ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/205 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/205
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2
| ޤަޟިއްޔާ ނަންބަރ: HC
-
A205/2010
• އިސްތިއުނާފުކުރި ފަރާތް:
1 ނަން: މުޙައްމަދު ޝިހާމް * ދާއިމީ އެޑްރެސް: ގ.ކުޑަފުށީގެ
* މިހާރުގެ އެޑްރެސް: ގ.ކުޑަފުށީގެ އައިޑީކާޑް ނަންބަރު: A054561
ނަން: އާއިޝަތު އިދުރީސް * ދާއިމީ އެޑްރެސް: ގ.ކުޑަފުށީގެ
* މިހާރުގެ އެޑްރެސް: ގ.ކުޑަފުށީގެ އައިޑީކާޑް ނަންބަރު: A044628
* ބަދަލުގައި: އޗ.ޝާހިދު ޢަބްދުއްސަމަދު ގދ.ފަރެސް، އަނބުގަސްދޮށުގެ
އިސްތިއުނާފު ރައްދުވި ފަރާތް
* ނަން: މާލޭ -
ސިޓީ ކައުންސިލް
އެޑްރެސް: : މާލެ ސިޓީ ކައުންސިލްގެ އިދާރާ
މިހާރުގެ އެޑްރެސް: މާލެ ސިޓީ ކައުންސިލްގެ އިދާރާ
* ވަކީލް: އޏ.މުޙައްމަދު ފަރީދު ފ.ފީއަލީ ގެ ރޭވިލާ
ދާއިމީ
• ރަޖިސްޓްރީކުރެވުނު ތާރީޚް: 05 އޮކްޓޯބަރ 2010
ނިމުނު ތާރީޚް: 14 މެއި
2013
4.4
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: މަދަނީ ކޯޓުގެ ނަންބަރު 2009/MC/763 ޤަޟިއްޔާ
ޤަޟިއްޔާގެ ބާވަތް: މިލްކުވެރިކަން ބަދަލު ކުރުން.
ނިންމެވި ކޯޓް: ސިވިލް ކޯޓު
ހުށަހެޅި ތާރީޚް: 17-03-2009
ނިމުނު ތާރީޚް: 26-05-2010
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޝުޢައިބު ޙުސައިން
ޒަކަރިއިއްޔާ ، ފަނޑިޔާރު ޢަލީ ސަމީރު
އިޖްހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް WWw.highcourt.gov.mv
2
2010/HC-A/205
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/763 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ކ.މާލެ / ގ.ކުޑަފުށީގެ
މުޙައްމަދު ޝިހާމް އާއި ކ. މާލެ ކ.ކުޑަފުނީގެ ޢާއިޝަތު އިދުރީސްގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މާލެ ސިޓީ ކައުންސިލް އެވެ.
ހަގަކުރެވުނު ނުކުތާތައް
01- މަދަނީ
ކޯޓުގެ ނަންބަރު 2009/MC/763 ޤަޟިއްޔާއަކީ، ގ.ކުޑަފުށީގެ އަލް
މަރުހޫމް ޙަސަން ޢަލީ އޭނާގެ ހެޔޮ ޙަޔާތުގައި އޭނާގެ މިލްކުގައި ހިމެނޭ ގ.ކުޑަފުށީގެ ޝަރުޢީ
ކޯޓެއްގެ މަޖިލީހުގައި ގ. ގުޑަފުށީގެ މުޙައްމަދު ޝިހާމުއާއި ޢާއިޝަތު އިދުރީސް އަށް ހިބައިންދީ
އެހިބަ ޤަބޫލުކޮށް ބަލައިގަތުމުން ގ.ކުޑަފުށީގެ މުޙައްމަދު ޝިހާމްއާއި ޢާއިޝަތު އިދުރީސްގެ
ނަމުގައި ގ.ކުޑަފުށީގެ ރަޖިސްޓްރީ ކޮށްދިނުމަށް މާލޭ މުނިސިޕަލްޓީން އިޢުތިރާޟުކޮށް ނުވަތަ
މުޙައްމަދު ޝިހާމުއާއި ޢާއިޝަތު އިދުރީސްގެ ނަމުގައި ގ.ކުޑަފުށީގެ ރަޖިސްޓްރީކޮށްނުދޭ ގޮތަށް
ނިންމާފައިވާ ނިންމުމަކީ 07 އޯގަސްޓް 2008 އިން ފެށިގެން މިހާރު ޢަމަލުކުރަމުންދާ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ޢަމަލުކުރުން ފެށުމުން މިޤާނޫނު އަސާސީގެ 16
ވަނަ މާއްދާއާއި ތަޢާރަޟުވާ ނިންމުމެއްކަމަށްވާތީއާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ހ) އިން ކޯޓުތަކަށް ލިބިފައިވާ ބާރާއި އިޚްތިޔާރުގެ ދަށުން
މުޙައްމަދު ޝިހާމުއާއި ޢާއިޝަތު އިދުރީސްގެ ނަމުގައި 3. ކުޑަފުށީގެ ރަޖިސްޓްރީކޮށް ނުދޭގޮތަށް
މާލޭ މުނިސިޕަލްޓީއިން ނިންމާފައިވާ ނިންމުން ބާޠިލުކޮށް، ގ.ކުޑަފުށީގޭގެ ވެރިފަރާތުން އެގެ މަދަނީ
ކޯޓުގެ ނަންބަރު 98/MC/52 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިސްގައި މުޙައްމަދު
ޢާއިޝަތު އިދުރީސްއަށް ހިބައިންދީ އެހިބަ މުޙައްމަދު ޝިހާމުއާއި ޢާއިޝަތު އިދުރީސް ޤަބޫލުކޮށް
ބަލައިގެންފައިވާ ކަމުގެ ކިތާބީ ހެކި އެޤަޟިއްޔާގެ ޝަރުޢީ ރިޕޯޓުން އެނގެންއޮތުމުން،
ގ.ކުޑަފުށީގެއެވެ ކިޔާ ގެއާއި ގޯތި މުޙައްމަދު ޝިހާމްއާއި އާއިޝަތު އިދުރީސްއަށް ލިބި މުޙައްމަދު
ޝިހާމުއާއި ޢާއިޝަތު އިދުރީސްގެ ނަމުގައި ރަޖިސްޓްރީވުމީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫންހެއްޖޭގެ ފަ4
05e
هހުމާއެއ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/2{35
2 0¢ ¢
އަސާސީގެ 40 ވަނަ މާއްދާގެ (ހ) އިން މުޙައްމަދު ޝިހާމުއާއި ޢާއިޝަތު އިދުރީސްއަށް ލިބިދޭ
އަސާސީ ޙައްޤެއްކަމުގައި ޙުކުމްކޮށްދިނުމަށާއި، ގ.ކުޑަފުށީގެ ނުވަތަ އެގެއިން ބައެއް ނަމަވެސް
އެހެން ފަރާތެއްގެ ނަމުގައި ރަޖިސްޓްރީކޮށްދީފައިވާނަމަ އެރަޖިސްޓްރީ ބާޠިލުކުރުމަށާއި
ގ.ކުޑަފުށީގެއެވެ ކިޔާ ގެއާއި ގޯތި މުޙައްމަދު ޝިހާމުއާއި ޢާއިޝަތު އިދުރީސްގެ ނަމުގައި
ރަޖިސްޓްރީކޮށްދިނުމަށް އެދި މުޙައްމަދު ޝިހާމުއާއި ޢާއިޝަތު އިދުރީސްގެ ފަރާތުން މަދަނީކޯޓަށް
ހުށަހެޅުމުން ބެލުނު ޤަޟިއްޔާއެއް ކަމާއި
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ " ދެންފަހެ ގ.ކުޑަފުށީގެ އަލްމަރުޙޫމް ޙަސަން
ޢަލީ (ދ.ރ.ކާޑު ނަންބަރުA066057) އޭނާގެ ހެޔޮ ހަޔާތުގައި އޭނާގެ މިލްކުގައިވާ ގ.ކުޑަފުށީގެ
އެވެ ކިޔާ ބަންޑާރަ ގޯތި ޝަރުޢީ ކޯޓެއްގެ މަޖިލީހުގައި ގ.ކުޑަފުށީގެ މުޙައްމަދު ޝިހާމް
(ދ.ރ.ކާޑު ނަންބަރުA054561) އަށާއި ގ.ކުޑަފުށީގެ ޢާއިޝަތު އިދުރީސް (ދ.ރ.ކާޑު
ނަންބަރުA044628) އަށް ހިބައިންދީ މުޙައްމަދު ޝިހާމްއަށާއި ޢާއިޝަތު އިދުރީސްގެ ފަރާތުން އެ
ހިކަ ޤަބޫލުކޮށް ބަލައިގަތުމުން މުޙައްމަދު ޝިހާމްއާއި ޢާއިޝަތު އިދުރީސްގެ ނަމުގައި ގ.ކުޑަފުށީގެ
ރަޖިސްޓްރީ ކޮށްދިނުމަށް މާލޭ މުނިސިޕަލްޓީއިން އިޢުތިރާޟުކުރި ކުރުމަކީ، ނުވަތަ މުޙައްމަދު
ޝިހާމްއާއި ޢާއިޝަތު އިދުރީސްގެ ނަމުގައި ގ.ކުޑަފުށީގެ ރަޖިސްޓްރީކޮށް ނުދޭގޮތަށް ނިންމާފައިވާ
ނިންމުމަކީ 7 އޯގަސްޓް 2008 ދުވަހު ޢަމަލުކުރަން ފެށި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާއި ތަޢާރުޞުވާ ނިންމުމަކަށްވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ހ) އިން ކޯޓުތަކަށް ލިބިފައިވާ ބާރާއި އިޚްތިޔާރުގެ ދަށުން
މުޙައްމަދު ޝިހާމްއާއި ޢާއިޝަތު އިދުރީސްގެ ނަމުގައި ގ.ކުޑަ ފުށީގެ ރަޖިސްޓްރީކޮށްނުދޭ ގޮތަށް
މާލެ މުނިސިޕަލްޓީއިން ނިންމި ނިންމުން ބާޠިލްކޮށް، ގ.ކުޑަފުށީގޭގެ ވެރިފަރާތުން އެ ގެ މަދަނީ
ކޯޓުގެ ނަންބަރު 98/MC/52 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި މުޙައްމަދު ޝިހާމްއާއި
ޢާއިޝަތު އިދުރީސްއަށް ހިބައިންދީ، އެ ތިބަ މުޙައްމަދު ޝިހާމްއާއި އާއިޝަތު އިދުރީސް ބަލައިގަތް
ޤަބޫލުކޮށްފައިވާ ކަމުގެ ކިތާބީ ހެކި އެޤަޟިއްޔާގެ ޝަރުޢީ ރިޕޯޓުން ލިބެން އޮތުމުން، ގ.ކުޑަފުށީގެ
އެވެ ކިޔާ ގެއާއި ގޯތި މުޙައްމަދު ޝިހާމްއާއި ޢާއިޝަތު އިދުރީސްއަށް ލިބި، މުޙައްމަދު ޝިހާމްއާއި
ޢާއިޝަތު އިދުރީސްގެ ނަމުގައި ރަޖިސްޓްރީވުމީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40
ވަނަ މާއްދާގެ (ހ) އިން މުޙައްމަދު ޝިހާމްއާއި ޢާއިޝަތު އިދުރީސްއަށް ލިބިދޭ އަސާސީއެއްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/2{35
ޙައްޤެއްކަމުގައި ޙުކުމްކޮށްދިނުމަށާއި، ގ.ކުޑަފުށީގެ ނުވަތަ އެގެއިން ބައެއް ނަމަވެސް
އެހެންފަރާތެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްދީފައިވާނަމަ، އެރަޖިސްޓްރީ ބާޠިލްކުރުމަށާއި،
ގ.ކުޑަފުށީގެ އެވެ ކިޔާ ގެއާއި ގޯތި މުޙައްމަދު ޝިހާމްއާއި ޢާއިޝަތު އިދުރީސްގެ ނަމުގައި
ރަޖިސްޓްރީކޮށްދިނުމަށް މަލޭ މުނިސިޕަލްޓީއަށް އަމުރުކޮށްދިނުމަށް އެދި، މުޙައްމަދު ޝިހާމްއާއި
ޢާއިޝަތު އިދުރީސްގެ ފަރާތުން މާލޭ މުނިސިޕަލްޓީގެ މައްޗަށް ކުލަ ދަޢުވާއަށް ބަލައި
ނަޒަރުކުރާއިރު،
ގ.ކުޑަފުށީގޭގެ އެއިރުގެ ވެރިފަރާތްކަމުގައިވާ ގ.ކުޑަފުށީގެ ޙަސަން ޢަލީގެ ފަރާތުން
ގ.ކުޑަފުށީގެ މުޙައްމަދު ޝިހާމްއާއި ޢާއިޝަތު އިދުރީސްއަށް ހިބައިންދީ، އެ ހިބަ މުޙައްމަދު
ޝިހާމްއާއި ޢާއިޝަތު އިދުރީސް ބަލައިގަތް ޤަބޫލުކޮށްފައިވާކަން މަދަނީ ކޯޓުގެ ނަންބަރު
98/MC/52 ޤަޟިއްޔާގެ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮތްހިނދު، މަދަނީ ކޯޓުގެ
ނަންބަރު98/MC/52 ޤަޟިއްޔާގެ ޙުކުމުގައި ޙަސަން ޢަލީގެ ފަރާތުން ގ.ކުޑަފުށީގެ މުޙައްމަދު
ޝިހާމްއާއި ޢާއިޝަތު އިދުރީސްއަށް ހިބައިން ދިނުމުގެ މައްސަލަ ޝަރީޢަތުން ކުރިއަށް ގެންދެވެން
ނެތްކަމުގައި ކަނޑައަޅާފައި އޮތުމުން، މަދަނީ ކޯޓުގެ ނަންބަރު 98/MC/52 ޤަޟިއްޔާގެ
ޝަރީޢަތުގެ މަޖިލީހުގައި ގ.ކުޑަފުށީގެ ހިބައިން ދިނުމުގެ ގޮތުން ވެފައިވާ އީޖާބާއި ޤަބޫލު
ނެތިދިޔައީކަމުގައި ބެލެވޭކަމަށާއި،
ކޯޓުގެ ނަންބަރު 98/MC/52 ޤަޟިއްޔާ އިސްތިއުނާފުކޮށްފައިވާކަން
އެނގެން ނެތްހިނދު، އަދި ދިވެހިރާއްޖޭގައި ހުރި ކޯޓުތަކުގެ ތެރެއިން ކޯޓަކުން ކުރާ ޙުކުމް، އެ
ޙުކުމެއް ކުރި ކޯޓުން ނުވަތަ ޙުކުމް ކުރި ކޯޓާއި އެއްފެންވަރުގެ ކޯޓަކުން ބަދަލުކުރުމުގެ ބާރު،
ކޯޓުތަކަށް ލިބިގެންނުވާކަމަށްޓަކައި، މަދަނީ ކޯޓުގެ ނަންބަރު 98/MC/52 ޤަޟިއްޔާގެ ޙުކުމަށް
އެއްވެސް އަސަރެއް ކޮށްފާނެފަދައަކުން މިހިނގާ ޤަޟިއްޔާގެ ޙުކުމް ކުރުމަކީ ކޯޓަށް، އަދި
ފަނޑިޔާރަށްވެސް ލިބިގެންވާ ބާރެއް ނޫންކަމުގައި ޝަރީޢަތުން ފާހަގަކޮށް،
މަދަނީ
މުޙައްމަދު ޝިހާމްއާއި ޢާއިޝަތު އިދުރީސްގެ ފަރާތުން އެދިފައިވާފަދައިން،
ގ.ކުޑަފުށީގެ ނުވަތަ އެގެއިން ބައެއް ނަމަވެސް
އެހެންފަރާތެއްގެ ނަމުގައި ރަޖިސްޓްރީ
ކޮށްދީފައިވާނަމަ، އެރަޖިސްޓްރީ ބާޠިލުކުރެވޭނެ، އަދި ގ.ކުޑަފުށީގެ އެވެ ކިޔާ ގެއާއި ގޯތި
މުޙައްމަދު ޝިހާމްއާއި ޢާއިޝަތު އިދުރީސްގެ ނަމުގައި ރަޖިސްޓްރީކޮށްދިނުމަށް
05
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5
2013/HC-A/205
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މުނިސިޕަލްޓީއަށް އަމުރުކުރެވޭނެ ތަނެއް ނެތްކަމުގައި ކަނޑައަޅައި، ޙުކުމްކޮށްފީމެވެ." މިދައިން
ކަން އެނގެން އޮވެއެވެ.
02- މަދަނީކޯޓުގެ ނަންބަރު 2009/MC/763 ޤަޟިއްޔާ ނިމިފަވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ކުޑަފުށީގެ
މުޙައްމަދު ޝިހާމުއާއި ގުޑަ ފުށީގެ ޢާއިޝަތު ޢިދުރީސްގެ ފަރާތުން 08 (އަށެއް) ނުކުތާއެއް
ހުށަހަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، މަދަނީކޯޓުގެ ނަންބަރު 2009/MC/763 ޤަޟިއްޔާއިން ކުރެއްވި
ޙުކުމުގައި މުޙައްމަދު ޝިހާމާއި ޢާއިޝަތު އިދުރީސްގެ ފަރާތުން އެދިފައިވާ ފަދައިން ގ.ކުޑަފުށީގެ
ނުވަތަ އެގެއިން ބައެއް ނަމަވެސް އެހެން ފަރާތެއްގެ ނަމުގައި ރަޖިސްޓަރީކޮށްދީފައިވާނަމަ
އެރަޖިސްޓަރީ ބާޠިލް ކުރެވޭނެ ތަނެއް ނެތްކަމަށާއި އަދި ގ.ކުޑަފުށީގެއޭ ކިޔާގޯތި މުޙައްމަދު
ޝިހާމާއި، ޢާއިޝަތު އިދުރީސްގެ ނަމުގައި ރަޖިސްޓަރީ ކޮށްދިނުމަށް މާލޭ-މުނިސިޕަލްޓީއަށް
އަމުރުކުރެވޭނެ ތަނެއްނެތްކަމުގައި ކަނޑައަޅުއްވާފައިވާއިރު ކުޑަފުށީގޭގެ ވެރި އަލްމަރުޙޫމް
ޙަސަންޢަލީ އޭނާގެ ހެޔޮޙަޔާތުގައި އޭނާގެ މިލްކުގައި ހިމެނޭ ކުޑަފުށީގެއޭ ކިޔާގެ މުޙައްމަދު
ޝިހާމާއި ޢައިޝަތު އިދުރީސްއަށް މަދަނީކޯޓުގެ ޝަރީޢަތުގެމަޖިލީސްގައި ހިބައިން ދީފައިވާކަމުގެ
ބަޔާނާއި، މިހިބަ މުޙައްމަދު ޝިހާމާއި ޢައިޝަތު އިދުރީސް ޤަބޫލުކޮށް ބަލައިގެންފައިވާކަމުގެ
ބަޔާން މިހިބައިގެ މައްސަލަ ބަލައިދިނުމަށް ހިންގުނު މަދަނީކޯޓުގެ ނަންބަރު 98!MC;52
ޤަޟިއްޔާގެ ރިޕޯޓުގައި ހިމަނާފައި އޮތުމުން މިހިބައިގެ އީޖާބާއި ޤަބޫލު ޝަރުޢީކޯޓެއްގެ
ޝަރީޢަތުގެ މަޖިލީހުގައި ހިނގާ ނިމިފައިވާކަން ސާބިތުވާ މިހިބައަކީ ޞައްޙަނޫން ހިބައެއްކަމަށް
ޤާނޫނުއަސާސީގެ 16ވަނަ މާއްދާއަށް ރިޢާޔަތް ކުރައްވައިގެން މަދަނީކޯޓުން ބެއްލެވި އިސްލާމީ
ޝަރީޢަތުގެ އަޞްލަކީ ނުވަތަ ޤާނޫނަކީ ކޮބައިކަން ބަޔާން ކުރެއްވުމެއްނެތި ނަންބަރު
2009/MC/763 ޤަޟިއްޔާ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ
05
މ 04
42
0
ރާއްޖޭގެ
ދެވަނަ ނުކުތާއަކީ މުޙައްމަދު ޝިހާމާއި ޢާއިޝަތު އިދުރީސް އަށް ގ.ކުޑަފުށީގެ
ހިބައިންދިނުމުގެ މައްސަލަ ޝަރީޢަތުން ކުރިއަށް ގެންދެވެން ނެތްކަމަށް ނަންބަރު 98/MC/52
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/2{35
ޤަޟިއްޔާއިން ކަނޑައަޅުއްވާފައި އޮތުމާއި ގުޅިގެން އެޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ގ.
ކުޑަފުށީގެ ހިބައިން ދިނުމުގެ ގޮތުން ހިނގާފައިވާ މިހިބައިގެ އީޖާބާއި ޤަބޫލު ނެތި ދިޔައީކަމުގައި
ބެލެވޭކަމަށް ނަންބަރު 2009/MC/763ޤަޟިއްޔާގެ ރިޕޯޓު ގެ04ވަނަ ނަންބަރުގައި
ލިޔުއްވާފައިވާއިރު ހިނގާ ނިމިފައިވާ ހިބައެއްގެ އީޖާބާއި ޤަބޫލު ނެތިދިޔައީކަމަށް ނުވަތަ އެއީ
ހިނގާ ނިމުމަށްފަހު ނުހިނގާކަމެއްކަމަށް ބެލުމަށް ޤާޟީ ރިޢާޔަތް ކުރެއްވި ޝަރުޢީ އުޞޫލަކީ
ނުވަތަ ޤާނޫނަކީ ކޮބައިކަން ބަޔާން ކުރެއްވުމެއްނެތި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި
2 22
هއވެ.
• ތިންވަނަ ނުކުތާއަކީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/763 ޤަޟިއްޔާ
ނިންމެވުމުގައި އެނުކުތްތަކެއްގެ މައްޗަށް މަދަނީކޯޓުން ރިޢާޔަތް ކުރެއްވި ނުކުތާތަކުގެ 17ވަނަ
ނަންބަރުގައި މަދަނީކޯޓުގެ ނަންބަރު 98/MC/52 ޤަޟިއްޔާ އިސްތިއުނާފު ކޮށްފައިވާކަން
އެނގެންނެތްކަން ފާހަގަކުރައްވައި އެވާހަކަ ބަޔާން ކުރައްވާފައިވާއިރު ޤަޟިއްޔާއެއް އިސްތިއުނާފު
ނުކުރެވި އޮތުމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤެއް، ޤާނޫނުއަސާސީގެ 16ވަނަ
މާއްދާގެ (ހ) އާއި (ށ) ގައިބަޔާން ކޮށްފައިވާ ގޮތުގެމަތިން މީހެއްގެ ކިބައިން ނުވަތަ ބައެއްގެ
ކިބައިން ނިގުޅައި ގަނެވިދާނެ ސަބަބެއް މަށް ބެލުން، ހުއްދަކުރާ ޤާނޫނަކީ ނުވަތަ އެފަދަ
ޝަރުޢީ އުޞޫލަކީ ކޮބައިކަން ބަޔާން ކުރެއްވުމެއްނެތި މައްސަލަ ނިންމަވާފައިވުން ކަމަށް ބުނެ
ހުށަހެޅި ނުކުތާއެވެ.
0¢
ހަތަރުވަނަ ނުކުތާއަކީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/763 ޤަޟިއްޔާ
ނިންމެވުމުގައި މަދަނީކޯޓުން ފާހަގަކުރެއްވި ނުކުތާތަކުގައި 8ވަނަ ނަންބަރުގައި ދިވެހިރާއްޖޭގައިހުރި
ކޯޓުތަކުގެ ތެރެއިން ކޯޓަކުން ކުރާ ޙުކުމަކަށް އެޙުކުމް ކުރިކޯޓަކާއި އެއްފެންވަރުގެ ކޯޓަކުން
ބަދަލުގެނައުމުގެ ބާރު ލިބިގެން ނުވުމާއެކު މަދަނީކޯޓުގެ ނަންބަރު 98/MC/52 ޤަޟިއްޔާގެ
ޙުކުމާއި މަދަނީކޯޓުގެ ނަންބަރު 2000/MC/1496 ޤަޟިއްޔާގެ ޙުކުމަށް އެއްވެސް އަސަރެއް
ކޮށްފާނޭ ފަދައަކުން މިމައްސަލާގެ ޙުކުމް ކުރުމަކީ މަދަނީކޯޓަށް އަދި މަދަނީކޯޓުގެ
ފަނޑިޔާރަކަށްވެސް ލިބިގެންވާ ބާރެއްނޫންކަމުގައި ޝަރީޢަތުން ދެކޭކަމަށް
ބަޔާން
ކުރައްވާފައިވާއިރު މުދާ ހޯދުމާއި ލިބިގަތުމަކީ ޤާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ދިވެހި
ރައްޔަތަކަށް ލިބުން އެއަސާސީ ޤާނޫނު ލާޒިމުކުރާ އަސާސީ ޙައްޤެއްކަލާ
4 05
ހިރާއްޖޭގެ
2
މެއްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/2{35
ލިބިދޭންޖެހޭ ގޮތަށް
0¢¢33
ޙަކަމުއެކެވެ
ޤާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ މިފަދަ ހައްޤެއް މީހެއްގެ ކިބައިން ނުވަތަ ބައެއްގެ ކިބައިން
ނިގުޅައިގަނެވޭ ގޮތަށް ނުވަތަ މަރުވެފައިވާ މީހެއްގެ ތަރިކާގައި ނުހިމެނޭ މުދަލެއް އެތަރިކާގެ
ވާރިސުންނަށް
ޝަރުޢީ ކޯޓަކުން ނަމަވެސް
ންމުމެއް
ނިންމައިފިނަމަ އެނިންމުމަކީ ޝަރުޢީ އުޞޫލުތަކާއި ޤާނޫނުއަސާސީއާއި ތަޢާރަޟުވާ ކަމަށްޓަކައި
ޤާނޫނުއަސާސީގެ 268ވަނަ މާއްދާގައި ބަޔާންވެގެންވާފަދަ ތަންފީޒު ނުކުރެވޭނޭ ބާޠިލް
ނިންމެވުމެއްކަމަށް ބަލަންޖެހޭއިރު އެކަމަށް އެއްވެސް މިންވަރަކަށް ރިޢާޔަތް ކުރެއްވުމެއްނެތި
މައްސަލަ ނިންމަވާފައިވުން ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
• ފަސްވަނަ ނުކުތާއަކީ، މަދަނީކޯޓުން ނިންމަވާފައިވާ އެކޯޓުގެ ނަންބަރު
99/MC/356 ޤަޟިއްޔާ އާއި ނަންބަރު 2000/MC/1496 ޤަޟިއްޔާގައި
ކުޑަފުށީގޭ
އަލްމަރުހޫމާ ޒުލޭޚާ އިސްމާޢީލުގެ ތަރިކާގައި ވާރިޘުއްކަމަށް ދަޢުވާކޮށްފައިވާ މުޙައްމަދު ތައުފީޤު
ކުޑަފުށީ ގެއިން ބައެއް ހޯދުމަށް ކޮށްފައިވާ ދަޢުވާއަކީ އެދަޢުވާގެ ޞައްޙަކަމާމެދު ސުވާލުއުފެދޭ
ޝަރުޢީ އަދި ޤާނޫނީ ސަބަބުތަކެއްހުރި ދަޢުވާއެއްކަމަށް ބަލަންޖެހޭފަދަ އިތުބާރުހުރި ކިތާބީ
ހެކިތަކެއް މުޙައްމަދު ޝިހާމާއި ޢާއިޝަތު އިދުރީސް ގެ ފަރާތުން ހުށަހަޅާފައިވާއިރު އެދެމީހުން
ހުށަހަޅާފައިވާ ލިޔުންތަކުން ސާބިތުވާ ޙަޤީޤަތްތަކަށް އެއްވެސް މިންވަރަކަށް ރިޢާޔަތް
ނެތި ނަންބަރު 2009/MC/763 ޤަޟިއްޔާއިން ކުރެއްވި ޙުކުމުގެ ސަބަބުން
މުޙައްމަދު ޝިހާމާއި ޢާއިޝަތު އިދުރީސް އަށް ލިބެންޖެހޭ ގ.ކުޑަފުށީގޭ މިލްކުވެރިކަމުގެ ޙައްޤު
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް އެދެމީހުންގެ ކިބައިން ނިގުޅައިގަނެވޭކަމަށްބުނެ ހުށަހެޅި
މ 04
4
0
4
ހއ09އ
· · 422
ނިކުތީއެވެ.
• ހަވަނަ ނުކުތާއަކީ، ޒުލޭޚާ އިސްމާޢީލު ނިޔާވިއިރު ކުޑަފުށީ ގެއަކީ ހަމައެކަނި
ޒުލޭޚާގެ ފިރި އަލްމަރުޙޫމް ޙަސަން ޢަލީގެ މިލްކުގައި ހިމެނޭ ގެއެއްކަމާއި އެގޭގައި ޒުލޭޚާގެ
އެއްވެސް މިލްކުވެރިކަމެއް ނުވާކަމަށް މުޙައްމަދު ޝިހާމާއި ޢާއިޝަތު އިދުރީސް އާއި އެދެމީހުންގެ
ދަޢުވާ ސާބިތުކޮށްދޭން ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރޭގައި ހިމެނޭ މާކެންޓައިލް ޑިވިޝަނުގެ
ނަންބަރު 79/MD/35 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓާއި، ޙަސަން ޢަލީ ނިޔާވިއިރު
ކުޑަފުށީގެއަށް މާލެ މުނިސިޕަލްޓީން ހައްދަވާ ދެއްވާފައިވާ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީން
ސާބިތުވާއިރު އެދެލިޔުމުން ސާބިތުވާ ޙަޤީޤަތްތަކަށް ރިޢާޔަތް ކުރެއްވުމެއްނެތި އަލްމަރުހޫމާ ޒުލައިޚާ
އިސްމާޢީލު ނިޔާވިއިރު އޭނާގެ އެއްވެސް މިލްކުވެރި ކަމެއް ހިމެނިގެންނުވާ ގ. ކުޑަފުށީގެ ކިޔާގޭގެ
ހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/2{35
ދެބައިކުޅަ އެއްބަޔާއި ކުޑަފުށީ ގެ އެބިމުގައިހުރި ގ.ކުޑަފުށީގޭކިޔާ ގޯތީގައިވާ ބިން ޒުލައިޚާ
އިސްމާޢީލު ތަރިކާގެ ވާރިސުންކަމަށް ދަޢުވާކުރާ ބަޔަކަށް ލިބިދެއްވުމުގެ ގޮތުން ޝަރުޢީ
އުޞޫލުތަކާއި ޤާނޫނީ ހަމަތަކާއި ކަނޑައެޅިގެން ޚިލާފަށް މަދަނީކޯޓުން ނިންމަވާފައިވާ އެކޯޓުގެ
ނަންބަރު 2000/MC/1496 ޤަޟިއްޔާގެ ޙުކުމަށް އަސަރެއް ފޯރަފާނެ ކަމަށްޓަކާ ނުވަތަ
އެޤަޟިއްޔާގެ ޙުކުމް ތަންފީޒު ނުވެދާނެ ކަމަށްޓަކާ މުޙައްމަދު ޝިހާމާއި ޢާއިޝަތު އިދުރީސް ގެ
ނަމުގައި
ގ.ކުޑަފުށީގެ ރަޖިސްޓަރީކޮށްދިނުމަށް މާލޭމުނިސިޕަލްޓީއަށް ކޯޓުން
ޢަމުރުކުރެވެންނެތްކަމަށް ޙުކުމުގައި ކަނޑައަޅުއްވާ ނަންބަރު 2009/MC/763 ޤަޟިއްޔާ
މަދަނީކޯޓުން ނިންމެވުމުން ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤެއް އެއަސާސީގެ ޤާނޫނާއި
ޚިލާފަށް މުޙައްމަދު ޝިހާމާއި ޢާއިޝަތު އިދުރީސް ގެ ކިބައިން ނިގުޅައި ގަނެވިފައިވާކަމަށް ބުނެ
ހުށަހެޅި ނުކުތާއެވެ.
• ހަތްވަނަ
ކުތާއަކީ، ދިވެހިރާއްޖޭގައި އޮގަސްޓް 2008 ން ފެށިގެން
ޢަމަލުކުރަމުން މިދާ ޤާނޫނުއަސާސީގެ 63ވަނަ މާއްދާގައި އެއްވެސް ޤާނޫނެއް ނުވަތަ ޤާނޫނަކުން
ބައެއްވިޔަސް ޤާނޫނުއަސާސީގައި ބަޔާންވެގެންވާ އަސާސީ ޙައްޤަކާއި ނުވަތަ މިނިވަން ކަމަކާއި
ތައާރަޟުވާނަމަ އެޤާނޫނެއް ނުވަތަ އެޤާނޫނަކުން އެޙައްޤަކާއި ނުވަތަ އެމިނިވަންކަމަކާއި
ތަޢާރަޟުވާ މިންވަރެއްވާނީ ބާޠިލް އެއްޗަކަށްކަމުގައި ބަޔާންކޮށް މިޤާނޫނުއަސާސީއަށް
ޢަމަލުކުރަންފަށާއިރު ދިވެހިރާއްޖޭގައި ހިނގަމުންއަންނަ އެންމެހައި ޤާނޫނުތަކާއި، ޤަވާއިދު ތަކާއި،
ޤަރާރުތަކާއި އިޢުލާންތަކުގައި ބަޔާން ކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ޤާނޫނުއަސާސީގައި
ބަޔާންކޮށްފައިވާ ހައްޤުތަކާއި މިނިވަންކަމާއި ތަޢާރަޟުވާ އެންމެހައި ކަންތައް
މިޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމާއެކު ބާޠިލުވީކަމަށްވެސް ޤާނޫނުއަސާސީގެ 66ވަނަ
މާއްދާގައި ކަނޑައަޅާފައި އޮތުމުންނާއި
با سرمری فرم
:
ޤާނޫނުއަސާސީ އިން ކަށަވަރުކޮށްދީފައިވާ އެއްވެސް ޙައްޤެއް އެއަސާސީގެ
ޤާނޫނާއި ޚިލާފަށް މީހެއްގެ ކިބައިން ނިގުޅައިގަނެވޭފަދަ ޙުކުމެއްކޮށް އެފަދަ ޢަމުރެއް ނެރުއްވުމުގެ
ބާރަކީ ޝަރީޢަތާއި ޤާނޫނުގެ އިމުގެ ތެރެއިން ކޯޓުތަކުގެ ފަނޑިޔާރުންނަށް ލިބިގެންވާ
ބާރެއްނޫންކަމާއި ކަންކަން ނިންމެވުމުގައި ފަނޑިޔާރުން ބަލަންވާނީ ހަމައެކަނި ޤާނޫނުއަސާސީއަށާއި
ޤާނޫނަށްކަމާއި ޤާނޫނުއަސާސީ އާއި ޤާނޫނުގައި ވަކި ގޮތަކަށް ކަނޑައަޅާފައިނުވާކަންކަން
ހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/2{35
އ ހ 0
2
2
4
مرمموه
· 4
04
ނިންމެވުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައެޅުމުގައި ފަނޑިޔާރުން ރިޢާޔަތް
ކުރަންވާނެކަމާއި ވަކިފަރާތަކަށް ބުރަނުވުމާއި ވަކިފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުން ނުވުމާއި
އައްޞުބުން އެއްކިބާވުމަކީ ފަނޑިޔާރުންގެ މައްޗަށް ޤާނޫނުއަސާސީ
ލާޒިމުކުރާ ކަމެއްކަން
ޤާނޫނުއަސާސީގެ 142ވަނަ މާއްދާއިން ސާފުކޮށް އެގެން އޮތުމުންނާއި ،
ކުޑަފުށީގޭ އަލްމަރުޙޫމް ޙަސަން ޢަލީ އޭނާގެ ހެޔޮ ޙަޔާތުގައި އޭނާގެ އަމިއްލަ
މިލްކެއްގެ ގޮތުގައިވަނިކޮށް މުޙައްމަދު ޝިހާމުއާއި ޢާއިޝަތު އިދުރީސްއަށް ހިބައިންދިނުމުން
އެދެމީހުން ޤަބޫލުކޮށް ބަލައިގަނެ އެގެއެއްގައި އެދެމީހުން ދިރިއުޅެމުން އަންނަ ގ.ކުޑަފުށީގެ އެވެކިޔާ
ގެއާއި ގޯތި މުޙައްމަދު ޝިހާމުއާއި، ޢާއިޝަތު އިދުރީސްގެ ނަމުގައި ރަޖިސްޓްރީކޮށް ނުދިނުމީ
ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ މުދާ ހޯދުމާއި ލިބިގަތުމުގެ ޙައްޤު އެއަސާސީ ޤާނޫނާއި
ޚިލާފަށް މުޙައްމަދު ޝިހާމުއާއި، ޢާއިޝަތު އިދުރީސްގެ ކިބައިން ނިގުޅައިގަތުންކަމަށް ބަލަންޖެހޭއިރު
ޤާނޫނު އަސާސީއަށާއި ޝަރުޢީ އުޞޫލުތަކަށް ބެއްލެވުމެއްނެތި މުޙައްމަދު ޝިހާމުއާއި، ޢާއިޝަތު
އިދުރީސްގެ ނަމުގައި ގ.ކުޑަފުށީގެ ރަޖިސްޓްރީކޮށްދިނުމަށް މާލޭ މުނިސިޕަލްޓީއަށް ކޯޓުން
އަމުރުކުރެވެން ނެތްކަމަށް މަދަނީކޯޓްގެ ނަންބަރު 2009/MC/763 ޤަޟިއްޔާ ކުރެއްވި ޙުކުމުގެ
ސަބަބުން ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤެއް އެއަސާސީ ޤާނޫނާއި ޚިލާފަށް މުޙައްމަދު
ޝިހާމުއާއި، ޢާއިޝަތު އިދުރީސްގެ ކިބައިން ނިގުޅައިގަނެވިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
(8) އަށްވަނަ ނުކުތާއަކީ، މަދަނީކޯޓްގެ 98/MC/52 ޤަޟިއްޔާ އެކޯޓްގައި
ހިނގިއިރު މުޙައްމަދު ޝިހާމުއާއި، ޢާއިޝަތު އިދުރީސްގެ ނަމުގައި ގ.ކުޑަފުށީގެ
ރަޖިސްޓްރީކޮށްދިނުމަށް މާލޭ މުނިސިޕަލްޓީން އިޢުތިރާޟްކުރި ސަބަބަކީ އެސަބަބަށްޓަކައި
އިޢުތިރާޝްކުރެވިދާނެ ސަބަބެއްކަމަ
ސަބަބެއްކަމަށް އޭރު ބެލެވުނުކަމުގައިވިޔަސް އަލްމަރުޙޫމް ޙަސަން ޢަލީގެ
ދަރިއަކު އަދި މުދާ ވާރުތަކުރާނެ ވާރިޘަކުވެސް ނެތުމުން އޭނާ ނިޔައުވުމަށްފަހު މުޙައްމަދު
ޝިހާމުއާއި، ޢާއިޝަތު އިދުރީސްގެ ނަމުގައި ގ.ކުޑަފުށީގެ ރަޖިސްޓްރީކޮށްދިނުމަށް މާލޭ
މުނިސިޕަލްޓީން އޭރު އިޢުތިރާޝްކުރި ސަބަބު ނެތުނީކަމަށް ބަލަންޖެހޭއިރު، އަދި މިހާރު ރާއްޖޭގައި
ޢަމަލުކުރެވެމުން މިދާ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެސް ޙައްޤެއް ނިގުޅައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/2{35
05
ޤާއިދުކޮށް ދޫނުކޮށް ހިފެހެއްޓުމުގެ ބާރު އެއްވެސް ފަރާތަކަށް ޤާނޫނުއަސާސީން ދީފައިނުވާއިރު،
ގ.ކުޑަފުށީ ގޭގެ ވެރި އަލްމަރުޙޫމް ޙަސަން ޢަލީ އެނާގެ ހެޔޮ ޙަޔާތުގައި އޭނާގެ އަމިއްލަ މިލްކު
މުދަލެއްގެގޮތުގައި ވަނިކޮށް މުޙައްމަދު ޝިހާމުއާއި، ޢާއިޝަތު އިދުރީސްއަށް ހިބައިން ދިނުމުން
އެދެމީހުން ޤަބޫލުކޮށް ބަލައިގަނެ އެދެމީހުން ދިރިއުޅެމުން އަންނަ ގ.ކުޑަފުށީގެ އެދެމީހުންގެ
ނަމުގައި ރަޖިސްޓްރީކޮށްދިނުމަށް މާލޭ މުނިސިޕަލްޓީއަށް މަދަނީކޯޓުން އަމުރުކުރެވޭނެތަނެއް
ނެތްކަމަށް ޙުކުމުގައި ކަނޑައަޅުއްވާ ނަންބަރު 2009/MC/763 ޤަޟިއްޔާއިން ނިންމެވުމުން
ޤާނޫނު އަސާސީގެ 23 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެގެންވާ ހިޔާވަހިކަން ލިބުމުގެ ޙައްޤާއި،
24 ވަނަ މާއްދާގައި ބަޔާންވެގެންވާ ޒާތީ ދިރިއުޅުމުގެ ޙައްޤާއި، 40 ވަނަ މާއްދާގެ (ހ) ގައި
ބަޔާންވެގެންވާ މުދާ ހޯދުމާއި، މިލްކުކުރުމުގެ ޙައްޤާއި، 41 ވަނަ މާއްދާގެ (ށ) ގައި
ބަޔާންވެގެންވާ ވަޒަންވެރިވުމުގެ ޙައްޤު ޤާނޫނުއަސާސީއާއި ޚިލާފަށް މުޙައްމަދު ޝިހާމުއާއި،
ޢާއިޝަތު އިދުރީސްގެ ކިބައިން ނިގުޅައިގަނެވިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
3- މަދަނީ ކޯޓުގެ ނަންބަރު 2009/MC/763 ޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ
ނުޖެހޭ ކަމަށްބުނެ މުޙައްމަދު ޝިހާމް އާއި ޢައިޝަތު އިދުރީސްގެ ފަރާތުން އިސްތިއުނާފް ކުރުމަށް
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
/ އ ވ2 2
4
2
4
مکمل محروم
(ހ) މަދަނީ ކޯޓުގެ ނަންބަރު 2009/MC/763 ޤަޟިއްޔާ އަކީ މުޙައްމަދު ޝިހާމް އާއި
ޢައިޝަތު އިދުރީސްއާއި މިދެމީހުންގެ ފަރާތުން ގ.ކުޑަފުށީގޭ އަލްމަރުޙޫމް ޙަސަން ޢަލީ
ނާގެ ހޮޔޮ
އޭނާގެ މިލްކުގައި ހިމެނޭ ގ.ކުޑަފުށީގެ ޝަރުޢީ ކޯޓެއްގެ މަޖިލީހުގައި މުޙައްމަދު
3ދ
برفی کرمی
هހަމުއެ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް WWW.highcourt.gov.mv
2013/HC-A/2{05
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0 0
OXUC 7 X
0
<< O
2 /
ޢާއިޝަތު އިދުރީސް އަށް ހިބައިންދީ އެހިބަ ޤަބޫލުކޮށް ބަލައިގަތުމުން މުޙައްމަދު ޝިހާމުއާއި ޢާއިޝަތު
އިދުރީސްގެ ނަމުގައި ގ.ކުޑަފުށީގެ ރަޖިސްޓްރީ ކޮށްދިނުމަށް މާލޭ މުނިސިޕަލްޓީން އިޢުތިރާޟުކޮށް ނުވަތަ
މުޙައްމަދު ޝިހާމުއާއި ޢާއިޝަތު އިދުރީސްގެ ނަމުގައި ގ.ކުޑަފުށީގެ ރަޖިސްޓްރީކޮށްނުދޭގޮތަށް
ނިންމާފައިވާ ނިންމުމަކީ 07 އޯގަސްޓް 2008ން ފެށިގެން މިހާރު ޢަމަލުކުރަމުންދާ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެށުމުން މިޤާނޫނު އަސާސީގެ 16 ވަނަ މާއްދާއާއި
ތަޢާރަޟުވާ ނިންމުމެއްކަމަށްވާތީއާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ ޤާނޫނު އަސާސީގެ 144 ވަނަ މާއްދާގެ
(ހ) އިން ކޯޓުތަކަށް ލިބިފައިވާ ބާރާއި އިޚްތިޔާރުގެ ދަށުން މުޙައްމަދު ޝިހާމުއާއި ޢާއިޝަތު އިދުރީސްގެ
ނަމުގައި ގ.ކުޑަފުށީގެ ރަޖިސްޓްރީކޮށްނުދޭގޮތަށް މާލޭ މުނިސިޕަލްޓީއިން ނިންމާފައިވާ ނިންމުން ބާޠިލްކޮށް،
ގ.ކުޑަފުށީގޭގެ ވެރިފަރާތުން އެ ގެ މަދަނީ ކޯޓުގެ ނަންބަރު 98/MC/52 ޤަޟިއްޔާގެ ޝަރީޢަތުގެ
މަޖިލިސްގައި މުޙައްމަދު ޝިހާމުއާއި ޢާއިޝަތު އިދުރީސްއަށް ހިބައިންދީ އެހިބަ މުޙައްމަދު ޝިހާމުއާއި
ޢާއިޝަތު އިދުރީސް ޤަބޫލުކޮށް ބަލައިގެންފައިވާކަމުގެ ކިތާބީހެކި އެޤަޟިއްޔާގެ ޝަރުޢީ ރިޕޯޓުން
އެނގެންއޮތުމުން، ގ.ކުޑަފުށީގެ އެވެ ކިޔާ ގެއާއި ގޯތި މުޙައްމަދު ޝިހާމުއާއި ޢާއިޝަތު އިދުރީސްއަށް
ލިބި މުޙައްމަދު ޝިހާމުއާއި ޢާއިޝަތު އިދުރީސްގެ ނަމުގައި ރަޖިސްޓްރީވުމީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނު އަސާސީގެ 40 ވަނަ މާއްދާގެ (ހ) އިން މުޙައްމަދު ޝިހާމުއާއި ޢާއިޝަތު އިދުރީސްއަށް ލިބިދޭ
އަސާސީ ޙައްޤެއްކަމުގައި ޙުކުމްކޮށްދިނުމަށާއި، ގ.ކުޑަފުށީގެ ނުވަތަ އެގެއިން ބައެއްވަނަވެސް
އެހެންފަރާތެއްގެ ނަމުގައި ރަޖިސްޓްރީކޮށްދީފައިވާނަމަ އެރަޖިސްޓްރީ ބާޠިލްކުރުމަށާއި، ގ.ކުޑަފުށީގެ އެވެ
ކިޔާގެއާއި ގޯތި މުޙައްމަދު ޝިހާމުއާއި ޢާއިޝަތު އިދުރީސްގެ ނަމުގައި ރަޖިސްޓްރީކޮށްދިނުމަށް އެދި މާލޭ
މުނިސިޕަލްޓީގެ މައްޗަށް ދަޢުވާކުރުމުން މަދަނީކޯޓުން ބައްލަވާފައިވާ މައްސަލައެއްކަން އެގޭކަމާއި
އަދި އެމައްސަލާގެ ޙުކުމަށް ބަލާއިރު މަދަނީކޯޓުގެ ނަންބަރު 98/MC/52
ޤަޟިއްޔާގެ ޙުކުމުގައި ޙަސަން ޢަލީގެ ފަރާތުން ގ.ކުޑަފުށީގެ މުޙައްމަދު ޝިހާމުއާއި ޢާއިޝަތު
އިދުރީސްއަށް ހިބައިން ދިނުމުގެ މައްސަލަ ޝަރީޢަތުން ކުރިއަށް ގެންދެވެން ނެތްކަމުގައި ކަނޑައަޅާފައިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/2{35
އޮތުމުން މަދަނީކޯޓުގެ ނަންބަރު 98/MC/52 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ގ.ކުޑަފުށީގެ
ހިބައިން ދިނުމުގެ ގޮތުން ވެފައިވާ އީޖާބާއި ޤަބޫލު ނެތިދިޔައީ ކަމުގައި ބެލެވޭ ކަމަށާއި މުޙައްމަދު
ޝިހާމުއާއި ޢާއިޝަތު އިދުރީސްގެ ފަރާތުން އެދިފައިވާ ފަދައިން ގ.ކުޑަފުށީގެ ނުވަތަ އެގެއިން
ބައެއްނަމަވެސް އެހެންފަރާތެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްދީފައި ވާނަމަ އެރަޖިސްޓްރީ ބާޠިލް ކުރެވޭނެ
އަދި ކުޑަފުށީގެއެވެ ކިޔާ ގެއާއި ގޯތި މުޙައްމަދު ޝިހާމް އާއި ޢާއިޝަތު އިދުރީސް ގެނަމުގައި ރަޖިސްޓްރީ
ކޮށްދިނުމަށް މާލޭ މުނިސިޕަލްޓީއަށް އަމުރުކުރެވޭނެ ތަނެއްނެތްކަމުގައި ކަނޑައަޅުއްވާފައިވާ ކަންވެސް
4444
އެޤީއަ•
4 22
2 ﷲ 224 |
ހެނދޅުވާ
(ށ) ދެވަނަ ނުކުތާއަކީ، މަދަނީ ކޯޓުގެ ނަންބަރު
98/MC/52 ޤަޟިއްޔާއަކީ
ގ.ކުޑަފުށީގެ ޙަސަންޢަލީ އޭނާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ގ.ކުޑަފުށީގެއެވެ ކިޔާ ބަންޑާރަ
ގޯތީގައިވާ އެންމެހާ އިމާރާތްތަކާއި ވަޅުފަދަ ތަންތަން އޭނާގެ މިލްކުން ކަނޑައި ތ. ތިމަރަފުށީ އުނިމާގެ
މުޙައްމަދު ޝިހާމްއާއި ތ. ތިމަރަފުށީ ޑޭޒީމާގެ އައިޝަތު އިދުރީސް އާ ދެމީހުންނަށް ހިބައިންދިނުމަށް
އެދި ބެލިފައިވާ މައްސަލައެއްކަމާއި އެމައްސަލާގެ ހުކުމުގައި ވަނީ " ދެންފަހެ އިސްވެދިޔަ
ތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ގ.ކުޑަފުށީގެ ޙަސަން ޢަލީގެ ނަމުގައި
ރަޖިސްޓްރީ ކުރެވިފައިވާ ގ.ކުޑަފުށީގެއެވެ ކިޔާ ބަންޑާރަގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި
ވަޅުފަދަތަންތަން ތ. ތިމަރަފުށީ އުނިމާގެ މުޙައްމަދު ޝިހާމްއާއި ތ. ތިމަރަފުށީ ޓީމާގެ އައިޝަތު
އިދުރީސް އަށް ހިބައިންދިން ނަމަވެސް މުޙައްމަދު ޝިހާމްއާއި ޢާއިޝަތު އިދުރީސްގެ ނަމުގައި
ގ.ކުޑަފުށީގެ ރަޖިސްޓްރީކޮށްދެވޭކަށް ނެތްކަމަށާއި އެއީ މާލޭގައި ބަންޑާރަގޯތި ގޯތީގައި ހުންނަ
މީސްމީހުންގެ ޢިމާރާތް ދިނުމާއި، ވިއްކުމުގެ ޤަވާއިދުގެ 1 ވަނަ މާއްދާގައިވާ ފަދަ ބަޔަކަށް
އެދެމީހުންނުވާތީ ކަމަށް މާލޭމުނިސިޕަލްޓީގެ ނަންބަރު 144
/
98
/
11/C-99 (03 ފެބްރުއަރީ 1998)
ސިޓީން އަންގަވާފައިވާތީ ގ.ކުޑަފުށީގެ ތ. ތިމަރަފުށީ އުނިމާގެ މުޙައްމަދު ޝިހާމްއާއި ތ. ތިމަރަފުށީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް WWw.highcourt.gov.mv
2{1{/HC-A/205
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޑޭޒީމާގެ އައިޝަތު އިދުރީސް އަށް ހިބައިން ދިނުމުގެ މަސްއަލަ ޝަރީޢަތުން ކުރިއަށް ގެންދެވެން ނެތް
ވާހަކު އަންގާ މިޤާޟިއްޔާ ނިންމީއެވެ." މިފަދައިން ކަމާއި އަދި އެޤަޟިއްޔާއަކީ އެއްވެސް ފަރާތަކުން
އިސްތިއުނާފުކޮށްފައި ނުވާ ޤަޟިއްޔާއެއްކަންވެސް އެގެއެވެ.
(ނ) ދިވެހިރާޖޭގެ ހައިކޯޓަށް މައްސަލަ އިސްތިއުނާފުކުރިފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ 8 ވަނަ
ނަންބަރުގައި މަދަނީކޯޓުގެ 98/MC/52 ޤަޟިއްޔާ އެކޯޓުގައި ހިނގިއިރު މުޙައްމަދު ޝިހާމުއާއި
ޢާއިޝަތު އިދުރީސްގެ ނަމުގައި ގ.ކުޑަފުށީގެ ރަޖިސްޓްރީ ކޮށްދިނުމަށް މާލޭ މުނިސިޕަލްޓީން އިޢުތިރާޟް
ކުރި ސަބަބަކީ އެސަބަބަށްޓަކައި އިޢުތިރާޟް ކުރެވިދާނެ ސަބަބެއް ކަމަށް އޭރު ބެލެވުނު ކަމުގައިވިއަސް
އަލްމަރުޙޫމް ޙަސަން ޢަލީގެ ދަރިއަކު އަދި މުދާ ވާރުތަ ކުރާނެ ވާރިޘަކުވެސް ނެތުމުން އޭނާ ނިޔާ
ވުމަށްފަހު މުޙައްމަދު ޝިހާމްއާއި ޢާއިޝަތު އިދުރީސްގެ ނަމުގައި ގ.ކުޑަފުށީގެ ރަޖިސްޓްރީ ކޮށްދިނުމަށް
މާލޭ މުނިސިޕަލްޓީން އޭރު އިޢުތިރާޟް ކުރި ސަބަބު ނެތުނީ ކަމަށް ބަލަންޖެހޭ ކަމަށް މައްސަލަ
އިސްތިއުނާފް ކުރި ފަރާތުން ބަޔާންކޮށްފައި ވުމަކީ މަދަނީކޯޓުގެ ނަންބަރު 08/MC/52 ޤަޟިއްޔާއިން
ހިބައިން ދިނުމަށް ޙަސަން ޢަލީގެ ފަރާތުން ހުށަހެޅިމައްސަލާގައި މާލޭ މުނިސިޕަލްޓީން ކުޅަ އިޢުތިރާޟުގެ
ސަބަބުން ހިބައިން ދިނުމުގެ މައްސަލަ ޝަރީޢަތުން ކުރިއަށް ގެންދެވެ.
ދެވެން ނެތްކަމަށް އަންގަވާ އެމައްސަލަ
ނިންމަވާފައިވާގޮތް ރަނގަޅުކަމަށް ވެވޭ އިޤުރާރެއް ކަމަށް ބެލެވޭ ކަމާއި
24
އަދި މުޙައްމަދު ޝިހާމްއާއި ޢާއިޝަތު އިދުރީސްގެ ފަރާތުން އިސްތިއުނާފު ކުރުމަށް
ހުށަހަޅާފައިވާ މަދަނީކޯޓުގެ ނަންބަރު 2009;MC;763 ޤަޟިއްޔާ މަދަނީކޯޓަށް ހުށަހެޅިއިރުވެސް ޙަސަން
ޢަލީ ނިޔައުވެފައި ވާކަން އެގޭ އިރު އަދި ހިބަކުރެވުނު ތަނާއި މުދާ ވަކިކުރެވި ހިބަ ޤަބޫލު ކުރި ފަރާތުގެ
ބެލުމުގެ ދަށަށް ގޮސްފައި ނުވާއިރު މަދަނީކޯޓުގެ ނަންބަރު98/MC/52 ޤަޟިއްޔާގެ ޝަރީޢަތުގެ
މަޖިލީހުގައި ހިގާފައިވާ އީޖާބާއި ޤަބޫލުގެ ސަބަބުން އެމުދަލުގެ މިލްކުވެރި ކަމަށް އެއްވެސް ބަދަލެއް
އައިސްފައި ނުވާކަން އެގެއެވެ.
އިއްހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: info
@
highcourt gov.mv
ވެބް ސައިޓް WWw.highcourt.gov.mv
14 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/2{35
22
4 0
(ރ) ގ.ކުޑަފުށީގެ އެވެ ކިޔާ ގޯއްޗަކީ ބަންޑަރ ގޯއްޗެއްކަން އެގޭ ކަމާއި ބަންޑާރަބިމުގެ
ނާޝިރަކީ ދައުލަތްކަމާއި ބިމަކީ ބިމުގެ ނާޝިރު ކަމަށްވާ ދައުލަތުގެ ހައްގެއް ކަމަށްވާއިރު ގ.ކުޑަފުށީގޭ
ޙަސަން ޢަލީގެ ފަރާތުން ގ.ކުޑަފުނީގެއެވެ ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި ވަޅުފަދަ
ތަންތަން ޙަސަން ޢަލީގެ މިލްކުން ކަނޑައި ތ.ތިމަރަފުށި އުނިމާގެ މުޙައްމަދު ޝިހާމްއާއި ތ.ތިމަރަފުށި
ޑޭޒީމާގޭ ޢާއިޝަތު އިދުރީސްއަށް ހިބައިން ދިނުމަށްޓަކައި ޝަރީޢަތަށް ހުށަހެޅުމުން
ށަހެޅުމުން މަދަނީކޯޓުގެ
ނަންބަރު98/MC/52 ޤަޟިއްޔާއިން އެމައްސަލަ ބައްލަވާ އެހިބަ ހިންގުމާމެދު އިޢުތިރާސެއް ވޭތޯ
ބެލުމަށްޓަކައި މަދަނީކޯޓުން މާލޭ މުނިސިޕަލްޓީގައި ދެންނެވުމުން ގ.ކުޑަފުށީގެއެވެ ކިޔާ ބަންޑާރަ ގޯތީގައިވާ
އެންމެހާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން މުޙައްމަދު ޝިހާމުއާއި ޢާއިޝަތު އިދުރީސްއަށް ހިބައިން
ދިންނަމަވެސް އެދެމީހުންނަކީ މާލޭގައި ބަންޑާރަ ގޯތީގައި ހުންނަ މީސްމީހުންގެ ޢިމާރާތް ދިނުމާއި
ވިއްކުމުގެ ގަވައިދުގެ 1 ވަނަ މާއްދާގައި ވާފަދަ ބަޔަކަށް ނުވާތީ އެދެމީހުންގެ ނަމުގައި ގ.ކުޑަފުށީގެ
ރަޖިސްޓްރީ ކޮށްދެވެން ނެތްކަމަށް މާލޭ މުނިސިޕަލްޓީން އަންގަވާފައިވާ ކަންވެސް އިސްވެ ބަޔާންކުރެވުނު
މަދަނީކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުންނާއި ބަޔާންތަކުން އެގޭ ކަމާއި އަދި
އެއިޢުތިރާޝްގެ ސަބަބުން މުޙައްމަދު ޝިހާމްއާއި ޢާއިޝަތު އިދުރީސްއަށް ގ.ކުޑަފުށީގެ ހިބައިން ދިނުމުގެ
އިސްވެ ބަޔާން ކުރެވުނު މައްސަލަ ޝަރީޢަތުން ކުރިއަށް ގެންދެވެން ނެތްކަމަށް އަންގަވާ އެމައްސަލަ
ނިންމަވާފައިވާކަން އެގޭއިރު ހިބަކުރެވުނު މުދާ ހިބަ ޤަބޫލުކުރި ފަރާތުގެ އަތަށް ލިބި އެފަރާތުގެ ބެލުމުގެ
ދަށަށް ގޮސްފައި ނެތުމުން އެހިބައިގެ އީޖާބާއި ޤަބޫލުގެ ސަބަބުން އެމުދަލުގެ މައްޗަށް މިލްކުވެރިކަން
ބަދަލުވެގެން ނުދާނެކަން ޝަރުޢީ ގާއިދާއެއް ކަމަށްވާ " 21 لهل " (އަތުގެ ވެރިކަން
ލިބުމުން މެނުވީ ތަބައްރުޢު ކުރުން ފުރިހަމައެއް ނުވާނެއެވެ." މިގާއިދާގެ މަފްހޫމަށް ބެލުމުން
އެގެއެވެ. އަދި މަދަނީކޯޓުގެ ނަންބަރު 2009/MC/763 ޤަޟިއްޔާ ޝަރީޢަތަށް ހުށަހެޅިއިރުވެސް
ޙަސަން ޢަލީ ނިޔާވެފައިވުމުން ޙަސަން ޢަލީގެ މުދާ ނަގުލުވެގެންދާނީ ޙަސަން ޢަލީގެ ވާރިސުންނަށް
0 0
ކަންވެސް ޝަރުޢީ އުޞޫލުތަކަށް ބެލުމުން އެގެއެވެ.
ދިޗެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325129، ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް WWw.highcourt.gov.mv
2[13/HC-A/205
15 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ތ ދވ
0 ބ ޅ 2
24
صورت مس
(ބ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދަށުން ޤާއިމު ކުރެވިފައިވާ
ތިންމަރުހަލާގެ ކޯޓުތަކުގެ
ތެރެއިން ކޮންމެ
މަރުޙަލާއެއްގެ ކޯޓުތަކަކީވެސް ޤާނޫނުގައި ވަކި
އިޚްތިޞާޞްތަކެއް ކަނޑައެޅިފައިވާ ކޯޓްތަކަކަށްވެފައި އެއްވެސް މަރުޙަލާއެއްގެ ކޯޓަކަށް ހަމަ އެމަރުހަލާ
އެއްގެ ކޯޓެއްގެ
އެގެ އިޚްތިސާސްގެ ތެރެއަށް ވަނުމާއި އެއްމަރުހަލާއެއްގެ ކޯޓަކުން ކޮށްފައިވާ
އަސަރުކުރާފަދަ ޙުކުމެއް ހަމަ އެމަރުހަލާގެ އެހެން ކޯޓަކުން ކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު
އަސާސީގެ ދަށުން ޤާއިމްވެފައިވާ ޝަރުޢީ ނިޒާމް ބިނާވެފައިވާ އަސާސީ އުޞޫލުތަކާ ތަޢާރުޟުވާ ކަމެއް
ކަމަށާއި އެއްމަރްޙަލާގެ އެއްވެސް ކޯޓަކުން އެމަރުޙަލާގެ އަނެއް ކޯޓެއްގެ ޚާއްޞަ އިޚްތިޞާޞްގެ ތެރެއަށް
ވަނުމަކީ ޢަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސް އެޅިދާނެކަމަކަށްވާތީއާއި ދަށުކޯޓުތަކުން މަތީ
މަރްޙަލާތަކުގެ ކޯޓުތަކަށް ތަބާވާންޖެހުމުގެ އުޞޫލު ޤާނޫނުއަސާސސީ އިން ކަނޑައެޅިފައިވާތީއާއި ދަށު
މަރުޙަލާތަކުގެ ކޯޓުތަކުގެ ނިންމުމާމެދު
ފަރާތްތަކަށް އެމައްސަލައެއް ދިވެހިރާއްޖޭގެ
ހައިކޯޓުގައި އިސްތިއުނާފުކުރުމާއި، އަދި ހައިކޯޓުގެ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ފަރާތްތަކަށް އެމައްސަލަ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީއިން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ބާރު ހިނގާ ސަރަޙައްދު ތެރޭގައިވާ
އެންމެންނަށް ފަހިކޮށްދީފައިވާތީ، އެއްމަރުޙަލާއެއްގެ ކޯޓަކުން ނިންމާފައިވާ ނިންމުމެއްގެ މައުޟޫޢު ހަމަ
އެމަރުޙަލާގެ އެހެން ކޯޓަކުން ބެލުމާއި، އެފަދަ އެއްވެސް ނިންމުމަކަށް ހުރަސް އެޅިދާފަދަ އެއްވެސް
ނިންމުމެއް ހަމަ އެމަރްޙަލާގެ އެހެން ކޯޓަކުން ނިންމުމަކީ ޢަދުލު އިންޞާފު ޤާއިމްކުރުމަށް ހުރަސް
އެޅިދާނެ ކަމަކަށްވާތީ އެއްވެސް މަރުހަލާއެއްގެ ކޯޓަކުން ނިންމާފައިވާ ނިންމުމަކާ މެދު ހިތްހަމަ ނުޖެހޭ
ފަރާތަކުން އެއަށްވުރެ މަތީ މަރުހަލާއެއްގެ ކޯޓެއްގައި އެމައްސަލައެއް އިސްތިއުނާފު ކުރުމުގެ ބަދަލުގައި
އެމައްސަލަ ހަމަ އެމަރުޙަލާގެ އެހެން ކޯޓަކަށް ހުށަހަޅައި، ކުރީގައި ނިމިފައިވާ އެމައްސަލަ ނުވަތަ ކުރީގައި
ނިމިފައިވާ އެމައްސަލައިގެ މައުޟޫޢުއާ ގުޅިގެން ކުރީގެ ޙުކުމަށް އަސަރެއް ފޯރާފާނެ އެއްވެސް
މައްސަލައެއް
ހަމަ އެމަރުޙަލާގެ އެހެން ކޯޓެއްގައި ބެލެވުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު
42 0
4 04
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް WWW.highcourt.gov.mv
16 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/2{35
އަސާސީއިން ޤާއިމްކޮށްފައިވާ ޝަރުޢީ ނިޒާމު ބިނާވެފައިވާ އަސާސީ އުޞޫލުތަކާ އަދި ޢަދުލު އިންޞާފުގެ
ހަމަތަކާ ތަޢާރަޟުވާ ކަމެއް ކަމަށްވެސް ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ ނަމްބަރު 03/SC
-
SJ/2011 ކޯޓު
އަމުރުގައި
އޮތުމުން މަދަނީކޯޓުގެ ނަންބަރު 2009/MC/263 ޤަޟިއްޔާގައި
މަދަނީކޯޓުގެ ނަންބަރު 98/MC/52 ޤަޟިއްޔާގެ ހުކުމަށް އެއްވެސް އަސަރެއް ކޮށްފާނެ ފަދައަކުން
ހުކުމްކުރުމަކީ އެކޯޓަށް ލިބިގެންވާ ބާރެއްނޫންކަމަށް ކަނޑައަޅުއްވާފައިވަނީ ޤާނޫނީ ހަމަތަކާ އެއްގޮތަށް
ހއ ވ މހކ / ހ
ބަޔާންކުރއވ
ކަމަށް ޤަބޫލުކުރެވެއެވެ.
ވީމާ އިސްވެ ބަޔާން ކުރެވުނު ކަންކަން ބަޔާންކުރެވި
ކުރެވިދިޔަ ގޮތަށް ހުރުމާއެކު މަދަނީކޯޓުގެ
ނަންބަރު 2009/MC/763 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ ނުވަތަ ޤާނޫނީ
އުސޫލަކާ ޚިލާފަށް ކުރައްވާފައިވާ ހުކުމެއް ކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް ނުފެނެއެވެ.
ދެންފަހެ އިސްވެ ބަޔާން ކުރެވިދިޔަ ކަންކަން ބަޔާންކުރެވިދިޔަ ގޮތަށް ހުރުމާއެކު މަދަނީކޯޓުގެ
ނަންބަރު 2009/MC/763 ޤަޟިއްޔާގައި ކުރައްވާފައިވާ ހުކުމަށް މިމައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ތާއީދު ކޮށް މައްސަލަ ނިންމީއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް WWw.highcourt.gov.mv