ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/101 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/101
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 101/HC-A/2014
• އިސްތިއުނާފް ކުރިފަރާތް:
* ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް
އައިޑީ
ކާޑު ނަންބަރު:.
އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް:
0
އިސްތިއުނާފް ރައްދުވާ ފަރާތް:
ނަން: މައުމޫނު ސުލައިމާން
އައިޑީ ކާޑު ނަންބަރު: A045592
* ދާއިމީ އެޑްރެސް: ނާރިގުވިލާ ތ.ވިލުފުށި
މިހާރުގެ އެޑްރެސް: ނާރިގުވިލާ ތ.ވިލުފުށި
*
*
ހީކުރެވުނު ތާރީޚް: 14 ޖުމާދަލްއާޚިރާ 1435
އޭޕްރީލް 2014
، ނިމުނު ތާރީޚް 08 ޝަޢުބާން 1437
15 މެއި
14
2016
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2013/N
-
11
-
C/30
• ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ނިންމެވި ކޯޓް: ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓު
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލީސް:
ފަނޑިޔާރު އގ.ޢަލީ ސަމީރު، އިސްފަނޑިޔާރު އގ.ޢަބްދުﷲ ދީދީ، ފަނޑިޔާރު އިޒް.ޝުޖާޢު ޢުޘްމާން
އެޑް 12
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު
އީމެއިލް: [email protected]"
މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
ވެބް ސައިޓް www.highcourt.gov.mv
S »9',
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/101
ދަޢުވާގެ ޚުލާ.
ox OC
މިއީ، ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/N-11-C/30
މައްސަލަ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ
އިސްތިއުނާފު ކޮށްދިނުން އެދި ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ތ.ވިލުފުށި ތާރިގުވިލާ މަޢުމޫން
ސުލައިމާންއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01 ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/N
-
11
-
C/30
މައްސަލަ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެމައްސަލައަކީ، ކޮޅުމަޑުލު ކައުންސިލްގެ
ވިލުފުށީ ދާއިރާގެ މެންބަރު ތ. ވިލުފުށީ ނާރިގުވިލާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު
A045592 މައުމޫން ސުލައިމާނަށް 2012 ނޮވެމްނބަރު 20 ވަނަ ދުވަހުން ފެށިގެން މުސާރަ ނުދީ
ހިފަހަށްލާފައި ވާތީ މުސާރައިގެ ފައިސާ ހޯދުމަށާއި، މައުމޫން ސުލައިމާނަކީ މިހާރުވެސް
ކައުންސިލް ގެ މެންބަރަކަށް އިންތިހާބުވެފައިވާ އެ މަޤާމުގައި ހުރި މީހަކަށް ވީހިނދު ލިބެންޖެހޭ
މުސާރަނުދީ ހިފެހެއްޓުމުގެ ބާރު އަތޮޅު ކައުންސިލަށް ލިބިގެން ނުވާކަމަށް ކަނޑައަޅައި ދިނުމަށް އެދި
ތ. އަތޮޅު ކައުންސިލްގެ މައްޗަށް މިމައުމޫން ސުލައިމާން ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަން
އެނގޭކަމާއި،
ތ. އަތޮޅު
އެމައްސަލަ ނިންމަވާފައިވަނީ، "ދެންފަހެ، އިސްވެދިޔަ އެންމެހާ ކަންކަން އެގޮތުގެ
މަތީގައި
އެމަގުންގޮސް ޤާއިމުވެ ހުރުމާއެކު، ކޮޅުމަޑުލު އަތޮޅު ކައުންސިލުގެ ވިލުފުށި ދާއިރާގެ
މެންބަރު ތ.
ވިލުފުށީ ނާރިނގުވިލާދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A045592
ސުލައިމާނަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް، 2012 ނޮވެމްބަރު 21 ވަނަ ދުވަހުން
ocx
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނައްޓަރުގެ ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: iwoohigh ourt.gov.mv
ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/101
cu o
ކމައް ކެކު6
ه , 5
o coc
2 /
326
ހ 43
ecc
ފެށިގެން ކޮޅުމަޑުލު އަތޮޅު ކައުންސިލުން ނުދީ ހިފަހަށްޓާފައިވާކަން ޝަރީޢަތަށް ސާބިތުވާކަމަށާއި
މައުމޫން ސުލައިމާނަކީ މިހާރުވެސް ތ. އަތޮޅު ކައުންސިލްގެ މެންބަރުކަމަށް އިންތިހާބުވެފައިވާ އެ
މަޤާމުގައި ހުރި މީހާކަމަށް ވީހިނދު، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް
ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ހަވަނަ ބާބުގެ 60 ވަނަ މާއްދާގައިވާ ގޮތުގެމަތިން
އުފެދިފައިވާ، އަދި ހަމަ މިޤާނޫނޫގގެ 61 ވަނަ މާއްދާގެ (ހ)ގެ ދަށުން މިޤާނޫނުގައި ބަޔާންކޮށްފައިވާ
ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ހިނގަމުންދަނީ ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި
އެއްގޮތަށްތޯ ބެލުމުގެބާރާއި މަސްއޫލިއްޔަތު ލިބިފައިވާ "ލޯކަލް ގަވަރމަންޓް އޮތޯރިޓީ" ގެ ނަންބަރު
2013
/
1/LS
/
N11C-221 (22 ޖުލައި 2013) ސިޓީގައި، އެއްވެސް ކައުންސިލެއްގެ މެންބަރަކު
އެކައުންސިލަކުން ވަކިވިކަމަށް އިލެކްޝަންސް ކޮމިޝަނުން ނުވަތަ ޝަރުޢީ ކޯޓަކުން ކަނޑައަޅާފައި
ހިނދަކު ކައުންސިލަރެއްގެ މުސާރަ ނުދީ ހިފެހެއްޓުމަކީ އެއްވެސް ކައުންސިލަކަށް ޤާނޫނީގޮތުން
ވަށައިގެންވާ އެންމެހައި ކަންކަމަށް ބަލާއިރު، ދިވެހިރާއްޖެގެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު
ކޮމެޓީއިން ކަނޑައަޅާފައިވާ މުސާރާއާއި ޢިނާޔަތްތައް ކޮޅުމަޑުލު އަތޮޅު ކައުންސިލުގެ ވިލުފުށީ ދާއިރާގެ
ވިލުފުށީ ނާރިނގުވިލާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A045592
މައުމޫން ސުލައިމާނަށް ނުދީ ހިފެހެއްޓުމުގެ ޤާނޫނީ ނުވަތަ ޝަރުޢީ ބާރުވެރިކަން ދިވެހިރާއްޖޭގެ
ވެސް ޤާނޫނަކުން ތ. އަތޮޅު ކައުންސިލަށް ލިބިދީފައިނުވާކަމުގައި ކަނޑައަޅައި، ލޯކަލް
ގަވަރމަންޓް އޮތޮރިޓީގެ ނަންބަރު 2013
/
6/CIR/221 (10 އޭޕްރީލް 2013) ސަރކިއުލަރގެ (ށ)
އަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއިން ކަނޑައަޅާފައިވާ
މުސާރައާއި ޢިނާޔަތްތައް ކޮޅުމަޑުލު އަތޮޅު ކައުންސިލުގެ ވިލުފުށި ދާއިރާގެ މެންބަރު ތ. ވިލުފުށީ
ނާރިގުވިލާ މައުމޫން ސުލައިމާނަށް ދިނުން ހުއްޓާލި ތާރީޚުން ފެށިގެން ނުދީ ހިފެހެއްޓިފައިވާ އެންމެހާ
މުސާރައާއި ޢިނާޔަތްތައް ކޮޅުމަޑުލު އަތޮޅު ކައުންސިލުގެ ވިލުފުށީ ދާއިރާގެ މެންބަރު ތ. ވިލުފުށީ
ނާރިގުވިލާ ދިވެހިރާއްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A045592 މައުމޫން ސުލައިމާނަށް
ދިނުމަށް، ތ. އަތޮޅު ކައުންސިލުގެ މައްޗަށާއި، މިމުސާރައާއި ޢިނާޔަތްތައް ދިނުމުގައި ބައިވެރިވާ
ހުރިހާ އިދާރާތަކުގެ މައްޗަށާއި، މީހުންގެ މައްޗަށް އަންގައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
މެންބަރު ތ.
ޑ 8 * 4
OXO
IF
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected]ވެބް ސައިޓް: www.highcourt.gov.mv
4
ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/101
02 ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/N
-
11
-
C/30
މައްސަލަ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބު
ށްބުނެ އެޤަޟިއްޔާ
އިސްތިއުނާފުކޮށްދިނުން އެދި ކޮޅުމަޑުލު ކައުންސިލްގެ ވިލުފުށި ދާއިރާގެ ފަރާތުން
03 (ތިނެއް)
ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
oc
cocoa
(ހ) ފުރަތަމަ ނުކުތާއަކީ، ވިދިވިދިގެން 7 ޖަލްސާ އަށް ޙާޟިރު ނުވާ މެންބަރެއްގެ
މަޤާމު ގެއްލޭނެކަން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 119
ވަނަ މާއްދާގެ ޞަރީޙަ ނައްޞުން އެނގެން އޮތުމުން، ވިދިވިދިގެން 7 ޖަލްސާ އަށް ޙާޟިރު ނުވާތީ
އެކަން ކަމާބެހޭ ފަރާތްތަކަށާއި ޝަރީޢަތަށް ހުށަހަޅާފައި ވަނިކޮށް، އެކަމަށް ރިޢާޔަތް ނުކުރައްވައި ދަށު
ކޯޓުން ޙުކުމް ކުރައްވާފައިވުން ބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު
19/HC-I-SH/2011 ގައި ކަނޑައަޅުއްވާފައިވާ ޤާނޫނީ ހަމައިގެ ބޭރުން ދަށު ކޯޓުން ޙުކުމް
ކުރައްވާފައިވުން ކަމަށް ބުނެ ހުށަހެޅި
ތަ ކި.
(ނ) ތިންވަނަ ނުކުތާއަކީ، ޝަރުޢީ އުސޫލުތަކާއި އިކުއިޓީގެ މަބާދީތަކާއި ޚިލާފަށް
ދަށު ކޯޓުން ޙުކުމް ކުރައްވާފައި ވުންކަމަށް ބުނެ ހުށަހެޅި ނުކުތާ.
03- ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/N-11-C/30
މައްސަލަ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ
އިސްތިއުނާފުކޮށްދިނުން އެދި ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާގެ ފަރާތުން އިސްތިއުނާފު ކުރުމަށް
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް ފާހަގަކުރެވެއެވެ.
3 6
އުޅޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިބިނގުން، ތީމުގޭ ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/101
(ހ) ފުރަތަމަކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ، ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓު
ކޯޓުގެ ނަންބަރު 2013/N11C/30 ޤަޟިއްޔާއަށް ބަލާއިރު، މިމައްސަލައަކީ، ކޮޅުމަޑުލު އަތޮޅު
ކައުންސިލްގެ ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ތ.ވިލުފުށި ނާރިނގުވިލާ މައުމޫން ސުލައިމާނަށް
2012 ނޮވެމްބަރ 20 ވަނަ ދުވަހުން ފެށިގެން މުސާރަނުދީ ހިފަހައްޓާފައިވާތީ، މައުމޫން
ސުލައިމާނަކީ އޭރުވެސް ކޮޅުމަޑުލު އަތޮޅު ކައުންސިލުގެ މެންބަރަކަށް އިންތިޚާބު ވެފައިވާ އެމަޤާމުގައި
ހުރި މީހެއްކަމަށްވާތީ، މައުމޫން ސުލައިމާނަށް ލިބެންޖެހޭ މުސާރަނުދީ ހިފެހެއްޓުމުގެ ބާރު އަތޮޅު
ކައުންސިލަށް ލިބިގެންނުވާކަމަށް ކަނޑައަޅައިދިނުމަށް އެދި މައުމޫން ސުލައިމާނުގެ ފަރާތުން ކޮޅުމަޑުލު
އަތޮޅު ކައުންސިލްގެ އިދާރާގެ މައްޗަށް ހުށަހެޅި މައްސަލައެއްކަން އެނގޭކަމެވެ.
14
(ށ) ދެވަނަކަމަކީ، މިމައްސަލައިގައި ޙަވާލާދެވުނު ޙާދިސާ ހިނގާދިޔައިރު، މައުމޫނު
ސުލައިމާނަކީ، ކޮޅުމަޑުލު އަތޮޅު ކައުންސިލުގެ ވިލުފުށީ ދާއިރާގެ މެންބަރުކަމަށް ޤާނޫނު ނަންބަރު
7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އާއި، ޤާނޫނު
ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) އާއި އެއްގޮތްވާގޮތުގެ މަތީން
އިންތިޚާބުވެފައިވާ މީހެއްކަން، އަދި އޭރުވެސް އެމަޤާމުގައި ހުރިމީހެއްކަން މައްސަލައާއި އެކު ހުށަހެޅުނު
ލިޔުންތަކުން އެނގެން އޮތްއިރު، މައުމޫން ސުލައިމާނަށް ކައުންސިލުން ލިބެންޖެހޭ މުސާރަނުދީ
ހިފަހައްޓާފައިވާނޭކަމަށާއި އަދި މިގޮތަށް ޢަމަލުކޮށްފައިވަނީ، މައުމޫން ސުލައިމާނު ޖިނާއީކުށެއްކުރި
ކަމުގެ ތުހުމަތުގައި ބަންދުކުރެވުމުން، ބަންދުގައި ހުރި މުއްދަތަށް މުސާރަ ދޫކުރުމަކީ،
ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި، ޤަވާޢިދުތަކާއި ޚިލާފުކަމެއްކަމަށްދެކޭތީއާއި، މައުމޫނު ސުލައިމާނު
ކައުންސިލްގެ ޖަލްސާތަކަށް މަޤްބޫލު ސަބަބެއްނެތި 7 ދުވަހު ޙާޟިރުވެފައިނުވާތީ، ޤާނޫނުގައި ބުނާ
ކައުންސިލަރުންގެ މެންބަރުކަމުގެ ޝަރުތު މައުމޫނު ސުލައިމާން ކިބައިން އުނިވެފައިވާކަމަށް
ޤަބޫލުކުރެވިފައިވާތީ، ކައުންސިލް މެންބަރުކަމުން މައުމޫނު ސުލައިމާނު ވަކިކުރުމަށް
ފާސްކޮށްފައިވާކަމަށާއި، މިސަބަބުތައް މެދުވެރިވެފައިވާތީ، އެދުވަސްތަކުގެ މުސާރައާއި މެދު ޝަރުޢީ
ހުރިހާ މަރުޙަލާއަކުން ގޮތެއް ނިމުމުން ނޫނީ މުސާރަ ދޫނުކޮށް މަޑު ޖައްސާލުމަށް ނިންމާފައިވާތީކަމަށް
މިމައްސަލައިގައި ޖަވާބުދާރީވަމުން ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާގެ ފަރާތުން ބުނެފައިވާކަން
އެނގެން އޮންނަކަމެ
ފަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ ނަންބަރު
އީމެއިލް if [email protected])
މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
ސައިޓް: www.highcourt.gov.mv
6
ހިމުނު ގޮތުގެ ޚުލާޞާ
2014/HC-A/101
އއ 3
3
4
,7ކރެވޭ
(ނ) ތިންވަނަކަމަކީ، ވަޒީފާއާބެހޭ މައްސަލަތަކުގައި ޢަމަލުކު ޢާއްމު
އިޖުރާއާތުތަކުގެ މައްޗަށްބަލާއިރު، ޤާނޫނެއްގައި ނުވަތަ ޤަވާޢިދެއްގައި ނުވަތަ އެއްބަސްވުމެއްގައި
އިސްތިސްނާއެއް ނުދޭހާ ހިނދަކު، ވަޒީފާގައި މީހަކު ދެމިހުރިހާ ހިނދަކު އެމީހަކަށް އެވަޒީފާއަކުން
ލިބެންޖެހޭ އުޖޫރަ ޙައްޤުވާނޭކަމާއި، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީދާއިރާތައް
ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް ބެލުމުން، އެޤާނޫނުގެ 119
ވަނަ މާއްދާގައި،
ކައުންސިލަރެއްގެ މަޤާމުން ވަކިވާނެގޮތްތަށް ބަޔާންކޮށްފައިވާއިރު، އެމާއްދާގެ (ށ) ގެ ދަށުން
ކައުންސިލްގެ މެންބަރުކަމުން ވަކިވެއްޖެކަމަށް ކައުންސިލަށް ޤަބޫލުކުރެވޭ
މެންބަރުންނަށް
މުސާރަދިނުމުގައި ޢަމަލުކުރާނެގޮތެއް އެޤްނޫނުގައި ބަޔާންކޮށްފައިނެތްކަމާއި، މިޤާނޫނުގައި
ނުހިމެނޭކަމަކާބެހޭ ގޮތުން ޚިލާފެއް އުފެދިއްޖެނަމަ ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި ޤަވާޢިދުތަކާއި
ޚިލާފު ނުވާނޭ ގޮތުގެ މަތިން އެކަމުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ލޯކަލް ގަވަރމަންޓް
އޮތޯރިޓީއަށްކަމާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީން ނިންމާގޮތާއި މެދު ހިތްހަމަ ނުޖެހޭނަމަ އެފަރާތަކުން
އެކަމެއް ހުށަހަޅަންޖެހެނީ ދިވެހިރާއްޖޭގެ ހައިކޯޓަށްކަން ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ
އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 149 ވަނަ މާއްދާއަށް ބެލުމުން
އެނގެން އޮންނަކަމާއި، މިގޮތުން އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ
އުސޫލުން ހިންގުމުގެ ޤާނޫނުގެ 149 ވަނަ މާއްދާއިން ބާރުލިބިގެން، ލާމަރުކަޒީ ޤާނޫނުގެ 119 ވަނަ
މާއްދާގެ (ށ) ގެ ދަށުން، މަޤާމުން ވަކިވެފައިވާ ކައުންސިލަރެއްކަމަށް އެކައުންސިލަރެއް ނިސްބަތްވާ
ކައުންސިލަކުން ކަނޑައަޅާފައިވާ ކައުންސިލަރުންގެ މުސާރަ ދިނުމާއި ގުޅޭގޮތުން ލޯކަލް ގަވަރމަންޓް
އޮތޯރިޓީން އެއޮތޯރިޓީގެ ނަންބަރު 2013
/
8/CIR/221 (10 އެޕްރީލް 2013) ސަރކިއުލަރގައި
ގޮތެއް ކަނޑައަޅުއްވާފައިވާކަން އެނގެން އޮތްކަމެވެ.
2x
Axc
(ރ) ހަތަރުވަނަކަމަކީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީން ނެރުއްވާފައިވާ އެއޮތޯރިޓީގެ
ނަންބަރު 2013
/
8/CIR/221 (10 އެޕްރީލް 2013) ސަރކިއުލަރ އަށް ބަލާއިރު، ކައުންސިލެއްގެ
މެންބަރަކު، ޤާނޫނީ ހަމަތަކުގެ މަތިން، ކައުންސިލަރުކަމުން ވަކިވެފައިވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުން ނުވަތަ އެ ކައުންސިލަރަކު ނިސްބަތްވާ ކައުންސިލަކުން ކަނޑައަޅައިފިނަމަ، އެފަދައިން
31 ޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް: 3316471
އީމެއިލް: [email protected]ވެބް ސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/101
OXO
ކަނޑައަޅާ ދުވަހުން ފެށިގެން އެކައުންސިލަރަކީ ކައުންސިލުން ވަކިވެފައިވާ މެންބަރެއްކަމަށް ބަލައި،
އޭނާއަށް ދެމުން އައި މުސާރައާއި ޢިނާޔަތްތައް ދިނުން ހުއްޓާލެވޭނެކަމަށް އެސަރކިއުލަރގެ (ހ) ގައި
އޮންނައިރު، އެސަރކިއުލަރގެ (ނ) ގައި، މިނިންމުމުގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް،
ލާމަރުކަޒީ ޤާނޫނުގެ 119 ވަނަ މާއްދާގެ (ނ) ގެ ދަށުން ކައުންސިލަރަކު ވަކިވެފައިވާކަމަށް
އެކައުންސިލަރަކު ނިސްބަތްވާ ކައުންސިލުން ނިންމާފައިވާ ނިންމުން އިލެކްޝަންސް ކޮމިޝަނުން
ކަށަވަރުކުރުމަށްފަހު، އެކައުންސިލަރަކު، އެކައުންސިލުން ވަކިވެފައިވާކަމަށް ބަލާނެ ޤާނޫނީ
ހަމައެއްނެތްކަމަށް ނިންމައިފިނަމަ، އެނިންމުން ޝަރުޢީ ކޯޓަކުން ބާޠިލްނުކުރާހާ ހިނދަކު،
އެކައުންސިލަރަކަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް ދޭންވާނެކަމަށް ބަޔާންކޮށްފައިވާކަން އެނގެން
3
ދީ t t
އޮންނަކަމެވެ.
އި
(ބ) ފަސްވަނަކަމަކީ، ލޯކަލް ގަވަރމެންޓް އޮތޯރިޓީން ނެރުއްވާފައިވާ
ރާތްކުރެވުނު ސަރކިއުލަރގައި ބަޔާންކޮށްފައިވާ ކަންކަން މިމައްސަލަ ހިނގާފައިވާ ގޮތުގެ މައްޗަށް
ތަޠުބީޤު ކުރާއިރު، މައުމޫނު ސުލައިމާނު ކައުންސިލްގެ ޖަލްސާތަކަށް މަޤްބޫލު ސަބަބެއްނެތި 7 ދުވަހު
ޙާޟިރުވެފައިނުވާކަމަށްބުނެ، ޤާނޫނުގައި ބުނާ ކައުންސިލަރުންގެ މެންބަރުކަމުގެ ޝަރުޠު މައުމޫނު
ސުލައިމާން ކިބައިން އުނިވެފައިވާކަމަށް ކޮޅުމަޑުލު އަތޮޅު ކައުންސިލުން ދެކިގެން މައުމޫން
ސުލައިމާނަކީ އެކައުންސިލްގެ މެންބަރުކަމުން ވަކިވެފައިވާ މީހެއްކަމަށް ބެލިނަމަވެސް، އެކަން
ކަށަވަރުކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ބެލިބެލުމުން، މައުމޫން ސުލައިމާނު ކޮޅުމަޑުލު
އަތޮޅު ކައުންސިލްގެ މެންބަރުކަމުން ވަކިވެފައިވާކަމަށް ބެލެވޭނެ ޝަރުޢީ އަދި ޤާނޫނީ
އެކޮމިޝަނުން ނިންމަވާފައިވާކަން މިމައްސަލައިގައި ހުށަހެޅުނު ލިޔުންތަކުން
އެނގެން އޮތްއިރު، އަދި އެކަން އިލެކްޝަންސް ކޮމިޝަނުން ކޮޅުމަޑުލު އަތޮޅު ކައުންސިލަށް
އަންގާފައިވާކަން އެނގޭއިރު، އިލެކްޝަންސް ކޮމިޝަންގެ އެނިންމުންމާއި މެދު އެއްވެސް ޝަކުވާއެއް
ކޮޅުމަޑުލު ކައުންސިލްގެ އިދާރާއިން ކޮށްފައިނުވާކަމާއި އަދި އެނިންމުން ޝަރުޢީ އެއްވެސް ކޯޓަކުން
ބާޠިލްކޮށްފައިނުވާކަން އެނގޭކަމާއި، މިހެންކަމުން މިޙާލަތުގައި މައުމޫން ސުލައިމާނަށް ލިބެންޖެހޭ
މުސާރަ
ހިފެހެއްޓުމު އެއްވެސް ޙައްޤެއް ކޮޅުމަޑުލު އަތޮޅު ކައުންސިލަށް ލިބިގެންނުވާކަން އެނގެން
އ ހ ޑ $ ދ ދه
ހަމައެއްނެތްކަމަށް
6x ދ ¢ ¢
އޮތްކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]
www.highcourt.gov.mv
8
ޢުމުނު ގޮތުގެ ޚުލާޞާ
2014/HC-A/101
ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންދެކެނީ، ކޮޅުމަޑުލު ވޭމަންޑޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2013/N-11-C/30 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް އެދި،
ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް،
އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭފަދަ ސަބަބެއް ފެންނަންނެތްކަމަށެވެ.
• ޙުކުމް:
9/ ކ
ހރަމާއކޑަ
ދެންފަހެ، އިސްވެ ބަޔާންވެދިޔަކަންކަން އެގޮތަށް މާއެކު، ކޮޅުމަޑުލު ވޭމަންޑު
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/N
-
11
-
C/30 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުލް
އިސްތިއުނާފު ކުރުމަށްޓަކައި ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާގެ ފަރާތުން ހުށަހަޅާފައިވާ
މައްޗަށް ބިނާކޮށް، އެޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް
ކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި،
ޙުކުމް ކޮށްފީމެވެ.
233 ހ ކ
مرمر مرمری
ނeކ9
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv