ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/218 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/218
ޤަޟިއްޔާ ނިމުނު ގޮތުގެ
ދެލި
#
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
އިކާޓް
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 218/HC
-
A/2013
އިސްތިއުނާފް ކުރިފަރާތް:
* ނަން: ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)
ވަލީކު: އަލްއުސްތާޛާ މަރްޔަމް ޝުނާނާ
ދާއިމީ އެޑްރެސް: ވެލާނާގެ/8 ވަނަ ފަންގިފިލާ
. އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އިބްރާހީމް ޝަރީފް
އައިޑީ ކާޑު ނަންބަރު: A027115
.އުމީ އެޑްރެސް: ސެމީ ގދ. ތިނަދޫ
ސްޓްރީކުރެވުނު
0
29 ޝައުބާން 1434
8 ޖުލައި 2013
ނިމުނު ތާރީޚް: 12 ޖުމާދަލްއޫލާ 1435
13 މާޗް 2014
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cv-C/1089
ޤަޟިއްޔާގެ ބާވަތް: ގެއްލުމުގެ ބަދަލުހޯދުން
ނިންމެވި ކޯޓް: ސިވިލް ކޯޓު
ހުށަހެޅުނު ތާރީޚް: 17 ޖޫން 2012
ނިމުނު ތާރީޚް:
17 ފެބްރުއަރީ 2013
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2013/HC-A/218
2 ޤަޟިއްޔާ ނިމުނު "
و جری معلمي مب
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1089 ޤަޟިއްޔާ އެކޯޓުން
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު
ކޮށްދިނުންއެދި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ބެލެވިފައިވާ މައްސަލައެކެވެ. މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ، އިބްރާހީމް
ޝަރީފް، ގދ. ތިނަދޫސެމީ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A027115) އެވެ.
374
1
ހުށަހެޅެމުން
ފާހަގަކުރެވުނު ނުކުތާތައް:
1. އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1089
ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، ގދ. ތިނަދޫސެމީ، އިބްރާހީމް ޝަރީފް އާމްދަނީ ހޯދުމަށް
ދުއްވާ، ރަޖިސްޓްރީ ނަންބަރު AC1A T1840 ޕިކަޕު، 19 މާޗް 2012 އިން ފެށިގެން 21 މެއި
2012 އާ ހަމައަށް، ޤަވާޢިދާ ޚިލާފަށް ހިފަހައްޓާފައިވާކަމަށް ބުނެ، އެމުއްދަތުގައި އިބްރާހީމް ޝަރީފަށް
ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯއްދަވައިދެއްވުން އެދި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދަޢުވާލިބޭގޮތަށް
ދިވެހި ދައުލަތުގެ މައްޗަށް އިބްރާހީމް ޝަރީފްގެ ފަރާތުން ހުށަހެޅުމުން، ސިވިލް ކޯޓުން ބައްލަވާ
ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
20 02 0 0
އެޤަޟިއްޔާގައި ޙުކުމުގައިވަނީ، "ދެންފަހެ، އިސްވެބަޔާންވެދިޔަ ނުކުތާތަކުގެ މައްޗަށް
ބެލުމުން، ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތުގެ ޕިކަޕު މަގުމަތިން ހިފަހައްޓައިގެން ގެންގޮސްފައިވަނީ
19 މާރޗް 2012 ގައި ކަމާއި، ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ޕިކަޕް ހަވާލުކޮށްފައިވަނީ 21
މެއި 2012 ގައި ކަމާއި، ޕިކަޕު ހިފެހެއްޓި ދުވަހާއި ދޫކޮށްލި ދުވަސްނުލައި ދަޢުވާލިބޭ ފަރާތުގެ ބެލުމުގެ
ދަށުގައި އެ ޕިކަޕު 62 ދުވަސްވަންދެން ބޭއްވިކަން ދެފަރާތުގެ ބަހުން އެނގެންއޮތުމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2013/HC-A/218
3 ޤަޟިއްޔާ ނިމުނު "
کی عمری
ދަޢުވާލިބޭ ފަރާތުން ޕިކަޕު ހިފަހައްޓާފައިވަނީ ފުލުހުންނަށް ލިބިދީފައިވާ އެންމެހާ
ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފުމާއިބެހޭ ޤަވާއިދުގެ 5 ވަނަ މާއްދާގެ (ށ) އިން ބާރު ލިބިގެން
އެ ޤަވާއިދާއި އެއްގޮތަށް ކަމަށް ދަޢުވާލިބޭ ފަރާތުން ބުނެފާވާއިރު، އެ ޤަވާއިދުން ދަޢުވާލިބޭ ފަރާތަށް
ބާރުލިބިދެނީ އެކަށީގެންވާގޮތުގެ މަތީން ބަލާފާސްކުރެވެންދެން ހިފެހެއްޓުމަށްކަމަށްވެފައި، ދަޢުވާލިބޭ
ފަރާތުން އެ ޕިކަޕު 62 ދުވަސްވަންދެން ހިފަހައްޓާފައިވުމުން، ދަޢުވާލިބޭ ފަރާތުން ޢަމަލުކޮށްފައިވަނީ އެ
ޤަވައިދާއި ޚިލާފަށްކަމަށްވާތީ، ދަޢުވާލިބޭ ފަރާތުގެ ބެލުމުގެ ދަށުގައި ޕިކަޕު އޮތް މުއްދަތުގައި ދަޢުވާކުރާ
ފަރާތަށް ލިބުނު ގެއްލުމުގެ ބަދަލުގައި، ރެއަކާއިދުވާލު 08 ގަޑިއިރަށް، ގަޑިއަކަށް -/180ރ. (އެއްސަތޭކަ
އަށްޑިހަރުފިޔާ) ގެ މަގުން 62 ދުވަހަށްޖެހޭ -/
89,280ރ. (އަށްޑިހަ ނުވަހާސް ދުއިސައްތަ އަށްޑިހަ
ރުފިޔާ) އާއި، ވަކީލު ފީގެ ގޮތުގައި -/
20,000ރ. (ވިހި ހާސް ރުފިޔާ) އާއި، އެކު ޖުމުލަ
-/
109,280ރ. (އެއްލައްކަ ނުވަހާސް ދުއިސައްތަ އަށްޑިހަ ރުފިޔާ) އަކީ ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ
ފަރާތަށް ދޭންޖެހޭ ފައިސާކަމަށް ކަނޑައަޅައި، މިފައިސާ ދަޢުވާކުރާ ފަރާތަށް ލިބިދިނުމަށްޓަކައި މިއަދުން
ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މިފައިސާ ސިވިލް ކޯޓަށް ދެއްކުމަށް ދަޢުވާލިބޭ ފަރާތަށް
އަންގައި، ޙުކުމްކޮށްފީމެވެ. މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެގެން
އޮންނަކަމެވެ.
1089/Cv-C/2012
2. ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާ
އެކޯޓުން
ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ދައުލަތުގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި 4 (ހަތަރެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެގޮތުން ދައުލަތުގެ ފަރާތުން
ހުށަހަޅާފައިވާ:
0 0
<
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
# #
2013/HC-A/218
4 ޤަޟިއްޔާ ނިމުނު 1
• ފުރަތަމަ ނުކުތާއަކީ، ޢާންމު އުޞޫލެއްގެ ގޮތުން ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ
މަދަނީ ދަޢުވާތައް ފައިސަލާކުރުމުގައި ޢަމަލުކުރެވޭ ގޮތަކީ، ދަޢުވާގައި އެދިފައިވާ ކަންކަން ޝަރީޢަތަށް
ސާބިތުވާނަމަ އެދިފައިވާ ކަންކަމުގެ މައްޗަށް ޙުކުމްކުރެއްވުން ނުވަތަ އެކަންކަން ސާބިތުނުވާނަމަ
ދަޢުވާކުރާ ފަރާތުން އެދިފައިވާ ފަދައިން ކަނޑައަޅުއްވައިދެއްވެން ނެތްކަމަށް ނުވަތަ އެކަންކަން
ސާބިތުނުވާކަމަށް ޙުކުމް ކުރެއްވުންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 47/HC
-
A/2010
ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާއިރު، މައްސަލަ ނިންމެވުމުގައި އެ
އުޞޫލާ ޚިލާފަށް
ޢަމަލުކުރައްވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، ދައުލަތުން ފާހަގަކޮށްފައިވާ އިސްތިއުނާފު ރައްދުވާ ފަރާތުގެ
ޕިކަޕު ހިފަހައްޓާފައިވަނީ، ޤާނޫނާ ޚިލާފު އެއްވުމެއް ރޫޅާލުމުގެ ތެރޭގައިކަމާއި، ޕިކަޕު މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ބެލުމުގެ ދަށުގައި 61 (ފަސްދޮޅަސް އެކެއް) ދުވަސްވަންދެން އޮތީ އިސްތިއުނާފު ރައްދުވާ
ފަރާތުގެ އިހުމާލުންކަމާއި، ޤާނޫނާ ޚިލާފު ޢަމަލުތައް ހުއްޓުވުމަށްޓަކައި އަޅަންޖެހޭ މުޙިއްމު ފިޔަވަޅުތައް
އެޅުމަކީ ފުލުހުން ޤާނޫނާ ޚިލާފުވުންކަމަށް ކަނޑައެޅިގެން ހިނގައްޖެނަމަ، ފުލުހުންގެ ޤާނޫނީ ދައުރު
އަދާކުރުމުގެ ބާރު ގެއްލިގެން ދާނެކަމާއި، މިފަދަ ގިނަކަންކަމަށް ޝަރީޢަތުން ރިޢާޔަތްކުރައްވާފައި
ނުވުމާއި، އެކަންކަމާ ގުޅޭގޮތުން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި އެއްވެސް ކަމެއް ފާހަގަކުރައްވާ
ހިމަނުއްވާފައިނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
24 2
ތިންވަނަ ނުކުތާއަކީ، ދަޢުވާ ސާބިތުކޮށްދިނުމަކީ އިސްތިއުނާފު ރައްދުވާ ފަރާތުން
ކުރަންޖެހޭ ކަމެއްކަމަށްވެފައި، އެފަރާތުން ސާބިތުކޮށް
ތުކޮށްދޭންޖެހޭ ކަންކަން އެއްވެސް މިންވަރަކަށް
ސާބިތުވާނޭ އެކި ހުށަހަޅާފައިނުވާއިރު، އަދި ބަދަލު
ނަންގަވާދެއްވަންޖެހޭ ޙާލަތްތަކުގައި
ރިޢާޔަތްކުރައްވަންޖެހޭ ކަންކަމަށް ރިޢާޔަތްކުރެއްވުމެއްނެތި އެފަރާތުން އެދިފައިވާ
ބަދަލު
ނަންގަވާދެއްވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
44
5 ޤަޟިއްޔާ ނިމުނު "
2013/HC-A/218
کی عمری
ދެވެ
2 22 22
• ހަތަރުވަނަ ނުކުތާއަކީ، ޤާނޫނެއްގައި ނުވަތަ ޤަވާޢިދެއްގައި ވަކީލުގެ ފީ
ނަގައިދިނުމުގައި ޢަމަލުކުރާނެ ވަކިގޮތެއް ކަނޑައެޅިފައި ނެތްއިރު، ވަކީލުގެ ފީ ނަންގަވައިދެއްވުމާމެދު
އެޅުއްވުމުގައި ކޯޓުތަކުން ޢަމަލުކުރައްވަމުން ގެންދަވާ އުސޫލާ ޚިލާފަށް
ޢަމަލުކުރައްވާފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ހހ/ 2
ޢަމަލުކުރާނެ ގޮތެއް
ކަނޑައެޅުއްވުމުގެ
3. މިމައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1089
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން ދައުލަތުގެ ފަރާތުން
ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ ރައްދުވާ އިބްރާހީމް ޝަރީފްގެ
ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ބެލިއިރު، މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު
2012/Cv
-
C/1089 ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު،
އެމައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާ، ގދ.
ގދ. ތިނަދޫ!ސެމީ، އިބްރާހީމް ޝަރީފްގެ ނަމުގައި
ރަޖިސްޓްރީ ކޮށްފައިވާ (ރަޖިސްޓްރީ ނަންބަރު AC1A T1840) ޕިކަޕު، 19 މާޗް 2012 ގައި
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެންދެވިފައިވާކަމާއި، އެޕިކަޕަކީ އިބްރާހީމް ޝަރީފް
އާމްދަނީ ހޯދުމުގެ ގޮތުން ދުއްވާ ޕިކަޕެއްކަމާއި، އެ ޕިކަޕު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ
ދަށަށް ގެންދިޔުމާ ގުޅިގެން، އެޕިކަޕު ދޫކޮށްދިނުމަށް އެދި 24 މާޗް 2012 އަދި 21 އެޕްރީލް 2012
އަދި 29 އެޕްރީލް 2012 ގައި އިބްރާހީމް ޝަރީފްގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްގައި
ސިޓީން ދަންނަވާފައިވާކަމާއި،
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2013/HC-A/218
6 ޤަޟިއްޔާ ނިމުނު ގޮތު
گمرکی
ދެވެ
މިމައްސަލާގައި ހިމެނޭ ޕިކަޕު ދޫކޮށްދިނުމަށް އެދި އިބްރާހީމް ޝަރީފުގެ ފަރާތުން
މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވާފައިވާ އިސްވެދެންނެވިފައިވާ ސިޓީތަކުގެ ތެރެއިން 24 މާޗް
2012 ގައި އިބްރާހީމް ޝަރީފް ފޮނުވި ސިޓީއަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެއްވެސް
ޖަވާބެއް ދީފައިވާކަން އެނގެން ނެތްއިރު، އެސިޓީތަކުގެ ތެރެއިން 21 އެޕްރީލް 2012 ގައި
ފޮނުވާފައިވާ ސިޓީއާ ގުޅިގެން، ޕިކަޕު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެންދެވުނުއިރު
އެޕިކަޕުގައި ގިނައަދަދެއްގެ ސާމާނު ހުރުމުން، އެމައްސަލައާ ގުޅިގެން އެސަރވިސްއިން ބަލަންޖެހޭ
ކަންތައްތަކެއް ހުރުމާއެކު އެކަންކަން ބެލުމަށްފަހު، ޕިކަޕުގެ ވެރިފަރާތުން އެސަރވިސްއަށް ހާޟިރުވުމުން
ޕިކަޕު އެފަރާތަށް ދޫކުރާގޮތަށް ހަމަޖެހިފައިވާކަމަށް، 26 އެޕްރީލް 2012 ގައި މޯލްޑިވްސް ޕޮލިސް
ސަރވިސްއިން އިބްރާހީމް ޝަރީފަށް އަންގާފައިވާކަމާއި، އެއަށްފަހު 1 މެއި 2012 ގައި ޕިކަޕް
ޙަވާލުވުމަށް އިބްރާހީމް ޝަރީފް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޙާޒިރުކުރެވިފައިވާކަމާއި، ނަމަވެސް
ޕިކަޕް ޙަވާލުކުރުމުގެ ކުރިން ސޮއިކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތައްޔާރުކޮށްފައިވާ
އިޤްރާރުގައި ބަޔާންކޮށްފައިވާ ބައެއް
ކަންކަމަށް އެއްބަސްނުވެވޭތީއާއި، ޕިކަޕުގެ އިންޖީނު
ފެކަމަށް ބުނެ، އިބްރާހީމް ޝަރީފްގެ ފަރާތުން އެދުވަހު ޕިކަޕް ޙަވާލުވުމަށް
އިންކާރުކޮށްފައިވާކަން އެނގެން އޮތްއިރު، އެ ޕިކަޕު އިބްރާހީމް ޝަރީފާ ޙަވާލުކުރެވިފައިވަނީ،
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެދަށަށް އެޕިކަޕު ގެންދެވުނުތާ 62 (ފަސްދޮޅަސްދޭއް) ދުވަސް
ފަހުން، 21 މެއި 2012 ގައިކަން، މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ
.0
2
233
2
0 ހދ
eeނވާލާނަކެP
ލިޔެކިޔުންތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، މިމައްސަލާގައި އިސްތިއުނާފު ރައްދުވާ އިބްރާހީމް ޝަރީފްގެ
ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ (ރަޖިސްޓްރީ ނަންބަރު AC1A T1840) ޕިކަޕު، 19 މާޗް 2012
ގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެންދެވިފައިވަނީ އެދުވަހު މާލޭގައި ކުރެވުނު
އާއިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 8316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
7
¢ ¢ ¢3
2013/HC-A/218
492 22 22th
0
/
141ގ
4 799402
އެއްވެއުޅުމުގެ
22
ޤަޟިއްޔާ ނިމުނު ގޮ
މުޒާހަރާއެއް، (މިމައްސަލާގައި ހިމެނޭ ޕިކަޕު ހިފެހެއްޓުމުގެ ޙާދިސާ ހިނގިއިރު ޢަމަލުކުރެވެމުންދިޔަ)
ޤަވާޢިދު" ގެ 22، 23 އަދި 24 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް ޕޮލިސް
ސަރވިސްއަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން، އެ ސަރވިސްގެ ފަރާތުން ރޫޅާލުމުގެ ތެރޭގައިކަމަށް
ދައުލަތުގެ ފަރާތުން ބުނެފައިވާއިރު، ޤަވާޢިދުގެ ދަށުން ބޭއްވޭ އެއްވުމެއް ހިނގަމުންދާ
ވަގުތު، އަމަންޢާންމާއި، ޢާންމު މަޞްލަޙަތު ރައްކާތެރިކުރުމަށްޓަކައި ސެކިއުރިޓީ ލައިން ޤާއިމުކުރުމުގެ
އިޚްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވާކަމާއި، މިގޮތުން ޤާއިމުކުރެވޭ ސެކިއުރިޓީ
ލައިން، އެފަރާތުގެ ހުއްދަނެތި ހުރަސްނުކުރެވޭނޭކަމާއި، އެޤަވާޢިދުގެ ދަށުން ބާއްވާ އެއްވުމެއްގައި އަމަން
ބަލަހައްޓަމުންދާ ދިޔުމުގައި ދިމާވާ ޙާލަތަކާހުރެ، އެއެއްވުން ބާއްވާތަން ބަދަލުކުރުމަށް އެވަގުތު
އެތަނުގައި އަމަން ބެލެހެއްޓުމަށް ފޮނުވާފައިތިބޭ މީހުންގެ ތެރޭގައި ހުންނަ އެންމެ އިސްމީހަކަށް ފެނިއްޖެ
ހިނދެއްގައި، އެއެއްވުން ބާއްވާ ތަން ބަދަލުކުރުމަށް އެންގުމުގެ އިޚްތިޔާރު އެމީހަކަށް ލިބިގެންވާކަމާއި،
ޤާނޫނާ ޤަވާޢިދާ ޚިލާފަށް، ނުވަތަ އެއްވެއުޅުމުގެ ޤަވާޢިދުގައި ކަނޑައަޅާފައިވާ ގޮތާ ޚިލާފަށް އެއްވުމެއް
ކުރިއަށް ގެންދާނަމަ ނުވަތަ އެއްވުމެއް ކުރިއަށް ދަނިކޮށް، ޢާންމު މަސްލަޙަތަށް ނުވަތަ އަމަންޢާންމަށް
ބުރޫއަރާފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ،
ހުއްޓުވުމުގެ ނުވަތަ ރޫޅާލުމުގެ ބާރު
ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަށް ނުވަތަ އެއެއްވުމެއްގެ އަމަން ބަލަހައްޓަން ފޮނުވާފައިތިބޭ ބަޔަކަށް
ލިބިގެންވާކަން، އެއްވެއުޅުމާބެހޭ ޤަވާޢިދުގެ 21، 22 އަދި 23 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމާއި،
އަދި މީގެ އިތުރުން، އިސްވެމިދެންނެވުނު ގޮތުގެމަތިން އެއްވުމެއް ހުއްޓުވުމުގައި ނުވަތަ ރޫޅާލުމުގައި،
އެއްވުން ހުއްޓާލައި، އެނބުރި ދިޔުމަށް ނަސޭހަތްތެރިވެ، އެނބުރި ދިޔުމަށް ކަނޑައެޅިފައިވާ ވަކިވަގުތެއް
ދިނުމަށްފަހު، އަދި އެވަގުތުގެ ތެރޭގައި އަނބުރާ ނުގޮސްފިނަމަ، އެއެއްވުމެއް ހުއްޓުވުމަށް ނުވަތަ
ރޫޅާލުމަށް އެކަށީގެންވާ ފިޔަވަޅު އެޅޭނެކަމަށް އަންގާ އިންޒާރުދިނުމަށްފަހު، އެއިންޒާރާ
ގޮތުގެމަތިން ޢަމަލުނުކޮށްފިނަމަ، އެއެއްވުމެއް ހުއްޓުވުމަށް ނުވަތަ ރޫޅާލުމަށް އެކަށީގެންވާ ފިޔަވަޅު
ގުޅުމުގެ ބާރު ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަށް ނުވަތަ
އަމަން ބަލަހައްޓަން
4
2
2
02
403444
FOXOL
رہ کر فرم
014ގ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2013/HC-A/218
8 ޤަޟިއްޔާ ނިމުނު "
کی عمری
ޖުމުފގ
04 3 04
،10944
22x ތ 8
کره کرد
4 04 044
އެއްހެއްﷲއ
2222 22
L OLC
94944ގ
99
264 0 4 9 8 7 2
ފޮނުވާފައިތިބޭ ބަޔަކަށް ލިބިގެންވާކަންވެސް އެޤަވާޢިދުގެ 24 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމާއި،
މިކަންކަމުގެ މައްޗަށް
މްލަގޮތެއްގައި ބަލާއިރު، އެއްވެއުޅުމުގެ ޤަވާޢިދުގެ ދަށުން ބޭއްވޭ
އެޤަވާޢިދާ އެއްގޮތްވާ ގގެމަތިން ރޫޅާލުމަށްޓަކައި، އެޤަވާޢިދުގެ 24 ވަނަ މާއްދާގެ ދަށުން ދެވޭ
އިންޒާރުތަކާ އެއްގޮތްވާގޮތުގެމަތިން ޢަމަލުނުކުރެވޭ ޙާލަތްތަކުގައި، އެއެއްވުން ރޫޅާލުމުގެ ތެރޭގައި،
ބޭނުންކުރެވޭ ޕިކަޕްފަދަ ތަކެތި، އެއެއްވުމެއް ރޫޅާލާ ބައެއްގެ ބެލުމުގެ ދަށަށް
ގެންދިއުމާއި، އެއްވުން ބޭއްވޭތަން ނޫން އެހެންތަނަކަށް އެތަކެތި ގެންގޮސް އެކަހެރިކުރުމުގެ ބާރު
އެއްވުން ރޫޅާލާ ފަރާތަށް ލިބިގެންވާކަމަށް ޤަބޫލުކުރެވޭކަމާއި،
ޤަވާޢިދުގެ ދަށުން ބޭއްވޭ އެއްވުންތައް ރޫޅާލުމުގެ ބާރު އެޤަވާޢިދުން
ދީފައިވާ ފަރާތްތަކުން، އިސްވެދެންނެވިފައިވާ ގޮތުގެމަތިން ޢަމަލުކުރުމުގައި، އެފަރާތްތަކުގެ ބެލުމުގެ
ދަށަށް ގެނެވޭ ބައެއްތަކެއްޗަކީ ޢާންމު ފަރުދުން ދިރިއުޅުމަށް ކުރާ މަސައްކަތުގައި ދުވަހުން ދުވަހަށް
އެމީހުންގެ އަމިއްލަ މުދަލަށްވުމުގެ އިޙްތިމާލު އޮތުމާއެކު، އެފަދަ ތަކެއްޗާމެދު
ޢަމަލުކުރެވޭނެ ގޮތެއް ކަނޑައަޅާ ބަޔާންކުރާ އުސޫލުތަކެއް އެކުލަވާލެވި ޝާއިޢުވެފައި އޮތުމަކީ
މުޙިއްމުކަމެއްކަމާއި، އަދި އެފަދަ އުސޫލުތަކެއް އެކުލަވާލެވި ޝާއިޢުކުރެވިފައިނުވިނަމަވެސް، އެފަދަ
ތަކެތި ހިފަހައްޓާ ފަރާތްތަކުން އެތަކެއްޗާމެދު ޢަމަލުކުރަންވާނީ އެތަކެތީގެ ވެރިފަރާތަށް އެކަށީގެންނު
ނުވަތަ ނުޙައްޤު ގެއްލުންތަކެއް ނުލިބޭނޭ ގޮތެއްގެމަތިންކަމާއި، މިގޮތުން ބަލާއިރު، އެއްވެއުޅުމުގެ
ޤަވާޢިދުގެ ދަށުން ރޫޅާލެވޭ ތެރެއިން، އެއެއްވުމެއް ރޫޅާލާ ފަރާތެއްގެ ބެލުމުގެ ދަށަށް
ގެންދެވޭ ޕިކަޕުފަދަ ތަކެއްޗަކީ، ވަރަށް ގިނަފަހަރަށް، ފަރުދުން ދިރިއުޅުމަށްޓަކައި އާމްދަނީ ހޯގު
ހޯދުމުގެ
ގޮތުން ދުވަހުން ދުވަހަށް ބޭނުންކުރެވޭ ތަކެތި ކަމަށްވުމުން، އެފަދަ ތަކެތި، (އެއެއްޗެއްގެ ބަވަތާއި،
ހިފެހެއްޓުނު ޙާލަތާއި، އެއެއްޗަކާބެހޭ ގޮތުން އެއެއްޗެއް ހިފެހެއްޓި ފަރާތަށް ލިބިފައިވާ
މަޢުލޫމާތުފަދަ، ވަށައިގެންވާ އެންމެހާ ކަންކަމަށް ރިޢާޔަތްކޮށް) އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި
އެތަކެތީގެ ވެރިފަރާތާ ޙަވާލުކުރުމަށް، އެތަކެތި ހިފެހެއްޓި ފަރާތަކުން އެކަށީގެންވާ މަސައްކަތްތަކެއް 4
ބޭނުންކުރަންޖހ،
އއވ
4 222 22
204 2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
, 2
2013/HC-A/218
9 ޤަޟިއްޔާ ނިމުނު ގޮތު
ކުރަންޖެހޭނެކަމާއި، އަދި ހަމައެހެންމެ،
އެއެވެ
އެވެއުޅުމުގެ ޤަވާއިދުގެ ދަށުން، އެއެއްވުމެއް ރޫޅާލާ ފަރާ
ފުޅާލާ ފަރާތެއްގެ
ބެލުމުގެ ދަށަށް އަމިއްލަ ފަރުދުންގެ މުދާ ގެންދެވޭ ޙާލަތްތަކުގައި، އެކަމުގެ ސަބަބުން އެމުދަލެއްގެ
ވެރިފަރާތަށް ލިބޭ ނުވަތަ ލިބިދާނެ ގެއްލުމުގެ މިންވަރު ކުޑަކުރުމަކީ އެތަކެތީގެ ވެރިފަރާތުގެވެސް
ޒިންމާއެއްކަމާއި، އެހެންކަމުން އެއްވުމެއް ރޫޅާލުމުގެ ތެރޭގައި އެއްވެސް ފަރާތެއްގެ މުދާ، ކަމާބެހޭ
ފަރާތުގެ ބެލުމުގެ ދަށަށް ގެންދެވިއްޖެނަމަ، އެއެއްޗެއް ވީހާވެސް އަވަހަކަށް އަނބުރާ ހޯދުމަށް
އެކަށީގެންވާ މަސައްކަތްތަކެއް އެއެއްޗެއްގެ ވެރިފަރާތުންވެސް ކުރަންޖެހޭނެކަމާއި،
މިދެންނެވުނު ކަންކަމުގެ އަލީގައި، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި
ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މިމައްސަލާގައި ހިމެނޭ އިބްރާހީމް ޝަރީފްގެ ނަމުގައި ރަޖިސްޓްރީ
ކޮށްފައިވާ (ރަޖިސްޓްރީ ނަންބަރު AC1A T1840) ޕިކަޕު، 19 މާޗް 2012 ގައި މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެންދެވިފައިވަނީ އެދުވަހު މާލޭގައި ކުރެވުނު މުޒާހަރާއެއް، އޭރު
ޢަމަލުކުރަމުންދިޔަ އެއްވެއުޅުމުގެ ޤަވާޢިދުން ލިބިދީފައިވާ ބާރުގެ ދަށުން، މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފަރާތުން ރޫޅާލުމުގެ ތެރޭގައިކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާއިރު، ޤާނޫނު ނަންބަރު
2/2008 (ފުލުހުންގެ ޤާނޫނު) ގެ 10 ވަނަ މާއްދާއިން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިދޭ
ބާރުގެ ދަށުން، 19 މާޗް 2012 ގައި މާލޭގެ 15 (ފަނަރަ) ސަރަޙައްދެއް ބަންދުކޮށްފައިވާކަމާއި، އަދި
ދިމާވާ ކަމެއްގެ ސަބަބުން އެނޫން އެހެން ސަރަޙައްދެއްވެސް ބަންދުކުރަން ޖެހިދާނެކަމަށް 18 މާޗް
2012 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޢާންމުކޮށް އަންގާ އިޢުލާނުކޮށްފައިވާކަން އެނގެން
އޮތްއިރު، މިމައްސަލާގައި ހިމެނޭ ޕިކަޕް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް
ގެންދެވިފައިވަނީ، އިސްވެމިދެންނެވުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މޯލްޑިވްސް ޕޮލިސް
ސަރވިސްއިން ބަންދުކޮށްފައިވާ ސަރަޙައްދެއްގެ ތެރެއިންކަން ނުވަތަ އެއްވެ އުޅުމުގެ ޤަވާއިދުގެ 22
ވަނަ މާއްދާގެ ދަށުން ޤާއިމުކުރެވިފައިވާ ސެކިއުރިޓީ ލައިންއެއް ހުރަސްކުރުމުންކަމަށް، މިމައްސަލާގައި
ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން ޤަބޫލުކުރެވޭކަމާ
14 2
ދިވެހިރާއްsa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2013/HC-A/218
10 ޤަޟިއްޔާ ނިމުނު "
کی مرکی
ދެވެ
އަހންހީކުމެ،
އިބްރާހީމް ޝަރީފްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ (ރަޖިސްޓްރީ
ނަންބަރު AC1A T1840) ޕިކަޕު، 19 މާޗް 2012 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ
ދަށަށް ގެންދެވިފައިވަނީ އެއްވެއުޅުމުގެ ޤަވާޢިދުގެ ދަށުން އެސަރވިސްއަށް ލިބިފައިވާ ޤާނޫނީ ބާރުގެ
ou o
ތެރެއިންކަމަށް ބަލަންޖެހޭކަމާއި،
އެހެންނަމަވެސް، ޕިކަޕު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ދަށަށް ގެންދިއުމާ
ގުޅިގެން، އެދުވަހުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެޕިކަޕު ދޫކޮށްދިނުމަށް އެދި ޕިކަޕުގެ
ވެރިފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްގައި ލިއުމުން އެދިފައިވީނަމަވެސް، އެޕިކަޕު އޭގެ ވެރިފަރާތާ
ޙަވާލުކުރުމަށް އެސަރވިސްއިން އެންމެ ފުރަތަމަ މަސައްކަތްކޮށްފައިވަނީ، އެސަރވިސްގެ ބެލުމުގެ ދަށަށް
ޕިކަޕު ގެންދެވުނުތާ 42 (ސާޅީސްދޭއް) ދުވަސް ފަހުން 1 މެއި 2012 ގައި ކަމާއި، ޕިކަޕުގެ
ވެރިފަރާތުން ޕިކަޕު ދޫކޮށްދިނުމަށް އެދި، ޕިކަޕު ހިފެހެއްޓިތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި
އެދިފައިވާއިރު، އަދި އޭގެ ފަހުންވެސް ޕިކަޕު ދޫކޮށްދިނުމަށްއެދި ދެފަހަރެއްގެ މަތިން އެފަރާތުން
މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ސިޓީން ދަންނަވާފައިވާއިރު، އަދި އެޕިކަޕުގައި ހުރި ތަކެއްޗާމެދު
ޢަމަލުކުރާނެ ގޮތެއް އެސަރވިސްއިން ނިންމާފައިވާއިރު، މައްސަލާގައި ހިމެނޭ ޕިކަޕު މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެންދިއުމާ ގުޅިގެން އެޕިކަޕު އަނބުރާ ހޯދުމަށް އެޕިކަޕުގެ
ވެރިފަރާތުން އެކަށީގެންވާ އަވަސް މުއްދަތެއްގެ ތެރޭގައި އެކަށީގެންވާ މަސައްކަތްތަކެއް
ކޮށްފައިވީނަމަވެސް، އެޕިކަޕު އޭގެ ވެރިފަރާތާ ޙަވާލުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން
މަސައްކަތްކުރުމާ
ރުމާ ދެމެދު ހިނގާފައިވާ 42 (ސާޅިސްދޭއް) ދުވަހަކީ، އެޕިކަޕު އޭގެ ވެރިފަރާތާ
ޙަވާލުކުރުމަށް އެކަށީގެންވާ މަސައްކަވެ އެޕިކަޕު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ
ދަށުގައި ބޭއްވުމަށް އެކަށީގެންވާ ވަރަށްވުރެ ދިގުމުއްދަތެއްކަމަށް ޤަބޫލުކު
ބުލުކުރެވޭކަމެވެ.
24 2
94
ކލ ބ 2
0
2
axތ
އިކުeއެންށި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2013/HC-A/218
11 ޤަޟިއްޔާ ނިމުނު "
و مری
(ނ) ތިންވަނަ ކަމަކީ، އިސްވެދެންނެވިފައިވާ ފަދައިން، މިމައްސަލާގައި ހިމެނޭ ޕިކަޕް
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ދަށަށް ގެންނެވިފައިވަނީ އެސަރވިސްއަށް ލިބިދީފައިވާ ޤާނޫނީ ބާރުގެ
ދަށުން ކަމުގައިވީނަމަވެސް، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެޕިކަޕު އޭގެ ވެރިފަރާތާ ޙަވާލުކުރުމަށް
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަންޖެހޭއިރު، އަދި އެޕިކަޕު
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެންދިއުމާ ގުޅިގެން އެޕިކަޕު އަނބުރާ ހޯދުމަށް
އެޕިކަޕުގެ ވެރިފަރާތުން އެކަށީގެންވާ އަވަސް މުއްދަތެއްގެ ތެރޭގައި އެކަށީގެންވާ މަސައްކަތްތަކެއް
ކޮށްފައިވީނަމަވެސް، އެޕިކަޕު އޭގެ ވެރިފަރާތާ ޙަވާލުކުރުމަށް އެސަރވިސްގެ ފަރާތުން މަސައްކަތް
ކޮށްފައިވަނީ އެސަރވިސްގެ ބެލުމުގެ ދަށަށް އެޕިކަޕު ގެނެވުނުތާ 42 (ސާޅީސްދޭއް) ދުވަސްފަހުންކަމާއި،
އެއީ އެކަމަށް އެކަށީގެންވާ މުއްދަތަށްވުރެ ދިގުމުއްދަތެއްކަމާއި، މިޙާލަތުގައި، މިމައްސަލާގައި ހިމެނޭ
ޕިކަޕު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހިފެހެއްޓުމުގެ ސަބަބުން އެޕިކަޕުގެ ވެރިފަރާތަށް ލިބުނު
ގެއްލުމުގެ ބަދަލު އެފަރާތަށް ލިބިދެވެންޖެހޭއިރު، މިބާވަތުގެ މައްސަލަތަކުގައި ޝަރީޢަތުން ބަދަލު
ނަގައިދިނުމުގައި ޢަމަލުކުރާނެ އުސޫލުތަކެއް މިހާތަނަށް ކަމާބެހޭ އެއްވެސް ފަރާތަކުން ކަނޑައަޅާ
ޝާއިޢުކޮށްފައިނުވިނަމަވެސް، އަންނަނިވި ކަންކަމަށް ރިޢާޔަތްކުރުމަށްފަހު މިބާވަތުގެ މައްސަލަތަކުގައި
ބަދަލު ނަގައިދިނުމުގެ ބާރު ޝަރުޢީ ކޯޓުތަކަށް ލިބިގެންވާކަމާއި،
މިގޮތުން، މިބާވަތުގެ މައްސަލަތަކުގައި ޝަރީޢަތުން ނަގައިދެވޭ ބަދަލަކީ އުޅަނދު
ނުވަތަ މުދަލެއް ހިފެއްޓި ފަރާތަށް އަދަބެއް ދިނުމުގެ ގޮތުން ނަގައިދެވޭ ބަދަލަކަށް ވެގެން ނުވާނޭކަމާއި،
އެބަދަލު ވާންވާނީ، އެއުޅަނދެއް ނުވަތަ މުދަލެއް ހިފެހެއްޓުމުގެ ސަބަބުން އެއެއްޗެއްގެ
ޗެއްގެ ވެރިފަރާތަށް
ލިބިފައިވާކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭ މާލީ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގޮތުން ނަގައިދެވޭ
އެއްޗަކަށްކަމާއި، އަދި އެފަދަ އެއްޗެއް ހިފެހެއްޓުމާ ގުޅިގެން އެއެއްޗެއްގެ ވެރިފަރާތުން
އަނބުރާ ހޯދުމަށް އެކަށީގެންވާ އަވަސްމިނެއްގައި، އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިވާކަމަށް
ޝަރީޢަތަށް ޤަބޫލުކުރެވޭ ޙާލަތްތަކުގައި، އެބަދަލު ނަގައިދެވޭ މުއްދަތު ކަނޑައަޅަންވާނީ އެމުދަލެއް
އެއެއްޗެއް
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
12 ޤަޟިއްޔާ ނިމުނު "
2013/HC-A/218
و مری
3,2
0484 4
އެއާއެdއެ
404
1841
24
ނުވަތަ އެއުޅަނދެއް ހިފެހެއްޓިފައިވާ ދުވަހުގެ ފަހު ދުވަހުން ފެށިގެން، އެއެއްޗެއްގެ ވެރިފަރާތާ
ޙަވާލުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވެން ފެށުނު ދުވަހުގެ ކުރީ ދުވަހުގެ ނިޔަލަށްކަމާއި،
އަދި އެއްވެއުޅުމުގެ ޤަވާޢިދުގެ ދަށުން، ކަމާބެހޭ ފަރާތުގެ ބެލުމުގެ ދަށަށް ގެނެވޭ މުދަލެއްގެ ވެރިފަރާތުން
އަނބުރާ ހޯދުމަށް އެކަށީގެންވާ އަވަސްމިނެއްގައި، އެކަށީގެންވާ މަސައްކަތްތަކެއް
ކޮށްފައިވާކަމަށް ޝަރީޢަތަށް ޤަބޫލުނުކުރެވޭ ޙާލަތްތަކުގައި، ބަދަލު ނަގައިދެވޭ މުއްދަތު ކަނޑައަޅަންވާނީ
އެމުދަލެއް ނުވަތަ އެއުޅަނދެއް ހިފެހެއްޓިފައިވާ ދުވަހުގެ ފަހު ދުވަހުން ފެށިގެން އެއެއްޗެއްގެ ވެރިފަރާތާ
އެއެއްޗެއް ޙަވާލުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭ ދުވަހުގެ ކުރީ ދުވަހާ ދެމެދު ހިނގާ
މުއްދަތުގެ ތެރެއިން، އެއެއްޗެއް ހޯދުމުގެ މަސައްކަތް ފެށުމަށް އެކަށީގެންވާ މުއްދަތެއްކަމަށް ޝަރީޢަތަށް
ޤަބޫލުކުރެވޭ މުއްދަތެއް އުނިކުރުމަށްފަހުގައިކަމާއި،
އަދި މިގޮތުގެމަތިން ބަދަލުގެ ގޮތުގައި ނަގައިދެވޭ މިންވަރު ކަނޑައަޅަންވާނީ
އެއެއްޗެއް ހިފެހެއްޓުމުގެ ސަބަބުން ލިބިފައިވާކަމަށް އެއެއްޗެއްގެ ވެރިފަރާތުން ސާބިތުކޮށްދޭ ގެއްލުމުގެ
މިންވަރުގެ މައްޗަށްކަމާއި، އަދި މިގޮތުން ނަގައިދެވޭ ބަދަލުގެ މިންވަރު ކަނޑައެޅުމުގައި އާމްދަނީ
ހޯދުމުގެ ގޮތުން އެއެއްޗެއް ބޭނުންކުރުމަށް ޚަރަދުތަކެއް ހިނގާނަމަ އެޚަރަދެއްގެ މިންވަރުވެސް ނަގައިދެވޭ
ބަދަލުގެ މިންވަރުގެ ތެރެއިން އުނިކުރެވެންޖެހޭނެކަމާއި،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ކަންހިނގާފައިވާ ގޮތުގެމައްޗަށް
މިދެންނެވުނު ކަންކަން ތަޠުބީޤުކުރާއިރު، އެމައްސަލާގައި ހިމެނޭ ޕިކަޕު، 19 މާޗް 2012 ގައި
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު، އެޕިކަޕުގެ ވެރިފަރާތާ އެޕިކަޕު
ޙަވާލުކުރުމަށްޓަކައި 1 މެއި 2012 ގައި އެފަރާތް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް
ހާޒިރުކޮށްފައިވާކަން އެނގެން އޮންނަކަމާއި، އަދި އެދުވަހު އެޕިކަޕުގެ ވެރިފަރާތުން އެޕިކަޕާ ޙަވާލުވުމަށް
އިންކާރުކޮށްފައިވާކަމާއި، އަދި އެދުވަހު އެޕިކަޕް ޙަވާލުވުމަށް ޕިކަޕުގެ ވެރިފަރާތުން ދިޔައިރު ޕިކަޕަށް
.ލުމެއް ލިބިފައިވާނަމަ އެކަމަކީ ވަކި މައްސަލައެއްކަމާއި، އަދި އެއީ އެކަމެއްގެ ބަދަލު ވަކި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
443
13 ޤަޟިއްޔާ ނިމުނު ގޮ
2013/HC-A/218
می هرکی
މައްސަލައެއްގެ ތެރެއިން ހޯދިދާނެ ކަމެއްކަމުން، ޕިކަޕު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް
ގެންދިއުމަށްފަހު، އެޕިކަޕަށް ގެއްލުމެއް ލިބިފައިހުރިކަމަށްބުނެ، ޕިކަޕުގެ ވެރިފަރާތުން އެދުވަހު ޕިކަޕް
ޙަވާލުނުވިނަމަވެސް، 1 މެއި 2012 ގައި ޕިކަޕު ޙަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން
އެކަށީގެންވާ މަސައްކަތެއް ކޮށްފައިވާކަމަށް ބަލަންޖެހޭކަމާއި، އެހެންކަމުން އެދުވަހުގެ ފަހަށް ހިނގާ
މުއްދަތަށް ގެއްލުމުގެ ބަދަލު ނަގައިނުދެވޭނޭކަމާއި، ވީމާ މިމައްސަލާގައި ހިމެނޭ ޕިކަޕު މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައި އެކަށީގެންވާ މުއްދަތަކަށްވުރެ ދިގު މުއްދަތެއްގައި، އެޕިކަޕުގެ
ވެރިފަރާތާ ޙަވާލުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވި އޮތުމުގެ ސަބަބުން ނަގައިދެވޭ ބަދަލު
ނަގައިދެވެންވާނީ، (އެޕިކަޕު ހިފެހެއްޓުމާ ގުޅިގެން އޭގެ ވެރިފަރާތުން ޕިކަޕް އަނބުރާ ހޯދުމަށް
އެކަށީގެންވާ އަވަސްމިނެއްގައި އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިވުމާއެކު) އެޕިކަޕު ހިފެހެއްޓި
ދުވަހުގެ ފަހު ދުވަސްކަމަށްވާ 20 މާޗް 2012 އިން ފެށިގެން އެޕިކަޕު ޙަވާލުކުރުމަށް ޕިކަޕުގެ
ވެރިފަރާތް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހާޒިރުކުރެވުނު ދުވަހުގެ ކުރީ ދުވަސްކަމަށްވާ 30 އެޕްރީލް
2012 ގެ ނިޔަލަށް ހިނގާފައިވާ މުއްދަތަށްކަމާއި،
އަދި އިސްވެމިދެންނެވުނު މުއްދަތަށް ނަގައިދެވޭ ގެއްލުމުގެ ބަދަލުގެ މިންވަރު
ޝަރީޢަތުން ކަނޑައަޅަންވާނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ޕިކަޕް ގެންދިއުމުގެ
ކުރިން، އެސަރވިސްގެ ދަށުގައި ޕިކަޕު އޮތުމުގެ ސަބަބުން ބަދަލު ނަގައިދެންޖެހޭކަމަށް
އިސްވެދެންނެވިފައިވާ މުއްދަތާ އެއްވަރު މުއްދަތެއްގައި، ޕިކަޕުގެ ވެރިފަރާތުން ޕިކަޕު ދުއްވައިގެން
ލިބިފައިވާ އާމްދަނީކަމަށް، މަދަނީ މިންގަނޑުން ސާބިތުކޮށްދެވޭ މިންވަރެއް ނުވަތަ އެމުއްދަތާ
އެއްވަރު މުއްދަތެއްގައި، އޭނާ އެޕިކަޕު ސެންޓަރަކާ ގުޅިފައިވާ ޕިކަޕް ސެންޓަރުން ކުއްޔަށް ދޫކުރާ ޕިކަޕު
ދުއްވާ މީހުންގެ ތެރެއިން މީހަކަށް ލިބިފައިވާކަމަށް، މަދަނީ މިންގަނޑުން އޭނާއަށް ސާބިތުކޮށްދެވޭ
އާމްދަނީއެއްގެ މައްޗަށް ބިނާކޮށްކަމާއި، އަދި އެމިންވަރަކީ އެމުއްދަތުގެ ތެރޭގައި ޕިކަޕެއް ދުއްވައިގެން
ޕިކަޕުގެ ވެރިފަރާތަށް އާމްދަނީ ހޯދިދާނެކަމަށް، އާންމު ފަރުދަކަށް (reasonable man) ބުއްދީގެ
2 20
2 ހއ
އެހީއަށް
ޑިހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
{ސް
کی مرگی
44
14 ޤަޟިއްޔާ ނިމުނު "
2013/HC-A/218
ދެވެ
4 22
ހަމަތަކުގެމަތިން ޤަބޫލުކުރެވޭ މިންވަރަކަށްވެސް ވާންޖެހޭނެކަމާއި، އަދި މީގެއިތުރުން، މިގޮތުން
ލިބިދެވޭނެ ގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައެޅުމުގައި، ޕިކަޕަށް ޕެޓްރޯލް އެޅުންފަދަ، ޕިކަޕު
ދުއްވުމަށް ސިދާ ހިނގާ ޚަރަދު އެމިންވަރުގެ ތެރެއިން އުނިކުރެވެންޖެހޭނެކަން އެނގޭކަމެވެ.
(ހ) ހަތަރުވަނަ ކަމަކީ، ޝަރީޢަތަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން އެމައްސަލާގެ
އެއްޚަސްމުގެ ކިބައިން
އަނެއް ޚަސްމަށް ޤާނޫނީ ވަކީލުގެ ފީ ޝަރީޢަތުން ނަގައިދިނުމުގައި
ޢަމަލުކުރަންޖެހޭ ގޮތާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން އުސޫލުތަކެއް ޤާއިމުކޮށްފައިވާކަން އެނގޭކަމާއި،
މިގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ މިކޯޓުގެ ނަންބަރު 1548/HC
-
A/2009 ޤަޟިއްޔާގައި
ހިމެނޭ މައްސަލައާއި އެއާއި އެއްފަދަ އެހެން މައްސަލަތަކުގައި ޤާއިމުކުރައްވާފައިވާ އުސޫލަށް ބަލާއިރު،
ކުއްޔަށް ގެންދާ ތަކެތީގެ ކުލި ޝަރީޢަތުން ނަގައިދިނުމުގެ މައްސަލަތައް ފިޔަވައި، އެހެނިހެން
މައްސަލަތަކުގައި ވަކީލުގެ ފީ ޚަސްމުންގެ އަތުން ނަގައިދެވޭނީ ދެ ޚަސްމުންގެ މެދުގައި ވަކީލުންގެ ފީ
ނަގައިދިނުމާ
ފުމާ ގުޅޭގޮތުން އެއްބަސްވުމެއް އޮތްނަމަކަން އަދި ދެޚަޞްމުންގެ މެދުގައި އެފަދަ އެއްބަސްވުމެއް
ނެތްނަމަ ވަކީލުފީ ނަގައި ދެވެން ނެތްކަމަށް ކަނޑައަޅަންޖެހޭކަން އެނގޭކަމާއި،
ޝަރީޢަތަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން އެމައްސަލާގެ އެއްޚަސް
އެއްޚަސްމުގެ ކިބައިން
އަނެއް ޚަސްއަށް ޤާނޫނީ ވަކީލުގެ ފީ ޝަރީޢަތުން ނަގައިދިނުމުގައި އިސްވެދެންނެވިފައިވާ ގޮތުގެމަތިން
ޢަމަލުކުރަންޖެހޭ ސަބަބަކީ، ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކުގައި ވަކީލުން ޢަޔަންކުރުމަށް ޚަސްމުންކުރާ
ޚަރަދު ކޯޓުން ނަގައިދިނުމާބެހޭ އުސޫލެއް ކަނޑައެޅި ޝާއިޢުވެފައިނުވާ ޙާލަތުގައި، ހަމައެކަނި
ޝަރީޢަތަށް ހުށަހެ
ހުށަހެޅޭ މައްސަލަތަކާއެކު ހުށަހެޅޭ
ވަކީލާއި މުވައްކިލާދެމެދު
ކުރެވިފައިވާކަމަށް ބުނާ
އެއްބަސްވުމުގެ މައްޗަށް ބިނާކޮށް، މައްސަލާގެ ތެރެއިން ވަކީލުގެ ފީ ނަގަދިނުމަކީ، ޝަރީޢަތަށް
މައްސަލަތައް ހުށަހަޅާ ހަސްމުންގެ ފަރާތުން އެކަމުގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުޞަތު ހުޅުވިގެން
ހިނގައިދާނެ ކަމެއްކަމަށް ޤަބޫލުކުރެވޭތީކަމާއި، އެހެންމަކުން އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
15 ޖެ
ޤަޟިއްޔާ
ނިމުނު
2013/HC-A/218
کی عمری
=32
ފަދަ މައްސަލަތަކުގައި، އެމައްސަލައެއްގައި ހިމެނޭ ޙާދިޘާ ހިނގުމުގެ ކުރިން މައްސަލާގައި ހިމެނޭ
ދެފަރާތުގެ ދެމެދުގައި އެބަސްވުމެއް އޮވެދާނެކަމަށް ތަޞައްވަރުނުކުރެވުނު ކަމުގައިވީނަމަވެސް، އެފަދަ
މައްސަލަތަކުގައި ޝަރީޢަތަށް މައްސަލަ ހުށަހަޅާ ޚަސްމުން ޤާނޫނީ ވަކީލުން ޢައްޔަންކުރުމަށް ކުރާ
ޚަރަދުފަދަ މައްސަލައާ ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ކުރާ ޚަރަދު ޝަރީޢަތުން
ނަގައިދިނުމާބެހޭ އުސޫލުތަކެއް ނެތް ޙާލަތުގައި އެފަދަ ޚަރަދުތައް ޝަރީޢަތުން ނަގައިދެވޭނެކަމަށް
ޤަބޫލުނުކުރެވޭކަމެވެ.
2
22 ދ ތތ 303
302
4 ވ 02
ތނމުމަށް ޗެކެމެކެނވަންކަމަށް
(ބ) ފަސްވަނަ ކަމަކީ، ޢާންމު އުސޫލެއްގެ ގޮތުން ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ
ދަޢުވާތައް ފައިޞަލާ ކުރުމުގައި ޢަމަލުކުރަމުންދާ ގޮތަކީ ހުށަހެޅޭ ދަޢުވާއެއްގެ ޓީޝާއަށް ބެލުމަށްފަހު،
އެހުށަހެޅުނު ދަޢުވާއެއް ޝަރީޢަތަށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމާއެކު، ދަޢުވާގައި އެދިފައިވާ
ކަންތަކަކީ ކޯޓަށް ސާބިތުވާ ކަންތައްތަކެއް ކަމުގައިވާނަމަ އެގޮތުގެމަތިން އެދިފައިވާ ކަންތައްތަކުގެ
މައްޗަށް ޙުކުމް ކުރެއްވުންކަމަށާއި، ހަމައެހެންމެ ދަޢުވާގައި އެދިފައިވާ ކަންކަމަކީ ކޯޓަށް ސާބިތުނުވާ
ކަންތައްތަކެއް ކަމަށްވެއްޖެނަމަ، ދަޢުވާގައި އެދިފައިވާ ގޮތަށް ޙުކުމް ކުރެވެން ނެތްކަމަށް ނުވަތަ އެކަން
ސާބިތު
ބުނެ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 47/HC
-
A/2010
ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލު، އިސްތިއުނާފުކުރެވިފައިމިވާ މައްސަލާގެ މައްޗަށް
ތަޠުބީޤުކުރާއިރު،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1089
ޤަޟިއްޔާގައި ހިމެނޭ މައްސަލައަކީ، މިމައްސަލާގައި އިސްތިއުނާފު ރައްދުވާ އިބްރާހީމް ޝަރީފް އާމްދަނީ
ހޯދުމަށް ދުއްވާ، ރަޖިސްޓްރީ ނަންބަރު AC1A T1840 ޕިކަޕު، 19 މާޗް 2012 އިން ފެށިގެން 21
މެއި 2012 އާ ހަމައަށް، ޤަވާޢިދާ ޚިލާފަށް ހިފަހައްޓާފައިވާކަމަށް ބުނެ، އެމުއްދަތުގައި އިބްރާހީމް
ޝަރީފަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯއްދަވައިދެއްވުން އެދި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
23
¢ 3
2013/HC-A/218
کی مرگی
16 ޤަޟިއްޔާ ނިމުނު "
ދަޢުވާލިބޭ ގޮތަށް ދިވެހި ދައުލަތުގެ މައްޗަށް އިބްރާހީމް ޝަރީފްގެ ފަރާތުން ސިވިލް ކޯޓަށް
ހުށަހަޅާފައިވާ މައްސަލައެއްކަމާއި، އަދި އެމައްސަލާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަލާއިރު
އެޙުކުމުން ފަރުވާދީފައިވަނީ އެމައްސަލާގައި ދަޢުވާކުރި ފަރާތުން އެދިފައިވާ ކަންތައްތަކުގެ
މައްޗަށްކަން
އެނގެން އޮތްއިރު، އެމައްސަލަ ސިވިލް ކޯޓުން ބައްލަވާ ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ
އިސްވެދެންނެވިފައިވާ ނަންބަރު 47:HC
-
A:2010 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޤާނޫނީ އުސޫލާ
ޚިލާފަށްކަމަށް ބެލެވެންނެތްކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވިފައިވާ ކަންތައްތަކުގެ ތެރެއިން މިރިޕޯޓުގެ ފާހަގަކުރެވުނު
ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ހ)، (ނ) އަދި (ރ) ގައި ބަޔާކޮށްފައިވާ ކަންކަން އެހެން
ހުރުމާއެކު، މިމައްސަލަ ބެލުމުގައި ބައިވެރިވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1089 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭކަމަށާއި، އަދި އެމައްސަލައަކީ، އިސްވެމިދެންނެވުނު
އަކުރުތަކުގައި ބަޔާންކޮށްފައިވާ ޤާނޫނީ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން އެކޯޓުން އަލުން ބައްލަވާ
ފައިސަލާކުރަނިވި ޙުކުމެއް ކުރައްވަން ޖެހޭ މައްސަލައެއް ކަމުގައެވެ.
24
• ޙުކުމް
23 42 0 20
ބަޔާންކުރެވުނު
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި
ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1089 ޤަޟިއްޔާގައި
އެކޯޓުން ކުރައްވާފައިވާ ޙުކުމް ބާޠިލުކޮށް، މިޤަޟިއްޔާގައި ބަޔާންކޮށްފައިވާ ޤާނޫނީ އުސޫލުތަކާ
19
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2013/HC-A/218
2 0x04
ہی ہے کہ صرف
17 ޤަޟިއްޔާ ނިމުނު "
ގޮތުގެމަތިން، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1089 ޤަޟިއްޔާގައި ހިމެނޭ
މައްސަލަ، އަލުން ބައްލަވާ ފައިސަލާކުރަނިވި ޙުކުމެއް ކުރެއްވުމަށް، ޤާނޫނު ނަންބަރު 22/2010
(ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ނ) ގެ ދަށުން، އެމައްސަލަ ސިވިލް ކޯޓަށް
ތަޙުލީލުކުރުމަށް، މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެމަތިން
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv