ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/190 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2014/HC-A/190
އަلA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ރާއްޖެ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 190/HC
-
A/2014
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)
އައި.ޑީ.ކާޑު ނަންބަރު:.
ދާއިމީ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް
0
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޙުސައިން ޔާމީން
އައި.ޑީ.ކާޑު ނަންބަރު: A108798
* ދާއިމީ އެޑްރެސް: ރޯޒްވިލާ/ ވ.ކެންދޫ
މިހާރުގެ އެޑްރެސް: ރޯޒްވިލާ/ ވ.ކެންދޫ
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 17 ރަމަޝާން 1435
10 ޖުލައި 2014
ނިމުނު ތާރީޚް: 24 ޞަފަރު 1438
24 ނޮވެމްބަރ 2016
0
އިސްތިއުނާފް ކުރެވުނު ޤަޟިއްޔާ ނަންބަރު: 2017/VTR/118
ނިންމެވި ކޯޓު: ވަޒީފާއާބެހޭ ޓްރައިބިއުނަލް
• ޤަޟިއްޔާގެ ބާވަތް: ވަޒީފާއާބެހޭ
• މައްސަލަ ހުށަހެޅުނު ތާރީޚް: 30 ޖޫން 2013
• މައްސަލަ ނިމުނު ތާރީޚް: 31 މާރޗް 2014
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު.ޢަބްދު ފަނޑިޔާރު: ޢަބްދުﷲ ޙަމީދު
ފަނޑިޔާރު. ޢަލީ ސަމީރު
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/190
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2013/VTR/118 މައްސަލަ ނިމިފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެމައްސަލަ އިސްތިއުނާފުކޮށްދިނުމަށް އެދި،
ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ބ. ކެންދޫ ރޯޒްވިލާ ޙުސައިން ޔާމީންއެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
1. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2013/VTR/118 މައްސަލަ ނިމިފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެމައްސަލަ އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހި
ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2013/VTR/118 މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެމައްސަލަ އަކީ، ބ. ކެންދޫ ރޯޒްވިލާ ޙުސައިން ޔާމީން 2009 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 01
ވަނަ ދުވަހުން ފެށިގެން ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގައި މަސައްކަތު މީހެއްގެ މަޤާމުގައި ވަޒީފާ އަދާކުރަމުން
އައިސްފައިވަނިކޮށް، 2013 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 04 ވަނަ ދުވަހު އޭނާ ވަޒީފާއިން ވަކިކޮށްފައިވާތީ،
ވަޒީފާއިން ވަކިކުރުމުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 100000.00 (އެއްލައްކަ) ރުފިޔާއާއި
އަދާކުރަމުންދިޔަ ވަޒީފާ އަލުން އަނބުރާ ދިނުމަށް އެދި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް
ދަޢުވާ ރައްދުވާގޮތަށް ޙުސައިން ޔާމީނު ހުށަހެޅި މައްސަލައެއްކަން އެނގެންއޮވެއެވެ.
ދިވެހިރާއްޖޭގެ
ބައިކްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/190
118VTR2013
3. މިމައްސަލައާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު
މައްސަލައިގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެމައްސަލާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، މި
މައްސަލައާއި ގުޅިގެން މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވާ ފަރާތުން ހުށަހެޅި އެންމެހާ
ލިޔެކިޔުންތަކަށާއި މައްސަލައިގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ނަޒަރުކުރާއިރު، މައްސަލަ ހުށަހެޅި
ޙުސައިން ޔާމީނު ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ މަސައްކަތު މީހެއްގެ މަޤާމުގައި 2009 ވަނަ އަހަރުގެ
އެޕްރީލް މަހުގެ 01 ވަނަ ދުވަހުން ފެށިގެން ވަޒީފާއަދާކުރަމުން ދަނިކޮށް، 2013 ވަނަ އަހަރުގެ އެޕްރީލް
މަހުގެ 04 ވަނަ ދުވަހު ވަޒީފާއިން ވަކިކޮށްފައިވަނީ، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާޢިދު 2011 ގެ
212 ވަނަ މާއްދާއާ ޚިލާފަށް ޒާތީގޮތުންކަމަށް ބުނެ، ވަޒީފާ އަލުން އިޔާދަކޮށްދިނުމަށާއި ވަޒީފާއިން
ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 100,000.00 (އެއްލައްކަ) ރުފިޔާ ނަގައިދިނުމަށް
އެދި ހުށަހަޅާފައިވާ މިމައްސަލައިގައި، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ، ވަޒީފާ
އަދާކުރަމުން ދިޔައިރު އޭނާގެ ޢަމަލުތައް ބަހައްޓަމުން ގެންދިޔަ ގޮތުގެ ސަބަބުން، ޝަރުޢީ ދާއިރާގެ
މުވައްޒަފުންގެ ޤަވާއިދު 2011 ގެ 212 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ނަސޭހަތްދީ
އިސްލާޙުވުމަށް ފުރުސަތު ދިނުމަށްފަހު އިޞްލާޙުވެފައިނުވާތީ، އިންޒާރު ދިނުމަށްފަހުގައިކަމަށް މައްސަލަ
ރައްދުވިފަރާތުން ބުނާއިރު، މިފަދަ ޙާލަތެއް މެދުވެރިވެގެންވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރަންވާނީ،
އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ޤާއިމުކުރަންޖެހޭ ޢަދުލުވެރިކަމާއި، އިޖްރާއީ އަދުލުވެރިކަން
ޤާއިމްކުރުމަށް ފަހުގައި ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިހާތަނަށް ނިންމާފައިވާ ވަޒީފާއާބެހޭ މިބާވަތުގެ
މައްސަލަތަކަށް ބަލާއިރު އެނގެން އޮންނައިރު، މައްސަލަ ހުށަހެޅިފަރާތް ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ
ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ބުރަވެވޭތީ، މައްސަލަ ހުށަހެޅިފަރާތް ވަޒީފާއިން ވަކިކުރަން ނިންމި
ނިންމުމަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އާ ޚިލާފަށް ނިންމި ނިންމުމެއްކަމުގައި
ކަނޑައަޅާނެ ތަނެއް ނެތްނަމަވެސް، އޭނާ ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަވާންޖެހޭ އިޖުރާއީ
ޢަދުލުވެރިކަން ފުރިހަމަ ކޮށްފައިވާކަން ސާބިތުވާ މިންވަރަށް މައްސަލަ ރައްދުވި ފަރާތުން ދަލީލު
4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/190
18
ހުށަހަޅާފައިނުވާތީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އިންސާފުވެރިކޮށްނޫން ކަމަށް މައްސަލަބެލި މަޖިލީހުގެ
މެންބަރުން އިއްތިފާޤުވާ ހިނދު، މައްސަލަ ހުށަހެޅި ފަރާތް އެދިފައިވާ ފަދައިން އޭނާއަށް އަލުން އަނބުރާ
ވަޒީފާ ދިނުމަށް މައްސަލަ ރައްދުވި ފަރާތަށް އަންގަން ބަލާއިރު، އިޖްރާއީ އަދުލުވެރިކަން ޤާއިމް ކުރެވިފައި
ނެތްނެތުމުން ހަމައެކަނި އެކަމުގެ މައްޗަށް ބަލައި، އޭނާއަށް ވަޒީފާ އަލުން އަނބުރާ ދިނުމަށް މައްސަލަ
ރައްދުވި ފަރާތަށް އެންގުމަކީ އެންމެ އިންސާފުވެރި ގޮތްކަމަށް ނުފެންނަ ކަމަށާއި، އޭނާ ވަޒީފާއިން
ވަކިކުރުމުގައި އިޖްރާއީ އަދުލުވެރިކަން ޤާއިމް ކޮށްފައިނުވާތީ މާލީ ބަދަލުގެ ގޮތުގައި 8,600.00 (އަށްހާސް
ހަސަތޭކަ) ރުފިޔާ މިއަދު (31 މާރިޗް 2014) އިން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި މައްސަލަ
ހުށަހެޅި ޙުސައިން ޔާމީނަށް އެކީ އެއްފަހަރާ ދިނުމަށްފަހު، އެކަން ހަމަޖެހޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް
] 2 4 2 92 22
މިފަދައިންނެވެ.
4. ވަޒީފާއާބެހޭ
ފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2013/VTR/118 މައްސަލަ ނިމިފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް
ނޫންކަމަށްބުނެ، އެޓަރނީ ޖެނެރަލްގެ އޮފީސް (ދިވެހި ދައުލަތް)ގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާއަކީ، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 212 ވަނަ
މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކުށްތަކަކީ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ 93 ވަނަ މާއްދާގެ
ދަށުން ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވިދާނެ ކުށްތަކެއްކަމަށް ވާއިރު، ވަޒީފާއާބެހޭ
ޓްރައިބިއުނަލުގެ ނަންބަރު 2013/VTR/118 ޤަޟިއްޔާގައި ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު
2011 ގެ 212 ވަނަ މާއްދާގެ (ށ) ގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު ނޯޓިސްދޭންޖެހޭނެ
ކަމުގައި ކަނޑައަޅުއްވާފައިވަނީ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 އާ ޚިލާފަށްކަމަށް ބުނެ
ހުށަހެޅި
cucouo
433
sޑ
ންeއވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
aންނަކަމެވެ.
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/190
5. މިމައްސަލައާ ގުޅިގެން، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2013/VTR/118 މައްސަލަ ނިމިފައިވާ ގޮތް ޝަރުއީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ،
އެޓަރނީ ޖެނެރަލްގެ އޮފީސް (ދިވެހި ދައުލަތް)ގެ ފަރާތުން
ހުށަހަޅާފައިވާ ސަބަބުގެ މައްޗަށް ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
0ނޤީންފަށއ
ކަން
(ހ) ފުރަތަމަ ކަމަކީ، ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު)ގެ 21 ވަނަ މާއްދާއަށް
ބަލާއިރު، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމުގައި ބަޔާންވެގެން
އޮންނަކަމާއި، އަދި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން، އެމުވައްޒަފަކު ހުށަހަޅާ ޝަކުވާއެއް ނުވަތަ
ދަޢުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ
ފަރާތުގެ ޒިންމާއެއްކަން ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި
އެނގޭކަމާއި، މީގެ
އިތުރުން މުވައްޒަފަކު ވަޒީފާއިން ވަކިކުރިކުރުމުގައި ނުވަތަ ވަޒީފާއިން ވަކިކުރުމުގެ ކުރިން އެމުވައްޒަފަކު
ވަޒީފާއިން ވަކިކުރިކުރުމަކީ އަދުލުވެރިކަމާއެކު
ކަށަވަރުކުރުމަށްޓަކައި ވަޒީފާދޭ ފަރާތުން
ގޮތްތަކެއް ނުވަތަ އަޅަންޖެހޭ ފިޔަވަޅުތަކެއް ހުންނަކަމަށާއި، ޢާންމު އުސޫލެއްގެ ގޮތުން
މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ
ޢަދުލުވެރިކަން (Substantive fairness) އާއި އިޖްރާއީ ޢަދުލުވެރިކަން (procedural fairness)
ޤާއިމުކުރުމަށް ފަހުގައިކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 208/HC
-
A/2010 ޤަޟިއްޔާގައި
63 4ދޑ 2 ތ 8
ތެދެކެމެއެކަލޭ
އދ29 ތ 48
4
ހއ 2
2 ދ ތ ދ ތ
ކަނޑައަޅައި
ކޮށްފައިވާކަން އެނގެން
(ށ) ދެވަނަ ކަމަކީ، ކެންދޫ ރޯޒްވިލާ ޙުސައިން ޔާމީނު ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގައި
މަސައްކަތު މީހެއްގެ މަޤާމުގައި ވަޒީފާ އަދާކުރަމުންދަނިކޮށް 2013 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 04 ވަނަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/190
44
އަނި
ދުވަހު ވަޒީފާއިން ވަކިކޮށްފައިވާތީ، ވަޒީފާއިން ވަކިކުރުމުން ލިބުނު ގެއްލުމުގެ ބަދަލެއްގެ
ގޮތުގައި 100000.00 (އެއްލައްކަ) ރުފިޔާއާއި އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ ލިބިދިނުމަށް އެދި
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލާގައި، ޙުސައިން ޔާމީން ވަޒީފާއިން ވަކިކުރުމުގެ ކުރިން
ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުރުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ބުރަވެވޭތީ ޙުސައިން ޔާމީން ވަޒީފާއިން
ވަކިކުރުމަށް ނިންމި ނިންމުމަކީ ވަޒީފާއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2/2008) އާ ޚިލާފަށް ނިންމި
ނިންމުމެއް ކަމުގައި ބަލާނެތަނެއް
ތަނެއްނެތްކަމަށާއި، ނަމަވެސް އޭނާ ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަވާންޖެހޭ
އިޖުރާއީ ޢަދުލުވެރިކަން ފުރިހަމަ ކޮށްފައިވާކަން ސާބިތުކޮށްދީފައިނުވާތީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ
އިންސާފުވެރިކޮށް ނޫންކަމަށްކަނޑައަޅުއްވައި، އިޖުރާއީ އަދުލުވެރިކަން ޤާއިމުނުކޮށް ވަޒީފާއިން ވަކިކުރުމުގެ
ސަބަބުން މާލީ ބަދަލުގެ ގޮތުގައި 8,600.00 (އަށްހާސް ހަސަތޭކަ) ރުފިޔާ ނަގައިދިނުމަށް ވަޒީފާއާބެހޭ
ޓްރައިބިއުނަލުން ޙުކުމްކުރައްވައި ނިންމަވާފައިވާ ނިންމެވުން އިސްތިއުނާފުކުރަމުން ދައުލަތުން ހުށަހަޅާފައިވާ
ނުކުތާއަކީ، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 212 ވަނަ މާއްދާގެ (ށ) ގައި
ބަޔާންކޮށްފައިވާ ކުށްތަކަކީ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ 93 ވަނަ މާއްދާގެ ދަށުން ނޯޓިސް
ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވިދާނެ ކުށްތަކެއްކަމަށް ވާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު
2013/VTR/118 ޤަޟިއްޔާގައި ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 212 ވަނަ މާއްދާގެ
(ށ) ގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު ނޯޓިސްދޭންޖެހޭނެ ކަމުގައި ކަނޑައަޅުއްވާފައިވަނީ
ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާކަމުން އެނުކުތާއަށް
ބަލާއިރު،
ޙުސައިން ޔާމީން ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިނުވާކަމަށް
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅުއްވާފައިވަނީ، ޙުސައިން ޔާމީން ވަޒީފާއިން ވަކިކޮށްފައިވަނީ
މަސައްކަތުގެ އަޚުލާޤު ރަނގަޅުކުރުމަށް ފުރުޞަތު ދިނުމަށްފަހުވެސް އިޞްލާޙުވެފައިނުވާތީކަން ހުށަހެޅިފައިވާ
ލިޔުންތަކުން އެނގެން އޮތްނަމަވެސް ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގައި ބުނެފައިވަނީ އެޤާނޫނުގެ 23
OXO
|
ހަޢީކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2014/HC-A/190
O cucu
ވަނަ މާއްދާގައިވާ ޙާލަތު ފިޔަވައި ވަކިމުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއް ވަޒީފާދޭ ފަރާތަށް
ބާޠިލްކުރެވޭނީ އެންމެ މަދުވެގެން ނޯޓިސް ދޭންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ނޯޓިސް ދިނުމަށްފަހުގައިކަމަށާއި،
ނަމަވެސް ޙުސައިން ޔާމީން މަސައްކަތުގެ އަޙްލާޤީ މިންގަނޑަށް ތަބާނުވުމުން ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ
މާއްދާގައިވާ ގޮތުގެ މަތިން އިޞްލާޙީ ފިޔަވަޅު އަޅާފައިވާއިރު ވަޒީފާއިން ވަކިކުރުމުގެ ކުރިން ދޭންޖެހޭ ނޯޓިސް
ދީފައިނުވާކަމަށް ބަޔާންކޮށްކަން އެޤަޟިއްޔާއަށް ބެލުމުން އެނގެންއޮންނަކަމާއި،
ޙުސައިން ޔާމީން ވަޒީފާއިން ވަކިކުރެވިފައިވަނީ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011
ގެ 212 ވަނަ މާއްދާގެ (ށ) ގެ 4، 2، 3 އަދި 11 ވަނަ ނަންބަރުގެ ދަށުންކަމަށް ތުޅާދޫ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2013/01 "ވަޒީފާއިން ވަކިކުރިކަން އަންގާލިޔުން" ގައި ބަޔާންކޮށްފައިވާކަމާއި، ޝަރުޢީ
ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 212 ވަނަ މާއްދާއަކީ ޝަރުޢީ ދާއިރާގައި ވަޒީފާއަދާކުރާ
މުވައްޒަފުންނާމެދު
މެދު އިޞްލާޙީ ފިޔަވަޅު އެޅުމުގައި ވަޒީފާގެ ކުށުގެ ދަރަޖަތައް ގިންތި ކުރެވޭނެ ގޮތް
ކަނޑައަޅާފައިވާ މާއްދާކަމާއި، އެގޮތުން އެމާއްދާގެ (ށ) އަކީ އިޞްލާޙުވުމަށް ފުރުޞަތުދީ ތަކުރާރުވާނަމަ
ވަޒީފާއިން ވަކިކުރުމަށް ހުށަހެޅޭނެ ކުށްތައް ބަޔާންކުރާ މާއްދާކަމާއި، އެގޮތުން އެމާއްދާގެ 4، 2، 3 އަދި 11
ބަލާއިރު، ކޯޓުގެ ނުވަތަ އިދާރާގެ އިސްކޮށް ހުންނަ ވެރިޔަކު ޤާނޫނާއި ޤަވާޢިދާ
އެއްގޮތްވާގޮތަށް ދޭ އިރުޝާދަކަށް ތަބާނުވެ، މަސައްކަތް ގަސްދުގައި ނުކުރުން ނުވަތަ އިޙުމާލުވުމާއި،
ކަނޑައެޅިފައިވާ ރަސްމީ މަސައްކަތުގަޑި ނިމުމުގެ ކުރިން ހުއްދަނެތި މަސައްކަތް ކުރާތަނުން ދިޔުމާއި،
އެއްބަސްވެފައިވާ ގޮތުގެމަތީން މަސައްކަތުގަޑީގެ އިތުރުން އިތުރުގަޑީގައި ކުރަންޖެހޭ މަސައްކަތެއް ކުރުމަށް
އެންގުމުން އެކަމަށް އިންކާރުކުރުން ނުވަތަ އިޙުމާލުވުމާއި ރަސްމީ މަސައްކަތު ގަޑީގައި ނިދުން އެއީ
އިޞްލާޙުވުމަށް ފުރުޞަތުދިނުމަށްފަހުވެސް ތަކުރާރުވާނަމަ ވަޒީފާއިން ވަކިކުރުމަށް ހުށަހެޅޭނެ ކުށްތަކުގެ
ތެރޭގައި ހިމެނޭކަންކަން ކަމަށް ބަޔާންކޮށްފައިވާކަމާއި،
ޙުސައިން ޔާމީން ވަޒީފާއިން ވަކިކުރިކުރުމުގެ ކުރިން އޭނާއާމެދު އަޅާފައިވާ ފިޔަވަޅުތައްކަމަށް ބުނެ
ޑިޕާޓްމަންޓް އޮފް ޖުޑީޝަން އެޑްމިނިސްޓްރޭޝަންއިން ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ބަޔާންކޮށްފައިވާ
ވަނަ ނަންބަރަށް
XOXO
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
2014/HC-A/190
"ލިޔުމުންދޭ ނަސޭހަތް"
4
2 ހދ
ކަންކަމަށާއި ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި
ފަރުވާކުޑަކުރަމުންދާތީ އެކަންކަން ތަކުރާރުވިޔަ ނުދިނުމަށް އަންގައި 17 ނޮވެމްބަރ 2009 ގައި ފުރަތަމަ
ފަހަރަށް ޙުސައިން ޔާމީނަށް ނަޞޭހަތްދީ އެންގުން އަންގާފައިވާކަމާއި، އޭގެ ފަހުން 21 މާރޗް 2010 އާއި
10 މެއި 2010 ގައި ޙުސައިން ޔާމީން ދިދަ ނެގުމުގައި ފަރުވާކުޑަވެ ގަޑިޖެހުން ގިންވަމުންދާތީ ނަޞޭހަތްދީ
އެންގުން އަންގާފައިވާކަމާއި، އަދި އޭގެ ފަހުން 16 ޖޫން 2010 ޙުސައިން ޔާމީން ވަޒީފާގެ މަސްއޫލިއްޔަތު
އަދާކުރުމުގައި ފަރުވާކުޑަކުރަމުންދާތީ ދިމާވާ މައްސަލަތައް ބަޔާންކޮށް އެކަންކަން ތަކުރާރުނުކުރުމަށް އަންގައި
ދިނުމަށްފަހުވެސް ފަރުވާކުޑަކުރަމުންދާތީ، ޙުސައިން ޔާމީން ފަރުވާކުޑަކުރަމުންދާ
ކަންކަން ބަޔާންކޮށް އެކަންކަން ނުކުރުމަށް އަންގައި 26 ޑިސެމްބަރ 2012 ގައި ލިޔުމުންދޭ އިންޒާރު
ދީފައިވާކަމާއި، ނަމަވެސް އޭގެފަހުންވެސް އޭނާ އިޞްލާޙުވެފައިނުވާތީ ޙުސައިން ޔާމީން ވަޒީފާއިން
ވަކިކުރެވިފައިވަނީ، އޭނާ އިތުރަށް އެވަޒީފާގައި ބެހެއްޓުމަކީ ތަނަށް ގެއްލުންތަކެއް ކުރިމަތިވެދާނެކަމެއްކަމަށް
ޤަބޫލުކުރެވިގެން އޭނާ ވަޒީފާއިން ވަކިކޮށްދިނުމަށް އެދި ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ޑިޕާޓްމަންޓް އޮފް
ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއަށް 14 މާރޗް 2013 ގައި ސިޓީ ފޮނުވުމުން، އެޑިޕާޓްމަންޓުގެ ނަންބަރު
2013
/
47/DJA(2) (04 އޭޕްރީލް 2013) ޗިޓާ ގުޅިގެންކަން އޭނާ ވަޒީފާއިން ވަކިކުރިކަން އަންގާލިޔުމަށް
ބެލުމުން އެނގެންއޮންނައިރު، މުވައްޒަފުގެ މަސައްކަތުގެ އަޚުލާޤު އެކަށީގެންނުވުމާއެކު، އޭނާ ވަޒީފާގައި
އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާ ކަމެއްކަމަށް ކޯޓަކަށް ނުވަތަ އިދާރާއަކަށް ނުވަތަ ޑިޕާޓްމަންޓް އޮފް
ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފެނިއްޖެނަމަ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައިވާ ގޮތުގެ މަތިން
ނޯޓިހެއް ދިނުމަކާ ނުލައި މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ ބާރު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަން އަށް ލިބިގެންވާކަން ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 93 ވަނަ
މާއްދާގައި ބަޔާންވެގެން އޮންނަކަމާއި، އެހެންކަމުން ޙުސައިން ޔާމީން ވަޒީފާގައި އިތުރަށް ބަހައްޓައިފިނަމަ
ތަނަށް ގެއްލުންތަކެއް ކުރިމަތިވެދާނެކަމަށް އޭނާ ވަޒީފާ އަދާކުރަމުންދިޔަ ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ފެނިގެން
އެކަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އަންގައި އެޑިޕާޓްމަންޓުގެ ނަންބަރު
OCCO
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/190
2013
/
47/DJA(2) (04 އޭޕްރީލް 2013) ޗިޓާ ޙަވާލާދީ ޙުސައިން ޔާމީން ވަޒީފާއިން ވަކިކޮށްފައިވަނީ
ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 93 ވަނަ މާއްދާގައި ނޯޓިހެއް ދިނުމަކާނުލައި
ބަޔާން
ވަޒީފާއިން ވަކިކުރުމަށް ހުއްދަ ޙާލަތުގައިކަން ފާހަގަކުރެވޭކަމެވެ.
ބ*
ތުޅާދޫ
44
ވީމާ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެމަތިން ހުރުމުން، ޙުސައިން ޔާމީން
މެޖިސްޓްރޭޓް ކޯޓުގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރަމުންދިޔަ އިރު އޭނާގެ ޢަމަލުތައް ބަހައްޓަމުން
ގެންދިޔަ ގޮތުގެ ސަބަބުން، ނަޞޭހަތްދީ އިޞްލާޙުވުމަށް އެތަކެއް ފުރުޞަތުތަކެއް ދީ އިޞްލާޙުނުވުމުން
އިންޒާރު ދިނުމަށްފަހުވެސް ޙުސައިން ޔާމީން މަސައްކަތަށް ފަރުވާކުޑަކުރަމުންދާތީ، އިތުރަށް އެވަޒީފާގައި
ބެހެއްޓުމަކީ ތަނަށް ގެއްލުންތަކެއް ކުރިމަތިވެދާނެކަމެއްކަމަށް ޤަބޫލުކުރެވިގެން އޭނާ ވަޒީފާއިން ވަކިކޮށްދިނުމަށް
އެދި ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ޑިޕާޓްމަންޓް އޮފް ޖުޑީ ޝަލް އެޑްމިނިސްޓްރޭޝަނަށް ލިޔުމުން، ޑިޕާޓްމަންޓް
އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަންބަރު 2013
/
47/DJA(2) (04 އޭޕްރީލް 2013) ޗިޓާ ޙަވާލާދީ
ޙުސައިން ޔާމީން ވަޒީފާއިން ވަކިކޮށްފައިވާވުމުގައި މައުޟޫޢީ ޢަދުލުރުވެރިކަން ޤާއިމުކުރެވިފައިވީނަމަވެސް،
ޙުސައިން ޔާމީން ވަޒީފާއިން ވަކިކުރުމުގެ ކުރިން ދޭންޖެހޭ ނޯޓިސް ދީފައިނުވާތީ އިޖުރާއީ ޢަދުލުވެރިކަން
ފުރިހަމަކޮށްފައިނުވާކަމަށް ކަނޑައަޅުއްވައި، އިޖުރާއީ އަދުލުވެރިކަން ޤާއިމުނުކޮށް ވަޒީފާއިން ވަކިކުރުމުގެ
ސަބަބުން މާލީ ބަދަލުގެ ގޮތުގައި 8,600.00 (އަށްހާސް ހަސަތޭކަ) ރުފިޔާ ނަގައިދިނުމަށް ވަޒީފާއާބެހޭ
ޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އެއްބަސްވެވިފައިވެއެވެ.
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ
ނަންބަރު 2013/VTR/118 މައްސަލާގައި ނިންމަވާފައިވާ ނިންމެވުމަށް
ކަމަށް މިމައްސަލަ
މ އމ ގ 2
2
2
6 ޑއ އ
م کر سسر میری
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
2014/HC-A/190
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ
ނަންބަރު 2013/VTR/118 މައްސަލާގައި ނިންމަވާފައިވާ ނިންމެވުން ބާޠިލުކޮށް، މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފިމެވެ.
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv