ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/100 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/100
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
6
ޤަޟިއްޔާ ނަންބަރ: 100/HC
-
A/2013
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އާމިނަތު ޝަހީދާ
ކާޑު ނަންބަރ: A111542
ދާއިމީ އެޑްރެސް: ސައިމާވިލާ(ގއ.ވިލިނގިލި
މިހާރުގެ އެޑްރެސް: ސައިމާވިލާ!ގއ.ވިލިނގިލި
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ދައުލަތް ( މިނިސްޓްރީ އޮފް ހެލްތު)
އައިޑީ ކާޑު ނަންބަރ:
ދާއިމީ އެޑްރެސް: އެޓަރނީޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް: އެޓަރނީޖެނެރަލްގެ އޮފީސް
ރަޖިސްޓްރީކުރެވުނު ތާރީޚް: 2 ޖުމާދަލްއޫލާ 1434
14 މާރޗް 2013
ނިމުނު ތާރީޚް: 28 ޝައްވާލް 1434
04 ސެޕްޓެމްބަރު 2013
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: 2011/VTR/155
ނިންމެވިކޯޓު: ވަޒީފާއާބެހޭ ޓްރައިބިއުނަލް
މައްސަލައިގެ ބާވަތް:
ހުށަހެޅި ތާރީޚް: 2011-11-01 * ނިމުނު ތާރީޚް: 2012-09-11
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރުން އަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރުން އަބްދުﷲ ޙަމީދު ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2013/HC-A/100
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ދަޢުވާގެ ޚުލާޞާ:
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:2011/VTR/155 މައްސަލަ ނިންމަވާ
ފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ ގއ.ވިލިނގިލި/ ސައިމާވިލާ، އާމިނަތު
ޝަދީދީ (ޑރ.ކާޑު ނަންބަރު:Al11542) ގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު
ކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. އާމިނަތު ޝަދީދީގެ ފަރާތުން ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ
ފަރާތަކީ، ދައުލަތް (މިނިސްޓްރީ އޮފް ހެލްތު) އެވެ.
CCC.
ފާހަގަކުރެވުނު ނުކުތާތައް:
(02/2008
41- އިސްތިއުނާފް މިކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2011/VTR/155
މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ މައްސަލައަކީ ގއ. އަތޮޅު ހޮސްޕިޓަލްގެ އެޑްމިނިސްޓްރޭޓިވް
އޮފިސަރު ކަމުގެ ވަޒީފާގައި އާމިނަތު ޝަހީދާ ހުއްޓައި، އޭނާގެ ބޮލުގައި ޙައްޤުނޫން އިލްޒާމްތަކެއް
މިޅުވުމަށްފަހު، އެއްވެސް ނަސޭހަތެއް އިންޒާރެއް ދިނުމެއްނެތި، ޤާނޫނު ނަންބަރު
(ވަޒީފާއާ ބެހޭ ޤާނޫނުގެ) 19 ވަނަ މާއްދާ އަދި 23 ވަނަ މާއްދާ އާއި ޚިލާފަށް ގއ.އަތޮޅު ހޮސްޕިޓަލްގެ
އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމުން ވަކިކޮށްފައިވާކަމަށްބުނެ، އަދާކުރަމުންދިޔަ ވަޒީފާ އަލުން އަނބުރާ
ލިބިދިނުމަށާއި ގެއްލިގެން ދިޔަ ދުވަސްތަކުގެ މުސާރައާއި އެންމެހާ ޢިނާޔަތްތައް ހޯދައިދިނުމަށް އެދި އާމިނަތު
ޝަދީދާ އެޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައެއްކަމާއި،
އެމައްސަލަ ބައްލަވައި ނިންމާފައިވާ ނިންމުމުގައި "ދެންފަހެ، މައްސަލަ ހުށަހެޅިފަރާތާއި،
ރައްދުވި ފަރާތުން ހުށަހެޅި އެންމެހާ ލިޔެކިޔުންތަކަށާއި، ފާހަގަކުރި ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު،
މައްސަލަ ހުށަހެޅި ފަރާތް 29 އޯގަސްޓް 2011 ވަނަ ދުވަހު އަޕަރ ސައުތް ހެލްތް ސަރވިސަސް
ކޯޕަރޭޝަންގެ ގއ.އަތޮޅު ހޮސްޕިޓަލްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމުގެ މަޤާމުން ވަކިކޮށްފައި
ކިންގްގަތަކަކީ ޤާނޫނު
ދިވެހިރާއްޖޭގެ ހައިކޯޓް، އަބުރުޒު ނ.ގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް:3f6171
އީމެއިލް [email protected] ވެބް ސައިޓް
www.highcourt.gov.mv/
3
2013/HC-A/100
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 19 އަދި 23 ވަނަ މާއްދާއާ ޚިލާފަށް ކަމަށާއި، އޭނާ
ކުރިންހުރި ވަޒީފާއަށް ރުޖޫޢަ ކޮށްދިނުމަށް އެދިފައިވީނަމަވެސް، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން
ވަކިކުރިކަން އެންގުމުގެ ގޮތުން އޭނާއަށް ދީފައިވާ ލިޔުމުގައި ބަޔާންކޮށްފައިވާ ކަންކަން ސާބިތުވާ މިންވަރަށް
މައްސަލަ ރައްދުވާފަރާތުން ހެކި ހުށަހަޅާފައިވާތީ، މައްސަލަ ހުށަހެޅިފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު
ނަންބަރު 02/2008 ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގައި ބުނާ އެކަށީގެންވާ
ސަބަބަކާވައިގެންކަމުން، މައްސަލަ ހުށަހެޅި އާމިނަތު ޝަދީދާ އެދިފައިވާގޮތަށް އޭނާ ކުރިންހުރި ވަޒީފާ
އަނބުރާ ހަމަޖައްސާދިނުމަށް މައްސަލަ ރައްދުވި އަޕަރ ސައުތް ހެލްތް ސަރވިސަސް ކޯޕަރޭޝަން
(ރެޖިސްޓްރޭޝަން ނަންބަރު C0650
/
2010 ) އަށް އަންގާނެ ތަނެއް ނެތްކަމަށް މައްސަލަ ބެލި މަޖިލީހުގެ
އަޣުލަބިއްޔަތުން ކަނޑައަޅައި، މައްސަލަ ހުށަހެޅިފަރާތް ވަޒީފާއިން ވަކިކުރެވުނު އިރު ދޭންޖެހޭ ނޯޓިސް ނުވަތަ
ނޯޓިސްގެ ބަދަލުގައި އެ މުއްދަތަށްވާ ފައިސާ ދީފައިނުވާކަން މައްސަލަ ރައްދުވި ފަރާތުގެ ބަހުން އެނގޭތީ،
މައްސަލަ ހުށަހެޅި އާމިނަތު ޝަދީދާ (Al11542 ) ސައިމާވިވާ، ގއ.ވިލިނގިލި ޚިދުމަތްކޮށްފައިވާ
މުއްދަތަށް ބަލައި ނޯޓިސްގެ މުއްދަތަށް ޖެހޭ 116000 (އެގާރަ ހާސް) ރުފިޔާ، 11 ސެޕްޓެމްބަރ 2012
އިން ފެށިގެން 07 ދުވަހުގެ ތެރޭގައި އާމިނަތު ޝަހީދާއަށް ދިނުމަށްފަހު، އެކަން ހަމަޖެހޭތާ 3 (ތިނެއް)
ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ދިޔުމުން އެންގުމަށް މައްސަލަ ރައްދުވި އަޕަރ ސައުތު ހެލްތް
ސަރވިސަސް ކޯޕަރޭޝަން އަންގާ އަމުރުކުރަމެވެ." މިފަދައިން ބަޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ.
02- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:2011/VTR/155 މައްސަލަ އާމިނަތު ޝަހީދާ
ގެ ފަރާތުން އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފައިވާ ފޯމުގައި މައިގަނޑު އެއް ނުކުތާ ފާހަގަކޮށް އެ
ނުކުތާއާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައި ވެއެވެ.
* އެ ނުކުތާއަކީ: ގއ.އަތޮޅު ހޮސްޕިޓަލުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމުގެ ވަޒީފާގައި
އަޅުގަޑު ހުއްޓައި، އެ
ހުށަހެޅުނު އަބުރާ ބެހުމުގެ މައްސަލައެއްގެ ތުހުމަތުގައި، ޤާނޫނު ނަންބަރު
02/2008 (ވަޒީފާއާ ބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާއާއި، 22 ވަނަ މާއްދާ އާއި، 23 ބީވަނަ މާއް
CCC
) ، އާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހި.ގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 83f6
/
71
އީމެއިލް [email protected] ވެބް ސައިޓް
www.highcourt.gov.mv/
4
2013/HC-A/100
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
27 ވަނަ މާއްދާ އާއި، އަދި 28 ވަނަ މާއްދާއާއި ޚިލާފަށް އަޅުގަނޑު ވަޒީފާއިން ވަކިކޮށްފައިވާ މައްސަލަ
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބައްލަވާ ނިންމާފައިވަނީ، ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާ ބެހޭ ޤާނޫނު)
އާއި ޚިލާފަށްކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ އެވެ.
03- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:2011/VTR/155 މައްސަލަ ނިންމިގޮތުގެ
ރިޕޯޓަށާއި އާމިނަތު ޝަދީދީގެ ފަރާތުން އެމައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާއަށާއި، އެ
ނުކުތާއާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި
ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ވަޒީފާއިން ވަކިކުރެވުނު ސަބަބު ބަޔާންކޮށްފައިވާގޮތް އާމިނަތު ޝަހީދާ
އާއި ގއ.އަތޮޅު ހޮސްޕިޓަލާއި ދެފަރާތުން ތަފާތު ވެފައިވާކަމާއި، އެގޮތުން އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ
ގއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖްމަންޓާ ދެކޮޅަށް އަޕަރ ސައުތު ހެލްތު ސާރވިސަސް ކޯޕަރޭޝަންގެ ވެރިންގެ
އަބުރަށް ހުތުރުވާފަދަ ގޮތަކަށް ލީކްވެފައިވާ ފޯނުކޯލެއްގެ މައްޗަށް ބިނާކޮށް އަބުރާ ބެހުމުގެ ތުހުމަތުގައި،
ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާ ބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާއާއި، 22 ވަނަ މާއްދާ އާއި،
23 ވަނަ މާއްދާ އާއި، 27 ވަނަ މާއްދާ އާއި، އަދި 28 ވަނަ މާއްދާއާއި ޚިލާފަށްކަމަށް ޓްރައިބިއުނަލަށް
މައްސަލަ ހުށަހެޅި އާމިނަތު ޝަހީދާ ބުނެފައިވާއިރު، އަޕަރސައުތު ހެލްތު ސަރވިސަސް ކޯޕަރޭޝަނުން
ދޫކޮށްފައިވާ އާމިނަތު ޝަދީދީ "ވަޒީފާއިން ވަކިކުރެއްވި ޗިޓް" ގައި ވަޒީފާއިން ވަކިކުރެއްވި ސަބަބެއްކަމުގައި
ލިޔެފައިވަނީ، މަސައްކަތުގެ މާހައުލުގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފްވަމުން ދާތީ ތަކުރާރުކޮށް
ނަސޭހަތްތެރިވެވި އިޞްލާޙު ނުވުމުގެ ސަބަބުން އިތުރު ފުރުސަތު ދިނުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް
އެޅުމަށްފަހުވެސް މަސައްކަތުގެ މާހައުލުގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑާއި ޚިލާފަށް މުވައްޒަފުންގެ
ޢަމަލުތައް ތަކުރާރުވަމުން ދިޔުންކަން އެނގެން އޮންނަކަމާއި،
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން، އެ މުވައްޒަފަކު ހުށަހަޅާ ޝަކުވާއެއް ނުވަތަ
ދަޢުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކީ،
ވަޒީފާއާއިބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތު ފިޔަވައި، އެހެނިހެން ޙާލަތްތަކުގައި
ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަމަށް އެ ޤާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ
OX)
44
ދިވެހިރާއްޖޭ
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/10
(ށ) ދެވަނަ ކަމަކީ: ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ހ) ގައި ވަޒީފާ އަދާކުރާ
ފަރާތް ތަބާވާންޖެހޭ މަސައްކަތުގެ އަޚްލާޤީ މިންގަނޑުތަކަށް ތަބާނުވުމުގެ ގޮތުން އާމިނަތު ޝަހީދާ އެއްވެސް
ކަމެއް ކޮށްފައިނުވާނެކަމަށާއި އެބާވަތުގެ ކަމަކާބެހޭ އެއްވެސް މަޢުލޫމާތެއް، ނަޞޭޙަތެއް އަދި އިންޒާރެއްވެސް
ވަޒީފާދިން ފަރާތުން އާމިނަތު ޝަހީދާއަށް ފޯރުކޮށްދީފައިނުވާކަމަށް އޭނާ ބުނެފައިވާތީ، އެކަންކަމުގެ
ދިފާޢުގައާއި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މަސައްކަތުގެ އަޚްލާޤީ މިންގަނޑު އެކަށީގެންވާ ވަރަށްވުރެ
ދައްވުމުން ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް އެކަން އިސްލާހު ނުވުމުންކަން ސާބިތުކޮށްދިނުމަށްޓަކައި
އަޕަރސައުތު ހެލްތު ސަރވިސަސް ކޯޕަރޭޝަނުގެ ފަރާތުން 10 ޑިސެމްބަރ 2008 ގައި އެ ހޮސްޕިޓަލްގެ
ނަންބަރު 2008
/
07/GAAH (އަންގާ އެންގުން) އިން އިޞްލާޙީ ފިޔަވަޅު އަޅާފައިވާކަން އެނގޭކަމާއި،
މިގޮތުން އާމިނަތު ޝަހީދާ ޑިއުޓީގައި ހުރެ ރިސެޕްޝަން ކައުންޓަރގައި އޭނާގެ ދަރިފުޅު
ލޫތު ލުގުމާން ގޮވައިގެން ރިސެޕްޝަންގައި ބަހައްޓާފައިހުރި ކޮމްޕިއުޓަރ އާއި 2 ދުވަސް ވަންދެން ކުޅެމުން
ގެންދިއުމުން އެކަން އެ ގޮތަށް ނުކުރުމަށް އަންގާފައިވާކަން އެނގެން އޮންނަކަމާއި، އަދި ރިސެޕްޝަން
ކައުންޓަރ ގައާއި، ވެރިންގެ ކުރިމަތީގައި އަދަބުވެރިކަމާ އެކީގައި ވާހަކަ ދެއްކުމަށް އަންގާފައިވާކަމާއި، އަދި
ސައިބޯން ގޮސް ގިނައިރު ނަގާތީ އެގޮތަށްއެކަން ނުކުރުމަށް ނަސޭހަތްތެރިވެފައިވާކަން އެނގެންއޮންނަކަމާއި،
14 ނޮވެމްބަރ 2009 ގައި ހޮސްޕިޓަލް ކައުންޓަރ ތެރޭގައި ހަޑިހުތުރުބަހުން ޒުވާބުކޮށް
އަޑުގަދަކުރުމުގެ ސަބަބުން ހޮސްޕިޓަލްގެ އަގުވެއްޓި ބަލިމީހުންނަށް އުދަގޫވި އަސަރުކޮށްފައިވާތީ އިޞްލާޙީ
ފިޔަވަޅު އެޅުމުގެ ގޮތުން 19 ނޮވެމްބަރ 2009 ގައި ނަސޭޙަތްތެރިވެފައިވާކަން އެނގެން އޮންނަކަމާއި،
މިގޮތުން 14 ނޮވެމްބަރ 2009 ހޮނިހިރު ދުވަހު ހެނދުނު ޑިއުޓީގައި ތަރުޖަމާން އާމިނަތު ޝަހީދާ
ހޮސްޕިޓަލުގެ ފްރަންޓް ކައުންޓަރ ތެރޭ ހުރެ ހަޑިހުތުރު ބަހުރުވައިން އަޑުގަދަކުރުމާއި ޒުވާބުކޮށް ހޮސްޕިޓަލު
އެތެރޭގައި ޚިދުމަތް ހޯދުމަށް އައިސްތިބި ބަލި މީހުންނަށް އެކަމުގެ ސަބަބުން އުނދަގޫވެ ޚިދުމަތް ދިނުމުގައި
ދަތިތަކާއި ކުރިމަތިލާންޖެހުނުކަން އެނގޭކަމާއި އަދި އާމިނަތު ޝަހީދާ އެ ޢަމަލު ހިންގިކަމަށް އެ ހޮސްޕިޓަލްގެ
ހެލްތު އޮގްޒަލަރީ އަޒްލިފާ ޙަސަން އާ އާންމުރައްޔިތުންގެ ފަރާތުން 3 މީހަކު ހެކިވެފައިވާކަން އެނގެން
އޮންނަކަމާއި،
އަދި މީގެ އިތުރުން ގއ.ވިލިނގިލި ޕޮލިސްޓޭޝަނުން ބަލަމުން ގެންދިޔަ މައްސަލައަކާއި
ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައިވާ އާމިނަތު ޝަހީދާގެ އެއްބަނޑު އެއްވީފާ ދައްތަގެ
.ތުގެ
މީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 31471*
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2013/HC-A/100
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
CO
ދަރިއަކު ކަމުގައިވާ ވިލިނގިލި، ސަނީކޯނަރ މުޙައްމަދު މުޞްޠަފާ، ޑޮކްޓަރަށް ނުދައްކާ، އާމިނަތު ޝަހީދާ
ތަރުޖަމާނަކަށް
ޑޮކްޓަރަކު ލައްވާ ޑޮކްޓަރެއްގެ ސެޓްފިކެޓް
ހަދާފައިވާކަން 20 ޖެނުއަރީ 2010 ގެ ގއ.އަތޮޅު ހޮސްޕިޓަލްގެ މެމޯ ނަންބަރު PR/03/2010 އިން
އެނގެން އޮންނަކަމާއި،
އަދި ވަޒީފާގެ ރަސްމީ ޑިއުޓީގައި ހޮސްޕިޓަލް ތެރޭގައި ޒުވާބުކޮށްފައިވާތީ 25 މެއި 2011
ގައި އަނގަބަހުން ދޭ ނަސޭޙަތް (ނަންބަރު 2011
/
08/GAAH
/
S
-
DS ) ދީފައިވާކަން އެނގޭކަމާއި،
މިގޮތުން 21 މެއި 2011 ވީ ދުވަހު 13:30 އެހާކަންހާއިރު އާމިނަތު ޝަދީދާގެ ޑިއުޓީގައި އެ ހޮސްޕިޓަލްގެ
ރިސެޕްޝަން ކައުންޓަރ ތެރެއަށް ވަދެ އެތާގައި އެގަޑީގައި ޑިއުޓީގައިހުރި މުވައްޒަފެއް ކަމުގައިވާ
ރިސެޕްޝަނިސްޓް ފާތުމަތު ނަޒުމީނާއާ ދިމާލަށް ހަޅޭއްލަވާ އަޑުގަދަކޮށް ހުތުރުބަހުން ޒުވާބުކޮށްފައިވާކަން
އެނގެން އޮންނަކަމާއި، އެކަމާގުޅިގެން އެފަދަ ޒިންމާދާރުކަން ކުޑަ ޢަމަލުތައް ތަކުރާރުވިޔަ ނުދިނުމަށާއި
މުވައްޒަފުންގެ ޤަވާއިދުގެ ކޯޑް އޮފް ކޮންޑަކްޓަށް ޙުރުމަތްތެރިކޮށް ހިތުމަށް ނަސޭޙަތްތެރި ވެފައިވާކަން އެނގެން
އޮންނަކަމާއި،
31 މެއި 2011 ގައި ގއ.އަތޮޅު ހޮސްޕިޓަލް ނަންބަރު 2011
/
08/MEMO
/
DM
މެމޯއިން ހާޟިރީއަށް ފަރުވާކުޑަކުރުމާއި، ބްރޭކް ގަޑީގައި ކަނޑައެޅިފައި އޮންނަ ގަޑިއަށްވުރެ ގިނަވަގުތު
ހޭދަކުރުމާއި، ޑިއުޓީ މުވައްޒަފުންގެ ޙާޟިރީގައި ސޮއިކުރުމަށްފަހު ޑިއުޓީ ފުރިހަމަ ނުކޮށް ގެއަށްދިއުމާއި،
ކުރަންޖެހޭ މަސައްކަތް ހުންނައިރުވެސް މަސައްކަތްތައް ނުނިންމާ ހޮސްޕިޓަލް ތެރޭގައި އެއް ސެކްޝަނުން
އަނެއް ސެކްޝަނަށް ވަދެ ކަމާނުބެހޭ ވާހަކަ ދައްކަމުންދާތީ އެކަންކަން ނުކުރުމަށް ނަސޭހަތްތެރިވެފައިވާކަން
އެނގެން އޮންނަކަމާއި،
14 ޖުލައި 2011 ވަނަ ދުވަހު އާމިނަތު ޝަހީދާ އެ ހޮސްޕިޓަލްގެ ޕަބްލިކް ހެލްތު ޔުނިޓް
ތެރެއަށް ވަދެ އެތަނުގެ މުވައްޒަފުންނާއި ޒުވާބުކޮށް އަދި ބައެއް މުވައްޒަފުންގެ އަބުރަށް ހުތުރުވާގޮތަށް
އަދަބީ ހަޑި ހުތުރު ބަހުން އަޑުގަދަކޮށްފައިވާތީ އާއި މުވައްޒަފުންގެ ސުލޫކީ މިންގަނޑު ހައްދު ފަހަނައަޅައި
ގޮސްފައިވާ
ޢަމަލެއް ހިންގާފައިވާތީ
ޖުލައި
ގައި ހޮސްޕިޓަލްގެ
ނަންބަރު 2011
/
09/GAAH
/
S
-
DC "ލިޔުމުންދޭ ނަސޭޙަތް" ދީފައިވާކަން އެނގެން އޮންނަކަމާއި އަދި
މިލިޔުމުގައި ތަކުރާރުކޮށް މިފަދަ ސިފަތަށް ފެންނަމުން ގޮސްފައިވާކަމަށް ބަޔާ
ބަޔާންކޮށްފައިވާކަންލާޖޭގަނުޖެހެއެވެ.
19
2011
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 331471/
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
1
2013/HC-A/100
ޖެހިއްއްޖޭގެ ހައިކޯ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ނ) ތިންވަނަ ކަމަކީ، ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 19 ވަނަ
މާއްދާ އަށް ބަލާއިރު، މުވައްޒަފު ތަބާވާންޖެހޭ މަސައްކަތުގެ އަޚްލާޤީ މިންގަނޑުތަކަށް ތަބާނުވާނަމަ،
އެކަށީގެންވާ އިޞްލާޙީ ފިޔަވަޅު އެޅުމުގެ ބާރު ވަޒީފާ ދޭ ފަރާތަށް ލިބިގެންވާކަން އެނގޭކަމާއި، އަދި
އިޞްލާޙީ ފިޔަވަޅު އެޅުމުންވެސް މުވައްޒަފު އެކަންކަން އިޞްލާޙްކޮށްފައި ނުވާނަމަ ވަޒީފާއިން ވަކިކުރުމުގެ
ބާރު ވަޒީފާ ދޭ ފަރާތަށް ލިބިގެންވާކަމާއި، ނަމަވެސް މަސައްކަތުގެ އަޚްލާޤީ މިންގަނޑަށް ތަބާނުވެގެން
ވަޒީފާއިން ވަކިކުރެވޭނީ އެ މުވައްޒަފު ވަޒީފާ އަދާކޮށްފައިވާ މުއްދަތަށް ބަލައި އޭނާއަށް ދޭންޖެހޭ ނޯޓިސް
ދިނުމަށްފަހުގައިކަން ސާފުކޮށް އެނގެން އޮންކަމާއި،
އަދި ޓްރައިބިއުނަލްގައި މައްސަލަ ރައްދުވި ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށާއި، އެފަރާތުން
ދައްކާފައިވާ ވާހަކައަށް ބަލާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގައި ބުނެފައިވާ ނޯޓިސް
ދީފައިނުވާކަން އެނގޭކަމާއި، އެހެންކަމުން އެ މުއްދަތަށްވާ ފައިސާ އާމިނަތު ޝަހީދާ އަށް ދޭންޖެހޭނެކަމާއި،
އާމިނަތު ޝަހީދާ އަކީ ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބުނެފައިވާ
ފަދައިން 05 އަހަރަށްވުރެ ދިގުމުއްދަތެއްގައި ވަޒީފާގައި އުޅެފައިވާ މުވައްޒަފަކަށްވާތީ 02 މަސްދުވަހުގެ
ނޯޓިސް ގެ ބަދަލުގައި -/11
000ރ.(އެގާރަހާސް } ރުފިޔާ ވަޒީފާދިން ފަރާތުން ދޭންޖެހޭކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެފަދައިން ހުރުމާއެކު،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:2011/VTR/155 މައްސަލަ ބައްލަވައި، އާމިނަތު ޝަދީދާ ވަޒީފާއިން
ވަކިކުރުމުގެ ގޮތުން ދީފައިވާ ލިޔުމުގައި ބަޔާންކޮށްފައިވާ ކަންކަން އެފަދައިން ހިނގާފައިވާކަން ވަޒީފާ
ދިންފަރާތުން ޓްރައިބިއުނަލްގައި ސާބިތުކޮށްދީފައިވާކަމަށް ބައްލަވައި، އެއަސާސްގެ މައްޗަށް ބިނާކުރައްވައި،
އާމިނަތު ޝަދީދީގެ ވަޒީފާ އަނބުރާ ރުޖޫޢަކުރުމަށް އަމުރުކުރާނެ ތަނެއް ނެތްކަމަށާއި، ނަމަވެސް އާމިނަތު
ޝަދީދާ ވަޒީފާއިން ވަކިކުރުމުގެ ކުރިން ނޯޓިސް ދީފައި ނުވާކަން ސާބިތުވުމާއެކު، އެކަމުގެ ބަދަލު ނަގައިދީ
ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނިންމާފައިވާ ނިންމުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް އޮތްކަމަށް މިމައްސަލަ
ހައިކޯޓުގައި ބެލި އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
4 22
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2013/HC-A/100
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ޙުކުމް:
3243
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެފަދައިން
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:2011/VTR/155 މައްސަލަ ބައްލަވައި، ނިންމަވާފައިވާ
ނިންމެވުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފު ނިންމުމެއްކަމަށް ކަނޑައަޅާނެތަނެއް ނެތްކަމަށް އަންގާ
އެގޮތުގެމަތިން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ހައިކޯޓް
*
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv