ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/145 ޤަޟިއްޔާގެ ޙުކުމް
1 އިޖްރާއީ ނިންމުން
2010/HC-A/145
بماند از مراسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ވެ
އިޖްރާއީ ނިންމުން
• ޤަޟިއްޔާ ނަންބަރު: 145/HC-A/2010
މައްސަލަ ހުށަހެޅި ފަރާތް:
* ނަން: ޙުސައިން ޝަމީމް
* ދާއިމީ އެޑްރެސް: ހ، ޝޭޑީކޯނަރ، މާލެ
* މިހާރުގެ އެޑްރެސް: ހ. “ޑީކޯނަރ، މާލެ
• މައްސަލަ ރައްދުވާ ފަރާތް:
ނަން: މިނިސްޓްރީ އޮފް ހިޔުމަން ރިސޯސަސް ،ޔޫތް އެންޑް ސްޕޯރޓްސް | އެޓާރނީޖެނެރަލްގެ އޮފީސް
އެޑްރެސް: ހުރަވީ ބިލްޑިންގް 3 ވަނަ ފަންގިފިލާ ، މާލެ
މިހާރުގެ އެޑްރެސް:
*
ރަޖިސްޓްރީކުރެވުނު ތާރީޚް: 27 ޖޫން 2010
ނިމުނު ތާރީޚް: 03 އޭޕްރީލް 2012
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ
* ނަންބަރު:2007/MC/692
ނިންމެވި ކޯޓު: މަދަނީ ކޯޓު
* ނިންމެވި ތާރީޚް: 30 އޭޕްރީލް 2008
މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު އަޙްމަދު ޝަރީފް، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ ހައިކޯޓް،އްބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން:3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2010/HC-A/145
އިޖްރާއީ ނިންމުން
އިޖްރާއީ ނިންމުން:
މިނިސްޓްރީ އޮފް ހިޔުމަން ރިސޯސަސް، ޔޫތް އެންޑް ސްޕޯޓްސް | އެޓަރނީ ޖެނެރަލްގެ
އޮފީހުގެ މައްޗަށް ދަޢުވާ ރައްދުވާ ގޮތަށް ހ. ޝޭޑީކޯނަރ ޙުސައިން ޝަމީމު، ދިވެހިރާއްޖޭގެ ހައިކޯޓަށް
އިސްތިއުނާފުކޮށްފައިވާ މަދަނީ ކޯޓުގެ ނަންބަރު 2007/MC/692 ޤަޟިއްޔާގެ މައްސަލަ (މިކޯޓުގެ ނަންބަރު
145/HC
-
A/2010 ޤަޟިއްޔާ) އިސްތިއުނާފަށް ހުށަހެޅުމުން، މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ދެވަނަ
ފަހަރަށް ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން ބާޠިލް ކުރާ މައްސަލައެއް އިސްތިއުނާފަށް ހުށަހެޅުމަށް
އޮންނަ މުއްދަތު ފާއިތުވީފަހުން ކަމަށާއި މިމައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަނެ ހިންގޭނެ
މައްސަލައެއްނޫންކަމަށް ދައުލަތުގެ ފަރާތުންބުނެ ހުށަހަޅާފައިވާ އިޖުރާއީ ނުކުތާއާ ގުޅޭ ގޮތުން ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު،
އެދުވަސްވަރު ޢަމަލުކުރެވެމުން ދިޔަ ހައިކޯޓުގެ ޤަވާޢިދު 2008 ގެ 11 ވަނަ މާއްދާގެ
(ހ) ގެ ދަށުން ބާޠިލް ކުރެވިފައިވާ ދަޢުވާއެއް އަލުން ހުށަހަޅާނަމަ، ބާޠިލްކުރި ތާރިހުން ފެށިގެން 30
(ތިރީސް) ދުވަހުގެ ތެރޭގައި ހުށަހެޅިދާނެކަމަށާއި، އެމުއްދަތުގެ ތެރޭގައި ހުށަނާޅައިފިނަމަ، އެދަޢުވާއެއް ދެވަނަ
ފަހަރަށް ހައިކޯޓުން ބަލައި ނުދެވޭނެކަމަށް އެޤަވާޢިދުގެ 11 ވަނަ މާއްދާގެ (ށ) ގައި ސާފު އިބާރާތުން
ބަޔާންކޮށްފައި އޮންނައިރު،
ޝަމީމަށް 18
ނޮވެމްބަރ
މަދަނީ ކޯޓުގެ ނަންބަރު 2007/MC/692 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ޝޭޑީ ކޯނަރ ޙުސައިން ޝަމީމު ހުށަހެޅި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 225/HC
-
A/2008
ޤަޟިއްޔާގައި ބެލި މައްސަލަ 26 އޮކްޓޯބަރ 2009 ގައި ބާޠިލްކޮށްފައިވަނީ އެދުވަސްވަރު ޢަމަލުކުރަމުން
ދިޔަ ހައިކޯޓުގެ ޤަވާޢިދުގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަމަށްވެފައި، އަދި އެކަން ޙުސައިން
2009 ގައި އަންގާފައިވާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
HC
-
B1
/
2009
/
14 ދަޢުވާފޯމު ބާޠިލް ކުރިކަން އެންގި ލިޔުމުން އެނގެން އޮންނާތީއާއި، މިހާރު ހިނގަމުން
މިދާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 115/HC-A/2010 ޤަޟިއްޔާއަކީ، އެދުވަސްވަރު ޢަމަލުކުރަމުން
ދިޔަ ހައިކޯޓުގެ ޤަވާޢިދުގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާޠިލްކުރާ މައްސަލައެއް ހުށަހެޅުމަށް
އެމާއްދާގެ (ށ) ގެ ދަށުން ދެވިފައިވާ މުއްދަތު ފާއިތުވީފަހުން ހުށަހެޅިފައިވާ މައްސަލައެއްކަން އެނގޭތީއާއި،
އެމުއްދަތު ފާއިތުވުމަށްފަހު އެމާއްދާގެ ދަށުން ބާޠިލްކޮށްފައިވާ މައްސަލައެއް ބަލައި ހިންގުމުގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2010/HC-A/145
އިޖްރާއީ ނިންމުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދު 2008 ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިގެން ނުވާތީ، މިނިސްޓްރީ
އޮފް ހިޔުމަން ރިސޯސަސް، ޔޫތް އެންޑް ސްޕޯޓްސް | އެޓަރނީ ޖެނެރަލްގެ އޮފީހުގެ މައްޗަށް ދަޢުވާ ރައްދުވާ
ގޮތަށް ޝޭޑީ ކޯނަރ ޙުސައިން ޝަމީމު، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ، މިކޯޓުގެ ނަންބަރު
15/HC
-
A/2010 ޤަޟިއްޔާގައި ބަލަމުންދާ މައްސަލަ، މިކޯޓުގައި އިތުރަށް ކުރިއަށް ގެންދާނެ
ތަނެއްނެތްކަމަށް މި މައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ކަނޑައަޅައިފީމެވެ.
14
ހައިކޯa
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް،އްބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv