ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/306 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/306
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 306/HC
-
A/2015
• އިސްތިއުނާފު ކުރިފަރާތް:
z ނަން: ޢަބްދުލްބާސިތު މުޙައްމަދު
އައިޑީ ކާޑު ނަންބަރު: A138655
*
ދާއިމީ އެޑްރެސް: މ.ނޫރުއްޞަބާޙް/ ކ.މާލެ
މިހާރުގެ އެޑްރެސް:
*
އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރު.
* ދާއިމީ އެޑްރެސް: -
، މިހާރުގެ އެޑްރެސް:.
• ރަޖިސްޓްރީ ނަންބަރު: 15 ޛުލްޤަޢިދާ 1436
30 އޯގަސްޓް 2015
ނިމުނު ތާރީޚް: 27 ޛުލްޙިއްޖާ 1437
29 ސެޕްޓެމްބަރު 2016
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cr
-
C/1390
• ނިންމެވި ކޯޓު: ކުރިމިނަލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ހަނގުރާމަވެރި ހަތިޔާރު ދިވެހިރާއްޖެއަށް އެތެރެކޮށް ގެންގުޅުން.
* ހުށަހެޅުނު ތާރީޚް: 29 ނޮވެމްބަރު 2011
ނިމުނު ތާރީޚް: 14 ޖޫން 2015
މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޢަބްދުﷲ ޙަމީދު، ފަނޑިޔާރު: ޢަބްދުﷲ ދީދީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 8316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ފޯ އޯޓް
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/306
ދަޢުވާގެ ޚުލާޞާ
.ހދ ، 8a4
ހމަކުއެއެJ#
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/1390 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއެއް
ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި
މ.ނޫރުއްޞަބާޙް ޢަބްދުލްބާޞިތު (އައިޑީކާޑު ނަންބަރު A138655) ގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ހަގަކުރެވުން
4.1.2
ގެ ކުލަތައް
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/1390 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ޢަބްދުލްބާޞިތު މުޙައްމަދު، 02 ޖުލައި 2008 ދުވަހުގެ
23:20 ހާއިރު، މުނިއުފާއިން ނިކުމެ މަޖީދީމަގުގައި ޕާރކުކޮށްފައި ހުރި ސައިކަލަކަށް އެރިއިރު، މީނާގެ
އަތުގައި ތިންފޫޓުބައި ހުންނަ ވަރުގެ ކަނޑިއެއް އޮތްތަން ދުށްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ލާންސް ކޯޕްރަލް އިނާޒް މުޙައްމަދާއި، ކޮންސްޓަބަލް އިބްރާހީމް ޒަރީރު ބުނާތީ، ޤާނޫނު ނަންބަރު 4
/
75ހ.
(ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 02 ވަނަ މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރާއި
09 ވަނަ މާއްދާއާއި ޙަވާލާދީ އެޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން އަބްދުލްބާޞިތު
މުޙައްމަދުގެ މައްޗަށް ދިވެހިރާއްޖެއަށް ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް
ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަން އެނގޭކަމާއި،
ގެންގުޅުމުގެ
ކުށުގެ
އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ، "ދެންފަހެ، މާލެ / މ.ނޫރުއްޞަބާޙް ޢަބްދުލްބާސިތު
މުޙައްމަދުގެ މައްޗަށް ދައުލަތުން ކުޅަ ދިވެހިރާއްޖެއަށް ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ
ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން، ޢަބްދުލްބާޞިތު މުޙައްމަދު، 02 ޖުލައި 2008 ދުވަހުގެ
23:20 ހާއިރު، މުނިއުފާއިން ނިކުމެ މަޖީދީމަގުގައި ޕާކުކޮށްފައި ހުރި ސައިކަލަކަށް އެރިއިރު، މީނާގެ
އަތުގައި ތިންފޫޓުބައި ހުންނަ ވަރުގެ ކަނޑިއެއް އޮތްކަން، ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން
ޝަރީޢަތަށް ސާބިތުވާތީ، ދިވެހިރާއްޖެއަށް ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ކުށުން މާލެ
ޢަބްދުލްބާޞިތު މުޙައްމަދު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިއީ މީނާގެ މައްޗަށް
މިބާވަތުގެ ކުށެއް ޝަރީޢަތަށް ސާބިތުވި ފުރަތަމަ ފަހަރުކަމަށްވާތީ، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫ
މި.ނޫރުއްޞަބާޙް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/36
ނަންބަރު 4
/
75ހ. (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 02 ވަނަ މާއްދާގެ (ހ) ގެ 01
ވަނަ ނަންބަރާއި، 09 ވަނަ މާއްދާއާއި ޙަވާލާދީ، އެޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން 10
(ދިހައެއް) އަހަރުދުވަހަށް، އަދި ބުނެވިދިޔަ މާއްދާގެ (ށ) ގެ ދަށުން 05 (ފަހެއް) އަހަރުދުވަހަށް،
އެކުޖުމްލަ 15 (ފަނަރަ) އަހަރުދުވަހުގެ މުއްދަތަށް މާލެ/ މ.ނޫރުއްޞަބާޙް ޢަބްދުލްބާޞިތު މުޙައްމަދު
ޖަލަށްލުމަށް ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ." މިފަދައިންނެވެ.
02- ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/1390 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި މ.ނޫސުއްޞަބާޙު
ޢަބްދުލްބާޞީތު މުޙައްމަދުގެ ފަރާތުން 05 (ފަހެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ؟
Oxuc
و میر مرسي
1390/Cr-C/2{011
(ހ) ފުރަތަމަ ނުކުތާއަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހިންގާފައިވަނީ ޢަބްދުލްބާޞިތު
މުޙައްމަދުގެ މައްޗަށް ތުހުމަތު ކުރެވުނު މީހަކު މަރާލެވިދާފަދަ ތޫނު އެއްޗަކުން މަރާމާރީ ހިންގުމުގެ ކުށުގެ
ތަޙުޤީޤުކަމަށްވާއިރު، ޢަބްދުލްބާޞިތު މުޙައްމަދުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގެ ނަންބަރު
ޤަޟިއްޔާއިން
އުފުލާފައިވާ ދަޢުވާކަމަށް ހަނގުރާމަވެރި ހަތިޔާރެއް
ދިވެހިރާއްޖެއަށް އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދަޢުވާއަކީ ދައުލަތުން ބުނާފަދައިން ވަކި ކުށުގެ
ޢަމަލެއްނަމަ އެއީވެސް ވަކިން ތަޙުޤީޤުކޮށް، އަދި އެ ތަޙުޤީޤުގައިވެސް ކުށެއްކުރުމުގެ ތުހުމަތު ކުރެވިފައިވާ
މީހަކަށް ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްޤުތައް ސާފުކޮށްދޭންޖެހޭނެ ކަމަކަށްވާއިރު،
ޢަމަލުކުރެއްވުމެއްނެތި، މާރާމާރީ ހިންގިކަމުގެ ތުހުމަތުގެ މައްޗަށް ކުރެވުނު ތަޙުޤީޤު ކޮށްފައިނުވާ
މައްސަލައެއްގެ މައްޗަށް ދަޢުވާއުފުލައި ކުށް ސާބިތުކުރައްވާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ޑ ދވ
އެގޮތަށް
(ނ) ދެވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި، ނުރައްކާތެރި
ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގައި ކަނޑައެޅި ބަޔާންވެގެންވާ ކުށާއި އަދަބާއި
އަދި ކަންކަން އެހެން ޤާނޫނަކުން ކަނޑައަޅާ ނުވަތަ ކަނޑައެޅިފައިވާ ކުށާއި އަދަބާއި އަދި ކަންކަމާ
ފުށުއަރާނަމަ އިސްކަން ދެވޭނީ އެޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ކުށާއި، އަދަބާއި ކަންކަމަށް ކަމަށް
ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 23 ވަނަ
މާއްދާ (މިޤާނޫނަށް އިސްކަން ދިނުން) މިމާއްދާގައި ބަޔާންކޮށްފައިވަނިކޮށް، އަދި ކުށެއްކުރުމާ، އެ ކުށެއް
ކުރި މީހާއަށް ދޭންވާނީ ފަހުން ހެދުނު ޤާނޫނުގައިވާ އަދަބުކަމަށް ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331471 |
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2015/HC-A/306
ޖެ.އޯޔާ
ގައި ބަޔާންވެގެން ވަނިކޮށް، ހަނގުރާމަވެރި ހަތިޔާރެއް އެތެރެކޮށް ގެންގުޅުމުގެ ކުށުގެ އަދަބަށް ޤާނޫނު
ނަންބަރު 17/2010 (ބިރުދެއްކުމާއި، ނުރައްކާތެރި، ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ
ޤާނޫނު) ގެ ދަށުން އައިސްފައިވާ ލުއި ލިބުމުގެ ޙައްޤުން ޢަބްދުލްބާޞިތު މުޙައްމަދު މަރްޙޫމްކޮށް ޤާނޫނު
ނަންބަރު 4
/
75ހ. (ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ޤާނޫނު) ގެ ދަށުން ދަޢުވާކޮށް އޭނާގެ މައްޗަށް
ކުށް ސާބިތުކުރައްވާފައިވުންކަމަށް ބުނެ ހުށަހެޅި
ނޯވެއެވެ.
(ނ) ތިންވަނަ ނުކުތާއަކީ، ޢަބްދުލްބާޞިތު މުޙައްމަދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ
ދަޢުވާ ސާބިތުކު
ބިތުކުރުމަށްޓަކައި ޝަރީޢަތުން ރިޢާޔަތްކުރައްވާފައިވާ ހެކިތަކާއި ޤަރީނާއަކީ މީހެއްގެ މައްޗަށް
ކުށެއް ސާބިތުކުރުމަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ
ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުކުރުމަށް ފުދޭނެ އަދި ޤާނޫނީ ގޮތުން ޞައްޙަ ހެކިތަކަކަށް
ނުވާއިރު، އެހެކިތަކަށް ރިޢާޔަތްކޮށް ކުށް ސާބިތުވާކަމަށް ނިންމަވާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
(ށ) ހަތަރުވަނަ ނުކުތާއަކީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) ގައި، އެމީހަކު
ބޭނުން ހެކީން ޝަރީޢަތަށް ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެހެކިންނަ ޝަރީޢަތުގެ މަޖިލީހުގައި
ވާލުކުރުމުގެ ޙައްޤު
ލިބިގެން ބަޔާންކުރައްވާފައިއިރު، ޢަބްލްބާޞިތު މުޙައްމަދުގެ ފަރާތުން
ދިފާޢުގައި ހުށަހެޅި ހެކިން ޙާޟިރުނުކުރައްވައި މައްސަލަ ނިންމަވާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
;ހ2
3 9
ބ) ފަސްވަނަ ނުކުތާއަކީ، ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ،
ދެވަނަ ފަހަރަށް ހަމަ އެ ކުށުގެ ނުވަތަ އެ ކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދަޢުވާ އެމީހެއްގެ
މައްޗަށް ކަމަށް ނުއުފުލޭނެކަމަށް ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާއިރު،
ޢަބްދުބާޞިތު މުޙައްމަދުގެ މައްޗަށް ތުހުމަތުކު ދެވުނު ކުށުގެ ޢަމަލުން ފުރިހަމަވާ އެހެންކުށެއް ( މާރާމާރީ
ހިންގުން) ގެ މައްޗަށް ދަޢުވާކޮށް އެކުށް މައްޗަށް ސާބިތުވެ އެކުށުގެ އަދަބު އޭނާއަށް
ލިބިފައިވަނިކޮށް ހަމައެކުށުގެ ޢަމަލުގެ ތެރެއަށް ފެތޭ އެހެން ކުށެއްގެ ދަޢުވާކޮށް ކުށް ސާބިތުވެފައިވުމުން
ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް އެއްކުށަކަށް ދެ އަދަބު ޢަބްލްބާޞިތު މުޙައްމަދަށް
ލިބިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
6 24
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 316471
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
5
ޖިއްޔާ.
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/306
3- މިމައްސަލައާއި ގުޅިގެން ކްރިމިނަލް
ނަންބަރު
2011/Cr-C/1390 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ
އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި މ.ނޫރުއްޞަބާޙް ޢަބްދުލްބާޞިތު މުޙައްމަދުގެ ފަރާތުން
އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ
3ތ
2.ނޫރުއެބަގެ
3j
(ހ) ފުރަތަމަކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު
2011/Cr
-
C/1390 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު،
ޢަބްދުލްބާޞިތު މުޙައްމަދުގެ މައްޗަށް ދައުލަތުގެ ފަރާތުން އުފުލާފައިވާ ދަޢުވާއަކީ، 02 ޖުލައި 2008
މިތާރީޚުގައި ށ.ފޯވިންޑްސް ގޭގެ އިރަށް ހުންނަ "މުނިއުފާ" އިން ޢަބްދުލްބާޞިތު މުޙައްމަދު ނިކުމެ
މަޖީދީމަގުގައި ޕްރިކުކޮށްފައި ހުރި ސައިކަލަކަށް މީން އެރިއިރު، މީނާގެ އަތުގައި ތިންފޫޓުބައި ހުންނަ
ވަރުގެ ކަނޑިއެއް އޮތްތަން ދުށްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލާންސް ކޯޕްރަލް އިނާޒް
ކޮންސްޓަބަލް އިބްރާހީމް ޒަރީރު ބުނާތީ، ޤާނޫނު ނަންބަރު 4
/
75ހ. (ދިވެހިރާއް
މަނާ ތަކެތީގެ ޤާނޫނު) ގެ 02 ވަނަ މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރާއި 09 ވަނަ
މާއްދާއާއި ޙަވާލާދީ އެޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ޢަބްދުލްބާޞިތު މުޙައްމަދުގެ
މައްޗަށް ދިވެހިރާއްޖެއަށް ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅު
ގުޅުމުގެ ކުށުގެ ދަޢުވާކަން އެނގެން
އޮންނަކަމާއި، މިދަޢުވާއަށް ޢަބްދުލްބާޞިތު މުޙައްމަދުގެ ފަރާތުން އިންކާރުކުރާކަމަށް ޢަބްދުލްބާޞިތު
މުޙައްމަދު ބުނާކަން އެނގޭކަމެވެ.
4 ސ ޑ (4
މެޗުއެމަދާއި،
13
(ނ) ދެވަނަކަމަކީ، މިޙާދިސާ ހިނގާދިޔަ ތާރީޚުގައި މިފަދަ މައްސަލަތަކުގައި ދަޢުވާކުރެވެމުން
ދިޔައީ ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނުގެ ދަށުންކަމާއި، މިގޮތުން އެޤާނޫނުގެ 2 ވަނަ
މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު ގައި ދައުލަތުގެ ބޭނުމަކަށް
މަކަށް މެނުވީ ހަނގުރާމަވެރި ހަތިޔާރު
ދިވެހިރާއްޖެއަށް ގެނައުމަކީ މަނާކަމެއްކަމުގައި ބަޔާންވެގެން އޮންނަކަމާއި، އެޤާނޫނުގެ 9 ވަނަ މާއްދާގައި،
އެޤާނޫނުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގައި ހުރި މީހެއްގެ އަތުން ފެންނަ ހިނދު، އެ
އެއްޗެއް އެ މީހަކަށް ލިބުނުގޮތް ސާބިތުކޮށް ނުދެވިއްޖެނަމަ ބެލޭނީ އެއީ އެމީހަކު ދިވެހިރާއްޖެއަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ތެދުން
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/306
43 4
8
އެތެރެކޮށްގެން
ބަޔާންވެގެން
އަންނަކަމެވެ.
ދަޢުވާކޮށްފައިވާ މީހަކާމެދު މާރާމާރީ ހިންގުމާއި، ހަނގުރާމަވެރި ހަތިޔާރެއްގެ ގޮތުގައި ބެލެވިދާނެއްގެ ހަ
ގެންގުޅޭ ނުވަތަ ދިވެހިރާއްޖޭގައި އުފައްދައިގެން ގެންގުޅޭ އެއްޗެއްކަމަށް
(ނ) ތިންވަނަކަމަކީ، ޢަބްދުލްބާޞިތު މުޙައްމަދުގެ މައްޗަށް ދައުލަތުގެ ފަރާތުން ކުޅަ
މިދަޢުވާގެ ތަޙްޤީޤުގައި އަދި ޝަރީއަތުގެ މަޖިލީހުގައި ކަންހިނގާފައިވާ އިޖުރާއާތުތައް ސައްޙަ ނޫންކަމުގައި
ބުނެ ޢަބްދުލްބާޞިތު މުޙައްމަދުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށްބަލާއިރު، ޢަބްދުލްބާޞިތު މުޙައްމަދުގެ
ފަރާތުން ފާހަގަކޮށްފައިވަނީ 3 ކަމެއްކަމާއި،
އެއިގެ ތެރެއިން ފުރަތަމަ ކަމަކީ، ތަޙްޤީޤުކޮށްފައިނުވާކުށެއްގެ މައްޗަށް ދަޢުވާކޮށްފައިވާކަމަށް
ބުނެ ހުށަހެޅި ނުކުތާކަމާއި، މިކަމުގެ މައްޗަށް ބަލާއިރު، މިއީ ޢަބްދުލްބާޞިތުގެ މައްޗަށް ތުހުމަތުކުރެވުނު
ފުލުހެއްގެ އަތުގައި ކަނޑިއަކުން ޖަހާ މާރާމާރީ ހިންގިކަމުގެ މައްސަލަ ފުލުހުންގެ ފަރާތުން
ތަޙްޤީޤު
ޤީޤުކުރައްވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
ދަޢުވާކުރުމުން ބެލެވެނު މައްސަލައެއްކަމާއި، މިމައްސަލައިގައި ޢަބްދުލްބާޞިތު މުޙައްމަދުގެ ބަޔާނަކާއި،
މައްސަލައާއި ގުޅިގެން ހެކިބަސްދޭން ހުރި ފަރާތްތަކުގެ ބަޔާންނެގިފައިވާކަން އެނގެން އޮންނައިރު،
ޢަބްދުލްބާޞިތު މުޙައްމަދުގެ ފަރާތުން ފުލުހުންގެ ތަޙްޤީޤަށް ދީފައިވާ ބަޔާނަށް ބެލުމުން ޢަބްދުލްބާޞިތު
މުޙައްމަދުގެ ތަޙްޤީޤު ކުރިއަށް ގެންދެވުމުގައި ޢަބްދުލްބާޞިތު މުޙައްމަދުގެ މައްޗަށް ދަޢުވާ އުފުލުނު
މައްސަލައިގައިވެސް ސުވާލުކުރެވިފައިވާކަން އެނގެން އޮންނަކަމާއި، އަދި މިމައްސަލަ ފުލުހުންގެ ފަރާތުން
ތަޙްޤީޤުކުރުމުގެ ތެރޭގައި ޢަބްދުލްބާޞިތު މުޙައްމަދަށް ލިބެންޖެހޭ އެއްވެސް ޙައްޤަކުން މަޙްރޫމްކުރުވިކަން
އެނގޭފަދަ ހަރުދަނާ އެއްވެސް ހެއްކެއް ހުށަހެޅިފައިނެތްކަން އެނގޭކަމާއި،
ދެވަނަކަމަކީ، ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، ދެވަނަ ފަހަރަށް
ހަމަ އެ ކުށުގެ ނުވަތަ އެ ކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދަޢުވާ އެމީހެއްގެ މައްޗަކަށް
ނުއުފުލޭނެކަމަށް ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާއިރު، ޢަބްދުބާޞިތު
މުޙައްމަދުގެ މައްޗަށް ތުހުމަތުކުރެވުނު ކުށުގެ ޢަމަލުން ފުރިހަމަވާ އެހެންކުށެއް (މާރާމާރީ ހިންގުން) ގެ
މައްޗަށް ދަޢުވާކޮށް އެކުށް މައްޗަށް ސާބިތުވެ އެކުށުގެ އަދަބު އޭނާއަށް ލިބިފައިވަނިކޮށް
ހަމައެކުށުގެ ޢަމަލުގެ ތެރެއަށް ފެތޭ އެހެން ކުށެއްގެ ދަޢުވާކޮށް ކުށް ސާބިތުވެފައިވުމުން ޤާނޫނުއަސާސީގެ
60 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް އެއްކުށަކަށް ދެ އަދަބު ޢަބްދުލްބާޞިތު މުޙައްމަދަށް ލިބިފައިވާކަމަށް
ނޫންކަމާއި، މިކަމުގެ މައްޗަށް ބަލާއިރު، ޢަބްދުބާޞިތު މުޙައްމަދުގެ މައްޗަށް ދައުލަތުގެ ފަރާތުން
422
އޭނާގެ
އނއ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 331471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/306
އެއްޗެއް އަތުގައި އޮތުމާއި، މިއީ ކުށުގެ މާއްދީ ރުކުންތައް ތަފާތު ދެކުށެއްކަމާއި، މިހެންކަމުން
ޢަބްދުބާޞިތު މުޙައްމަދުގެ މައްޗަށް މިފަދައިން ދަޢުވާކޮށްފައި އޮތް އޮތުމަކީ، ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ
ޤާނޫނުއަސާސީގެ ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް ކުރެވިފައިވާ ދަޢުވާއެއްކަމުގައި
ގިކަމާއި،
60
ފަނ
Ox>
ތިންވަނަކަމަކީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) ގައި، އެމީހަކު ބޭނުން ހެކީން
ޝަރީޢަތަށް ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެހެކިންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުގެ
ޙައްޤު ލިބިގެންވާކަމަށް ބަޔާންކުރައްވާފައިވާއިރު، ޢަބްދުލްބާޞިތު މުޙައްމަދުގެ ފަރާތުން ދިފާޢުގައި ހުށަހެޅި
ހެކިން ޙާޟިރުނުކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާކަމާއި، މިކަމުގެ މައްޗަށް
ބަލާއިރު، ޢަބްދުބާޞިތު މުޙައްމަދަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) ގައި، ބަޔާންކުރާ ފަދައިން
ޢަބްދުބާޞިތު މުޙައްމަދުގެ ފަރާތުން ހެކިން ޝަރީޢަތަށް ޙާޟިރުކޮށްދިނުމަށް ކޯޓުގައި އެދުމުގެ ފުރުސަތު
ދެވިފައިވާކަމާއި، އެހެންނަމަވެސް ޢަބްދުލްބާޞިތު މުޙައްމަދު ދިފާއީ ހެކިންގެ ގޮތުގައި ޙާޟިރުކޮށްދިނުމަށް
އެދިފައިވާ ފަރާތްތައް ޝަރީޢަތަށް ޙާޟިރުކޮށްފައިނުވަނީ، ޢަބްދުލްބާތު މުޙައްމަދު ދިފާއީ ހެކިން
ޙާޟިރުކޮށްގެން ސާބިތުކޮށްދޭން ބޭނުންވީ މިހާދިސާ ހިނގިތަނުގައި ޢަބްދުލްބާޞިތު މިޙާދިސާ ހިނގިވަގުތު
ޙާޟިރުވެފައިނެތްކަމުގެ މައްޗަށް ހެކިދެއްކުމަށްކަމުގައިވާއިރު، މިހެކިންނަކީ ތަޙްޤީޤު މަރުޙަލާގައި
ޢަބްދުލްބާޞިތު މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންނަށްނުވެފައި، ދައުލަތުގެ ފަރާތުން ހުށަހެޅި
ހެކިންގެ ހެކިބަހުން ދަޢުވާ ސާބިތުވުމަށްފުދޭ ހެކި ލިބިފައިވާތީކަން މިމައްސަލަ ނިންމެވުމުގައި ކްރިމިނަލް
ކޯޓުން ފާހަގަކުރައްވާފައިވާ ނުކުތާތަކަށް ބެލުމުން އެނގެން އޮންނަކަމާއި، ހެކިން ކޯޓަށް ޙާޟިރުކުރުމަކީ
ވަކިހަމަތަކެއްގެ މަތިން ޝަރީޢަތަށް ހުށަހެޅޭ، އަދި ވަކި ހަމަތަކެއްގެ މަތިން ކޯޓުން ބަލައިގަންނަ
ކަމެއްކަމަށްވެފައި މިއުޞޫލުތަކަށް ބެލުމެއްނެތި މައްސަލައެއްގެ ޚަސްމަކު ކޯޓަށް ޙާޟިރުކުރަން ބޭނުންވާ
ކޮންމެ މީހަކު ކޯޓަށް ޙާޟިރުކޮށް އެމީހެއްގެ ބަޔާންނެގުން ކޯޓުގެ މައްޗަށް ލާޒިމުނުކުރާކަން ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) އިން އެނގެން އޮތުމުން، މައްސަލައާއި ގުޅިގެން
ޢަބްދުލްބާޞިތު މުޙައްމަދުގެ ފަރާތުން ކޯޓަށް ޙާޟިރުކޮށްދިނުމަށް އެދިފައިވާ ހެކިން ދަށުކޯޓަށް
ޙާޟިރުކުރާނެ އަސާސެއް ނެތްކަމަށް ބަލައި އެފަރާތްތައް ޝަރީޢަތަށް ޙާޟިރުކޮށްފައި ނުވަނީ ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބެލެވޭނެތަނެއް ނެތްކަން އެނގޭކަމެވެ.
cu .
(ށ) ހަތަރުވަނަކަމަކީ، ޢަބްދުލްބާޞިތު މުޙައްމަދުގެ މައްޗަށް ދަޢުވާ އުފުލުން ދިވެހިރާއްޖެއަށް
ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް
ދަޢުވާއަށް ޢަބްދުލްބާޞިތު މުޙައްޔަތު
ގެންގުޅުމުގެ
ކުށުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 36471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
2015/HC-A/306
މުނު ގޮތުގެ ޚުލާޞާ
ވޭޏއޔާ
ންކާރުކުރުމުން މިދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަސްތަކަށް ބެލުމުން،
ދައުލަތުގެ ފަރާތުން ހުށަހެޅި 3 ހެކިންވެސް ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަހުގައި މިޙާދިސާ
ހިނގާދިޔަ ތާރީޚުގައި ހެންވޭރު މަޖީދީމަގުގައި ހުންނަ މުނިއުފާއިން ޢަބްދުލްބާޞިތު މުޙައްމަދު ނިކުމެ
އެތަނުގައިހުރި ސައިކަލަކަށްއެރިއިރު، މީނާގެ އަތުގައި ތިންފޫޓު ބައި ހުންނަވަރުގެ ކަނޑިއެއް
ދުށްކަމަށް ބުނެ ހެކިބަސްދީފައިވާކަން އެނގެން އޮންނައިރު، މިހެކިންގެ ހެކިބަސް ތަޢުނުކުރެވޭ ވަރުގެ
ފުށުއެރުންތަކެއް، އަދި މިހެކިބަހަކީ ޤާނޫނީ ގޮތުން ސައްޙަ ނޫން ހެކިބަހެއްކަން ސާބިތުކުރެވޭ މިންވަރުގެ
ޢަބްދުލްބާޞިތު މުޙައްމަދަށް ދެއްކިފައިނުވާކަން އެނގެން އޮންނަކަމެވެ.
3ތ ކތ ހ ޑ ޓ
ހއޖޭށއ
0) 7 (
OXCCC
ދި1
ނޮވެމްބަރ
3 9
(ބ) ފަސްވަނަކަމަކީ، ކުށެއްކުރުމާއި އަދި އެކުށެއްކުރިމީހާއަށް ޙުކުމްކުރުމާއިދެމެދު، އެކުރި
ކުށެއްގެ އަދަބަށް ޤާނޫނަށް ގެންނަ ބަދަލަކުން ލުޔެއް ދީފައިވާނަމަ، އެމީހަކަށް ދޭންވާނީ ފަހުން ހެދުނު
ޤާނޫނުގައިވާ އަދަބުކަމަށް ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) ގެ ފަހު
ޖުމްލާގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމަށާއި، ޢަބްދުލްބާސިތު މުޙައްމަދުގެ މައްޗަށް ތުހުމަތު
ކުރެވުނު ކުށުގެ ޙާދިސާ ހިނގާފައިވަނީ 2008 ވަނަ އަހަރުގައި ކަމަށާއި، އަދި އެކުށުގެ ޢަމަލާ ގުޅިގެން
ދިވެހިރާއްޖެއަށް ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދަޢުވާ ދައުލަތުގެ ފަރާތުން
ހުށަހަޅާފައިވަނީ 29
2011 ގައިކަން މިމައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން
އެނގެން އޮންނަކަމަށާއި، ދައުލަތުގެ ފަރާތުން ޢަބްދުލްބާސީޠު މުޙައްމަދުގެ މައްޗަށް އެދަޢުވާ އުފުލުމުގެ
ކުރިން، ބިރުދެއްކުމާއި، ތޫނު ހަތިޔާރު ގެންގުޅުމާއި ގުޅޭގޮތުން ޤާނޫނު ނަންބަރު 17/2010"
(ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން
ގުޅުން މަނާކުރުމުގެ ޤާނޫނު) ނަމުގައި ވަކި
ޚާއްޞަ ޤާނޫނެއް 05 ސެޕްޓެމްބަރ 2010 ވަނަ ދުވަހު ޢަމަލުކުރަން ފަށާފައިވާކަމަށާއި އަދި މިޤާނޫނުގެ
ދަށުން ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރު 4
/
75ހ (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ
13 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އަދަބުތަކަށްވުރެ މާބޮޑުތަން ލުއި އަދަބުތަކެއްކަމަށާއި، މިހެންކަމުން
ޢަބްދުލްބާސިތު މުޙައްމަދުގެ މައްޗަށް ކުރެވުނު ދަޢުވާ ސާބިތުވިކަމުގައިވީނަމަވެސް އޭނާގެ މައްޗަށް އަދަބު
ކަނޑައަޅަންޖެހޭނީ ޤާނޫނު ނަންބަރ 17/2010 (ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި
ކުރުމުގެ ޤާނޫނު) ގެ ދަށުން ކަނޑައެޅިފައިވާ އަދަބުތައް ކަމަށްދެކޭކަމުގައި އަބްދުލްބާސިތު
މުޙައްމަދުގެ ފަރާތުން ބުނާ ބުނުމަށް ބަލާއިރު،
ޑ 4
33
2
3ނ 3$ނ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
SAގެ
9
بشم مي
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/36
ޢަބްދުލްބާސިތު މުޙައްމަދުގެ ދަޢުވާ އުފުލާފައިވަނީ އަދި އެދަޢުވާއެއް ޢަބްދުލްބާސިތު
މުޙައްމަދުގެ މައްޗަށް ސާބިތުވެފައިވާ ކުށަކީ، ޤާނޫނު ނަންބަރު 4
/
75ހ (ދިވެހިރާއްޖެއަށް ގެނައުން މަނާ
ތަކެތީގެ ޤާނޫނު) ގެ ދަށުން ދިވެހިރާއްޖެއަށް ގެނައުން މަނާއެއްޗެއް ގެންގުޅުމުގެ ކުށްކަން އެނގެން
އޮންނައިރު، ޤާނޫނު ނަންބަރު 4
/
75ހ (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) އަކީ
މިހާރުވެސް އެޤާނޫނަށް ޢަމަލުކުރެވެމުންދާ ޤާނޫނެއްކަމާއި، އެޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ އެއްވެސް
ކުށެއްގެ އަދަބަކަށްވެސް މިހާތަނަށް ބަދަލެއް އައިސްފައިނުވާކަމާއި، އެޤާނޫނެއްގެ ދަށުން ލުއި
ލިބެންޖެހޭކަމަށް ޢަބްދުލްބާ ޞިތު މުޙައްމަދުގެ ފަރާތުން ބުނެފައިވާ ޤާނޫނު ނަންބަރު 17/2010 (ބިރު
ދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެ. ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ
ކުށުގެ ޢުންސުރުތަކާއި، ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނުގައި ބަޔާންކޮށްފައިވާ
ކުށުގެ
ޢުންސުރުތަކަކީ ތަފާތު ދެ ޢުންސުރުތަކެއްކަމާއި، އަދި މިއީ ވަކިން ދަޢުވާކުރެވޭ ގޮތަށް އޮތް ވަކި
އެނގޭކަމާއި، މިހެންކަމުން ޢަބްދުލްބާޞިތު މުޙައްމަދުގެ މައްޗަށް ދަޢުވާ އުފުލުން އަދި
ޢަބްދުލްބާޞިތު މުޙައްމަދުގެ މައްޗަށް އެކުށް ސާބިތުވެފައިވާ ކުށުގެ އަދަބަށް ބަދަލެއް އައިސް، އެކުށުގެ
ދަބަށް ލުޔެއް ޤާނޫނަކުން ދީފައިވާކަން އެނގެން ނެތުމުން، ޢަބްދުލްބާޞިތު މުޙައްމަދުގެ މައްޗަށް
ސާބިތުވެފައިވާ ޤާނޫނު ނަންބަރު 4
/
75ހ (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގައި
ބުނެފައިވާ ކުށުގެ އަދަބެއްގެ ގޮތުން، ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި، ނުރައްކާތެރި
ހަތިޔާރާއި ތޫނު
މަނާކުރުމުގެ
ޤާނޫނު) ގައި ބަޔާންކުރާ
ކަނޑައެޅިދާނެކަމުގައި ބެލެވެންނެތްކަމެވެ.
3 ދވ
ދިކުށެއްކަން
އަދި@ށް
ގެންގުޅުން
އަދަބު
ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންދެކެނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr
-
C/1390 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް ޢަބްދުލްބާޞިތު މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާތަކުގެ މައްޗަށް ބަލައި، ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/1390 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީވިޔަސް ސަބަބެއް
ފެންނަންނެތްކަމުގައެވެ.
.ކަޖކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
متری
މުނު ގޮތުގެ ޚުލާޞާ
2015/HC-A/306
ޙުކުމް
ދެންފަހެ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު
2011/Cr
-
C/1390 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް މ.ނޫރުއްސަބާޙު
ޢަބްދުލްބާޞިތު މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޤަޟިއްޔާގައި
އްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭނެ ތަނެއް ނެތްކަމަށް މިޤަޟިއްޔާބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
CU.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv