ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/99 ޤަޟިއްޔާގެ ޙުކުމް
ދިވެހި ހަ"
1
ޤަޟިއްޔާ
2{12/HC-A/99
ނިމުނު ގޮތު
کی عمری
ދެލި
بماند از مراسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
)
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 99/HC
-
A/2012
އިސްތިއުނާފް ކުރިފަރާތް:
* ނަން:ވައިކަރަދޫ އިނިޝިއޭޓިވް ފޮރ ނެޝަނަލް އެޑްވާންސްމަންޓް ތުރޫރިސޯސްފުލް އެމްޕަވަރމަންޓް އެންޑް
ސިކިއުރިޓީ (ވިނަރެސް)
ރަޖިސްޓްރޭޝަން ނަންބަރު: 86/14
ދާއިމީ އެޑްރެސް: ދަރުމަ ހދ. ވައިކަރަދޫ މިހާރުގެ އެޑްރެސް: މ. އޯސޭނިޔާ / މާލެ
*
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
އެޑްރެސް: ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
މިހާރުގެ އެޑްރެސް: ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ރަޖިސްޓްރީކުރެވުނު ތާރީޚް: 29 މާރޗް 2012
ނިމުނު ތާރީޚް: 04 ފެބްރުއަރީ 2015
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ
* ނަންބަރު: 2011/B15C/15
ކޯޓު: ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓް
*ޤަޟިއްޔާގެ ބާވަތް: މިލްކުވެރިކަން ސާބިތުކުރުން
ނިންމެވި ތާރީޚް: 02 އޮކްޓޯބަރ 2011
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަލީ ސަމީރު،
ފަނޑިޔާރު އަޒްމިރާލްދާ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [31647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
44 35 23
ޤަ ސިއްޔާ
ނިމުނު
2{012/HC-A99
ممر محتمی **
ދަޢުވާގެ ޚުލާޞާ
މިއީ، ތިލަދުންމަތީ
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުގެ
ކޯޓުގެ ނަންބަރު
2011/B15C/15 ޤަޟިއްޔާ އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ވައިކަރަދޫ އިނިޝިއޭޓިވް ފޮރ ނެޝަނަލް
އެޑްވާންސްމަންޓް ތުރޫ ރިސޯސްފުލް އެމްޕަވަރމަންޓް އެންޑް ސެކިއުރިޓީ (ވިނަރެސް) ގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤާޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ
ކައުންސިލުގެ އިދާރާއެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް
ނަންބަރު
1- ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުގެ
2011/15
/
15C ޤަޟިއްޔާ އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ވައިކަރަދޫ އިނިޝިއޭޓިވް ފޮރ ނެޝަނަލް
އެޑްވާންސްމަންޓް ތުރޫ ރިސޯސްފުލް އެމްޕަވަރމަންޓް އެންޑް ސެކިއުރިޓީ (ވިނަރެސް) ގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2- ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2011/B15C!15 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ތިލަދުންމަތީ
ދެކުނުބުރީ ވައިކަރަދޫ ކައުންސިލުން ވައިކަރަދޫ އިނިޝިއޭޓިވް ފޮރ ނެޝަނަލް އެޑްވާންސްމަންޓް ތުރު
ރިސޯސްފުލް އެމްޕަވަރމަންޓް އެންޑް ސިކިއުރިޓީ (ވިނަރެސް)ގެ މައްޗަށް މިލްކުވެރިކަން ސާބިރުޒަންމު
02
4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 36471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
44 35 33
2{012/HC-A99
ޤަޟިއްޔާ ނިމުނު
އެދި ދަޢުވާކުރުމުން ބެލެވުނު ޤަޟިއްޔާއެއްކަމާއި، އެ ދަޢުވާ ހުށަހަޅަމުން ތިލަދުންމަތީ ދެކުނުބުރީ
ވައިކަރަދޫ ކައުންސިލް އިދާރާގެ ފަރާތުން ބުނެފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ
އުޞޫލުން ހިންގުމުގެ ޤާނޫނުގެ 24 ވަނަމާއްދާގެ (ބ) އިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ
ވައިކަރަދޫ ކައުންސިލުގެ މަސްޢޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމަކަށްވާތީއާއި، ވައިކަރަދޫގައި ދެމުންދާ
ކަރަންޓުގެ ޚިދުމަތް މިވަގުތު ފޯރުކޮށްދޭ ވިނަރެސް ޖަމްޢިއްޔާ އުވުމަށްފަހު، މިލްކުގައިވާ އެންމެހައި ތަކެތީގެ
ތެރެއިން އިންޖީނުގޭގެ މިލްކިއްޔާތު ވިލަރެސް ޖަމްޢިއްޔާ (ކުރީގެ އެކުވެރިންގެ ރޫޙް) އާއި އެކު ހެދިފައިވާ
"ހަނދާނީ ފަތުން" އެއްބަސްވެފައިވާ ގޮތުގެމަތިން ވައިކަރަދޫ ރައްޔިތުންނަށް ބަދަލުވާނެކަމަށް ހަނދާނީ
ފަތުގެ 4 ވަނަ މާއްދާގެ ށ.ގައި ބަޔާންކޮށްފައިވާތީއާއި ވައިކަރަދޫ ކައުންސިލުގެ ނަންބަރު 269/2011/06
(24 މެއި 2011) ޤަރާރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިންޖީނުގެ ހިންގުމަށްޓަކައި ވައިކަރަދޫ
ކައުންސިލާއި އިންޖީނުގޭގެ އެންމެހައި މިލްކިއްޔާތު ހަވާލުކުރުމަށް ނިންމައި ވިލަރެސް ޖަމްޢިއްޔާއަށް އެންގި
މުހުލަތު ހަމަވިއިރުވެސް އިންޖީނުގެ ކައުންސިލާއި ހަވާލުކޮށްފައިނުވާތީވެ، ވިނަރެސް
ޖަމްޢިއްޔާއިން މިހާރު ހިންގަމުންގެންދާ އިންޖީނުގޭގެ އެންމެހައި މުދަލަކީ ވައިކަރަދޫ ކައުންސިލްގެ
މިލްކެއްކަން ސާބިތުކޮށްދިނުމަށް އެދޭކަމަށްކަން އެނގޭއިރު،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، އިންޖީނުގެ މިލްކިއްޔާތަކީ "ވައިކަރަދޫ
އެކުވެރިންގެ ރޫޙް" ލީގަލް ނޮންއެންޓިޓީއެއްގެ ގޮތުގައި އޮވެ އެޖަމްޢިއްޔާގެ މެންބަރުންނާއި، ވައިކަރަދޫ
މީހުންނާއި، ވައިކަރަދޫ ރައްޔިތުންނާއި، ވައިކަރަދޫއަށް ހެޔޮއެދޭ މީހުންގެ އެހީއާއި ޢަމަލީ މަސައްކަތުން
ވައިކަރަދޫގެ ތަރައްޤީއާއި ވައިކަރަދޫގައި ދިރިއުޅޭ މީހުންގެ ލާބައަށްޓަކައި ހޯދާފައިވާ ވައިކަރަދޫ ރައްޔިތުންގެ
ޖަމާޢީ މިލްކިއްޔާތެއްކަން، ހުށަހެޅުނު ޑޮކިއުމެންޓްރީ ހެކިތަކުންނާއި، ދެފަރާތުން ދެއްކި ވާހަކައިން
ޝަރީޢަތަށް ސާބިތުވާކަމަށްޓަކައި، އިންޖީނުގެ މިލްކިއްޔާތަކީ ޤާނޫނު
(ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކޮށް ޤާނޫނީ ފަރުދަކަށްވެފައިވާ "ވިނަރެސް 2"
ޖަމްޢިއްޔާގެ މިލްކިއްޔާތެއް ނޫންކަމަށް ކަނޑައަޅުއްވައި، "ވިޔަރެސް 2" ޖަމްޢިއްޔާގެ
پر مسکری کی
ނަންބަރު
1/2003
ބޭއްޖޭގެ
ޕިޔާޖޭގެ ހައި
22
a
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:
216471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
44 238 33
ޤަޟިއްޔާ ނިމުނު
2{012/HC-A99
می هرکی
އަދާކުރުމުގެ ގޮތުން އިންޖީނުގެ މިލްކިއްޔާތު ވިއްކާލުމުގެ އެއްވެސް ޙައްޤެއް "ވިޔަރެސް 2" އަށް ލިބިގެން
ނުވާކަމަށާއި، އަދި އިންޖީނުގެ މިލްކިއްޔާތުގެ މައްޗަށް ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލް
އިދާރާއަށް މިލްކުވެރިކަމުގެ އެއްވެސް ޙައްޤެއް ލިބިގެންނުވާކަމަށް ކަނޑައަޅުއްވައި، މިމިލްކިއްޔާތު މިހާރު
ބަލަހައްޓަމުންގެންދާ "ވިޔަރެސް 2" ޖަމްޢިއްޔާއިން މިއިންޖީނުގެއިން ވައިކަރަދޫއަށް ދެމުންގެންދާ
ކަރަންޓްގެ ޚިދްމަތް ހުއްޓާލަން ޖެހޭކަން ނަންބަރު 11
/
08/VINM (21 މެއި 2011) ސިޓީން
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލް އިދާރާއަށް އަންގާފައިވާތީ، ވައިކަރަދޫ ރައްޔިތުން
އެހެންގޮތެއް ކަނޑައަޅަންދެން، މިޙުކުމްކުރި ތާރީޚުން ފެށިގެން އިންޖީނުގެ މިލްކިއްޔާތު ވައިކަރަދޫ
ރައްޔިތުންގެ ޖަމާޢީ މިލްކެއްގެ ގޮތުގައި ބެލެހެއްޓުމުގެ އަމާނާތްތެރި ފަރާތް (ޓްރަސްޓީޒް) އަކީ، ޤާނޫނު
ނަންބަރު 07/2010 (ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމާބެހޭ ޤާނޫނު) ގެ 139 ވަނަ
މާއްދާއަށް ރިޢާޔަތްކޮށް ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލް އިދާރާކަމަށް ކަނޑައަޅުއްވައި
މިގޮތުގެ މަތިން ޢަމަލުކުރުމަށް އަންގަވައި އަމުރުކުރައްވައިކަން އެނގެން އޮންނަކަމެވެ.
- ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2011/B15C/15 ޤަޟިއްޔާ އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ވައިކަރަދޫ އިނިޝިއޭޓިވް ފޮރ ނެޝަނަލް
އެޑްވާންސްމަންޓް ތުރޫ ރިސޯސްފުލް އެމްޕަވަރމަންޓް އެންޑް ސިކިއުރިޓީ (ވިނަރެސް) ގެ ފަރާތުން
މައިގަނޑު 4 (ހަތަރު) ނުކުތާއެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައި، އެނުކުތާތަކާގުޅޭ
ދިވެހިރާއްޖޭގެ ހައި ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
کورس
(ހ) ފުރަތަމަ ނުކުތާއަކީ: 1.1 މިދަޢުވާއަކީ ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ
ކައުންސިލްގެ އިދާރާއިން ވައިކަރަދޫ އިނިޝިއޭޓިވް ފޮރ ނެޝަނަލް އެޑްވާންސްމަންޓް ތުރޫ ރިސޯސްފުލް
މިމަންޓް އެންޑް ސިކިއުރިޓީ (ވިނަރެސް) ޖަމްޢިއްޔާގެ މައްޗަށް ދިވެހިރާއްޖޭގެ
ޚަޢީ
04 4ވ
20
އެމެޕްވަރމަކީ
=3
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [A1647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު
443
=32
2012/HC-A/99
کی مرگی
ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ބ) އިން ކަރަންޓްގެ ޚިދްމަތް ފޯރުކޮށް
ދިނުމަކީ ވައިކަރަދޫ ކައުންސިލުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމަކަށްވާތީއާއި، ވައިކަރަދޫގައި
ދެމުންދާ ކަރަންޓްގެ ޚިދުމަތް މިވަގުތު ފޯރުކޮށްދޭ ވިނަރެސް ޖަމްޢިއްޔާ އުވުމަށްފަހު، މިލްކުގައިވާ އެންމެހާ
ތަކެތީގެ ތެރެއިން އިންޖީނުގޭ މިލްކިއްޔާތު ވިލަރެސް ޖަމްޢިއްޔާ (ކުރީ އެކުވެރިންގެ ރޫޙު) އާއެކު
ހެދިފައިވާ "ހަނދާނީ ފަތުން" އެއްބަސްވެފައިވާ ގޮތުގެ މަތީން ވައިކަރަދޫ ކައުންސިލްގެ އިދާރާގެ
މިލްކެއްކަން ސާބިތު ކުރުމަށް ކުރެވުނު ދަޢުވާއަކަށްވާއިރު ވިނަރެސް ޖަމްޢިއްޔާ އުވާލާފައި ނުވުމާއި
އެހަނދާނީ ފަތުގެ ދަށުން މި ޖަމްޢިއްޔާގެ ޖަނަރޭޓަރެއް ދަޢުވާކުރާ ފަރާތަށް ނަގައިދިނުމުގެ އެއްވެސް
ޙައްޤެއް ނެތްއިރު އެފަތުގެ މައްޗަށް ރިޢާޔަތްކޮށް ދަޢުވާބިނާކޮށް އިންސާފާއި ޚިލާފަށް ޖަނަރޭޓަރު
އެފަރާތުގެ މިލްކެއްކަމަށް ނިންމަވާފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާ.
1.2. އަދި ހަމަ އެމާއްދާގައި އިންޖީނުގެ މިލްކިއްޔާތު ވުޖޫދަށް ގެނައުމުގައި
ހަރަކާތްތެރިވި "ވައިކަރަދޫ އެކުވެރިންގެ ރޫހު" މިޖަމްޢިއްޔާއާއި މިދަޢުވާ ރައްދުވާ "ވިޔަރެސް"
ޖަމްޢިއްޔާއަކީ ރަޖިސްޓްރީ ކުރުމުގައި އެއްނަމްބަރެއް ދީފައިވިއަސް އެއް ޖަމްޢިއްޔާއެއްކަމަށްބުނެ
މިއިންޖީނުގެ ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލުގެ އިދާރާގެ މިލްކެއްކަމަށް ނިންމިއިރު
އެފަރާތުން އެއީ އެފަރާތުގެ މިލްކެއްކަން ސާބިތުކޮށް ދީފައިނުވާއިރު އެކަން ނުބައްލަވާ ވަކިފަރާތަކަށް
ބުރަވެ ޝަރުޢީ އަދި ޤާނޫނާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
1.3. ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 2 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވާ
ވާހަކަތަކަށް ބަލާއިރު އެވާހަކައިންވެސް މިއިންޖީނުގެ ވުޖޫދަށް ގެނައުމަށް ހަރަކާތްތެރިވީ ވައިކަރަދޫ
އެކުވެރިންގެ ރޫޙުކަމަށް ބަޔާންކޮށްފައިވީނަމަވެސް، ތިލަދުންމަތީ ވައިކަރަދޫ ކައުންސިލުގެ އިޖާ"ކީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 36471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2{12/HC-A/99
کی عمر
ޤަޟިއްޔާ ނިމުނު ގޮތު
މިއިންޖީނުގެ މިލްކުވެރިކަން ބަދަލުކުރެވޭނެ އެއްވެސް އަސާސެއްނެތްއިރު އޮޅުވާލުމުގެ މަޤްސަދުގައި އިތުރު
ވާހަކަތަކެއް ލިޔެ ޢަދުލު އިންސާފާއި ޚިލާފަށް ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ: ދެވަނަ ނަންބަރުގައި ދައްކާފައިވާ ވާހަކަތަކަކީވެސް ހޯމް
މިނިސްޓްރީން މިޖަމްޢިއްޔާ އުވާލަން މަސައްކަތް ކުރުމާބެހޭ ގޮތުން ސިވިލް ކޯޓުން މިއިންޖީނުގެ މައްސަލަ
ނުނިމެނީސް ޖަމްޢިއްޔާ އުވާނުލުމަށް އަމުރުކޮށްފައިވަނިކޮށް އަދި އެކަން ކޯޓަށް އަންގާފައިވަނިކޮށް
މައްސަލަ ބެއްލެވުމުގައި ޖަމްޢިއްޔާގެ ފަރާތުން ހުށަހަޅާފައިވާ ބަޔާންތަކުގެ
މައެށް
228/
ނިންމިކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ: ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 3 ވަނަ އަދި 4 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާ ވާހަކަތަކަކީ އެވާހަކައިގެ މައްޗަށް ބަލާއިރު މިފަދަ މިލްކެއް ނިގުޅައިގަނެވޭ
ވާހަކަ ތަކެއްކަމަށް ނުފެންނަކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ހަތަރުވަނަ ނުކުތާއަކީ: މިނިސްޓްރީ އޮފް ހޯމް އެފެއާރޒް އިން މިޖަމްޢިއްޔާ
އުވާލުމަށް ކަނޑައެޅުމާ ގުޅިގެން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެކޯޓުގެ ނަންބަރު
8
/
2011
/
19-B
-
CR (02 އޮގަސްޓް 2011) އިން ވައިކަރަދޫ އިނިޝިއޭޓިވް ފޮރ ނެޝަނަލް
އެޑްވާންސްމަންޓް ތުރޫ ރިސޯސްފުލް އެމްޕަވަރމަންޓް އެންޑް ސިކިއުރިޓީ (ވިނަރެސް) އިން ހުށަހަޅާފައިވާ
ނަންބަރު 2011/Cv
-
C/1392 ޤަޟިއްޔާއާގުޅޭ ކޯޓު އަމުރު ނެރެފައިވާއިރު އޭގެ މައްޗަށް
ﷲ
ނުބައްލަވާ ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ
_4
ނަންބަރު
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުގެ
2011/B15C/15 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ވައިކަރަދޫ އިނިޝިއޭޓިވް ފޮރ
އެޑްވާންސްމަންޓް ތުރޫ ރިސޯސްފުލް އެމްޕަވަރމަންޓް އެންޑް ސިކިއުރިޓީ (ވިނަރެސް)
.ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
23 3 3
4
ޤަޟިއްޔާ ނިމުނު
2{12/HC-A/99
ملي تي سي یری
ދެވެ
22 ދނަ 42
میرا صرصر کو
ހުށަހެޅި ނުކުތާތަކަށާއި
ތަކަށާއި އެ
ގޮތުން ވައިކަރަދޫ އިނިޝިއޭޓިވް ފޮރ ނެޝަނަލް
އެޑްވާންސްމަންޓް ތުރޫ ރިސޯސްފުލް އެމްޕަވަރމަންޓް އެންޑް ސިކިއުރިޓީ (ވިނަރެސް) ގެ ފަރާތުންނާއި
މިއިސްތިއުނާފް ދަޢުވާ ރައްދުވާ ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލުގެ އިދާރާގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ތިލަދުންމަތީ ދެކުނުބުރީ
ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/B15C/15 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް
ފާހަގަ ކުރެވިފައިވެއެވެ.
23
فر
(ދ) ފުރަތަމަ ކަމަކީ: ވައިކަރަދޫ އިނިޝިއޭޓިވް ފޮރ ނެޝަނަލް އެޑްވާންސްމަންޓް
ރިސޯސްފުލް އެމްޕަވަރމަންޓް އެންޑް ސިކިއުރިޓީ (ވިނަރެސް) ގެ މައްޗަށް ތިލަދުންމަތީ ދެކުނުބުރީ
ވައިކަރަދޫ ކައުންސިލުގެ އިދާރާގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާއަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް
ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނުނަންބަރު 7/2010) ގެ 24 ވަނަމާއްދާގެ (ބ) އިން
ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ވައިކަރަދޫ ކައުންސިލުގެ މަސްޢޫލިއްޔަތުގެ ތެރޭގައި ހިމެނޭ
ކަމަށްވާތީއާއި، ވައިކަރަދޫގައި ދެމުންދާ ކަރަންޓުގެ ޚިދުމަތް މިވަގުތު ފޯރުކޮށްދޭ ވިލަރެސް ޖަމްޢިއްޔާ
އުވުމަށްފަހު، މިލްކުގައިވާ އެންމެހައި ތަކެތީގެ ތެރެއިން އިންޖީނުގޭގެ މިލްކިއްޔާތު ވިލަރެސް ޖަމްޢިއްޔާ
(ކުރީގެ އެކުވެރިންގެ ރޫޙް) އާއެކު ހެދިފައިވާ "ހަނދާނީ ފަތުން" އެއްބަސްވެފައިވާ ގޮތުގެމަތިން ވައިކަރަދޫ
ރައްޔިތުންނަށް ބަދަލުވާނެކަމަށް ހަނދާނީ ފަތުގެ 4 ވަނަ މާއްދާގެ ށ.ގައި ބަޔާންކޮށްފައިވާތީއާއި ވައިކަރަދޫ
ކައުންސިލުގެ ނަންބަރު 269/2011/06 (24 މެއި 2011 ޤަރާރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން
އިންޖީނުގެ ހިންގުމަށްޓަކައި ވައިކަރަދޫ ކައުންސިލާއި އިންޖީނުގޭގެ އެންމެހައި މިލްކިއްޔާތު ހަވާލުކުރުމަށް
ޢަޢީޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3/16471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4 * 32 3 )
=32
2{12/HC-A/99
8 ޤަޟިއްޔާ ނިމުނު "
کی مری
I
ނިންމައި ވިލަރެސް ޖަމްޢިއްޔާއަށް އެކައުންސިލުގެ ފަރާތުން އެންގި އެންގުމުގެ މުހުލަތު ހަމަވިއިރުވެސް
އިންޖީނުގެ ކައުންސިލާ ހަވާލުކޮށްފައިނުވާތީވެ، ވިނަރެސް ޖަމްޢިއްޔާއިން މިހާރު ހިންގަމުންގެންދާ
އިންޖީނުގޭގެ އެންމެހައި މުދަލަކީ ވައިކަރަދޫ ކައުންސިލުގެ މިލްކެއްކަން ސާބިތުކޮށްދިނުމަށް އެދި
ހުށަހަޅާފައިވާ ދަޢުވާއެއްކަން އެނގޭއިރު، ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުން އެ މައްސަލަ ބައްލަވައި ޙުކުމް
ކުރައްވާފައިވަނީ، އިންޖީނުގެ މިލްކިއްޔާތަކީ "ވައިކަރަދޫ އެކުވެރިންގެ ރޫޙް" ލީގަލް ނޮންއެންޓިޓީއެއްގެ
ގޮތުގައި އޮވެ އެޖަމްޢިއްޔާގެ މެންބަރުންނާއި، ވައިކަރަދޫ މީހުންނާއި، ވައިކަރަދޫ ރައްޔިތުންނާއި،
ވައިކަރަދޫއަށް ހެޔޮއެދޭ މީހުންގެ އެހީއާއި ޢަމަލީ މަސައްކަތުން ވައިކަރަދޫގެ ތަރައްޤީއާއި ވައިކަރަދޫގައި
ދިރިއުޅޭ މީހުންގެ ލާބައަށްޓަކައި ހޯދާފައިވާ ވައިކަރަދޫ ރައްޔިތުންގެ ޖަމާޢީ މިލްކިއްޔާތެއްކަން، ހުށަހެޅުނު
ޑޮކިއުމެންޓްރީ ހެކިތަކުންނާއި، ދެފަރާތުން ދެއްކި ވާހަކައިން ޝަރީޢަތަށް ސާބިތުވާކަމަށްޓަކައި، އިންޖީނުގެ
މިލްކިއްޔާތަކީ ޤާނޫނު ނަންބަރު 2003;l" (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކޮށް ޤާނޫނީ
ފަރުދަކަށްވެފައިވާ "ވިނަރެސް 2" ޖަމްޢިއްޔާގެ މިލްކިއްޔާތެއް ނޫންކަމަށް ކަނޑައަޅުއްވައި، "ވިޔަރެސް
2" ޖަމްޢިއްޔާގެ ދަރަނިތައް އަދާކުރުމުގެ ގޮތުން އިންޖީނުގެ މިލްކިއްޔާތު ވިއްކާލުމުގެ އެއްވެސް ޙައްޤެއް
"ވިޔަރެސް 2" އަށް ލިބިގެން ނުވާކަމަށާއި، އަދި އިންޖީނުގެ މިލްކިއްޔާތުގެ މައްޗަށް ތިލަދުންމަތީ
ދެކުނުބުރީ ވައިކަރަދޫ ކައުންސިލް އިދާރާއަށް މިލްކުވެރިކަމުގެ އެއްވެސް ޙައްޤެއް ލިބިގެންނުވާކަމަށް
ކަނޑައަޅުއްވައި، މިމިލްކިއްޔާތު މިހާރު ބަލަހައްޓަމުންގެންދާ "ވިޔަރެސް 2" ޖަމްޢިއްޔާއިން
މިއިންޖީނުގެއިން ވައިކަރަދޫއަށް ދެމުންގެންދާ ކަރަންޓްގެ ޚިދްމަތް ހުއްޓާލަން ޖެހޭކަން ނަންބަރު
11
/
08/VINM (21 މެއި 2011) ސިޓީން ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލް އިދާރާއަށް
އަންގާފައިވާތީ، ވައިކަރަދޫ ރައްޔިތުން އެހެންގޮތެއް ކަނޑައަޅަންދެން، މިޙުކުމްކުރި ތާރީޚުން ފެށިގެން
އިންޖީނުގެ މިލްކިއްޔާތު ވައިކަރަދޫ ރައްޔިތުންގެ ޖަމާޢީ މިލްކެއްގެ ގޮތުގައި ބެލެހެއްޓުމުގެ އަމާނާތްތެރި
ފަރާތް (ޓްރަސްޓީޒް) އަކީ، ޤާނޫނު ނަންބަރު 07/2010 (ލާމަރުކަޒީ އުޞޫލުން އިދާރީ
2 02 0
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [81647/
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{12/HC-A/99
ޤަޟިއްޔާ ނިމުނު
کمری
ދެ
ހިންގުމާބެހޭ ޤާނޫނު) ގެ 139 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ
ކައުންސިލް އިދާރާކަމަށް ކަނޑައަޅުއްވައިކަން އެނގެން އޮންނަކަމެވެ.
110
8
(ނ) ދެވަނަ ކަމަކީ ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ އިންޖީނުގެއަކީ އެރަށުގެ
ރައްޔިތުން އިލެކްޓްރިކް އަލިކަމުން މަހްރޫމްވެފައިވާތީ އެރަށަށް އިލެކްޓްރިކް އަލިކަން ފޯރުކޮށް ދިނުމަށް
ވައިކަރަދޫ ރައްޔިތުންގެ ފަރާތުން 1988 ވަނައަހަރުގެ މާޗުމަހުގެ 16 ވަނަ ދުވަހު، "ވައިކަރަދޫ
އެކުވެރިންގެ ރޫޙް" ޖަމްޢިއްޔާގައި އެދުނު އެދުމުގެމަތިން އެރަށަށް އިލެކްޓްރިކް އަލިކަން ހޯދައިދިނުމުގެ
މަސައްކަތްކުރުމަށް އެ ޖަމްޢިއްޔާއިން އެއްބަސްވެ، އެޖަމްޢިއްޔާއާއި ވައިކަރަދޫ ރައްޔިތުންގެ ފަރާތުން ކުރި
މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ވައިކަރަދޫ ރައްޔިތުންނާއި، ވައިކަރަދޫއަށް ހެޔޮއެދޭ ފަރާތްތަކުންނާއި،
ސަރުކާރުގެ ފަރާތުން ލިބުނު އެހީއާއެކު، 16 ޖެނުއަރީ 1990 ގައި ވުޖޫދަށް ގެނެވުނު ތަނެއް ކަމާއި، އެ
އިންޖީނުގެ ވުޖޫދަށް ގެނައުމަށްފަހު، އެއިންޖީނުގެ ހިންގުމުގެ މަސްއޫލިއްޔަތު ވައިކަރަދޫ ރައްޔިތުންގެ
ފަރާތުން ހަވާލުކޮށްފައިވަނީ "ވައިކަރަދޫ އެކުވެރިންގެ ރޫޙް"އާކަން އެނގޭކަމާއި އިންޖީނުގެ ހިންގުމުގެ
މަސްއޫލިއްޔަތާ އެޖަމްޢިއްޔާގެ ފަރާތުން ހަވާލުވެފައިވަނީ، އިންޖީނުގެއާ ގުޅޭގޮތުން ލިޔެ، ވައިކަރަދޫ
އެކުވެރިންގެ ރޫޙާއި ވައިކަރަދޫ އޮފީހާއި ވައިކަރަދޫ ރައްޔިތުންގެ ފަރާތުން ޤަބޫލުކޮށް ސޮއިކޮށްފައިވާ
"ހަނދާނީ ފަތް" ގައި ބަޔާންކޮށްފައިވާ އުސޫލުތަކުގައިވާ ގޮތުގެމަތިންކަން އެނގޭކަމާއި، އެ ހަނދާނީ
ފަތަށް ބަލާއިރު، ވައިކަރަދޫ އިންޖީނުގެ ހިންގުމުގެ ފުރިހަމަ އިޚްތިޔާރު ލިބިދީފައިވަނީ 2 އަހަރުން 1
އަހަރު އައްޔަންކުރެވޭ މެންބަރުންގެ މައްޗަށް އެކުލެވޭ މެނޭޖްމަންޓް ބޯޑަކަށް ކަމާއި، އެ ބޯޑު
އެކުލެވިގެންވަނީ -
1- ވައިކަރަދޫ އިސްވެރިޔަކު އޭނާ އައްޔަންކުރާ ފަރާތް.
ހައިކޯ
F
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33251029، ފެކްސް: 16471/
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2012/HC-A/99
10 ޤަޟިއްޔާ ނިމުނު "
و مری
2. ވައިކަރަދޫ ރަށްކުރިއަރުވާ ކޮމިޓީން/ ވައިކަރަދޫ ރައްޔިތުން އައްޔަންކުރާ
2
ހ 0
2
7
0
در معرض سر
3. ޖަމްޢިއްޔާގެ މަސްއޫލުވެރިޔަކު އޭނާ ޢައްޔަންކުރާ ފަރާތް.
4. ޖަމްޢިއްޔާގެ ހިންގާ ކޮމެޓީ ޢައްޔަންކުރާ ދެމަންދޫބުން.
5. ކަރަންޓް ބޭނުންކުރާ ގޭގޭގެ ފަރާތުން ޢައްޔަންކުރާ 3 މަންދޫބުންގެ މައްޗަށްކަން
އެނގޭކަމާއި، މެނޭޖްމަންޓް ބޯޑު ހިންގުމަށްޓަކައި އެކަށައަޅާ އަސާސީ ގަވާއިދެއް، ޖަމްޢިއްޔާގެ
މަސްއޫލުވެރިޔަކު ބައިވެރިވާ ބޯޑު ޖަލްސާއެއްގެ އިއްތިފާޤުން ފާސްކުރަންވޭކަމަށާއި، ޖަނަރޭޓަރ ހިންގުމާ
ގުޅިގެން ލިބޭ ފައިސާ ހޭދަކުރެވޭނީ މެނޭޖްމަންޓް ބޯޑުން ހުއްދަ ލިބުމަށްފަހު، އެބޯޑުން ކަނޑައަޅާ ގޮތެއްގެ
މަތިންކަމަށާއި، ޖަމްޢިއްޔާއިން ރާވާފައިވާ އުސޫލުން ޖަނަރޭޓަރ ހިންގުމަށް ހުރަސް އެޅިއްޖެ ހިނދެއްގައި،
އެކަން ހައްލަކަށް ގެނެވެންދެން ވަގުތީ ގޮތުން ޖަނަރޭޓަރ ހިންގާނީ ވައިކަރަދޫ އޮފީހުގެ ލަފަޔާއެކު
މަސްއޫލުވެރިންކަމަށާއި، ވައިކަރަދޫ އިންޖީނުގޭ ހުރިހައި ސާމާނާއި ތަކެއްޗާއި އެކަމާގުޅޭ ގޮތުން
ހެދިފައިހުރި އިމާރާތްތަކުގެ މިލްކްވެރިކަން ވައިކަރަދޫ ރައްޔިތުންނަށް ލިބޭނެކަމަށް "ހަނދާނީ ފަތް" ގައި
ބަޔާންކޮށްފައިވާ ހާލަތަކީ، "ވައިކަރަދޫ އެކުވެރިންގެ ރޫޙް" ޖަމްޢިއްޔާ އުވާލެވޭ ހާލަތެއްގައި އިންޖީނު ގެއަށް
ޖަނަރޭޓަރ ހޯދުމާގުޅޭ ގޮތުން އެއްވެސް ފަރާތެއްގެ ދަރަންޏެއް ނެތްނަމަ، ނުވަތަ ދަރަންޏެއް އޮތްނަމަ
އެދަރަންޏެއް އަދާވުމުންކަމާއި، އަދި އެއްވެސް ފަރާތެއްގެ ދަރަންޏެއް އޮވެ، އެހެންގޮތެއް ވައިކަރަދޫ
ރައްޔިތުންނަށް ޚިޔާރުނުކުރެވިއްޖެ ހިނދެއްގައި، ދަރަނި އަދާކޮށް ނިމެންދެން ޖަނަރޭޓަރ ހިންގުމާ
ޒިންމާވާނީ ޖަމްޢިއްޔާ އުވުނުއިރު، މަސްއޫލުވެރިންގެ ގޮތުގައިތިބި ބަޔެއްކަން އެނގޭއިރު، ވައިކަރަދޫ
އިންޖީނުގެ (ވިނަރެސް ޕަވަރ ހައުސް ވައިކަރަދޫ ކައުންސިލާ ހަވާލުކުރުމަށް އެކައުންސިލުގެ ފަރާތުން
އެއިންޖީނުގެ ހިންގާ ވިނަރެސް ޖަމްޢިއްޔާއަށް އަންގާފައިވަނީ އެޖަމްޢިއްޔާ އުވާލެވިގެން ނުވަތަ
އެއިންޖީނުގެ ހިންގުމުގެ މަސްއޫލިއްޔަތު އެޖަމްޢިއްޔާއިން ވަކިކުރުމަށް ވައިކަރަދޫ ރައްޔިތުން ނިންމަތީ އި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 6471/
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2012/HC-A/99
24 20 0 0
(ނ) ތިންވަނަ ކަމަކީ: ވައިކަރަދޫ އެކުވެރިންގެ ރޫޙަކީ ޤާނޫނުނަންބަރު 26/82
(ޖަމްޢިއްޔާ،ކްލަބް،ޕާޓީފަދަ ޖަމާޢަތްތައް ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން 14 މެއި 1986 ގައި
މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި ރަޖިސްޓަރީކުރެވިފައިވާ ޖަމްޢިއްޔާއެއްކަމާއި އެ ޖަމްޢިއްޔާގެ ނަން 26
އޯގަސްޓް 1995 ގައި،"ވައިކަރަދޫ އިނިޝިއޭޓިވް ފޮރ ނީޑެޑް އެޑްވާންސްމަންޓް ތުރޫ ރޫރަލް
އެމްޕަވަރމަންޓް އެންޑް ސްޕޯޓްސް" (ވިނަރެސް) އަށް ބަދަލުކުރެވި، ހިންގަމުންދަނިކޮށް ޖަމްޢިއްޔާތަކާބެހޭ
ޤާނޫނު (ޤާނޫނު ނަންބަރު 1/2003) ފާސްވެ، 22 މެއި 2003
ގައި އެޤާނޫނަށް
ޢަމަލުކުރަންފެށިފައިވާކަމާއި، އެ ޤާނޫނަށް ޢަމަލުކުރަންފެށިއިރު، މިނިސްޓްރީ އޮފް ހޯމްއެފެއަރޒް،
ހައުސިންގ އެންޑް އެންވަޔަރަންމަންޓުގައި ޤާނޫނު ނަންބަރު 26/82 (ޖަމްޢިއްޔާ، ކްލަބް، ޕާޓީފަދަ
ޖަމާޢަތްތައް ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކޮށްގެން ހިންގަމުންދިޔަ ޖަމްޢިއްޔާ،
ކްލަބް، ޕާޓީފަދަ ޖަމްޢިއްޔާތައް، އަލަށް ފާސްކުރެވުނު ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ޤާނޫނުނަންބަރު
އަށް ޢަމަލުކުރަން ފެށުމާއެކު، އެޤާނޫނުގެ ދަށުން ރަޖިސްޓްރީކުރެވުނީ ކަމުގައި
ބެލެވޭނެކަމަށާއި، އެޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓްރީކޮށްފައިވާ ޖަމްޢިއްޔާތަކުގެ ހިންގާ
ޤަވާޢިދުތަކަށް ޖަމްޢިއްޔާތަކާބެހޭ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން، ބަދަލު ގެނައުމަށްފަހު، އެޤާނޫނަށް
ޢަމަލުކުރަންފަށާ ތާރީޚުން ފެށިގެން، މީލާދީ 1 އަހަރު ދުވަހުގެ ތެރޭގައި އެޤަވާޢިދުތައް ޖަމްޢިއްޔާގެ
ރަޖިސްޓްރާއަށް ހުށަހަޅަންވާނެކަމަށް ޖަމްޢިއްޔާތަކާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން
އެނގެން އޮތުމުން، ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ޤާނޫނުނަންބަރު 1/2003) އަށް ޢަމަލުކުރަން ފެށުނުއިރު،
"ވައިކަރަދޫ އިނިޝިއޭޓިވް ފޮރ ނީޑެޑް އެޑްވާންސްމަންޓް ތުރޫ ރޫރަލް އެމްޕަވަރމަންޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮޔާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 129)3325، ފެކްސް 816471ވެ
11 ޤަޟިއްޔާ ނިމުނު "
ނޫންކަން
ام ساره
ބެލުމުން އެނގެން އޮންނަކަމެވެ.
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
(1/2003
44 35 23
2{12/HC-A/99
12 ޤަޟިއްޔާ ނިމުނު
کی مرکی
ސްޕޯޓްސް" (ވިނަރެސް) ނަމުގައި ހިންގަމުންދިޔަ ޖަމްޢިއްޔާ، ޖަމްޢިއްޔާތަކާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން
ރަޖިސްޓްރީވެފައިވާކަމަށް ބަލަންޖެހޭކަމާއި، އެޤާނޫނުގައިވާ ގޮތުގެމަތިން، ޖަމްޢިއްޔާއެއް ރަޖިސްޓްރީވުމުން
އެޖަމްޢިއްޔާއަކީ، ޖަމްޢިއްޔާއެއް ރަޖިސްޓްރީވެފައިވާ ނަމުގައި، އެޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން، އެ
ޖަމްޢިއްޔާއެއްގެ ހިންގާ ޤަވާޢިދުގައިވާ ކަންތައްތައް ހިންގުމާއި، ދަޢުވާކުރުމާއި، ދަޢުވާލިބިގަތުމާއި، އުފުލޭ
މުދަލާއި ނުއުފުލޭ މުދާ، ޤާނޫނު ހުއްދަކުރާ ގޮތުގެ މަތިން ހޯދުމާއި، ލިބިގަތުމާއި، ދެމިގެންވާގޮތަށް މުދާ
ލިބިގަތުމާއި، މިކަންކަމުގެ ޙައްޤު ލިބިގެންވާ މެންބަރުންނާވަކިން އުފެދިފައިވާ ޤާނޫނީ ގޮތުން އަމިއްލަ
ޝައްކެއްކަމާއި، ޖަމްޢިއްޔާގެ ހިންގާ ޤަވާޢިދު ރަޖިސްޓްރީވުމުން، އެ ޤަވާޢިދުގައިވާ މާއްދާތަކަށް
ޢަމަލުކުރުމަކީ، އެ ޖަމްޢިއްޔާއެއްގެ މައްޗަށާއި، އެ ޖަމްޢިއްޔާއެއްގެ ކޮންމެ މެންބަރެއްގެ މައްޗަށް
ލާޒިމްވެގެންވާ ކަމެއްކަމަށް ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ޤާނޫނުނަންބަރު 1/2003) ގެ 13 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާކަން އެނގޭކަމާއި، ޖަމްޢިއްޔާތަކާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ
ޖަމްޢިއްޔާއެއްގެ ޢާންމު ޖަލްސާއަކުން ފާސްކުރާ ޚާއްސަ ޤަރާރަކުން އެޖަމްޢިޔާއެއްގެ ނަން ބަދަލުކުރުމަށް
ނިންމިދާނެކަމަށާއި، އެގޮތުގެ މަތިން އެ ޖަމްޢިއްޔާއެއްގެ ނަން ބަދަލުކުރުމަށް ނިންމުމަށްފަހު، އެ
ޖަމްޢިއްޔާއަށް ކިޔުމަށްއެދޭ އާނަން ޖަމްޢިއްޔާގެ ރަޖިސްޓްރާރއަށް ހުށަހެޅުމުން، އެ ނަމަކީ އެކަށީގެންވާ
ނަމެއްކަމަށް ޖަމްޢިއްޔާގެ ރަޖިސްޓްރާރއަށް ފެނިއްޖެނަމަ، އެ ނަން ރަޖިސްޓްރީކޮށް އެނަމުގައި،
ޖަމްޢިއްޔާގެ ރަޖިސްޓްރީއެއް، ޖަމްޢިއްޔާގެ ރަޖިސްޓްރާރ ހަދައިދޭންވާނެކަމަށާއި، ޖަމްޢިއްޔާގެ ނަން
ބަދަލުކުރި ތާރީޚު ކަމުގައި ބަލާނީ، އެނަމުގައި އެ ޖަމްޢިއްޔާގެ ރަޖިސްޓްރީ ހަދައިދިން ތާރީޚުކަމަށާއި،
ޖަމްޢިއްޔާގެ ނަން ބަދަލުކުރުމުން، އެ ޖަމްޢިއްޔާގެ އެއްވެސް ޙައްޤަކަށް ނުވަތަ ވާޖިބަކަށް، ނުވަތަ އެ
ޖަމްޢިއްޔާއަކުން ކުރާ، ނުވަތަ ކޮށްފައިވާ ނުވަތަ އެ ޖަމްޢިއްޔާގެ މައްޗަށް ކުރެވޭ، ނުވަތަ ކޮށްފައިވާ
ދަޢުވާއަކަށް ބަދަލެއްނާންނާނެކަމަށް ޖަމްޢިއްޔާތަކާބެހޭ ޤާނޫނުގެ 11,10 އަދި 12 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި އެގޮތުން، ޖަމްޢިއްޔާތަކާބެހޭ ޤާނޫނު ފާސްވެ، އެ ޤާނޫނަށް
ޢަމަލުކުރަން
ން ފެށުމުން، އެޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވުނު ވައިކަރަދޫ އިނިޝިއޭޓިވް
4 22
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [A1647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
83
2{12/HC-A/99
13 ޤަޟިއްޔާ ނިމުނު
އެޑްވާންސްމަންޓް ތުރޫ ރޫރަލް އެމްޕަވަރމަންޓް އެންޑް ސްޕޯޓްސް"(ވިނަރެސް) ޖަމްޢިއްޔާގެ ނަން
"ވައިކަރަދޫ އިނިޝިއޭޓިވް ފޮރ ނެޝަނަލް އެޑްވާންސްމަންޓް ތުރޫ ރިސޯސްފުލް އެމްޕަވަރމަންޓް އެންޑް
ސިކިއުރިޓީ" (ވިނަރެސް) އަށް 25 ފެބުރުއަރީ 2008 ގައި ބަދަލުކޮށްފައިވާކަމާއި، ވައިކަރަދޫ
އިނިޝިއޭޓިވް ފޮރ ނެޝަނަލް އެޑްވާންސްމަންޓް ތުރޫ ރިސޯސްފުލް އެމްޕަވަރމަންޓް އެންޑް ސިކިއުރިޓީ
ވިލަރެސް) ޖަމްޢިއްޔާގެ ހިންގާ ޤަވާޢިދުގެ "ފެށުން" މިސުރުޚީގެ ދަށުގައި ބަޔާންކޮށްފައިވާ އިބާރާތަށް
ބަލާއިރު، "އަންނަނިވި މާއްދާތައް އެކުލެވިގެންވާ ޤަވާޢިދަކީ 14 މެއި 1986 ގެ ތާރީޚުގައި "ވައިކަރަދޫ
އެކުވެރިންގެ ރޫޙު"ގެ ނަމުގައި މިނިސްޓްރީ އޮފް ހޯމްއެފެއާރޒް އެންޑް ސޯޝަލް ސަރވިސަސްގައި
ރަޖިސްޓްރީކުރެވުނު (ރަޖިސްޓްރީ ނަންބަރު 86/14) ޖަމްޢިއްޔާގެ ނަން ވިލަރެސް (ވައިކަރަދޫ
އިނިޝިއޭޓިވް ފޮރ ނީޑެޑް އެޑްވާންސްމަންޓް ތުރޫ ރޫރަލް އެމްޕަވަރމަންޓް އެންޑް ސްޕޯޓްސް) އަށް
ބަދަލުކުރެވިފައިވަނިކޮށް ޤާނޫނު ނަންބަރު 1/2003 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) އިން އެޤާނޫނު
ބުނާގޮތުގެމަތިން ޖަމްޢިއްޔާތަކުގެ އަސާސީ ޤަވާޢިދު އިސްލާޙުކޮށް ހިންގާ ޤަވާޢިދުގެ ނަމުގައި އަލުން
ރަޖިސްޓްރީކުރުމަށް ކަނޑައެޅުމާއި ގުޅިގެން އެކަށައެޅުނު "ވިޔަރެސްގެ ހިންގާ ޤަވާޢިދު" އެވެ."
މިފަދައިން ބަޔާންކޮށްފައި އޮތުމުން، "ވައިކަރަދޫ އެކުވެރިންގެ ރޫޙު"ގެ ނަމުގައި އަދި އޭގެ ފަހުން
"ވައިކަރަދޫ އިނިޝިއޭޓިވް ފޮރ ނީޑެޑް އެޑްވާންސްމަންޓް ތުރޫ ރޫރަލް އެމްޕަވަރމަންޓް އެންޑް
ސްޕޯޓްސް" (ވިނަރެސް) ގެ ނަމުގައި ހިންގި ޖަމްޢިއްޔާއަކީ، މިހާރު ވައިކަރަދޫ އިނިޝިއޭޓިވް
ނެޝަނަލް އެޑްވާންސްމަންޓް ތުރޫ ރިސޯސްފުލް އެމްޕަވަރމަންޓް އެންޑް ސިކިއުރިޓީ (ވިނަރެސް) ނަމުގައި
ހިންގަމުން ގެންދާ ޖަމްޢިއްޔާކަން އެނގޭކަމާއި، އެޖަމްޢިއްޔާގެ ނަން އިސްވެ ބުނެވުނު ގޮތްގޮތަށް
ބަދަލުވެފައިވީނަމަވެސް، ޖަމްޢިއްޔާގެ ރަޖިސްޓްރީ ނަންބަރު ބަދަލުވެފައިނުވާކަމާއި، އަދި މިހާރު ހިންގަމުން
ގެންދާ ގިނަރެސް ޖަމްޢިއްޔާގެ މަސްޢޫލު މެންބަރުންނަށް ތިބި، މުޙައްމަދު ޒުހައިރާއި، މުޙައްމަދު ވަޙީދު
އާ ދެމީހުންނަކީ "ވައިކަރަދޫ އެކުވެރިންގެ ރޫޙު" ގެ މަސްއޫލު މެންބަރުގެ ގޮތުގައިވެސް ތިބި މީހުންކަމާއި،
ވައިކަރަދޫ ރައްޔިތުންނަށް އިލެކްޓްރިކް އަލިކަން ހޯދައިދިނުމާއި ވައިކަރަދޫ ރައްޔިތުންގެ
¢ ¢
.
e
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 6471/
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
¢ ¢ ¢3
2{012/HC-A99
14 ޤަޟިއްޔާ
میم کی گری
84 ހއ 27
42
رہے اور عورت کی
މަޤްޞަދުގައި އުފައްދައި، ހިންގަމުން ގެންދިޔަ "ވައިކަރަދޫ އެކުވެރިންގެ ރޫޙު"ގެ ނަން
ވިނަރެސް ޖަމްޢިއްޔާއަށް ބަދަލުކޮށްފައިވީނަމަވެސް އަދި ޤާނޫނަށް ގެނައި ބަދަލަކާގުޅިގެން މިނިސްޓްރީ އޮފް
ހޯމްއެފެއަރޒުގައި ރަޖިސްޓްރީކުރެވި ހިނގަމުން ދިޔަ ޖަމްޢިއްޔާތައް އެ ޤާނޫނުގައިވާ ގޮތުގެމަތިން
ރަޖިސްޓްރީވެ، ޖަމްޢިއްޔާތަކުގެ މަސައްކަތްތަކާއި ހިންގުމުގެ އިންތިޒާމްތަކާއި ޙައްޤުތަކާއި ވާޖިބުތަކާއި
ހައިސިއްޔަތު ބަދަލުވެގެން ދިޔަނަމަވެސް، އެކަންކަމާމެދު ވައިކަރަދޫ ރައްޔިތުންގެ ފަރާތުން ނުވަތަ އެރަށުގެ
އޮފީހުގެ ފަރާތުން ނުވަތަ އެޤާނޫނަށް ޢަމަލުކުރަންފެށުނު އިރު ހިނގަމުންދިޔަ "ވިޔަރެސް" ޖަމްޢިއްޔާގެ
މެންބަރެއްގެ ފަރާތުން ވިޔަސް އެއްވެސް ޝަކުވާއެއް ނުވަތަ މައްސަލައެއް ހުށަހަޅާފައިވާކަން މި
މައްސަލައާއެކު ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން ނެތްކަމެވެ.
4 23 244 2
(ށ) ހަތަރުވަނަ ކަމަކީ: ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ގާއިމްކުރެވިފައިވާ
ރަށު އޮފީސްތައް، އެރަށެއްގެ ރައްޔިތުން އިންތިޚާބުކުރާ ކައުންސިލްތަކުން ހިންގާގޮތަށް ދިވެހިރާއްޖޭގެ
އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނުނަންބަރު 07/2010) ގެ ދަށުން
ހަމަޖެހި، އެކައުންސިލްތަކުގައި އިޚްތިޞާޞާއި ބާރުތަކާއި މަސްއޫލިއްޔަތުތައް އެޤާނޫނުގައި އެކަށައަޅާފައިވާ
ކަމާއި، އެގޮތުން އެޤާނޫނުގެ 24 ވަނަ މާއްދާގެ (ބ) އިން ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން
ކަރަންޓުގެ ޚިދުމަތް ހިންގައި ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ރަށު ކައުންސިލާ ހަވާލުކޮށްފައިވާކަން އެނގެން
އޮތުމުން ރަށެއްގައި ކަރަންޓުގެ ޚިދުމަތްދިނުމާބެހޭ ކަންތައްތައް
ނިންމުމުގެ ބާރު އެރަށެ
ރަށު
ކައުންސިލަށް ލިބިގެންވާކަން އެނގޭއިރު، ކުރީގެ ވައިކަރަދޫ އޮފީހާއި ކުރީގެ ވައިކަރަދޫ އެކުވެރިންގެ ރޫޙްއާ
ދެމެދު ސޮއިކޮށްފައިވާ "ހަނދާނީ ފަތް" ގައި ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެމަތިން، ވައިކަރަދޫ
ވިނަރެސް ޖަމްޢިއްޔާއާއި ހިންގުމަށް ހަވާލުކޮށްފައިވާ އިންޖީނުގޭގެ އެންމެހައި މިލްކިއްޔާތާއި އެތަނާގުޅޭ
އެންމެހައި ލިޔުންތަކާ މުޢާމަލާތްތައް 25 މެއި 2011 ދުވަހުން ފެށިގެން 2 ދުވަހުގެ ތެރޭގައި ވައިކަރަދޫ
ކައުންސިލާ ހަވާލުކުރުމަށް ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ 25 މެއި 20
އެރަށް4$
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: A16471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
,
15 ޤަޟިއްޔާ ނިމުނު ގޮތު
2012/HC-A/99
می هرکی
ބޭއްވުނު 3 ވަނަ ކުއްލި ޖަލްސާއިން ފާސްކޮށްފައިވާ ނަންބަރު 269/2011/06 (24 މެއި 2011)
ގަރާރަކީ، ވިލަރެސް ޖަމްޢިއްޔާއާ ހަވާލުކުރެވިފައިވާ ވައިކަރަދޫ ރައްޔިތުންގެ އިންޖީނުގޭގެ ކަރަންޓުގެ
ޚިދުމަތް ހުއްޓާލަން ޖެހޭކަމަށް ބަޔާންކޮށް ވިނަރެސް ޖަމްޢިއްޔާގެ ނަންބަރު 11
/
08/VINM (21 މެއި
2011) ގެ ސިޓީން ވައިކަރދޫ ކައުންސިލުގެ ސަމާލުކަމަށް ގެނެސްފައިވާތީ އެކަމުގެ މައްޗަށް ރިޢާޔަތްކޮށް
ފާސްކޮށްފައިވާ ޤަރާރެއްކަމަށް ބެލެވޭކަމާއި، "ވިޔަރެސް ޕަވަރހައުސް" އިން ދޭ ކަރަންޓުގެ ޚިދުމަތް
ހުއްޓާލަންޖެހޭކަމަށް ވިނަރެސް ޖަމްޢިއްޔާގެ އިސްވެބުނެވުނު ސިޓީން ވައިކަރަދޫ ކައުންސިލްގެ އިދާރާއަށް
އަންގާފައިވަނީ ގިނަރެސް ޖަމްޢިއްޔާގެ ރަޖިސްޓްރީ ބާޠިލްކުރުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން
ކަނޑައަޅައި، ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ޤާނޫނުނަންބަރު 1/2003) ގެ 32 ވަނަމާއްދާގެ (ހ) ގައިވާ
ގޮތުގެމަތިން ވިލަރެސް ޖަމްޢިއްޔާގެ ދަރަންޓާއި މުދަލުގެ ކަންތައްތައް ހަމަޖެއްސުމަށްޓަކައި 45 ދުވަހުގެ
މުހުލަތެއް ދީ އެމުއްދަތުގެ ތެރޭގައި ޖަމްޢިއްޔާތަކާބެހޭ ގަވާއިދުގެ 34 ވަނަމައްދާއާއި 36 ވަނަމާއްދާގައިވާ
ގޮތުގެމަތިން އަމަލުކުރުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ވިލަރެސް ޖަމްޢިއްޔާއަށް އެންގި
އެންގުމާ ގުޅިގެންކަން އެނގޭއިރު، ވިލަރެސް ޖަމްޢިއްޔާ އުވާލުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން
ކަނޑައަޅައި، 45 ދުވަހުގެ ތެރޭގައި އެޖަމްޢިއްޔާގެ ދަރަންޓާއި މުދަލުގެ ކަންތައްތައް ހަމަޖެއްސުމަށް
އެޖަމްޢިއްޔާއަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ނަންބަރު 2011
/
438/D
/
PRIV-10 (15 މެއި
2011) ސިޓީން އަންގާފައިވާ އެންގުމަކީ ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ޤާނޫނުނަންބަރު 1/2003) އާއި
ޖަމްޢިއްޔާތަކާބެހޭ ގަވާއިދާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ކަނޑައަޅައި، މިނިސްޓްރީ އޮފް
ހޯމްއެފެއާޒުގެ އިސްވެ ބުނެވުނު ސިޓީގައި ބާޠިލް ކޮށްދެއްވުމަށްއެދި ވިނަރެސް ޖަމްޢިއްޔާގެ ފަރާތުން
ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުގެ ނަންބަރު 2011/Cv
-
C/1392 ޤަޟިއްޔާގައި ބައްލަވައި
ވިލަރެސް ޖަމްޢިއްޔާގެ ރަޖިސްޓްރީ ބާޠިލްކުރުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާފައިވަނީ
ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ޤާނޫނުނަންބަރު 1/2003) އާއި ޚިލާފަށް އަދި އެޖަމްޢިއްޔާއަށް ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަ
ސީން ލިބިދޭ
ބިދޭ ޙައްޤު ގެއްލޭފަދައަކުން ކަމަށް ކަނޑައަޅުއްވައި، މިނިސްޓް
ޚައީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: A16471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{12/HC-A/99
کی عمری
2ތ 24
3
4
مهم برای کم کر
16 ޤަޟިއްޔާ ނިމުނު
އެފެއާޒުގެ ނަންބަރު 2011
/
438/D
/
PRIV-10 (15 މެއި 2011) ސިޓީން ބާޠިލްކަމަށް
ކަނޑައަޅުއްވައި ޙުކުމް ކުރައްވާފައިވާކަން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ: ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫގައި ވިލަރެސް ޖަމްޢިއްޔާއިން
ހިންގާ "ވިލަރެސް ޕަވަރހައުސް އާއި އެޕަވަރހައުސްގައި ހުރި އިންޖީނުތަކާއި އެއާގުޅޭ ތަކެތީގެ
މިލްކްވެރިކަން ލިބިގަތުމަށް ތިލަދުންމަތީ ވައިކަރަދޫ ކައުންސިލްގެ އިދާރާގެ ފަރާތުން ވިލަރެސް
ޖަމްޢިއްޔާގެ މައްޗަށް ހުށަހެޅި މައްސަލައިގެ ދަޢުވާ ބިނާކުރެވިފައިވާ އަސާސަކީ އެޕަވަރހައުސް ހިންގުމުގެ
މަސްއޫލިއްޔަތު ވިލަރެސް (ކުރީގެ ވައިކަރަދޫ އެކުވެރިންގެ ރޫޙް) އާ ހަވާލުކުރުމަށް ވެވިފައިވާ "ހަނދާނީ
ފަތް" ގައި، އެޖަމްޢިއްޔާ އުވާލެވޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އިންޖީނުގެއާއި އެއާގުޅޭ ހުރިހާ
ސާމާނެއްގެ މިލްކްވެރިކަން ވައިކަރަދޫ ރައްޔިތުންނަށް ލިބިދެވޭނެކަމަށް ބަޔާންކޮށްފައި އޮތުމުންކަން
އެނގޭއިރު، އެއިންޖީނުގޭގެ މިލްކްވެރިކަން ވައިކަރަދޫ ރައްޔިތުންނަށް ބަދަލުވާނެގޮތްކަމަށް "ހަނދާނީ ފަތް"
ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިވެފައިނުވާކަމާއި، އަދި އެއިންޖީނުގެއާއި އިންޖީނު
ހޯދުމާގުޅިގެން ހޯދިފައިވާ ތަކެތީގެ މިލްކްވެރިކަމާމެދު ދަޢުވާކުރުމަށް ވައިކަރަދޫ ރައްޔިތުންގެ ފަރާތުން
ނިންމާފައިނުވާއިރު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު
ޤާނޫނުނަންބަރު 7/2010) ގެ 24 ވަނަމާއްދާގެ (ބ) ގެ ދަށުން ކަރަންޓުގެ ޚިދުމަތް ހިންގުމާއި
ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ރަށު ކައުންސިލްތަކާ ހަވާލުކޮށްފައިވުމުން ރަށުގައި ކަރަންޓުގެ ޚިދުމަތް ދޭނެ
ގޮތާއި ދޭނެ ފަރާތެއް ކަނޑައެޅުމުގެ ބާރު ރަށު ކައުންސިލްތަކަށް ލިބިގެންވީނަމަވެސް، އެބާރުގެ ދަށުން
ރަށެއްގައި ޤާއިމްވެ ހިންގަމުން ގެންދާ އިންޖީނުގެއާއި އެއާގުޅޭ ސާމާނުގެ މިލްކްވެރިކަން އެރަށު
ކައުންސިލަށް ނެގިދާނެކަމަށް ޤަބޫލުނު
3 3
;2
22 ޑ ޒދޑޑ
ލިންކުރިވާކަމެވެ
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [3/647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
17 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{12/HC-A/99
(ޅ) ހަވަނަ ކަމަކީ: ޢާއްމު އުސޫލެއްގެ ގޮތުން ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ
ދަޢުވާތައް ފައިޞަލާ ކުރުމުގައި ޢަމަލު ކުރަމުންދާގޮތަކީ ހުށައެޅޭ ދަޢުވާގެ ސީޕޯއަށް ބެލުމަށްފަހު،
އެހުށައެޅުނު ދަޢުވާއެއް ޝަރީޢަތަށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމާއެކު ދަޢުވާގައި އެދިފައިވާ
ކަންތަކަކީ ކޯޓަށް ސާބިތުވާ ކަންތައްތަކެއް ކަމުގައިވާނަމަ އެގޮތުގެ މަތީން އެދިފައިވާ އެކަންތަކުގެ މައްޗަށް
ޙުކުމް ކުރެއްވުން
. ކަމާއި، ހަމަ އެހެންމެ ދަޢުވާގައި އެދިފައިވާ ކަންކަމަކީ ކޯޓަށް ސާބިތުނުވާ ކަންތައްތަކެއް
ކަމުގައި ވެއްޖެނަމަ، ދަޢުވާގައި އެދިފައިވާ ގޮތަށް ޙުކުމް ކުރެވެން ނެތް ކަމަށް ނުވަތަ އެކަންކަން ސާބިތު
ނުވާކަމަށް ޙުކުމް ކުރެއްވުން ކަމާއި، ދަޢުވާކުރެވޭ މައުޟޫޢުގައި ނުހިމެނުނު ނަމަވެސް ދެފަރާތުން
ޝަރީޢަތުގެ މަޖިލިސްގައި ދައްކާ ވާހަކަތަކުން އެކަމަކީ ޙުކުމުގައި ހިމަނަން ޖެހޭ ކަމެއްކަމަށް ޝަރީޢަތަށް
ފެނިއްޖެނަމަ އެކަން ކުރަނީ އެކަން އެގޮތަށް ކުރަން ޖެހުނު މަސްލަޙަތެއް ނުވަތަ ސަބަބެއް ބަޔާން ކުރުމަށް
ފަހުގައި ކަމާއި، ދަޢުވާކުރެވިފައިވާ މައުޟޫޢުގެ މައްޗަށް ނޫން އެހެން ކަމެއްގެ މައްޗަށް ޙުކުމް ކުރެވޭނަމަ
އެކަމަކީ ދަޢުވާ ލިބޭފަރާތަށް އެދަޢުވާއިން ދިފާޢުވުމަށްޓަކައި އޮތް ފުރުސަތު ގެއްލިގެން ހިނގާދާނެ
ވަބަބެއްކަމަށް ޤަބޫލުކުރެވޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 47/HC
-
A/2010 ޤަޟިއްޔާގެ
ފާހަގަ ކުރެވުނު 3 ވަނަ ނުކުތާގެ ތިންވަނަކަމުގައި ބަޔާންކޮށްފައިވާކަން އެނގޭކަމާއި، މި އުސޫލުން މި
މައްސަލައިގައި ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލުގެ އިދާރާއިން ވިލަރެސް ޖަމްޢިއްޔާގެ
މައްޗަށް ކޮށްފައިވާ ދަޢުވާއަށް ބަލާއިރު، އެދަޢުވާއަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ
އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނުނަންބަރު 7/2010) ގެ 24 ވަނަމާއްދާގެ (ބ) އިން ކަރަންޓުގެ
ޚިދުމަތް ފޯރުކޮށްދިނުމަކީ ވައިކަރަދޫ ކައުންސިލުގެ މަސްޢޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމަށްވާތީއާއި،
ވައިކަރަދޫގައި ދެމުންދާ ކަރަންޓުގެ ޚިދުމަތް މިވަގުތު ފޯރުކޮށްދޭ ވިނަރެސް ޖަމްޢިއްޔާ އުވުމަށްފަހު،
މިލްކުގައިވާ އެންމެހައި ތަކެތީގެ ތެރެއިން އިންޖީނުގޭގެ މިލްކިއްޔާތު ވިލަރެސް ޖަމްޢިއްޔާ (ކުރީގެ
އެކުވެރިންގެ ރޫޙް) އާއެކު ހެދިފައިވާ ހަނދާނީ ފަތުން" އެއްބަސްވެފައިވާ ގޮތުގެމަތިން ވައިކަރަދޫ
ރައްޔިތުންނަށް ބަދަލުވާނެކަމަށް ހަނދާނީ ފަތުގެ 4 ވަނަ މާއްދާގެ ނ.ގައި ބަޔާންކޮށްފައިވާތީއާއި ވަޑިން ކައި
9
<< o
0x
،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: A16471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
24 2
18
2{12/HC-A/99
کی عمری
ދަޢުވާއެއްކަން
ޤަޟިއްޔާ ނިމުނު
ކައުންސިލުގެ ނަންބަރު 269/2011/06 (24 މެއި 2011) ޤަރާރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން
އިންޖީނުގެ ހިންގުމަށްޓަކައި ވައިކަރަދޫ ކައުންސިލާއި އިންޖީނުގޭގެ އެންމެހައި މިލްކިއްޔާތު ހަވާލުކުރުމަށް
ނިންމައި ވިނަރެސް ޖަމްޢިއްޔާއަށް އެކައުންސިލުގެ ފަރާތުން އެންގި އެންގުމުގެ މުހުލަތު ހަމަވިއިރުވެސް
އިންޖީނުގެ ކައުންސިލާ ހަވާލުކޮށްފައިނުވުމުން ވިލަރެސް ޖަމްޢިއްޔާއިން މިހާރު ހިންގަމުންގެންދާ
އިންޖީނުގޭގެ އެންމެހައި މުދަލަކީ ވައިކަރަދޫ ކައުންސިލުގެ މިލްކެއްކަން ސާބިތުކޮށްދިނުމަށް އެދި
ހުށަހަޅާފައިވާ
އެނގޭއިރު، އެދަޢުވާއަށް ވިނަރެސް ޖަމްޢިއްޔާގެ ފަރާތުން
އިންކާރުކޮށްފައިވާކަން އެނގޭކަމާއި، އެހެންކަމުން އެދަޢުވާއާގުޅިގެން ޝަރީޢަތުން ބައްލަވައި ގޮތެއް
ކަނޑައަޅަންޖެހޭނީ އިންޖީނުގެއާގުޅޭ ގޮތުން ލިޔެފައިވާ ހަނދާނީ ފަތުގައި ބަޔާންކޮށްފައިވާ ފަދަ،
އެއިންޖީނުގެއާއި އެކަމާގުޅޭ ސާމާނުގެ މިލްކްވެރިކަން ބަދަލުވާ ހާލަތެއް މެދުވެރިވެފައިވޭތޯ ނުވަތަ
ނޫންތޯއާއި، އެފަދަ ހާލަތެއް އޮތްނަމަ ވިލަރެސް ޖަމްޢިއްޔާއިން ހިންގަމުން ގެންދާ އިންޖީނުގެއާއި
އެކަމާގުޅޭ ސާމާނުގެ މިލްކްވެރިކަން ވައިކަރަދޫ ކައުންސިލަށް ލިބިގެންވޭތޯ ނުވަތަ ނޫންތޯކަމަށް
ގައި ބަޔާންކޮށްފައިވާފަދަ ކަމެއް މެދުވެރިވެގެން ވިލަރެސް ޖަމްޢިއްޔާ އުވާލެވޭފަދަ ހާލަތެއް
މެދުވެރިވީކަމުގައިވީނަމަވެސް އެތަކެތީގެ މިލްކްވެރިކަން ވައިކަރަދޫ ކައުންސިލްގެ އިދާރާ (ކުރީގެ ވައިކަރަދޫ
އޮފީސް) ގެ މައްޗަށް ބަދަލުވާނެކަމަށް އެފަތުގައި ބަޔާންކޮށްފައިވާކަން އެނގެންނެތްއިރު، އެއިންޖީނުގެ
ހިންގަމުން ގެންދާ "ވިޔަރެސް" ޖަމްޢިއްޔާގެ ރަޖިސްޓްރީ ބާޠިލްކުރުމަށް މިނިސްޓްރީ އޮފް ހޯމް
އެފެއާރޒްގެ ނަންބަރު 2011
/
438/PRIV/-10 (15 މެއި 2011) ސިޓީން އެޖަމްޢިއްޔާއަށް
އެންގިއެންގުމާއި، އެސިޓީ ބާޠިލްކަމަށް ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1392 ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވާކަން އެނގެން އޮތުމާއެކު، ވިނަރެސް ޖަމްޢިއްޔާ އުވާލެވިދާފަދަ ހާލަތެއް މިހާރު ވުޖޫދުވެ
ނެތުމާއި އަދި އެޖަމްޢިއްޔާއާ ހިންގުމަށް ހަވާލުކޮށްފައިވާ އިންޖީނުގެ އެޖަމްޢިއްޔާއިން ވަކިކުރުމަށް
ވައިކަރަދޫ ރައްޔިތުން ބައިވެރިވެ، ނިންމާފައިވާ ނިންމުމެއް މިމައްސަލައާއެކު ހުށަހެޅިފައިވާ ލިޔެކިޔުން
Puco
ގުޅޭ ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3/16471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
19 ޤަޟިއްޔާ ނިމުނު "
2{012/HC-A99
گمرکی
އެނގެން ނެތުމާއެކު، މި މައްސަލައިގައި އެންމެ އިންޞާފުވެރި އަދި ޢަދުލުވެރި ގޮތެއްކަމަށް މި ޤަޟިއްޔާ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވެނީ ވައިކަރަދޫ އިންޖީނުގެ ހިންގުމާގުޅޭގޮތުން
އެއްބަސްވެ ސޮއިކޮށްފައިވާ "ހަނދާނީ ފަތް" ގައި ބަޔާންކޮށްފައިވާ ގޮތަށް ރުޖޫޢަވާންޖެހޭ ކަމަށެވެ.
OU OO
އެހެންކަމުން މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/B15C/15 ޤަޟިއްޔާ ގައި
އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ކަމަށެވެ.
ޙުކުމް
ދ ޏ 7
72
ބަޔާންކުރި
02x2
* *
ދެންފަހެ އިސްވެ
ފެކުރެވުނު ކަންކަން
ތިލަދުންމަތީ ދެކުނުބުރީ
ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/B15C/15 ޤަޟިއްޔާގައި އިންޖީނުގެ މިލްކިއްޔާތުގެ
މައްޗަށް ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލް އިދާރާއަށް މިލްކުވެރިކަމުގެ އެއްވެސް ޙައްޤެއް
ލިބިގެންނުވާކަމަށް ކަނޑައަޅުއްވައި ކުރައްވާފައިވާ ޙުކުމުގެ އެބަޔަށް ތާޢީދުކޮށް، އިންޖީނުގެ މިލްކިއްޔާތަކީ
"ވައިކަރަދޫ އެކުވެރިންގެ ރޫޙް" ލީގަލް ނޮންއެންޓިޓީއެއްގެ ގޮތުގައި އޮވެ އެޖަމްޢިއްޔާގެ މެންބަރުންނާއި،
ވައިކަރަދޫ މީހުންނާއި، ވައިކަރަދޫ ރައްޔިތުންނާއި، ވައިކަރަދޫއަށް ހެޔޮއެދޭ މީހުންގެ އެހީއާއި ޢަމަލީ
މަސައްކަތުން ވައިކަރަދޫގެ ތަރައްޤީއާއި ވައިކަރަދޫގައި ދިރިއުޅޭ މީހުންގެ ލާބައަށްޓަކައި ހޯދާފައިވާ
ވައިކަރަދޫ ރައްޔިތުންގެ ޖަމާޢީ މިލްކިއްޔާތެއްކަން، ހުށަހެޅުނު ޑޮކިއުމެންޓްރީ ހެކިތަކުންނާއި، ދެފަރާތުން
ދެއްކި ވާހަކައިން ޝަރީޢަތަށް ސާބިތުވާކަމަށްޓަކައި، އިންޖީނުގެ މިލްކިއްޔާތަކީ ޤާނޫނު ނަންބަރު 1/2003
(ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކޮށް ޤާނޫނީ ފަރުދަކަށްވެފައިވާ "ވިނަރެސް 2"
ޖަމްޢިއްޔާގެ މިލްކިއްޔާތެއް ނޫންކަމަށާއި، "ވިޔަރެސް 2" ޖަމްޢިއްޔާގެ ދަރަނިތައް އަދާކުރުމުގެ އިން )
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
20 ޤަޟިއްޔާ ނިމުނު
, s:
=32
2{012/HC-A99
کی مرگی
2 92 0
wހ28 ޖެ
އިންޖީނުގެ މިލްކިއްޔާތު ވިއްކާލުމުގެ އެއްވެސް ޙައްޤެއް "ވިޔަރެސް 2" އަށް ލިބިގެން ނުވާކަމަށާއި،
އެޙުކުމްކުރި ތާރީޚުން ފެށިގެން އިންޖީނުގެ މިލްކިއްޔާތު ވައިކަރަދޫ ރައްޔިތުންގެ ޖަމާޢީ މިލްކެއްގެ ގޮތުގައި
އަމާނާތްތެރި ފަރާތް (ޓްރަސްޓީޒް) އަކީ، ޤާނޫނު ނަންބަރު 07/2010 (ލާމަރުކަޒީ
އުޞޫލުން އިދާރީ ދާއިރާތައް ހިންގުމާބެހޭ ޤާނޫނު) ގެ 139 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ތިލަދުންމަތީ
ދެކުނުބުރީ ވައިކަރަދޫ ކައުންސިލް އިދާރާކަމަށް ކަނޑައަޅުއްވައި ކުރައްވާފައިވާ ޙުކުމުގެ އެބައި، މި
ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލްކޮށް އެގޮތުގެމަތިން
ޙުކުމްކޮށްފީމެވެ.
0x0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv