ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/183 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/183
سب اندام بالاسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 183/HC-A/2015
އިސްތިއުނާފު ކުރިފަރާތް:
* ނަން: އަޙްމަދު ޙުސައިން
ދާއިމީ އެޑްރެސް: ޖަހައިމުގުރިގެ / ސ.މަރަދޫ
އައިޑީކާޑު ނަންބަރު: A080524
* މިހާރުގެ އެޑްރެސް: ގ.ނީލާވެލި / މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
ޕީ.ޖީ. އޮފީސް | މާލެ
* ރަޖިސްޓްރީކުރެވުނު ތާރީޚް: 13 މެއި 2015
13
ނިމުނު ތާރީޚް: 20 މެއި 2015
އިސްތިއުނާފު ކުރެވުނު ކޯޓު އަމުރު.
* ނަންބަރު:2015/3241(J
(
MD-145
* ކޯޓު: ކްރިމިނަލް ކޯޓު
*ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު
' ނިންމެވި ތާރީޚް: 02 މެއި 2015
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު،
ފަނޑިޔާރު
އައިސް
ހައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/183
ދަޢުވާގެ ޚުލާޞާ:
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3241/J
(
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް
މަރަދޫ، ޖަހައިމުގުރިގެ އަޙްމަދު ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި ދަޢުވާރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
L01 ކްރިމިނަލް ކޯޓުގެ ނަންބަރު 2015/3241(J
(
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް
ސ. މަރަދޫ، ޖަހައިމުގުރިގެ/ އަޙްމަދު ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
އެކޯޓު އަމުރަކީ
02- ކްރިމިނަލް ކޯޓުގެ ނަންބަރު 2015/3241(J(MD-145 ކޯޓު އަމުރަށް ބަލާއިރު،
މަރަދޫ، ޖަހައިމުގުރިގެ އަޙްމަދު ޙުސައިންގެ މައްޗަށް ފުލުހުންގެ އަމުރަށް
ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސް އެޅިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، 02 މެއި 2015 ދުވަހު 16:20
އިން ފެށިގެން 17 މެއި 2015 ދުވަހު 16:19 އަށް، 15 (ފަނަރަ) ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް
ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި އަޙްމަދު ޙުސައިން ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވައި
ނެރުއްވާފައިވާ އަމުރެއްކަމާ އެއަމުރު ނެރުއްވި ސަބަބަކީ، މުޖުތަމަޢުގެ ސަލަމާތަށްޓަކައިކަން އެނގެން
އަންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ތިވެހިރާއްޖެ
3
2015/HC-A/183
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2015/3241(J(MD-145 ކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް ސ.
މަރަދޫ، ޖަހައިމުގުރިގެ/ އަޙްމަދު ޙުސައިންގެ ފަރާތުން 05 (ފަހެއް) ނުކުތާ ހުށަހަޅައި، އެ
ނުކުތާތަކާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން
ccc
ހުށަހެޅި:
(ހ) ފުރަތަމަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާގައި ބަޔާންކުރާ ކުށްކުށަށް ތުހުމަތުކުރެވޭ މީހުން މިނިވަންކުރުމުގެ އުޞޫލުތަކުގެ ތެރެއިން ބަންދުގައި
ބަހައްޓައިގެން މައްސަލަ ކުރިއަށް ގެންދެވޭ ޝަރުޠުތަކުގެ ތެރެއިން އެއްވެސް ޝަރުތަކަށް ނުފެތޭއިރުވެސް
ބަންދުގައި ބެހެއްޓުމަ އަމުރު ނެރެފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާއާއި ޚިލާފަށް ބަންދުގައި
ބެހެއްޓުމަށް އަމުރު ނެރެފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ، ހައިކޯޓުގެ ނަންބަރު 286/HC
-
A/2014 ޤަޟިއްޔާގައި، މީހަކު
ބަންދުގައި ބަހައްޓަންޖެހޭކަން ސާބިތުކޮށްދީ އެކަމުގެ މައްޗަށް ހެކި ޤަރީނާ ހުށަހެޅުމަކީ މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފަރާތުން އުފުލަންޖެހޭ ބުރައެއްކަމުގައި ބަޔާންކޮށްފައިވާއިރު، އެފަދަ ހެކި ހުށަހަޅާފައިނުވާއިރު ކޯޓު
އަމުރު ނެރެދީފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ
.
(ރ) ހަތަރުވަނަ ނުކުތާއަކީ: ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގެ (ރ) އިން ލާޒިމުކޮށްފައިވާ
ދިވެހިރާއް
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/183
ގޮތާއި ޚިލާފަށް، އެމާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ބަންދުކުރި ސަބަބު ފޯމުގައި ބަޔާންކޮށްފައި
ނެތްކަމަށްބުނެ ހުށަހެޅި ނުކުތާ.
(ބ) ފަސްވަނަ ނުކުތާއަކީ: އިސްތިއުނާފުކުރާ ފަރާތް ބަންދުކުރީ ވަކި ހާލަތަކާއި ގުޅިގެން
ބުނާއިރު، އެޙާލަތު ދެމިގެން ނުދާކަމަށްބުނެ ހުށަހެޅި
e.
04- ކްރިމިނަލް ކޯޓުގެ ނަންބަރު 2015/3241(J(MD-145 ކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް މަރަދޫ، ޖަހައިމުގުރިގެ އަޙްމަދު ޙުސައިނުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅޭ
ގޮތުން އަޙްމަދު ޙުސައިންގެ ފަރާތުންނާއި މިއިސްތިއުނާފް ދަޢުވާ ރައްދުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާގުޅޭ ގޮތުން
ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ
ޤަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އަކީ ކުށެއްގެ ތުހުމަތުގައިވާ މީހާ ހައްޔަރުގައި ނުވަތަ ބަންދުގައި
ބެހެއްޓުމުގެ އަމުރު ނެރުއްވުމުގައި ފަނޑިޔާރު ބައްލަވަންޖެ
ވަންޖެހޭނެ ކަންކަން ބަޔާންކޮށްފައިވާ މާއްދާތަށްކަމާއި،
މިގޮތުން އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް
ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް،
ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް
ފެނިއްޖެ ހިނދެއްގައި އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/13
އަދި އެއިން ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ
ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށް ބެލުމުން
އެނގެން އޮންނައިރު،
ދ8 4
92
2
ނއe/32
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގެ ފާހަގަކުރެވުނު
ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތީން މީހަކު
ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށުގެ ނުރައްކާތެރިކަން އޮތް މިންވަރަށާއި، އަދި އެހާދިސާ ތަޙްޤީޤުކުރުމުގައި
ހުރީ ކިހާމިންވަރެއްގެ ގޮންޖެހުން ތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި، ކުށުގެ
ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ
ކޮބައިކަމާއި، ޝައްކުކު
ކުކުރެވޭ މީހާ ފިލާފާނެ ކަމުގެ ބިރުއޮތީ ކިހާވަރަކަށް ކަމާއި، ހެކިތަކާކުޅު ހެކިތައް
ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަ
ކުރަންޖެހޭނެކަމަށް ބަޔާންކުރައްވާފައިވާކަމާއި،
އެމާއްދާގައި ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ކަންކަން ވަޒަންކުރުމަކީ
ބަންދާއިމެދު ގޮތެއް ނިންމުމުގެ މައްސަލައާއިއެކު ހުށަހެޅޭ އެންމެހައި ހެކި ޤަރީނާތަކާއި ދައްކާ ވާހަކަތަކުގެ
ބިނާކޮށް ބަންދާއިމެދު ގޮތެއް ނިންމުމުގެ މައްސަލަ ބައްލަވާ ފަނޑިޔާރުގެ ތަޤްދީރީ ބާރުގެ ތެރެއިން
އެކަންކަން ވަޒަންކުރުމަށް ދޫކޮށްލެވިފައިވާ ކަންތައްތަކެއްކަމާއި، އަދި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުންގެ ބަންދުގެ މައްސަލަތަކުގައި ކޯޓަށް ހެކި ހުށަހަޅަންޖެހޭނީ ކުށެއްކުރިކަން ސާބިތުވާ މިންވަރުގެ އެކި
ޤަރީނާ ނޫންކަމަށާއި، އެފަދަ މައްސަލަތަކުގައި ހެކީގެ ގޮތުގައި ބަލައިގަންނަންޖެހޭނީ ކުށެއް ކުރިކަމުގެ
ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި ޤަރީނާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 263/HC
-
A/2012
ޤަޟިއްޔާގައި ކަނޑައަޅާފައިވާކަން އެނގެން އޮންނަކަމެވެ.
ހއ.2
442ށް
(ށ) ދެވަނަ ކަމަކީ: މަރަދޫ، ޖަހައިމުގުރިގެ / އަޙްމަދު ޙުސައިން ހައްޔަރުކޮށްފައިވަނީ
އަދާލަތު ޕާޓީއިން އިސްވެ އޮވެ އެހެން ސިޔާސީ ޕާޓީތަކާ ގުޅިގެން 2015 މެއި 01 ވަނަ އިލްމުގެ
ހައިކޯ
*
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/183
44
'އަނިޔާވެރިކަން ނިންމުން، މޭޑޭ' މިނަމުގައި މާލޭގައި ކުރަމުންދިޔަ މުޒާހަރާގައި، ފުލުހުން ސަލާމަތީ ކަންތައް
ބަލަހައްޓަމުންދިޔަ ޗާންދަނީމަގު ވަތަނިއްޔާ ފިހާރަ ހުންނަ ސަރަޙައްދުގައި ތިބި މީހުން މަޑުނުކޮށް
އެސަރަޙައްދުން ދުރަށް ދިއުމަށް އެންގުމުން އަޙްމަދު ޙުސައިން އެސަރަޙައްދުން ދުރަށް ނުގޮސް ފުލުހުންނަށް
ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކަމާއި، އަޙްމަދު
ޙުސައިން ހައްޔަރުކޮށްފައިވަނީ ހާދިސާ ހިނގި ސަރަޙައްދުންކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރ
TD078780 ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯމަށް ބެލުމުން އެނގޭއިރު،
ކްރިމިނަލް ކޯޓުގެ ނަންބަރު 2015/3241(J(MD-145 ކޯޓު އަމުރުން މަރަދޫ،
ޖަހައިމުގުރިގެ އަޙްމަދު ޙުސައިން، 02 މެއި 2015 ދުވަހު 16:20 އިން ފެށިގެން 17 މެއި 2015 ދުވަހު
16:19 އަށް، 15 (ފަނަރަ) ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި
ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރެއްވި ސަބަބަކީ، މުޖުތަމަޢުގެ ސަލަމާތަށްޓަކައިކަން އެނގޭކަމާއި،
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގެ (ރ) އިން ލާޒިމްކުރަނީ އެމީހަކު ބަންދުގައި ބެހެއްޓުމަށް
ނިންމި ސަބަބު ފަނޑިޔާރު ފޯމުގައި ލިޔުމަށްކަމާއި، މިގޮތުން މީހަކު ހައްޔަރުގައި ނުވަތަ ބަންދުގައި ބެހެއްޓޭނެ
ސަބަބުތައް އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަން އެނގޭއިރު، އިސްވެ ބުނެވުނު ކްރިމިނަލް ކޯޓު
އަމުރަށް ބަލާއިރު އަޙްމަދު ޙުސައިން ބަންދުގައި ބަހައްޓަން ނިންމެވި ސަބަބު ލިޔުއްވާފައިވާކަން އެއަމުރަށް
ބެލުމުން އެނގެން އޮންނަ
ނޫންކަމެވެ.
(ނ) ތިންވަނަ ކަމަކީ:ކްރިމިނަލް ކޯޓުގެ ނަންބަރު 2015/3241(J
(
MD-145 ކޯޓު
އަމުރުގައި މަރަދޫ، ޖަހައިމުގުރިގެ އަޙްމަދު ޙުސައިން ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބަކީ
އަޙްމަދު ޙުސައިންގެ ސަބަބުން މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް
.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/183
އެނގޭއިރު، މިމައްސަލައިގެ ބާވަތަށާއި، ކަން ހިނގިގޮތް ކަމަށް ބަޔާންކުރާ ގޮތުގެ މައްޗަށާއި މުޅި
މައްސަލައިގެ ވަށައިގެންވާ އެހެނިހެން ކަންތައްތަކުގެ މައްޗަށް ބެލުމުން، އިސްތިއުނާފުކުރެވިފައި މިވާ
ކްރިމިނަލް ކޯޓުގެ އަމުރު ނެރުއްވިއިރު، އަޙްމަދު ޙުސައިން ބަންދުން ދޫކޮށްލައިފިނަމަ، މުޖްތަމަޢުގެ
ހަމަޖެހުމާއި ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ އިޙްތިމާލު
aއ ދދވ
8 ހއ ޑ ޒ
އބސކޮށް ބރނ އނނކމެވެ.
އެހެންކަމުން، މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ކްރިމިނަލް
ކޯޓުގެ ނަންބަރު 2015/3241(J
MD-145 ކޯޓު އަމުރަށް ބަދަލު ގެންނަން ޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ
ސަބަބެއް
ޑިއްނެތްކަމަށެވެ.
• ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު
ގޮތަށް ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2015/3241(J
(
MD-145 ކޯޓު އަމުރަށް ބަދަލު
ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
cu.
އައިކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt gov.mv