ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/222 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/222
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
29
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 222/HC
-
A/2010
• އިސްތިއުނާފު ކުރިފަރާތް
* ނަން: އާސިޔަތު ނިޒާރު
ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު 1925
އައިޑީ
ކާޑު ނަންބަރ :
މިހާރުގެ އެޑްރެސް: މއ.މާފޮޅޭގެ/ ކ.މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މޯލްޑިވްސް ދޯނި ސަރވިސަސް ޢަލީ މޫސާ} * ދާއިމީ އެޑްރެސް: ހ.އާޝިޔާނާ
އައިޑީ
ކާޑު ނަންބަރ: A065018 * މިހާރުގެ އެޑްރެސް: ލ.ވެލިގާބިލްޑިންގ
A050898
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 09 ޝައްވާލް 1432 *ނިމުނު ތާރީޚް: 25 ޝަޢުބާން 1434
18 އޮކްޓޯބަރ 2010
04 ޖުލައި
2013
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/MC/2243
ނިންމިކޯޓް: މަދަނީކޯޓު
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ހުށްހެޅުނު ތާރީޚް: 30 ސެޕްޓެމްބަރ 2009 ، ނިމުނު ތާރީޚް: 16 ސެޕްޓެމްބަރ 2010
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަބްދުލްޣަނީމުޙައްމަދު،
ފަނޑިޔާރު ޢަލީ ސަމީރު
*
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 325029
3، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.flighcourt.gov.mv
ވާ، *
2
2013/HC-A/222
ދަޢުވާގެ ޚުލާސާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/2243 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ދަފްތަރު ނަންބަރު
1725 މއ.މާފޮޅޭގެ އާސިޔަތު ނިޒާރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެވެ
ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި، ދަޢުވާ ރައްދުވާ ފަރާތަކީ މޯލްޑިވްސް ދޯނީސަރވިސަސް (ޢަލީ މޫސާ
ހ.އާޝިޔާނާ) އެވެ.
-01
މަދަނީ
ކޯޓުގެ ނަންބަރު 2009/MC/2243 ޤަޟިއްޔާ އަކީ، މއ.މާފޮޅޭގެ އާސިޔަތު
ނިޒާރު، މޯލްޑިވްސް ދޯނި ސަރވިސަސް އަށް ދީފައިވާ ;
616.900ރ. (ހައްލައްކަ ސޯޅަހާސް ނުވަސަތޭކަ
ރުފިޔާ) އަދާކުރުމުގެ ގޮތުން އާސިޔަތު ނިޒާރު އަށް މޯލްޑިވްސް ދޯނި ސަރވިސަސްގެ މަސްއޫލުވެރިފަރާތް
ކަމުގައިވާ ހ.އާޝިޔާނާ ޢަލީ މޫސާ ދީފައިވާ 20 (ވިހި) ޗެކު އެކައުންޓްގައި ފައިސާ ނެތުމުގެ ސަބަބުން
ބައުންސްވެފައިވާތީއާއި، ޗެކުތަކުގައިވާ ފައިސާ ދިނުމަށް އެކިފަހަރު މަތިން އެދުމުންވެސް އެފައިސާ
ލިބިފައިނުވާތީ، މިޗެކުތަކުގައިވާ ފައިސާ ހޯދުމަށް އެދި އާސިޔަތު ނިޒާރުގެ ފަރާތުން މޯލްޑިވްސް ދޯނި
ސަރވިސަސްގެ މައްޗަށް ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަމާއި
އެމައްސަލަ ނިންމަވާފައިވަނީ ދެންފަހެ، މއ.މާފޮޅޭގެ އާސިޔަތު ނިޒާރު (ދ.ރ.ކާޑް
A050898) އަށް މޯލްޑިވްސް ދޯނި ސަރވިސަސްގެ މަސްއޫލުވެރިފަރާތް ކަމުގައިވާ މ.އާޝިޔާނާ ޢަލީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި މާލެ، ދިވެހިރާއްޖެ، ފޯން 3325129، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my emas
ވާ، *
3
201{/HC-A/222
<< X
މޫސާ (ދ.ރ.ކާޑް:A065018) ދީފައިވާ 20 ޗެކު ގައިވާ ޢަދަދަށް އެކައުންޓްގައި ފައިސާ ނެތިގެން
ބައުންސްވެފައިވަތީ، ޗެކްތަކުގައިވާ ފައިސާ ދިނުމަށް އެކިފަހަރު މަތިން އެދުމުންވެސް އެފައިސާ
ލިބިފައިނުވާކަމަށްބުނެ، ޗެކްތަކުގައިވާ ފައިސާ ހޯދުމަށް އެދިގެން މޯލްޑިވްސް ދޯނި ސަރވިސަސްގެ
މައްޗަށް މއ. މާފޮޅޭގެ އާސިޔަތު ނިޒާރު (ދ.ރ.ކާޑް:A050898) ކުޅަދަޢުވާއަށް ޝަރީޢަތުގެ ހަމަތަކުގެ
މަތިން ބެލިއިރު،
މޯލްޑިވްސް ދޯނި ސަރވިސަސްގެ ނަމުގައި ޖުމްލަ -/
616,900ރ. (ހައްލައްކަ ސޯޅަހާސް
ނުވަސަތޭކަ ރުފިޔާ) ގެ 20 ޗެކެއް އާސިޔަތު ނިޒާރަށް ޢަލީ މޫސާ ދޫކޮށް، މި 20 ޗެކުގައިވާ ޢަދަދުތަކަށް
އެކައުންޓްގައި ފައިސާ ނެތިގެން ޗެކްތައް ބައުންސްވެފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން
202c
އެނގޭކަމާއި،
4 244
އެކައުންޓްގައި ފައިސާ ނެތި ޗެކްދޫކުރުމުގެ ސަބަބުން އެޗެކްތައް ބައުންސްވުމަކީ އެކަމުގެ
ސަބަބުން ޤާނޫނީ ކުށެއް އުފެދޭކަމެއްކަމާއި،
ހުންނަމަވެސް ޗެކަކީ އޭގެ ޒާތުގައި ޙާދިޘާ ޘާބިތުކޮށްދޭ
ހެއްކަކަށްނުވާކަމުން، ޙާދިޘާ ޘާބިތުނުކޮށްދޭ ހެއްކަކުން މައްސަލަ ޘާބިތުކުރެވޭނީ އެޙާދިޘާއެއް ޘާބިތުވުމުން
ކަމުގައިވާ ހިނދު،
ޙާދިޘާ ޘާބިތުވާން ނެތި، ބައުންސްވެފައިވާ ޗެކެއް އޮތުމަކީ އޭގެ އަޞްލުން މަދަނީ ހައްގެއް
އުފެދޭނެ ކަމެއްކަމުގައި ނުވާތީއާއި، ދަޢުވާ ޘާބިތުކުރުމަކީ ދަޢުވާކުރާ ފަރާތުން ކުރަންޖެހޭކަމެއް
ކަމަށްވެފައި، ދަޢުވާގައި ޢަލީ މޫސާގެ ކިބައިން ހޯދުންއެދިފައިވާ -/616,900ރ. (ހައްލައްކަ ސޯޅަހާސް
ނުވަސަތޭކަ ރުފިޔާ) ޢަލީ މޫސާގެ ފަރާތުން އާސިޔަތު ނިޒާރަށް ދޭންޖެހޭ ސަބަބު ނުވަތަ މިކަމުގެ ޙާދިޘާ
އާސިޔަތު ނިޒާރަށް ޝަރީޢަތަށް ޘާބިތުކޮށްދެވިފައިނުވާތީ، ދަޢުވާގައި އެދިފައިވާ ފައިސާ ޢަލީ މޫސާގެ
ކިބައިން ނަގައިދެވޭނެތަނެއް ނެތްކަމަށް ކަނޑައަޅައި، ޙުކުމްކޮށްފީމެވެ." މި ފަދައިންނެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނިމުލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ވާ، *
4
2{10/HC-A/222
<
ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ، ދަފްތަރު ނަންބަރު 1925 މއ.މާފޮޅޭގެ އާސިޔަތު ނިޒާރުގެ
ފަރާތުން 09 (ނުވައެއް) ނުކުތާ ހުށައަޅައި އެނުކުތާއާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ފައިސާގެ މުޢާމަލާތުގެ ފެށުމުގައި ވާހަކަ ދެއްކުނުއިރު އެޙާޟިރުގައި
އިންނެވި ޢަލީ މޫސާގެ އަނބި ނަސީރާގެ ނަން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާއިރުގައި މިހެކި
ޝަރީޢަތަށް ޙާޟިރު ނުކުރެއްވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
# .
* 04
ގުޅޭ
ނަން
ދެވަނަ ނުކުތާއަކީ، ޗެކްތައް ބައުންސްވުމުން އެކަން އަންގައި، އަދި 7 ދުވަހުގެ ތެރޭގައި
ފައިސާ ދެއްކުމަށް އަންގައި، 28 ޖޫން 2009 ގައި ލިޔެ ޕޯސްޓްކުރި ސިޓީ،ޢަލީ މޫސާ އޭނާ ރަށުގައި
ނެތިގެން ޕޯސްޓުން އޭނާއަށް ރައްދު ނުކުރެވި އަނބުރައި އައުމުން، އެސިޓީ ޢަލީ މޫސާއަށް
ރައްދުކުރުމަށްޓަކައި އޭނާގެ ދަރިފުޅު އައިމިނަތު ނަލީޝާއާއި ޙަވާލު ކޮށްފައިވާތީ މިކަމުގެ ހެއްކެއްގެ
ގޮތުގައި ޙާދިޘާއާއި ކަމަކަށްވާތީ އައިމިނަތު ނަލީޝާގެ ޝަރީޢަތަށް
ހުށަހަޅާފައިވުމާއިއެކުގައިވެސްއައިމިނަތު ނަލީޝާގެ ބަހެއް ޝަރީޢަތުން ހޯއްދަވާފައި ނުވުން ކަމަށް ބުނެ
ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، ޢަލީ މޫސާ،މޯލްޑިވްސް ދޯނި ސާރވިސަސްއަށް އާސިޔަތު ނިޒާރުގެ
އަމިއްލަ އެކައުންޓުންނާއި، އަދި އާސިޔަތު ނިޒާރު ޙިއްސާވާ ނިއުކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ
އެކައުންޓުން އާސިޔަތު ނިޒާރު ދީފައިވާ ފައިސާގެ ބައެއް ޗެކްތައް ކައުންޓަރފައިލް ޝަރީޢަތަށް
ހުށަހަޅާފައިވާއިރުގައި، މިކަން ބޭންކުން ނުބައްލަވައި އަދި މިކަމަށް ރިޢާޔަތް ނުކުރައްވައި މައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 325029
3، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ކާއީކޯޓް
ވާ، *
5
2{10/HC-A/222
404
ނިންމެވުން ކަމަށާއި މިދެންނެވި ޗެކްތަކުގެ ކައުންޓަރފައިލްތައް ޤަޟިއްޔާގެ ރިޕޯޓުގައި ހިމަނުއްވާފައިވެސް
ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ، ޗެކްތަކުގައިވާ ސޮއިއާއިމެދުގައި ޢަލީ މޫސާ ޝަރީޢަތުގައި
އިންކާރު ކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ފަސްވަނަ ނުކުތާއަކީ، ދަޢުވާއަށް ޖަވާބު ދިނުމުގައި ޖަވާބުފޯމުގެ 8 ވަނަ ނަންބަރުގައާއި
އަދި ޝަރީޢަތަށް ހުށަހަޅާފައިވާ ބަޔާނުގައި އެޗެކުތަކަކީ ޢަލީ މޫސާގެ އަތުން އާސިޔަތު ނިޒާރު
ވަގަށްނަގާފައިވާ ޗެކްތަކެއްކަމަށް ބުނާއިރު ޢަލީ މޫސާގެ އެބުނުން ނުވަތަ އެޝަކުވާ ޝަރީޢަތަށް
ސާބިތުކޮށްދެވިފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ހަވަނަ ނުކުތާއަކީ، ޢަލީ މޫސާގެ އެހާގިނަ ޢަދަދެއްގެ ޗެކް ޔަޢުނީ މިޤަޟިއްޔާގައި
ބަޔާންކުރާ 20 ޗެކު، ވީނުވީއެއްނޭގި ގެއްލިފައިވާކަމަށް ޢަލީ މޫސާ ޝަރީޢަތުގައި ބުނާއިރު އެއިން އެންމެ
ޗެކެއްވެސް ގެއްލިފައިވާކަން ބޭންކަށް އަންގާފައި ނުވާކަމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ހަތްވަނަ ނުކުތާއަކީ، އާސިޔަތު ނިޒާރަށް ޢަލީ މޫސާ ދީފައިވާ 20 ޗެކު ބައުންސް
ވެފައިވާއިރުގައި، ބޭންކުން އެއެކައުންޓުގެ ވެރިފަރާތަށް،އާދެ! ޢަލީ މޫސާއަށް އެކަން އަންގަވާފައިވޭތޯއާއި،
އެކަމާއިމެދުގައި ބޭންކުން ޢަމަލުކުރައްވާފައިވޭތޯއާއި، އަދި އެކަމުގައި ބޭންކުގެ ބަހަކީ ކޮބައިތޯ ޝަރީޢަތުން
ނުބައްލަވާ މައްސަލަ ނިންމެވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އަށްވަނަ ނުކުތާއަކީ، މައްސަލަ ބައްލަވަން ވާވަރަށް މައްސަލަ ނުބައްލަވާ މައްސަލަ
ނިންމަވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެ
ނުވަވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 16/95 ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި
ގެންގުޅެވޭ ލިޔުމާބެހޭ ޤާނޫނާ ޚިލާފަށް ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
.هއވެ"
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި/ މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ކާއީކޯޓް
ވާ، *
6
2{10/HC-A/222
03- މަދަނީ ކޯޓުގެ ނަންބަރު 2009/MC/2243 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ ދަފްތަރު ނަންބަރު 1925 މއ.މާފޮޅޭގެ އާސިޔަތު ނިޒާރުގެ
ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި އެނުކުތާތަކާއި ގުޅިގެން ދެފަރާތުން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް
ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ)ފުރަތަމަ ކަމަކީ، އިސްތިއުނާފު މިކުރެވޭ މަދަނީ ކޯޓުގެ ނަންބަރު 2009/MC/2243
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު އެޤަޟިއްޔާއަކީ މޯލްޑިވްސް ދޯނި ސަރވިސަސްގެ
ވެރިފަރާތް
ފަރާތް ކަމަށްވާ ޢަލީ މޫސާ ދޯނި ސަރވިސަސްގެ ވިޔަފާރި ހިންގުމަށް ފައިސާ ބޭނުންވެގެން އެކިފަހަރު
މަތިން އާސިޔަތު ނިޒާރުގެ އަތުން ނަގާފައިވާ ފައިސާ -/616900 ރ. (ހައްލައްކަ ސޯޅަހާސް ނުވަސަތޭކަ
ރުފިޔާ) އަދާ ކުރުމުގެ ގޮތުން މޯލްޑިވްސް ދޯނި ސަރވިސަސްގެ މަސްއޫލުވެރި ފަރާތް ކަމުގައިވާ ޢަލީ
މޫސާ ދީފައިވާ 20 (ވިހި) ޗެކް އެކައުންޓްގައި ފައިސާ ނެތުމުގެ ސަބަބުން އެޗެކްތައް ބައުންސްވެފައިވާތީ
އާއި ޗެކް ތަކުގައިވާ ފައިސާ ދިނުމަށް އެކިފަހަރުމަތިން އެދުމުންވެސް އެފައިސާ ދީފައި ނުވާކަމަށް ބުނެ
އާސިޔަތު ނިޒާރުގެ ފަރާތުން މޯލްޑިވްސް ދޯނި ސަރވިސަސްގެ ވެރި ޢަލީ މޫސާގެ މައްޗަށް ހުށަހެޅުމުން
ބެލިފައިވާ މައްސަލައެއްކަން އެނގެން އޮތް އިރު
މިދަޢުވާއަށް ޢަލީ މޫސާ އިންކާރުކޮށް ދަށުކޯޓަށް ދީފައިވާ ބަޔާނުގައި އާސިޔަތު ނިޒާރުއަށް
ޢަލީ މޫސާ ޗެކްތަކެއް ދީފައިނުވަނީސް ޢަލީ މޫސާގެ ޗެކްތަކެއް ވަގަށްނަގައި ޗެކް ތަކެއްގައި ޢަދަދު ތަކެއް
ޖަހައި އާސިޔަތު ނިޒާރުގެ އަމިއްލަ ނަންޖަހާ ތާރީޚް ތަކެއް ޖަހާ ބޭންކަށްގޮސް ޢަލީ މޫސާގެ
އެކައުންޓްތަކުން ވަގަށް އަދި މަކަރާ ހީލަތުން ފައިސާ ނަގަން މަސައްކަތްކޮށްފައިވާ ކަމަށާއި، ޝަރީޢަތަށް
ހުށަހެޅިފައިވާ ޗެކްތަކަކީ އެއްވެސް ހާލެއްގައި ޢަލީ މޫސާ ލިޔެފައިވާ ޗެކްތަކެއް ނޫން ކަމަށާއި އަދި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި މާލެ، ދިވެހިރާއްޖެ، ފޯން 3325129، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ވާ، *
7
2010/HC-A/222
އާސިޔަތު ނިޒާރުގެ އަތުން އެއްވެސް އިރެއްގައި އަނބުރާ ފައިސާ ދައްކާ ގޮތަށް ފައިސާ ނެގުމަށްފަހު
ދީފައިވާ ޗެކް ތަކެއް ނޫން ކަމުގައިވެސް ޢަލީ މޫސާ ބުނެފައިވާކަން އެނގޭކަމެވެ.
(ނ) ދެވަނަކަމަކީ، އެކައުންޓްގައި ފައިސާނެތި ޗެކް ދޫކުރުމުގެ ސަބަބުން އެޗެކް ބައުންސްވެގެން
ޗެކްގައިވާ ޢަދަދަށް ފައިސާ ހޯދުމަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގައި، ހަމައެކަނި ޗެކެއް އޮތުމަކީ އޭގެ
ޒާތުގައި ހާދިސާ ސާބިތުކޮށްދިނުމަށް ފުދޭ ހެއްކެއް ކަމުގައި ނުބެލުނު ނަމަވެސް މިފަދަ ޗެކެއް އޮތުމަކީ
ފައިސާ ދައްކަން ޖެހޭ ކަމުގެ މައްޗަށް އޮތް ހަރުދަނާ ޤަރީނާއެއް ކަމުގައި ބެލެވޭނެކަމާއި، މިގޮތުން މިފަދަ
ޗެކުތަކެއް ހުރެ އެކަމަށް ބާރު ލިއްބައިދޭ އިތުރު ހަރުދަނާ ޤަރީނާތަކެއް ހުރެއްޖެނަމަ އެކަމުގެ މައްޗަށް
ޝަރީޢަތުން ރިޢާޔަތްކުރަން ޖެހޭނެކަމާއި، މިމައްސަލައާއި ގުޅިގެން އާސިޔަތު ނިޒާރުގެ ފަރާތުން ދަށުކޯޓަށް
ދީފައިވާ ބަޔާންތަކާއި ހުށަހެޅިލިޔުންތަކަށް ބަލާއިރު، އާސިޔަތު ނިޒާރުގެ ދަޢުވާ ސާބިތުކުރުމަށް އޭނާގެ
ފަރާތުން ހަމައެކަނި ހުށަހަޅާފައިވަނީ ބައުންސްވެފައިވާ ޗެކްތައް އެކަނި ނޫންކަމާއި، ޢަލީ މުސާ އާއި
އާސިޔަތު ނިޒާރާއި ދެމެދު ފައިސާގެ މުޢާމަލާތެއް ހިނގިކަން ސާބިތުކޮށް ދިނުމަށް އާސިޔަތު ނިޒާރުގެ
ފަރާތުން ވަނީ އާސިޔަތު ނިޒާރުގެ އަމިއްލަ އެކައުންޓަކުންނާއި، އޭނާ ޙިއްސާވާ ކުންފުންޏެއްގެ
އެކައުންޓުން ޢަލީ މޫސާއަށް ދަރަންޏަށް ފައިސާ ދިންކަން ސާބިތުކުރުމަށް ދަށު ކޯޓަށް ލިޔެކިޔުން ހުށަހަޅައި
އެކަން ދަންނާނެ ހެކިން ހުށަހަޅާފައިކަމާއި، އެހެންނަމަވެސް މިއިންއެއްވެސް ލިޔުމަކަށްވެސް އަދި
ހެއްކަކަށްވެސް މަދަނީކޯޓުން މިމައްސަލަ ބެލުމުގައި ރިޢާޔަތްކޮށްފައިވާކަން އެނގެން ނެތްއިރު، މިލިޔުންތަކާއި
ހެކި ތަކުގެ މައްޗަށް ރިޢާޔަތް ނުކުރި ސަބަބެއްވެސް މަދަނީކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި
ފާހަގަކުރައްވާފައި ނެތްކަން އެނގޭކަމެވެ.
Oxo
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 325029
3، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ކާއީކޯޓް
ވާ، *
8
2013/HC-A/222
(ނ) ތިންވަނަ ކަމަކީ، ޢަލީ މޫސާގެ ޗެކްތަކެއް އާސިޔަތު ނިޒާރު ވަގަށްނަގާ ޢަލީ މޫސާގެ
އެކައުންޓުތަކުން ވަގަށް އަދި މަކަރާއި ހީލަތުން ފައިސާ ނަގަން އާސިޔަތު ނިޒާރު މަސައްކަތް
ކޮށްފައިވާކަމަށް ޢަލީ މޫސާގެ ފަރާތުން ބުނެފައިވާއިރު
އާސިޔަތު ނިޒާރު ދަށު ކޯޓުގެ ޝަރީޢަތަށް ހުށަހަޅާފައިވާ އިސްވެ ބަޔާން ކުރެވުނު ޗެކްތަކުގެ
ތެރެއިން ބައެއް ޗެކްތަކަކީ ބޭންކް އޮފް މޯލްޑިވްސްގައި ޢަލީ މޫސާގެ އަމިއްލަ ނަމުގައި އޮތް އެކައުންޓުގެ
ޗެކްތަކެއް ކަމާއި އަދި އަނެއްބައި ޗެކް ތަކަކީ ޢަލީ މޫސާގެ މޯލްޑިވްސް ދޯނި ސަރވިސަސް ނަމުގައި
އޮންނަ އެކައުންޓުގެ ޗެކް ތަކެއް ކަންވެސް އެގޭކަމާއި އަދި އެހުރިހާ ޗެކެއްގައި ކޮށްފައިވާ ސޮއި
އެއްގޮތްކަން އެގޭ ކަމާއި އަދި އެޗެކްތަކަކީ ޢަލީ މޫސާގެ އަތުން ވަގަށް ނަގާފައިވާ ޗެކްތަކެއް ކަމަށް ޢަލީ
މޫސާ ޝަރީޢަތުގައި ބުނެފައިވާއިރު އެޗެކް ތަކުގައި ކުރެވިފައިވާ ސޮޔާމެދު ޢަލީ މޫސާ އިންކާރުކޮށްފައި
ނުވާކަން އެނގެއެވެ.
(ށ) ހަތަރުވަނަ ކަމަކީ، ޢަލީ މޫސާގެ ފަރާތުން 14 ސެޕްޓެމްބަރ 2010 ގައި މަދަނީ ކޯޓަށް
ދީފައިވާ ބަޔާނުގައި " ދަޢުވާގައި ހުށަހަޅާފައިވާ ޗެކްގައިވާ ޢަދަދަށް ޢަލީ މޫސާ ފައިސާ ނަގާފައިވެސް
ނުވާނެ ކަމަށް "
ބުނެފައިވާއިރު ޢަލީ މޫސާގެ އެބަޔާނުން އޭނާ އާސިޔަތު ނިޒާރު އަތުން އެއްވެސް
މިންވަރަކަށް ފައިސާ ނެގުން ނަފީވެގެންގޮސްފައިނުވާކަން އެގޭކަމާއި
އަދި ޢަލީ މޫސާގެ ފަރާތުން މަދަނީ ކޯޓަށް ހުށަހެޅި 8 ޖުލައި 2010 ގެ ތާރީޚް ލިޔެފައިވާ
ބަޔާނުގައި "ނަގުދު ފައިސާއިން އެއްވެސް މިންވަރެއް އާސިޔަތު ނިޒާރު އަތުން ލިބިފައި ނުވާކަމަށް" ޢަލީ
މޫސާގެ ފަރާތުން ބުނެފައިވާއިރު މިބަޔާނުންވެސް އާސިޔަތު ނިޒާރުގެ އަތުން އެއްވެސް ގޮތަކަށް ޢަލީ
މޫސާއަށް ފައިސާ ލިބިފައިވާކަން ނަފީވެގެން ގޮސްފައި ނުވާކަން އެގޭކަމާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 325029
3، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my emas
ވާ، *
9
2{10/HC-A/222
އަދި ޢަލީ މޫސާގެ ފަރާތުން މަދަނީ ކޯޓަށް ހުށަހެޅި 31 އޯގަސްޓް 2010 ގެ ތާރީޚް
ލިޔެފައިވާ ބަޔާނުގައި " އާސިޔަތު ނިޒާރު އަތުން ޢަލީ މޫސާ ނަގާފައިވާ ފައިސާގެ ފުރިހަމަ އަދަދަކީ
ކޮބައިކަމާއި ޢަލީ މޫސާ އަތުން އާސިޔަތު ނިޒާރަށް މިހާތަނަށް ލިބިފައިވަނީ ކިހާވަރެއް ކަމާއި ނުދެވި ބާކީ
ހުރީ ކިހާވަރެއްކަން އެގެން ބޭނުން ކަމުގައި " ޢަލީ މޫސާގެ ފަރާތުން ބުނެފައިވާއިރު ޢަލީ މޫސާ އާސިޔަތު
ނިޒާރުގެ އަތުން އަނބުރާ ދައްކާ ގޮތަށް ފައިސާ ނަގާފައި ނުވާނަމަ ނުދެއްކި ބާކީ އޮތް މިންވަރު ބެލުމުގެ
ބޭނުމެއް ނޯންނާނެ ކަންވެސް ފާހަގަކުރެވެއެވެ.
(ބ) ފަސްވަނަ ކަމަކީ، އާސިޔަތު ނިޒާރު މަދަނީ ކޯޓަށް ހުށަހެޅި ޗެކްތައް ވަގަށް
ނަގާފައިވާކަން ޢަލީ މޫސާއަށް އެގުނީ މިމައްސަލަ މަދަނީ ކޯޓަށް ހުށަހެޅި ހިގަމުން ދަނިކޮށް ކަމަށާއި
އެހާހިސާބުން އެކަން ފުލުހުންނަށް ހުށަހަޅާފައިވާކަމަށްވެސް ޢަލީ މޫސާގެ ފަރާތުން ބުނެފައި ވާއިރު މަދަނީ
ކޯޓަށް މައްސަލަ ހުށަހެޅިފައިވަނީ 30 ސެޕްޓެމްބަރ 2009 ގައި ކަން އެނގޭ ކަމާއި އަދި އާސިޔަތު
ނިޒާރު އަށް ޢަލީ މޫސާ ދޫކޮށްފައިވާ ޗެކްތަކެއްކަމަށްބުނެ އާސިޔަތު ނިޒާރު މަދަނީ ކޯޓަށް ހުށަހަޅާފައިވާ
ޗެކްތަކުގައި ހިމެނޭ ތާރީޚު ތަކަށް ބަލާއިރު އެޗެކްތަކަކީ 2009 ޖެނުއަރީ 01 ވަނަދުވަހާއި 2009 ޖޫން
09 ވަނަ ދުވަހާއި ދެމެދުގައިވާ ތާރީޚްތަކެއް ލިޔެވިފައިވާ ޗެކްތަކެއް ކަމަށްވާއިރު އަދި ޢަލީ މޫސާއަކީ
މޯލްޑިވްސް ދޯނި ސަރވިސަސްގެ ވެރިފަރާތް ކަމަށްވެސް ވާއިރު އެފަދަ ވިޔަފާރީގެ މުޢާމަލާތެއް ހިންގާ
ފަރާތަކުން ގިނައަދަދެއްގެ ޗެކްތަކެއް ވަގަށް ގެންގޮސްފައި ވާކަމަށް ބުނެފައިވާއިރު އެތައް މަސްތަކެއް
ފާއިތުވެގެން ދިޔައިރުވެސް އެކަން އެގިފައި ނުވާކަމަށް ބުނުމަކީ ބުއްދީގެ ހަމަތަކުން ޤަބޫލުކުރެވޭ
މިންވަރަށްވުރެން ދުރުކަމެއް ކަމުގައި ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 325029
3، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ކާއީކޯޓް
ވާ، *
10
2{10/HC-A/222
oec
(ޅ) ހަވަނަ ކަމަކީ، ޢަލީ މޫސާ ދަށު ކޯޓަށް ދީފައިވާ ބަޔާނުގައި އޭނާ އެއްވެސް އިރެއްގައި
އާސިޔަތު ނިޒާރުގެ އަތުން އަނބުރާ ފައިސާ ދައްކާ ގޮތަށް ފައިސާ ނެގުމަށްފަހު ޗެކްތަކެއް ދީފައިނުވާނޭ
ކަމަށް ޢަލީ މޫސާ ގެ ފަރާތުން ބުނެފައިވާއިރު
އާސިޔަތު ނިޒާރު ޢަލީ މޫސާ އަށް ދަރަންޏަށް ފައިސާ ދީފައިވާ ކަމަށް ބުނެ އާސިޔަތު
ނިޒާރު ޢަލީ މޫސާއަށް ދިން ކަމަށް ބުނާ ބައެއް ޗެކް ތަކުގެ ކައުންޓަރ ފައިލް ކޮޕީތައް ކޯޓަށް
ހުށަހަޅާފައިވާކަމާއި އޭގެ ތެރޭގައި އާސިޔަތު ނިޒާރުގެ އަމިއްލަ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ
ގައި ހުޅުވާފައިވާ ނަންބަރު 101-150384-7701 އެކައުންޓުން ދޫކޮށްފައިވާ 12 (ބާރަ) ޗެކުގެ
ކައުންޓަރ ފައިލް ކޮޕީ އާއި އާސިޔަތު ނިޒާރު ހިއްސާވާ ނިއުކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
ކޮމްޕެނީގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ނަންބަރު 001-142750-7701
އެކައުންޓުން ދޫކޮށްފައިވާ 13 (ތޭރަ) ޗެކުގެ ކައުންޓަރ ފައިލް ކޮޕީ އާއި ޖުމްލަ 25 (ފަންސަވީސް)
ޗެކްގެ ކައުންޓަރފައިލްކޮޕީ ހުށަހަޅާފައިވާ ކަމާއި މީގެތެރެއިން އެއްޗެކަށް ފައިސާ ނަގާފައިވާކަމާއި ދެންހުރި
ހުރިހާ ޗެކެއްވެސް ޖަމާވެފައިވަނީ އެބޭންކުގައި ޢަލީ މޫސާގެ ނަމުގައިވާ ނަންބަރު 001-101514-7701
އެކައުންޓަށާއި ޢަލީ މޫސާގެ މޯލްޑިވްސް ދޯނި ސަރވިސަސްގެ ނަންބަރު 001-101514-7704
އެކައުންޓަށްކަން ބޭންކް އޮފް މޯލްޑިވްސް، ޕލކގެ ނަންބަރު 2012
/
742/BML
/
LEGAL(31 މެއި
2012) ގެ ސިޓީން އެގޭ ކަމާއި
އަދި އިސްވެބަޔާން ކުރެވުނު ކައުންޓަރ ފައިލް ކޮޕީ ތަކުގައި ލިޔެފައިވާ ފައިސާގެ
ޖުމްލަ ޢަދަދު އާސިޔަތު ނިޒާރު ހުށަހަޅާފައިވާ ބައުންސް ޗެކްތަކުގައިވާ ފައިސާގެ ޖުމްލަ އަދަދަށްވުރެން
މާބޮޑަށް އިތުރުކަންވެސް އެނގޭ ކަމާއި އަދި އެހާ ގިނަ އަދަދެއްގެ ފައިސާތަކެއް އާސިޔަތު ނިޒާރުގެ
އަމިއްލަ އެކައުންޓުންނާއި އާސިޔަތު ނިޒާރު ހިއްސާވާ ކުންފުނީގެ އެކައުންޓުން ، ޢަލީ މޫސާގެ އަމިއްލަ
އެކައުންޓަށާއި ޢަލީ މޫސާގެ މޯލްޑިވްސް ދޯނި ސަރވިސަސްގެ އެކައުންޓަށް ޖަމާކުރެވިފައިވާކަން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި/ މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ވާ، *
11
2{1/HC-A/222
އެނގޭއިރު، އެއީ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ދޫކުރެވިފައިވާ ފައިސާތަކެއް ކަމަށް ބެލޭނޭ އެއްވެސް
ހުއްޖަތެއް ޢަލީ މޫސާގެ ފަރާތުން ޝަރީޢަތަށް ހުށަހެޅިފައި ނުވާކަން އެގެއެވެ.
(ކ) ހަތްވަނަ ކަމަކީ، އާސިޔަތު ނިޒާރާއަށް ޢަލީ މޫސާ ދީފައިވާ ކަމަށް ބުނާ މައްސަލާގައި
އިޝާރާތް ކޮށްފައިވާ ޗެކްތައް ބައުންސްވުމާއި ގުޅިގެން 07 އޭޕްރީލް 2009 ގައި ސިޓީއެއް ލިޔެ
ރަޖިސްޓްރީ ޕޯސްޓުން ޢަލީ މޫސާއަށް ފޮނުވި ކަމަށާއި އަދި 28 ޖޫން 2009 ގައިވެސް ސިޓީއެއް ލިޔެ
ޢަލީ މޫސާ މާލޭގައި އުޅޭގެއަށް ގޮސް ޢަލީ މޫސާގެ ދަރިފުޅު އައިމިނަތު ނަޝާއަށް ސިޓީޙަވާލުކުރި
ކަމަށްވެސް އާސިޔަތު ނިޒާރުގެ ބަޔާންތަކުގައި ބުނެފައިވާއިރު މަދަނީކޯޓަށް ޢަލީ މޫސާގެ ފަރާތުން ދީފައިވާ
ބަޔާންތަކުގައި އެސިޓީތައް ލިބުނު ކަމާމެދު އިންކާރުކޮށްފައި ވާކަން އެބަޔާންތަކުން އެގެންނެތްކަމާއި، އަދި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތަށް ޢަލީ މޫސާ ދީފައިވާ ބަޔާންތަކަށް ބަލާއިރުވެސް އާސިޔަތު ނިޒާރު
ޢަލީ މޫސާއަށް ފޮނުވިކަމަށް ބުނާ 2 (ދޭއް) ސިޓީން ކުރެން އެއްސިޓީ ލިބުނު ކަމަށް ސާފުކޮށް
އިންކާރުކޮށްފައިވާއިރު އަނެއް ސިޓީ ލިބުނު ކަމާމެދު އިންކާރު ކޮށްފައި ނުވާކަންވެސް ފާހަގަކުރެވެއެވެ.
02
(އ) އަށްވަނަ ކަމަކީ، މިމައްސަލައާއި ގުޅިގެން މައްސަލައިގައި ހިމެނޭ ފަރާތްތަކުން
ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކާއި ހުށަހެޅުނު ލިޔެކިޔުންތަކުގެ މައްޗަށާއި އަދި އިސްވެ
ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް ބެލުމުން ޢަލީ މޫސާއަށް އާސިޔަތު ނިޒާރު ދަރަންޏަށް ފައިސާ
ދޫކޮށްފައިވާކަން އަދި ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި ހުޅުވާފައިވާ ޢަލީ މޫސާގެ އަމިއްލަ
އެކައުންޓުންނާއި، ޢަލީ މޫސާގެ މޯލްޑިވްސް ދޯނި ސަރވިސަސްގެ ނަމުގައި އޮންނަ އެކައުންޓުން އާސިޔަތު
ނިޒާރުގެ ނަމުގައި ދޫކޮށްފައިވާ 20 (ވިހި) ޗެކަކީ، ޢަލީ މޫސާއާއި އާސިޔަތު ނިޒާރުއާއި ދެފަރާތުގެ
މެދުގައި ކުރެވިފައިވާ މި ބުނެވުނު ފައިސާގެ މުޢާމަލާތާ ގުޅިގެން ޢަލީ މޫސާ، އާސިޔަތު ނިޒާރުއަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 325029
3، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ވާ، *
12
2{10/HC-A/222
އަނބުރާ ފައިސާ ދިނުމުގެ ގޮތުން ދޫކޮށްފައިވާ ޗެކްތަކެއްކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށް
މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންނަށް ޤަބޫލު ކުރެވުނު ހިނދު ޢަލީ މޫސާ، އާސިޔަތު ނިޒާރުއަށް
ދީފައިވާ ޗެކްތަކުގައި ވާފައިވާ ޤާނޫނީ ހަމަތަކުގެ މަތީން ނުލިބުމުން އެޗެކްތަކުގައިވާ ފައިސާގެ ޢަދަދަށް -
/616900ރ (ހަލައްކަ ސޯޅަހާސް ނުވަސަތޭކަ ރުފިޔާ) މިފައިސާ އާސިޔަތު ނިޒާރުއަށް ލިބިދިނުމުގެ
ޒިންމާ އެ ޗެކްތައް ދޫކުރި ފަރާތްކަމަށްވާ ޢަލީ މޫސާ އުފުލަން ޖެހޭނެ އެނގެއެވެ.
އެހެން ކަމުން މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުން ދެކެނީ މަދަނީ
ކޯޓުގެ ނަންބަރު 2009/MC/2243 ޤަޟިއްޔާގައި ކުރައްވާފައިވާ ހުކުމަށް ބަދަލުގެންނަންޖެހޭ ކަމަށެވެ.
ދެންފަހެ އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު
ދެވުނުކަންކަން އެގޮތަށް ހުރުމާއެކު
މަދަނީ ކޯޓުގެ ނަންބަރު 2009/MC/2243 ޤަޟިއްޔާގެ ހުކުމް ބާޠިލްކޮށް ހ.އާޝިޔާނާ ޢަލީ މޫސާ
(ދ.ރ ކާޑު ނަންބަރު A065018) މއ.މާފޮޅޭގެ އާސިޔަތު ނިޒާރު (ދ.ރ ކާޑު ނަންބަރު A050898)
އަށް ދޫކޮށްފައިވާ 20 (ވިހި) ޗެކު ބައުންސްވެފައިވުމުން މި ޗެކުތަކުގައިވާ ޖުމްލަ -/
616900ރ
(ހަލައްކަ ސޯޅަހާސް ނުވަސަތޭކަ ރުފިޔާ) އަކީ ޢަލީ މޫސާ އާސިޔަތު ނިޒާރުއަށް ދައްކަންޖެހޭ
ފައިސާއެއްކަން ޝަރީޢަތަށް ސާބިތުވިހިނދު މިފައިސާ އާސިޔަތު ނިޒާރުއަށްލިބިދިނުމަށްޓަކައި މިއަދު 04
ޖުލައި 2013 ވަނަ ދުވަހުން ފެށިގެން ކޮންމެ މަހަކު -/154225ރ (އެއްލައްކަ ފަންސާސް ހަތަރުހާސް
ދުއިސައްތަ ފަންސަވީސް ރުފިޔާ ) އަށްވުރެ މަދުނޫން ޢަދަދެއްގެ ފައިސާ ސިވިލްކޯޓަށް ދައްކަމުން ގޮސް
އެކު ޖުމްލަ -/616900ރ (ހަލައްކަ ސޯޅަހާސް ނުވަސަތޭކަ ރުފިޔާ) ސިވިލް ކޯޓަށް ދައްކާ ޚަލާސް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 325029
3، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ކާއީކޯޓް
ވާ، *
13
2010/HC-A/222
02
ކުރުމަށް ހ.އާޝިޔާނާ ޢަލީ މޫސާއަށް އަންގާ މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ
އިއްތިފާޤުން ޙުކުމްކޮށް މައްސަލަ ނިންމީއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 325029
3، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ކާއީކޯޓް
ވާ، *