ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/226 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/226
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ހ
s
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާސާ
0
. ޤަޟިއްޔާ ނަންބަރު: 226/HC
-
A/2011
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އާދަމް ފަތުޙީ
ދާއިމީ އެޑްރެސް: ހޯދަޑު، ރހިދޫލަގެ
އައިޑީ ކާޑު ނަންބަރ: A004569 * މިހާރުގެ އެޑްރެސް: ހޯދަޑު، ރހިދޫލަގެ/ ޏ. ފުވައްމުލައް
! ބަދަލުގައި: ޙުސައިން ވަޙީދު ސ. ހިތަދޫ ރެސްޓްވިލާ
*
2 ހ 0
2
00
ޏ. ފުވައްމުލައެ
--
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން
ރެޖިސްޓްރީ ނަންބަރު: 51
/
2009-C
* ކުންފުނީގެ ފަރާތުން: ވަކީލު އގ. އިސްމާޢީލް ވިޝާމް
3ތ24 3
10
ތާރީޚް: 18 ސެޕްޓެމްބަރ 2011
ނިމުނު ތާރީޚް: 29 ސެޕްޓެމްބަރ 2013
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2011/VTR/15
• ނިންމެވިތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ހުށަހެޅުނުތާރީޚް: 30-01-2011 * ނިމުނު ތާރީޚް: 18-05-2011
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު އަޒްމިރާލްދާ
ޒާހިރު، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [ 1647
33
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my enos
2
2011/HC-A/226
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
15VTR/2011
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ
ނަންބަރު
މައްސަލަ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ އެމައްސަލަ
އިސްތިއުނާފުކޮށްދިނުމަށް އެދި، ޏ. ފުވައްމުލައް، ހޯދަޑު، ރިހިދޫލަގެ އާދަމް ފަތުޙީގެ ފަރާތުން އެމައްސަލަ
ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ މައްސަލައެކެވެ.
މި މައްސަލައިގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ، މޯލްޑިވްސް ނޭޝަނަލް
ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (51
/
2009-C) އެވެ.
3 24 2224
ހޤކންކު
1- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/156 މައްސަލައަކީ،
ޏ.ފުވައްމުލައް، ހޯދަޑު، ރިހިދޫލަގެ އާދަމް ފަތުޙީ، މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ
ޏ. ފުވައްމުލައް މީޑިއާ ސެންޓަރުގައި ފާޑެއްގެ މަޤާމު ފުރަމުންދަނިކޮށް 31 އޮކްޓޯބަރު 2010 ގައި
ވަޒީފާއިން ވަކިކުރިއިރު ދިވެހި ސިވިލްސަރވިސް މުވައްޒަފުން ވަކިކުރާއިރު ދޭ އިނާޔަތްތަކުގެ ތެރެއިން
މަހުންމަހަށް މުޅި އުމުރު ދުވަހަށް ދެވޭ ޢިނާޔަތާއި ވަޒީފާއިން ވަކިކުރާ ތާރީޚުން ފެށިގެން މުޅި އުމުރަށް
ދެވޭ ސޯޝަލް ހެލްތް އިންޝުއަރަންސް ސްކީމުގެ ޚިދުމަތުގެ ޢިނާޔަތް އެކޯޕަރޭޝަނުން ދީފައިނުވާތީ، އެ
ޢިނާޔަތްތައް ފުރިހަމަކޮށްދިނުމަށް މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ މައްޗަށް
އަމުރުކޮށްދިނުން އެދި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ބައްލަވާފައިވާ މައްސަލައެއްކަމާއި؛
.
އެމައްސަލަ ނިންމަވާފައިވަނީ، ”ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތުންނާއި މައްސަލަ ރައްދުވާ
ފަރާތުން ހުށަހެޅި އެންމެހައި ލިޔެކިޔުންތަކަށާއި ފާހަގަކުރި ކަންކަމަށް ނަޒަރުކުރާއިރު، މައްސަލަ ހުށަހެޅި
އާދަމް ފަތުޙީ، ޏ. ފުވައްމުލައް، ހޯދަޑު، ރިހިދޫލަގެ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު:
A004569) މައްސަލަ ރައްދުވާ ފަރާތް ކަމުގައިވާ މޯލްޑިވްސް ނޭޝަނަލް ޕެޑްކާސްޓިންގ
ޏ00 2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [ 1647
33
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my enos
3
2011/HC-A/226
އްޔާ ނިމުނު ގޮތުގެ ޚުލާސާ
ޤަޟިއްޔާ .
ކޯޕަރޭޝަންގެ ޏ. ފުވައްމުލައް މީޑިއާ ސެންޓަރުގައި ފާޑެއްގެ މަޤާމު ފުރަމުންދަނިކޮށް، އޭނާ ހުރި މަޤާމު
އުވުމާއި ގުޅިގެން ވަޒީފާއިން ވަކިކުރިއިރު ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން
ވަކިކުރާއިރު ދޭ ޢިނާޔަތްތަކުގެ ތެރެއިން މަހުން މަހަށް މުޅި އުމުރު ދުވަހަށް ދެވޭ ޢިނާޔަތާއި ވަޒީފާއިން
ވަކިކުރާ ތާރީޚުން ފެށިގެން މުޅި އުމުރަށް ދެވޭ ޝޯޝަލް ހެލްތް އިންޝުއަރެންސް ސްކީމުގެ ޚިދުމަތުގެ
ޢިނާޔަތް އެ ކޯޕަރޭޝަނުން އާދަމް ފަތުޙީ އަށް ދީފައިނުވާތީ، އެ ޢިނާޔަތްތައް ފުރިހަމަކޮށްދިނުމަށް
މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ މައްޗަށް ލާޒިމުކޮށްދިނުމަށް އެދިފައިވީނަމަވެސް،
މައްސަލަ ހުށަހެޅި އާދަމް ފަތުޙީ ވަޒީފާއިން ވަކިކުރާއިރު އެފަދަ ޢިނާޔަތްތަކެއް އާދަމް ފަތުޙީ އަށް
ދިނުމަށް މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނުން އެއްބަސްވެފައިވާކަން ނުވަތަ ދޭންޖެހޭ
އެއްވެސް ސަބަބެއް މައްސަލަ ބެލި މަޖިލީހަށް މައްސަލަ ހުށަހެޅި ފަރާތުން ސާބިތުކޮށްދީފައިނުވާތީ،
މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ރިޑަންޑަންސީ ޕެކޭޖްގެ ދަށުން މައްސަލަ ހުށަހެޅި
އާދަމް ފަތުޙީ އަށް ކުންފުނިން މިހާރު ދީފައިވާ ފައިސާގެ އިތުރުން އާދަމް ފަތުޙީ އެދިފައިވާ ޢިނާޔަތްތައް
ދިނުމަށް މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ މައްޗަށް އަމުރުކުރާނެ ތަނެއް ނެތްކަމަށް
މައްސަލަ ބެލި މަޖިލީހުގެ އިއްތިފާގުން ކަނޑައަޅާ މިމައްސަލަ ނިންމައިފީމެވެ." މިފަދައިންކަން
އެމައްސަލައިގެ މައްސަލަނިމުނު ގޮތުގެ ރިޕޯޓުން
2 4 2x
"44 34
4
2 ބ
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2011/VTR/15 މައްސަލަ ނިންމެވުމުން، އެ މައްސަލަ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ
އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ، ޏ. ފުވައްމުލައް، ހޯދަޑު، ރިހިދޫލަގެ އާދަމް ފަތުޙީގެ ފަރާތުން
އިސްތިއުނާފު ކުރުމަށް 04 (ހަތަރެއް) ނުކުތާ ފާހަގަކޮށް އެނުކުތާތަކާއި މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއީ،
2 4
ރި ހދ
0
24:އe*
ކު
• ފުރަތަމަ ނުކުތާއަކީ: ވަޒީފާގެ އެއްބަސްވުމެއް ހެގު
ހެދުމުގެ ކުރިން
އިން އާދަމް ފަތުޙީ
ލައްވާ އިޤްރާރެއްގައި ސޮއިކުރުވާފައިވާއިރު، އެއިޤްރާރަށް ރިޢާޔަތްކުރުމަކާއި ނުލައި މައްސަލަ
ނިންމަވާފައިވުންކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my enos
2011/HC-A/226
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0
4 2 4 3x
އެކަމަށް
އ ހ 0
2
2x
ދެވަނަ ނުކުތާއަކީ: ކޮންޓްރެކްޓާއިބެހޭ ޤާނޫނާއި ޚިލާފަށް އެއްބަސްވުން އެކުލަވާލާފައިވާކަން
ފާހަގަކުރުމުން، އެކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމަވާފައިވުންކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ: ޓްރައިބިއުނަލުގައި މައްސަލަ ކުރިއަށް ދަނިކޮށް ވަޒީފާއިން ވަކިކުރި މައްސަލަ
ބައްލަވައިދެއްވުމަށް އާދަމް ފަތުޙީގެ ފަރާތުން ޓްރައިބިއުނަލުގައި އެދުނު ހިނދު، މައްސަލަ ރައްދުވާ
ފަރާތައް ދަޢުވާއަށް ޖަވާބުދާރީވުމަށް ދަތިތަކެއް ކުރިމަތިވާނެކަމަށް ދަންނަވައި އެއްވެސް ހަމައެއް
އިންސާފެއްނެތް ސަބަބުތަކެއް ބަޔާންކޮށް މައްސަލަ ރައްދުވާ ފަރާތުގެ ކޮޅަށް ބުރަވެވަޑައިގެން އެމައްސަލަ
ހުށަހެޅިފައިވާ މައްސަލައާއިއެކު ނުބެލޭނެކަމަށް ނިންމަވައި ހަމަހަމަކަމާއި އިންސާފުން މައްސަލަ
ބަލާފައިނުވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ: އެމް.އެން.ބީ.ސީ އިން ތަކުރާރުކޮށް ހުރިހާ މީޑިއާތަކަށް 9 ޖޫން 2009
ގައި ބޭއްވުނު ފޯނު ކޮންފަރެންސުގައި ޔަޤީންކަންދެއްވައި އަގަބަހުން
ހެދުމަށްފަހު،
އެއެއްބަސްވި އެއްބަސްވުމާއި ޚިލާފުވެފައިވާއިރުވެސް،
ހިތްނުކޮށް މައްސަލަ
ނިންމަވާފައިވުންކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
03- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/15 ގެ މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފު ކުރުމަށް އާދަމް ފަތުޙީގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާއި ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިހިނދު،
މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(.) ފުރަތަމަ ކަމަކީ، ޏ.ފުވައްމުލައް ހޯދަޑު، ރިހިދޫލަގެ އާދަމް ފަތުޙީ ,2005 އަހަރުން
ފެށިގެން ޏ.ފުވައްމުލަކު މީޑިއާ ސެންޓަރުގައި ގާރޑެއްގެ ވަޒީފާ އަދާކުރަމުން ދަނިކޮށް މޯލްޑިވްސް
ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ނަމުގައި ސަރުކާރުން ކުންފުންޏެއް އުފެއްދުމާއި ގުޅިގެން،
މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ “ވަޒީފާ ޚިޔާރުކުރުމަށް ކުރެވޭ އިޤްރާރު؛ އާއި
”ވަޒީފާއަށް ޝައުޤުވެރިވާކަން ބަޔާންކުރާ އިޤްރާރު“ ގެ ލިޔުމުގައި 2009 ޖޫން 01 ވަނަ ދުވަހު އާދަމް
ފަތުޙީ ސޮއިކޮށްފައިވާކަން އެނގެން އޮންނަކަމާއި،
22
3x
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my enos
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011HC-A/226
އަދި އާދަމް ފަތުޙީ އެމް އެން ބީސީގެ ވަޒީފާއަށް އެދި އެވަޒީފާ ހަމަޖެހިފައިވާތީ 01 ޖުލައި
2009 އިން ފެނިގެން ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިކޮށްދެއްވުމަށް އެދި އާދަމް ފަތުހީގެ ފަރާތުން
30 ޖޫން 2009 ގައި މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެން ކަލްޗަރަށް ސިޓީ ފޮނުވާފައި އޮންނަކަން
ހުށަހެޅި ފައިވާ ލިޔުންތަކުން އެނގެން އޮންނަ ކަމާއި،
އެހެންކަމުން އާދަމް ފަތުޙީ އަދާކުރަމުންދިޔަ ސިވިސް ސަރވިސްގެ ވަޒީފާ ދޫކޮށް،
01 ޖުލައި 2009 ފެށިގެން މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ވަޒީފާއަށް
ބަދަލުވެފައިވާކަން އެނގެއެވެ.
(ށ) ދެވަނަކަމަކީ، 01 ޖުލައި 2009 ވަނަ ދުވަހު މޯލްޑިވްސް ނޭޝަނަލް
ބްރޯޑްކާސްޓިންގ ކޯޕަރޭޝަނާއި އާދަމް ފަތުހީއާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ ދަށުން
މުސާރައާއި އެލަވަންސްގެ އިތުރުން ވަޒީފާ ދޭފަރާތުން ކަށަވަރު ކޮށްދީފައިވާ ކަންތައްތަކަކީ، މެޑިކަލް
އިންޝުއަރެންސް ސްކީމުގެ ދަށުން މެޑިކަލް އިންޝުއަރެންސް ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ
ޕެންޝަނާއިބެހޭ ބިލުގައިވާ ގޮތުގެ މަތިން ޕެންޝަން ދިނުމުގެ ކަންތައް ހަމަޖައްސައިދިނުންކަން ވަޒީފާގެ
އެއްބަސްވުމުގެ 11 ވަނަ މާއްދާއިން އެނގެން އޮންނައިރު، ”ރިޓަޔަރމަންޓް ބެނެފިޓް“ ގެ ގޮތުގައި
ޕެންޝަން ލިބޭ އުމުރަކީ 65 އަހަރުކަން، ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ
ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) އިން އެނގެންއޮވެއެވެ.
ރީސްޓްރަކްޗަރ ކުރުމާއި ގުޅިގެން، އެކޯޕަރޭޝަންގެ ދަށުން ހިންގަމުން ގެންދިޔަ ޏ. ފުވައްމުލަކު މީޑިއާ
ސެންޓަރުގެ ގާރޑުންގެ މަޤާމު އުވުމާއި ގުޅިގެން، މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ
ނަންބަރު 2010
/
202/H
-
STAFF (27 އޮކްޓޯބަރ 2010) ”ވަޒީފާ ވަކިކުރެއްވިކަން އަންގާ ލިއުން“
އިން އާދަމް ފަތުޙީ މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ދަށުން ހިންގާ ޏ.ފުވައްމުލަކު
މީޑިއާ ސެންޓަރުގެ ގާރޑެއްގެ މަޤާމުގެ ވަޒީފާއިން ވަކިކުރެވިފައިވާކަން އަންގައި، އަދި ދެފަރާތުގެ
ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 12 ވަނަ މާއްދާގެ ދަށުން ލިބެންޖެހޭ 3 މަހުގެ މުސާރައާއި 3 މަހުގެ
ސާރވިސް އެލަވަންސާއި އަދި ޙައްޤުވާ އަހަރީ ޗުއްޓީގެ ބާކީއޮތްނަމަ އެދުވަސްތަކަށް ދޭންޖެހޭ ފައިސާ
ހަމައަށް ލިބިދީފައިވާކަން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ ބަޔާން ތަކުން އެނގޭކަމާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [ 1647
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011HC-A/226
އެހެންކަމުން އާދަމް ފަތުޙީއާއި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ
ކޯޕަރޭޝަން އާ ދެމެދު ވެވިފައިވާ އެއްބަސްވުމުން ކަށަވަރު ކުރެވިފައިވާ އިނާޔަތްތައް އާދަމް ފަތުހީއަށް
ލިބިދީފައި ނުވާ ކަމަށް ބެލޭނޭ ހުއްޖަތެއް ނެތްކަން ފާހަނގަކުގެ
ހަނގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2011/VTR/15 މައްސަލައިގައި ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް
އޮތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
O
2c 0
ޙުކުމް:
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަމަށް ރިޢާޔަތް ކުރުމުން،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011;VTR;15 މައްސަލައިގައި، ނިންމަވާފައިވާ ނިންމެވުމަށް
ބަދަލުގެނެވޭނެ ތަނެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [ 1647
33
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my enos