ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/170 ޤަޟިއްޔާގެ ޙުކުމް
އާއި
1
2011/HC-A/17
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
[
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
*
ޤަޟިއްޔާ ނަންބަރު: 170/HC-A/2011
• އިސްތިއުނާފުކުރި ފަރާތް:
(1) * ނަން. އަޙްމަދު ޢަލީ
ދާއިމީ އެޑްރެސް: މ. އެނބޫމާގެ
އައިޑީ ކާޑު ނަންބަރ: A058805 މިހާރުގެ އެޑްރެސް: ގ.ވުޑްވިންޑް
ވަކީލު: އަޒް. އަޙްމަދު ތައުފީޤު (އައި.ޑީ ކާޑު ނަންބަރު A122667)
(2) * ނަން: މުޙައްމަދު ޝަރީފު ، ދާއިމީ އެޑްރެސް: މ. އެނބޫމާގެ
* އައި
އިޑީ ކާޑު ނަންބަރ: A058947 މިހާރުގެ އެޑްރެސް:
ބިއުޓީނައިޓް
ވަކީލު: އޏ. އަޙްމަދު ތަޢުފީޤު (އައި.ޑީ ކާޑު ނަންބަރު A122667)
އިސްތިއުނާފު ރައްދުވާ ފަރާތް:
* ނަން: ޙަސަން ޢަލީ
އެޑްރެސް: މ.މ.ދ ދަފްތަރު ނަންބަރު 3033
ކާޑު ނަންބަރ: A026776
މިހާރުގެ އެޑްރެސް:
ފެންނާގެ 2 ބީ
ވަކީލު: އޖ. އިބްރާހީމް ޝަފީޢު (އައި.ޑީ ކާޑު ނަންބަރު A020666)
1/
0
*
6
ހުށަހެޅުނު ތާރީޚް: 11 ޖުލައި 2011
ނިމުނު ތާރީޚް: 29 އޭޕްރީލް 2012
0
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2
2011/HC-A/170
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1106 ގެ ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އަޙްމަދު ޢަލީ މ. އެނބުމާގެ އާއި
މުޙައްމަދު ޝަރީފު
މ. އެނބޫމާގެ ހުށަހެޅުމުން ބެ.
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވަނީ މާލެ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު 3033 ޙަސަން
ޢަލީއަށެވެ.
05e
އެއްބަސްވުން
6
ފާހަގަކުރެވުނު ނުކުތާތައް
01- ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1106 ޤަޟިއްޔާ އަކީ، އެއްފަރާތުން މ. އެނބޫމާގެ
އަޙްމަދު ޢަލީ އާއި މުޙައްމަދު ޝަރީފު އަދި އަނެއްފަރާތުން ދަފްތަރު ނަންބަރު 3033 ޙަސަން ޢަލީ އާ ދެމެދު
01 ޖުލައި 2006 ދުވަހު ކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން މ. އެނބޫމާގެ އެވެކިޔާ ގޯތީގެ 1632 އަކަފޫޓްގެ
ސަރަޙައްދުގެ ތެރޭގައި 08 ބުރީގެ އިމާރާތެއްގެ ފައުންޑޭޝަން އަޅައި، ދެޝީޓް އަޅައި ނިމި 3 ވަނަ ޝީޓް
އެޅުމަށް ތައްގަނޑު ޖަހައި، ގްރައުންޑް ފްލޯގެ ހުރިހާ މަސައްކަތެއް ނިންމާފައިވަނިކޮށް،
ބާތިލްކުރުން އެދި އަޙްމަދު ޢަލީ އާއި މުޙައްމަދު ޝަރީފުގެ ފަރާތުން މަދަނީކޯޓަށް މައްސަލަ ހުށަހެޅުމުން،
މަދަނީކޯޓުގެ ނަންބަރު 2009/MC/1104 ޤަޟިއްޔާއިން އެމައްސަލަ ބެއްލެވުމަށްފަހު ”އެގްރީމެންޓް މިހިނދުން
ތިލްވެއްޖެކަމަށް، ކަނޑައަޅުއްވައި، ޙަސަން ޢަލީ ކޮށްފައިވާ މަސައްކަތް އަގުކޮމިޓީން ބެއްލެވުމަށްފަހު އެކޮމިޓީން
ކަނޑައަޅުއްވާފައިވާ އަގު 1,484,624147ރ. (އެއްމިލިއަން ހަތަރުލައްކަ އަށްޑިހަ ހަތަރުހާސް ހަސަތޭކަ
ސައުވީސްރުފިޔާ ސާޅީސް ހަތްލާރި) އާމެދު ޙަސަން ޢަލީ ދަޢުވާކޮށްފިނަމަ، ޝަރީޢަތުން ކަނޑައަޅުއްވާ ގޮތެއްގެ
މަތީން ޙަސަން ޢަލީއަށް އެފައިސާ ލިބިދެވޭނެ ކަމަށް ކަނޑައަޅުއްވާ 04 ނޮވެމްބަރ 2009 ދުވަހު މައްސަލަ
ނިންމަވާފައިވާތީ، އަޙްމަދު ޢަލީ އާއި މުޙައްމަދު ޝަރީފުގެ ފަރާތުން އެ 1,484,624
/
47ރ. (އެއްމިލިއަން
ހަތަރުލައްކަ އަށްޑިހަ ހަތަރުހާސް ހަސަތޭކަ ސައުވީސްރުފިޔާ ސާޅީސް ހަތްލާރި) އެއްފަހަރާ ހޯދުމަށް އެދި ޙަސަން
އަލީގެ ދަޢުވާކުރުމުން ބައްލަވާފައިވާ މައްސަލައެއްކަމާއި؛
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، މަދަނީކޯޓުގެ ނަންބަރު 2009/MC/1104 ޤަޟިއްޔާއިން
އެމައްސަލަ ބެއްލެވުމަށްފަހު [އެގްރީމެންޓް މިހިނދުން ބާތިލްވެއްޖެކަމަށް، ކަނޑައަޅުއްވައި، ޙަސަން ޢަލީ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
އާއި
3
2011/HC-A/170
ކަމަށް
4
ކޮށްފައިވާ މަސައްކަތް އަގުކޮމިޓީން ބެއްލެވުމަށްފަހު އެކޮމިޓީން ކަނޑައަޅުއްވާފައިވާ އަގު 1,484,624147ރ.
(އެއްމިލިއަން ހަތަރުލައްކަ އަށްޑިހަ ހަތަރުހާސް ހަސަތޭކަ ސައުވީސްރުފިޔާ ސާޅީސް ހަތްލާރި) އާމެދު ޙަސަން
ޢަލީ ދަޢުވާކޮށް ފިނަމަ، ޝަރީޢަތުން ކަނޑައަޅުއްވާ ގޮތެއްގެ މަތީން ޙަސަން ޢަލީއަށް އެފައިސާ ލިބިދެވޭނެ
ކަނޑައަޅުއްވާ 04 ނޮވެމްބަރ 2009 ދުވަހު މައްސަލަ ނިންމަވާފައިވާތީ އާއި، އެއް މަރުޙަލާއެއްގެ ކޯޓެއްގައި
ކުރާ ޙުކުމެއް ބަދަލުކުރުމުގެ ނުވަތަ އެފަދަ ޙުކުމަކަށް އަސަރުފޯރާފަދަ ޢަމަލެއް ކުރުމުގެ ބާރު އެފެންވަރުގެ އެހެން
ކޯޓަކަށް ނުވަތަ އެކޯޓަށް ލިބިގެން ނުވާތީއާއި، މަދަނީކޯޓުގެ ނަންބަރު 2009/MC/1104 ޤަޟިއްޔާއިން
މިޤަޟިއްޔާގެ ދަޢުވާލިބޭ ފަރާތްތަކަށް ލިބިގެންވާ ޤާނޫނީ ފަރުވާއަށް އަލިއަޅުވާފައިވާހިނދު، އެފަރާތްތަކުން
އެފަރާތްތަކުގެ ޙައްޤު ހޯދުމަށް ސިވިލް ކޯޓުގައި ދަޢުވާ އުފުލާފައިވާކަން އެނގެން އޮތަތީ، ދަޢުވާގައި ހޯދުމަށް އެދި
ހުށަހަޅާފައިވާ ފައިސާއަކީ ޙަސަން އަލީއަށް އަޙްމަދު ޢަލީ އާއި މުޙައްމަދު ޝަރީފުގެ ފަރާތުން ދޭންޖެހޭ
ފައިސާކަން ސާބިތުވާކަމުގައި ކަނޑައަޅުއްވާ، އެ 1,484,624
/
47ރ. (އެއްމިލިއަން ހަތަރުލައްކަ އަށްޑިހަ
ހަތަރުހާސް ހަސަތޭކަ ސައުވީސްރުފިޔާ ސާޅީސް ހަތްލާރި) ޙަސަން ޢަލީއަށް ރައްދުކުރުމުގެ ގޮތުން 12 އޭޕްރީލް
2011 ދުވަހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުމެ އެބަހަކަށް ޖެހޭ ޢަދަދަށްވުރެ
މަދުނޫން މިންވަރެއް ސިވިލް ކޯޓަށް ދައްކާ ޚަލާޞްކުރުމަށް އަޙްމަދު ޢަލީ އާއި މުޙައްމަދު ޝަރީފަށް
އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެންއޮވެއެވެ.
ucou
ދި 4 ދ ތ ދވ
އިނގޭފަކިން
ދ ވ
ބަޔާންކުރެވުނު
02- އިސްވެ
ގޮތުގެމަތީން ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1106ޤަޟިއްޔާގައި
ޙުކުމް ކުރެއްވުމުން، އަޙްމަދު ޢަލީ އާއި މުޙައްމަދު ޝަރީފުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ތިން
ނުކުތާ ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ccc
03- ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1106 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި،
އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އަޙްމަދު ޢަލީ އާއި މުޙައްމަދު ޝަރީފުގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
އާ
4
2011/HC-A/170
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
4 އ ދމ ޏ ސ ޑ ޓ
ހ3ކރވއވ.
އެނބޫމާގެ ގޯތީގައި ޢިމާރާތް ކުރުމާ ބެހޭގޮތުން ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ
އެގްރީމެންޓްގެ ދަށުން އެގޯތީގައި ޙަސަން ޢަލީ ކުރަންފަށާފައިވާ ޢިމާރާތުގެ މަސައްކަތް ގޮސްފައިވާ ހިސާބަށާއި،
ޢިމާރާތުގެ ފެންވަރަށާއި، ޢިމާރާތްކުރުމުގައި ކުރެހުމާ ޚިލާފުވެފައިވާނަމަ އެޚިލާފުވެފައިވާ ކަންކަމުގެ މައްޗަށް
ރިޢާޔަތްކުރެވިގެން އެމަސައްކަތްތަކަށް ޝަރީޢަތުން އަގެއް ކަނޑައަޅައިދިނުމަށް ދެފަރާތުންވެސް އެދިފައިވާކަމާއި،
އެގޮތުން އެކަން ކަމުގެ މައްޗަށް ރިޢާޔަތްކޮށް އެގޯތީގައި ކޮށްފައިވާ ޢިމާރާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި
ކުރުމުގެ އަގެއް ކަނޑައަޅައިދިނުމަށް އަގުކޮމިޓީގައި އެދުމުން، އެޢިމާރާތުގައި ކޮށްފައިވާ މަސައްކަތަށް ބަލާއިރު
ކޮށްފައިވާ މަސައްކަތް ރަނގަޅުކަމަށް ބެލެވޭކަމަށް އަގުކޮމިޓީން ފާހަގަކުރުމަށްފަހު ތަކެތީގެ އަގާއި މަސައްކަތުގެ
އަގާއި ޓްރާންސްޕޯޓްގެ އަގު ހިމެނޭ ގޮތުން އެޢިމާރާތުގައި ކޮށްފައިވާ އެންމެހައި މަސައްކަތްތަކުގެ ޖުމްލަ އަގަކީ
1,484,624147ރ. (އެއްމިލިއަން ހަތަރުލައްކަ އަށްޑިހަ ހަތަރުހާސް ހަސަތޭކަ ސައުވީސްރުފިޔާ ސާޅީސް
ހަތްލާރި) ކަން، މ. އެނބޫމާގެ އެވެކިޔާ ގޯތީގައި (1632 އަކަފޫޓްގެ ސަރަޙައްދުގެ ތެރޭގައި) 08 ބުރީގެ
ފައުންޑޭޝަން އަޅައި ޢިމާރާތް ކުރުމާބެހޭ ގޮތުން އެއްފަރާތުން ދަފްތަރު ނަންބަރު 3033 (ހ. ފެންނާ) ޙަސަން
ޢަލީ އާއި އަނެއްފަރާތުން މ. އެނބޫމާގެ އަޙްމަދު ޢަލީ އާއި މުޙައްމަދު ޝަރީފާއި ދެމެދު 01 ޖުލައި 2006
ދުވަހު ސޮއިކޮށްފައިވާ އެގްރީމެންޓާ އެއްގޮތަށް ޙަސަން ޢަލީ ޢަމަލުކޮށްފައިނުވާކަމަށް ބުނެ އެގްރީމެންޓް
ބާތިލްކޮށްދިނުމަށް އެދި އަޙްމަދު ޢަލީ އާއި މުޙައްމަދު ޝަރީފުގެ ފަރާތުން މަދަނީކޯޓަށް ހުށަހެޅުމުން އެކޯޓުން
ބައްލަވާފައިވާ އެކޯޓުގެ ނަންބަރު 2009/MC/1104 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން
އޮވެފައި، އެޤަޟިއްޔާގެ ޙުކުމް އިސްތިއުނާފު ކުރެވިފައިނުވާކަން މިމައްސަލައާއި ގުޅިގެން އަޙްމަދު ޢަލީ އާއި
މުޙައްމަދު ޝަރީފުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތުމާއެކު
މަދަނީކޯޓުގެ ނަންބަރު 2009/MC/1104 ޤަޟިއްޔާގެ ޙުކުމަށް ބަދަލެއް ނައިސް އޭގެ ޞައްހަކަންމަތީ
ދެމިއޮތްކަން އެނގެއެވެ.
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2011/HC-A/17
COOC
(ދ) ސިވިލް ކޯޓުގެ ނަންބަރު 2009/Cv-C/362 ޤަޟިއްޔާއަކީ އެއްފަރާތުން އަޙްމަދު ޢަލީ އާއި
މުޙައްމަދު ޝަރީފު އަނެއްފަރާތުން ޙަސަން ޢަލީ އާއި ދެމެދު މ. އެނބޫމާގެ އެވެކިޔާ ގޯތީގެ 1632 އަކަފޫޓްގެ
ސަރަޙައްދުގެ ތެރޭގައި 08 ބުރީގެ ފައުންޑޭޝަން އަޅައި ޢިމާރާތް ކުރުމާބެހޭ ގޮތުން ސޮއިކުރެވިފައި އެގްރީމެންޓާ
ޙަސަން ޢަލީ ޚިލާފުވެފައިވާތީ، އެކަމުގެ ސަބަބުން އަޙްމަދު ޢަލީ އާއި މުޙައްމަދު ޝަރީފަށް ލިބުނު ގެއްލުމުގެ
ބަދަލު ހޯދުމަށް އަޙްމަދު ޢަލީ އާއި މުޙައްމަދު ޝަރީފުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެއްކަން އަޙްމަދު ޢަލީ
އާއި މުޙައްމަދު ޝަރީފުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއި؛
ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1106 ޤަޟިއްޔާއަކީ އިޝާރާތްކުރެވުނު އެގްރީމެންޓްގެ ދަށުން
ޙަސަން ޢަލީގެ ފަރާތުން ކޮށްފައިވާ މަސައްކަތުގެ އަގެއްގެ ގޮތުގައި މަދަނީކޯޓުގެ ނަންބަރު 2009/MC/1104
ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ
1,484,624147ރ. (އެއްމިލިއަން ހަތަރުލައްކަ އަށްޑިހަ ހަތަރުހާސް ހަސަތޭކަ
ސައުވީސްރުފިޔާ ސާޅީސް ހަތްލާރި) ލިބިދިނުމަށް އެދި ޙަސަން ޢަލީގެ ފަރާތުން ހުށަހެޅުމުން ބައްލަވާފައިވާ
ޤަޟިއްޔާއެއް ކަމަށްވާއިރު، ސިވިލް ކޯޓުގެ ނަންބަރު 2009/Cv-C/362 ޤަޟިއްޔާ އާއި ސިވިލް ކޯޓުގެ
ނަންބަރު 2010/Cv-C/1106 ޤަޟިއްޔާއަކީ އެއް ޚަޞްމުން ތަކެއް ހިމެނޭ ދެޤަޟިއްޔާއަށް ވީނަމަވެސް ދެ
ޤަޟިއްޔާއަކީ މައުޟޫޢީ ގޮތުން ގުޅުމެއް ހުރި ތަފާތު ދެ މައްސަލަކަމާއި، ދެމައްސަލަ
ގެންގޮސްފައިވަނީ ތަފާތު ދެސެކްޝަނުންކަން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކުން އެނގެން އޮތުމާއެކު،
ޚަޞްމުންތަކެއް
ހިމެނޭ މައުޟޫޢީ ގޮތުން ގުޅުމެއްހުރި ތަފާތު
ދެމައްސަލައެއް އެއްކޮން
ހިންގުމާއި އަދި ވަކި ވަކިން ހިންގުމަކީ ޢަމަލުކުރެވެމުންދާ
ކުރެވެމުންދާ ޤާނޫނީ ނުވަތަ ޝަރުޢީ
އެއްވެސް އުޞޫލަކާއި ޚިލާފުވާ ކަމެއް ކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
42 ފ ދ ތ
އެ އެ
01 s
(ނ) މަދަނީކޯޓުގެ ނަންބަރު 2009/MC/1104 ޤަޟިއްޔާގެ ޙުކުމުގައި ޙަސަން ޢަލީގެ ފަރާތުން
މ.އެނބޫމާގެ އެވެކިޔާ ގޯތީގައި ކޮށްފައިވާ މަސައްކަތުގެ އަގު ހޯދުމަށް ޙަސަން ޢަލީ ދަޢުވާކޮށް ފިނަމަ ޝަރީޢަތުން
ކަނޑަޅާ ގޮތެއްގެ މަތިން އެފައިސާ ލިބިދެވޭނެ ކަމަށް ކަނޑައަޅުއްވާފައިވާއިރު، އެފައިސާ ހޯދުމަށް ޙަސަން ޢަލީގެ
ފަރާތުން އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1106 ޤަޟިއްޔާގައި އެދިފައިވާ ކަމާއި،
މަދަނީކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅުއްވާފައިވާ
4 3xt
034
11(04/MC/2009
ދިވެހި#
އާއިކް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
އާއި
6
2011/HC-A/170
1,484,624
/
47ރ. (އެއްމިލިއަން ހަތަރުލައްކަ އަށްޑިހަ ހަތަރުހާސް ހަސަތޭކަ ސައުވީސްރުފިޔާ ސާޅީސް
ހަތްލާރި) ޙަސަން ޢަލީއަށް ރައްދުކުރުމުގެ ގޮތުން 2011 އޭޕްރީލް 12 ވަނަ ދުވަހުން ފެށިގެން 12 (ބާރަ)
މަސްދުވަހުގެ ތެރޭގައި މަދުވެގެން އެމަހަކަށް ޖެހޭ ޢަދަދަށް ވުރެ މަދުނޫން މިންވަރެއް ސިވިލް ކޯޓަށް ދެއްކުމަށް
އަޙްމަދު ޢަލީ އާއި މުޙައްމަދު ޝަރީފަށް އަންގަވާ ޙުކުމް ކުރައްވާފައިވާކަމާއި، އެޙުކުމް ޚިލާފުވާ ޝަރުޢީ ނުވަތަ
ޤާނޫނީވިޔަސް އުސޫލެއް އަޙްމަދު ޢަލީ އާއި މުޙައްމަދު ޝަރީފުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް ހުށަހެޅިފައިނުވާކަން އެނގެއެވެ.
ވީމާ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1106 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު
ނަންޖެހޭ ސަބަބެއް އޮތްކަމަކަށް މިމައްސަލަ ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް
އެއްބަހެއް ނުވެވުނެވެ.
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތީން
ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1106 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތް ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv