ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A-02/01 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-201
بما امن
404
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
WWW
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 2
/
01-HC
-
A/2016
• މައްސަލަ އައިގޮތް: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގެ ނަންބަރު BA1
/
95
/
2016
/
54-197 (04
އޮކްޓޯބަރު 2016) ސިޓީން.
* ދަޢުވާކުރާ ފަރާތް: ޒުންނަވާރު ސަލީމް * ދާއިމީ އެޑްރެސް: ޅ.ނައިންހައުސް ކ.މާލެ
* އައި.ޑީ.ކާޑު ނަންބަރު: A010996
* މިހާރުގެ އެޑްރެސް: ގ.ކްރެބްޓްރީ ކ.މާލެ
* ދަޢުވާލިބޭ ފަރާތް: އެންޓި-ކޮރަޕްޝަން ކޮމިޝަން * ދާއިމީ އެޑްރެސް: ހުރަވީ ބިލްޑިންގ
މިހާރުގެ އެޑްރެސް: އެންޓި ކޮރަޕްޝަން ކޮމިޝަން
* ދަޢުވާލިބޭ ފަރާތް: އެޓަރނީ ޖެނެރަލްގެ އޮފީސް
ދާއިމީ އެޑްރެސް: ހ.ވެލާނާގެ މާލެ
މިހާރުގެ އެޑްރެސް: ހ.ވެލާނާގެ/ މާލެ
* ދަޢުވާލިބޭ ފަރާތް: މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ * ދާއިމީ އެޑްރެސް: ހ.ވެލާނާގެ! މާލެ
މިހާރުގެ އެޑްރެސް: ވެލާނާގެ ބިލްޑިންގ
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 09 އޮކްޓޯބަރު 2016
، ނިމުނު ތާރީޚް: 21 ނޮވެމްބޭރުގެ 20
އަލުންބެލުމަށް ތަޙްލީލު ކުރެވުނު ޤާޟިއްޔާ
• ނަންބަރު: 05/SC
-
A/2015
ދިވެހި ރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-201
<< O
ނިންމެވި ކޯޓް: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
• މައްސަލައިގެ ބާވަތް: އިދާރީ ފިޔަވަޅު ބާޠިލްކުރުން
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް
ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު މުޙައްމަދު ނިޔާޒް
(ރިޔާސަތު)
• ދަޢުވާގެ ޚުލާޞާ
މައްޗަށް
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 161/HC
-
A/2014 ޤަޟިއްޔާ ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބުނެ މ.ނައިންހައުސް)މާލެ، ޒުންނަވާރު ސަލީމްގެ ފަރާތުން
އެޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިލްތިމާސް ކުރުމުން އެކޯޓުގެ ނަންބަރު 05/SC
-
A/2015
ޤަޟިއްޔާގައި އެމައްސަލަ ބައްލަވައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 161/HC
-
A/2014 ޤަޟިއްޔާއަށް
ޒުންނަވާރު ސަލީމް 1މ.ނައިންހައުސްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފް ނުކުތާތަކުގެ
ދިވެހިރާއްޖޭގެ ހައިކޯޓުން މައުޟޫޢީ ގޮތުން ނަޒަރުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްވެ
ބަޔާންކޮށްފައިވާ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އަދި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ
ކޯޓުތަކުގެ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ހ) އާއި (ނ) އާއި (ރ) އާއި (ބ) ގައި ކަނޑައެޅިފައިވާ
އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1790 ޤަޟިއްޔާގައި
ންނަވާރު ސަލީމް ކޮށްފައިވާ ދަޢުވާއާ ގުޅިގެން އެ ޤާޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް،
ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިންތޯ ނުވަތަ ނޫންތޯ ދިވެހިރާއްޖޭގެ ހައިކޯޓުން
ބަލައި، ފައިޞަލާކުރަނިވި ނިންމުމަކުން ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލަ ނިންމުމަށްޓަކައި
ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން،
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-201
ދިވެހިރާއް ހައިކޯޓުގެ ނަންބަރު 161/HC
-
A/2014 ޤަޟިއްޔާގެ މުޅި މައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓަށް ތަޙްވީލް ކުރުމުން ބެލެވުނު ޤަޟިއްޔާ އެކެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް
-1
404
8
ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1790 ޤަޟިއްޔާގައި، އެންޓި ކޮރަޕްޝަން
ކޮމިޝަނާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި، އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މައްޗަށް
ޅ.ނައިންހައުސް މާލެ، ޒުންނަވާރު ސަލީމުގެ ފަރާތުން ހުށަހެޅި މައްސަލައަކީ، އެންޓި ކޮރަޕްޝަން ކޮމިޝަނަށް
ލިބިގެންވާ ބާރަކީ ހަމައެކަނި ދައުލަތުގެ އިދާރާތަކުން ހިންގާ ކަންތައްތަކުގެ ތެރޭގައި ކޮރަޕްޝަންގެ ޢަމަލުގެ
ގޮތުގައި ތުހުމަތު ކުރެވޭ ކަންތައްތައް ތަޙްޤީޤު ކުރުމަށާއި، އެ ތަޙްޤީޤު ފުރިހަމަ ކުރުމަށް މަގުފަހިކޮށްދޭ
އެހެނިހެން ކަންތައް ކުރުންކަމަށާއި، 23 ޖުލައި 2013 ގައި އެންޓިކޮރަޕްޝަން ކޮމިޝަނުގެ ވެބްސައިޓުގައި
ޝާއިޢު ކޮށްފައިވާ ލިޔުމުގައި، މ.ނައިންހައުސް)މާލެ، ޒުންނަވާރު ސަލީމް (ދރ.ކާޑް ނަންބަރު A010996)
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ހުށަހަޅައިގެން އެކްރެޑިޓް ކޮށްފައިވާ ބެޗްލަރ އޮފް ލޯ ސެޓްފިކެޓަކީ
ފޯމް ސެޓްފިކެޓެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ތަޙްޤީޤަށް ފާހަގަ ކުރެވިފައިވާތީ، ޒުންނަވާރު
ސަލީމްގެ ބެޗްލަރ އޮފް ލޯ ސެޓްފިކެޓް އެކްރެޑިޓް ކުރުމަށްޓަކައި ހުށަހެޅި އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް
ތަކާއި، އެހެނިހެން ލިޔުންތަކަކީ ވެސް ޕޯޖް ކޮށްފައިވާ ލިޔުންތަކެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް
ފާހަގަ ކުރެވިފައިވާކަމަށް ބުނެ، ބެޗްލަރ އޮފް ލޯ ސެޓްފިކެޓްގެ އެކްރެޑިޓޭޝަން ބާޠިލް ކުރުމަށް މޯލްޑިވްސް
ކޮލިފިކޭޝަން އޮތޯރިޓީގައި ދަންނަވައި، އަދި އެޓަރނީ ޖެނެރަލްގެ އޮފީހުން ޒުންނަވާރު ސަލީމަށް ދޫކޮށް
ޤާނޫނީ ވަކީލުކަމުގެ ހުއްދަ ބާޠިލް ކޮށްދެއްވުމަށާއި، އެކަމާ ގުޅިގެން ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަ
އެޅުމަށް އެޓަރނީ ޖެނެރަލަށް އަންގާފައިވަނީ، އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންޑޭޓުން ބޭރުން
ތަޙްޤީޤެއްގެ މައްޗަށް ބިނާކޮށް ގެން ކަމަށާއި، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަޙުޤީޤް އޭގެ އިންތަކުން ފަހަނަ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-201
04 2ތރު
ދއްވާމެ
އަޅައި ގޮސްފައިވުމުން އެފަދަ ތަޙްޤީޤައްގެ މައްޗަށް ބިނާކުރެވިފައިވާ ޙަޤީޤަތްތައް ސައްޙަ ނުވާނެކަމަށް ބުނެ،
އެންޓި ކޮރަޕްޝަން ކޮމިޝަނުން އެކުލަވާލާފައިވާ ތަޙުޤީޤް ރިޕޯޓު ބާޠިލްވާނެ ކަމަށާއި، މިގޮތުން އެންޓި
ކޮރަޕްޝަން ކޮމިޝަންގެ ތަޙުޤީޤު ރިޕޯޓު ބާޠިލް ކޮށްދެއްވުމަށާއި، އެންޓި ކޮރަޕްޝަން ކޮމިޝަނުން އިސްވެ
ދެންނެވުނު އިދާރާތަކަށް އެފަދަ އެންގުމެއް އެންގުމުގެ އިޚްތިޞާޞް ޤާނޫނީ ގޮތުން ލިބިދީފައިނުވާ ކަމަށާއި،
އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އެންގުމުގެ މައްޗަށް ބިނާކޮށް އެފަދަ ފިޔަވަޅެއް ނޭޅޭނެ ކަމަށް ކަނޑައަޅައި
އްވުމަށާއި، އަދި އެންޓިކޮރަޕްޝަން ކޮމިޝަނުގެ އެންގުމުގެ މައްޗަށް ބިނާކޮށް 23 ޖުލައި 2013 ގައި
އެޓަރނީ ޖެނެރަލްގެ އޮފީހުން ޒުންނަވާރު ސަލީމްގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލްކޮށްފައިވުމާއި، އަދި 04
އޮގަސްޓް 2013 ގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ބެޗްލަރ އޮފް ލޯގެ ވެލިޑޭޝަން ބާޠިލް
ކޮށްފައިވަނީ ޤާނޫނީ ގޮތުން އިޚްތިޞާޞް ލިބިފައިވާ ފަރާތެއްގެ އެންގުމުގެ މައްޗަށް ބިނާކޮށްގެން ކަމުގައި
ނުވާތީ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ނިންމުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ނިންމުން ބާޠިލް
ކޮށްދިނުމަށާއި، މިމައްސަލައިގެ ތަޙުޤީޤު ފުރިހަމަ ވެފައިނުވާކަމަށް ކަނޑައަޅައި ދިނުމަށާއި، ދިވެހި ރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 21/SC
-
A/2012 ޤަޟިއްޔާގެ ޙުކުމާ އެންޓި ކޮރަޕްޝަން ކޮމިޝަނުން
ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައި ދިނުމަށާއި، ޒުންނަވާރު ސަލީމަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ
(އ) އިން ލިބިދީފައިވާ ޙައްޤުން މަޙްރޫމްވެފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅި މައްސަލައެއް
2x
އެމައްސަލަ ބައްލަވައި ނިންމަވާފައިވަނީ،"..މި މައްސަލަ ޝަރީޢަތުން ބެލިއިރުގައި،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ (2008) ގެ 199 ވަނަ މާއްދާގެ ދަށުން އުފަންކޮށްފައިވާ
އެންޓި ކޮރަޕްޝަން ކޮމިޝަނަކީ ޤާނޫނުއަސާސީގެ 202 ވަނަ މާއްދާގެ ދަށުން ކޮރަޕްޝަންގެ މައްސަލަތައް
ބަލައި ތަޙުޤީޤް ކުރުމާއި، ކޮރަޕްޝަންގެ ޢަމަލެއް ކަމަށް ތުޙުމަތު ކުރެވޭ ޢަމަލެއް އެއްވެސް
ހިންގައިފިކަމުގެ ޝަކުވާއެއް ހުށަހަޅައިފި ނަމަ ނުވަތަ މިނޫން ގޮތަކުން ވެސް މިފަދަ ކަމެއްގެ
ލިބިއްޖެ ނަމަ، ނުވަތަ އެފަދަ ކަމެއްގެ މައްޗަށް ޝައްކު ކުރެވިއްޖެ ނަމަ އެކަމެއް ބަލައި ތަޙުޤީ8
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-201
ކޮމިޝަނުން ތަޙުޤީޤް ކުރާ ކަންތައްތަކުގެ ތެރެއިން އެހެނިހެން އިދާރާތަކުން އިތުރަށް ބަލައި ސާފު ކުރަންޖެހޭ
ކަންތައްތައް އެފަރާތްތަކަށް ހުށަހަޅައި، ޝަރީޢަތަށް ހުށަހަޅާންޖެހޭ ކަމަށް ފެންނަ ކަންތައްތައް ޝަރީޢަތަށް
ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވުމާއި، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ދިރާސާތައް ކޮށް،
އަޅާންޖެހޭ ފިޔަވަޅުތަކާބެހޭ ލަފާ ކަމާބެހޭ އިދާރާތަކަށް ދިނުމުގެ މަސްއޫލިއްޔަތާއި، ބާރު ލިބިފައިވާ
މުސްތަޤިއްލު މުއައްސަސާއެއް ކަމާއި، އަދި ޤާނޫނު ނަންބަރު 13/2008 (އެންޓި ކޮރަޕްޝަން ކޮމިޝަންގެ
ޤާނޫނު)ގެ 21 ވަނަ މާއްދާގެ ދަށުން ކޮރަޕްޝަން ހުއްޓުވުމާއި، މަނާ ކުރުމާ ގުޅޭ ގޮތުން ޢާންމުކޮށް ހާމަ
ކުރަންޖެހޭ ކަންކަން ހާމަ ކުރުމާއި، ކަމާ ގުޅޭ ގޮތުން ޝާޢިއު ކުރާންޖެހޭ ބަޔާންތައް ޝާއިޢު ކުރުމާއި،
ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް ކުރާންޖެހޭ އެންމެހާ ކަންކަން ކުރުމާއި، އެ މަސްއޫލިއްޔަތުތައް
އަދާ ކުރުމަށް މަގުފަހިވާނޭ އެންމެހައި ކަންކަން ކުރުމުގެ މަސްއޫލިއްޔަތު އެކޮމިޝަނަށް މަތިކޮށްފައިވާ ކަމާއި،
އަދި އެޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގެ ދަށުން އެޤާނޫނާއި، އަދި ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމާ
ގުޅޭ ގޮތުން ހެދިފައިވާ އެހެން ޤާނޫނުތަކުގައިވާ މަޤްޞަދުތައް ޙާޞިލު ކުރުމަށްޓަކައި ތަޙުޤީޤް ކުރުމާއި
މައްސަލަ ބެލުމަށްޓަކައި ކޮމިޝަނަށް އެހެނިހެން ބާރުތައް ވެސް ކޮމިޝަނަށް ލިބިދީފައިވާކަން
އެމާއްދާތަކުން އެނގެން އޮންނަކަމާއި،
ޅ.ނައިންހައުސް، ޒުންނަވާރު ސަލީމް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ޞައްޙަ ނޫން
ސެޓްފިކެޓްތަކެއް ހުށަހަޅާފައިވަނިކޮށް ބަލަންވާވަރަށް ނުބަލައި، ޞައްޙަ ނޫން ބެޗްލަރ އޮފް ލޯ ސެޓްފިކެޓެއް
އޭނާއަށް އެކްރެޑިޓް ކޮށްފައިވާކަމަށް ބުނާ މައްސަލަ، މި ސުރުޚީގެ ދަށުން 25 ޖުލައި 2013 ގައި
އެންޓިކޮރަޕްޝަން ކޮމިޝަނުން އެކޮމިޝަނުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ލިޔުމަކީ އެކޮމިޝަނުން
ކުރަމުންގެންދާ ތަޙްޤީޤާ ގުޅިގެން އެހާތަނަށް ފާހަގަ ކުރެވިފައިވާ ކަންކަން
އެކުލަވާލައިފައިވާ ލިޔުމެއް ކަމާއި، އަދި އެލިޔުމަކީ ތަޙުޤީޤު ކޮށް ނިންމުމަށްފަހު އެކުލަވާ
ރިޕޯޓެއް ނޫންކަން އެ ރިޕޯޓުގެ އެންމެފަހު ޕެރެގްރާފްގައި، މ.ނައިންހައުސް، ޒުންނަވާރު
ކޮލިފިކޭޝަން އޮތޯރިޓީއަށް ހުށަހެޅި ސެޓްފިކެޓް އެކްރެޑިޓް ކުރުމުގައި އެއްވެސް ފަރާތަކުން ކޮރަޕްޝަންގެ
2 7 2
eނވާ
ގދ ދވ
2ނކ
ޓްގެ
މައިކް
އެވާތަޙު:8
0 et,
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-201
އެއްވެސް ޢަމަލެއް ހިންގާފައިވޭތޯ ބެލުމަށްޓަކައި މި ކޮމިޝަނުން މި ގެންދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު
ކުރަމުން ކަމަށް، މިފަދައިން ލިޔެވިފައި އޮތުމުން އެލިޔުމާމެދު އެފަދަ އޮޅުމެއް އޮތުމުގެ ޖާގައެއް ނެތް ކަމާއި،
އަދި ހަމަ އެ ލިޔުމުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަޙުޤީޤް ކުރަމުން ގެންދާ މައްސަލައިގެ އަޞްލަކީ
ޒުންނަވާރު ސަލީމް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ހުށަހެޅި ސެޓްފިކެޓްގެ ޞައްޙަކަން ބެލުން ކަމުގައި
ނުވިއަސް، އެތަޙުޤީޤު ފުރިހަމަ ކުރެވޭނީ އެސެޓްފިކެޓްތަކުގެ އަޞްލު ދެނެގަނެވިގެންކަން އެތަޙްޤީޤްގެ
މައުޟޫއިން އެނގެން އޮންނަ ކަމާއި،
އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަޙުޤީޤް ކުރަމުންގެންދާ މައްސަލައިގެ ޙަޤީޤަތް
ދެނެގަތުމަށްޓަކައި، ޒުންނަވާރު ސަލީމް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ހުށަހަޅާފައިވާ ބެޗްލަރ އޮފް
ލޯ ސެޓްފިކެޓާއި، ސެޓްފިކެޓް ލިބުން ބިނާވެފައިވާ އޯލެވެލް އަދި އޭލެވެލް ސެޓެފިކެޓްތައް ދޫކުރި ތަޢުލީމީ
މަރުކަޒުތަކަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ލިޔުމުން، ޒުންނަވާރު ސަލީމް، މޯލްޑިވްސް ކޮލިފިކޭޝަން
އޮތޯރިޓީއަށް ހުށަހަޅާފައިވާ އެސެޓްފިކެޓްތަކަކީ އެމަރުކަޒުތަކުން ދޫކޮށްފައިވާ ސެޓްފިކެޓްތަކެއް ނޫން ކަމާއި،
ޒުންނަވާރު ސަލީމަކީ އެތަޢުލީމީ މަރުކަޒުތަކުގެ ދަރިވަރެއް އެމަރުކަޒުތަކުން ބުނެފައިވާތީ،
ޒުންނަވާރު ސަލީމް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ހުށަހަޅާފައިވާ ބެޗްލަރ އޮފް ލޯ ސެޓްފިކެޓާއި
އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓްތަކަކީ ޞައްޙަ ނޫން ސެޓްފިކެޓްތަކެއްކަން އެންޓި ކޮރަޕްޝަން ކޮމިޝަނަށް
އެނގިފައިވުމުން، އެމަޢުލޫމާތު ސިއްރުނުކޮށް ވީހާވެސް އަވަހަކަށް އެމަޢުލޫމާތު ކަމާބެހޭ ދައުލަތުގެ
އިދާރާތަކަށާއި، ޢާންމުންނަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޙިއްޞާކޮށްފައިވުމަކީ، އެންޓިކޮރަޕްޝަން
ކޮމިޝަނުން މިމައްސަލައިގައި އެ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި، ޒިންމާތައް އަދާ ކުރަމުން
އެނގެން އޮންނަކަމެއް ކަމާއި، އަދި އެޢަމަލަކީ ޤާނޫނުއަސާސީގެ 199 ވަނަ މާއްދާގެ
އެންމެހައި ދާއިރާތަކުން ކޮރަޕްޝަން ނައްތައިލުމަށް ޖެހިލުންވުމެއް ނެތި މަސައްކަތްކުރުމަށް އުފައްދާފައިވާ
އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މަޤްޞަދު ޙާސިލް ކުރުމަށްޓަކައި އެކޮމިޝަނުން ކޮށްފައިވާ ކަމެއްކަމަށް
ޝަރީޢަތަށް ބުރަވެވޭ ކަމާއި، އަދި އެމަޢުލޫމާތު އެންޓި ކޮރަޕްޝަން ކޮމިޝަނުން އެޓާރނީ ޖެނެރަލްގެ
0 ތދތ
ނޫންކަމަށް
24 2
34
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2016/HC-A-201
OX
އޮފީހަށާއި، އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ހިއްސާ ކުރުމުން، އެމަޢުލޫމާތުގެ މައްޗަށާއި، އޭގެ
އިތުރަށް ބަލަންވާ ކަންކަމަށް ބެލުމަށްފަހު، އެޓަރނީ ޖެނެރަލްގެ އޮފީހުން އެސެޓްފިކެޓްގެ މައްޗަށް ބިނާކޮށް
ޒުންނަވާރު ސަލީމަށް ދޫކޮށްފައިވާ ޤާނޫނީ ވަކީލުކަމުގެ ހުއްދައާއި، އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން
0x82
އެސެޓްފިކެޓްތައް ވެލިޑޭޓްކޮށްފައި އޮތް އޮތުން ބާޠިލް ކޮށްފައިވަނީ، ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށް
0
އެދިފައިވާ ކަންކަން އެގޮތުގައި ޝަރީޢަތަށް ކަނޑައަޅައި ދެވެން ނެތްކަމަށް ޙުކުމް ކޮށްފީމެވެ." މިފަދައިންކަން
އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނަ ކަމާއި،
ސިވިލް ކޯޓުގެ އިސްވެ ބުނެވުނު ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޅ.ނައިންހައުސް!މާލެ،
ޒުންނަވާރު ސަލީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
161/HC
-
A/2014 ޤަޟިއްޔާއިން އެ މައްސަލަ ބަލައި ޙުކުމް ކޮށްފައިވަނީ، "ސިވިލް ކޯޓުގެ ނަންބަރު
2013/Cv
-
C/1790 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޒުންނަވާރު ސަލީމްގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅާފައިވާ ކަންތައްތަކަކީ އެ ޤަޟިއްޔާގައި ސިވިލް ކޯޓުގައި ފާހަގަ ކޮށްފައިވާ ކަންތައްތަކެއް
ނޫންކަން އެނގެން އޮންނާތީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ
މާއްދާގެ (ހ) އަށާއި، އެ ޤާނޫނުގެ 43 ވަނަ މާއްދާއަށާއި، ދިވެހިރާއްޖޭގެ ހައިކޯޓު ޤަވާޢިދުގެ 27 ވަނަ
މާއްދާއަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 28 ވަނަ މާއްދާގެ ދަށުން ހައިކޯޓުގެ
ފަނޑިޔާރުންނަށް ލިބިދޭ ބާރުގެ ދަށުން، ޒުންނަވާރު ސަލީމް، ހުށަހަޅާފައިވާ މިޤަޟިއްޔާ (ނަންބަރު:
161/HC
-
A/2014) ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގަ
ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ." މިފަދައިން ކަމާއި އަދި،
04 0 22
<< O
22 2
1
ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ ބުނެވުނު ޤާޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ
ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ، މ.ނައިންހައުސް ންނަވާރު ސަލީމްގެ ފަރާތުން ދިވެހިރާއްޖޭގެ
ދިވެހިރާއްޤީ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-201
ސުޕްރީމް ކޯޓުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ ބުނެވުނު ޤަޟިއްޔާ އިލްތިމާސް ކުރުމުން ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 05/SC
-
A/2015 ޤަޟިއްޔާގައި، އެ މައްސަލަ ބައްލަވައި، ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 161/HC
-
A/2014 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
އެއްގޮތަށް ކޮށްފައިވާ ރަނގަޅު ޙުކުމެއް ނޫންކަން އެނގެން އޮންނާތީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
161/HC
-
A/2014 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލްކަމަށް ކަނޑައެޅުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 161/HC
-
A/2014 ޤަޟިއްޔާގެ މުޅި މައްސަލައަކީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ
ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ހައިކޯޓަށް އަލުން ފޮނުއްވައި، އެ ކޯޓުން އެ
މައްސަލަ އަލުން ބަލައި، ފައިޞަލާ ކުރަނިވި ނިންމުމެއް ނިންމަންޖެހޭ މައްސަލައެއްކަން އެނގެން އޮންނާތީ،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 161/HC
-
A/2014 ޤަޟިއްޔާއަށް ޒުންނަވާރު ސަލީމުގެ ފަރާތުން
ހުށަހަޅާފައިވާ އިސްތިއުނާފް ނުކުތާތަކުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން މައުޟޫޢީ ގޮތުން ނަޒަރުކޮށް،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި ބަޔާން ކުރެވިފައިވާ އުޞޫލުތަކާ އަދި އިޝާރާތް ކުރެވުނު
ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ހ) އާއި (ނ) އާއި
(ރ) އާއި (ބ) ގައި ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ސިވިލް ކޯޓުގެ ނަންބަރު
2013/Cv
-
C/1790 ޤަޟިއްޔާގައި ޒުންނަވާރު ސަލީމް ކޮށްފައިވާ ދަޢުވާއާ ގުޅިގެން އެ ޤަޟިއްޔާގައި އެ
ކޯޓުން ކޮށްފައިވާ ޙުކުމް، އެގޮތަށް ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިންތޯ ނުވަތަ ނޫންތޯ
ދިވެހިރާއްޖޭގެ ހައިކޯޓުން އަލުން ބަލައި، ފައިޞަލާކުރަނިވި ނިންމުމަކުން ދިވެހިރާއްޖޭގެ ހައިކޯޓުން އެ
މައްސަލަ ނިންމުމަށްޓަކައި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ
މާއްދާގެ (ނ) ގެ ދަށުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 161/HC
-
A/2014 ޤަޟިއްޔާގެ
މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙްލީލު ކުރުމަށް ކަނޑައަޅުއްވައި ޙުކުމް ކުރައްވާފައިވާކަ
0 /
<< O
އޮންނަކަމެވެ.
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-201
2- ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1790 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޅ.ނައިންހައުސް
ޒުންނަވާރު ސަލީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް މައިގަނޑު 5 (ފަހެއް) ނުކުތާއެއް ހުށަހަޅައި
އެނުކުތާތަކާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައި ވެއެވެ. އެގޮތުން
ހުށަހެޅި:-
(ހ) ފުރަތަމަ ނުކުތާއަކީ: އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙްޤީޤުކޮށް ނިންމުމުގެ ކުރިން
ޙިއްޞާ ކުރި މަޢުލޫމާތާ ގުޅިގެން އެ ކޮމިޝަނުން ތަޙްޤީޤުގައި ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން އަދި
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން "ބެޗްލަރ އޮފް ލޯ" ސެޓްފިކެޓްގެ ވެލިޑޭޝަން ބާޠިލް ކުރުމުގެ ކުރިން
އެޓަރނީ ޖެނެރަލްގެ އޮފީހުން ވަކާލާތު ކުރުމުގެ ހުއްދަ ބާޠިލް ކުރައްވާފައިވަނީ ޤާނޫނީ ވަކީލެއްގެ
ޙައިޘިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ އުޞޫލުގެ 2 ވަނަ ނަންބަރުގެ (ޅ) ގައި
ބަޔާންކޮށްފައިވާ ޝަރުޠުތައް ދެމި އޮއްވައި އެޤަވާޢިދާއި ޚިލާފަށް ކަމުގައި ވުމުން ވަކާލާތު ކުރުމުގެ ހުއްދަ
ބާޠިލް ކުރެއްވި ކުރެއްވުން ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި އަދި ޤާނޫނުއަސާސީގެ 20 ވަނަ
މާއްދާއާއި ޚިލާފުވާ ކަމަށް ބުނެ ފާހަގަ ކޮށްފައިވާ ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ: އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައަކާ
ގުޅިގެން އެ ކޮމިޝަނުން ބެލި ބެލުމުން ޒުންނަވާރު ސަލީމް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ހުށަހަޅައި
ވެލިޑޭޓް ކޮށްފައިވާ ޔުނިވަރިސޓީ އޮފް އީސްޓް ލަންޑަންގެ "ބެޗްލަރ އޮފް ލޯ ސަނަދާއި އެ ސަނަދާއެކު
ހުށަހަޅާފައިވާ އެހެން ބައެއް ސަނަދާއި ލިޔުންތަކަކީ ޞައްޙަ ނޫން ފޯޖް ސަނަދެއް ކަމުގައި ކެލްޓި
ކޮމިޝަނަށް ފާހަގަ ކުރެވުމަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ދަށުން ހިންގާ ޑިޕާޓް
އެގްޒެމިނޭޝަނުން "ބެޗްލަރ އޮފް ލޯ" ސަނަދުގެ ޓްރާންސްކްރިޕްޓްތައް އެޓެސްޓްކޮށް &ހަމައެހެންމެ
ޝަން
ދިވެހި ރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-201
މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ހިންގާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓް ކޮށްފައިވާ
އެއްވެސް ސަނަދެއް ބާޠިލް ކުރެވޭނޭ ޤާނޫނީ ސަބަބެއް ނޫންކަމަށް ބުނެ ފާހަގަ ކޮށްފައިވާ ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ: ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ
ޤާނޫނު) ގެ 22 ވަނަ މާއްދާގައި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ބާރު ލިބިގެން ދަނީ އެ ކޮމިޝަނުން
ކުރަމުންދާ ތަޙްޤީޤްތަކާއި ގުޅިގެން ޖިނާއީ އިޖުރާޢަތާ ގުޅޭ ޤާނޫނުތަކާއި ޤަވާޢިދުތަކާ ޚިލާފްނުވާ ގޮތުގެ
މަތިންކަން ބަޔާންކޮށްފައި އޮތުމާއި އެ ޤާނޫނުގެ 22 ވަނަ މާއްދާގައި ކޮރަޕްޝަނަކީ ކޮބައިކަން
ކުރުމުގައި، ކޮރަޕްޝަން ކަމުގައި ބުނެފައި އެވަނީ ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި
މަނާ ކުރުމުގެ ޤާނޫނު) ގައި ބުނާ ކަންތައްތައް ކަމުގައި ވާއިރު، އެ ޤާނޫނުގައި ފޯޓް ސެޓްފިކެޓްގެ
މައްސަލަތައް ކޮރަޕްޝަންގެ ތެރޭގައި ހިމެނިފައި ނެތުމުން، ދަށު ކޯޓުގެ ނިންމުން 13/2008 (އެންޓި-
ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 22 ވަނަ މާއްދާއާއި ޚިލާފްވާ ކަމަށް ބުނެ ފާހަގަ ކޮށްފައިވާ ނުކުތާ
(ދ) ހަތަރުވަނަ ނުކުތާއަކީ: މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ
ސެޓްފިކެޓް އޭގެ އަޞްލުގެ ގޮތުގައި ދެމި އޮއްވައި ޒުންނަވާރު ސަލީމް ވަކާލާތު ކުރުމުގެ ހުއްދަ ހޯދުމަށް
ހުށަހެޅި ލިޔުންތަކަކީ ޞައްޙަ ލިޔުންތަކެއް ކަމަށް ނުވާކަމަށް ބުނެ، ޒުންނަވާރު ސަލީމްގެ ކިބައިގައި ޤާނޫނީ
ވަކީލުކަމުގެ ހުއްދަ ދިނުމަށް ޝަރުޠު ފުރިހަމަ ނުވާކަމަށް ބައްލަވައި، ވަކާލާތު ކުރުމުގެ ހުއްދަ ބާޠިލް ކުރެއްވި
ކުރެއްވުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) އާއި އަދި 20 ވަނަ
މާއްދާއާއި ތަޢާރަޟުވާކަމަށް ބުނެ ފާހަގަ ކޮށްފައިވާ ނުކުތާ
(.) ފަސްވަނަ ނުކުތާއަކީ: 6 ޖެނުއަރީ 2014 ގައި އެންޓި-ކޮރަޕް
ޝަރީޢަތަށް ދީފައިވާ ބަޔާނުގައި އެ ކޮމިޝަނުން ބެލި އަސްލު މައްސަލައަކީ ފޯޖް ސެޓްޕީކެޓްގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-201
ނޫންކަމަށާއި، ފޯޖް ސެޓްފިކެޓް ކަމަށް ތުހުމަތުކޮށް ބެލި މައްސަލައަކީ އެ ކޮމިޝަނުގެ މެންޑޭޓުން ބޭރުން
ކޮށްފައިވާ ކަމެއްކަމަށް އެ ކޮމިޝަނުން ވެފައިވާ އިޢުތިރާފުން ޒުންނަވާރު ސަލީމް ހުށަހެޅި މައްސަލައިގެ
ޞީޣާއާ އެއްގޮތަށް މައްސަލަ ސާބިތުވެފައި ވަނިކޮށް، ޒުންނަވާރު ސަލީމް އެދިފައިވާ ގޮތަށް އެކަންކަން
އެގޮތުގައި ޝަރީޢަތަށް ކަނޑައަޅާ ދެވެން ނެތްކަމަށް ކުރެއްވި ޙުކުމް، ޤާނޫނު ނަންބަރު 13/2008 (އެންޓި
ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 21 ވަނަ މާއްދާ އާއި 22 ވަނަ މާއްދާގެ (ފ) ގެ ދަށުން އެ
ކޮމިޝަނަށް ލިބިދޭ އިޚްތިޞާޞްއާ ތަޢާރަޟުވުމާއި، ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) އާއި
ޚިލާފްވާކަމަށް ބުނެ ފާހަގަ ކޮށްފައިވާ ނުކުތާ.
-3
ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1790 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް،
މ.ނައިންހައުސްޓުންނަވާރު ސަލީމްގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، ނުކުތާތަކާ ގުޅޭގޮތުން ޒުންނަވާރު
ސަލީމުގެ ފަރާތުންނާއި މި އިސްތިއުނާފު ދަޢުވާ ރައްދުވާ އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، އެޓަރނީ
ޖެނެރަލްގެ އޮފީހާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1790 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 05/SC
-
A/2015
ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުސޫލުތަކަށާއި، މި މައްސަލައާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ
މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ނިންމުމުގައި މިޤަޟިއްޔާ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މެދުގައި ދެރައުޔެއް ވެއެވެ. މިގޮތުން،
މިމައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ ރައުޔާއި އަދި ރައުޔުތައް ބިނާކުރެވިފައިވާ އަސާސްތައް
ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 396471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-2/01
• ފުރަތަމަ: އަޤައްލިއްޔާ ރަޢުޔު (ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހިމްގެ ރައުޔު) އާއި އެރައުޔު
ބިނާކުރެވިފައިވާ އަސާސްތައް؛
(ހ) ފުރަތަމަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1790 ޤަޟިއްޔާއަކީ،
އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ލިބިގެންވާ ބާރަކީ ހަމައެކަނީ ދައުލަތުގެ އިދާރާތަކުން ހިންގާ ކަންތަކުގެ
ތެރޭގައި ކޮރަޕްޝަންގެ ޢަމަލުގެ ގޮތުގައި ތުހުމަތު ކުރެވޭ ކަންތައްތައް ތަޙްޤީޤު ކުރުމާއި، އެ ތަޙްޤީޤު ފުރިހަމަ
ކުރުމަށް މަގުފަހިކޮށްދޭ އެހެނިހެން ކަންތައް ކުރުންކަމަށް ވާއިރު، 23 ޖުލައި 2013 ގައި އެންޓި-ކޮރަޕްޝަން
ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ލިޔުމުގައި، މ.ނައިންހައުސް!މާލެ، ޒުންނަވާރު ސަލީމް (ދިވެހި
ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A010996) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ހުށަހަޅައިގެން
އެކްރެޑިޓް ކޮށްފައިވާ ބެޗްލަރ އޮފް ލޯ ސެޓްފިކެޓަކީ ޕޯޖް ސެޓްފިކެޓެއްކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ
ތަޙްޤީޤަށް ފާހަގަ ކުރެވިފައިވާތީ، ޒުންނަވާރު ސަލީމްގެ ބެޗްލަރ އޮފް ލޯ ސެޓްފިކެޓް އެކްރެޑިޓް ކުރުމަށްޓަކައި
ހުށަހެޅި އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓްތަކާއި، އެހެނިހެން ލިޔުންތަކަކީ ވެސް ފޯމް ކޮށްފައިވާ
ލިޔުންތަކެއްކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނަށް ފާހަގަ ކުރެވިފައިވާކަމަށް ބުނެ، ބެޗްލަރ އޮފް ލޯ
ސެޓްފިކެޓްގެ އެކްރެޑިޓޭޝަން ބާޠިލް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގައި ދަންނަވައި، އަދި
އެޓަރނީ ޖެނެރަލްގެ އޮފީހުން ޒުންނަވާރު ސަލީމަށް ދޫކޮށްފައިވާ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ބާޠިލް
ކޮށްދެއްވުމަށާއި، އެކަމާ ގުޅިގެން ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެޓަރނީ ޖެނެރަލަށް
އަންގާފައިވަނީ، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންޑޭޓުން ބޭރުން ކުރި ތަޙްޤީޤާއްގެ މައްޗަށް ބިނާކޮށްގެން
ކަމަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ތަޙުޤީޤު އޭގެ އިންތަކުން ފަހަނަ އަޅައި ގޮސްފައިވުމުކޮއް އެއްފަދަ
ތަޙްޤީޤައްގެ މައްޗަށް ބިނާކުރެވިފައިވާ ޙަޤީޤަތްތައް ސައްޙަ ނުވާނެކަމަށް
ކޮމިޝަނުން އެކުލަވާލާފައިވާ ތަޙުޤީޤު ރިޕޯޓު ބާޠިލްވާނެކަމަށާއި، މިގޮތުން އެންޓި-ކޮރަޕްޝަން
ތަޙުޤީޤު ރިޕޯޓު ބާޠިލް ކޮށްދެއްވުމަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްވެ ދެންނެވުނު އިދާރާތަކަށް
22
OLOX
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
2015-
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2016/HC-A-201
oxo
އެފަދަ އެންގުމެއް އެންގުމުގެ އިޚްތިޞާޞް ޤާނޫނީ ގޮތުން ލިބިދީފައިނުވާ ކަމަށާއި، އެންޓި-ކޮރަޕްޝަން
ކޮމިޝަނުގެ އެންގުމުގެ މައްޗަށް ބިނާކޮށް އެފަދަ ފިޔަވަޅެއް
ނޭޅޭނެކަމަށް ކަނޑައަޅައިދެއްވުމަށާއި، އަދި
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އެންގުމުގެ މައްޗަށް ބިނާކޮށް 25 ޖުލައި 2013 ގައި އެޓަރނީ ޖެނެރަލްގެ
އޮފީހުން ޒުންނަވާރު ސަލީމްގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ބާޠިލްކޮށްފައިވުމާއި، އަދި 04 އޮގަސްޓް 2013
ގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ބެޗްލަރ އޮފް ލޯގެ ވެލިޑޭޝަން ބާޠިލް ކޮށްފައިވަނީ ޤާނޫނީ ގޮތުން
އިޚްތިޞާޞް ލިބިފައިވާ ފަރާތެއްގެ އެންގުމުގެ މައްޗަށް ބިނާކޮށްގެން ކަމުގައި ނުވާތީ، އެޓަރނީ ޖެނެރަލްގެ
އޮފީހުގެ ނިންމުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ނިންމުން ބާޠިލް ކޮށްދިނުމަށާއި، މިމައްސަލައިގެ
ތަޙުޤީޤު ފުރިހަމަވެފައި ނުވާކަމަށް ކަނޑައަޅައިދިނުމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ޙުކުމާ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޚިލާފުވެފައިވާ ކަމަށް
ކަނޑައަޅައިދިނުމަށާއި، ޒުންނަވާރު ސަލީމަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އިން ލިބިދީފައިވާ
ޙައްޤުން މަޙްރޫމްވެފައިވާކަމަށް ކަނޑައަޅައިދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، އެޓަރނީ
ޖެނެރަލްގެ އޮފީހާއި، އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މައްޗަށް ޒުންނަވާރު ސަލީމް ދަޢުވާ ކުރުމުން
ބައްލަވާ ނިންމަވާފައިވާ ޤަޟިއްޔާއެއްކަން އެނގެއެވެ.
2012/SC-A/21
(ށ) ދެވަނަ ކަމަކީ: "އެންޓި-ކޮރަޕްޝަން ކޮމިޝަން" އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 7 ވަނަ ބާބުގައި ބަޔާންކޮށްފައިވާ މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމްތަކުގެ
ތެރޭގައި، ހިމެނޭ ކޮމިޝަނެއް ކަމާއި، އެކޮމިޝަނަކީ، ވަކިފަރާތަކަށް ބުރަނުވެ، މުސްތަޤިއްލު ކަމާއެކު،
ދައުލަތުގެ އެންމެހައި ދާއިރާތަކުން ކޮރަޕްޝަން ނައްތައިލުމަށް ޖެހިލުންވުމެއް ނެތި މަސައްކަތް ކުރަންޖެހޭ
ވިސާއެއް ކަމާއި، އަދި އެމުއައްސަސާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް
ޤާނޫއަސާސީއާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާ އެއްގޮތްވާ
އެއްގޮތްވާ ގޮތުގެމަތީން ކަމަށް
199 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމާއި،
.ޢީކްޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-201
2& 4.
ހއ 2 ތ ދދވ
ޢަމަލެއްކަމަށް
22
ހިނގާ ދާއިރާތަކުގެ ތެރޭގައި، ވެރިކަން ހިންގުމުގެ ބާރުގެ އެންމެހާ މުއައްސަސާތަކާއި އެމުއައްސަސާތަކުގެ
އެކޮމިޝަނުގެ މަސްއޫލިއްޔަތުތަކާ ބާރުތަކުގެ ތެރޭގައި، ކޮރަޕްޝަން މައްސަލަތައް ބަލައި
ތަޙްޤީޤު ކުރުމާއި، ކޮރަޕްޝަންގެ
ތުހުމަތު ކުރެވޭ
ޢަމަލެއް އެއްވެސް ފަރާތަކުން
ހިންގައިފިކަމުގެ ޝަކުވާއެއް ހުށަހަޅައިފި ނަމަ ނުވަތަ މިނޫން ގޮތަކުން ވެސް މިފަދަ ކަމެއްގެ މަޢުލޫމާތު
ލިބިއްޖެނަމަ، ނުވަތަ އެފަދަ ކަމެއްގެ މައްޗަށް ޝައްކު ކުރެވިއްޖެނަމަ، އެކަމެއް ބަލައި ތަޙްޤީޤު ކުރުމާއި،
އެކޮމިޝަނުން ތަޙްޤީޤު ކުރާ ކަންތައްތަކުގެ ތެރެއިން އެހެނިހެން އިދާރާތަކުން އިތުރަށް ބަލައި ސާފު
ކުރަންޖެހޭ ކަންތައްތައް އެފަރާތްތަކަށް ހުށަހަޅައި، ޝަރީޢަތަށް ހުށަހަޅަންޖެހޭ ކަމަށް ފެންނަ ކަންތައްތައް
ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވުމާއި، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި
ދިރާސާތައްކޮށް، އަޅަންޖެހޭ ފިޔަވަޅުތަކާބެހޭ ލަފާ ކަމާބެހޭ އިދާރާތަކަށް ދިނުމާއި، ކޮރަޕްޝަން
ނައްތައިލުމަށްޓަކައި ޤާނޫނުން ކަނޑައަޅައިފައިވާ އެހެނިހެން ކަންތައްތައް ކުރުން، ހިމެނޭކަން ޤާނޫނުއަސާސީގެ
202 ވަނަ މާއްދާއިން އެނގޭކަމާއި،
އިސްވެ ބަޔާންވެދިޔަ ކަންތައްތަކުގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ
މަސްއޫލިއްޔަތުތައް އަދާކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، އެމަސްއޫލިއްޔަތުތައް އަދާކުރުމަށް
މަގުފަހިވާނެ އެންމެހައި ކަންކަން ކުރުން އެކޮމިޝަނުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނިފައިވާކަން އެންޓި-
ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު (ޤާނޫނު ނަންބަރު 13/2008) ގެ 21 ވަނަ މާއްދާއަށް ބެލުމުން
އެނގޭކަމާއި،
އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބަލާ މައްސަލައެއްގައި ޢަމަލު ކުރަންޖެހޭ ގޮތް އެޤާނޫނުގެ
25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެކޮމިޝަނުން ބެލި މައްސަލައަކީ އެކޮމިޝަނުގެ ބާރު ހިނގާ
ދާއިރާގެ ތެރޭގައި ހިމެނޭ މުއައްސަސާއެއް ހިންގުމުގެ ދާއިރާގެ ތެރޭގައި ހުރި މައްސަލައެއްގެ ސަބަބުން
ދިމާވެފައިވާ ކަމެއް ނަމަ އެކަން އިސްލާޙު ކުރަން އެމުއައްސަސާއަކަށް އެންގިދާނެ ކަމާއި، އެކޮމިޝަނުގެ ބާރު
އެންމެހާ މުވައްޒަފުންނާއި ދައުލަތުގެ މުއައްސަސާތަކާއި އެމުއައްސަސާތަކުގެ މުވައްޒަފުން
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
2005 އަދި 2006 ވަނަ އަހަރުގައި ކަމަށް ބަޔާންކޮށްފައިވާއިރު، އެއަހަރުތަކުގައި ޒުންނަވާރު ސައްޖޭގެ ހައިކޯ"
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-201
އެނގޭއިރު، މި މައްސަލައިގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެންގި އެންގުންތައް ރައްދުވި ދެ
މުއައްސަސާކަމުގައިވާ އެޓަރނީ ޖެނެރަލްގެ އޮފީހާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަކީ، އެންޓި-
ކޮރަޕްޝަން ކޮމިޝަނުގެ ބާރު ހިނގާ ދާއިރާގެ ތެރޭގައި ހިމެނޭ ދެ މުއައްސަސާކަން ޤާނޫނު ނަންބަރު
13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގެ (ހ) އާއި (ބ) އަށް ބެލުމުން
އެނގޭކަމެވެ.
04 03x 0 7 2
ބޭނުންކޮށްގެން
(ނ) ތިންވަނަ ކަމަކީ: އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙްޤީޤުކުރި މައްސަލައަކީ،
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މުވައްޒަފުންތަކެއް މަޤާމުގެ ނުފޫޒު
ޅ.ނައިންހައުސް:ޒުންނަވާރު ސަލީމްގެ ޞައްޙަ ނޫން ސެޓްފިކެޓްތަކެއް އެކްރެޑިޓް ކޮށްފައިވާކަމަށް ބުނެ
އެކޮމިޝަނަށް ހުށަހެޅުނު ކޮރަޕްޝަންގެ މައްސަލަ ކަމާއި، އެ މައްސަލައިގެ ތަޙްޤީޤުގައި ހޯދިހޯދުންތަކުން،
މ.ނައިންހައުސް ޒުންނަވާރު ސަލީމް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް އެކްރެޑިޓް ކުރުމަށް ހުށަހެޅި
ބެޗްލަރ އޮފް ލޯ ސެޓްފިކެޓަކީ ޞައްޙަ ސެޓްފިކެޓެއް ނޫންކަމަށް، އެ ސެޓްފިކެޓް ދޫކޮށްފައިވާކަމަށް ބުނާ
މެލޭޝިއާގެ ސްޓެލްފޯޑް ކޮލެޖުން މަޢުލޫމާތު ދީފައިވާ ކަމާއި، ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަންގެ ނަމުގައި
ދޫކޮށްފައިވާ ޓްރާންސްކްރިޕްޓަކީ ޕޯޖް ޑޮކިއުމެންޓެއް ކަމަށް އެ ޔުނިވަރސިޓީއިން މަޢުލޫމާތު ދީފައިވާ ކަމާއި،
ޒުންނަވާރު ސަލީމްގެ ރެކޯޑެއް އެޔުނިވަރސިޓީގެ ޑޭޓާބޭސްގައި ނެތް ކަމާއި، އެ ޔުނިވަރސިޓީގައި ޒުންނަވާރު
ސަލީމް، ދުވަހަކުވެސް ތައުލީމު ޙާޞިލްކޮށްފައިނުވާ ކަމާއި، ޒުންނަވާ ސަލީމް ކިޔެވިކަމަށް ބުނާ ކޯހަކީ އެ
ޔުނިވަރސިޓީން ސްޓެލްފޯޑު ކޮލެޖުގައި ކިޔަވައިދޭ ކޯހެއް ނޫންކަމަށް މަޢުލޫމާތު ދީފައިވާ ކަމާއި،
ޒުންނަވާރު ސަލީމް އެސެޓްފިކެޓްތައް ޙާޞިލްކުރުމަށްޓަކައި، މެލޭޝިޔާގައި ދެއަހަރު ދުވަސް
ހޭދަކުރި ކަމާއި، އަދި އެސެޓްފިކެޓްތަކުގެ ޓްރާންސްކްރިޕްޓްގައި އެކޯހުގައި ކިޔަވާފައިވަނީ ފުލްޓައިމްކޮށް
ރާއްޖެއިން ބޭރަށް ދަތުރު ކޮށްފައިވާ ގޮތުގެ ތަފްޞީލް މޯލްޑިވްސް އިމިގްރޭޝަން (ޑިޕާޓްމަންޓް
*
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-201
އިމިގްރޭޝަން އެންޑް އެމިގްރޭޝަން) އިން ހޯދައިގެން ބެލިބެލުމުން، ޒުންނަވާރު ސަލީމް 2005 ވަނަ އަހަރު
ރާއްޖެއިން ބޭރަށް ދަތުރެއްކޮށްފައިވަނީ 20 ޑިސެމްބަރު 2005 އިން 26 ޑިސެމްބަރު 2005 އަށް ކަމާއި،
އަދި 2006 ވަނަ އަހަރު، ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވަނީ 06 ޖެނުއަރީ 2006 އިން 13 ޖެނުއަރީ
2006 އަށް، 11 މާރޗް 2006 އިން 15 މާރޗް 2006 އަށް، 21 މާރޗް 2006 އިން 26 މާރޗް
2006 އަށް އަދި 21 އެޕްރީލް 2006 އިން 30 އެޕްރީލް 2006އަށް ކަމަށް އިމިގްރޭޝަންގެ ރެކޯޑްތަކުން
އެނގޭތީ، އިސްވެ ބަޔާންކޮށްފައިވާ ސެޓްފިކެޓުގެ ޓްރާންސްކްރިޕްޓްގައިވާ ތާރީޚުތަކާ ޒުންނަވާރު ސަލީމް
ރާއްޖެއިން ބޭރުގައި ހޭދަކޮށްފައިވާ ތާރީޚްތަކާ ދިމާނުވާ ކަމާއި، މީގެ އިތުރުން، ޒުންނަވާރު ސަލީމް،
ފުރިހަމަކުރި ކަމަށް ބުނާ ބެޗްލަރ އޮފް ލޯ ކޯހަކީ 3 އަހަރު ދުވަހުގެ ކޯހެއް ކަމާއި، ޒުންނަވާރު ސަލީމްއަށް
އެއް އަހަރު ދުވަހުގެ އެގްޒެމްޕްޝަނެއް އެކޯހުން ލިބިފައިވާކަމަށް ބަޔާންކޮށް މޯލްޑިވްސް ކޮލިފިކޭޝަން
އޮތޯރިޓީއަށް ހުށަހަޅާފައިވާ، މެލޭޝިޔާގެ ސްޓެލްފޯޑް ކޮލެޖުން ދޫކޮށްފައިވާ އެގްޒެމްޕްޝަނާ ގުޅޭ ލިޔުމަކީ
ވެސް ޞައްޙަ ލިޔުމެއް ނޫންކަމަށް އެކޮލެޖުން މަޢުލޫމާތު ދީފައިވާ ކަމާއި، އެލިޔުމުގައި، ޒުންނަވާރު ސަލީމްގެ
ޕާސްޕޯޓް ނަންބަރެއްގެ ގޮތުގައި އޮތީ، 04 ޑިސެމްބަރު 1999 ގައި ދޫކޮށް 04 ޑިސެމްބަރު 2004 އަށް
މުއްދަތު ހަމަވެފައިވާ ޕާސްޕޯޓުގެ ނަންބަރުކަމަށް ވާއިރު، އެލިޔުމުގައި ޒުންނަވާރު ސަލީމް އެކޮލެޖަށް
އެންރޯލްވިކަމަށް ބަޔާކޮށްފައިވާ ސެޕްޓެމްބަރު 2005 އަކީ، އޭގެ ފަހުގެ ތާރީޚެއް ކަމާއި،
ޒުންނަވާރު ސަލީމް. ސެޓްފިކެޓް އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް
ހުށަހެޅި އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކަކީވެސް، ޞައްޙަ
ސެޓްފިކެޓްތަކެއް ނޫންކަމަށް، އެ ސެޓްފިކެޓްތައް ދޫކުރި ކަމަށް ބުނާ މެލޭޝިޔާގެ ސަންވޭ ޔުނިވަރސިޓީ
ކޮލެޖުން ތަޙްޤީޤަށް މަޢުލޫމާތު ދީފައިވާ ކަމާއި، ޒުންނަވާރު ސަލީމަކީ ދުވަހަކު ވެސް އެކޮލެޖުގައި ތައުލީމު
ހާސިލްކުރި މީހެއް ނޫންކަމާއި، އެކޮލެޖުން އޯލެވެލް ކިޔަވައިނުދޭ ކަމާއި، އޯލެވެލް އަދި އޭލެވެލް
ސެޓްފިކެޓާއެކު އެޓޭޗްކޮ
ޓަޗްކޮށްފައިވާ އޭލެވެލް އަދި އޯލެވެލް ފުރިހަމަކުރި ކަމުގެ ލިޔުންތަކުގައިވާ
އެސެޓްފިކެޓްތައް ދޫކުރިކަމަށް ލިޔެފައިހުރި ތާރީޚްތަކާ ދިމާނުވާ ކަޅާއި،
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-201
މިކަންކަން މިހެން ހުރުމުން، ޒުންނަވާރު ސަލީމް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް
ހުށަހަޅައިގެން އެކްރެޑިޓްކޮށްފައިވާ ބެޗްލަރ އޮފް ލޯ ސެޓްފިކެޓަކީ ފޯޖު ސެޓްފިކެޓެއްކަމަށް އެންޓި-ކޮރަޕްޝަން
ކޮމިޝަންގެ ތަޙްޤީޤަށް ފާހަގަ ކުރެވޭކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙްޤީޤުކުރި މައްސަލައިގައި
ތައްޔާރުކޮށްފައިވާ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމެވެ.
02x
2x
(ދ) ހަތަރުވަނަ ކަމަކީ: އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ތަޙްޤީޤު ކުރުމުގެ ބާރު ލިބިގެންވަނީ
އެކޮމިޝަނުގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ ބާވަތުގެ މައްސަލަކަމަށް ވާއިރު، މ.ނައިންހައުސް ޒުންނަވާރު
ސަލީމް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ހުށަހެޅި ބެޗްލަރ އޮފް ލޯ ސެޓްފިކެޓް ބަލަންވާ ވަރަށް
ނުބަލައި އެކްރެޑިޓްކޮށް ދީފައިވާކަމަށް ބުނެ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމުން އެކޮމިޝަނުން
ތަޙްޤީޤު ކުރި މައްސަލައިގެ ތެރޭގައި، ޒުންނަވާރު ސަލީމް ސެޓްފިކެޓްތައް ހޯދާފައިވާ ކޮލެޖްތަކާއި
މުއައްސަސާތަކުން ޒުންނަވާރު ސަލީމަށް އެސެޓްފިކެޓްތައް ދީފައިވޭތޯއާއި، އަދި އެސެޓްފިކެޓްތަކަކީ ރާއްޖެއިން
ބޭރުގެ ކޮލެޖްތަކާއި ޔުނިވަރސިޓީތަކުން ދޫކޮށްފައިވާ ސެޓްފިކެޓްތަކެއް ކަމުގައިވާތީ، ޒުންނަވާރު ސަލީމް
ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ ގޮތުގެ މައުލޫމާތު ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން
ހޯދާފައިވާ ކަމާއި، މިގޮތުން، އެމައްސަލައިގެ ތަޙްޤީޤު ކުރުމުގެ ތެރޭގައި އެކޮމިޝަނަށް ލިބިފައިވާ މައުލޫމާތުގެ
މައްޗަށް ބިނާކޮށް، ޒުންނަވާރު ސަލީމަށް ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަނުން ދޫކޮށްފައިވާ ބެޗްލަރ އޮފް
ލޯއާއި އެކޯޓުގެ ޓްރާންސްކްރިޕްޓްއަކީ ފޯޖްކޮށްގެން ހޯދާފައިވާ ސެޓްފިކެޓާއި ލިޔުމެއް ކަމުގައި އެންޓި-
ކޮރަޕްޝަން ކޮމިޝަނުން ނިންމައި، ޒުންނަވާރު ސަލީމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ދޫކޮށްފައިވާ ޤާނޫނީ
ވަކީލުކަމުގެ ހުއްދައަކީ ޞައްޙަ ނޫން ސެޓްފިކެޓެއްގެ މައްޗަށް ބިނާކޮށް ދީފައިވާ ހުއްދައެއް ކަމުގައި
ބަޔާންކޮށް، އެހުއްދަ ބާޠިލްކޮށް ދިނުމަށާއި، އެކަމާގުޅޭ ގޮތުން ޤާނޫނީ ގޮތުން އަޅަންޖެހޭ
އަޅައިދިނުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނަންބަރު 32
/
2013
/
26/C-123 (24 ޖުނަޑި
ސިޓީން އެޓަރނީ ޖެނެރަލްގެ އޮފީހަށް އެންގުމުން، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރަމުންދާ ތަޙްލީޤާރީހި22
22
ދިވެހި ރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
18
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-201
4
ފާހަގަ ކުރެވިފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތް ކުރުމަށްފަހު، "ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ
ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ އުސޫލު" ގައިވާ ގޮތުގެމަތިން 13 ފެބްރުއަރީ 2013
ގައި، އެޓަރނީ ޖެނެރަލްގެ އޮފީހުން ޒުންނަވާރު ސަލީމަށް ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް
ކުރުމަށް ދީފައިވާ ހުއްދަ، އިސްވެ ބުނެވުނު އުސޫލުގެ 2 ވަނަމާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ޝަރުތު
ޒުންނަވާރު ސަލީމުގެ ކިބައިގައި ފުރިހަމަ ނުވާކަމަށް ކަނޑައަޅައި، ޒުންނަވާރު ސަލީމަށް ދޫކޮށްފައިވާ ޤާނޫނީ
ވަކީލުކަން ކުރުމުގެ ހުއްދަ ބާތިލްކޮށްފައިވާކަން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ނަންބަރު
2013
/
204/D
/
INDIV-32 (25 ޖުލައި 2013) ސިޓީން، ޒުންނަވާރު ސަލީމަށް އަންގާފައިވާ ކަމާއި،
އަދި އިސްވެ ބުނެވުނު ތަޙްޤީޤުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ޒުންނަވާރު
ސަލީމް ހުށަހަޅާފައިވާ ސެޓްފިކެޓްތަކަކީ ޞައްޙަ ނޫން ސެޓްފިކެޓްތަކެއް ކަން ފާހަގަ ކުރެވިފައިވާތީ އެކަން
އެއޮތޯރިޓީގެ ސަމާލުކަމަށް ގެނެސް އެކަމާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެންޓި-ކޮރަޕްޝަން
ކޮމިޝަނުގެ ނަންބަރު 218
/
2013
/
01/C-123 (24 ޖުލައި 2013) ސިޓީން، މޯލްޑިވްސް ކޮލިފިކޭޝަން
އޮތޯރިޓީއަށް އެންގުމުން، ޒުންނަވާރު ސަލީމަށް ސްޓެމްފަރޑް ކޮލެޖް/ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަނުން
ދޫކޮށްފައިވާ ބެޗްލަރ އޮފް ލޯ ސެޓްފިކެޓްގެ ވެލިޑޭ ޝަން ބާޠިލްކޮށްފައިވާކަން މޯލްޑިވްސް ކޮލިފިކޭޝަން
އޮތޯރިޓީގެ ނަންބަރު 2013
/
843/MIS/218 (04 އޮގަސްޓް 2013) ސިޓީން، ޒުންނަވާރު ސަލީމަށް
އަންގާފައިވާކަން އެނގޭ ކަމާއި،
ޒުންނަވާރު ސަލީމުގެ ޤާނޫނީ ވަކީލު ކަމުގެ ހުއްދަ ބާޠިލްކަމަށް އެޓަރނީ ޖެނެރަލްގެ
އޮފީހުން، އަދި ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަނުން ދީފައިވާ "ބެޗްލަރ އޮފް ލޯ" ސެޓްފިކެޓުގެ
ވެލިޑޭޝަން ބާޠިލްކަމަށް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކަނޑައަޅާފައިވަނީ އެކަން ހިނގާފައިވާ ގޮތެ
ގޮތެއް
އައްސަސާތަކުން އިތުރަށް ކަށަވަރު ކުރުމެއް ނެތި ހަމައެކަނި އެންޓި-ކޮރަޕްޝަން ކޮވެ ފަރާތުން
ކުރި ތަޙްޤީޤުގައި ފާހަގަ ކުރެވިފައިވާ ކަމަށް ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް
2
ޓެއްގެ
އާ
oxd
އެނގެމައި،
ދިވެހި ރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
19
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-2/01
އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ތަޙްޤީޤު ކުރުމުގެ ބާރު ލިބިގެންވަނީ، ޒުންނަވާރު ސަލީމަށް
ދޫކޮށްފައިވާ ސެޓްފިކެޓްތައް އެކްރެޑިޓް ކުރުމުގައި ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު
ކުރެވިގެން ހުށަހެޅުނު މައްސަލަ ތަޙްޤީޤު ކުރުންކަން އެނގޭކަމާއި، ޒުންނަވާރު ސަލީމު އެކްރެޑިޓް ކުރުމަށް
ހުށަހަޅާފައިވާ ސެޓްފިކެޓްތަކަކީ ޕޯޖް ސެޓްފިކެޓްތަކެއް ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަޙްޤީޤު ކުރުމަކީ
އެކޮމިޝަންގެ ބާރާއި އިޚްތިޞާޞްގެ ދާއިރާގެ ތެރޭގައި ހިމެނޭ ބާވަތުގެ ޖިނާއީ ކުށުގެ މައްސަލައެއް ނުވާތީ،
އެމައްސަލަ ތަޙްޤީޤު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅާފައިވާކަމަށް އެކޮމިޝަނުން އެޓަރނީ
ޖެނެރަލްގެ އޮފީހަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައި އޮތްއޮތުމުގެ އިތުރަށް، ފޯޖް މައްސަލަ ތަޙްޤީޤު ކުރުމަކީ
އެކޮމިޝަނުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމަށް މިމައްސަލައިގައި އެކޮމިޝަނުގެ ފަރާތުން
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގޭއިރު،
ޅ.ނައިންހައުސްމާލެ، ޒުންނަވާރު ސަލީމް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް
ހުށަހަޅައިގެން އެކްރެޑިޓް ކޮށްފައިވާ ބެޗްލަރ އޮފް ލޯ ސެޓްފިކެޓާއި، އެ ސެޓްފިކެޓް އެކްރެޑިޓް ކުރުމަށްޓަކައި
ހުށަހެޅި އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓްތަކާއި، އެހެނިހެން ލިޔުންތަކަކީ ވެސް ފޯމް ކޮށްފައިވާ ލިޔުންތަކެއް
ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ފާހަގަ ކުރެވިފައިވާކަމަށް ބުނެ، ބެޗްލަރ އޮފް ލޯ ސެޓްފިކެޓްގެ
އެކްރެޑިޓޭޝަން ބާޠިލް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް އެންގި އެންގުމާއި، އަދި ޒުންނަވާރު
ސަލީމަށް ދޫކޮށްފައިވާ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ބާޠިލް ކުރުމަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް
އެންގިއެންގުމަކީ އެކޮމިޝަނަށް ޤާނޫނާއި ގަވާއިދުތަކުން މައްސަލަތައް ތަޙްޤީޤު ކުރުމަށް ލިބިފައިވާ ބާރުގެ
ހުދޫދުގެ ތަރަހައިގެ ތެރެއިން އަންގާފައިވާ އެންގުންތަކެއް ކަމުގައި ބެލެވެން ނެތް ކަމެވެ.
2x
22
02 ހ 04
(ބ) ފަސްވަނަ ކަމަކީ: މިމައްސަލައިގެ ހާދިސާ ހިނގިއިރު، ދިވެހިރާއްޖޭގައި
ވަކީލުކަން ކުރުމުގެ ހުއްދަ ދިނުމުގައި ޢަމަލުކުރުމުންދިޔަ، "ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިފަރަޖުން
މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ
ޞޫލު" ގެ 2 ވަނަ ނަންބަރުގައި ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
20
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-201
ޖެނެރަލްގެ އޮފީހުން ނިންމަވާފައިވަނީ، ހަމައެކަނި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރަމުންއަރުގެ
ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގައި ބަލާނެ ޝަރުޠުތައް ބަޔާންކޮށްފަ
ންކޮށްފައިވާ ކަމާއި، އެގޮތުން،
އެ އުސޫލުގެ 2 ވަނަ ނަންބަރުގެ (ޅ) ގައި "އެއުސޫލުގެ ޖަދުވަލުގެ 3 ގެ 1 ވަނަ ނަންބަރުގައި ބަޔާންކުރާ
ތައުލީމީ މަރުކަޒަކުން ބެޗްލަރ އޮފް ލޯޒް ޑިގްރީއެއް ނުވަތަ 3 އަހަރު ދުވަހުގެ އެޑްވާންސް ޑިޕްލޮމާއެއް
ނުވަތަ އެ ޖަދުވަލުގެ 2 ވަނަ ނަންބަރުގައި ބަޔާންކުރާ މާއްދާތައް ހިމެނޭ ގޮތުން އެނޫންވެސް ޤާނޫނީ
ޑިގްރީއެއް ހާސިލްކޮށްފައިވުން،" މިފަދައިން ބަޔާންކޮށްފައިވާ ކަމާއި، ޒުންނަވާރު ސަލީމަށް އެޓަރނީ
ޖެނެރަލްގެ އޮފީހުން "ޤާނޫނީ ވަކީލު ކަމުގެ ހުއްދަ" ދޫކޮށްފައިވަނީ، ޒުންނަވާރު ސަލީމަކީ، ޔުނިވަރސިޓީ އޮފް
އީސްޓްލަންޑަން އިން ބެޗްލަރ އޮފް ލޯ ޑިގްރީއެއް ހާސިލްކޮށްފައިވާ ފަރާތެއް ކަމުގެ ސެޓްފިކެޓް
ހުށަހަޅާފައިވުމާއި އަދި އެސެޓްފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސެޓްފިކެޓް ލެވެލް 7 ގައި
އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއްކަން އެނގޭ ލިޔުން ހުށަހެޅުމުން، ޤާނޫނީ ވަކީލުކަމުގެ ހުއްދަދިނުމުގައި، ބަލާ
އިސްވެ ބަޔާންވެދިޔަ އުސޫލުގެ 2 ވަނަ ނަންބަރުގެ (ޅ) ގެ ދަށުން ތަޢުލީމީ ޝަރުޠު ޒުންނަވާރު ސަލީމުގެ
ކިބައިގައި ފުރިހަމަވެފައިވާ ކަމަށް ބެލިގެން ކަމާއި ނަމަވެސް، ޒުންނަވާރު ސަލީމަށް ޔުނިވަރސިޓީ އޮފް
އީސްޓްލަންޑަން އިން "ބެޗްލަރ އޮފް ލޯ ޑިގްރީ ސެޓްފިކެޓަކީ ފޯމް ކޮށްފައިވާ ސެޓްފިކެޓެއް ކަން އެންޓި-
ކޮރަޕްޝަން ކޮމިޝަނުން ކުރި ތަޙްޤީޤަކަށް ސާބިތުވާކަމަށް ބަޔާންކޮށް ދޫކޮށްފައިވާ ޤާނޫނީ
ވަކީލުކަމުގެ ހުއްދަ ބާތިލްކޮށްދިނުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެދުނު
އެދުމުގެ މައްޗަށް ބިނާކޮށް، "ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ
ދިނުމުގެ އުޞޫލު" ގެ 2 ވަނަ ނަންބަރުގެ (ޅ) ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ޝަރުޠު ޒުންނަވާރު ސަލީމުގެ
ކިބައިން އުނިވެފައިވާކަމަށް ބަޔާންކޮށް އޭނާއަށް ދޫކޮށްފައިވާ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ބާޠިލްކަމަށް އެޓަރނީ
ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ މައްޗަށް ބިނާކޮށްކަން އެނގޭއިރު،
އިދާރީ ހިންގުމުގެ ދާއިރާއިން ކޮންމެ މީހަކާމެދު ޤާނޫނާއި، ޢަދުލު އިންސާ
އެއްގޮތްވާ ގޮތުގެމަތީން އެމީހަކާމެދު ކަންކުރެވުމުގެ ޙައްޤު އެމީހަކަށް ކަށަވަރުކޮށްދީފައިވާކަން ޤާނޫނުއަސާސީގެ
OX
ދިވެހި ރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
21
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-201
43 ވަނަ މާއްދާގެ (ހ) އިން އެނގޭކަމާއި، ދައުލަތުގެ މުއައްސަސާއަކުން މީހަކާމެދު އިދާރީގޮތުން އަޅާ
ފިޔަވަޅެއްގެ ޞައްޙަކަމާމެދު ސުވާލު އުފައްދައި ޝަރުޢީ ކޯޓަށް ހުށަހެޅޭ މައްސަލަތައް ކޯޓުން ބެލުމުގައި
އެފިޔަވަޅު އެޅުމަށް ނިންމުމަކީ ޤާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްތޯ ނުވަތަ ނޫންތޯ؟ ޝަރީޢަތުން
ބަލަންވާނެ ކަމާއި، އަދި ޝަރީޢަތުން އެމައްސަލަ ބެލުމުގައި، ރިޢާޔަތްކުރަންޖެހޭ ކަންތައްތަކެއް ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 13/SC
-
A/2009ޤަޟިއްޔާއާއި އެކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާ ކަމާއި، އެއީ-
އެނިންމުން ނިންމީ އެނިންމުމެއް ނިންމުމުގެ އިޚްތިސާސް ޤާނޫނީ ގޮތުން އޮތް
ފަރާތަކުންތޯ؟
2012/SC-S/31
-1
-2
އެނިންމުމެއް ނިންމުމުގައި ޤާނޫނުއަސާސީއިން ނުވަތަ ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން
ޝަކްލީ ގޮތުންނާއި އިޖްރާއީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކޮށްފައިވޭތޯ؟
އެނިންމުމަކީ އެނިންމުމެއް ނިންމިއިރު، ޢަމަލުކުރެވޭ އެއްވެސް ޤާނޫނަކާ ނުވަތަ
ޤަވާޢިދަކާ ޚިލާފު ކަމެއްތޯ؟
04
-4
އެނިންމުމެއް ނިންމުމުގައި އިޚްތިޔާރީ ބާރުގެ ބޭނުން ނުރަނގަޅު ގޮތުގައި ނުވަތަ
ނާޖާއިޒް ގޮތުގައި ބޭނުންކޮށް ޤާނޫނީ ގޮތުން އެމަޤްޞަދަކަށްޓަކައި އެނިންމުން އޮންނަން ޖެހޭ އިންތަކުން
އެނިންމުން ބޭރު ވެފައިވޭތޯ؟
-5
އެނިންމުން ބިނާކުރީ މާއްދީ ޙަޤީޤަތްތަކެއްގެ މައްޗަށް ކަމަށް ވާނަމަ އެޙަޤީޤަތް
އެގޮތަށް ހުރިތޯ؟ އަދި އެނިންމުން ބިނާކުރި ޤާނޫނީ ސަބަބުތައް ޞައްޙަތޯ؟ ކަމާއި،
މިކަންތައްތަކުގެ މައްޗަށް ބަލާއިރު، މިމައްސަލައިގެ ހާދިސާ ހިނގިއިރު ޢަމަލުކުރެވޭހުން
ޤާނޫނާއި ޤަވާއިދުތަކުގެ ދަށުން، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ
ދިނުމާއި ވަކި މުއްދަތަކަށް އެހުއްދަ ހިފެހެއްޓުމާއި، އަދި އެހުއްދަ ބާޠިލްކުރުމަކީ އެޓަރނީ ޖެނެރަލްގެ އޮފީމުން
ސައްކަތާރު
ދިވެހި ރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-
201
މައްސަލަތަކަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ 37، ދިވެހިވެއްޖޭ"
އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމެއްކަން އެނގެން އޮތުމުން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމުގައި ބަލާ
ޝަރުޠުތަކެއް އުނިވެއްޖެ ހިނދެއްގައި، އެހުއްދަ ބާޠިލްކުރުމުގެ ބާރު އެޓަރނީ ޖެނެރަލްގެ އޮފީހަށް
ލިބިގެންވާނެ ކަމަށް ޤަބޫލުކުރެވޭ ކަމާއި،
މިމައްސަލައިގައި ޒުންނަވާރު ސަލީމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ދޫކޮށްފައިވާ "ޤާނޫނީ
ވަކީލުކަން ކުރުމުގެ ހުއްދަ ބާޠިލް ކުރުމަށް ނިންމާފައިވަނީ "ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ
ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ އުޞޫލުގެ 2 ވަނަ ނަންބަރުގެ (ޅ) ގައި
ބަޔާންކޮށްފައިވާ ތަޢުލީމީ ޝަރުޠު އޭނާގެ ކިބައިން އުނިވެފައިވާތީކަމަށް ބަޔާންކޮށްކަން އެނގޭއިރު، އެޓަރނީ
ޖެނެރަލްގެ އޮފީހުގެ އެނިންމުން ބިނާކޮށްފައިވަނީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙްޤީޤުކުރި މޯލްޑިވްސް
ކޮލިފިކޭޝަން އޮތޯރިޓީގެ މުވައްޒަފުންތަކެއް މަޤާމުގެ ނުފޫޒު ބޭނުންހޭ
ނުންކޮށްގެން ޅ.ނައިންހައުސް ންނަވާރު
ސަލީމްގެ ޞައްހަ ނޫން ސެޓްފިކެޓްތަކެއް އެކްރެޑިޓް ކޮށްފައިވާކަމަށް ބުނެ ހުށަހެޅި މައްސަލައިގެ ތަޙްޤީޤުގައި،
ހޯދިހޯދުންތަކުން، މ.ނައިންހައުސް ޒުންނަވާރު ސަލީމް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް އެކްރެޑިޓް
ކުރުމަށް ހުށަހެޅި ބެޗްލަރ އޮފް ލޯ ސެޓްފިކެޓަކީ ޞައްޙަ ސެޓްފިކެޓެއް ނޫންކަމަށާއި އަދި އެއީ ފޯމް
ކޮށްފައިވާ ސެޓްފިކެޓެއް ކަމަށް ތަޙްޤީޤަށް ފާހަގަ ކުރެވިފައިވާ ކަމަށް ބަޔާންކޮށް ޒުންނަވާރު ސަލީމަށް
އެޓަރނީ ޖެނެރަލްގެ އޮފީހުން ދޫކޮށްފައިވާ ޤާނޫނީ ވަކީލު ކަމުގެ ހުއްދަ ބާތިލްކޮށް ދިނުމަށް އެޓަރނީ
ޖެނެރަލްގެ އޮފީހަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން އަންގާފައިވާ އެންގުމުގެ މައްޗަށްކަން އެނގޭކަމާއި،
އެޓަރނީ ޖެނެރަލްގެ އޮފީހަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެންގި އެންގުމުގައި ސެޓްފިކެޓް ފޯމް ކުރި
މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤު ކުރުމަށް މޯލްޑިވްސް
ހުށަހަޅާފައިވާ ކަމަށް ބަޔާންކޮށްފައިވާ ކަމާއި، ލިޔެކިއުން ފޯމް ކޮށްފައިވާ ކަމަށް
ތ ތކ
5
ޖިނާއީ
ކަމުގައިވާތީ އެފަދަ މައްސަލަ ތަޙްޤީޤު ކުރުމުގެ ބާރު އެކޮމިޝަނަށް ލިބިގެން ނުވާކަން އެނގޭއިރު،
ދިވެހި ރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
23
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2016/HC-A-201
އެކޮމިޝަނަށް ޤާނޫނުން ލިބިދީފައިވާ ބާރުގެ ހުދޫދުގެ ތެރޭގައި ނުހިމެނޭ ބާވަތުގެ މައްސަލައެއްގައި ވަކިގޮތަކަށް
ފިޔަވަޅު އެޅުމަށް އެންގުމުގެ ބާރު އެކޮމިޝަނަށް ޤާނޫނީ ގޮތުން ލިބިގެންނުވާތީ، އެކޮމިޝަނުން ޒުންނަވާރު
ސަލީމުގެ ޤާނޫނީ ވަކީލު ކަމުގެ ހުއްދަ ބާތިލްކޮށްދިނުމަށް އެންގިއެންގުމަކީ، އޭގެ ޒާތުގައި ބާޠިލް
ނިންމުމެއްކަމުގައި ބެލެވޭނެ ކަމާއި،
oxo
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އިސްވެ ބުނެވުނު އެންގުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން
ޢަމަލު ކުރުމުގައި އެކޮމިޝަނުން އެންގިއެންގުމަކީ ޤާނޫނާއި ޤަވާޢިދުތަކުގެ ހުދޫދުގެ ތެރެއިން އެކޮމިޝަނަށް
ލިބިގެންވާ ބާރުގެ ތެރެއިން އަންގާފައިވާ އެންގުމެއް ތޯ ބަލާފައިވާކަން އެނގެން ނެތްކަމާއި، އަދި އެއެންގުން
އަންގާފައިވަނީ އެކޮމިޝަނަށް ޤާނޫނާއި ގަވާއިދުތަކުގެ ދަށުން ލިބިގެންވާ ބާރުގެ ތެރޭގައި ތަޙްޤީޤުކޮށްފައިވާ
މައްސަލައެއްގައިތޯ ނުވަތަ ނޫންތޯ ބަލާފައިނުވާއިރު،
4 22
ދައުލަތުގެ ތަންފީޒީ އެއްވެސް މުއައްސަސާއަކަށް ޤާނޫނުއަސާސީއާއި ޤާނޫނުންނާއި
ޤަވާއިދުތަކުގެ ތެރެއިން ލިބިފައިވާ ބާރުގެ ބޭރުން ނިންމާ ކޮންމެ ނިންމުމަކީ އޭގެ ޒާތުގައި ބާތިލް ނިންމުމެއް
ކަމުގައި ބެލެވޭނެ ކަމާއި، ދައުލަތުގެ މުއައްސަސާއަކުން އަޅާފިޔަވަޅެއްގެ ސަބަބުން މީހެއްގެ ފަރުދީ ޙައްޤަކަށް
ގެއްލުމެއް ލިބޭނަމަ، ޢަދުލުއިންޞާފުގެ ހަމަތަކުން ބަލާއިރު، އެމީހަކާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލައަކީ
ކޮބައިކަން އޭނާއަށް އަންގައި، އެކަމާގުޅޭ ގޮތުން ޖަވާބު ދާރީވުމުގެ ފުރުސަތު އެމީހަކަށް ލިބިދޭން ވާނެ ކަމާއި،
އަދި އެމައްސަލައިގައި ޤާނޫނީ ވަކީލެއް ނުވަތަ އޭނާ އިޚްތިޔާރުކުރާ އެހެން ފަރާތެއްގެ އެހީތެރިކަމާއެކު،
އެމައްސަލައިގައި ދިފާޢު ވުމުގެ ފުރުޞަތު ލިބިދޭންޖެހޭނެ ކަމާއި، މިޙައްޤުތަކަކީ ޤާނޫނުއަސާސީގެ 43 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޢަދުލުވެރިކަމާއެކު، ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އިދާރީ
ފިޔަވަޅުއެޅުމުގެ މަފްހޫމުގެ ތެރޭގައި ހިމެނޭ ޙައްޤުތަކެއް ކަމަށްވާއިރު، މި މައްސަލައިގައި އެޓަރނީ ޖެނެރަލްގެ
އޮފީހުން، ޒުންނަވާރު ސަލީމުގެ ޤާނޫނީ ވަކީލު ކަމުގެ ހުއްދަ ބާޠިލް ކުރުމަށް ނިންމާ
އެހުއްދަ ދޫކުރެވުނުއިރު، އެޓަރނީޖެނެރަލްގެ އޮފީހުން ބެލި ކަންތައްތަކާމެދު، ޖަވާބުދާރީވުމާއި
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
24
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-201
ފުރުސަތު ޒުންނަވާރު ސަލީމަށް ލިބިނުދާކަން އެނގެން އޮންނާތީ، މިމައްސަލައިގައި ޒުންނަވާރު ސަލީމަށް
އެޓަރނީ ޖެނެރަލްގެ އޮފީހުން ދޫކޮށްފައިވާ ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ބާޠިލް ކުރުމުގައި ޝަކްލީ
ގޮތުންނާއި އިޖްރާއީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން އެޓަރނީ ޖެނެރަލްގެ އޮފީހުން ފުރިހަމަ
ކޮށްފައިނުވާކަން އެނގޭކަމާއި،
މިމައްސަލައިގެ ހާދިސާ ހިނގިއިރު، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ
ދޫކުރުމަކީ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނިގެން އެއޮފީހުން ކުރަމުން
ގެންދިޔަ ކަމެއްކަމާއި، ޤާނޫނީ ވަކީލަކަށް ދޫކޮށްފައިވާ ހުއްދަ ބާޠިލްކުރުމުގެ ބާރު އެއޮފީހަށް
ލިބިގެންވީނަމަވެސް، މިމައްސަލައިގައި ޒުންނަވާރު ސަލީމުގެ ޤާނޫނީ ވަކީލު ކަމުގެ ހުއްދަ ހޯދުމަށް އެދި
ހުށަހަޅާފައިވާ ބެޗްލަރ އޮފް ލޯ ސެޓްފިކެޓަކީ، ޕޯޖް ކޮށްފައިވާ ސެޓްފިކެޓެއް ކަމުގައި އެންޓި-ކޮރަޕްޝަން
ކޮމިޝަނުން ކުރި ތަޙްޤީޤުގައި ފާހަގަކުރެވިގެން ޒުންނަވާރު ސަލީމުގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ
ބާޠިލްކުރުމަށް އެންގިއެންގުމުގައިވާ ކަންކަން އެޓަރނީ ޖެނެރަލްގެ އޮފީހުން ކަށަވަރު ކުރަންޖެހޭނެކަމަށް
ޤަބޫލުކުރެވޭކަމާއި، އަދި އެކަން ކަށަވަރު ކުރުމުގެ ގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހުން އެކަމާގުޅޭ ގޮތުން
ޒުންނަވާރު ސަލީމާ ސުވާލުކޮށްފައިނުވާ ކަމާއި، އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަޙްޤީޤުކުރި
މައްސަލައިގައިވެސް، ޒުންނަވާރު ސަލީމާ ސުވާލުކޮށް، އޭނާގެ ބަހެއް ހޯދާފައިވާކަން އެނގެން ނެތްކަމާއި،
ޒުންނަވާރު ސަލީމަށް ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަނުން ދޫކޮށްފައިވާ ބެޗްލަރ އޮފް ލޯ ސެޓްފިކެޓަކީ ވޯޖް
ކޮށްފައިވާ ސެޓްފިކެޓެއްކަމަށް ބެލެވުނު މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅާފައިވެންޓްގެ ފަg
ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤު ކުރަމުންދަނިކޮށް، އެމައްސަލަ ތަޙްޤީޤުކޮށް ނިމުމުގެ
ޒުންނަވާރު ސަލީމުގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ބާޠިލްކުރުމަށް ނިންމުމަކީ އިންޞާފުގެ ނަޒަރުން .
ޢަދުލުވެރި ގޮތެއްކަމުގައި ނުބެލެވޭ ކަމާއި، އަދި އެފަދަ ޙާލަތުގައި އެންމެ ޢަދުލުވެރި ގޮތަކީ، އެމައްސަލައިގެ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
25
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-201
04 04
ތަޙްޤީޤު ނިމެންދެން ނުވަތަ ޝަރީޢަތުން އެމައްސަލައިގައި ގޮތެއް ނިންމަންދެން އޭނާގެ ޤާނޫނީ ވަކީލުކަމުގެ
ހުއްދަ، ވަކި މުއްދަތަކަށް ސަސްޕެންޑް ކުރުން ކަމަށް ޤަބޫލު ކުރެވޭކަމާއި،
ސެޓްފިކެޓް ފޯޖްކުރިކަމަށް ޒުންނަވާރު ސަލީމްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ،
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤް ކުރުމަށް ފަހު، ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް
ފޮނުވުމުން ޒުންނަވާރު ސަލީމުގެ މައްޗަށް ދަޢުވާކުރި މައްސަލަ ކްރިމިނަލް ކޯޓުގައި މިހާރު ހިނގަމުންދާކަން
ޝަރީޢަތުން އެކަމާގުޅޭ ގޮތުން ބެލިބެލުމުން އެނގޭކަމާއި، ޒުންނަވާރު ސަލީމުގެ މައްޗަށް ދަޢުވާ
ޢުވާކޮށްފައިވާ
މައްސަލައިގައި ޙުކުމް ކުރާ ގޮތަކުން، ފޯޖް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ސެޓްފިކެޓުގެ ޞައްޙަ ކަމާމެދު
ގޮތެއް ކަނޑައެޅިގެން ދާނެކަން އެނގޭއިރު،
ޏ
މިމައްސަލައިގައި ޒުންނަވާރު ސަލީމް، ޤާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށްއެދި އެޓަރނީ
ޖެނެރަލްގެ އޮފީހަށް ހުށަހެޅި ބެޗްލަރ އޮފް ލޯ ސެޓްފިކެޓަކީ ފޯޖްކޮށްފައި އޮތް ސެޓްފިކެޓެއް ކަމުގައި، އެންޓި-
ކޮރަޕްޝަން ކޮމިޝަނުން ކުރި އިސްވެ ބަޔާންކޮށްފައިވާ ތަޙްޤީޤުގައި ފާހަގަ ކުރެވިފައިވާ ކަންކަމަށާއި، އަދި
އޭނާއަށް ދޫކޮށްފައިވާ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލްކޮށް ދިނުމަށް އެދިފައިވާ އެދުމުގެ މައްޗަށް ބިނާކޮށް
ޒުންނަވާ ސަލީމުގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ބާޠިލްކުރުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ
ނިންމުމަކީ، އެމައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ މައްޗަށް ބަލާއިރު، އެންމެ ޢަދުލުވެރި ގޮތުގައި
ނިންމާފައިވާ ނިންމުމެއް ނޫން ކަމެވެ.
(ށ) ހަވަނަ ކަމަކީ: އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކޮށްފައިވާ ތަޙްޤީޤު ރިޕޯޓަށް ބަލާއިރު،
އެތަޙްޤީޤަކީ ޒުންނަވާރު ސަލީމްގެ މައްޗަށް ކޮރަޕްޝަން ޢަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރާ
ކޮށްފައިވާ ތަޙްޤީޤައްނޫން ކަމާއި، އަދި އެ ކޮމިޝަނުން ތަޙްޤީޤު ކުރާ މައްސަލައަކީ، ވޯޖްކޮށް
ސެޓްފިކެޓްގެ މައްސަލައެއް ނޫންކަމާއި، ފޯޖުގެ މައްސަލަ ތަޙްޤީޤު ކުރުމަކީ އެންޓި-ކޮރަޕްޝަން ކޮދިޝްގެ
ޤާނޫނުއަސާސީއާއި ޤާނޫނުން ލިބިދީފައިވާ ބާރުގެ ތެރޭގައި ހިމެނޭ ބާވަތުގެ މައްސަލައެއްވެސް ނޫންކަން
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
26
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-201
ސާފުކޮށް އެނގޭއިރު، އެކޮމިޝަނަށް ހުށަހެޅުނު މައްސަލައެއްގައި ކުރެވުނު ތަޙްޤީޤަށް އެކޮމިޝަނަށް ޤާނޫނާއި
ޤަވާޢިދާ ޚިލާފަށް ހިނގާފައިވާކަމަށް އެކޮމިޝަނަށް ފާހަގަ ކުރެވުނު ކަމެއް އެކަމަކާގުޅޭ ސަރުކާރުގެ ނުވަތަ
ދައުލަތުގެ މުއައްސަސާ ނުވަތަ އިދާރާއަކަށް އެންގުމަކީ އެކޮމިޝަނަށް ޤާނޫނުން ލިބިދީފައިވާ ބާރެއްކަން
އެނގެން އޮންނަކަމާއި، އެންޓި-ކޮރަޕްޝަނުން އަންގާ އެންގުމަށް އެއެންގުން ރައްދުވާ މުއައްސަސާއަކުން
ޢަމަލުކުރުން ލާޒިމްވާނީ އެތަޙްޤީޤެކީ އެކޮމިޝަނަށް ޤާނޫނުއަސާސީންނާއި ޤާނޫނުން މަތިކޮށްފައިވާ
އެކޮމިޝަނުގެ މަސްއޫލިއްޔަތާއި ބާރުތަކުގެ ހުދޫދުގެ ތެރޭގައި ހިމެނޭ ކުށްތައް ތަޙްޤީޤުކުރުމަށްފަހު،
އަންގާފައިވާ އެންގުމެއްކަމުގައި ވާނަމަކަން އެނގޭއިރު، މިމައްސަލައިގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން
އެޓަރނީ ޖެނެރަލްގެ އޮފީހަށް ޒުންނަވާރު ސަލީމު ގެ ޤާނޫނީ ވަކީލު ކަމުގެ ހުއްދަ ބާޠިލްކުރުމަށް އަންގާފައިވާ
އެންގުމާއި، އަދި ޒުންނަވާރު ސަލީމުގެ ބެޗްލަރ އޮފް ލޯ ސެޓްފިކެޓްގެ ވެލިޑޭޝަން ބާޠިލްކޮށްދިނުމަށް
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް އަންގާފައިވާ އެންގުމަކީ، އެކޮމިޝަނުގެ މަސްއޫލިއްޔަތާއި ބާރުތަކުގެ
ހުދޫދުގެ ތެރޭގައި ހިމެނޭ ޖިނާއީ މައްސަލައެއްގެ ތަޙްޤީޤުގެ މައްޗަށް ބިނާކޮށް އަންގާފައިވާ އެންގުމެއް
ކަމުގައިނުވާއިރު، އެމައްސަލައިގެ ޙަޤީޤަތްތަކާއި އެޙަޤީޤާތްތަކުގެ ޞައްޙަކަން ކަށަވަރުނުކޮށް، އެއެންގުމުގައިވާ
ގޮތުގެމަތިން ޢަމަލުކުރުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުންނާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން
ނިންމާފައިވާ ނިންމުމަށް ބަދަލުގެންނަންޖެހޭ ތަނެއްނެތްކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ، އިސްވެ
ބަޔާންކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތް ނިންމުމެއް
ނޫންކަން އެނގެން އޮންނަކަމެވެ.
2 20
އެހެންކަމުން، މ.ނައިންހައުސް ޒުންނަވާރު ސަލީމުގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ބާޠިލް
ކުރުމަށާއި، ޒުންނަވާރު ސަލީމުގެ ބެޗްލަރ އޮފް ލޯ ސެޓްފިކެޓުގެ ވެލިޑޭޝަން
އެންޓި-
ކޮރަޕްޝަން ކޮމިޝަނުން އެޓަރނީ ޖެނެރަލްގެ އޮފީހަށާއި މޯލްޑިވްސް ކޮލިފިކޭޝަން
އެންގުންތަކަކީ އެކޮމިޝަނަށް ޤާނޫނުއަސާސީންނާއި ޤާނޫނުން ލިބިދީފައިވާ ބާރުގެ އުދޫދާގެ ބިން އަންގާފައިވާ
ތެރީޓް
އަޝަގ 3
1997
ދިވެހި ރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
27
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-201
އެންގުންތަކެއް ކަމާއި، އަދި އެއެންގުންތަކުގައިވާ ގޮތުގެމަތިން ޒުންނަވާރު ސަލީމުގެ ޤާނޫނީ ވަކީލު ކަމުގެ
ހުއްދަ ބާޠިލްކުރުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ ނިންމުމާއި، ޒުންނަވާ ސަލީމުގެ ބެޗްލަރ
އޮފް ލޯ ސެޓްފިކެޓްގެ ވެލިޑޭޝަން ބާޠިލްކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ނިންމާފައިވާ
ނިންމުމަކީ، އެފަދަ ނިންމުމެއް ނިންމުމުގެ ކުރިން ޝަކުރީ ގޮތުންނާއީ އިޖްރާޢީ ގޮތުން އެދެމުއައްސަސާއިން
ބަލަންޖެހޭ ކަންތައްތަކަށާއި، އަދި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ނުކޮށް ނިންމާފައިވާ ދެ
ނިންމުންކަމުގައިވާތީ، އެދެނިންމުން ބާޠިލް ކުރަންޖެހޭ ކަމަށް އަހުރެން (ޢަބްދުއްރައޫފު އިބްރާހީމް) އަށް
ފެންނަކަމަށް ބަޔާންކޮށް، އަހުރެންގެ ރައުޔު އިއްވަމެވެ.
02 0
• އަޣުލަބިއްޔަތު ރައުޔު (ފަނޑިޔާރު ޢަލީ ސަމީރު އާއި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު)
އާއި އެރައުޔު ބިނާކުރެވިފައިވާ އަސާސްތައް
LG OX
(ހ) ފުރަތަމަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1790 ޤަޟިއްޔާއަކީ،
އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ލިބިގެންވާ ބާރަކީ ހަމައެކަނި ދައުލަތުގެ އިދާރާތަކުން ހިންގާ ކަންތަކުގެ
ތެރޭގައި ކޮރަޕްޝަންގެ ޢަމަލުގެ ގޮތުގައި ތުހުމަތު ކުރެވޭ ކަންތައްތައް ތަޙްޤީޤު ކުރުމާއި، އެ ތަޙްޤީޤު ފުރިހަމަ
ކުރުމަށް މަގުފަހިކޮށްދޭ އެހެނިހެން ކަންތައް ކުރުންކަމަށް ވާއިރު، 23 ޖުލައި 2013 ގައި އެންޓި-ކޮރަޕްޝަން
ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ލިޔުމުގައި، މ.ނައިންހައުސްމާލެ، ޒުންނަވާރު ސަލީމް (ދިވެހި
ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A010996) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ހުށަހަޅައިގެން
އެކްރެޑިޓް ކޮށްފައިވާ ބެޗްލަރ އޮފް ލޯ ސެޓްފިކެޓަކީ ޕޯޖް ސެޓްފިކެޓެއްކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ
ތަޙްޤީޤަށް ފާހަގަ ކުރެވިފައިވާތީ، ޒުންނަވާރު ސަލީމްގެ ބެޗްލަރ އޮފް ލޯ ސެޓްފިކެޓް
ހުށަހެޅި އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓްތަކާއި، އެހެނިހެން ލިޔުންތަކަކީ ވެސް ކޮށްފައިވާ
ލިޔުންތަކެއްކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ފާހަގަ ކުރެވިފައިވާކަމަށް
29
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
28
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-201
.
426ހހހ
ލްނަޖާނީ
ސެޓްފިކެޓްގެ އެކްރެޑިޓޭޝަން ބާޠިލް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގައި ދަންނަވައި، އަދި
އެޓަރނީ ޖެނެރަލްގެ އޮފީހުން ޒުންނަވާރު ސަލީމަށް ދޫކޮށްފައިވާ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ބާޠިލް
ކޮށްދެއްވުމަށާއި، އެކަމާ ގުޅިގެން ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެޓަރނީ ޖެނެރަލަށް
އަންގާފައިވަނީ، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންޑޭޓުން ބޭރުން ކުރި ތަޙްޤީޤުގެ މައްޗަށް ބިނާކޮށްގެން
ކަމަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ތަޙުޤީޤު އޭގެ އިންތަކުން ފަހަނަ އަޅައި ގޮސްފައިވުމުން އެފަދަ
ތަޙްޤީޤެއްގެ މައްޗަށް ބިނާކުރެވިފައިވާ ޙަޤީޤަތްތައް ސައްޙަ ނުވާނެކަމަށް ބުނެ، އެންޓި-ކޮރަޕްޝަން
ކޮމިޝަނުން އެކުލަވާލާފައިވާ ތަޙުޤީޤު ރިޕޯޓު ބާޠިލްވާނެކަމަށާއި، މިގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ
ތަޙުޤީޤު ރިޕޯޓު ބާޠިލް ކޮށްދެއްވުމަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްވެ ދެންނެވުނު އިދާރާތަކަށް
އެފަދަ އެންގުމެއް އެންގުމުގެ އިޚްތިޞާޞް ޤާނޫނީ ގޮތުން ލިބިދީފައިނުވާ ކަމަށާއި، އެންޓި-ކޮރަޕްޝަން
ކޮމިޝަނުގެ އެންގުމުގެ މައްޗަށް ބިނާކޮށް އެފަދަ ފިޔަވަޅެއް ކަނޑައަޅައިދެއްވުމަށާއި، އަދި
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އެންގުމުގެ މައްޗަށް ބިނާކޮށް 25 ޖުލައި 2013 ގައި އެޓަރނީ ޖެނެރަލްގެ
އޮފީހުން ޒުންނަވާރު ސަލީމްގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ބާޠިލްކޮށްފައިވުމާއި، އަދި 04 އޮގަސްޓް 2013
ގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ބެޗްލަރ އޮފް ލޯގެ ވެލިޑޭޝަން ބާޠިލް ކޮށްފައިވަނީ ޤާނޫނީ ގޮތުން
އިޚްތިޞާޞް ލިބިފައިވާ ފަރާތެއްގެ އެންގުމުގެ މައްޗަށް ބިނާކޮށްގެން ކަމުގައި ނުވާތީ، އެޓަރނީ ޖެނެރަލްގެ
އޮފީހުގެ ނިންމުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ނިންމުން ބާޠިލް ކޮށްދިނުމަށާއި، މިމައްސަލައިގެ
ތަޙުޤީޤު ފުރިހަމަވެފައިނުވާކަމަށް ކަނޑައަޅައިދިނުމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
21
/
2012/SC
-
A ޤަޟިއްޔާގެ ޙުކުމާ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޚިލާފުވެފައިވާ ކަމަށް
ކަނޑައަޅައިދިނުމަށާއި، ޒުންނަވާރު ސަލީމަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އިން ލިބިދީފައިވާ
ޙައްޤުން މަޙްރޫމްވެފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މައްޗަށާއި،
އެޓަރނީ ޖެނެރަލްގެ އޮފީހުގެ މައްޗަށާއި، އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ މައްޗަރަމުން
ސަލީމް ދަޢުވާ ކުރުމުން ބައްލަވާ ނިންމަވާފައިވާ ޤަޟިއްޔާއެއްކަން އެނގެން އޮންނަކަމެވެ. +
SC-A/21/2012
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
29
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-2/01
(ށ) ދެވަނަ ކަމަކީ: އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުރަހެޅިގެން އެކޮމިޝަނުން ތަޙްޤީޤުކުރި
މައްސަލައަކީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މުވައްޒަފުންތަކެއް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން
ޅ.ނައިންހައުސް!ޒުންނަވާރު ސަލީމްގެ ޞައްހަ ނޫން ސެޓްފިކެޓްތަކެއް އެކްރެޑިޓް ކޮށްފައިވާކަމަށް ބުނެ
ހުށަހެޅި މައްސަލަ ކަމާއި، އެ މައްސަލައިގެ ތަޙްޤީޤުގައި އެކޮމިޝަނުން ހޯދިހޯދުންތަކުން، ޅ.ނައިންހައުސް
ޒުންނަވާރު ސަލީމް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް އެކްރެޑިޓް ކުރުމަށް ހުށަހެޅި ބެޗްލަރ އޮފް ލޯ
ސެޓްފިކެޓަކީ ސައްހަ ސެޓްފިކެޓެއް ނޫންކަމަށް، އެ ސެޓްފިކެޓް ދޫކޮށްފައިވާކަމަށް ޒުންނަވާރު ސަލީމް ބުނާ
މެލޭޝިއާގެ ސްޓެލްފޯޑް ކޮލެޖުން މަޢުލޫމާތު ދީފައިވާކަމާއި، ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަންގެ ނަމުގައި
ދޫކޮށްފައިވާ ޓްރާންސްކްރިޕްޓަކީ ފޯމް ޑޮކިއުމެންޓެއް ކަމަށް އެ ޔުނިވަރސިޓީއިން މަޢުލޫމާތު ދީފައިވާކަމާއި،
ޒުންނަވާރު ސަލީމްގެ ރެކޯޑެއް އެޔުނިވަރސިޓީގެ ޑޭޓާބޭސްގައި ނެތް ކަމާއި، އެ ޔުނިވަރސިޓީގައި ޒުންނަވާރު
ސަލީމް، ދުވަހަކުވެސް ތައުލީމު ޙާޞިލްކޮށްފައިނުވާ ކަމާއި، ޒުންނަވާރު ސަލީމް ކިޔެވިކަމަށް ބުނާ ކޯހަކީ އެ
ޔުނިވަރސިޓީން ސްޓެލްފޯޑު ކޮލެޖުގައި ކިޔަވައިދޭ ކޯހެއް ނޫންކަމަށް މަޢުލޫމާތު ދީފައިވާ ކަމާއި،
ބަޔާންވެދިޔަ ސެޓްފިކެޓްތައް ޙާޞިލްކުރުމަށްޓަކައި، މެލޭޝިޔާގައި ދެއަހަރު ދުވަސް ހޭދަކުރި
ކަމަށް ޖުންނަވާރު ސަލީމް ބުނެފައިވާއިރު، އަދި އެސެޓްފިކެޓްތަކުގެ ޓްރާންސްކްރިޕްޓްގައި އެކޯހުގައި
ކިޔަވާފައިވަނީ ފުލްޓައިމްކޮށް 2005 އަދި 2006 ވަނަ އަހަރުގައި ކަމަށް ބަޔާންކޮށްފައިވާއިރު،
އެއަހަރުތަކުގައި ޒުންނަވާރު ސަލީމް، ރާއްޖެއިން ބޭރަށް ދަތުރު ކޮށްފައިވާ ގޮތުގެ ތަފްޞީލް މޯލްޑިވްސް
އިމިގްރޭޝަން (ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން) ހޯދައިގެން ތަޙްޤީޤުގައި ބަލާފައިވާ
ކަމާއި އެގޮތުން ބެލިބެލުމުން، ޒުންނަވާރު ސަލީމް 2005 ވަނަ އަހަރު ރާއްޖެއިން ބޭރަށް ދަތުރެއްކޮށްފައިވަނީ
20 ޑިސެމްބަރު 2005 އިން 26 ޑިސެމްބަރު 2005 އަށް ކަމާއި، އަދި 2006 ވަނަ އަހަރު ރާއްޖެއިން
ބޭރަށް ދަތުރުކޮށްފައިވަނީ 06 ޖެނުއަރީ 2006 އިން 13 ޖެނުއަރީ 2006 އަށް، 11 މާރޗް 8006
15 މާރޗް 2006 އަށް، 21 މާރޗް 2006 އިން 26 މާރޗް 2006 އަށް އަދި 21 އެޕްރީލް 06
އިން 30 އެޕްރީލް 2006އަށް ކަމަށް އިމިގްރޭޝަންގެ ރެކޯޑްތަކުން އެނގެން އޮތުމުން، އެ ސެޓްފިކެޓުގެ
*
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
ހަ*ނެ
30
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-201
OO
TOXIC
ޓްރާންސްކްރިޕްޓްގައިވާ ތާރީޚްތަކާ ޒުންނަވާ ސަލީމް ރާއްޖެއިން ބޭރުގައި ހޭދަކޮށްފައިވާ ތާރީޚްތަކާ ދިމާނުވާ
ކަމާއި، މީގެ އިތުރުން، ޒުންނަވާރު ސަލީމް، ފުރިހަމަކުރި ކަމަށް ބުނާ ބެޗްލަރ އޮފް ލޯ ކޯހަކީ 3 އަހަރު
ދުވަހުގެ ކޯހެއް ކަމާއި، ޒުންނަވާރު ސަލީމްއަށް އެއް އަހަރު ދުވަހުގެ އެގްޒެމްޕް
އެގްޒެމްޕްޝަނެއް އެކޯހުން
ލިބިފައިވާކަމަށް ބަޔާންކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ހުށަހަޅާފައިވާ، މެލޭޝިޔާގެ ސްޓެލްފޯޑް
ކޮލެޖުން ދޫކޮށްފައިވާ އެގްޒެމްޕްޝަނާ ގުޅޭ ލިޔުމަކީ ވެސް ޞައްޙަ ލިޔުމެއް ނޫންކަމަށް އެކޮލެޖުން މަޢުލޫމާތު
ދީފައިވާ ކަމާއި، އެލިޔުމުގައިވާ ޒުންނަވާރު ސަލީމްގެ ޕާސްޕޯޓް ނަންބަރަކީ 04 ޑިސެމްބަރު 1999 ގައި
ދޫކޮށް 04 ޑިސެމްބަރު 2004 އަށް މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއްގެ ނަންބަރެއް ކަމަށް ވާއިރު،
އެލިޔުމުގައި ޒުންނަވާރު ސަލީމް އެކޮލެޖަށް އެންރޯލްވިކަމަށް ބަޔާކޮށްފައިވާ ތާރީޚަކީ އޭގެ ފަހުގެ ތާރީޚެއް
(ސެޕްޓެމްބަރު 2005 ގައި) ކަމާއި،
އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކަކީވެސް، ޞައްޙަ ސެޓްފިކެޓްތަކެއް ނޫންކަމަށް، އެ ސެޓްފިކެޓްތައް
ދޫކުރި ކަމަށް ޒުންނަވާރު ސަލީމް ބުނާ މެލޭޝިޔާގެ ސަންވޭ ޔުނިވަރސިޓީ ކޮލެޖުން ތަޙްޤީޤަށް މަޢުލޫމާތު
ދީފައިވާ ކަމާއި، ޒުންނަވާރު ސަލީމް ދުވަހަކު ވެސް އެކޮލެޖުގައި ތައުލީމު ހާސިލްކުރި މީހެއް ނޫންކަމާއި،
އެކޮލެޖުން އޯލެވެލް ކިޔަވައިނުދޭ ކަމާއި، އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓާއެކު އެޓޭޗްކޮށްފައިވާ އޭލެވެލް އަދި
އޯލެވެލް ފުރިހަމަކުރި ކަމުގެ ލިޔުންތަކުގައިވާ ތާރީޚުތަކާ، އެސެޓްފިކެޓްތައް ދޫކުރިކަމަށް ލިޔެފައިހުރި ތާރީޚްތަކާ
ދިމާނުވާ ކަމާއި،
މިކަންކަން މިހެން ހުރުމުން، ޒުންނަވާރު ސަލީމް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް
ހުށަހަޅައިގެން އެކްރެޑިޓްކޮށްފައިވާ ބެޗްލަރ އޮފް ލޯ ސެޓްފިކެޓަކީ ޕޯޖު ސެޓްފިކެޓެއްކަމަށް އެންޓި-ކޮރަޕްޝަން
ކޮމިޝަންގެ ތަޙްޤީޤަށް ފާހަގަ ކުރެވޭކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން މި މައްސަލަ ތަކުގެ ކޮ
ތައްޔާރުކޮށްފައިވާ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
31
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-201
2 0 2
ތތ
14ޤަ
(ނ) ތިންވަނަ ކަމަކީ: "އެންޓި-ކޮރަޕްޝަން ކޮމިޝަން" އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 7 ވަނަ ބާބުގައި ބަޔާންކޮށްފައިވާ މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމްތަކުގެ
ތެރޭގައި، ހިމެނޭ ކޮމިޝަނެއް ކަމާއި، އެކޮމިޝަނަކީ، ވަކިފަރާތަކަށް ބުރަނުވެ، މުސްތަޤިއްލު ކަމާއެކު،
ދައުލަތުގެ އެންމެހައި ދާއިރާތަކުން ކޮރަޕްޝަން ނައްތައިލުމަށް ޖެހިލުންވުމެއް ނެތި މަސައްކަތް ކުރަންޖެހޭ
މުއައްސަސާއެއް ކަމާއި، އަދި އެމުއައްސަސާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރާންވާނީ ޤާނޫއަސާސީއާއި
މަޖިލީހުން ފާސްކުރާ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން ކަމަށް ޤާނޫނުއަސާސީގެ 199 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާ ކަމާއި، އެކޮމިޝަނުގެ މަސްއޫލިއްޔަތުތަކާ ބާރުތަކުގެ ތެރޭގައި، ކޮރަޕްޝަން
މައްސަލަތައް ބަލައި ތަޙްޤީޤް ކުރުމާއި، ކޮރަޕްޝަންގެ ޢަމަލެއްކަމަށް ތުހުމަތު ކުރެވޭ ޢަމަލެއް އެއްވެސް
ފަރާތަކުން ހިންގައިފިކަމުގެ ޝަކުވާއެއް ހުށަހަޅައިފި ނަމަ ނުވަތަ މިނޫން ގޮތަކުން ވެސް މިފަދަ ކަމެއްގެ
މަޢުލޫމާތު ލިބިއްޖެނަމަ، ނުވަތަ އެފަދަ ކަމެއްގެ މައްޗަށް ޝައްކު ކުރެވިއްޖެނަމަ، އެކަމެއް ބަލައި ތަޙްޤީޤު
ކުރުމާއި، އެކޮމިޝަނުން ތަޙްޤީޤު ކުރާ ކަންތައްތަކުގެ ތެރެއިން އެހެނިހެން އިދާރާތަކުން އިތުރަށް ބަލައި ސާފު
ކުރަންޖެހޭ ކަންތައްތައް އެފަރާތްތަކަށް ހުށަހަޅައި، ޝަރީޢަތަށް ހުށަހަޅަންޖެހޭ ކަމަށް ފެންނަ ކަންތައްތައް
ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވުމާއި، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި
ދިރާސާތައްކޮށް، އަޅަންޖެހޭ ފިޔަވަޅުތަކާބެހޭ ލަފާ ކަމާބެހޭ އިދާރާތަކަށް ދިނުމާއި، ކޮރަޕްޝަން
ނައްތައިލުމަށްޓަކައި ޤާނޫނުން ކަނޑައަޅައިފައިވާ އެހެނިހެން ކަންތައްތައް ކުރުން: ހިމެނޭކަން ޤާނޫނުއަސާސީގެ
202 ވަނަ މާއްދާއިން އެނގޭކަމާއި، އިސްވެ ބަޔާންވެދިޔަ ކަންތައްތަކުގެ އިތުރުން އެންޓި-ކޮރަޕްޝަން
ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، އެމަސްއޫލިއްޔަތުތައް
އަދާކުރުމަށް މަގުފަހިވާނެ އެންމެހައި ކަންކަން ކުރުން އެކޮމިޝަނުގެ މަސްއޫލިއްޔަތުގެ ތެރޭގައި
ހިމެނިފައިވާކަން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު (ޤާނޫނު ނަންބަރު 1312008
21 ވަނަ
-ރާއްޖޭގެ މަޖް
މާއްދާއަށް ބެލުމުން އެނގޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
32
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-201
ޞައްޙަ ނޫން ތަޢުލީމީ ސެޓްފިކެޓް ހެދުމާއި، އެތަކެތި އެކްރެޑިޓް ކުރުމަށް ހުށަހެޅުމާއި،
އެފަދަ ސެޓްފިކެޓެއްގެ މައްޗަށް ބިނާކޮށް ކުރެވޭ މުޢާމަލާތު ތަކަކީ، ނުވަތަ ލިބިގަންނަ އެންމެގައި މަންފާތަކަކީ
ކޮރަޕްޝަން ކަމުގައި ޤާނޫނު ނަންބަރު: 13/2008 (އެންޓި-ކޮރަޕްޝަނުގެ ޤާނޫނު)ގެ 23ވަނަ މާއްދާއަށް
ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު: 13/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫން)ގައި ބަޔާން
ކުރާ ކުށްތަކުން ސާފުކޮށް ފެންނާން ނެތްނަމަވެސް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 202ވަނަ
މާއްދާގެ (ހ)ގައި ބަޔާންކުރަނީ ހަމައެކަނި ކޮރަޕްޝަންގެ ކުށުގެ ޢަމަލުތައް ނުވަތަ ޖިނާއީ ކުށުގެ ޢަމަލުތަކުގެ
ވާހަކަ ނޫންކަމާއި، ޤާނޫނުއަސާސީގެ 202ވަނަ މާއްދާގެ (ހ) އިން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ބާރު
ދީފައިވަނީ، ކޮރަޕްޝަންގެ މައްސަލަތައް ބަލައި، ތަޙްޤީޤުކުރުގެ ބާރު ކަމާއި މީގެތެރޭގައި، ކޮރަޕްޝަންގެ
ޢަމަލެއްކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ޝަކުވާއެއް ހުށަހަޅައިފިނަމަ،
ނުވަތަ މިނޫންގޮތަކުންވެސް މިފަދަ ކަމެއްގެ މައްޗަށް ޝައްކުކުރެވިއްޖެނަމަ، އެކަމެއް ބަލައި ތަޙްޤީޤު ކުރުމަކީ
އެކޮމިޝަނުގެ ދުސްތޫރީ ބާރެއް ކަމާއި، ކޮރަޕްޝަންގެ ޢަމަލެއް" އެއީ ހަމައެކަނި ޖިނާއީ ކުށުގެ ޢަމަލެއް
ކަމަށް ހަނިކުރެވޭ ކޮންމެ ތަރުޖަމާއެއް ޤާނޫނު ނަންބަރު:13/2000 (ކޮރަޕްޝަން ހުއްޓުވުމާއި
ޤާނޫނު)އަށް ދިނުމަކީ ޤާނޫނުއަސާސީގެ 202ވަނަ މާއްދާގެ (ހ)ގެ ކަނޑައެޅި ބަޔާންވެފައިވާ ނައްޞާއި
ތަޢާރުޟު ވާނެ ތަރުޖަމާއެއްކަމާއި، އަދި ހަމައެހެންމެ، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ލިބިގެންވާ ބާރަކީ
ހަމައެކަނި ދައުލަތުގެ އިދާރާތަކުން ހިންގާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކޮރަޕްޝަންގެ ޢަމަލެއްގެ ގޮތުގައި
ތުހުމަތު ކުރެވޭ ކަންތައްތައް ތަޙްޤީޤު ކުރުމަށް ހިންގޭނެ ބާރެއް ކަމަށް ބުނެ އިސްތިއުނާފް ކުރާ ފަރާތުން
ދެއްކި ވާހަކަތަކީ ޤާނޫނުއަސާސީގެ 202ވަނަ މާއްދާގެ (ހ)ގައި ކަނޑައެޅި ބަޔާންވެފައިވާ "... އެއްވެސް
ފަރާތަކުން..." މިފަދައިން ބަޔާންކޮށްފައި އޮންނަ އޮތުމާއި ޚިލާފު ވާހަކަ ތަކެއްކަމާއި، އެޖުމްލައިގައިވާ
"ފަރާތް" މިލަފުޒުގެ މާނަ ކަމުގައި ޤާނޫނުއަސާސީގައި ބުނެފައިވަނީ ޠަބީޢީ
ޝަޚްޞިތައް ޝާމިލްވާ ގޮތަކަން ޤާނޫނުއަސާސީގެ 274ވަނަ މާއްދާގެ (ހ)
އެހެންކަމުން، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ބާރު ހިނގާ ދާއިރާއަކީ، ޤާނޫނު
ޝަލިވެހި13
/
30g
މ 24
23
2
9ނކރޝާ
އެހިރާއްa
ދިވެހި ރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
33
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-
201
oxoo
2
(އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު)ގެ 24ވަނަ މާއްދާގައި ލިސްޓްކޮށްފައިވާ ދާއިރާތަކަށް ކަމަށް
ދުށުމަކީ ރަގަޅު ދުށުމެއް ނޫންކަމާއި އެހެނީ، ދާއިރާތައް ލިސްޓްކޮށްފައިވާ ލިސްޓަކީ ނިހާއީ (conclusive)
ލިސްޓެއް ނޫންކަން ބަޔާންވެދިޔަ ޤާނޫނުއަސާސީގެ ނައްޞުން އެގެން އޮތުމުގެ އިތުރުން އެންޓި-ކޮރަޕްޝަން
ކޮމިޝަނުގެ ޤާނޫނުގެ 24ވަނަ މާއްދާއިންވެސް އެކަން ދޭހަވާ ކަމާއި، އެހެންކަމުން، އެންޓި-ކޮރަޕްޝަން
ކޮމިޝަންގެ ބާރަކީ، ހަމައެކަނި ވަކި ބާވަތެއްގެ ޖިނާއީ ކުށެއް ހިމެނޭ އަދި ވަކިވަކި އިދާރާތަކެއްގެ މައްޗަށް
ބިނާވާ ބަޔަކު ކުރާ ޢަމަލެއްގެ މައްޗަށް ހިންގޭނެ ބާރެއްގެ ގޮތަށް އެއްވެސް ތަރުޖަމާއެއް ދިނުމަކީ،
ޤާނޫނުއަސާސީގެ ބަޔާންވެދިޔަ ނައްޞާއި ތަޢާރުޟުވާނެ ތަރުޖަމާއެއްކަމާއި، ދިވެހިރާއްޖޭގައި ހެދިފައިވާ
ޤާނޫނުތަކުގެ ތެރެއިން، ޢާންމު ޤާނޫނުތަކަކީ، ދިވެހިރައްޔިތުންގެ މައްޗަށާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ
ބާރު ހިނގާ ސަރަޙައްދުގައިވާ މީހުންގެ މައްޗަށް ނުހިންގޭނެ ޤާނޫނެއްގެ ގޮތުގައި ދުށުމަކީވެސް ރަގަޅު
ވިސްނުމެއްނޫންކަމާއި، ޤާނޫނުއަސާސީގެ ބަޔާންވެދިޔަ ނައްޞުން "ކޮރަޕްޝަންގެ ޢަމަލުތައް" ޤާނޫނު
ނަންބަރު: 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު)ގައި ބަޔާން ކުރާ ކުށުގެ ޢަމަލުތަކުގެ
މައްޗަށް މަޙްދޫކޮށްފައި ނެތްކަން އެގެން އޮތުމުން، ދޮގު ތަޢުލީމީ ސެޓްފިކެޓްތައް ހެދުމާއި އެފަދަ ސެޓްފިކެޓް
ދޮވެ ސާފުކޮށްދިނުމާއި އެތަކެތީން މުޢާމަލާތުކޮށްގެން މަންފާތައް ލިބިގަތުމަކީ އެއީ ކޮރަޕްޝަންގެ ޢަމަލެއް
ނޫންކަމަށް ބެލޭނެ ޤާނޫނީ އެއްވެސް ހަމައެއް ނެތުމުން، އަދި އެފަދަ ކަމެއްކުރީ ވަކި ފަރުދަކު ކަމަށްވިޔަސް
ނުވަތަ ޖަމާޢަތަކުން ކަމަށްވިޔަސް ނުވަތަ އިދާރާއަކުން ކަމަށްވިޔަސް، އެއިން ހަމަކޮންމެ ފަރާތެއްގެ މައްޗަށް
ކޮރަޕްޝަންގެ ޢަމަލު ހުއްޓުވުމުގެ ބާރު ހިންގޭނެ ކަމާއި، ވުމާއެކު، އިސްތިއުނާފް ކުރާ ފަރާތުން ޝަރީޢަތުގައި
ބުނެފައިވާ ފަދައިން ދޮގު ތަޢުލީމީސެޓްފިކެޓް ނުވަތަ ފޯމް ސެޓްފިކެޓްގެ މައްސަލައަކީ އެންޓި-ކޮރަޕްޝަން
ކޮމިޝަނަށް ތަޙްޤީޤު ނުކުރެވޭނެ މައްސަލައެއްކަމަށް ޤާނޫނީ އިމުގެ ތެރެއިން ބެލެން ނެތްކަމާއި،
ފޯޑް ސެޓްފިކެޓްގެ މައްސަލަތައް ކޮރަޕްޝަނުގެ މައްސަލައިގެ ގޮތުގައި ތަޙްޤީގުކޮމުއި
ޤާނޫނީ ބާރު އެންޓި-ކޮރަޕްޝަނުގައި އޮތްނަމަވެސް، އިސްތިއުނާފް ކުރެވިފައިވާ މިމައްސަލައިގައި،
ސަލީމް ހުށަހެޅި ތަޢުލީމީ ސެޓްފިކެޓްތައް ފޯޖް ކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހާމަތީ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
34
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-201
ނުވާކަން އެގެން އޮންނަކަމާއި، އިސްތިއުނާފް ކުރެވިފައިވާ މައްސަލައާއި ގުޅިގެން އެންޓި-ކޮރަޕްޝަން
ކޮމިޝަނުން ތަޙްޤީޤު ކުރި މައްސަލައަކީ، މ.ނައިންހައުސް:ޒުންނަވާރު ސަލީމް މޯލްޑިވްސް ކޮލިފިކޭޝަން
އޮތޯރިޓީއަށް ހުށަހަޅާފައިވާ ޞައްޙަ ނޫން ސެޓްފިކެޓްތަކެއް އެއޮތޯރިޓީގެ މުވައްޒަފަކު މަޤާމުގެ ނުފޫޒު
ބޭނުންކޮށްގެން އެކްރެޑިޓް ކޮށްދީފައިވާ ކަމަށް ބުނާ މައްސަލައެއް ކަން އެގެން އޮންނަކަމާއި، އެމައްސަލަ
ބެލުމުގެ ތެރޭގައި ޒުންނަވާރު ސަލީމް ހުށަހެޅި ސެޓްފިކެޓްތަކާއި ބެހޭ މަޢުލޫމާތުތައް އެންޓި-ކޮރަޕްޝަން
ކޮމިޝަނުން ހޯދިއިރު އެ ސެޓްފިކެޓްތަކަކީ ފޯޖުކޮށްފައިވާ ސެޓްފިކެޓްތަކެއްކަން އެކޮމިޝަނަށް ފާހަގަ
ކުރެވިގެން، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނަންބަރު 32
/
2013
/
26/C-123 (24 ޖުލައި 2013) ސިޓީން
އެޓަރނީ ޖެނެރަލްގެ އޮފީހަށް، ޒުންނަވާރު ސަލީމަށް ދޫކޮށްފައިވާ ޤާނޫނީ ވަކީލެއްގެ ޙައިޞިއްޔަތުން ވަކާލާތުގެ
ކުރުމުގެ ހުއްދަ ބާތިލު ކުރުމަށް އެންގި އެންގުމާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނަންބަރު
218
/
2013
/
01/C-123 (24 ޖުލައި 2013) ސިޓީން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ޒުންނަވާރު
ސަލީމް ހުށަހަޅާފައިވާ މިޤްޟިއްޔާގައި ބަޔާން ކުރެވޭ ސެޓްފިކެޓްތައް އެކްރެޑިޓޭޝަން ބާޠިލު ކުރުމަށް އެންގި
އެންގުމަކީ، އޭގެ ޒާތުގައި ދުސްތޫރީ އަދި ޤާނޫނީ އިމުން ބޭރުން އެންގި އެންގުމެއްކަމަށް ބެލެވޭނެ
ހަމައެއްނެތްކަމާއި، އެއީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙްޤީޤު ކުރާ ކަންތައްތަކުގެ ތެރެއިން އެހެނިހެން
އިދާރާތަކުން އިތުރަށް ބަލައި ސާފުކުރަންޖެހޭ ކަންތައްތައް އެފަރާތްތަކަށް ހުށަހެޅުމުގެ ބާރަކީ އެންޓި-
ކޮރަޕްޝަން ކޮމިޝަނަށް ޤާނޫނުއަސާސީގެ 202ވަނަ މާއްދާގެ (ހ)ގެ ދަށުން ލިބިދީފައިވާ ބާރަކަށް ވާތީ
ކަމާއި،
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު: 21;SC
-
A;2012 ޤަޟިއްޔާގެ އާއި އިސްތިއުނާފް
ކުރެވިފައިވާ ޤަޟިއްޔާއަށް ބަލާއިރު، މިދެޤަޟިއްޔާގައި ބަޔާންކުރެވޭ ޙަޤީޤަތްތަކުގައި ތަފާތު ތަކެއް ހުރިކަމާއި،
ސުޕްރީމް ކޯޓުގެ ބަޔާން ވެދިޔަ ޤަޟިއްޔާއަކީ، ދިވެހިރާއްޖޭގައި ބޯޑަރ ކޮންޓްރޯލް ސިސްޓަމެއް ޤާއިމުކު
ދިވެހި ސަރުކާރުގެ ފަރާތުން ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންއާއި
އާއި ދެމެދު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންތައްތަކެއް ހިނގާފައިވާކަމަ
ހިނގާފައިވާ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
35
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-201
ކޮރަޕްޝަން ކޮމިޝަނަށް ފާހަގަ ކުރެވުނު މައްސަލައެއް ކަމާއި، އިސްތިއުނާފް ކުރެވިފައިވާ މައްސަލައިގައި
އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ފާހަގަ ވި މައްސަލައަކީ ހަމައެކަނި އެސެޓްފިކެޓްތައް އެކްރެޑިޓްކުރުމުގައި
ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރިކަންތައްތަކެއްނޫން ކަމާއި، އަދި ކިއެއްތަ އެކޮމިޝަނަށް ފާހަގަވި
މައްސަލައަކީ އިސްތިއުނާފްކުރާ ފަރާތުން އެކްރެޑިޓް ކުރުމަށް ހުށަހެޅި ސެޓްފިކެޓްތަކަކީ ދޮގު ސެޓްފިކެޓްތަކެއް
ނުވަތަ ޕޯޖް ކޮށްފައިވާ ސެޓްފިކެޓްތަކެއް ނޫނީ އަޞްލުން ނެތް ސެޓްފިކެޓްކަތެއްކަން އެގެން އޮންނަ
އޮތުންކަމާއި، މުޢާމަލާތެއް ކުރާއިރު، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ކުރުމާއި، އަޞްލުން ނެތް
ސެޓްފިކެޓްތަކެއްގެ އަޞްލު އޮތްކަމަށް ދައްކައިގެން، އެތަކެއްޗަކާއިމެދު މުޢާމަލާތު ކުރުމުގައި ކޮރަޕްޝަނަށް
މަގުފަހިވާގޮތަށް މުޢާމަލާތު ކުރުމާއި ދެމެދު ތަފާތު ތަކެއް އެބަހުރިކަމާއި، އެހެނީ ފުރަތަމަ ބަޔާން ކުރި
މުޢާމަލާތުގައި އަޞްލު މުޢާމަލާތު ޞައްޙަވެދާނެކަމާއި ނަމަވެސް ދެވަނައަށް ބަޔާން ކުރެވުނު މުޢާމަލާތުގައި
ޞައްޙަވާނެ އަޞްލެއްވެސް ނެތްކަމާއި، އެހެންކަމުން، މިކަންކަން ކަމާބެހޭ ފަރާތްތަކަށް އެންގުމުން،
އެއެންގުމުގެ މައްޗަށާއި އަދި އެއިދާރާތަކުން ބަލަންޖެހޭ ކަންކަން ބަލައި އެއިދާރާތަކުން ފިޔަޅުވަޅު އެޅުމަކީ
އެހެން ކަމެއްކަމާއި، އިދާރީ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެންގި އެންގުމެއް އެންގީ
ދުސްތޫރީ އަދި ޤާނޫނީ ގޮތުން އެކޮމިޝަނަށް ލިބިފައިވާ އިޚްތިޞާސްގެ ތެރެއިންކަން ބަޔާންވެދިޔަ
ކަންތައްތަކުން ސާފުކޮށް އެގެން އޮންނަކަމާއި، އެއެންގުން އެންގުމުގައި ޤާނޫނުއަސާސީން ނުވަތަ ޤާނޫނަކުން
ނުވަތަ ޤަވާޢިދަކުން ޝަކްލީ (ފޯރމަލިޓީ) ގޮތުންނާއި އިޖްރާއީ (ޕްރޮސީޖަރަލް) ގޮތުން އެންޓި-ކޮރަޕްޝަން
ކޮމިޝަނުން ތަބާވުން ލާޒިމްކޮށްފައިވާ އެއްވެސް ކަމަކާއި އެކޮމިޝަނުން ޚިލާފުވިކަމަށް އިސްތިއުނާފް ކުރާ
ފަރާތުން، ދަށުކޯޓުގައިވެސް އަދި މިކޯޓުގައި ބަޔާންކޮށްދީފައި ނެތްކަމާއި، ހައްތަހާވެސް ބުނަމުން އަންނަނީންގެ ހައި
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ތަޙްޤީޤުގެ އިންތައް ފަހަނަ އެޅި ވާހަކަ ކަމާއި، ނަމަވެސް
ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ ނައްޞުތަކަށް ރަގަޅަށް ބެލުމުން، އެންޓި-ކޮރަޕްޝަނުގެ ތަޙްޤީޤު
އިންތައް ފަހަނަ އަޅައި ގޮސްފައި ނުވާކަން ސާފުކޮށް އެގޭކަމާއި، އަދި އެންޓި-ކޮރަޕްޝަނުން އިސްތިއުނާފް
ރައްދުވާ އަނެއް ދެ އިދާރާއަށް އެންގި އެންގުމަކީ ޤާނޫނު ނަންބަރު: 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި
ދަތު ·
هر رم
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
36
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-201
މަނާކުރުމުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު: 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ޚިލާފު
ނިންމުމެއް ކަމަށް އިސްތިއުނާފް ކުރާ ފަރާތުން ބުނިއިރު، އެކަން އޮތީ އެހެން ނޫންކަން އިސްވެ ބަޔާންވެދިޔަ
ދުސްތޫރީ އަދި ޤާނޫނީ ނައްޞުތަކުން ސާފުކޮށް އެގެން އޮންނަކަމާއި، އެއެންގުމުގައި އިޚްތިޔާރީބާރުގެ ބޭނުން
ނުރަގަނޅު ގޮތުގައި ނުވަތަ ނާޖާއިޒް ގޮތުގައި ބޭނުންކޮށް ޤާނޫނީ ގޮތުން އެމަޤްޞަދަކަށްޓަކައި އެއެންގުން
އޮންނަންޖެހޭ އިންތަކުން އެ އެންގުން ބޭރުވެފައިވާކަން އިސްތިއުނާފް ކުރާ ފަރާތުން ދަށުކޯޓުގައިވެސް އަދި
މިކޯޓުގައިވެސް ބަޔާންކޮށްދީފައި ނެތްކަމާއި، އެއެންގުން ބިނާކުރީ މާއްދީ ޙަޤީޤަތްތަކެއް މައްޗަށް ކަމަށްވާއިރު،
މިމައްސަލައިގައި ބަޔާން ކުރާ ތަޢުލީމީ ސެޓްފިކެޓްތަކަކީ ފޯމް ސެޓްފިކެޓްތަކެއްކަމަށް ފެނުނު ޙަޤީޤަތް
އެގޮތުގައި ހުރިކަން ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހަށާއި އަދި މިކޯޓަށް ހުށަހަޅާފައިވާ ކިތާބީ ހެކިތަކުން
ފާޅުކަން ބޮޑުގޮތެއްގައި ފެންނާން އެބަހުރިކަމާއި، އަދި އެއެންގުން ބިނާކުރި ޤާނޫނީ ސަބަބުތައް ޞައްޙަކަން
އެގެން އޮންނަކަމާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރާ ތަޙްޤީޤަކާއި ގުޅިގެން ހާމަވާ ކަންތައްތަކުގެ
އަލީގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އަންގާ އެންގުންތައް، ނުވަތަ ދޭ އިރުޝާދުތަކަށް ޢަމަލު ކުރުމުގައި،
އެއިދާރާއަކުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަކީ އެއިދާރާއެއްގެ މަސްއޫލިއްޔަތެއް ނަމަވެސް، އެންޓި-
ކޮރަޕްޝަން ކޮމިޝަނުން ކޮށްފައިވާ ތަޙްޤީޤުގެ މައްޗަށް ހާމަވީ ކަމެއް ހޯދުމުގެ ގޮތުން، ކަމާ ގުޅުން ހުރި
ކޮންމެ އިދާރާއަކުން އަލުން ފަށައިގެން ވަކި ތަޙްޤީޤެއް ކުރަންޖެހުމަކީ، މުއައްސަސާތަކުގެ މިނިވަންކަމާއި
މުސްތަޤިއްލުކަމުގެ މަފްހޫމެއް ނޫންކަމާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރާ ތަޙްޤީޤަކުން ހާމަވާ ކަމަކާއި
އިދާރާތަކަށް އަންގާ އެންގުމުގެ މައްޗަށް ބިނާކޮށް އެއިދާރާއަކުން އިތުރަށް ބަލަންޖެހޭ ކަމެއް
އޮތްކަމަށް އެއިދާރާއަކަށް ޤަބޫލު ކުރެވޭނަމަ، އެކަމެއް ބެލުމާއި ނުވަތަ އެއިދާރާއަކުން އިތުރަށް ބަލަންޖެހޭ
ކަމެއް ނެތްކަމާއި އެތަޙްޤީޤުގެ މައްޗަށް ބިނާކޮށް މިނިވަންކަމާއި މުސްތަޤިއްލުކަމާއިއެކު ގޮތް ކަނޑައެޅޭން
އެއިދާރާއަށް ޤަބޫލު ކުރެވޭނަމަ، އެގޮތަކަށް ގޯހެއްނެތްކަމާއި، މިގޮތުން އިދާރީ ގޮތުން ނިންމާ
ނިންމުމުގައި ތަބާވާންޖެހޭ ޤާނޫނީ ހަމަތަކަށް އެއިދާރާއަކުން ތަބާވާންޖެހޭނެ ކަމާއި،
މައްސަލައިގައި ޝާމިލުވާ އަނެއް ދެއިދާރާއިން، އިދާރީ ގޮތުން ނިންނި ނިންމުންތަކެއް ނިންމިއިރު ތަބާވާންޖެހޭ
ގުޅިގެން ކަމާބެ
ހއ 2ޑޑ
ކމކ
މައިކް
0
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
37
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-
201
4 22
އިޖުރާއަތުގެ މައްޗަށް ތަބާވެގެން އެކަމެއްގައި ފިޔަވަޅު އެޅިފައިނެތްކަމަށް އިސްތިއުނާފް ކުރާ ފަރާތަށް ޤަބޫލު
ކުރެވުމަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ޤާނޫނުއަސާސީން ލިބިދީފައިވާ ކޮރަޕްޝަންގެ ޢަމަލެއް ކަމަށް
ތުހުމަތު ކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިނަމަ، ނުވަތަ މިނޫންގޮތަކުންވެސް މިފަދަ ކަމެއްގެ
މަޢުލޫމާތު ލިބިއްޖެނަމަ، ނުވަތަ އެފަދަ ކަމެއްގެ މައްޗަށް ޝައްކުކުރެވިއްޖެނަމަ، އެކަމެއް ބަލައި ތަޙްޤީޤު
ކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަށް ޤާނޫނުއަސާސީން ދީފައިވާ ބާރާއި ކޮރަޕްޝަން ހުއްޓުވުމަށްޓަކައި
އަޅާންޖެހޭ ފިޔަވަޅުތަކާބެހޭ ލަފާ ކަމާބެހޭ އިދާރާތަކަށް ދިނުމަށް އެކޮމިޝަނަށް ޤާނޫނުއަސާސީން ލިބިދީފައިވާ
ބާރު ހަނިކުރަންޖެހޭ ސަބަބެއް ކަމުގައި ބެލެވޭނެ ހަމައެއް ނެތްކަމެވެ.
404
.
02 40 2
(ށ) ހަތަރުވަނަ ކަމަކީ: ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ދިނުމުގައި
ޢަމަލުކުރުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން އެކުލަވާލައިފައިވާ، "ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ
ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ އުޞޫލު" ގެ 2 ވަނަ ނަންބަރުގައި ދިވެހިރާއްޖޭގައި
ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގައި ބަލާނެ ޝަރުޠުތައް ބަޔާންކޮށްފައިވާ
ކަމާއި، އެގޮތުން، އެ އުސޫލުގެ 2 ވަނަ ނަންބަރުގެ (ޅ) ގައި "އެއުސޫލުގެ ޖަދުވަލުގެ 3 ގެ 1 ވަނަ
ނަންބަރުގައި ބަޔާންކުރާ ތައުލީމީ މަރުކަޒަކުން ބެޗްލަރ އޮފް ލޯޒް ޑިގްރީއެއް ނުވަތަ 3 އަހަރު ދުވަހުގެ
ޑިޕްލޮމާއެއް ނުވަތަ އެ ޖަދުވަލުގެ 2 ވަނަ ނަންބަރުގައި ބަޔާންކުރާ މާއްދާތައް ހިމެނޭ ގޮތުން
އެނޫންވެސް ޤާނޫނީ ޑިގްރީއެއް ހާސިލްކޮށްފައިވުން،" މިފަދައިން ބަޔާންކޮށްފައިވާ ކަމާއި، ންނަވާރު ސަލީމަށް
އެޓަރނީ ޖެނެރަލްގެ އޮފީހުން "ޤާނޫނީ ވަކީލު ކަމުގެ ހުއްދައި ދޫކުރެވިފައިވަނީ، ޔުނިވަރސިޓީ އޮފް
އީސްޓްލަންޑަން އިން ބެޗްލަރ އޮފް ލޯ" ޑިގްރީއެއް ހާސިލްކޮށްފައިވާ ފަރާތެއް ކަމުގެ ސެޓްފިކެޓް
ހުށަހަޅާފައިވުމާއި އަދި އެސެޓްފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސެޓްލިޓީސްގެ
ފެންސް ގައި
އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއްކަން އެހުއްދަ ދިންއިރު، ޤަބޫލު ކުރެވިގެންކަމާއި، އެޚުދައިލްކުރެވުނީ،
ޅ.ނައިންހައުސް!ޒުންނަވާރު ސަލީމަށް ޔުނިވަރސިޓީ އޮފް އީސްޓްލަންޑަން އިން
އަޑު ވާ
ekiu
ދިވެހި ރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
38
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-201
oxo
0x2
ޤާނޫނާއި ޤަވާއިދުތަކުގެ ދަށުން، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތޭ
ސެޓްފިކެޓަކީ ޕޯޖް ކޮށްފައިވާ ސެޓްފިކެޓެއް ކަން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރި ތަޙްޤީޤަކަށް
ސާބިތުވާކަމަށް ބަޔާންކޮށް އޭނާއަށް ދޫކޮށްފައިވާ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ބާޠިލްކޮށްދިނުމަށް އެޓަރނީ
ޖެނެރަލްގެ އޮފީހުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެދުނު އެދުމުގެ މައްޗަށް ބިނާކޮށް، އަދި އެޓަރނީ
ޖެނެރަލްގެ އޮފީހުން ބެލިބެލުންތަކުންވެސް އެޙަޤީޤަތް އެގޮތަށް ހުރިކަން ޤަބޫލުކުރެވިގެންކަމާއި، އެޓަރނީ
ޖެނެރަލްގެ އޮފީހުން ޒުންނަވާރު ސަލީމަށް ހުއްދަދިނީ އޭރު ޒުންނަވާރު ސަލީމް ހުށަހެޅި ސެޓްފިކެޓްތަކެއްގެ
މައްޗަށް ބިނާކޮށް ބަންޑާރަ ނައިބު އޮފީހުން ބެލި
ބެލުންތަކެއްގެ މައްޗަށް ބިނާކޮށް ޤަބޫލު ކުރެވުނު ކަމެއްގެ
އަލީގައި ކަމާއި، އެހުއްދަ ޒުންނަވާރު ސަލީމްގެ ކިބައިން ބާޠިލު ކުރީވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުގެ
ތަޙްޤީޤުން ދެނެގަނެވުނު ކަންތައްތަކެއް ބަންޑާރަ ނާއިބު އޮފީހަށް ހުށަހެޅުމުން، އެކަންކަމުގެ މައްޗަށް ބިނާކޮށް
ބަންޑާރަ ނާއިބު އޮފީހަށް ޤަބޫލު ކުރެވުނު ކަމެއްގެ މައްޗަށް ބިނާކޮށް ކަމާއި، ވީމާ ޒުންނާވަރު ސަލީމް ޤާނޫނީ
ވަކީލު ކަމުގެ ހުއްދަ ހޯދުމަށް ހުށަހެޅި ސެޓްފިކެޓްތައް އޭގެ އަޞްލުން ނެތިފައިވާ ކަމަށް ބަންޑާރަ ނާއިބު
އޮފީހަށް ޤަބޫލު ކުރޭފަދަ ހެކި ލިބުމުން، ކުރިން ޤަބޫލު ކުރެވުނު ގޮތާއި ޚިލާފަށް ލިބުނު ދަލީލުގެ މައްޗަށް
ބިނާކޮށް، ކުރިން ޤަބޫލު ކުރެވުނު ގޮތް ބަދަލު ކުރުމަކީ ކުރެވިދާނެކަމެއްކަމާއި، މި މައްސަލައިގައި އެންޓި-
ކޮރަޕްޝަން ކޮމިޝަނުން އެންގި އެންގުންތައް ރައްދުވި އެޓަރނީ ޖެނެރަލްގެ އޮފީހަކީ އެންޓިކޮރަޕްޝަން
ކޮމިޝަނުގެ ބާރު ހިނގާ ދާއިރާގެ ތެރޭގައި ހިމެނޭ މުއައްސަސާއެއްކަން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ
ޤާނޫނުގެ 24 ވަނަ މާއްދާގެ (ހ) އިން ސާފުކޮށް އެގެން އޮންނަކަމާއި، އެހެންކަމުން، އެންޓި-ކޮރަޕްޝަން
ކޮމިޝަނުން ކުރާ ތަޙްޤީޤަކުން ހާމަވާ ކަމެއްގެ މައްޗަށް ބިނާކޮށް އެޓަރނީ ޖެނެރަލްގެ އޮފީހަށް އަންގާ
އެންގުމެއްގެ މައްޗަށް ބިނާކޮށް، އެއޮފީހަށް ދެނެގަނެވޭ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އެއޮފީހުން އިދާރީ
ފިޔަވަޅު އެޅުމުގައި ޤާނޫނީ ހުރަހެއް ނެތްކަމާއި، މިމައްސަލައިގެ ހާދިސާ ހިނގިއިރު ޢަމަލުކުރެވެމުންދިޔަ
ex/
OX
ހުއްދަ
އދ
/ވ
ދިނުމާއި ވަކި މުއްދަތަކަށް އެހުއްދަ ހިފެހެއްޓުމާއި، އަދި އެހުއްދަ ބާޠިލް ކުރުމަކީ
އޮފީހުގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއްކަން އެނގެން އޮތުމުން ޤާނޫނީ ވަކީލުކަމުގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
39
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-201
20 8
، ޖުގެ ހައިކް
ފަރާތެއްގެ ހުއްދަ ބާތިލްކުރުމުގެ ބާރަކީ އެޓަރނީ ޖެނެރަލްގެ އޮފީހަށް ލިބިގެންވާ ބާރެއްކަން އެގެން އޮތުމުން،
ޒުންނަވާރު ސަލީމަށް ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ހުއްދަ ބާޠިލް ކުރުމުގެ
ބާރު އެޓަރނީ ޖެނެރަލްގެ އޮފީހަށް ލިބިގެންވާކަން އެނގޭކަމާއި
އެޓަރނީ ޖެނެރަލްގެ އޮފީހުން މ.ނައިންހައުސް:ޒުންނަވާރު ސަލީމަށް ދޫކޮށްފައިވާ ޤާނޫނީ
ވަކީލުކަމުގެ ހުއްދަ ބާޠިލް ކުރުމަށް ނިންމާފައިވަނީ އޭރު ޢަމަލު ކުރަމުންދިޔަ، "ދިވެހިރާއްޖޭގައި ޤާނޫނީ
ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ އުޞޫލު"ގެ 2 ވަނަ ނަންބަރުގެ (ޅ) ގައި
ބަޔާންކޮށްފައިވާ ތަޢުލީމީ ޝަރުޠު އޭނާގެ ކިބައިން އުނިވެފައިވާތީކަން އެނގޭއިރު، އެޓަރނީ ޖެނެރަލްގެ
އޮފީހުގެ އެނިންމުން ބިނާކޮށްފައިވަނީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙްޤީޤުކުރި މޯލްޑިވްސް ކޮލިފިކޭޝަން
އޮތޯރިޓީގެ މުވައްޒަފުންތަކެއް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ޅ.ނައިންހައުސް ޒުންނަވާރު ސަލީމްގެ ޞައްހަ
ނޫން ސެޓްފިކެޓްތަކެއް އެކްރެޑިޓް ކޮށްފައިވާކަމަށް ބުނެ ހުށަހެޅި މައްސަލައިގެ ތަޙްޤީޤުގައި، ހޯދިހޯދުންތަކުން،
މ.ނައިންހައުސް ޒުންނަވާރު ސަލީމް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް އެކްރެޑިޓް ކުރުމަށް ހުށަހެޅި
ބެޗްލަރ އޮފް ލޯ ސެޓްފިކެޓަކީ ސައްހަ ސެޓްފިކެޓެއް ނޫންކަމަށާއި އަދި އެއީ ފޯމް ކޮށްފައިވާ ސެޓްފިކެޓެއް
ކަމަށް ތަޙްޤީޤަށް ފާހަގަ ކުރެވިފައިވާތީ ޒުންނަވާރު ސަލީމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ދޫކޮށްފައިވާ
ޤާނޫނީ ވަކީލު ކަމުގެ ހުއްދަ ބާޠިލްކޮށް ދިނުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެޓަރނީ ޖެނެރަލްގެ
އޮފީހަށް އަންގާފައިވާ އެންގުމުގެ މައްޗަށާއި އެއެންގުމާއި އެކު ފޮނުވާފައިވާ ކިތާބީ ހެކިތަކުގެ މައްޗަށް އެޓަރނީ
ޖެނެރަލްގެ އޮފީހުންވެސް ބެލިބެލުންތައް ބެލުމަށްފަހުގައިކަން، ދަށުކޯޓާއި މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކުން އެގޭކަމާއި، އެޓަރނީ ޖެނެރަލްގެ އޮފީހަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެންގި
އެންގުމުގައި ސެޓްފިކެޓް ފޯޖް ކުރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤު ކުރުމަށް
މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅާފައިވާ ކަމަށް ބަޔާންކޮށްފައިވުމަކީ، ޞައްޙަ ލިޔެކިއުން
ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ޢަމަލަކީ ކޮރަޕްޝަނުގެ ޢަމަލެއް ނޫންކަމަށް ދަލީލު ކޮށްދޭ
ނޫންކަމާއި، އަދި އެއީ އެކޮމިޝަނުގައި އޮތް ކޮރަޕްޝަނުގެ ޢަމަލެއް ކަމަށް ތުހުމަތު ކުރެވޭ ޢަމަލެއް
f
ދިވެރީވެސް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
40
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-201
2 2
ކުރުމަށް ލިބިދޭ ދުސްތޫރީ ބާރު ނެތްކަން އަންގައިދޭ ކަމެއްވެސް ނޫންކަމާއި، އެއިން އަންގައިދެނީ،
ޝަރީޢަތުގެ ނުވަތަ ޤާނޫނުގެ ކުރިމަތީގައި ޙަޤީޤަތް ސާބިތު ކުރަންޖެހޭ މަޤާމެއްގައި ނުވަތަ ޤާނޫނީ ނުވަތަ
ޝަރްޢީ އެއްވެސް ހަމައަކުން ބާރު ލިބިފައިވާ ފަރާތެއްގެ ކުރިމަތީގައި ޤަޞްދުގައި ދޮގު ސަރޓިފިކެޓެއް ނުވަތަ
ލިޔުމެއް ދިނުމަކީ، އޭރު ޢަމަލު ކުރެވެމުންދިޔަ ޤާނޫނު ނަންބަރު: 1166 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ
ޗެޕްޓަރ 3ގެ 66ވަނަ މާއްދާގައި ބަޔާން ކުރާފަދަ ޖިނާއީ ކުށަކަށް އެޢަމަލު ވާތީ، އެކަން ތަޙްޤީޤު ކުރުމަށް
މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެންގި އެންގުމެއްގެ ގޮތުގައި ކަމާއި،
ޒުންނަވާރު ސަލީމަށް އެޓަރނީޖެނެރަލްގެ އޮފީހަށް ދެއްވާފައިވާ "ޤާނޫނީ ވަކީލުކަމުގެ ހުއްދަ"
އެއޮފީހުން ބާޠިލުކުރީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓް ކޮށްފައިވާ އޭނާގެ ސެޓްފިކެޓްތަކުގެ
ވެލިޑޭޝަން ބާޠިލު ކުރުމުގެ ކުރިންތޯ ނުވަތަ ފަހުންތޯ މިއީ މިމައްސަލާގައި ޖަވާބު ދިނުން ޤާނޫނީ ގޮތުން
މުހިންމު ސުވާލެއް ނޫންކަމާއި، އެހެނީ، މިމައްސަލައިގައި އެޓަރނީ ޖެނެރަލްގެ އޮފީހުން ފިޔަވަޅު އެޅީ
ޒުންނަވާރު ސަލީމް ހުށަހެޅި ސެޓްފިކެޓްތަކުގެ ވެލިޑޭޝަން ބާޠިލު ވެގެން ނުވަތަ ނުވެގެން ނޫންކަމާއި،
އެފިޔަވަޅު އެޅީ ޒުންނަވާރު ސަލީމު މޯލްޑިވްސް ކޮލިފިކޭޝަންއަށް އެޓެސްޓްކުރަން ހުށަހެޅި އަޞްލު
ސެޓްފިކެޓްތަކުގެ ޞައްޙަކަން އޭގެ އަޞްލުން ގެއްލި އެއީ ފޯމް ކޮށްފައިވާ ސެޓްފިކެޓްތަކެއްކަން އެންޓި-
ކޮރަޕްޝަން ކޮމިޝަނުން ތަޙްޤީޤުކުރި މައްސަލައަކާއި ގުޅިގެން ފެންނާން އޮވެފައި، އެޓަރނީ ޖެނެރަލް
އޮފީހުންވެސް އެކަންކަން ބެލިބެލުމުން، އެކަން އެފަދައިން ހުރުމުންކަމާއި، އެޓަރނީ ޖެނެރަލްގެ ފަރާތުން
އެފިޔަވަޅު އެޅީ، ޒުންނަވާރު ސަލީމް ހުށަހެޅި ސެޓްފިކެޓްތަކުގެ ވެލިޑޭޝަން ބާޠިލު ކުރި ފަހުންތޯ ނުވަތަ
ކުރިންތޯ ބަލަންޖެހޭނީ އެސެޓްފިކެޓްތަކުގެ އަޞްލު ޞައްޙަކަން ނުގެއްލޭ ޙާލަތުގައި، ނަމަވެސް އެނޫން އެހެން
ކަމަކާއި ގުޅިގެން، ވެލިޑޭޝަން ބާޠިލު ކުރަންޖެހޭފަދަ ޙާލަތްތަކުގައި ކަމެވެ.
44
(ބ) ފަސްވަނަ ކަމަކީ: އިދާރީ ގޮތުން އަޅާ ފިޔަވަޅުތައް އެއްވެސް އިދާރާއަކުން
ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަމާއި،
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
41
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-201
22 ބޑތ
881ކު1
އއ
ކޮމިޝަނުން ކޮށްފައިވާ ތަޙްޤީޤު ރިޕޯޓަށް ބަލާއިރު، އެތައްޤީޤަކީ ޒުންނަވާރު ސަލީމްގެ މައްޗަށް ކޮރަޕްޝަން
ޢަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވިގެން ޒުންނަވާރު ސަލީމްގެ މައްޗަށް ހިންގުނު ޖިނާއީ ތަޙްޤީޤައް
ނޫންކަމާއި، އެހެންކަމުން، ޤާނޫނުއަސާސީގެ 51ވަނަ މާއްދާގެ (އ) ގައި ބަޔާން ކުރާ ޙައްޤު ޒުންނަވާރު
ސަލީމަށް އެކޮމިޝަނުން ފަހިކޮށްދޭންޖެހޭ ޙާލަތެއް ނެތްކަމާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙްޤީޤު ކުރި
މައްސަލައަކީ، މ.ނައިންހައުސްޒުންނަވާރު ސަލީމް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ހުށަހަޅާފައިވާ
ޞައްޙަ ނޫން ސެޓްފިކެޓްތަ
އެއޮތޯރިޓީގެ މުވައްޒަފަކު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެކްރެޑިޓް
ކޮށްދީފައިވާ ކަމަށް ބުނާ މައްސަލަ ކަމާއި، އެތަޙްޤީޤުން ފެނުނު ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ހިނގާފައިވާކަމަށް
އެކޮމިޝަނަށް ފާހަގަ ކުރެވުނު ކަމެއް އެކޮމިޝަނަށް ޤާނޫނުން ލިބިދީފައިވާ ބާރުގެ ދަށުން އެކަމަކާގުޅޭ
އިދާރާއަށް އަޅަންފެންނަ ފިޔަވަޅާއިއެކު އެންގީކަމާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުން މިފަދައިން އެންގި
އެންގުމާއި ގުޅިގެން، އެޓަރނީ ޖެނެރަލްގެ އޮފީހުންނާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރީން އެޅި ފިޔަވަޅުތައް
ކޯޓުން ބާޠިލު ކުރުމުގެ ކުރިން ބަލަންޖެހެނީ އިދާރީ ގޮތުން ނިންމި ނިންމުމަކީ ހުށަހެޅިފައިވާ ޙަޤީޤަތްތަކުގެ
މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، އެކަށީގެންވާ (reasonable)، މަޤްބޫލު (fair) ފިޔަވަޅެއްތޯ އާއި އަދި
އިޖުރާއީ ގޮތުން ބަލަންޖެހޭ ކަންކަން އެފިޔަޅު އެޅުމުގައި ބެލިފައިވޭތޯ ކަމާއި، މިމައްސަލައިގައި، ޒުންނަވާރު
ސަލީމް ހުށަހެޅި ސެޓްފިކެޓްތަކުގެ ވެލިޑޭޝަން ބާޠިލު ކުރުމުގައި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން
އިޖުރާއީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެއްވެސް ކަމެއް ފުރިހަމަ ކޮށްފައި ނެތްކަމުގެ ޝަކުވާއެއް އަދި
ޒުންނަވާރު ސަލީމަށް އެޓަރނީޖެނެރަލްގެ އޮފީހުން ދޫކޮށްފައިވާ ހުއްދަ ބާޠިލު ކުރުމުގެ ކުރިން އެއޮފީހުން
ފުރިހަމަކުރަންޖެހޭ އިޖުރާއީ އެއްވެސް ކަމެއް ފުރިހަމަ ކޮށްފައި ނެތްކަމުގެ ޝަކުވާއެއް ދަށުކޯޓުގަ އާއި
މިކޯޓުގައިވެސް ޒުންނަވާރު ސަލީމްގެ ފަރާތުން ފާހަގަ ކޮށްފައިނެތްކަމާއި، ޒުންނަވާރުގިސްލާމް ގެ ފަރާ
ދެއްކި ވާހަކަތައް މުޅިންވެސް ބިނާވެފައިވަނީ މައުޟުއީ ޤާނޫނު (substantive law
މައްޗަށްކަމާއި، ނަމަވެސް މައުޟޫއީ ޤާނޫނަކާއި ބަޔާންވެދިޔަ
ޚިލާފުވެފައި
ވެފައިނެތްކަން މީގެ ކުރިން ބަޔާން ކުރެވުނު ކަންތައްތަކުން އެގެން އޮންނަކަމާއި، ހަމައެންމެ،
ފައިވާ
ކަމުގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
42
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-201
ox
މިމައްސަލައިގައި ހުށަހެޅުނު ޙަޤީޤަތްތަކުގެ މައްޗަށް ބިނާކޮށް، އެޓަރނީ ޖެނެރަލްގެ އޮފީހުންނާއި މޯލްޑިވްސް
ކޮލިފިކޭޝަން އޮތޯރިޓީން އެޅި ފިޔަވަޅު ތަކަކީ، އެކަށީގެންނުވާ މުނާޞިބު ނޫން ފިޔަވަޅެއް ކަމަށް ބެލޭނެ
ހަމައެއް ނެތްކަމާއި، އެޓަރނީޖެނެރަލްގެ އޮފީހާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޅި ފިޔަވަޅުތައް
އެޅީ ބަޔާންވެ އެނގެން އޮތް ޙަޤީޤަތްތަކެއްގެ މައްޗަށް ބިނާކޮށް، ޒުންނަވާރު ސަލީމްއަށް ދޫކުރި ވަކާލާތު
ކުރުމުގެ ހުއްދައިގެ މައްޗަށާއި ޒުންނަވާރު ސަލީމް އެކްރެޑިޓް ކުރުމަށް ހުށަހެޅި ސެޓްފިކެޓްތަކުގެ މައްޗަށް
ނަމަވެސް، އެފިޔަވަޅު ތަކުގެ އަސަރު ރައްދުވަނީ ޒުންނަވާރު ސަލީމަށް ކަމަށްވާތީ، ތަބީޢީ ޢަދާލަތުގެ ހަމައެއް
ކަމުގައި، އަނެކާގެ ކިބައިން އަޑުއެހުން (audi alteram partem) މިއީ، މިމައްސަލައިގައި އިދާރީ ފިޔަވަޅު
އެޅުމުގެ އެންމެ އެކަށީގެންވާ ގޮތްކަމާއި، ނަމަވެސް އެޓަރނީ ޖެނެރަލްގެ އޮފީހުންނާއި މޯލްޑިވްސް
ކޮލިފިކޭޝަން އޮތޯރިޓީން މިހަމަ ނަގަހައްޓާފައިވާކަން އެގެން ނެތްކަމާއި، ހަމައެކަނި މިސަބަބަށް ބަލައި،
ޒުންނަވާރު ސަލީމްގެ ހުށަހަޅާފައިވާ ސެޓްފިކެޓްތަކުގެ އެކްރެޑިޓޭޝަން ބާޠިލު ކުރުން އިޢާދަ ކުރުމަށާއި އަދި
އެސެޓްފިކެޓްތަކުގެ މައްޗަށް ބިނާކޮށް ޒުންނަވާރު ސަލީމްއަށް ދޫކޮށްފައިވާ ޤާނޫނީ ވަކީލުގެ ހުއްދަ އަލުން
އަބުރާ ދިނުމަށް ކޯޓުން އަމުރު ކުރުމަކީ، މިމައްސަލައިގައި ހުށަހެޅިފައިވާ ޙަޤީޤާތްތަކަށް ބަލާއިރު، ޢާންމު
ސިޔާސަތާއި (public policy) ފުށުއަރާނެ ކަމެއްކަމާއި، މިތާގައި ބަޔާން ކުރެވޭ ޢާންމު ސިޔާސަތަކީ،
އޮޅުވާލުމުގެ ތެރެއިން ނުވަތަ މަކަރާއި ހީލަތުގެ ތެރެއިން ނުވަތަ ޤާނޫނާއި ޚިލާފު ޢަމަލެއް ތިމާ އަމިއްލައަށް
ކުރުމަށްފަހު، އެކަމުގެ މައްޗަށް ދަޢުވާ އުފުލުމުގެ ސަބަބެއް އުފަން ނުވުން ކަމާއި އެއްވެސް މީހަކު، އެމީހާގެ
ދަޢުވާގެ ސަބަބު (cause of action) ބިނާކޮށްފައިވަނީ، އެޤައުމެއްގައި ޢަމަލު ކުރަމުންދާ އިޖާބީ ޤާނޫނު
(positive law) އަކާއި އޭނާ އަމިއްލައަށް ޚިލާފުވެގެންކަން ނުވަތަ ސުލޫކާ ޚިލާފު ކަމެއްގެ މައްޗަށްކަން
އެގެން އޮތްނަމަ ކޯޓުން އެކަމުގައި އެމީހަކަށް އެހީތެރި ނުވާނެކަމީ އިސްތިޤްރާރުވެފައިވާ އަދާލަތުގެ ހަމައެއްކަން
އެގެން އޮވެއެވެ.
ވީމާ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަން މިބަޔާންކުރެވިދިޔަ ގޮތުގެ
ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން، ފަނޑިޔާރު ޢަލީ ސަމީރާއި ފަނޑިޔާރު
ދިވެކީ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
43
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A-2/01
މުޙައްމަދު ނިޔާޒް ދެކެނީ، ސިވިލް ކޯޓުގެ ނަންބަރު: 2013/Cv
-
C/1790 ޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމަށް ބަދަލު ގެންނަން
ނަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.
ޙުކުމް:
2 20
ދެންފަހެ، ދިވެހިރާއްޖޭގެ ހައިކޯޓުން މިޤަޟިއްޔާ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ
މަޖިލީހުގެ އަޣްލަބިއްޔަތު ރައުޔުގައި ބަޔާންކުރެވިދިޔަ ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް
ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު: 2013/Cv
-
C/1790 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް
ބަދަލު ގެންނަންޖެހޭ ޤާނޫނީ އެއްވެސް ސަބަބެއް ނެތުމުން، ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1790
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް، ދިވެހިރާއްޖޭގެ ހައިކޯޓުން މިޤާޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ
އަޣުލަބިއްޔަތުން ތާއީދުކޮށްފީމެވެ.
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv