ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/253 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/253
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
se
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާސާ
ޤަޟިއްޔާ ނަންބަރ: 253/HC
-
A/2010
އިސްތިއުނާފު ކުރިފަރާތްތައް:
1- ނަން: ސިވިލް ސަރވިސް ކޮމިޝަން
* އައިޑީ
ކާޑު ނަންބަރ:
*
ދާއިމީ އެޑްރެސް: ވެލާނާގެ މާލެ
މިހާރުގެ އެޑްރެސް: ވެލާނާގެ މާލެ
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ނަސީމާ ސަޢީދު
އައިޑީ ކާޑު ނަންބަރ: 205194-A
* ބަދަލު: މުޙައްމަދު ފަޔާޝް ސާނާ| ނ. ލަންދޫ
އެޑްރެސް: ސާނާ|ނ.ލަންދޫ
ހާރުގެ އެޑްރެސް: ސާނާ ނ.ލަންދޫ
. ރަޖިސްޓްރީކުރެވުނު ތާރީޚް: 22 ޑިސެމްބަރ 2010
ނިމުނު ތާރީޚް: 16 އޮކްޓޯބަރ 2012
އިސްތިއުނާފުކު
ފުކުރެވުނުޤާޟިއްޔާނަންބަރ: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 2010/VTR/212
މައްސަލަ
• ޤަޟިއްޔާގެ ބާވަތް: ވަޒީފާއާއިބެހޭ
• ނިންމެވިކޯޓް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
* ހުށަހެޅުނު ތާރީޚު: 23 ސެޕްޓެމްބަރ 2010 ނިމުނު ތާރީޚް: 29 ނޮވެމްބަރ 2010
**
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޔޫސުފް ޙުސައިން، އިސްފަނޑިޔާރު އަޙްމަދު ޝަރީފް، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2010/HC-A/253
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މ.4
ދަޢުވާގެ ޚުލާޞާ
މިއީ ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/212 މައްސަލަ
އެޓްރައިބިއުލަނުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ދެކިގެން
އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމަށް ސިވިލް ސަރވިސް ކޮމިޝަނު ގެ
ފަރާތުން ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ ނ.ލަންދޫ ސާނާ، ނަސީމާ ސަޢީދު
ރައްޔިތެއްކަން އަންގައިދޭ
އިދޭ ކާޑު ނަންބަރު 205194-A ) އެވެ.
(ދިވެހިރައްޔި
ފާހަގަކުރެވުނު ނުކުތާތައް
1- ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR;212 މައްސަލަ އަކީ ނަސީމާ ސަޢީދު
ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއެއްކަމުގައިވާ ނ.ލަންދޫ ސްކޫލުގެ ޕިޔޯނެއްގެ ވަޒީފާގައި 05
އޯގަސްޓް 2008 އިން ފެށިގެން ދާއިމީނުކޮށް އެއް އަހަރު ދުވަހަށްވުރެ ގިނަ ދުވަހު
ގެންގުޅެފައިވާތީ އެމައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން 22 ޖުލައި 2010 ގައި
ވަޒީފާ ދާއިމީކޮށްދީ އަދި ދެމަސްވެސް ނުވަނީސް 15 ސެޕްޓެމްބަރ 2010 ގައި ވަޒީފާއިން
ވަކިކޮށްފައިވާކަމަށް ބުނެ، އަލުން އަނބުރާ ވަޒީފާ ހޯދުމަށާއި ވަޒީފާއާބެހޭ ޤާނޫނުން ލިބިދޭންޖެހޭ
ހުރިހާ ޙައްޤުތަކެއް ހޯދައިދިނުމަށް އެދި ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް ނ.ލަންދޫ
ސާނާ، ނަސީމާ ސަޢީދުގެ ފަރާތުން ހުށަހެޅުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބައްލަވާފައިވާ
މައްސަލައެއް ކަމާއި،
އެމައްސަލާގެ ނިންމާފައިވާ ނިންމުމުގައިވަނީ " ދެންފަހެ މައްސަލަ ހުށަހެޅި ފަރާތާއި،
މައްސަލަ ރައްދުވާ ފަރާތުން ހުށަހެޅި އެންމެހައި ލިޔެކިޔުންތަކަށާއި، ފާހަގަކުރި އެންވެއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [ 1647
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/253
ކަންކަމަށް ނަޒަރުކުރާއިރު، ނަސީމާ ސަޢީދު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2007!5
(ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު)ގެ 47 ވަނަ މާއްދާގެ (ނ)ގެ 4 ވަނަ ނަންބަރުގައި ވާގޮތުގެ
މަތީން، ނަސީމް ސަޢީދުއަށް ވަޒީފާ ލިބިފައިވަނީ ވަޒީފާ ދިނުމުގައި ދިވެހި ސިވިލް ސަރވިސްގެ
ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދުގައި މުވައްޒަފުން ޢައްޔަނުކުރުމަށް ހަމަޖެހިފައިވާ
ގޮތާއި ޚިލާފަށްކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ކުރި ތަޙުޤީޤަކަށް ސާބިތުވާތީކަމުގައި
މައްސަލަ ރައްދުވާފަރާތުން ބުނިނަމަވެސް، ނަސީމާ ސައީދުއަށް ވަޒީފާ ލިބުމުގައި އޭނާ ދިވެހި
ސިވިލް ސަރވިސް ޤާނޫނާއި ދިވެހި ސިވިލް ސަރވިސް ޤަވާޢިދާއި ޚިލާފަށް ކަންކަން
ކޮށްފައިވާކަމަށް މައްސަލަ ރައްދުވާ ފަރާތުން ބުނިނަމަވެސް، އެކަން ސާބިތުކޮށްދީފައިނުވާތީ،
މައްސަލަ ހުށަހެޅި ނަސީމާ ސަޢީދު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2/2008
(ވަޒީފާއާބެހޭ ޤާނޫނު ) ގެ 21 ވަނަ މާއްދާއާއި ޚިލާފަށްކަމަށް މައްސަލަ ބެލި މަޖިލީހުގެ
އިއްތިފާޤުން ކަނޑައަޅައި، ޤާނޫނު ނަންބަރު 2008;2 ( ވަޒީފާއާބެހޭ ޤާނޫނު ) ގެ 29 ވަނަ
މާއްދާގެ (ހ) ގެ (1) އަށް ރިޢާޔަތްކޮށް، ނަސީމާ ސަޢީދު އަދާކުރަމުން ދިޔަ ވަޒީފާގައި އަލުން
ބެހެއްޓުމަށާއި، އޭނާއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި،
ނަސީމާ ސަޢީދުގެ ވަޒީފާއާބެހޭ އެންމެހާ ކަންކަން، މިއަދު، 29 ނޮވެމްބަރު 2010 ން ފެށިގެން
15 (ފަނަރަ) ދުވަހުގެ ތެރޭގައި ހަމަޖައްސައި، އެކަންއެކަން ހަމަޖެހޭތާ 10 (ދިހައެއް) ދުވަހުގެ
ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، މައްސަލަ ރައްދުވާ ސިވިލް ސަރވިސް
ކޮމިޝަނަށް އަންގާ އަމުރުކުރަމެވެ." މިފަދައިންކަން އެމައްސަލާގެ މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓުން އެނގެއެވެ.
ދިވެހިރާއްa؟
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [ 1647
33
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/253
2- ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/212 މައްސަލަ
އެޓްރައިބިއުނަލުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ
އެމައްސަލަ އިސްތިއުނާފު ކުރި ފަރާތުން ތިން ނުކުތާ ފާހަގަކޮށް ޝަރީޢަތުގެ މަޖިލީހުގައި
ތަފްޞީލުކޮށް ވާހަކަ ދައްކާފައިވެއެވެ.
1-ފުރަތަމަ ނުކުތާއަކީ، ނ.ލަންދޫ! ސާނާ ، ނަސީމާ ސަޢީދުއަކީ، ޕިޔޯނެއްގެ މަޤާމަށް
ބޭނުންވާ ޝަރުޠުތަކުންކުރެ ޝަރުތެއް ފުރިހަމަވާ މުއައްޒަފެއްނޫންކަން އެނގެން އޮތްހިނދު، ދިވެހި
ސިވިލް ސަރވިސް ޤާނޫނުގެ 38 ވަނަ މާއްދާގެ (ށ) ގެ 1 އަށް ރިޢާޔަތް ކުރުމެއްނެތި ސިވިލް
ސަރވިސް ކޮމިޝަންގެ މައްޗަށް އަމުރު ކުރައްވާފައިވާ ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
2-ދެވަނަ ނުކުތާއަކީ، ނަސީމާ ސަޢީދު ވަޒީފާއިން ވަކިކޮށްފައިވާ ސަބަބު ސާފުކޮށް
ބަޔާންވެފައި ވަނިކޮށް، ޓްރައިބިއުނަލްއިން މައްސަލައިގެ ނިންމުމުގައި ނަސީމާ ސަޢީދުއަށް ވަޒީފާ
ލިބުމުގައި އޭނާ ސިވިލް ސަރވިސްގެ ޤާނޫނާއި، ސިވިލް ސަރވިސް ޤަވާޢިދާއި ޚިލާފަށް ކަންކަން
ކޮށްފައިވާކަމަށް މައްސަލަ ރައްދުވާ ފަރާތުން ސާބިތު ކޮށްދީފައިނުވާތީކަމަށް ފާހަގަ ކުރައްވާފައިވާތީ،
މައްސަލަ ނިންމެވުމުގައި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ
ނަންބަރަށް ރިޢާޔަތް ކުރެއްވުމެއްނެތި، ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް އަމުރު
ކުރައްވާފައިވާ ކަމަށްބުނެ ފާހަގަކޮށްފައިވާ
4 223
ނަކު އވެ.
3- ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/212 މައްސަލަ ނިމުނު
ގޮތުގެ ރިޕޯޓަށާއި މިމައްސަލާގެ ދެފަރާތުން މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ
ދިވެހިރާއްa
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2010/HC-A/253
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބަޔާންތަކަށާއި މައްސަލައާއި ގުޅިގެން ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާ ނަޒަރުކުރުމުން އަންނަނިވި
ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2010/VTR/212 މައްސަލަ
އިސްތިއުނާފު ކުރުމަށްއެދި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ
ތެރެއިން ފުރަތަމަ ނުކުތާގައި، ނަސީމާ ސަޢީދުއަކީ، ޕިޔޯނެއްގެ މަޤާމަށް ބޭނުންވާ
ޝަރުޠުތަކުންކުރެ ޝަރުތެއް ފުރިހަމަވާ މުއައްޒަފެއްނޫންކަން އެނގެން އޮތްހިނދު، ދިވެހި ސިވިލް
ސަރވިސް ޤާނޫނުގެ 38 ވަނަ މާއްދާގެ (ށ) ގެ 1 އަށް ރިޢާޔަތް ކުރުމެއްނެތި ސިވިލް ސަރވިސް
ކޮމިޝަންގެ މައްޗަށް އަމުރުކޮށްފައިވާކަމަށްބުނެ ފާހަގަކޮށްފައިވާތީ، އެނުކުތާއަށް ހައިކޯޓުން
ބެލިބެލުމުން،
4259
ومرد می
Ocko
ނ. ލަންދޫ ސުކޫލުގެ ޕިޔޯނު ކަމުގެ މަޤާމަށް މުވައްޒަފުން ހޯދުމަށް 21 މެއި 2008
ގައި ކުރެވުނު ނަންބަރު 119
/
2008
/
10-GS އިޢުލާނުގައި ޕިޔޯނުކަމުގެ ޝަރުޠުގެ
ބަޔާންކޮށްފައި ވަނީ ޕިޔޯންކަމުގެ ސަނަދު ލިބިފައިވުން ނުވަތަ ގްރޭޑް 5 ން ފާސްވެފައިވުން މިދެ
ޝަރުތު ކަމަށާއި ނަސީމާ ސައީދުއަކީ ޕިޔޯންކަމުގެ ސަނަދު ލިބިފައިވާ ނުވަތަ ގްރޭޑް 5 ން
ފާސްވެފައިވާ ފަރާތެއް ކަމަށް ނުވަތަ ނަސީމާ ސަޢީދަށް ލިބިފައި ހުރި އެފަދަ ލިޔުންތަކެއް
ނެތްކަމަށް އެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން އެނގޭކަމާއި، އެހެންނަމަވެސް
ނަސީމާ ސަޢީދު އަށް ވަޒީފާ ދެއްވިއިރު ވަޒީފާ ދެއްވާފައިވަނީ އިންޓަވިއު ޕެނަލް އަކުން އިންޓަވިއު
ކުރެވިގެން ކަމާއި އަދި އިންޓަވިއު ޕެނަލްގެ ޝީޓުތަކުން އެންމެ މަތީ މާކްސް ހޯދާފައިވާ ފަރާތެއްގެ
ގޮތުގައި ލިޔުންތަކުން ފެންނަން ހުރީ ނަސީމާ ސަޢީދުގެ ނަންކަން އެނގެން އޮންނަކަމާއި އަދި
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my enos
6
2010/HC-A/253
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނަސީމާ ސަޢީދުގެ ވަޒީފާ ދާއިމީ ކުރެއްވުމުގެ ކުރީގައިވެސް ނަސީމާ ސައީދުއަށް ލިޔަން ކިޔަން
އެނގޭތޯ ބެލުމުގެ ޓެސްޓް ދެއްވާފައިވާކަން އެނގެން އޮންނަ ކަމާއި
Au
0Q
ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 38 ވަނަ
މާއްދާގެ (ހ) ގައި " ދިވެހި ސިވިލް ސަރވިސްގެ މަޤާމަކަށް ސިވިލް ސަރވިސްގައި ހިމެނޭ މީހަކު
ވިޔަސް އަދި ނުހިމެނޭ މީހަކު މީހަކުވިޔަސް ޢައްޔަނު ކުރަންވާނީ ސިޔާސީ ނުފޫޒުތަކުން
އެކަހެރިވެފައިވާ ގޮތެއްގައި މެރިޓް އަކީ އަސާސީ މިންގަނޑު ކަމަށް ބަލައިގެންނެވެ." މިފަދައިން
ބަޔާންކޮށް ވަޒީފާ ދިނުމުގެ އަސާސީ މިންގަނޑަކީ މެރިޓް ކަމަށް ބަލައިގެން ވަޒީފާ ދިންކަމަށް
ބެލެވޭނީ އެމުވައްޒަފު އައްޔަނު ކުރެވިފައިވަނީ އެމާއްދާގެ (ށ) ގައި ބުނާ ގޮތަށް ކަމުގައި
ވާނަމަކަމަށް ބަޔާންކޮށް ދެ ކަމެއް ބަޔާންކޮށްފައިވާ ކަމާއި ، އެގޮތުން އެއަކުރުގެ 1 ވަނަ
ނަންބަރުގައި " އައްޔަނު ކުރެވުނު މީހަކީ ވަޒީފާގެ ޝަރުޠުތައް ފުރިހަމަވާ މީހެއްކަމުގައިވުން ،"
އަދި އެއަކުރުގެ 2 ވަނަ ނަންބަރުގައި ޢައްޔަނު ކުރެވުނު މީހަކީ އެމީހެއްގެ ތަޢުލީމީ
ފެންވަރަށާއި، މަސައްކަތުގެ ހުނަރަށް އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން ޢައްޔަނު
ކުރެވިފައިވާ މީހަކު ކަމުގައި ވުން. " މިފަދައިން ބަޔާން ކޮށްފައިވާކަން އެނގެން އޮންނަކަމާއި،
If
05
ނަސީމާ ސަޢީދު
ނ. ލަންދޫ ސުކޫލުގެ ޕިޔޯނު ކަމުގެ މަޤާމަށް އައްޔަންކުރެވުނީ
އޮގަސްޓް 2008 ގައި ކަމާއި، އެއަށްފަހު ސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރު
2010
/
224/CSC(1) (22 ޖުލައި 2010) ވަޒީފާ ދެއްވި ޗިޓުން ނަސީމާ ސަޢީދު 31
ޖެނުއަރީ 2009ގެ ނިޔަލަށް އަދާކުރަމުން އައި ވަޒީފާ 1 ފެބްރުއަރީ 2009 ގައި ސިވިލް
ސަރވިސްގައި ޢަމަލުކުރަން ފެށި އޮނިގަޑުގައިވާ ގޮތުގެ މަތީން 1 ފެބްރުއަރީ 2009 ގައި އޮފީސް
އެސިސްޓެންޓެއްގެ މަޤާމަށް ބަދަލުކުރައްވާފައިވާކަމާއި، އެމުއްދަތު ތެރޭގައި ނަސީމާ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 1647
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/253
ނ.ލަންދޫ ސުކޫލުގެ ވަޒީފާގައި އުޅެފައިވަނީ ވަގުތީ މުވައްޒަފެއްގެ ގޮތުގައި ކަމާއި، ވަޒީފާ ދާއިމީ
ނުކޮށް ވަޒީފާގައި ގެންގުޅެމުން ދާތީ އެކަމުގެ ޝަކުވާ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމާ
ގުޅިގެން 22 ޖުލައި 2010ގައި ނަސީމާ ސައީދު އަދާކުރަމުންދިޔަ ވަޒީފާ ދާއިމީ ކޮށްދީފައިވާކަމާއި
ވަޒީފާ ދާއިމީ ވެފައިވަނީ ނަސީމާ ސަޢީދު ނ. ލަންދޫ ސުކޫލުގެ ވަޒީފާގައި 1 އަހަރާއި
11މަސްދުވަސް ވަންދެން އުޅުނުފަހުންކަން އެނގެން އޮންނައިރު ވަޒީފާ ދާއިމީ ވުމާ ދޭތެރޭގައި
ހިނގާދިޔަ މުއްދަތުގައި ނަސީމާ ސަޢީދުއަށް ވަޒީފާގެ ކުރިއެރުން ލިބިފައިވާކަން އެނގެން އޮންނަ
ކަމާއި ނަސީމާ ސަޢީދުގެ ކިބައިގައި މަޤާމުގެ ޝަރުޠު ހަމަނުވުމުގެ ސަބަބުން އެ ސުކޫލުގައި
އަދާކުރަމުން ދިޔަ ވަޒީފާއަށް އެއްވެސް ބުރުލެއް ނުވަތަ އެއްވެސް ފަރާތެއްގެ ޝަކުވާއެއް ނަމަވެސް
ހުށަހެޅިފައި އޮތްކަން އެނގެން ނެތްކަމެވެ.
P
212VTR/2010
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ
އިސްތިއުނާފު ކުރުމަށްއެދި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ
ތެރެއިން ދެވަނަ ނުކުތާގައި، ނަސީމާ ސަޢީދު ވަޒީފާއިން ވަކިކޮށްފައިވާ ސަބަބު ސާފުކޮށް ބަޔާންވެފައި
ވަނިކޮށް، ޓްރައިބިއުނަލްއިން މައްސަލައިގެ ނިންމުމުގައި ނަސީމާ ސަޢީދުއަށް ވަޒީފާ ލިބުމުގައި އޭނާ
ސިވިލް ސަރވިސްގެ ޤާނޫނާއި، ސިވިލް ސަރވިސް ޤަވާޢިދާއި ޚިލާފަށް ކަންކަން ކޮށްފައިވާކަމަށް
މައްސަލަ ރައްދުވާ ފަރާތުން ސާބިތު ކޮށްދީފައިނުވާކަމަށް ފާހަގަ ކުރައްވާފައިވާތީ، މައްސަލަ
ނިންމެވުމުގައި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ ނަންބަރަށް ރިޢާޔަތް
ކުރެއްވުމެއްނެތި، ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް އަމުރު ކުރައްވާފައިވާކަމަށް ބުނެ
ފާހަގަކޮށްފައިވާ ނުކުތާއަށް ބެލިއިރު،
ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާއަކީ ސިވިލް ސަރވިސްގެ މުވައްޒަފުން
ވަޒީފާއިން ވަކިކުރެވޭގޮތްތައް ބަޔާންކުރާ މާއްދާ ކަމާއި އެމާއްދާގެ ދަށުން ސިވިލް ސަރވިސްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 1647
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2010/HC-A/253
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ބާރު ލިބިގެންވަނީ ސިވިލް ސަރވިސް ކޮމިޝަނަށް ކަމާއި އެގޮތުން
އެމާއްދާގެ (ނ) ގައި ސިވިލް ސަރވިސްގައި މަސައްކަތްކުރާ ދާއިމީ މުވައްޒަފުން ވަޒީފާއިން
ވަކިކުރެވިދާނެ ސަބަބުތައް ބަޔާންކޮށްފައިވާ ކަމާއި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ
(ނ) ގެ 4 ވަނަ ނަންބަރުގައި ވަނީ " އެމުވައްޒަކަށް ވަޒީފާ ލިބިފައިވަނީ ވަޒީފާ ދިނުމުގައި
މިޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދުގައި މުވައްޒަފުން ޢައްޔަން ކުރުމަށް ހަމަޖެހިފައިވާގޮތާ
ޚިލާފަށްކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ކުރި ތަޙްޤީޤަކަށް ސާބިތުވުން " ކަމާއި،
ސިވިލް ސަރވިސް ކޮމިޝަނުން ހިންގުނު ތަޙްޤީޤެއްގައި ނަސީމާ ސަޢީދު އަށް ނ.
ލަންދޫ ސުކޫލުގެ ޕިޔޯނު ކަމުގެ ވަޒީފާ ދެއްވިއިރު ޕިޔޯނު ކަމުގެ މަޤާމަށް އައްޔަން ކުރެވޭ މީހެއްގެ
ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ކަމަށް ލަންދޫ ސުކޫލުން ކޮށްފައިވާ އިއުލާނުގައި
ބަޔާންކުރެވިފައިވާ "ޕިޔޯންކަމުގެ ސަނަދު ލިބިފައިވުން ނުވަތަ ގްރޭޑް 5 ން ފާސްވެފައިވުން. " ގެ
ޝަތު ނަސީމާ ސަޢީދުގެ ކިބައިގައި ފުރިހަމަ ނުވާކަން މިޤަޟިއްޔާއާއި ގުޅިގެން ދެފަރާތުންވެސް
ދައްކާފައިވާ ވާހަކަ ތަކުން އެނގެން އޮންނަ ކަމާއި، ނ. ލަންދޫ ސުކޫލުގެ ވަގުތީ މުވައްޒަފެއްގެ
ގޮތުގައި ނަސީމާ ސަޢީދު 1 އަހަރާއި އެތައް މަހެއް ވަންދެން ގެންގުޅުމަށް ފަހު 22 ޖުލައި
2010 ގައި ވަޒީފާ ދާއިމީ ކުރުމަށްފަހު 15 ސެޕްޓެމްބަރު 2010 ގައި ވަޒީފާއިން ވަކިކުރެވުނު
އިރު ނަސީމާ ސައީދު އެތަނުގައި މަސައްކަތްކުރަމުންދާތާ 2 އަހަރު ވެފައިވާކަން އެނގެން
އޮންނަކަމާއި،
ނަސީމާ ސަޢީދު އަށް ނ. ލަންދޫ ސުކޫލުން ވަޒީފާ ލިބުމުގައި ނަސީމާ ސައީދު
ސިވިލް ސަރވިސްގެ ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދާއި ޚިލާފަށް އެއްވެސް ކަމެއް
ކޮށްފައިވާކަން އެނގެން ނެތްކަމާއި، އެހެންކަމުން އޭނާއަށް ވަޒީފާ ހަމަޖެއްސުމުގައި ސިވިލް
ސަރވިސްގެ އެކަމާ ޙަވާލުވެތިބި ސިވިލް ސަރވިސްގެ އެހެން މުވައްޒަފުންގެ އިހުމާލުން
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
2010/HC-A/253
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހިގާފައިވާ ކަމެއް ހިގާފައިވާނަމަ އެކަމުގައި ނަސީމާ ސަޢީދާ މެދު ފިޔަވަޅު އެޅޭނެ ކަމަށް
ނުފެންނަ ކަމާއި،
2011/HC-A/01
ދިވެހި ރާއްޖޭގެ
ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) އަށް ބަލާއިރުވެސް ސިވިލް
ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު އޭނާގެ ފަރާތުން މެދުވެރިކުރުވި ސަބަބަކާނުލައި،
އަދި އެއާ ޚިލާފަށް ވަޒީފާ ދިން ފަރާތުގެ ސަބަބަކާހެދި ވަޒީފާއިން ވަކިކުރަންޖެހިއްޖެ ޙާލަތެއްގައި،
އެމުވައްޒަފަކަށް ޤާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ވަޒީފާ އަދާކުރުމުގެ ޙައްޤު
ޙިމާޔަތްކޮށްދެވެން އޮތް އެންމެ ފުޅާދާއިރާއެއްގައި ޙިމާޔަތްކޮށްދެވޭތޯ ބެލުމަކީ ޤާނޫނު އަސާސީން
ކަށަވަރުކޮށްދީފައިވާ އެ ޙައްޤު ޙިމާޔަތް ކޮށްދިނުމަށްޓަކައި، ކޮންމެހެން ކުރަންޖެހޭކަމެއްކަމަށް
ބަޔާންކުރައްވާފައިވާކަން އެގެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތްތަކުގައި ބަޔާންކުރެވުނު އެންމެހައި ސަބަބުތައް
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:2010/VTR/212 މައްސަލަ
4 25=4
މަތީން ހުރު
ހަރއއކ
އިސްތިއުނާފު ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ
މައްޗަށް ބިނާކޮށް އެމައްސަލާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް އެއްވެސް
ބަދަލެއް ގެންނަންޖެހޭ ސަބަބެއް އޮތްކަމަކަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
ދިވެހިރާއްa؟
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [ 1647
33
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/253
ޙުކުމް:
30
04 އ ހވ
ދެންފަހެ، އިސްވެ ފާހަގަކުރެނު ނުކުތާތަކުގައި ބަޔާންކުރެވުނު އެންމެހައި ސަބަބުތައް
އެގޮތުގެ މަތީން ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:2010/VTR/212
މައްސަލާގައި ނިންމާފައިވާ ނިންމުމަކީ ޝަރުއީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ނިންމާފައިވާ
ނިންމުމެއް
.މެއްކަމަށް ބެލެވޭނެ އެއްވެ
އިއްވެސް ސަބަބެއް އޮތްކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ މަޖިލީހަށް ނުފެންނާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:2010/VTR/212
މައްސަލާގައި ނިންމާފައިވާ ނިންމުމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ތާއީދުކޮށް، އެގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްa؟
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [ 1647
33
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv