ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/130 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/130
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 130/HC
-
A/2014
• އިސްތިއުނާފުކުރި ފަރާތް:
ނަން: ޢަބްދުﷲ ޖަމީލް
* އައިޑީކާޑު ނަންބަރު: A033979
އެޑްރެސް: މުރަކަ | އ. ކެލާ
މިހާރުގެ އެޑްރެސް: މއ. ދަތުރުނާގެ | ކ. މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ތިލަދުންމަތީއުތުރުބުރީ ކެލާ ކައުންސިލްއިދާރާ * ދާއިމީ އެޑްރެސް: ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލް އިދާރާ
އައިޑީކާޑު ނަންބަރު:
މިހާރުގެ އެޑްރެސް: ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލް އިދާރާ
*
ރަޖިސްޓްރީކުރި ތާރީޚް: 15 ރަޖަބު 1435
މެއި 2014
ނިމުނު ތާރީޚް: 18 ޖުމާދަލްއޫލާ 1436
މާރޗް 2015
14
09
، އިސްތިއުނާފުކުރެވުނު މައްސަލާގެ ނަންބަރު: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/55
މައްސަލަ
• ނިންމެވި ތަން. ވަޒީފާއާބެހޭ ޓްރައިބިއުނަލް
މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
• ހުށަހެޅި ތާރީޚް:- 17.03.2013
ނިމުނު ތާރީޚް: 20.02.2014
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު ޢަބްދުރައޫފް އިބްރާހީއްޖޭގެ ޤައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
2
2014/HC-A/130
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/55 މައްސަލަ އެ
ޓްރައިބިއުނަލުންން ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ، ހއ.ކެލާ | މުރަކަ،
ޢަބްދުﷲ ޖަމީލްގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވުނު ޤާޟިއްޔާއެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ތިލަދުންމަތީ އުތުރުބުރީ ކެލާ
ކައުންސިލް އިދާރާ އެވެ.
17
ފާހަގަކުރެވުނު
-1
55/VTR/2013
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލައަކީ،
ހއ.ކެލާ | މުރަކަ، ޢަބްދުﷲ ޖަމީލް 2007 އެޕްރީލް 23 ވަނަ ދުވަހުން ފެށިގެން ހއ. ކެލާ ޕަވަރހައުސްގެ
ސުޕަވައިޒަރެއްގެ މަޤާމުގައި ވަޒީފާއަދާކުރަމުން ދަނިކޮށް، 2009 އޯގަސްޓް 30 ވަނަ ދުވަހު، ހއ.
ރަށްކުރިއަރުވާ ކޮމިޓީގެ ފަރާތުން، އޭނަ އަދާކުރަމުން ދިޔަ ސުޕަރވައިޒަރކަމުގެ ވަޒީފާއިން ވަކިކުރަން ނިންމައި،
އެއް މަސްދުވަހުގެ ނޯޓިސް ދިނުމަށްފަހު 2009 ސެޕްޓެމްބަރު 01 ގައި ވަޒީފާއިން ވަކިކޮށްފައިވާތީ، ވަޒީފާ
އަނބުރާ ހޯދުމާއި ޤާނޫނާއި ޚިލާފަށް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބިފައިވާ އެންމެހައި ގެއްލުންތަކާއި އަދި
މައްސަލަ ނިމޭދުވަހާއި ހަމައަށް ލިބޭ ގެއްލުންތަކުގެ ބަދަލު ހޯދުމަށް އެދި ތިލަދުންމަތީ އުތުރުބުރީ ކެލާ
ކައުންސިލްގެ އިދާރާގެ މައްޗަށް ރައްދުވާގޮތަށް 2013 މާރޗް 17 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޢަބްދުﷲ
ޖަމީލްގެ ފަރާތުން ހުށަހެޅުމުން، އެ ޓްރައިބިއުނަލުން ބެއްލެވި މައްސަލައެއްކަމާ
އެ މައްސަލަ ނިންމަވާފައިވަނީ، "ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވި
ފަރާތުން ހުށަހެޅި އެންމެހައި ލިޔެކިޔުންތަކާއި، ފާހަގަކުރިކަންކަމަށް ރިޢާޔަތްކުރާއިރު، މައްސަލަ ހުށަހެޅި ޢަބްދު
ޖަމީލް، ކެލާ ޕަވަރހައުސްގެ ސްޕަވައިޒަރ ކަމުގެ މަޤާމުގައި ވަޒީފާއަދާކުރަމުން ދަނިކޮށް 2009
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: wwww.highcourt.gov.mv
;
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/130
އަހަރުގެ ސެޕްޓެމްބަރު މަހުގެ 01 ވަނަ ދުވަހު އޭނާ އަދާކުރަމުންދިޔަ މަޤާމުގެ ވަޒީފާއިން ވަކިކޮށްފައިވަނީ
ޤާނޫނާއި ޚިލާފަށްކަމަށާއި، ވަޒީފާ އަލުން އަނބުރާ ލިބިދިނުމަށާއި، މައްސަލަ ނިންމާ ތާރީޚާ ހަމައަށް އޭނާއަށް
ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމަށާއި، ހއ. ކެލާ ރަށްކުރިއަރުވާ ކޮމިޓީއަކީ އެއްވެސް ޤާނޫނީ ހައިޞިއްޔަތެއް
އޮތް ކޮމިޓީއަކަށް ނުވާތީ، އެކޮމިޓީން ނިންމާފައިވާ ނިންމުން ބާޠިލްކޮށް ދިނުމަށް އެދިފައިވީނަމަވެސް، މައްސަލަ
ހުށަހެޅި ޢަބްދުﷲ ޖަމީލަށް ވަޒީފާދީފައިވަނީ ހއ. ކެލާ ރަށްކުރިއަރުވާ ކޮމިޓީންކަމާއި، އޭނާ ވަޒީފާއިން
ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގައިވާ ގޮތުގެމަތިން
މަސައްކަތުގެ އަޚްލާޤް ރަނގަޅުކުރުމަށް ފިޔަވަޅު އެޅުމަށްފަހުވެސް އިސްލާޙްވެފައިނުވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ
22 ވަނަ މާއްދާގައިވާ ގޮތުގެމަތިން ވަޒީފާއިން ވަކިކުރުމުގެ ކުރިން ދޭންޖެހޭ ނޯޓިސް، އެކޮމިޓީގެ ފަރާތުން
އޭނާއަށް ދިނުމަށްފަހުގައިކަން މައްސަލަ ހުށަހެޅި ފަރާތުންނާއި، މައްސަލަ ރައްދުވި ފަރާތުން ހުށަހަޅާފައިވާ
ލިޔުންތަކުން އެނގި ސާބިތުވާތީ، މައްސަލަ ހުށަހެޅި ޢަބްދުﷲ ޖަމީލް އެދިފައިވާ ފަދަ އަމުރެއް ނެރެދޭނެ ޖާގައެއް
ނެތްކަމަށް މައްސަލަ ބެލި މަޖިލީހުގެ މެންބަރުންގެ އިއްތިފާޤުން ކަނޑައަޅައި..." މައްސަލަ ނިންމަވާފައިވާކަން އެ
މައްސަލާގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
2 20
(2) ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/55 މައްސަލަ އެ ޓްރައިބިއުނަލުން
ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެ މައްސަލަ އިސްތިއުނާފުކުރަމުން،
ހއ. ކެލާގެ މުރަކަ، ޢަބްދުﷲ ޖަމީލްގެ ފަރާތުން 2 (ދޭއް) ނުކުތާއެއް ފާހަގަކޮށް، އެ ނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
<
ޢަމަލުކުރަން ފެށުމާއި ގުޅިގެން އުވިފައިވާ ކޮމިޓީގެ ޙައިޞިއްޔަތު ނެތިގެންގޮސްފައިވާ ތާރީޚް
ބައްލަވާފައިވަނީ ޤާނޫނު އަސާސީގެ 268 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
4
2014/HC-A/130
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ދެވަނަ ނުކުތާއަކީ، ޤާނޫނީގޮތުން ޞައްޙަކަން ގެއްލިފައިވާ އިދާރާއަކުން އަޅާފައިވާ
ފިޔަވަޅުކަށް ބިނާކޮށް، ވަޒީފާއިން ވަކިކުރުން މަޢުޟޫއީގޮތުން ބައްލަވާފައިވަނީ އޭގެކުރިން ކަށަވަރުކުރަންޖެހޭ
ކަންކަމަށް ބެއްލެވުމެއްނެތި ކަމަށްވާތީ، އެކަމަކީ ބާޠިލުކަމެއް ކަމަށްބުނެ ހުށަހެޅި ނުކުތާ
(3
މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/55 މައްސަލައަށާއި،
މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ހުށަހެޅިފައިމިވާ މައްސަލާގައި ކަންހިނގާދިޔަ ގޮތަށް ބެލިއިރު، 23
އެޕްރީލް 2007 އިން ފެށިގެން ކެލާ ޕަވަރހައުސްގެ ސްޕަވައިޒަރެއްގެ މަޤާމު ހއ. ކެލާ| މުރަކަ، ޢަބްދު
ޖަމީލް އަދާކުރަމުން ދިޔަކަމާއި، ކެލާ ޕަވަރހައުސްއަކީ ކެލާ ރަށްކުރިއަރުވާ ކޮމިޓީގެ ދަށުން ހިންގަމުން ދިޔަ
ތަނެއްކަމާއި، ޢަބްދުﷲ ޖަމީލް ކެލާ ޕަވަރހައުސްގައި ވަޒީފާ އަދާކުރަމުން ދިޔައިރު، އެތައް ފަހަރެއްގެ މަތިން
ނޯޓިސްދީ ބަޔާން ނަގާފައިވާކަން ފާހަގަކުރެވޭކަމާއި، އެގޮތުން، 30 އޮގަސްޓް 2007 ގައި ވަޒީފާގެ ވާޖިބުން
އެއްކިބާވުމަށް ޢަބްދުﷲ ޖަމީލް މަސައްކަތްކޮށްފައިވާތީ، ކެލާ ޕަވަރހައުސްއިން ވަކި ގޮތެއް އަންގަންދެން ޢަބްދު
ޖަމީލް ޑިއުޓީއަށް ނުނިކުމެ މަޑުކުރުމަށް ނަޞޭޙަތާއި އިންޒާރުދީފައިވާއިރު، ޢަބްދުﷲ ޖަމީލް އޮންޑިއުޓީގައި ހުރެ
2007 ޑިސެމްބަރު 10 އަދި 11 ވަނަ ދުވަހު އިންޖީނުގެ ދޫކޮށް ބޭރުތެރޭގައި ގިނައިރު ވަންދެން އުޅެފައިވާތީ
މި ޢަމަލު އިތުރަށް ތަކުރާރު ނުކުރުމަށް 12 ޑިސެމްބަރު 2007 ގައި ކެލާ ޕަވަރހައުސްއިން ޢަބްދުﷲ ޖަމީލްއަށް
އަންގާފައިވާކަން އެނގޭކަމާއި، އަދި ކެލާ ޕަވަރހައުސްގެ 23 އޭޕްރީލް 2008 ގެ "އެންގުން"
ޖަމީލް އޮން ޑިއުޓީގައި ހުރެ އެހެން ފަރާތަކާއި ޑިއުޓީ ޙަވާލުކުރުމަށް ފަހު ބޭރަށްދިޔައިރު، ތިން ނަންބަރު
ސަރވިސް ޓޭންކަށް ތެޔޮ އަޅަން ޖެއްސުމަށްފަހު ވަގުތީގޮތުން ޙަވާލުވި ފަރާތަށް އެކަން ނޭންގުމުގެ ސަބަބުން
ދިމާވި މައްސަލަތަކަކީ ފަރުވާ ކުޑަކުރުމުގެ ގޮތުން ދިމާވިމައްސަލައެއްކަމަށް ވާތީ، އެފަދަ
42
2007
ގައި ޢަބްދު
ހައިކޯޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
5
2014/HC-A/13[
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފަރުވާތެރިވުމަށް ކެލާ ޕަވަރހައުސްއިން ޢަބްދުﷲ ޖަމީލްއަށް އަންގާފައިވާއިރު، 4 ނޮވެމްބަރު 2008 ގައި ކެލާ
ޕަވަރހައުސްއިން ޢަބްދުﷲ ޖަމީލްއަށް ލިޔުމުން ނަސޭޙަތްދީފައިވާކަން އެނގޭކަމާއި، އަދި 7 އޮގަސްޓް 2009
ގައި ވެސް ޢަބްދުﷲ ޖަމީލް ކެލާ ޕަވަރހައުސްގެ ޑިޔުޓީގައި ހުރެ އިންޖީނުގެ ދޫކޮށް ނިކުމެގެން ދިޔަކަމުގެ
މައްސަލައެއް ދިމާވެފައިވާކަން ހުށަހެޅިފައިވާ ލިޔެކިއުންތަކުން އެނގޭކަމާއި،
އެއަށްފަހު، 01 ސެޕްޓެމްބަރު 2009 ގައި ކެލާ ޕަވަރހައުސްގެ "ވަޒީފާއިން ވަކިކުރުމުގެ
ކުރިންދޭ ނޯޓިސް" ގައި 7 އޮގަސްޓް 2009 ދުވަހު ޑިއުޓީގައި ހުރެ، އިތުރު މީހަކު ނެތި ޑިޔުޓީ ދޫކޮށްފައި
ދިޔަކަމަށް ސުޕަވައިޒަރ ޢަބްދުﷲ ޖަމީލް ދިން ބަޔާނާއި ގުޅިގެން، 30 އޯގަސްޓް 2009 ގައި ބޭއްވި
ރަށްކުރިއަރުވާ ކޮމިޓީގެ ބައްދަލުވުމުން، ސުޕަވައިޒަރ ޢަބްދުﷲ ޖަމީލްއަށް އެކިފަހަރުމަތިން ނަޞޭޙަތާއި އިންޒާރު
ދެވިފައިވާތީއާއި އިންޖީނުގޭގައި ހެދިފައިވާ އުޞޫލުތަކާއި ޤަވާޢިދުތަކަށް ހުރުމަތްތެރިކޮށް ހިތުމުގައާއި ވަޒީފާގައި
އުޅުމުގައި އިތުރު އިޞްލާޙެއް އައިސްފައިނުވާތީއާއި، ޢަބްދުﷲ ޖަމީލް ޑިއުޓީގައި ހުރެފައި ޑިއުޓީ ދޫކޮށްފައި
ދިއުން ތަކުރާރުވެފައިވާތީ 1 ސެޕްޓެމްބަރު 2009 އިން ފެށިގެން 30 ދުވަހުގެ ނޯޓިހެއް ދިނުމަށްފަހު، ވަޒީފާއިން
ވަކިކުރުމަށް ނިންމާފައިވާތީ، 1 ސެޕްޓެމްބަރު 2009 އިން ފެށިގެން ޢަބްދުﷲ ޖަމީލް ވަޒީފާއަށް ނުނިކުމެ ގޭގައި
މަޑުކުރުމަށް ކެލާ ޕަވަރހައުސްއިން ޢަބްދުﷲ ޖަމީލްއަށް އަންގާފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ، އިސްތިއުނާފުކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2013/VTR/55 މައްސަލަ އެ ޓްރައިބިއުނަލުން ނިންމެވިއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް
ޢަމަލުކުރަން ފެށުމާއި ގުޅިގެން އުވިފައިވާ ރަށްކުރިއަރުވާ ކޮމިޓީގެ ޙައިޞިއްޔަތު ނެތިގެންގޮސްފައިވާ ތާރީޚް
ބައްލަވާފައިވަނީ ޤާނޫނުއަސާސީގެ 268 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ޢަބްދުﷲ ޖަމީލްގެ ފަރާތުން ހުށަހެޅި
ނުކުތާއަށް ނަޒަރުކުރިއިރު،
23 އެޕްރީލް 2007 އިން ފެށިގެން ޢަބްދުﷲ ޖަމީލް ކެލާ ޕަވަރހައުސްގެ
ސުޕަވައިޒަރެއްގެ މަޤާމުގައި ވަޒީފާ އަދާކުރަމުން އައީ ކެލާ ރަށްކުރިއަރުވާ ކޮމިޓީން އެމަޤާމަށް އޭނާ
ކަމާއި، އެ ވަޒީފާ ޢަބްދުﷲ ޖަމީލް އަދާކުރަމުން ދަނިކޮށް، 7 އޯގަސްޓް 208
oއިދިވެހިރާއް
ފތ ދ ތ 22
0
148ކޗ2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/130
42c 0 2
ޤާނޫނުއަސާސީ ތަޞްދީޤުކުރެވުނުކަމާއި، ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައި، ދިވެހިރާއްޖޭގައި ހަދާ އެންމެހައި
ޤާނޫނުތައް ހަދަންވާނީ އެ ޤާނޫނުއަސާސީއާ އެއްގޮތްވާގޮތުގެ މަތިން ކަމަށާއި، އެ ޤާނޫނުއަސާސީ ލާޒިމްކުރާ
އެންމެހައި ކަންކަން ފުރިހަމަކުރަންވާނެކަމަށާއި، ޤާނޫނުއަސާސީއާ ޚިލާފުވާ ގޮތަށް ހަދާ ކޮންމެ ޤާނޫނެއް، ނުވަތަ
ޤާނޫނަކުން ބައެއް ވިޔަސް ވާނީ ބާޠިލު އެއްޗަކަށްކަމަށާއި އަދި އެފަދަ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްގެ
ބާރެއް ނުހިނގާނެކަމަށް ބަޔާންކޮށްފައިވާކަމާއި،
އިސްތިއުނާފުކުރެވޭ މައްސަލާގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެއްވުނު ކަންކަމުގެ
1.8 ގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ 7 އޯގަސްޓް 2008 ގައި ތަޞްދީޤުކުރެވި އަމަލުކުރަން
ފެށުމުގެ ސަބަބުން 7 އޯގަސްޓް 2008 ގެ ކުރިން އުފައްދާފައިވާ ރަށްކުރިއަރުވާ ކޮމިޓީތަކުގެ ޤާނޫނީ
ހައިޞިއްޔަތު ގެއްލިފައިވާކަމަށް ޢަބްދުﷲ ޖަމީލްގެ ފަރާތުން ބުނެފައިވީނަމަވެސް، ރަށްކުރިއަރުވާ ކޮމިޓީތައް
އުވާލައި، ރައްޔިތުންގެ އިންޖީނުގެތަކުގެ މައްސަލަ އެޓަރނީ ޖެނެރަލްގެ އޮފީހުން 24 ނޮވެމްބަރު 2009 ގައި
ވަޒީރުންގެ މަޖިލިހަށް ހުށަހަޅާފައިވާ ހުށަހެޅުމުގެ ނިންމުން، ދިވެހި ސަރުކާރުގެ ގެޒެޓްގެ 85 ވަނަ އަދަދުގައި
(21 ޑިސެމްބަރު 2009) ގައި ޝާއިޢުކޮށްފައިވަނީ، ޢަބްދުﷲ ޖަމީލް ވަޒީފާއިން ވަކިކުރި ތާރީޚުގެ ފަހުންކަމަށް
ފާހަގަކުރައްވާފައިވާކަމާއި،
އިސްވެ ފާހަގަކުރެވުނު ވަޒީރުންގެ މަޖިލިހުގެ ނިންމުމަށް ބަލާއިރު، ރަށްކުރިއަރުވާ ކޮމިޓީގެ
ގަވާއިދަކީ މިހާރު ޢަމަލުކުރަމުންގެންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައިވާ ގޮތުން، ރައްޔިތުންގެ
މަޖިލިހުން ފާސްކޮށްފައިވާ ޤާނޫނަކުން ބާރު ލިބިފައިވާ ގަވާއިދަކަށް ނުވާތީއާއި، އަދި އެ ކޮމިޓީތަކަކީ ޤާނޫނީ
އެއްވެސް ޙައިސިއްޔަތެއް ލިބިގެންނުވާ ކޮމިޓީތަކެއްކަމަށް ޝަރުޢީ ކޯޓުން ނިންމަވާފައިވާތީ، ރަށް ކުރިއަރުވާ
ކޮމިޓީތަކަކީ ޞައްޙަ ކޮމިޓީތަކަކަށް ނުވާތީ، އެ ކޮމިޓީތަކުގެ ދަށުގައި ހުރި އިންޖީނު ގެތަކަށް ބަދަލު ދިނުމަށްފަހު
އެ އިންޖީނުގެތައް، ޔުޓިލިޓީ ކުންފުނިތަކާއި ޙަވާލުކުރުމަށް އެ ނިންމުމުގައިވާކަން ފާހަގަކުރެވޭކަމާއި، އަދި ލޯކަލް
ކައުންސިލްގެ އިންތިޚާބުތައް ބޭއްވެންދެން، ރަށު ކައުންސިލަރުންނަށް ލަފާ ބޭނުންވާ ކަންކަމުގައި ލަފާ ދޭނެ
ކޮމިޓީއެއްވެސް އެކުލަވާލުމަށް ނިންމާފައިވާކަން ފާހަގަކުރެވޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/130
4 22
ޢަބްދުﷲ ޖަމީލް ވަޒީފާއިން ވަކިކުރަން ނިންމައި 30 ދުވަހުގެ ނޯޓިސްދިން ތާރީޚަކީ 1
ސެޕްޓެމްބަރު 2009 ކަމުގައިވާއިރު، ޢަބްދުﷲ ޖަމީލްގެ ފަރާތުން ހުށަހަޅާ މައިގަނޑު ނުކުތާއަކީ އިސްވެ
ބުނެވުނު ނިންމުން ހއ. ކެލާ ރަށްކުރިއަރުވާ ކޮމިޓީން ނިންމި ތާރީޚުގައި އެ ކޮމިޓީއަކީ ޤާނޫނީ ހައިސިއްޔަތު
ލިބިފައިނުވާ ކޮމިޓީއެއްކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 35/SC-C/2012 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެއްވުނު ނުކުތާތަކުގެ 2 ވަނަ ނުކުތާގައި، ޤާނޫނުއަސާސީގައި މަޞްދައުލް
މަޝްރޫޢިއްޔާތާއި، (ޕްރިންސިޕަލް އޮފް ލީގަލްޓީ) އާއި، އަދި މަބްދައެއް ދުސްތޫރިއްޔަތު (ޕްރިންސިޕަލް އޮފް
ކޮންސްޓިޓިއުޝަނަލިޓީ) ކަނޑައެޅިފައި އޮތް ގޮތުގެ މައްޗަށް ބަލާއިރު، ޤާނޫނެއް ނުވަތަ ޤަވާޢިދެއް ނުވަތަ
އިޖްރާއާތެއް ނުވަތަ ދައުލަތުގެ ރަސްމީ ކޮންމެ ނިންމުމެއްވިޔަސް، އެއްވެސް އިސްތިސްނާއެއް ނެތި
ޤާނޫނުއަސާސީގެ އެންމެހައި މާއްދާތަކާއި އެއްގޮތްވާންވާނެކަމަށާއި، ދައުލަތުގައި ޢަމަލުކުރެވޭ އެއްވެސް ޤަވާޢިދެއް
ނުވަތަ އެއްވެސް ބާރެއްގެ ނުވަތަ މުއައްސަސާއެއްގެ އެއްވެސް ޤަރާރެއް ނުވަތަ އެއްވެސް ނިންމުމެއް ނުވަތަ
އެއްވެސް އިޖްރާއަތެއް ނުވަތަ އެއްވެސް ޤާނޫނެއްގެ އެއްވެސް މާއްދާއަކާއި އަދި ޤާނޫނުއަސާސީގެ އެއްވެސް
ތަޢާރުޟުވެއްޖެނަމަ، އެ ތަޢާރުޟުވީ މިންވަރު ބާޠިލުވާނެކަމަ ޤަޟިއްޔާގައި
ބަޔާންކުރައްވާފައިވާކަން ޢަބްދުﷲ ޖަމީލްގެ ފަރާތުން ފާހަގަކޮށްފައިވާކަމާއި،
ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިސްތިއުނާފު ކުރެވޭ މައްސަލާގައި ޤާނޫނުއަސާސީގެ 268 ވަނަ
މާއްދާ މާނަކުރެއްވުމުގައާއި ރަށްކުރިއަރުވާ ކޮމިޓީތައް އުވިގޮސްފައިވާ ތާރީޚް ކަނޑައެޅުއްވުމުގައި ޤާނޫނުއަސާސީގެ
ރޫޙާއި ޚިލާފުވެފައިވާކަމަށާއި، އެއީ ރަށްކުރިއަރުވާ ކޮމިޓީތަކުގެ ޤާނޫނީ ހައިޞިއްޔަތު ގެއްލިފައިވާ ތާރީޚް ކަމަށް
ބައްލަވާފައިވާ ތާރީޚަކީ، އެކަން އިޢުލާންކޮށް ގެޒެޓްކުރި ތާރީޚުކަމުގައިވާ 21 ޑިސެމްބަރު 2009 ކަމަށާއި،
ރަށްކުރިއަރުވާ ކޮމިޓީތައް އުވިގެން ދިޔަ ތާރީޚުކަމަށް ބަލަންޖެހޭނީ ޤާނޫނުއަސާސީ ތަސްދީޤުކުރެވުނު ތާރީޚު
ކަމުގައިވާ 7 އޮގަސްޓް 2008 ކަމަށާއި، އެއީ، ޤާނޫނުއަސާސީގެ 8 ވަނަ މާއްދާގައި ދިވެހި ދައުލަތުގެ
އެންމެހައި ބާރުތައް ހިންގަންވާނީ ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިންކަމަށް ބަޔާންކުރެވިފައިވާއިރު،
ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޤާނޫނުއަސާސީއާ ޚިލާފަށް ހަދާ ކޮންމެ ޤާނޫނެއް ނުތް ޖީ
މާއްދީއކއ
ކޗެށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/130
ޤާނޫނެއްގެ
،
ބައެއްގެ ބާރެއް ނުހިނގާނެކަމަށް އޮންނަ އޮތުމަށް ޢަމަލުކުރަން ފަށަންޖެހޭނީ ޤާނޫނުއަސާސީ
ތަސްދީޤުކުރެވުނު ތާރީޚުގައިކަމަށާއި، އެހެންކަމުން، 7 އޮގަސްޓް 2008 އިން ފެށިގެން ރަށްކުރިއަރުވާ
ކޮމިޓީތަކުގެ ޤާނޫނީ ހައިސިއްޔަތެއް ނޯންނާނެކަމަށް ޢަބްދުﷲ ޖަމީލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި
ފާހަގަކޮށްފައިވާކަމާއި،
7 އޮގަސްޓް 2008 ގައި ތަސްދީޤުކުރެވުނު ޤާނޫނުއަސާސީގެ ކުރިން އުފައްދާފައިވާ
ރަށްކުރިއަރުވާ ކޮމިޓީތައް އުފެއްދުމުގެ މަފްހޫމްއަށް ބަލާއިރު، ރަށްކުރިއަރުވާ ކޮމިޓީގެ ގިނަ މެންބަރުންނަކީ ރަށުގެ
ކަންތައްތައް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި، ރައްޔިތުން އިންތިޚާބުކުރާ ބައެއްކަން ރަށްކުރިއަރުވާ ކޮމިޓީގެ
ގަވާއިދު (8 އޭޕްރިލް 1999) އަށް ބެލުމުން އެނގޭކަމާއި، އަދި އެ ގަވާއިދުގެ 17 ވަނަ މާއްދާގެ (ށ) ގައި
ރައްޔިތުންގެ މާލިއްޔަތުން ރަށްކުރިއަރުވާ ކޮމިޓީއަށް ޚަރަދު ކުރެވޭނީ އެ ކޮމިޓީން ކޮންމެ އަހަރަކަށް ފާސްކުރާ
ބަޖެޓުގައިވާ ގޮތުގެ މަތިންކަމަށް ބަޔާންކޮށްފައި އޮތުމުން، ރައްޔިތުންގެ ފައިސާއިން ރައްޔިތުންގެ ލާބައާއި
މަންފާއަށްޓަކައި ޚަރަދުކުރުމުގެ ބާރު ލިބިދީފައިވަނީ ރައްޔިތުން ތަމްޞީލުކުރާ ރަށްކުރިއަރުވާ ކޮމިޓީއަށްކަން
އެނގޭކަމާއި، އަދި އެ މާއްދާގެ (ނ) ގައި ރައްޔިތުންގެ މާލިއްޔަތަށް ލިބޭ ފައިސާގެ ތެރެއިން ރަށު އޮފީހުގެ
ތިޖޫރީގައި އެންމެ ގިނަވަގެން ބެހެއްޓޭނެ އަދަދު ކަނޑައަޅާފައިވާއިރު، އެ އަދަދުގެ އިތުރުން ފައިސާ ބެހެއްޓޭނީ
ރަށު އޮފީހުން ނުވަތަ ރަށްކުރިއަރުވާ ކޮމިޓީން ރައްޔިތުންނަށް ޢާންމުކޮށް ކަރަންޓުގެ ޚިދުމަތްދޭ ރަށްރަށުން އެކަން
އަތޮޅު އޮފީހަށް ލިޔެ އަދި އަތޮޅު އޮފީހުން ރީޖަނަލް އޮފީހުގައި އެދުމުންކަމަށް އެ އަކުރުގައި ބަޔާންކުރެވިފައި
އޮތުމުން، ސީދާ ރަށްކުރިއަރުވާ ކޮމިޓީތަކުން ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ދެވިދާނެކަން އެނގެން
އޮންނަކަމާއި،
7 އޮގަސްޓް 2008 ގެ ފަހުން، ބުނެވިދިޔަ ރަށްކުރިއަރުވާ ކޮމިޓީތަކުގެ ޤާނޫނީ ޙައިޞިއްޔަތަށް
ބަލާއިރު، އެ ކޮމިޓީތައް ތަންޒީމު ކުރުމަށް ހެދިފައިވާ "ރަށްކުރިއަރުވާ ކޮމިޓީގެ ޤަވާޢިދު" އަށް ރައްޔިތުންގެ
މަޖިލިހުން ފާސްކޮށްފައި އޮތް ޤާނޫނެއްގެ ދަށުން ބެލެނިވެރިކަން ލިބިފައިވާ ނުވާކަން ފާހަގަކުރެވޭކަމާއި، 7
އޮގަސްޓް 2008 ގައި ތަސްދީޤު ކުރެވުނު ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމަށްފަހު، އެވަގުތުން އެ މަގުތަޗްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
9
2014/HC-A/130
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ރަށްކުރިއަރުވާ ކޮމިޓީތަކުގެ ބެލުމުގެ ދަށުގައި ހުރި ރައްޔިތުންގެ ފައިސާއާއި މުދަލާ އަވާލުވާނެ އެހެން ފަރާތެއް
އެއްވެސް ޤާނޫނަކުން ކަނޑައަޅާފައިނުވާކަން އެނގޭކަމާއި،
ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރަށްކުރިއަރުވާ ކޮމިޓީތައް އުވިގެން ދިޔަ
ތާރީޚަކީ ޤާނޫނުއަސާސީ ތަސްދީޤުކުރި ތާރީޚު ކަމުގައިވާ 17 އޮގަސްޓް 2008 ކަމަށް ޢަބްދުﷲ ޖަމީލްގެ ފަރާތުން
ބުނެފައިވީނަމަވެސް، އިސްވެ އިޝާރާތްކުރެވުނު ފަދައިން، ރަށްކުރިއަރުވާ ކޮމިޓީތަކަކީ ސީދާ ރައްޔިތުން
ތަމްޞީލުކުރާ، ރައްޔިތުންގެ މަންދޫބުން ކަމުގައިވާއިރު، 7 އޮގަސްޓް 2008 ގައި ތަސްދީޤުކުރެވުނު
ޤާނޫނުއަސާސީގެ ދަށުންވެސް އަދި އެނޫން އެހެން ޤާނޫނެއްގެ ދަށުންވެސް، އެފަދަ ކޮމިޓީތަކަކީ މުޠުލަޤު
ގޮތެއްގައި ބާޠިލު ނުވަތަ ޤާނޫނާއި ޚިލާފު ކޮމިޓީތަކެއް ނޫންކަން އެނގެން އޮތް ހިނދު، އެ ކޮމިޓީތައް
ތަންޒީމުކުރި ގަވާއިދަށް ޤާނޫނެއްގެ ދަށުން ބެލެނިވެރިކަން ނުލިބި އޮތުމަކީ އެ ކޮމިޓީތަކުން ކުރަމުން ދިޔަ
މަސައްކަތާއި، ރައްޔިތުންގެ މުދަލާއި މިލްކިއްޔާތާއި ޙަވާލުވާނެ އެހެން ފަރާތެއް ކަނޑައެޅިފައިނެތް ޙާލަތުގައި، އެ
ކޮމިޓީތަކަކީ އޮޓަމެޓިކުން އުވިގެންދާނެ ކޮމިޓީތަކެއްކަމަށް ބަލަންޖެހޭ ސަބަބެއް ނޫންކަމާއި، އެހެންކަމުން،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 25/SC-C/2010 ޤަޟިއްޔާއާއި 26/SC-C/2010 ޤަޟިއްޔާގައި
ބަލައިގެންފައިވާ އުޞޫލުތަކަށް ރިޢާޔަތްކޮށް، ރައްޔިތުންގެ މުދަލާއި މިލްކިއްޔާތާއި ޙަވާލުވާނެ ވަކި ފަރާތެއް
ކަނޑައަޅަންދެން، ރަށްކުރިއަރުވާ ކޮމިޓީ ދެމިއޮންނާނީ 'ޑީ ފެކްޓޯ' (de facto) ކޮށްކަމާއި، އަދި އެ ކޮމިޓީގެ
ބެލުމުގެ ދަށުގައި ހުރި ރައްޔިތުންގެ ހުރިހާ މުދަލަކާއި މިލްކިއްޔާތަށް ޤާނޫނީ އިމުގެ ތެރެއިން ގޮތް ކަނޑައެޅުމުގެ
ބާރު އެ ކޮމިޓީއަށް ލިބިފައިވާކަމަށް މި މައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
4 22
<< O
އެއްބަސްވެވުނުކަމެވެ.
(ނ) ތިންވަނަ ކަމަކީ، 7 އޮގަސްޓް 2008 ގައި ޤާނޫނުއަސާސީ ތަސްދީޤުކުރުމަށްފަހު،
ރަށްކުރިއަރުވާ ކޮމިޓީތަކާއި އެ ކޮމިޓީތަކުގެ ބެލުމުގެ ދަށުގައި ހުރި ރައްޔިތުންގެ މުދަލާއި ރައްޔިތުންގެ
މިލްކިއްޔާތަށް ހަދާނެ ވަކި ގޮތެއް ޤާނޫނަކުންވެސް އަދި ގަވާއިދަކުންވެސް ކަނޑައެޅިފައިނުވާކަމާއި
ހެންނަމަވެސް 21 ޑިސެމްބަރު 2009 ގައި ގެޒެޓުކުރެވުނު ވަޒީރުންގެ މަޖިލިހުގެ ނިންމުމުގައި، އެއީ ކޮ
42 ކ އ ވ 4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
10
2014/HC-A/130
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2ތ
އފރީޚަށް
ދިވެހިރާއްޖޭގެ ހައިކޯޓް
ޤާނޫނީ އެއްވެސް ޙައިޞިއްޔަތެއް ލިބިގެންނުވާ ކޮމިޓީތަކެއްކަމަށްވާތީ، އެ ކޮމިޓީތަކަކީ ޞައްޙަ ކޮމިޓީތަކަކަށް
ނުވާތީ، އެ ކޮމިޓީތަކުގެ ދަށުގައި ހުރި އިންޖީނު ގެތަކަށް ބަދަލު ދިނުމަށްފަހު ޔުޓިލިޓީ ކުންފުނިތަކާއި
ވަޒީރުންގެ މަޖިލިހުން ނިންމާފައި އޮތުމުން، 21 ޑިސެމްބަރު 2009 ގެ ނިޔަލަށް ރަށްކުރިއަރުވާ
ކޮމިޓީތަކުގެ ބެލުމުގެ ދަށުގައި ހުރި ރައްޔިތުންގެ މުދަލާއި މިލްކިއްޔާތަށް ޤާނޫނީ އިމުގެ ތެރެއިން ގޮތް
ކަނޑައެޅުމުގެ ބާރު އޮތީ ޑީ ފެކް ކޮށް ހިނގަމުން އައި ރަށްކުރިއަރުވާ ކޮމިޓީތަކަށްކަމާއި،
އިސްތިއުނާފުކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލާގައިވެސް ފާހަގަކުރައްވާފައިވާ
ފަދައިން، ޢަބްދުﷲ ޖަމީލް ކެލާ ޕަވަރހައުސްގެ ސުޕަވައިޒަރ ކަމުގެ ވަޒީފާއިން ވަކިކުރާކަމުގެ ނޯޓިސް
ދީފައިވަނީ 1 ސެޕްޓެމްބަރު 2009 ގައި ކަމުން، މި ތާރީޚުގައި ކެލާ ޕަވަރހައުސްގެ މުވައްޒަފުންނާ މެދު
ވަޒީފާއާބެހޭ ޤާނޫނުގެ ތަރަހައިގެ ތެރެއިން ގޮތްތައް ކަނޑައެޅުމުގެ ބާރު އޮތީ، ކުރިންވެސް އެ ބާރު ލިބިފައިވާ
ފަރާތް ކަމުގައިވާ، ކެލާ ރަށްކުރިއަރުވާ ކޮމިޓީއަށްކަމާއި،
އެހެންކަމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/55 މައްސަލާގައި ޢަބްދު
ޖަމީލް ކެލާ ޕަވަރހައުސްގެ ސުޕަވައިޒަރ ކަމުގެ މަޤާމުން ވަކިކުރުމަށް ކެލާ ރަށްކުރިއަރުވާ ކޮމިޓީން
ނިންމާފައިވަނީ އެ ކޮމިޓީއަށް އެފަދަ ނިންމުންތައް ނިންމުމުގެ ހައިސިއްޔަތު އޮވެގެންކަމަށް ވަޒީފާއާބެހޭ
ޓްރައިބިއުނަލުން ކަނޑައަޅުއްވައި، އެ މައްސަލާގެ މައުޟޫ
.ޟޫޢުއާ މެދު ގޮތެއް ކަނޑައަޅުއްވާފައިވަނީ ޤާނޫނީ ނުވަތަ
ޝަރުޢީ އުޞޫލުތަކާއި ޚިލާފަށްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލުމުގައި ބައިވެރިވި އެއްވެސް
ފަނޑިޔާރަކަށް ނުފެނުނުކަމެވެ.
ވީމާ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2013/VTR/55 މައްސަލާގައި ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭފަދަ ޤާނޫނީ ނުވަތަ
ޝަރުޢީ ސަބަބެއް
އޮތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލުމުގައި ބައިވެރިވި އެއްވެސް
ފަނޑިޔާރަކަށް ނުފެނުނެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
11
2014/HC-A/130
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ހުކުމް:
ދ ޏ 24
wނބ
ދެންފަހެ، އިސްވެ ބަޔާންވެދިދަކަންކަން އެގޮތަށް ހުރުމާއެކު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ޚަބަރު 2013/VTR/55 މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ހއ.ކެލާ | މުރަކަ، ޢަބްދުﷲ ޖަމީލްގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ މައްސަލާގައި ނިންމަވާފައިވާ ނިންމެވުމަށް ބަދަލު
ގެންނަންޖެހޭ ހަމައެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;