ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-I-SH/10 ޤަޟިއްޔާގެ ޙުކުމް
1
2009/HC-I-SH/1
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ: 10/HC
-
I
-
SH/2009
އިންތިޚާބީ ޝަކުވާގެ މައްސަލަ ހުށަހެޅި ފަރާތް:
* ނަން: މުޙައްމަދު މުފީދު
އައިޑީ ކާޑު ނަންބަރ: A036494
: ދާއިމީ އެޑްރެސް: މމ.ޚާއްޞަދަފުތަރު 1363
* މިހާރުގެ އެޑްރެސް: ފ.ހޭޒަލް
*
*
އިންތިޚާބީ ޝަކުވާގެ މައްސަލަ ރައްދުވި ފަރާތް:.
* ނަން: އިލެކްޝަންސް ކޮމިޝަން
* އައިޑީ ކާޑު ނަންބަރ.
ދާއިމީ އެޑްރެސް: ޕާބިލްޑިންގް
* މިހާރުގެ އެޑްރެސް: ޕާބިލްޑިންގް
0
• ރަޖިސްޓްރީކުރެވުނު ތާރީޚް: 25 ޖުމާދަލްއޫލާ 1430
20 މެއި 2009
ނިމުނު ތާރީޚް: 20 ޖުމާދަލްއާޚިރާ 1439
14 ޖޫން 2009
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.g699.IIv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
209/HC-I-SH/10
ފިހުރިސްތު
ޞަފްޙާ ނަންބަރ: 03-03
01- ދަޢުވާގެ ޚުލާޞާ
02- ފާހަގަކުރެވުނު ނުކުތާތައް:
1,
03-08 :
-03
ޙުކުމް
Il
08-09:
04- މަޙްޝަރު ބަޔާންތައް:
04.1 އިންތިޚާބީ ޝަކުވާގެ މައްސަލަ ހުށަހެޅި ފަރާތުގެ މަޙުޝަރު ބަޔާންތައް:
މުޙައްމަދު މުފީދު
މލހ. ދަފުތަރު 1363 ހ.ހޭޒަލް ގެ ފަރާތުން
ވަކީލު: ޢަލީ ޢަބްދުﷲ މ. އަލިހަވާ ދެއްކި ވާހަކަތައް:
މަޙުޝަރު ނަންބަރ: 08-HC
-
I
-
SH
-
10
Mpg01-2009
04.2 އިންތިޚާބީ ޝަކުވާގެ މައްސަލަ ރައްދުވި ފަރާތުގެ މަޙުޝަރު ބަޔާންތައް:
އިލެކްޝަންސް ކޮމިޝަން ގެ ފަރާތުން
ވަކީލު: އިޒް. މުޙައްމަދު އިބްރާހީމް މ.ލަކްސްލޮޖް ދެއްކިވާހަކަތައް:
މަޙުޝަރު ނަންބަރ: 13-HC-I-SH-10Mpg08-2009
05 - މައްސަލައާއި ގުޅިގެން ހުށަހެޅުނު ލިޔުންތައް:
06 - ރިޕޯޓުގައިވާ ޞަފްޙާގެ ޖުމްލަ ޢަދަދު: 24
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮ
2009/HC-1-SH/1
ދަޢުވާގެ ޚުލާޞާ
މިއީ، ރައްޔިތުންގެ މަޖިލީހުގެ 2009 ވަނަ އަހަރުގެ އިންތިޚާބާ ގުޅިގެން ގއ.ދާންދޫގައި
ބަހައްޓާފައިވާ ނަންބަރ:P02.3.1 ގެ ވޯޓްފޮއްޓަށް ވޯޓުލުމުގައި ޤާނޫނާއި ގަވައިދާއި ޚިލާފް ކަންތައްތަކެއް
ހިގާފައިވާކަމަށާއި، އެކަމުގެ ސަބަބުން އެފޮއްޓަށް ލެވުނު ވޯޓުގެ ޞައްޙަކަން ގެއްލިފައިވާކަމަށް ޤަބޫލު
ކުރެވޭކަމަށްބުނެ، އެފޮށީގެ ވޯޓް ބާޠިލް ކޮށްދެއްވައި، އަލުން ވޯޓްލުން ބާއްވައި ދެއްވުމަށް އިލެކްޝަންސް
ކޮމިޝަނަށް އަންގަވައި ދެއްވުންއެދި މ.މ.ދ.ދަފްތަރު (ހ.ހޭޒަލް) ދ.ރ.ކާޑް ނަންބަރ:A036494 މުޙައްމަދު
މުފީދު ހުށަހެޅުމުން ބެލިފައިވާ މައްސަލައެކެވެ.
1040*
* ފާހަގަކުރެވުނު ނުކުތާތައް
1- މިއީ، ރައްޔިތުން މަޖިލީހުގެ 2009 ވަނަ އަހަރުގެ އިންތިޚާބާ ގުޅިގެން ގއ.ދާންދޫގައި
ބަހައްޓާފައިވާ ނަންބަރ: P02.3.1 ގެ ވޯޓްފޮއްޓަށް ވޯޓުލުމުގައި ޤާނޫނާއި ގަވައިދާއި ޚިލާފް ކަންތައްތަކެއް
ހިގާފައިވާކަމަށާއި، އެކަމުގެ ސަބަބުން އެފޮއްޓަށް ދެވުނު ވޯޓުގެ ޞައްޙަކަން ގެއްލިފައިވާކަމަށް ޤަބޫލު
ކުރެވޭކަމަށްބުނެ، އެފޮށީގެ ވޯޓް ބާޠިލް ކޮށްދެއްވައި، އަލުން ވޯޓްލުން ބާއްވައި ދެއްވުމަށް އިލެކްޝަންސް
ކޮމިޝަނަށް އަންގަވައި ދެއްވުންއެދި މ.މ.ފ.ދަފްތަރު (ހ.ހޭޒަލް) ދ.ރ.ކާޑް ނަންބަރ.A036494 މުޙައްމަދު
މުފީދު ހުށަހެޅުމުން ބެލިފައިވާ އިންތިޚާބީ ޝަކުވާގެ މައްސަލައެކަން ފާހަގަކުރެވެއެވެ.
02- ގއ.ދާންދޫގައި ބަހައްޓާފައިވާ ނަންބަރ: P02.3.1 ގެ ވޯޓް ފޮއްޓަށް ވޯޓުލުމުގައި ޤާނޫނާއި
ގަވައިދާއި ޚިލާފަށް ހިގާފައިވާ ކަންތައްތަކުގެ ތަފްޞީލު ބަޔާން ކުރަމުން މުޙައްމަދު މުފީދުގެ ފަރާތުން
ފާހަގަކޮށްފައިވާ ކަންތައްތަކަކީ:
ޢުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކު އެފޮއްޓަށް ވޯޓްލާފައިވާކަމަށް ބުނެފައިވާ ބުނުމަކާއި،
0
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
249/HC-j-SFI1
ނުވާކަމަށް
• އެފޮއްޓަށް ވޯޓްލާން އައިސް 121 މީހަކު ކިޔާ ނަންބަރު ނަގާފައިވަނިކޮށް، ތެރެއިން
ގިނަބަޔަކަށް ވޯޓުލުމުގެ ފުރުޞަތު ނުދީ ވޯޓު ފޮށި ބަންދުކޮށްފައިވަކަމަށް ބުނެފައިވާ ބުނުމަކާއި،
އަދި އެފޮއްޓަށް ވޯޓުލުމުގެ ކަންތައް ރޭގަޑު ކުރިއަށް ދަނިކޮށް ދެފަހަރެއްގެ މަތީން ވަނީ
އެސަރަޙައްދުން ކަރަންޓް ގޮސްފައި ކަމަށާއި، މިއިން އެއްވެސް ފަހަރަކު ކަރަންޓް ލިބިގެން އަލުން ވޯޓްލާން
ފެށިއިރަކު، ވޯޓްލް ލީސްޓާއި ބާކީ ކަރުދާސްތައް އޮބްޒާވަރުންނާއި މަންދޫބުންނަށް ދައްކާ ހަދާފައިނުވާކަމަށް
ބުނެފައިވާ ބުނުމަކާއި،
އަދި ވޯޓްލާ ނިމުމުން ވޯޓް ކަރުދާސްތައް އޮބްޒާވަރުންނަށް ދައްކައި، ހަދާފައި
ބުނެފައިވާ ބުނުމަކާއި،
ވޯޓް ފޮއްޓެއްގައި ކަނޑައެޅިގެން ޞައްޙަނޫން ވޯޓެއް އޮތްކަން ސާބިތުވެފައި، އެވޯޓް ކަރުދާސް
ކޮޅަކީ ކޮން ކަރުދާސް ކޮޅެއްކަން ކަށަވަރު ކުރެވޭނެ އެއްވެސް ގޮތެއް ނެތްއިރު، އެހެން ކަރުދާސް ތަކުގެ
ޤާނޫނީ ޞައްޙަކަންވެސް ގެއްލިގެން ދާނެކަމަށް ބުނެފައިވާ ބުނުމަކާއި، މި 5 ސަބަބުކަން ފާހަގަކުރެވެއެވެ.
03- އިލެކްޝަންސް ކޮމިޝަންގެ{.މައްޗަށް މުޙައްމަދު މުފީދު މިހުށަހަޅާފައިވާ ޝަކުވާގެ
މައްސަލައަށާއި، އެމައްސަލަ ބިނާކޮށްފައިވާ ސަބަބުތަކާއި ގުޅޭގޮތުން އެކޮމިޝަނުގެ ފަރާތުން ޖަވާބު ދާރީވަމުން
ދައްކާފައިވާ ވާހަކައަށް ބަލާއިރު،
ގއ.ދާންދޫގައި ބަހައްޓާފައިވާ ނަންބަރ: P02.3.1 ގެ ވޯޓް ފޮއްޓަށް 18 އަހަރު ނުފުރޭ
ކުޑަކުއްޖަކު ވޯޓްލާފައިވާކަމަށް މުޙައްމަދު މުފީދުގެ ފަރާތުން ބުނެފައިވާ ބުނުމާއި އެއްބަސްވެ، ކަމާބެހޭ
ބިއުރޯއިން އެކަން ތަޙްޤީޤުކޮށް އެކުއްޖާގެ މައްޗަށް ދަޢުވާކުރެވިފައިވާކަމަށާއި، އަދި މުޙައްމަދު މުފީދު
ބުނެފައިވާ ފަދައިން މިކަމަކީ ހިނގާފައިވާ ކަމެއްކަމަށްވިޔަސް، އެކަމުގެ ސަބަބުން ބާޠިލްވެގެން ދަނީ އެންމެ
ވޯޓެއް ކަމަށްވާތީއާއި، އެދާއިރާގެ އިންތިޚާބު ކާމިޔާބު ކުރެއްވި ކެނޑިޑޭޓް ގއ.ނިލަންދޫގެ ފޫޅުމާގެ، މުޙައްމަދު
ރިޔާޒާއި، މިމައްސަލަ ހުށަހެޅި ފަރާތްކަމުގައިވާ މުޙައްމަދު މުފީދާއި ދެމެދު 79 ވޯޓްގެ ތަފާތެއް ހުރިކަން
އެނގޭތީ، 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ލާފައިވާ އެވޯޓުގެ ސަބަބުން އެއީ އެދާއިރާގެ ނަތީޖާއަށް ބަދަލު
އަންނަންޖެހޭ ސަބަބެއް ކަމަށް ނުދެކޭ ކަމަށާއި،
އަދި އެފޮއްޓަށް ވޯޓްލާން އައިސް 121 މީހަކު ކިޔާ ނަންބަރު ނަގާފައިވަނިކޮށް، އޭގެ ތެރެއިން
ގިނަބަޔަކަށް ވޯޓުލުމުގެ ފުރުޞަތު ނުދީ ވޯޓު ފޮށި ބަންދުކޮށްފައިވާކަމަށް މުޙައްމަދު މުފީދުބުނެފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ނިމުނު ގޮތުގެ ރިޕޯޓް
2009/HC-I-SH/10
ބުނުމުގައި، އެއީ ކޮން 121 މީހުންނެއްކަމެއް، އަދި އެއީ ކިހިނެއް ކޮންގޮތަކަށް ހިގާދިޔަ ކަމެއްކަމެއް ބަޔާން
ކޮށްފައި ނުވާތީ، އެނުކުތާއަށް ޖަވާބު ދާރީވާން ދަތިކަމަށާއި، ވޯޓްލަމުން ދިޔައިރު އެތަނުގައި ހުރި
ކޮމްޕްލައިޓްސް އޮފިސަރަށް އެފަދަ ކަމެއް ދިމާވެގެން އެއްވެސް ފަރާތަކުން ޝަކުވާއެއް ކޮށްފައި ނެތްކަމަށާއި،
އަދި ވޯޓްލުމުގެ ކަންތައް ކުރިއަށް ދިޔައިރު، ރޭގަޑުގެ ވަގުތުގައި ދެފަހަރެއްގެ މަތީން ކަރަންޓް
ކަނޑައިގެން ގޮސްފައިވާކަމަށް މުޙައްމަދު މުފީދު ބުނެފައިވާއިރު، އެކަން އިލެކްޝަންސް ކޮމިޝަނަށް
އެނގިފައިނުވާކަމަށާއި، މިކަމަކީ ހިގާފައިވާ ކަމެއް ކަމެއް ބެލިކަމުގައި ވިޔަސް، ކަރަންޓް ކަނޑައިގެން
ދިޔުމާއި ކަރަންޓު އަލުން ލިބުމާއި ދެމެދު ޤާނޫނާއި ގަވައިދާއި ޚިލާފް ކަމެއް ހިގައިގެން އެކަމުގެ ޝަކުވާ
ކޮމްޕްލައިޓްސް އޮފިސަރަށް އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާކަމަށާއި،
އަދި ވޯޓު ގުނުމާއި ގުޅޭގޮތުން ކުރެވުނު ހުރިހާ ކަމެއްވެސް ދިޔައީ، ހާޒިވެ ތިބި 9 ވަރަކަށް
އޮބްޒާވަރުންގެ ކުރިމަތީގައި ކަމަށާއި، މިސަބަބު ތަކަށް ބަލާއިރު، މުޙައްމަދު މުފީދު ގެ ދަޢުވާގައި ބުނެފައިވާ
ންތައްތަކުގެ މައްޗަށް ބިނާކޮށް، ގއ.ދާންދޫގައި ބަހައްޓާފައިވާ ނަންބަރ: P02.3.1 ގެ ވޯޓް ފޮށީގެ ނަތީޖާ
ބާޠިލް ކުރަންޖެހޭނެ އެއްވެސް އަސާސެއް އޮތްކަމަށް ނުދެކޭކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން
ބުނެފައިވާކަން ފާހަގަކުރެވެއެވެ.
03- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ:00180 "އިންތިޚާބާބެހޭ ޝަކުވާގެ މައްސަލަ
ހުށަހަޅާފައިވާ ފޯމް" އިން، މުޙައްމަދު މުފީދު ހުށަހަޅާފައިވާ މައްސަލައަކާއި، އެމައްސަލައާއި ގުޅިގެން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި 27 މެއި 2009 ދުވަހު މުޙައްމަދު މުފީދާއި ކުރެވުނު ސުވާލުތަކާއި
ގުޅިގެން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ ރައްދުވާ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅިގެން ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) އިސްވެ ބަޔާން ކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ:00180 "އިންތިޚާބާބެހޭ
ޝަކުވާގެ މައްސަލަ ހުށަހަޅާފައިވާ ފޯމް" އިން މުޙައްމަދު މުފީދު ހުށަހަޅާފައިވާ މައްސަލައަށް ބަލާއިރު،
ގއ.ދާންދޫގައި ބަހައްޓާފައިވާ ނަންބަރ: P02.3.1 ގެ ވޯޓް ފޮށީގެ ނަތީޖާ ބާޠިލްކޮށް ދެއްވައި، އަލުން
އެފޮށީގެ ވޯޓުލުން ބާއްވައިދިނުމަށް އެދިފައިވަނީ ޖުމްލަ 5 ސަބަބަކާއިހުރެ ކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
ވެބް ސައިޓް: www.highcourt.gov.mv
[email protected]
ހިވުނު ގޮތުގެ ރިޕޯޓް
2009/HC-I-SH/1{
ރޮވެއެވެ.
އޭގެ ތެރެއިން ފުރަތަމަ ސަބަބަކީ، ގއ.ދާންދޫގައި ބަހައްޓާފައިވާ ނަންބަރ: P02.3.1 ގެ
ވޯޓް ފޮއްޓަށް، ޢުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ވޯޓްލާފައިވާކަމަށް ބުނާ ސަބަބު ކަމާއި، އެއީ
ހިގާފައިވާ ކަމެއްކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އެއްބަސްވެފައިވާކަމާއި، ވޯޓް ދިނުމުގެ ޙައްގު
ނެތި އިންތިޚާބެއްގައި ވޯޓް ދިނުމަކީ ޤާނޫނު ނަންބަރ: 11/2008 (އިންތިޚާބާބެހޭ ޢާއްމު ޤާނޫނު) ގެ 74
ވަނަ މާއްދާގެ (ހ) ގެ 9 ވަނަ ނަންބަރުގެ ދަށުން އިންތިޚާބީ ކުށެއްކަން ފާހަގަވާން އޮތްއިރު،
މުޙައްމަދު މުފީދުގެ ޝަކުވާ ބިނާކޮށްފައިވާ ފުރަތަމަ ސަބަބުގައި ބުނެފައިވާފަދައިން
އ.ދާންދޫގައި
ބަހައްޓާފައިވާ ނަންބަރ. P02.3.1 ގެ ވޯޓްފޮޓަށް ޢުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކު
ވޯޓްލާފައިވާތީ، އެކަމުގެ ސަބަބުން ބާޠިލްވެގެން ދާނީ 1 ވޯޓް ކަމަށްވާތީ، އެއީ އެދާއިރާގެ ނަތީޖާއަށް ބަދަލު
އަންނަފަދަ ކަމެއްކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ނުދެކޭކަމަށް ބުނެފައިވާ ބުނުމަކީ އެފޮށީގެ
ނަތީޖާއަށް ބަލާއިރު ޝަރީއަތަށް ޤަބޫލު ކުރެވޭ ބުނުމެއްކަން ފާހަގަކުރެވެ
(ނ) މުޙައްމަދު މުފީދުހުށަހަޅާފައިވާ އިންތިޚާބާބެހޭ ޝަކުވާގެ މައްސަލަ ބިނާކޮށްފައިވާ
ދެވަނަ ސަބަބަކީ، ގއ.ދާންދޫގައި ބަހައްޓާފައިވާ ނަންބަރ: P02.3.1 ގެ ވޯޓްފޮއްޓަށް ވޯޓްލާން އައިސް
121 މީހަކު ކިޔާ ނަންބަރު ނަގާފައިވަނިކޮށް، އޭގެ ތެރެއިން ގިނަބަޔަކަށް ވޯޓުލުމުގެ ފުރުޞަތު ނުދީ ވޯޓު
ފޮށި ބަންދުކޮށްފައިވަކަމަށް ބުނެފައިވާ ބުނުން ކަމުގައިވާއިރު، އެކަމުގެ އެއްވެސް ތަފްޞީލެއް މުޙައްމަދު
މުފީދުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިނުވާކަމާއި، މިގޮތުން ކިޔާ ނަންބަރު ނެގުމަށް ފަހު ވޯޓް ނުލެވުނު
މީހުންނަކީ ކޮންބައެއް ކަމާއި، އެމީހުން ކިޔުނަންބަރު ނެގުމަށްފަހު، ކިޔުއަށް ވަންނަންޖެހޭ ވަގުތުގައި ކިއުގައި
ތިބިކަމާއި، އެމީހުން ކިޔުގައި ތިއްބާ ވޯޓް ލުމުގެ ފުރުސަތު ނުދީ ވޯޓް ފޮށި ބަންދުކުރިކަމަށް ބުނާއިރު،
އެކަމުގެ ޝަކުވާ އެއްވެސް ފަރާތަކަށް އެވަޤުތު ހުށަހެޅިކަމާއި، މިއިން އެއްވެސް ކަމެއްގެ ތަފްސީލެއް ހެތްކެއް
ހުށަހަޅާފައިނުވާކަމާއި، އިންތިޚާބީ ޝަކުވާގެ މައްސަލަތައް ހައިކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ޤާނޫނު ނަންބަރ:
11/2008 (އިންތިޚާބާބެހޭ ޢާއްމު ޤާނޫނު) ގެ 64 ވަނަ މާއްދާގެ (ނ) ގެ ދަށުން ހުޅުވާލާފައިވާއިރު،
އެފުރުޞަތު ހުޅުވާލާފައިވަނީ ވަކި ޝަރުތު ތަކަކާއެކު ކަމާއި، އެއީ ހުށަހަޅާ މައްސަލައެއް ސަބަބާއި
ތަފްޞީލާއި ހެތްކާއި އެކު ހުށަހެޅުންކަމާއި، މުޙައްމަދު މުފީދު ހުށަހަޅާފައިވާ މިމައްސަލާއި އެޝަރުތު ތައް
ފުރިހަމަ ވެފައި ނުވާކަން ފާހަގަ ކުރެވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޤަޞައްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-I-SH/j
(ނ) މުޙައްމަދު މުފީދުގެ ފަރާތުން ހުށަހަޅާފައިވާ އިންތިޚާބާބެހޭ ޝަކުވާގެ މައްސަލަ
ބިނާކޮށްފައިވާ ތިންވަނަ ސަބަބަކީ، އެފޮއްޓަށް ވޯޓުލުމުގެ ކަންތައް ރޭގަޑު ކުރިއަށް ދަނިކޮށް ދެފަހަރެއްގެ
މަތީން ވަނީ އެސަރަޙައްދުން ކަރަންޓް ގޮސްފައި ކަމަށާއި، މިއިން އެއްވެސް ފަހަރަކު ކަރަންޓް ލިބިގެން
އަލުން ވޯޓްލާން ފެށިއިރަކު، ވޯޓްލާ ލީސްޓާއި ބާކީ ކަރުދާސްތައް އޮބްޒާވަރުންނާއި މަންދޫބުންނަށް ދައްކާ
ހަދާފައިނުވާކަމަށް ބުނެ ފާހަގަކޮށްފައިވާ ސަބަބު ކަމާއި، މިފަދަ އެއްވެސް ކަމެއް ހިނގާފައިވާ ކަމުގެ އެއްވެސް
މަޢުލޫމާތެއް އިލެކްޝަންސް ކޮމިޝަނަށް ލިބިފައި ނުވާކަމަށް އެކޮމިޝަނުގެ ފަރާތުން ފާހަގަކުރުމަށްފަހު،
މުޙައްމަދު މުފީދުގެ ފަރާތުން ހުށަހަޅާފައިވާ ޝަކުވާގައި ވޯޓް ލުމުގެ ކަންތައް ހިގަމުން ދިޔައިރު ރޭގަޑުގެ
ވަގުތުގައި ދެފަހަރު އެސަރަޙައްދުން ކަރަންޓް ދިޔަކަމަށް ބުނެފައިވާއިރު، ކަރަންޓް ދިޔަވަގުތު އޮފްޝަލެއްގެ
ފަރާތުންވެސް ނުވަތަ މަންދޫބެއް ނުވަތަ އޮބްޒާވަރެއްގެ ފަރާތުންވެސް ނުވަތަ ޢާއްމު ރައްޔިތެއްގެ ފަރާތުންވެސް
ވޯޓާ ގުޅޭ ގޮތުން ޤާނޫނާއި ޤަވާއިދާ ޚިލާފަށް ޢަމަލެއް ހިންގާފައިވާކަމަށް ބުނެފައި ނުވާކަމާއި، ހަމައެކަނީ
ބުނެފައިވަނީ ދެފަހަރެއްގެ މަތީން ކަރަންޓް ކަނޑައިގެން، ކަރަންޓް ލިބިގެން އަލުން ވޯޓްލާން ފެށިއިރަކު،
ވޯޓްލާ ލީސްޓާއި ބާކީ ކުރުދާސްތައް އޮބްޒާވަރުންނާއި(މަންދޫބުންނަށް ދައްކާ ހަދާފައިނުވާކަމަށްކަމާއި، މިފަދަ
ޙާލަތުގައި އިލެކްޝަންސްގެ އޮފިޝަލުން މުޙައްމަދު މުފީދު ބުނެފައިވާފަދައިން ޢަމަލު ކުރަން ލާޒިމް ކުރާ
ޤާނޫނީ ނައްސެއް ނެތްއިރު، ގއ.ދާންދޫގައި ބަހައްޓާފައިވާ ނަންބަރ: P02.3.1 ގެ ވޯޓް ފޮއްޓާއި
ހަވާލުވެގެން ތިބި އޮފިޝަލުން ޢަމަލު ކޮށްފައި އެވާ ގޮތަކީ ޤާނޫނާއި ގަވައިދާ ޚިލާފް ގޮތެއްކަމަށް ނިންމޭނެ
ހަމައެއް ނެތްކަން ފާހަގަކުގެ
(ހ) މުޙައްމަދު މުފީދުގެ ފަރާތުން ހުށަހަޅާފައިވާ އިންތިޚާބާބެހޭ ޝަކުވާގެ މައްސަލަ
ބިނާކޮށްފައިވާ ހަތަރުވަނަ ސަބަބަކީ، ވޯޓްލާ ނިމުމުން ވޯޓް ކަރުދާސްތައް އޮބްޒާވަރުންނަށް ދައްކައި، ހަދާފައި
ނުވާކަމަށް ބުނެ ފާހަގަކުރި ސަބަބު ކަމާއި، މިކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން
ދައްކާފައިވާ ވަހަކައަށް ބަލާއިރު، ވޯޓުގުނުމުގެ ހުރިހާ ކަމެއްވެސް ނިމިގެން ދިޔައީ 9 ވަރަކަށް އޮބަޒާވަރުންގެ
ކުރިމަތީގައި ކަމަށާއި، އެއިން އެއްވެސް ފަރާތެއް މައްސަލައެއް މިކަމުގައިވެސް ނެތްކަމަށް އެކޮމިޝަނުގެ
ފަރާތުން ބުނެފައިވާއިރު، މިކަމާއި ގުޅިގެންވެސް އެއްވެސް ބާވަތެއްގެ ހެތްކެއް އަދި ތަފްސީލެއް މުޙައްމަދު
މުފީދުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައި ނުވާކަން ފާހަގަކުރެވެއެވެ.
ގަކުރެވެއެވެ.
OX
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
ނިމުނު ގޮތުގެ ރިޕޯޓް
2009}HC-I-SH/10
(ބ) މުޙައްމަދު މުފީދުގެ ފަރާތުން ހުށަހަޅާފައިވާ އިންތިޚާބާބެހޭ ޝަކުވާގެ މައްސަލަ
ބިނާކޮށްފައިވާ ފަސްވަނަ ސަބަބަކީ، ވޯޓް ފޮއްޓެއްގައި ކަނޑައެޅިގެން ޞައްޙަނޫން ވޯޓެއް އޮތްކަން
ސާބިތުވެފައި، އެވޯޓް ކަރުދާސް ކޮޅަކީ ކޮން ކަރުދާސް ކޮޅެއްކަން ކަށަވަރު ކުރެވޭނެ އެއްވެސް ގޮތެއް
ނެތްއިރު، އެފޮށީގައިވާ އެހެން ކަރުދާސް ތަކުގެ ޤާނޫނީ ޞައްޙަކަން ގެއްލިގެން ދާނެކަމަށް ބުނެ ފާހަގަކުރި
ސަބަބު ކަމުގައިވާއިރު، މިއީ އެއްވެސް މިންވަރަކަށް ޤާނޫނީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށްފައިވާ
ސަބަބެއް ނޫންކަމާއި، އެހެނީ މުޙައްމަދު މުފީދުގެ މިޝަކުވާ ބިނާކޮށްފައިވާ ފުރަތަމަ ސަބަބުގައި ޢުމުރުން 18
އަހަރު ނުފުރޭ ކުޑަކުއްޖަކު އެފޮއްޓަށް ވޯޓްލާފައިވާކަމަށް ބުނެފައިވާއިރު، އެކުއްޖާ ވޯޓް ކަރުދާސް ކޮޅު
ކަނޑައެޅިގެން ވަކިކުރަން ނޭގުނު ކަމުގައި ވިޔަސް، އޭގެ ސަބަބުން ބާޠިލްވެގެން ދާނީ 01 ވޯޓް ކަން،
ސަލާމަތް ބުއްދިހުރި ކޮންމެ މީހަކަށްވެސް ޤަބޫލު ކުރެވޭނެކަމެއްކަން ފާހަގަކުރެވެއެވެ.
0
OXO
ޙުކުމް:
ދެންފަހެ، ރައްޔިތުން މަޖިލީހުގެ 2009 ވަނަ އަހަރުގެ އިންތިޚާބުގެ ގއ.ދާންދޫގައި
ބަހައްޓާފައިވާ ނަންބަރ: P02.3.1 ގެ ވޯޓް ފޮށީގެ ނަތީޖާ ބާޠިލްކޮށް އަލުން އެފޮއްޓަށް ވޯޓްލުން
ދިނުންއެދި މ.މ.ދ.ދަފްތަރު (ހ.ހޭޒަލް) ދ.ރ.ކާޑް ނަންބަރ.A036494 މުޙައްމަދު މުފީދު ގެ ފަރާތުން
އިލެކްޝަންސް ކޮމިޝަން ގެ މައްޗަށް ހުށަހެޅި އިންތިޚާބީ ޝަކުވާގެ މައްސަލައާއި ގުޅިގެން ހައިކޯޓުން
ބެލިބެލުމުން، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު ސަބަބުތަކަށް ރިޢާޔަތްކޮށް ބަލާއިރު،
33
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
މުނު ގޮތުގެ ރިޕޯޓް
2009/HC-I-SH{{{
ބާޠިލްކޮށް އަލުން ވޯޓްލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގަންޖެހޭ އެއްވެސް ސަބަބެއް ނެތްކަށް
މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެ މަތީން ޙުކުމް
ކޮށްފީމެވެ.
8
މިޤަޟިއްޔާ ބަލާ ޙުކުމްކުރީ:
ޕީ)
އާދަމް މުޙައްމަދު ޢަބްދު
"
ޢަބްދުލްޣަނީ މުޙައްމަދު
(އިސްފަނޑިޔާރު)
އަޙްމަދު ޝަރީފް ޢަލީ
(ފަނޑިޔާރު)
ފަނޑިޔާރު)
ޓައިޕްކުރީ: މަރިޔަމް މުޙައްމަދު
ޗެކްކުރީ: އާމިނަތު މުޙައްމަދު
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv