ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/178 ޤަޟިއްޔާގެ ޙުކުމް
1
2{18/HC-A/118
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
AM
ކުރުs
ކޯޓް
ދިވެހިރާއްޖޭގެހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 178/HC
-
A/2018
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: ޢަބްދުﷲ ސަޢީދު
* އައި.ޑީ.ކާޑު ނަންބަރު.
* ދާއިމީ އެޑްރެސް: އަލިވާގެ ( ސ.މީދޫ
* މިހާރުގެ އެޑްރެސް: މއ.ޝާޒީބްލޫ ކ.މާލެ
A055190
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް * ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައި.ޑީ.ކާޑު ނަންބަރު.
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
*
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 08 ރަމަޝާން 1439
މެއި 2018
ނިމުނު ތާރީޚް: 23 ރަމަޟާން 1439
07 ޖޫން
23
2018
އިސްތިއުނާފް ކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/Cr
-
C/234
• ނިންމިކޯޓު: ކްރިމިނަލް ކޯޓް
ޤަޟިއްޔާގެ ބާވަތް: ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުން
• ހުށަހެޅުނު ތާރީޚް: 13 މާރިޗު 2018
ނިމުނު ތާރީޚް: 08 މެއި 2018
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު ޝުޖާޢު ޢުޘްމާން
ފަނޑިޔާރު ޙަސަން ނާ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
2
2018/HC-A/118
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އްޖޭގެ ހައިކޯޓް
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2018/Cr
-
C/234 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، ސ.މީދޫ، އަލިވާގެ
| ޢަބްދުﷲ ސަޢީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާ
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2015/Cr-C/234 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، ސ.މީދޫ، އަލިވާގެ
ޢަބްދުﷲ ސަޢީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2018/Cr-C/234 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު އެޤަޟިއްޔާގައި ހުށަހެޅިފައިވާ މައްސަލައަކީ، ޢަބްދުﷲ ސަޢީދު ދައުލަތުގެ އެކިއެކި އިދާރާތަކުން
ފޮނުވާ ލިޔުންތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އެކްސެސްވިޔަ ނުދިނުމުގެ ގޮތުން، 04 ފެބްރުއަރީ 2018
ވަނަ ދުވަހު، އަދި 05 ފެބްރުއަރީ 2018 ވަނަ ދުވަހުގެ އެކި ވަގުތު ތަކުގައި، ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ގަވަރމަންޓް އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމް" (ޖެމްސް) ގެ ޚިދުމަތް ކަނޑާލުމަށާއި،
އެދުވަސްތަކުގައި އެކޯޓުން ފޮނުވަން ބޭނުންވާ ލިޔެކިޔުންތައް ޖެމްސް މެދުވެރިކޮށް ފޮނުވުމަށް އެކޯޓުގެ ޖެމްސް
ޚިދުމަތް އަލުން ގުޅުމަށާއި، އެލިޔެކިޔުންތައް ފޮނުވާ ނިމުމުން އެކޯޓުގެ ޖެމްސްގެ ޚިދުމަތް މެދުކަނޑާލުމަށް
އެކޯޓުގެ މުވައްޒަފުންނަށް އަންގާފައިވާކަމަށްބުނެ، ޤާނޫނު ނަންބަރު 2014;9 (ދިވެހިރާއްޖޭގެ ޤާނޫނުލް
0 2
<< O
އުޤޫބާތު)ގެ 533 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި އެމާއްދާގެ (2) ވަނަ ނަންބަރުގެ (އާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 6471
331
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
3
2018/HC-A/118
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން، ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ ދައުލަތުން
ކުރުމުން ބައްލަވައި ނިންމަވާފައިވާ މައްސަލައެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، ދައުލަތުން ސ.މީދޫ، އަލިވާގެ | ޢަބްދު
ސަޢީދު (އައި.ޑީ.ކާރޑް ނަންބަރު A055190) ގެ މައްޗަށް ކުޑަ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ
ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލި ބެލުމުން، ޢަބްދުﷲ ސަޢީދު ދައުލަތުގެ އެކިއެކި އިދާރާތަކުން ފޮނުވާ
ލިޔުންތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އެކްސެސްވިޔަ ނުދިނުމުގެ ގޮތުން، 04 ފެބްރުއަރީ 2018 ވަނަ
ދުވަހު، އަދި 05 ފެބްރުއަރީ 2018 ވަނަ ދުވަހުގެ އެކިވަގުތު ތަކުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
"ގަވަރމަންޓް އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމް" (ޖެމްސް) ގެ ޚިދުމަތް ކަނޑާލުމަށާއި، އެދުވަސްތަކުގައި
ފޮނުވަން ބޭނުންވާ ލިޔެކިޔުންތައް ޖެމްސް މެދުވެރިކޮށް ފޮނުވުމަށް އެކޯޓުގެ ޖެމްސް ޚިދުމަތް އަލުން
ގުޅުމަށާއި، އެލިޔެކިޔުންތައް ފޮނުވާ ނިމުމުން އެކޯޓުގެ ޖެމްސް ޚިދުމަތް މެދުކަނޑާލުމަށް އެކޯޓުގެ
މުވައްޒަފުންނަށް އަންގާފައިވާތީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި، ލިބިފައިވާ ޤާރީނާއިން
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދައިން، މީހަކު
ކުށެއް ކޮށްފިކަން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާތީ، ޤާނޫނު ނަންބަރު 9/2014
(ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 533 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި އެމާއްދާގެ (2)
ވަނަ ނަންބަރުގެ (i) ގެ ދަށުން ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ކުށުން ޢަބްދުﷲ ސަޢީދު
ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ މާއްދާގެ (ނ) އާއި އެޤާނޫނުގެ
1002 ވަނަ މާއްދާގެ (ހ) ގެ ދަށުން، ސ.މީދޫ، އަލިވާގެ | ޢަބްދުﷲ ސަޢީދު 04 (ހަތަރެއް) މަހާއި، 24
(ސައުވީސް) ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް މިޤަޟިއްޔާ ނިންމީމެވެ." މިފަދައިންނެވެ.
ދިވެހި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
4
2018/HC-A/178
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2018/Cr
-
C/234 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ސ.މީދޫ، އަލިވާގެ | ޢަބްދުﷲ ސަޢީދުގެ ފަރާތުން އެ
ޤަޟިއްޔާ އިސްތިއުނާފު ކުރަމުން 13 (ތޭރަ) ނުކުތާއެއް ފާހަގަކޮށް، ނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ހުށަހެޅިގެ
ޟިއްޔާއަކީ
• ފުރަތަމަ ނުކުތާއަކީ،
ކްރިމިނަލް ކޯޓުގެ ނަންބަރު 2018/Cr
-
C/234
އަލްއުސްތާޛް ޢަބްދުﷲ ސަޢީދު ޣައިރު ޤާނޫނީ ބަންދެއްގައި ބަހައްޓައިގެން ޤާނޫނު ނަންބަރު 13/2010
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 9 ވަނަ މާއްދާއިން ކަނޑައަޅާފައިވާ އިޖުރާއަތާ ޚިލާފަށް ކޮށްފައިވާ
ތަޙްޤީޤަކާއި ދަޢުވާއަކާއި ޝަރީޢަތެއްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ، 21 މާރޗް 2018 ވަނަ ދުވަހުން ފެށިގެން، ކުއްލި ނުރައްކަލުގެ ޙާލަތު
އިޢުލާނުކުރުމުގެ ޤަރާރުގެ ދަށުން ހަނިކުރެވުނު ޙައްޤުތައް އަލްއުސްތާޛް ޢަބްދުﷲ ސަޢީދުގެ މައްޗަށް
ހަނިކުރެވެންޖެހޭ ޝަރޫރަތެއް ނެތްކަމަށް ދައުލަތުން ކަނޑައެޅުމަށްފަހު، އަލްއުސްތާޛް ޢަބްދުﷲ ސަޢީދަށް،
ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 12 ވަނަ މާއްދާއިން ލިބިދީފައިވާ
އިމްތިޔާޒު ލިބެންޖެހޭނެއިރު، އެ އިމްތިޔާޒް ދިނުމަކާ ނުލައި އެމާއްދާއާ ޚިލާފަށް 21 މާރޗް 2018 ވަނަ
ދުވަހުން ފެށިގެން ބަންދުގައި ބަހައްޓައިގެން، ކްރިމިނަލް ކޯޓުގެ ނަންބަރު 2018/Cr
-
C/234 ޤަޟިއްޔާ
ކުރިޔަށް ގެންގޮސްފައިވައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2018/Cr
-
C/234 ޤަޟިއްޔާ ފުރަތަމަ
ބެއްލެވި ޤާޟީ، ނޫން އެހެން ޤާޟީއަކު ހިންގަވައިގެން ޙުކުލާހަމައަށް ވާޞިލުވެފައިވަނީ، ޤާނޫނު ނަންބަރު
12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 152 ވަނަ މާއްދާއާ ޚިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ޢަޠީބޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
5
2{18/HC-A/118
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0
0
ހަތަރުވަނަ ނުކުތާއަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 84 ވަނަ މާއްދާއާއި 129 ވަނަ
މާއްދާއާއި 131 ވަނަ މާއްދާއާ ޚިލާފަށް ކްރިމިނަލް ކޯޓުގެ ނަންބަރު 2018/Cr-C/234 ޤަޟިއްޔާގެ
ދަޢުވާއާއި ތަޙްޤީޤް ގުޅޭ ލިޔެކިޔުންތަކުގެ ތެރެއިން ބައެއް ލިޔެކިޔުންތައް ސިއްރުކޮށްގެން މައްސަލަ ކުރިއަށް
ގެންގޮސް މައްސަލަ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ފަސްވަނަ ނުކުތާއަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 147 ވަނަ މާއްދާގެ (ހ) އާއި 149
ވަނަ މާއްދާއާ ޚިލާފަށް މައްސަލައިގެ ހެކިބަސް ނަގައިގެން، ކްރިމިނަލް ކޯޓުގެ ނަންބަރު 2018/Cr
-
C/234
ޤަޟިއްޔާ ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ހަވަނަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2015/Cr
-
C/234 ޤަޟިއްޔާއިން ބަލާފައިވާ
ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ނަންބަރު 157/ވރކ/485
/
2018 ދަޢުވާ ފޯމަކީ ޤާނޫނު ނަންބަރު
9/2008 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގެ 17 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 12/2016 (ޖިނާއީ
އިޖުރާއަތުގެ ޤާނޫނު)ގެ 81 ވަނަ މާއްދާ ޚިލާފަށް ހުށަހަޅާފައިވާ ފޯމެއްކަމުގައިވާކަމަށްބުނެ ހުށަހެޅި
ނުކުތާއެވެ.
• ހަތްވަނަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2018/Cr
-
C/234 ޤަޟިއްޔާއިން
ބަލާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ނަންބަރު ދެންނެވުނު 157/ވރކ/485/2018 ދަޢުވާ ފޯމަކީ
ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) 82 ވަނަ މާއްދާގެ (ބ) އާ ޚިލާފު ދަޢުވާ
ފޯމެއްކަމުގައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
އަށްވަނަ ނުކުތާއަކީ، ކުށުގެ ޢަމަލެއް ކަމަށް ބެލެވޭ ޢަމަލެއް ކުރުމަށް އިރުޝާދު ދޭ މީހާގެ
ޢަމަލަކީ އެކުށެއް ބަޔާންކުރާ މާއްދާއިން އޭގެ ޒާތުގައި ތަޖުރީމުކުރާ ޢަމަލަކަށް ނުވާނެކަމާއި، ކުށެއްކުރުމަށް
އިރުޝާދުދޭ މީހާ ކުށްވެރިވާނީ ކުށެއް ކުރަން އެދުމުގެ ކުށުންކަން، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ
ޤާނޫނުލްޢުޤޫބާތު) ގެ 81 ވަނަ މާއްދާއިން އެނގެން އޮންނާތީއާއި، އެފަދަ ކުށެއް ދަރަޖަކުރަންވާނީ
24 22
·
B34
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
6
2{018/HC-A/178
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
e091އ
2 22 22
ނަކުޗއިވާ"
އަސްލު ދަރަޖައިގެ އެއް ދަރަޖަ ދަށުންކަން އެޤާނޫނުގެ 86 ވަނަ މާއްދާއިން އެނގެން އޮންނައިރު،
އެމާއްދާތަކަށް ރިޢާޔަތްކުގެ ނެތި އެމާއްދާތަކާއި ޚިލާފަށް ކްރިމިނަލް ކޯޓުގެ ނަންބަރު -Cr/234
2018/C ޤަޟިއްޔާ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
• ނުވަވަނަ ނުކުތާއަކީ، ޤާނޫނާ ޚިލާފު އަދި އިސްލާމީ ޝަރީޢަތާ ވެސް ޚިލާފު ހެކިތަކެއްގެ
މައްޗަށް ރިޢާޔަތްކޮށް، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޚިލާފު ހެކިތަކެއްގެ މައްޗަށް ބުރަވެ ކްރިމިނަލް
ކޯޓުގެ ނަންބަރު 2018/Cr-C/234 ޤަޟިއްޔާ ނިންމާފައިވާކަމަށްބުނެ ހުށަހެޅި
ދިހަވަނަ ނުކުތާއަކީ، ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާގައި ބަޔާންކުރާ ކުށުގެ
ޢުންސުރުތައް ސާބިތުވާ މިންވަރުގެ ހެއްކެއް ޝަރީޢަތަށް ލިބިފައި ނުވާ ޙާލަތެއްގައި، ޤާނޫނުއަސާސީގެ 51
ވަނަ މާއްދާގެ (އ) އާ ޚިލާފަށް ކްރިމިނަލް ކޯޓުގެ ނަންބަރު 2018/Cr
-
C/234 ޤަޟިއްޔާ
ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
އެގާރަވަނަ ނުކުތާއަކީ، ދިފާޢީ ހެކީންގެ ގޮތުގައި ހުށަހެޅި ފަސްހެކީންގެ ތެރެއިން 4
ފަރާތެއް ޙާޟިރުކޮށްދެއްވުމެއް ނެތި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ދިފާއީ
ހެކީންނާ ސުވާލުކުރުމުގެ ޙައްޤު ދިނުމަކާ ނުލައި، އެމާއްދާއާ ޚިލާފަށް ކްރިމިނަލް ކޯޓުގެ ނަންބަރު -Cr/234
2018/C ޤަޟިއްޔާ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ބާރަވަނަ ނުކުތާއަކީ، ޖިނާއީ ގޮތުން ތަޖްރީމްކޮށްފައި ނުވާ ޢަމަލެއްގެ މައްޗަށް،
ޤާނޫނުއަސާސީގެ 19 ވަނަ މާއްދާއާއި ޤާނޫނުލްޢުޤޫބާތުގެ 12 ވަނަ މާއްދާއާ ޚިލާފަށް ކްރިމިނަލް ކޯޓުގެ
ނަންބަރު 2018/Cr
-
C/234 ޤަޟިއްޔާ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ތޭރަވަނަ ނުކުތާއަކީ، ކުށުގެ ނިޔަތުގެ ޢުންޞުރު ސާބިތުވި ގޮތެއް ބަޔާންކޮށްދިނުމެއް ވެސް
ނެތި، ޤާނޫނުލްޢުޤޫބާތުގެ 24 ވަނަ މާއްދާއާ ޚިލާފަށް ކްރިމިނަލް ކޯޓުގެ ނަންބަރު 2018/Cr
-
C/234
ޤަޟިއްޔާ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2018/HC-A/178
/
<< O
-4
މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ކްރިމިނަލް ކޯޓުގެ ނަންބަރު 2018/Cr
-
C/234 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށާއި، މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިޔުންތަކަށް
ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
<< O
02x
ހ 2
0
2
2 ބ 2
19ލަނނވގނވާ
کمیسر
(ހ) ފުރަތަމަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2018/Cr-C/234 ޤަޟިއްޔާއަކީ
އަލްއުސްތާޛް ޢަބްދުﷲ ސަޢީދު ޣައިރު ޤާނޫނީ ބަންދެއްގައި ބަހައްޓައިގެން ޤާނޫނު ނަންބަރު 13/2010
(ދިވެހިރާއްޖޭގެ
ރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 9 ވަނަ މާއްދާއިން ކަނޑައަޅާފައިވާ އިޖުރާއަތާ ޚިލާފަށް ކޮށްފައިވާ
ތަޙްޤީޤަކާއި ދަޢުވާއަކާއި ޝަރީޢަތެއްކަމަށްބުނެ ހުށަހެޅި ނުކުތާއަށް ރިޢާޔަތް ކުރާއިރު،
ޤާނޫނު ނަންބަރު 14/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 9 ވަނަ
މާއްދާގައިވަނީ ފަނޑިޔާރަކު އޭނާގެ މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި، ދިން ރައުޔުއަކާ ގުޅިގެން
ނުވަތަ ކުރި އަމުރަކާއި ގުޅިގެން ނުވަތަ ކުރި ޙުކުމަކާއި ގުޅިގެން، ޤާނޫނުއަސާސީއާއި ޤާނޫނުގައި
އިސްތިއުނާފުކުރުމުގެ އުޞޫލުތަކުގެ ބޭރުން، ނުވަތަ ފަނޑިޔާރުންގެ ސުލޫކާގުޅޭ
ފިޔަވަޅުއެޅުމަށް ޤާނޫނުއަސާސީއާއި ޤާނޫނުގައި ބަޔާންވެގެE އުޞޫލުތަކުގެ ބޭރުން އެއްވެސް ފަރާތެއްގައި
އެފަނޑިޔާރަކު ޖަވާބުދާރީއެއް ނުކުރެވޭނެކަމަށް ބަޔާންކޮށްފައިކަން އެނގެން އޮންނައިރު،
ޢަބްދުﷲ ސަޢީދު ދައުލަތުގެ އެކިއެކި އިދާރާތަކުން ފޮނުވާ ލިޔުންތައް ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓަށް އެކްސެސްވިޔަ ނުދިނުމުގެ ގޮތުން، 04 ފެބްރުއަރީ 2018 ވަނަ ދުވަހު، އަދި 05 ފެބްރުއަރީ 2018
ވަނަ ދުވަހުގެ އެކި ވަގުތު ތަކުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ "ގަވަރމަންޓް އީ-ލެޓަރ މެނޭޖްމަންޓް
(ޖެމްސް) ގެ ޚިދުމަތް ކަނޑާލުމަށާއި، އެދުވަސްތަކުގައި އެކޯޓުން ފޮނުވަން ބޭނުންވާ
ލިޔެކިޔުންތައް ޖެމްސް މެދުވެރިކޮށް ފޮނުވުމަށް އެކޯޓުގެ ޖެމްސް ޚިދުމަތް އަލުން ގުޅުމަށާއި، އެލިޔެކިޔުންތައް
ފޮނުވާ ނިމުމުން އެކޯޓުގެ ޖެމްސްގެ ޚިދުމަތް މެދުކަނޑާލުމަށް އެކޯޓުގެ މުވައްޒަފުންނަށް އަންގާފައިވާކެއްޖާގެ
ތ ކތ f
ކައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
8
2018/HC-A/178
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި، ލިބިފައިވާ ޤާރީނާއިން އެނގެން އޮންނާތީ، ޢަބްދުﷲ ސަޢީދުގެ
ފަރާތުން ޖެމްސްގެ ޚިދުމަތް މެދުކަނޑާލަން އަންގާފައިވަނީ ޤާނޫނު ނަންބަރު 14/2010 (ދިވެހިރާއްޖޭގެ
ފަނޑިޔާރުންގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ ތަރަހައިގެ ތެރެއިން ނޫންކަން އެނގެން އޮންނަކަމާއި،
ޝަރީޢަތުގެ ކަންކަމަށް މަތިކުރެވިފައިވާ ފަރާތަކުން ޝަރީޢަތުގެ ކަންކަމުގެ ބޭރުން ކުރާ ކަންކަމުގެ ތެރޭގައި
ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ޢަމަލެއް ކޮށްފައިވާކަމަށް ތަޙްޤީޤަށް ފެނިއްޖެނަމަ، އެކަމެއްގައި ޖަވާބުދާރީ
ކުރުވުމަކީ މީގެ ކުރިންވެސް އެކަން ކުރަމުން އައިސްފައިވާގޮތްކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
120/HC
-
A/2012 ޤަޟިއްޔާއިން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2018/Cr-C/234 ޤަޟިއްޔާ ފުރަތަމަ
ބެއްލެވި ޤާޟީ ނޫން އެހެން ޤާޟީއަކު ހިންގަވައިގެން ޙުކުމާހަމައަށް ވާޞިލުވެފައިވަނީ، ޤާނޫނު ނަންބަރު
12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 152 ވަނަ މާއްދާއާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއަށް
ރިޢާޔަތްކުރާއިރު،
ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 152 ވަނަ މާއްދާގައިވަނީ
ޝަރީޢަތް ހިނގަމުން ދަނިކޮށް ނުވަތަ ޝަރީޢަތުގެ އަޑުއެހުންނިމި، ޙުކުމް އިއްވަންވެފައި ވަނިކޮށް ފަނޑިޔާރު
ބަލިވެއްޖެނަމަ ނުވަތަ މަރުވެއްޖެނަމަ ނުވަތަ ފަނޑިޔާރުގެ މަޤާމުގެ ދައުރު ހަމަވެއްޖެނަމަ ނުވަތަ
އެޝަރީޢަތެއް ފެށުމުގެ ކުރިން މެދުވެރިވެފައިނުވާ ނުވަތަ އެނގިފައިނުވާ އެފަނޑިޔާރެއްގެ މަސްލަޙަތު ފުށުއަރާ
ކަމެއް މެދުވެރިވުމުގެ ސަބަބުން އެޝަރީޢަތެއް ހިންގުމަށް ފަނޑިޔާރަކު ނުކުޅެދިއްޖެނަމަ، ނުވަތަ އެޝަރީޢަތެއް
ގުމަށް އެނޫންވެސް ގޮތަކުން ނުކުޅެދިއްޖެނަމަ، އަންނަނިވި ދެގޮތުންކުރެ ގޮތަކަށް އެމައްސަލައިގައި
ޢަމަލުކުރުމަށް ކޯޓަށް ކަނޑައެޅިދާނެކަމާއި، އެގޮތުން (ހ) އެކޯޓަށް ޚާއްޞަކުރެވިފައިވާ އެހެން ފަނޑިޔާރަކު
އެމައްސަލައިގެ ޝަރީޢަތް ކުރިއަށްގެންދިއުމަށް ކަނޑައެޅުން، ނުވަތަ (ނ) އެމައްސަލައިގެ ޝަރީޢަތް އަލުންގެ
ބޭއްވުމަށް ކަނޑައެޅުންކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު،
ހިންގު
ހަޢީ2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
9
2{018/HC-A/178
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
24 2 0 22
:އަނކރވެ
މިމާއްދާގައި ބަޔާންކޮށްފައިމިވަނީ ޝަރީޢަތްފެށި ހިނގަމުންދަނިކޮށް ނުވަތަ ޝަރީޢަތުގެ
އަޑުއެހުންނިމި، ޙުކުމް އިއްވަން ވެފައިވަނިކޮށް ފަނޑިޔާރަކު ބަދަލުކުރަންޖެހިއްޖެނަމަ ޢަމަލުކުރަންޖެހޭ
އިޖުރާއާތުކަން މިމާއްދާގެ (ހ) އާއި (ށ) އަށް ބެލުމުންވެސް އެނގެން އޮންނަކަމާއި، އިސްތިއު
ކްރިމިނަލް ކޯޓުގެ ނަންބަރު 2015/Cr
-
C/234 ޤަޟިއްޔާ ބައްލަވަމުން ގެންދެވި ފަނޑިޔާރު ބަދަލުވެފައިވަނީ
މައްސަލައިގެ ޝަރީޢަތް ފެށުމުގެ ކުރިން މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައިކަން މައްސަލައިގައި
ހުށަހެޅިފައިވާ ލިޔުންތަކަށް ބެލުމުން އެނގެން އޮތުމުން، މިމައްސަލައިގައި ޢަމަލުކޮށްފައިވަނީ ޤާނޫނު ނަންބަރު
12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 152 އާއި ޚިލާފަށްކަމަށް ބެލެވެން ނެތްކަމެވެ.
2
14/17
(ނ) ތިންވަނަ ކަމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 84 ވަނަ މާއްދާއާއި 129 ވަނަ
131 ވަނަ މާއްދާއާ ޚިލާފަށް ކްރިމިނަލް ކޯޓުގެ ނަންބަރު 2018/Cr-C/234 ޤަޟިއްޔާގެ
ދަޢުވާއާއި ތަޙްޤީޤު ގުޅޭ ލިޔެކިޔުންތަކުގެ ތެރެއިން ބައެއް ލިޔެކިޔުންތައް ސިއްރުކޮށްގެން މައްސަލަ ކުރިއަށް
ގެންގޮސް މައްސަލަ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއަށް ބަލާއިރު،
ކޯޓަށް މައްސަލަހުށަހެޅޭތާ ގިނަވެގެން 05 (ފަހެއް) ދުވަހުގެ ތެރޭގައި މައްސަލައާއިއެކު
ހުށަހެޅޭ އެންމެހައި ލިޔެކިޔުންތައް މައްސަލައިގެ ދަޢުވާލިބޭ ފަރާތަށްލިބޭނެ އިންތިޒާމް ހަމަޖައްސަންޖެހޭނެކަމަށް
ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 84 ވަނަ މާއްދާގައި އޮތްނަމަވެސް ބައެއް ބާވަތްތަކުގެ ހެކި
ނުވަތަ ވަކި މިންވަރަކަށް އެކަނި ހާމަކުރުމަށް، ނުވަތަ ހެކި ހާމަކުރުން ފަސްކުރުމަށް އެދި ކޯޓަށް
ހުށަހެޅިދާނެކަމަށް ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 151 ވަނަ މާއްދާގައި އޮންނަކަމާއި،
އިސްތިއުނާފުމިކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު
ޤަޟިއްޔާ
ކްރިމިނަލް ކޯޓަށް ހުށަހެޅުނު ދުވަހު އެމައްސަލައިގައި ހިމެނޭ ސިއްރުހެކިންގެ ބަޔާންތަކާއި، އެފަރާތްތަކަކީ
ހާމަވާނެ އެއްވެސް ލިޔުމެއް އެއްވެސް
ހާމަނު އެފަދަ ލިޔުންތައް
ސިއްރުކޮށްދިނުމުގެ ވަގުތީ އަމުރެއް ނެރެ ދިނުމަށް ދައުލަތުގެ ފަރާތުން އެދިފައިވާކަން އެނގެން އޮންނަކަމާއި
ހ7ހޏ
ހާމަކުރށް
234/Cr-C/2018
ބޑތ ތ 0
ކ449ކނ
ފަރާތަކަށް
ހ (0x
ހން
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2{018/HC-A/178
އަދި ކްރިމިނަލް ކޯޓުގެ ނަންބަރު 2015/Cr
-
C/234 ޤަޟިއްޔާ އާއި ގުޅިގެން 22 އޭޕްރީލް 2018 ވަނަ
ދުވަހު ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން އެދުނު ފަދައިން ހެކިރައްކާތެރިކުރުމުގެ އަމުރެއް
ނެރެދެއްވާފައިވާކަމާއި، ދައުލަތުގެ ފަރާތުން އެލިޔުންތަކެއް ސިއްރުކޮށްދިނުމަށް ހުށަހެޅި ލިޔުންތަކަކާމެދު ކޯޓުން
ގޮތެއް ކަނޑައެޅުމުގެ ކުރިން އެލިޔުންތައް ދަޢުވާލިބޭ ފަރާތާއި ޙަވާލުކުރެވިއްޖެނަމަ ދައުލަތުގެ ފަރާތުން ހެކި
އެރުކުރުމަށްއެދި ހުށަހަޅާ ހުށަހެޅުމުގެ މަޤްޞަދު ގެއްލި ހިނގާދާނެތީ އެލިޔުންތައް ސިއްރުކޮށްދިނުމާމެދު
ކޯޓުން ގޮތެއް ކަނޑައަޅަންދެން އެފަދަ ލިޔުމެއް ދޫނުކުރި ނުކުރުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 84 ވަނަ
މާއްދާއާއި 129 ވަނަ މާއްދާއާއި 131 ޚިލާފުވީކަމުގައި
ބެލެވެންނެތްކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 147 ވަނަ މާއްދާގެ (ހ) އާއި 149
ވަނަ މާއްދާއާ ޚިލާފަށް މައްސަލައިގެ ހެކިބަސް ނަގައިގެން، ކްރިމިނަލް ކޯޓުގެ ނަންބަރު 2018/Cr-C/234
ޤަޟިއްޔާ ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއަށް ރިޢާޔަތްކުރާއިރު،
ޤާނޫނު ނަންބަރު 22/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) 147 ވަނަ މާއްދާގައި
ބަޔާންކޮށްފައިވަނީ މައްސަލައިގައި ހެކިބަސް ނަގަންވީ ގޮތުގެ އިޖުރާއަތުކަމާއި، މިގޮތުން މިމާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވަނީ މިޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު،
ޖިނާއީ ކޮންމެ މައްސަލައެއްގައިވެސް ހެކީންގެ ހެކިބަސް ނަގަންވާނީ، ޢާންމުކޮށް ހުޅުވާލެވިފައިވާ ޝަރީޢަތުގެ
މަޖިލީހެއްގައި، ޝަރީޢަތުގެ މަޖިލީހަށް އެމީހުން ޙާޟިރުކޮށް، ހުވައި މަތީގައި އެމީހުންނާ ސުވާލުކޮށްގެންކަމަށް
ބަޔާންކޮށްފައިވާއިރު، އެޤާނޫނުގެ 149 ވަނަ މާއްދާއަކީ ހެކިބަސްދޭ މީހާއަށް ޙިމާޔަތާއި ރައްކާތެރިކަން ލިބޭ
ގޮތަށް ހެކިބަސް
ދާކަމާއި، މިގޮތުން ހެކިބަސް ނަގަންވާނީ ޝަރީޢަތުގެ މަޖިލީހަށް
ހެކީން ހާޟިރުކޮށް ކަމަށް މިޤާނޫނުގެ 147 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވީނަމަވެސް، ޤާނޫނު
ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި، އަދި އެޤާނޫނުގައި ހެކިބަސް
ދެމީހުން ޙިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެޑީޒްރޭއެން
ހ(420/228
ނަންވާނެކަމަށްބުނާ މެއެދާކަމެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
11
2018/HC-A/178
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ގޮތަކަށް ހެކިބަސް ނެގުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާކަމާއި، 149 ވަނަ
މާއްދާގެ (ށ) ގައިވަނީ މިމާއްދާގެ (ހ) ގައިވާ ފަދައިން ހެކިބަސް ނެގުމަށް އެދޭ ފަރާތަކުން މިޤާނޫނުގެ 119
ވަނަ މާއްދާގައިވާ ގޮތުގެ މަތިން މައްސަލައިގެ ޝަރީޢަތް ފެށުމުގެ ކުރިން އެކަމަށް އެދެންވާނެކަމަށް
ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު
މިމައްސަލައިގައި ދައުލަތުގެ ފަރާތުން މައްސަލައިގެ ޝަރީޢަތް ފެށުމުގެ ކުރިން ހެކި
ރައްކާތެރިކުރުމުގެ އަމުރަކަށް އެދިފައިވާކަމާއި، އަދި ކްރިމިނަލް ކޯޓުން މިމައްސަލައިގެ ޝަރީޢަތުގެ
މަޖިލީހުގައި ހެކި ރައްކާތެރިކުރުމުގެ އަމުރެއް ނެރެދެއްވާފައިވާކަން މައްސަލައިގެ ލިޔުންތަކަށް ބެލުމުން
އެނގެން އޮންނަކަމާއި،
މިގޮތުން ކުށެއް ކުރިކަމަށް ދަޢުވާ އުފުލިފައިވާ މީހަކު ކުށުން ބަރީޢަވުމަށް މަސައްކަތް
ކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި، އެކަށީގެންވާ ވަސީލަތްތައް ލިބުމަކީ، ޢަދުލުވެރިކަމާއެކު ޝަރީޢަތް
ހިންގުމުގެ މުހިއްމު އެއް އަސާސްކަމަށްވާއިރު، ޢާންމު އުޞޫލެއްގެ ގޮތުން، ދިފާޢު ބިނާކުރުމަށްޓަކައި
އެކަށީގެންވާ ވަސީލަތްތައް ލިބިދިނުމުގެ ތެރޭގައި އެމީހެއްގެ މައްޗަށް ހުށަހެޅިފައިވާ މާއްދީ ހެކިތަކާއި، ޝަފަހީ
އަދި ކިތާބީ ހެކިތައް ދެނެގަނެ އެހެކިތަކާއި ގުޅޭ ގޮތުން ސުވާލުކުރެވި، ހެކި ތަޢުނުކުރުމުގެ މަގު
ތަނަވަސްވެފައި އޮންނަންވާނެކަމާއި، ޝަރީޢަތުން ކަމެއް ނިންމަންވާނީ ޝަރީޢަތަށް ހުށަހެޅިފައިވާ އެންމެހައި
ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ކަމަށްވާއިރު، މައްސަލައަކާއި ގުޅިގެން ތަޙްޤީޤަށް ދީފައިވާ ބަޔާނަކީ ދަޢުވާ
އުފުލުމަށް ނުވަތަ ދަޢުވާ ބިނާކުރުމަށް މުހިންމު އެއްޗެއްކަމުގައި ވީނަމަވެސް ޝަރީޢަތުގައި ހެކީގެ ގޮތުގައި
ބެލޭނީ ހެކިން ޝަރީޢަތުގެ މަޖިލީހުގައި ދޭ ހެކިބަސްކަމާއި
އެހެންކަމުން، ހެކިން ތަޙްޤީޤަށް ދީފައިވާ ބަޔާންތައް އޭގެ ޒާތުން ދަޢުވާލިބޭ ފަރާތަށް ނުލިބުނު
ކަމުގައިވީނަމަވެސް، ހެކިންގެ ހެކިބަސް ޠަޢުނު ކުރުމުގެ ފުރުޞަތު ގެއްލިގެންދާނެ ކަމަށް ބެލެވެން ނެތްކަމާއި،
ޓެރެރިޒަމްގެ ކުށާއި އެފަދަ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ދަޢުވާކުރެވޭ މައްސަލަތަކުގައި ހެކިން ތަޙްޤީޤަށް
ދީފައިވާ ބަޔާންތައް ދަޢުވާލިބޭ ފަރާތަން ނުދިނުމަކީ ކުޅުން ބަރީޢަވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2018/HC-A/118
ވަސީލަތްތައް ލިބި ނުދިނުންކަމަށް ބެލެވެން ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
163/HC
-
A/2013 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަން އެނގެން އޮންނައިރު،
އިސްތިއުނާފްކުރެވޭ މައްސަލައިގައި ހެކިބަސްދިން ފަރާތްތަކުގެ ތެރެއިން 3 (ތިނެއް) ފަރާތެއްގެ
ހެކިބަސް ނަގާފައިވަނީ ޝަރީޢަތަށް ޙާޟިރުނުކޮށް ކަމަށް ބަޔާންކޮށްފައިވީނަމަވެސް، އަދި މައްސަލައިގައި
ދައުލަތުގެ ފަރާތުން މައްސަލަ ޘާބިތުކުރުމަށް ހުށަހެޅި ސިއްރު ހެކިތައް ސިއްރުކޮށްފައިވީނަމަވެސް،
އެފަރާތްތަކާއި ސުވާލުކުރުމުގެ ފުރުޞަތު ޢަބްދުﷲ ސަޢީދަށް ލިބިދީފައިވާކަން ކްރިމިނަލް ކޯޓުގެ ނަންބަރު
2018/Cr
-
C/234 ޤަޟިއްޔާގެ ބަޔާންތަކަށް ބެލުމުން އެނގެން އޮތުމުން، ޢަބްދުﷲ ސަޢީދަށް ހެކިންގެ
ހެކިބަސް ތަޢުނު ކުރުމުގެ ފުރުސަތުލިބިފައިވާކަން އެނގެން އޮންނަކަމެވެ.
81
(ބ) ފަސްވަނަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2018/Cr-C/234 ޤަޟިއްޔާއިން
ބަލާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ނަންބަރު 157/ވރކ/485/2018 ދަޢުވާ ފޯމަކީ ޤާނޫނު
ނަންބަރު 9/2008 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގެ 17 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު
12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ ވަނަ މާއްދާއާ ޚިލާފަށް ހުށަހަޅާފައިވާ
ފޯމެއްކަމުގައިވާކަމަށްބުނެ ހުށަހެޅި ނުކުތާއަށް ރިޢާޔަތްކުރާއިރު،
އެޤާނޫނުގެ 81 ވަނަ މާއްދާގައި، ޖިނާއީ މައްސަލައެއްގެ ދަޢުވާ އެފަދަ މައްސަލަތައް
ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް ހުށަހަޅަންވާނީ ބުނެވުނު ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދާ
އެއްގޮތްވާގޮތުގެ މަތިން ތައްޔާރުކުރާ ފޯމް މެދުވެރިކޮށް ޕްރޮސިކިއުޓަރ ޖެނެރަލްކަމަށާއި، އެ ފޯމުގައި
ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ އޭނާ ކަނޑައަޅާ ފަރާތެއްގެ ނަމާއި ސޮއި އޮންނަންވާނެކަމަށާއި، އަދި
ޕްރޮސިކިއުޓަރ ޖެނެރަލް ފިޔަވައި އެހެން ފަރާތެއް އެ ފޯމުގައި ސޮއިކުރާނަމަ، އެމީހަކު އެކަން ކުރަނީ
ޕްރޮސިކިއުޓަރ ޖެނެރަލް ހުއްދަދީގެންކަން އެނގެން އޮންނަންވާނެކަމަށް ބަޔާންކޮށްފައިވާކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
13
2{018/HC-A/178
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ދަޢުވާފޯމުގައި ޕްރޮސިކިއުޓަރ ޖެނެރަލް ފިޔަވައި އެހެން ފަރާތެއް ސޮއިކުރާނަމަ
އެމީހަކު އެކަން ކޮށްފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލް ހުއްދަދީގެންކަން ކޯޓަށް ކަށަވަރު ކުރެވުމުން އެޤާނޫނުގެ
81 ވަނަ މާއްދާގެ މަޤްޞަދު ޙާޞިލުވީކަމަށް ޤަބޫލުކުރެވޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
181/HC
-
A/2018 ޤަޟިއްޔާއާއި ނަންބަރު 182/HC
-
A/2018 ޤަޟިއްޔާގައި ކަނޑައަޅާފައިވާކަމާއި،
އެގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 2017
/
3/PGB
/
CIR-196 (02 ޖުލައި 2017)
ސަރކިއުލަރ އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާ ދަޢުވާ ފޯމުތަކުގައި ސޮއިކުރާނެ ފަރާތްތައް
ކަނޑައަޅައި އެ ފަރާތްތަކަށް ދަޢުވާ ފޯމުތަކުގައި ސޮއިކުރުމުގެ ހުއްދަ އެކަން ކޯޓުތަކަށް ކުރިއާލައި
އަންގާފައިވާކަން އެނގެން އޮތުމުން، ޢަބްދުﷲ ސަޢީދުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
އުފުލާފައިވާ މި ދަޢުވާއަ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 81 ވަނަ
މާއްދާއާއި ޚިލާފަށް ކޮށްފައިވާ ދަޢުވާއެއްކަމަށް ބަލާނެ އަސާސެއް ނެތްކަމެވެ.
(ޅ) ހަވަނަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2018/Cr
-
C/234 ޤަޟިއްޔާއިން
ބަލާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ނަންބަރު 157|ކރ485
/
2018
/
9 ދަޢުވާ ފޯމަކީ ޤާނޫނު
ނަންބަރު 22/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 82 ވަނަ މާއްދާގެ (ބ) އާ ޚިލާފު ދަޢުވާ
ފޯމެއްކަމުގައިވާކަމަށްބުނެ ހުށަހެޅި ނުކުތާއަށް ރިޢާއަތް ކުރާއިރު،
0
2
33
4
އިތުރުން، ކުށުގެ
.50/10
ޕްރޮސެކިއުޓަރ ޖެނެރަލް ކުރާ ދަޢުވާއެއްގައި ކުށް
ތުހުމަތުގައިވާ މީހާ ހިންގިކަމަށް ބުނާ ޢަމަލާއި، އޭނާ އެ ކުށްކުރިކަމަށް ބުނާ ވަގުތާއި ތަން
އިސްވެ ބުނެވުނު ޤާނޫނުގެ 82 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާކަމާއި،
ދދު 0
2
20
2 ދ ތތ
ބަޔާންކުރަންވާނެކަމަށް
އިސްތިއުނާފްމިކުރެވޭ ޤަޟިއްޔާގައި ދައުލަތުން ސ.މީދޫ، އަލިވާގެ، ޢަބްދުﷲ ސަޢީދުގެ
މައްޗަށް ކޮށްފައިވާ ދަޢުވާގެ ސީޝޯއަށް ބަލާއިރު، މިދަޢުވާ ޢަބްދުﷲ ސަޢީދުގެ މައްޗަށް ކޮށްފައިވަނީ، ޢަބްދު
ސަޢީދު ދައުލަތުގެ އެކިއެކި އިދާރާތަކުން ފޮނުވާ ލިޔުންތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އެކްސެސް
ހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 6471
331
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
14
2018/HC-A/178
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
OOOL
ނުދިނުމުގެ ގޮތުން، 04 ފެބްރުއަރީ 2018 ވަނަ ދުވަހު އަދި 05 ފެބްރުއަރީ 2018 ވަނަ ދުވަހުގެ އެކި
ވަގުތު ތަކުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ "ގަވަރމަންޓް އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމް" (ޖެމްސް)
ގެ ޚިދުމަތް ކަނޑާލުމަށާއި، އެދުވަސްތަކުގައި އެކޯޓުން ފޮނުވަން ބޭނުންވާ ލިޔެކިޔުންތައް ޖެމްސް މެދުވެރިކޮށް
ފޮނުވުމަށް އެކޯޓުގެ ޖެމްސް ޚިދުމަތް އަލުން ގުޅުމަށާއި، އެ ލިޔެކިޔުންތައް ފޮނުވާ ނިމުމުން އެކޯޓުގެ ޖެމްސް
ޚިދުމަތް މެދުކަނޑާލުމަށް އެކޯޓުގެ މުވައްޒަފުންނަށް އަންގާފައިވާތީކަމަށް ބަޔާންކޮށްފައިވާތީ، ދައުލަތުން
ހުށަހަޅާފައިވާ ދަޢުވާގައި ޤާނޫނު ނަންބަރު 22/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 82 ވަނަ މާއްދާގެ
(ބ) ބުނެފައިވާ ކަންކަން ހިމެނިފައިވާކަން އެނގެން އޮންނަ ކަމެވެ.
(ހ) ހަތްވަނަ ކަމަކީ، ކުށުގެ ޢަމަލެއް ކަމަށް ބެލެވޭ ޢަމަލެއް ކުރުމަށް އިރުޝާދު ދޭ މީހާގެ
ޢަމަލަކީ އެކުށެއް ބަޔާންކުރާ މާއްދާއިން އޭގެ ޒާތުގައި ތަޖުރީމުކުރާ ޢަމަލަކަށް ނުވާނެކަމާއި، ކުށެއްކުރުމަށް
އިރުޝާދުދޭ މީހާ ކުށްވެރިވާނީ ކުށެއް ކުރަން އެދުމުގެ ކުށުންކަން، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ
ޤާނޫނުލްޢުޤޫބާތު) ގެ 81 ވަނަ މާއްދާއިން އެނގެން އޮންނާތީއާއި، އެފަދަ ކުށެއް ދަރަޖަކުރަންވާނީ އެކުށުގެ
އަސްލު ދަރަޖައިގެ އެއް ދަރަޖަ ދަށުންކަން އެޤާނޫނުގެ 86 ވަނަ މާއްދާއިން އެނގެން އޮންނައިރު،
އެމާއްދާތަކަށް ރިޢާޔަތްކު ނެތި އެމާއްދާތަކާއި ޚިލާފަށް ކްރިމިނަލް ކޯޓުގެ ނަންބަރު -Cr/234
2018/C ޤަޟިއްޔާ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއަށް ރިޢާޔަތް ކުރާއިރު،
/ ތތ 2
02
2
02
ރިޢާޔަތެކެރެއެވެ(އެ
ވގތ
89ނ
އިސްތިއުނާފްމިކުރެވޭ ޤަޟިއްޔާގައި ދައުލަތުން ސ.މީދޫ، އަލިވާގެ، ޢަބްދުﷲ ސަޢީދުގެ
ކޮށްފައިވާ ދަޢުވާއަކީ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 533 ވަނަ
މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި އެމާއްދާގެ (2) ވަނަ ނަންބަރުގެ (i) އާ ހަވާލާދީ، އެމާއްދާގެ (ނ)
ގެ ދަށުން ޤާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ
ދަޢުވާކަމާއި، މިދަޢުވާ ޢަބްދުﷲ ސަޢީދުގެ މައްޗަށް ކޮށްފައިވަނީ، ޢަބްދުﷲ ސަޢީދު ދައުލަތުގެ އެކިއެކި
އިދާރާތަކުން ފޮނުވާ ލިޔުންތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އެކްސެސްވިޔަ ނުދިނުމުގެ ގޮގެ ހަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 6471
331
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2018/HC-A/178
04 ފެބްރުއަރީ 2018 ވަނަ ދުވަހު އަދި 05 ފެބްރުއަރީ 2018 ވަނަ ދުވަހުގެ އެކި ވަގުތު ތަކުގައި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ "ގަވަރމަންޓް އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމް" (ޖެމްސް) ގެ ޚިދުމަތް
ކަނޑާލުމަށާއި، އެދުވަސްތަކުގައި އެކޯޓުން ފޮނުވަން ބޭނުންވާ ލިޔެކިޔުންތައް ޖެމްސް މެދުވެރިކޮށް ފޮނުވުމަށް
އެކޯޓުގެ ޖެމްސް ޚިދުމަތް އަލުން ގުޅުމަށާއި، އެ ލިޔެކިޔުންތައް ފޮނުވާ ނިމުމުން އެކޯޓުގެ ޖެމްސް ޚިދުމަތް
މެދުކަނޑާލުމަށް އެކޯޓުގެ މުވައްޒަފުންނަށް އަންގާފައިވާތީކަމަށް ބަޔާންކޮށްފައިވާކަމާއި،
OOOL
މިދަޢުވާއާއި ގުޅިގެން ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހަށް ބަލާއިރު، ޢަބްދު
ސަޢީދު 04 ފެބްރުއަރީ 2018 ވަނަ ދުވަހު އަދި 05 ފެބްރުއަރީ 2018 ވަނަ ދުވަހުގެ އެކިވަގުތު ތަކުގައި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ "ގަވަރމަންޓް އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމް" (ޖެމްސް) ޚިދުމަތް
ކަނޑާލުމަށް އެންގިކަން އެނގޭކަމާއި، އަދި އެއެންގުމާއި އެއްގޮތަށް މުވައްޒަފުން ޢަމަލުކޮށްފައިވާކަން ހެކިންގެ
ހެކިބަހާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބެލުމުން އެނގެން އޮންނަކަމާއި، މިގޮތުން ސަރުކާރުގެ އިދާރާތަކުން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ފޮނުވާ އެއްވެސް ލިޔެކިޔުމެއް އެކޯޓަށް އެކްސެސްވެފައިނުވާކަން އެނގޭކަމާއި،
މިގޮތަށް "ގަވަރމަންޓް އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމް" (ޖެމްސް) ގެ ޚިދުމަތް ކަނޑާލުމަކީ ޤާނޫނު
ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 533 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ތިމާއަށް
އެނގިހުރެ ޤާނޫނުގެ ބާރު ހިންގުމަށް ނުވަތަ ދައުލަތުގެ މަސައްކަތްކުރުމަށް، މާއްދީ ގޮތުން ހުއްޓުވައިގެން
ނުވަތަ ހުރަސްތަކެއް ކުރިމަތި ކުރުވައިގެން ނުވަތަ ރަސްމީ ވާޖިބަކާއި ޚިލާފުވެގެން ނުވަތަ އެނޫންވެސް ހުއްދަ
ނޫން ޢަމަލެއްކޮށްގެން ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުންކަމާއި، މިކުށުގެ ޢަމަލަކީ ޖުނަޙްގެ 1 ވަނަ
ދަރަޖައިގެ ކުށެއްކަމާއި،
OO
އެކުށުގެ އަދަބަކީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1002 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކުރެވިފައިވާ ތާވަލުގައިވާ ގޮތުގެ މަތީން، 4 (ހަތަރެއް) މަހާއި، 24 (ސައްވީސް) ދުވަހުގެ މުއްދަތަށް
ދިވެހިރާއްޖޭގެ
ޖަލަށްލުންކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
16
2{018HC-A/118
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
234/Cr-C/2018
(.) އަށްވަނަ ކަމަކީ، ޤާނޫނާ ޚިލާފު އަދި އިސްލާމީ ޝަރީޢަތާ ވެސް ޚިލާފު ހެކިތަކެއްގެ
މައްޗަށް ރިޢާޔަތްކޮށް، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޚިލާފު ހެކިތަކެއްގެ މައްޗަށް ބުރަވެ ކްރިމިނަލް
ނަންބަރު
ޤަޟިއްޔާ ނިންމާފައިވާކަމަށްބުނެ ހުށަހެޅީ ނުކުތާއަށާއި
ޤާނޫނުލްޢުޤޫބާތުގެ 532 ވަނަ މާއްދާގައި ބަޔާންކުރާ ކުށުގެ ޢުންސުރުތައް ސާބިތުވާ މިންވަރުގެ
ޝަރީޢަތަށް ލިބިފައި ނުވާ ޙާލަތެއްގައި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފަށް ކްރިމިނަލް
ކޯޓުގެ ނަންބަރު 2015/Cr-C/234 ޤަޟިއްޔާ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއަށް ރިޢާޔަތް ކުރާއިރު،
04 04
ޖިނާއީ މައްސަލަތަކުގައި ދަޢުވާކުރުމުގެ އެންމެހައި އުޞޫލުތައް ކަނޑައެޅުމާއި، ތަޙްޤީޤްކުރާ
އިދާރާތަކުން ހުށަހަޅާ ހެކި ޤަރީނާ ވަޒަންކޮށް ދަޢުވާ އުފުލަންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުމާއި، ޖިނާއީ
ކުށުގެ ދަޢުވާ އުފުލަންޖެހޭ ކަމަށް ކަނޑައަޅާ މީހުންގެ މައްޗަށް ކޯޓުތަކުގައި ދަޢުވާ އުފުލުމުގެ ބާރު
ޤާނޫނުއަސާސީގެ 223 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު: 9/2008 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގެ
15 ވަނަ މާއްދާއިން ޕްރޮސިކިއުޓަރ ޖެނެރަލް އަށް ލިބިދީފައިވާކަމާއި، ކުށުގެ ބާވަތާއި ކުށް ކޮށްފައިވާ
ޙާލަތަށް ބަލައި، ކުށުގެ ޢަމަލުތަކުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ހެކިންގެ ގޮތުގައި ބޭނުން ހިފިދާނެ
ބައެއްގެ މައްޗަށް ދަޢުވާނުކޮށް އެކުށުގެ އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވާ މީހެއްގެ މައްޗަށް ދަޢުވާ އުފުލައި،
ހެކިބަހުގެ ބޭނުމަށް އެހެން މީހެއްގެ މައްޗަށް ދަޢުވާ ނުކުރުމަށް ނިންމުމަކީ މީގެ ކުރިންވެސް ޕްރޮސިކިއުޓަރ
ޖެނެރަލްގެ ފަރާތުން ޢަމަލުކޮށްފައިވާ އަދި ޢަމަލުކުރަމުން އަންނަ އުޞޫލެއްކަމާއި އަދި ތަޙްޤީޤުކުރާ
އިދާރާތަކުން ހުށަހަޅާ ހެކިތަކާއި ޤަރީނާތައް ވަޒަންކުރުމަށްފަހު، އެމައްސަލާގައި ދަޢުވާ އުފުލަންޖެހޭ މީހުން
ކަނޑައެޅުމުގައި ކުށުގެ ބާވަތާއި، ކުށް ކޮށްފައިވާ ޙާލަތަށާއި، އެމައްސަލާގައި ހިމެނޭ ޢާންމު މަސްލަޙަތުގެ ކުޑަ
ބޮޑުމިނަށް ބަލައި އެކުށުގެ ޢަމަލުގައި ބައިވެރިވި މީހުންގެ ތެރެއިން ކުށުގެ ޢަމަލުގައި އެންމެ ބޮޑަށް ބައިވެރިވީ
މީހެއްގެ ނުވަތަ ބައެއްގެ މައްޗަށް ކުށް ޘާބިތުކުރުން ކަށަވަރުކުރުމަށްޓަކައި އޭނާއާއެކު
ކުށް ކުރުމުގައި
ބައިވެރިވިކަމަށް ތުހުމަތު
ތެހުމަތުކުރެވޭ އެހެން މީހުންގެ މައްޗަށް ދަޢުވާނުކޮށް އެމީހުންގެ ހެކިބަސް ބޭނުންކޮށްގެން
OXO
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
17
2{018HC-A/118
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކުށުގެ ޢަމަލުގައި އެންމެ ބޮޑަށް ބައިވެރިވީ މީހާގެ ނުވަތަ ބައެއްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ
ޖެނެރަލް ނިންމުމަކީ ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމް ބަލައިގެންފައިވާ އުޞޫލެއް ކަމަށް ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 52/SC
-
A/2014 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާކަން އެނގެން އޮންނާތީ،
ދައުލަތުން ޢަބްދުﷲ ސަޢީދުގެ މައްޗަށް ކޮށްފައިވާ ދަޢުވާއަށް މި އުޞޫލު ތަޠުބީޤް ނުކުރެވެންވީ އެއްވެސް
ސަބަބެއް ފެންނަން ނެތްކަމާއި،
02 ތ0
ہیوی کره
ޢަބްދުﷲ ސަޢީދު 04 ފެބްރުއަރީ 2018 ވަނަ ދުވަހު އަދި 05 ފެބްރުއަރީ 2018 ވަނަ
ދުވަހުގެ އެކި ވަގުތު ތަކުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ "ގަވަރމަންޓް އީ-ލެޓަރ މެނޭޖްމަންޓް
ސިސްޓަމް" (ޖެމްސް) ޚިދުމަތް ކަނޑާލުމަށް އެދުވަސްތަކުގައި އެންގިކަން އެނގޭކަމާއި، އަދި އެއެންގުމާއި
މުވައްޒަފުން ޢަމަލުކޮށްފައިވާކަން ހެކިންގެ ހެކިބަހަށް ބެލުމުން އެނގެން އޮންނަކަމާއި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެންމެ އިސްވެރިޔަކީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ހައިޞިއްޔަތުން
ޢަބްދުﷲ ސަޢީދުކަމާއި، މިމައްސަލައިގައި ސުޕްރީމް ކޯޓުގެ މުވައްޒަފުންގެ ދައުރަކީ އެކޯޓުގެ މުވައްޒަފުންގެ
ހައިސިއްޔަތުން ކޯޓުން އެފަރާތްތަކާއި ޙަވާލުކުރެވޭ މަސައްކަތްތައް ކޯޓުގެ އެންމެ އިސްވެރިޔާގެ އިރުޝާދުގެ
ދަށުން އަންގާ ގޮތެއްގެ މަތިން ކުރުންކަމާއި، 04 ފެބްރުއަރީ 2018 އަދި 05 ފެބްރުއަރީ 2018 ވަނަ
ދުވަހު އެކި ވަގުތު ތަކުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ "ގަވަރމަންޓް އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމް"
(ޖެމްސް) ޚިދުމަތް ކަނޑާލުމަށް އެދުވަސްތަކުގައި އެންގިކަން އެނގޭކަމާއި، އަދި އެއެންގުމާއި
މުވައްޒަފުން ޢަމަލުކުރި ކުރުމުގައި އެމީހުންގެ އަމިއްލަ މަޞްލަޙަތެއް ނެތްކަމާއި،
ޢަމަލުކޮށްފައިވަނީ ޢަބްދުﷲ ސަޢީދުގެ އިރުޝާދުގެ ދަށުން ޢަބްދުﷲ ސަޢީދު އެންގި ގޮތަށްކަން މިމައްސަލައާއި
ގުޅިގެން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ހެކިންގެ ހެކިބަހަށާއި ހުށަހެޅިފައިވާ ލިޔުންތަކަށް
ބެލުމުން އެނގެން އޮންނައިރު،
02x 22
އެއްޤަށް
22 ހއ ހ02
އެމުވައްޒަފުން
ހިރާއްޖޭގެ ވި
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
18
2{18/HC-A/118
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެގޮތުން ސިއްރުހެކިވެރިޔާ 1 ހެކިބަހުން، އޭނާއަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އައި.ޓީ
2018 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޖެމްސްގެ ޚިދުމަތް ކަނޑާލަން އައި.ޓީ ސެކްޝަނަށް
އިރުޝާދު އައިސްފައިވާކަމާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޖެމްސްގެ ޚިދުމަތް ޤަޞްދުގައި
ޑައުންކޮށްފައިވާކަމަށާއި، މިގޮތުން އޭނާ އެކަނެކްޝަން ގުޅަން އިންނަ ވާގަނޑު ނައްޓާލިކަމާއި، މިގޮތަށް
ޖޭމްސްގެ ވާގަނޑު ނައްޓާލުމުން، ސަރުކާރުގެ އެއްވެސް އިދާރާއަކުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ޖެމްސް
މެދުވެރިކޮށް ފޮނުވާ އެއްވެސް ލިޔުމެއް ރިސީވް ނުވާނެކަމަށާއި، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
އެއްވެސް މުވައްޒަފަކަށް ޖެމްސްގެ ޚިދުމަތް ބޭނުންނުކުރެވޭނެކަމަށް ބުނެފައިވުމުން އިސްވެ ދެންނެވުނު
ދުވަސްތަކުގައި ޖެމްސްގެ ޚިދުމަތް ކަނޑާލާފައިވާ ވަގުތުތަކުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ސަރުކާރުގެ
އިދާރާއަކުން ފޮނުވާ އެއްވެސް ލިޔުމެއް އެކްސެސް
ނުވާނެކަމަށްބުނެ ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ހެކިބަސް އަދާކޮށްފައިވާ ކަން އެނގެން އޮންނަކަމާއި،
2c
2 ބ 22 2ޑ 2 ހއބ
ސިއްރު ހެކިވެރިޔާ 02 ހެކިބަހުން، 04 ފެބްރުއަރީ 2018 އަދި 05 ފެބްރުއަރީ 2018
ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޖެމްސްގެ ޚިދުމަތް ކަނޑާލުމަށް ދިވެހިރާއްޖޭގެ އުއްތަމަ
ފަނޑިޔާރު ޢަބްދުﷲ ސަޢީދު ފޯނުން ގުޅާފައި އާއި ފޭސްޓް ފޭސްކޮށް ޖެމްސްގެ ޚިދުމަތް ކަނޑާލާފައި
ބެހެއްޓުމަށް ބުނުމުން އެކަމާއި ގުޅޭ ސެކްޝަންގެ މުވައްޒަފުންނަށް ޖެމްސްގެ ސާވާރ ޑައުންކޮށްފައި
އަންގާފައިވާނެކަމާއި، އަދި އޭގެ ފަހުން ބައެއްކަހަލަ ލިޔުންތައް އުއްތަމަ ފަނޑިޔާރު ޓެމްސް
މެދުވެރިކޮށް ފޮނުވަން ބޭނުންވުމުން އެޚިދުމަތް އަލުން ގުޅުނުކަމާއި، މީގެ ކުރިން ޖޭމްސްގެ ޚިދުމަތް
ކަނޑާލުމަށް އެއްވެސް
އެވެސް ކަހަލަ އިންސްޓްރަކްޝަންސްއެއް ލިބިފައިނުވާކަމާއި، 04 ފެބްރުއަރީ 2018 އަދި 05
ފެބްރުއަރީ 2018 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޖެމްސްގެ ޚިދުމަތް ކަނޑާލައި އަދި ގުޅުމަށް
2
22 ތ
ބޮހެއްޓުމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
903
19
2018/HC-A/118
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަމުރު ކޮށްފައިވަނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުކަމަށްބުނެ ކްރިމިނަލް ކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް އަދާކޮށްފައިވާކަން އެނގެން އޮންނަކަމާއި،
ސިއްރުހެކިވެރިޔާ 3 ގެ ހެކިބަހުން، 04 ފެބްރުއަރީ 2018 އަދި 05 ފެބްރުއަރީ 2018 ވަނަ
ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަޔަރފޯލް "އަޕް" ވެފައި "ޑައުން" ވާކަމުގެ ނޮޓިފިކޭޝަން ނޭޝަނަލް
ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީއަށް ލިބުނުކަމާއި، އެކަމާއި ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީއަށް ފޯކަލް ޕޮއިންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތަށް
ގުޅައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޖެމްސްގެ ފަޔަރވޯލް ޑައުންވެފައިވަނީ ކީއްވެގެންތޯ ސުވާލުކުރުމުން،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަޔަރވޯލް ޑައުންވެފައިވަނީ ނޫންކަމަށާއި، ފަޔަރވޯލް ވަނީ
ޑައުންކޮށްފައިކަމަށާއި، އަންޑަސްޓޭންޑް ވާނެކަމަށް ހީކުރާކަމަށްބުނުމުން އެފޯންކޯލް ކަނޑާލިކަމަށްބުނެ
ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް އަދާކޮށްފައިވާކަން އެނގެން އޮންނަކަމާއި،
މީގެ އިތުރުންވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޖެމްސް ނެޓްވޯރކްގައި މައްސަލައެއް
04 ފެބްރުއަރީ 2018 ވަނަ ދުވަހުގެ ރޭނގަޑުގެ ވަގުތެއްގައި ނޭޝަނަލް ސެންޓަރ ފޮރ
އިންފޮމޭޝަން ޓެކްނޮލޮޖީއަށް ފާހަގަކުރެވުމުން، 05 ފެބްރުއަރީ 2018 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ ޓެކްނިކަލް މުވައްޒަފެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ފޯކަލް ޕޮއިންޓްތަކަށް ގުޅުމުން ޖުމްސް ނެޓްވޯކުގެ ޚިދުމަތް އެކޯޓުން ޤަޞްދުގައި ގުޅާ އަދި ކަނޑާކަމަށާއި،
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުވާފައިވާ އެއްވެސް ލިޔުމެއް އެކްސެސްކުރަން މަސައްކަތްކޮށްފައިނުވާކަން
ދައުލަތުގެ ފަރާތުން މިމައްސަލައިގައި ކްރިމިނަލް ކޯޓަށް ކިތާބީ ސިއްރު ހެކީގެ ގޮތުގައި ހުށަހަޅާފައިވާ
"ސުޕްރީމް ކޯޓް އެން.ސީ.އެން ފަޔަރވޯލް ޑައުންޓައިމް ލޮގް ސަމަރީ" އިން 04 ފެބްރުއަރީ 2018 އަދި
05 ފެބްރުއަރީ 2018 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ޤާއިމް ކޮށްފައިވާ "ޖެމްސް" ގެ
ޚިދުމަތް ކަނޑާލަމުން އަދި އަލުން ގުޅަމުން އައިސްފައިވާ ގޮތުގެ ތަފްޞީލީ މަޢުލޫމާތުތައް ތާރީޚާއި ގަޑިއެތެރޭގެ ފަންނީ
0 0
<< O
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 6471
331
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
20
2018/HC-A/178
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މިނެޓާއި ސިކުންތުން އެނގެން އޮތުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 2018/Cr
-
C/234 ޤަޟިއްޔާގައި
ޙުކުމްކޮށްފައިވަނީ ޤާނޫނާ ޚިލާފު އަދި އިސްލާމީ ޝަރީޢަތާ ވެސް ޚިލާފު ހެކިތަކެއްގެ މައްޗަށް ރިޢާޔަތްކޮށް،
ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޚިލާފު ހެކިތަކެއްގެ މައްޗަށް ބުރަވެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ
(އ) އާ ޚިލާފަށްކަމަށް ބަލާނެ އަސާސެއްނެތް ކަމެވެ.
(ވ) ނުވަވަނަ ކަމަކީ، ދިފާޢީ ހެކީންގެ ގޮތުގައި ހުށަހެޅި ފަސްހެކީންގެ ތެރެއިން 4
ފަރާތެއް ޙާޟިރުކޮށްދެއްވުމެއް ނެތި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ދިފާޢީ
ހެކީންނާ ސުވާލުކުރުމުގެ ޙައްޤު ދިނުމަކާ ނުލައި، އެމާއްދާއާ ޚިލާފަށް ކްރިމިނަލް ކޯޓުގެ
ނަންބަރު 2018/Cr-C/234 ޤަޟިއްޔާ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއަށް ރިޢާޔަތް ކުރާއިރު،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) އިން ކުށެއް
ކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހަކަށް ކަށަވަރުކޮށްދީފައިވާ ޙައްޤުތަކަކީ ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް
ހާޟިރުކުރާ ހެކީންނާ ސުވާލުކުރުމާއި، އެމީހަކު ބޭނުންވާ ހެކީން ޝަރީޢަތަށް ޙާޟިރުކޮށްދިނުމަށް ކޯޓުގައި
އެދުމާއި، އެހެކީންނާއި ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުގެ ޙައްޤުކަން އެނގޭކަމާއި،
202
މި
މިމައްސަލައާ ގުޅިގެން ޢަބްދުﷲ ސަޢީދުގެ ފަރާތުން ހުށަހެޅި ދިފާޢީ ހެކިންގެ ތެރެއިން
ފާތިމަތު ޔުމްނާއާއި އދ.މަހިބަދޫ، އިސްތަފާގެ ; އާތިކް އިބްރާހީމް އާއި، މއ.މަދުޔަން ! އިބްރާހީމް ވަޙީދު
03 (ތިނެއް) ފަރާތަށް ކްރިމިނަލް ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވި ނަމަވެސް ކޯޓަށް ޙާޟިރުވެފައިވަނީ
މިތިން ފަރާތްތަކުގެ ތެރެއިން އއ.މަދުޔަން : އިބްރާހީމް ވަޙީދުކަމާއި، އިބްރާހީމް ވަޙީދުގެ ހެކިބަސް ކޯޓުން
ނަގާފައިވާކަމާއި، ފާތިމަތު ޔުމްނާއާއި އދ.މަހިބަދޫ، އިސްތަފާގެ | އާތިކާ އިބްރާހީމްގެ ހެކިބަސް
ނެގިފައިނުވަނީ ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވުމުންވެސް ކޯޓަށް ޙާޟިރުވެފައިނުވާތީކަމަށް ކްރިމިނަލް
ކޯޓުގެ ނަންބަރު 2018/Cr-C/234 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ (ށ) ގައި
ޑިހިރާއްޖޭގެ ހައި
ފާހަގަކޮށްފައިވާކަން އެނގެން އޮންނަކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
21
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2018/HC-A/178
0 &
<< O
ޢަބްދުﷲ ސަޢީދުގެ ފަރާތުން ދިފާޢީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ގ.ރެހެންދި ފްލެޓް 1B5
ޢަލީ ޙަމީދުއާއި، ދަފްތަރު ނަންބަރު 275 ޙަސަން ސަޢީދު ޙުސައިންއަކީ 01 ފެބްރުއަރީ 2018 ވަނަ ދުވަހު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހިންގުނު ތަޙްޤީޤުގައި ތުހުމަތުކޮށް ދަޢުވާ އުފުލިފައިވާ
ދެމީހުންކަމާއި، ދައުލަތުގެ ފަރާތުން ޢަބްދުﷲ ސަޢީދުގެ މައްޗަށްވެސް އުފުލާފައިވާ ދަޢުވާއަކީ 01 ފެބްރުއަރީ
2018 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުއްވި އަމުރާ ގުޅިގެން ތަހްޤީޤްކުރި މައްސަލައަކަށްވުމުން
މިމައްސަލައިގައި ޢަލީ ޙަމީދު މުޙައްމަދާއި ޙަސަން ސަޢީދު ޙުސައިންގެ ހެކިބަސް ޝަރީޢަތަށް ބަލައިގަތުމަކީ،
މަޞްލަޙަތު ފުށުއަރާނެކަމެއްކަމަށް ދެކޭތީ އެފަރާތްތަކަކީ ޝަރީޢަތަށް ބަލައިގަނެވޭނެ ހެކިންތަކެއް ނޫންކަމަށް
ކަނޑައަޅުއްވައި ކްރިމިނަލް ކޯޓުގެ ނަންބަރު 2018/Cr
-
C/234 ޤަޟިއްޔާ ނިންމާފައިވާނީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) އާއި ޚިލާފަށްކަމަށް ބަލާނެ އަސާސެއް ނެތްކަކަމެވެ.
OXO
(މ) ދިހަވަނަ ކަމަކީ، ޖިނާއީ ގޮތުން ތަޖްރީމްކޮށްފައި ނުވާ ޢަމަލެއްގެ މައްޗަށް،
ޤާނޫނުއަސާސީގެ 19 ވަނަ މާއްދާއާއި ޤާނޫނުލްޢުޤޫބާތުގެ 12 ވަނަ މާއްދާއާ ޚިލާފަށް ކްރިމިނަލް ކޯޓުގެ
ނަންބަރު 2018/Cr
-
C/234 ޤަޟިއްޔާ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއަށާއި، ކުށުގެ ނިޔަތުގެ
ޢުންޞުރު ސާބިތުވި ގޮތެއް ބަޔާންކޮށްދިނުމެއްވެސް ނެތި، ޤާނޫނުލްޢުޤޫބާތުގެ 24 ވަނަ މާއްދާއާ ޚިލާފަށް
ކްރިމިނަލް ކޯޓުގެ ނަންބަރު 2015/Cr
-
C/234 ޤަޟިއްޔާ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ދެނުކުތާއަށް
ރިޢާޔަތް ކުރާއިރު،
ތރު 3 *0
24
رح کے مسلم کمر
#
ސަރުކާރު އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް، ލުއިފަސޭހަގޮތެއްގައި ޚިދުމަތްތައް
ފޯރުކޮށްދިނުމުގެ ގޮތުން، ސަރުކާރުގެ އިދާރާތަކަށް
ސިޓީއާއި ލިޔެކިޔުންތައް
ކުރުމަށްޓަކައި ފަރުމާކޮށްފައިވާ 'ގަވަރމަންޓް އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމް" މާލޭގައިހުރި
ސަރުކާރުގެ ހުރިހާ އިދާރާތަކާއި ދެކުނު ޕްރޮވިންސް އޮފީހުގައި 2010 އޭޕްރިލް 25
ބޭނުންކުރަން ފަށާފައިވާކަމާއި، މިސިސްޓަމަކީ، ސަރުކާރުން އީ-ގަވަރމަންޓް ތަޢާރަފްކުރުމަށް ކުރެވޭ )
ދ(2)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
22
2018/HC-A/178
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މަސައްކަތުގެ ފުރަތަމަ މަރްޙަލާ ކަމާއި، މިސިސްޓަމްގެ މައިގަނޑު ބޭނުމަކީ، ސަރުކާރުގެ އެއް އިދާރާއިން
އަނެއް އިދާރާއަށް ފޮނުވާ ލިޔެކިޔުންތައް، އިލެކްޓްރޯނިކް ފޯމެޓުގައި ބަދަލުކުރުމާއި، އަމިއްލަ ކުންފުނިތަކާއި،
އަމިއްލަ ފަރުދުން ސަރުކާރުގެ އޮފީސްތަކަށް ފޮނުވާ ލިޔެކިޔުންތައް، ލުއިފަސޭހަ ގޮތެއްގައި ބެލެހެއްޓުން
ކަމާއި، އެހެންކަމުން، މާލޭގައި ހުރި ސަރުކާރުގެ އިދާރާތަކުގެ ދެމެދުގައި 2010 އޭޕްރިލް 25 އިން ފެށިގެން
ލިޔެކިޔުން ބަދަލުކުރަންވާނީ ގަވަރމަންޓް އީ-ލެޓަރ މެނެޖްމަންޓް ސިސްޓަމް' މެދުވެރިކޮށްކަމަށާއި، މިތާރީޚުން
ފެށިގެން މިސިސްޓަމް މެދުވެރުކޮށް ނޫންގޮތްގޮތަށް ސަރުކާރުގެ އިދާރާއަކުން ފޮނުވާ ލިޔެކިޔުންތައް،
އިދާރާތަކުން ބަލައިނުގަތުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ
ނަންބަރު 2010/22 ދެންނެވުމަށް (19 އޭޕްރިލް 2010) އަށް ބެލުމުން އެނގެން އޮންނަކަމާއި،
8 0 4 04
މިދެންނެވުމުގައި ސަރުކާރުގެ އެންމެހައި އިދާރާތަކުގެ މެދުގައި ލިޔެކިޔުން ބަދަލުކުރަންވާނީ
ޖޭމްސް މެދުވެރިކޮށްކަމާއި، މިނޫންގޮތަކަށް ސަރުކާރުގެ އިދާރާއަކުން ފޮނުވާ ލިޔެކިޔުންތައް ބަލައިނުގަތުމަށް
ރައީސުލްޖުމްހޫރިއްޔާ އެނގެންވުމާ ގުޅިގެން ރާއްޖޭގެ ކޯޓުތައްވެސް ހިމެނޭގޮތުން ދައުލަތުގެ އެކި އިދާރާތަކުގެ
މެދުގައި ލިޔެކިޔުން ބަދަލުކުރުމަށް އަންނަނީ "ޓެމްސް" ކަމާއި، އެގޮތުން އެ އެންގުމާ
އެއްގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައިވެސް އެޚިދުމަތް ޤާއިމް ކޮށްފައިވަނީ އެއީ ޤާއިމްކުރުން ލާޒިމް
ޚިދުމަތެއްކަމުގައި ދެކިގެންކަމަށް ބަލަންޖެހޭކަމާއި،
230 2 2 32
ނންކުރމުން
މިގޮތުން، ޢަބްދުﷲ ސަޢީދު 04 ފެބްރުއަރީ 2018 ވަނަ ދުވަހު އަދި 05 ފެބްރުއަރީ
2018 ވަނަ ދުވަހުގެ އެކި ވަގުތު ތަކުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ "ގަވަރމަންޓް އީ-ލެޓަރ
މެނޭޖްމަންޓް ސިސްޓަމް" (ޖެމްސް) ގެ ޚިދުމަތް ކަނޑާލުމަށާއި، އެދުވަސްތަކުގައި އެކޯޓުން ފޮނުވަން ބޭނުންވާ
ލިޔެކިޔުންތައް ޖެމްސް މެދުވެރިކޮށް ފޮނުވުމަށް އެކޯޓުގެ ޖެމްސް ޚިދުމަތް އަލުން ގުޅުމަށާއި، އެ ލިޔެކިޔުންތައް
ފޮނުވާ ނިމުމުން އެކޯޓުގެ ޖެމްސް ޚިދުމަތް މެދުކަނޑާލުމަށް އެކޯޓުގެ މުވައްޒަފުންނަށް ޢަބްދުﷲ ސަޢީދު
އަންގާފައިވާކަމާއި، އަދި މިއެންގުމާއި އެއްގޮތަށް މުވައްޒަފުން ޢަމަލުކޮށްފައިވާކަން ހުށަހެޅިފައިވާޑީހެނާގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 6471
331
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
ދިވެހިންޑް
23
2{18/HC-A/118
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2 2x 2
ހެކިބަހަށް ބެލުމުން އެނގެން އޮތުމުން، ޢަބްދުﷲ ސަޢީދުގެ އެޢަމަލަކީ ޤާނޫނު ނަންބަރު 9/2014
(ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 533 ވަނަ މާއްދާގެ (1) ނަންބަރާއި (2) ވަނަ ނަންބަރުގެ (i)
ގައިވާ މަތިން ތިމާއަށް އެނގިހުރެ ޤާނޫނުގެ ބާރު ހިންގުމަށް ނުވަތަ ދައުލަތުގެ މަސައްކަތްކުރުމަށް،
މާއްދީ ގޮތުން ހުއްޓުވައިގެން ނުވަތަ ހުރަސްތަކެއް ކުރިމަތި ކުރުވައިގެން ނުވަތަ ރަސްމީ ވާޖިބަކާއި
ޚިލާފުވެގެން ނުވަތަ އެނޫންވެސް ހުއްދަ ނޫން ޢަމަލެއްކޮށްގެން ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުންކަން
و فکر کر کے
އެނގެން އޮންނަކަމެވެ.
ވީމާ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް
ސަބަބުތައް އެގޮތަށް ހުރުމާއެކު،
ކްރިމިނަލް ކޯޓުގެ ނަންބަރު
2018/Cr
-
C/234 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭތަނެއް ނެތް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި
މި މައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު
2018/Cr
-
C/234 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ސ.މީދޫ، އަލިވާގެ | ޢަބްދުﷲ ސަޢީދުގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި
މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ހަޢީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;