ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/230 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2]2/HC-A/236
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
6
ޤަޟިއްޔާ ނަންބަރ: 230/HC
-
A/2012
• އިސްތިއުނާފުކުރި ފަރާތް:
ނަން: އިބްރާހީމް އަބްދުޑް
އައިޑީ ކާޑު ނަންބަރ: A061795
ދާއިމީ އެޑްގެ
އެޑްރެސް: ދިލާސާހިޔާ(ދ.ބަނޑިދޫ
އެޑްރެސް: ގ.މަސްދޮށިމާލެ
L
0
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ދ. ބަނޑިދޫ ރަށުކައުންސިލް
އައިޑީ ކާޑުނަންބަރު.
ދާއިމީ އެޑްރެސް: ފ.ބަނޑިދޫ ރަށުކައުންސިލްގެ އިދާރާ
މިހާރުގެ އެޑްރެސް: ފ.ބަނޑިދޫ ރަށުކައުންސިލްގެ އިދާރާ
09
ރެވުނު ތާރީޚް: 16 އޮގަސްޓް 2012
* ނިމުނު ތާރީޚް: 20 ނޮވެމްބަރު 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/M2C/13
ނިންމެވިކޯޓު: ބަނޑިދޫ މެޖިސްޓްރޭޓް ކޯޓު
މައްސަލައިގެ ބާވަތް: އެހެނިހެން މަދަނީ މައްސަލަ
ހުށަހެޅި ތާރީޚް: 2011-05-16 ނިމުނު ތާރީޚް: 2012-05-29
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީސް:
ފަނޑިޔާރުން ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޢަލީ ސަމީރު
ދިވެހި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ވެހިރާއްޖެ
2
2012/HC-A/236
.ޤަކޏވެ
0l
ކަންމުޑިއަށްވުރެން ފަހުން ހަދައިދޭ އެއްޗަކަށްވާތީވެ އެގޯތީގައި ޖަހާފައިވާ ކަންމުޑިއާ އެއްގޮތައް އިސްލާހުކުރަންޓްގެ ހައިކޯ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ދަޢުވާގެ ޚުލާޞާ
މިއީ، ދ.ބަނޑިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/MC/13 ޤަޟިއްޔާ އެކޯޓުން
ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ދ.ބަނޑިދޫ ދިލްސާހިޔާ އިބްރާހީމް
ޢަބްދުލްފައްތާޙް (ދ.ރ.ކާޑް ނަންބަރު: A061795) ގެ ފަރާތުން ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ ދ.ބަނޑިދޫ ރަށުކައުންސިލުގެ އިދާރާ އެވެ.
ކުރެވުނު ނުކުތާތައް:
މިއީ، ދ.ބަނޑިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/M2C/13 ޤަޟިއްޔާ
އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ދ.ބަނޑިދޫ ދިލްސާހިޔާ
އިބްރާހީމް ޢަބްދުލްފައްތާޙް (ދ.ރ.ކާޑް ނަންބަރު: A061795) ގެ ފަރާތުން ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ ދ.ބަނޑިދޫ ރަށުކައުންސިލުގެ އިދާރާ އެވެ.
02- އިސްތިއުނާފް މިކުރެވޭ ފ.ބަނޑިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/N2C/13
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ފ.ބަނޑިދޫ ދިލްސާހިޔާ އިބްރާހީމް
ޢަބްދުލްފައްތާޙްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފ.ބަނޑިދޫ ދިލްސާހިޔާ އެވެ ކިޔާ ބަންޑާރަ ގޯތީގެ
ރަޖިސްޓްރީގައިވާ މިންތަކާއި، އެގޯތީގައި މިހާރު ހުރި މިންތަކާ ދިމާނުވާކަމަށްބުނެ، އަދި ރަޖިސްޓްރީގައިވާ
މިންތަކަށްވުރެ މިހާރު އެގޯތީގައި ހުރި މިންތައް ކުޑަކަމަށްބުނެ، ރަޖިސްޓްރީގައިވާ ގޮތަށް މިގޯތީގެ މައްސަލަ
ހައްލުކޮށްދިނުމަށް އެދި އިބްރާހީމް ޢަބްދުލްފައްތާޙް ދ.ބަނޑިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން ބައްލަވާފައިވާ
ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި،"ދެންފަހެ، ގޯތީގެ ރަޖިސްޓްރީއަކީ ކަންމުޑި
ޖެހުމަށްފަހު ހަދައިދޭ އެއްޗަކަށްވާތީވެ، އަދި ކަންމުޑި ޖަހަނީ ރަށު އޮފީހުގެ ބެލުމުގެ ދަށުން ކަމަށްވާތީވެ
ދ.ބަނޑިދޫ ދިލްސާހިޔާއެވެ ކިޔާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީގެ މިންތައް ޖައްސަވަންޖެހޭނީ ޖަހާފައިވާ
ކަންމުޑިއާ އެއްގޮތައް ކަމަށްވާތީވެ ރަޖިސްޓްރީހެދި ދުވަސްވަރު ދ. ބަނޑިދޫ އޮފީހުގައި ކަންމުޑިއާ އެއްގޮތައް
ރަޖިސްޓްރީގެ މިންތައް ދިމާނުވެގެން އެކަން ހައްލުކުރުމަށް މަސައްކަތް ކޮށްފައިނުވާތީވެ އަދި ރަޖިސްޓްރީޢަކީ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ވާވީ،
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/2360
ޖެހޭނީ އެގޯތީގެ ރަޖިސްޓްރީ ކަމަށް ފެންނާތީވެ ދ.ބަނޑިދޫ ކައުންސިލްގެ އިދާރާއަށް ހުށަހަޅުއްވައިގެން
އެގޯއްޗާއި ޢިމާރާތުގެ ރަޖިސްޓްރީ އިސްލާހުކުރުމަކީ މައްސަލަ ހުށަހެޅި ފަރާތަށް ކުރެވިދާނެ ކަމެއްކަމަށާއި
ޖަހާފައިވާ ކަންމުޑިއަށްވުރެން ރަޖިސްޓްރީގައިވާ މިންތައް ތަންކޮޅެއް ބޮޑުކަމަށް ދެއްކި ނަމަވެސް
ރަޖިސްޓްރީގައިވާ މިނަށް އެގޯއްޗަށް ބައެއް އިތުރު ކޮށްދިނުމަކީ މިކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމުގައި
އަންގައި މިމައްސަލަ ނިންމީއެވެ." މިފަދައިން ބަޔާން ކޮށްފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓުން އެނގެން އޮވެއެވެ.
03- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ދ.ބަނޑިދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު:
2011/M2C/13 ޤަޟިއްޔާގައި ޙުކުމްކުރުމާއި ގުޅިގެން ދ.ބަނޑިދޫ ދިލްސާހިޔާ އިބްރާހީމް ޢަބްދުލްފައްތާޙުގެ
ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާއި މެދު ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ: ދ.ބަނޑިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަމްބަރު 2011/M2C/13
ޤަޟިއްޔާއަކީ އިބްރާހީމް އަބްދުލްފައްތާޙުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ދިބަނޑިދޫ ދިލްސާހިޔާ އެވެ ކިޔާ
ބަންޑާރަ ގޯތީގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީގައިވާ މިންތަކަށް ރަށު އޮފީހުން ބިން ދީފައި ނުވާތީ
ރަޖިސްޓްރީގައިވާ މިންތަކަށް އުނިވާ ބައި ބިން ހޯދުމަށް ށ.ބަނޑިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލަ
އެކޯޓުގެ ނަމްބަރު 2011/M2C/13 ޤަޟިއްޔާގައި ބައްލަވައި ނިންމެވި އިރު އިބްރާހީމް ޢަބްދުލްފައްތާޙުގެ
ދަޢުވާގައި ބުނާ ކަންކަމަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ރިޢާޔަތް ކުރައްވާފައިނުވުން ކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާ އެވެ.
* ދެވަނަ ނުކުތާއަކީ: ދ.ބަނޑިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަމްބަރު 2011/N2C/13
ޤަޟިއްޔާގެ ޙުކުމުގައި ގޯތީގެ ރަޖިސްޓްރީއަކީ ކަންމުޑި ޖެހުމަށްފަހު ހަދައިދޭ އެއްޗަކަށްވާތީވެ އަދި ކަންމުޑީ
ޖަހަނީ ރަށު އޮފީހުގެ ބެލުމުގެ ދަށުން ކަމަށްވާތީވެ ދ.ބަނޑިދޫ ދިލްސާހިޔާއެވެ ކިޔާ ބަންޑާރަ ގޯތީގެ
ރަޖިސްޓްރީގެ މިންތައް ހަމަޖައްސަވަން ޖެހޭނީ ޖަހާފައިވާ ކަންމުޑިއާ
ބަޔާންކޮށްފައިވީނަމަވެސް ގޯތީގެ ރަޖިސްޓްރީއަކީ ބިން ދޫކޮށް ޙަވާލުކުރާ ފަހުން ހަދާދީފައިވާ އެއްޗަކަށްވެފައި
ރަޖިސްޓްރީގައިވާ މިންތަކަށް ނުބައްލަވައި އިންފާރު ރޭނުމަށް އިންޖަހާދެއްވާފައިވަނީ ގަސްތުގައި އަޅުގަނޑުގެ
އެއްގޮތަށް
ކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2012/HC-A/236
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
13/M2C2011
ގޯތިން ބައެއް އުނިކޮށްލުމުގެ ބޭނުމުގައިކަން މިކަން ހިނގާފައިވާގޮތަށް ބަލާއިރު އެނގެން އޮންނަ އިރު
މިކަންކަމަށް ޝަރީޢަތުން ބައްލަވާފައި ނުވުންކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާ އެވެ.
ތިންވަނަ ނުކުތާއަކީ: ދ.ބަނޑިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަމްބަރު
ޤަޟިއްޔާގެ ފާހަގަ ކުރެއްވި ނުކުތާތަކުގެ 02 ވަނަ ނަންބަރުގައި " މިމައްސަލާގައި ދަޢުވާލިބޭ ދ.ބަނޑިދޫ
ކައުންސިލްގެ އިދާރާގެ ނަމްބަރު 2011
/
387/A
-
376
/
M2C (06 ސެޕްޓެމްބަރ 2011) ސިޓީން،
މިމައްސަލަގައި އިބްރާހީމް ޢަބްދުލްފައްތާޙް އެދޭ ގޮތަށް ދިރާސާހިޔާ ގޯއްޗަށް ބައެއް އިތުރުކޮށް ދިނުމަކީ ރަށުގެ
ޢާންމު މަސްލަހަތު ގެއްލިދާނެ ކަމެއް ކަމަށާއި، މިގޯތި ހިމެނޭ ކޮށީގެ ހުރިހާ ގޯއްޗެއްގެ މިންތަކުގައިވެސް
ތަފާތުތަކެއް ހުރި ކަމަށާއި، ދިރާސާހިޔާ ގޯތީގެ ރަޖިސްޓްރީގައިވާ މިންތައް ޖެހިފައިވަނީ އޮޅިގެންކަމުގައި
ބެލެވޭކަމުގައި ބުނެފައިވާކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވެފައި ވީނަމަވެސް އެދުވަސް ވަރު ގޯތި
ދޫކޮށްފައިވަނީވެސް 50 ފޫޓް 70 ފޫޓުގެ ގޯތިކަން ރަށު ކައުންސިލްގެ ލިޔެކިޔުންތަކުންނާއި އެހެން ގޯތިތަކުގެ
ރަޖިސްޓްރީން ސާބިތުވާއިރު މިކަންކަމަށް ބެލުމެއްނެތި މައްސަލަ ނިންމަވާފައިވުން ކަމަށްބުނެ ހުށަހަޅާފައިވާ
ނުކުތާ އެވެ.
* ހަތަރުވަނަ ނުކުތާއަކީ: ދ.ބަނޑިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/M2C/13
ޤަޟިއްޔާގެ ފާހަގަ ކުރެއްވި ނުކުތާތަކުގެ 4 ވަނަ ނަމްބަރުގައި ދ.ބަނޑިދޫ ދިލްސާހިޔާ ގޯތީގެ ޢިމާރާތާއި،
ގޯތީގެ ރަޖިސްޓްރީގައިވާ މިންތަކާއި، މިހާރު އެގޯތީގައި ހުރި މިންތަކާ ދިމާނުވާތީވެ އެގޯތީގެ ރަޖިސްޓްރީގެ
މިންތަކުގެ ތެރެއިން މަދުވާބައި ހޯދުމަށްއެދި ދ.ބަނޑިދޫ ދިލްސާހިޔާ އިބްރާހީމް ޢަބްދުލްފައްތާޙް ހުށަހެޅި
މިމައްސަލާގައި އިބްރާހީމް ޢަބްދުލްފައްތާޙް އެދޭ ގޮތަށް ދިރާސާހިޔާ ގޯއްޗަށް ބައެއް އިތުރުކޮށްދެވެން ނެތްކަމަށް
ފާހަގަކުރައްވާފައިވާއިރު ޤާނޫނީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާ ކުރައްވާފައި ނެތުން ކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާ އެވެ.
04 އިސްތިއުނާފު މިކުރެވޭ ދ. ބަނޑިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/M2C/13
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ދ.ބަނޑިދޫ ދިލްސާހިޔާ
އިބްރާހީމް ޢަބްދުލްފައްތާޙް (ދ.ރ.ކާޑް ނަންބަރު: A061795} ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި
ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި
ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2012/HC-A/236
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ހ) ދ. ބަނޑިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/M2C/13 ޤަޟިއްޔާގައި އެރަށު
ދިރާސާހިޔާ އިބްރާހީމް ޢަބްދުލްފައްތާޙު (ދ.ރ.ކާޑް ނަންބަރު: A061795) ހުށަހަޅާފައިވާ މައްސަލައަކީ،
އިބްރާހީމް ޢަބްދުލްފައްތާޙަށް ދ. ބަނޑިނޫން ގޯއްޗެއް ދޫކޮށް، ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ދ.އަތޮޅު އަތޮޅު
އޮފީހުން ހަދާދީފައިވާއިރު، ގޯތީގައިވާ މިންތަކާއި، ރަޖިސްޓްރީގައިވާ މިންތައް ދިމާނުވާކަމަށްބުނެ، އެކަން
އިޞްލާޙުކޮށް، ރަޖިސްޓްރީގައިވާ މިންތަކަށްވުރެ ގޯތީގެ މިންތަކުން މަދުވާ މިންވަރެއް ގޯތީގެ ބިމަށް
އިތުރުކޮށްދިނުން އެދިގެން ހުށަހަޅާފައިވާ މައްސަލެއްކަން 11 ޖުލައި 2011 ވަނަ ދުވަހު އިބްރާހީމް
ޢަބްދުލްފައްތާޙު ޝަރީޢަތަށް ދީފައިވާ ބަޔާނުންނާއި، އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން
އޮންނައިރު،
އިބްރާހީމް ޢަބްދުލްފައްތާޙު ހުށަހެޅި އެމައްސަލައާއި ގުޅިގެން ދ.ބަނޑިދޫ ކައުންސިލް އިދާރާގެ
ފަރާތުން ދައްކާފައިވާ ވާހަކާގައި، އިބްރާހީމް ޢަބްދުލްފައްތާޙުގެ ދަޢުވާގައި ބުނެފައިވާ ގޮތުގެ މަތީން
ދ.ބަނޑިދޫ "ދިލާސާހިޔާ" އެވެ ކިޔާ ގޯތީގެ މިންތަކާއި އެގޯއްޗަށް ހަދާދެވިފައިވާ ޢިމާރާތާއި ގޯތީގެ
ރަޖިސްޓްރީގައި އެގޯތީގެ މިންތަކުގެ ގޮތުގައި ލިޔެފައިވާ މިންތަކާ ދިމާނުވާކަމަށާއި، އެގޮތުން އިޝާރާތްކުރެވުނު
ރަޖިސްޓްރީގައި އެގޯތިގެ މިންތަކުގެ ގޮތުގައި ލިޔެފައިވަނީ x501'70 (ފަންސާސް ފޫޓު ގުނަ ހަތްދިހަ ފޫޓް)
ކަމުގައިވިޔަސް، އެގޯތީގައި ހުރި އަސްލު މިންތަކަކީގެ އިރުން ހުޅަނގަށް "421.5 (ސާޅީސް ދެ ފޫޓު ފަސް
އިންޗި)، އުތުރުން ދެކުނަށް "721.5 (ހަތްދިހަ ދެ ފޫޓު ފަސް އިންޗި، ދެކުނުން އުތުރަށް "721.8 (ހަތްދިހަ
ދެ ފޫޓު އަށް އިންޗި) ކަމަށާއި،
ނަމަވެސް އިބްރާހީމް ޢަބްދުލް ފައްތާޙު އެދިފައިވާގޮތަށް ދިރާސާހިޔާ ގޯތީގެ ރަޖިސްޓްރީގައިވާ
މިންތަކަށް އެގޯއްޗަށް ބިން އިތުރުކޮށްދީފިނަމަ، އެކަން ވެގެންދާނީ ރަށުގެ ޢާންމު މަޞްލަޙަތު ގެއްލުމަށް
މެދުވެރިވާ ސަބަބަކަށްކަމާއި، އެހެންކަމުން އެގޯތީގައިވާ ޙަޤީޤީ މިންތަކުގެ މައްޗަށް އެގޯތީގެ ރަޖިސްޓްރީ
އިޞްލާޙު ކުރުން ނޫން އެހެންގޮތެއް ހެދެން ނެތްކަމަށް އެރަށު ކައުންސިލުގެ ފަރާތުން ބުނެފައިވާކަން
ފާހަގަކުރެވެއެވެ.
(ށ) ދ. ބަނޑިދޫ ދިލްސާހިޔާ އެވެ ކިޔާ ގޯއްޗަށް ދ. އަތޮޅު އޮފީހުން ހަދާދީފައިވާ ނަންބަރު:
99
/
04/D
-
M (2) ރަޖިސްޓްރީއަށް ބަލާއިރު، އެގޯއްޗަކީ ދ.ބަނޑިދޫ ދިލްސާހިޔާ އިބްރާހީމް ޢަބްދުލްފައްތާޙު
ދިރިއުޅުމަށްޓަކައި 1994 ވަނަ އަހަރު ފާހަގަކުރެވިފައިވާ ގޯއްޗެއްކަމާއި، އެގޯތި ފާހަގަކުރެވުނުއި
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/2360
Occo
ގޯތީގައިހުރި ރުއްގަހަށް، އިބްރާހީމް ޢަބްދުލްފައްތާޙު ގެ އަމިއްލަތަކެތީން ބަދަލުދީ ނިންމުމުން އިބްރާހީމް
ޢަބްދުލްފައްތާޙް ގޯތި ޙަވާލު ކުރެވިފައިވަނީ 1997 ޖެނުއަރީ 20 ގައި ކަމާއި، އެ ގޯތި "ދިލާސާ ހިޔާ" އެ
ނަމުގައި އިބްރާހީމް ޢަބްދުލްފައްތާޙުގެ ނަމުގައި ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދާދީފައިވަނީ އެކަމަށްޓަކައި
ދ. ބަނޑިދޫ އޮފީހުން ހުށަހަޅާފައިވާ ފޯމުގައިވާ މަޢުލޫމާތުގެ މައްޗަށާއި، އެ އޮފީހުގެ ނަންބަރު:
99
/
5/M
/
M-2 (1
99-1-3) ގެ ސިޓީއާއި އެކު ހުށަހަޅާފައިވާ މަޢުލޫމާތުގެ މައްޗަށްކަމާއި، އެގޯތި އޮންނަނީ
ދިރިމާގޭ ރުޤިއްޔާ ޙުސައިންގެ ގޯތީގެ އުތުރުން، ދިރިމާ މުޙައްމަދު ޙުސައިންގެ ގޯތީގެ ހުޅަނގުން
އަވަށްބޭރުމަގާ ރަށްދެބައިމަގާ އިންވެގެން ކަމަށާއި، "ދިރާސާހިޔާ ގޯތީގެ މިންތަކަކީ؛ (A) އިން (B)
އަށް 501 (ފަންސާސް ފުޓް)
(B) އިން (C) އަށް '70 (ހަތްދިހަ ފޫޓް)
(C) އިން (D) އަށް '50 (ފަންސާސް ފޫޓް)
(D) އިން (A) އަށް 70 (ހަތްދިހަ ފޫޓް) ކަމަށް އެރަޖިސްޓްރީގައި ބަޔާން ކޮށްފައިވާއިރު،
އެ ރަޖިސްޓްރީ ހަދާދީފައިވަނީ 06 މެއި 1999 ގައި ކަން އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
(ނ) ދ. ބަނޑިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/M2C/13 ޤަޟިއްޔާއާއި ގުޅިގެން
އެކޯޓަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި، އެޤަޟިއްޔާގެ އިސްތިއުނާފު މިބެލެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ
މިޤަޟިއްޔާއާއި ގުޅިގެން ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، ދ. ބަނޑިދޫ "ދިރާސާހިޔާ" އެވެ ކިޔާ ގޯތި
އޮތް ކޮށީގައި އިތުރު ތިން ގޯތި އޮންނަކަމާއި، އެހުރިހާ ގޯއްޗެއްގެ މިންތައްވެސް ރަޖިސްޓްރީގައިވާ ޗާޓުގައިވާ
މިންތަކާއި އެއްގޮތް ނޫންކަމަށް ކައުންސިލް އިދާރާގެ ފަރާތުން ފާހަގަކޮށްފައިވާކަމާއި، އެގޮތުން "ދިލާސާހިޔާ"
ގޯތީގެ ރަޖިސްޓްރީގައިވާ ޗާޓުގެ ދިގު ދެބިތުން ކުރެ ކޮންމެ ބިތެއްގައިވެސް ދިގު މިނުގައި ހުންނަނީ '70 ފޫޓު
ކަމަށް ލިޔެފައިވާއިރު، އެގޯތީގެ ބިމުގައި ދިގު ދެބިތުގައި 721 ފޫޓަށްވުރެވެސް އިތުރަށް އެބަހުރިކަން
ފާހަގަކުރެވޭކަމާއި، ހަމައެފަދައިން އެކޮށީގައި އޮތް އަނެއް ތިން ގޯތީގެ މިންތައްވެސް ހުރީ އެކަހަލަ ގޮތަކަށް
ރަޖިސްޓްރީގައިވާ މިންތަކާ ފުށުއަރާ ތަފާތު ގޮތަކަށް ކަމާއި، އަދި އެގޯތި ތަކުގެ ރަޖިސްޓްރީގައިވާ މިންތަކަށް
ބަލާއިރު، އެއިން ގޯއްޗެއްގައި ހުންނަންޖެހެނީ ޖުމްލަ 3500 އަކަފޫޓުކަމާއި، ނަމަވެސް އެކޮށީގައިވާ އެއްވެސް
ގޯއްޗެއްގެ ބިމުގައި 3500 އަކަފޫޓު ހަމަނުވާކަމާއި، އެގޯތި ތަކުގައި ޖުމްލަ ގޮތެއްގައި ހުރީ 3100
އަކަފޫޓަށްވުރެ އިތުރު، އަދި 3250 އަކަފޫޓަށްވުރެ މަދުނުވާ ޢަދަދެއްގެ މިންތަކެއްކަން ފާހަގަކުރެވޭކަމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1
2012/HC-A/236
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
a e cހ2
އެއެޤީeށް
ގޯތީގެ ރަޖިސްޓްރީ ހަދަނީ ގޯތި ދޫކޮށް، ކަންމުޑިޖަހާ އޭގެ މާފަހުންކަމާއި، އަދި ގޯތި ލިބުމުން
އެގޯއްޗެއްގެ ވެރިފަރާތުން ގޯތީގެ ވަށާފާރު ރޭނުމުގައި ބަލާ އެއް އަސާސަކީ ރަށު އޮފީހުން ޖަހައިދީފައިވާ
ކަންމުޑި ކަމާއި، އިބްރާހީމް ޢަބްދުލްފައްތާޙް އަށް 1994 ވަނަ އަހަރު ދޫކުރެވުނު އެ ގޯއްޗަށް، "ދިރާސާހިޔާ"
ގެ ނަމުގައި ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހައްދާފައިވަނީ 1999 ވަނަ އަހަރުގައި ކަން އެނގެން އޮތްއިރު،
ގޯތި ލިބުނީއްސުރެ ގޯތީގައިވާ ރުއްގަހަށް ބަދަލުދީ، އަދި ވަށާފާރު ރާނާ، އެތަނުގައި ޢިމާރާތްކޮށް ހެދިއިރު،
ރަށު އޮފީހުން ޖަހާދީފައިވާ ކަންމުޑި ޖަހައި ދީފައިވަނީ ގޯތި ދޫކޮށްފައިވާ އަޞްލު މިންތަކާ
ނޫންކަމަށްބުނެ އޭރު ޢަބްދުލްފައްތާޙް މައްސަލަ ޖައްސާފައި ނުވާތީ، އަދި އެގޯތި ދޫކުރެވުނުއިރު ގޯތީގެ
މިންތަކުގެ ގޮތުގައިހުރި އަޞްލު މިންތަކަކީ މިހާރު ރަޖިސްޓްރީގައި ލިޔެފައިވާ 'x50'70 (ފަންސާސް ފޫޓު
ގުނަ ހަތްދިހަ ފޫޓް) ކަން އެނގޭނެ އެއްވެސް ގޮތެއް ނެތަތީ، ގޯތީގެ ކަންމުޑި ޖަހާދީފައިވަނީ އެގޯތި ދޫކުރި
އަޞްލު މިންތަކަށްކަމަށް ޝަރީޢަތުން ބަލަންޖެހޭކަމާއި،
މިހާރު އެކޮށި ވަށައިގެން އެރަށުގައި މަގުތައްވެސް ހަދާ ވަކިގޮތަކަށް ޕްލޭން ކުރެވިފައިވާކަމާއި،
އެހެންކަމުން ދ. ބަނޑިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/M2C/13 ޤަޟިއްޔާގައި އިބްރާހީމް
ޢަބްދުލްފައްތާޙު އެދިފައިވާގޮތަށް "ދިލާސާހިޔާ" އެވެ، ކިޔާ ގޯތީގެ ރަޖިސްޓްރީގައިވާ މިންތަކާ އެއްގޮތަށް
އެގޯތީގެ މިންތައް ހަމަކުރާނަމަ، އެކަންކުރެވޭނެ އެއްގޮތަކީ އެކޮށީގައިވާ އެހެނިހެން ގޯތިތަކުގެ ނުވަތަ ގޯއްޗެއްގެ
ބިމުން ބައެއް ހިފައި، ދިރާސާހިޔާ ގޯތީގެ ބިމަށް އެބައި އިތުރު ކުރުންކަމާއި، ދެވަނަ ގޮތަކީ އެގޯތީގެ
އެއްފަރާތުން އޮތް މަގުން އެއްބައި ހިފައި، އެގޯތީގެ ބިމަށް އެބައި އިތުރު ކުރުންކަމާއި، އެ ދެގޮތަށް
ބަލާއިރުވެސް އެދެގޮތަކީވެސް ޖަމާޢީ ޙައްޤަށްވުރެ ފަރުދީ ޙައްޤު އިސްކުރެވޭ ދެގޮތް ކަމުގައިވާތީ، އެއިން ގޮތެއް
އިޚްތިޔާރުކޮށް ފިނަމަ، ދ. ބަނޑިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/M2C/13 ޤަޟިއްޔާގައި
ވިދާޅުވެފައިވާ ފަދައިން ރަށުގެ ޢާންމު މަޞްލަޙަތު ގެއްލިގެން ހިގައިދާނެ ކަމުގެ ބިރު އެބައޮތްކަން ޝަރީޢަތަށް
cuc
ތިހަގަކުރެވެއެވެ.
5352
ހުރުމާއެކު
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު އެންމެހައި ސަބަބުތައް
މަތީން ދ. ބަނޑިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/M2C/13 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ ސަބަބެއް އޮތްކަމަކަށް މިމައްސަލަ ބެލި ހައިކޯޓުގެ
ފަނޑިޔާރުންނަކަށް ނުފެނުނެވެ.
etcoc
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]2/HC-A/230
ދެންފަނު އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކަށް
ތާތަކަށް ރިޢާޔަތްކޮށް ބަލާއިރު، ދ. ބަނޑިދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/M2C/13 ޤަޟިއްޔާގައި ދ.ބަނޑިދޫ ދިލްސާހިޔާ، އިބްރާހީމް
ޢަބްދުލްފައްތާޙު (ދ.ރ.ކާޑް ނަންބަރު: A061795) ހުށަހެޅި މައްސަލަ ބައްލަވައި، ގޯތީގެ ރަޖިސްޓްރީއަކީ
ކަންމުޑި ޖެހުމަށްފަހު ހަދައިދޭ އެއްޗަކަށްވާތީވެ، އަދި ކަންމުޑި ޖަހަނީ ރަށު އޮފީހުގެ ބެލުމުގެ ދަށުން
ކަމަށްވާތީއާއި ރަޖިސްޓްރީއަކީ ކަންމުޑިއަށްވުރެން ފަހުން ހަދައިދޭ އެއްޗަކަށްވާތީވެ އެގޯތީގައި ޖަހާފައިވާ
ކަންމުޑިއާ އެއްގޮތައް އިސްލާހުކުރަން ޖެހޭނީ އެގޯތީގެ ރަޖިސްޓްރީ ކަމަށް ފެންނަކަމަށް ވިދާޅުވެ، ދ.ބަނޑިދޫ
ކައުންސިލްގެ އިދާރާއަށް ހުށަހަޅުއްވައިގެން އެގޯއްޗާއި ޢިމާރާތުގެ ރަޖިސްޓްރީ އިސްލާހުކުރުމަކީ މައްސަލަ
ހުށަހެޅި ފަރާތަށް ކުރެވިދާނެ ކަމެއްކަމަށާއި ޖަހާފައިވާ ކަންމުޑިއަށްވުރެން ރަޖިސްޓްރީގައިވާ މިންތައް
ތަންކޮޅެއް ބޮޑުކަމަށް ދެއްކި ނަމަވެސް ދިރާސާހިޔާ ގޯތީގެ ރަޖިސްޓްރީގައިވާ މިނަށް އެގޯއްޗަށް ބައެއް އިތުރު
ކޮށްދިނުމަކީ އެކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމުގައި އަންގައި އެޤަޟިއްޔާ ނިންމަވާފައިވާ ގޮތަކީ ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ ޚިލާފު ގޮތެއްކަމަށް މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެންނާތީ،
އެޤަޟިއްޔާގެ ޙުކުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި އެގޮތުގެ މަތިން
44
ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv