ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/247 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2{{38/HC-A/247
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 247/HC
-
A/2008
• އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޙައްމަދު ޒިޔާދު
* އައިޑީ ކާޑު ނަންބަރު: A056287
* ދާއިމީ އެޑްރެސް: މ.ޝޭޑީރޯމް
މިހާރުގެ އެޑްރެސް: މ.ޝޭޑީހޯމް
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޢަބްދުލްޣަނީ ޢަލީ
ދާއިމީ އެޑްރެސް: ޑޭޒީމާގެ/ ނ.ވެލިދޫ
އައިޑީ ކާޑުނަންބަރު: A025010
މިހާރުގެ އެޑްރެސް: ގ.އައިފަ
*
ރަޖިސްޓްރީ ތާރީޚް: 24 ޝަޢުބާން 1429
24 އޮގަސްޓް 2008
ނިމުނު ތާރީޚް: 05 މުޙައްރަމް 1433
30 ނޮވެމްބަރ 2011
އުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: މަދަނީކޯޓުގެ ނަންބަރު: 2007/MC/1292
ފަރާތް: މަދަނީ ކޯޓް
• މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
، ހުށަހެޅި ތާރީޚް: 08.08.2007
ނިމުނު ތާރީޚް: 26.05.2008
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢަލީ ސަމީރު
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2008/HC-A/247
• ދައުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2007/MC/1292 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ
ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެނިންމެވުން އިސްތިއުނާފުކޮށް ދިނުމަށް އެދި މ.ޝޭޑީހޯމް!މާލެ
މުޙަ ޒިޔާދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ނ.ވެލިދޫ ޑޭޒީމާ ޢަބްދުލްޢަނީ ޢަލީއެވެ.
.ޙައްމަދު
0
-pl
ފާހަގަކުރެވުނު ނުކުތާތައް:
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2007/MC/1292 ޤަޟިއްޔާގައި،
ރަޖިސްޓަރީ ނަންބަރު P7745A
-
02-10
-
T "ބްލޫޕިޖަން" ޔޮޓާއިމެދު ނ.ވެލިދޫ ޑޭޒީމާގެ ޢަބްދުލްޢަނީ
ޢަލީ ކުރި ނޭދެވޭ ޢަމަލެއްގެ ސަބަބުން، އެ ޔޮޓް ދުއްވޭނެގޮތް ނުވެއޮތް މުއްދަތަށް ގެއްލުމުގެ ބަދަލެއްގެ
ގޮތުން ޢަބްދުލްޣަނީ އަލީގެ އަތުން 196,962.08$US (އެއްލައްކަ ނުވަދިހަ ހަހާސް ނުވަސަތޭކަ
ފަސްދޮޅަސްދޭއް ޕޮއިންޓް ސުމެއް އަށެއް ޔޫ.އެސް.ޑޮލަރ) ހޯދުމަށްއެދި މ.ޝޭޑީހޯމް މުޙައްމަދު ޒިޔާދު
ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަމާއި،
އެ ޤަޟިއްޔާގައި ނިންމާވާފައިވަނީ "...ބްލޫޕިޖަން ޔޮޓް ޓޫރިސްޓް އުޅަދެއްގެ ގޮތުގައި
ރަޖިސްޓަރީ ކޮށްދީފައިނުވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން އެޔޮޓާއިމެދު
ޤާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތަކެއް ހުރުމުންކަން އެނގެން އޮންނާތީއާއި، ބްލޫޕިޖަން ޔޮޓް ޓޫރިސްޓް
މަސައްކަތްކުރާ އުޅަދެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް ޢަބްދުލްޣަނީ ޢަލީ ކުޅަ އިޢުތިރާޟުކީ ޞައްޙަ
އިއުތިރާސެއް ނޫންކަމަށް ކަނޑައަޅުއްވާފައިވަނީ ޝަރީޢަތުން ކަމަށްވާތީ، މ.ޝޭޑީހޯމް މުޙައްމަދު ޒިޔާދު
ކުޅަ މިދަޢުވާގައި ހިމެނޭ 196,962.08$US (އެއްލައްކަ ނުވަދިހަ ހަހާސް ނުވަސަތޭކަ ފަސްދޮޅަސް ދޭއް
ޕޮއިންޓް ސުމެއް އަށެއް ޔޫ.އެސް ޑޮލަރ) ނ.ވެލިދޫ/ޑޭޒީމާގެ ޢަބްދުލްޣަނީ ޢަލީގެ އަތުން ޝަރީޢަތުން
ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި.." ޙުކުމް ކުރައްވާފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުން އެނގެންއޮވެއެވެ.
ހައިކޯa
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2{{8/HC-A/247
02- މަދަނީ ކޯޓުގެ ނަންބަރު 2007/MC/1292 ޤަޟިއްޔާ އެ ކޯޓުން
ނިންމަވާފައިވާ ގޮތް ރަނގަޅު ނޫން ކަމަށްބުނެ އެ ނިންމެވުން އިސްތިއުނާފުކުރަމުން، މ.ޝޭޑީހޯމް
މުޙައްމަދު ޒިޔާދުގެ ފަރާތުން އަންނަނިވި ނުކުތާތައް ފާހަގަކޮށް، އެ ނުކުތާތަކާއި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
4 5wc24
•ފުރަތަމަ ތާއަކީ، "ބްލޫޕިޖަން" ޔޮޓް ޓޫރިސްޓް މަސައްކަތްކުރާ އުޅަދެއްގެ
ގޮތުގައި ރަޖިސްޓަރީ ކޮށްދެވެންނެތްކަމަށް އެންގެވީ ޢަބްދުލްޣަނީ ޢަލީ އެކަމަށް ކުރި އިޢުތިރާޟުގެ
މައްޗަށް ކަމަށްވާއިރު، އަދި އޭނާ ކުރި އެއިޢުތިރާކީ ޞައްޙަ އިޢުތިރާޟު ކުރުމެއް ނޫންކަމަށް
ޝަރީޢަތުން ކަނޑައަޅުއްވާފައިވާއިރު، އަދި ހަމަ އެފަދައިން އޭނާ ކުރި އެއިޢުތިރާޟު ޞައްޙަނުވީ
އެއިޢުތިރާޟު ކުރި ވަގުތުން ފެށިގެންކަން ނުހަނު ސާފުކޮށް އެނގެން އޮތްއިރު، އޭނާ ކުރި
އެއިޢުތިރާޟު ޞައްޙަނުވީ ޝަރީޢަތުން ޙުކުމް ކުރެއްވި ވަގުތުން ފެށިގެންކަމަށް އެޙުކުމާ
ތަޢާރަޟުވާ ގޮތަށް ކަނޑައަޅުއްވާފައިވާ މިޙުކުމުގެ ޢަދުލުވެރިކަން ގެއްލިފައިވާކަމަށް ބުނެ ހުށަހެޅި
OX
.
،ދެވަނަ ނުކުތާއަކީ، މުޙައްމަދު ޒިޔާދު މިދަޢުވާގައި ހުށަހަޅާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ ޚިލާފަށް ޢަބްދުލްޣަނީ ޢަލީކުރި އެއިޢުތިރާޟުގެ ސަބަބުން މުޙައްމަދު ޒިޔާދުއަށް
ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށްކަމަށްވާއިރު، އަދި އެނާ އެޢަމަލު އެގޮތަށް ހިންގާފައިވާކަމާއި
އެޢަމަލުގެ ސަބަބުން މުޙައްމަދު ޒިޔާދުއަށް އެގެއްލުން ލިބިފައިވާކަމަށް ޝަރީޢަތަށް
ސާބިތުވާއިރު، އޭނާގެ އަތުން މުޙައްމަދު ޒިޔާދުއަށް ލިބެންޖެހޭ އެޙައްޤު ޝަރީޢަތުން ނަގައިދެވެން
ނެތްކަމަށް ކަނޑައަޅުއްވާފައިވާ ޙުކުމުގައި ޢަދުލުވެރިކަމެއް ނެތްކަމަށް ބުނެ ހުށަހެޅި ނުކުތާ.
2 / 4
•ތިންވަނަ ނުކުތާއަކީ، މަދަނީ ކޯޓުގެ ނަންބަރު 2007/MC/708 ޤަޟިއްޔާގެ
ޙުކުމުގައި ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުންތަކާ ޢާރަޟުވާގޮތަށް މިޤަޟިއްޔާގައި
ތަޢާރަ
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
4
2{{8/HC-A/247
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ނަޒަރަކުން
ފާހަގަކުރެއްވި ފަހު ނުކުތާގެ ސަބަބުން މިޤަޟިއްޔާގެ ޙުކުމާއިމެދު ތުހުމަތުގެ
ބަލަންޖެހިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
03- މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި މަދަނީ ކޯޓުގެ ނަންބަރު 2007/MC/1292 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ
ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
· · 4
(ހ) މަދަނީ ކޯޓުގެ ނަންބަރު 2007/MC/708 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓުގެ 4 ވަނަ ނުކުތާގައި، "ބްލޫޕިޖަން" ޔޮޓް ޓޫރިސްޓު އުޅަނދެއްގެ ގޮތުގައި ރަޖިސްޓަރީ
ކުރުމަށް ޢަބްދުލްޣަނީ ޢަލީ އިޢުތިރާޟް ކުރާތީ އެއުޅަނދު މިނިސްޓްރީ އޮފް ޓޫރިޒަމުން ޓޫރިސްޓު
އުޅަނދެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިނުވަނީ ޤާނޫނަކުން ނުވަތަ ޤަވާއިދަކުން އެގޮތަށް
ޢަމަލުކުރުމަށް ކަނޑައެޅިފައި އޮތުމުން ނޫންކަމާއި، ޤާނޫނަކުން ނުވަތަ ޤަވާއިދަކުން އެކަމެއް
މަނާނުކުރާ ކޮންމެ ކަމެއްގެ އަޞްލަކަށް ބެލެވޭނީ އެކަމެއް ހުއްދަވެފައި އޮތުންކަމާއި، އެކަކަށްވުރެ
ގިނަ މީހުން ހިމެނިގެން ރަޖިސްޓަރީކޮށްފައިވާ އުޅަނދެއް ޓޫރިސްޓު އުޅަނދެއްގެ ގޮތުގައި
ރަޖިސްޓަރީކޮށްދެވޭނީ އެއުޅަނދެއް ރަޖިސްޓަރީކޮށްދީފައިވާ އެންމެން އެކަމާއިމެދު
އެއްބަސްވުމުންކަމަށް ބުނާ ޤާނޫނެއް ނުވަތަ ގަވާއިދެއްނެތި "ބްލޫޕިޖަން" ރަޖިސްޓަރީވެފައިވާ 4
މީހުންކުރެ މުޙައްމަދު ޙުސައިން އާއި، މުޙައްމަދު ޒިޔާދުއާއި، އިބްރާހީމް ނަޞީރުއާއި މި 3 މީހުން
މި އުޅަނދު ޓޫރިސްޓު އުޅަނދެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދިނުމަށް އެދިފައިވަނިކޮށް، އެ އުޅަނދު
ރަޖިސްޓަރީވެފައިވާ 4 މީހުންކުރެ ހަމައެކަނި ޢަބްދުލްޣަނީ އަލީ ކުރާ އިޢުތިރާޝަށްޓަކައި އެ
އުޅަނދު ޓޫރިސްޓު އުޅަނދެއްގެ ގޮތުގައި ރަޖިސްޓަރީކޮށް ނުދިނުމަކީ، ޤާނޫނީ ހަމައަކުން
ކޮށްފައިވާކަމެއް ކަމަށް
ކަމަށް ބެލެވެން ނެތްކަމަށް މަދަނީ ކޯޓުން ފާހަގަކުރައްވާފައިވާކަމާއި،
އެހެންނަމަވެސް ޢަބްދުލްޣަނީ އަލީ އެއުޅަނދު ޓޫރިސްޓު އުޅަނދެއްގެ
4 3 @ 3
3 4
ކުގެ ހައި
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
5
2{{8}HC-A/247
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ރަޖިސްޓަރީކޮށްދިނުމަކީ ޢަބްދުލްޣަނީ ޢަލީއަށް އެކަމުން މާލީ ގޮތުން އޮތް ގެއްލުމެއްކަމަށް ބެލެވެން
ނެތްކަމާއި، އަދި އެއީ އެއުޅަނދު ބަނދެފައިވަނީ ޓޫރިސްޓު އުޅަނދެއްގެ ގޮތުންކަމާއި، އަދި
ޢަބްދުލްޣަނީ ޢަލީ އެ އުޅަނދު ޓޫރިސްޓު އުޅަނދެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އިޢުތިރާޟު
ކުރަނީ އެ އުޅަނދު ޓޫރިސްޓު އުޅަނދެއްގެ ގޮތުގައި ރަޖިސްޓަރީކުރުމުން ވާނެ ގެއްލުމަކާއި،
ފިކުރުމުންވާނެ ފައިދާއެއް އޮތްކަމުގެ އެއްވެސް ހެއްކެއް ދެއްކުމެއް ނެތި ކަމަށް ވާތީ، އެގޮތުން
ޢަބްދުލްޣަނީ ޢަލީ ކުރާ އިޢުތިރާޟާކީ ސައްޙަ އިޢުތިރާސެއް ނޫންކަމަށް ބަޔާންކުރައްވާފައިވާކަން
ފާހަގަކުރެވެއެވެ.
(ނ) "ބްލޫޕިޖަން" ޔޮޓް ޓޫރިސްޓު އުޅަނދެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް
ޢަބްދުލްޣަނީ އަލީ ކުރާ އިޢުތިރާޟާކީ އެ އުޅަނދުގެ ރަޖިސްޓަރީގައި ހިމެނޭ އަނެއް 3 މީހުންގެ
ހައްޤުގަޔާއި ޢަބްދުލްޣަނީ ޢަލީގެ ހައްޤުގައިވެސް އޮތް ގެއްލުމެއްކަމަށް ބެލެވިގެންވާ ގޮތަށް
ޢަބްދުލްޣަނީ ޢަލީ ކޮށްފައިވާ ތަޢައްޞަފީ ޢަމަލެއްކަން ޝަރީޢަތުގެ ހަމަތަކުން އެނގެން އޮންނަކަމަށް
ކޯޓުގެ ނަންބަރު 2007/MC/708 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 4 ވަނަ
ނުކުތާގައި ބަޔާންކުރައްވާފައިވާކަން ފާހަގަކުރެވެއެވެ.
މަދަނީ
***
(ނ) އެއްވެސްމީހަކަށް ލިބިފައިވާ ހައްޤެއް އޭނާ ބޭނުންކޮށްފައިވަނީ ތަޢައްސަފީ
ގޮތެއްގައިނަމަ، އަދި އެކަމުގެ ސަބަބުން އެހެން މީހަކަށް ގެއްލުމެއް ލިބި އެ ގެއްލުން ޝަރީޢަތަށް
ސާބިތުކޮށްދެވިފައިވާނަމަ، އެ ހައްޤު ބޭނުންކުރުމުގެ ސަބަބުން އެހެން މީހުންނަށް ލިބޭ ގެއްލުންތަކަށް
އެ ހައްޤު ބޭނުންކުރި މީހަކު ބަދަލު ދޭން ޖެހޭނެކަމީ ޝަރުއީ އުސޫލުތައް ދަންނަ މަފްހޫމެއްކަމާއި
(doctrine of abuse of right، ނަމަވެސް މި އުސޫލުގެ ދަށުން ގެއްލުންލިބޭ ފަރާތަށް
އެފަދަ ބަދަލެއް ނަގައިދެވޭނީ ގެއްލުންލިބިނު ފަރާތަށް ލިބިފައިވާ ގެއްލުންތަކަކީ ހަޤީގަތުގައިވެސް
ލިބިފައިވާ ގެއްލުންތަކެއްތޯއާއި، އަދި މި ގެއްލުންތައް ލިބިފައިވަނީ ތަޢައްސަފީ ޢަމަލެއްގެ
ސަބަބުންކަން ޝަރީޢަތަށް ސާބިތުކޮށް
ތިކޮށްދެވުމުންކަން ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329 ، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2008/HC-A/247
4
=*
2
(ރ) މި މައްސަލައިގައި ކަން ހިނގާދިޔަގޮތަށް ރިޢާޔަތްކުރާއިރު، މަދަނީ ކޯޓުގެ
ނަންބަރު MC2007;708 ޤަޟިއްޔާގައި ޢަބްދުލްޣަނީ އަލީ ކޮށްފައިވާ އިޢުތިރާސަކީ ތަޢައްޞަފީ
ޢަމަލެއްކަމަށް ބަޔާންކުރައްވާފައިވީ ނަމަވެސް، ހަމަ އެ ނުކުތާގައި، "ބްލޫޕިޖަން" ޔޮޓް
ރަޖިސްޓަރީވެފައިވާ 4 މީހުންގެ ތެރެއިން 3 މީހުން އެ އުޅަނދު ޓޫރިސްޓު އުޅަނދެއް ގޮތަށް
ރަޖިސްޓަރީކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުގައި އެދުމުން، މިނިސްޓްރީ އޮފް ޓޫރިޒަމުން އެ
އުޅަނދު ރަޖިސްޓަރީކޮށްނުދިނުމަކީ، ޤާނޫނީ ހަމައަކުން އެމިނިސްޓަރީއިން ކޮށްފައިވާ ކަމެއް
ނޫންކަމަށް ބަޔާންކުރައްވާފައި އޮތުމުން، ޢަބްދުލްޣަނީ ޢަލީ "ބްލޫޕިޖަން" ޔޮޓް ޓޫރިސްޓު އުޅަނދެއްގެ
ގޮތުގައި ރަޖިސްޓަރީ ކުރުމަށް އިޢުތިރާޟު ކުރިނަމަވެސް، އަނެއް 3 ފަރާތުން އެ އުޅަނދު
ރަޖިސްޓަރީކޮށްދިނުމަށް އެދުމުން، މިނިސްޓްރީ އޮފް ޓޫރިޒަމަށް އެ އުޅަނދު ރަޖިސްޓަރީ ކޮށްދިނުން
ލާޒިމުވާކަމުގެ މާނަ ދޭހަވާން އޮތުމުން ބްލޫޕިޖަން" ޔޮޓް ޓޫރިސްޓު އުޅަނދެއްގެ ގޮތުގައި
ރަޖިސްޓްރީވެފައިނުވަނީ ޢަބްދުލްޣަނީ އަވީ އެކަމަށް ކުރި އިޢުތިރާޟުގެ ސަބަބުން ނޫންކަން
އެނގޭކަމާއި، އަދި މަދަނީ ކޯޓުގެ ނަންބަރު 2007/MC/708 ޤަޟިއްޔާއަކީ އިސްތިއުނާފުކޮށްފައި
އޮތް ޤަޟިއްޔާއެއް ނޫންކަން އެނގެއެވެ.
(ބ) މިގޮތުން، މިހާރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ
ޤަޟިއްޔާއަކީ މަދަނީ ކޯޓުގެ ނަންބަރު 2007/MC/1292 ޤަޟިއްޔާ ކަމަށް ވެފައި، މަދަނީ ކޯޓުގެ
ނަންބަރު 2007/MC/1292 ޤަޟިއްޔާގައިވާ ގެއްލުމުގެ ބަދަލު ހޯދުމަށްކޮށްފައިވާ ދަޢުވާ
ބިނާކޮށްފައިވާ އަސާސަކީ މަދަނީ ކޯޓުގެ ނަންބަރު 2007/MC/708 ޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމްކަމަށްވެފައި، އެ ޙުކުމުގައި އުޅަނދެއްގެ އެއް ވެރިފަރާތަށްވުރެ ގިނަ ވެރިފަރާތްތަކަކުން އެ
އުޅަނދުން ވަކި
އާކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ފަރާތުގައި ރަޖިސްޓަރީކޮށްދިނުމަށް
އެއުޅަނދުގެ ހުރިހާ ވެރި ފަރާތްތަކަކުން އެކަންކުރަން އެދިފައިނުވާކަމަށް ބުނެ
ރާއްޖޭގެ ރަޖިސްޓަރީކޮށް ނުދިނުމަކީ ޤާނޫނެއްގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއްނޫންކަމަށް
c4
4 ވ 2
3 ދވ
ބޭ 2އ)
އެދުމުން،
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
7
2{{8}HC-A/247
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ބަޔާންކުރައްވާފައިވާ ނުކުތާއަކީ، އެއްވެސް މަތީ ކޯޓެއްގައި އިސްތިއުނާފުކޮށްފައިވާ ނުކުތާއެއް
ނޫންކަމަށް ވާތީ، އެ ޙުކުމަކީ ފައިސަލް ކުރަނިވި ޙުކުމެއްގެ ބާރު ލިބި އިސްތިޤުރާރުވެ ދެމިއޮތް
ކަމެއްކަމަށްވެފައި،
މައްޗަށް ބިނާކުރައްވައި، ދަށު ކޯޓުން އެކޯޓުގެ ނަންބަރު
2007/MC/1292 ޤަޟިއްޔާ ނިންމަވާފައިވަނީ ރަނގަޅަށްކަމަ މައްސަލަބެލި ފަނޑިޔާރުންނަށް
2 5 5 52
އެކެމެއެކމ
އެހެކެމެޤާ
ކަމަށް
4 2 2 4 3 9
ދެންފަހެ އިސްވެ ބަޔާންކުރެވުނު ޤާނޫނީ އަދި ޝަރުޢީ ސަބަބުތައް އެހެން ހުރުމާއިއެކު،
މަދަނީ ކޯޓުގެ ނަންބަރު 2007/MC/1292 ,1 ޤަޟިއްޔާގައި އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
މ.ޝޭޑީހޯމް މާލެ މުޙައްމަދު ޒިޔާދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޙުކުމަކީ
ޤާނޫނީ އަދި ޝަރުޢީ ހަމަތަކާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް ބަލާނެ ތަނެއް ނެތްކަމަށް މި
މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، އެ ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްފީމެވެ.
30 2 0 5 5
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv