ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/271 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/271
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 271/HC
-
A/2008
• އިސްތިއުނާފުކުރި ފަރާތް
*ނަން: ޢަބްދުލްޙަމީދު ޢަބްދުއްޞަމަދު
ކާޑު ނަންބަރ. A009698
ދާއިމީ އެޑްރެސް: ފ.ހިލްމަން/ މާލެ
މިހާރުގެ އެޑްރެސް: ފ.ހިލްމަން/ މާލެ
*
• އިސްތިއުނާފު ރައްދުވި ފަރާތް:
*ނަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
• ހުށަހެޅުނު ތާރީޚް:15 ރަމަޟާން 1429
15 ސެޕްޓެމްބަރ 2008
* ނިމުނު ތާރީޚް: 30 ރަބީޢުލްއައްވަލު 1431
މާރޗް
16
2010
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2008/JC/179
* ނިންމެވިކޯޓް: ޖިނާއީކޯޓް
OX.CC
0
• ޤަޟިއްޔާގެ ބާވަތްމަނާކުރެވިފައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތީގެ ވިޔަފާރުކުރުން
ށަހެޅުނުތާރީޚް: 22
01
2008
ނިމުނު ތާރީޚް: 16
2008 - 06
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/271
ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީ ކޯޓްގެ ނަންބަރު 2008/JC/179 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތްނުވާ
ތެނުވާ ކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ގ.ހިލްމަން ޢަބްދުލްޙަމީދު
ޢަބްދުއްޞަމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާފަތާކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
މިމައްސަލައާއި ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކާށާއި
ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިއުންތަކަށާއި އަދި ޖިނާއީ ކޯޓްގެ ނަންބަރު 2008/JC/179
ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާ ކަމަށްބުނެ ޢަބްދުލްޙަމިދު
ޢަބްދުއްޞަމަދުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާބަލާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ: ދައުލަތުގެ ފަރާތުން ޢަބްދުލްޙަމީދު ޢަބްދުއްޞަމަދުގެ މައްޗަށް ކުރައްވާފައިވާ
ދަޢުވާއަކީ 15 ނޮވެމްބަރ 2007 ދުވަހު ޤަތަރު އެއާރވޭސްގެ ނަންބަރު 382 ފުލައިޓުން ރާއްޖެއައި
އަޖުމަތުޚާން، ރާއްޖެގެނައި ދެކިލޯގެ މަސްތުވާތަކެއްޗަކީ މެލޭޝިޔާގައި ހުރި ޏ.ފުވައްމުލަކު ލާލުގޭ ވަސީމް
ޢަބްދުﷲގެ ރައްޓެއްސަކު ފޮނުވި އެއްޗެއްކަމަށާއި،
ޢަޒުމަތުޚާން ސާފުވިއު ގެސްޓްހައުސްއިން
މަސްތުވާތަކެތި ރައްކާތެރިކަމާއެކު ނެރުމަށްޓަކައި ތ.ބުރުނީ! ސޯސަންވިލާ އިބްރާހީމް ޙަބީބުއާއި މޯލްޑިވްސް
ޕޮލިސްސަރވިސްގެ ކޯޕްރަލް މަނާރު މުޙައްމަދު ޝަރީފްއާއި ބައްދަލުކޮށް މިދެމީހުންގެ އެހީތެރިކަމާއެކު
ސާފުވިއު ގެސްޓްހައުސްއިން ޢަޒުމަތުޚާނު ގެނެސްފައިހުރި މަސްތުވާތަކެތި ނެރުމަށް މަސައްކަތްކޮށް
މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރުމުގެ ކުށުގެ
ދަޢުވާއާއި އޭނާގެ މިލްކުގައިވާ 110 ސީ ސީ ސައިކަލާއި، ކާރާއި، ފެޓްސް ފޮތިފިހާރައާއި، މެޖިކް
ލައިފުލޯންޗާއި، ހަސްނާވިލާއާއި ވައިވީ އިންޖިނިއަރިންގ ވާރކްޝޮޕާއި، މީނާގެ ނަމުގައި ބޭންކު
އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ 101-259674
7701 އެކައުންޓާއި، 001
2596745
7704
އއ.
xތ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
· 92 92 04x
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/271
އެކައުންޓާއި، ހަބީބު ބޭންކުގގެ ނަންބަރު 658932 އެކައުންޓްގައި ހުރި ފައިސާއަކީ މަސްތުވާތަކެތީގެ
ވިޔަފާރިކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާކަމަށް ބެލެވޭކަމަށްބުނެ އެތަކެއްޗާއިމެދު ޝަރީޢަތުގެ
ފަރާތުންގޮތެއް ކަނޑައަޅާދިނުން އެދި ހުށަހަޅާފައިވާ ދަޢުވާ އަކަށްވާއިރު، އެދަޢުވާއާމެދު ޢަބްދުލްޙަމީދު
ޢަބްދުއްޞަމަދުގެ ފަރާތުން އިންކާރު ކުރުމާއެކު ޢަބްދުލްޙަމީދު ޢަބްދުއްޞަމަދުގެ ޤާނޫނީ ވަކީލު
އަލްއުސްތާޛު ހުސްނުއްސުޢޫދު ޝަރީޢަތުގެ މަޖިލީހުގައި ވިދާޅުވެފައިވަނީ 15 ނޮވެމްބަރ 2007 ގައި
ޤަތަރުއެއާރވޭސްއިން ރާއްޖެއާއި ޕާކިސްތާނުގެ ރައްޔިތެއްކަމުގައިވާ ޢަޒުމަތުޚާނަކީ ޢަބްދުލްޙަމީދު
ޢަބްދުއްޞަމަދު ދަންނަ މީހެއްނޫންކަމަށާއި އަދި އެނަންކިޔާ މީހަކު ރާއްޖެއަށް މަސްތުވާތަކެތި ގެނައި
ކަމެއްވެސް ޢަބްދުލްޙަމީދު ޢަބްދުއްޞަމަދަށް އެނގިފައިނުވާކަމަށާއި އަދި ސާފުވިއު ގެސްޓްހައުސްއިން
މަސްތުވާތަކެތި ނެރުމަށް މަސައްކަތްކޮށްފައި ނުވާކަމަށާއި އަދި ޢަބްދުލްޙަމީދު ޢަބްދުއްޞަމަދަކީ އެއްވެސް
އިރެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާމީހެއް ނޫންކަމަށާއި އަދި ޢަބްދުލްޙަމީދު ޢަބްދުޞަމަދުގެ
މުދަލަކީވެސް މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ މުދަލެއްނޫންކަމަށްބުނެ އެދަޢުވާ އާމެދު
ޢަބްދުލްޙަމީދު ޢަބްދުއްޞަމަދުގެ ޤާނޫނީ ވަކީލު އަލްއުސްތާޛު ހުސްނުއްސުޢޫދު ސާފުބަހުން އިންކާރު
ކޮށްފައިވާކަން ފާހަގަ ކުރެވިފައިވާއިރު، ޢަބްދުލްޙަމީދު އަބްދުއްޞަމަދަކީ ބޭރުމީހުންނާއި ގުޅިގެން
މަސްތުވާތަކެތި އެތެރެކޮށް ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއްކަމަށާއި،
މެލޭޝިޔާގައިހުރި ޕާކިސްތާނުގެ މީހަކު އަބްދުލްޙަމީދު ޢަބްދުއްޞަމަދަށް ފޯނުންގުޅާ ސާފުވިއު
ގެސްޓްހައުސްގައި ހުރި ޢަޒުމަތުޚާނުއަތުގައި ހުރި މަސްތުވާތަކެއްޗާއި ޙަވާލުވުމަށް 2007 ވަނަ އަހަރުގެ
ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހު އެދިފައިވާކަމަށާއި އަދި އެތަކެތި އެތަނުން ނެރުމަށް ވަރަށްގިނަ
މަސައްކަތް ކޮށްފައިވާކަމަށާއި އަދި އެމަސައްކަތުގައި އިބްރާހީމް ޙަބީބާއި މަނާރު މުޙައްމަދު ޝަރީފާއި
ބައިވެރިވެފައިވާ ކަމަށްބުނެ މިކަންކަމާބެހޭ ގޮތުން 2007 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ
ދުވަހު މިމައްސަލައާއި ގުޅިގެން ކުރެވުނު ތަޙްޤީޤުގައި ޢަބްދުލްޙަމީދު ޢަބްދުއްޞަމަދު ސާފުބަހުން
އިޤްރާރުވެފައިވާކަން ފާހަގަކުރެވިފައި އޮންނައޮތުމެވެ.
ދުވަހު ޢަބްދުލްޙަމީދު ޢަބްދުއްޞަމަދު ދީފައިވާ ތަޙްޤީޤު ބަޔާނަކީ ޢަބްދުލްޙަމީދު ޢަބްދުއްޞަމަދު ދީފައިވާ
ބަޔާނެއް ނޫންކަމަށްބުނެ އެބަޔާނުގައި ޢަބްދުލްޙަމީދު ޢަބްދުއްޞަމަދު އިޢުތިރާފުވެފައިވާ ކަންކަމާމެދު
/ ބޑ ގތ
2 22 22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/271
ޝަރީޢަތުގެ މަޖިލީހުގައި އިންކާރު ކޮށްފައިވާއިރު، އެމައްސަލަ ތަޙްޤީޤު ކުރެއްވިއިރު، އެޙާޟިރުގައިތިބި
މޯލްޑިވްސް ޕޮލިސްސާރވިސްގެ ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ޙަމީދާއި މޯލްޑިވްސް
ޕޮލިސްސާރިވިސްގެ ސްޓާފް ސާރޖެންޓް ޢަބްދުއްރަޙްމާން ޒިހުނީއާ ދެމީހުން 2008 ވަނަ އަހަރުގެ
ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ޖިނާއީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވި، އެދެމީހުންގެ
ހެކިބަސް ހޯދިފައިވާކަމާއި އަދި އެދެމީހުން ޖިނާއީ ކޯޓްގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައި
ދައުލަތުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ތަޙްޤީޤުބަޔާނަކީ، ޢަބްދުލްޙަމީދު ޢަބްދުއްޞަމަދު
ކިޔައި ދިންގޮތަށް ލިޔެފައިވާ ބަޔާނެއްކަމަށާއި އެބަޔާނުގައި ޢަބްދުލްޙަމީދު ޢަބްދުއްޞަމަދު ސޮއިކޮށް
އިނގިލީގެ ނިޝާން ޖަހާފައިވަނީ އެއްވެސް ފަރާތެއްގެ މަޖުބޫރު ކަމެއްނެތި އަމިއްލަ އިޚްތިޔާރުގައި
ކަމަށާއި ޢަބްދުލްޙަމީދު ޢަބްދުއްޞަމަދަށް އެއްވެސްބާވަތެއްގެ މަޖުބޫރެއްކޮށް ބިރުދައްކާފައިނުވާ ކަމަށްބުނެ
މިކަންކަމުގެ މައްޗަށް ޢަބްދުއްރަޙްމާނު ޒިހުނީއާއި، މުޙައްމަދު ޙަމީދާ ދެމީހުން ޖިނާއީ ކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ހެކިދީފައިވާކަން ފާހަގަ ކުރެވިފައި އޮންނަ އޮތުމެވެ.
(ނ) ތިންވަނަކަމަކީ: ޢަބްދުލްޙަމީދު ޢަބްދުއްޞަމަދަކީ މަނާކުރެވިފައިވާ މަސްތުވާތަކެތި ރާއްޖެއަށް
އެތެރެކޮށް އަދި އެތަކެތީގެ ވިޔަފާރި ކުރާމީހެއްކަމަށާއި އަދި ޢަޒުމަތުޚާން ރާއްޖެގެނައި، 02 ކިލޯގެ
މަސްތުވާ ތަކެއްޗާއި ޙަވާލުވުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާކަމަށާއި މިކަންކަމާބެހޭ ގޮތުން
ޢަބްދުލްޙަމީދު އަބްދުއްޞަމަދު ސާފުބަހުން ވެފައިވާ އިޢުތިރާފާމެދު ޝަރީޢަތުގެ މަޖިލިހުގައި އިންކާރު
ކޮށްފައިވިޔަސް، އެއިޢުތިރާފަކީ ޢަބްދުލްޙަމީދު ޢަބްދުއްޞަމަދުގެ އިޚްތިޔާރާއި ރުހުމުގައިވެފައިވާ
އިޢުތިރާފެއްކަން އެމައްސަލަ ތަޙްޤީޤު ކުރިއިރު އެޙާޟިރުގައި ހެކިންގެ ގޮތުގައިތިބި މުޙައްމަދު ޙަމީދާއި،
ޢަބްދުއްރަޙްމާނު ޒިހުނީ އާއި ދެމީހުންގެ ހެކިބަހުން ޘާބިތުވެފައިވާއިރު، ޢަބްދުލްޙަމީދު ޢަބްދުއްޞަމަދުގެ
އެއިޢުތިރާފު ނަފީކުރެވޭފަދަ ހެއްކެއް އަދި ޤަރީނާއެއްވިޔަސް ޝަރީޢަތަށް ހުށަހެޅިފައިނުވާކަން ފާހަގަ
ކުރެވިފައި އޮންނައޮތުމެވެ.
(ރ) ހަތަރުވަނަކަމަކީ: ދައުލަތުގެ ފަރާތުން ކޮށްފައިވާ ދަޢުވާގައި ބުނެފައިވާ މުދަލަކީ
މަސްތުވާތެކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ މުދަލެއްނޫންކަމަށް އަބްދުލްޙަމީދު ޢަބްދުއްޞަމަދުގެ ފަރާތުން
ބުނެފައިވާ ބުނުމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާބަލާއިރު، ޢަބްދުލްޙަމީދު
ޢަބްދުއްޞަމަދުގެ މިލްކިއްޔާތުގައިހިމެނޭ މުދަލަކީ މުޖުތަމަޢުގެ އެހެނިހެން އަފުރާދުންގެ މިލްކިއްޔާތުގައި
24 24
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/271
ހިމެނޭ މުދަލެކޭވެސް އެއްފަދައަކުން ޝަރުޢީ އަދި ޤާނޫނީ ބޭނުމެއް އޮވެގެން އެބޭނުމަކަށްޓަކައި މެނުވީ
އުޞޫލެއްގެ ގޮތުން އެމުދަލެއް ޢަބްދުލްޙަމީދު ޢަބްދުއްޞަމަދުގެ މިލްކިއްޔާތުގެ ތެރެއަށް ވަދެފައިވާ ގޮތް
ޘާބިތުކުރަން ޖެހޭ އެއްޗަކަށް ނުވިޔަސް، ޢަބްދުލްޙަމީދު ޢަބްދުއްޞަމަދަކީ މަނާކުރެވިފައިވާ މަސްތުވާތަކެތި
ރާއްޖެއެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށް އުޅޭ މީހެއްމަކަށްބެލެވި އެކަމާގުޅިގެން ޢަބްދުލްޙަމީދު
ޢަބްދުއްޞަމަދުގެ މައްޗަށް ދަޢުވާ އުފުލިފައިވާއިރު، ޕާކިސްތާނުގެ މީހަކު ރާއްޖެ އެތެރެކޮށްފައިވާ 02
ކިލޯގެ މަސްތުވާތަކެތި ސާފުވިއު ގެސްޓްހައުސްއިން ރައްކާތެރިކަމާއެކު ނެރެން ވަރަށްބޮޑަށް
މަސައްކަތްކޮށްފައިވާ ކަމަށާއި އަދި އެމަސައްކަތް އެގޮތަށްކޮށްފައިވަނީ މެލޭޝިޔާގައި ހުރިމީހަކު
ޢަބްދުލްޙަމީދު ޢަބްދުއްޞަމަދަށް ފޯނުންގުޅާ އެތަކެއްޗާއި ޙަވާލުވުމަށް އެދުނު އެދުމެއްގެ މަތިންމަކަށްބުނެ،
ޢަބްދުލްޙަމީދު ޢަބްދުއްޞަމަދު މިކަންކަމުގެ މައްޗަށް އިޢުތިރާފު ވެފައިވަނީ އިޚްޔާރާއި ރުހުމުގައިކަން
ދެހެކިންގެ ހެކިބަހުން ޘާބިތުވެ އެނގެންއޮންނާތީ ޢަބްދުލްޙަމީދު ޢަބްދުއް ޞަމަދާއި ޢަބްދުލްޙަމީދު
ޢަބްދުއްޞަމަދާއެކު މިފަދަކަންކަމުގައި ރާއްޖެއާއި ރާއްޖެއިންބޭރުން ބައިވެރިވެ އެހީތެރިވާ ފަރާތްތަކަކީ
ދުރާލާރާވައިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި ޙަރަކާތްތެރިވާ ފަރާތެއްކަމަށް ޤާނޫނު ނަންބަރު
24/76 ގެ (6) ވަނަ މާއްދާގެ ދަށުން ޝަރީޢަތަށް ޤަބޫލުކުރެވޭ މިންވަރަށް ޤަރީނާލިބޭ ކަމަށް މިމައްސަލަ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤްވެވިފާވާތީ، ޢަބްދުލްޙަމީދު ޢަބްދުއްޞަމަދަކީ
ޢަބްދުލްޙަމީދު ޢަބްދުއްޞަމަދުގެ މައްޗަށް އުފުލިފައިވާ ދަޢުވާއިން ބަރީޢުއް ޒިންމާވެވޭފަދަ ޙާލަތެއްގައި ހުރި
ފަރާތެއްކަމަށް ޝަރުޢީ އަދި ޤާނޫނީހަމަތަކުގެ މަތިން ބެލެވޭފަދަ ސަބަބެއްނެތްއިރު، ދިވެހިރާއްޖޭގެ
ހައިކޯޓްގެ ފަނޑިޔާރުންގެ ނަޒަރުގައި އެދަޢުވާގައި ބުނެފައިވާ ޢަބްދުލްޙަމީދު ޢަބްދުއްޞަމަދުގެ
މިލްކުގައިހުރި ތަކެތީގެ ތެރެއިން ޖިނާއީ ކޯޓްގެ ނަންބަރު 2008/JC/179 ޤަޟިއްޔާގެ ޙުކުމްގައި
ބުނެފައިވާ މުދަލަކީވެސް ޢަބްދުލްޙަމީދު ޢަބްދުއްޞަމަދުގެ އިޢުތިރާފުން ޘާބިތުވެފައިވާ މަނާކުރެވިފައިވާ
މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށް ހަދާފައިވާ ތަކެތި ކަމަށް ޤާނޫނު ނަންބަރު
24/76 ގެ 06 ވަނަ މާއްދާގެ ދަށުން ޝަރީޢަތަށް ޤަބޫލުކުރެވޭ މިންވަރަށް ޤަރީނާލިބޭ ކަމަށެވެ.
މިކަންކަން މިހެންހުރުމާއެކު ޖިނާއީ ކޯޓްގެ ނަންބަރު 2008/JC/179
ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ބަދަލެއްގެނެވިދާނެފަދަ ޝަރުޢީ އަދި
ޤާނޫނީވިޔަސް ހަމައެއް އޮތްކަމަކަށް ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުންނަށް ނުފެނެއެވެ.
24
2
2 0 0
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/271
099
އަޙްމަދު ޝަރީފް ޢަލީ
ޖިނާއީ ކޯޓްގެ ނަންބަރު 2008/JC/179 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ ޚިލާފުކަމަށް ބެލެވެންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމައެއްނެތް ކަމަށް
މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޢިއްތިފާޤުވެވުނު ހިނދު، އެޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
ޢަލީ ޙަމީދު މުޙައްމަދު
އާދަމް މުޙައްމަދު ޢަބްދު1
(ފަނޑިޔާރު)
ފަނޑިޔާރު)
(ފަނޑިޔާރު)
Cut
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes