ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/148 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/148
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 148/HC
-
A/2011
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޢަލީ ޝިމްޢާން ނަޞީރު
އައިޑީ ކާޑު ނަންބަރ: A055016
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
އޮށްކަފަގެ
އޮށްކަފަގެ
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: މަރްޔަމް ފަރުހާދާ ވަޙީދު
އައިޑީ ކާޑު ނަންބަރ: A056904
ދާއިމީ އެޑްރެސް: ވ. ފުލިދޫ ބުލާޝަންމާގެ
މިހާރުގެ އެޑްރެސް: ހ. ދުގެތިމާގެ
* ނިމުނު ތާރީޚް: 30 ޖޫން 2011
• ހުށަހެޅުނު ތާރީޚް:
ޚާ: 14 ޖޫން 2011
0
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސްގެ
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
t
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2011/HC-A/148
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޚުލާޞާ
މިއީ، ފެމެލީ ކޯޓުގެ ނަންބަރު 2011/Fm
-
C/158 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުސޫލު ތަކާއި ޚިލާފަށް ކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި
އޮށްކަފަގެ ޢަލީ ޝިމްޢާން ނަޞީރު ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވަނީ ވ. ފުލިދޫ ބުލާޝަންމާގެ މަރްޔަމް ފަރުހާދާ
ވަޙީދު އަށެވެ.
ހަގަކުރެވުނު ނުކުތާތައް:
9
01- ފެމެލީ ކޯޓުގެ ނަންބަރު 2011/Fm
-
C/158 ޤަޟިއްޔާ އަކީ، ފުލިދޫ
ބުލާޝަންމާގެ މަރްޔަމް ފަރުހާދު ވަޙީދު އާއި އޮށްކަފަގެ ޢަލީ ޝިމްޢާން ނަޞީރު އާއި ދެމީހުން
ކާވެނިކޮށްގެން ލިބިފައިވާ ދަރިފުޅު މުޙައްމަދު އާޔަން ޝިމްޢާން، މަރްޔަމް ފަރުހާނާއަށް ނުދީގެން ކޯޓު
އަމުރެއް ނެރެދިނުމަށް އެދި މަރްޔަމް ފަރުހާދާ ވަޙީދު ހުށަހެޅުމުން ފެމެލީ ކޯޓުން ބައްލަވާފައިވާ މައްސަލައެއް
ކަމާއިގެ
އެޤަޟިއްޔާގެ ޙުކުމަށް ބަލާއިރު، އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ”ދެންފަހެ، ވ.
ފުލިދޫ ބުލާޝަންމާގެ މަރްޔަމް ފަރުހާދާ ވަޙީދު (އައިޑީ ކާޑު ނަންބަރު A056904) އާއި މާލެ ހ.
އޮށްކަފަގެ ޢަލީ ޝިމްޢާން ނަޞީރު (އައިޑީ ކާޑު ނަންބަރު A033726) އާއި ދެމީހުން ކާވެނިކޮށް
ލިބިފައިވާ ދަރިފުޅު މުޙައްމަދު އާޔަން ޝިމްޢާން (އުފަންތާރީޚް 05.05.2009) ނުދީގެން ކޯޓު އަމުރެއް
ނެރެދިނުމަށް އެދި މަރްޔަމް ފަރުހާދު ހުށަހަޅާފައިވާ މި ޤަޟިއްޔާގައި، މިކޯޓުގެ ނަންބަރު
2009/AC/1705 ގައި މަރްޔަމް ފަރުހާދު ވަޙީދުއަށް ދަރިފުޅު މުޙައްމަދު އާޔަން ޝިމްޢާންގެ ޙަޟާނަތު
ހަވާލުކޮށްފައިވާ ކަމާއި، އަދި މަރްޔަމް ފަރުހާދު ވަޙީދުގެ ކިބައިން ދަރިފުޅުގެ ޙަޟާނަތު ގެއްލިފައިނުވާކަން
ސާބިތުވާތީ، މިއަދު (13 ޖޫން 2011 ގެ 16:20) ން ފެށިގެން 48 (ސާޅީސް އަށެއް) ގަޑިއިރު ތެރޭގައި
މި މުޙައްމަދު އާޔަން ޝިމްޢާން، މަރްޔަމް ފަރުހާދާ ވަޙީދު އާއި ހަވާލުކުރުމަށް ޢަލީ ޝިމްޢާން ނަޞީރަށް
އަންގައި، ޢަލީ ޝިމްޢާން ނަޞީރު އެގޮތަށް ޢަމަލު ނުކޮށްފިނަމަ މަރްޔަމް ފަރުހާދު ވަޙީދުއަށް މުޙައްމަދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2011/HC-A/148
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އަން ޝިމްޢާން ޙަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސާރވިސަސްއަށް އަންގައި މި ޤަޟިއްޔާ ނިންމީއެވެ.
މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ޢަ1
02- އިސްވެ
ބަޔާންކުރެވުނު ފެމެލީ ކޯޓުގެ ނަންބަރު 2011/Fm
-
C/158 ޤަޟިއްޔާ
ނިންމަވާފައިވާ ގޮތާއި މެދު ހިތްހަމަ ނުޖެހިގެން އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން، ޢަލީ ޝިމްޢާން
ނަޞްރުގެ ފަރާތުން ތިން ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާއިމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
03- ފެމެލީ ކޯޓުގެ ނަންބަރު 2011/Fm-
C/158 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޢަލީ ޝިމްޢާން ނަޞީރުގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) މަރްޔަމް ފަރުހާދާ ވަޙީދު އާއި ޢަލީ ޝިމްޢާން ނަޞީރު އަށް 2009 މާޗް 05 ވަނަ
ދުވަހު ލިބިފައިވާ ދަރި މުޙައްމަދު އާޔަން ޝިމްޢާންގެ ޙަޟާނަތުގެ ޙައްޤުވެރިޔަކީ މުޙައްމަދު އާޔަން
ޝިމްޢާންގެ މަންމަ މަރްޔަމް ފަރުހާދު ވަޙީދުކަމަށް ޢާއިލާއާ ބެހޭ ކޯޓުގެ ނަންބަރު 2009/AC/1705
ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާކަން އެނގެން އޮވެއެވެ.
ހ) މުޙައްމަދު އާޔަން ޝިމްޢާންގެ ޙަޟާނަތުގެ ޙައްޤު އެކުއްޖާގެ މަންމަ މަރްޔަމް ފަރުހާދާ
ވަޙީދުއަށް ލިބިދީފައިވާކަން އެނގެންއޮވެފައި، އިސްވެ އިޝާރާތް ކުރެވުނު ޢާއިލާއާ ބެހޭ ކޯޓުގެ ނަންބަރު
2009/AC/1705 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާއި ޚިލާފުވާ ގޮތަކަށް އަދި މިހާތަނަށް އެއްވެސް
ކޯޓަކުން ޙުކުމެއް ކުރައްވާފައިވާކަން އެނގެން ނެތުމާއެކު، އެޤަޟިއްޔާގެ ޙުކުމް އޭގެ
ޞައްޙަކަންމަތީ
ދެމިއޮތް ކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ބެލެވެން އޮތްކަމަށްޓަކައި، މަރްޔަމް ފަރުހާދާ ވަޙީދު އާއި
k
$i
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2011/HC-A/148
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޢަލީ
ޝިމްޢާން ނަޞީރުއަށް ލިބިފައިވާ މުޙައްމަދު އާޔަން ޝިމްޢާންގެ ޙަޟާނަތުގެ ޙައްޤު އަދި މިހާތަނަށް
ލިބިދީފައިވަނީ މަރްޔަމް ފަރުހާދު ވަޙީދަށް ކަން ޝަރީޢަތަށް ސާބިތުވެއެވެ.
ވީމާ، އިސްވެ ފާހަގަ ކުރެވުނު ކަންކަމަށް ބެލުމުން، ފެމެލީ ކޯޓުގެ ނަންބަރު -Fm/158
2011/C ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް އޮތް ކަމަކަށް
މިމައްސަލަ ބެލުމުގައި ބައިވެރިވި އެއްވެސް ފަނޑިޔާރަކަށް އެއްބަހެއް ނުވެވުނެވެ.
ހުރުމާއެކު،
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާ ތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތީން
ޢާއިލާއާ ބެހޭ ކޯޓުގެ ނަންބަރު 2009/AC/1705 ޤަޟިއްޔާއިން މުޙައްމަދު އާޔަން
ޝިމްޢާންގެ ޙަޟާނާތުގެ ޙައްޤު އެކުއްޖާގެ މަންމަ މަރްޔަމް ފަރުހާދު ވަޙީދުއަށް ލިބިދީފައިވާކަން އެނގެން
އޮވެފައިވާ، އެޙައްޤު މަރްޔަމް ފަރުހާދު ވަޙީދުގެ ކިބައިން ގެއްލިފައިވާކަމަށް އަދި މިހާތަނަށް އެއްވެސް
ކޯޓަކުން ކަނޑައަޅުއްވާފައިވާ ކަން އެނގެން ނެތް ކަމަށްޓަކައި، ފެމެލީ ކޯޓުގެ ނަންބަރު -Fm/158
2011/C ޤަޟިއްޔާގެ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ހަމައެއް ނެތް ކަމަށް
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް
ކޮށްފީމެވެ.
*
1
ދިވެހިރާ
t
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv