްޙޫމް އަޙްމަދު ޤާސިމް ނިޔައުވެފައިވަނީ 16 ޖޫން 2009 ގައި ކަމަށްވާތީ، މަރްޙޫމް އަޙްމަދު ޤާސިމަށް
ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތީން ޝަރީޢަތް މެދުވެރިކޮށް ވަޞިއްޔަތްކުރުމުގެ ފުރުޞަތު
ލިބިފައިވިޔަސް މަރްޙޫމް އަޙްމަދު ޤާސިމް އެފަދަ ވަޞިއްޔަތެއް ކޮށްފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން
އެނގެން ނެތްކަމަށާއި، ޤާނޫނު ނަންބަރު 25/75 (ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު) ގެ ދަށުން މީހަކު
މަރުވުމަށްފަހު އެމީހަކާމެދު ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް ފަދަ ކަމެއް އޮވެގެން ދަޢުވާކުރާ މީހަކު
ހުރެއްޖެނަމަ އެމީހަކު މަރުވާ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި އެމައްސަލައެއް ކޯޓަށް
ހުށަހަޅަންވާނެކަމާއި، އަދި އެމުއްދަތުގެ ތެރޭގައި ހުށަނާޅައިފިނަމަ ބެލޭނީ އެމީހެއްގެ މައްޗަށް ދަރަންޏެއް
ނުވަތަ ވަޞިއްޔަތެއް ނުވަތަ އެހެންވެސް އެފަދަ ކަމެއްގެ ދަޢުވާއެއް ކުރާ މީހަކު ނެތީކަމަށް ކަމުގައިވާތީ
އަޙްމަދު ޤާސިމުގެ ތަރިކައިގެ މައްޗަށް އާދަމް އިބްރާހީމް ކޮއިގެ ޙައްޤެއް އެކުލެވިގެން ނުވާކަމާއި، އާދަމް
އިބްރާހީމް ކޮއިއަށް މ. ސްޓާރލައިޓް އެވެކިޔުނު ގޯތީގައި ދިރިއުޅުމުގެ ޙައްޤު ލިބިފައިނުވާތީ، އެގޯތީގައި
އާދަމް އިބްރާހީމް ކޮއިއަށް ދިރިއުޅުމުގެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް ކޯޓުން އަމުރުކޮށްދެވެން
ނެތްކަމަށާއި، އެގޯތީގައިވާ އާދަމް އިބްރާހީމް ކޮއިގެ މުދަލާއި، ތަކެތި ލަޠީފް މޫސާއާއި، އަމީނާ މޫސާ
ހިފަހައްޓާފައިވާކަމަށް އާދަމް އިބްރާހީމް ކޮއި ބުނެފައިވިޔަސް އެކަމަށް ލަޠީފާ މޫސާއާއި، އަމީނާ މޫސާ
އިންކާރުކުރާ ޙާލަތުގައި، އާދަމް އިބްރާހީމް ކޮއިގެ އެދަޢުވާގެ މައްޗަށް ޝަރީޢަތުން ބުރަވެވޭފަދަ އެއްވެސް
އިތުރު ހެއްކެއް ހުށަހެޅިފައި ނެތުމުން، އާދަމް އިބްރާހީމް ކޮއިގެ މުދަލާއި ތަކެތި، ލަޠީފާ މޫސާއާއި، އަމީނާ
މޫސާ ހިފަހައްޓާފައިވާކަމަށް ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅުއްވައި ސިވިލް ކޯޓުގެ ނަންބަރު
2012/Cv-C/1209 ޤަޟިއްޔާގައި 29 އެޕްރީލް 2014 ގައި ޙުކުމްކުރައްވާ
މްކުރައްވާފައިވާކަން އެނގެން އޮވެފައި،
ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1209 ޤަޟިއްޔާ އިސްތިއުނާފުކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 278/HC
-
A/2014 ޤަޟިއްޔާ ބެއްލެވި ހުރިހާ ފަނޑިޔާރުންގެ އިއްތިފާޤުން ސިވިލްކޯޓުގެ
ޤަޟިއްޔާގެ ޙުކުމަށް ތާއިދުކުރައްވާ 19 ނޮވެމްބަރ 2014 ގައި އެޤަޟިއްޔާ ނިންމަވާފައިވާކަން އެނގެން
އޮންނައިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ޙުކުމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން
COC
R
ހައިކޯ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/152
މިހާތަނަށް ބަދަލެއް ގެންނަވާފައިވާނުވާކަން އެނގެން އޮތުމުން، ސިވިލް ކޯޓުގެ ނަންބަރު -Cv/1209
2012/C ޤަޟިއްޔާގެ ޙުކުމަކީ އޭގެ ޞައްޙަކަންމަތީ ދެމިއޮތް ޙުކުމެއްކަން ސާބިތުވެއެވެ.
(ނ) އަލްމަރުޙޫމް އަޙްމަދު ޤާސިމްގެ ވާރިޘަކު އަދި ޒަވިލްއަރުޙާމުންގެ މީހެއް ނެތުމުން،
މ.ސްޓާރލައިޓް އެވެކިޔާ ގޯތިން އަލްމަރުޙޫމް އަޙްމަދު ޤާސިމްއަށް ލިބިގެންވާ ބަޔާއި، އެބިމުގައިވާ
ޢިމާރާތްތަކާއި ނުއުލުވޭ މުދާ ދިވެހި ދައުލަތަށް ލިބިގެންވާކަމަށް ކަނޑައަޅުއްވައި ސިވިލް ކޯޓުގެ ނަންބަރު
2013/Cv
-
C/417 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާކަން އެނގެން އޮންނައިރު އަދި މިހާތަނަށް
އެޤަޟިއްޔާގެ ޙުކުމަށް މަތީ މަރުޙަލާގެ އެއްވެސް ކޯޓަކުން ބަދަލުގެންނަވާފައިނުވާކަން އެނގެން އޮވެއެވެ.
ވީމާ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބުނެވުނު ކަންކަން އެގޮތަށް ހުރުމާއެކު، މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންނަށް އެއްބަސްވެވުނީ ސިވިލް ކޯޓުގެ ނަންބަރު-Cv/589
2013/C ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް
ނެތް ކަމަށެވެ.
UCO
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ސިވިލް
ކޯޓުގެ ނަންބަރު 2013/Cv-C/589 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ
ޝަރުޢީ ޤާނޫނީ ސަބަބެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން، ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ހައިކޯޓް
ދިވެހިއެވެ
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ