ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/223 ޤަޟިއްޔާގެ ޙުކުމް
1
2015/HC-A/223
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
-
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 223/HC
-
A/2015
• އިސްތިއުނާފް ކުރިފަރާތް:
ނަން: މުޙައްމަދު ޔޫސުފް މޫސާ
އެޑްރެސް: މއ.ސިސިލްފަރު ކ.މާލެ
މިހާރުގެ އެޑްރެސް: މއ.ސިސިލްފަރު ކ.މާލެ
*
އައިޑީ
ކާޑު ނަންބަރު: A050821
އިސްތިއުނާފް ރައްދުވި ފަރާތް:
ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރު:
:
ދާއިމީ
އެޑްރެސް
ރަޖިސްޓްރީކުރެވުނު ތާރީޚް: 21 ޝަޢުބާން 1436
08 ޖޫން 2015
• ނިމުނު ތާރީޚް 37) ޖުމާދަލްއާޚިރާ 1437
16 މާރިޗު
2016
0
ފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2014/H6C/13
• ޤަޟިއްޔާގެ ބާވަތް: އެހެނިހެން މަދަނީ މައްސަލަ
ނިންމެވި ކޯޓް: މާލެއަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓު
ހުށަހެޅުނު ތާރީޚް: 17 މާރިޗު 2014 ނިމުނު ތާރީޚް: 14 ސެޕްޓެމްބަރު 2014
• ފުނޑިޔާރު: ޢަލީ ސަމީރު، އިސްފަނޑިޔާރު: ޢަބްދުﷲ ދީދީ، ފަނޑިޔާރު: ޢަބްދުﷲ ޙަމީދުގެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 385472
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު "
2015/HC-A/223
مرگ منم **
02 0 0
މިއީ، މާލެއަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/H6C/13 ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން
އެދި މއ.ސިސިލްފަރު/ ކ.މާލެ މުޙައްމަދު ޔޫސުފް މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
2 22 22
ޤިޤާޟިއްޔާގައި އިސްތިއުނާފް ރައްދުވާ ފަރާތަކީ އެޓަރނީ ޖެނެރަލްގެ އޮފީހެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
-01
މާލެއަތޮޅު ހިންމަފުށީ މެޖިސްޓްރޭޓްކޯޓުގެ ނަންބަރު 2014/H6C/13 ޤަޟިއްޔާ
ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، މއ.ސިސިލްފަރު މުޙައްމަދު ޔޫސުފް ކ.ހިންމަފުށިން
ކުއްޔަށް ހިފައިގެން އުޅޭ ބިލެއް ކައުންސިލް އިދާރާއަށް ނަގައިގެން އެކަން މަނާކޮށްދިނުން އެދި
ހުށަހެޅުމުން ބެލެވުނު މައްސަލައެއްކަން އެނގެން އޮންނަކަމާއި،
2 0 0
އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ "މަސްއަލާ ހުށަހެޅިފަރާތަށް 2014-09-14 ވަނަ
ދުވަހުގެ 10:00 ށް މިކޯޓަށް ޙާޟިރުވުމަށް އަންގާ ޙާޟިރުނުވުމާއި މިއެގްރިމެންޓަކީ 31 އޮކްޓޯބަރު
2013 އަށް އެޓޯލް އެޑްމިނިސްޓްރޭޝަންއާއި، މުޙައްމަދު ޔޫސުފް މޫސާއާއި ދެމީހުންގެ މެދުގައި ވެފައިވާ
އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އޭގެ އިތުރުން ޕްރޮވިންސް އޮފީހާ މުޙައްމަދު މޫސާ ޔޫސުފާ ދެމެދުގައި
ހެދި އެއްބަސްވުމެއްގެ ދަށުން މިބިން ނަގައިގެން އުޅެނިކޮށް ލާމަރުކަޒީ ޤާނޫން ނުކުމެ އެޤާނޫނުގެ 145
ވަނަ މާއްދާގެ ދަށުން ހިންމަފުށީ ކައުންސިލުން އެގްރިމެންޓް ޤަބޫލު ނުކުރާތީ ބާޠިލްވެފައިވާ
އެގްރިމެންޓަކަށްވާތީ މިމައްސައަލާ ކުރިއަށް ގެންދެވެންނެތްކަމަށް އަންގާ ފޯމް ބާޠިލްކޮށްފީމެވެ".
މިފަދައިންނެވެ.
-02
މާލެއަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/H6C/13
ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ނުވާކަމަށްބުނެ އެޤަޟިއްޔާޖޭގެ
0x04
ہی می کرم
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2015/HC-A/223
3 ޤަޟިއްޔާ ނިމުނު 1
کی عمری
އިސްތިއުނާފުކޮށްދިނުން އެދި މއ.ސިސިލްފަރު މުޙައްމަދު ޔޫސުފް މޫސާގެ ފަރާތުން 02 (ދޭއް)
ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން
ހުށަހެޅި:
ފުރަތަމަ ނުކުތާއަކީ، މައްސަލަ ހިންގާ ނިންމުމުގައި ދިވެހި ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި އަދި "ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާޢިދު"
ގެ 28 ވަނަ މާއްދާއާއި ޚިލާފަށް މައްސަލަ ނިންމަވާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
7/2010
ދެވަނަ ނުކުތާއަކީ، މައްސަލަ ނިންމުމުގައި
ޤާނޫނު ނަންބަރު
(ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 145 ވަނަ މާއްދާގައި 7
އޮގަސްޓް 2008 އިން ފެށިގެން މިޤާނޫނު ވުޖޫދުވުމާއި ދެމެދު ހެދިފައިވާ އެއްބަސްވުންތައް ދެމިއޮންނާނީ
އެކައުންސިލަކުން އެފަދަ އެއްބަސްވުމެއް ބަލައިގަތުމަށް ނިންމާފައިވާނަމަ ކަމަށް އެޤާނޫނުގައި
ބުނެފައިވާއިރު މިޤާނޫނުގެ ދަށުން އަލަށް އިންތިޙާބުވި ކައުންސިލުން މިބިމުގެ ކުލި ބަލައިގެންފައިވުމަކީ
ކައުންސިލުން މިއެއްބަސްވުން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ނިންމުމެއް ކަމަށްވާއިރު، މިނިންމުމަށް
ރިޢާޔަތްނުކޮށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
03- މާލެއަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/H6C/13
ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ
އިސްތިއުނާފުކޮށްދިނުން އެދި މއ.ސިސިލްފަރު މުޙައްމަދު ޔޫސުފް މޫސާގެ ފަރާތުން އިސްތިއުނާފު ކުރުމަށް
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެނޯ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ރެވެއެވެ.
ހަގަކުރެވެއެވެ"
OU OO
(ހ) ފުރަތަމަކަމަކީ، އިސްތިއުނާފު ކުރެވިފައިމިވާ މާލެއަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2014/H6C/13 ޤަޟިއްޔާއަކީ މުޙައްމަދު ޔޫސުފް މޫސާއާއި ދިވެހި ސަރުކާރާއި ދެމެދު
17 ޖޫން 2010 ގައި ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ފައިބަރު ދޯނީގެ މަސައްކަތް ކުރުމަށްޓަކައި
ހިންމަފުށިން ބިމެއް ކުއްޔަށް ހިފާފައިވަނިކޮށް އެއެއްބަސްވުމުގެ މުއްދަތު ހަމަނުވަނީސް އެހެން
ރާތަޖޭގެ 2
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: B316471( *
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
, 2
2015/HC-A/223
می هرکی
4 22
4 ޤަޟިއްޔާ ނިމުނު 1
ކުއްޔަށް ދިނުމަށް ދިވެހި ސަރުކާރުގެ ގެޒެޓުގައި އިޢުލާންކޮށްފައިވާތީ، މިއިޢުލާން ބާޠިލްކޮށްދެއްވައި،
ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރުމަށް މާލެއަތޮޅު ހިންމަފުށީ
ކައުންސިލްގެ މައްޗަށް އަންގަވައި އަމުރުކޮށްދެއްވުމަށާއި، އެއްބަސްވުމުގައިވާގޮތަށް ބިން ވަކިކުރެވޭނެ
އުސޫލު ކަނޑައަޅައިދިނުން އެދި މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާގެ މައްޗަށް މއ.ސިސިލްފަރު
މުޙައްމަދު ޔޫސުފް މޫސާ ދަޢުވާ އުފުލުމުން ބެލެވުނު މައްސަލައެއްކަން އެނގޭއިރު، މިމައްސަލަ ނިންމެވި
ގޮތުގެ ރިޕޯޓަށް ބެލުމުން މިމައްސަލައިގައި ނިންމާފައިވަނީ މައްސަލަ ހުށަހެޅި މުޙައްމަދު ޔޫސުފު މޫސާއަށް
ޗިޓް ރައްދުވެ ކޯޓަށް ޙާޟިރުވެފައިނުވުމާއި، ލާމަރުކަޒީ ޤާނޫނުގެ 145 ވަނަ މާއްދާގެ ދަށުން ހިންމަފުނީ
ކައުންސިލުން އެގްރީމެންޓް ޤަބޫލުނުކުރާތީ ބާޠިލްވެފައިވާ އެގްރީމެންޓަކަށްވާތީ މިމައްސަލައާ ކުރިއަށް
ގެންދެވެންނެތް ކަމަށް އަންގާ ފޯމް ބާޠިލްކޮށް އެފަދައިންކަން އެނގޭކަމެވެ.
2 ހއ
OXO
(ށ) ދެވަނަކަމަކީ، އިސްތިއުނާފްކުރުމަށް އެދި ހުށަހަޅާފައިވާ މާލެއަތޮޅު ހިންމަފުށީ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/II6C/13 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު،
އެރިޕޯޓުގައި މާލެ އަތޮޅު ހިންމަފުށީ މެޖިސްޓްރޭޓު ކޯޓުން ނިންމަވާފައިވާ ނިންމުމަށްބަލާއިރު،
މިމައްސަލައިގެ ދަޢުވާފޯމު ބާތިލުކުރުމުގެ އިތުރުން މައްސަލައިގެ މައުޟޫގައި ޙަވާލާދެވޭ އެގްރީމެންޓަކީ
ބާތިލުވެފައިވާ އެގްރީމެންޓެއްކަމަށްވެސް ކަނޑައަޅައިފައިވާކަމާއި، އެހެންނަމަވެސް މިނިންމުމަށް ވާސިލުވީ
ސަބަބުތައް ޝަރީޢަތަށް ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންވެ ނެތްކަމާއި، މީގެ އިތުރުން މައްސަލައިގެ
ދަޢުވާފޯމު ފިޔަވައި މައްސަލައާއި ގުޅުން ހުރި އެއްވެސް ލިޔުމެއް ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި
ނެތްއިރު، މައްސަލައިގައި ދަޢުވާކުރާ ފަރާތުންނާއި ދަޢުވާ ރައްދުވާފަރާތުން ދެއްކި ވާހަކަތަކުގެ
މަޙްޝަރުބަޔާނެއްވެސް އެރިޕޯޓާއިއެކު އެޓޭޗްކުރެވިފައިނުވާކަން އެނގެން އޮތުމުން، މިމައްސަލައިގައި
ދަޢުވާލިބުނު ފަރާތުން ވަކިގޮތަކަށް ކޯޓުން ޢަމަލުކޮށްދިނުން އެދި ހުށަހަޅާފައިވާކަން އެރިޕޯޓަށް ބެލުމުން
އެނގެން ނެތްކަމެވެ.
(ބ) ތިންވަނަކަމަކީ، ޖިނާއީ މައްސަލަތައް ފިޔަވައި އެހެނިހެން މައްސަލަތަކުގައި، ކޯޓަށް
ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ޙާޟިރުވުމުގެ އަމުރުލިބި، މަޤުބޫލު ޢުޛުރެއްނެތި އަމުރުގައިވާ
ތާރީޚާއި ގަޑިއަށް ދަޢުވާކުރާ ފަރާތުން ކޯޓަށް ޙާޟިރުނުވެއްޖެނަމަ، ޢަމަލުކުރަންޖެހޭގޮތްތަކެއް ކޯޓަށް
މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނޭ ގޮތުގެ ޤަވާޢިދުގެ ވަނަ މާއްދާގެ (ހ)
29
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471( *
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2015/HC-A/223
5 ޤަޟިއްޔާ ނިމުނު
کیم محترمب
ބަޔާންތ
ންކޮށްފައިވާއިރު، އެމާއްދާގެ (1) ގައި ވަނީ، މައްސަލައިގައި ދަޢުވާ ލިބުނު ފަރާތުން ވަކިގޮތަކަށް
ކޯޓުން ޢަމަލުކޮށްދިނުމަށް އެދި ހުށަހަޅާފައި ނުވާނަމަ، އެމައްސަލައެއް ބާތިލުކުރުން މިފަދައިންކަމާއި،
އެމާއްދާގެ (2) ގައި ވަނީ، މައްސަލައިގައި ދަޢުވާ ލިބުނު ފަރާތުން ވަކިގޮތަކަށް ކޯޓުން ޢަމަލުކޮށްދިނުމަށް
އެދި ހުށަހަޅާފައިވާނަމަ، ކޯޓަށް ހުށަހެޅިފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް ރިޢާޔަތްކޮށް މައްސަލަ ނިންމުން
އަދި އެމާއްދާގެ (3) ގައިވަނީ، ޤާނޫނުލްޢުޤޫބާތުގެ 88 ގެ (ހ) ގެ ދަށުން އެމީހެއް ޖޫރިމަނާކުރުމުގެ
އަދަބު ކަނޑައެޅުމާއެކު މައްސަލަ ބާތިލުކުރުން މިފަދައިންކަމާއި، މިމައްސަލައިގެ ފޯމު ބާތިލުކުރިއިރު،
މާލެއަތޮޅު ހިންމަފުށި މެޖިސްޓްރޭޓު ކޯޓުން މިމައްސަލަ ނިންމާފައިވަނީ އެމާއްދާގެ ކޮން ނަންބަރެއްގެ
މައްޗަށް ރިޢާޔަތްކޮށްގެންކަން އެނގެން ނެތްއިރު، މައްސަލައިގެ މައުޟޫއުގައި ގޮތެއް ކަނޑައަޅައިނަމަ
އެކަން
ކުރަންޖެހޭނީ ކޯޓަށް ހުށަހެޅި ހެކި ޤަރީނާތަކަކީ ކޮބައިކަން ބަލައި އެކަންކަން
ވަޒަންކުރުމަށްފަހުގައިކަން އެނގޭކަމާއި، އެހެންނަމަވެސް މިމައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލުމުން އިޝާރާތްކުރެވުނު ފަދައިން އެފަދަ އެއްވެސް ކަމެއް ފާހަގަކޮށްފައި ނެތުމުގެ އިތުރުން
މައްސަލައިގައި ހުށަހެޅުނު ލިޔުންތަކަކީ ކޮބައިކަންވެސް އެނގެން ނެތުމުން މިމައްސަލައިގެ ފޯމު ބާތިލުކޮށް
މިމައްސަލައިގެ މައުޟޫޢުގައި ވަކި ނިންމުމެއް މާލެއަތޮޅު ހިންމަފުށި މެޖިސްޓްރޭޓު ކޯޓުން
ނިންމަވާފައިވަނީ، "ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރަންވީގޮތުގެ ޤަވާޢިދު" ގެ 29 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ އިޖުރާޢަތުތަކާއި އެއްގޮތަށްކަމަށް ބެލެވެން ނެތްކަމެވެ.
OX
02& 0 0
ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، މާލެއަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/H6C/13
ޤަޟިއްޔާގައި އެކޯޓުން ނިންމާފައިވާ ނިންމުން ބިނާކުރި އެކަށީގެންވާ ސަބަބުތަކެއް އެނގެން ނެތުމުންނާއި،
އެމައްސަލައިގައި ހުށަހެޅުނު ދަޢުވާފޯމް އެކޯޓުން ބާތިލުކޮށްފައިވަނީ ކޯޓަށް މީހުން ޙާޟިރުކުރުމުގައި
ޢަމަލުކުރަންވީގޮތުގެ ޤަވާޢިދު" ގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާޢަތުތަކާއި އެއްގޮތަށްކަން
އެނގެން ނެތުމުން، އެޤަޟިއްޔާގައި އެކޯޓުން ނިންމަވާފައިވާ ނިންމުމަށް ބަދަލުގެންނަންޖެހޭނެކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
ޤަޟިއްޔާ
ނިމުނު ގޮތުގެ
2015/HC-A/223
ދެލި
އެކަމަ
OU OO
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މާލެއަތޮޅު ހިންމަފުށީ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/H6C/13 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ "ކޯޓަށް މީހުން
ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގައި ކަނޑައަޅާފައިވާ އިޖުރާޢަތާއި ޚިލާފަށް ކޮށްފައިވާ
ޙުކުމެއްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ،
މާލެއަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/H6C/13 ޤަޟިއްޔާގައި ނިންމަވާފައިވާ
ނިންމުން ބާޠިލުކޮށް، މިމައްސަލަ މުޙައްމަދު ޔޫސުފުގެ ފަރާތުން އަލުން އެކޯޓަށް ހުށައަޅައިފިނަމަ،
މިމައްސަލައަކީ މިމައްސަލައިގެ މައުޟޫއާއި މެދު ފައިސަލާކުރަނިވި ޙުކުމެއް ކުރަން ޖެހޭ މައްސަލަ
އެއްކަމުގައި ކަނޑައަޅައި އެގޮތުގެ މަތީން މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv