ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/78 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2017/HC-A/78
އަA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ރާއްޖެ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
*
، ޤަޟިއްޔާ ނަންބަރު: 78/HC
-
A/2017
• އިސްތިއުނާފު ކުރި ފަރާތް:
* ނަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައި.ޑީ.ކާޑު ނަންބަރު.
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އިސްތިއުނާފު ރައްދުވާ ފަރާތް:
* ނަން: ނާއިފް ޙަސަން
ދާއިމީ އެޑްރެސް: ފިފްޓީފްލާވަރ ބ.ތުޅާދޫ
* އައި.ޑީ.ކާޑު ނަންބަރު: A258444 މިހާރުގެ އެޑްރެސް: ލ. އަރާކުރި/ މާލެ
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 11 ރަބީޢުލްއާޚިރު 1438
09 ޖަނަވަރީ 2017
ނިމުނު ތާރީޚް:10 ޖުމާދަލްއޫލާ 1438
07 ފެބްރުއަރީ 2017
އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2017
/
117/J
/
MD-145
• ނިންމެވި ކޯޓު ކްރިމިނަލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު (މަސްތުވާތަކެތި ބޭނުންކުރުން ގެންގުޅުން ވިޔަފާރިކުރުން)
އަމުރު ނެރުއްވި ތާރީޚް: 04 ޖަނަވަރީ 2017
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު ޢަބްދުﷲ ދީދީ ފަނޑިޔާރު: ޢަބްދުﷲ ޙަމީދު ފަނޑިޔާރު: ޢަލީ ސަމީރު
0
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2017/HC-A/78
ދަޢުވާގެ ޚުލާސާ
» 0=ދ8 9
8
އއޤީށން
ޚަދީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2017
/
117/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
ކަމަށްބުނެ އެ ކޯޓު އަމުރު އިސްތިއުނާފު
ކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ބ. ތުޅާދޫ! ފިލްޓީފްލާވަރ ނާއިފް ޙަސަންއެވެ.
ރެވުނު
FF
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2017
/
117/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު އެއަމުރަކީ،
2016 ޑިސެންބަރު 25 ވަނަ ދުވަހު 20:58 ހާއިރު ބ. ތުޅާދޫ ފިފްޓީފްލާވަރ ނާއިފް ޙަސަންއާއި، ލ.ގަން
ތުނޑި. ސްނޯރޯސް، މާނިހު މުޙައްމަދުއާއި އިތުރު ބަޔަކު ގުޅިގެން މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ
ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި، ނާއިފް ޙަސަން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތާއި
ރައްކާތެރިކަން ގެއްލިގެން ހިނގައިދާނެކަމަށް ފެންނާތީއާއި މައްސަލައިގެ ހެކި ނައްތާލަން މަސައްކަތް
ކޮށްފާނެކަމަށް ފެންނާތީ، 05 ޖެނުއަރީ 2017 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ނާއިފް
ޙަސަން ބަންދުގައި ބަހައްޓަން އަމުރުކޮށް ދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު:
154690/MF ”ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް” އިން ހުށަހެޅުމުން، ނާއިފް ޙަސަންގެ
މައްޗަށް މިކަމުގައި ކުރިންވެސް ފުލުހުންނަށް ތުހުމަތުކުރެވޭކަން ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުން
އެނގޭއިރު، ނާއިފް ޙަސަން ހައްޔަރުކުރި އިރު ކޯޓު އަމުރެއް ނެތުމާއި، ނާއިފް ޙަސަން ހައްޔަރުކޮށްފައިވަނީ
އިޖުރާއަތާ އެއްގޮތަށް ކަމަށް ނުފެންނަކަމަށް ބަޔާންކުރައްވައި ނާއިފް ޙަސަންގެ ބަންދުގެ މުއްދަތު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2017/HC-A/78
Occox >>
އިތުރުކޮށްދެވެން ނެތްކަމަށް 2017 ޖެނުއަރީ 04 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ނެރުއްވާފައިވާ އަމުރެއްކަން
އެނގެން އޮވެއެވެ.
2. ކްރިމިނަލް ކޯޓުގެ ނަންބަރު
2017
/
117/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތައްނޫންކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން އަންނަނިވި 2 (ދޭއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ!
4 4
ފުރަތަމަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2017
/
117/J
/
MD-145 ކޯޓު އަމުރަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި 46 ވަނަ މާއްދާއާއި ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ
ޤަވާޢިދު، ގެ 7 ވަނަ މާއްދާގައި ކުށްކުށަށް ތުހުމަތުކުރެވޭ މީހުން ބަންދުގައި .އްޓުމާމެދު
ކަނޑައަޅުއްވާފައިވާ އުޞޫލަށް ރިޢާޔަތް ނުކުރައްވައި ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ ހުށަހަޅާފައިވާ
27842ދ
3 ޑ ޒ
ކeއ
• ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
ގައި ”މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ“
ކަމަށް ބަޔާންކޮށްފައިވާއިރު، މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންވީ އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގައި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
33/SC-A/2011 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނިކޮށް، ކްރިމިނަލް ކޯޓުން އަމުރު ނެރުއްވިއިރު،
އެއުޞޫލަށް ރިޢާޔަތް ނުކުރައްވައި އަމުރު ނެރުއްވާފައި
ނެރުއްވާފައިވުން
ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ
eއ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2017/HC-A/78
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2017
/
117/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި
ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލާގައި ހިމެނޭ
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
4 s
coc
(ހ) ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު، ގެ 7 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި، އެއިން ސަބަބެއް އޮތްކަން ނުވަތަ
ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ
(ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއިގެ
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު،
އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް
ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ
ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް
ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން
އޮންނަކަމާއިގެ
ކުށެއްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2017/HC-A/78
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ
އެއެގެތަށް
މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް
ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި،
އަދި އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ
ޢަދަދަކީ ކޮބައިކަމާއި، ކުށުގެ ތަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި
ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރުއޮތީ ކިހާވަރެއްކަމާއި، އަދި
ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް
ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.
(ށ) މިއިސްތިއުނާފުކުރެވޭ މައްސަލައިގައި ތުޅާދޫ ފިފްޓީފްލާވަރ ނާއިފް ޙަސަންގެ މައްޗަށް
ތުހުމަތުކުރެވިފައިވަނީ 2016 ޑިސެންބަރު 25 ވަނަ ދުވަހު 20:58 ހާއިރު ލ. ގަން ތުނޑި. ސްނޯރޯސް،
މާނިޢު މުޙައްމަދުއާއި، ނާއިފް ޙަސަންއާއި އިތުރު ބަޔަކު ގުޅިގެން މަސްތުވާތަކެ.
ތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި
ކުރާކަމުގެ ތުހުމަތުކަމާއިގެ
ނާއިފް ޙަސަން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިގެން ހިނގައިދާނެކަމަށް
ފެންނާތީއާއި މައްސަލައިގެ ހެކި ނައްތާލަން މަސައްކަތް ކޮށްފާނެކަމަށް ފެންނާތީ، 05 ޖެނުއަރީ 2017 ވަނަ
ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ނާއިފް ޙަސަން ބަންދުކޮށްފައި ބެހެއްޓުމުގެ މުއްދަތު
އިތުރުކޮށްދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: 154690/MF ”ބަންދުގެ މުއްދަތު
އިތުރުކުރުމަށް ހުށަހަޅާ ފޯމް” އިން ކުރިމިނަލް ކޯޓަށް ހުށަހެޅުމުން، ނާއިފް ޙަސަންގެ ބަންދުގެ މުއްދަތު
އިތުރުކޮށްދެވެން ނެތްކަމަށް ކަނޑައަޅުއްވައި 2017 ޖެނުއަރީ 04 ވަނަ ދުވަހު އިސްތިއުނާފު މިކުރެވޭ އަމުރު
ކުރިމިނަލް ކޯޓުން ނެރުއްވާފައިވާކަމާއި، ނާއިފް ޙަސަންގެ މައްޗަށް ތުހުމަތުކުރެވިފައިވާ އެމައްސަލައަކީ
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިހާރުވެސް ތަޙްޤީޤު ކުރަމުންދާ މައްސަލައެއްކަން ދައުލަތުގެ ފަރާތުން
ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއި؛
OCCOX >>
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
2017/HC-A/78
އީމާންއަމާންކަމަށް
މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި އޭގެ ބޭނުންކުރުމުގެ ކުށްތަކަކީ އެކުށްތަކުގެ ޒާތާއި
ބާވަތުން މުޖުތަމަޢުގެ ސުލްޙަ މަސަލަސްކަމާއި
އަދި މުޖުތަމަޢަށް ބޮޑެތި ގެއްލުންތައް
ލިބެމުންދާ ކުށްތަކެއްކަމާއި، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއް
ތަކެއްޗާބެހޭ ޤާނޫނު) ގެ 136 ވަނަ
މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ޓްރެފިކްކުރުމުގެ ކުށަކީ މުޠުލަޤު މަސްއޫލިއްޔަތު (ސްޓްރިކްޓް ލައިބިލިޓީ)
އުފުލަންޖެހޭ ކުށެއްގެ ގޮތުގައި ބަޔާންވެފައިވާ ކުށެއްކަމާއި މިކުށަކީ އެންމެ ބޮޑެތި ކުށްތަކުގެ ގިންތީގައި ހިމެނޭ
ޖިނާޔަތުގެ ކުށެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 10/SC-A/2016 ޤަޟިއްޔާގެ
ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި ބަޔާންކުރައްވާފައިވާ ކަމާއިގެ
މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި އޭގެ ބޭނުންކުރުމުގެ ކުށްތަކަކީ، އެކުށްތަކުގެ ބާވަތުން
މުޖުތަމަޢަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށްޓަކައި މުޖުތަމަޢަށް ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލުތަކެއްގެ
ގޮތުގައި ފާހަގަކުރެވިފައިވާ ކުށްތަކެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 33/SC-A/2011
ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި ބަޔާންކުރައްވައި އެޤަޟިއްޔާގައި ތުހުމަތުކުރެވުނު ފަރާތް
އެމައްސަލައިގެ ޝަރީޢަތް ނިމެންދެން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއް ބަންދުގައި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަމުރު ނެރުއްވާފައިވާކަން އެނގެން އޮވެއެވެ.
2 ހއ
ބެހެއްޓުމަށް
(ނ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ނާއިފް ޙަސަން އިތުރަށް ބަންދުގައި
ބަހައްޓަންބޭނުންވަނީ ނާއިފް ޙަސަންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކީ މަސްތުވާތަކެތި ބޭނުންކޮށް އަދި
އޭގެ ވިޔަފާރި ކުރާކަމަށް ޝައްކު ކުރެވޭ މައްސަލައަކަށްވާތީ، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރި
ކަމަށްޓަކައިކަން އެނގެންއޮންނައިރު، އިސްތިއުނާފު މިކުރެވޭ، ކުރިމިނަލް ކޯޓުގެ ނަންބަރު
2017
/
117/J
/
MD-145 ކޯޓު އަމުރުގައި ނާއިފް ޙަސަން އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ޤާނޫނީ
ހަމައެއް ނެތްކަމަށް ކަނޑައަޅައި ދޫކޮށްލާފައިވާކަން އެނގެން އޮންނަކަމާއި، ނާއިފް ޙަސަން އިތުރަށް
ބަންދުގައި ބަހައްޓަން ނުޖެހޭ ސަބަބަކީ، ނާއިފް ޙަސަންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ މައުލޫމާތު
UCO,
ބާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2017/HC-A/78
ފުލުހުންނަށް ކުރިން އެނގިހުރެމެ، ނާއިފް ޙަސަން ހައްޔަރުކުރުމަށް ކުރިން ކޯޓު އަމުރެއް ހޯދާފައި ނުވާތީ،
ނާއިފް ޙަސަން ހައްޔަރުކޮށްފައިވަނީ، އިޖްރާއާތާ އެއްގޮތަށްކަމަށް ނުފެންނާތީކަން، އިސްވެ އިޝާރާތް ކުރެވުނު
ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
117/J
/
MD-145 ކޯޓު އަމުރުން އޮންނައިރު؛
ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
117/J
/
MD-145 ކޯޓު އަމުރަކީ، މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ނަންބަރު TD096998 ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ބަންދުކުރިތާ 24 ގަޑިއިރުގެ
ތެރޭގައި ފަޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯމް” އިން ނާއިފް ޙަސަންގެ ބަންދާމެދު
ގޮތެއް ނިންމުމަށް، 2016 ޑިސެންބަރ 26 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހުށަހެޅުމުން، މުޖުތަމަޢުމުގެ
ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ކަނޑައަޅުއްވައި، ނާއިފް ޙަސަންގެ ބަންދަށް 2016 ޑިސެންބަރު
26 ވަނަ ދުވަހުގެ 16:26 އިން ފެށިގެން 10 (ދިހައެއް) ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހޯމް
އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވައި ކުރިމިނަލް ކޯޓުން
ނެރުއްވާފައިވާ ނަންބަރު 2016
/
9187/J
/
MD-145 ކޯޓު އަމުރުގެ މުއްދަތު ހަމަވާތީ، ނާއިފް ޙަސަން
ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިގެން ހިނގައިދާނެކަމަށް ފެންނާތީއާއި
މައްސަލައިގެ ހެކި ނައްތާލަން މަސައްކަތް ކޮށްފާނެކަމަށް ފެންނާތީ، 05 ޖެނުއަރީ 2017 ވަނަ ދުވަހުން
ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ނާއިފް ޙަސަން ބަންދުގައި ބަހައްޓަން އަމުރުކޮށް ދެއްވުން އެދި
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: 154690/MF ”ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް“
އިން ކުރިމިނަލް ކޯޓަށް ހުށަހެޅުމުން ނެރުއްވާފައިވާ އަމުރެއްކަން އެނގެންއޮންނަކަމާއި؟
ނާއިފް ޙަސަން ފުލުހުން ހައްޔަރުކުރިތާ 24 ގަޑިއިރު ފާއިތުވުމުގެ ކުރިން ނާއިފް ޙަސަންގެ
ބަންދާމެދު ޤާނޫނުއަސާސީގައިވާ ގޮތުގެ މަތީން ގޮތް ނިންމާ 10 (ދިހައެއް) ދުވަހުގެ މުއްދަތަށް ބަންދުގެ
މުއްދަތު އިތުރުކުރައްވާ ކުރިމިނަލް ކޯޓުގެ ނަންބަރު 2016
/
9187/J
/
MD-145 ކޯޓު އަމުރު
ނެރުއްވާފައިވާކަން އެނގެން އޮންނަކަމާއި، އެ އަމުރު އެކޯޓުން ނެރުއްވާފައިވަނީ، މައްސަލައިގައި
ހުމަތުކުރެވޭ ނާއިފް ޙަސަންއަށް ޤާނޫނުން ލިބިދީފައިވާ ޙައްޤުތަށް ފުރިހަމައަށް ލިބިދީފައިވާ މަޖިލީހެއްގައިކަން
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2017/HC-A/78
މައްސަލައިގައި ހިމެނޭ ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން
އޮންނަކަމާއިގެ
އިސްވެ އިޝާރާތްކުރެވުނު ކުރިމިނަލް ކޯޓުގެ ނަންބަރު 2016
/
9187/J
/
MD-145 ކޯޓު އަމުރު
އެއްވެސް ފަރާތަކުން އިސްތިއުނާފު ކޮށްފައިނުވާކަން އެނގެން އޮންނައިރު، ނާއިފް ޙަސަން ބަންދުކުރިތާ 24
ގަޑިއިރު ތެރޭގައި ބަންދާމެދު ގޮތެއް ނިންމައި، ބަންދުގެ މުއްދަތު އިތުރުކޮށްފައިވުމަކީ ނާއިފް ޙަސަން
ހައްޔަރުކުރި ކުރުމަކީ ޤާނޫނީ އިޖްރާއާތުގެ އިމުގެ ތެރެއިން ކޮށްފައިވާ ކަމެއްކަމަށް ކޯޓުންނާއި ނާއިފް
ޙަސަންގެ ފަރާތުން ޤަބޫލުކުރާކަމަށް ދަލާލަތުކުރާ ކަމެއްކަމާއިގެ
ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ނިޒާމް ބައްޓަން ކުރެވިފައިވާގޮތުން، ޝަރުޢީ ކޯޓަކުން
ނިންމާ ނިންމުމެއް ބާޠިލުކުރެވޭނީ، އެނިންމުން ނިންމި މަރުޙަލާއަށްވުރެ މަތީ މަރުޙަލާގެ ކޯޓަކުންކަން،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިންނާއި އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުން އެނގެން
އޮންނަހިނދު، އިސްވެ ބަޔާންވެދިޔަ ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
117/J
/
MD-145 ކޯޓު އަމުރުގެ
ކުރިން ހަމަ އެކޯޓުން ނާއިފް ޙަސަންގެ ބަންދާމެދު ގޮތެއް ކަނޑައަޅާފައިވަނިކޮށް، ނާއިފް ޙަސަން ހައްޔަރުކުރި
ކުރުމަކީ، ޤާނޫނީ އިޖްރާއާތުގެ އިމުން ބޭރުން ކޮށްފައިވާ ހައްޔަރެއްކަމަށް ކަނޑައަޅައި ނިންމި ނިންމުމަކީ،
ޤާނޫނުގައި ކަނޑައެޅި ބަޔާންކުރެވިފައިވާ އިސްތިއުނާފް އުޞޫލުތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަން
އެނގޭކަމާއި، އެއްމަރުޙަލާއެއްގެ ކޯޓުތަކުގެ ފަނޑިޔާރުން ނިންމާ ނިންމުންތައް ހަމަ އެމަރުޙަލާއެއްގެ ކޯޓުތަކުގެ
ފަނޑިޔާރުން ބަދަލުކުރާނަމަ އެކަމަކީ، ޢަދަލު އިންސާފު ޤާއިމު ކުރުމުގައި ޝަރުޢީ ޤާނޫނީ ގޮތުން ފުށު
އެރުންތަކެއް އެކަމުގެ ސަބަބުން ނުކުމެގެންދާނެ ކަމެއްކަން އެނގެއެވެ.
(ށ) 2016 ޑިސެމްބަރު 25 ވަނަ ދުވަހު 20:58 ހާއިރު ލ. ގަން ތުނޑި. ސްނޯރޯސް، މާނިޙު
މުޙައްމަދުއާއި، ނާއިފް ޙަސަންއާއި އިތުރު ބަޔަކު ގުޅިގެން މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި
ކުރާކަމަށް ތުޙުމަތު ކުރެވޭ މައްސަލައިގައި، ނާއިފް ޙަސަންއާއި އިތުރު ބަޔަކު މަސްތުވާތަކެތީގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2017/HC-A/78
ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓަލިޖެންސްއިން ދީފައިވާ މައުލޫމާތާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން
ދަނިކޮށް، ނާއިފް ޙަސަންއާއި އިތުރު މީހަކު މާލެ އޮޕްޓިކަލްސް ކައިރިއަށް ސައިކަލެއްގައި (ރަޖިސްޓްރީ
ނަންބަރު 4165 ޕީ.އޭ.އޭ.އޯ.އެފް) އައިސް އެތަނުގައިހުރި މީހަކާއި ބައްދަލުކުރި މަންޒަރު އެތަނުގައި ތިބި
ފުލުހުންނަށް ފެނުމާއި، އަދި އޭގެ 15 މިނެޓް ފަހުން ނާއިފް ޙަސަންއާއި އިތުރު 12 މީހުން މާލޭ
އޮޕްޓިކަލްސް ކައިރީގައި ތިއްބާ ފެނިފައިވުމާއި، އަދި އިސްވެ ބުނެވިދިޔަ ސައިކަލްގައި ނާއިފް ޙަސަން ދަނިކޮށް
ހުއްޓުވާ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިސް އޭނާ ދުއްވަން އިން ސައިކަލް (ރަޖިސްޓްރީ ނަންބަރު
4165 ޕީ.އޭ.އޭ.އޯ.އެފް) ބަލައި ފާސްކުރުމުގެ ތެރޭގައި ސައިކަލްގެ މަޑިދަށުގައި އޮތް ކޮތަޅެއްގެ ތެރެއިން
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު 04 ޖޫސްޕެޓީ ކޮތަޅު ފެނިފައިވުމާއި، މިމައްސަލައާ
ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހެއްގެ ވޮލެޓުން 7428 ޔޫ.އެސް ޑޮލަރު ފެނިފައިވާކަމަށް،
މިމައްސަލައާ ގުޅިގެން ލިބިފައިވާ ހެކި ނުވަތަ ޤަރީނާގެ ގޮތުގައި ނާއިފް ޙަސަންގެ ބަންދުގެ މުއްދަތު
އިތުރުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހުށަހަޅާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ނަންބަރު: 154690/MF ”ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް” ގައި ބަޔާންކޮށްފައިވާ ކަމާއިގެ
ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކުރެވޭ މީހާއަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ މީހެއްކަމަށް ފަނޑިޔާރަށް
ފެންނަ ޙާލަތްތަކުގައި އެމީހަކު ބަންދުކޮށްފައި ބަހައްޓާނެ ތަނެއް ކަނޑައެޅުމާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 260/HC-A/2012 ޤަޟިއްޔާއާއި ނަންބަރު 35/HC-A/2013 ޤަޟިއްޔާގައި
ކަނޑައަޅާފައިވާ އުޞޫލަށް ބަލާއިރު، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް
ނިންމުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރެވޭ މީހާއަކީ މުޖުތަމަޢުގެ ސަލާމަތަށް
ނުރައްކާތެރިވެދާނެ މީހެއްކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތްތަކުގައި އެމީހަކު ބަންދުގައި ބަހައްޓަންޖެހޭނީ
އެމީހެއްގެ ފަރާތުން މުޖުތަމަޢަށް ނުރައްކާތެރިކަމެއް ނުފޯރުވޭނެ ފަދަ ތަނެއްގައި ކަމަށް ކަނޑައަޅުއްވާފައިވާކަން
އެނގެން އޮންނަކަމާއިގެ
ކުށެއްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2017/HC-A/78
ނާއިފް ޙަސަންގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލައަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން
ތަޙްޤީޤް ކުރަމުންދާ މައްސަލައެއްކަން، މިމައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން
އެނގެން އޮންނަކަމާއި، މައްސަލައެއްގެ ތަޙްޤީޤު ކުރެވޭ މީހަކީ ކުށެއް ކުރިކަމުގެ ތުހުމަތުގެ މަޙައްލުގައިވާ
މީހެއް ކަމާއި، އެފަދަ މީހެއްގެ ބަންދާމެދު ގޮތެއް ނިންމާ ޙާލަތްތަކުގައި، އެމައްސަލައެއް ބައްލަވާ ފަނޑިޔާރަކު
ބައްލަވަން ޖެހޭނީ ތުހުމަތުކުރެވިފައިވާ މީހާގެ ފަރުދީ މަސްލަޙަތަށް އެކަނި ނޫންކަމާއި، ތުހުމަތުކުރެވިފައިވާ
ފަރާތުގެ ފަރުދީ މަޞްލަޙަތު ޙިމާޔަތްކުރުމާއެކު މުޖުތަމަޢުގެ ޖަމާޢީ މަސްލަޙަތާއި ޙައްޤުތައް ރައްކާތެރިކުރެވޭނެ
ގޮތްތަކެއްގެ މައްޗަށް ރިޢާޔަތްކޮށް މި ދެ މަސްލަޙަތު ބެލެންސް ކުރެވެންވާނެކަމާއިގެ
އެގޮތުން ބަލާއިރު، ނާއިފް ޙަސަންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ނަންބަރު: 154690/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް” ގައި
ބަޔާންކޮށްފައިވާ ސަބަބުތަކާއި، މިމައްސަލައިގެ ބާވަތަށާއި، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާގެ މައްޗަށް
ބަލާއިރު، މިފަދަ ތުހުމަތެއްގައިވާ ފަރާތެއް ދޫވެފައި ހުރުމަކީ ނުވަތަ ގޭ ބަންދުގައިވެސް ހުރުމަކީ
މަތުކުރެވިފައިވާ ކުށުގެ ޢަމަލު ތަކުރާރުކުރުމުގެ ފުރުޞަތު އޮންނާނެ
ފެނާނެކަމެއްކަން އެނގޭކަމާއި، އެފަދަ މީހަކު
މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލާފައި ހުރުމާއި އަދި ދޫވެދާފަދަ ތަނެއްގައިވެސް ބެހެއްޓުމަކީ އެކަމުގެ ސަބަބުން
މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމެއްކަމުގައި ޝަރީޢަތުން ދެކޭތީ، ނާއިފް ޙަސަން ބަންދުގައި
ބެހެއްޓުމުގެ މުއްދަތު އިތުރުކުރުމަށް އެކަށީގެން ސަބަބުތަކެއް މައުޖޫދުވެފައިވާކަން އެނގެއެވެ.
އެހެންކަމުން، މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުން ދެކެނީ ކުރިމިނަލް ކޯޓުގެ
ނަންބަރު 2017
/
117/J
/
MD-145 ކޯޓު އަމުރަށް ބަދަލު ގެންނަ ހޭކަމަށެވެ.
eހ2
برسررفع مما
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2017/HC-A/78
• ޙުކުމް;
ދެންފަހެ، އިސްވެ ބަޔާންކުރެވު.
،ޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ކުރިމިނަލް ކޯޓުގެ
ނަންބަރު 2017
/
117/J
/
MD-145 ކޯޓު އަމުރު މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށް، 2017 ފެބްރުއަރީ 07 ވަނަ ދުވަހުގެ 14:05 އިން
ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ބ. ތުޅާދޫ ފިފްޓީފްލާވަރ، ނާއިފް ޙަސަން (އައިޑީ ކާޑު ނަންބަރު
A258444) މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް، މިޤަޟިއްޔާ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން އަމުރުކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv