ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/388 ޤަޟިއްޔާގެ ޙުކުމް
1
2015/HC-A/388
ހިރާއްޖެ
* ނަން: ޙައްވާ ޢަލީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮޔާށީ، މާލެ، ދިވެހިރާއްޖެ، ދޯން 332502، ފެކްސް 333171 •
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 388/HC
-
A/2015
• އިސްތިއުނާފުކުރި ފަރާތް:
އެޑްރެސް: މ.ރެޑްހިލް( ކ.މާލެ
ދ.ރ.ކ. ނަންބަރު: A056814
އެޑްރެސް: މ.ރެޑްހިލް ކ.މާލެ
• އިސްތިއުނާފު ރައްދުވި ފަރާތްތައް :
* ނަން: ޢާއިޝަތު ޙަސަން
ދާއިމީ އެޑްރެސް: ތީސްރީމަންޒިލް/ މ.މުލައް
ދ.ރ.ކ. ނަންބަރު. A159804
މިހާރުގެ އެޑްރެސް: މ.ލަންސިމޮވިލާ/ ކ.މާލެ
•ރަޖިސްޓްރީ ކުރެވުނު ތާރީޚް: 19 ޞަފަރު 1437 •ނިމުނު ތާރީޚް: 14 ރަޖަބް 1438
01 ޑިސެމްބަރ 2015
11 އެޕްރީލް 2017
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2013/Cv-C/730
• ނިންމެވި ކޯޓު: ސިވިލް ކޯޓު
• މައްސަލައިގެ ބާވަތް: މަދަނީ މައްސަލަ
• ހުށަހެޅުނު ތާރީޚް: 02 އެޕްރީލް 2013 • ނިމުނު ތާރީޚް: 27 އޯގަސްޓް 2015
މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، އިސްފަނޑިޔާރު: ޢަބްދުﷲދީދީ، ފަނޑިޔާރު: ޢަބްދުﷲ ޢަ2
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
0
2
ޓެ އޯޓް
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/388
ދަޢުވާގެ ޚުލާޞާ
OXOC
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/730 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި
މ.ރެޑްހިލް ޙައްވާ ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ރައްދުވާ ފަރާތަކީ، މ.މުލައް ތީސްރީމަންޒިލް ޢާއިޝަތު
ޙަސަންއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/730 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، މ.ރެޑްހިލް އެވެ ކިޔާ ބަންޑާރަ ގޯތި (ރަޖިސްޓްރީ
ނަންބަރު ބ.14055) އިން ޙައްވާ ޢަލީ (އައި.ޑީ ކާޑު ނަންބަރު: A056814) ގެ މިލްކުގައިވާ
2000 (ދެހާސް) އަކަފޫޓުގެ ބިމުން 1175 (އެއްހާސް އެއްސަތޭކަ ހަތްދިހަ ފަހެއް) އަކަފޫޓުގެ
ޢިމާރާތެއް އެޅުމަށްޓަކައި -/
173,250ރ. (އެއްލައްކަ ހަތްދިހަ ތިންހާސް ދުއިސައްތަ ފަންސާސް
ރުފިޔާ) އަށް މ.މުލައް ސްރީމަންޒިލް ޢާއިޝަތު ޙަސަން (އައިޑީ ކާޑު ނަންބަރު: A159804)
އަށް 35 (ތިރީސްފަހެއް) އަހަރު ދުވަހަށް ކުއްޔަށް ދިނުމަށް 2011 މެއި 10 ވަނަ ދުވަހު
އެއްބަސްވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ޙައްވާ ޢަލީ ޢަމަލުކޮށްފައި ނުވާތީ ޝަރީޢަތުން ޙައްވާ
ޢަލީގެ މައްޗަށް މިއެއްބަސްވުމާއި އެއްގޮތަށް ޢަމަލުކޮށް، މ.ރެޑްހިލް ގެއިން ޢާއިޝަތު ޙަސަނަށް
ކުއްޔަށްދީފައިވާ 1175 (އެއްހާސް އެއްސަތޭކަ ހަތްދިހަ ފަހެއް) އަކަފޫޓު އެފަރާތާއި ޙަވާލުކުރުމަށް
އަމުރުކޮށްދިނުންއެދި ޙައްވާ ޢަލީގެ މައްޗަށް ޢާއިޝަތު ޙަސަން ހުށަހެޅުމުން
ހުށަހެޅުމުން ބެލެވުނު މައްސަލައެއްކަން
އެނގޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 1971
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/388
24
އެޤަޟިއްޔާގައި ސިވިލް ކޯޓުން ޙުކުމްކުރައްވާފައިވަނީ، "ދެންފަހެ، ބުނެވިދިޔަކަންކަން
އެހެން ހުރުމުން ލ.ރެޑްހިލް އެވެ ކިޔާ ބަންޑާރަ ގޯތިން ޙައްވާ ޢަލީ އަށް މިލްކުވެގެންވާ 2000
އަކަފޫޓުގެ ބިމުން 1175 އަކަފޫޓުގެ ޢިމާރާތެއް އެޅުމަށްޓަކައި ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާ
ދެމެދު 2011 މެއި 10 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަމަށާއި ބިމުގެ
މުޤާބިލުގައި ޙައްވާ ޢަލީއަށް ލިބެންޖެހޭ -/
173,250ރ. (އެއްލައްކަ ހަތްދިހަ ތިންހާސް ދުއިސައްތަ
ފަންސާސް ރުފިޔާ) ޙައްވާ ޢަލީއަށް ލިބިފައިވާކަން ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި،
ބުނެވިދިޔަ އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރުމަށާއި އަދި ކުއްޔަށްދީފައިވާ 1175 އަކަފޫޓުގެ ބިން
ޢިމާރާތް އެޅުމަށްޓަކައި މިއަދު، 27 އޮގަސްޓް 2015 ވަނަ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ
ތެރޭގައި ޢާއިޝަތު ޙަސަން އާއި ޙަވާލުކުރުމަށް ދަޢުވާލިބުނު ޙައްވާ ޢަލީ އަންގައި، ޙުކުމްކޮށްފީމެވެ."
މިފަދައިންނެވެ.
OXO
02-ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/730 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ލ.ރެޑްހިލް(
ކ.މާލެ ޙައްވާ ޢަލީގެ ފަރާތުން 03 (ތިނެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން
ދިވެހިރާއްޖޭގެ
ރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ؟
.
(ހ) ފުރަތަމަ ނުކުތާއަކީ، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 3
ވަނަ މާއްދާއާއި، 12 ވަނަ މާއްދާއާއި، އަދި 13 ވަނަ މާއްދާއަށް ރިޢާޔަތްކޮށްފައި ނެތުން ކަމަށް ބުނެ
ހުށަހެޅި ނުކުތާއެވެ.
oo
(ނ) ދެވަނަ ނުކުތާއަކީ، ދެބަސްވުން އުފެދިގެން އުޅޭ އެއްބަސްވުން ކޯޓުގައި
ރަޖިސްޓްރީ ކުރެވިފައިވަނީ އެގްރީމެންޓާއި އެހެނިހެން ލިޔުން ރަޖިސްޓްރީ ކުރުމާއި ތަޞްދީޤު ކުރުމުގެ
ޤަވާޢިދާއި ގޮތަށްތޯ ފަނޑިޔާރު ބަލާފައިނެތުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
، هxދ ه2
پیر مرمی
ބައިކް
3;A641)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
بشم مي
މުނު ގޮތުގެ ޚުލާޞާ
2015/HC-A/388
(ނ) ތިންވަނަ ނުކުތާއަކީ، ދަޢުވާލިބޭ ފަރާތަށް ދިފާޢުގައި ހެކި ހުށަހެޅުމަށް ފުރުޞަތު
ނުދިނުމާއި އަދި ތިންވަނަ ފަރާތެއްގެ މަޞްލަޙަތު އޮތްކަން ޝަރީޢަތަށް އެނގިހުރެ އެފަރާތުގެ ބަހެއް
މަކާނުލައި މައްސަލަ ނިންމަވާފައިވުންކަމަށް
ހިންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
32 ހދ ހ
03- މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/730
ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ
އިސްތިއުނާފު ކޮށްދިނުން އެދި މ.ރެޑްހިލް/ ކ.މާލެ ޙައްވާ ޢަލީގެ ފަރާތުން އިސްތިއުނާފު ކުރުމަށް
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަކަމަކީ، އިސްތިއުނާފު ކުރެވިފައިމިވާ ސިވިލްކޯޓުގެ ނަންބަރު
2013/Cv-C/730 ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާގައި މ.މުލައް ތީސްރީ މަންޒިލް ޢާއިޝަތު
ޙަސަންގެ ފަރާތުން މ.ރެޑްހިލް/ ޙައްވާ ޢަލީގެ މައްޗަށް ރައްދުވާގޮތަށް ސިވިލް ކޯޓުގައި ދަޢުވާ
އުފުލާފައިވަނީ މ.ރެޑްހިލް އެވެ ކިޔާ ބަންޑާރަގޯތުން ޙައްވާ ޢަލީގެ މިލްކުގައިވާ 2000 (ދެހާސް)
އަކަފޫޓުގެ ބިމުން 1175 (އެއްހާސް އެއްސަތޭކަ ހަތްދިހަ ފަހެއް) އަކަފޫޓުގެ ބިމުގައި ޢިމާރާތެއް
ކުޅުމަށްޓަކައި އެބިން 35 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް މިދެފަރާތުގެ ދެމެދުގައި 10
މެއި 2011 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ޙައްވާ ޢަލީ ޢަމަލުކޮށްފައިނުވާތީ، ޙައްވާ
ޢަލީ މިއެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރުމަށް އަންގާ މ.ރެޑްހިލް ގެއިން ޢާއިޝަތު ޙަސަން
ކުއްޔަށްހިފި 1175 (އެއްހާސް އެއްސަތޭކަ ހަތްދިހަ ފަހެއް) އަކަފޫޓުގެ ބިން ޢާއިޝަތު ޙަސަނާއި
ޙަވާލުކޮށްދިނުމަށް އެދި އެއްބަސްވުން ތަންފީޛުކުރުމުގެ ގޮތުން ކަން އޮންނައިރު، ކޮންޓްރެކްޓަކީ،
ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އެ ޤާނޫނު ތަކުން ބާރު ލިބިގެން ހެދޭ ޤަވާޢިދު ތަކާއި އިސްލާމްދީނުގެ
އަސްލަކާއި އިސްލާމީ ޝަރީޢަތާއި ޚިލާފުނުވާ ގޮތެއްގެ މަތިން ދެފަރާތެއްގެ ދެމެދު ބަނދެވޭ
ބަނދެވުމެއްކަމުގައިވާއިރު، ގޮތުގައި ވެވިފައިވާ
ކޮންޓްރެކްޓެއް
މަހާހިނ ތަންފީޛުކުރުމަކީ ކޮންޓްރެކްޓެއްގެ ބައިވެރިންގެ
ނެކަމެއްކަން
ooOoxc
ޞައްޙަ
ޗެ
ބެ eލންވެހެހނދާ
މައްޗަށް
83އގޮއވ
· · · 2
އނގޭ ކަމެވެ.
3367
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއް
މުނު ގޮތުގެ ޚުލާޞާ
2015/HC-A/388
cod OOX
اسرع را پیگی
.
od
ހ) ދެވަނަކަމަކީ، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 13 ވަނަ
މާއްދާއަށް ބަލާއިރު އެމާއްދާގައި ބުނަނީ އަމިއްލަ އިޚްތިޔާރުގައި ނޫންގޮތަކަށް މީހަކު ނުވަތަ ބަޔަކު
ބައިވެރިވެފައިވާނަމަ، އެއީ ބާޠިލު ކޮންޓްރެކްޓަކަށް ވާނެކަމަށްކަމާއި، މިގޮތުން
އަމިއްލަ އިޚްތިޔާރުގައި ނޫންގޮތަކަށް ކުރެވޭ ކޮންޓްރެކްޓްތަކުގެ ތެރޭގައި ބިރެއް ދައްކައިގެން، ނުވަތަ
ޙަޤީޤަތް އޮޅުވާލައިގެން، ނުވަތަ ނުރަނގަޅު ގޮތަކަށް ނުފޫދުގެ ބޭނުންކޮށްގެން ކޮންޓްރެކްޓުކުރުމާއި
ބުއްދި ސަލާމަތުން ނެތް މީހުން ކުރާ ކޮންޓްރެކްޓްތަކަކީ އަމިއްލަ އިޚްތިޔާރުގައި ނޫންގޮތަކަށް ކުރެވޭ
ކޮންޓްރެކްޓްތަކުގެ ގޮތުގައި ބެލެވިދާނެކަމާއި، ޙައްވާ ޢަލީ އާއި ޢާއިޝަތު ޙަސަނާއި ދެމެދު ވެފައިވާ
އެއްބަސްވުން ވެވިފައިވަނީ ޙައްވާ ޢަލީގެ އަމިއްލަ އިޚުތިޔާރުގައި ނޫންކަމަށް ޙައްވާ ޢަލީގެ ފަރާތުން
ބުނިނަމަވެސް މިދެފަރާތުގެ ދެމެދު ގައި ވެވުނު މިއެއްބަސްވުމަކީ މަދަނީކޯޓުގައި ނަންބަރު
295
/
2010-MC
/
C ގޮތުގައި ރަޖިސްޓްރީކުރެވިފައިވާ އެއްބަސްވުމެއް
އެއްބަސްވުމެއްކަމާއި، ކޯޓުތަކުން އެއްބަސްވުން
ރަޖިސްޓްރީކޮށްދެނީ ސީދާ އެފަރާތަކުން ނުވަތަ ޕަވަރ އޮފް އެޓަރނީ ލިބިގެން ބަދަލުގައި ޢައްޔަންކުރާ
ފަރާތަކުން ކޯޓަށް ޙާޟިރުވެ ރަޖިސްޓްރީ ކުރާ ފަރާތުގެ ކުރިމަތީގައި މިއެއްބަސްވުމުގައި ސޮއިކޮށް
އިނގިލީގެ ނިޝާން ޖަހައިގެންކަމާއި އަދި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެއްބަސްވުން
ރަނގަޅަށް ކިޔައިފައިވޭތޯ އެފަރާތްތަކާއި ސުވާލުކުރުމަށްފަހުގައިކަމާއި، ޙައްވާ ޢަލީ އާއި ޢާއިޝަތު
ޙަސަން އާއި ދެމެދު ވެވުނު މިއެއްބަސްވުމުގައި ޙައްވާ ޢަލީއާއި ޢާއިޝަތު ޙަސަންގެ ފަރާތުން
ސޮއިކޮށް އިނގިލީގެ ނިޝާން ޖަހަން އޮތްތަނުގައި އެދެފަރާތުންމެ ސޮއިކޮށް އިނގިލީގެ ނިޝާން
ޖަހާފައިވާކަން އެނގެން އޮންނައިރު، މިއެއްބަސްވުމުގައި ސޮއިކުރަނީ އެއްބަސްވުން ރަނގަޅަށް ކިޔައި
ވިސްނައި ބުއްދި ސަލާމަތުން ހެޔޮޙާލުގައި ތިބެ އެއްވެސް ފަރާތެއްގެ މަޖުބޫރުކަމެއްނެތިކަމަށް
މިއެއްބަސްވުމުގައި ލިޔެފައިވާކަން އެނގެން އޮންނައިރު، މިއެއްބަސްވުމުގައި ދެފަރާތުންމެ
ސޮއިކޮށްފައިވަނީ ކޯޓުގައިކަމަށްވެފައި މިއެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ޙައްވާ ޢަލީގެ އަމިއްލަ
އިޚުތިޔާރުން ބޭރުވާފަދަ އެއްވެސްކަމެއް ޢާއިޝަތު ޙަސަންގެ ފަރާތުންކޮށް ޙައްވާ ޢަލީ އަށް
މަޖުބޫރުކުރުވިކަން އަދި މިއެއްބަސްވުމުގައި ސޮއިކުރި އިރު ޙައްވާ ޢަލީ އަކީ ބުއްދި ހަމަނުޖެހޭ
ފަރާތެއްކަން އެނގޭފަދަ ހަރުދަނާ އެއްވެސް ޙުއްޖަތްތަކެއް ޙައްވާ ޢަލީއަށް ދެއްކިފައިނެތުމުން،
މިއެއްބަސްވުމުގައި ސޮއިކުރެވުނީ ޙައްވާ ޢަލީގެ އަމިއްލަ އިޚުތިޔާރުން ބޭރުގައިކަން ސާބިތުވާން
,
ތެކެމެވެ.
މައިކްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
بشامي
މުނު ގޮތުގެ ޚުލާޞާ
2015/HC-A/388
OXO
OXOC
6
2¢
(ނ) ތިންވަނަކަމަކީ، ޝަރީއަތްކުރުމާއިބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު 6 ގެ 307
ވަނަ މާއްދާގައި، އެގްރީމެންޓާއި، އެހެނިހެން ލިޔުން ރަޖިސްޓްރީކޮށްދިނުމާއި، ތަސްދީޤުކޮށްދިނުމުގައި
ކޯޓުން ޢަމަލުކުރަންވީ ގޮތް ބަޔާންކޮށްފައިވާއިރު، ޙައްވާ ޢަލީއާއި ޢާއިޝަތު ޙަސަން އާއި ދެމެދު
ވެވުނު އެއްބަސްވުމަކީ އެޤަވާޢިދާއި އެއްގޮތަށް ރަޖިސްޓްރީކުރެވުނު އެއްބަސްވުމެއްތޯ މިމައްސަލަ
ދަށުކޯޓުގައި ބެއްލެވި ފަނޑިޔާރު ބަލާފައިނެތްކަމަށް ޙައްވާ ޢަލީގެ ފަރާތުން ބުނެފައިވާއިރު،
މިއެއްބަސްވުމަކީ އެޤަވާޢިދުން ބޭރުން ރަޖިސްޓްރީ ކުރެވިފައިވާ އެއްބަސްވުމެއްކަމަށް ޙައްވާ ޢަލީ
ދެކޭނަމަ އެކަން ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ޙައްވާ ޢަލީ ކަމާއި، މިމައްސަލައާއި ގުޅިގެން
ޙައްވާ ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދެއްކި ވާހަކަތަކުގައި އެއްބަސްވުން އެޤަވާއިދާއި
އެއްގޮތް ނުވާ ސަބަބަކީ އެއްވެސް ހެކިވެރިޔަކުނެތި ޙައްވާ ޢަލީ އެކަނި ކޯޓަށް ޙާޟިރުވެ
އެއްބަސްވުމުގައި ސޮއިކޮށްފައި އޮތް އޮތުމާއިމެދު އުފައްދާ ސުވާލާއި އެއްބަސްވުމުގައި ބައެއް ސަފްޙާ
ތަކުގައި ސިވިލް ކޯޓު އަނެއް ބައި ސަފްޙާ ތަކުގައި މަދަނީ ކޯޓުގެ ތައްގަނޑު ޖެހިފައި އޮންނާތީ
އުފައްދާ ސުވާލުކަން އެނގެން އޮތްއިރު، ކޮންމެ އެއްބަސްވުމެއްގައި އެ އެއްބަސްވުމުގައި ސޮއިކުރެވޭ
އިރު ހެކިވެރިން ބައިތިއްބައިގެން ސޮއިކުރަން ޝަރީއަތްކުރުމާއިބެހޭ ގޮތުން ހެދިފައިވާ އެޤަވާޢިދު
ލާޒިމް ނުކުރާކަމާއި، ޝަރީއަތްކުރުމާއިބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު 6 ގެ 07 ވަނަ (ށ) ގައި
ބަޔާން އެކުރަނީ އެއްބަސްވުމުގައި ސޮއިކުރުމަށް ހެކިވެރިން ހަމަޖެއްސުމަށް އެއްބަސްވުމުގެ ބައިވެރިން
ބޭނުންނަމަ އެފަރާތްތައް ކޯޓަށް ޙާޟިރުކޮށް ހެކިވެރިން ކޯޓުގައި ސޮއިކުރަންޖެހޭނެކަމުގައިކަން
އެނގޭކަމާއި، އެއްބަސްވުމުގެ ބައެއް ސަފްޙާތަކުގައި މަދަނީކޯޓު އަދި އަނެއް ބައި ސަފްޙާތަކުގައި
ސިވިލް ކޯޓުގެ ތައްގަނޑު ޖަހާފައި އޮތްކަމަށް ޙައްވާ ޢަލީގެ ފަރާތުން ބުނިނަމަވެސް އެއްބަސްވުމުގެ
އަޞްލު ހިމެނޭ ބައިތަކުގައި ސޮއި ކުރެވުނު ގަނޑުތަކުގައި ޖެހިފައި ހުރީ މަދަނީ ކޯޓުގެ
ތައްގަޑުކަމާއި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ލިޔުންތަކުގައި ހިމެނޭ މި ސްވުމުގެ
އެއްގަނޑެއްގައި ސިވިލް ކޯޓުގެ ތައްގަޑު ޖަހާފައި އެވަނީ މިޤަޟިއްޔާ ރިޕޯޓް ދޫކުރެއްވިއިރު، ރިޕޯޓުގެ
ލިޔުމެއްގޮތުގައި ދޫކުރެވުނު ލިޔުމަކަށްވާތީކަން އެނގޭކަމާއި، މިހެންކަމުން ޙައްވާ ޢަލީ އާއި ޢާއިޝަތު
ޙަސަން ދެމެދު ވެވުނު އިޝާރާތްކުރެވު.
ރާތްކުރެވުނު އެއްބަސްވުން މަދަނީކޯޓުގައި ރަޖިސްޓްރީ ކުރެވުނީ
ޝަރީއަތްކުރުމާއިބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު 6 ގެ 307 ވަނަ މާއްދާގައި ބުނާގޮތާއި ޚިލާފަށްކަން
ސާބިތުކުރެވޭ މިންވަރުގެ އެއްވެސް ކަމެއް ޙައްވާ ޢަލީއަށް ބުނެދެވިފައިނުވާކަން އެނގެން އޮންނަކަމެވެ.
cu o
2
6 ދ 4
3
2
އެއްބަސްވެމުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮޔާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 371
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
ފޯޟިއްޔާ
މުނު ގޮތުގެ ޚުލާޞާ
2015/HC-A/388
OX
occouc
(ރ) ހަތަރުވަނަކަމަކީ، އެކިއެކި މައްސަލަތަކާއި ގުޅިގެން މައްސަލާގައި ހިމެނޭ
ފަރާތްތަކުން ހުށަހަޅާ ހެކިތަކާއި ދަލީލުތައް ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު ކޯޓުން
ފަހިކޮށްދެނީ އެފުރުސަތު އެގޮތަށް ހޯދުމަށް އެދި ހުށަހެޅުމުންކަމާއި، އަދި މިފަދައިން ހުށަހެޅުމުން ދެވޭ
ފުރުސަތުގައި ހުށަހެޅޭ ހެކިތަކާއި ޤަރީނާތަކުގެ ތެރެއިން ކޯޓުން ބަލައިގަނެ ޙާޟިރުކުރެވޭނީ
ހުށަހެޅިފައިވާ މައްސަލައާއި ގުޅޭ ހެކި ޤަރީނާކަމާއި، މިމައްސަލައާއި ގުޅިގެން ޙައްވާ ޢަލީގެ ފަރާތުން
ދިފާޢުގައި ހެއްކެއްގެ ގޮތުން އޭނާއަކީ ބުއްދި ސަލާމަތުން ހުރި މީހެއް ނޫންކަން ސާބިތުކުރުމަށް ހެކި
ހުރިކަމަށް ބުނިނަމަވެސް އެފުރުސަތު ފަނޑިޔާރު ދެއްވާފައިނެތްކަމަށް ޙައްވާ ޢަލީގެ ފަރާތުން ބުނާއިރު،
ޙައްވާ ޢަލީ އަކީ ބުއްދި ސަލާމަތުން ނެތް މީހެއްކަން ސާބިތުކުރަން ބޭނުންވެގެން ދަށުކޯޓަށް އެއްވެސް
ހެއްކެއް ހުށަހެޅިކަން އަދި ހުށަހަޅަން ބޭނުންވެ ހުށަނޭޅުނީ ކޮން ހެއްކެއްކަން ޙައްވާ ޢަލީއަށް
ބުނެދެވިފައި ނެތްއިރު އެކަމުގެ މައްޗަށް ބާރު ލިއްބައިދޭ އެއްވެސް ހެއްކެއް ދިވެހިރާއްޖޭގެ
ހައިކޯޓަށްވެސް ޙައްވާ ޢަލީގެ ފަރާތުން ހުށަހަޅާފައިނުވާކަމާއި، މީގެ އިތުރުން މިމައްސަލަ އާއި ގުޅިގެން
ހެކިންގެ ގޮތުގައި ޙާޟިރުކުރުމަށް އެދި ޙައްވާ ޢަލީގެ ފަރާތުން ދަށުކޯޓުގައި އެދިފައިވަނީ
މ.ރެޑްހިލްގޯތީގެ ރަޖިސްޓްރީ ޢާއިޝަތު ޙަސަން ގެންދިޔަކަން ސާބިތުކުރުމަށް މއ.އެމަޓޭޝަންގެ
ފާތިމަތު ޔާސްމީން އާއި، މ.ރެޑްހިލްގެއިން މ.ފެންފޯއްމާގެ ޢަބްދުލްޣަނީ މުޙައްމަދު ޢިމާރާތެއް 01
ޑިސެމްބަރ 2009 ގައި ކުއްޔަށް ހިފިކަން ސާބިތުކުރުމަށް
ކުއްޔަށް ހިފުމުގެ އެ
އެއްބަސްވުމުގައި ސޮއިކުރި ދެހެކިން ކަމަށް ޙައްވާޢަލީގެ ފަރާތުން ދަށުކޯޓަށް ހުށަހެޅި ދަޢުވާގެ ޖަވާބު
ފޯމުގައި ބަޔާންކޮށްފައިވާއިރު، މިފަރާތްތަކަކީ ދަށުކޯޓުން ބެލެވުނު މައްސަލައާއި ސީދާ ގުޅުންހުރި
އެފަރާތްތަކުގެ ހެކިބަސް މިމައްސަލައިގައި ހޯދުން ލާޒިމްކުރާ ފަރާތްތަކެއް ކަމުގައި
2 / 24
އެންސީއެއ
3 $ &2ދ $ &
3
/
08ކމެވެ.
730/Cv-C/2013
ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންދެކެނީ ސިވިލްކޯޓުގެ ނަންބަރު
ޤަޟިއްޔާ
އިސްތިއުނާފުކުރުމަށް ޙައްވާ ޢަލީގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް
އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް
ބަބެއް ފެންނަން ނެތްކަމުގައެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331471
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
8
2015/HC-A/388
ނިމުނު ގޮތުގެ ޚުލާޞާ
ފޯއޔަ
ކޯޓުގެ
730/Cv-C/2013
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ސިވިލް
ނަންބަރު
ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ
އިސްތިއުނާފުކުރުމަށް ޙައްވާ ޢަލީގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެޙުކުމަށް
ބަދަލުގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ވިޔަސް ފެންނަން ނެތްކަމަށް މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، ސިވިލް ކޯޓުގެ
ނަންބަރު 2013/Cv-C/730 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭނެ
ތަނެއް ނެތްކަމަށް ކަނޑައަޅައި އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
OXO
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv