ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/176 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތު
2{{09/HC-A/116
کمری
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކަ
ޤިރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 176/HC
-
A/2009
އިސްތިއުނާފު ކުރިފަރާތް:
* ނަން: އަޙްމަދު މުޙައްމަދު
އައިޑީ ކާޑު ނަންބަރު: A104712
ދާއިމީ އެޑްރެސް: ނޫރާނީގެ ޅ. ކުރެންދޫ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ވަކީލުޑް -
ދާއިމީ އެޑްރެސް:
ރަޖިސްޓްރީކުރެވުނު ތާރީޚް: 23 ޖުމާދުލްއާޚިރާ 1439
0
ނިމުނު ތާރީޚް: 28 ޞަފަރު 1433
22 ޖެނުއަރީ 2012
4
17
2009
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2008/G2C/138
ޤަޟިއްޔާގެ ބާވަތް: ޚިޔާނާތްތެރިވުން
ނިންމެވި ކޯޓް: ފާދިއްޕޮޅު ނައިފަރު ކޯޓު
* ހުށަހެޅުނު ތާރީޚް: 5 އޮކްޓޫބަރ 2008
ނިމުނު ތާރީޚް: 26 މެއި 2009
4
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، އިސްފަނޑިޔާރު ޢަހްމަދު ޝަރީފް، ފަނޑިޔާރު ޢަލީ ސަމީރު
ޖެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2{{9/HC-A/176
ޤަޟިއްޔާ ނިމުނު ގޮ
کی عمر
ޖުވާގެ ޚުލާޞާ
މިއީ، ފާދިއްޕޮޅު ނައިފަރު ކޯޓުގެ ނަންބަރު 2008/G2C/138 ޤަޟިއްޔާ އެކޯޓުން
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު
ކޮށްދިނުންއެދި އަޙްމަދު މުޙައްމަދު، ނޫރާނީގެ /ޅ. ކުރެންދޫ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު A104712) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް
ލަން
0 0 2 0
ޅ.
ޅ. ކުރެންދޫގެ
1. އިސްތިއުނާފުކުރެވޭ ފާދިއްޕޮޅު ނައިފަރު ކޯޓުގެ ނަންބަރު 2008/G2C/138
ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، ޅ. ކުރެންދޫގެ ކުރީގެ ކުޑަކަތީބު، ޅ. ކުރެންދޫ ނޫރަންގެ
އިބްރާހިމް ޙުސައިންއާއި، ކުޑަކަތީބު، ކުރެންދޫ ނޫރާނީގެ އަޙްމަދު މުޙައްމަދުއާއި، ކުޑަކަތީބު
ޅ. ކުރެންދޫނިއުލައިފް ޢަބްދުލްވައްހާބް ޙުސައިންއާއި، އެސިސްޓެންޓް ސެކްރެޓެރީ، ޅ.
ޅ. ކުރެންދޫ ނޫފަރު
ޢަބްދުﷲ މުޙައްމަދު، ޅ. ކުރެންދޫ ރައްޔިތުންގެ އިންޖީނުގެއަށް ތަކެތި ގަތުމަށް، 10 ފެބްރުއަރީ 2002
ގައި ކުރެންދޫ/ގްރީންހައުސް މޫސާ އަބޫބަކުރުއާ، ކުރެންދޫ އޮފީހުން ޙަވާލުކުރީ -/30,000
(ތިރީސްހާސް) ރުފިޔާއަށް ތަކެތި ގަތުމަށްފަހު ބާކީވި -/4,000 (ހަތަރުހާސް) ރުފިޔާ،
އޭރުގެ ކުޑަކަތީބު އިބްރާހީމް ޙުސައިންއާއި ޙަވާލުކުރިކަމަށް، މޫސާ އަބޫބަކުރު ބުނާތީއާއި، އެ -/4,000
(ހަތަރުހާސް) ރުފިޔާ، އެރަށު އޮފީހަށް ނުވަތަ ރ.ކ. ކޮމިޓީއަށް ދައްކާފައިނުވާތީއާއި،
ޅ. ކުރެންދޫ
ކުޑަކަތީބު އަޙްމަދު މުޙައްމަދު، ޅ. ކުރެންދޫ އޮފީހުގެ މުދަލާއި، ފައިސާގެ ހިސާބުތައް
މަސައްކަތާ ޙަވާލުވެހުރެ، ޅ. ކުރެންދޫ ގުލިސްތާނުގެއިން ފޮނުވާފައިވާ ބިލުގައިވާ ދޮރާއި ދޮރުފަތް
ޖެހުމުގެ އަގަށްވާ -/6,552 (ހަހާސް ފަސްސަތޭކަ ފަންސާސް ދޭއް) ރުފިޔާ ހުއްދަ ދެއްވާ ފޮތުގައި
ނުލިޔެ ޚަރަދުކޮށްފައިވާތީއާއި، 19 މެއި 2002 ދުވަހު ށ. ކުރެންދޫ ނަތީޖާ އަޙްމަދު މުޙައްމަދުއާ
ޙަވާލުކުރީ -/20,000 (ވިހިހާސް) ރުފިޔާގެ ތެރެއިން ތަކެތި ގަތުމަށް ޚަރަދުވި -19,8921 (ނަވާރަހާސް
އަށްސަތޭކަ ނުވަދިހަ ދޭއް) ރުފިޔާގެ ތެރެއިން ބާކީވާ -/108 (ސަތޭކަ އަށެއް) ރުފިޔާ،
ޅ. ކުރެންދޫ
އޮފީހަށް ޅ. ކުރެންދޫނަތީޖާ އަޙްމަދު މުޙައްމަދު ދައްކާފައިނުވުމުން އެފައިސާ ހޯދުމަށް ކުޑަކަތީބު
އަޙްމަދު މުޙައްމަދު އެއްވެސް މަސައްކަތެއް ކޮށްފައިނުވާތީއާއި، 14 އޮގަސްޓް 2002 ގައި ފައިސާ
44
223 0
@ހ284 ﷲ
ހައިޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [1647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
38
2{{39/HC-A/176
ޤަޟިއްޔާ ނިމުނު
مری
02 ތތ 22
4
/
04ހ
ޙަވާލުކުރާ ގޮތުގައި ލިޔެ ސޮއިނުކޮށް، ތަކެތި ގަތުމަށް ހުއްދަދިން -/2.439 (ދެހާސް ހަތަރުސަތޭކަ
ތިރީސް ނުވައެއް) ރުފިޔާގެ ތެރެއިން ބާކީވާ :230 (ދުއިސައްތަ ތިރީސް) ރުފިޔާ އެއޮފީހަށް ލިބިފައި
ނުވާތީއާއި، ޅ. ކުރެންދޫ ރައްޔިތުންގެ އިންޖީނުގެ މަރާމާތުކުރުމަށްޓަކައި، އެކިފަރާތްތަކުން އެހީގެ
ގޮތުގައި ލިބިފައިވާ 58;
2,030,842ރ. (ދެމިލިއަން ތިރީސްހާސް އަށްސަތޭކަ ސާޅިސް ދެރުފިޔާ
ފަންސާސްއަށް ލާރި) ގެ ތެރެއިން އެކިކަންކަމަށް ޚަރަދުކުރުމަށްފަހު ބާކީވި 41,349
/
66ރ. (ސާޅީސް
އެއްހާސް ތިންސަތޭކަ ސާޅީސް ނުވަ ރުފިޔާ ފަސްދޮޅަސްހަ ލާރި) ގެ ތެރެއިން 3,313
/
13 (ތިންހާސް
ތިންސަތޭކަ ތޭރަ ރުފިޔާ ތޭރަ ލާރި) އުނިވެފައިވާތީއާއި، މިފައިސާ މަދުވާންޖެހުނު ގޮތެއް، ފައިސާ
ޙަވާލުވެގެން ހުރި އަޙްމަދު މުޙައްމަދަށް ބުނެދެވިފައި ނުވާކަމަށްޓަކައި، އެފައިސާތަކަށް އަޙްމަދު މުޙައްމަދު
ޚިޔާނާތްތެރިވެފައިވާކަމަށް ބެލެވޭތީއާއި، ކުޑަ ކަތީބު ޢަބްދުލްވައްހާބް ޙުސައިން، ޅ. ކުރެންދޫ ރައްޔިތުންގެ
އިންޖީނުގޭގެ ފައުންޑޭޝަން އެޅުމަށް ގްރޫޕް 1 އިން 5 މާޗް 2002 ގައި ޅ. ކުރެންދޫ އޮފީހަށް
ދެއްކީ -/600 (ހަސަތޭކަ) ރުފިޔާ ބަލައިގަނެ، ޤަވާޢިދުން އޮފީހުގެ ލިޔެކިޔުންތަކަށް އެފައިސާ
އަރުވާފައިނުވާތީއާއި، އެފައިސާ ބަލައިގަތުމަށްފަހު ކުޑަކަތީބު އަޙްމަދު މުޙައްމަދުއާ ޙަވާލުކުރިކަމަށް،
ޙުސައިން ބުނިނަމަވެސް އެކަން ސާބިތުކޮށްދެވިފައިނުވާތީ، އެ -/600 (ހަސަތޭކަ)
ރުފިޔާއަށް ޢަބްދުވައްހާބު ޙުސައިން ޚިޔާނާތްތެރިވެފައިވާކަމަށް ބެލެވޭތީއާއި، އެސިސްޓެންޓް ސެކްރެޓެރީ
އަބްދުﷲ މުޙައްމަދު، ޅ. ކުރެންދޫ ރައްޔިތުންގެ އިންޖީނުގޭގެ ފައުންޑޭޝަން އެޅުމަށް ގްރޫޕް 3 އިން 6
ޅ. ކުރެންދޫ އޮފީހަށް ދެއްކި -/600 (ހަސަތޭކަ) ރުފިޔާ ބަލައިގަނެ ޤަވާޢިދުން
އޮފީހުގެ ލިޔެކިޔުންތަކަށް އެފައިސާ އަރުވާފައިނުވާތީއާއި، އެފައިސާ ބަލައިގަތުމަށްފަހު ކުޑަކަތީބު އަޙްމަދު
މުޙައްމަދުއާ ޙަވާލުކުރިކަމަށް، ޢަބްދުﷲ މުޙައްމަދު ބުނިނަމަވެސް އެކަން ސާބިތުކޮށްދެވިފައިނުވާތީ، އެ
-/600 (ހަސަތޭކަ) ރުފިޔާއަށް ޢަބްދުﷲ މުޙައްމަދު ޚިޔާނާތްތެރިވެފައިވާކަމަށް ބެލެވޭތީ، ދިވެހިރާއްޖޭގެ
ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން އިބްރާހިމް ޙުސައިންއާއި، އަޙްމަދު
މުޙައްމަދުއާއި، ޢަބްދުލްވައްހާބު ޙުސައިނާއި، ޢަބްދުﷲ މުޙައްމަދުގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ކުށުގެ
އިބްރާހިމް ޙުސައިން ޚިޔާނާތްތެރިވި -/4,000 (ހަތަރުހާސް) ރުފިޔާ އިބްރާހިމް ޙުސައިންގެ
އަތުން ކުރެންދޫ އޮފީހަށް ލިބިދިނުމުގެ މައްސަލައާއި، ޢަބްދުލްވައްހާބު ޙުސައިން ޅ. ކުރެންދޫ އޮފީހަށް
ބަލައިގެންކަމަށް ބުނާ -/600 (ހަސަތޭކަ) ރުފިޔާއާއި، ޢަބްދުﷲ މުޙައްމަދު ޅ. ކުރެންދޫ އޮފީހަށް
ބަލައިގެންކަމަށް ބުނާ -/600 (ހަސަތޭކަ) ރުފިޔާ، ޢަބްދުލްވައްހާބް ޙުސައިން އާއި ޢަބްދުﷲ މުޙައްމަދުގެ
އަތުން ޅ. ކުރެންދޫ އޮފީހަށް ލިބިދިނުމުގެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ހުށަހެޅުމުން ފާދިއްޕޮޅު ނައިފަރު ކޯޓުން ބައްލަވައި ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއިގެ
މާޗް 2002 ގައި
0
<< O
ވެހިރާއްޖެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 933471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ
#
2{{39/HC-A/176
99
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ޅ. ކުރެންދޫ ކުޑަކަތީބު، ޅ.
ކުރެންދޫ/ނޫރާނީގެ އަޙްމަދު މުޙައްމަދު، ކުރެންދޫ އޮފީހުގެ ފައިސާގެ އެންމެހާ ކަންތައްތަކާ ޙަވާލުވެ.
ހުންނަވައިގެން ކުރެންދޫ ރައްޔިތުންގެ 3651/13 (ތިންހާސް ހަސަތޭކަ ފަންސާސް އެކެއް(ތޭރަލާރި)
ރުފިޔާއަށް ޚިޔާނާތްތެރިވުމުގެ އިތުރަށް ޅ. ކުރެންދޫ ރައްޔިތުންގެ އިންޖީނުގޭގެ ފައުންޑޭޝަން
ބުޑުއެޅުމަށް ރައްޔިތުން 04 ގުރޫޕަކަށް ބަހާލައިގެން ކުރި މަސައްކަތުން ގްރޫޕް 02 އަށް ލިބުނު -/600
(ހަސަތޭކަ) ރުފިޔާއާއި، ގްރޫޕް 03 އަށް ލިބުނު -/600 (ހަސަތޭކަ) ރުފިޔާއަށްވެސް ޒިންމާ
އުފުލާފައިވާތީ، އަޙްމަދު މުޙައްމަދުގެ އިޢުތިރާފުން ޚިޔާނާތުގެ ކުށް ސާބިތުވާކަމަށްޓަކައި، މިއީ އަޙްމަދު
އައްމަދުގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވި ފުރަތަމަ ފަހަރުކަމަށްވާތީ، ޚިޔާ ތެރިވުމު
ކުށުގެ
ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ޅ. ކުރެންދޫ ނޫރާނީގެ
އަޙްމަދު މުޙައްމަދު 06 (ހައެއް) މަސްދުވަހަށް އަރުވާލުމަށް ޙުކުމްކޮށް، އަޙްމަދު މުޙައްމަދު ޒިންމާ
އުފުލާފައިވާ -/1200 (ބާރަސަތޭކަ) ރުފިޔާ، މިއަދު 26 މެއި 2009 ދުވަހުން ފެށިގެން 01 (އެކެއް)
މަސްދުވަހުގެތެރޭ ޅ. ކުރެންދޫ އޮފީހަށް ދެއްކުމަށްވެސް ކުރެންދޫ ނޫރާނީގެ އަޙްމަދު މުޙައްމަދަށް އަންގާ"
ތުގެމަތިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
މުޙައްމަދުގެ
ޚިޔާނަe
ﷲ
2 22 22 2
2 20
އل$
22
2x
22 ތ ދ
އެއްޤަސނާޅަކމަށް
2. ފާދިއްޕޮޅު ނައިފަރު ކޯޓުގެ ނަންބަރު 2008/G2C/138 ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނު ބުނެ އަޙްމަދު މުޙައްމަދުގެ
ރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި 4 (ހަތަރެއް) ނުކުތާ ފާހަގަކޮށް،
އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ދ / 02
0
ފުރަތަމަ ނުކުތާއަކީ، އޯޑިޓް ރިޕޯޓުގެ 3 ވަނަ ނަންބަރުގެ (ނ) ގައި، 19 މެއި
2002 ގައި، ޅ. ކުރެންދޫ/ނަތީޖާ، އަޙްމަދު މުޙައްމަދަށް ޙަވާލުކުރައްވާފައިވާ -/20,000 (ވިހިހާސް)
ރުފިޔާއިން، -/19,892 (ނަވާރަހާސް އަށްސަތޭކަ ނުވަދިހަ ދޭއް) ރުފިޔާގެ ތަކެތިގަނެ ބާކީވި -/108
(ސަތޭކަ އަށެއް) ރުފިޔާއަށް ވީގޮތެއް ނޭނގޭކަމަށް ބުނާއިރު، 19 މެއި 2002 ގައި -/30,000
(ތިރީސް ހާސް) ރުފިޔާއާ ޙަވާލުވެފައިވަނީ ޅ. ކުރެންދޫ!ނިއުލައިފް ޢަބްދުލްވައްހާބު ޙުސައިންކަމަށް
"ތިޖޫރީ ބާކީ" ފޮތުން އެނގެން އޮންނާތީއާއި، އެފައިސާގެ ޒިންމާ އުފުލަންޖެހޭނީ އެފައިސާއަކާ
ޙަވާލުވެހުރި ފަރާތްކަމުގައިވާތީ، އެފައިސާގެ ޒިންމާ ޤާނޫނީ އަދި ޝަރުޢީ ހަމަތަކުގެމަތިން،
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: A16471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
44 235
=32
2{{39/HC-A/176
5 ޤަޟިއްޔާ ނިމުނު
.
ކުރެންދޫ|ނޫރާނީގެ އަޙްމަދު މުޙައްމަދު އުފުލަން ޖެހޭ ޙާލަތުގައި އޭނާގެ މައްޗަށް އެފައިސާގެ ޒިންމާ
އުފުލަންޖެހޭކަމަށް ޙުކުމް ކުރައްވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
OX
• ދެވަނަ ނުކުތާއަކީ، 14 އޮގަސްޓް 2002 ގައި "ހުއްދަދޭ ފޮތް" ގައި، ޅ.
ކުރެންދޫ ރައްޔިތުންގެ އިންޖީނުގެ ޢިމާރާތްކުރުމަށް ރައްޔިތުން ދައްކާފައިވާ ފައިސާގެ ތެރެއިން
ޢިމާރާތްކުރުމަށް ތަކެތި ގަތުމަށް ބޭނުންވާ ފައިސާ ޚަރަދުކުރުމަށް ހުއްދަދިންކަމަށް ޅ. ކުރެންދޫނޫރާނީގެ
އިބްރާހީމް ޙުސައިން ސޮއިކޮށްފައި އޮންނާތީއާއި، މާލެއިން ތަކެތި ގަނެފައިވާ ބިލެއް، އިބްރާހިމް
ޙުސައިންގެ ނަމުގައި ހަދާފައިވުމުން، އޯޑިޓް ރިޕޯޓުގެ 3 ވަނަ ނަންބަރުގެ (ނ) ގައި ބަޔާންކޮށްފައިވާ
-/2,439 (ދެހާސް ހަތަރުސަތޭކަ ތިރީސް ނުވައެއް) ރުފިޔާއަށް ޒިންމާވާންޖެހޭ ފަރާތަކީ އިބްރާހިމް
ޙުސައިންކަމާއި، އަދި މިފައިސާއާ ޅ. ކުރެންދޫނޫރާނީގެ އަޙްމަދު މުޙައްމަދު ޒިންމާވާން ނުޖެހޭ
ޙާލަތުގައި އޭނާ މިފައިސާއަށް ޒިންމާވާންޖެހޭނެކަމަށް ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
4 22
ހ22934 8
ޙަވާލުކުރެވެން
• ތިންވަނަ ނުކުތާއަކީ، ރައްޔިތުންގެ އިންޖީނުގޭގެ ޢިމާރާތްކުރުމަށް ބޮޑު އެޅުމުގެ
މަސައްކަތުގައި އުޅުނު ފަރާތްތަކަށް ދެގުރޫޕުން ދޭންޖެހޭ -/1,200 (ބާރަސަތޭކަ) ރުފިޔާ، ޅ.
ކުރެންދޫ ނޫރާނީގެ އަޙްމަދު މުޙައްމަދުއާ
އެފައިސާ، ބުޑުއެޅުމުގެ މަސައްކަތްކުރި
ފަރާތްތަކަށް
އޭނާ ރައްދުކޮށްފައިވާނޭކަމަށް ޝަރީޢަތުގެ މަޖިލީހުގައި
އެކަން
ސާބިތުކޮށްދިނުމަށްޓަކައި ތަކުރާރުކޮށް ފުރުޞަތަށް އެދުމުންވެސް އެފުރުސަތު ނުދެއްވައި، ޝަރުޢީ އަދި
ޤާނޫނީ އުސޫލުތަކާ ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ،
ޅ. ކުރެންދޫ/ނޫރާނީގެ، އަޙްމަދު މުޙައްމަދު ދައްކާފައިވާ
3651
/
13ރ. (ތިންހާސް ހަސަތޭކަ ފަންސާސް އެއް ރުފިޔާ ތޭރަލާރި) އަކީ، މަދުވެފައިވާ -/4,000
(ހަތަރުހާސް) ރުފިޔާގެ ތެރޭގައި ހިމެނޭ ފައިސާކަމަށްވާތީ، އެ -/4,000 (ހަތަރުހާސް) ރުފިޔާއާ
ޙަވާލުވެފައިވަނީ މޫސާ އަބޫބަކުރުކަމަށްވެފައި، މޫސާ އަބޫބަކުރު މިފައިސާ އިބްރާހިމް ޙުސައިންއަށް
ޙަވާލުކޮށްފައިވާނޭކަމަށް ބުނިނަމަވެސް އެކަން އޭނާއަށް ސާބިތުކޮށްދެވިފައިނުވާތީ، މިފައިސާ (-/4,000
(ހަތަރުހާސް) ރުފިޔާ) އަށް ޒިންމާވާންޖެހޭނީ މޫސާ އަބޫބަކުރު ކަމަށް ޅ. ނައިފަރު ކޯޓުން ޙުކުމް
ކުރައްވާފައިވުމުން، އަޙްމަދު މުޙައްމަދު ޅ. އަތޮޅު އޮފީހަށް ދައްކާފައިވާ 3651
/
13ރ. (ތިންހާސް
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 6471/
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
އކާތައް
443
2009}HC-A/176
مری
6 ޤަޟިއްޔާ ނިމުނު 1
ހަސަތޭކަ ފަންސާސް އެކެއް ތޭރަލާރި) ގެ ޒިންމާއިން އޭނާ ބަރީޢަވެފައިވާ ހިނދު
ސާބިތުވެފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ޖީދު 4 ﷲ
އޭނަގެ މައްޗަށް ކުށް
72 0.
3
138{G2C/2008
3. މި މައްސަލައާ ގުޅިގެން ފާދިއްޕޮޅު ނައިފަރު ކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު
ކުރަމުން އަޙްމަދު މުޙައްމަދުގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި،
އެވާހަކަތަކާ ގުޅިގެން މައްސަލަ ރައްދުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ކު
(ހ) ފުރަތަމަ ކަމަކީ، 19 ޖެނުއަރީ 2005 ގެ ތާރީޚުގައި ތައްޔާރުކޮށްފައިވާ
ނޭކުރެންދޫ ރައްޔިތުންގެ އިންޖީނުގޭގެ ފައިސާގެ ހިސާބުތައް ހުރިނެތްގޮތްތައް ބެލިބެލުމުގައި ފެނުނު ގޮތުގެ
ރިޕޯޓު" އަށް ބަލާއިރު، އެރިޕޯޓުގެ 3 ވަނަ ނަންބަރުގެ (ށ) ގައި، 19 މެއި 2002 ގައި
ތަކެތިގަތުމަށް، ޅ. ކުރެންދޫ ނަތީޖާ އަޙްމަދު މުޙައްމަދަށް ޙަވާލުކޮށްފައިވާ -/20,000 (ވިހިހާސް)
ރުފިޔާ އަށް ގެނައި ތަކެތީގެ ބިލުގެ ޖުމްލައަށްވަނީ -/19,892 (ނަވާރަހާސް އަށްސަތޭކަ ނުވަދިހަ ދޭއް)
ރުފިޔާކަމާއި، އެފައިސާއިން ތަކެތިގަނެ ބާކީވި -/108 (ސަތޭކަ އަށެއް) ރުފިޔާއަށް ވެފައިވާގޮތެއް
ލިޔެކިޔުންތަކުން އެނގެން ނެތްކަމަށް ބަޔާންކޮށްފައިވާކަމާއި، 19 މެއި 2002 ގައި، ތިޖޫރިން
-/30,000 (ތިރީސް ހާސް) ރުފިޔާ ނަގާފައިވަނީ ކުރެންދޫ!ނިއުލައިފް ޢަބްދުލްވައްހާބު
ޙުސައިންކަމަށް "ތިޖޫރީ ބާކީ" ފޮތުން އެނގެން އޮތް ކަމުގައިވީނަމަވެސް، އިސްވެދެންނެވުނު 19 މެއި
2002 ގައި ތަކެތިގަތުމަށް، ކުރެންދޫ ނަތީޖާ އަޙްމަދު މުޙައްމަދުއާ ޙަވާލުކުރައްވާފައިވާ -/20,000
ވިހިހާސް) ރުފިޔާގެ ތެރެއިން ބާކީގެ ގޮތުގައި ޅ. ކުރެންދޫ އޮފީހަށް ލިބެންޖެހޭ -/108 (ސަތޭކަ
އަށެއް) ރުފިޔާ އޮފީހަށް ލިބިފައިނުވަނީ އަޙްމަދު މުޙައްމަދުގެ އިހްމާލުންކަމަށާއި، އެފައިސާއަކީ އަޙްމަދު
މުޙައްމަދު ޒިންމާ ވާންޖެހޭ ފައިސާއެއްކަމަށް، 3 އެޕްރީލް 2006 ގެ ތާރީޚުގައި ފާދިއްޕޮޅު އަތޮޅު
އޮފީހަށް އަޙްމަދު މުޙައްމަދު ދީފައިވާ ބަޔާނުގައާއި، 22 އެޕްރީލް 2009 ގައި ފާދިއްޕޮޅު ނައިފަރު
ކޯޓަށް އަޙްމަދު މުޙައްމަދު ދީފައިވާ ބަޔާނުގައި ބުނެ، އެކަމަށް އިޢުތިރާފުވެފައިވާކަމާއި، 8 މެއި 2006
ގައި އަތޮޅު އޮފީހަށް އަޙްމަދު މުޙައްމަދު އެފައިސާ އަނބުރާ ދައްކާފައިވާކަން އެނގެން އޮންނަކަމާއި،
އެހެންކަމުން އެފައިސާއަށް ޒިންމާވާންޖެހޭނީ ޅ. ކުރެންދޫނިއުލައިފް ޢަބްދުލްވައްހާބު ޙުސައިންކަމަށްs
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 8316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2{{39/HC-A/176
کی عمری
=32
7 ޤަޟިއްޔާ ނިމުނު "
އަޙްމަދު މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނިނަމަވެސް، އެފައިސާ ރަށުއޮފީހަށް
ހަމައަށް ނުލިބުމުގެ ޒިންމާއިން އަޙްމަދު މުޙައްމަދަށް ބަރީއަނުވެވޭނެކަމެވެ.
ރައްޔިތުންގެ
· 3
(ށ) ދެވަނަ ކަމަކީ، 14 އޮގަސްޓް 2002 ގައި، ޅ. ކުރެންދޫ ރައްޔި
އިންޖީނުގެ ޢިމާރާތްކުރުމަށް ރައްޔިތުން ދައްކާފައިވާ ފައިސާގެ ތެރެއިން ޢިމާރާތްކުރުމަށް ތަކެތި ގަތުމަށް
ބޭނުންވާ -2,4391 (ދެހާސް ހަތަރުސަތޭކަ ތިރީސް ނުވައެއް) ޚަރަދުކުރުމަށް ހުއްދަދީ، "ހުއްދަދޭ ފޮތް"
ގައި ސޮއިކޮށްފައިވަނީ ޅ.
ކުރެންދޫ ކަތީބު، ޅ. ކުރެންދޫ!ނޫރާނީގެ އިބްރާހީމް ޙުސައިން
ކަމުގައިވީނަމަވެސް، މިމައްސަލައާގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިހުރި ލިޔެކިއުންތަކަށް ބަލާއިރު،
މިދުވަސްވަރު ޅ. ކުރެންދޫ އޮފީހުގައި ހުރި ފައިސާއާބެހޭ އެންމެހާ ކަންތައްތައް ޤަވާޢިދުން ބެލެހެއްޓުމަކީ
އަޙްމަދު މުޙައްމަދުގެ ޒިންމާގެ ތެރޭގައި ހިނެމޭ ކަމެއްކަން އެނގެން އޮންނަކަމާއި، ރައްޔިތުންގެ
އިންޖީނުގެ ޢިމާރާތްކުރުމަށް ބޭނުންވާ ތަކެތި ގަތުމަށް ހުއްދަ ދެވުނު އިސްވެ ދެންނެވުނު ފައިސާ، ތަކެތި
ގަތްފަރާތާ ޙަވާލުކުރެވިފައިވަނީ ޤަވާޢިދުން ފޮތުގައި ލިޔެފައި ނޫންކަމާއި، އެފައިސާއިން ގަނެވުނީ ޖުމްލަ
-/2,209 (ދެހާސް ދުއިސައްތަ ނުވައެއް) ރުފިޔާގެ ތަކެތިކަމާއި، އެތަކެތި ގަތުމަށްފަހު ބާކީވާ -/230
(ދުއިސައްތަ ތިރީސް) ރުފިޔާ އަށްވެފައިވާ ގޮތެއް ލިޔެކިޔުމުން އެނގެން ނެތްކަމާއި، މިފައިސާއަކީ
އޮފީހަށް އަނބުރާ ލިބިފައިވާ ފައިސާއެއް ނޫންކަމާއި، މިފައިސާ ޙަވާލުކުރެވިފައިވަނީވެސް އެކަމަށް
ހަމަޖެހިފައިވާ ޤަވާޢިދުތަކާ އެއްގޮތަށް ނޫންކަމަށްވާތީ، އެފައިސާއަކީ އަޙްމަދު މުޙައްމަދު ޅ. ކުރެންދޫ
އޮފީހަށް އަނބުރާ ދައްކަންޖެހޭ ފައިސާއެއްކަމަށް 3 އެޕްރީލް 2006 ގެ ތާރީޚުގައި ފާދިއްޕޮޅު އަތޮޅު
އޮފީހަށް އަޙްމަދު މުޙައްމަދު ދީފައިވާ ބަޔާނުގައި ބުނެފައިވާކަމާއި، މިފައިސާއަކީ އަޙްމަދު މުޙައްމަދުގެ
އިހްމާލުން މަދުވެފައިވާ ފައިސާކަމަށާއި، މިފައިސާއަކީ އަޙްމަދު މުޙައްމަދު ޒިންމާ ވާންޖެހޭ
ފައިސާއެއްކަމަށް ބުނެ، 22 އެޕްރީލް 2009 ގައި ފާދިއްޕޮޅު ނައިފަރު ކޯޓަށް އަޙްމަދު މުޙައްމަދު
ދީފައިވާ ބަޔާނުގައި އެކަމަށް އިޢުތިރާފުވެފައިވާކަމާއި، 8 މެއި 2006 ގައި އަތޮޅު އޮފީހަށް އަޙްމަދު
މުޙައްމަދު އެފައިސާ އަނބުރާ ދައްކާފައިވާކަން އެނގެން އޮންނަކަމާއި، އެހެންކަމުން އެފައިސާއަށް
ޒިންމާވާންޖެހޭނީ އިބްރާހިމް ޙުސައިންކަމަށް، އަޙްމަދު މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި
ބުނިނަމަވެސް، އެފައިސާ މަދުވެފައިވާކަމުގެ ޒިންމާއިން އަޙްމަދު މުޙައްމަދަށް ބަރީޢަނުވެވޭނެކަމެވެ.
(ނ) ތިންވަނަ ކަމަކީ، ރައްޔިތުންގެ އިންޖީނުގޭގެ ޢިމާރާތްކުރުމަށް ބުޑު އެޅުމުގެ
މަސައްކަތުގައި އުޅުނު ފަރާތްތަކަށް ދެގުރޫޕުން ދޭންޖެހޭ -/1,200 (ބާރަސަތޭކަ) ރުފިޔާ،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ނެމެ29
44 35 23
2{{39/HC-A/176
8 ޤަޟިއްޔާ ނިމުނު
کی مرکی
ދެވެ
ތި 33
3
13
އވާ
22
0 ދ ތތ
ފިރތކަށް
/ އއ0 2
04 04
ޅ. ކުރެންދޫ ނޫރާނީގެ އަޙްމަދު މުޙައްމަދުއާ ވާލުކުރުމުން އެފައިސާ، ބުޑުއެޅުމުގެ މަސައްކަތްކުރި
އޭނާ ރައްދުކޮށްފައިވާނޭކަމަށް ޝަރީޢަތުގެ މަޖިލީހުގައި ބުނެ، އެކަން
ސާބިތުކޮށްދިނުމަށްޓަކައި ތަކުރާރުކޮށް ފުރުޞަތަށް އެދުމުންވެސް އެފުރުޞަތު ނުދެއްވައި، ޝަރުޢީ އަދި
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު، 22 އެޕްރީލް 2009 ގައި ފާދިއްޕޮޅު
ނައިފަރު ކޯޓަށް އަޙްމަދު މުޙައްމަދު ދީފައިވާ ބަޔާނަށާއި 19 މެއި 2009 ގައި ފާދިއްޕޮޅު ނައިފަރު
ކޯޓަށް އަޙްމަދު މުޙައްމަދު ދީފައިވާ ބަޔާނަށް ބަލާއިރު، ރައްޔިތުންގެ އިންޖީނުގޭގެ ޢިމާރާތްކުރުމަށް ބުޑު
އެޅުމުގެ މަސައްކަތުގައި އުޅުނު ފަރާތްތަކަށް ދެގުރޫޕުން ދޭންޖެހޭ -/1,200 (ބާރަސަތޭކަ) ރުފިޔާ،
އެގްރޫޕްތަކުގެ ލީޑަރުން އަޙްމަދު މުޙައްމަދުއާ ޙަވާލުކޮށްފައިވާކަމަށާއި އަދި އެފައިސާ އޭގެ ޙައްޤުވެރިންނާ
އަޙަމްދު މުޙައްމަދު ޙަވާލުކޮށްފައިވާކަމަށް ބަޔާންކޮށްފައިވާކަމާއި، އެހެންނަމަވެސް، އެފައިސާ ލިބެންވާ
ފަރާތްތަކާ ޙަވާލުވިކަން ސާބިތުކޮށްދިނުމުގެ ގޮތުން އިތުރު ފުރުޞަތަކަށް އެދިފައިވާކަން، މައްސަލައާ
ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން ނެތްކަމާއި، އަދި މިމައްސަލައާ ގުޅިގެން
ޝަރީއަތުން ނަންގަވާފައިވާ ބަޔާންތަކަށާއި ރިޢާޔަތްކުރައްވާފައިވާ ލިޔެކިޔުމަށް ބަލާއިރު، ޅ. ކުރެންދޫ
ރައްޔިތުންގެ އިންޖީނުގެ އެޅުމުގެ މަސައްކަތުގައި ބައިވެރިވި އެއްވެސް ފަރާތަކުން، އިސްވެދެންނެވިފައިވާ
-/1,200 (ބާރަސަތޭކަ) ރުފިޔާ އަޙްމަދު މުޙައްމަދުގެ އަތުން ލިބިފައިވާކަމަށް ބުނެފައި ނުވާކަމާއި،
އަދި، މިމައްސަލައާ ގުޅިގެން ފާދިއްޕޮޅު ނައިފަރު ކޯޓަށް އަޙްމަދު މުޙައްމަދު
ދީފައިވާ، އިސްވެ ދެންނެވުނު ބަޔާންތައް ދިނުމަށްފަހު، 25 މެއި 2009 ގެ ތާރީޚުގައި، މިމައްސަލަ
ބައްލަވަމުން ގެންދެވި ފަނޑިޔާރަށް އެޑްރެސްކޮށް ފާދިއްޕޮޅު ނައިފަރު ކޯޓަށް އަޙްމަދު މުޙައްމަދު
ސިޓީއެއް ފޮނުވާފައިވާކަން އެނގޭކަމާއި، އެސިޓީގައި، ރައްޔިތުންގެ އިންޖީނުގޭގެ ޢިމާރާތްކުރުމަށް ބުޑު
އެޅުމުގެ މަސައްކަތުގައި އުޅުނު ފަރާތްތަކަށް ދެގުރޫޕުން ދޭންޖެހޭ -/1,200 (ބާރަސަތޭކަ) ރުފިޔާ،
އެގްރޫޕްތަކުގެ ލީޑަރުން އަޙްމަދު މުޙައްމަދުއާ ޙަވާލުކޮށްފައިވާކަމަށް 22 އެޕްރީލް 2009 ގައި ފާދިއްޕޮޅު
ނައިފަރު ކޯޓަށް އަޙްމަދު މުޙައްމަދު ދީފައިވާ ބަޔާނުގައި ވެފައިވާ އިޢުތިރާފު އަނބުރާ ގެންނަ
ބޭނުންކަމަށާއި، އެފައިސާ އަޙްމަދު މުޙައްމަދުއަށް ލިބިފައިވާކަމަށް ޝަރީޢަތުގެ މަޖިލީހުގައި
ބުނެވިފައިވަނީ، އެދުވަހުގެ ޝަރީޢަތުގެ މަޖިލީހުގައި އެގޮތަށް ބުނެދިނުމަށް ޢަބްދުލްވައްހާބް ޙުސައިން
އަޙްމަދު މުޙައްމަދު ކައިރީގައި ބުނުމުންކަމަށާއި، މައްސަލައިގެ ޙުކުމް ކުރުމުގެ ކުރިން، އެކަން ދަންނާނޭ
ހެކިން ހުށަހެޅުމުގެ ފުރުސަތު ދެއްވުމަށް ކޯޓުގެ ކިބައިން އަޙްމަދު މުޙައްމަދު އެދިފައިވާކަމާއި، އަޙްމަދު
މުޙައްމަދުގެ މިސިޓީއާ ގުޅިގެން އިތުރު ބާއްވާފައިނުވާކަމާއި،
އެހެންނަމަވެސް، އަޙްމަ
އަޙްމަދު
ހ2 24
44
އަޑުއެހުމެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2x 9
83
=32
2{{39/HC-A/176
کی مرگی
24 2
ޤަޟިއްޔާ ނިމުނު "
މުޙައްމަދުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކަންކަމަށް ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފު ވެފައިވާ
ޙާލު، އަދި އަޙްމަދު މުޙައްމަދު ބަލައިގަތްކަމަށް އަޙްމަދު މުޙައްމަދު އިޢުތިރާފުވެފައިވާ ފައިސާ ލިބެންޖެހޭ
ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން އެފައިސާ ލިބިފައިވާކަމަށް ޝަރީއަތުގެ މަޖިލީހުގައި ބުނެފައި
ނުވާ ޙާލު، އަޙްމަދު މުޙައްމަދުގެ އިސްވެ ދެންނެވުނު ސިޓީގައި އެދިފައިވާ ގޮތުގެމަތިން އަޙްމަދު
މުޙައްމަދަށް އިތުރު ފުރުސަތެއް ނުދިނުމަކީ، ހަމައެކަނި އެކަމުގެ މައްޗަށް ބަލައި ފާދިއްޕޮޅު ނައިފަރު
ކޯޓުން ކުރައްވާފައިވާ ޙުކުމް ބާޠިލުކުރަންޖެ
ފިކުރަންޖެހޭ ވަރުގެ ކަމެއް ނޫންކަމެވެ.
0
2
0
2
ދތނގެ
(ރ) ހަތަރުވަނަ ކަމަކީ، ޅ. ކުރެންދޫ ރައްޔިތުން އިންޖީނުގެ ހެދުމަށް އެއްކުރެވުނު
ފައިސާގެތެރެއިން އަޙްމަދު މުޙައްމަދުގެ އިހްމާލުން މަދުވެފައިވާކަމަށް އިޢުތިރާފުވެ ފާދިއްޕޮޅު އަތޮޅު
އޮފީހަށް އަޙްމަދު މުޙައްމަދު ދައްކާފައިވާ 3651
/
13ރ. (ތިންހާސް ހަސަތޭކަ ފަންސާސް
އެކެއް(ތޭރަލާރި) އަކީ، މިމައްސަލައާގުޅިގެން ޅ. ކުރެންދޫގްރީން ހައުސް މޫސާ އަބޫބަކުރު
ޒިންމާވާންޖެހޭކަމަށް ފާދިއްޕޮޅު ނައިފަރު ކޯޓުން ކަނޑައަޅާފައިވާ -!4,000 (ހަތަރުހާސް) ރުފިޔާގެ
ތެރޭގައި ހިމެނޭ ފައިސާކަމަށާއި، އެހެންކަމުން ފާދިއްޕޮޅު އަތޮޅު އޮފީހަށް އަޙްމަދު މުޙައްމަދު ދައްކާފައިވާ
3651
/
13ރ. (ތިންހާސް ހަސަތޭކަ ފަންސާސް އެކެއް(ތޭރަލާރި) އަށް އަޙްމަދު މުޙައްމަދު ޒިންމާ
ނުކުރެވޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އަޙްމަދު މުޙައްމަދުގެ ފަރާތުން
ބުނެފައިވީނަމަވެސް، އަޙްމަދު މުޙައްމަދުގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވާކަމަށް ފާދިއްޕޮޅު ނައިފަރު
ކޯޓުން ނިންމަވާފައިވަނީ، ޅ. ކުރެންދޫ ރައްޔިތުންގެ އިންޖީނުގެ އެޅުމަށް އެއްކުރެވުނު ފައިސާގެ
ތެރެއިން މަދުވެފައިވާ ޖުމްލަ 3651
/
13ރ. (ތިންހާސް ހަސަތޭކަ ފަންސާސް އެކެއް(ތޭރަލާރި)
މަދުވެފައިވަނީ އަޙްމަދު މުޙައްމަދުގެ އިހްމާލުންކަމަށް އަޙްމަދު މުޙައްމަދު އިޢުތިރާފުވެފައިވާތީ،
އެއިޢުތިރާފުގެ މައްޗަށް ބިނާކޮށްކަން އެނގޭކަމާއި، އަދި މިފައިސާ ގެތެރޭގައި، ޅ. ކުރެންދޫ!ގްރީން
ހައުސް މޫސާ އަބޫބަކުރު ޒިންމާވާންޖެހޭކަމަށް ފާދިއްޕޮޅު ނައިފަރު ކޯޓުން ކަނޑައަޅާފައިވާ -/4,000
(ހަތަރުހާސް) ރުފިޔާގެ ތެރޭގައި ނުހިމެނޭ، ރައްޔިތުންގެ އިންޖީނުގޭގެ ޢިމާރާތްކުރުމަށް ބުޑު އެޅުމުގެ
މަސައްކަތުގައި އުޅުނު ފަރާތްތަކަށް ދެގުރޫޕުން ދޭންޖެހޭ -/1,200 (ބާރަސަތޭކަ) ރުފިޔާއާއި،
ރައްޔިތުންގެ އިންޖީނުގެ ޢިމާރާތްކުރުމަށް ތަކެތި ގަތުމަށް ޅ. ކުރެންދޫ!ނަތީޖާ އަޙްމަދު މުޙައްމަދުއާ
ޙަވާލުކުރައްވާފައިވާ -/20,000 (ވިހިހާސް) ރުފިޔާގެ ތެރެއިން ބާކީގެ ގޮތުގައި ޅ. ކުރެންދޫ އޮފީހަށް
ލިބެންޖެހޭ -/108 (ސަތޭކަ އަށެއް) ރުފިޔާއާއި، ރައްޔިތުންގެ އިންޖީނުގެ ޢިމާރާތްކުރުމަށް ތަކެތި
ގަތުމަށް ދޫކުރެވުނު -/2439 (ދެހާސް ހަތަރުސަތޭކަ ތިރީސް ނުވައެއް) ރުފިޔާގެތެރެއިން ތަކެތި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު "
2{{39}HC-A16
ދެވެ
ގަތުމަށްފަހު ބާކީ -/230 (ދުއިސައްތަ ތިރީސް) ރުފިޔާވެސް ހިމެނޭކަމާއި، އެހެންކަމުން ފާދިއްޕޮޅު
އަތޮޅު އޮފީހަށް އަޙްމަދު މުޙައްމަދު ދައްކާފައިވާ 3651
/
13ރ. (ތިންހާސް ހަސަތޭކަ ފަންސާސް
އެކެއް ތޮރަލާރި) އަކީ، މިމައްސަލައާގުޅިގެން ޅ. ކުރެންދޫގްރީން ހައުސް، މޫސާ އަބޫބަކުރު
ޒިންމާވާންޖެހޭކަމަށް ފާދިއްޕޮޅު ނައިފަރު ކޯޓުން ކަނޑައަޅާފައިވާ -/4,000 (ހަތަރުހާސް) ރުފިޔާގެ
ތެރޭގައި ހިމެނޭ ފައިސާކަމަށް ބެލެވެން ނެތްކަމެވެ.
(ބ) ފަސްވަނަ ކަމަކީ، މިމައްސަލައިގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު،
އަޙްމަދު މުޙައްމަދުގެ މައްޗަށް ފާދިއްޕޮޅު ނައިފަރު ކޯޓުގައި ކުރެވިފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލް
އުޤޫބާތުގެ ޗެޕްޓަރ 4 ގެ 131 ވަނަ މާއްދާގެ (ހ) ދަށުން ޚިޔާނާތްތެރިވުމުގެ
ރިވުމުގެ ދަޢުވާކަން އެނގޭކަމާއި،
އެޤާނޫނުގެ 149 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު، މީހަކާ ޙަވާލުކުރެވިފައިވާ މުދަލެއް ހަމައަށްހުރިތޯ
ބަލާއިރު، އެމުދާ ހުންނަންވީ ވަރަށް ނެތިފައި، އެމުދާ ބަލަހައްޓަންޖެހިފައިވާ ޤަވާޢިދާ ޚިލާފުވެފައިވާކަން
ސާބިތުވުމާއެކު، އެމުދާ މަދުވާންޖެހުނުގޮތެއް ސާބިތުކޮށް ނުދެވޭނަމަ ބެލެވޭނީ ޚިޔާނާތްތެރިވީ ކަމުގައެވެ"
ކަމަށް ބަޔާންކޮށްފައިވާކަން އެނގޭކަމާއި، އެހެންކަމުން، އަޙްމަދު މުޙައްމަދުގެ ވަޒީފާގެ ޙައިސިއްޔަތުން
އޭނާއާ ޙަވާލުކުރެވިފައިހުރި، ޅ. ކުރެންދޫ ރައްޔިތުންގެ އިންޖީނުގެ ހެދުމަށް އެއްކުރެވުނު ޖުމްލަ
2,030,842
/
58ރ. (ދެމިލިއަން ތިރީސްހާސް އަށްސަތޭކަ ސާޅިސް ދެރުފިޔާ ފަންސާސްއަށް ލާރި) ގެ
ތެރެއިން އެކިކަންކަމަށް ޚަރަދުކުރުމަށްފަހު ބާކީވި 41,349
/
66ރ. (ސާޅީސް އެއްހާސް ތިންސަތޭކަ
ސާޅީސް ނުވަ ރުފިޔާ ފަސްދޮޅަސްހައެއް ލާރި) ގެ ތެރެއިން އުނިވެފައިވާ 3,313
/
13 (ތިންހާސް
ތިންސަތޭކަ ތޭރަ ރުފިޔާ ތޭރަ ލާރި) މަދުވާންޖެހުނު ގޮތެއް، ފައިސާ ޙަވާލުވެގެން ހުރި އަޙްމަދު
މުޙައްމަދަށް ސާބިތުކޮށްދެވިފައި ނުވާކަމާއި، އަދި، އެފައިސާ މަދުވެފައިވަނީ އަޙްމަދު މުޙައްމަދުގެ
އިހްމާލުންކަމަށް އޭނާ އިޢުތިރާފުވެ އެފައިސާ އަނބުރާ ދައްކާފައިވާކަމާއި، އެހެންކަމުން މިޙާލަތަކީ
ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ
ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ،
ންނެވިފައިވާ ޚިޔާނާތުގެ މާނައިގެ ތެރޭގައި ހިމެނޭ
149
2
4
2 ބ 2
39
އ ހ ޑއ ދ ތތ ހ ކ 0 42ތ 24
ނޭ ޙާލަތެއްކަމަށް ބަލަންޖެހޭކަމެވެ"
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ފާދިއްޕޮޅު ނައިފަރު ކޯޓުގެ
ނަންބަރު 2008/G2C/138 ޤަޟިއްޔާގައި އަޙްމަދު މުޙައްމަދުގެ މައްޗަށް ކުރައްވާފައިވާ ޙުކުމަށް
ބަދަލުގެންނަޖެހޭ އެއްވެސް
އޮތްކަމަކަށް މި މައްސަލަބެލި ދިވެހިރާއްޖޭ ހައިކޯޓުގެ
ފަނޑިޔާރުންގެ މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [33847
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
11 ޤަޟިއްޔާ ނިމުނު ގޮތު
2{{39}HC-A16
مری معلمي *
ހދ 30
22
2
18ނނުވާނެ
(24 މި
ހެރެވެއެވެ
• ޙުކުމް
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ގޮތަށް އެކު، ފާދިއްޕޮޅު ނައިފަރު ކޯޓުގެ ނަންބަރު 2008/G2C/138
ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކުރައްވާފައިވާ
ބަލާނެ ތަނެއް އޮތްކަމަށް ނުފެންނަކަމަށް، މައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، ފާދިއްޕޮޅު ނައިފަރު ކޯޓުގެ ނަންބަރު
2008/G2C/138 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
432
2 ހދ8
މިޤަޟިއްޔާ ބަލާ ޙުކުމްކުރީ:
ޢައްބާސް ޝަރީފް
ފަނޑިޔާރު)
އަޙްމަދު ޝަރީފް
އިސްފަނޑިޔާރު)
ޢަލީ ސަމީރު
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv