ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/278 ޤަޟިއްޔާގެ ޙުކުމް
ޤާވެ، ދިވެހިރާއްޖެ
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/278
އަAu
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 278/HC
-
A/2014
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: އާދަމް އިބްރާހީމްކޮއި
ދާއިމީ އެޑްރެސް: ހާވިލާގެ/ ޅ. ހިންނަވަރު
އައި.ޑީ.ކާޑު ނަންބަރު: A085111
މިހާރުގެ އެޑްރެސް: މ. ސްޓާރލައިޓް/ މާލެ
ބަދަލުގައި: އދ. ޢަބްދުލްޙަކީމް މުޙައްމަދު ރަޝާދު، މއ. ކެލާގެއާގެ/ މާލެ
0
*
k
*
އިސްތިއުނާފު ރައްދުވި ފަރާތްތައް:
1. * ނަން: ލަޠީފާ މޫސާ
ދާއިމީ އެޑްރެސް: މ. ހުދުކަނީރުގެ| މާލެ
އައި.ޑީ.ކާޑު ނަންބަރު: A047668 މިހާރުގެ އެޑްރެސް: ލ. ހުދުކަނީރުގެ މާލެ
ބަދަލުގައި: ޙުސައިން ޝިފާއު، މ. ހުދުކަނީރުގެ/ މާލެ
2. * ނަން: އަމީނާ މޫސާ
ދާއިމީ އެޑްރެސް: ވަނޮޅު{ މާލެ
އައި.ޑީ.ކާޑު ނަންބަރު: A039923
މިހާރުގެ އެޑްރެ
މ. ވަނޮޅު| މާލެ
* ބަދަލުގައި: ޢަދުނާން ޙުސައިން، މ. ވަނޮޅު މާލެ
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 08 ޛުލްޙިއްޖާ 1435 ނިމުނު ތާރީޚް: 26 މުޙައްރަމް 1436
02 އޮކްޓޯބަރ 2014
19 ނޮވެމްބަރ 2014
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cv-C/1209
ނިންމެވި ކޯޓު: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: މުދަލާއި ތަކެތި ހޯދުން
• ޤަޟިއްޔާ ހުށަހެޅުން ތާރީޚް: 01 ޖުލައި 2012
ޤަޟިއްޔާ ނިމުނު ތާރީޚް: 29 އޭޕްރިލް 2014
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރުގެ އަޒްމިރާލްދާ ޒާހިރު
0
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
8 ކަމަށްބުނެ
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/278
ދަޢުވާގެ ޚުލާޞާ
1209/Cv-C/2012
0 =ހ8
ce O
މިއީ، ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާ
އެކޯޓުން
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
އެޤަޟިއްޔާ
އިސްތިއުނާފުކޮށްދިނުމަށް އެދި، ޅ. ހިންނަވަރު، ހާވިލާގެ އާދަމް އިބްރާހީމްކޮއިގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތްތަކަކީ ހުދުކަނީރުގެ ލަޠީފާ މޫސާއާއި
މ. ވަނޮޅު އަމީނާ މޫސާއެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
4284
1. ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1209 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާ
ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި،
ޅ. ހިންނަވަރު، ހާވިލާގެ އާދަމް އިބްރާހީމްކޮއިގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
އއޤީށް
*2
2. ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1209 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ، ސްޓާރލައިޓް | މާލެ، އަޙްމަދު ޤާސިމްގެ ގޯތިކަމުގައިވާ ސްޓާރލައިޓް
އެވެކިޔުނު ގޯތި ދެބައިކޮށް، ހެކިންގެ ޙާޟިރުގައި، އެތަނުން އެއްބައިގައިވާ އެންމެހައި ޢިމާރާތްތަކާއި،
ވަޅުފަދަތަންތަން ޅ.
ހިންނަވަރު | ހާވިލާގެ، އާދަމް އިބްރާހީމްކޮއި އަށް ވަޞިއްޔަތުން ދީފައިވާކަމަށާއި، އަދި
އެތަނުގައި އާދަމް އިބްރާހީމްކޮއި އާއި، އާދަމް އިބްރާހީމްކޮއިގެ އަނބިދަރީން އުމުރުދުވަހަށް ދިރިއުޅުމުގެ ޙައްޤު
ދެކިންހެކިކޮށް އާދަމް އިބްރާހީމްކޮއިއަށް ދީފައިވަނިކޮށް، އެގޯތީގެ ވެރިފަރާތްކަމުގައިވާ އަޙްމަދު ޤާސިމް
ނިޔަދުވުމުން، އެގޯތީގައިވާ އާދަމް އިބްރާހީމްކޮއިގެ މުދަލާއި، ތަކެއްޗާއި، އަދި އާދަމް އިބްރާހީމްކޮއި ކައްކާ
ވެހިރާއްޖޭގެ
ހައިކޯޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ވާ، ދިވެހިރާ
3
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2014/HC-A/278
ކައިބޮއި އުޅޭ ބަދިގެ ބޭނުންކުރުމުގެ ފުރުޞަތުނުދީ، ޤާނޫނުއަސާސީއާ ޚިލާފަށް މިޙައްޤު، ހ. ހުދުކަނީރުގެ |
މާލެ، ލަޠީފް މޫސާއާއި މ. ވަނޮޅު މާލެ އަމީނާ މޫސާ ނިގުޅައިގަނެފައިވާކަމަށްބުނެ، މިޙައް ލިބިގަތުމަށް
އެދި ލަޠީފާ މޫސާއާއި އަމީނާ މޫސާގެ މައްޗަށް އާދަމް އިބްރާހީމްކޮއި ދަޢުވާކުރުމުން ބައްލަވައި ނިންމަވާފައިވާ
CCCXOC
މައްސަލައެއްކަން އެނގެންއޮވެއެވެ.
3. މިމައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1209 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، އިސްވެ ފާހަގަކުރެވުނު
ނުކުތާތަކުގެ މައްޗަށާއި، މިމައްސަލައިގައި ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް،
ސްޓާރލައިޓް | މާލެ، އަޙްމަދު ޤާސިމްގެ ގޯތިކަމުގައިވާ ސްޓާރލައިޓް އެވެކިޔުނު ގޯތި ދެބައިކޮށް،
ހެކިންގެ ޙާޟިރުގައި، އެތަނުން އެއްބައިގައިވާ އެންމެހައި ޢިމާރާތްތަކާއި، ވަޅުފަދަތަންތަން ޅ. ހިންނަވަރު {
ހާވިލާގެ، އާދަމް އިބްރާހީމްކޮއި (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: 4A085111 އަށް
ވަޞިއްޔަތުން ދީފައިވާކަމަށާއި، އަދި އެތަނުގައި އާދަމް އިބްރާހީމްކޮއި އާއި، އާދަމް އިބްރާހީމްކޮއިގެ
އަނބިދަރީން އުމުރުދުވަހަށް ދިރިއުޅުމުގެ ޙައްޤު ހެކިންހެކިކޮށް އާދަމް އިބްރާހީމް ކޮއިއަށް ދީފައިވަނިކޮށް،
އެގޯތީގެ ވެރިފަރާތްކަމުގައިވާ އަޙްމަދު ޤާސިމް ނިޔައުވުމުން، އެގޯތީގައިވާ އާދަމް އިބްރާހީމްކޮއިގެ މުދަލާއި،
ތަކެއްޗާއި، އަދި އާދަމް އިބްރާހީމްކޮއި، ކައްކާ ކައިބޮއި އުޅޭ ބަދިގެ ބޭނުންކުރުމުގެ ފުރުޞަތު ނުދީ،
ޤާނޫނުއަސާސީއާ ޚިލާފަށް މިޙައްޤު މ. ހުދުކަނީރުގެ / މާލެ، ލަޠީފް މޫސާ (ދިވެހިރައްޔިތެއްކަން އަންގައިދޭ
ކާޑު ނަންބަރު: A047668) އާއި، މ. ވަނޮޅު | މާލެ، އަމީނާ މޫސާ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު: A039923) ނިގުޅައިގަނެފައިވާކަމަށްބުނެ، މިޙައްޤު ލިބިގަތުމަށް އެދި ލަޠީފް މޫސާ އާއި، އަމީނާ
މޫސާގެ މައްޗަށް އާދަމް އިބްރާހީމްކޮއި ހުށަހަޅާފައިވާ މިމައްސަލަ ޝަރީޢަތުން ބެލިއިރުގައި،
ޤާނޫނު ނަންބަރު: 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމާއެކު، ބިމުގެ
މައްޗަށް ކުރެވޭ ވަޞިއްޔަތްތަށް ކުރާންވާނީ ޝަރީޢަތް މެދުވެރިކޮށް، އެޤާނޫނުގެ 17 ވަނަ މާއްދާގައިވާ ގޮތުގެ
ދިވެހިރާއްsa
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/278
މަތީންކަމާއި، މަރްޙޫމް އަޙްމަދު ޤާސިމް ނިޔައުވެފައިވަނީ 16 ޖޫން 2009 ގައި ކަމަށްވާތީ، މަރްޙޫމް
އަޙްމަދު ޤާސިމަށް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތީން ޝަރީޢަތް މެދުވެރިކޮށް
ވަޞިއްޔަތްކުރުމުގެ ފުރުޞަތު ލިބިފައިވިއަސް، މަރްޙޫމް އަޙްމަދު ޤާސިމް އެފަދަ ވަޞިއްޔަތެއް ކޮށްފައިވާކަން
މިމައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން ނެތްކަމާއި، އަދި ޤާނޫނު ނަންބަރު 25/75
(ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު) ގެ ދަށުން، މީހަކު މަރުވުމަށްފަހު އެމީހަކާމެދު ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް
ދަފަ ކަމެއް އޮވެގެން ދަޢުވާކުރާ މީހަކު ހުރެއްޖެނަމަ، އެމީހަކު މަރުވާ ދުވަހުން ފެށިގެން 60 ދުވަހުގެ
ތެރޭގައި އެމައްސަލަ ކޯޓަށް ހުށަހަޅަންވާނެކަމާއި، އަދި އެމުއްދަތުގެ ތެރޭގައި ހުށަނާޅައިފިނަމަ ބެލޭނީ
އެމީހެއްގެ މައްޗަށް ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް ނުވަތަ އެހެންވެސް އެފަދަ ކަމެއްގެ ދަޢުވާއެއް ކުރާ
މީހަކު ނެތީކަމަށްކަމުގައިވާތީ، އަޙްމަދު ޤާސިމްގެ ތަރިކައިގެ މައްޗަށް އާދަމް އިބްރާހީމްކޮއިގެ ޙައްޤެއް
އެކުލެވިގެންނުވާކަމާއި، އާދަމް އިބްރާހީމްކޮއިއަށް މ. ސްޓާރލައިޓް އެވެކިޔުނު ގޯތީގައި ދިރިއުޅުމުގެ ޙައްޤު
ލިބިފައިނުވާތީ، އެގޯތީގައި އާދަމް އިބްރާހީމްކޮއިއަށް ދިރިއުޅުމުގެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް ކޯޓުން
އަމުރުކޮށްދެވެން ނެތްކަމާއި، އަދި އެގޯތީގައިވާ އާދަމް އިބްރާހީމްކޮއިގެ މުދަލާއި، ތަކެތި ލަޠީފް މޫސާ އާއި،
އަމީން މޫސާ ހިފަހައްޓާފައިވާކަމަށް އާދަމް އިބްރާހީމްކޮއި ބުނެފައިވިއަސް، އެކަމަށް ލަޠީފް މޫސާ އާއި، އަމީނާ
މޫސާ އިންކާރުކުރާޙާލަތުގައި، އާދަމް އިބްރާހީމްކޮއިގެ އެދަޢުވާގެ މައްޗަށް ޝަރީޢަތުން ބުރަވެވޭފަދަ އެއްވެސް
އިތުރު ހެއްކެއް މިމައްސަލައިގައި ހުށަހެޅިފައި ނެތުމުން، އާދަމް އިބްރާހީމްކޮއިގެ މުދަލާއި، ތަކެތި ލަޠީފާ މޫސާ
އާއި، އަމީނާ މޫސާ ހިފަހައްޓާފައިވާކަމަށް ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅައި، ކޯޓަށް މީހުން
ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން
އާދަމް އިބްރާހީމްކޮއިގެ ޣައިރުޙާޟިރުގައި ޙުކުމްކޮށްފީމެވެ" މިދައިންނެވެ.
OCCOX
4. ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1209 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ
PH AM
ވެ
ހިންނަވަރު، ހާވިލާގެ އާދަމް އިބްރާހީމްކޮއިގެ ފަރާތުން 04
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/278
(ހަތަރެއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1209 ޤަޟިއްޔާގައި ލަޠީފާ މޫސާ
އާއި އަމީނާ މޫސާގެ
މައްޗަށް އާދަމް އިބްރާހީމްކޮއި ދަޢުވާ ހުށަހަޅާފައިވަނީ އާދަމް އިބްރާހީމްކޮއިގެ
އަނބިދަރީން ދިރިއުޅެމުންދާ މ. ސްޓާރލައިޓް އަށް އާދަމް އިބްރާހީމްކޮއިމެން ދިރިއުޅުމުގައި ބޭނުން
ކުރުމަށްޓަކައި އެގޭގައި ބަހައްޓާފައިވާ އާދަމް އިބްރާހީމްކޮއިގެ މުދަލާއި ތަކެތި ހިފެހެއްޓުމަށްފަހު، އާދަމް
އިބްރާހީމްކޮއިމެން ކައްކާ ކައިބޮއި އުޅޭ ބަދިގެ ބަންދުކޮށް އަދި އާދަމް އިބްރާހީމްކޮއިގެ 9 އަހަރުގެ ދަރިފުޅު
ނިދާކޮޓަރި ތަޅުލާ އެތަނަށް ނުވަދެވޭގޮތް ހަދާފައިވާތީ އާދަމް އިބްރާހީމްކޮއިމެންގެ މިތަކެތި ނުވަތަ މިޙައްޤު
ލިބިދެއްވުމަށް ކުރި ދަޢުވާއެއް ކަމަށްވާއިރު ހުށަހެޅި މައްސަލައިގެ ތެރޭގައި އާދަމް އިބްރާހީމްކޮއި ނުކުރާ
ދަޢުވާއެއްގެ ޙުކުމެއް ކުރައްވާފައިވާކަމީ މައްސަލައިގެ ޢަދުލު އިންސާފު ޤާއިމްނުވާކަމެއްކަމަށް ބުނެ ހުށަހެޅި
ހއ.
=8
J02
ދެވަނަ ނުކުތާއަކީ، އަލްމަރުޙޫމް އަޙްމަދު ޤާސިމް އާދަމް އިބްރާހީމްކޮޔަށް ކޮށްފައިވާ ވަޞިއްޔަތާއި
ސިވިލް ކޯޓަށް އާދަމް އިބްރާހީމްކޮއި ހުށަހަޅައިގެން ހިނގަމުންދާ ނަންބަރު 2013/Cv
-
C/3598
ޤަޟިއްޔާ އެކޯޓުގެ އެހެން ސެކްޝަނެއްގައި ހިނގަމުންދަނިކޮށް އެމައްސަލައަށް އަމާޒުކޮށް ކުރެއްވި މިޙުކުމުގެ
ސަބަބުން އާދަމް އިބްރާހީމްކޮއި ހުށަހަޅައި ހިނގަމުންދާ ވަޞިއްޔަތާއި ބެހޭ އެމައްސަލަ ބައްލަވާ ސެކްޝަނުން
ކުރައްވާ ޙުކުމަށް ހުރަސްއެޅޭގޮތަށާއި އަދި މިޙުކުމުގެ ސަބަބުން ނުސީދާގޮތެއްގައި އެމައްސަލައިން އާދަމް
އިބްރާހީމްކޮޔަށް ލިބިދޭ ޙައްޤު ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއާއި ޚިލާފަށް ގެއްލިގެންދާ ފަދައަކުން މިޙުކުމް
ކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/278
ހުކުs 8ކު85ދ.
ތިންވަނަ ނުކުތާއަކީ، އާދަމް އިބްރާހީމްކޮއި ހުށަހެޅި ތަކެތިހޯދުމުގެ މައްސަލައިގެތެރެއަށް އެހެން
ސެކްޝަނެއްގައި ހިނގަމުންދާ އާދަމް އިބްރާހީމްކޮއި ހުށަހަޅާފައިވާ ވަޞިއްޔަތުގެ މައްސަލައާއި ޙަވާލާދީ
އެކުރެއްވުމަކީ އެއްމައްސަލައެއްގައި ދެ ޙުކުމެއް ކުރެއްވުންކަމާއި ޝަރުޢީ ނިޒާމުގައި މިހާތަނަށް
ހިނގަމުންއަންނަ އާދަކާދައާއި ޝަރުޢީ އުޞޫލުތަކަށް ފުށުއަރާފަދައަކުން ކުރައްވާފައިވާ ނަންބަރު
2012/Cv-C/1209 ޤަޟިއްޔާގެ ޙުކުމަކީ ޞައްހަމަގުން ކުރައްވާފައިވާ އިންސާފުވެރި ޙުކުމެއްނޫންކަމަށް
ބުނެ ހުށަހެޅި ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ، އާދަމް އިބްރާހީމްކޮއި ޙާޟިރުވުމަށް، އަމުރު ފޮނުއްވާފައިވާ 8 އަމުރަށް
އާދަމް އިބްރާހީމްކޮއި ޙާޟިރުނުވުމުން މައްސަލަ ބާޠިލުނުކުރައްވާ އެންމެ ފަހުން ފޮނުއްވި އަމުރަށް 2014
އޭޕްރިލް މަހުގެ 29 ވަނަ ދުވަހު އާދަމް އިބްރާހީމްކޮއިގެ ޣައިރުޙާޟިރުގައި ޙުކުމްކުރައްވާފައިވުމާއި، އާދަމް
އިބްރާހީމްކޮއި ހުށަހެޅި ދަޢުވާފޯމުގައި ދަޢުވާ ސާބިތުކުރުމަށް 6 ހެކިން ހުށަހަޅާފައިވާއިރުގައި ސިވިލް ކޯޓުގެ
އެޤަޟިއްޔާގެ ޙުކުމުގައި އާދަމް އިބްރާހީމްކޮއިގެ އެދަޢުވާގެ މައްޗަށް ޝަރީޢަތުން ބުރަވެވޭފަދަ އެއްވެސް
އިތުރު ހެއްކެއް ހުށަހެޅިފައިނެތްކަމަށް މައްސަލައިގެ އެޙުކުމުގައި ބަޔާންކުރައްވާފައިވުމަކީ މިމައްސަލާގައި ޢަދުލު
އިންސާފު ޤާއިމްނުވާކަމުގެ ހުއްޖަތެއްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
6. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1209 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނުވާކަމަށްބުނެ، ހިންނަވަރު، ހާވިލާގެ އާދަމް އިބްރާހީމްކޮއިގެ
ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު،
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
22 22 22
ދިވެހިރާއްޖޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
57
7
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2014/HC-A/278
(ހ) ފުރަތަމަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1209 ޤަޟިއްޔާގައި ލަޠީފާ
މޫސާއާއި އަމީން މޫސާގެ މައްޗަށް އާދަމް އިބްރާހީމްކޮއި ދަޢުވާ ހުށަހަޅާފައިވަނީ އާދަމް އިބްރާހީމްކޮއިގެ
އަނބިދަރީން ދިރިއުޅެމުންދާ މ. ސްޓާރލައިޓްގޭގައި ދިރިއުޅުމުގައި ބޭނުންކުރުމަށްޓަކައި ބަހައްޓާފައިވާ އާދަމް
އިބްރާހީމްކޮއިގެ މުދަލާއި ތަކެތި ހިފެހެއްޓުމަށްފަހު، އާދަމް އިބްރާހީމްކޮއިމެން ކައްކާ ކައިބޮއި އުޅޭ ބަދިގެ
ބަންދުކޮށް އަދި އާދަމް އިބްރާހީމްކޮއިގެ 9 އަހަރުގެ ދަރިފުޅު ނިދާކޮޓަރި ތަޅުލާ އެތަނަށް ނުވަދެވޭގޮތް ހަދާފައި
ވާތީ އާދަމް އިބްރާހީމްކޮއިމެންގެ މިތަކެތި ނުވަތަ މިޙައްޤު ލިބިދެއްވުމަށް ކަމަށްވާއިރު، ހުށަހެޅި މައްސަލައިގެ
ތެރޭގައި އާދަމް އިބްރާހީމްކޮއި ނުކުރާ ދަޢުވާއެއްގެ ޙުކުމެއް ކުރައްވާފައިވާކަމީ މައްސަލައިގެ ޢަދުލު އިންސާފު
ޤާއިމުނުވާކަމެއްކަމަށް ބުނެ އާދަމް އިބްރާހީމްކޮއިގެ ފަރާތުން ހުށަހެޅި ނުކުތާއަށާއި، އަދި އާދަމް އިބްރާހީމްކޮއި
ހުށަހެޅި ތަކެތިހޯދުމުގެ މައްސަލައިގެތެރެއަށް އެހެން ސެކްޝަނެއްގައި ހިނގަމުންދާ އާދަމް އިބްރާހީމްކޮއި
ހުށަހަޅާފައިވާ ވަޞިއްޔަތުގެ މައްސަލައާއި ޙަވާލާދީ ޙުކުމެއްކުރެއްވުމަކީ އެއްމައްސަލައެއްގައި ދެ ޙުކުމެއް
ކުރެއްވުންކަމާއި ޝަރުޢީ ނިޒާމުގައި މިހާތަނަށް ހިނގަމުންއަންނަ އާދަކާދައާއި ޝަރުޢީ އުޞޫލުތަކަށް
ފުށުއަރާފަދައަކުން ކުރައްވާފައިވާ ނަންބަރު 2012/Cv-C/1209 ޤަޟިއްޔާގެ ޙުކުމަކީ ޞައްޙަމަގުން
ކުރައްވާފައިވާ އިންސާފުވެރި
ޙުކުމެއްނޫންކަމަށް ބުނެ އާދަމް އިބްރާހީމްކޮއިގެ ފަރާތުން ހުށަހެޅި މިނުކުތާތަކުގެ
ބެލިއިރު،
ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1209 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި
ބަޔާންކުރައްވާފައިވާ ދަޢުވާގެ ޚުލާޞާއަށާއި އަދި މިމައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ފޯމަށް ބަލާއިރު، އާދަމް
އިބްރާހީމްކޮއި ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވަނީ، މ. ސްޓާރލައިޓް/ މާލެ، އަޙްމަދު ޤާސިމްގެ ގޯތިކަމުގައިވާ
ސްޓާރލައިޓް އެވެކިޔުނު ގޯތި ދެބައިކޮށް، ހެކިންގެ ޙާޟިރުގައި، އެތަނުން އެއްބައިގައިވާ އެންމެހައި
ޢިމާރާތްތަކާއި، ވަޅުފަދަތަންތަން އާދަމް އިބްރާހީމްކޮޔަށް ވަޞިއްޔަތުން ދީފައިވާކަމަށާއި، އަދި އެތަނުގައި
އާދަމް އިބްރާހީމްކޮޔާއި، އާދަމް އިބްރާހީމްކޮއިގެ އަނބިދަރީން އުމުރުދުވަހަށް ދިރިއުޅުމުގެ ޙައްޤު ހެކިން
ހެކިކޮށް އާދަމް އިބްރާހީމްކޮޔަށް ދީފައިވަނިކޮށް، އެގޯތީގެ ވެރިފަރާތްކަމުގައިވާ އަޙްމަދު ޤާސިމް ނިޔައުވުމުން،
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/278
ކމއޤާ
އެގޯތީގައިވާ އާދަމް އިބްރާހީމްކޮއިގެ މުދަލާއި، ތަކެއްޗާއި، އަދި އާދަމް އިބްރާހީމްކޮއި ކައްކައި ކައިބޮއި އުޅޭ
ބަދިގެ ބޭނުންކުރުމުގެ ފުރުޞަތުނުދީ، ޤާނޫނުއަސާސީއާ ޚިލާފަށް މިޙައްޤު، ލަޠީފް މޫސާއާއި އަމީނާ މޫސާ
ނިގުޅައިގަނެފައިވާކަމަށްބުނެ، މިޙައްޤު ލިބިގަތުމަށް އެދިގެންކަން އެނގެންއޮންނައިރު،
ސިވިލް ކޯޓުން ޙުކުމްކުރައްވާފައިވަނީ، އާދަމް އިބްރާހީމްކޮއި ބަޔާންކޮށްފައިވާފަދަ ވަޞިއްޔަތެއް
މަރްޙޫމް އަޙްމަދު ޤާސިމް ކޮށްފައިވާކަން މިމައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން ނެތްކަމަށާއި،
މީހަކު މަރުވުމަށްފަހު އެމީހަކާމެދު ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް ދަފަ ކަމެއް އޮވެގެން ދަޢުވާކުރާ މީހަކު
ހުރެއްޖެނަމަ، އެމީހަކު މަރުވާ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި އެމައްސަލަ ކޯޓަށް ހުށަހަޅަންވާނެކަން
ޤާނޫނު ނަންބަރު 25/75 (ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު) ގައި ބަޔާންކުރެވިފައިވާކަމަށާއި އެމުއްދަތުގެ ތެރޭގައި
ހުށަނާޅައިފިނަމަ ބެލޭނީ އެމީހެއްގެ މައްޗަށް ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް ނުވަތަ އެހެންވެސް އެފަދަ
ދަޢުވާއެއް ކުރާ މީހަކު ނެތީކަމަށްކަމުގައިވާތީ، އަޙްމަދު ޤާސިމްގެ ތަރިކައިގެ މައްޗަށް އާދަމް
އިބްރާހީމްކޮއިގެ ޙައްޤެއް އެކުލެވިގެންނުވާކަމަށާއި، އާދަމް އިބްރާހީމްކޮޔަށް މ. ސްޓާރލައިޓް އެވެކިޔުނު
ގޯތީގައި ދިރިއުޅުމުގެ ޙައްޤެއް އެކުލެވިގެންނުވާކަމަށާއި، އެގޯތީގައި އާދަމް އިބްރާހީމްކޮޔަށް ދިރިއުޅުމުގެ
އިންތިޒާމްތައް ހަމަޖައްސައިދިނުމަށް ކޯޓުން އަމުރުކޮށްދެއްވެން ނެތްކަމަށާއި، އަދި އެގޯތީގައިވާ އާދަމް
އިބްރާހީމްކޮއިގެ މުދަލާއި، ތަކެތި ލަޠީފާ މޫސާއާއި އަމީނާ މޫސާ ހިފަހައްޓާފައިވާކަމަށް އާދަމް އިބްރާހީމްކޮއި
ބުނެފައިވިއަސް، އެބުނުމުގެ މައްޗަށް ޝަރީޢަތުން ބުރަވެވޭފަދަ އެއްވެސް އިތުރު ހެއްކެއް މިމައްސަލައިގައި
ހުށަހެޅިފައި ނެތުމުން އާދަމް އިބްރާހީމްކޮއިގެ މުދަލާއި، ތަކެތި ލަޠީފާ މޫސާއާއި އަމީނާ މޫސާ
ހިފަހައްޓާފައިވާކަމަށް ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅުއްވައި، ކޯޓަށް މީހުން ޙާޟިރުކުރުމުގައި
ގޮތުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން އާދަމް އިބްރާހީމްކޮއިގެ
ޣައިރުޙާޟިރުގައިކަން އެނގެން އޮތުމުން،
އާދަމް އިބްރާހީމްކޮއި ކޮށްފައިވާ ދަޢުވާއާއި އެދަޢުވާގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުން
ކުރައްވާފައިވާ ޙުކުމުގެ މައްޗަށް ބަލާއިރު، ސިވިލް ކޯޓުން ކުރައްވާފައިވާ ޙުކުމަކީ އާދަމް އިބްރާހީމްކޮއި ކުރި
ދ 391
4
24ކރަން
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/278
UCO
ދަޢުވާގެ މައްޗަށް ކުރައްވާފައިވާ ޙުކުމެއްކަން އެނގޭކަމާއި، އާދަމް އިބްރާހީމްކޮއިގެ ފަރާތުން ސިވިލް ކޯޓަށް
ހުށަހެޅި ދަޢުވާ ފޯމުގެ 3 ވަނަ ނަންބަރުގައި، ދަޢުވާ ނުވަތަ މައްސަލަ ހުށަހަޅާފަރާތުން އެދޭގޮތް
ބަޔާންކުރުމުގައި، އެޤަޟިއްޔާގައި ދަޢުވާލިބޭ ދެމީހުން ހިފަހައްޓާފައިވާ އާދަމް އިބްރާހީމްކޮއިގެ މުދަލާއި
ތަކެއްޗާއި ކައްކައި ކައިބޮއި އުޅޭ ބަދިގެ ޤާނޫނުއަސާސީއާ ޚިލާފަށް ނިގުޅައިގަނެފައިވާތީ އަސާސީ މިޙައްޤު
ލިބިގަތުމަށް އަވަސް ޙުކުމެއް ކޮށްދެއްވުން އެދޭކަމުގައި ބަޔާންކޮށްފައިވީނަމަވެސް، ސިވިލް ކޯޓުގެ ޙުކުމުގައި
ކަނޑައަޅުއްވާފައިވާ ކަންކަމަކީ، އާދަމް އިބްރާހީމްކޮއި އެދުނު މިއެދުން އެކަންކަމުގެ މައްޗަށް ބިނާކުރި
ސަބަބުތައްކަމުން، އެކަންކަމަށް ޖަވާބުދެއްވައި، އެކަންކަމުގެ މައްޗަށް ޙުކުމްކުރެއްވި ކުރެއްވުމަކީ، އާދަމް
އިބްރާހީމްކޮއި ނުކުރާ ދަޢުވާއެއްގެ ޙުކުމެއް ސިވިލް ކޯޓުން މިޤަޟިއްޔާގައި ކުރައްވާފައިވާކަމަށް ބަލަންޖެހޭ
ނޫންކަމާއި،
އަދި އޭގެ އިތުރުން، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1209 ޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމަކީ ޝަރުޢީ ނިޒާމުގައި މިހާތަނަށް ހިނގަމުންއަންނަ އާދަކާދައާއި ޝަރުޢީ އުޞޫލުތަކާ ފުށުއަރާފަދައަކުން
ކުރައްވާފައިވާ ޙުކުމެއްކަމަށް އާދަމް އިބްރާހީމްކޮއިގެ ފަރާތުން ބުނެފައިވީނަމަވެސް، އެޙުކުމަކީ އެފަދައިން
ކުރައްވާފައިވާ ޙުކުމެއްކަން އާދަމް އިބްރާހީމްކޮއިގެ ފަރާތުން ބަޔާންކޮށްދެވިފައިނުވާއިރު، އެޙުކުމަކީ ޝަރުޢީ
ނިޒާމުގައި މިހާތަނަށް ހިނގަމުންއަންނަ އާދަކާދައާއި ޝަރުޢީ އުޞޫލުތަކާ ފުށުއަރާފަދައަކުން ކުރައްވާފައިވާ
ޙުކުމެއްކަމަށް ބެލެވޭނެ ޝަރުޢީ އަދި ޤާނޫނީވިޔަސް ސަބަބެއް ފެންނަން ނެތްކަމެވެ.
(ނ) ދެވަނަ ކަމަކީ، އަލްމަރުޙޫމް އަޙްމަދު ޤާސިމް، އާދަމް އިބްރާހީމްކޮޔަށް ކޮށްފައިވާ
ވަޞިއްޔަތާއި ބެހޭގޮތުން ސިވިލް ކޯޓަށް އާދަމް އިބްރާހީމްކޮއި ހުށަހަޅައިގެން ހިނގަމުންދާ ނަންބަރު
2013/Cv-C/3598 ޤަޟިއްޔާ އެކޯޓުގެ އެހެން ސެކްޝަނެއްގައި ހިނގަމުންދަނިކޮށް އެމައްސަލައަށް
އަމާޒުކޮށް ކުރެއްވި މިޙުކުމުގެ ސަބަބުން އާދަމް އިބްރާހީމްކޮއި ހުށަހަޅައި ހިނގަމުންދާ ވަޞިއްޔަތާބެހޭ
އެމައްސަލަ ބައްލަވާ ސެކްޝަނުން ކުރައްވާ ޙުކުމަށް ހުރަސްއެޅޭގޮތަށާއި އަދި މިޙުކުމުގެ ސަބަބުން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/278
ނުސީދާގޮތެއްގައި އެމައްސަލައިން އާދަމް އިބްރާހީމްކޮޔަށް ލިބިދޭ ޙައްޤު ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއާއި
ޚިލާފަށް ގެއްލިގެންދާ ފަދައަކުން މިޙުކުމް ކުރައްވާފައިވާކަމަށް ބުނެ އާދަމް އިބްރާހީމްކޮއިގެ ފަރާތުން ހުށަހެޅި
ނުކުތާގެ މައްޗަށް ބެލިއިރު،
އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1209 ޤަޟިއްޔާގެ ޙުކުމަކީ،
ސިވިލް ކޯޓަށް އާދަމް އިބްރާހީމްކޮއި ހުށަހަޅައިގެން ހިނގަމުންދާކަމަށް އާދަމް އިބްރާހީމްކޮއިގެ ފަރާތުން
ބަޔާންކޮށްފައިވާ ނަންބަރު 2013/Cv-C/3598 ޤަޟިއްޔާގައި ހުށަހެޅިފައިވާކަމަށް ބުނާ މައްސަލައަށް
އަމާޒުކޮށް ސިވިލް ކޯޓުން، ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާވިޔަސް ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް
ބަލަންޖެހޭފަދަ ސަބަބެއް އާދަމް އިބްރާހީމްކޮއިގެ ފަރާތުން ދެއްކިފައިނުވާކަމާއި،
އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1209 ޤަޟިއްޔާގެ ޙުކުމުގެ
ސަބަބުން އާދަމް އިބްރާހީމްކޮއި ހުށަހަޅައި ހިނގަމުންދާކަމަށް އާދަމް އިބްރާހީމްކޮއި ބުނެފައިވާ ވަޞިއްޔަތާބެހޭ
މައްސަލައިގެ ޙުކުމަށް އަސަރުކުރުމުގެ ފުރުޞަތު އޮތްކަމުގައިވިޔަސް އެއީ އާދަމް އިބްރާހީމްކޮއި ހުށަހެޅި
ދަޢުވާއެއްގެ މައްޗަށް ބިނާކޮށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން ނިންމެވި ނިންމެވުމެއްގެ ނަތީޖާކަމުން،
އެސަބަބުގެ މައްޗަށް ބިނާކޮށް އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1209
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމައަކާވިޔަސް ޚިލާފަށް ކުރައްވާފައިވާ
ޙުކުމެއްކަމަށް ބެލެވޭނެ ސަބަބެއް ނޫންކަން އެނގޭކަމެވެ.
COCCO
(ނ) ތިންވަނަ ކަމަކީ، އާދަމް އިބްރާހީމްކޮއި ޙާޟިރުވުމަށް، ފޮނުއްވާފައިވާ އަމުރަށް އާދަމް
އިބްރާހީމްކޮއި ޙާޟިރުނުވުމުން މައްސަލަ ބާޠިލްނުކުރައްވައި، 2014 އޭޕްރިލް މަހުގެ 29 ވަނަ ދުވަހު އާދަމް
އިބްރާހީމްކޮއިގެ ޣައިރުޙާޟިރުގައި ޙުކުމްކުރައްވާފައިވާކަމަށް އާދަމް އިބްރާހީމްކޮއިގެ ފަރާތުން މިމައްސަލަ
އިސްތިއުނާފުކުރުމަށް ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވީނަމަވެސް، އެކަން އެގޮތަށް ސިވިލް ކޯޓުން
ކުރައްވާފައިވަނީ، ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގައި ކޯޓަށް ލިބިދީފައިވާ
ހައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/278
އިޚްތިޔާރުގެ ދަށުންކަމަށް އާދަމް އިބްރާހީމްކޮއިގެ ފަރާތުން މިމައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، އާދަމް އިބްރާހީމްކޮއި ހުށަހެޅި ދަޢުވާފޯމުގައި ދަޢުވާ ސާބިތުކުރުމަށް 6
ހެކިން ހުށަހަޅާފައިވާއިރުގައި ސިވިލް ކޯޓުގެ އެޤަޟިއްޔާގެ ޙުކުމުގައި އާދަމް އިބްރާހީމްކޮއިގެ އެދަޢުވާގެ
މައްޗަށް ޝަރީޢަތުން ބުރަވެވޭފަދަ އެއްވެސް އިތުރު ހެއްކެއް ހުށަހެޅިފައިނެތްކަމަށް ބަޔާންކުރައްވާފައިވުމަކީ
މިމައްސަލާގައި ޢަދުލު އިންސާފު ޤާއިމްނުވާކަމުގެ ހުއްޖަތެއްކަމަށްބުނެ އާދަމް އިބްރާހީމްކޮއިގެ ފަރާތުން
ހުށަހަޅައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު،
އާދަމް އިބްރާހީމް ކޮއިގެ ފަރާތުން ހުށަހަޅާފައިވަނީ 6 ހެކިންކަން އެނގޭކަމާއި، ނަމަވެސް އެ 6
ހެކިންނަކީ، އަލްމަރުޙޫމް އަޙްމަދު ޤާސިމް އާދަމް އިބްރާހީމްކޮޔަށް ކުރިކަމަށް ބުނާ ވަޞިއްޔަތް ކުރިކަން
ސާބިތުކުރުމަށް ހުށަހެޅި 4 ހެއްކަކާއި އަދި އަލްމަރުޙޫމް އަޙްމަދު ޤާސިމުގެ ގޭގައި އުމުރު ދުވަހަށް
ތިބެވޭނެކަމަށް އަލްމަރުޙޫމް އަޙްމަދު ޤާސިމް ވަޞިއްޔަތްކުރިކަން ސާބިތުކުރުމަށް ހުށަހެޅި 2 ހެއްކަކުކަމާއި
މިކަން ސިވިލް ކޯޓަށް ދަޢުވާހުށަހެޅި ފޯމުން ސާފުކޮށް އެނގެން އޮތްއިރު، މިހެކިން ޙާޟިރުނުކުރެއްވި ސަބަބު
މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ސިވިލް ކޯޓުން ފާހަގަކުރައްވާފައިވާކަމާއި، އެސަބަބުތަކަކީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ފާހަގަކުރައްވާފައިވާ ރަނގަޅު ސަބަބުތަކެއްކަން އެނގޭކަމާއި،
އެހެންކަމުން، ބަޔާންކުރެވިދިޔަ 6 ހެކިންގެ އިތުރުން އިތުރު އެހެން ހެއްކަކު ހުށަހެޅިފައިނުވާއިރު،
ސްޓާރލައިޓް އެވެ ކިޔާ ގޯތީގައިވާކަމަށް އާދަމް އިބްރާހީމްކޮއި ބުނާ މުދަލާއި، ތަކެތި ލަޠީފާ މޫސާއާއި
އަމީން މޫސާ ހިފަހައްޓާފައިވާކަމަށް އާދަމް އިބްރާހީމްކޮއި ބުނެފައިވިއަސް، އެކަމަށް ލަޠީފް މޫސާއާއި އަމީން
މޫސާ އިންކާރުކުރާޙާލަތުގައި، އާދަމް އިބްރާހީމްކޮއިގެ އެދަޢުވާގެ މައްޗަށް ޝަރީޢަތުން ބުރަވެވޭފަދަ އެއްވެސް
އިތުރު ހެއްކެއް މިމައްސަލައިގައި ހުށަހެޅިފައި ނެތުމުން އާދަމް އިބްރާހީމްކޮއިގެ މުދަލާއި، ތަކެތި ލަޠީފާ
2
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
12
2014/HC-A/278
4 22
މޫސާއާއި އަމީނާ މޫސާ ހިފަހައްޓާފައިވާކަން ޝަރީޢަތަށް ސާބިތުނުވާކަމަށް ސިވިލް ކޯޓުން
ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލަކާވިޔަސް ޚިލާފަށްކަމަށް ބަލާނެތަނެއް ނެތްކަމެވެ.
(ބ) ފަސްވަނަ ކަމަކީ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަ މިކޯޓުގައި
ބެލި ފަނޑިޔާރުން ދެކެނީ އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1209
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނާނެތަނެއް ނެތްކަމަށެވެ.
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، އިސްތިއުނާފުކުރެވިފައި މިވާ
ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1209 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv