ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/272 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/272
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 272/HC
-
A/2009
• އިސްތިއުނާފުކުރި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އިދުރީސް ޙާޝިމް
އައިޑީ ކާޑު ނަންބަރ: A226340
*
ދާއިމީ އެޑްރެސް: ހދ. މާވައިދޫ/ ނޫރީގެ
މިހާރުގެ
ނިކްޗާން
44
*
ހުށަހެޅުނު ތާރީޚް: 09 ސެޕްޓެމްބަރ 2009
ނިމުނު ތާރީޚް: 16 ފެބުރުއަރީ 2012
• މައްސަލައިގެ ބާވަތް: އަމުރަށް ނުކިޔަމަންތެރިވުން
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢަލީ ސަމީރު
ދޫ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/272
ފުކުތާތައް:
02 0
o ou
OX
ޚުލާޞާ
ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1629 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ، ދައުލަތުގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް
އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ، ހދ. މާވައިދޫ ނޫރީގެ އިދުރީސް
އާޝީމްއެވެ.
ފާހަގަކުރެވުނު ނުކުތާ
01- ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1629 ޤަޟިއްޔާގައި އިދުރީސް ޙާޝިމްގެ މައްޗަށް
ދައުލަތުން ކޮށްފައިވާ ދަޢުވާއަކީ، އިދުރީސް ޙާޝިމް އާއި ސިނާން އަޙްމަދު 18 އޭޕްރީލް 2008 ވަނަ
ދުވަހުގެ 11:00 އެހާކަށްހާއިރު، ސްޓޭޓް ބޭންކް އޮފް އިންޑިޔާ ކައިރީގައި ހުރި ބިދޭސީ އަކަށް ރޭޒަރު
ތިލައަކުން ބިރުދައްކައި މާރާމާރީ ހިންގައި އޭނާގެ އަތުން ފޭރެން މަސައްކަތްކުރިކަމަށް އިންކާރުކުރި ނަމަވެސް،
ބަނގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަބޫތާހިރު (ޕާސްޕޯޓް ނަންބަރު Z0110250) އަށް ރޭޒަރު ތިލައަކުން
ބިރުދައްކާ މާރާމާރީ ހިންގައި އޭނަގެ އަތުން ފޭރެން އިދުރީސް ޙާޝިމްއާއި، ސިނާން އަޙްމަދު
މަސައްކަތްކުރިކަމަށް އަބޫތާހިރު ބުނާތީ އާއި، އަބޫޠާހިރުގެ ގައިގާ އިދުރީސް ޙާޝިމްއާއި، ސިނާން އަޙްމަދު
ހިފަހައްޓައިގެން ހުރިތަން ފެނުނުކަމަށާއި، އެސަރަޙައްދުން ރޭޒަރު ތިލަ ފެނުނު ކަމަށް ހާދިސާ ހިނގިތަނަސް
ދިޔަ ލާންސް ކޯޕްރަލް ޢަލީ މަޢުރޫފް އާއި، ކޮންސްޓަބަލް ނަހު ޝަން ޒަކަރިއްޔާ ބުނާތީ، ޤާނޫނުލްޢުޤޫބާތުގެ
88 ވަނަ މާއްދާގެ (ހ) ގެ ދަށުން އިދުރީސް ޙާޝިމް އާއި، ސިނާނު އަޙްމަދުގެ މައްޗަށް އަމުރަށް
ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ ކަމާއި؛
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، އިސްވެދިޔަ ބަޔާންތަކަށް ބަލާއިރު، ހދ.
މާވައިދޫ ނޫރީގެ އިދުރީސް ޙާޝިމްގެ މައްޗަށް ދައުލަތުން ކުރި އަމުރަށް ނުކިޔަމަންތެރިވުމުގެ ދަޢުވާ
ޝަރީޢަތުން ބެލި ބެލުމުން، އިދުރީސް ޙާޝިމް 15 އޭޕްރީލް 2008 ދުވަހު ސްޓޭޓް ބޭންކް އޮފް އިންޑިޔާ
ކައިރީގައި ހުރި ބިދޭސީއަކަށް ކަޓަރު ތިލައަކުން ބިރުދައްކާ އެމީހާގެ އަތުން ފޭރެން މަސައްކަތްކުރިކަން
ޝަރީޢަތަށް ސާބިތުކުރެވޭ ވަރުގެ ކާފީ ހެކި ލިބިފައިނުވާތީ، އިދުރީސް ޙާޝިމްގެ މައްޗަށް ދައުލަތުން ކުޅަ
އަމުރަށް ނުކިޔަމަންތެރިވުމުގެ ދަޢުވާ ޝަރީޢަތަށް ސާބިތުނުވާކަމަށް ޙުކުމްކޮށް މިޤަޟިއްޔާގައި ދަޢުވާލިބޭ
Occ
ވޭ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް www.fnighcourt.gov.mv
3 ޤަޟިއްޔާ
ނިމުނު
ދިމުނު ގޮތުގެ ޚުލާޞާ
2009/HC-A/272
ގުރައިދޫ ނަންވިލާގެ ސިނާނު އަޙްމަދުގެ ބައި މިކޯޓުގެ އެހެން ޤަޟިއްޔާއަކުން ބަލައިދެވޭނެކަން އަންގާ
މައްސަލަ ނިންމީއެވެ. މިފަދައިންކަން އެޤަޟިއްޔާ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯރޓުން އެގެން އޮވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1629
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، ދައުލަތުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން، ތިން ނުކުތާ
ފާހަގަކޮށް އެނުކުތާ ތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
03- ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1629 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި
އެޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރުމަށް
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކާއި މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ދެ 3
4 · · ·
ހ 3ކރވެ.
/ ތތ
Ooec
(ހ) ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1629 ޤަޟިއްޔާގައި އިދުރީސް ޙާޝިމްގެ މައްޗަށް
ދައުލަތުން ކޮށްފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާއަށް އިދުރީސް ޙާޝިމް އިންކާރުކޮށްފައިވާކަން
މިމައްސަލައާއި ގުޅިގެން 23 މާރޗް 2009 ގައި ޖިނާއީކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް އިދުރީސް ޙާޟިމް
ދީފައިވާ ބަޔާނުން އެނގެން އޮވެއެވެ.
(ލ) ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/629 ޤަޟިއްޔާގައި އިދުރީސް ޙާޝިމްގެ މައްޗަށް
ދައުލަތުން ކޮށްފައިވާ ދަޢުވާގައި، އިދުރީސް ޙާޟިމް 18 އޭޕްރީލް 2008 ވަނަ ދުވަހުގެ 11:00
ހާކަށްހާއިރު، ސްޓޭޓް ބޭންކް އޮފް އިންޑިޔާ ކައިރީގައި ހުރި ބިދޭސީ އަކަށް ރޭޒަރު ތިލައަކުން ބިރުދައްކައި
މާރާމާރީ ހިންގައި އޭނާގެ އަތުން ފޭރެން މަސައްކަތްކުރިކަމަށް އިންކާރުކުރި ނަމަވެސް، ބަނގުލަދޭޝްގެ
ރައްޔިތެއް ކަމަށްވާ އަބޫތާހިރު (ޕާސްޕޯޓް ނަންބަރު Z0110250) އަށް ރޭޒަރު ތިލައަކުން ބިރުދައްކާ
މާރާމާރީ ހިންގައި އޭނަގެ އަތުން ފޭރެން އިދުރީސް ޙާޝިމް މަސައްކަތްކުރިކަމަށް އަބޫތާހިރު ބުނާކަމަށް
ދައުލަތުގެ ފަރާތުން ބުނެފައިވާއިރު، މިމައްސައާއި ގުޅިގެން 23 މާރޗް 2009 ގައި ޖިނާއީކޯޓުގެ ޝަރީޢަތަށް
އަބޫތާހިރު ދީފައިވާ ބަޔާނުގައި ރޭޒަރު ތިލައިން އިދުރީސް ޙާޟިމް ބިރުދައްކާފައިނުވާ ކަމަށާއި، އަދި
ރޭޒަރުތިލައިން އަބޫތާހިރު ގައިގާ އަޅުވާފައިނުވާކަމަށް ބުނެފައިވާކަން އެނގެން އޮވެއެވެ.
(ނ) މިމައްސަލައާއި ގުޅިގެން ހާދިސާ ހިނގި ތަނަށް ދިޔަ ލާންސް ކޯޕްރަލް ޢަލީ މަޢުރޫފް އާއި،
ކޮންސްޓަބަލް ނަހުޝަން ޒަކަރިއްޔާ އާއި ދެމީހުން މިމައްސައާއި ގުޅިގެން 23 މާރޗް 2009 ގައި
+
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/272
ޖިނާއީކޯޓުގެ ޝަރީޢަތަށް ދީފައިވާ ބަޔާނުގައި، އިދުރީސް ޙާޝިމް އަބޫތާހިރަށް ބިރުދައްކާ ފައިސާ ހޯދަން
އުޅެނިކޮށް ފެނިފައި ނުވާކަމަށް ބުނެފައިވާކަން އެނގެން އޮވެއެވެ.
(ރ) ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހުންގެ ޙައްޤުތަކަށް ބަލާއިރު، އެމީހަކު
ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެމީހަކީ ކުށެއް
ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެން
ލިބިގެންވާކަމަށް ޤާނޫނުއަ ސާސީގެ 51 ވަނަ މާއްދާގެ (އ) ގައި
ބަޔާންކޮށްފައިވެއެވެ.
ވީމާ، އިސްވެފާހަގަ ކުރި އެންމެހައި ކަންކަމަށް ބަލާއިރު، ޖިނާއީކޯޓުގެ ނަންބަރު 2008/JC/1629
ޤަޟިއްޔާގެ ދަށުން ދައުލަތުގެ ފަރާތުން އިދުރީސް ޙާޝިމްގެ މައްޗަށް ކޮށްފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ
ކުށުގެ ދަޢުވާއަށް އިދުރީސް ޙާޟިމް އިންކާރު ކޮށްފައިވާކަމާއި، މިމައްސަލައިގާ އަނިޔާލިބުނު ކަމަށް ދައުލަތުން
ބުނާ ބަނގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަބޫތާހިރު (ޕާސްޕޯޓް ނަންބަރު Z0110250) އަށް ރޭޒަރު
ތިލައަކުން އިދުރީސް ޙާޝިމް ބިރުދައްކާފައި ނުވާކަން އަބޫތާހިރުގެ ބަހުން އެނގެން އޮންނަކަމާއި،
މިމައްސަލައިގާ ޙާދިސާ ހިނގިތަނަށް ދިޔަ ދެފުލުހުންކުރެ އެކަކަށްވެސް އަބޫތާހިރަށް އިދުރީސް ހާޝިމް
ބިރުދައްކަނިކޮށް ފެނިފައިނުވާކަން އެނގެން އޮންނަކަމާއި، ޖިނާއީ މައްސަލަތައް ސާބިތު ކުރުމަށްޓަކައި
ޤާނޫނުއަސާސީން ކަނޑައަޅާފައިވާ މިންގަނޑަކީ ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި
ޝަރީޢަތަށް ސާބިތުވުންކަމާއި، އެހެންކަމުން މިމައްސަލައިގާ ދައުލަތުގެ ފަރާތުން އިދުރީސް ޙާޝިމްގެ މައްޗަށް
އުފުލާފައިވާ ކުށުގެ ދަޢުވާ އޭނަގެ މައްޗަށް ސާބިތުވާކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް އެއްބަހެއް ނުވެވުނެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކަށް ރިޢާޔަތް ކުރުމުން، ދައުލަތުގެ ފަރާތުން ޖިނާއީކޯޓުގެ
ނަންބަރު 2008/JC/1629 ޤަޟިއްޔާގެ ދަށުން އިދުރީސް ޙާޝިމްގެ މައްޗަށް ކޮށްފައިވާ އަމުރަށް
ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާ ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
#
s
ދޫ
+
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv