ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-I-SH/10 ޤަޟިއްޔާގެ ޙުކުމް
1
20j4/HC-I-SH/10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 10/HC-I-SH/2014
އިންތިޙާބީ ޝަކުވާގެ މައްސަލަ ހުށަހެޅިފަރާތް:
ނަން: ޢަލީ އިބްރާހީމް
އައިޑީ ކާޑު ނަންބަރ: A022117
*
ދާއިމީ އެޑްރެސް: ބޯށިވަލުގެ ސ.ހިތަދޫ
މިހާރުގެ އެޑްރެސް: މ.ހަވީރީނާޒް ކ.މާލެ
އިންތިޚާބީ ޝަކުވާ މައްސަލަ ރައްދުވިފަރާތް:
އިލެކްޝަންސް ކޮމިޝަން
މިހާރުގެ އެޑްރެސް: ޕޯޓްސް ކޮމްޕްލެކްސް/ ކ.މާލެ
ތަދައްޚުލްވާ ފަރާތްތައް:
މުޙައްމަދު އަސްލަމް
އައިޑީ ކާޑު ނަންބަރ: A058499
، ދާއިމީ އެޑްރެސްނިޔާޒް ސ.ހިތަދޫ
މިހާރުގެ އެޑްރެސް: މ.ސައިނާ ކ.މާލެ
ރަޖިސްޓްރީކުރެވުނު
09 ޖުމާދަލްއާޚިރާ 1435
09 އެޕްރީލް 2014
* ނިމުނު ތާރީޚް: 23 ޖުމާދަލްއާޚިރާ 1433
23 އޭޕްރީލް 2014
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީސް:
ފަނޑިޔާރު:ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު. ޢަލީ ސަމީރު ފަނޑިޔާރުން ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2014/HC-I-SH/10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ދަޢުވާގެ ޚުލާޞާ
OXUCO
މިއީ، 2014 ވަނަ އަހަރުގެ މާރޗް މަހުގެ 22 ވަނަ ދުވަހު ބޭއްވުނު 18 ވަނަ ރައްޔިތުންގެ
މަޖިލީހުގެ އިންތިޚާބުގައި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށްޓަކައި މަސައްކަތް ފެށުމާއިއެކު، އައްޑޫސިޓީގެ ހިތަދޫ
އުތުރު ދާއިރާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއިން ލިބިދީފައިވާ
ޙައްޤުތަކާއި ޚިލާފަށް، އަދި ޤާނޫނު ނަންބަރު 11/2008 ނަންބަރު ޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ 1
އަދި 2 އާއި ޚިލާފަށް، އިންތިޚާބުގެ ތެރޭގައި އެކަށީގެންނުވާ ނުފޫޒެއް ފޯރުވައި އިންތިޚާބުގެ ފައިދާ
ވަކިމީހަކަށް ނުވަތަ ވަކިބަޔަކަށް ފޯރުކުރުމަށްޓަކައި ރިޝްވަތުދީ، ވޯޓުލުމަށް ހުރަސްއެޅޭގޮތަށް އިންތިޚާބުގެ
ނަތީޖާއަށް އަސަރު ފޯރައި އެނަތީޖާ ބަދަލުވެފައިވާކަމަށާއި، ހިތަދޫ އުތުރު ދާއިރާގެ S04.04 ނަންބަރު ވޯޓު
ފޮށްޓައް ވޯޓުލުން ކުރިއަށްދިޔައިރު ތަފާތު މައްސަލަތައް ޖެހިފައިވީ ނަމަވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު 42/SC-C/2013 ޤަޟިއްޔާގެ ޙުކުމްގެ ގައިޑްލައިންގެ 09 ވަނަ ނަންބަރުގައި ބުނެފައިވާގޮތަށް
ވޯޓުލުމުގެ ކަންހިނގައިދިޔަގޮތުގެ ރިޕޯރޓް ހެދިކަމެއް ކެންޑިޑޭޓްގެ ފަރާތުން ޙަރަކާތްތެރިވި އޮފިޝަލުންނަށް
އެނގިފައިނުވާކަމަށާއި، މިކަމަކީ އެ ގައިޑްލައިނާ ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށްބުނެ، އިންތިޚާބުގެ ނަތީޖާ
ބާޠިލުކޮށް އަލުން ހިތަދޫ އުތުރު ދާއިރާގައި ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް
އަމުރުކޮށްދެއްވުމަށްއެދި، ސ.ހިތަދޫ ބޯށިވަލުގެ ޢަލީ އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބަލާފައިވާ އިންތިޚާބީ ޝަކުވާގެ މައްސަލައެކެވެ.
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމާގުޅިގެން ހިތަދޫ އުތުރު ދާއިރާގެ އިންތިޚާބު
ކާމިޔާބުކުރެއްވި ފަރާތްކަމުގައިވާ ސ.ހިތަދޫ ނިޔާޒް، މުޙައްމަދު އަސްލަމް މިމައްސަލައަށް ތަދައްޚުލް
ވެފައިވެއެވެ.
6
ހެކީގެ ގޮތުގައި ހުށަހެޅުނު ލިޔުންތައް:
1- ޚަދީޖާ އިބްރާހީމްދީދީ ބޯށިވަލުގެ ސ.ހިތަދޫ (ދ.ރ.ކާޑް ނަންބަރު A161323) ދިފައިވާ ބަޔާން
ދިވެހިރާއްޖޭގެ
ގެ ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
3
20j4/HC-I-SH/10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
4
ހދ 0
ބަޔާން.
2- ފާޠިމަތު އަނީސް ކެލައުމައިގެ ސ.ހިތަދޫ (ދ.ރ.ކާޑް ނަންބަރުA019026) ދީފައިވާ ބަޔާން.
3- ވިޝާޙް ސަޢީދު ޗިޗަންޑާގެ/ ސ.ހިތަދޫ (ދ.ރ.ކާޑް ނަންބަރުA272795) ދީފައިވާ ބަޔާން.
ވިޝާޙް ސަޢީދު ޗިޗަންޑާގެ/ ސ.ހިތަދޫ (ދ.ރ.ކާޑް ނަންބަރުA272795) ދީފައިވާ ބަޔާން.
5- ޒިޔާން މުޙައްމަދު ޞާލިޙް ހުދުވެލި ސ.ހިތަދޫ (ދ.ރ.ކާޑް ނަންބަރުA305116} ދީފައިވާ
6- ޞާލިޙް ޙަސަން ހުދުވެލި ސ.ހިތަދޫ (ދ.ރ.ކާޑް ނަންބަރުA062400) ދީފައިވާ ބަޔާން.
7- އަޙުމަދު މިޙުސަން ދުވެލި/ ސ.ހިތަދޫ (ދ.ރ.ކާޑް ނަންބަރުA068223) ދީފައިވާ ބަޔާން.
8- މުޙައްމަދު މިޙުޖަހު މިނާފެލެސް/ ސ.ހިތަދޫ (ދ.ރ.ކާޑް ނަންބަރުA293000) ދީފައިވާ
9 އަޙުސަން އަޙްމަދު މަބްރޫކުގެ/ ސ.ހިތަދޫ (ދ.ރ.ކާޑް ނަންބަރުA293084) ދީފައިވާ ބަޔާން.
10- މުޙައްމަދު ރިޔާޝް ބަދުރު/ ސ.ހިތަދޫ (ދ.ރ.ކާޑް ނަންބަރުA018895) ދީފައިވާ ބަޔާން.
ބަޔާން.
ހަގަކުރެވުނު ނުކުތާތައް:
34
0l ސ.ހިތަދޫ ބޯށިވަލުގެ ޢަލީ އިބްރާހީމްގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް
ހުށަހެޅި އިންތިޚާބީ ޝަކުވާގެ މިމައްސަލަ ބިނާކޮށްފައިވާ ސަބަބުތަކަށް ބަލާއިރު، 22 މާރޗް 2014 ވަނަ
ދުވަހު ބޭއްވުނު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން އެ އިންތިޚާބަށްޓަކައި ކެންޑިޑޭޓުންނަށް
ތާއީދު ހޯދުމަށް މަސައްކަތްފެށުމާއެކު
އެމް.ޑީ.ޕީ
ފަރާތުން ވާދަކުރި ކެންޑިޑޭޓުގެ ފަރާތުން ހިތަދޫ އުތުރު
ދާއިރާގައި ވޯޓުލާންތިބި ބައެއް މީހުންނަށް ފައިސާއިންނާއި އެހެނިހެން ޚިދުމަތްތަކުން ރިޝްވަތު
ދީފައިވާކަމަށާއި، އަދި ރިޝްވަތު ދިނުމަށް ހުށަހަޅާފައިވާކަމަށް ބުނެފައިވާ ބުނުމާއި، ހިތަދޫ އުތުރުދާއިރާގެ 04
ވަނަ ވޯޓު ފޮށްޓައް ވޯޓުލީއިރު ބައެއް މައްސަލަތައް ދިމާވެފައިވާކަމަށް ބުނެފައިވާބުނުމާއި، ވޯޓުލުމުގެ
ކަންތައްތައް ނިމުނުއިރުވެސް އޮބްޒާވަރުންނަށް ކަންހިނގައިދިޔަ ރިޕޯރޓް ހުށަހަޅާފައިނުވާކަމަށް ބުނެފައިވާ
ބުނުން ހިމެނެއެވެ.
ދިވެހިރާއްsa
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2014/HC-I-SH/10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
etc.
ކާކުކަން،
42 އަލީ އިބްރާހީމްގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ރައްދުވާގޮތަށް
ހުށަހަޅާފައިވާ އިންތިޚާބާބެހޭ ޝަކުވާގެ މިމައްސަލައާއި ބެހޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޖަވާބު
ދެމުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށް ބަލާއިރު، މި މައްސަލާގައި މައިގަނޑު
ގޮތެއްގައި ދަޢުވާކުރައްވާ ފަރާތުން ހުށަހަޅުއްވާފައިވަނީ ދެކަމެއް ކަމަށާއި، އޭގެ ތެރެއިން ފުރަތަމަ ކަމަކީގެ
ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ އާންމު ޤާނޫނު) ގެ 65 ވަނަ މާއްދާގެ (ހ) ގެ (1)، އަދި
(2) އަކާއި ޚިލާފަށް އިންތިޚާބުގެ ތެރޭގައި އެކަށީގެންނުވާ ނުފޫޒެއްފޯރުވައި، އިންތިޚާބުގެ ފައިދާ ވަކިމީހަކަށް
ނުވަތަ ވަކިބަޔަކަށް ލެންބުމަށްޓަކައި ރިޝްވަތުދީ، ވޯޓުލުމަށް ހުރަސް އެޅޭ ގޮތަށް އިންތިޚާބުގެ ނަތީޖާ އަށް
އަސަރުފޯރާ، އެ ނަތީޖާ ބަދަލުވެފައިވާކަމަށް ބުނެފައިވާ ބުނުންކަމަށާއި، އެ ނުކުތާއާއި ގުޅޭގޮތުން ހުށަހަޅާފައިވާ
ހެކީގެ ލިސްޓަށާއި ހެކި ބަޔާންތަކަށް ބަލާއިރު، އެއިން އެއްވެސް ބަޔާނެއްގައި ރިޝްވަތު ހިފިކަމަށް އެއްވެސް
މީހަކު ބުނެފައެއް ނުވާކަމަށާއި، އަދި އެ ބަޔާންތަކަށް ބަލާއިރު އެ ބަޔާންތަކުގައި ރިޝްވަތުދޭން އައީ
ނުވަތަ ރިޝްވަތުދިނުމަށް ވާހަކަ ދެއްކީ ކާކުކަމެއް ސާފުކޮށް ބުނެފައެއް ނުވާކަމަށާއި، އަދި ފައިސާ
ހުށަހެޅުމުން އެފަދަ ފައިސާގައި ހިފިކަމެއްވެސް އެނގެން ނެތްކަމަށާއި، އެހެންވީމަ މީގައި އިންތިޚާބުގެ
ނަތީޖާއަށް އަސަރުކުރާވަރުކަމެއް ހިނގާފައިވާ ކަމަކަށް އެކޮމިޝަނަށް ޤަބޫލު ނުކުރެވޭކަމަށާއި،
ދެވަނަ ކަމަކީ، މި މައްސަލައިގެ ދަޢުވާގެ ޞިޝާގައި ސުޕްރީމް ކޯޓުގެ ނަންބަރު
42/SC-C/2013 ޤަޟިއްޔާގެ ޙުކުމްގެ ގައިޑްލައިންގެ (9) ވަނަ ނަންބަރުގައި ބުނެފައިވާ ގޮތަށް ވޯޓުލުމުގެ
ކަން ހިނގާދިޔަގޮތުގެ ރިޕޯޓު ހެދިކަން ކެންޑިޑޭޓުންގެ ފަރާތުން ހަރަކާތްތެރިވި އޮފިޝަލުންނަށް އެނގިފައި
ނުވާކަމަށްބުނެފައިވާއިރު، އެ ރިޕޯޓުގައި ވަނީ ޢަލީ އިބްރާހީމްގެ ފަރާތުން އަދި އެހެނިހެންވެސް ކެންޑިޑޭޓުންގެ
ފަރާތުން ތިއްބެވި މަންދޫބުން ސޮއިކޮށްފައި ކަމަށާއި، އެހެންކަމުން އެނުކުތާގައިވެސް އެވަނީ ރަގަޅު ވާހަކައެއް
ކަމަކަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޤަބޫލު ނުކުރާކަމަށާއި، ފެކަމުން އެކޮމިޝަނުގެ ފަރާތުން
މިމައްސަލާގައި ދައްކާފައިވާ އެންމެހައި ވާހަކައަށާއި، އެކޮމިޝަނުގެ ފަރާތުން ހުށަހަޅާފައިވާ އެންމެހައި
އެހެންކީމް 8
ދިވެހިރާއްޖޭގެ
އައިކޯޑް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
5
20j4/HC-I-SH/10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފަރާތުން
ލިޔެކިޔުންތަކަށް ޝަރީޢަތުން ރިޢާޔަތްކޮށްދެއްވުން އެދޭކަމަށް އިލެކްޝަންސް ކޮމިޝަނުގެ
ބުނެފައިވާކަން ފާހަގަކުރެވެއެވެ.
403 މައްސަލާގެ ތެރެއަށް ތަދައްޚުލް ވެފައިވާ ސ.ހިތަދޫ/ނިޔާޒް، މުޙައްމަދު އަސްލަމްގެ
ފަރާތުން މިމައްސަލައާއި ގުޅިގެން ދައްކާފައިވާ ވާހަކައަށް ބަލާއިރު، މި މައްސަލައަށް މުޙައްމަދު އަސްލަމްގެ
ފަރާތުން ތަދައްޚުލްވެފައި މިވަނީ، މި މައްސަލައަކީ 22 މާރޗް 2014 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ
މަޖިލީހުގެ އިންތިޚާބުގައި އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ އިންތިޚާބުގެ ނަތީޖާ ބާޠިލުކޮށް އަލުން އެ
ދާއިރާގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދެއްވުމަށް އެދި ސ.ހިތަދޫ
ބޯށިވަލުގެ ޢަލީ އިބްރާހީމް ހުށަހަޅުއްވާފައިވާ މައްސަލައަކަށްވެފައި، އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ
އިންތިޚާބުގައި ޢަލީ އިބްރާހީމްއާއި ވާދަކޮށް 1267 ވޯޓު ހޯދައި، 128 ވޯޓުގެ ތަފާތަކުން އެ ދާއިރާގެ
އިންތިޚާބު ކާމިޔާބުކުރި ފަރާތަކީ މުޙައްމަދު އަސްލަމް ކަމަށްވާތީ، މި މައްސަލައިގައި ވާހަކަދެއްކުމުގެ
މަޞްލަޙަތެއް އޮތްކަމަށް ފެންނާތީއާއި، އަދި އެއާ އެއްކޮށް ޢަލީ އިބްރާހީމް ހުށަހަޅުއްވާފައިވާ މައްސަލައިގައި
މުޙައްމަދު އަސްލަމްގެ މައްޗަށް ބޮޑެތި ދޮގު ތުހުމަތުތަކެއް ކޮށްފައިވާތީ، އެކަމަށް އިންކާރުކޮށް އެ
ބަރީއަވުމަށް ވާހަކަދެއްކުމުގެ ފުރުސަތުވެސް ބޭނުންވާތީ ކަމަށް މުޙައްމަދު އަސްލަމްގެ ފަރާތުން
ބުނެފައިވާކަމާއި،
2 ހ9 ހ3 8
ހ02°ކން
ހޯޅުނޭވާނޭކަމަށް
މިގޮތުން ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާއި ބެހޭ ޢާންމު ޤާނޫނު) ގެ 64 ވަނަ
މާއްދާގެ (ނ) ގައި، އިންތިޚާބާއި ގުޅޭ މައްސަލައެއް ހައިކޯޓަށް ހުށަހަޅާނަމަ މައްސަލަ ހުށަހަޅާ ސަބަބާއި
މައްސަލައިގެ ތަފްޞީލް ސާބިތުކުރަން ހުށަހަޅާ ހެކި މައްސަލައާއެކު ހުށަހަޅަ ކަމަށް ކަމަށާއި، ނަމަވެސް
ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ މިމައްސަލައިގެ އިންތިޚާބުތަކާއި ބެހޭ ޢާންމު ޤާނޫނުގެ 64 ވަނަ މާއްދާގެ
(ނ) ގައި ބަޔާންކޮށްފައި އެވާ އުންސުރުތައް ފުރިހަމަކޮށްފައިނުވާކަން ފާހަގަކުރެވޭކަމަށާއި، އެގޮތުން
ދަޢުވާފޯމްގެ 4 ވަނަ ނަންބަރުގެ 1 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ކަންކަން ސާބިތުކުރެވޭވަރުގެ
ސާބިތުކުރެވޭވަރުގެ ތަފްޞީލް
އަދި ޝަރީޢަތަށް ޤަބޫލުކުރެވޭފަދަ ކާފީ ހެކި ހުށަހަޅާފައިނުވާކަމަށާއި، ހަމައެފަދައިން ދަޢުވާފޯމްގެ 4
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
20j4/HC-I-SH/10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2
ނުކުތާގެ 2 ވަނަ ނަންބަރުގައާއި އަދި 4 ވަނަ ވޯޓު ފޮއްޓަށް ވޯޓު ލެވުނުއިރު ބައެއް މައްސަލަތައް
ދިމާވެފައިވާކަމަށް ބަޔާންކޮށްފައިވީނަމަވެސް އެކަންކަމާ ގުޅޭ އެއްވެސް ތަފްޞީލެއް މައްސަލައާއިއެކު
ހުށަހަޅާފައެއް ނެތްކަމަށާއި، އަދި ހަމަ އެއާއެކު ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއާއި އިންތިޚާބުތަކާބެހޭ
ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ 1 އަދި 2 އާއި ޚިލާފަށް ކަންތައްތަކެއް ހިނގާފައިވާކަމަށް
ދަޢުވާކުރާ ފަރާތުން ބުނާއިރު އޭގެ ތަފްޞީލެއްވެސް އަދި ޤާނޫނުއަސާސީއާއި ޚިލާފުވަނީ ކިހިނެއްކަން، ކޮން
ންވަރަކަށް ކަމެއްވެސް ބަޔާންކޮށްފަކާއެއް ނުވާކަމަށާއި، އެހެންވީމާ 64 ވަނަ މާއްދާގެ އެބުނާ ހަމަތަކުގެ
މަތިން ހުށަހެޅިފައިއޮތް މައްސަލައެއްކަމަށް ޤަބޫލެއް ނުކުރެވޭކަމަށްބުނެ، ޢަލީ އިބްރާހީމްގެ ފަރާތުން ހެކީގެ
ގޮތުގައި ހުށަހަޅާފައިވާ ބަޔާންތައް ދީފައިވާ މީހުންނާ ބެހޭގޮތުންނާއި ދަޢުވާގައި ހިމެނޭ އެހެނިހެން ކަންތައްތަކާ
ބެހޭގޮތުން ތަފްޞީލުކޮށް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވާކަން ފާހަގަކުރެވެއެވެ.
04- ދިވެހިރާއްޖޭގެ ހައިކޯޓުގެ "އިންތިޚާބާބެހޭ ޝަކުވާގެ މައްސަލަ ހުށަހަޅާފައިވާ ފޯމް"
އިން، ޢަލީ އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވާ މިމައްސަލައަށާއި، މިމައްސަލައާއި ގުޅިގެން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލަ ރައްދުވި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައަށް ތަދައްޚުލްވި މުޙައްމަދު އަސްލަމް
ގެ ފަރާތުން ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅިގެން ހުށަހަޅާފައިވާ ލިޔުންތަކަށާއި، ޤާނޫނު ނަންބަރު
11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށާއި، ޤާނޫނު ނަންބަރު 2/2009 (ރައްޔިތުންގެ މަޖިލީހުގެ
އިންތިޚާބުގެ ޤާނޫނު) އަށާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤަވާއިދު 2014) އަށާއި،
އިންތިޚާބުތަކާބެހޭ ޢާންމު އުޞޫލުތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލާއިރު އަންނަނިވި
ކަން
ފާހަގަކުރެވެ
ރޮވެއެވެ
4.1 ފުރަތަމަ ކަމަކީ: ޢަލީ އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވާ އިންތިޚާބީ ޝަކުވާގެ
މިމައްސަލައަށް ބަލާއިރު، މިޝަކުވާއަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ހިތަދޫ އިންޖީޑީ
ސައިކް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ބަޔާންތައްކަމަށް ބަނާ
7
2014/HC-I-SH/10
(ދ.ރ.ކާޑް ނަންބަރު A272795) އާއި، ސ.ހިތަދޫ ހުދުވެލި ޒިޔާން މުޙައްމަދު ޞާލިޙް (ދ.ރ.ކާޑް ނަންޓަޖޭގެ ހައިކޯ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދާއިރާގެ ކެންޑިޑޭޓުން ތާއީދުހޯދުމަށްޓަކައި މަސައްކަތް ފެށުމާއިއެކު، އެމް.ޑީ.ޕީގެ ކެންޑިޑޭޓް މުޙައްމަދު
އަސްލަމްގެ ފަރާތުން އެދާއިރާގައި ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް އެކަށީގެންނުވާ ނުފޫޒު ފޯރުވައި އިންތިޚާބުގެ
ފައިދާ ވަކިމީހަކަށް ނުވަތަ ވަކިބަޔަކަށް ލެންބުމަށްޓަކައި ރިޝްވަތުދީ، އަދި ރިޝްވަތު ދިނުމަށް ހުށަހަޅައި،
ވޯޓުލުމަށް ހުރަސްއެޅުމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް އަސަރުފޯރައި އެނަތީޖާ ބަދަލުވެފައިވާކަމަށާއި،
ހިތަދޫ އުތުރު ދާއިރާގެ 04 ވަނަ ވޯޓު ފޮށްޓައް ވޯޓުލުން ކުރިއަށްދިޔައިރު ތަފާތު މައްސަލަތައް
ޖެހިފައިވާކަމަށާއި، އަދި އެފޮށީގެ ކަންހިނގާދިޔަގޮތުގެ ރިޕޯޓު ހެދިކަން ކެންޑިޑޭޓުންގެ ފަރާތުން ޙަރަކާތްތެރިވި
އޮފިޝަލުންނަށް އެނގިފައިނުވާކަމަށްބުނެ ހިތަދޫ އުތުރު ދާއިރާގެ ނަތީޖާ ބާޠިލުކޮށް އަލުން އެދާއިރާގައި
ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދެއްވުންއެދި ހުށަހަޅާފައިވާ މައްސަލައެއްކަން
އެނގެން އޮތްއިރު،
ވޯޓުލުމަށް ހުރަސް
ގޮތުން މުޙައްމަދު އަސްލަމްގެ ފަރާތުން ކުރިކަމެއް
ކަންތައްތަކެއް، އަދި ހިތަދޫ އުތުރު ދާއިރާގެ 04 ވަނަ ނަންބަރު ވޯޓު ފޮށީގެ ވޯޓުލުން ކުރިއަށްދިޔައިރު ދިމާވި
މައްސަލަތަކަކީ ކޮބައިކަމެއް އަދި އެމައްސަލަތަކުގެ ތަފްޞީލެއް ޢަލީ އިބްރާހީމްގެ ފަރާތުން ހުށަހެޅި ފޯމުގެ
ޚުލާޞާގައިވެސް އަދި މައްސަލާގެ ތަފްޞީލުގައިވެސް ބަޔާންކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.
4.2- ދެވަނަ ކަމަކީ: ޢަލީ އިބްރާހީމްގެ ފަރާތުން ހުށަހެޅި މިމައްސަލާގައި ބަޔާންކޮށްފައިވާ
ކަންތައްތަކުގެ ތެރެއިން، ހިތަދޫ އުތުރު ދާއިރާގެ ކެންޑިޑޭޓުންނަށް ތާއީދުހޯދުމަށްޓަކައި މަސައްކަތް
ފެށުމާއިއެކު، އެމް.ޑީ.ޕީގެ ފަރާތުން އެދާއިރާއަށް ވާދަކުރެއްވި ކެންޑިޑޭޓް މުޙައްމަދު އަސްލަމްގެ ފަރާތުން
އެދާއިރާގައި ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް އެކަށީގެންނުވާ ނުފޫޒުފޯރުވައި އިންތިޚާބުގެ ފައިދާ ވަކިމީހަކަށް
ނުވަތަ ވަކިބަޔަކަށް ލެންބުމަށްޓަކައި ރިޝްވަތުދީ، އަދި ރިޝްވަތު ދިނުމަށް ހުށަހެޅިކަން
ސާބިތުކޮށްދިނުމަށްޓަކައި، 08 މީހެއްގެ ނަން ހުށަހެޅުމާއެކު އެ 08 މީހުންގެ
ވެސް ހުށަހަޅާފައިވާކަމާއި، އެގޮތުން އެ 08 މީހުންނަކީ، ސ.ހިތަދޫ ޗިޗަންޑާގެ ވިޝާޙް ސަޢީދު
އެޅުމުގެ
CCCC
ހއ 2 ދ ތ ގ 2
ބޔަނފއ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
20j4/HC-I-SH/10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
3 384
ބއިފިން
4
A305116) އާއި، ސ.ހިތަދޫ ހުދުވެލި އަޙުމަދު މިޙުސަން (ދ.ރ.ކާޑް ނަންބަރު A068223) އާއި،
ސ.ހިތަދޫ މިނާފެލެސް މުޙައްމަދު މިޙުޖަހު (ދ.ރ.ކާޑް ނަންބަރު A293000) އާއި، ސ.ހިތަދޫ މަބްރޫކުގެ
އަޙުސަން އަޙުމަދު (ދ.ރ.ކާޑް ނަންބަރު A293084) އާއި، ސ.ހިތަދޫ/ބަދުރު މުޙައްމަދު ރިޔާޝް
(ދ.ރ.ކާޑް ނަންބަރު A018895) ކަމާއި،
ޢަލީ އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވާ އެ ބަޔާންތަކަށް ބަލާއިރު، 22 މާރޗް 2014 ގައި
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހިތަދޫ އުތުރުދާއިރާއަށް ކުރިމަތިލި ކެންޑިޑޭޓުން ތާއީދު
ހޯދުމުގެ މަސައްކަތް ކުރަމުން ގެންދިޔައިރު، އޭގެތެރެއިން އެމް.ޑީ.ޕީ ގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް
ސ.ހިތަދޫނިޔާޒް، މުޙައްމަދު އަސްލަމް ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެމީހުނަށް ފައިސާ ދިނުމަށް
ހުށަހެޅިކަމަށް އެ 08 މީހުން ބުނެފައިވިޔަސް، އޭގެތެރެއިން އެކަކުވެސް އެފައިސާގައި ހިފިކަމަށް ނުވަތަ
އެހުށަހެޅުން ޤަބޫލުކުރިކަމަށް ބުނެފައިނުވާކަމާއި، އެއާއި ޚިލާފަށް އެއީ ޤާނޫނާއި ޤަވާޢިދާއި ޚިލާފު ކަމެއްކަމަށް
އެމީހުންނަށް ޤަބޫލުކުރެވޭތީ އެކަމާއި ކަނޑައެޅިގެން އިންކާރުކޮށްފައިވާކަމަށް އެ 08 މީހުންގެ ބަޔާނުގައިވެސް
ސާފުބަހުން ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
އަދި ޢަލީ އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވާ 02 ހެކީންކަމުގައިވާ
ސ.ހިތަދޫބޯށިވަލުގެ ޚަދީޖާ އިބްރާހީމް އާއި ސ.ހިތަދޫ ކެލައުމަގިގެ ފާޠިމަތު އަނީސް އާއި މި ދެމީހުންނަކީ،
ހިތަދޫ އުތުރުދާއިރާގައި ބެހެއްޓުނު ހަތަރުވަނަ ވޯޓު ފޮށީގެ ވޯޓުލާ ނިމުމުން އެ ވޯޓު ފޮށީގެ
ކަންހިނގާދިޔަގޮތުގެ ރިޕޯޓު ހަދާފައިވެސް، އަދި އެރިޕޯޓު އިއްވާފައިވެސް ނުވާކަން ސާބިތުކޮށްދިނުމަށް
ހުށަހަޅާފައިވާ ދެހެކީންކަމަށް ޢަލީ އިބްރާހީމްގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާތީ،
މިމައްސަލަ ހުށަހެޅިއިރު ޢަލީ އިބްރާހީމްގެ ފަރާތުން ފޯމާއެކު ހުށަހަޅާފައިވާ އެ ދެމީހުންގެ ބަޔާންކަމަށް ބުނާ
ބަޔާނުގައި، ބަޔާންކުގެ
ކުރެވުނު ވޯޓު ފޮށީގެ ވޯޓު ލަމުންދިޔައިރު ބައެއް މައްސަލަ ދިމާވެފައިވާކަމަށާއި، ނަމަވެސް
ވޯޓުލާ ނިމުމުން ކަންހިނގާދިޔަގޮތުގެ ރިޕޯޓް އިއްވާފައިނުވާކަމަށް ބުނެފައިވާކަމާއި، ނަމަވެސް އެފޮށީގެ
އަނެއް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
20j4/HC-I-SH/10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
COC
ކަމެއްގެ
4
ކަންހިނގާދިޔަގޮތުގެ ރިޕޯޓު ހަދާފައިނުވާކަމަކަށް އަދި އެރިޕޯޓުގައި ސޮއިކުރަންޖެހޭ މީހުން ސޮއިކޮށްފައި
ނުވާކަމަކަށް އެދެމީހުންގެ ބަޔާނުގައި ބުނެފައި ނުވާކަން ފާހަގަކުރެވެއެވެ.
4.3 ތިންވަނަ ކަމަކީ: ޢަލީ އިބްރާހީމްގެ ފަރާތުން ހުށަހެޅި މިމައްސަލަ ބިނާކޮށްފައިވަނީ 03
މައްޗަށްކަމާއި، އޭގެ ތެރެއިން ފުރަތަމަކަމަކީ؛ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ހިތަދޫ
އުތުރު ދާއިރާއަށް ކުރިމަތިލީ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ފެށުމާއެކު، އެދާއިރާއަށް ކުރިމަތިލީ
ކެންޑިޑޭޓެއް ކަމުގައިވާ ސ.ހިތަދޫނިޔާޒް، މުޙައްމަދު އަސްލަމް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއިން ލިބިދީފައިވާ ޙައްޤުތަކާ ޚިލާފަށް، އަދި ޤާނޫނު ނަންބަރު 11/2008
(އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 65 ވަނަ މާއްދާގެ (ހ) ގެ 1 އަދި 2 އާއި ޚިލާށް އިންތިޚާބުގެ
ތެރޭގައި އެކަށީގެންނުވާ ނުފޫޒު ފޯރުވައި އިންތިޚާބުގެ ފައިދާ ވަކިމީހަކަށް ނުވަތަ ވަކިބަޔަކަށް ލެންބުމަށްޓަކައި
ރިޝްވަތުދީ، އަދި ރިޝްވަތު ދިނުމަށް ހުށަހަޅާފައިވާކަމަށް ބުނެފައިވާ ބުނުންކަމާއި، ދެވަނަ ކަމަކީ؛ ވޯޓުލުމަށް
ހުރަސް އެޅޭގޮތަށް މުޙައްމަދު އަސްލަމްގެ ފަރާތުން ޢަމަލުކޮށްފައިވާކަމަށް ބުނެފައިވާ ބުނުންކަމާއި، ތިންވަނަ
ކަމަކީ، ހިތަދޫ އުތުރުދާއިރާގައި ބެހެއްޓުނު 04 ވަނަ ފޮށީގެ ވޯޓުލުންކުރިއަށް ދިޔައިރު ތަފާތު މައްސަލަތައް
ދިމާވިނަމަވެސް، އެފޮށީގެ ކަންހިނގާދިޔަ ގޮތުގެ ރިޕޯޓު ހެދިކަން ކެންޑިޑޭޓުންގެ ފަރާތުން ޙަރަކާތްތެރިވި
ފަރާތްތަކަށް އެނގިފައިނުވާކަމަށް ބުނެފައިވާ ބުނުންކަން ފާހަގަކުރެވޭއިރު، މީގެތެރެއިން ވޯޓުލުމަށް
ހުރަސްއެޅުމާއި ބެހޭގޮތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޢަލީ އިބްރާހީމްގެ ފަރާތުން އެއްވެސް ވަރަކަށް
ވާހަކަ ދައްކާފައިނުވާކަން އެނގެން އޮންނަކަމާއި،
އަދި ހިތަދޫ އުތުރު ދާއިރާގައި ބެހެއްޓުނު 04 ވަނަ ވޯޓުފޮއްޓަށް ވޯޓުލަމުން ގެންދިޔައިރު
ތަފާތު މައްސަލަތައް ޖެހިފައިވާއިރުވެސް، އެފޮށީގެ ކަންހިނގާދިޔަގޮތުގެ ރިޕޯޓު ހެދިކަން ކެންޑިޑޭޓުންގެ
ފަރާތުން އެފޮށީގެ ކައިރީގައި ޙަރަކާތްތެރިވި މީހުންނަށް އެނގިފައިނުވާކަމަށް ޢަލީ އިބްރާހީމްގެ ފަރާތުން
ބުނެފައިވާއިރު، އެފޮށީގެ ނަންބަރަކީ ކޮބައިކަމެއް، އަދި އެފޮށި ބެހެއްޓިފައިވަނީ ކޮންތަނެއްގައި ކަމެއްވެސް ޢަލީ
އިބްރާހީމްގެ ފަރާތުން ބުނެދެވިފައިނުވާކަމާއި، ނަމަވެސް އެފޮއްޓަކީ ހިތަދޫ ސްކޫލުގައި ބެހެއްޓުނު
ގެ ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
20j4/HC-I-SH/10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
S04.1.4 ވޯޓު ފޮށިކަން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކުން އެނގެން
އޮންނާތީ، މިމައްސަލައާއި ގުޅިގެން ބެލިބެލުމުން، އެފޮށީގެ ކަންހިގާދިޔަގޮތުގެ ރިޕޯޓު ތައްޔާރުކޮށްފައިވާކަން
އެނގެން އޮންނަކަމާއި، އަދި އެފޮއްޓަށް ވޯޓުލަމުންދިޔައިރު ކެންޑިޑޭޓުން ނިސްބަތްވާ ފަރާތްތަކުން އޮބްޒާވަރުން
ޒިޔާރަށް ކޮށްފައިވާކަމާއި، މިގޮތުން އެމް.ޑީ.ޕީ އާއި، ޕީ.ޕީ.އެމް އާއި، އެމްވީ ޔޫތު އޮންލައިންއާއި، ރާއްޖެ
ޓީ.ވީ އާއި، ޗެނަލް 13 ގެ އޮބްޒަރވަރުން ހިމެނޭކަމާއި، އާދަޔާ ޚިލާފުކަމެއް ހިނގިނަމަ އެކަން ފާހަގަކުރުމަށް
އެރިޕޯޓުގައި ޚާއްޞަކުރެވިފައިވާ ބައިގައި، ވޯޓުލުމުގައި އެހީތެރިއަކު ބޭނުންވާފަދަ މީހަކު އައުމުން
ކަންހިނގާދިޔަގޮތާއި އެކަމުން އުފެދުނު މައްސަލައާއި، އެމައްސަލަ ޙައްލުވެގެން ދިޔަގޮތް ބަޔާންކޮށްފައިވާއިރު،
އެރިޕޯޓުގައި ކެންޑިޑޭޓުންގެ މަންދޫބުންނާއި، އޮބްޒަރވަރުން ސޮއިކުރުމަށް ޚާއްޞަކުރެވިފައިވާ ބައިގައި، ޢަލީ
އިބްރާހީމްގެ ފަރާތުން ޢަބްދުއް ޝަކޫރު ޢަލީ ކިޔާ މީހަކު، އަދި ޕީ.ޕީ.އެމް ގެ ފަރާތުން ފާޠިމަތު އަނީސް ކިޔާ
މީހަކު ސޮއިކޮށްފައިވާކަމާއި، އަދި މީގެއިތުރުންވެސް އެމް.ޑީ.ޕީ ގެ ފަރާތުންނާއި، މުޙައްމަދު އަސްލަމްގެ
ފަރާތުންނާއި، އެމް.ވީ.ޔޫތާއި، ރާއްޖެ ޓީވީ އާއި ޗެނަލް 13 ގެ ފަރާތުން އެރިޕޯޓުގައި ސޮއިކޮށްފައިވާކަން
އެނގެން އޮންނާތީ، ހިތަދޫ އުތުރު ދާއިރާގައި ބެހެއްޓުނު 04 ވަނަ ވޯޓުފޮށީގެ ކަންހިނގާދިޔަގޮތުގެ ރިޕޯޓު
ހެދިކަން ކެންޑިޑޭޓުންގެ ފަރާތުން އެފޮށީގެ ކައިރީގައި ޙަރާކާތްތެރިވި މީހުންނަށް އެނގިފައިނުވާކަމަށް ޢަލީ
އިބްރާހީމްގެ ފަރާތުން ބުނެފައިވާ ބުނުމަކީ ޙަޤީޤަތާއި އެއްގޮތަށް ބުނެފައިވާ ބުނުމެއް ނޫންކަން އެނގެން
ccc
އޮންނަކަން ފާހަގަކުރެވެއެވެ.
4.4 ހަތަރުވަނަ ކަމަކީ: ޢަލީ އިބްރާހީމްގެ ފަރާތުން ހުށަހެޅި މިމައްސަލާގައި
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއިން ލިބިދީފައިވާ ޙައްޤުތަކާއި ޚިލާފަށް
މުޙައްމަދު އަސްލަމް ޢަމަލު ކޮށްފައިވާކަމަށް ބުނެފައިވާއިރު، ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއަކީ،
އިންތިޚާބުތަކުގައްޔާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ޙައްޤާއި،
އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤާއި، އެމީހަކު އަމިއްލައަށް، ނުވަތަ އެމީހަކު
މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުޑްގެ ފައި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިޝާޑްގެ
11
20j4/HC-I-SH/10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޙައްޤު ޢުމުރުން 18 އަހަރުންމަތީ ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ މާއްދާކަން އެނގޭއިރު،
އެމާއްދާއިން ކަށަވަރު ކޮށްދީފައިވާ އެ ޙައްޤާ ޚިލާފަށް އިލެކްޝަންސް ކޮމިޝަނުން ނުވަތަ މުޙައްމަދު
އަސްލަމްގެ ފަރާތުން ކުޑަކަމެއް އަދި އެކަމުގެ ތަފްޞީލެއް ބަޔާންކޮށްފައި ނެތްކަމާއި،
އަދި މީގެ އިތުރުން ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 65
ވަނަ މާއްދާގެ (ހ) ގެ 1 އަދި 2 އާއި ޚިލާފަށް މުޙައްމަދު އަސްލަމްގެ ފަރާތުން ޢަމަލުކޮށްފައިވާކަމަށް ޢަލީ
އިބްރާހީމް ގެ ފަރާތުން ބުނެފައިވާއިރު، އެ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގައިވާ، އިންތިޚާބުގެ ތެރޭގައި
އެކަށީގެންނުވާ ނުފޫޒެއް ފޯރުވިކަމަށް ބުނެފައިވާ ބުނުމާމެދުވެސް އިތުރު ތަފްޞީލު ހުށަހަޅާފައި ނުވާނެކަމާއި،
ޢަލީ އިބްރާހީމްގެ ފަރާތުން ހެކި ހުށަހަޅާފައިވަނީ ހިތަދޫ އުތުރު ދާއިރާގެ 04 ވަނަ ވޯޓު
ފޮށީގެ ކަންހިނގާދިޔަގޮތުގެ ރިޕޯޓު ހެދިކަން ކެންޑިޑޭޓުންގެ ފަރާތުން ޙަރަކާތްތެރިވި މަންދޫބުންނަށް
އެނގިފައިނުވާކަމަށް ބުނެފައިވާ ބުނުމުގެ މައްޗަށާއި، އިންތިޚާބީ ޙައްޤެއްގެ ފައިދާ ވަކިމީހަކަށް ނުވަތަ
ވަކިބަޔަކަށް ލެންބުމަށްޓަކައި މުޙައްމަދު އަސްލަމްގެ ފަރާތުން ރިޝްވަތުދީ އަދި ރިޝްވަތު ދިނުމަށް
ހުށަހަޅާފައިވާކަމަށްބުނާ ބުނުމުގެ މައްޗަށްކަމާއި، މީގެ ތެރެއިން ކަންހިނގާދިޔަގޮތުގެ ރިޕޯޓާގުޅޭ ބަޔާއިމެދު
ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައް އިސްވެ ބަޔާންކުރެވިފައި އެވަނީކަމާއި، އަދި ރިޝްވަތު ހުށަހެޅިކަމަށް
ބަޔާންދީފައިވާ މީހުންގެ ބަޔާންތަކުގައި ބުނެފައިވާ މިންވަރުވެސް މި ރިޕޯޓުގައި އިސްވެ ބަޔާންކުރެވިފައި
އެވަނީކަމާއި
ޢަލީ އިބްރާހީމްގެ ފަރާތުން މައްސަލަ ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވާގޮތުންނަމަ، މުޙައްމަދު
އަސްލަމްގެ ފަރާތުން އިންތިޚާބީ ޙައްޤެއްގެ ފައިދާ ވަކިމީހަކަށް ނުވަތަ ވަކިބަޔަކަށް ލެންބުމަށްޓަކައި
ރިޝްވަތުދީ އަދި ރިޝްވަތު ދިނުމަށް ހުށަހަޅަމުން އައިސްފައިވަނީ، އެދާއިރާއަށް ކުރިމަތިލީ ކެންޑިޑޭޓުންނަށް
ތާއީދުހޯދުމުގެ މަސައްކަތް ފެށި ހިސާބުންކަމަށް ބުނެފައިވާކަން އެނގެން އޮންނާތީ، އެކަން ސާފުކުރުމުގެ
ގޮތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ކުރެވުނު ސުވާލުގެ ޖަވާބުގައި، މުޙައްމަދު އަސްލަމްގެ ފަރާތުން
އެހާކުރިންސުރެ އެފަދައިން ޢަމަލުކުރަމުން އަންނަކަން އޭނާއަށް އެނގިފައިވިޔަސް، އިންތިޚާބުގެ ނަތީޖާލިބޭ
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-I-SH/10
މިމައްސަލަ ހައިކޯޓަށް ހުށަހެޅުމުގެ ކުރިން މުޙައްމަދު އަސްލަމްގެ ފަރާތުން އެފަދަ ޢަމަލެއް ހިންގާފައިވާކަމުގެ
ޝަކުވާ އެއްވެސް ފަރާތަކަށް ހުށަހަޅާފައިނުވާނެ ކަމަށާއި، އެފަދައިން ކުރިން އެޝަކުވާ ހުށަހަޅާފައިނުވަނީ
އެފަދަ ޝަކުވާތައް ހުށަހެޅުމުން އިލެކްޝަންސް ކޮމިޝަނުން އެފަދަ ޝަކުވާތަކާމެދު ސަމާލުކަން ނުދޭތީއާއި،
އިންތިޚާބުގެ ނަތީޖާ ލިބޭފަހުން އެފަދަ ޝަކުވާތައް ހައިކޯޓަށް ހުށަހެޅުމަށް ޤާނޫނުން ފުރުޞަތު ދީފައިވާތީއާއި،
ކަމާބެހޭ އެހެން އިދާރާއެއްގައި ކުރިން ޝަކުވާކޮށްފައި އޮތުން ޤާނޫނު ލާޒިމް ނުކުރާތީކަމަށް ޢަލީ
އިބްރާހީމްގެ ފަރާތުން ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެ
ންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 62 ވަނަ މާއްދާއަށް
ބަލާއިރު، އިންތިޚާބެއް ހިނގަމުންދާއިރު، އެ އިންތިޚާބަކާ ގުޅޭ އެއްވެސް ކަމަކާ ގުޅިގެން ޝަކުވާ ހުށަހަޅަން
ބޭނުންވާ ފަރާތްތަކަށް އެ ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދުގައިވާ ގޮތުގެމަތިން ފަސޭހައިން އެ ޝަކުވާ ހުށަހެޅޭނެ
އަދި އެ ޝަކުވާތައް އަވަހަށްބަލައި ފިޔަވަޅުއެޅޭނެ ނިޒާމެއް އިލެކްޝަންސް ކޮމިޝަނުން ޤާއިމްކުރަންޖެހޭނެ
ކަމަށްބުނެ އެކަން އެކޮމިޝަނުގެ މައްޗަށް ލާޒިމް ކޮށްފައިވާއިރު، ޤާނޫނުން އެކޮމިޝަނުގެ މައްޗަށް ލާޒިމްކުރި
އެނިޒާމް ޤާއިމްކޮށް އެކަން ޢާންމުކޮށް އިޢުލާން ކޮށްފައިވާކަމީ އިންކާރުކުރެވެންނެތް ޙަޤީޤަތެއްކަމާއި، އަދި
އެނިޒާމް އެފަދައިން ޤާއިމްވެފައިވާކަމާމެދަކު ޢަލީ އިބްރާހީމްގެ ފަރާތުންވެސް އިންކާރު ކޮށްފައިނުވާކަމާއި، އަދި
އެނިޒާމްގެ ބޭނުން ޢަލީ އިބްރާހީމްގެ ފަރާތުން ހިފާފައިނުވަނީ އެނިޒާމްގެ ދަށުން ހުށަހެޅޭ ޝަކުވާތަކަށް
އެކޮމިޝަނުން ސަމާލުކަން ނުދޭތީކަމަށް ބުނެފައިވާ ބުނުމަށް ޝަރީޢަތުން ބުރަދަނެއް ދެވޭނީ، ކަނޑައެޅިފައިވާ
އުޞޫލުތަކާ އެއްގޮތަށް އެނިޒާމުގެ ބޭނުންހިފުމަށް މަސައްކަތްކޮށް، އެކަށީގެންވާ ޙައްލެއް ލިބިފައި
ނުވާނަމަކަމާއި،
ޢަލީ އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވާ މި ޝަކުވާގައި ފާހަގަކޮށްފައިވާ މައިގަނޑު ކަމަކީ،
ހިތަދޫ އުތުރު ދާއިރާއަށް ކުރިމަތިލީ ކެންޑިޑޭޓުންނަށް ތާއީދުހޯދުމުގެ މަސައްކަތް ފެށުމާއެކު، އެދާއިރާއަށް
ކުރިމަތިލީ ކެންޑިޑޭޓެއްކަމުގައިވާ ސ.ހިތަދޫ ނިޔާޒް، މުޙައްމަދު އަސްލަމް އިންތިޚާބީ ޙައްޤެއްގެ ފައިދާ
ވަކިމީހަކަށް ނުވަތަ ވަކިބަޔަކަށް ލެންބުމަށްޓަކައި ރިޝްވަތުދީ އަދި ރިޝްވަތު ދިނުމަށް ހުށަހަޅަމުން
އިނީ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
13
2014/HC-I-SH/10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ގޮސްފައިވާކަމަށާއި އޭގެސަބަބުން ނަތީޖާއަށް އަސަރުކޮށްފައިވާކަމަށް ބުނާބުނުންކަމުގައިވާއިރު، ރިޝްވަތު
ދިނުމާއި ރިޝްވަތު ދިނުމަށް ހުށަހެޅުމާއި ރިޝްވަތު ހިފުމާއި މިފަދަ އަމަލުތަކަކީ ޖިނާއީ ޢަމަލުތަކެއްކަމާއި،
ކެންޑިޑޭޓެއްގެ ފަރާތުން ތާއީދުހޯދުމަށް މަސައްކަތްކުރަމުންދާއިރު، އަދި އެފަދަ ޖިނާއީ ޢަމަލެއް
ހިނގަމުންދާކަން އެނގޭހިނދު އެކަމަށް އެންމެ އެކަށީގެންވާ ވަގުތުގައި ކަމާބެހޭ އިދާރާއަކަށް އެކަން
ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަކީ އޭގެ ފަހުގެ މަރުޙަލާތަކުގައިވެސް، އެހުށަހެޅުމަށާއި، އެހުށަހެޅުމުގެ
ސަބަބުން ކަމާބެހޭ އިދާރާއިން ހޯދާފައިވާ ހޯދުންތަކުން ލިބިފައިވާ ހެއްކާއި ޤަރީނާތަކުގެ ބޭނުން އެހުށަހެޅި
ފަރާތުގެ މަޞްލަޙަތުގައި ބޭނުންކުރުމުގެ ފުރުޞަތު ލިބިގެންދާނެ ވަޞީލަތްތަކެއްކަ
ތްތަކެއްކަމުގައިވާއިރު، އިންތިޚާބީ
ޙައްޤެއްގެ ފައިދާ ވަކިމީހަކަށް ނުވަތަ ވަކިބަޔަކަށް ލެންބުމަށްޓަކައި މުޙައްމަދު އަސްލަމްގެ ފަރާތުން
ރިޝްވަތުދީ އަދި ރިޝްވަތު ހުށަހަޅާފައިވާކަމަށްބުނެ އެކަން ސާބިތުކޮށްދިނުމަށްޓަކައި ޢަލީ އިބްރާހީމްގެ
ފަރާތުން ހުށަހަޅާފައިވާ ބަޔާންތަކަކީ މިބަޔާންކުރެވުނު ނިޒާމްގެ ބޭރުން އަދި އިންތިޚާބުގެ ނަތީޖާ ލިބުނުފަހުން
ނަގާފައިވާ ބަޔާންތަކެއްކަން ފާހަގަކުރެވޭކަމާއި،
ނަމަވެސް ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 64 ވަނަ
މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ޝަރީޢަތަށް ހުށަހަޅާ މައްސަލައެއްގައި، ހުށަހަޅާފައިވާ ހެއްކާއި ޤަރީނާއަށް
ބަލައި، އެމާއްދާގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެގެން، ވޯޓުލާ ސަރަޙައްދެއްގެ
އިންތިޚާބުގެ ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރާފައިވެދާނެކަމަށް ޤަބޫލުކުރެވޭ އެކަށީގެންވާ ހަރުދަނާ
ސަބަބުތަކެއް ހުރިނަމަ، އެކަން އިތުރަށް ބަލައި ކަށަވަރުކުރުމަށްޓަކައި އެފަދައިން ހުށަހެޅޭ ބަޔާންތަކަށް
ރިޢާޔަތްކޮށް އެހެކީން ޝަރީޢަތަށް ހާޒިރުކުރެވިދާނެކަމާއި، އެގޮތުން ޝަރީޢަތުން ރިޢާޔަތްކުރަންޖެހޭ
ތެރޭގައި، އިންތިޚާބު ކާމިޔާބުކުރި ފަރާތާއި މައްސަލަ ހުށަހެޅި ފަރާތާ ދެމެދުގައިވާ ނަތީޖާގެ
ފަރަގަށާއި، ހުށަހެޅިފައިވާ ހެކީގެ ނިސްބަތަށާއި، ހެކީންގެ ކިބައިން ޝަރީޢަތަށް ސާބިތުކުރުމަށް ބޭނުން
ބޭނުންވާ
ކަމަކީ ކޮބައިކަން ދެނެގަނެ އެހެކި ހާޒިރުކޮށް ސުވާލުކުރުމާމެދު ގޮތެއް ކަނޑައަޅަންޖެހޭކަމާއި، އެގޮތުން ޢަލީ
އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވާ މިމައްސަލާގައި ހިމެނޭ ލިޔުންތަކަށް ބަލާއިރު، އިންތިޚާބު ކާމިޔާބުސުޑީގެ
COCO o
ﷲ 8 ހއ ހ7ޑ
ކނeއeކޕީ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
14
20j4/HC-I-SH/10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހުށަހެޅުމުގެ
ކެންޑިޑޭޓާއި ޢަލީ އިބްރާހީމް އާއި ދެމެދު 128 ވޯޓުގެ ތަފާތު އެބަހުރިކަމާއި، މުޙައްމަދު އަސްލަމްގެ ފަރާތުން
ރިޝްވަތުދީ ރިޝްވަތު ދިނުމަށް ސަބަބުން ހިތަދޫ އުތުރު ދާއިރާގެ ނަތީޖާއަށް
އަސަރުކޮށްފައިވާކަން ސާބިތުކުރުމަށް ޢަލީ އިބްރާހީމް ގެ ފަރާތުން ހުށަހަޅާފައިވަނީ 08 ހެކި ކަމުގައިވާއިރު،
އެ 08 މީހުންގެ ބަޔާނުގައި، ވޯޓުގެ ޤާބިލުގައި ފައިސާ ހިފުމަކީ ޤާނޫނީ ކުށެއްކަން އެނގޭތީ އެފައިސާގައި
ހިފުމަށް އެ 08 މީހުން އިންކާރުކުރިކަމަށް ސާފު ބަހުން ބުނެފައިވާ ބުނުމުން، މުޙައްމަދު އަސްލަމްގެ ފަރާތުން
ފައިސާ ދިނުމަށް ހުށަހެޅިކަމުގައި ބެލިކަމުގައި ވިޔަސް (assume)، އެމީހުން އެފައިސާގެ ދަހިވެތިކަމުގައި
ނުވަތަ އެފައިސާގެ މުޤާބިލުގައި، އެމީހުން ވަކި ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް އެމީހުންގެ އަމިއްލަ
އިޚްތިޔާރުގައި ނިންމާފައިވާ ނިންމުމަށް އަސަރުކޮށްފައިވާކަމަށް ބެލެވެން ނެތްކަމާއި، އަދި މިމައްސަލާގެ
ބޭނުމަށްޓަކައި ޢަލީ އިބްރާހީމް ގެ ފަރާތުން ބުނެފައިވާފަދައިން އެ 08 މީހުނަށް މުޙައްމަދު އަސްލަމް
ރިޝްވަތު ދިނުމަށް ހުށަހެޅުމުން، އެމީހުން ވޯޓުލާފައިވަނީ މުޙައްމަދު އަސްލަމަށްކަމަށް ބެލިކަމުގައި ވިޔަސް
(assume)، މުޙައްމަދު އަސްލަމް އާއި ޢަލީ އިބްރާހީމް އާއި ދެމެދުގައިވާ 128 ވޯޓުން 08 ވޯޓު
އުނިކުރިނަމަވެސް އެދެމީހުންގެ ދެމެދުގައި ބާކީ 120 ވޯޓުގެ ތަފާތެއް އަދިވެސް އޮތްކަން އެނގެން އޮންނާތީ،
މުޙައްމަދު އަސްލަމް ކުޅޭކަމަށް ޢަލީ އިބްރާހީމް ބުނާ ޢަމަލެއްގެ ސަބަބުން ހިތަދޫ އުތުރު ދާއިރާގެ އިންތިޚާބުގެ
ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރައި، އެކަމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެފަދަ
ކަމެއް މެދުވެރިވެފައިވާކަމަށް ޝަރީޢަތަށް ބުރަވެވޭފަދަ ހަރުދަނާ ހެއްކާއި ޤަރީނާ ލިބިފައިވާކަމަށް ބެލެވެން
ނެތްކަމެވެ.
37
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތަކަށް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކުގެމަތިން ރިޢާޔަތްކޮށް ބަލާއިރު، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން
ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށްޓަކައި މަސައްކަތް ފެށުމާއެކު އެޑޫސިޓީ ހިތަދޫ އުތުރު ދާއިރާގައި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
15
20j4/HC-I-SH/10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއިން ލިބިދީފައިވާ ޙައްޤުތަކާއި ޚިލާފަށް، އަދި
ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 65 ވަނަ މާއްދާއާގެ (ހ) ގެ 1 އަދި 2
ވަނަ ނަންބަރާ ޚިލާފަށް އިންތިޚާބުގެ ތެރޭގައި އެކަށީގެންނުވާ ނުފޫޒެއްފޯރުވައި، އިންތިޚާބެއްގެ ފައިދާ
ވަކިމީހަކަށް ނުވަތަ ވަކިބަޔަކަށް ލެންބުމަށްޓަކައި ރިޝްވަތުދީ، ވޯޓުލުމަށް ހުރަސްއެޅޭ ގޮތަށް އެދާއިރާއަށް
ކުރިމަތިލީ އެމް.ޑީ.ޕީގެ ކެންޑިޑޭޓް މުޙައްމަދު އަސްލަމްގެ ފަރާތުން ޢަމަލުކޮށްފައިވާކަން، އަދި އެކަމުގެ
ސަބަބުން އެދާއިރާގެ އިންތިޚާބުގެ ނަތީޖާއަށް އަސަރުކޮށްފައިވާކަން ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅައި،
ހިތަދޫ އުތުރު ދާއިރާގެ ނަތީޖާ ބާޠިލްކޮށް އަލުން އެދާއިރާގައި ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް
އަމުރުކުރާނެ ތަނެއް ނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv