ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/29 ޤަޟިއްޔާގެ ޙުކުމް
9
1
ޤަޟިއްޔާ ނިމުނު
ގޮތުގެ
2014/HC-A/29
بم از مراسیم
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 29/HC
-
A/2014
އިސްތިއުނާފުކުރި ފަރާތް:
* ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް
* ދާއިމީ އެޑްރެސް: އޭޖީ އޮފީސް މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މުޙައްމަދު ޙަމީދު
ދާއިމީ އެޑްރެސް: މއ.
.. ކޯރަލްބެރީ މާލެ
މިހާރުގެ އެޑްރެސް: އޭޖީ އޮފީސް މާލެ
އައިޑީކާޑު ނަންބަރު: A058507
މިހާރުގެ އެޑްރެސް: މއ.
. ކޯރަލްބެރީ މާލެ
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 11 ފެބުރުވަރީ 2014 * ނިމުނު ތާރީޚް: 16 ނޮވެމްބަރު 2016
އިސްތިއުނާފު ކުރެވުނު ޤާޟިއްޔާ:
• ނަންބަރު: 2012/Cv-C/1614
ނިންމި ކޯޓް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުން ބާޠިލުކޮށްދިނުން އެދި
ހުށަހެޅި ތާރީޚް: 23 ސެޕްޓެންބަރު 2012
* ނިމުނު ތާރީޚް: 30 ސެޕްޓެންބަރު 2013
0
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު،
ޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
2
2{14/HC-A/29
ޤަޟިއްޔާ ނިމުނު
ގޮތުގެ
•ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1614 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤާޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ މއ.ކޯރަލްބެރީ މުޙައްމަދު ޙަމީދުއެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް:
1- ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1614 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
0x
2- ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1614 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ 7 ވަނަ މާއްދާއާއި
69 ވަނަ މާއްދާއާއި ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާ އަދި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާ
ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޙަމީދު (ސ. ނަންބަރު 1191) ޚިލާފުވެފައިވާ ކަމުގައި
ބުނެ، ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ)
ގެ 1 އަދި 21 ވަނަ ނަންބަރާއި މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، އެ ޤަވާޢިދުގެ 8
ވަނަ މާއްދާގެ (ހ) ގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚިދުމަތުން 2012 އޮގަސްޓް މަހުގެ 07
ވަނަ ދުވަހު މުޙައްމަދު ޙަމީދު ވަކިކޮށްފައިވާތީ، އެ ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ
އާއި ޤާނޫނާ ޚިލާފު ނިންމުމެއް ކަމުގައި ކަނޑައަޅައި ދިނުމަށާއި، އެ ނިންމުން ބާޠިލުކޮށް ދިނުމަށް
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ
2014/HC-A}29
އެދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރައްދުވާ ގޮތަށް މުޙައްމަދު ޙަމީދުގެ ފަރާތުން ދަޢުވާ ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެއް ކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ މުޙައްމަދު ޙަމީދު އަދާކުރަމުން ދިޔަ މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ވަޒީފާއެއްގައި ހުރެ ސިޔާސީ ގޮތުން ވަކި ބަޔަކަށް މަންފާއެއް ހޯދައި ދިނުމަށްޓަކައި މަޤާމުގެ
ޙައިޘިއްޔަތުން ލިބިފައިވާ މަޢުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށް، ސަލާމަތީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ މެދު
އޮންނަ އިތުބާރާއި ޤަދަރަށް އުނިކަން ލިބިދޭ ގޮތަށް 'ފުލުހުންނާއި ސިފައިން ހިންގި ބަޣާވާތް' މިނަމުގައި
ޙަޤީޤަތް
.ޤަތް އޮޅޭ ގޮތަށް ރިޕޯޓެއް ތައްޔާރު ކުރުމުގައި ބައިވެރިވި ކަމުގެ މައްޗަށް ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު
5/2008 (ފުލުހުންގެ ޤާނޫނު) ގެ 7 ވަނަ މާއްދާއާއި 69 ވަނަ މާއްދާއާއި 'ފުލުހުންގެ ވަޒީފާއާބެހޭ
ޤަވާޢިދުގެ 6 ވަނަ މާއްދާއާއި، ދިވެހި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓް' އާ މުޙައްމަދު ޙަމީދު
ޚިލާފުވެފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙުޤީޤަށް ސާބިތުވާތީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދު' ގެ 7 ވަނަ މާއްދާގެ (ހ) ގެ
1 ވަނަ ނަންބަރާއި 12 ވަނަ ނަންބަރާއި އެ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރަށް
ރިޢާޔަތްކޮށް، އެ
ޤަވާޢިދުގެ 8 ވަނަ މާއްދާގެ (ށ) ގެ ދަށުންކަން އެނގެން އޮންނަހިނދު،
މުޙައްމަދު ޙަމީދު ހުށަހަޅާފައިވާ މި މައްސަލައިގެ ޝަރީޢަތުގެ މަރުޙަލާ ކުރިއަށް ދަނިކޮށް،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 35/SC
-
C/2012 ޤަޟިއްޔާ އެކޯޓުން ނިންމަވައި އެ ނިންމުން
ވުޖޫދުވުމުން، އެ ނިންމުމުގެ މަންފާ ލިބިގަތުމަށް މުޙައްމަދު ޙަމީދު އެދޭ ހިނދު، ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު 35/SC-C/2012 ޤަޟިއްޔާގައި އެ ކޯޓުން ޤާއިމު ކުރައްވާފައިވާ އުޞޫލުތައް އެބަޔެއްގެ
މައްޗަށް ތަޠުބީޤު ކުރުން އިސްތިސްނާވާނޭކަމަށް ދިވެހިރައްޖޭގެ ހައިކޯޓުގެ ނަންބަރު 124/HC-A/2011
ޤަޟިއްޔާގައި ކަނޑައެޅުނު ފަރާތްތަކުގެ ތެރޭގައި މުޙައްމަދު ޙަމީދުގެ ޙާލަތުގައި ހުރި ފަރާތްތައް ނުހިމެނޭކަން
އެނގެން އޮތުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 35/SC-C/2012 ޤަޟިއްޔާގެ އެ
/ ހތ %8.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
4
2{14/HC-A/29
ޤަޟިއްޔާ ނިމުނު ގެ
83
ނިންމުން މުޙައްމަދު ޙަމީދު ހުށަހަޅާފައި މިވާ މައްސަލައަށް ތަޠުބީޤް ނުކުރެވޭނޭ ޤާނޫނީ އަދި ޝަރުއީ
ސަބަބެއް ނެތް ހިނދުގައި، އެ ނިންމުން މި މައްސަލައަށް ތަޠުބީޤު ކުރާއިރު،
މުޙައްމަދު ޙަމީދު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކޮށްފައިވަނީ މުޙައްމަދު
ޙަމީދުގެ މައްޗަށް ތުހުމަތު ކުރެވުނު ޖިނާއީ ތުހުމަތުގެ އަމަލާއި ގުޅިގެން ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން
ތަޙްޤީޤު ކުރުމާއި ކަންކަން ކުރިއަށް ދަނިކޮށް އެ މަރުޙަލާތައް ނިމި ގޮތެއް ކަނޑައެޅުމުގެ ކުރިންކަން އެނގެން
އޮވެފައި، މުޙައްމަދު ޙަމީދުގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ ޖިނާއީ ތުހުމަތަކަށްވެފައި އެ ޢަމަލުގެ މައްޗަށް
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙުޤީޤު ކުރަމުންދާ ހިނދު، އަދި އެ ތަޙުޤީޤުގެ ބޭނުމަށްޓަކައި ޖިނާއީ
ޢަދުލުގެ ނިޒާމުގެ ތެރެއިން، މުޙައްމަދު ޙަމީދު ބަންދުކުރުން ފަދަ ފިޔަވަޅުތައް އެޅިފައި ވީހިނދު، ޖިނާއީ
ޢަދުލުގެ ނިޒާމުގެ ތެރެއިން ފުރިހަމަވާން ޖެހޭ މަރުހަލާތައް ފުރިހަމަވުމުގެ ކުރިން މުޙައްމަދު ރަޝީދު
އަދާކުރަމުން ދިޔަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން އޭނާ ވަކިކުރުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު 35/SC-C/2012 ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާ ފަދައިން ކުށެއްގެ ތުހުމަތު
ކުރެވިފައިވާ މީހަކަށް ނިސްބަތް ކުރެވޭ ކުށުގެ ޢަމަލު ޖިނާއީ ނިޒާމު ނޫން އެހެން ނިޒާމެއްގެ ތެރެއިން ބަލައި
ތަޙްޤީޤު ކުރުމާއި ޖިނާއީ ކުށް ޘާބިތުކުރާ އުޞޫލުތަކާއި މިންގަނޑުތައް ނޫން އެހެން މިންގަނޑަކުން
ޘާބިތުކުރުން ކަމުގައި ވާނޭކަމާއި، އަދި އެގޮތުން އެއީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި 50 ވަނަ
މާއްދާއާއި 51 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ހައްޤުތައް ފަދަ އިންޞާފުވެރި ޝަރީޢަތެއްގެ ގެރެންޓީތަކާ
ޚިލާފުވާނެ ކަންތައްކެއް
ކަމުގައި ވެގެންދާނެކަމާއި، އަދި ހަމަ އެހެންމެ މުއްތަހަމުގެ މައްޗަށް އެއްވެސް
ބާވަތެއްގެ އަދަބަކަށް ވާނޭ ފިޔަވަޅެއް ޖިނާއީ ނިޒާމު ނޫން އެހެން ނިޒާމެއްގެ ތެރެއިން ނަމަވެސް ދެވިއްޖެ
ނަމަ އެ މުއްތަހަމުގެ މައްޗަށް ހަމަ އެ ޢަމަލާއި ގުޅިގެން ޝަރީޢަތްކުރުމާއި އަދަބު ދިނުން ހުއްދަ
ނުވާނޭކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 35/SC-C/2012 ޤަޟިއްޔާގައި އެ ކޯޓުން
ކަނޑައަޅުއްވާފައިވާއިރު، މުޙައްމަދު ޙަމީދުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށުގެ ޢަމަލާ ގުޅުވައިގެން ޖިނާއީ
ޢަދުލުގެ ނިޒާމުގެ ބޭރުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އޭނާ ވަޒީފާއިން ވަކިކުރުމަށް
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
5
ޤަޟިއްޔާ ނިމުނު
2{14/HC-A/29
<< O
ނިންމުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 35/SC
-
C/2012 ޤަޟިއްޔާގައި އެ ކޯޓުން
ކަނޑައަޅުއްވާފައިވާ އުޞޫލުން ޑަބަލް ޖެޕަޑީގެ މަފުޙޫމުގެ ތެރެއަށް ވަދެގެންދާނޭ ކަމެއް ކަމުގައި ބަލަންޖެހޭ
ހިނދު، މުޙައްމަދު ޙަމީދުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށުގެ ޢަމަލު މަދަނީ މިންގަނޑުން ސާބިތުވާކަމަށް
ކަނޑައަޅުއްވައި، އެ ޢަމަލުގެ މައްޗަށް ދެވޭ އަދަބަކަށް ވާގޮތަށް މޯލްޑިވްސް ޕޮލިސް ސަރވިސްގައި މުޙައްމަދު
ޙަމީދު ހުރި ވަޒީފާއިން އޭނާ ވަކިކުރުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 35/SC
-
C/2012
ޤަޟިއްޔާގައި އެކޯޓުން ކަނޑައަޅުއްވާފައިވާ ފަދައިން މުއްތަހަމާ ދެކޮޅަށް ހިނގަމުންދާ ޖިނާއީ އިޖުރާއާތުގެ
ތެރޭގައި ހިމެނޭ ދުސްތޫރީ ގެރެންޓީތަކާއި ހެކިތައް ރައްކާތެރިވުމާއި އެ ހެކިތައް ވަޒަންކުރުމާއި ދައުލަތުން
ޖިނާއީ ތަޙްޤީޤުކުރުމާއި ޝަރީޢަތް ހިންގުމުގެ ގެރެންޓީތަކަކަށް ބުރޫ އަރާނެކަމާއި ތަޢުލީމީ ނިޒާމެއް ނުވަތަ
އެހެންވެސް ނިޒާމެއްގެ ތެރެއިން ހަމަ އެ ޢަމަލު އެ މުއްތަހަމުގެ މައްޗަށް ތަޙްޤީޤުކޮށް އެ ޢަމަލު
ހިންގާފައިވާކަމަށް ކަނޑައެޅުމަށްޓަކައި ޘާބިތުކުރުމުގެ މިންގަނޑެއް ކަނޑައެޅުން ފަދަ އިޖުރާއާތުތަކަކީ
ޤާނޫނުއަސާސީގައި ޖިނާއީ ތަޙްޤީޤުކުރުމާއި ޖިނާއީ ޝަރީޢަތް ހިންގުމަށް ކަނޑައެޅިފައިވާ ދުސްތޫރީ
އުޞޫލުތަކާއި ގެރެންޓީތަކާއި ކުށުގެ ތުހުމަތުގައިވާ މީހާއަށް ކަށަވަރުކޮށްދޭ ޙައްޤުތަކާ ތަޢާރުޟުވާ
ކަމުގައި ވެގެންދާނޭ ކަމެއް ކަމުގައި ބަލަންޖެހޭތީ،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 35/SC
-
C/2012 ޤަޟިއްޔާގައި އެ ކޯޓުން
ނިންމަވައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި އެ އުޞޫލުތައް މި މައްސަލައަށް ތަޠުބީޤު ކުރުމުން ނިކުންނަ
ނަތީޖާއާއި ބަޔާންވެ ދިޔަ އެންމެހައި ކަންކަން އެގޮތުގައި ހުރުމުން މުޙައްމަދު ޙަމީދު މޯލްޑިވްސް ޕޮލިސް
ސަރވިސްގައި އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކޮށްފައިވާ ވަކިކުރުމަކީ ބާޠިލް ވަކިކުރުމެއް ކަމުގައި
ދ ތ ދ ތ ބޑތ
ކަންތައްތަކއް
ކަނޑައަޅުއްވައި،
2012 އޮގަސްޓް މަހުގެ 07 ވަނަ ދުވަހުން ފެށިގެން މުޙައްމަދު ޙަމީދު ވަޒީފާއިން
ވަކިވެފައިވާ ކަމަށް ނުބެލުމަށާއި، މިއަދު 2013 ސެޕްޓެންބަރު 30 ވަނަ ދުވަހުން ފެށިގެން 15 (ފަނަރަ)
ދުވަހުގެ ތެރޭގައި މުޙައްމަދު ޙަމީދު މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުން ދިޔަ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ
2{14/HC-A/29
ه+
ވަޒީފާއާއި އެއްވަރެއްގެ ވަޒީފާއެއް މުޙައްމަދު ޙަމީދަށް ދިނުމަށާއި، 2012 އޮގަސްޓް މަހުގެ 07 ވަނަ ދުވަހު
މުޙައްމަދު ޙަމީދުގެ ވަޒީފާ އަނބުރާ ދިނުމާއި ހަމައަށް މުޙައްމަދު ޙަމީދަށް ލިބެންވާ މުސާރައާއި ޢިނާޔަތްތައް
މިއަދު 2013 ސެޕްޓެންބަރު 30 ވަނަ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މުޙައްމަދު
ޙަމީދަށް ރައްދުކުރުމަށާއި، ޚިދުމަތް މެދުކެނޑިފައިވާ ދުވަސްތައް ޚިދުމަތުގެ މުއްދަތުގެ ތެރޭގައި ގުނުމަށާއި،
މަޤާމުގެ ކުރިއެރުން ލިބުމުގައި ކަނޑައެޅިފައިވާ ގޮތަށް މެދުކެނޑުނު މުއްދަތު ގުޅުވައިދިނުމަށް މޯލްޑިވްސް
ޕޮލިސް ސަރވިސްއަށް އަންގަވައި ޙުކުމް ކުރައްވައިކަން އެނގެން އޮންނަކަމެވެ.
3- ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1614 ޤަޟިއްޔާ އެ ކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް
އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން 06 (ހައެއް) ނުކުތާ ހުށަހަޅައި، އެނުކުތާތަކާގުޅޭ ގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
4 22
2
ބެއްލެވި މައްސަލާގައި މުޙައްމަދު ޙަމީދުގެ ފަރާތުން އެދިފައި ނެތް ކަންތައްތަކަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 47/HC
-
A/2010 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅިނުކުތާ.
2011/HC-A/124
(ނ) ދެވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު
ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުގެ ދަށުން މުޙައްމަދު އަމީދަކީ ވެސް އިސްވެ ދެންނެވުނު
ޤަޟިއްޔާގައި ބުނާ އިސްތިސްނާ މީހެއްކަން އެނގެން އޮތް ނަމަވެސް، އެކަމަށް ރިޢާޔަތްނުކުރައްވައި ސިވިލް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
1
2{14/HC-A129
ޤަޟިއްޔާ ނިމުނު "
کمر و
ކޯޓުގެ ނަންބަރު 2012/Cv
-
C/1614 ޤަޟިއްޔާއިން ބެއްލެވި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި
ނުކުތާ.
224 22
(ނ) ތިންވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 35/SC
-
C/2012
ޤަޟިއްޔާއިން ބެއްލެވި މައްސަލާގައި ވަޒީފާގައި ހުރި މީހެއްގެ މައްޗަށް ފިޔަވަޅު އެޅުއްވުމުގައި ގެންގުޅެން
ޖެހޭ ނުވަތަ ބަލަން ޖެހޭ މިންގަނޑު ބަޔާންކޮށްދީފައިވީ ނަމަވެސް، އެ މައްސަލައާއި ސިވިލް ކޯޓުގެ ނަންބަރު
2012/Cv
-
C/1614 ޤަޟިއްޔާއިން ހުށަހެޅުނު މައްސަލައާއި ހުރި ތަފާތަކަށް ސިވިލް ކޯޓުގެ ނަންބަރު
2012/Cv
-
C/1614 ޤަޟިއްޔާގައި ޙުކުމްކުރެއްވި އިރު، މައްސަލަ ބެއްލެވި ޤާޟީ ރިޢާޔަތްކުރައްވާފައި
ނެތުމުން، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށް ދޭ މަންފާއިން ދަޢުވާލިބޭ ފަރާތުގެ
ހައިސިއްޔަތުން (ދައުލަތް) މަޙުރޫމުވެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ހަތަރުވަނަ ނުކުތާއަކީ: ޖިނާއީ ކުށެއްގައި ތުހުމަތުކުރެވޭ މުވައްޒަފަކު، އެ މުވައްޒަފަކު
ތަބާވާންޖެހޭ ވަޒީފާގެ އުޞޫލުތަކަކާ ޚިލާފުވެގެން، އެ ޚިލާފުވާ ކަމަކާ ގުޅިގެން އިދާރީ ފިޔަވަޅެއް އެޅުމަކީ،
އެއީ އެއްކުށަކަށް ދެ ފަހަރަށް އަދަބު ދިނުން ނުވަތަ "ޑަބަލް ޖެޕަރޑީ" އެއް ނޫން ކަމުގައި ވީނަމަވެސް،
އެކަން ތަފްޞީލުކުރުމުގެ ފުރުޞަތެއް ދަޢުލަތަށް ދެއްވުމެއް ނެތި، ސިވިލް ކޯޓުގެ ނަންބަރު
2012/Cv
-
C/1614 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
404
(ބ) ފަސްވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1614 ޤަޟިއްޔާއިން
ބެއްލެވި މައްސަލައިގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 35/SC-C/2012 ޤަޟިއްޔާއިން
ކަނޑައަޅުއްވާފައިވާ އުޞޫލުތައް ތަޠްބީޤްކުރެއްވި ނަމަވެސް ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1614
ޤަޟިއްޔާގައި ޙުކުމްކުގެ
ކުރެއްވިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 35/SC
-
C/2012
ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ގޮތަށް "ޖުޑީޝަލް ރިވިއު" އެއްގެ ގޮތުގައި ސިވިލް ކޯޓުގެ
CO
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގެ
2{014/HC-A/29
ގޮތުގެ
ނަންބަރު 2012/Cv
-
C/1614 ޤަޟިއްޔާއިން ބެއްލެވި މައްސަލަ ބައްލަވާފައި ނުވާކަމަށް ބުނެ ހުށަހެޅި
ނުކުތާ
(ޅ) ހަވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1614 ޤަޟިއްޔާއިން
މުޙައްމަދު ޙަމީދުގެ ފަރާތުން ހުށަހެޅި ފުރަތަމަ އިޖުރާއީ ނުކުތާ ނިންމެވުމާއި، ޤާނޫނު ނަންބަރު 5/2008
(ފުލުހުންގެ ޤާނޫނު) ގެ މައްޗަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާއާއި ޤާނޫނު
ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާ ތަތްބީޤު (apply) ކުރައްވާފައިވަނީ
ރަނގަޅަށްނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ.
4- ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1614 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅޭ ގޮތުން އެޓަރނީ
ޖެނެރަލްގެ އޮފީހުގެ ފަރާތުންނާއި މި އިސްތިއުނާފް ދަޢުވާރައްދުވާ މއ.ކޯރަލްބެރީ މުޙައްމަދު ޙަމީދުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ބުނެވި ދިޔަ ސިވިލް
ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާ ގުޅޭ ގޮތުން ހުށަހެޅިފައިވާ
ލިޔެކިޔުންތަކުގެ މައްޗަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1614 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ
ޤާނޫނު) ގެ 7 ވަނަ މާއްދާއާއި 69 ވަނަ މާއްދާއާއި ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 7 ވަނަ
މާއްދާ އަދި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަޤާމުގައި
ދިވެހިރާއްޖޭގެ
އައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
9
2{14/HC-A/29
ޤަޟިއްޔާ ނިމުނު ގެ
کمر و
ޚަގ+
OX ONE
މުޙައްމަދު ޙަމީދު (ސ. ނަންބަރު 1191) ހުރެ ޚިލާފުވެފައިވާ ކަމުގައި ބުނެ، ޑިސިޕްލިނަރީ އަދި އިދާރީ
ކުށްތަކާއި އެ ކުށްތަކަށް އަދަބު ދިނުމާ ބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގެ 1 އަދި 21 ވަނަ
ނަންބަރާއި އެ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، އެ ޤަވާޢިދުގެ 8 ވަނަ މާއްދާގެ (ށ) ގެ
ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚިދުމަތުން 2012 އޮގަސްޓް މަހުގެ 07 ވަނަ ދުވަހު މުޙައްމަދު
ޙަމީދު ވަކިކޮށްފައިވާތީ، އެ ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފު
ނިންމުމެއް ކަމުގައި ކަނޑައަޅުއްވައި ދެއްވުމަށާއި، އެނިންމުން ބާޠިލުކޮށް ދެއްވުމަށް އެދި މޯލްޑިވްސް ޕޮލިސް
ސަރވިސްގެ މައްޗަށް ރައްދުވާ ގޮތަށް މުޙައްމަދު ޙަމީދުގެ ފަރާތުން ދަޢުވާ ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެއްކަން އެނގެން އޮންނައިރު،
1
04 މ 04
4
ދަށު ކޯޓުން އެޤަޟިއްޔާ ނިންމަވާފައިވަނީ 2012 އޮގަސްޓް މަހުގެ 07 ވަނަ ދުވަހުން
ފެށިގެން މުޙައްމަދު ޙަމީދު ވަޒީފާއިން ވަކިވެފައިވާކަމަށް ނުބެލުމަށާއި، 2013 ސެޕްޓެންބަރު 30 ވަނަ
ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މުޙައްމަދު ޙަމީދު މޯލްޑިވްސް ޕޮލިސް ސަރވިސްގައި
އަދާކުރަމުން ދިޔަ ވަޒީފާއާ އެވަރެއްގެ ވަޒީފާއެއް މުޙައްމަދު ޙަމީދަށް ދިނުމަށާއި، 2012 އޮގަސްޓް މަހުގެ
07 ވަނަ ދުވަހުން ފެށިގެން މުޙައްމަދު ޙަމީދުގެ ވަޒީފާ އަނބުރާ ދިނުމާ ހަމައަށް މުޙައްމަދު ޙަމީދަށް ލިބެންވާ
މުސާރައާއި ޢިނާޔަތްތައް 2013 ސެޕްޓެންބަރު 30 ވަނަ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި
މުޙައްމަދު ޙަމީދަށް ރައްދުކުރުމަށާއި، ޚިދުމަތް މެދުކެނޑިފައިވާ ދުވަސްތައް ޚިދުމަތުގެ މުއްދަތުގެ ތެރޭގައި
ގުނުމަށާއި، މަޤާމުގެ ކުރިއެރުން ލިބުމުގައި ކަނޑައެޅިފައިވާ ގޮތަށް މެދުކެނޑުނު މުއްދަތު ގުޅުވައިދިނުމަށް
މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގަވައިކަން އެނގެން އޮންނަކަމާއި، އެގޮތަށް ނިންމެވުމުގެ މައިގަނޑު
ސަބަބެއްގެ ގޮތުގައި އިސްތިއުނާފު ކުރެވިފައި މިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގައި ފާހަގަ ކުރައްވާފައިވަނީ،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 35/SC
-
C/2012 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ
އުޞޫލުތަކުގެ މައްޗަށް ރިޢާޔަތްކުރައްވައި، މުޙައްމަދު ޙަމީދުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށުގެ ޢަމަލާއި
ގުޅުވައިގެން ޖިނާއީ ޢަދުލުގެ ނިޒާމުގެ ބޭރުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އޭނާ
0 0
<< O
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{014/HC-A/29
10 ޤަޟިއްޔާ ނިމުނު
ގޮތުގެ
+
ވަޒީފާއިން ވަކިކުރުމަށް ނިންމުމަކީ އިސްވެ ބުނެވިދިޔަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު -SC/2012
35/C ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުން ޑަބަލް ޖެޕަޑީގެ މަފްހޫމްގެ ތެރެއަށް ވަދެގެންދާނޭ
ކަމެއްކަމުގައި ބައްލަވައިގެންކަން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ: ސިވިލް ކޯޓުން މައްސަލަ ނިންމެވުމުގައި ޙަވާލާދެއްވާފައިވާ އަދި
މައްސަލަ ނިންމެވުމުގައި ރިޢާޔަތްކުރައްވާފައިވާކަމަށް ބަޔާންކުރާ އިސްވެ ބުނެވިދިޔަ، ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު 35/SC-C/2012 ޤަޟިއްޔާއަށް ބަލާއިރު،
އެ ޤަޟިއްޔާގައި ހިމެނޭ މައްސަލައަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 180
ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، ސިވިލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ
ޢައްޔަންކުރައްވާފައިވާ މެންބަރެއްކަމުގައިވާ ގ.ކޮއްކިރި މާލެ، މުޙައްމަދު ފަހުމީ ޙަސަން، އެކޮމިޝަންގެ
މެންބަރުކަމުން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކުން ވަކިކޮށްފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށް،
ޤާނޫނުއަސާސީން ޤަރާރުކޮށްފައިވާ ދުސްތޫރީ މައްދައުތަކާއި އުޞޫލުތަކުގެ ބޭރުންކަމަށް ބުނެ މުޙައްމަދު ފަހުމީ
ޙަސަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެކޯޓުން
ބައްލަވާ ޙުކުމް ކުރައްވާފައިވާ މައްސަލައެއް ކަމާއި، އެމައްސަލަ ބައްލަވާ ޙުކުމް ކުރެއްވުމުގައި ވަޒީފާއާބެހޭ
މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ ޤާނޫނަކަށް ޤަވާޢިދަކަށް އަދި ފުލުހުންގެ ވަޒީފާއާއި ގުޅިގެން ޢަމަލުކުރަންޖެހޭ
އެއްވެސް ޤާނޫނަކަށް އަދި ޤަވާޢިދަކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެއްވެސް ވަރަކަށް ރިޢާޔަތް
ކުރައްވާފައިނުވާ ކަމާއި، އެއާޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ މި ޤަޟިއްޔާގައި ބެލިފައި މިވާ މައްސަލައަކީ،
ފުލުހުންގެ ވަޒީފާއިން މުޙައްމަދު ޙަމީދު ވަކިކޮށްގެން ހުށަހެޅި ވަޒީފާއާބެހޭ ޢާއްމު އުޞޫލުތަކުގެ ތަރަހައިގެ
ތެރޭގައި ހިމެނޭ މައްސަލައެއްކަން އެނގެން އޮތުމުން، މި މައްސަލައަކީ އިސްވެ ބުނެވުނު ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ޤަޟިއްޔާއިން އެކޯޓުން ނިންމަވާފައިވާ މައްސަލައާ ތަފާތު މައްސަލައެއްކަން އެނގެން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 35/SC-C/2012 ޤަޟިއްޔާގައި އެކޯޓުން
ނިންމަވައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކަށް ރިޢާޔަތްކޮށް މި މައްސަލައިގެ ޙުކުމް ކުރުމުގައި އެ
023e
21
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
11
2{14/HC-A/29
ޤަޟިއްޔާ ނިމުނު ގޮތުގެ
ޗެލް
ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ސިވިލް ކޯޓުން ތަތުބީޤު ކުރައްވާފައިވަނީ ރަނގަޅަށް
ނޫންކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، މި މައްސަލައާ ގުޅިގެން ފެންނަން ހުރި ލިޔެކިޔުންތަކަށް ބެލުމުން، ޚި
މައްސަލައާއި ގުޅިގެން ދެފަރާތުންމެ ދަށު ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބަޔާންދީ، މައްސަލައިގެ މައުޟޫޢުއާ
ގުޅޭ ގޮތުން ދެފަރާތުންމެ ވާހަކަ ދައްކާފައިވާކަން އެނގެން އޮންނަކަމާއި، މިގޮތުން މި މައްސަލައާ ގުޅިގެން
ދައުލަތުގެ ފަރާތުން ދަށު ކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މޯލްޑިވްސް ޕޮލިސް ސަރވިސްގައި
މުޙައްމަދު ޙަމީދު އަދާކުރަމުންދިޔަ ވަޒީފާއިން 2012 އޮގަސްޓް މަހުގެ 07 ވަނަ ދުވަހު ވަކިކޮށްފައިވަނީ،
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއެއްގައި ހުރެ، ސިޔާސީ ގޮތުން ވަކި ބަޔަކަށް މަންފާއެއް
ހޯދައިދިނުމަށްޓަކައި، މަޤާމުގެ ހައިސިއްޔަތުން ލިބިފައިވާ މަޢުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށް، ސަލާމަތީ
ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާމެދު އޮންނަ އިތުބާރާއި ޤަދަރަށް އުނިކަން ލިބޭ ގޮތަށް "ފުލުހުންނާއި ސިފައިން
ހިންގި ބަޣާވާތް" މިނަމުގައި ޙަޤީގަތް އޮޅޭ ގޮތަށް ރިޕޯޓެއް ތައްޔާރު ކުރުމުގައި ބައިވެރިވިކަމުގެ ތުހުމަތު
ކުރެވިގެން އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤު ކުރުމަށް ފަހު، ތަޙްޤީޤަށް ލިބިފައިވާ
ހެއްކާއި ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށް ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ 7 ވަނަ
މާއްދާއާއި 69 ވަނަ މާއްދާއާއި ފުލުހުންގެ ވަޒީފާއާއިބެހޭ ޤަވާޢިދު"ގެ 6 ވަނަ މާއްދާއާއި "ދިވެހި ފުލުހުންގެ
ކޯޑް އޮފް ކޮންޑަކްޓް" އާ މުޙައްމަދު ޙަމީދު ޚިލާފުވެފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް
ސާބިތުވާތީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެކުށްތަކަށް އަދަބު
ދިނުމާއި ބެހޭ ގަވާއިދު" ގެ 7 ވަނަ މާއްދާގެ (ހ) 1 ވަނަ ނަންބަރާއި 12 ވަނަ ނަންބަރާއި އެ މާއްދާގެ
(ހ) ގެ 1 ވަނަ ނަންމަ
ނަންބަރަށް ރިޢާޔަތްކޮށް، އެ ޤަވާޢިދުގެ 8 ވަނަ މާއްދާގެ (ށ) ގެ ދަށުންކަން އެނގެން
x
0 ފ ދ .2
އޮންނށ2
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
2{14/HC-A/29
12 ޤަޟިއްޔާ ނިމުނު "
ޤަތުގެ
(ރ) ހަތަރުވަނަ ކަމަކީ، މި މައްސަލައިގެ އިސްތިއުނާފުރައްދުވާ މުޙައްމަދު އަމީދަކީ،
ފުލުހުންގެ ވަޒީފާގައި ހުއްޓައި ވަކިކުރެވިފައިވާ ފަރާތެއްކަމާއި އޭނާ ވަޒީފާއިން ވަކިކުރެވިފައިވަނީ، ފުލުހުންގެ
ވާޖިބު އަދާކުރުމުގައި ޤާނޫނާއި ގަވާއިދާއި އަދި ދިވެހި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވެފައިވާކަން
ސާބިތުވާތީކަން އެނގެން އޮންނައިރު،
އެއްވެސް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނާއި ގަވާއިދަށް ފުރިހަމައަށް ބޯލަބައި
ކިޔަމަންތެރިވުމާއި، ފުލުހުންގެ ދައުރު ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު އަދާކުރުންމަތީ ދެމިތިބުމާއި،
ފުލުހުންގެ ވާޖިބާއި މަސްއޫލިއްޔަތުތަކަށް އަމާނާތްތެރިވުމާއި ވަފާތެރިވުން މަތީ ދެމިތިބުމާއި، ޤާނޫނުގައިވާ
ގޮތުގެމަތިން މެނުވީ ފުލުހުންނަށް ލިބޭ މަޢުލޫމާތު އިތުރު ފަރާތަކަށް ހާމަނުކުރުން ފުލުހުންގެ ވާޖިބުތަކުގެ
ތެރޭގައި ހިމެނިފައިވާކަން ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ 7 ވަނަ މާއްދާގެ (ހ) ގެ
1،4,5 އަދި 10 އަށް ބެލުމުން އެނގޭކަމާއި، އަދި ފުލުހުންގެ ވަޒީފާއާ ބެހޭ ޤަވާޢިދުގެ 6 ވަނަ މާއްދާގެ
(ށ) އާއި (ށ) އަށް ބަލާއިރު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެއްވެސް މުވައްޒަފަކު ސިޔާސީ
ޙަރަކާތެއްގައި އެއްވެސް ސިފައެއްގައި ބައިވެރިވެ، ނުވަތަ އަމިއްލަ ހައިސިއްޔަތުންވިޔަސް އަދި ފަރުދީ
ޙައިސިއްޔަތުންވިޔަސް ވާގިވެރިވެގެން ނުވާނެކަމަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެއްވެސް ލިޔުމެއް،
ނުވަތަ ފޮޓޯއެއް، ނުވަތަ ކުރެހުމެއް، ނުވަތަ ޕްލޭނެއް އަދި މިނޫންވެސް އެފަދަ އެހެން އެއްވެސް
ނުވަތަ މަޢުލޫމާތެއް ނުވަތަ ނަކަލެއް ހާމަކުރަން ޖެހޭ ފަރާތަކަށް ފިޔަވައި އެހެން ފަރާތަކަށް ހާމަކޮށްގެން
ނުވާނެ ކަމަށާއި، މީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހިންގާ އެއްވެސް ހަރަކާތެއްގެ
މަޢުލޫމާތު، ނުވަތަ ކުރެވޭ މުޢާމަލާތެއް، އެކަމެއް އަންގަން ޖެހޭ ނުވަތަ އެނގެން ޖެހޭ މީހަކަށް މެނުވީ އެހެން
މީހަކަށް އަންގައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާކަމާއި، މީގެ އިތުރުން ދިވެހި ފުލުހުންގެ ކޯޑް އޮފް
ކޮންޑަކްޓްގެ 4 ވަނަ ނަންބަރާއި 6 ވަނަ ނަންބަރުގައި، ފުލުހުންގެ ވާޖިބުތައް އަދާކުރުމުގައި ލިބޭ މަޢުލޫމާތަކީ
ކަމާނުބެހޭ ފަރާތަކަށް ހާމަކޮށްގެން ނުވާނެ ސިއްރެއް ކަމަށާއި، ފުލުހުންގެ އޮޕަރޭޝަންތަކާބެހޭ
04ޑ0
އއeއ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
2{14/HC-A/29
13 ޤަޟިއްޔާ ނިމުނު
ރޭގެ
که ک
01 2 33 0
އއ00ރކޮށް
މަޢުލޫމާތާއި، ފުލުހުންގެ ރެކޯޑުގައި ރައްކާކުރެވިފައި ހުންނަ މަޢުލޫމާތުތަކަކީ، ޤާނޫނީ ގޮތުން އެތަކެތި
ލާޒިމުކޮށްފި ހިނދެއްގައި މެނުވީ ޢާއްމުކުރެވޭނެ ތަކެއްޗެއް ނޫންކަމަށާއި، ފުލުހުންނަކީ ޤައުމީ
ޚިދުމަތުގައި ތެދުވެރި، ވަފާތެރި ބަޔަކަށް ވާންޖެހޭނެކަމަށާއި، ފުލުހުންގެ ޑިޔުޓީގައާއި ޑިޔުޓީން ބޭރުގައިވެސް
ފުލުހުންނަކީ އަމިއްލަ ނަފުސަށް ތެދުވެރިވެ، ކުރާ ކޮންމެ ކަމެއްގައި އިޚްލާޞްތެރި ބަޔަކަށް ވާންޖެހޭނެ
ކަމަށާއި، ފުލުހުން ކުރާ ޢަމަލެއްގެ ސަބަބުން ތިމާގެ ތެދުވެރިކަމާއި އިންސާފުވެރިކަމާމެދު ސުވާލު އުފެދޭފަދަ
އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައި އޮންނަކަމާއި، އަދި "ދިވެހި ފުލުހުންގެ ކޯޑް އޮފް
އެތިކްސް"ގައި، "...އަހުރެންގެ ޢަމަލުތަކަށް ޒިންމާދާރުވެ ޖަވާބުދާރީވުމާއި ސިއްރު ހިފެހެއްޓުމާއެކު ފުލުހުންގެ
ވަސީލަތްތައް އެންމެ ހެޔޮގޮތުގައި ބޭނުންކުރާނަމެވެ." މިފަދައިން ބަޔާންކޮށްފައިވާއިރު،
1
ހުރެ އޭނާއަށް
މި މައްސަލާގައި މުޙައްމަދު ޙަމީދުގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ ފުލުހުންގެ ވަޒީފާގައި
ލިބިފައިވާ މަޢުލޫމާތު ހާމަކުރަންނުޖެހޭ ފަރާތަކަށް ހާމަކޮށް ފުލުހުންގެ ޤާނޫނާއި ގަވާއިދާއި އަދި
ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވުންކަމުގައިވާއިރު، އެފަދަ ކަމެއް ސާބިތުވެއްޖެ ނަމަ، އެމީހަކު
ވަޒީފާއިން ވަކިކުރުމަށް ނިންމިދާނެކަން ފުލުހުންގެ ޤާނޫނުގެ 67 ވަނަ މާއްދާގެ (ށ)ގެ 7 ވަނަ ނަންބަރާއި
ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އަދި އެކުށްތަކަށް އަދަބުދިނުމާބެހޭ ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) އަށް
ބެލުމުން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ: މުޙައްމަދު ޙަމީދުގެ މައްޗަށް ތުހުމަތުކުރެވުނު ޢަމަލަކީ ފުލުހެއްގެ
ވަޒީފާގައިހުރެ މަސައްކަތު އަޚުލާޤާއި އެކަށީގެންނުވާ ޢަމަލަކަށްވާތީ، އެކަން ހިނގާދިޔަ ގޮތް ސާފުކުރުމުގެ
ގޮތުން އެ މައްސަލަ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ބައްލަވާފައިވާކަން އެނގޭކަމާއި، މިގޮތުން ކަން
ހިނގާދިޔަ ގޮތް ސާފުކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ބޭއްވުނު ބައްދަލުވުމަށް ޤާނޫނީ ވަކީލެއްގެ
އެހީތެރިކަމާއެކު މުޙައްމަދު ޙަމީދު ބައިވެރިވުމަށް ފުރުސަތު ދެއްވައި، މުޙައްމަދު ޙަމީދުގެ މައްޗަށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
2{14/HC-A/29
14 ޤަޟިއްޔާ ނިމުނު
ގޮތުގެ
ތުހުމަތު ކުރެވުނީ ކޮން މައްސަލައެއްގައިކަން މުޙައްމަދު ޙަމީދަށް އަންގާފައިވާއިރު، މުޙައްމަދު ޙަމީދުގެ
ފަރާތުން އެމައްސަލާގައި ޤާނޫނީ ވަކީލަކު ޢައްޔަންކުރަން ބޭނުންނުވާ ކަމަށާއި، އަދި އެބައްދަލުވުމުގައި
0277
ބައިވެރިވާންވެސް
2224 4ހހ2
8ނވަކީލާނ
.މަށް
ބުނެ
އެބައްދަލުވުމަށް
މުޙައްމަދު
ޙަމީދު
ރޮމުން
އިންކާރުކޮށްފައިވާކަމާއި،
މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންތަކެއް ސިޔާސީ ގޮތުން ވަކި ބަޔަކަށް މަންފާއެއް
ހޯދައި ދިނުމަށްޓަކައި މަޤާމުގެ ޙައިސިއްޔަތުން ލިބިފައިވާ މަޢުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށް ސަލާމަތީ
ޚިދުމަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކާމެދު ޢާއްމު ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި ޤަދަރަށް
އުނިކަން ލިބިދޭގޮތަށް "ފުލުހުންނާއި ސިފައިން ހިންގި ބަޣާވާތް" މިނަމުގައި ޙަޤީގަތް އޮޅޭ ގޮތަށް ރިޕޯޓެއް
ތައްޔާރުކުރުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މުޙައްމަދު ޙަމީދު ހަނުހުރުމުގެ ޙައްޤު
އިޚްތިޔާރުކޮށްފައިވާކަން އެނގެން އޮންނައިރު،
މުޙައްމަދު ޙަމީދަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޒިންމާދާރު މުހިއްމު މަޤާމެއްގައި ހުރި
މީހެއްކަމާއި އަދި އޭނާގެ މަޤާމުގެ މަސްއޫލިއްޔަތު ތަކާގުޅޭ ގޮތުން ޖަވާބުދާރީވާންޖެހޭ ފަދަ މަޤާމެއްގައި ހުރި
މީހެއްކަމުގައިވާއިރު، އޭނާގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުގައި ހިފަހައްޓަންޖެހޭ އަޚްލާޤާއި ސުލޫކުތަކާއި
މިންގަނޑުތަކާ ޚިލާފުވާކަމަށް ތުހުމަތު ކުރެވިގެން އެކަމުގައި ޖަވާބުދާރީ ވުމަށް އެފަދަ މައްސަލަތައް ބެލުމުގެ
ބާރު ލިބިދީފައިވާ ޑިސިޕްލިނަރީ ބޯޑުން އެންގުމުން އެކަމުގައި އިޖާބަދީފައިނުވުމަކީ، އެފަދަ މަޤާމެއްގައި
މުޙައްމަދު ޙަމީދު އިތުރަށް ބެހެއްޓުމަށް ޖާއިޒުކުރެވޭނެ ސަބަބެއްކަމުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންނަށް
އިތުރަށް މުޙައްމަދު ޙަމީދުގެ މައްޗަށް ތުހުމަތު ކުރެވުނު އިސްވެ ބުނެވިދިޔަ ތުހުމަތުތަކުން
ދިފާޢުވުމުގެ ފުރުސަތު މުޙައްމަދު ޙަމީދު ވަޒީފާއިން ވަކިކުރުމުގެ ކުރިން އޭނާއަށް ލިބިދީފައިވާއިރު،
ދިފާޢު ވުމަށް އެއްވެސް މަސައްކަތެއް ނުކޮށް، މަޤްބޫލު އެއްވެސް ސަބަބެއް ނެތި އެފުރުސަތު
ދޫކޮށްލުމަކީ މުޙައްމަދު ޙަމީދުގެ މައްޗަށް ތުހުމަތު ކުރެވުނު ކަންކަން އެފަރާތުން ޤަބޫލުކޮށްފައިވާކަމުގެ
މައްޗަށް ޟީމްނީ ގޮތުން ދަލީލުކުރާ ހަރުދަނާ ޤަރީނާއެއްކަން އެނގޭއިރު، މުޙައްމަދު ޙަމީދު
ޤަބޫލުނުކުރެވުމުގެ
34
3 ه3
030
އެހ82ކުނ
2
ދޫކޮށް ދިކަން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
2{14/HC-A/29
15 ޤަޟިއްޔާ ނިމުނު ގެ
މުގެ
ވަޒީފާއިން ވަކިކުރުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވަނީ އެ މައްސަލާގައި އެބޯޑަށް ހުށަހެޅިފައިވާ ހެއްކާއި
ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށް މަދަނީ މިންގަނޑުން މުޙައްމަދު ޙަމީދުގެ މައްޗަށް އެ މައްސަލަ
ސާބިތުވާތީކަން އެނގެން އޮންނަކަމެވެ.
0
<
(ޅ) ހަވަނަ ކަމަކީ: ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 25/HC
-
A/2010 ޤަޟިއް
ޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަ ކުރައްވާފައިވާ ފަދައިން މީހަކު ޖިނާއީކުށެއް ކުރިކަމުގެ ތުހުމަތުގައި
އޭނާ ވަޒީފާއިން ވަކިކުރާ ޙާލަތުގައި ބަލަންޖެހޭނީ މަދަނީ އަދި އިދާރީ ފިޔަވަޅު އެޅުމަށްޓަކައި ސާބިތުވާން
އޮންނަ މިންގަނޑު ކަމަށްވާ ހުށައެޅިފައިވާ ހެކިތަކާއި ޤަރީނާތައް ވަޒަންކޮށް ބަލާއިރު، ބޮޑަށް ބުރަވެވޭ ގޮތެއްގެ
މައްޗަށް ބިނާކޮށްގެންކަން (Balance of Probablities) އެނގޭކަމާއި، ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ
24 ވަނަ މާއްދާއަށް ބަލާއިރު "މޯލްޑިވްސް ޕޮލިސް ސާރވިސް އިން ކުރާ ތަޙްޤީޤުކުން ނުވަތަ ތަޙްލީލަކުން
މުވައްޒަފަކު ޤާނޫނާއި ނުވަތަ ޤަވާޢިދާއި ޚިލާފް ޢަމަލެއް ކޮށްފިކަން ފުލުހުންގެ ތަޙުޤީޤަށް ސާބިތުވާ
ޙާލަތެއްގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ވެސް ބަލަންޖެހޭނީ ބުނެވިދިޔަ އުޞޫލުންކަން އެނގޭކަމާއި،
މިގޮތުން ބަލާއިރު، މުޙައްމަދު ޙަމީދުގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައިގެ ޒާތަށް
ބަލާއިރު، މުޙައްމަދު ޙަމީދުގެ މައްޗަށް ތުހުމަތު ކުރެވުނު ކަމަކީ، ފުލުހުންގެ ވަޒީފާގައި ހުރެ އެފަދައިން އެކަން
ކުރުން ބަލައިގަނެވެން ނެތް އަދި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓްގައި ބަޔާންކޮށްފައިވާ ގޮތާއި ފުށުއަރާ ފަދަ
ތުހުމަތެއްކަން އެނގޭކަމާއި، މުޙައްމަދު ޙަމީދުގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައާ ގުޅިގެން، ލިބިފައިހުރި
ހެކިތަކުގެ މައްޗަށާއި މައްސަލައިގައި ކަންހިނގާފައިވާ އިސްވެ ބަޔާންވެދިޔަ ކަންކަމުގެ މައްޗަށް ބަލާއިރު،
މުޙައްމަދު ޙަމީދު ފުލުހުންގެ ވަޒީފާއިން 2012 އޮގަސްޓް މަހުގެ 07 ވަނަ ދުވަހު ވަކިކޮށްފައިވަނީ، ޝަރުއީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށްކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
2{14/HC-A/29
r 3
16 ޤަޟިއްޔާ ނިމުނު
އެހެންކަމުން މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ސިވިލް
ކޯޓުގެ ނަންބަރު 2012/Cv
-
C/1614 ޤަޟިއްޔާގައި މއ.ކޯރަލްބެރީ މުޙައްމަދު ޙަމީދު ފުލުހުންގެ
ވަޒީފާއިން 2012 އޮގަސްޓް މަހުގެ 07 ވަނަ ދުވަހު ވަކިކޮށްފައިވަނީ، ޝަރުއީ އަދި ޤާނޫނީ ހަމަތަކާ
ޚިލާފަށް ކަމަށް ކަނޑައަޅުއްވައި އެކަމާގުޅިގެން މުޙައްމަދު ޙަމީދަށް ލިބިދޭންޖެހޭ ޙައްޤުތައް އޭނާއަށް
ލިބިދިނުމަށް ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމުގައިވާތީ،
އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭ ކަމަށެވެ.
އަވަމާ
2 *ވ
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު ކަންކަން
ހުރުމާއެކު، ސިވިލް ކޯޓްގެ ނަންބަރު 2012/Cv
-
C/1614 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅައި، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް މިޤަޟިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލް ކޮށްފީމެވެ.
22 2
ހަޢީކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv