ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/130 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/130
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
6
ޤަޟިއްޔާ ނަންބަރ: 130/HC-A/2010
އިސްތިއުނާފުކުރި ފަރާތް:
* ނަން: ފާޠިމަތު ނިޝާރާ ޚާލިދު
އައިޑީކާޑު ނަންބަރ: A009640
އެޑްރެސް ..މޭޕްލާވަރ(މާލެ
އެޑްރެސް: ހ.މޭފްލާވަރ(މާލެ
*
0
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: އިބްރާހީމް ފައުޒީ
އުޑުނަންބަރު: A035866
t
އެޑްރެސް: ލ.ފާރިމްސް މާލެ
މިހާރުގެ އެޑްރެސް: ލ.ފާރމްސް މާލެ
* ރަޖިސްޓްރީކުރެވުނު ތާރީޚް: 04 ރަޖަބު 1431 * ނިމުނު ތާރީޚް: 16 ޛުލްޤައިދާ 1436
16 ޖޫން 2010
31 އޯގަސްޓް 2015
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/MC/192
ނިންމެވިކޯޓް: މަދަނީ ކޯޓު
މައްސަލައިގެ ބާވަތް: ކުލީގެ ފައިސާ ހޯދުން
ހުށަހެޅި ތާރީޚް: 19 ޖަނަވަރީ 2009
ނިމުނު ތާރީޚް: 09 މާރޗް 2010
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރުން އަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު: އުޘްމާން ޝުޖާއު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2010/HC-A/130
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/192 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ހ.މޭފްލާވަރ| ފާޠިމަތު ނިޝާރާ ޚާލިދު
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A009640) ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ
ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. ފާޠިމަތު ނިޝާރާ ޚާލިދު ގެ ފަރާތުން ކުރި
މި އިސްތިއުނާފީ ދަޢުވާ ރައްދުވާ ފަރާތަކީ ވ.ފާރމްސް އިބްރާހީމް ފައުޒީ (ދިވެހިރައްޔިތެއްކަން އަންގައިދޭ
2 33 33 29
ކާޑު ނަންބަރު: A035866) އެވެ.
A01 އިސްތިއުނާފު މިކުރެވޭ މަދަނީ ކޯޓުގެ ނަންބަރު 2009/MC/192 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، އެ ޤަޟިއްޔާއަކީ ފ.ރަންފަރުގެ އެވެ ކިޔާ ގޯތީގައިވާ އަމިއްލަ
ބިމާއި އިމާރާތްތަކުން ހ.މޭފްލާވަރ ފާޠިމަތު ނިޝާރާ ޚާލިދު އަށް މިލްކުވާ ބައި، 22 މެއި 2008 ގައި
ފާޠިމަތު ނިޝާރާ ޚާލިދު ގެ 03 (ތިނެއް) ދަރިންނަށް ހިބައިންދިންއިރުވެސް ކުއްޔަށްހިފައިގެން އުޅުނީ
ކ.ފާރމްސް އިބްރާހީމް ފައުޒީ ކަމަށްވާއިރު، އެބައިގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އިބްރާހީމް ފައުޒީ
ދައްކަމުން ނުގެންދާކަމަށްބުނެ، 22 މެއި 2008 ން ފެށިގެން 2008 އޮކްޓޯބަރ މަހުގެ ނިޔަލަށް ހިނގާފައިވާ
05 (ފަހެއް) މަހާއި 09 (ނުވައެއް) ދުވަހުގެ ކުއްޔަށް މަހަކު -/9,000ރ. (ނުވަހާސް ރުފިޔާ) ގެ މަގުން
ޖެހޭ -/47,700ރ. (ސާޅީސް ހަތްހާސް ހަތްސަތޭކަ ރުފިޔާ) އިބްރާހީމް ފައުޒީ ގެ އަތުން ހޯދުމަށް
އެދިގެންނާއި، 2008 ނޮވެމްބަރ، ޑިސެމްބަރ މި 02 (ދޭއް) މަހުގެ ކުލި، އެފްލޯގައި ދިރިއުޅެމުން ގެންދާ
މުޙައްމަދު ނަޢީމް ދައްކާފައިވާތީ، އެ 02 (ދޭއް) މަސް ނުހިމަނައި، 2009 ޖެނުއަރީ މަހުން ފެށިގެން އެ
ފްލޯއިން އިބްރާހީމް ފައުޒީ ނުކުންނަ ދުވަހާ ހަމައަށް މަހަކު-/9،000ރ. (ނުވަހާސް ރުފިޔާ) ގެ މަގުން ޖެހޭ
ކުލިވެސް އިބްރާހީމް ފައުޒީ ގެ އަތުން ހޯދުމަށް އެދިގެންނާއި، އަދި އެ ފްލޯ ކުއްޔަށް ހިފުމާ
4ޑ09
x
ބެހޭގޮތުs
ދިވެހިރާއްޖޭގެ
ހައިކޯ
l
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/130
އިބްރާހީމް ފައުޒީ އެގްރިމެންޓް ކޮށްފައިވަނީ އެ ފްލޯ އިން އެއްވެސް މިންވަރެއް މިލްކުވެފައިނުވާ ހ.މޭފްލާވަރ
މުޙައްމަދު ޝަކީލާ އެކުގައިކަމަށްވާތީ އެ އެގްރިމެންޓަކީ ބާޠިލް އެގްރިމެންޓެއްކަމަށް ކަނޑައަޅުއްވައި ދެއްވައި،
އިބްރާހީމް ފައުޒީ އާއި އޭނާގެ ފަރާތުން ތިބިނަމަ ތިބި ބަޔަކު އެ ފްލޯއިން ނެރެދެއްވުން އެދި ފާތިމަތު
ނިޝާރާ ޚާލިދު ހުށަހެޅުމުން ބެލުނު ޤަޟިއްޔާއެއްކަމަށް އެޤަޟިއްޔާގެ ރިޕޯޓުގައި ބަޔާންކޮށްފައިވާކަން
އެނގެން އޮންނަކަމާއި،
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، "ދެންފަހެ، އިސްވެ ފާހަގަކުރެވުނު
ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު، ކ.ފާރމްސް އިބްރާހީމް ފައުޒީ ގެ މައްޗަށް ހ.މޭފްލާވަރ ފާޠިމަތު
ނިޝާރާ ކުޅަ ދަޢުވާގައި އެދިފައިވާ ކަންކަމުގެ ތެރެއިން، ހ.ރަންފަރުގެ އެވެކިޔާ ގޯތީގައިވާ އަމިއްލަ ބިމާއި
ޢިމާރާތްތަކުން ފާޠިމަތު ނިޝާރާއަށް މިލްކުވާ ބައި، 22 މެއި 2008 ގައި ފާޠިމަތު ނިޝާރާގެ 03 (ތިނެއް)
ދަރިންނަށް ހިބައިން ދިން އިރުވެސް އެބައި (އެބަ: ހ.ރަންފަރުގޭ 03 ވަނަ ފްލޯ) ކުއްޔަށް ހިފައިގެން އުޅެނީ
ކ.ފާރމްސް އިބްރާހީމް ފައުޒީ ކަމަށްވާއިރު، އެބައިގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އިބްރާހީމް ފައުޒީ
ދައްކަމުން ނުގެންދާކަމަށް ބުނެ، 22 މެއި 2008 ން ފެށިގެން 2008 އޮކްޓޯބަރ މަހުގެ ނިޔަލަށް
ހިނގާފައިވާ 05 (ފަހެއް) މަހާއި 09 (ނުވައެއް) ދުވަހުގެ ކުއްޔަށް މަހަކު -/
9،000ރ. (ނުވަހާސް ރުފިޔާ)
ގެ މަގުން ޖެހޭ -/47,700ރ. ސާޅީސްހަތްހާސް ހަތްސަތޭކަ ރުފިޔާ) އިބްރާހީމް ފައުޒީ ގެ އަތުން ހޯދުމަށް
އެދި ހުށަހަޅާފައިވާ ބަޔަށް ނަޒަރުކޮށް ބެލި ބެލުމުން، ހ.ރަންފަރުގޭ 03 ވަނަ ފްލޯރއަށް ކުރިދެއްކުން
29 މެއި 2008 ގައި އިބްރާހީމް ފައުޒީ ހުއްޓާލިއިރު، އިބްރާހީމް ފައުޒީ އަށް އެންމެ ފުރަތަމަ އެ ފްވޯ
ދިންއިރު ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި-/
9,000ރ. (ނުވަހާސް ރުފިޔާ) އާއި، ތަފާތު އެކި
ފަހަރުމަތިން އިބްރާހީމް ފައުޒީ ގެ އަތުން އެޑްވާންސްކޮށް ހ.މޭފްލާވަރ މުޙައްމަދު ޝަކީލް ނަގާފައިވާ ކުލީގެ
ފައިސާގެ ތެރެއިން، 2008 ޖޫން މަހުގެ ނިޔަލަށް ކުލިން ކެނޑުމަށްފަހު އިތުރުވެފައިވާ ފައިސާއާއެކު ޖުމްލަ
44119
/
60ރ. (ސާޅީސް ހަތަރުހާސް އެއްސަތޭކަ ނަވާރަ ރުފިޔާ(ފަސްދޮޅަސް ލާރި) ކުލިން ނުކެނޑި ބާކީ
އޮތްކަން މުޙައްމަދު ޝަކީލް ގެ ބަހުން އެނގެން އޮތްހިނދު، 2008 ޖުލައި މަހުން ފެށިގެން 2008
243ވ
އެން
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2010/HC-A/130
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އޮކްޓޯބަރ މަހުގެ ނިޔަލަށް މަހަކު -/000, 9. (ނުވަހާސް ރުފިޔާ) ގެ މަގުން ޖެހެނީ -/36,000ރ.
(ތިރީސްހަހާސް ރުފިޔާ) ކަމަށްވާތީ، ފާޠިމަތު ނިޝާރާ ދަޢުވާކޮށްފައިވާ މުއްދަތުގެ ކުއްޔަކީ އެޑްވާންސްކޮށް
މުޙައްމަދު ޝަކީލާ ޙަވާލުކުރެވިފައިވާ ކުލީގެ ތެރޭގައި ހިމެނިފައިވާ ކުއްޔެއްކަމުގައި ބެލެވެން
އޮންނަކަމަށްޓަކައި، ފާޠިމަތު ނިޝާރާ ގެ ދަޢުވާގައި އިބްރާހީމް ފައުޒީ ގެ އަތުން ހޯދުމަށް އެދިފައިވާ
-/
474700ރ. (ސާޅީސްހަތްހާސް ހަތްސަތޭކަ ރުފިޔާ) އިބްރާހީމް ފައުޒީ ގެ އަތުން ނަގައިދެވޭނެ ތަނެއް
ނެތްކަމަށާއި،
އިބްރާހީމް ފައުޒީ ގެ މައްޗަށް ފާޠިމަތު ނިޝާރާ ކުޅަ ދަޢުވާގައި އެދިފައިވާ ކަންކަމުގެ
ތެރެއިން، 2008 ނޮވެމްބަރ، ޑިސެމްބަރ މި 02 (ދޭއް) މަހުގެ ކުވި، އެ ފްލޯގައި ދިރިއުޅެމުން ގެންދާ
މުޙައްމަދު ނަޢީމް ދައްކާފައިވާކަމަށް ބުނެ، އެ 02 (ދޭއް) މަސް ނުހިމަނައި، 2009 ޖެނުއަރީ މަހުން
ފެށިގެން އެ ފްކޯއިން އިބްރާހީމް ފައުޒީ ނުކުންނަ ދުވަހާ ހަމައަށް މަހަކު -/9,000ރ. (ނުވަހާސް ރުފިޔާ) ގެ
މަގުންޖެހޭ ކުލި އިބްރާހީމް ފައުޒީ ގެ އަތުން ހޯދުމަށް އެދި ހުށަހަޅާފައިވާ ބަޔަށް ބަލާއިރު، ފާޠިމަތު ނިޝާރާ
ގެ ދަޢުވާގައި އެގޮތަށް އެދިފައި އޮތްނަމަވެސް، މިދަޢުވާ ހިނގަމުން ދަނިކޮށް 2009 ޖެނުއަރީ މަހުގެ ކުއްޔަށް
-/9،000ރ. (ނުވަހާސް ރުފިޔާ) ދެއްކުމަށްފަހު އެ ފްލޯއިން އިބްރާހީމް ފައުޒީ ނުކުމެގެން ގޮސްފައިވާކަން
ފާޠިމަތު ނިޝާރާގެ ބަހުން އެނގެން އޮންނާތީ، 2009 ޖެނުއަރީ މަހުން ފެށިގެން އެ ފްލޯގެ ކުލީގެ ގޮތުގައި
އިބްރާހީމް ފައުޒީ ގެ އަތުން ފާޠިމަތު ނިޝްރާ އަށް ނަގައިދެވޭނެ އިތުރު ކުއްޔެއް ނެތްކަމަށާއި،
އަދި އެފްލޯ ކުއްޔަށް ހިފުމާ ބެހޭގޮތުން އިބްރާހީމް ފައުޒީ އެގްރިމެންޓްކޮށްފައިވަނީ އެ ފްވޯ
އިން އެއްވެސް މިންވަރެއް މިލްކުވެފައި ނުވާ ހ.މޭފްލާވަރ މުޙައްމަދު ޝަކީލާ އެކުގައިކަމަށްވާތީ އެ
އެގްރިމެންޓަކީ ބާޠިލް އެގްރިމެންޓެއްކަމަށް ކަނޑައަޅުއްވައި ދެއްވައި، އެފްލޯއިން އިބްރާހީމް ފައުޒީ އާއި
އޭނާގެ ފަރާތުން އެ ފްލޯގައި ތިބިނަމަ ތިބި ބަޔަކު އެ ފްލޯއިން ނެރެދެއްވުން އެދި ފާތިމަތު ނިޝާއާ ގެ
ދަޢުވާގައި އެދިފައި އޮތް ބަޔަށް ބަލާއިރު، އެ ފްލޯ ކުއްޔަށް ހިފުމާ ގުޅޭގޮތުން ކުރެވިފައިވާ ކޮންޓްރެކްޓް
ނިމުމަކަށް ގެނެސް އެ ފްލޯއިން އިބްރާހީމް ފައުޒީ ނުކުމެގެން ގޮސްފައިވާކަން ދެފަރާތުގެ ބަހުން
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
130/HC-A/ޤަ201
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
09884
CCX
8/
އެނގެން އޮންނާތީ، އެ ފްކޯއިން އިބްރާހީމް ފައުޒީ ނެރެދިނުމަށް އެދިފައިވާ ބައި މިދަޢުވާގެ ތެރެއިން
ތަންފީޒުވެ ނިމިފައިވާކަމަށާއި، އެގޮތުން އެފްލޯ ކުއްޔަށް ހިފުމާ އިބްރާހީމް ފައުޒީ ކޮށްފައިވާ
އެގްރިމެންޓަކީ މިހާރު ބާޠިލްވެފައިވާ އެގްރިމެންޓެއް ކަމަށް ކަނޑައަޅައި، މިގޮތުގެމަތިން ޙުކުމްކޮށް މިޤަޟިއްޔާ
ނިންމީއެވެ." މިފަދައިން ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން މަދަނީ ކޯޓުގެ ނަންބަރު 2009/MC/192
ޤަޟިއްޔާގައި ޙުކުމްކުރުމާއި ގުޅިގެން ފާޠިމަތު ނިޝްރާ ޚާލިދު ގެ ފަރާތުން އަންނަނިވި ނުކުތާތައް ފާހަގަކޮށް
އެ ނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ: ހ.ރަންފަރުގެ 3 (ތިނެއް) ވަނަ ފްލޯރ ފާޠިމަތު ނިޝާއާ ގެ
މިލްކުގައި އޮތް 6 މަހާއި، 27 ދުވަހުގެ ކުއްޔަށްވާ 61،838
/
71ރ. އިން މުޙައްމަދު ޝަކީލު ގެ އަތުގައިވާ
-/44,000 ރުފިޔާ ކަނޑާ އިބްރާހީމް ފައުޒީ ދައްކަންޖެހޭ ފައިސާ އަކީ އެހާތަނަށް 17838
/
71ރ. ކަމަށް
ނަންބަރު 2008/MC/1227 ޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅުއްވާފައިވަނިކޮށް އެ ޤަޟިއްޔާގެ ޙުކުމާ
ތަޢާރަޝްކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ދެވަނަ ނުކުތާއަކީ: ފާޠިމަތު ނިޝާރާ ގެ 3 ކުދިން (ތަޞައްރަފު ނުފުދޭ 3 ކުދިން-
ސަމާޙަތު ރާޟީ މުޙައްމަދު، ޢަބްދުﷲ ރާޟީ މުޙައްމަދު، ޢަބްދުއްރަޙްމާން ރާޟީ މުޙައްމަދު) ގެ ނަމަށް
ހ.ރަންފަރުގެ 3 ވަނަ ފްލޯގެ މިލްކުވެރިކަން ބަދަލުވި ތާރީޚުކަމުގައިވާ 22 މެއި 2008 ގެ ކުރިޔަށް
ހިނގާގޮސްފައިވާ 6 މަހާއި 21 ދުވަހުގެ ކުލި ނަންބަރު 2008/MC/1227 ޤަޟިއްޔާގައި ނަންގަވާ
ދެއްވިއިރު، 22 މެއި 2008 ން ފެށިގެން ފަހަތަށް 2008 އޮކްޓޯބަރ މަހުގެ ނިޔަލަށްވާ 5 މަހާއި 9
ދުވަހުގެ ކުލި -/47،700ރ. (ސާޅީސްހަތްހާސް ހަތްސަތޭކަ ރުފިޔާ) ނަންބަރު 2008/MC/1227
ޤަޟިއްޔާގައި ހިމެނިފައިނުވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ނަންބަރު 2009/MC/192 ގެ ޤަޟިއްޔާގައި (ފާހަގަކުރެވޭ
ނުކުތާތަކާއި ޙުކުމުގައި ބަޔާންކޮށްފައިވާ 44,119
/
60 ރުފިޔާއަކީ 2007 އޮކްޓޯބަރ 25
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2010/HC-A/130
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޤަޟިއްޔާގައި
22 މެއި 2008 ކުރިޔަށް ހިނގާދިޔަ 6 މަހާ 21 ދުވަހުގެ ކުލި 6838178
61 ގައި ހިމެނޭ ފައިސާއެއް
ކަން އިބްރާހީމް ފައުޒީ ގެ ފަރާތުން ބަދަލުގައި އާދަމް އިބްރާހީމް ޝަރީޢަތަށް ދީފައިވާ ބަޔާނުން ވެސް އެގެން
އޮންނަކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ހަތަރުވަނަ ނުކުތާއަކީ: މަދަނީ ކޯޓުގެ ނަންބަރު: 2008/MC/1227 ގެ ޤަ
މުޙައްމަދު ޝަކީލުގެ ބަޔާނުގައި (24 އޯގަސްޓް 2008 ގެ ބަޔާނުގައި ބައްޕަ ނިޔައުވީ 24 މެއި 2008
ގައި ކަމަށާއި ބައްޕަ ނިޔާވުމަށްފަހު މުޙައްމަދު ޝަކީލު ކުއްޔާ ޙަވާލުނުވާ ކަމަށް ބުނެފައިވާއިރު، 22 މެއި
2008 ން ފެށިގެން 2008 އޮކްޓޯބަރ މަހުގެ ނިޔަލަށް ހިނގާދިޔަ 5 މަހާ 9 ދުވަހުގެ ކުލި، ފާތިމަތު
ނިޝާރާ އަތަށް އަދި މުޙައްމަދު ޝަކީލު ގެ އަތަށް ދިންކަމަށްވެސް އިބްރާހީމް ފައުޒީ ބުނެފައިނުވާ ކަމާއި،
މައްސަލަ ހުށަހެޅިފައިވަނީ މިދުވަސްތަކުގެ ކުލި ހޯދުމަށްކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ފަސްވަނަ ނުކުތާއަކީ: އިބްރާހީމް ފައުޒީ އަތުން މުޙައްމަދު ޝަކީލު ނެގިކަމަށް އިބްރާހީމް
ފައުޒީގެ ފަރާތުން އާދަމް އިބްރާހީމް މަދަނީ ކޯޓުގެ ނަންބަރު 2008/MC/1227 ޤަޟިއްޔާގައި
31 ޑިސެމްބަރ 2008 ގެ ބަޔާނުގައި އިޢުތިރާފުވެފައިވާކަމާއި، އަދި މުޙައްމަދު ޝަކީލު އެއްބަސްވާ
-/44,000 ރުފިޔާ ދެއްކުން އިބްރާހީމް ފައުޒީ ގެ މައްޗަށް އެ ޤަޟިއްޔާގެ ޙުކުމުގައި ލާޒިމު
ކުރައްވާފައިނުވާކަމާއި އެފައިސާ ފާޠިމަތު ނިޝާރާ އަށް ދެއްކުން މުޙައްމަދު ޝަކީލު ގެ މައްޗަށް
ލާޒިމުކުރައްވާފައިވާ ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ހަވަނަ ނުކުތާއަކީ: މައްސަލަ ރަނގަޅަށް ބެއްލެވިފައި ނުވާކަމަށް ބުނެ ފާހަގަކޮށްފައިވާ
ންވެ ބައެފަ.
ނަންބަރު
403 ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާއާއި ގުޅިގެން މަދަނީ ކޯޓުގެ ނަ
2009/MC/192 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް
އެދި ފާތިމަތު ނިޝާރާ ޚާލިދު ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެ ނުކުތާތަކާއި ގުޅިގެން
ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މަދަނީ ކޯޓުގެ ނަންބަރުޤައްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
/
07ލާ
(43x42
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/130
2008/MC/1227 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި
ލިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް ބަލާއިރު އަންނަނިވި
ޝަރީޢަތަށް ފާހަގަކުރެވެއެވެ.
3.1- ފުރަތަމަ ކަމަކީ: ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިއުންތަކަށާއި، ދެފަރާތުގެ ވާހަކައަށް
ބަލާއިރު، މިހާރު އިސްތިއުނާފު ކުރެވިފައިމިވާ މަދަނީ ކޯޓުގެ ނަންބަރު: 2009/MC/192 ޤަޟިއްޔާގެ
ކުރިން، ހ.ރަންފަރުގެ 03 ވަނަ ފަންގިފިލާގެ ކުއްޔާއި ހަމަ މިދެފަރާތް ހިމެނޭ އިތުރު
ޤަޟިއްޔާއެއް މަދަނީ ކޯޓުން ބައްލަވާފައިވާކަމާއި، އެއީ އެކޯޓުގެ ނަންބަރު: 2008/MC/1227 ޤަޟިއްޔާ
ކަމާއި،
މަދަނީ ކޯޓުގެ ނަންބަރު: 2008/MC/1227 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބަލާއިރު، އެޤަޟިއްޔާގައި، ފާޠިމަތު ނިޝާރާ ޚާލިދު ކޮށްފައިވާ ދަޢުވާއަކީ، ހ.ރަންފަރުގެ ގޯތީގައިވާ
ޢިމާރާތުގެ 03 ވަނަ ފްލޯގެ ކުލީގެ ގޮތުގައި މަހަކު -/9000ރ.(ނުވަހާސް ރުފިޔާ) ގެ ރޭޓުން،
25 އޮކްޓޯބަރ 2007 އިން 21 މެއި 2008 އަށް 06 (ހައެއް) މަހާއި، 27 ދުވަހުގެ ކުއްޔަށްވާ
838
/
71'61ރ.(ފަސްދޮޅަސް އަށްސަތޭކަ ތިރީސް އަށްރުފިޔާ، ހަތްދިޔަ އެއްލާރި) ހޯދުމަށް
ކޮށްފައިވާ ދަޢުވާއެއްކަމާއި،
އެދަޢުވާ ކޮށްފައިވަނީ އިބްރާހީމް ފައުޒީ (ދ.ރ.ކާޑް ނަންބަރު:A035866) ގެ މައްޗަށާއި
މުޙައްމަދު ޝަކީލު (ދ.ރ.ކާޑް ނަންބަރު:A002198) ގެ މައްޗަށްކަމާއި، އިބްރާހީމް ފައުޒީ ގެ މައްޗަށް
އެދަޢުވާ ކޮށްފައިވާ ސަބަބަކީ، ހ.ރަންފަރުގެ ގޯތީގައިވާ ޢިމާރާތުގެ 03 ވަނަ ފަންގިފިލާ ކުއްޔަށް ހިފައިގެން
އުޅޭ ފަރާތަކީ އިބްރާހީމް ފައުޒީ ކަމުގައިވާތީ ކަމާއި، މުޙައްމަދު ޝަކީލު ގެ މައްޗަށް ދަޢުވާކޮށްފައިވާ
ސަބަބަކީ، އެތަން އިބްރާހީމް ފައުޒީއަށް ކުއްޔަށް ދޫކުރުމުގެ ހުރިހާ ކަމަކާ ޙަވާލުވެގެން އޭރު ހުރި ފަރާތަކީ
ފާޠިމަތު ނިޝާރާ ޚާލިދު ގެ ބޭބެ މުޙައްމަދު ޝަކީލު ކަމަށްވާތީކަމާއި،
އއގހ
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2010/HC-A/130
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މަދަނީ ކޯޓުގެ ނަންބަރު: 2008/MC/1227 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް
31 ޑިސެމްބަރ 2008 ގައި އިބްރާހީމް ފައުޒީ ގެ ފަރާތުން ދީފައިވާ ބަޔާނުގައި، ހ.ރަންފަރުގެ 03 ވަނަ
ފަންގިފިލާ ކުއްޔަށް ހިފާފައިވާ ފަރާތަކީ އިބްރާހީމް ފައުޒީ ކަމަށާއި، ކުއްޔަށް ހިފާފައިވަނީ މަހަކު
-/
9000ރ. (ނުވަހާސް ރުފިޔާ) އަށް ކަމަށާއި، ފާޠިމަތު ނިޝާރާ ޚާލިދު ގެ ދަޢުވާގައި ބުނެފައިވާ
25 އޮކްޓޯބަރ 2007 އިން 21 މެއި 2008 އަށް 06 (ހައެއް) މަހާއި، 27 ދުވަހުގެ ކުއްޔަށްވާ
611838
/
71ރ.(ފަސްދޮޅަސް އެއްހާސް އަށްސަތޭކަ ތިރީސް އަށްރުފިޔާ، ހަތްދިޔަ އެއްލާރި) ގެ ތެރެއިން
-/000'44ރ.(ސްޅީސް ހަތަރު ހާސް ރުފިޔާ) ވަނީ މުޙައްމަދު ޝަކީލު އާއި ޙަވާލުކުރެވިފައި ކަމަށާއި، ބާކީ
17838
/
71ރ. (ސަތާރަ ހާސް އަށްސަތޭކަ ތިރީސް އަށްރުފިޔާ، ހަތްދިޔަ އެއްލާރި) 15 ދުވަހުގެ ތެރޭގައި
ދައްކާ ޚަލާޞްކުރާނެކަމަށްބުނެ އެކަމަށް އެއްބަސްވެފައިވާކަން ފާހަގަކުރެވޭކަމާއި،
މަދަނީ ކޯޓުގެ ނަންބަރު: 2008/MC/1227 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް
31 ޑިސެމްބަރ 2008 ގައި މުޙައްމަދު ޝަކީލު ދީފައިވާ ބަޔާނުގައި، ހ.ރަންފަރުގެ 03 ވަނަ ފަންގިފިލާ
އަކީ އެގޯތީގެ ބެހެނިވެރިންކުރެ ފާޠިމަތު ނިޝްރާ ޚާލިދު އަށް ލިބިގެންވާ ފްލޯ ކަމަށާއި، އެ ފަންގިފިލާ
އިބްރާހީމް ފައުޒީއަށް ދޫކޮށްފައިވަނީ މުޙައްމަދު ޝަކީލު ކަމަށާއި، އެ ފްލޯގެ ކުލިން ކަނޑާގޮތަށް
އިބްރާހީމް ފައުޒީ އަތުން އެހާތަނަށް ލިބިފައިވަނީ -/441000ރ.(ސާޅީސް ހަތަރު ހާސް ރުފިޔާ) ކަމަށާއި،
ނަމަވެސް އެފައިސާ ފާޠިމަތު ނިޝާރާ ޚާލިދު އަށް ދީފައިނުވާނެކަމަށާއި، އެފައިސާ ފާޠިމަތު ނިޝާރާ ޚާލިދު
އަށް ދިނުމުގެ ގޮތުން މަހަކު -/500ރ.(ފައްސަތޭކަ ރުފިޔާ) ދިނުމަށް އެއްބަސްވާކަމަށް ބުނެ ބަޔާން
ދީފައިވާކަމާއި،
މަތީގައި
ރިޢާޔަތްކުރައްވާ މަދަނީ ކޯޓުގެ ނަންބަރު:
2008/MC/1227 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގައި، ފާޠިމަތު ނިޝާރާ ޚާލިދު ގެ ދަޢުވާގައި
ބަޔާންކޮށްފައިވާ މުއްދަތުގެ ކުއްޔަށް 838
/
71'61ރ.(ފަސްދޮޅަސް އެއްހާސް އަށްސަތޭކަ ތިރީސް އަށްރުފިޔާ،
ހަތްދިޔަ އެއްލާރި) ލިބެންޖެހޭކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވައި، އެފައިސާގެ ތެރެއިން ޑީޖޭގެ
0/09
ހ2 92
92
2
ފަން
22 ހއބ
ކަނީ ހ2ނ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
2010/HC-A/130
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އިބްރާހީމް ފައުޒީ ގެ ފަރާތުން މުޙައްމަދު ޝަކީލު އާއި ޙަވާލުކޮށްފައިވާ -/000'44ރ.(ސާޅީސް ހަތަރު ހާސް
ރުފިޔާ)، 31 ޑިސެމްބަރ 2008 އިން ފެށިގެން 18 މަސް ދުވަހުގެ ތެރޭގައި ފާޠިމަތު ނިޝާރާ ޚާލިދު އަށް
ދިނުމަށްޓަކައި މަދަނީ ކޯޓަށް ދައްކާ ޚަލާޞްކުރުމަށް މުޙައްމަދު ޝަކީލު އަށް އަންގާ، އަދި އެ މުއްދަތުގެ
ކުލީގެ ގޮތުގައި އިބްރާހީމް ފައުޒީ ދައްކަންޖެހޭ 611838
/
71ރ.(ފަސްދޮޅަސް އެއްހާސް އަށްސަތޭކަ ތިރީސް
އަށްރުފިޔާ، ހަތްދިޔަ އެއްލާރި) ގެ ތެރެއިން މުޙައްމަދު ޝަކީލު އާ ޙަވާލުކޮށްފައިވާ -/000°44ރ.
(ސާޅީސް ހަތަރު ހާސް ރުފިޔާ) ކެނޑުމުން ބާކީވާ 171838/71 ރ. (ސަތާރަ ހާސް އަށްސަތޭކަ ތިރީސް
އަށްރުފިޔާ، ހަތްދިޔަ އެއްލާރި)، 31 ޑިސެމްބަރ 2008 އިން ފެށިގެން 15 ދުވަހުގެ ތެރޭގައި މަދަނީ ކޯޓަށް
ދައްކާ ޚަލާޞްކުރުމަށް އިބްރާހީމް ފައުޒީއަށް އަންގާ ޙުކުމް ކުރައްވާފައިވާކަން އެނގެން އޮތްއިރު،
އެޤަޟިއްޔާގައި އިބްރާހީމް ފައުޒީ ގެ މައްޗަށް ކުރައްވާފައިވާ ޙުކުމާ އެއްގޮތަށް
އޭނާގެ ފަރާތުން ދައްކަންޖެހޭ
ފައިސާ ދައްކާ ޚަލާޞްކޮށްފައިވާކަމަށް އިބްރާހީމް ފައުޒީ ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގެ ޝަރީޢަތުގެ
މަޖިލީހުގައި ބުނެފައިވާކަން ފާހަގަކުރެވެއެވެ
cu o
3.2- ދެވަނަކަމަކީ: ފާޠިމަތު ނިޝާރާ ޚާލިދު ގެ ފަރާތުން މިހާރު އިސްތިއުނާފް ކޮށްފައިމިވާ
މަދަނީ ކޯޓުގެ ނަންބަރު 2009/MC/192 ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާގެ އެއްބަޔަކީ، ހ.ރަންފަރުގެ އިން
ފާޠިމަތު ނިޝާރާ ޚާލިދަށް މިލްކުވެފައިވާ 3 ވަނަ ފަންގިފިލާގެ ކުލި 22 މެއި 2008 އިން ފެށިގެން
އޮކްޓޯބަރ 2008 ގެ ނިޔަލަށް ހިނގާފައިވާ 05 (ފަހެއް) މަހާއި 09 (ނުވައެއް) ދުވަހުގެ ކުއްޔަށް މަހަކު
-/9000ރ. (ނުވަހާސް ރުފިޔާ) ގެ ރޭޓުން ޖެހޭ -/
47,700ރ. (ސާޅީސް ހަތްހާސް ހަތްސަތޭކަ ރުފިޔާ)
އިބްރާހީމް ފައުޒީ ގެ އަތުން ހޯދުމަށް ކޮށްފައިވާ ދަޢުވާކަމާއި،
އެ ދަޢުވާއާއި ގުޅިގެން މަދަނީ ކޯޓުގެ ނަންބަރު: 2009/MC/192 ޤަޟިއްޔާގައި،
14 އޮކްޓޯބަރ 2009 ގައި އިބްރާހީމް ފައުޒީ ދީފައިވާ ބަޔާނުގައި، އެއީ ފާޠިމަތު ނިޝާރާ ޚާލިދު އަށް
މިލްކުވެފައިވާ ތަނެއް ކަމުގައި ވިޔަސް، އެތަނުގެ ކުލި އޭނާ ޙަވާލުކުރަމުން އައިސްފައިވާނީ އޭނާއަށް އެތަން
ދިވެހިރާ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
130/HC-A/ޤަ201
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކުއްޔަށް ދޫކުރި ފަރާތް ކަމުގައިވާ މުޙައްމަދު ޝަކީލު އަށް ކަމަށާއި، އެގޮތުން އެންމެ ފަހުން ކުލި ދީފައިވާނީ
29 މެއި 2008 ގައި ކަމަށާއި، އެއީ 2008 ޖޫން މަހުގެ ނިޔަލަށް ދައްކަންޖެހޭ ކުލި ކަމަށާއި، ނަމަވެސް
އެހާތަނަށްވެސް މުޙައްމަދު ޝަކީލަށް އިތުރަށް 44119
/
60ރ.(ސާޅީސް ހަތަރު ހާސް އެއްސަތޭކަ އޮނަވިހި
ރުފިޔާ، ފަސްދޮޅަސް ލާރި) ދެވިފައިވާކަމަށާއި، އެހެންކަމުން އިތުރަށް އެތަނުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ
ފައިސާއެއް ނޯންނާނެކަމަށް އިބްރާހީމް ފައުޒީ ބުނެފައިވާއިރު،
ހަމަ އެޤަޟިއްޔާއާއި ގުޅިގެން އެތާރީޚުގައި މުޙައްމަދު ޝަކީލު މަދަނީ ކޯޓަށް ދީފައިވާ
ބަޔާނުގައި، އެންމެ ފަހުން އިބްރާހީމް ފައުޒީ ކުލި ދައްކާފައިވަނީ 2008 ޖޫން މަހުގެ ކުރި ކަމަށާއި، އޭގެ
ފަހުން އިބްރާހީމް ފައުޒީ ގެ ފަރާތުން މުޙައްމަދު ޝަކީލު އަތަށް ކުލި ޙަވާލުކޮށްފައި ނުވާކަމަށް ބުނެފައިވާކަން
coc
ފާހަގަކުރެވެއެވެ.
3.3- ތިންވަނަ ކަމަކީ: އިސްވެ ބަޔާންކުރެވިފައިވާ މަދަނީ ކޯޓުގެ ނަންބަރު:
2008/MC/1227 ޤަޟިއްޔާ ނިންމެވިއިރު އެހާތަނަށް އެތަނުގެ ކުލިން ކަނޑާގޮތަށް އިބްރާހީމް ފައުޒީ
އަތުން -/441000ރ.(ސާޅީސް ހަތަރުހާސް ރުފިޔާ) މުޙައްމަދު ޝަކީލު ނަގާފައިވުމުން، 22 މެއި 2008 ގެ
ނިޔަލަށް އިބްރާހީމް ފައުޒީ ދައްކަންވެފައިވާ ކުލިން އެ -/
44000ރ. .(ސާޅީސް ހަތަރުހާސް ރުފިޔާ) އުނިކޮށް
171838
/
71ރ. (ސަތާރަ ހާސް އަށްސަތޭކަ ތިރީސް އަށްރުފިޔާ، ހަތްދިޔަ އެއްލާރި) ދެއްކުމަށް
އެޤަޟިއްޔާގައި އިބްރާހީމް ފައުޒީ ގެ މައްޗަށް ޙުކުމް ކުރައްވާފައިވާއިރު،
މިހާރު އިސްތިއުނާފް ކޮށްފައިމިވާ މަދަނީ ކޯޓުގެ ނަންބަރު: 2009/MC/192 ޤަޟިއްޔާގައި
22 މެއި 2008 އިން ފެށިގެން 2008 އޮކްޓޯބަރ މަހުގެ ނިޔަލަށް ހިނގާފައިވާ 05 (ފަހެއް) މަހާއި 09
(ނުވައެއް) ދުވަހުގެ ކުއްޔަށް މަހަކު -/9000ރ. (ނުވަހާސް ރުފިޔާ) ގެ ރޭޓުން ޖެހޭ -/
47,700ރ.
(ސާޅީސް ހަތްހާސް
ތްސަތޭކަ ރުފިޔާ) އިބްރާހީމް ފައުޒީ ގެ އަތުން ހޯދުމަށް ފާޠިމަތު ނިޝާރާ ޚާލިދު
ދަޢުވާކުރުމުން، އެދަޢުވާގެ ޖަވާބުގައި، އެންމެ ފަހުން ކުލި ދައްކާފައިވަނީ 2008 ޖޫން މަހަށް ދައްކަންޖެހޭ
ކުލި ކަމަށާއި، އޭރުވެސް ކުރިން ކަނޑާގޮތަށް މުޙައްމަދު ޝަކީލު އެޑްވާންސްކޮށް ނަގާފައިވާޖީއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/130
އަންނަ ސއްއ•
ޑ 9
އ 03ނ
441119
/
60ރ (ސާޅީސް ހަތަރުހާސް އެއްސަތޭކަ ނަވާރަ ރުފިޔާ ފަސްދޮޅަސް ލާރި) މުޙައްމަދު ޝަކީލު
އަތުގައިވާކަމަށްބުނެ، އިބްރާހީމް ފައުޒީ އިތުރަށް ދައްކަންޖެހޭ ފައިސާއެއް ނުވާނެކަމަށްބުނެ އެކަން
ސާބިތުކޮށްދިނުމަށްޓަކައި ހުށަހަޅާފައިވާ ލިޔުންތަކުގައިވާ ތާރީޚުތަކަކީ މާކުރީގެ ތާރީޚު ތަކެއްކަމުގައި ފެންނަން
އެ ލިޔުންތަކަކީ ކުރިން ބަލާ ނިމިފައިވާ މަދަނީ ކޯޓުގެ ނަންބަރު: 2008/MC/1227
ޤަޟިއްޔާގެ މައުޟޫޢާ ގުޅޭ ލިޔުންތަކެއްކަމަށް ފެންނަން އޮންނާތީ، އެކަން ސާފުކުރުމުގެ ގޮތުން މުޙައްމަދު
ޝަކީލު ދިވެހިރާއްޖޭގެ ހައިކޯޓަށް ހާޒިރުކޮށް ސާފުކުރަންޖެހޭ އެންމެހައި ކަންކަން ސާފުކުރެވިފައިވާކަމާއި،
ތުން 14 މެއި 2015 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ހުވާކޮށްގެން ހުރެ މުޙައްމަދު ޝަކީލް ދައްކާފައިވާ ވާހަކާގައި، އިބްރާހީމް ފައުޒީ އަތުން ކުރިން ކަނޑާގޮތަށް
ނަގާފައިވާކަމަށް މަދަނީ ކޯޓުގެ ނަންބަރު: 2009/MC/192 ޤަޟިއްޔާގައި އިބްރާހީމް ފައުޒީ ބުނެފައިވާ
441119
/
60ރ (ސާޅީސް ހަތަރުހާސް އެއްސަތޭކަ ނަވާރަ ރުފިޔާ ފަސްދޮޅަސް ލާރި) އަކީ، އެ ކޯޓުގެ
ނަންބަރު 2008/MC/1227 ޤަޟިއްޔާގައި އެ ދެ މީހުންގެ ފަރާތުން ދީފައިވާ ދެ ބަޔާނުގައިވެސް ބުނެފައިވާ
-/44,000ރ. (ސާޅީސް ހަތަރުހާސް ރުފިޔާ) ކަމަށާއި، އެ ފައިސާގެ އިތުރުން އެހެން ފައިސާއެއް އިބްރާހީމް
ފައުޒީ ގެ އަތުން މުޙައްމަދު ޝަކީލަށް ލިބިފައިނުވާކަމަށާއި، އެ -/
44,000ރ. (ސާޅީސް ހަތަރުހާސް ރުފިޔާ)
ވާނީ ކުރިން ކަނޑާ ނިމިފައި ކަމަށާއި، އެއްވެސް ފައިސާއެއް ކުލިން ނުކެނޑި ބާކީ ނެތްކަމަށް މުޙައްމަދު
ޝަކީލު ބުނެފައިވާކަން ފާހަގަކުރެވޭކަމާއި، އަދި މުޙައްމަދު ޝަކީލު ގެ ފަރާތުން އެފަދައިން ބަޔާންދިނުމުން،
އެކަމުގެ ދިފާޢުގައި އިބްރާހީމް ފައުޒީ ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ރައްދު
ދީފައިނުވާކަން ފާހަގަކުރެވެއެވެ.
3.4- ހަތަރުވަނަ ކަމަކީ: މަދަނީ ކޯޓުގެ ނަންބަރު 2008/MC/1227 ޤަޟިއްޔާއިން ކުލި
ހޯދުމަށް އެދިފައިވާ މުއްދަތަކީ 25 އޮކްޓޯބަރ 2007 އިން 22 މެއި 2008 އަށް ކަމާ، އިސްތިޢުނާފު
މިކުރެވޭ މަދަނީ ކޯޓުގެ ނަންބަރު 2009/MC/192 ޤަޟިއްޔާގައި ފާތިމަތު ނިޝާރާ ގެ ފަރާތުން
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
2010/HC-A/130
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހޯދުމަށް އެދި ފައިވަނީ 22 މެއި 2008 ން ފެށިގެން އޮކްޓޯބަރ 2008 ގެ ނިޔަލަށް ކަމާއި، އިބްރާހީމް
ފައުޒީ އާއި މުޙައްމަދު ޝަކީލު ގެ ބަހުންވެސް 2008 ޖޫން މަހުގެ ނިޔަލަށް ދައްކަންޖެހޭ ކުލި ވަނީ
އިބްރާހީމް ފައުޒީ ދައްކާފައިކަން އެނގެން އޮތުމުން، ފާޠިމަތު ނިޝާރާ ދަޢުވާކޮށްފައިވާ މުއްދަތުގެ ތެރެއިން
22 މެއި 2008 ން 2008 ގެ ޖޫން މަހުގެ ނިޔަލަށް ކުލީގެ ފައިސާ އުނިވާނެކަމާއި، ފާތިމަތު ނިޝާރާ އަށް
އިބްރާހީމް ފައުޒީ ގެ އަތުން ލިބެންޖެހޭ ކުލީގެ އަދަދު ކަނޑައަޅަން ޖެހޭނީ ޖުލައި 2008 ން އޮކްޓޯބަރ
2008 ގެ ނިޔަލަށް ހިނގާފައިވާ 04 (ހަތަރެއް) މަސް ދުވަހަށް މަހަކު -/9000ރ. ގެ ރޭޓުންކަން އެނގެން
އެމުއްދަތަށް ކުލީގެ ގޮތުގައި ދައްކަންޖެހޭނީ -/36,000ރ. ރުފިޔާކަން ހުށަހެޅިފައިވާ
ލިޔެކިޔުންތަކުންނާއި މައްސަލައާއި ގުޅުންހުރި ހުރިހާ ފަރާތްތަކެއްގެ ބަހުން ސާބިތުވާތީ މަދަނީ ކޯޓުގެ ނަންބަރު
2009/MC/192 ޤަޟިއްޔާގެ ޙުކުމްގައި ފާޠިމަތު ނިޝާރާގެ ދަޢުވާގައި އިބްރާހީމް ފައުޒީގެ އަތުން ހޯދުމަށް
އެދިފައިވާ ކުލީގެ ފައިސާ ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވާ ކުރައްވާފައިވާ ޙުކުމުގެ އެބަޔަށް
ބަދަލު ގެންނަންޖެހޭކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުރިހާ ފަނޑިޔާރުންނަށްވެސް އިއްތިފާޤު
ވެވިފައިވާކަން ފާހަގަކުރެވެއެވެ.
8 33
204ނ،
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ށ.ރަންފަރުގޭ
03 (ތިނެއް) ވަނަ ފަންގިފިލާ ކުއްޔަށް ހިފައިގެން ވ.ފާރމްސް އިބްރާހީމް ފައުޒީ (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު: A035866) އުޅުނު މުއްދަތުގެ ތެރެއިން ޖުލައި 2008 ން އޮކްޓޯބަރ 2008 ގެ
ނިޔަލަށް ދައްކަންޖެހޭ ކުލީގެ ފައިސާ އިބްރާހީމް ފައުޒީ ގެ ފަރާތުން ދައްކާފައިވާކަން ޝަރީޢަތަށް
ސާބިތުނުވާކަމަށް ކަނޑައަޅައި، 2008 ޖުލައި މަހުން ފެށިގެން 2008 އޮކްޓޯބަރ މަހުގެ ނިޔަލަށް މަހަކު
-/9000ރ. (ނުވަހާސް ރުފިޔާ) ގެ ރޭޓުން 04 (ހަތަރެއް) މަހަށް ޖެހޭ -/
36,000ރ. (ތިރީސްހަހާސް
ރުފިޔާ) އަކީ ޅ.ފާރމްސް އިބްރާހީމް ފައުޒީ ގެ ފަރާތުން ހ.މޭފްލާވަރ ފާޠިމަތު ނިޝާރާ ޚާލީޖުޑީޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
13
2010/HC-A/j30
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު:A009640} އަށް ދައްކަންޖެހޭ ފައިސާއެއް ކަމުގައި
ކަނޑައަޅައި މިފައިސާ ހ.މޭފްލާވަރ ފާޠިމަތު ނިޝާރާ ޚާލިދު އަށް ލިބިދިނުމަށްޓަކައި، މިއަދު (31 އޯގަސްޓް
2015) ން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ ސިވިލް ކޯޓަށް ދައްކައި
ޚަލާޞްކުރުމަށް ވ.ފާރމްސް، އިބްރާހީމް ފައުޒީ އަށް އަންގައި، މަދަނީ ކޯޓުގެ ނަންބަރު 2009/MC/192
ޤަޟިއްޔާގެ ޙުކުމްގައި ފާޠިމަތު ނިޝާރާ ޚާލިދު ގެ ދަޢުވާގައި އިބްރާހީމް ފައުޒީ ގެ އަތުން ހޯދުމަށް
އެދިފައިވާ ކުލީގެ ފައިސާ ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވާ ކުރައްވާފައިވާ ޙުކުމުގެ އެބައި
ބާޠިލްކޮށް އެގޮތުގެ މަތިން މި ޤަޟިއްޔާބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv