ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-K/09 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-I-K09
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 09/HC
-
I
-
K/2011
، މައްސަލަ ހުށަހެޅި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
• ދަޢުވާ ރައްދުވި ފަރާތް:
* ނަން: އަސީތު ތައުފީޤް
ދާއިމީ އެޑްރެސް: އއ.ހިމަންދޫ، ޖަވާހިރުވާދީ
ކާޑުނަންބަރު: A009285 މިހާރުގެ އެޑްރެސް: މ.ތިޔަރަމާގެ
* ވަކީލު: އގ.ޝަހީމް އަޙްމަދު، ކ.ދިއްފުށި އޮނުފިނިގެ އައިޑީ: 077877-A
އައިޑީ
• ހުށަހެޅުނު ތާރީޚް: 16 މާޗް 2011
ނިމުނު ތާރީޚް: 16 މާޗް 2011
ޤަޟިއްޔާގެ ބާވަތް: އިންތިޚާބީ ކުށް
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީސް
• އިސްފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު އަޙްމަދު ޝަރީފު ޢަލީ، ފަނޑިޔާރު ޔޫސުފު ޙުސައިން
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2
2011/HC-I-K09
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޚުލާޞާ:
މިއީ، އއ.ހިމަންދޫ، ޖަވާހިރުވާދީ،އަސީތު ތައުފީޤު (ދ.ރ.ކ.ނަންބަރ:009285-A) 05
ފެބްރުއަރީ 2011 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްގެ އިންތިޚާބަށް ކުރިމަތި ލުމުގެ ގޮތުން
އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި "ލޯކަލް ކައުސިލްތަކުގެ މެމްބަރުކަމަށް ކުރިމަތި ލުމަށް އެދޭ ފޯމް" ގައި،
މީނާއަކީ ޤާނޫނު ނަންބަރ: 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގައި
ބުނެފައިވާ ޝަރުޠުތައް ފުރިހަމަ ވެފައިވާ މީހެއްކަމަށާއި، އެފޯމުގައިވާ މަޢުލޫމާތު ތަކަކީ ޞައްޙަ މަޢުލޫމާތު
ތަކެއްކަމަށް އަސީތު ތައުފީޤު އިޤްރާރުވެ، އިންތިޚާބަށް ކުރިމަތިލުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނަށް ދޮގު
ދީފައިވާކަމަށްބުނެ، ޤާނޫނު ނަންބަރ:11/2008 (އިންތިޚާބު ތަކާބެހޭ ޢާންމު ޤާނޫނު) ގެ 74 ވަނަ
މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން އަސީތު ތައުފީޤުގެ މައްޗަށް ދޮގު
މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާ ޕްރޮސިކިއުޓާރ ޖެނެރަލްގެ ފަރާތުން ކުރުމުން ބަލާފައިވާ އިންތިޚާބާބެހޭ ކުށުގެ
22322/
މައްސަލައެކެވެ.
ފާހަގަކުރެވުނު ނުކުތާތައް:
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ:87/2011 "އިންތިޚާބާބެހޭ ކުށުގެ މައްސަލަ ހުށަހަޅާފައިވާ
ފޯމް” އިން، ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ އިންތިޚާބާބެހޭ ކުށުގެ މިމައްސަލައަށާއި،
އެމައްސަލައާއި ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެ އޮފީހުގެ ފަރާތުން ހާޒިރުވި އެސިސްޓަންޓް
ޕަބްލިކް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ ރައްދުވާ އަސީތު ތަޢުފީޤުގެ
ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅިގެން ހުށަހަޅާފައިވާ
ލިޔުންތަކަށް ބަލާއިރު މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) އިސްވެ ބަޔާން ކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ:87/2011 "އިންތިޚާބާބެހޭ
ކުނުގެ މައްސަލަ ހުށަހަޅާފައިވާ ފޯމް" އިން ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހުގެ ފަރާތުން،
އއ.ހިމަންދޫ ޖަވާހިރުވާދީ، އަސީތު ތައުފީޤުގެ މައްޗަށް ހުށަހަޅާފައިވާ އިންތިޚާބާބެހޭ ކުށުގެ ދަޢުވާގައި
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
.ސަބަބެނީ
3
2011/HC-I-K09
2&
2 20
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ބުނެފައިވާފަދައިން، 05 ފެބްރުއަރީ 2011 ދުވަހު ބޭއްވުމަށް
.ވުމަށް ހަމަޖެހިފައިވާ ލޯކަލްކައުންސިލްތަކުގެ އިންތިޚާބަށް
ކުރިމަތި ލުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި "ލޯކަލް ކައުންސިލްތަކުގެ މެމްބަރުކަމަށް
ކުރިމަތިލުމަށް އެދޭ ފޯމް" ގައި، ދޮގު މަޢުލޫމާތު ދީފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބުނެފައިވާ
ބުނުމާއި ގުޅިގެން އަސީތު ތައުފީޤު ޖަވާބު ދެމުން ދައްކާފައިވާ ވާހަކައަށް ބަލާއިރު، ލޯކަލް ކައުންސިލްތަކުގެ
އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހެޅި ފޯމުގައި އޭނާ ވެފައިވާ އިޤްރާރުގައި އޭނާއަކީ ޤާނޫނު ނަންބަރ:
10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠުތައް
ފުރިހަމަ ވެފައިވާ މީހެއްކަމަށާއި، އެފޯމުގައިވާ މަޢުލޫމާތު ތަކަކީ ޞައްޙަ މަޢުލޫމާތު ކަމަށް ބުނެފައި އެވަނީ
އެއްގޮތަކަށްވެސް އިންތިޚާބަށް ކުރިމަތިލުމުގެ ގޮތުން ދޮގުމަޢުލުމާތު ދީގެން ކަމެއް އޮޅުވާލުމުގެ ނިޔަތުގައި
ނޫންކަމަށާއި، އެކަން އެގޮތަށް ހިގާފައިވަނީ އޭނާގެ މައްޗަށް ސާބިތުވެފައިވާ ވައްކަމުގެ ކުށް ސާބިތުވިތާ މިހާރު
05 އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާތީއާއި ޤާނޫނު ނަންބަރ: 10/2010 (ލޯކަލް ކައުންސިލްތަކުގެ
އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގައި ބުނެފައިވާ އެއްޗެއް ރަގަޅަށް އޭނާއަށް އެނގިފައި ނެތުމުގެ
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކުޅި ދަޢުވާގައި ބުނެފައިވާ ފަދައިން އއ.ހިމަންދޫ ކޯޓުގެ
ނަންބަރު:2003/U
-
9
-
C/04 ޤަޟިއްޔާއިން އޭނާގެ މައްޗަށް ވައްކަން ކުރުމުގެ ކުށް ސާބިތުވެފައިވާކަމަށް
އަސީތު ތައުފީޤު ވެސް އެއްބަސްވެފައިވާކަން ފާހަގަކުރެވެއެވެ.
(ށ) ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މައްސަލަ ސާބިތު ކުރުމަށް ހެކީގެ ގޮތުގައި
ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި އަސީތު ތައުފީޤު
ބައިވެރިވުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމާއި، ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރ:07/SC
-
E/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ ހުށަހަޅާފައިވާކަން
ފާހަގަކުރެވޭކަމާއި،
މީގެ ތެރެއިން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި އަސީތު ތައުފީޤު ބައިވެރިވުމަށް
އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމަށް ބަލާއިރު، އެފޯމުގައި "ކެންޑިޑޭޓުގެ
އިޤްރާރު" މި ސުރުޚީގެ ދަށުގައިވާ ލިޔުމުގައި، "ލޯކަލް ކައުންސިލްގެ އިންތިޚާބަށް، މިފޯމުގައި ބަޔާން ކޮށްފައިވާ
ބ.ތުޅާދޫ ދާއިރާގެ އަތޮޅު ކައުންސިލަށް ކުރިމަތިލުމަށްއެދި އަޅުގަޑު ހުށަހަޅާމެވެ. އަޅުގަޑަކީ ލޯކަލް
02 0 2 0 22
<
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
4
2011/HC-I-K209
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު (ޤާނޫނު ނަންބަރ:10/2010) ގެ 12 ވަނަ މާއްދާގައި ބުނާ ޝަރުޠުތައް
ފުރިހަމަވާ މީހެއްކަމަށާއި، މިފޯމުގައިވާ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތު ކަމަށާއި، އަދި މިފޯމާއެކު ހުށަހަޅާފައިވާ
ހުރިހާ ތަކެއްޗަކީ ޞައްޙަ ތަކެތި ކަމަށާއި، ޙަޤީޤަތާއި ޚިލާފް މަޢުލޫމާތެއް ހިމަނާފައިވާނަމަ ކެންޑިޑޭޓްކަން ބާޠިލް
ކުރެވޭނޭކަން، ދެންހުރެ އަޅުގަޑު އަސީތު ތައުފީޤު އިޤްރާރުވަމެވެ." މިފަދައިން ބަޔާންކޮށްފައިވާ ލިޔުމުގެ ތިރީގައި
ސޮއިކުރުމަށް ކަނޑައެޅިފައިވާ ބައިގައި ސޮއިކޮށް، "އަސީތު ތައުފީޤު" މިގޮތަށް ލިޔެފައިވާކަން ފާހަގަކުރެވެއެވެ.
އަދި މީގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ:07/SC
-
E/2011 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާސާ އަށް ބަލާއިރު، އއ.ހިމަންދޫ!ޖަވާހިރުވާދީ އަސީތު ތައުފީޤަކީ ކުރީގެ
އއ.ހިމަންދޫ ކޯޓުގެ ނަންބަރު:2003/U
-
9
-
C/04 ޤަޟިއްޔާއިން އޭނާގެ މައްޗަށް ސާބިތުވެފައިވާ ވައްކަމުގެ
ކުށުގެ ޢުޤޫބާތެއްގެ ގޮތުން 01 އަހަރާއި 11 މަސް ދުވަހުގެ މުއްދަތަށް އަރުވާލުމަށް ޙުކުމް ކުރައްވާފައިވާ
މީހެއްކަން އއ.ހިމަންދޫ ކޯޓުގެ ޤަޟިއްޔާގެ ޙުކުމުން އެނގެން އޮންނަކަމަށް ބަޔާން ކުރައްވައި، އިސްލާމް
ދީނުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާ
ތަކެތީގެ ވިޔަފާރި ކުރުމުގެ ނުވަތަ މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކު
ކަމުގައިވާނަމަ، ޤާނޫނު ނަންބަރ: 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ
މާއްދާގެ (ނ) 4 ވަނަ ނަންބަރުގެ ދަށުން އެމީހަކަށް ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ބައިވެރި ނުވެވޭނޭކަމަށް
ބަޔާންކުރައްވައި، އއ.ހިމަންދޫޖަވާހިރުވާދީ އަސީތު ތައުފީޤަކީ ލޯކަލް ކައުންސިލްގެ އިންތިޚާބަށް ކުރިމަތިލުމަށް
އެދި އިލެކްޝަންސް ކޮމިޝަނަށް އެޕްލިކޭޝަން ފޯމް ހުށަހެޅިއިރު، އިސްލާމް ދީނުގައި ޙައްދު ކަނޑައެޅިފައިވާ
ކުށެއްކޮށް އެކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަން ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވާކަން
ރެވެއެވެ
(ނ) ޤާނޫނު ނަންބަރ: 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 20
ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެ ޤާނޫނުގެ 14 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ކަންތައް ފިޔަވައި،
ތާއީދު ހޯދުމަށް މަސައްކަތް ކުރުމާއި، ވޯޓު ނެގުމަށް ތައްޔާރު ވުމާއި ގުޅޭގޮތުންނާއި، ވޯޓު ނެގުމާއި، ވޯޓު
ގުނުމާއި، ނަތީޖާ އިޢުލާން ކުރުމާއި، އިންތިޚާބާބެހޭ ޝަކުވާއާއި، ފައިސާއާއި، މާލީ ކަންކަމާއި ގުޅޭގޮތުންނާއި،
އިންތިޚާބާބެހޭ ކުށާއި، އަދަބާއި ގުޅޭގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޢަމަލު ކުރަންވާނީ ޤާނޫނު
/ ދ ތ29 2
24
ހޤީކރވއވ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
5
2011/HC-I-K09
4 22
xތ 22x
| 2 / 2 ه2
2 2x24 2
ކޮށްފައި
ތުމުން، އިންތިޚާ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނަންބަރު:11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގައި އެކަންކަމާއި ގުޅޭގޮތުން ކަނޑައެޅިފައިވާ ގޮތުގެ
މަތީންކަމަށް ބަޔާން ކޮށްފައި އޮންނަ އޮތުމުންނާއި،
އެމާއްދާގެ (ށ) ގައި، އެމާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ޤާނޫނު ނަންބަރު:11/2008
(އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 14 ވަނަ މާއްދާގެ (ހ) އާއި، އެޤާނޫނުގެ 25 ވަނަ މާއްދާއާއި،
އެޤާނޫނުގެ 66 ވަނަ މާއްދާއާއި، އެޤާނޫނުގެ 67 ވަނަ މާއްދާއާއި، އެޤާނޫނުގެ 73 ވަނަ މާއްދާގެ ދަށުން
ކުރަންޖެހޭ ކަންތައްތައް
އެތައް ކުރުން ޤާނޫނު ނަންބަރު: 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ
ބޭނުމަށްޓަކައި، އެޤާނޫނުގެ ދަށުން ބޭއްވޭ ކައުންސިލްތަކުގެ އިންތިޚާތަކުގެ މައްޗަށް ނުހިނގާނެކަމަށް ބަޔާން
ކުށާއި، އަދަބު
ޢަމަލު ކުރަންޖެހޭނީ
ޤާނޫނު
ނަންބަރު:11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތީންކަން
ފާހަގަކުރެވެއެވެ.
(ރ) އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު ކަންތައްތައް އެގޮތުގެ މަތީން
ހުރުމާއެކު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި އއ.ހިމަންދޫ!ޖަވާހިރުވާދީ އަސީތު ތައުފީޤު
ބައިވެރިވުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުގައި އަސީތު ތައުފީޤު ވެފައިވާ
އިޤްރާރމުގައި، އޭނާއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު (ޤާނޫނު ނަންބަރ:10/2010) ގެ 12
ވަނަ މާއްދާގައި ބުނާ ޝަރުޠުތައް ފުރިހަމަވާ މީހެއްކަމަށާއި، އެފޯމުގައިވާ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތު ކަމަށް
ބުނެފައިވާ ބުނުމަކީ ޙަޤީޤަތާއި ޚިލާފަށް ބުނެފައިވާ ބުނުމެއްކަމާއި، އަސީތު ތައުފީޤުގެ އެ އިޤްރާރުގެ ސަބަބުން
ޤާނޫނު ނަންބަރު:11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 74 ވަނަ މާއްދާގެ (ހ) ގެ ދަށުން އަސީތު
ތައުފީޤު ކުށްވެރިވާކަން ފާހަގަކުރެވެއެވެ.
ޙުކުމް
ވީމާ 05 ފެބްރުއަރީ 2011 ދުވަހު ބޭއްވުނު " ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011"
އއ.ހިމަންދޫ ރަށު ކައުސިލްގެ މެންބަރުކަމަށް ކުރިމަތިލި އއ.ހިމަންދޫ، ޖަވާހިރުވާދީ،އަސީތު ތައުފީޤު
(ދ.ރ.ކ.ނަންބަރ:
009285-A، އެ އިންތިޚާބަށް ކުރިމަތި ލުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި
ލޯކަލް ކައުންސިލްތަކުގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމް" ގައި ދޮގު މަޢުލޫމާތު ދީފައިވާކަމަށްބުނެ،
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-I-K209
ޤާނޫނު ނަންބަރ:11/2008 (އިންތިޚާބު ތަކާބެހޭ ޢާންމު ޤާނޫނު) ގެ 74 ވަނަ މާއްދާގެ (ހ) ގެ 01 ވަނަ
ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން އަސީތު ތައުފީޤު ގެ މައްޗަށް ޕްރޮސިކިއުޓާރ ޖެނެރަލްގެ ފަރާތުން
ދަޢުވާ ކުރުމުން ބެލުނު މިޤަޟިއްޔާގައި އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް ރިޢާޔަތްކޮށް ބަލާއިރު، އަސީތު
ތައުފީޤު އަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު (ޤާނޫނު ނަންބަރ:10/2010) ގެ 12 ވަނަ
މާއްދާގައި ބުނާ ޝަރުޠުތައް ފުރިހަމަވާ މީހެއްކަމަށާއި، އަސީތު ތައުފީޤު ހުށަހެޅި ފޯމުގައި ދީފައިވާ މަޢުލޫމާތަކީ
ޞައްޙަ މަޢުލޫމާތު ކަމަށާއި، އަދި އެފޯމާއެކު ހުށަހަޅާފައިވާ ހުރިހާ ތަކެއްޗަކީ ޞައްޙަ ތަކެތި ކަމަށް އިޤްރާރުވެ
އެފޯމުގައި ސޮއިކޮށްފައިވާއިރު، ޤާނޫނު ނަންބަރު:10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ
12 ވަނަ މާއްދާގެ (ނ) ގައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބައިވެރި ނުވެވޭނޭކަމަށް ބަޔާން ކޮށްފައިވާ
ޙާލަތް ތަކުގެ ތެރެއިން "އިސްލާމް ދީނުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ
ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާ ތަކެތީގެ ވިޔަފާރި ކުރުމުގެ ނުވަތަ މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށެއް
ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިވުން" މިފަދައިން ބުނެފައިވާ ޙާލަތު އަސީތު ތައުފީޤު ގެ ކިބައިގައި
ފުރިހަމަ ވެފައިވާކަން، ކުރީގެ އއ.ހިމަންދޫ ކޯޓުގެ ނަންބަރު:2003/U
-
9
-
C/04 ޤަޟިއްޔާއިން އޭނާގެ މައްޗަށް
ސާބިތުވެފައިވާ ވައްކަމުގެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން 01 އަހަރާއި 11 މަސް ދުވަހުގެ މައްދަތަށް އަރުވާލުމަށް
ޙުކުމް ކުރައްވާފައިވާކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ:07/SC
-
E/2011 ޤަޟިއްޔާގައި
ނިންމަވާފައިވާ ނިންމެވުމުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރ:11/2008 (އިންތިޚާބު
ތަކާބެހޭ ޢާންމު ޤާނޫނު) ގެ 74 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޙަވާލާދީ އެމާއްދާގެ (ށ) ގެ
ދަށުން އިންތިޚާބަށް ކުރިމަތި ލުމުގެ ގޮތުން ދޮގުމަޢުލޫމާތު ދިނުމުގެ ކުށުން އއ.ހިމަންދޫ/ ޖަވާހިރުވާދީ،އަސީތު
ތައުފީޤު (ދ.ރ.ކ.ނަންބަރ:
009285-A) ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތުގެ ގޮތުން
އެމާއްދާގެ (ށ) ގެ ދަށުން މި އަސީތު ތައުފީޤު -/20000ރ.(ވިހިހާސް) ރުފިޔާ އިން ޖޫރިމަނާކޮށް، މިފައިސާ
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށް ދެއްކުމަށްޓަކައި، މިއަދުން (16 މާރޗް 2011) ފެށިގެން
1 (އެކެއް) މަސް ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ދެއްކުމަށް އަސީތު ތައުފީޤަށް އަންގާ އެގޮތުގެ
މަތީން ޙުކުމް ކޮށްފީމެވެ.
OX
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv