ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/22 ޤަޟިއްޔާގެ ޙުކުމް
1
2{10/HC-A/22
ޤަބިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
WWW
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
23
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 22/HC
-
A/2010
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑް
ވަކީލު: އޖ.ޢާއިޝަތު އާޒިމާ ޝަކޫރު މ.އާސްތާނާ
* އައި.ޑީ.ކާޑު ނަންބަރު: A026999
ދާއިމީ
• އިސްތިއުނާފު ރައްދުވި ފަރާތް:
+ ނަން: މުޙައްމަދު ނިޝާމް ޙަސަން
* އައި.ޑީ.ކާޑު ނަންބަރު : A128636
ބަދަލުގައި، މަޢުރޫފު ޝާކިރު ބ.ކެންދޫ ދާއިރާ
: ފުސްފަރު! ކ. ހުރާ
މިހާރުގެ އެޑްރެސް: ފުސްފަރު ކ. ހުރާ
އައި.ޑީ.ކާޑު ނަންބަރު: A151070
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 25 ޞަފަރު 1431
09 ފެބްރުއަރީ 2010
ނިމުނު ތާރީޚް: 15 ޞަފަރު 1433
09 ޖަނަވަރީ 2012
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/VTR/61
ނިންމިކޯޓް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ޤަޟިއްޔާގެ ބާވަތް: ވަޒީފާއާއިބެހޭ
ހުށަހެޅުނު ތާރީޚް: 30 ޖޫން 2009
ނިމުނު ތާރީޚް: 25 ނޮވެމްބަރ 2009
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2310/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/61 މައްސަލަ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކޮށްދިނުންއެދި ރީތި ރަށް ރިސޯޓް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ހުރާ/ ފުސްފަރު މުޙައްމަދު ނިޝާމް ޙަސަން އެވެ.
.1
އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަe
0
<< O
ފާހަގަކުރެވުނު ނުކުތާތައް:
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/61 މައްސަލަ ނިމިފައިވާގޮތް ޝަރުޢީ
ކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކޮށްދިނުންއެދި ރީތި ރަށް ރިސޯޓް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/61 މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެމައްސަލައަކީ، ވަން އެންޑް އޮންލީ ރީތި ރަށް ރިޒޯޓްގެ ޖެނެރަލް މެނޭޖަރ މައިކަލް ޕެއިންއަށް
އެރަށުގެ ބަޔަކު ހަމަލާދީ މަރާމާރީ ހިންގައި ވަރަށް ބޮޑަށް ޒަޚަމްކޮށްލުމާއި ގުޅިގެން އެރަށުގެ 9 މުވައްޒަފަކު
މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ ތަޙުޤީޤަށް މާލެ ގެނައުމާއި ގުޅިގެން އެ މީހުން 13 އޭޕްރީލް 2009 ގައި
ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑް ގެ ވަޒީފާއިން ވަކިކުރިއިރު އެ ރިސޯޓްގެ ސީނިއަރ ހެޑްވެއިޓަރަކަށް
އުޅުނު ކ.
ހުރާ/ ފުސްފަރު މުޙައްމަދު ނިޝާމް ޙަސަން (އައިޑީ ކާޑު ނަންބަރު A128636) ވެސް ވަޒީފާއިން
ވަކިކުރި 9 މީހުންގެ ތެރޭގައި ހިމެނޭތީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ، ޤަވާޢިދާއި ޚިލާފަށްކަމަށްބުނެ
އެނބުރި ވަޒީފާއަށް ދިއުމަށް އެދި ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ހުށަހަޅުމުން ވަޒީފާއާބެހޭ
ޓްރައިބިއުނަލުން ބެލެވުނު މައްސަލައެއްކަން އެނގޭކަމާއި،
އެމައްސަލަ ނިންމަވާފައިވަނީ "ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތާއި، މައްސަލަ ރައްދުވާ ފަރާތުން
ހުށަހެޅި ލިޔެކިޔުންތަކަށާއި، ފާހަގަކުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކުރާއިރު، މައްސަލަ ހުށަހެޅިފަރާތް
ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ
ސަބަބަކާހުރެކަން މައްސަލަ ރައްދުވި
ސާބިތުކޮށްދެވިފައިނުވާކަމަށް ކަނޑައަޅައި، މައްސަލަ ހުށަހެޅި ފަރާތް މައްސަލަ ރައްދުވާ ފަރާތުގެ ވަން އެންޑް
އޮންލީ ރީތި ރަށް ރިޒޯޓްގައި އަދާކުރަމުން ގެންދިޔަ "ސީނިއަރ ހެޑް ވެއިޓަރ" ވަޒީފާގައި ހުރުމަށް
އެދިފައިވީނަމަވެސް، މައްސަލައިގައި ހިމެނޭ ދެފަރާތުގެ މަޞްލަޙަތަށް ރިޢާޔަތްކުރާއިރު އެއީ އެންމެ
އެދެވޭގޮތްކަމަށް މައްސަލަ ބެލިމަޖިލީހުގެ މެމްބަރުންނަށް ނުފެންނާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ
(ހ) ގެ (2) އަށް ރިޢާޔަތްކޮށް، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރިއިރު ލިބެމުންދިޔަ މުސާރައާއި
ޢިނާޔަތްތަކަށް އުނިކަމެއް ނާންނަފަދަގޮތަށް، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމުގެ ކުހިނެއްޖޭގެ ހައި
22 22
ފަރާތަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2{10/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
ރި 2
24
FP
އަދާކުރަމުން ދިޔަ ބާވަތުގެ ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއަކަށް މައްސަލަ ހުށަހެޅި ފަރާތް މިއަދު، 25
ނޮވެމްބަރު 2009 ން ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތުގައި ހަމަޖައްސާ، އެކަން ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށާއި، މައްސަލަ ހުށަހެޅި ފަރާތަކީ އެއްވެސް ޙާލެއްގައި މައްސަލަ ރައްދުވާ
ފަރާތުގެ ވަޒީފާއިން ވަކިވެފައިވާ މީހެއްގެ ގޮތުގައި ނުބެލުމަށާއި، 14 އޭޕްރީލް 2009 ން ފެށިގެން ވަޒީފާ
ހަމަޖައްސާ ދުވަހާއި ހަމައަށް ލިބެންޖެހޭ އެންމެހާ މުސާރައާއި ޢިނާޔަތްތައް މިއަދު، 25 ނޮވެމްބަރު 2009
ން ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތުގެ ތެރޭގައި މައްސަލަ ހުށަހެޅި ފަރާތް ކަމަށްވާ މުޙައްމަދު ނިޒާމް
ޙަސަން (28636
A1)، ފުސްފަރު، ހުރާ އަށް އެކީ އެއްފަހަރާ ދައްކާ،
އެކަން ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް މައްސަލަ ބެލި މަޖިލީހުގެ އަޣުލަބިއްޔަތުން މައްސަލަ ރައްދުވާ ފަރާތް
ކަމުގައިވާ ރީތި ރަށް ރިޒޯޓް ޕްރައިވެޓް ލިމިޓެޑަށް އަންގާ އަމުރުކުރަމެވެ." މިފަދައިންކަން އެނގެއެވެ.
3. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/61 މައްސަލަ ނިމިފައިވާ ގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 03 (ތިން)
ނުކުތާއެއް ހުށައަޅައި އެނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ: ދަޢުވާ ކުރި ފަރާތަށް ވަޒީފާއާއި، އަދިވެސް އެފަރާތަށް ލިބެންޖެހޭނެ
ކަމަށް ކަނޑައަޅާފައިވާ ޢިނާޔަތްތައް ދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމެވިއިރު އެފަރާތުގެ މައްޗަށް
ތުހުމަތު ކުރެވޭ ޖިނާއީ މައްސަލައެއްގެ ތަޙްޤީޤު ހިނގަމުންދާ ކަމަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ސާބިތުވާ
އިރުވެސް އެކަމަށް ބައްލަވާފައި ނުވުމާއި، އަދި އެފަރާތަށް މިވަޤުތު ވަޒީފާ ދިނުމަކީ ރަނގަޅު ނޫންކަމެއްކަމަށް
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެފައި ވަނިކޮށް އޭގެ މައްޗަށްވެސް ނުބައްލަވައި މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ: ދަޢުވާ ކުރި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ
23 ވަނަ މާއްދާގެ (ށ) ގެ 1 (އެކެއް) ގެ ދަށުން ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ
އިޚްތިޔާރުގެ ދަށުން ކަމަށް ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިމައްސަލަ
ބެލި މަޖިލީހުގައި ބުނެފައިވާނެކަމަށާއި، އަދި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ 01 (އެކެއް)
ގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު އޭނާގެ މައްޗަށް ކުށެއް ސާބިތުވުން ޝަރުތުކޮށްފައި ނުވާއިރު
ދަޢުވާ ކުރި ފަރާތް ވަޒީފާއިން ވަކިކުރި ވަކިކުރުން ރަނގަޅު ނޫންކަމަށް ނިންމޭނެ ، ޤާނޫނީ ހަމައެއް ނެތްކަމަށް
ބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ: ދަޢުވާކުރި ފަރާތަކީ ރީތިރަށް ރިޒޯޓް ޕްރައިވެޓް ލިމިޓެޑުގެ ޖެނެރަލް
މެނޭޖަރުގެ ޖާނަށް ސީރިއަސް އަނިޔާތަކެއް ދިން މައްސަލައަކާއި ގުޅިގެން ތުހުމަތުގައި މިހާރުވެސް އިގޭގެ
OX
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
*
4
2013/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
FP
މީހަކަށްވާއިރު މިޙާލަތު އޭގެ ޒާތުގައި ދެމިއޮތްވާ އެފަރާތަށް ވަޒީފާދޭން އެންގުމަކީ މަޞްލަޙަތާއި ފުށު
އަރާކަމެއް ކަމުގައި ބުނެ ހުށަހެޅި ނުކުތާ.
4. މިމައްސަލައާއި ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/61 މައްސަލަ
ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ރީތި ރަށް ރިސޯޓްގެ ފަރާތުން އިސްތިއުނާފު ކުރުމަށް
ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅޭގޮތުން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ،
. ހުރާ/ ފުސްފަރު މުޙައްމަދު ނިޝާމް ޙަސަން އާއި ރީތިރަށް ރިސޯޓް
ޕްރައިވެޓް ލިމިޓެޑާއި ދެމެދު 01 އޮކްޓޯބަރ 2007 ވަނަ ދުވަހުން ފެށިގެން 02 އަހަރު ދުވަހުގެ
މުއްދަތަށްވެފައިވާ ވަޒީފާގެ އެއްބަސްވުމެއް އޮންނަކަމާއި، 11 އެޕްރީލް 2009 ވަނަ ދުވަހުގެ ރޭ ރީތި ރަށް
ރިސޯޓް ޕްރައިވެޓްލިމިޓެޑުގެ އޭރުގެ ޖެނެރަލް މެނޭޖަރ މައިކަލް ޕެއިންގެ ފުރާނައަށް ގެއްލުންވާފަދަ ޢަމަލެއް
ކުރިކަމުގެ ތުހުމަތު 09 މުވައްޒަފަކާމެދު ކުރެވިގެން އެކަން އިތުރަށް ތަޙުޤީޤު ކުރުމަށް އެމީހުން މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް މާލެ ގެނައި އިރު މުޙައްމަދު ނިޝާމް އަސަނާ މެދުވެސް ތުހުމަތު ކުރެވިގެން
މުޙައްމަދު ނިޝާމް ޙަސަން ވެސް ތަޙުޤީޤަށް މާލެ ގެންގޮސްފައިވާތީ 13 އެޕްރީލް 2009 ގައި މުޙައްމަދު
ނިޝާމް ޙަސަން ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން ވަކިކޮށްފައިވާކަމާއި،
ނޯޓިސް ދިނުމަށްފަހު ނުވަތަ ނޯޓިސް ދިނުމަކާއި ނުލައިނަމަވެސް، މުވައްޒަފަކު ވަޒީފާއިން
ވަކިކޮށްފިނަމަ، އޭނާ އެވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައި ވަޒީފާ އަދާކުރި މީހާއަށް
ޤަބޫލުކުރެވޭނަމަ، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން 03 މަސްދުވަހުގެ ތެރޭގައި އެކަމުގެ ޝަކުވާ،
ޓްރައިބިއުނަލް އަށް ހުށައެޅުމުގެ ޙައްޤު ވަޒީފާއިން ވަކިވެފައިވާ ފަރާތަށް ލިބިގެންވާކަމަށް ޤާނޫނު ނަންބަރު
2/2008 ( ވަޒީފާއާބެހޭ ޤާނޫނު) 28 ވަނަ މާއްދާގައި އޮންނަކަމާއި، މުޙައްމަދު ނިޝާމް ޙަސަންގެ ފަރާތުން
މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ހުށައަޅާފައިވަނީ ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ
ވަޒީފާއިން މުޙައްމަދު ނިޝާމް ޙަސަން ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް ވަކިކޮށްފައިވާކަމަށް ބުނެކަން ހުށައެޅިފައިވާ
ލިޔެކިޔުންތަކުން އެނގެން އޮތްކަމެވެ.
(ށ) ދެވަނަ ކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން، އެމުވައްޒަފަކު ހުށައަޅާ
ޝަކުވާއެއް ނުވަތަ ދަޢުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށް
ދިނުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތު ފިޔަވައި، އެހެނިހެން
ޙާލަތްތަކުގައި ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަން ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންވެފައި
އޮންނަކަމާއި، މުޙައްމަދު ނިޝާމް ޙަސަން ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން ވަކި ކުރި
ސަބަބެއްގެ ގޮތުގައި 13 އެޕްރީލް 2009 ގެ ޓާމިނޭޝަން އޮފް އެމްޕްލޯއިމަންޓް ސިޓީގައި ބަޔާންކޮށްފައިޅާ ފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2{10/HC-A/22
ވަޒީފާއާއި ބެހޭ ޤާނޫނުގެ 25 ވަނަ މާއްދާއާއި، ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދުމީހާ
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
މައިގަނޑު ސަބަބަކީ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގެ ޖެނެރަލް މެނޭޖަރ މރ.މައިކަލް ޕެއިން އަށް
ދެވުނު ނުރައްކާތެރި ޙަމަލާއެއްގައި ޒަޚަމްވުމާއި ގުޅިގެން އެމައްސަލައިގެ ތަޙްޤީޤުކުރުމަށް ޕޮލިސް ސަރވިސްގެ
ބެލުމުގެ ދަށަށް މުޙައްމަދު ނިޝާމް ޙަސަން ގެންދިއުން ކަން އެނގެން އޮންނަކަމާއި، އަދި މުޙައްމަދު ނިޘާމް
ޙަސަން ވަޒީފާއިން ވަކިކުރި ސަބަބު ބަޔާންކޮށްދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ރީތި ރަށް ރިސޯޓް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގައި ބުނެފައިވަނީ މުޙައްމަދު ނިޘާމް ޙަސަން އާއި އިތުރު
ބަޔަކު ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން ވަކިކޮށްފައިވަނީ ރީތި ރަށް ރިސޯޓުގެ ޖެނެރަލް
މެނޭޖަރ މރ.މައިކަލް ޕެއިން އަށް ދެވުނު ނުރައްކާތެރި ޙަމަލާއާއި ގުޅިގެން އެމައްސަލައިގެ ތަޙްޤީޤަށް މާލެ
ގެނައި މީހުންގެ ތެރޭގައި މުޙައްމަދު ނިޝާމް ޙަސަން ހިމެނޭ އިރު، މުޙައްމަދު ނިޝާމް ޙަސަން އިތުރަށް
ވަޒީފާގައި ބަހައްޓައިފިނަމަ، މުޙައްމަދު ނިޝާމް ޙަސަން އާއި ދެން ތިބި އެހެން މީހުންގެ ފަރާތުން ރަށުގެ
މުވައްޒަފުންނަށް ނުވަތަ ރަށަށް ގެއްލުންތަކެއް ލިބިދާނެކަމަށް ރިޒޯޓުގެ މެނޭޖްމަންޓަށް ޤަބޫލުކުރެވިގެން
ކަމަށާއި، މުޙައްމަދު ނިޝާމް ޙަސަން ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ
(ށ) ގެ 1 ގެ ދަށުން ރީތި ރަށް ރިސޯޓަށް ލިބޭ ޤާނޫނީ ބާރުގެ ދަށުންކަމަށާއި، މި ސަބަބަށްޓަކައި
ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ބަދަލު ލިބިދެވެންޖެހޭނެ އެއްވެސް ޖާގައެއް އޮތްކަމަށް
ނުފެންނަ ކަމަށެވެ.
(ނ) ތިންވަނަ ކަމަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް ބަލާއިރު،
އެކަށީގެންވާ ސަބަބަކާލައިގެން މެނުވީ، ވަޒީފާއަދާކުރަމުންދާ މުވައްޒަފަކު، އޭނާގެ ވަޒީފާއިން ވަކިކޮށްގެން
ނުވާނެކަމަށާއި، އެޤާނޫނުގެ 23 ވަނަ މާއްދާގައިވާ ޙާލަތުތަކުގައި މެނުވީ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ
ވަޒީފާގެ އެއްބަސްވުމެއް ވަޒީފާދޭފަރާތަށް ބާތިލުކުރެވޭނީ އެންމެ މަދުވެގެން ނޯޓިސް ދޭން ޖެހޭނެކަމަށް
ބަޔާންކޮށްފައިވާ ނޯޓިސް ދިނުމަށް ފަހުގައިކަމަށާއި، ނޯޓިހެއް ދިނުމަކާއި ނުލައި، ވަޒީފާއަދާކުރާ ފަރާތެއް
އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތުގެ އަޚުލާޤު އެކަށީގެންނުވުމާއި އެކު، އޭނާ ވަޒީފާގައި
އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެކަމެއްކަމަށް ވަޒީފާދޭފަރާތަށް ނުފެންނަ
ޙާލަތުގައިކަމަށާއި، ވަޒީފާއިން ވަކިކުރުމުގެ ގޮތުން ދޭންޖެހޭ ނޯޓިސް ދިނުމުގެ ބަދަލުގައި، އެނޯޓިސްގެ މުއްދަތު
ފެށޭ ދުވަހުން ފެށިގެން އެނޯޓިސްގެ މުއްދަތު ނިމޭ ދުވަހާއި ހަމައަށް، އެމުވައްޒަފަކަށް ލިބިދޭންޖެހޭ މުސާރައާ
އެހެނިހެން ޢިނާޔަތްތައް
ހަމަޔަށް
އޭނާއަށް ދިނުމަށްފަހު، ވަޒީފާ ދޭފަރާތަށް، އޭނާ ވަޒީފާއިން
ވަކިކުރެވިދާނެކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 25،21,22،23 މި މާއްދާތަކުން އެނގެން އޮވެއެވެ.
(ރ) ހަތަރުވަނަ ކަމަކީ، 13 އެޕްރީލް 2009 ގެ ޓާމިނޭޝަން އޮފް އެމްޕްލޯއިމަންޓް ސިޓީއަށް
ބަލާއިރު، މުޙައްމަދު ނިޝާމް ޙަސަން ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން ވަކިކޮށްފައިވަނީ،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2013/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
OLUCoX
4 22
8 26
ޙަސަން އާއި ދެމެދުވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ 6.2 ގެ ދަށުންކަން އެނގެންއޮންނަކަމާއި، ހު
ދަށުންވެސް މުޙައްމަދު ނިޝާމް ޙަސަން ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތީސް ކަމުގައި
މުޙައްމަދު ނިޝާމް ޙަސަން އަށް ޤަބޫލުކުރެވޭނަމަ، އެކަމުގެ ޝަކުވާ އުފުލުމުގެ ފުރުސަތު ވަޒީފާއާބެހޭ ޤާނޫނުގެ
28 ވަނަ މާއްދާއިން މުޙައްމަދު ނިޝާމް ޙަސަން އަށް ލިބިގެންވާކަމާއި، މިގޮތުން މުޙައްމަދު ނިޝާމް ޙަސަން
އަށް ނޯޓިސް ދިނުމުގެ ބަދަލުގައި ފައިސާ ދީފައިވުމުން އަދި މި ފައިސާ މުޙައްމަދު ނިޝާމް ޙަސަން އާއި
ޙަވާލުކޮށްފައިވާވުމަކުން، މުޙައްމަދު ނިޝާމް ޙަސަން ވަޒީފާއިން ވަކިކުރި ވަކިކުރުމަކީ މުޙައްމަދު ނިޘާމް
ޙަސަން އެކަމަށް އެއްބަސްވާ، ސައްޙަކަމެއްކަން ދަލީލު ކޮށްދޭކަމެއް ނޫންކަމާއި، ނޯޓިސްދިނުމުގެ ބަދަލުގައި
ފައިސާ ދިނުމަށްފަހު ވަޒީފާއިން މުވައްޒަފަކު ވަކިކުރި ނަމަވެސް އެފަރާތަކުން ވަޒީފާއިން ވަކިކުރިކުރުމާއި މެދު
އިންކާރުކުރާ ޙާލަތުގައި މުވައްޒަފު ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ހަމައަކުންކަން ވަޒީފާދިން ފަރާތުން
ސާބިތުކޮށްދޭންޖެހޭކަން އެނގެއެވެ.
(ބ) ފަސްވަނަ ކަމަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައިވާ ގޮތުން ނޯޓިހެއް ދިނުމަކާއި
ނުލައި، ވަޒީފާއަދާކުރާ ފަރާތެއް ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތު އަޙުލާޤު އެކަށީގެންނުވުމާއިއެކު،
ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް
ވަޒީފާދޭފަރާތަށް ނުފެންނަ ޙާލަތުގައިކަމާއި، ވަޒީފާއަދާކުރާ ފަރާތުގެ މަސައްކަތުގެ އަޚުލާޤު އެކަށީގެން
ނުވާކަމަށް ބެލެވޭނީ ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭފަރާތަށް ނުވަތަ ވަޒީފާއަދާކުރާ ތަނަށް
ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެނުން ނުވަތަ ޚިޔާނާތެއްވެފައިވުން މިދެޙާލަތުގައި ކަން ވަޒީފާއާބެހޭ ޤާނޫނުގެ
23 ވަނަ މާއްދާގެ (ށ)ގެ 1 އަދި 02 ކަށް ބެލުމުން އެނގެއެވެ.
(ޅ) ހަވަނަ ކަމަކީ، ޖިނާއީ މައްސަލަތައް ޝަރީޢަތަށް ސާބިތުކުރުމަށް އޮންނަ
މިންގަނޑާއި، މީހެއްގެ މައްޗަށް އިދާރީ ފިޔަވަޅެއް އެޅުމަށްޓަކައި ކަމެއް
ކަނޑައަޅާ މިންގަނޑުގައި ތަފާތެއްވާކަމާއި، ޖިނާއީ މައްސަލަތަކުގެ ތެރެއިން ޙައްދުގެ މައްސަލަތައް
ފިޔަވާ ޝަރީޢަތަށް ސާބިތުވިކަމަށް ބަލާ މިންގަޑަކީ އެކަށީގެންވާ މިންވަރެއްގެ
ޝައްކެއްނެތުން (Beyond Reasonable Doubt) ކަމަށްވާއިރު، މަދަނީ އަދި އިދާރީ ފިޔަވަޅެއް
އެޅުމުގައި ކަމެއް ސާބިތުވާކަމަށް ނިންމަނީ ހުށައެޅިފައިވާ ހެކިތަކާއި ޤަރީނާތައް ވަޒަންކޮށް ބަލާއިރު، ބޮޑަށް
ބުރަވެވޭ ގޮތެއް (Balance of Probabilities) ގެ މައްޗަށް ބިނާކޮށްގެން ކަން އެނގޭކަމާއި، މީހަކު
ކުރިކަމުގެ ތުހުމަތުގައި އޭނާގެ ވަޒީފާއިން ވަކިކުރާ ޙާލަތުގައި އޭނާގެ މައްޗަށް
ތުހުމަތުކުރެވިފައިވާ ކަމެއްގެ މައްޗަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ބަލަން ޖެހޭނީ މަދަނީ އަދި އިދާރީ
ފިޔަވަޅެއް އެޅުމަށްޓަކައި އެކަން ސާބިތުވާން އޮންނަ މިންގަނޑުން ކަމާއި، މިހެންކަމުން ވަޒީފާއާބެހޭ ޤާނޫނުގެ
23 ވަނަ މާއްދާގެ (ށ) ގެ 01 ގެ ދަށުން މީހަކު ވަޒީފާއިން ވަކިކުރާއިރުވެސް އެމީހެއްގެ މައްޗަށް ޖިއޫދީ ކައިރީ
ސާބިތުވީ
ކަމަށް
ކުށެއް
ޖިނާއީ
ކުށެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
7
2013/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
Auc
މައްސަލަތަކުގައި ކުށެއް ސާބިތުވާން އޮތް މިންގަނޑަށް ކުށެއް ސާބިތުވެފައިވޭތޯ ނުވަތަ ނޫންތޯ ބަލަން
ނުޖެހޭކަމާއި، ނަމަވެސް އެމީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތް ކުރުމުގެ ޙައްޤަކީ
ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ 37 ވަނަ މާއްދާއިން ކޮންމެ ރައްޔިތަކަށްމެ
ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤަކަށްވުމުގެ އިތުރުން، އެއްވެސް މީހެއްގެ ވަޒީފާއެއް ނުޙައްޤުން
ނިގުޅައިގަނެވިއްޖެނަމަ، އެކަމުގެ ނުރަނގަޅު އަސަރު އެމީހަކަށާއި، އެމީހެއްގެ ޢާއިލާއަށް އަދި މުޅި
މުޖުތަމަޢުއަށް ފޯރާނެކަމީ ޝައްކެތްނެތްކަމެއްކަމާއި، ވަޒީފާއިން މީހުން ވަކިކުރެވޭ އިރު ޢަމަލު ކުރަން ޖެހޭ
އުޞޫލުތަކަކާއި، ތަބާވާންޖެހޭ އިޖުރާއާތު ތަކެއް ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައެޅިފައިވަނީ މި
ސަބަބަށްޓަކައި ކަމާއި، މުވައްޒަފެއް ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭފަރާތަށް ނުވަތަ ވަޒީފާއަދާކުރާ
ތަނަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ވަޒީފާ ދޭފަރާތަށް ފެނުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ
ދަށުން ނޯޓިސް އެއް ނުދީ ވަޒީފާއިން ވަކިކުރެވޭނެ ހުއްދަ ސަބަބެއް ކަމުގައި އޮތްނަމަވެސް، މި މާއްދާއަކީ
ވަޒީފާދޭ ފަރާތަށް ހަމަ ފެންނަ ފެނުމުގެ މައްޗަށްއެކަނި ވަޒީފާއިން ވަކިކުރުމުގެ ހުއްދަ ލިބިގެންވާ މާއްދާއެއް
ނޫންކަމާއި،
ހު
މާއްދާގެ ދަށުން ވަޒީފާއިން ވަކި ކުރާއިރު ވެސް ވަޒީފާ ދޭފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ
ތަނަށް ގެއްލުންތަކެއް
ލިބިދާނެ ކަމަށް ވަޒީފާ ދޭފަރާތަށް ފެނުނު ހަމައަކީ އެކަށީގެންވާ ހަމައެއްތޯ ބެލެވެން
ޖެހޭކަމާއި، އަދި އެފަދަ ތުހުމަތެއްގައި ވަޒީފާއިން ވަކިކޮށްފައިވާ މީހެއް ވަޒީފާއިން ވަކިކޮށްފައިވަނީ
ޢަދުލުވެރިކަމާއިއެކުގައިތޯއާއި، ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ހަމައަކުންތޯއާއި، ވަޒީފާއިން ވަކިކުރުމުގެ
ކުރިން ޝަކުލީ ގޮތުންނާއި އިޖުރާއީ ގޮތުން ތަބާވުން ލާޒިމްވެފައިވާ ކަންތައްތަކަށް ވަޒީފާދިން ފަރާތުން
ތަބާވުމަށް ފަހުގައިތޯ އާއި، މިފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން ބަލަންޖެހޭ ބެލުންތައް އެކަށީގެންވާ މިންވަރަކަށް
ބެލުމަށް ފަހު،
ޑިއު ޕްރޮސެސް
ނުވަތަ ޕްރޮސީޖަރަލް
(procedural fairness) ޤާއިމުކުރުމަށް ފަހުގައިތޯ ކަށަވަރުކުރަން ޖެހެއެވެ.
(ކ) ހަތްވަނަ ކަމަކީ، މިމައްސަލައާއި ގުޅިގެން ހުށައެޅި ލިޔެކިޔުންތަކަށް ބެލިއިރު، މުޙައްމަދު
ނިޝާމް ޙަސަން ވަޒީފާއިން ވަކިކުރަން ޖެހުނު ސަބަބެއްކަމަށް 13 އެޕްރީލް 2009 ގެ ޓާމިނޭޝަން އޮފް
އެމްޕްލޮއިމަންޓް ސިޓީގައި އޮތް ހަމައެކަނި ސަބަބަކީ، ރީތި ރަށް ރިސޯޓުގެ ޖެނެރަލް މެނޭޖަރ މރ.މައިކަލް
ޕެއިން އަށް ދެވުނު ނުރައްކާތެރި ޙަމަލާއެއްގައި ޒަޚަމްވުމާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ
ފަރާތުން އެމައްސަލަ ތަޙްޤީޤުކުރުމަށް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް މުޙައްމަދު ނިޝާމް ޙަސަން
ގެންދިއުން ކަން އެނގެންއޮތްއިރު، މުޙައްމަދު ނިޘާމް ޙަސަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ
ދަށަށް ގެންދިއުމަށްފަހު 24 ގަޑިއިރުވެސް ނުވަނީސް ދޫކޮށްލާފައިވާކަން އެނގޭކަމާއި، އަދި މިހާތަނަށް
އައިއިރުވެސް އެ ހާދިސާއާ ގުޅިގެން މުޙައްމަދު ނިޝާމް ޙަސަން އާމެދު ކަމާބެހޭ އެއްވެސް
ފިޔަވަޅެއް އަޅާފައިވާކަން އެނގެން ނެތްކަމާއި، މުޙައްމަދު ނިޝާމް ޙަސަން ވަޒީފާއިން
process)
(Due
(
ފެއާނަސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2{10/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
އެމައްސަލައެއްގައި މުޙައްމަދު ނިޝާމް ޙަސަން ގެ މައްޗަށް ތުހުމަތު ކުރެވުނު ކަމުގެ މައްޗަށް ތަޙްޤީޤަށް ލިބުނު
މަޢްލޫމާތަކީ ކޮބައިކަންވެސް ނުބަލާކަމާއި، މުޙައްމަދު ނިޝާމް ޙަސަން ވަޒީފާއިން ވަކިކުރުމުގެ ސަބަބެއްކަމަށް
ބުނާ ޙާދިސާ އަކީ ވަރަށް ގިނަ ބަޔަކު ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ ޙާދިސާއެއްކަމަށްވާއިރު މުޙައްމަދު
ނިޝާމް ޙަސަން ވަޒީފާއިން ވަކިކުރުމުގެ ކުރިން އެކަމުގައި މުޙައްމަދު ނިޝާމް ޙަސަން ބައިވެރިވެފައިވާ
މިންވަރެއް ދެނެގަތުމަށްޓަކައި ރީތިރަށް ރިސޯޓުގެ ފަރާތުން އެކަށީގެންވާ މަސައްކަތެއް ކޮށްފައިވާކަން
އެނގެންނެތުމުގެ އިތުރުން ވަޒީފާއިން ވަކިކުރުމުގެ ކުރިން މި ޙާދިސާއާއި ގުޅިގެން މުޙައްމަދު ނިޘާމް ޙަސަން
ގެ ފަރާތުން ބުނާ އެއްޗެއްވެސް ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުން ބަލައި ހޯދާފައިވާކަން
އެނގެންނެތްކަމާއި، މީހެއްގެ މައްޗަށް ވަޒީފާއިން ވަކިކުރުން ފަދަ ބޮޑު ފިޔަވަޅެއް އެޅޭއިރު، އޭނާގެ ދިފާޢުގައި
އެއްޗެއް ބުނުމަށް ފުރުސަތުދީ އެމުވައްޒަފަކަށް ކަމުގެ ޙަޤީޤަތް ހާމަކުރުމަށް ފުރުސަތު ދިނުމަކީ ޢަދުލު
އިންސާފުގެ ހަމަތަކުން ބަލާއިރު، އެކަން ކުރުމަށް އޮންނަ އެންމެ ޢަދުލު
ދުލުވެރިގޮތްކަމަށްވާއިރު އަދި ރީތި ރަށް
ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ އެމްޕްލޯއިމަންޓް ހޭންޑް ބުކް އަށް ބެލުމުން މުޙައްމަދު ނިޝާމް ޙަސަން
ވަޒީފާއިން ވަކިނުކޮށް، މުޙައްމަދު ނިޝާމް ޙަސަން ގެ މައްޗަށް ތުހުމަތު ކުރެވުނު ކަމުގެ ޒާތަށް ބަލައި،
މުޙައްމަދު ނިޝާމް ޙަސަން ވަގުތީ ގޮތުން ސަސްޕެންޑް ކުރުމަށްފަހު، އެކަން އިތުރަށް ބަލައި މުޙައްމަދު ނިޘާމް
ޙަސަން އާމެދު ފިޔަވަޅު އެޅުމުގެ ފުރުސަތު ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑަށް ލިބިދީފައި އޮތް އިރު،
އެކަން އެމަގުން ރީތި ރަށް ރިސޯޓު ޕްރައިވެޓް ލިމިޓެޑުން ކޮށްފައި ނެތްކަމާއި، މިކަންކަމުގެ މައްޗަށް
ބަލާއިރު، ރީތި ރަށް ރިސޯޓުގައި ހިނގި ހަމަނުޖެހުމަކާއި ގުޅިގެން މުޙައްމަދު ނިޝާމް ޙަސަން މޯލްޑިވްސް
ޕޮލިސް ސަރވިސް އަށް ގެންދިޔަ ގެންދިއުން އެކަނި އެއީ މުޙައްމަދު ނިޝާމް ޙަސަން އަދާކުރަމުންދިޔަ
ވަޒީފާއިން ވަކިކުރުމަށް އޮތް އެކަށީގެންވާ ހަމައެއް ކަމުގައި ބެލެވެން ނެތުމުގެ އިތުރުން މުޙައްމަދު ނިޘާމް
ޙަސަން ވަޒީފާއިން ވަކިކުރުމުގެ ކުރިން އެކަމުގައި ޕްރޮސީޖަރަލް ފެއަރނަސް ޤާއިމުވެފައި ވާކަން އެނގެން
ނެތްކަން ފާހަގަކުރެވޭކަމެވެ.
(އ) އަށްވަނަ ކަމަކީ، މިޤާޟިއްޔާގައި ބަޔާންކުރެވިފައިވާ ޙާދިސާއާއި ގުޅިގެން ރީތި ރަށް ރިސޯޓު
ޕްރައިވެޓް ލިމިޓެޑުން ވަޒީފާއިން ވަކިކުރި އެހެން ދެމުވައްޒަފެއްގެ މައްސަލަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 25/HC
-
A/2010، އަދި ނަންބަރު 24/HC
-
A/2010 މިދެ ޤަޟިއްޔާއިން ބައްލަވައި
ނިންމަވާފައިވާކަމާއި، އެދެ ޤަޟިއްޔާއާއި ޤަޤަޟިއްޔާގައި ބަޔާންކޮށްފައިވާ ޙާދިސާއާއި ޙަޤީޤަތްތަކަކީ އެއް
ޙާދިސާއެއް އަދި އެއްގޮތް ޙަޤީޤަތްތަކެއްކަމަށްވާއިރު، އެދެޤަޟިއްޔާ ނިންމަވާފައިވަނީ، ބަޔާންކުރެވިދިޔަ
ހަމަތަކާއި އުޞޫލުތަކުގެ މައްޗަށް ބިނާކޮށްގެންކަން
މިކަން ފާހަގަކުރެވޭކަމެވެ.
އެހެންކަމުން، މުޙައްމަދު ނިޝާމް ޙަސަން ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ
ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތިކަމުގައި ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން
1
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
2{10/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
22
ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާއިން ލިބިދޭ ޤާނޫނީ ޙައްލު މުޙައްމަދު ނިޘާމް ޙަސަން އަށް ލިބިދިނުމަށް
އެ ޓްރައިބިއުނަލް އިން ނިންމަވާފައިވާ ނިންމެވުން ބަދަލުކުރަން ޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް
އޮތްކަމަކަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެނެއެވެ.
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2009/VTR/61 މައްސަލާގައި އެޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމެވުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
ޚިލާފުކަމަށް ބަލާނެތަނެއް ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤްވެވިފައިވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/61
މައްސަލާގައި އެޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމެވުމަށް ތާއީދުކޮށް މިމައްސަލަ ބެލި ފަނޑިޔާރުންގެ
އިއްތިފާޤުން ޙުކުމްކޮށް ފީމެވެ.
OX
ޤަޟިއްޔާ ބަލައި ނިޔާކަނޑައެޅީ؟
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
(ފަނޑިޔާރު)
އަޙްމަދު ޝަރީފު
(އިސްފަނޑިޔާރު)
ޔޫސުފް ޙުސައިން
(ފަނޑިޔާރު)
ހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv