ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/39 ޤަޟިއްޔާގެ ޙުކުމް
l
2016HC-A/39
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 39/HC-A/2016
އިސްތިއުނާފުކުރި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް
އައިޑީ ކާޑު ނަންބަރ.
ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަބްދުލްފައްތާޙު ޙުސައިން
އައިޑީ ކާޑުނަންބަރު: A069861
ދާއިމީ އެޑްރެސް: ޒަމާނީކުލަ | ރ. ރަސްމާދޫ
މިހާރުގެ އެޑްރެސް: މ. ތޮއިބާ | ކ. މާލެ
0
ރަޖިސްޓްރީކުރެވުނު ތާރީޚް: 17 ރަބީޢުލްއާޚިރު 1437
27 ޖެނުއަރީ 2016
ނިމުނު ތާރީޚް: 22 މުޙައްރަމް 1439
12 އޮކްޓޯބަރު 2017
2
441 3ވ
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު، 2013/Cr-C/1504
ނިންމެވިކޯޓް: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ޑައިމޯފިނުން
ހުށަހެޅި ތާރީޚް: 11 ޑިސެމްބަރ 2013
ނިމުނު ތާރީޚް:
17 އޯގަސްޓް 2014
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޝުއައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު އަލީ ސަމީރު
(ރިޔާސަތު)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނ.ގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
ބެލިބެލުމުން، ޢަބްދުލްފައްތާޙު ޙުސައިން، 19 މާރޗް 2013 ވަނަ ދުވަހުގެ 11:30 ހާއިރު، ފުން2
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2016/HC-A/39
ދައުވާގެ ޚުލާޞާ:
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު: 2010/Cr
-
C/1504 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ
ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. ޤަޟިއްޔާގެ
އިސްތިއުނާފު ރައްދުވާ ފަރާތަކީ ރ. ރަސްމާދޫ / ޒަމާނީކުލަ، ޢަބްދުލްފައްތާޙް ޙުސައިން (ދ.ރ.ކާޑު ނަންބަރު:
A069861) އެވެ.
ހު
"1504/Cr-C/2013
ދެވުނު ނުކުތާތައް:
01- އިސްތިއުނާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު:
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، 19 މާރޗް 2013 ވަނަ ދުވަހުގެ
11:30 ހާއިރު، ފުލުހުން މާލެތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް، ބޮޑުތަކުރުފާނުމަގުގައި ހުރި ޕެޓްރޯލް ޝެޑް
ކައިރީގައި އޮތް "ފައިން ސްޕީޑް" ކިޔާ ލޯންޗެއްގައި ޢަބްދުލްފައްތާޙު ޙުސައިން ހުރިއިރު، ޢަބްދުލްފައްތާޙު
ޙުސައިންގެ ޢަމަލުތައް ހުރިގޮތުން، ޢަބްދުލްފައްތާޙު ޙުސައިން ހުރީ މަސްތުގެ ޙާލަތުގައިކަމަށް
ތުހުމަތުކުރެވިގެން، ޢަބްދުލްފައްތާޙު ޙުސައިން ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް، ޢަބްދުލްފައްތާޙު ހުސައިން
ހުރި ލޯންޗް ބަލައި ފާސްކުރިއިރު، ޢަބްދުލްފައްތާޙު ޙުސައިންގެ ވާތުފައި ކައިރިން ލޯންޗުގެ ޑެގް މަތީގައި އޮތް
ރަބަރު ޕެކެޓުގައި 0.0195 ގްރާމް ޑައިމޯފިން ހުރިކަމަށް އޭގެ ތަޙުލީލު ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރު
17/2011 (މަސްތުވާތަ
ވާތަކެއްޗާއި ބެހޭ ޤާނޫނު) ގެ 105 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ، އެމާއްދާގެ (ނ)
ދަށުން ޢަބްދުލްފައްތާޙު ޙުސައިންގެ މައްޗަށް ޑައިމޯފިނުން މުޢާމަލާތްކުރުމުގެ ކުށުގެ ދަޢުވާ
އުފުލާފައިވާކަމާއި،
އެމައްސަލަ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، "ދައުލަތުން ރ. ރަސްމާދޫ! ޒަމާނީކުލަ
ޢަބްދުލްފައްތާޙު ހުސައިންގެ މައްޗަށް ކުޅު ޑައިމޯފިނުން މުޢާމަލާތްކުރުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން
ގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
3
2016/HC-A/39
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
މާލެތެރެ ޕެޓްރޯލްކުރަމުން ދަނިކޮށް، ބޮޑުތަކުރުފާނުމަގުގައި ހުރި ޕެޓްރޯލް ޝެޑް ކައިރީގައި އޮތް "ފައިން
ސްޕީޑް" ކިޔާ ލޯންޗެއްގައި ޢަބްދުލްފައްތާޙް ޙުސައިން ހުރިއިރު، ޢަބްދުލްފައްތާޙު ޙުސައިން ގެ ޢަމަލުތައް ހުރި
މީނާ ހުރީ މަސްތުގެ ޙާލުގައިކަމަށް ތުހުމަތުކުރެވިގެން، ޢަބްދުލްފައްތާޙް ޙުސައިން ފުލުހުންގެ ބެލުމުގެ
ދަށަށް ގެންގޮސް، ޢަބްދުލްފައްތާޙު ހުސައިން ހުރި ލޯންޗް ބަލައި ފާސްކުރިއިރު، ޢަބްދުލްފައްތާޙު ޙުސައިން ގެ
ވާތުފައި ކައިރިން ލޯންޗުގެ ޑެގް މަތީގައި އޮތް ރަބަރު ޕެކެޓަކީ ޢަބްދުލްފައްތާޙު ޙުސައިންގެ އެއްޗެއްކަމަށް
އޭނާ ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފުވެފައިވާތީއާއި، އެރަބަރު ޕެކެޓުގައި 0.0195 ގްރާމް ޑައިމޯފިން
ހުރިކަމަށް އޭގެ ތައުލީމު ރިޕޯޓުން ދައްކާތީ، ޑައިމޯފިނުން މުޢާމަލާތުކުރުމުގެ ކުށުން ރ. ރަސްމާދޫ! ޒަމާނީކުލަ
ޢަބްދުލްފައްތާޙު ޙުސައިން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިއީ މީރާގެ މައްޗަށް މިބާވަތުގެ ކުށެއް ސާބިތުވާ
02 ވަނަ ފަހަރުކަމަށްވާތީ، މިކުށުގެ ޢުޤޫބާތެއްގެގޮތުން ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާއި ބެހޭ
ޤާނޫނު) ގެ 105 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން ރ. ރަސްމާދޫ ޒަމާނީކުލަ
ޢަބްދުލްފައްތާޙު ޙުސައިން 15 (ފަނަރަ) އަހަރަށް ޖަލަށްލުމަށާއި، -/25,000ރ (ފަންސަވީސްހާސް ރުފިޔާ)
އިން ޖޫރިމަނާކޮށް، މިފައިސާ މިއަދު {17 އޮގަސްޓް 2014 ދުވަހުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ
ތެރޭގައި މިކޯޓަށް (ކްރިމިނަލް ކޯޓަށް) ދެއްކުމަށް ރ.ރަސްމާދޫ/ ޒަމާނީކުލަ ޢަބްދުލްފައްތާޙު ހުސައިނަށް
އަންގައި، މިގޮތުގެމަތިން ޙުކުމްކޮށް ވިޤަޟިއްޔާ ނިންމީއެވެ." މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
¢ ¢ ¢ a
-02
އިސްވެ
ޔާންކުރެވުން
ގޮތުގެ މަތީން ކްރިމިނަލް ކޯޓުގެ ނަންބަރު:
2013/Cr
-
C/1504 ޤަޟިއްޔާގައި ޙުކުމްކުރެއްވުމާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
އެމައްސަލަ އިސްތިއުނާފުކުރަމުން، މައިގަނޑު އެއް ނުކުތާ ފާހަގަކޮށް އެނުކުތާއާ މެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
ރ. ރަސްމާދޫ | ޒަމާނީކުލަ، ޢަބްދުލްފައްތާޙު ޙުސައިންގެ މައްޗަށް ދައުލަ
ކުރި ޑައިމޯފިނުން މުޢާމަލާތްކުރުމުގެ ދަޢުވާއާ ގުޅިގެން، އެމައްސަލާގައި ފެނިފައިވާ މަސްތުވާ
* އެ ނުކުތާއަކީ:
އޯޓިސްޓް
ދިވެހިން
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
602ފކޮށް
ޝައް
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2016/HC-A/39
ޢަބްދުލްފައްތާޙު ޙުސައިން ބޭނުންކުރަން ގެންގުޅުނު ތަކެތިކަމަށާއި، ޢަބްދުލްފައްތާޙު ޙުސައިން އަކީ
ހެރޮއިން ބޭނުންކުރާ މީހެއްކަމަށް ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފްވެފައިވީނަމަވެސް، އެ
އިޢުތިރާފްގެ މައްޗަށް ބަލައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޢަމަލު ކުރަމުންދާ އުޞޫލާ އެއްގޮތަށް މި
މައްސަލައިގެ ދަޢުވާ ބަދަލުކޮށް އަލުން ކޯޓަށް ހުށަހެޅުމަށްޓަކައި މައްސަލަ އަބުރާ ގެނެވިފައިނުވާތީ، މި
މައްސަލާގައި ފެނުނު މަސްތުވާތަކެއްޗަށް ޢަބްދުލްފައްތާޙު ޙުސައިން ޒިންމާ ނެގީ ކަމަށް ބަލައި ޑައިމޯފިނުން
މަލާތްކުރު ރުމުގެ ކުށުން މީނާ ކުށްވެރިވެއްޖެކަމަށް ޢަދަބު ކަނޑައަޅާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ
ނަކީ 0އކވެ.
03- މިމައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު: 2010/Cr
-
C/1504 ޤަޟިއްޔާ
ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާއަށާއި، އެނުކުތާއާ ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ޝަރީޢަތަށް ފާހަގަކުރެވެއެވެ.
3.1- ފުރަތަމަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު: 2013/Cr
-
C/1504 ޤަޟިއްޔާގައި
19 މާރޗް 2013 ވަނަ ދުވަހުގެ 11:30 ހާއިރު، ފުލުހުން މާލެތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް،
ރުފާނުމަގުގައި ހުރި ޕެޓްރޯލް ޝެޑް ކައިރީގައި އޮތް "ފައިން ސްޕީޑް" ކިޔާ ލޯންޗެއްގައި
ޢަބްދުލްފައްތާޙު ޙުސައިން ހުރިއިރު، ޢަބްދުލްފައްތާޙު ޙުސައިންގެ ޢަމަލުތައް ހުރިގޮތުން، ޢަބްދުލްފައްތާޙު
ޙުސައިން ހުރީ މަސްތުގެ ޙާލަތުގައިކަމަށް ތުހުމަތުކުރެވިގެން، ޢަބްދުލްފައްތާޙު ޙުސައިން ފުލުހުންގެ ބެލުމުގެ
ދަށަށް ގެނެސް، ޢަބްދުލްފައްތާޙު ޙުސައިން ހުރި ލޯންޗް ބަލައި ފާސްކުރިއިރު، ޢަބްދުލްފައްތާޙު ޙުސައިންގެ
ވާތުފައި ކައިރިން ލޯންޗުގެ ޑެގް މަތީގައި އޮތް ރަބަރު ޕެކެޓުގައި 0.0195 ގްރާމް ޑައިމޯފިން ހުރިކަމަށް
ތަޙުލީލު ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު) ގެ I07
8
tކރ
014ކއިނއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2016/HC-A/39
މާއްދާގެ (ހ) އާއި ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން ޢަބްދުލްފައްތާޙު ޙުސައިން ގެ މައްޗަށް ޑައިމޯފިނުން
މުޢާމަލާތްކުރުމުގެ ކުށުގެ
ދަޢުވާ ކޮށްފައިވާއިރު، ޢަބްބު
ޢަބްދުލްފައްތާޙު
ހުސައިންގެ އަތުން ފެނިފައިވާ
މަސްތުވާތަކެއްޗަކީ ޢަބްދުލްފައްތާޙު ޙުސައިން ބޭނުންކުރުމަށް ގަނެގެން އުޅުނު ތަކެތި ކަމަށާއި، ޢަބްދުލްފައްތާޙް
ޙުސައިން އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށް އިޢުތިރާފްވެފައިވާކަން ޢަބްދުލްފައްތާޙު ޙުސައިން
ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް ދީފައިވާ ބަޔާނުން އެނގެން އޮންނަކަމެވެ.
3.2- ދެވަނަ ކަމަކީ: 15 ޖޫން 2014 ވަނަ ދުވަހު ކުރިމިނަލް ކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް ޢަބްދުލްފައްތާޙު ޙުސައިން ދީފައިވާ ބަޔާނުގައި މި މައްސަލާގައި ފެނިފައިވާ މަސްތުވާތަކެއްޗަކީ
އަބްދުލްފައްތާޙު ޙުސައިން ބޭނުންކުރަން -/100ރ. (ސަތޭކަ ރުފިޔާ) ދީފައި ގަނެގެން ގެންގުޅުނު
އެއްޗެއްކަމަށާއި، ޢަބްދުލްފައްތާޙު ޙުސައިން އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށާއި، މަސްތުވުމަށް
ބޭނުންކުރަނީ ހެރޮއިންކަމަށް ބުނެ ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފްވެފައިވާކަމާއި،
ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 137 ވަނަ މާއްދާ ގެ (ހ)
އަށް ބަލާއިރު މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި، 2 (ދޭއް) ގްރާމް ނުވަތަ އެއަށްވުރެ މަދު
ޢަދަދެއްގެ ޑައިމޯފިން ހުރެއްޖެނަމަ، އެ އެއްޗެއް އެހުރީ، އެ އެއްޗެއް ބޭނުންކުރުމަށް ކަމުގައި ބެލެ
ބެލެވޭނެކަމަށް
ބަޔާންކޮށްފައިވާކަމާއި، އިސްތިއުނާފްކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު: 2013/Cr-C/1504
މައްސަލައިގައި ޢަބްދުލްފައްތާޙް ޙުސައިން ގެ އަތުން ފެނިފައިވާ ރަބަރު ޕެކެޓުގައި 0.0195 ގްރާމް ޑައިމޯފިން
ހުރިކަމަށް އޭގެ ތަޙުލީލު ރިޕޯޓުން އެނގެން އޮންނަކަމާއި، މި ހާލަތުގައި ޢަބްދުލްފައްތާޙް ޙުސައިންގެ އަތުން
ފެނިފައިވާ މަސްތުވާތަކެއްޗަކީ ޢަބްދުލްފައްތާޙް ޙުސައިން ބޭނުންކުރުމަށް ގެންގުޅުނު ތަކެތި ކަމަށް ބެލެވެން
Occ
އޮންނަކަމެވެ.
3.3- ތިންވަނަ ކަމަކީ: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޢަމަލުކުރަމުންގެ
ޢާންމު އުޞޫލަށް ބަލާއިރު، މައްސަލައާއެކު ލިބިފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް ބަލައި، އެމީހަކީ މަސްތުވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2016/HC-A/39
ޖ
COCO
2
ތަކެއްޗަށް ދެވިހިފާފައިނުވާ މީހަކު ކަމުގައި ބަލައި، އެމީހެއްގެ މައްޗަށް މަސްތުވާއެއްޗެއް މުޢާމަލާތުކުރުމުގެ
ކުށުގެ ދަޢުވާ އުފުލޭ ޙާލަތުގައި، އެ މައްސަލައެއްގައި ފެނިފައިވާ މަސްތުވާތަކެއްޗަށް ދަޢުވާލިބޭ ފަރާތުން
ޒިންމާ ނަގައި، އެމީހަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށް ޝަރީޢަތުގެ މަޖިލީހުގައި
އިޢުތިރާފްވެއްޖެނަމަ، އަދި އެމީހަކީ
މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއްގެ
ދަޢުވާ އުފުލިފައިނުވާ މީހަކުނަމަ، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 136 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް،
ދަޢުވާއެއް
އެއް އަނބުރާ ގެނެސް ދަޢުވާ ބަދަލުކުރުމަށްފަހު، އެމީހަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހަކު
ކަމުގައި ބަލައި، މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގެ ދަޢުވާ ޑްރަގް ކޯޓަށް ހުށަހެޅުން ކަމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބުނެފައިވާ ކަމާއި،
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މި މައްސަލަ އިސްތިއުނާފްކޮށްފައިވާ ސަބަބަކީ
މި މައްސަލައިގައި ޢަބްދުލްފައްތާޙް ޙުސައިންގެ ފަރާތުން ޢަބްދުލްފައްތާޙް ޙުސައިން އަކީ މަސްތުވާތަކެތި
ބޭނުންކުރާ މީހެއްކަމަށް އިޢުތިރާފްވެފައިވީނަމަވެސް، އިސްވެ ދެންނެވުނު އުޞޫލާ އެއްގޮތަށް ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ޢަމަލުކުރެވިފައިނުވާތީކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ބުނެފައިވާކަމާއި، އިސްތިއުނާފްކުރެވިފައިމިވާ މައްސަލާގައި ޢަމަލު ކޮށްފައިވަނީ މި ބާވަތުގެ މައްސަލަތަކުގައި
ޢާންމުކޮށް ޢަމަލުކުރުމަށް ކަނޑައެޅި އިސްތިޤުރާރު ވެފައިވާ ޢުޞޫލުތަކާއި ޚިލާފަށްކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުން
ބަދަލުގެންނަންޖެހޭ ޙުކުމެއްކަމަށް، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
މަޖިލީހަށް އިއްތިފާޤުވެވިފައިވެއެވެ
1504/Cr-C2013
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު
ގޮތަށް ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr-C/1504 ޤަޟިއްޔާގައި، ރަސްމާދޫ {
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނހިގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2016/HC-A/39
އުޤުބާތެއްގެ
ޒަމާނީކުލަ، ޢަބްދުލްފައްތާޙު ޙުސައިން (ދ.ރ.ކާޑު ނަންބަރު:A069861)، ޑައިމޯފިނުން މުޢާމަލާތުކުރުމުގެ
ކުށުން ކުށްވެރިވާކަމަށް ކަނޑައަޅައި، އެކުށުގެ
ގޮތުން،
އަބްދުލްފައްތާޙް ޙުސައިން
15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި، -/25,000ރ. (ފަންސަވީސްހާސް ރުފިޔާ) އިން
ޖޫރިމަނާކޮށް، އެފައިސާ 01 (އެކެއް) މަސްދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދެއްކުމަށް 17 އޯގަސްޓް
2014 ވަނަ ދުވަހު ކުރައްވާ ފައިވާ ޙުކުމް ބާޠިލްކަމަށް، މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
1504/Cr-C/2013
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ކްރިމިނަލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ޙާދިސާއާއި ގުޅިގެން، ރ. ރަސްމާދޫ | ޒަމާނީކުލަ، ޢަބްދުލްފައްތާޙު
ޙުސައިން (ދ.ރ.ކާޑު ނަންބަރު:A069861) ގެ މައްޗަށް އަލުން ދަޢުވާކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ
ފަރާތުން އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް ހުށަހަޅައިފިނަމަ އެމައްސަލައެއް ބެލޭނެކަން އަންގާ،
އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv