ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/43 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2007/HC-A/43
ދި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 43/HC
-
A/2007
އިސްތިއުނާފުކުރި ފަރާތް:
* ނަން: ވޮޔޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް * ދާއިމީ އެޑްރެސް: މ.ނަރުގިސް
ކާޑު ނަންބަރ:-
* މިހާރުގެ އެޑްރެސް: މ.ނަރުގިސް
އައިޑީ
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: އެލީޓް ޝިޕިންގް އެންޑް ޓްރޭޑިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
އެޑްރެސް: ފ.ކަނޑުވައި
މިހާރުގެ އެޑްރެސް: މއ.މުރައިދޫގެ 1 ވަނަ ބުރި
އައިޑީ ކާޑުނަންބަރު:-
*
*
ހުށަހެޅުނު ތާރީޚް: 13 ފެބުރުއަރީ 2007
= ނިމުނު ތާރީޚް: 24 އެޕްރީލް 2011
• މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، އިސްފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު އަޙްމަދު ޝަރީފު
+
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2007/HC-A/43
ދަޢުވާގެ ޚުލާޞާ:
މިއީ، މަދަނީ ކޯޓްގެ ނަންބަރު 2005/MC/1712 ޤަޟިއްޔާ، އެކޯޓުން ނިންމަވާފައިވާ ގޮތާއިމެދު
ވޮޔެޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (މ.ނަރުގިސް) ގެ ފަރާތުން ހިތްހަމަނުޖެހޭ ކަމަށްބުނެ އެޤަޟިއްޔާ
އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤާޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ އެލީޓް ޝިޕިންގް އެންޑް ޓްރޭޑިންގް ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑްއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި މަދަނީ ކޯޓުގެ ނަންބަރު 2005/MC/1712 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި،
މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި
ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) މަދަނީ ކޯޓުގެ ނަންބަރު 2005/MC/1712 ޤަޟިއްޔާގައި އެލީޓް ޝިޕިންގްގެ ފަރާތުން
ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އެލީޓް ޝިޕިންގްގެ މިދަޢުވާގައި ބުނާ ދެ އެއަރވޭ ބިލުގައިވާ މުދަލުގެ
ޕްރައިޓަށްވާ ފައިސާ، ވޮޔެޖަސް މޯލްޑިވްސްއިން ނަގާފައިވަނީ އެލީޓްޝިޕިންގްއިން ވޮޔެޖަސް މޯލްޑިވްސްގެ
ޙަވާލުގައި އެ ދެއަރވޭ ބިލްގެ ދަށުން ފޮނުވި ދެ ޝިޕްމަންޓްގެ ބަދަލު ހޯދުމަށް ކްލެއިމް ހުށަހެޅުމުން، އެފަދަ
ކްލެއިމްތައް ބްރިޓިޝް އެއަރވޭސްއިން ބަލަން އެއްބަސްވާނީ ފްރައިޓް ފައިސާ ދެއްކުމުން ކަމަށް ބުނެ
އޮޅުވައިލައިގެން ކަމަށް ބުނެފައިވާތީ، ހައިކޯޓުގެ މިޤަޟިއްޔާ ބެލުމުގެ ތެރެއިން އެނުކުތާއަށް ރިޢާޔަތްކޮށް
ބެލިބެލުމުން، އުޞޫލެއްގެ ގޮތުން ވޮޔެޖަސް މޯލްޑިވްސް އިން ބްރިޓިޝް އެއަރވޭސް އެޖެންޓުގެ ހައިސިއްޔަތުން ދޭ
ޚިދުމަތަކީ އެ ޚިދުމަތް ދިނުމުގެ ކުރިން ފައިސާ ދެއްކުމުން ދޭ ޚިދުމަތެއްކަން އެލީޓް ޝިޕިންގް އިންވެސް
އެއްބަސްވާކަން ޝަރީޢަތުގެ މަޖިލީހުގައި އެފަރާތުން ދެއްކި ވާހަކަތަކުން އެނގޭކަމާއި، އަދި ވޮރޭޖަސް
މޯލްޑިވްސްއިން އެޖެންޓްގެ ހައިސިއްޔަތުން އެއްވެސް ފަރާތަކަށް ކްރެޑިޓް ދީފައި ވީނަމަވެސް ވޮޔެޖަސް
OXO
+
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2007/HC-A/43
ވެލްގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މޯލްޑިވްސްއާއި ބްރިޓިޝް އެއަރވޭސް އާއި ދެމެދު އޮންނަ ޖީ.އެސް.ޓީ އެއްބަސްވުމު ދަށުން ވޮޔެޖަސް
މޯލްޑިވްސްއިން އެކަމަށް ޒިންމާ އުފުލަންޖެހޭނެކަން ޝަރީޢަތަށް ފާހަގަކުރެވެއެވެ.
(ށ) ވޮޔޭޖަސް މޯލްޑިވްސް މެދުވެރިކޮށް އެލީޓް ޝިޕިންގ ގެ ފަރާތުން އެމެރިކާއަށް ފޮނުވި
ކޮންސައިންމަންޓާއި ގުޅިގެން ކުރެވުނު މުޢާމަލާތް ކުރެވިފައިވަނީ އެލީޓް ޝިޕިންގް އާއި ވޮޔެޖަސް މޯލްޑިވްސް އާއި
ދެމެދުގައިކަމަށް އެލީޓް ޝިޕިންގް ގެ ފަރާތުން ދައްކާފައިވާ ވާހަކައިން އެނގެން އޮތްއިރު، އެ މުޢާމަލާތުގައި
ވޮޔެޖަސް މޯލްޑިވްސްގެ ދައުރަކީ ހަމައެކަނި އެޖެންޓެއްގެ ދައުރުކަމާއި، އެއްބަސްވުމުގެ ޙަޤީޤީ ބައިވެރިންނަކީ އެލީޓް
ޝިޕިންގް އާއި ބްރިޓިޝް އެއަރވޭސްކަން އެލީޓް ޝިޕިންގެއާއި ބްރިޓިޝް އެއަރވޭސްއާއި ދެމެދުގައިއޮތް
އެއްބަސްވުމުން އެނގެން އޮންނަކަން ޝަރީޢަތަށް ފާހަގަކުރެވޭކަމާއި، ވީމާ ވޮޔޭޖަސް މޯލްޑިވްސްގެ ފަރާތުން
އެލީޓް ޝިޕިންގ ގެ ކިބައިން ފްރައިޓް ފައިސާ ނަގާފައިވާ ޤާނޫނީ ހަމައަށް ރިޢާޔަތްކުރުމުން އެނގެނީ ވޮޔެޖަސް
މޯލްޑިވްސްއިން އަމަލުކޮށްފައިވަނީ އެ ފަރާތާއި ބްރިޓިޝް އެއަރވޭސް އާއި ދެމެދު އެއްބަސްވެވިފައިވާގޮތަށް
އެޖެންޓުގެ ހައިސިއްޔަތުން ޢަމަލު ކުރަންޖެހޭ ޤާނޫނީ ޙުދޫދުގެ ތެރޭގައިކަން ފާހަގަ ކުރެވެއެވެ.
(ނ) މަދަނީ ކޯޓުގެ ނަންބަރު 2005/MC/1712 ޤަޟިއްޔާގައި އެލީޓް ޝިޕިންގ ގެ ފަރާތުން
ނަންބަރު 3425-4439-125 އެއަރވޭ ބިލަށް ވޮޔެޖަސް މޯލްޑިވްސްއިން ފައިސާ ހޯދާފައިވަނީ އެ ބިލުގައިވާ
ކޮންސައިނީއަށް މުދާ ރައްދުނުކޮށް، އެތަކެތި ނައްތާލިކަން އެނގިތިބި ޙާލުގައިކަމާއި، އަދި މިގޮތަށް
ފްރައިޓްނަގާފައިވަނީ ބްރިޓިޝް އެއަރވޭސްއިން ވޮޔެޖަސް މޯލްޑިވްސްއަށް އެކަން އެގޮތަށް ކުރުމަށް
އަންގައިގެންކަން އެނގެން ނެތް ކަމާއި އަދި ނައްތާލެވިފައިވާ މުދަލުގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައިނުވާ
ޙާލަތުގައި ނާލުއަތުލުމަކީ
އަދި ހަމަކަމަށް
ޤަބޫލުކުރެވޭ
އުޞޫލެއްނޫންކަމަށް
ފާހަގަކުރައްވާފައިވީނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެލީޓް ޝިޕިންގއާއި ބްރިޓިޝް
އެއަރވޭސްއާއި ދެފަރާތުން ކުރި މުޢާމަލާތްތަކުގެ ކޮޕީތަކަށް ރިޢާޔަތްކުރާއިރު، ބްރިޓިޝް އެއަރވޭސްއިން ނައްތާލި
މުދަލަށް ޒިންމާ އުފުލާކަމަށް ފާހަގަކުރެވޭހިނދު، އެ މުދާތައް ނައްތާލަން ޖެހުނު ސަބަބަކީ އެމީހުންގެ
ކޮންޓްރޯލްއިން ބޭރުގަވާ ސަބަބުތަކެއްކަން (ފޯސް މޭޖަރއެއްކަން) ފާހަގަކުރެވުމުގެ އިތުރުން، އެއްވެސް އިރެއްގައި
22 ބ 22
ހުއެދެނޫން
+
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2007/HC-A/43
ފޮނުވިފައިވާ މުދަލަށް ފްރައިޓް ފައިސާ ދައްކާނީ އެ ކޮންސައިނީއަށް ރައްދުވުމުން ކަމަށް އެއްވެސް ލިއެކިއުމަކުން
މި ޝަރީޢަތުގެ މަޖުލީހަށް ސާބިތުވެފައިނުވެއެވެ.
#
ވީމާ، އިސްވެ ފާހަގަ ކުރެވުނު އެންމެހައި ނުކުތާތައް އެގޮތުގެ މަތިން ހުރުމާއެކު މަދަނީ ކޯޓުގެ ނަންބަރު
2005/MC/1712 ޤަޟިއްޔާ އެ ކޯޓުން ބައްލަވާ ކުރައްވާފައިވާ ޙުކުމުގައި ނަންބަރު 3425-4439-125
އެއަރވޭ ބިލްގެ ޕްރައިޓަށްވާ 1822.00 $US (އެއްހާސް އަށްސަތޭކަ ބާވީސް ޔޫއެސް ޑޮލަރު) އަކީ ވޮޔެޖަސް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން، އެލީޓް ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް
ދައްކަންޖެހޭ ފައިސާއެއް ކަމަށް މަދަނީ ކޯޓުގެ ނަންބަރު 2005/MC/1712 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ
ކަނޑައެޅުއްވުމަށް ބަދަލު ގެންނަންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުން އިއްތިފާޤު
ވެވުނު ހިނދު، އެ ޤަޟިއްޔާގެ ޙުކުމުގެ އެބައި ބާތިލުކޮށް، އެގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
ދިވެހިރާ%
މެ
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv