ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/206 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/Z 06
އަلA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ދެއްޖެ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
*
ޤަޟިއްޔާ ނަންބަރު: 206/HC-A/2014
• އިސްތިއުނާފު ކުރި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ވަކީލް: އ. ޕަބްލިކް ޕްރޮސިކިއުޓަރ އދ. މުޙައްމަދު ނާޞިރު
.. ޕަބްލިކް ޕްރޮސިކިއުޓަރ އދ. ޞަފާ އިބްރާހީމް
އިސްތިއުނާފް ރައްދުވާ ފަރާތް:
* ނަން: ޢަބްދުﷲ ޢާމިރު
ދާއިމީ އެޑްރެސް: ރަށުތިލަ ވ. ފެލިދޫ
އައި.ޑީ.ކާޑު ނަންބަރު: A127235 މިހާރުގެ އެޑްރެސް: މއ. ވާދޫގެ މާލެ
* ވަކީލް: އދ. އާދަމް އާޞިފް/ ތުނޑި. ވުޑްލޭންޑް، ލ. ގަން
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 26 ރަމަޟާން 1435 ނިމުނު ތާރީޚް: 14 ޝައްވާލު 1435
23 ޖުލައި 2014
10 އޯގަސްޓް 2014
އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2014
/
6642/J
(
MD-145
• ނިންމެވި ކޯޓު ކްރިމިނަލް ކޯޓު
0
• ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު
• އަމުރު ނެރުއްވި ތާރީޚް: 20 ޖުލައި 2014
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ފަނޑިޔާރު: ޢަބްދުﷲ ޙަމީދު
ފަނޑިޔާރު. ޢަލީ ސަމީރު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
އެނގެންއޮންނަކަމެވެ.
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/206
• ދައުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2014/6642(J(MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެ ކޯޓު އަމުރު އިސްތިއުނާފުކުރުމަށް
އެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ވ. ފެލިދޫ، ރަށުތިލަ ޢަބްދުﷲ ޢާމިރެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2014/6642(J(MD-145 ކޯޓު އަމުރު
އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެ ކޯޓު އަމުރު އިސްތިއުނާފުކުރުމަށް
އެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2014/6642(J
(
MD-145 ކޯޓު އަމުރަށް ބަލާއިރު، އެކޯޓު
އަމުރަކީ، ވ. ފެލިދޫ ރަށުތިލަ ޢަބްދުﷲ ޢާމިރުގެ މައްޗަށް ތުހުމަތުކުރެވިފައިވާ މަސްތުވާތަކެތި ބޭނުންކުރުމާއި
ގެންގުޅުމާއި ވިޔަފާރިކުރުމުގެ މައްސަލާގައި، މުޖުތަމަޢުގެ ސަލާމަތަށްޓަކައި 21 ޖުލައި 2014 ވަނަ ދުވަހުގެ
15:34 އިން ފެށިގެން 31 ޖުލައި 2014 ވަނަ ދުވަހުގެ 15:33 އަށް، 10 (ދިހައެއް) ދުވަހުގެ މުއްދަތަށް
24
ޢަބްދުﷲ ޢާމިރު ގޭގައި ބަންދުކޮށްފައި
ބެހެއްޓުމަށް
އަމުރުކުރައްވައި ނެރުއްވާފައިވާ އަމުރެއްކަން
ދިވެހިރާ22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/206
نیما عرض مسر
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2014
/
6642/J
(
MD-145 ކޯޓު އަމުރު ނެރުއްވާފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން 02
(ދޭއް) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2014/6642(J(MD-145 ކޯޓު އަމުރުގައި
ޢަބްދުﷲ ޢާމިރުގެ މައްޗަށް ތުހުމަތުކުރެވިފައިވާ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރުމުގެ
މައްސަލާގައި ޢަބްދުﷲ ޢާމިރުގެ ސިއްޙީ ޙާލަތަށް ބައްލަވައި ރިޢާޔަތްކުރެއްވުމަށްފަހު ކަމަށް ވިދާޅުވެ، 20
ޖުލައި 2014 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އަމުރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އާއި، ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ ރިޕޯޓުގެ 9 ވަނަ
ނުކުތާގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ ޚިލާފަށް ނެރުއްވާފައިވާ އަމުރަކަށްވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
OxO
ދެވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި
"މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ"
ކަމަށް ބަޔާންކޮށްފައިވާއިރު، މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންވީ އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ
ކަނޑައަޅުއްވާފައިވަނިކޮށް، ކްރިމިނަލް ކޯޓުން އަމުރު ނެރުއްވިއިރު، އެ އުޞޫލަށް ރިޢާޔަތް ނުކުރައްވައި
ނިންމަ ވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
2011/SC-A/33
8 ހއ ދި ދީ ހދ8
ނަންހާފައިވެސް
ކިޕީހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/26
.މި / ހދ
4. މިމައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 2014/6642(J(MD-145 ކޯޓު އަމުރު
އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަ
ގުޅިގެން ޅ. ފެލިދޫ، ރަށުތިލަ ޢަބްދުﷲ ޢާމިރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު
2014
/
6642/J
(
MD-145 ކޯޓު އަމުރަކީ، ފެލިދޫ ރަށުތިލަ ޢަބްދުﷲ ޢާމިރުގެ މައްޗަށް
ތުހުމަތުކުރެވިފައިވާ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި ވިޔަފާރިކުރުމުގެ ކުށުގައި ޢަބްދުﷲ ޢާމިރު 15
ޖޫން 2014 ވަނަ ދުވަހު ހައްޔަރުކުރެވި ބަންދުކުރެވިފައިވާއިރު، 21 ޖުލައި 2014 ވަނަ ދުވަހުން ފެށިގެން
15 (ފަނަރަ) ދުވަހުގެ މުއްދަތަށް ޢަބްދުﷲ ޢާމިރުގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ނަންބަރު: 114006/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް” އިން
ހުށަހެޅުމުން ނެރުއްވާފައިވާ އަމުރެއްކަމާއި،
އެއަމުރުގައި، މުޖުތަމަޢުގެ ސަލާމަތަށްޓަކައި 21 ޖުލައި 2014 ވަނަ ދުވަހުގެ 15:34 އިން
ފެށިގެން 31 ޖުލައި 2014 ވަނަ ދުވަހުގެ 15:33 އަށް، 10 (ދިހައެއް) ދުވަހުގެ މުއްދަތަށް ޢަބްދު
ޢާމިރު ގޭގައި ބަންގު
ބަންދުކުރުމަށް އަމުރު ކުރައްވާފައިވާކަން އެނގޭކަމެވެ.
6 24
(ނ) ދެވަނަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2014/6642(J
(
MD-145 ކޯޓު އަމުރު
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އިސްތިއުނާފުކޮށްފައި މިވަނީ،
ފެލިދޫ، ރަށުތިލަ ޢަބްދު
ޢާމިރު މުޖުތަމަޢުގެ ސަލާމަތަށްޓަކައި ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް އެއަމުރުގައި ނިންމަވާފައިވާއިރު،
ދިވެހިރާއްޖޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/26
ޖަހައ
މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނަ ޙާލަތުގައި ތުހުމަތުކުރެވޭ ފަރާތް ބަންދުގައި
އެއްޓަންޖެހޭނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ކަމަށާއި އެހެންކަމުން
އިސްތިއުނާފު ކުރެވިފައިމިވާ އަމުރުގައި ޢަބްދުﷲ ޢާމިރު ބަންދުކޮށްފައި ގޭގައި ބެހެއްޓުމަށް ނިންމަވާފައިވާ
ނިންމެވުން ބާޠިލުކޮށް، މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާތަނެއްގައި ޢަބްދުﷲ ޢާމިރު ބަންދުގައި
ހެއްޓުމަށް އެދިގެންކަން އެނގޭކަމާއި،
މިއިސްތިއުނާފް ދަޢުވާއާ ގުޅިގެން ޢަބްދުﷲ ޢާމިރުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،
ކްރިމިނަލް ކޯޓުގެ ނަންބަރު 2014/6642(J(MD-145 ކޯޓު އަމުރުގައި ޢަބްދުﷲ ޢާމިރު ގޭގައި
ބަންދުކު ނިންމަވާފައިވަނީ، ޢަބްދުﷲ ޢާމިރުގެ ސިއްޙީ ޙާލަތާ ގުޅޭގޮތުން ޢަބްދުﷲ ޢާމިރު ކްރިމިނަލް
ކޯޓަށް ހުށަހެޅި ހުށަހެޅުމަށް ބައްލަވައި، އެކަންކަމަށް ރިޢާޔަތްކުރެއްވުމަށްފަހުގައިކަމަށް ޢަބްދުﷲ ޢާމިރުގެ
ފަރާތުން ބުނެފައިވާކަން ފާހަގަކުރެވޭއިރު،
33 ޑ 8 ދވ
.ދުކުރއވުމަށް
އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 2014/6642(J(MD-145 ކޯޓު
އަމުރުގައި ޢަބްދުﷲ ޢާމިރު ގޭބަންދަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްޙީ ޙާލަތަށް ބައްލަވައި
ރިޢާޔަތްކުރެއްވުމަށްފަހުގައި ކަމަށް ބަޔާންކުރައްވާފައިވާކަން ފާހަގަކުރެވޭކަމެވެ.
(ނ) ތިންވަނަ ކަމަކީ، ކުށެއްގެ ތުހުމަތުގައިވާ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ
މީހެއްނޫންކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، އެފަދަ މީހެއްގެ ބަންދާމެދު ގޮތެއް
ނިންމަވާ ޙާލަތުގައި ބައްލަވަންޖެހޭނީ މުޖުތަމަޢުގެ މަސްލަޙަތަށް އެކަނި ނޫންކަމާއި، މުޖުތަމަޢުގެ މަސްލަޙަތު
ޔަތްކުރުމާއިއެކު ކުށުގެ ތުހުމަތުގައިވާ މީހާގެ ފަރުދީ މަސްލަޙަތު އަދި އެމީހެއްގެ ޙައްޤުތައް
އުތެރިކުރެވޭނެ ގޮތްތަކެއްގެ މައްޗަށްވެސް
މައްޗަށްވެސް މައްސަލަ ބައްލަވާ ފަނޑިޔާރަކު ރިޢާޔަތްކޮށް، މިދެމަސްލަޙަތު
1
94އe
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/26
ބެލެންސް ކުރެވޭނެ ގޮތެއްގެ
މައްޗަށް ކުށެއްގެ ތުހުމަތުގައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމެވުމުގައި
ރިޢާޔަތްކުރައްވަންވާނެކަމާއި،
އަދި މިގޮތަށް، ތުހުމަތުކުރެވޭ ފަރާތް ބަންދުގައި ބަހައްޓަވާ ބެހެއްޓެވުމުގައި މުޅި މައްސަލައިގެ
ވަށައިގެންވާ ކަންކަމުގެ މައްޗަށާއި، މައްސަލާގައި ކަން ހިނގާފައިވާގޮތުގެ މައްޗަށާއި، ހުށަހެޅިފައިވާ ހެއްކާއި
ޤަރީނާގެ އިތުރުން، މުއްތަހަމަށް ޚާއްޞަ ޙާލަތެއް ދިމާވެފައިވާކަމަށް ބުނާ ޙާލަތުގައި، އެކަމާ
ލިޔެކިޔުންތަކެއް ހުށަހެޅިފައިވާނަމަ އެކަންކަމަށް ރިޢާޔަތްކުރައްވައި، ކުށެއްގެ ތުހުމަތުގައިވާ މީހަކަށް ލުޔެއް
ދިނުމުގެ ގޮތުން އެމީހަކު ގޭބަންދަށް ބަދަލުކުރުމަކީ ފަނޑިޔާރަށް ލިބިގެންވާ ބާރެއްކަން އެނގޭކަމާއި،
ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ނުވަތަ ބަންދުގެ މުއްދަތު
އިތުރުކުރުމަށް ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅުމުން، ފަނޑިޔާރު ބައްލަވާ ބެއްލެވުމުގައި އެމީހެއްގެ މައްޗަށް
ތުހުމަތުކުރެވޭ ޢަމަލަކީ، އެޢަމަލެއްގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ފަނޑިޔާރަށް
ބޫލުކުރެވޭފަދަ ޢަމަލެއްނަމަ އެމީހަކު ބަންދުކުރެވިފައި ހުންނަންޖެހޭނީ މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން
ކަނޑައަޅާތަނެއްގައިކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކުރިން ކުރައްވާފައިވާ ޙުކުމްތަކުގައި ކަނޑައަޅުއްވާފައިވާ
އެއްވެސް އިސްތިސްނާއެއް އޭގެ މައްޗަށް ނުހިނގާނެގޮތަށް މުޠުލަޤުކޮށް
ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުންތަކެއް ނޫންކަމާއި، އެމީހާއަށް ދިމާވެފައިވާ ސިއްޙީ ޙާލަތަށް ރިޢާޔަތްކޮށް
ގޭބަންދުގައި ބެހެއްޓިދާނެކަން އެނގޭކަމާއި، އަދި މިކަންކަން މިގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
123/HC
-
A/2014 ޤަޟިއްޔާގައިވެސް ފާހަގަކުރައްވާފައިވާކަން
ކަނޑައެޅުއްވުންތަކަކީ
2014/HC-A/102
ޤަޟިއްޔާއާއި
އެނގޭކަމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
( 4 ވާނެއެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/26
(ރ) ހަތަރުވަނަ ކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 33/SC
-
A/2011
ޤަޟިއްޔާއަކީ ކުށުގެ މައްސަލައެއްގައި ހިމެނޭ މީހަކު ބަންދުން ދޫކޮށްލާފައިވާތީ އެކަމުގެ މައްޗަށް ބައްލަވައި
ނިންމަވާފައިވާ މައްސަލައެއްކަމާއި، ނަމަވެސް ހައިކޯޓުގައި ހިނގަމުންދާ މި މައްސަލައަކީ ކުށުގެ ތުހުމަތުގައިވާ
މީހެއްގެ ސިއްޙީ ޙާލަތަށް ބައްލަވައި ރިޢާޔަތްކުރެއްވުމަށްފަހު އޭނާ ގޭގައި ބަންދުކުރުމަށް ނިންމަވާފައިވާ
މައްސަލައެއްކަމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 33/SC-A/2011 ޤަޟިއްޔާއާއި މިކޯޓުން
ބަލަމުންދާ މި މައްސަލައަކީ ތަފާތުތަކެއް ހުރި އެއްގޮތް ނޫން ދެމައްސަލަކަން ފާހަގަކުރެވޭކަމެވެ.
ومرسي
: 2 4
އެހެންކަމުން، ވ.
ފެލިދޫ، ރަށުތިލަ ޢަބްދުﷲ ޢާމިރުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަކީ އެކުށުގެ
ބާވަތަށް ބަލާއިރު މުޖުތަމަޢުގެ ސަލާމަތަށް ނުރައްކައުތެރި ކުށެއްކަމަށް ބެލެވޭފަދަ ކުށެއްކަމުގައިވީނަމަވެސް،
ޢަބްދުﷲ ޢާމިރުގެ ސިއްޙީ ޙާލަތުގެ މައްޗަށާއި އެކަމާގުޅޭ ޢަބްދުﷲ ޢާމިރުގެ ފަރާތުން ކްރިމިނަލް
ކޯޓަށް ހުށަހެޅި ހުށަހެޅުމަށާއި ޢަބްދުﷲ ޢާމިރުގެ ސިއްޙީ ޙާލަތާގުޅޭ ލިޔުންތަކަށް ބެލުމުން، ޢަބްދުﷲ ޢާމިރަކީ
އޭނާއަށް ދިމާވެފައިވާ ސިއްޙީ ޙާލަތާ ގުޅިގެން އެކަމަށް ފަރުވާހޯދަމުންދާ މީހެއްކަމާއި، ވުމާއެކު އޭނާގެ ސިއްޙީ
ޙާލަތަށް ރިޢާޔަތްކޮށް ގޭގައި ބަންދުގައި ބެހެއްޓިދާނެ ފަރާތެއްކަމަށް ޤަބޫލުކުރެވޭކަމުން، ޢަބްދުﷲ ޢާމިރުގެ
ސިއްޙީ ޙާލަތަށް ބައްލަވައި ރިޢާޔަތްކުރެއްވުމަށްފަހު،
އެކަން އެގޮތަށް އެކޯޓު އަމުރުގައި
ފާހަގަކުރެއްވުމާއެކު، 21 ޖުލައި 2014 ވަނަ ދުވަހުގެ 15:34 އިން ފެށިގެން 31 ޖުލައި 2014 ވަނަ
ދުވަހުގެ 15:33 އަށް 10 (ދިހައެއް) ދުވަހުގެ މުއްދަތަށް ޢަބްދުﷲ ޢާމިރު ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް
ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ ނަންބަރު 2014/6642(J
(
MD-145 ކޯޓު އަމުރަކީ ފަނޑިޔާރަށް
ލިބިގެންވާ އިޚްތިޔާރާއި ބާރުގެ ދަށުން، އަދި ޤަބޫލުކުރެވޭފަދަ ހަމައަކުން ނެރުއްވާފައިވާ އަމުރެއްކަމަށް
ބަލަންޖެހޭކަމާއި، އެހެންކަމުން އެއަމުރަކީ، ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ވިޔަސް ޚިލާފަށް ނެރުއްވާފައިވާ
އަމުރެއްކަމަށް ބަލައި، އެއަމުރަށް ބަދަލު
ކަމަށް މިމައްސަލަ މިކޯޓުގައި ބެލި
ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވެއެވެ.
ނޫންކަމަ
2
8 އދ8
:ޓްގެ އީކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/206
• ޙުކުމް:
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވިދިޔަ ކަންކަން އެގޮތުގެމަތިން ހުރުމުން،
ކްރިމިނަލް ކޯޓުގެ ނަންބަރު 2014/6642(J(MD-145 ކޯޓު އަމުރަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ
ވިޔަސް ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް މިމައްސަލަ މިކޯޓުގައި ބެލި
ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv