ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/344 ޤަޟިއްޔާގެ ޙުކުމް
1
213/HC-A/344
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
T
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ: 344/HC-A/2013
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
އިސްތިއުނާފް ރައްދުވި
*ނަން: ޢުބައިދުﷲ ސަޢީދު
އައިޑީ ކާޑު ނަންބަރު: A083194
* ދާއިމީ އެޑްރެސް: މޯޓަމްވާދީ، ހއ.ދިއްދޫ
ރަޖިސްޓްރީކުރެވުނު ތާރީޚް: 02 މުޙައްރަމް 1435
06 ނޮވެމްބަރ 2013
ނިމުނު ތާރީޚް: 17 މުޙައްރަމް 1435
21 ނޮވެމްބަރ 2013
ދިވެހިރާއްޖޭގެ
ހައިކޯޓް
• އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: 2013/9360(J
(
MD-145
ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު
ނެރުނު ކޯޓް: ކްރިމިނަލް ކޯޓު
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލީސް:
• ފަނޑިޔާރު އގ.ޢަލީ ސަމީރު، ފަނޑިޔާރު އޖ.ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ.
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/344
ދަޢުވާގެ ޚުލާޞާ
ހުށަހެޅުމުން
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/9360(J(MD-145 ކޯޓު އަމުރު، އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެކޯޓު އަމުރު އިސްތިއުނާފު ކުރުމަށް އެދި
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ބެލެވިފައިވާ
.
މިޤަޟިއްޔާގައި، އިސްތިއުނާފް ރައްދުވާ ފަރާތަކީ ހއ.ދިއްދޫ އޯޓަމްވާދީ ޢުބައިދު
ސަޢީދުއެވެ.
ޤަޟިއްޔާއެކެވެ.
• ފާހަގަކުރެވުނު ނުކުތާތަ
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/9360(J(MD-145 ކޯޓު އަމުރު، އެކޯޓުން ނެރެފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫން ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފް ކުރުމަށް
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވެއެވެ.
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2013
/
9360/J
(
MD-145 ކޯޓު އަމުރަށް ބަލާއިރު އެކޯޓު އަމުރު
ނެރެފައިވަނީ، 29 އޮކްޓޯބަރ 2013 ވަނަ ދުވަހުގެ 12:00 އިން ފެށިގެން ޝަރީޢަތުން ގޮތެއް
ނިންމަންދެން (މައްސަލައިގެ ޙުކުމްކުރުމާއި ހަމައަށް) ހއ.ދިއްދޫ އޯޓަމްވާދީ ޢުބައިދުﷲ ސަޢީދު ފުލުހުންގެ
ބެލުމުގެ ދަށުގައި ގޭގައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްކަމަށާއި،
ށާއި، މިގޮތަށް ޢުބައިދުﷲ ސަޢީދު
ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު ކުރެއްވި ސަބަބަކީ، ޢަބްދުﷲ ސަޢީދުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ
ޓެރަރިޒަމްގެ ބިރުދެއްކުން ގޭންގް ކުށްތައްކުރުމާއި، ގޭންގް ހިންގުމާއި އަދި ގޭންގް މެދުވެރިކޮށް ޖިނާއީ
އެކިއެކި ކުށްކުރަން ރޭވުމުގެ މައްސަލަތަކާއި ގުޅިގެން، މީނާ ކުރެވިފައިވާ ބަންދުން ދޫކޮށްލައިފިނަމަ ހެކި
ނައްތާލުމަށް މަސައްކަތް ކޮށްފާނެކަމަށް ބެލެވޭތީ ކަމަށް މިއަމުރަށް ބެލުމުން އެނގެން އޮވެއެވެ.
CCCX
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/9360(J
(
MD-145 ކޯޓު އަމުރު ނެރެފައިވާ ގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ ޕްރޮސެކީއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށައަޅާފައިވާ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިޅުންލާވެހިރާއްޖެ، ފޯން:3325029، ފެކްސް: 3316471
އީމެއިލް illIvunighcourt.gov.mvވެބްސައިޓް: WWW.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/344
28
ނުކުތާއަކީ ކްރިމިނަލް ކޯޓުގެ ނަންބަރު 2013/9360(J(MD-145 ކޯޓު އަމުރަކީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގެ (ހ)
އާއި 12 ވަނަ މާއްދާގެ (ނ) އާއި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ ރިޕޯޓުގެ 9 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ އުޞޫލުތަކަށް
ރިޢާޔަތްކުރެއްވުމަކާ ނުލައި ނެރުއްވާފައިވާ އަމުރަކަށްވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
4. މިމައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 2013/9360(J
(
MD-145 ކޯޓު އަމުރު
އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި ނުކުތާއަށާއި، އެނުކުތާއާއި
ގުޅިގެން ހއ.ދިއްދޫ އޯޓަމްވާދީ ޢުބައިދުﷲ ސަޢީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، އަންނަނިވި ކަންކަން
ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަކަމަކީ
، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/9360(J
(
MD-145 ކޯޓު އަމުރަށް
ބަލާއިރު އެއަމުރަކީ ޢުބައިދުﷲ ސަޢީދު ބަންދުން ދޫކޮށްލުމަށް ކޮއްފައިވާ އަމުރެއް ނޫންކަމާއި، އެއަމުރަކީ
ޢުބައިދުﷲ ސަޢީދުގެ މައްޗަށް ވަކިކަންތައްތަކެއް ޝަރުތުކުރުމަށްފަހު ޢުބައިދު ﷲ ސަޢީދުގެ މައްޗަށް
ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގައި ޝަރީޢަތުން ވަކިގޮތެއް ނިންމަންދެން ޢުބައިދުﷲ ސަޢީދު
ގޭގައި ބަންދުކޮށްފައި ކޮށްފައިވާ އަމުރެއްކަން އެނގޭކަމެވެ.
OCX
766ހ8
ބށeއ
ޓ 3 * 2
2ދޅުރކޮށް
ކުލައަކީ ތަޙްޤީޤު
ނިމި
(ށ) ދެވަނަކަމަކީ، ޢުބައިދުﷲ ސަޢީދުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ޓެރަރިޒަމް (ބިރުދެއްކުންގޭންގް
ވިއްކުރުމާއި،
ހިންގުމާއި އަދި ގޭންގް މެދުވެ.
ޖިނާއީ އެކިއެކި ކުށްކުރަން ރޭވުމުގެ
މައްސަލައަކީ .ޤީޤުކުރުމުގެ މަރުޙަލާގައިވާ މައްސަލައެއް ނޫންކަމާއި، އަދި އެމައްސަލައަކީ ތަޙްޤީޤު
ޝަރީޢަތަށް ހުށަހެޅުމުގެ މަރުޙަލާގައިވެސްވާ މައްސަލައެއްވެސް ނޫންކަމާއި، އެހެންނަމަވެސް، މިއީ،
ކްރިމިނަލް
ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްކަން އެނގެން އޮތުމުން މިމައްސަލައަކީ މިވަގުތު ޝަރީޢަތުގެ މަރުޙަލާގައި
އޮތް މައްސަލައެއްކަމުގައި ބެލެވެން އޮތްއިރު، ޝަރީޢަތުގެ މަރުޙަލާގައި ހައްޔަރު ނުވަތަ ބަންދާއި މެދު ގޮތެއް
ހައިކަން
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުންވެދީދީމެވެއްޖެ، ވާނެ: 3325029، ފެކްސް: 3316471
އީމެއިލް އަނެއް އިޓް:
www.highcourt.gov.my ey
8 26
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/344
COC
ނިންމުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކޮށްދީފައިވާ "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު” ގެ 13 ވަނަ މާއްދާއަށް ބަލާއިރު،
އެމާއްދާގެ (ހ) ގައި ވަނީ "ޝަރީޢަތުގެ މަރުޙަލާގައި ހައްޔަރު ނުވަތަ ބަންދާމެދު ގޮތެއް ނިންމާނީ
މައްސަލައިގެ ޝަރީއަތް ހިންގާ ފަނޑިޔާރެކެވެ. އެ ފަނޑިޔާރު ނެތް ޙާލަތެއްގައި ކޯޓުގެ އިސް ފަނޑިޔާރު
ނުވަތަ އިސް ފަނޑިޔާރު ކަނޑައަޅާ އެހެން ފަނޑިޔާރެކެވެ." މިފަދައިން ކަމާއި، އެމާއްދާގެ (ށ) ގައި ވަނީ
"ޝަރީޢަތުގެ މަރުޙަލާގައި ހައްޔަރު ނުވަތަ ބަންދާމެދު ގޮތެއް ނިންމައިދިނުމަށް ދަޢުވާލިބޭ ފަރާތުން މައްސަލަ
ބަލާ ފަނޑިޔާރަކަށް އަނގަބަހުން ހުށަހެޅިދާނެއެވެ." މިފަދައިން ކަމާއި، އެމާއްދާގެ (ނ) ގައިވަނީ "މިމާއްދާގެ
(ށ) ގައިވާ ގޮތުގެމަތިން ދަޢުވާލިބޭ ފަރާތުން ހުށަހަޅައިފިނަމަ، ޝަރީޢަތަށް ހުށަހެޅިފައިވާ ކަންތައްތަކަށް
ބަލައި، އެމީހަކު މިޤަވާޢިދުގެ 9 ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތުގެމަތިން ޝަރުތުކުރުމަށްފަހު، ނުވަތަ 10
ވަނަ މާއްދާއާއި 11 ވަނަ މާއްދާގައި ބަޔާންވެގެންވާ ކަފާލާތު އުޞޫލުން ޔަގީންކަން ދީފައި ހައްޔަރު ނުވަތަ
ބަންދުން ދޫކޮށްލުން، ނުވަތަ ލުއިދިނުމުގެ ގޮތުން އެމީހަކު ގޭ ބަންދަށް ބަދަލުކުރުމަށް އަމުރުކުރުމުގެ ބާރު
މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެން ވެއެވެ." މިފަދައިންކަން އެނގެން އޮންނަކަމެވެ.
OCCO
OCCO
و مر مرا برک
(ނ) ތިންވަނަކަމަކީ، މައްސަލައެއްގެ ތަޙްޤީޤު ނިންމައި އެމީހެއްގެ މައްސަލަ ޝަރީޢަތަށް
ހުށަހެޅިފައިވާ މަރުޙަލާގައި، އެމައްސަލައެއްގައި ދަޢުވާލިބޭ މީހާއަކީ
އެމީހެއްގެ މައްޗަށް ކުށް
ސާބިތުވެފައިވާ މީހެއް ނޫންކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، އެފަދަ މީހެއްގެ
ބަންދާމެދު ގޮތެއް ނިންމު ޙާލަތްތަކުގައި، އެމައްސަލައެއް ބައްލަވާ ފަނޑިޔާރަކު ބައްލަވަން ޖެހޭނީ
މުޖުތަމަޢުގެ މަސްލަޙަތަށް އެކަނި ނޫންކަމާއި، މުޖުތަމަޢުގެ މަސްލަޙަތު ޙިމާޔަތްކުރުމާއިއެކު ކުށުގެ
ތުހުމަތުގައިވާ މީހެއްގެ ފަރުދީ މަސްލަޙަތު އަދި އެމީހެއްގެ ޙައްޤުތައް ރައްކާތެރިކުރެވޭނެ ތަކެއްގެ
ތުހުމަތުގައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމުގައި ރިޢާޔަތްކުރަންޖެހޭނެކަމާއި، އަދި މިގޮތަށް ބަންދުގައި
ބަހައްޓާ ބެހެއްޓުމުގައި މުޅި މައްސަލައިގެ ވަށައިގެންވާ ކަންކަމުގެ މައްޗަށާއި، ކަން ހިނގާފައިވާ ގޮތުގެ
މައްޗަށް ބަލާ، ކުށުގެ ތުހުމަތުގައިވާ މީހަކަށް ލުއި ދިނުމުގެ ގޮތުން އެމީހަކު ގޭބަންދަށް ބަދަލުކުރުމަކީ
ފަނޑިޔާރަށް ލިބިގެންވާ ބާރެއްކަން އެނގެން އޮތްއިރު، ހުށައެޅިފައިވާ މައްސަލައެއްގެ ޙުކުމް
ކުރުމުގެކުރީން އެމައްސަލައިގެ ޝަރީޢަތް ނިމެންދެން ނުވަތަ ވަކި މުއްދަތަކަށް ކުށުގެ ތުހުމަތުގައިވާ މީހާ
4 2e ·
cocx
*
ދިވެހިރާއްޖޭގެހައިކޯޓް، އަބުލްވީ ދިވެހި ރާއްޖެ، ފޯން:3325029، ފެކްސް: 331647
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
5
213/HC-A/344
ބަންދުގައި ބެހެއްޓޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް
ދިމާވެފައިވާނަމަ، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގައި
ފާހަގަކުރައްވާފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކުރުމަށްފަހު، އެމައްސަލައިގެ ޝަރީޢަތަށް ހުށައެޅިފައިވާ
އެންމެހާ ކަންކަމުގެ މައްޗަށް އެމައްސަލައެއް ބައްލަވާ ފަނޑިޔާރަކު ބެއްލެވުމަށް ފަހުގައިކަން އެނގޭކަމާއި،
އަދި މިގޮތަށް މައްސަލައިގެ ޝަރީޢަތަށް ހުށައެޅިފައިވާ ކަންކަމާއި، އިޝާރާތް ކުރެވުނު ސުޕްރީމް ކޯޓުގެ
ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާ ކަންކަން މައްސަލައިގައި އަދި ތުހުމަތު ކުރެވޭ ފަރާތެއްގެ ކިބައިގައި
ހުރިކަން ބަލާ ވަޒަންކޮށް ބަންދާމެދު ގޮތެއް ނިންމުމަކީ، އެމައްސަލައެއްގައި ކަންހިނގާފައިވާ ގޮތް
(ފެކްޓްސް) ތަކާއި ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ބެލުމަށްފަހު ނޫނީ އެނގޭނެކަމެއް
ހުންކަމާއި،
ނަން
އަދި މިގޮތުގެމަތިން އެމީހެއްގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައިގައި ކަންހިނގާފައިވާ ގޮތް
(ފެކްޓްސް) ތަކާއި ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ބަލައި، އެންމެ އެކަށީގެންވާ ގޮތެއްގައި
އެކަންކަން ވަޒަންކުރެވޭނީ އެމައްސަލައެއް މަޢުޟޫއީ ގޮތުން ބައްލަވާ ފަނޑިޔާރަށްކަމާއި، މިހެންކަމުން އަދި
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާޢިދުގެ 13 ވަނަ މާއްދާ ފަރުމާކުރެވިފައިވާގޮތުން، ޝަރީޢަތުގެ މަރުހަލާގައި ހައްޔަރު ނުވަތަ
ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލަތަކުގައި ގޮތެއް ކަނޑައެޅުމަކީ އެމައްސަލައެއް ބައްލަވާ ފަނޑިޔާރަކަށް
ލިބިގެންވާ "ތަޤްދީރީ" (discretionary ) ބާރެއް ކަން އެނގޭކަމާއި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 30/SC
-
A/2009 މައްސަލަ ނިންމެވިއިރު ފާހަގަކުރެއްވި
ނުކުތާތަކުގެ (ބ) ގެ 07 ވަނަ ނަންބަރުގައިވާ އުސޫލަށް ބަލާއިރު، މައްސަލައެއްގެ ޝަރީޢަތަށް ހުށައެޅޭ
ކަންކަން ވަޒަންކުރުމަށް ފަހު، މައްސަލަ ބައްލަވާ ފަނޑިޔާރަކަށް ލިބިފައިވާ ތަޤްދީރީބާރުގެ ދަށުން ކަނޑައެޅޭ
ކަންކަމަކީ، އެކަންކަމުގެ މައްޗަށް އިސްތިއުނާފް ކޯޓުގެ "ރަޤާބާ" (review) އިން ބޭރުގައިވާ
ކަންތައްތަކެއްކަން އެނގޭކަމެވެ.
4
COC
(ރ) ހަތަރުވަނަކަމަ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 1 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް،
ޖެހިރާއްޖޭގެ
ވަނަ
ހައިކޯޓް
*
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މަށް ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: rh އިންފިކްސްއެވެ
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
213/HC-A/344
etc.
4 0 0
ހުށައެޅިފައިވާ މައްސަލައަށް ބަލާ ޝަރީޢަތުގެ މަރުހަލާގައި ހައްޔަރު ނުވަތަ ބަންދާމެދު ގޮތެއް ނިންމުމުގައި،
ކުށުގެ ތުހުމަތުގައިވާ މީހަކަށް ލުއިދިނުމުގެ ގޮތުން އެމީހަކު ގޭބަންދަށް ބަދަލުކުރުމަކީ މައްސަލަ ބައްލަވާ
ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރެއްކަން އެނގެން އޮތްއިރު، މިކަން ކުރުމުގައި ޢަމަލު ކުރަންޖެހޭ
އިޖުރާއާތުތައް މިމާއްދާގައި ބަޔާންކޮށްފައިވާކަމާއި، މިގޮތުން މިފަދަ މައްސަލައެއްގައި ގޮތެއް ނިންމަންޖެހޭނީ
އެމީހާގެ މައްޗަށް ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލަ ބައްލަވާ ފަނޑިޔާރަކު ނުވަތަ މައްސަލަބައްލަވާ
ފަނޑިޔާރު ނެތްނަމަ ކޯޓުގެ އިސްފަނޑިޔާރު ނުވަތަ އިސްފަނޑިޔާރު ކަނޑައަޅާ ފަރާތެއް ކަމުގައިވުމާއި،
ބަންދާމެދު ގޮތެއް ނިންމައި ދިނުމަށް ކުށުގެ ތުހުމަތުގައިވާ މީހާ އެދިފައިވުމާއި، ބަންދާމެދު ގޮތެއް ނިންމުމުގެ
ކުރިން އެމައްސަލައެއްގައި ހުށައެޅިފައިވާ ކަންކަމުގެ މައްޗަށް ބެލުމަށްފަހުގައިކަން އެނގޭކަމާއި، ހުށައެޅިފައިވާ
މިވާ މައްސަލައިގައި ކަން ހިނގައިދިޔަ ގޮތްކަމަށް ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު،
ޢުބައިދުﷲ ސަޢީދުގެ ބަންދަށް ލުޔެއްދީ ޝަރީޢަތުން ވަކިގޮތެއް ނިމެންދެން އޭނާ ގޭގައި ބަންދުކޮށްފައި
ބެހެއްޓުމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 2013/9360(J
(
MD-145 އަމުރުކޮށްފައިވަނީ ޢުބައިދުﷲ ސަޢީދުގެ
ބަންދުން ދޫކޮށްދިނުމަށް އޭނާ އެދުނު އެދުމުގެ މައްޗަށް ބަލާ، ޢުބައިދުﷲ ސަޢީދުގެ މައްޗަށް ކުރެވިފައިވާ
ދަޢުވާއާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ކަންތައްތަކަށާއި، މައްސަލައިގެ ވަށައިގެންވާ އެހެނިހެންކަންކަމުގެ
މައްޗަށް ބައްލަވާ ޢުބައިދުﷲ ސަޢީދުގެ ފަރާތުންނާއި ފުލުހުންގެ ފަރާތުން މިމައްސަލައިގައި ވާހަކަދެއްކުމުގެ
ފުރުސަތު ދިނުމަށްފަހު އެއެންމެހާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށްގެންކަމާއި، މައްސަލަ ބައްލަވާ ފަނޑިޔާރު
ނެތް ޙާލަތެއްގައި ކޯޓުގެ އިސް ފަނޑިޔާރު ނުވަތަ އިސްފަނޑިޔާރު ކަނޑައަޅާ ފަރާތަކަށް މިފަދަ އަމުރެއް
ނެރެވިދާނެކަމަށް ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާއިދުގެ 13 ވަނަ މާއްދާގެ (ހ) އަށް ބެލުމުން އެނގޭކަމާއި، މިމާއްދާގައި ބަޔާންކުރާ
މައްސަލަ ބަލާ ފަނޑިޔާރު ނެތް ޙާލަތު މާނަކުރަން ޖެހޭނީ މައްސަލަ ބައްލަވާ ފަނޑިޔާރު އެވަގުތު ޝަރީޢަތުގެ
މަޖިލީހަށް ވަދެވެން ނެތް ޙާލަތުކަމާއި، މިހެންކަމުންމިމައްސަލައިގައި ޢުބައިދުﷲ ސަޢީދަށް ލުޔެއް ދިނުމަށް ގޭ
ބަންދަށް ބަދަލުކޮށްފައިވަނީ މިމައްސަލަ ބައްލަވާ ފަނޑިޔާރަށް ނުވިނަމަވެސް އެކަން ކޮށްފައިވަނީ ކްރިމިނަލް
ކޯޓުގެ އިސްފަނޑިޔާރު ކަނޑައަޅާފައިވާ ކްރިމިނަލް ކޯޓުގެ އެހެންފަނޑިޔާރަކު ކަމާއި މިހެންކަމުން ޢުބައިދު
ސަޢީދު ލުއިދިނުމުގެ ގޮތުން
ބަދަލުކުރުމަށް ކްރިމިނަލް ކޯޓުގެ ނަންބަރު
2013/9360(J(MD-145 ކޯޓުން އަމުރުގައި ކަ.
ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ގޭބަންދަށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އެބުރުޒުހިންގުމަސާލާ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
2013/HC-A/344
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު"ގެ 7 ވަނަ މާއްދާގެ (ހ) އާއި 12 ވަނަ
މާއްދާގެ (ނ) އާއި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ޚުލާސާ ރިޕޯޓުގެ 9 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ އުޞޫލުތަކަށް ރިޢާޔަތްކުރެއްވުމަކާ ނުލައި
ކަމުގައި ބެލެވެން ނެތްކަމާއި އަދި އެއަމުރުނެރުއްވާފައިވަނީ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު"ގެ 13 ވަނަ މާއްދާގައިވާ
އިޖުރާއާތުތަކުގެ ބޭރުންކަމުގައިވެސް ބެލެވެންނެތްކަން އެނގޭކަމެވެ.
=
eyނ
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު
2013/9360(J
(
MD-145 ކޯޓުއަމުރަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފަށް ނެރެފައިވާ
އަމުރެއްކަމަށް މި މައްސަލަ ބެލި ފަނޑިޔާރުންނަކަށް ނުފެނުނެވެ.
ޙުކުމް
ކަންކަން
32 29 2
/424ހ4
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު
ބަޔާންކުރެވުނު ގޮތަށް
ކްރިމިނަލް ކޯޓުގެ ނަންބަރު 201319360(J
(
MD-145 ކޯޓުއަމުރަކީ ޝަރުޢީ ނުވަތަ ޤާނޫނީ
އުޞޫލުތަކާއި ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv