ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/254 ޤަޟިއްޔާގެ ޙުކުމް
1
2007/HC-A/254
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
skor
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 254/HC
-
A/2007
އިސްތިއުނާފުކުރި ފަރާތް:
ނަން: ޢަލީ ސާޙިލް
އައިޑީ ކާޑު ނަންބަރ: A103055
އެޑްރެސް:
ޖަވާހިރު
* މިހާރުގެ އެޑްރެސް: ފ. ދުންފިނިވިލާ
9
އިސްތިއުނާފު ރައްދުވި ފަރާތް: ނިކަމޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
• ހުށަހެޅުނު ތާރީޚް: 16 ޑިސެމްބަރު 2007
* ނިމުނު ތާރީޚް: 27 ޖެނުއަރީ 2010
0
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2006/MC/934
• ނިންމެވިކޯޓް: މަދަނީކޯޓް
• ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
• ހުށަހެޅުނުތާރީޚް: 01 ޖޫން 2006
ނިމުނު ތާރީޚް: 13 ނޮވެމްބަރު 2007
*
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، ޙާބުރުޒު ހިނގުން، ވާދެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2007/HC-A/254
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ދައުވާގެ ޚުލާޞާ
މިއީ، މަދަނީކޯޓުގެ ނަންބަރު 2006/MC/934 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާއި
މެދު ހިތްހަމަ ނުޖެހިގެން، ގ.ދުންފިނިވިލާ މާލެ، ޢަލީ ސާޙިލް އެޤަޟިއްޔާ ދިވެހިރާއްޖޭގެ
ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ނިކަ މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑެވެ.
ފާހަގަކުރެވުނު ނުކުތާތައް
މިމައްސަލައާއި ގުޅިގެން މަދަނީކޯޓުގެ ނަންބަރު 2006/MC/934 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި އެޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ
ކަމަށްބުނެ ޢަލީ ސާއިލްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި ،
އެނުކުތާތަކާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
ދުންފިނިވިލާ އަލީ ސާހިލްގެ ފަރާތުން މަދަނީކޯޓުގެ ނަންބަރު
2006/MC/934 ޤަޟިއްޔާ އިސްތިއުނާފު ކުރަމުން، ނިކަ އައިލެންޑު ރިޒޯޓުގައި 10 މޫދު
ކޮޓަރި (ވޯޓަރ ބަންގަލޯ) އާއި ފާލަން (ވޯކްވޭ) އެޅުމުގެ މަސައްކަތް ޢަލީ ސާއިލްއާއި
ހަވާލުކުރެވިފައިވަނީ އަދި އެމަސައްކަތް ޢަލީ ސާއިލް ކުރަމުން ގޮސްފައިވަނީ ޢަލީ ސާއިލް އާއި
ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ކުރެވިފައިވާ އެއްބަސްވުމެއްގެ ދަށުން ކަމުގައި،
މައްސަލައިގައި ހުށަހެޅުނު ލިޔުންތަކާއި ހެކިންގެ ބަހުން އަދި ދަޢުވާކުރި ފަރާތުގެ އަމިއްލަ
އިޢުތިރާފުން ސާބިތުވާއިރު، އެއެއްބަސްވުމަކީ ޢަމަލު ނުކުރެވޭނެ އެއްޗެއްކަމުގައި މަދަނީކޯޓުން
ނިންމާފައިވަނީ ރަގަޅަށް ނޫންކަމަށް ފާހަގަކޮށްފައިވާތީ، އެނުކުތާއަށް ބެލުމުގެ ގޮތުން ހައިކޯޓުން
ބެލިބެލުމުން،
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، ޙާބުރުޒު ހިނގުން، ވޯލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
3
2007/HC-A/254
އ ހ 23 (
ޢަމަލުކުރަން
4 22
کمک
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނިކަ ވޯޓަރ ބަންގަލޯ ޕްރޮޖެކްޓާއި ގުޅިގެން 30 ޖޫން 2004 ގައި އެގްރީމެންޓެއްގައި
ސޮއި ކުރެވިފައިވާ ކަމާއި، އެއެގްރީމެންޓުގެ "ޤަބޫލުކުރުން” މިބައިގައި "މިއެގްރީމެންޓަށް
ފެށެނީ މަސައްކަތް ޙަވާލުކުރާ ފަރާތް ސޮއި ކުރުމަށްފަހު މަސައްކަތްކުރާ ފަރާތަށް
މިއެގްރީމެންޓުގެ އެއް އަސްލު ލިބުމުންނެވެ.“ މިހެން އޮންނަކަމާއި،
މި އަސްލު ޢަލީ ސާޕިލަށް ނުލިބޭކަން ދެފަރާތުގެ ވާހަކަތަކުން އެނގެންއޮތް ނަމަވެސް،
ދެފަރާތުން ޢަމަލުކުރަމުން ގޮސްފައިވާ ގޮތަށް ބަލާއިރު، އެގްރީމެންޓުގެ އެހެން މާއްދާތަކާ އެއްގޮތްވާ
ގޮތުގެ މަތީން ދެފަރާތުން ޢަމަލުކުރަމުން ގޮސްފައިވާކަން އެނގޭކަމާއި، އަދި އެއްބަސްވުމުގެ އެއް
އަސްލު ޢަލީ ސާޕިލަށް ނުލިބުމުގެ ސަބަބުން ދެފަރާތުގެ މެދުގައި ވެވުނު އެއްބަސްވުމަށް
ހުރަސްތަކެއް އެޅި، ނުވަތަ އެއްބަސްވުމުގައިވާ ކަންތައްތައް ކުރިއަށް ނުގެންދެވި މައްސަލަތަކެއް
ދިމާވިކަން އެނގެން ނެތުމާއި، އަދި ޢަލީ ސާއިލްގެ ފަރާތުންވެސް އެއްބަސްވުމުގެ އަސްލެއް ހޯދަން
އުޅުނުކަން ނުވަތަ ނޫންކަން އެނގެން ނެތުމާއި، އެގްރީމެންޓުގައިވާ
މަތީން ޢަލީ ސާއިލް
ނިކަ އައިލެންޑް ރިސޯޓުގެ މަސައްކަތް ފަށައިގެން ކުރިއަށްގެންގޮސްފައިވާކަން ދެފަރާތުން
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުންނާއި ހުށަހެޅިފައިވާ ލިޔެކިއުންތަކުން ސާބިތުވާތީ،
އެގްރިމެންޓުގައި ޢަމަލުކުރަން ކަނޑައަޅާފައިވާ ގޮތްނޫން އެހެންގޮތަކަށް ޢަމަލުކުރަން ދެފަރާތުން
އިޚްތިޔާރުކޮށްފައިވާ ކަމަށް ބެލެވޭކަމާއި، މިގޮތަށް ޢަމަލުކުރުމުގެ ސަބަބުން އެއްބަސްވުމުގެ
މިބައިގައި އެއްބަސްވުމަށް ޢަމަލުކުރަން ފެށޭނެގޮތް ކަމުގައި ލިޔެވިފައިވާ ބައި
(މާއްދާ) ބަދަލު ކުރެވުނީ ކަމަށް ޤާނޫނީ ގޮތުން ބެލެވޭ ކަމާއި، މިކަމުގެ ސަބަބުން ދެފަރާތުގެ
މެދުގައި އެއްބަސްވެވިފައިވާ އެއްބަސްވުމުގެ އަސްލަށް ބަދަލެއް އައިކަމަށް ނުބެލެވޭ ކަމާއި،
ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 04 ވަނަ މާއްދާއަށް ބެލުމުން،
ކޮންމެހެން ލިޔެވިފައި އޮތުން ލާޒިމްކުރާ އެއްޗެއް ނޫންކަމާއި، އަދި ޤާނޫނު އެހެން
ގޮތަކަށް ކަނޑަނާޅާނަމަ ކޮންޓްރެކްޓަކީ ވަކި މިވެނިގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫން“ ކަމަށް
ބުނެފައިވާތީ، މިމައްސަލައިގައި ދެފަރާތުން ޢަމަލުކޮށްފައިވާ ގޮތަށް ރިޢާޔަތްކޮށް ބެލުމުން ދެފަރާތުގެ
މެދުގައި ކޮންޓްރެކްޓާއި ބެހޭ ޤާނޫނުގެ އިމުގެ ތެރެއިން ކޮންޓްރެކްޓެއް ހެދިފައިވާކަން
ސާބިތުވާކަމާއި،
ޤަބުލުކުރަނީ
» 0
0 04ދ
مل ممر ع م ا ع ل
ކه
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
4
2007/HC-A/254
0/
22
گمرک
2 3 4 · 4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އަދި ދެފަރާތުގެ މެދުގައި ލިޔެފައިވާ އެގްރީމެންޓުގެ "ޤަބޫލުކުރުން. މިބައިގައި
”މަސައްކަތް ހަވާލުކުރާ ފަރާތް ތިރީގައި ސޮއިކުރުމުން މަސައްކަތްކުރާ ފަރާތުގެ ހުށަހެޅުން
ޤަބޫލުކޮށް މަސައްކަތް ކުރާ ފަރާތް ހުށަހަޅާފައިވާ މަތީން މަސައްކަތް ކުރުމަށާއި އަދި
ކޮންޓްރެކްޓުގައިވާ ގޮތުގެ މަތީން މަސައްކަތްކުރާ ފަރާތަށް ފައިސާ ދިނުމަށް މަސައްކަތް ހަވާލުކުރާ
ފަރާތް އެއްބަސްވެއެވެ.“ މިހެން ބަޔާން ކުރެވިފައިވާއިރު، އެގްރިމެންޓުގައި ދެފަރާތުން
ސޮއިކޮށްފައިވާކަން ސާބިތުވާ ކަމާއި، އަދި ދެފަރާތުން ޝަރީއަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި ލިޔެކިއުންތަކަށް ބެލުމުން، ދެފަރާތުގެ މެދުގައި ވެވުނު އެއްބަސްވުމާއި އެއްގޮތަށް
ޢަމަލުކޮށްފައިވާކަން ސާބިތުވާ މިންވަރަށް ކާފީހެކި ލިބިފައިވާތީ، އެއެއްބަސްވުމަކީ އެއާ އެއްގޮތަށް
އަމަލު ނުކުރެވޭނެ އެއްބަސްވުމެއް ކަމަށް ކަނޑައެޅޭނެ ޝަރުޢީ އަދި ގާނޫނީ ހަމައެއް ނެތްކަން
އެނގެއެވެ.
$$ 0 0
ކަމަށް
(ހ) އެއްބަސްވުމަކީ "ލަމްޕްސަލް“ އެއްބަސްވުމެއްކަން އެއެއްބަސްވުމުންނާއި ހުށަހެޅުނު
ލިޔުންތަކުން އެނގޭއިރު، 10 މޫދު ކޮޓަރި (ވޯޓަރ ބަންގަލޯ) އާއި ފާލަން (ވޯކްވޭ) އެޅުމުގެ
މަސައްކަތް ކުރެވިފައިވަނީ "މެޝަރ އެންޑް ޕޭ“ އުސޫލުން ކަމާއި، އެއުސޫލުގެ ދަށުން ކުރެވިފައިވާ
މަސައްކަތްތައް
ވަކިވަކިން ބަލާ އަގުކޮށް ފައިސާ ނަގާދެވިފައިވަނީ ރަނގަޅަށް ނޫންކަމަށް ޢަލީ
ސާޙިލުގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއަށް ޝަރީޢަތުން ނަޒަރު ކުރާއިރު؟
ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމުގެ "ސެކްޝަން 2 -އެޕެންޑިކްސް، ގެ
"މަސައްކަތް އަގުކުރުން މިބައިގައި މިއެއްބަސްވުމަކީ ”ލަމްޕްސަމް“ އެއްބަސްވުމެއް
ބަޔާންކޮށްފައިވާ ކަމާއި،
ޢިމާރާތްކުރު ދާއިރާގައި ޢަމަލުކުރެވޭ ޢާންމު އުސޫލަށް ބަލާއިރު، “ލަމްޕްސަމް ކޮށް
އެއްބަސްވުން އެކުލަވާލެވިފައި ހުންނަކަމާއި، އެފަދަ އެއްބަސްވުން އެކުލަވާލަންޖެހޭ ސަބަބަކީ
އެއްބަސްވެވިފައިވާ އަގަށް ވުރެ ބޮޑު އަގެއް މަސައްކަތް ނިމުމުން ކޮންޓްރެކްޓަރުން (މަސައްކަތް
ކުރާ ފަރާތުން) ނަގަމުންދާތީ ކަމާއި، "ލަމްޕްސަމް“ ކޮށް ހެދިފައިވާ އެއްބަސްވުމެއްގައިވާ ޖުމްލަ
އަގަށް އެއްވެސް އުނި އިތުރެއް ގެނެވޭނީ، ހަމައެކަނި އެއްބަސްވުމުގައިވާ ޑޭރިއޭޝަން“ (އިތުރު
މަސައްކަތް) އާއި ބެހޭ މާއްދާގައި ބަޔާންކޮށްފައިވާ މިންވަރަށް ކަމާއި، އެއްބަސްވުމުގެ ދަށުން
في ممرا میری
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، ޙާބުރުޒު ހިނގުން، ވޯލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
5
2007/HC-A/254
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2 20
ކުރަންޖެހޭ މަސައްކަތް ޖުމްލަކޮށް ނިންމާލެވިފައި ނުވާނަމަ، ”ލަމްޕްސަމް“ އެއްބަސްވުމުގައި
ޢަމަލުކުރާ އުސޫލަކީ އެއްބަސްވުމުގައި އެހެންގޮތަކަށް ބުނެފައިނުވާނަމަ، ކުރެވިފައިހުރި
މަސައްކަތަށްވާ އަގު މަސައްކަތްކުރި ފަރާތަށް ދިނުންކަމާއިގެ
"ލަމްޕްސަމް“ އެއްބަސްވުމަކީ ޖުމްލަ އަގެއް ކަނޑައެޅިފައިވާ އެއްބަސްވުމަކަށް ވާއިރު،
ކަނޑައެޅިފައިވާ ޖުމްލަ އަގު މަސައްކަތްކުރި ފަރާތަށް ޙައްޤުވާނީ އެއްބަސްވެފައިވާ ގޮތަށް
މަސައްކަތް ފުރިހަމަ ކުރުމުން ނުވަތަ ނިންމުމުންކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން
އެނގޭކަމާއި،
ނިކަ އައިލެންޑު ރިޒޯޓުގައި 10 ވޯޓަރ ބަންގަލޯ އާއި 250 މީޓަރުގެ ފާލަމެއް (ވޯރކްވޭ)
އެޅުމަށް 30 ޖޫން 2004 ގައި ކުރެވުނު އެގްރީމެންޓުގެ ދަށުން ޢަލީ ނާޞިލު އާއި ހަވާލު ކުރެވުނު
މަސައްކަތް އެގްރިމެންޓުގައިވާ ގޮތުގެ މަތިން 15 ޑިސެމްބަރ 2004 ގެ ނިޔަލަށް ޢަލީ ސާޙިލުގެ
ފަރާތުން ފުރިހަމަކޮށް ނިންމާލެވިފައި ނުވާއިރު، ހަވާލުކުރެވުނު މަސައްކަތުގެ ތެރެއިން ހަމައެކަނި
ނިމިފައިވަނީ 250 މީޓަރ ދިގުމިނުގެ ފާލަމުގެ މަސައްކަތާއި، 04 މޫދުކޮޓަރީގެ މަސައްކަތުގެ
ތެރެއިން ބޮޑުބައެއްކަން، ހުށަހެޅިފައިވާ ލިޔެކިއުންތަކުންނާއި ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކުން ސާބިތުވާތީ، “ލަމްޕްސަމް“ ކޮށް އެއްބަސްވެފައިވާ ޖުމްލަ އަގު ޢަލީ
ސާޕިލަށް ދޭންޖެހޭނެ ޝަރުޢީ ނުވަތަ ޤާނޫނީ ހަމައެއް ނެތް ކަމާއި،
ދެފަރާތުގެ ދެމެދުގައި ލިޔެފައިވާ އެއްބަސްވުމުގެ އަސްލަށް ބަލާއިރު އެއްބަސްވުމުގެ
”ސެކްޝަން 4 ޢާންމު ޝަރުތުތައް“ ހިމެނޭބައިގެ 12.4 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ
އެއްވެސް ފަރާތެއްގެ އިހުމާލުވުމަކާއި ގުޅިގެން އެއްބަސްވުން މުޅިން ނިމުމަކަށް ގެނެސްފައިވާނަމަ
ފުރިހަމަކޮށްފައިވާ މަސައްކަތްތަކުގެ އަގަށްވާ ފައިސާގެ ތެރެއިން އަދާނުކޮށްވާ ފައިސާ،
މަސައްކަތްކުރާ ފަރާތަށް ޙައްޤުވާނެ ކަމާއި،
މިމައްސަލައިގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، ޢަލީ ސާޙިލްގެ ފަރާތުން މަސައްކަތް
ފުރިހަމަކުރުމަށް އެއްބަސްވެފައިވާ މުއްދަތަށް މަސައްކަތް ފުރިހަމަކޮށް، ނިންމާލެވިފައި ނުވާކަން
ސާބިތުވާކަމާއި، ދެފަރާތުން ޢަމަލުކޮށްފައިވާ ގޮތުން އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ކަމަށް
ބެލެވޭ ކަމާއި، އެހެންކަމުން އެއްބަސްވުމުގެ 12.4 ވަނަ މާއްދާގައިވެސް ބުނެފައިވާ ފަދައިން
04/
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، ޙާބުރުޒު ހިނގުން، ވޯލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
6
2007/HC-A/254
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
O Cucou
ފުރިހަމަކޮށްފައިވާ މަސައްކަތުގެ އަގު ޢަލީ ސާޕިލަށް ދޭންޖެހޭނެކަން ޝަރުޢީ އަދި ޤާނޫނީ
ހަމަތަކުން ޝަރީޢަތަށް ސާބިތުވާހިނދުގެ
ޢަލީ ސާޙިލްގެ ފަރާތުން ކުރި މަސައްކަތް އަގުކުރަން ބަލާއިރު، އެފަރާތުން ހުށަހެޅި
ކޯޓޭޝަނެއް ފެންނަން އޮތްއިރު، ކުރެވިފައިވަނީ އޭގައިވެސް ބުނާ މަސައްކަތްތައް ކަމުން،
މިޙާލަތުގައި ކުރެވިފައިވާ މަސައްކަތްތައް ވަކިވަކިން ބަލާ ކޯޓޭޝަންގައިވާ އަގުތަކުގެ މަތިން
އަގުކުރުން އެއީ އެންމެ އިންސާފުވެރިގޮތް ކަމަށް ބަލަން ޖެހޭކަމާއި، އެހެންކަމުން މަދަނީ ކޯޓުގެ
ނަންބަރު 2006/MC/934 ޤަޟިއްޔާގައި، ޢަލީ ސާއިލްގެ ފަރާތުން ނިކަ އައިލެންޑު ރިޒޯޓުގައި
ކުރެވިފައިވާ މަސައްކަތްތައް ވަކިވަކިން ބަލާ އަގުކޮށް ފައިސާ ނަގާދެވިފައިވަނީ ރަނގަޅަށް ނޫން
ކަމަށް، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ބެލެވެން ނެތްކަން އެނގެއެވެ.
05
(ނ) ”މެޝަރ އެންޑް ޕޭ، އުސޫލުން ބަލާކަމުގައި ވާނަމަ، ޢަލީ ސާޙިލްގެ ފަރާތުން ނިކަ
ޕްރޮޖެކްޓަށް ޖުމްލަކޮށް ޚަރަދުކުރި 666673.49 (ހަލައްކަ ފަސްދޮޅަސް ހަހާސް ހަސަތޭކަ ހަތްދިހަ
ތިނެއް ޕޮއިންޓް ހަތަރެއް ނުވައެއް) ޔޫ.އެސް ޑޮލަރު، ބުނެވިދިޔަ އެއްބަސްވުމުގެ ދަށުން ޢަލީ
ސާޕިލަށް ޖުމްލަކޮށް ލިބިފައިވާ 662083.30 (ހަލައްކަ ފަސްދޮޅަސް ދެހާސް އަށްޑިހަ ތިނެއް
ޕޮއިންޓް ތިނެއް ސުމެއް) ޔޫ.އެސް ޑޮލަރުގެ ތެރެއިން އުނިކުރަން ޖެހޭނެ ކަމާއި، އެގޮތަށް ބެލިއަސް
އެ އެއްބަސްވުމުގެ ދަށުން ޢަލީ ނާއިލަށް ލިބިފައިވާ ފައިސާގެ އިތުރަށް ނިކަ އައިލެންޑް ރިޒޯޓުގައި
ކޮށްފައިވާ މަސައްކަތަށް އޭނާ ޚަރަދުކޮށްފައިވާތީ، ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ޢަލީ
ސާއިލް އަނބުރާ ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނުހުންނާނެ ކަމަށް ބުނެ ޢަލީ ސާޙިލުގެ
ފަރާތުން ބުނެފައިވާ ބުނުމަށް ޝަރީޢަތުން ބަލާއިރުގެ
ޢަލީ ސާއިލްގެ ފަރާތުން ނިކަ ޕްރޮޖެކްޓަށް ޖުމްލަކޮށް 666673.49 (ހަލައްކަ ފަސްދޮޅަސް
ހަހާސް ހަސަތޭކަ ހަތްދިހަ ތިނެއް ޕޮއިންޓް ހަތަރެއް ނުވައެއް) ޔޫ.އެސް ޑޮލަރު ޚަރަދުކޮށްފައިވާ
ކަމަށާއި، މީގެ ތެރެއިން މެޓީރިއަލްއަށް ޚަރަދުވި 612805.79 (ހަލައްކަ ބާރަހާސް އަށްސަތޭކަ
ފަހެއް ޕޮއިންޓް ހަތެއް ނުވައެއް) ޔޫ.އެސް ޑޮލަރު އާއި، އިކުއިޕްމެންޓަށާއި، ލޭބަރުންނަށް ޚަރަދުވީ
53867.70 (ފަންސާސްތިންހާސް އަށްސަތޭކަ ފަސްދޮޅަސް ހަތެއް ޕޮއިންޓް ހަތެއް ސުމެއް) ޔޫ.އެސް
ޑޮލަރު ކަމަށާއި، ޢަލީ ނާޞިލުގެ ފަރާތުން 04 މާޗް 2007 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހަށް
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، ޙާބުރުޒު ހިނގުން، ވޯލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
ހ 4
0 ﷲ
2007/HC-A/254
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0 0
4 22
ހުށަހެޅި ”ޑޮކިއުމެންޓު 2“ ގެ ހިސާބު ޝީޓުގެ ތަފްސީލުން މިކަންކަން އެނގޭނެކަމަށާއި،
އެއްބަސްވުމުގެ ދަށުން ޢަލީ ސާޕިލަށް ލިބިފައިވަނީ ޖުމްލަ 662083.30 (ހަލައްކަ ފަސްދޮޅަސް
ދެހާސް އަށްޑިހަ ތިނެއް ޕޮއިންޓް ތިނެއް ސުމެއް) ޔޫ.އެސް ޑޮލަރު ކަމަށާއި، މިޢަދަދަށްވުރެ
އިތުރަށްވެސް ނިކު އައިލެންޑު ރިސޯޓުގެ މަސައްކަތަށް ޚަރަދުކޮށްފައިވާތީ، ނިކު މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑަށް ޢަލީ ސާހިލް ދައްކަންޖެހޭނެ އެއްވެސް ފައިސާއެއް ނުހުންނާނެކަމަށް، 1 މެއި
2007 ގައި މަދަނީ ކޯޓަށް ޢަލީ ސާޙިލްގެ ފަރާތުން ދީފައިވާ ބަޔާނުގައި ބުނެފައިވުމުން، މިކަންކަން
ދިރާސާކޮށް އިތުރަށް ބެލުމުގެ ގޮތުން ޢަލީ ސާއިލްގެ ފަރާތުން 04 މާޗް 2007 ގައި ބޭއްވުނު
މަދަނީކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ”ޑޮކިއުމެންޓު 2“ ގެ ހިސާބު ޝީޓުގައިވާ
ތަފްސީލުތަކަށް ބަލާއިރުގެ
އެ ޝީޓުގައިވާ ގޮތުން 12 ޑިސެމްބަރު 2004 ގެ ނިޔަލަށް ޢަލީ ސާއިލްގެ ފަރާތުން
ޚަރަދުކޮށްފައިވާ މުޅި ޖުމްލައަކީ 612805.79 (ހަލައްކަ ބާރަހާސް އަށްސަތޭކަ ފަހެއް ޕޮއިންޓް
އަތެއް ނުވައެއް) ޔޫ.އެސް ޑޮލަރު ކަމާއި، މިފައިސާގެ ތަފްސީލަށް ބެލުމުން މިފައިސާގެ ތެރޭގައި
އެކި އެކި މަސައްކަތު ގުރޫޕްތަކަށް ދެވުނު ފައިސާ އާއި، ޢަލީ ސާއިލްގެ ފަރާތުން ނިކަ
ޕްރޮޖެކްޓުގައި ޙަރަކާތްތެރިވި ސްޓާފުންނަށް ދެވުނު ފައިސާ އާއި، ޓްރާންސްޕޯޓް ޚަރަދުތަކާއި،
އެއަރ ޓެކްސީ ޓިކެޓްގެ އިތުރުން، ކޮއްތު ފައިސާވެސް ހިމެނިފައިވާކަން އެނގޭކަމާއި،
މިކަންކަން މިހެންހުރި ނަމަވެސް، ޢަލީ ސާޙިލްގެ ބަޔާނުގައި ބުނެފައިވަނީ މި ޢަދަދަކީ
ހަމައެކަނި މެޓީރިއަލްއަށް ޚަރަދުވި ފައިސާގެ ޢަދަދުކަމަށާއި، މީގެ އިތުރުން ޢަލީ ސާއިލްގެ ފަރާތުން
އިކުއިޕްމެންޓަށާއި ލޭބަރަށް ޚަރަދުވިކަމަށް ބުނެފައިވާ، 53867.70 (ފަންސާސްތިންހާސް
އަށްސަތޭކަ ފަސްދޮޅަސް ހަތެއް ޕޮއިންޓް ހަތެއް ސުމެއް) ޔޫ.އެސް ޑޮލަރު ޚަރަދުކޮށްފައިވަނީ ކޮން
ދުވަސްވަރެއްގައި، ކޮން ބޭނުމަކަށްކަން ހިސާބު ޝީޓުން އެގެން ނެތްއިރު،
ޚަރަދުކުރި ފައިސާއެއްކަން ސާބިތުކޮށްދީފައި ނުވުމުން، ޢަލީ ސާޙިލްގެ ފަރާތުން ހުށަހަޅާފައިވާ
"ޑޮކިއުމެންޓު 2 ގެ ހިސާބުޝީޓުގެ ޞައްޙަކަމާއި، އެޝީޓާއި ގުޅިގެން ދައްކާފައިވާ ވާހަކަތަކުގެ
ޞައްޙަކަން ސާބިތުކޮށްދެވިފައި ނުވާތީ، ޢަލީ ސާއިލްގެ ފަރާތުން ނިކަ ޕްރޮޖެކްޓަށް ޖުމްލަކޮށް
40
ރ 2
4
04 2
0
2 ދ ތ ލ 06
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
8
2007/HC-A/254
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
666673.49 (ހަލައްކަ ފަސްދޮޅަސް ހަހާސް ހަސަތޭކަ ހަތްދިހަ ތިނެއް ޕޮއިންޓް ހަތަރެއް
ނުވައެއް) ޔޫ.އެސް ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް ބެލެވެން ނެތް ކަން އެނގެއެވެ.
(ރ) ޢަލީ ސާއިލްގެ ފަރާތުން ނިކަ އައިލެންޑް ރިޒޯޓުގައި އެޅި ފާލަން (ވޯކްވޭ) އަށް
ވޭރިއޭޝަންގެ ގޮތުގައި ބަލައިގެން އިތުރު 50 މީޓަރު އިތުރު ކުރުމަށް ދެފަރާތުން އެއްބަސްވި
50،000.00 (ފަންސާސް ހާސް) ޔޫ.އެސް. ޑޮލަރު ގެ ތެރެއިން ނުލިބިވާ 40،000.00
(ސާޅީސްހާސް) ޔޫ،އެސް. ޑޮލަރަކީ ޢަލީ ސާއިލަށް ލިބެން ޖެހޭ ފައިސާކަމުގައި ޝަރީޢަތުން
ފާހަގަކުރެއްވި ނުކުތާތަކަށް ބެލުމުންވެސް އެނގެން އޮންނައިރު، މިޤަޟިއްޔާގައި އެފައިސާއާމެދު
ގޮތެއް ނިންމާފައި ނުވާކަމަށް ޢަލީ ނާޞިލުގެ ފަރާތުން ފާހަގަކޮށްފައިވާތީ، އެނުކުތާއަށް ބަލާއިރު؟
ދެފަރާތުގެ މެދުގައި ވެވިފައިވާ އެއްބަސްވުމުގެ ދަށުން ފާލަން (ވޯކްވޭ) ގެ ދިގުމިނަށް
ފުރަތަމަ އެއްބަސްވެފައިވަނީ 200 މީޓަރުކަމަށާއި، އެއްބަސްވުމުގެ ދަށުން ޢަލީ ނާއިލް
ފުރިހަމަކުރަންޖެހޭ ވޯކްވޭގެ ދިގުމިން ބަލަންޖެހެނީ ޢަލީ ނާއިލަށް ލިބިފައިވާ ކުރެހުންތަކުގައިވާ
ދިގުމިނަށް ކަމަށާއި، އެގޮތުން ލިބިފައިހުރި ކުރެހުންތަކުން ދައްކާގޮތުން ފާލަން ހަދަން ޖެހޭ
ދިގުމިނަކީ 200 މީޓަރުކަމަށާއި، ފާލަމުގެ މަސައްކަތް ފެށިފަހުން ފާލަމުގެ ދިގުމިނަށް 50 މީޓަރ
އިތުރުކުރަން ބޭނުންވެގެން ވޯކްވޭއަށް 50 މީޓަރ އިތުރުކުރުމުގެ ޚަރަދަކީ، 50000 (ފަންސާސް
ހާސް) ޔޫ.އެސް ޑޮލަރު ކަމަށް ނިންމާ ދެފަރާތުން އެކަމަށް އެއްބަސްވެގެން، ވޯކްވޭއަށް 50 މީޓަރ
ދިގުކޮށްދީފައިވާނެ ކަމަށާއި، ފާލަމަށް އިތުރު ކުރެވުނު 50 މީޓަރުގެ އަގަށްވާ 40000
(ސާޅީސްހާސް) ޔޫ.އެސް. ޑޮލަރު ޢަލީ ސާޒިލަށް ނުލިބިވާ ކަމަށް އެފަރާތުން ބުނެފައިވާއިރު،
ނިކަ މޯލްޑިވްސްގެ ފަރާތުން ބުނެފައިވަނީ ފާލަން (ވޯކްވޭ) ގެ ދިގުމިނަށް ފުރަތަމަ
އެއްބަސްވެފައިވަނީ 250 މީޓަރުކަމަށާއި އަދި ފަހުން 300 މީޓަރަށް ފާލަން ދިގުކުރުމަށް
އެއްބަސްވެ، އެކަމަށް ކަނޑައެޅުނު 50000 (ފަންސާސް ހާސް) ޔޫ.އެސް ޑޮލަރުގެ ތެރެއިން
10000 (ދިހަހާސް) ޔޫ.އެސް ޑޮލަރު ޢަލީ ސާޙިލް އާއި ޙަވާލުކުރެވިފައިވާ ކަމަށާއި، ނަމަވެސް
އެދިގުމިނަށް ފާލަން ފުރިމަކޮށްފައި ނުވާކަމަށް ވުމުން؟
ދެފަރާތުން ހެކިންގެ ގޮތުގައި ހާޟިރުކުރެވުނު ފަރާތްތަކުގެ ހެކިބަހަށާއި، ހުށަހެޅިފައިވާ
ލިޔެކިއުންތަކަށް ބެލިބެލުމުން، ފާލަން ފުރަތަމަ އަޅަން ހަމަޖެއްސީ 200 މީޓަރަށް ކަމާއި، ފަހުން
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، ޙާބުރުޒު ހިނގުން، ވޯލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
9
2007/HC-A/254
ucou
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އިތުރުކުރެވުނު 50 މީޓަރަށް ފާލަން އަޅާ ފުރިހަމަކޮށްފައިވާކަން ސާބިތުވާތީ، މިމަސައްކަތަށް
ލިބެންވާ ފައިސާގެ ތެރެއިން 40000 (ހާޅީސްހާސް) ޔޫ.އެސް ޑޮލަރު ޢަލީ ސާޕިލަށް ލިބެންޖެހޭ
ކަމާއި، މިފައިސާ ހޯދުމަކީ ޢަލީ ސާޕިލަށް ލިބިގެންވާ ޙައްޤެއް ކަމަށްވެފައި، މިފައިސާއަކީވެސް ނިކަ
އައިލެންޑް ރިސޯޓްގައި ޢަލީ ސާޙިލްގެ ފަރާތުން ކުރި މަސައްކަތެއްގެ އަގުގެ ގޮތުގައި
ކަނޑައެޅިފައިވާ ފައިސާއަކަށްވާތީ، ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ޢަލީ ސާޙިލް ދޭންޖެހޭ
ކަމަށް މަދަނީކޯޓުގެ ނަންބަރު 2006/MC/934 ގަޟިއްޔާގައި ކަނޑައަޅުއްވާފައިވާ 79214.92
(ހަތްދިހަ ނުވަހާސް ދުއިސައްތަ ސާދަ ޕޮއިންޓް ނުވައެއް ދޭއް ޔޫ.އެސް ޑޮލަރު)ގެ ތެރެއިން،
ފާލަމަށް އިތުރު ކުރެވުނު ބަޔަށް ދިނުމަށް އެއްބަސްވެވިފައިވާ 50000.00 (ފަންސާސް ހާސް)
ޔޫ.އެސް ޑޮލަރުގެ ތެރެއިން ޢަލީ ސާޕިލަށް ލިބިފައިވާ 10000.00 (ދިހަހާސް) ޔޫ.އެސް ޑޮލަރު
އުނިކުރުމުން ނުލިބިވާ 40000.00(ސާޅީސްހާސް) ޔޫ.އެސް ޑޮލަރު އުނިކުރަންޖެހޭ ކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުން ދެކެއެވެ.
0c4
() އެއްބަސްވުމުގެ ދަށުން 39,125.00 (ތިރީސްނުވަހާސް އެއްސަތޭކަ ފަންސަވީސް)
ޔޫ.އެސް ޑޮލަރުގެ އަދަދަށްވާ ރިޓެންޝަން ފައިސާއާއި އެއްބަސްވުމުގެ ޝެޑިއުލް އޮފް ޕޭމަންޓްގެ
ދަށުން ދޭންޖެހޭ އެންމެ ފަހުގެ ދެޕޭމަންޓަށްވާ 91,291.70 (ނުވަދިހައެއްހާސް ދުއިސައްތަ
ނުވަދިހައެކެއް ޕޮއިންޓް ހަތެއް ސުމެއް) ޔޫ.އެސް. ޑޮލަރާއި، އެކު ޖުމްލަ 1,30,416.66
(އެއްލައްކަ ތިރީސްހާސް ހަތަރު ސަތޭކަ ސޯޅަ ޕޮއިންޓް ހައެއް ހައެއް) ޔޫ.އެސް ޑޮލަރުގެ ތެރެއިން
6 (ހައެއް) މޫދު ކޮޓަރި (ވޯޓަރ ބަންގަލޯ) ހެދުމުގެ މަސައްކަތުގެ އަގާއި 4 (ހަތަރެއް) މޫދު
ކޮޓަރިއަށް ބޭނުންވާ ކަރަންޓާއި ފާޚާނާ ފެންވަޔަރު ފިޓިންސްގެ އަގު، ޢަލީ ސާއިލްގެ ފަރާތުން
ފުރިހަމަކުރި އެހެން ވޯޓަރ ބަންގަލޯސް ހެދުވި މަސައްކަތުގެ އަގުގެ ރޭޓުން ކެނޑުމަށްފަހު، ނިކަ
މޯލްޑިވް ޕްރައިވެޓް ލިމިޓެޑުން ޢަލީ ސާޕިލަށް ބާކީ ލިބެންޖެހޭ ފައިސާގެ މައްސަލައަށް ގޮތެއް
ނިންމަވާފައިނުވާ ކަމަށްބުނެ ޢަލީ ސާއިލްގެ ފަރާތުން ފާހަގަކޮށްފައިވާތީ، އެނުކުތާއަށް ބެލުމުގެ
ގޮތުން ހައިކޯޓުން ބެލިބެލުމުން،
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
10
2007/HC-A/254
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
"ޝެޑިއުލް އޮފް ޕޭމަންޓު”ގެ ދަށުގައި ހިމެނިފައިވާ ރިޓެންޝަން ފައިސާ އާއި، އެންމެ ފަހު
ދެޕޭމަންޓުގެ ފައިސާއަކީ އެއްބަސްވުމުގައި ކަނޑައެޅިފައިވާ ތާވަލަށް މަސައްކަތް ފުރިހަމަކޮށް،
ނިންމުމުން ޢަލީސާޕިލަށް ލިބެންޖެހޭ ފައިސާކަމަށް ބެލެވޭއިރު،
އެއްބަސްވުމަކީ ”ލަމްޕްސަމް، އެއްބަސްވުމެއް ކަމުގައިވީނަމަވެސް އެއްބަސްވުމުގެ ދަށުން
ޙަވާލު ކުރެވޭ މަސައްކަތް އެއްކޮށް ފުރިހަމަކޮށްފައިނުވާނަމަ ”ޝެޑިއުލް އޮފް ޕޭމަންޓު”ގެ ދަށުން
ކަނޑައެޅިފައިވާ ހުރިހާ ފައިސާއެއް ދޭން ނުޖެހޭނެކަމާއި، އެއްބަސްވުމުގައި ވަކިގޮތަކަށް
ކަނޑައެޅިފައި ނުވާނަމަ، އެފަދަ ހާލަތުގައި ފައިސާދޭ އުސޫލަކީ ކުރެވިފައި ހުރި މަސައްކަތަށް އަގު
ދިނުން ކަމަށްވެފައި، ޢަލީ ސާއިލްގެ ފަރާތުން އެއްބަސްވުމުގައިވާ ގޮތަށް ޢަމަލުކޮށްފައި ނުވުމުން،
ރިޓެންޝަން ފައިސާއާއި އެންމެ ފަހު ދެޕޭމަންޓުގެ ފައިސާގެ ތެރެއިން އެއްވެސް މިންވަރެއް ޢަލީ
ސާޕިލަށް ލިބެންޖެހޭ ކަމަށް ނިންމާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމާއި،
މީގެ އިތުރުން އެއްބަސްވުމުގައިވާ މުއްދަތު ހަމަވިއިރު، ޢަލީ ސާއިލްގެ ފަރާތުން ކޮށްފައި
ހުރި މަސައްކަތްތަކުގެ އަގަށްވާ ފައިސާ އާއި، މަސައްކަތްކުރި 04 ކޮޓަރިއަށް ބޭނުންވާ ތަކެއްޗާއި،
މަސައްކަތް ނުފަށާހުރި 06 ކޮޓަރީގެ މަސައްކަތް ކުރުމަށް ޢަލީ ސާހިލް ނިކަ އައިލެންޑް ރިޒޯޓަށް
ފޮނުވާފައިހުރި ތަކެތީގެ އަގު ޢަލީ ސާޕިލަށް ލިބެންޖެހޭ ކަމަށް މަދަނީ ކޯޓުން ޙުކުމްކުރައްވާފައި
އޮންނަކަން މަދަނީކޯޓުގެ ނަންބަރު 2006/MC/934 ގަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓުން ފާހަގަ ކުރެވޭތީ، ފާލަމަށް 50 މީޓަރު އިތުރުކުރުމުގެ މަސައްކަތަށް ޢަލީ ސާޕިލަށް
ލިބެންވާ ފައިސާގެ ތެރެއިން 000.00،40(ސާޅީސް ހާސް) ޔޫ.އެސް ޑޮލަރު ފިޔަވައި، ޢަލީ
ސާއިލަށް ލިބެންޖެހޭ އެހެން ފައިސާއާއި މެދު ގޮތެއް ނިންމަވާފައި ނުވާކަމަށް ބަލާނެ ތަނެއް
ނެތްކަން އެނގެއެވެ.
0 0
ވީމާ، އިސްވެ ފާހަގަ ކުރެވުނު ކަން ކަން ބުނެވުނު މަގަން ހުންނާތީ، މަދަނީކޯޓުގެ
ނަންބަރު 2006/MC/34 ގަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުން މިމައްސަލަ ބެލުމުގައި ބައިވެރިވި ހުރިހާ ފަނޑިޔާރުން އެއްބަސްވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
11
2007/HC-A/254
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތް ކުރުމުން، ނިކަ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހިންގާ ނިކަ އައިލެންޑް ރިޒޯޓުގައި 10 މޫދު ކޮޓަރި އެޅުމުގެ
ޕްރޮޖެކްޓްގެ ދަށުން ޢަލީ ސާއިލް އާއި ޙަވާލު ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ޢަލީ ސާޙިލް
ކޮށްފައިވާ މަސައްކަތުގެ އަގާއި، އެމަސައްކަތަށް ޢަލީ ސާޙިލް ނިކަ އައިލެންޑް ރިސޯޓަށް
ފޮނުވާފައިވާ ތަކެތީގެ އަގު، ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޢަލީ ސާޕިލަށް
ދެވިފައިވާ 6,62,083.30$US (ހަލައްކަ ފަސްދޮޅަސް ދެހާސް އަށްޑިހަތިނެއް ޕޮއިންޓް ތިނެއް
ސުމެއް ޔޫއެސް ޑޮލަރު)ގެ ތެރެއިން ކެޑުމުން ބާކީވާ ފައިސާ، ޢަލީ ސާއިލްގެ އަތުން ހޯދުމަށް ނިކަ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަދަނީކޯޓުގެ ނަންބަރު 2006/MC/934 ގަޟިއްޔާގައި
ދަޢުވާކޮށްފައިވާ ކަން އެނގެން އޮންނާތީ އާއި، ފާލަން އެޅުމަށް ފުރަތަމަ ހަމަޖެއްސި މިނަށާއި،
ފަހުން އިތުރު ކުރެވުނު 50 މީޓަރަށް ފާލަށް އަޅާ އެމަސައްކަތް ފުރިހަމަ ކޮށްފައިވާ ކަން
ޝަރީޢަތަށް ސާބިތުވާތީ އާއި، ފާލަމަށް އިތުރު ކުރެވުނު ބަޔަށް ދިނުމަށް އެއްބަސްވެވިފައިވާ
ފައިސާގެ ތެރެއިން ނުދީވާ ފައިސާ އާއި މެދު ޝަރީޢަތުން ގޮތެއް ކަނޑައެޅުމަކީ، މިމައްސަލައިގާ
ނުކުރާ ދަޢުވާއަކަށް ގޮތެއް ކަނޑައެޅުން ކަމަށް ނުބެލެވޭތީ،
މަދަނީކޯޓުގެ ނަންބަރު 2006/MC/934 ގަޟިއްޔާއިން ނިކަ މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑަށް ޢަލީ ސާހިލް ދައްކަން ޖެހޭކަމަށް ކަނޑައަޅުއްވާފައިވާ 79214.92$US (ހަތްދިހަ
ނުވަހާސް ދުއިސައްތަ ސާދަ ޕޮއިންޓް ނުވައެއް ދޭއް ޔޫ.އެސް. ޑޮލަރު)ގެ ތެރެއިން، ފާލަމަށް އިތުރު
ކުރެވުނު
50 މީޓަރުގެ މަސައްކަތުގެ އަގުގެ ތެރެއިން ޢަލީ ސާޒިލަށް ނުލިބިވާ
40,000.00(ސާޅީސްހާސް) ޔޫ.އެސް. ޑޮލަރު އުނިކުރުމުން ބާކީވާ،
(ތިރީސްނުވަހާސް ދުއިސައްތަ ސާދަ ޕޮއިންޓް ނުވައެއް ދޭއް ޔޫ.އެސް ޑޮލަރު) އަކީ ނިކު
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ޢަލީ ސާހިލް ދައްކަންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި،
މިފައިސާ ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުގެ ގޮތުން މިއަދު (2010 ޖެނުއަރީ
27 ވަނަ ދުވަހު) ން ފެށިގެން 30 ދުވަހުގެ މުއްދަތުގައި މަދަނީކޯޓަށް ދައްކާ ޚަލާސް ކުރުމަށް
ޢަލީ ސާޕިލަށް އަންގާ، ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލި މަޖިލީހުގެ އިއްތިފާޤުން ޙުކުމް
ކޮށްފީމެވެ.
US$39214.92
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، ޙާބުރުޒު ހިނގުން، ވޯލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
12
2007/HC-A/254
934/MC/2006
ނޯޓް: މިޤަޟިއްޔާ މިގޮތަށް ނިމުމުން، މަދަނީކޯޓުގެ ނަންބަރު
ގަޟިއްޔާގައި، ޢަލީ ސާއިލްގެ ފަރާތުން ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ
ފައިސާގެ ޢަދަދާއި، އެފައިސާ ދައްކަންޖެހޭ މުއްދަތާއި ބެހޭ ގޮތުން ކަނޑައަޅުއްވާފައިވާ ބައި
ބާތިލްވީއެވެ. މިޤަޟިއްޔާގައި ބަލާފައިވާނީ ޢަލީ ސާޙިލްގެ ފަރާތުން އިސްތިއުނާފު ކުރި
ނުކުތާތައް
.ހ 4 · ·
مرد مرمر هر متر مربع و
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
އަސް(4) އަމީ
ދު ޙަމީދު
ފަނޑިޔާރު)
ޢަބްދުލްޣަނީ މުޙައްމަދު
(އިސް ފަނޑިޔާރު)
ޢަލީ ޙަމީދު މުޙައްމަދު
(ފަނޑިޔާރު)
ސައިކޯ"
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް:
www.highcourt.gov.my iemes