ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/252 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/252
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
بم ان المراسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
| ޤަޟިއްޔާ ނަންބަރ:HC
-
A252/2011
އިސްތިއުނާފު ކުރިފަރާތް:
* ނަން: އަޙްމަދު ނަޢީމް
* އައިޑީކާޑު ނަންބަރު: A079650
ދާއިމީ އެޑްރެސް: ފ. އާސްމާންމަންޒިލް(މާލެވިލިނގިލި * މިހާރުގެއެޑްރެސް: ފ. އާސްމާންމަންޒިލް/ މާލެވިލިނގިލި
ވަކީލް: އަލްއުސްތާޛު ޝަހީމް އަޙްމަދު (A077877) ހ. (ޕީނައިޓް | މާލެ
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޙައްވާ ޝަރުމީލާ
ދާއިމީ އެޑްރެސް: ވައިޖެހޭގެ / ލ. ދަނބިދޫ
4
އައިޑީކާޑު ނަންބަރ. 312673
A
މިހާރުގެ އެޑްރެސް:
ސައިޑުހެޖް | މާލެ
*
* ހުށަހެޅުނު ތާރީޚް: 26 އޮކްޓޯބަރ 2011
ތާރީޚް: 26 ޖެނުއަރީ 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ
* ނަންބަރު: 2011/Fm
-
C/539
* ކޯޓު: ފެމިލީ ކޯޓު
ނިންމެވި ތާރީޚް: 03 އޮކްޓޯބަރ 2011
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް :
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
211/HC-A/252
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
C
ދަޢުވާގެ ޚުލާސް
މިއީ، ފެމިލީ ކޯޓުގެ ނަންބަރު 2011/Fm
-
C/539 ޤަޟިއްޔާ، އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ވ. އާސްމާންމަންޒިލް އަޙްމަދު ނަޢީމް (އައިޑެންޓިޓީކާޑު ނަންބަރު A0
:
9650) ގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް
އިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
)
ޤަޟިއްޔާގައި،
ޝަރުމީލާ
ދަޢުވާރައްދުވާ ފަރާތަކީ، ލ. ދަނބިދޫ، ވައިޖެހޭގެ ޙައްވާ
(އައިޑެންޓިޓީކާޑު ނަންބަރު 312673
A) އެވެ.
0
##
- 01
ފާހަގަކުރެވުނު ނުކުތާތައް:
ފެމިލީ ކޯޓުގެ ނަންބަރު 2011/Fm
-
C/539 ޤަޟިއްޔާ ނިންމަވާފައިވަނީ،
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޅ. އާސްމާންމަންޒިލް
އަޙްމަދު ނަޢީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
<< O
· · 4
މިށި މާލެ،
02 - ފެމިލީ ކޯޓުގެ ނަންބަރު 2011/Fm
-
C/539 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ލ. ދަނބިދޫ ވައިޖެހޭގެ ޙައްވާ ޝަރުމީލާ، އޭނަގެ
ވ. އާސްމާންމަންޒިލް އަޙްމަދު ނަޢީމުގެ މައްޗަށް ހުށަހެޅި ވަރި ސާބިތުކުރުމުގެ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ، އަހްމަދު ނަޢީމް އޭނާގެ އަނބި އޮއްވާ ޝަރުމީލާ ޢާއިލާއާބެހޭ ޤާނުނުގެ
23 ވަނަ މާއްދާއާ ޚިލާފަށް ޤާޟީގެ ހުއްދަނެތި ކޯޓުން ބޭރުގައި 13 ޖުމާދަލްއޫލާ 1432 (17 އޭޕްރީލް
2011) ވަނަ ދުވަހު މުތުލަޤް ވަރިއަކުން ވަރިކޮށްފައިވާކަން އަޙްމަދު ނަޢީމްގެ އިޢުތިރާފުން ޝަރީޢަތަށް
ސާބިތުވެފައިވާތީއާއި، މިއީ ޢާއިލާއާބެހޭ ޤާނޫނާ ޚިލާފަށް އަޙްމަދު ނަޢީމް ވަރިކުރި ތިންވަނަ ފަހަރު ކަމަށްވާތީ،
މިޤާނޫނުގެ 67 ވަނަ މާއްދާގެ ދަށުން އަޙްމަދު ނަޢީމް 4,000.00 (ހަތަރުހާސް ރުފިޔާ) އިން
ޖޫރިމަނާކޮށް، މިޖޫރިމަނާގެ ފައިސާ މިއަދު (13.10.2011) އިން ފެށިގެން 1 (އެކެއް) މަސް ދުވަހުގެ
މުއްދަތުގައި މިކޯޓަށް ދައްކާ ޚަލާސްކުރުމަށް އަޙްމަދު ނަޢީމަށް އަންގަވައި، މިދެމީހުންގެ މިވަރި ޝަރީޢަތަށް
ސާބިތުވެއްޖެކަމަށް ކަނޑައަޅުއްވައި، ވަރިވެވުނު އަންހެނާ، ލ. ދަނބިދޫ ވައިޖެހޭގެ ޙައްވާ ޝަރުމީލާގެ
ޢިއްދައިގެ ޚަރަދަށް މަހަކު 500.00ރ (ފަސްސަތޭކަ ރުފިޔާ) މަގުން 03 މަހުގެ ޚަރަދަށްވާ 1500.00ރ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
211/HC-A/252
2 22 22 22
.
(ފަނަރަ ސަތޭކަ ރުފިޔާ) ޙައްވާ ޝަރުމީލާ އަށް ލިބިދިނުމަށްޓަކައި މިއަދު (03.10.2011) އިން ފެށިގެން
މަސް ހަމަކޮށް ކޮންމެ މަހެއްގައި 500.00ރ (ފަސްސަތޭކަ ރުފިޔާ) އަށްވުރެ މަދުނޫން ޢަދަދަކުން މިޚަރަދުގެ
ފައިސާ މިކޯޓަށް ޖަމާކުރުމުން ގޮސް ލަސްވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ޚަލާސްކުރުމަށް އަޙްމަދު
ނަޢީމް އަށް އަންގަވައި، މިދެމީހުން ކާވެނިކޮށް ލިބިފައިވާ ދަރިފުޅު އާމިނަތު ނަޢުމާ (އުފަންތާރީޚް
01.08.2008) އަކީ ޙަޟާނަތުގެ ޢުމުރުގެ ކުއްޖަކަށްވާތީ، މިކުއްޖާ ޙަޟާނަތުގެ މިއަދު (03.10.2011)
އިން ފެށިގެން މިކުއްޖާގެ މަންމަ ޙައްވާ ޝަރުމީލާ އާ ޙަވާލުކޮށް، މިކުއްޖާއަކީ ޢުމުރުން 16 އަހަރު ނުފުރޭ
ކުއްޖެއް ކަމަށްވާތީ މިކުއްޖާގެ ޚަރަދަށް ޢާއިލާއާބެހޭ ޤަވާޢިދުގެ 65 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މިކުއްޖާ
އުމުރުން 16 އަހަރު ފުރެންދެން މިކުއްޖާ ޚަރަދަށް މަހަކު 450.00 ރ (ހަތަރުސަތޭކަ ފަންސާސް ރުފިޔާ)
މިއަދު، 03 އޮކްޓޯބަރ 2011 އިން ފެށިގެން މަސް ހަމަކޮށް ކޮންމެ މަހަކު މިކުއްޖާގެ މަންމަ ޙައްވާ
ޝަރުމީލާއަށް ލިބިދިނުމަށްޓަކައި ފެމިލީ ކޯޓަށް ދައްކަމުން ގެންދިއުމަށް އަޙްމަދު ނަޢީމަށް އަންގަވައި، މީގެ
ތެރޭގައި ޢާއިލާއާބެހޭ ޤަވާޢިދުގެ 66 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މިކުއްޖާއަށް އަންނައުނުގެ ޚަރަދާއި،
ކިޔެވުމުގެ ޚަރަދާއި، ބަލިވެއްޖެނަމަ ބޭސްފަރުވާ ކުރުމުގެ ޚަރަދު ދޭންޖެހޭނެކަން އަޙްމަދު ނަޢީމަށް އަންގަވައި،
ދަރިފުޅާއި މައިންބަފައިންގެ މެދުގައިވާ ސިލަތުލް އަރުހާމްގެ ގުޅުން ބަދަހިވާނީ ދަރިފުޅުގެ ބައްޕައަށް ދަރިފުޅަށް
ޒިޔާރަތްކުރެވި ދަރިފުޅާއެކު ވަގުތު ހޭދަކުރުމަށް ކޮންމެ ހަފްތާއަކު ހުކުރު، ހޮނިހިރު މިދެ ދުވަހުންކުރެ
ކޮންމެވެސް އެއްދުވަހު ހެނދުނު 8:00 އާއި ހަވީރު 5:00 އާ ދެމެދުގެ ވަގުތެއްގައި އަޙްމަދު ނަޢީމް ނުވަތަ
(ދަރިފުޅުގެ ބައްޕަގެ މާމަ ނުވަތަ ކާފަ، މިދެ މީހުންކުރެ މީހަކު) ދަރިފުޅު ބަލާ ހިނގައްޖެނަމަ ދަރިފުޅު
އަޙްމަދު ނަޢީމާއި ހަވާލުކުރުމަށް ޙައްވާ ޝަރުމީލާއަށް އަންގަވައި، ދަރިފުޅު އަޙްމަދު ނަޢީމާއެކު
ދިޔަކަމުގައިވިޔަސް އެގެންދާ ދުވަހު ލަސްވެގެން ހަވީރު 5:00 ކުރިން ދަރިފުޅު ގެންގޮސް ދަރިފުޅުގެ މަންމަ
(ނުވަތަ މަންމަ ފަރާތު މާމަ ނުވަތަ ކާފަ) އާ ހަވާލު ކުރަންވާނެކަން އަޙްމަދު ނަޢީމަށް އަންގަވައި، އަދި ފޯނު
މެދުވެރިކޮށް ވެސް ދަރިފުޅުގެ ބައްޕައަށް ދަރިފުޅާ ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖައްސައިދޭން ޖެހޭނެކަން
ޙައްވާ ޝަރުމީލާއަށް އަންގަވައި، ދަރިފުޅަށް ޒިޔާރަތްކުރުމުގައާއި އަދި ދަރިފުޅު އަޙްމަދު ނަޢީމާއެކު
ގެންދިއުމަށް ދަރިފުޅު ދޫކުރުމުގައިވެސް ދަރިފުޅުގެ ތަޢުލީމާއި ސްކޫލުގެ ހަރަކާތްތަކަށާއި އަރާމު ކުރުމަށާއި
ކެއިން ބުއިމަށް ދަތިނުވާނޭ ގޮތުގެ މަތިން ކަންތައް ކުރުމަށާއި، ދަރިފުޅު އެދެވޭ ރަނގަޅު ގޮތުގައި ތަރުބިއްޔަތު
ކުރުމަށާއި ދަރިފުޅު ތަރުބިއްޔަތު ކުރުމުގައި އިސްލާމްދީނަށް ބޯލަނބައި ކިޔަމަންގަތުމަށް ބާރުއަޅައި
އިސްލާމްދީނަށް ލޯބި ޖެއްސުމަށް މަސައްކަތްކުރުމަށާއި، ދަރިފުޅަށް ދެރައެއް ލިބިދާނެ އެއްވެސްކަމެއް
ނުކުރުމަށް ދެފަރާތަށް ނަސޭހަތްތެރިވެ، މިގޮތުގެ މަތިން ޙުކުމްކުރައްވައިކަން އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3329029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
4
2011/HC-A/252
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
03
ފެމިލީ ކޯޓުގެ ނަންބަރު 2011/Fm
-
C/539 ޤަޟިއްޔާ، އެކޯޓުން ބައްލަވައި ޙުކުމް
ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ވ.
އާސްމާންމަންޒިލް އަޙްމަދު ނަޢީމުގެ ފަރާތުން މައިގަނޑު 02 (ދޭއް) ނުކުތާއެއް ހުށަހަޅައި، އެނުކުތާތަކާބެހޭ
ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
(ހ) ފުރަތަމަ ނުކުތާއަކީ: މިދެމީހުންނަށް ލިބިފައިވާ ދަރިފުޅު އާމިނަތު ނަޢުމާއަކީ ފެމިލީ
ކޯޓުގެ ނަންބަރު B5
/
2011
/
22
ކޯޓު އަމުރުން އަޙްމަދު ނަޢީމާ ހަވާލުކޮށްފައިވާ ކުއްޖެއްކަމަށްވާއި
އެދަރިފުޅުގެ ޙަޟާނަތު ޙައްވާ ޝަރުމީލާއާ ހަވާލުކޮށް ނިންމަވާފައިވާ ފެމިލީ ކޯޓުގެ ނަންބަރު
2011/Fm-C}539 ޤަޟިއްޔާއަކީ އެދެމީހުންގެ ވަރި ސާބިތުކުރުމަށް ހުށަހެޅި މައްސަލަ ބެއްލެވި
ޤަޟިއްޔާއެއްކަމާއި އެޤަޟިއްޔާގައި ދަރިފުޅުގެ ޙަޟާނަތާބެހޭ ގޮތުން އެއްވެސް ވާހަކައެއް ދެކެވިފައިނުވާއިރު،
ދަރިފުޅުގެ ޙަޟާނަތު ޙައްވާ ޝަރުމީލާއަށް ހަވާލުކޮށް މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ: ފެމިލީ ކޯޓުގެ ނަންބަރު 2011/Fm
-
C/642 ޤަޟިއްޔާއިން ޙައްވާ
ޝަރުމީލާ ދަރިފުޅުގެ ޙަޟާނަތު ހޯދުމަށްއެދި ހުށަހަޅައި، އަދި މިމައްސަލައިގެ އެއްވެސް އަޑުއެހުމެއް
ނެތި ދަރިފުޅުގެ ޙަޟާނަތު މަންމައާ ހަވާލުކޮށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
4042 02c
އެވާ819
4 ފެމިލީ ކޯޓުގެ ނަންބަރު 2011/m-C/539 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް
އާސްމާންމަންޒިލް އަޙްމަދު ނަޢީމްގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އެނުކުތާތަކާ ގުޅޭ ގޮތުން އަޙްމަދު
ނަޢީމުގެ ފަރާތުންނާއި، މިއިސްތިއުނާފީ ދަޢުވާ ރައްދުވާ ޙައްވާ ޝަރުމީލާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ފެމިލީ ކޯޓުގެ ނަންބަރު 2011/Fm
-
C/539 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލީ އިރު، އަންނަނިވި
ފާހަގަކުރެވިފައިވެއެވެ.
ހ 0
22 ހއ
ކަނތއ
(ހ) ފުރަތަމަ ކަމަކީ: ފެމިލީ ކޯޓުގެ ނަންބަރު 2011/Fm
-
C/539 ޤަޟިއްޔާއަކީ
ލ. ދަނބިދޫ ވައިޖެހޭގޭ ޙައްވާ ޝަރުމީލާ، އޭނާގެ އާސްމާންމަންޒިލް އަޙްމަދު ނަޢީމުގެ މައްޗަށް
ހުށަހެޅި ވަރި ސާބިތުކުރުމުގެ ޤަޟިއްޔާއެއްކަމާއި، އެޤަޟިއްޔާގައި ވާހަކަ ދެކެވިފައިވަނީ ވަރި ސާބިތުކުރުމާ
ފިށި .
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
5
2{011/HC-A/252
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
03x
که سر
ބެހޭ ގޮތުންކަމާއި، އެދެމީހުންގެ ކާވެންޏަށް ލިބިފައިވާ ދަރިފުޅު އާމިނަތު ނަޖުމާގެ ޙަޟާނަތާ ބެހޭ
އެކަށީގެންވާ މިންވަރަކަށް ވާހަކަ ދެކެވިފައިނުވާކަން މައްސަލައިގެ ލިޔުންތަކަށް ބެލުމުން އެނގެން
އެކަމެވެ.
(ނ) ދެވަނަ ކަމަކީ: އަޙްމަދު ނަޢީމު ފެމިލީ ކޯޓަށް ހުށަހަޅާފައިވާ ފެމިލީ ކޯޓުގެ ނަންބަރު
2011/Fm
-
C/1033 ޤަޟިއްޔާގައި، އެކޯޓުން ވަކިގޮތަކަށް ޙުކުމް ކުރަންދެން އަޙްމަދު ނަޢީމާއި ޙައްވާ
ޝަރުމީލާއާ ދެމީހުންގެ ކައިވެންޏަށް ލިބިފައިވާ ދަރިފުޅު އާމިނަތު ނަޢުމާ، އޭނާގެ ބައްޕަ އަޙްމަދު ނަޢީމާ
ހަވާލުކުރުމަށް ޙައްވާ ޝަރުމީލާގެ މައްޗަށް އަމުރުކުރައްވައި، އަދި އެއަމުރު ތަންފީޒުކުރުމަށް އެއްވެސް
ފަރާތަކުން ހުރަސް އަޅާނަމަ، އެއަމުރު ތަންފީޒުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަމުރު
ކުރައްވާފައިވާކަން ފެމިލީ ކޯޓުގެ ނަންބަރު B5
/
2011
/
22 (13 ޖުލައި 2011) ކޯޓު އަމުރަށް ބެލުމުން
އެނގެން އޮންނައިރު، ދަޢުވާކުރާ ފަރާތަށް އަމުރު ފޮނުވިއިރު ދީފައިވާ އެޑްރެހުގައި ނޫޅޭތީ ފެމިލީ ކޯޓުގެ
ނަންބަރު 2011/Fm
-
C/1033 ޤަޟިއްޔާގެ ދަޢުވާ ފޯމު 19 ސެޕްޓެމްބަރ 2011 ގައި ބާތިލުކޮށްފައިވާކަން
މިޤަޟިއްޔާއާގުޅިގެން ފެމިލީ ކޯޓުން ފޮނުއްވާފައިވާ އަޙްމަދު ނަޢީމާއި ޙައްވާ ޝަރުމީލާގެ ފަރާތުން ފެމިލީ
ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފްޞީލަށް ބެލުމުން އެނގެން އޮންނަކަމެވެ.
ތިންވަނަ ކަމަކީ: ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި އެމައްސަލައިގެ
މައުޟޫޢަށް ފައިސަލާނުކުރެވި އަދި އެމައުޟޫއަށް ޖަވާބުދާރީވުމުގެ ފުރުޞަތު އެކަށީގެންވާ ގޮތެއްގައި ލިބިނުދީ
ޙުކުމް ކުރެވޭނަމަ އެކަމަކީ ދަޢުވާ ލިބޭފަރާތަށް އެދަޢުވާއިން ދިފާޢުވުމަށްޓަކައި އޮތް ފުރުސަތު ހަނިވެ،
ގެއްލިގެން ހިނގައިދާނެ ސަބަބެއްކަމަށް ޤަބޫލުކުރެވޭކަމާއި، ވަރި ސާބިތުކުރުމުގެ މައްސަލައާއި، ވަރި ކުރެވޭ
ދެމީހުންގެ ދަރިންގެ ޙަޟާނަތުގެ މައްސަލައަކީ ވަކި ދެމައްސަލައެއްގެ ގޮތުގައި އާންމު ގޮތެއްގައި ބެލެވެމުންދާ
މައްސަލަތަކެއްކަމާއި، ޙަޟާނަތުގެ ޙައްޤަކީ މީހާ ހުރި ހާލަތާއި މަޤާމަށް ބަލައި ބަދަލުވަމުންދާ ޙައްޤެއްކަމާއި،
ވަރި ސާބިތުކުރުމުގެ މައްސަލައިގެ ތެރޭގައި ވަރި ކުރެވޭ ދެމީހުންގެ ދަރިންގެ ޙަޟާނަތާ ބެހޭގޮތުން
ވަކިގޮތަކަށް އެއްބަސްވެފައިނުވާނަމަ، އަދި އެމަޢުޟޫއާމެދު އެކަށީގެންވާ ގޮތެއްގައި ވާހަކަ ދެއްކުމުގެ ފުރުޞަތު
ލިބިނުދީ، ދަރިންގެ ޙަޟާނަތު ވަކިމީހަކާ ހަވާލުކުރުމަކީ އެފަދަ މައްސަލަތައް ބެލުމުގައި
އަމަލުކުރަމުން އަންނަ އުސޫލާ ޚިލާފުކަމެއްކަން އެނގޭއިރު، ޙައްވާ ޝަރުމީލާ ފެމިލީ ކޯޓަށް ހުށަހަޅާފައިވާ
މައްސަލައަކީ، އޭނާގެ އަޙްމަދު ނަޢީމު އޭނާ ވަރި ކޮށްފައިވާކަން ސާބިތުކުރުމުގެ މައްސަލައެއްކަމާއި،
އެމައްސަލައިގެ ތެރޭގައި އެދެމީހުންނަށް ލިބިފައިވާ ދަރިފުޅު އާމިނަތު ނަޢުމާގެ ޙަޟާނަތާ ބެހޭގޮތުން
ހި 0x30
ނށް
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
211/HC-A/252
ވަކިގޮތަކަށް ދެފަރާތުން އެއްބަސްވެފައިނުވާއިރު، އަދި ޙަޟާނަތާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުޞަތު
އެކަށީގެންވާ ގޮތެއްގައި ލިބިނުދީ، އެދެމީހުންނަށް ލިބިފައިވާ ދަރިފުޅު އާމިނަތު ނަޢުމާގެ ޙަޟާނަތު ޙައްވާ
ޝަރުމީލާއާ ހަވާލުކުރައްވައި، ޙުކުމް ކުރައްވާފައިވަނީ މިފަދަ މައްސަލަތައް ބެއްލެވުމުގައި އަމަލުކުރަމުން
އަންނަ އާންމު އުޞޫލާ އެއްގޮތަށް ނޫންކަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން ފެމިލީ ކޯޓުގެ
ނަންބަރު 2011/Fm
-
C/539 ޤަޟިއްޔާ، އެކޯޓުން ބައްލަވައި، ޙައްވާ ޝަރުމީލާއާއި އަޙްމަދު ނަޢީމު
ކާވެނިކޮށްގެން ލިބިފައިވާ ދަރިފުޅު އާމިނަތު ނަޖުވާގެ ޙަޟާނަތު ޙައްވާ ޝަރުމީލާއާ ހަވާލުކުރުމާއި، އަދި
ކުއްޖާއަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ދީފައިވާގޮތް ކަނޑައަޅުންވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
ޚިލާފަށްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު
ވެވިފައިވާތީ ފެމިލީ ކޯޓުގެ ނަންބަރު 2011/Fm
-
C/539 ޤަޟިއްޔާގެ ޙުކުމުގައި، އާމިނަތު ނަޢުމާގެ
ޙަޟާނަތު، ޙައްވާ ޝަރުމީލާއާ ހަވާލުކުރުމާއި ކުއްޖާއަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ދީފައިވާގޮތް
ކަނޑައަޅުއްވާފައިވާ ބައި ބާޠިލުކޮށް ފީމެވެ.
މިޤަޟިއްޔާ ބަލައި ޙުކުމްކުރީ:
ޢަބްދުއްރައޫފު އިބްރާހީމް
ފަނޑިޔާރު
ޝުޢައިބު ޙުސައިން ޒަކަރިއްޔާ އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު
ފަނޑިޔާރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv