ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/166 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/166
A4
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
t 2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 166/HC-A/2014
• އިސްތިއުނާފުކުރި ފަރާތް:
* ނަން.ޕްރީމިއަރ އިކުއިޓީ ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: 829
/
2008-C
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: މިނިސްޓްރީ އޮފް ޓޫރިޒަމް (ދައުލަތް)
* ރަޖިސްޓްރީ ނަންބަރު:
ދާއިމީ އެޑްރެސް:ފިލާ ބިލްޑިންގ | ކ.މާލެ
މިހާރުގެ އެޑްރެސް:ފިލާ ބިލްޑިންގ | ކ.މާލެ
F
ދާއިމީ އެޑްރެސް: ހ.ވެލާނާގެ/ށ.މާލެ
މިހާރުގެ އެޑްރެސް: ހ.ވެލާނާގެ/ށ.މާލެ
ރަޖިސްޓްރީކުރި ތާރީޚް: 24 ޝަޢުބާން 1435
ޖޫން 2014
، ނިމުނު ތާރީޚް: 20 ޛުލްޤަޢިދާ 1435
15 ސެޕްޓެމްބަރު 2014
24
0
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރުސިވިލް ކޯޓުގެ ނަންބަރު 2014
/
04/B
-
CR
-
9
/
VN ވަގުތީ
އަމުރާމެދު ކޯޓުން ނިންމިގޮތް
ނިންމެވި ފަރާތް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ވަގުތީ އަމުރާމެދު ކޯޓުން ނިންމިގޮތް
ހުށަހެޅި ތާރީޚް: 30.01.2014
' ނިމުނު ތާރީޚް: 28.05.2014
ދިވެހިރާއްa
ހައިކޯޓް
404
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ފަނޑިޔާރު ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
20j4/HC-A/166
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
• ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2014
/
04/B
-
CR
-
9
/
VN "ވަގުތީ އަމުރާމެދު ކޯޓުން
ނިންމިގޮތް" އެ ކޯޓުން ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ޕްރީމިއަރ
އިކުއިޓީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ނިންމުން އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މި މައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މިނިސްޓްރީ އޮފް
ޓޫރިޒަމް (ދައުލަތް) އެވެ.
ފާހަގަކުރެވު.
(1) އިސްތިއުނާފުކުރާ ސިވިލް ކޯޓުގެ ނަންބަރު 2014
/
04/B
-
CR
-
9
/
VN "ވަގުތީ އަމުރާމެދު
ކޯޓުން ނިންމިގޮތް" އަކީ ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/2181 ޤަޟިއްޔާއިން ހިނގަމުންދާ
މައްސަލައާއި ގުޅިގެން، ޕްރީމިއަރ އިކުއިޓީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވަގުތީ އަމުރެއް ނެރެދިނުމަށް
އެދުމުން އެ ކޯޓުން ބެއްލެވި މައްސަލައެއްކަމާއި،
ޕްރީމިއަރ އިކުއިޓީ ޕްރައިވެޓް ލިމިޓެޑްއިން ވަގުތީ އަމުރަކަށް އެދި ހުށަހަޅާފައިވަނީ، ޕްރީމިއަރ
އިކުއިޓީ ޕްރައިވެޓް ލިމިޓެޑްއާއި ދިވެހި ސަރުކާރާއި ދެމެދު (ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް
ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން އާއި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އެމްޕްލޯއިމަންޓް އެންޑް
ސޯޝަލް ސެކިއުރިޓީ) 28 ސެޕްޓެމްބަރު 2008 ގައި ސޮއިކޮށްފައިވާ ލ.ބޮޑު ފިނޮޅު އަދި ލ.ގަސްގަނޑު ފިނޮޅު
އަދި ލ. ގަމު ދެބިމެއްގެ ޓްރޭނިންގ ރިސޯޓެއް ހިންގުމަށް ކުއްޔަށްދިނުމަށް ވެވިފައިވާ އެއްބަސްވުމާއި ދިވެހި
ސަރުކާރުން ޚިލާފުވެފައިވާތީ ލިބިފައިވާ ގެއްލުމުގެ ބަދަލު ދިވެހި ސަރުކާރުން ހޯދުމަށާއި އެއްބަސްވުމުގެ އަސާސީ
އެއް މަޤްޞަދު ޙާޞިލުކުރުމަށް އެއްބަސްވުން ވެވުނުއިރު އޮތް ޙާލަތު ބަދަލުވެފައިވާތީ އެ ޙާލަތަށް
ރުޖޫޢަވުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް ސަރުކާރުގެ މައްޗަށް އަމުރު
މުރުކޮށްދެއްވުމަށް އެދުމަށާއި މިކަންކަމާއި
ގުޅިގެން އެއްބަސްވުމަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އެއްބަސްވުން އިޞްލާޙުކުރުމަށް ޙުކުމްކޮށްދެއްވުން.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާޓްގެ
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/166
co
9
O XOcc
، ހައިކޯ
ހުށަހަޅާފައިވާ މައްސަލާގައި، ޓޫރިޒަމް ޤާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ބިމު ކުލީގެ ފައިސާ އެންމެ ފުރަތަމަ
އެއްބަސްވުމުގައި ސޮއިކުރިއިރު އެއްބަސްވެފައި އޮތް އުޞޫލުން ދައްކަންޖެހޭގޮތަށް އޮތުމަކީ ޤާނޫނީ ގޮތުންނާއި
ކޮންޓްރެކްޓް އުޞޫލުން ބަލާއިރު ހަމަޖެހޭކަމެއްނޫންކަމުންނާއި
ކަމުންނާއި، ކުލި ދައްކަންޖެހޭ ތާރީޚް ކަނޑައެޅުމުގެ ކުރިން
އެ ފައިސާ ދައްކަންޖެހޭގޮތަށް އޮވެ އެ ފައިސާ ނުދެއްކިއްޖެ ހިނދެއްގައި ދަޢުވާކުރާފަރާތް ޖޫރިމަނާވެ،
ޕްރޮޖެކްޓަށް އިންވެސްޓްކުރަން ހުރި ފައިސާ އުނިވެގެންގޮސް، މިކަމުގެ ސަބަބުން ޕްރޮޖެކްޓް ނިންމުމަށް
ދަތިތަކެއް ކުރިމަތިވުމަކީ ގާތްކަމެއްކަމުން މި މައްސަލާގައި ޙުކުމްކުރައްވަންދެން ބިމުން ކުލި ނެގުމާއި،
އެއްބަސްވުމުގެ ދަށުން ދަޢުވާކުރާ ފަރާތުގެ މައްޗަށް އުފެދޭ އެހެނިހެން ޒިންމާތައް ތަންފީޛުކުރުން ފަސްކުރުމުގެ
ވަގުތީ އަމުރެއް މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށް ނެރެދެއްވުމަށްކަމާއި،
އެ ނިންމެވުން ނިންމަވާފައިވަނީ "ޕްރީމިއަރ އިކުއިޓީ ޕްރައިވެޓް ލިމިޓެޑްއިން ނެރެދިނުމަށް
އެދިފައިވާ އަމުރާއި ގުޅިގެން ދެފަރާތުން ދައްކާފައިވާ ވާހަކަތަކާއި ހުށަހެޅިފައިވާ ލިޔުންތަކަށާއި، ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 21/SC-A/2012 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އަމުރުތައް ނެރުމުގައި
ބަލަންޖެހޭ ޢާއްމު ޝަރުތުތައް މި މައްސަލައަށް ތަޠުބީޤްކުރާއިރު ވަގުތީ އަމުރަށް އެދޭފަރާތަށް، ޤާނޫނީ ގޮތުން
ޙިމާޔަތްލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި
ޤާއިމުވެގެންވާކަމާއި، ވަގުތީ އަމުރަށް އެދޭފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ "ޞިފަތު ނުވަތަ ޙައިޘިއްޔަތު
ޤާނޫނީގޮތުން ލިބިގެންވާ ފަރާތެއްކަމަށާއި، ވަގުތީ އަމުރު ނެރުމަކާއިނުލާ އަޞްލު މައުޟޫޢީ ދަޢުވާ ލަސްވެގެން
ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުމުގެ މައްޗަށް ޝަރީޢަތުން ނަޒަރުކުރިއިރު، ދަޢުވާކުރާ ފަރާތުން
އެދިފައިވާގޮތަށް މި މައްސަލާގައި ޙުކުމްކުރެވުނު ނަމަވެސް 28 ސެޕްޓެމްބަރު 2008 ގައި ވެފައިވާ
އެއްބަސްވުމުގެ ދަށުން ޓްރޭނިންގ އިންސްޓިޓިއުޓް އާއި ރިސޯޓް ތަރައްޤީކުރަންޖެހޭ މުއްދަތު ބަދަލުވެ، އެކަމުގެ
ޕްރީމިއަރ އިކުއިޓީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޓޫރިޒަމް ޤާނޫނުގެ 7 ވަނަ މާއްދާގެ ދަށުން
ބިމުކުލީގެ ފައިސާ ދައްކަންޖެހޭ ތާރީޚް ބަދަލުވީ ނަމަވެސް، ވަގުތީ އަމުރަށް އެދުނު ފަރާތުން ދެއްކި ފައިސާ
ޢަދުލުވެރިގޮތެއްގައި އިޢާދަކުރެވޭނެކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭތީ، ޕްރީމިއަރ އިކުއިޓީ ޕްރައިވެޓް ލިމިޓެޑްގެ
ސަބަބުން
uc
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ: ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
*
ދިވެހިރާއްޖެ
4
2014/HC-A/166
ފަރާތުން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރު މި ހިނދުގައި ނެރެދޭނެ ތަނެއް ނެތްކަމުގައި ކަނޑައަޅައި"
ނިންމަވާފައިކަން އެ ނިންމެވުމަށް ބެލުމުން އެނގެންއޮވެއެވެ.
I
(2) ސިވިލް ކޯޓުގެ ނަންބަރު 2014
/
04/B
-
CR
-
9
/
VN "ވަގުތީ އަމުރާމެދު ކޯޓުން
ނިންމިގޮތް" އެ ކޯޓުން ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެ ނިންމެވުން
އިސްތިއުނާފުކުރަމުން، ޕްރީމިއަރ އިކުއިޓީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 03 (ތިނެއް) ނުކުތާއެއް ފާހަގަކޮށް،
އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
etc.
04 9 8 e
• ފުރަތަމަ ނުކުތާއަކީ، ޕްރީމިއަރ އިކުއިޓީ ޕްރައިވެޓް ލިމިޓެޑްއާއި ދައުލަތާއި ދެމެދުގައި
ވެފައިވާ އެއްބަސްވުމުގެ ދަށުން، ދައުލަތުގެ ފަރާތުން ޙަވާލުކުރަންޖެހޭ ބިމަށް، އެޑްވާންސް ކުލީގެ ގޮތުގައި
2,700,000.00
USD (ދެމިލިއަން ހަތް ލައްކަ އެމެރިކާ ޑޮލަރު) ދައްކާފައިވާއިރު، އަދި އެ ފައިސާ
މިއަދާހަމައަށް 5 (ފަހެއް) އަހަރު ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރުވެސް، ކުއްޔަށް
ހިފާފައިވާ ބިން ޕްރީމިއަރ އިކުއިޓީ ޕްރައިވެޓް ލިމިޓެޑްއާއި ޙަވާލުކޮށްފައިނުވާކަމަށް ދައުލަތުގެ ފަރާތުން
ޝަރީޢަތުގައި އިއުތިރާފްވެފައިވާއިރު، ބުނެވިދިޔަ ގެއްލުންތަކުގެ އިތުރުން ބިމުގެ ކުލީގެ ގޮތުގައި އަދި ޖޫރިމަނާގެ
ގޮތުގައި ފައިސާ ދައްކަންޖެހޭގޮތަށް ހަމަޖެހިގެން ހިނގައްޖެނަމަ، ޕްރީމިއަރ އިކުއިޓީ ޕްރައިވެޓް ލިމިޓެޑް އަށް
ގެއްލުންތަކެއްވާނެކަން ބަޔާންކޮށް އެ ގެއްލުންތައް ހުއްޓުވުމަށް އެދިފައިވާއިރު، ވަގުތީ އަމުރާއި މެދު
ނިންމެވި ގޮތުގައި އެކަންކަމަށް ރިޢާޔަތް
ރިޢާޔަތްކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ
0
• ދެވަނަ ނުކުތާއަކީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާގެ މަފްހޫމަށް ބެލުމުން، ދަޢުވާގައި
އެދިފައިވަނީ ދައުލަތުގެ ފަރާތުން ޙަވާލުކުރަންޖެހޭ ބިންތައް ޙަވާލުކުރުމުން މެނުވީ އެއްބަސްވުމުގެ ދަށުން
އެއްވެސް ކުއްޔެއް ދައްކަންނުޖެހޭކަމަށް
ކަންނުޖެހޭކަމަށް ކަނޑައަޅުއްވައިދެއްވުންކަން އެނގެންއޮތްއިރު، ބިމުގެ ކުލީގެ ގޮތުގައި
ފައިސާ ދެއްކުމަށް ވަގުތީ އަމުރުގައި އަންގަވާފައިވުމުން، އަޞްލު މައްސަލައިގެ ޙުކުމަށް އެކަމުގެ ސަބަބުން
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު ރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
2014/HC-A/166
އަސަރުކުރާނެކަން އެނގޭއިރު ވަގުތީ އަމުރާމެދު ގޮތެއް ނިންމެވުމުގައި އެކަމަށް ރިޢާޔަށްކުރައްވާފައިނުވާކަމަށް ބުނެ
ހުށަހެޅި ނުކުތާ.
0
ހއ 0 =އ
ތިންވަނަ ނުކުތާއަކީ، ވަގުތީ އަމުރާއިމެދު ގޮތެއް ކަނޑައެޅުއްވުމުގައި ސިވިލް ކޯޓުން
ގެންގުޅުއްވާފައިވާ "އުޞޫލު" އަށް ބަލާއިރު، އެ އުޞޫލަކީ، ޙައްޤުލް ޙަބުސްގެ އުޞޫލުން ނުވަތަ ފަހުން ސެޓް
އޮފް ކުރެވިދާނެތީ ނުވަތަ ކުލީގެ ގޮތުގައި މިހާރު ދައްކާ ފައިސާ ފަހުން އިޢާދަކުރެވިދާނެކަމަށް
ގޮތުގައި މިހާރު ފައިސާ ދެއްކުމަކުން މައްސަލައެއް ނެތްކަމަށް ކަނޑައަޅުއްވައި ނިންމަވާފައިވާ
ފެމެވުމަށްކަމަށްވާއިރު، މި އުޞޫލަކީ މީގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަޙުޘްކުރެވިފައިވާ، އަދި
ބަލައިގަނެ
ގަނެވެންނެތް އުޞޫލެއްކަމަށް ނިންމަވާފައިވާ އުޞޫލެއްކަމަށްވާއިރު، އަދި މިކަން ސިވިލް ކޯޓުގައި ދެކެވުނު
ވާހަކަތަކުގައި ކަނޑައެޅިގެން ކިޔައިދެވިފައިވާއިރު، ވަގުތީ އަމުރާއިމެދު ނިންމެވި ގޮތުގައި އެކަމަށް
ރިޢާޔަތްކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ .
(3
މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު 2014
/
04/B
-
CR
-
9
/
VN ވަގުތީ އަމުރާމެދު ކޯޓުން
ނިންމެވިގޮތަށާއި، މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި
ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ނަންބަރު
ފުރަތަމަ ކަމަކީ،
އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ
2014
/
04/B
-
CR
-
9
/
VN "ވަގުތީ އަމުރާމެދު ކޯޓުން ނިންމިގޮތް" އަށް ބަލާއިރު، އެ ނިންމުމަކީ، ސިވިލް
ކޯޓުގެ ނަންބަރު 2013/Cv
-
C/2181 ޤަޟިއްޔާއާއި ގުޅިގެން ވަގުތީ އަމުރަކަށް އެދުމުން ނިންމެވި
ނިމެވުމެއްކަމާއި، ސިވިލް ކޯޓުގެ ނަންބަރު އިސްވެބުނެވުނު ޤަޟިއްޔާއަކީ ޕްރީމިއަރ އިކުއިޓީ ޕްރައިވެޓް
ލިމިޓެޑްއާއި ދިވެހި ސަރުކާރާ ދެމެދު (ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ: ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
6
2014/HC-A/166
އޭވިއޭޝަން އާއި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އެމްޕްލޯއިމަންޓް އެންޑް ސޯޝަލްސެކިއުރިޓީ) 28
ސެޕްޓެމްބަރު 2008 ގައި ސޮއިކޮށްފައިވާ ލ.ބޮޑު ފިނޮޅު އަދި ލ.ގަސްގަނޑު ފިނޮޅު އަދި ލ. ގަމު ދެބިމެއްގެ
ޓްރޭނިންގ ރިސޯޓެއް ހިންގުމަށް ކުއްޔަށްދިނުމަށް ވެފައިވާ އެއްބަސްވުމާއި ދިވެހި ސަރުކާރުން ޚިލާފުވެފައިވާތީ
ލިބިފައިވާ ގެއްލުމުގެ ބަދަލު ދިވެހި ސަރުކާރުން ހޯދުމަށާއި އެއްބަސްވުމުގެ އަސާސީ އެއް މަޤްޞަދު
ޙާޞިލްކުރުމަށް އެއްބަސްވުން ވެވުނުއިރު އޮތް ޙާލަތު ބަދަލުވެފައިވާތީ، އެ ޙާލަތަށް ރުޖޫޢަވުމަށްޓަކައި ކުރަންޖެހޭ
ކަންކަން ކުރުމަށް ސަރުކާރުގެ މައްޗަށް އަމުރުކޮށްދެއްވުމަށާއި މިކަންކަމާއި ގުޅިގެން އެއްބަސްވުމަށް ގެންނަންޖެހޭ
ބަދަލުތައް ގެނެސް އެއްބަސްވުން އިޞްލާޙުކުރުމަށް ޙުކުމްކޮށްދެއްވުން އެދި ޕްރިމިއަރ އިކުއިޓީ ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވަނިކޮށް، އެ މައްސަލާގައި ގޮތެއް ކަނޑައެޅުއްވުމުގެ ކުރިން، ޕްރީމިއަރ އިކުއިޓީ
ޕްރައިވެޓް ލިމިޓެޑާއި ދިވެހި ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ރިސޯޓް އަދި ޓްރޭނިންގ
އިންސްޓިޓިއުޓް ތަރައްޤީކުރުމަށް ކަނޑައެޅޭ ތާރީޚާއި ރިސޯޓާއި ގުޅިގެން ބިމު ކުލި ދައްކަންޖެހޭ ތާރީޚް
އެއްބަސްވުން އިޞްލާޙުކުރުމުން ކަނޑައެޅިގެންދާނެތީ އެ ބަދަލުގެ ސަބަބުން ޕްރީމިއަރ އިކުއިޓީ ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ޓޫރިޒަމް ޤާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ބިމު ކުލީގެ ފައިސާ ދައްކަންޖެހޭ ތާރީޚްވެސް
ބަދަލުވެގެންދާނެތީ، ބިމު ކުލީގެ ގޮތުގައި ކަނޑައަޅާފައިވާ ފައިސާއާއި، އެއްބަސްވުމުގެ ދަށުން އުފެދޭ އެހެނިހެން
ޒިންމާތައް އަދާކުރުމުން ފަސްކުރުމަށް އަންގަވައި އަމުރުކޮށްދެއްވުން އެދި ޕްރީމިއަރ އިކުއިޓީ ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ހުށަހެޅުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 21/SC-A/2012 ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވާ މި ފަދަ އަމުރުތައް ނެރުމުގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކުގެ ތެރެއިން ވަގުތީ އަމުރަށް
އެދޭފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު
ފާޅުކަން ބޮޑުގޮތެއްގައި ޤާއިމްވެގެންވާކަމަށާއި، އަދި ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ
"ޞިފަތު" ނުވަތަ ޙައިޘިއްޔަތު ޤާނޫނީގޮތުން ލިބިގެންވާ ފަރާތެއްކަމުގައިވީ ނަމަވެސް، ވަގުތީ އަމުރު ނެރުމަކާއި
ނުލާ އަޞްލު މަޢުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތްކަމަށް ޝަރީޢަތަށް
*
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު ޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
7
2014/HC-A/166
ޤަބޫލުނުކުރެއްވޭތީ
ރެއްވޭތީ، ޕްރީމިއަރ އިކުއިޓީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރު
ހިނދުގައި ނެރެދެއްވޭނެ ތަނެއް ނެތްކަމުގައި ކަނޑައަޅުއްވައި ނިންމަވާފައިވާ ނިންމެވުމެއްކަން ފާހަގަކުރެވޭކަމެވެ.
(ށ) ދެވަނަ ކަމަކީ، އިސްވެ ފާހަގަކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
21/SC-A/2012 ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާ ޝަރުޠުތަކުގެ އިތުރުން، ޝަރުޢީ ކޯޓަކަށް ހުށަހަޅާފައިވާ
މައްސަލައަކާ ގުޅިގެން ވަގުތީ އަމުރެއް ނުވަތަ ވަގުތީ ފިޔަވަޅެއް އެޅުމުގެ ބާރު ކޯޓަށް ލިބިދޭ ޙާލަތްތަކުން ކުރެ
ހާލަތެއްއޮވެ، ވަގުތީ އަމުރެއް ނުވަތަ ވަގުތީ ފިޔަވަޅެއް ނާޅައިފިނަމަ، ޙުކުމް ކުރެވޭއިރު، އެޙުކުމުގެ މަޤްޞަދު
ހާޞިލް ނުވެ ހިނގައިދާނެކަމަށް، ނުވަތަ މައްސަލައިގައި ހިމެނޭ ފަރާތަކަށް ގެއްލުމެއް ލިބިދާނެކަމަށް ނުވަތަ
ދަޢުވާކުރެވޭ މުދާ ނުވަތަ ފައިސާ ރާއްޖެއިން ބޭރަށް ގެންގޮސްފާނެކަމަށް ނުވަތަ ދަޢުވާ ލިބޭ މީހާ ފިލައިގެން
ހިނގައިދާނެކަމަށް ނުވަތަ ދަޢުވާކުރެވޭ މުދާ ނުވަތަ ފައިސާ ކޯޓުގެ ބާރު ނުހިނގާފަދަ ގޮތަކަށް ނުވަތަ
އެމުދަލެއްގެ ނުވަތަ ފައިސާގެ އަގެއް ނުހުންނާނެ ގޮތަކަށް ވެދާނެކަމަށް ޤަބޫލުކުރެވޭނަމަ އެކަން ހުއްޓުވުމަށް
އަމުރު ކުރުމުގެ ބާރު ކޯޓަށް ލިބިދީފައިވާކަން ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދު" 6 ގެ 295
ވަނަ މާއްދާއަށް ބެލުމުން އެނގޭކަމާއި، މިގޮތަށް ކޯޓަށް ލިބިދޭ : ކުރުމުގައި އެމައްސަލާގެ ވަށައިގެންވާ
ކަންތައްތަކަށާއި، ޒާތަށާއި، ބާވަތަށާއި، ޙާލަތަށާއި، މައްސަލައިގައި ވަގުތީ އަމުރަށް އެދި ހުށަހަޅާފައިވާ
ހުށަހެޅުމުގެ މައްޗަށް ބައްލަވައި ވަގުތީ އަމުރެއް ނުވަތަ ވަގުތީ ފިޔަވަޅެއް އެޅުމަކީ އެމައްސަލަ ބަލާ ފަނޑިޔާރަށް
ތަޤްދީރީ (discretionary) ބާރެއްކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 132/HC
-
A/2014
ޤަޟިއްޔާއިން އެނގެން އޮންނަކަމެވެ.
9 8 74
ލިބިގެންވާ
(ނ) ތިންވަނަ ކަމަކީ، އިސްތިއުނާފުކުރެވޭ "ވަގުތީ އަމުރާމެދު ކޯޓުން ނިންމިގޮތް" ގައި،
ދަޢުވާކުރާ ފަރާތުން އެދިފައިވާގޮތަށް މި މައްސަލާގައި ޙުކުމްކުރެވުނު ނަމަވެސް، 28 ސެޕްޓެމްބަރު 2008 ގައި
ވެފައިވާ އެއްބަސްވުމުގެ ދަށުން ޓްރޭނިންގ އިންސްޓިޓިއުޓް އާއި ރިސޯޓް ތަރައްޤީކުރަންޖެހޭ މުއްދަތު ބަދަލުވެ،
އެކަމުގެ ސަބަބުން ޕްރީމިއަރ އިކުއިޓީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޓޫރިޒަމް ޤާނޫނުގެ 7 ވަނަ މާއްދާ
މުންޑުޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ: ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/366
i
ދ ސ 8
.ގަނެވެންނެތް
ދަށުން ބިމުކުލީގެ ފައިސާ ދައްކަންޖެހޭ ތާރީޚް ބަދަލުވީ ނަމަވެސް، ވަގުތީ އަމުރަށް އެދުނު ފަރާތުން ދެއްކި
ފައިސާ ޢަދުލުވެރިގޮތެއްގައި އިޢާދަކުރެވޭނެކަމަށް ޝަރީޢަތަށް ޤަބޫލުކުރެއްވޭކަމަށް ފާހަގަކުރައްވާފައި އޮތުމުން،
ވަގުތީ އަމުރާއިމެދު ގޮތެއް ކަނޑައެޅުއްވުމުގައި ސިވިލް ކޯޓުން ގެންގުޅުއްވާފައިވާ "އުޞޫލު" އަށް ބަލާއިރު، އެ
އުޞޫލަކީ، ޙައްޤުލް ޙަބުސްގެ އުޞޫލުން ނުވަތަ ފަހުން ސެޓް އޯފް ކުރެވިދާނެތީ ނުވަތަ ކުލީގެ ގޮތުގައި މިހާރު
ދައްކާ ފައިސާ ފަހުން އިޢާދަކުރެވިދާނެކަމަށް ބަޔާންކޮށް، ކުލީގެ ގޮތުގައި މިހާރު ފައިސާ ދެއްކުމަކުން
މައްސަލައެއް ނެތްކަމަށް ކަނޑައަޅުއްވައި ނިންމަވާފައިވާ ނިންމެވުމެއްކަމަށާއި، މި އުޞޫލަކީ މީގެ ކުރިން
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަޙުޘްކުރެވިފައިވާ، އަދި ބަލައިގަ ނެތް އުޞޫލެއްކަމަށް ނިންމަވާފައިވާ
އުޞޫލެއްކަމަށްވާއިރު، އަދި މިކަން ސިވިލް ކޯޓުގައި ދެކެވުނު ވާހަކަތަކުގައި ކަނޑައެޅިގެން ކިޔައިދެވިފައިވާއިރު،
ވަގުތީ އަމުރާއިމެދު ނިންމެވި ގޮތުގައި އެކަމަށް ރިޢާޔަތްކުރައްވާފައިނުވާކަމަށް ޕްރީމިއަރ އިކުއިޓީ ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ފާހަގަކޮށްފައިވާކަމާއި،
އެގޮތުން ޕްރީމިއަރ އިކުއިޓީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކޮށްފައިވާ ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 188/HC-A/2012 ޤަޟިއްޔާ އާއި 235/HC-A/2013 ޤަޟިއްޔާއަށް ބަލާއިރު، އެ
ޤަޟިއްޔާތަކުގައި ސެޓް އޯފް ކުރުމާބެހޭ ވަކި އުޞޫލުތަކެއް ކަނޑައަޅާފައިނުވާކަން އެނގެން އޮންނައިރު، އެ
ޤަޟިއްޔާތަކުގައިވާ މައްސަލަތައް ނިންމާފައިވަނީ އެ މައްސަލަތަކުގައިވާ ވަށައިގެންވާ ކަންތައްތަކަށް ރިޢާޔަތް
ކުރުމަށްފަހު ކަމާއި، އެ މައްސަލަތަކުގެ ވަޤާއިޢުތަކާއި، ހުށަހެޅިފައިމިވާ މައްސަލާގެ ވަޤާއިއުތައް މުޅިން
ތަފާތުކަން ފާހަގަކުރެވޭކަމާއި، އެގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 188/HC-A/2012 ޤަޟިއްޔާއަކީ
ބޭންކުގައި ރަހުނުކޮށްފައި އޮތް އުޅަނދެއްގެ ނީލަން ކިޔާފައިވަނީ ނީލަން ކިއުމުގެ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ
ހުށަހެޅި މައްސަލައެއްގައި، ޝަރީޢަތުން ގޮތެއް ކަނޑައަޅަންދެން އެ ނީލަމުގެ ކަންކަން ކުރިއަށް ނުގެންގޮސް
ފަސްޖެއްސުމަށް ބޭންކުގެ މައްޗަށް ސިވިލް ކޯޓުން ކުރައްވާފައިވާ އަމުރެއް ކަމާއި، އެ މައްސަލާގެ މައުޟޫޢުއާ
މެދު ޝަރީޢަތުން ގޮތެއް ކަނޑައެޅުއްވުމު
.ޑައެޅުއްވުމުގައި އެ އުޅަނދު އަލުން ނީލަމަށް ލުމުގެ އިޙްތިމާލު އޮތްއިރު،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 235/HC
-
A/2013 ޤަޟިއްޔާގައި ހިމެނޭ ވަގުތީ އަމުރަކީ، ޓޫރިގެ
، ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ: ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/166
ފުރުން އެންގުމުން،
ރިޒޯޓެއްގެ ސަބްލީސް އެގްރިމެން
މެންޓްގެ މުއްދަތުގެ ތެރޭގައި އެ އެގްރިމެންޓް ބާޠިލުކޮށްފައިވާކަމަށް ހެޑްލީސް އޮތް
އެފަދައިން ހެޑްލީސް އޮތް ފަރާތަށް
ތަށް ނޭންގޭނެކަމަށް ބުނެ ސަބްލީސް އޮތް ފަރާތުން ކޯޓަށް
ހުށަހެޅި މައްސަލައެއްގައި، އެގްރިމެންޓް ބާޠިލުކުރީކަމަށް ހެޑްލީސް އޮތް ފަރާތުން ފޮނުވި ސިޓީ ފޮނުވުމުގެ
ކުރިން، ސަބްލީސް އޮތް ފަރާތުން އެރަށުގައި ހިންގަމުންދިޔަ ކަންކަން ހިންގުމަށް މަގުފަހިކޮށް، ޝަރީޢަތުން
ގޮތެއް ކަނޑައަޅުއްވަންދެން އެ ޙާލަތު އެގޮތުގައި ދެމެހެއްޓުމުގެ މަޤްޞަދުގައި ސިވިލް ކޯޓުން ނެރުއްވާފައިވާ
ވަގުތީ އަމުރެއްކަމާއި،
ހުށަހެޅިފައިމިވާ މައްސަލާގައި ކޮށްފައިވާ މައިގަނޑު ދަޢުވާއަކީ، ޕްރީމިއަރ އިކުއިޓީ ޕްރައިވެޓް
ލިމިޓެޑް އާއި ދިވެހި ސަރުކާރާ ދެމެދު 28 ސެޕްޓެމްބަރު 2008 ގައި ސޮއިކޮށްފައިވާ ލ.ބޮޑު ފިނޮޅު އަދި
ލ.ގަސްގަނޑު ފިނޮޅު އަދި ލ. ގަމު ދެބިމެއްގެ ޓްރޭނިންގ ރިސޯޓެއް ހިންގުމަށް ކުއްޔަށްދިނުމަށް ވެފައިވާ
އެއްބަސްވުމާއި ދިވެހި ސަރުކާރުން ޚިލާފުވެފައިވާތީ ލިބިފައިވާ ގެއްލުމުގެ ބަދަލު ދިވެހި ސަރުކާރުން ހޯދުމަށާއި
އެއްބަސްވުމުގެ އަސާސީ އެއް މަޤްޞަދު ޙާޞިލުކުރުމަށް އެއްބަސްވުން ވެވުނުއިރު އޮތް ޙާލަތު ބަދަލުވެފައިވާތީ،
އެ ޙާލަތަށް ރުޖޫޢަވުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް ސަރުކާރުގެ މައްޗަށް އަމުރުކޮށްދެއްވުމަށާއި
މިކަންކަމާއި ގުޅިގެން އެއްބަސްވުމަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އެއްބަސްވުން އިޞްލާޙުކުރުމަށް
ޙުކުމްކޮށްދެއްވުން އެދި ހުށަހެޅި މައްސަލައެއްކަމުގައިވާއިރު، މި މައްސަލާގައި ދެފަރާތް ދެމެދު ވެފައިވާ
އިސްވެބުނެވުނު އެއްބަސްވުމަކީ މިހާރުވެސް ކުރިއަށްދާ އެއްބަސްވުމަކަށްވެފައި، ޕްރީމިއަރ އިކުއިޓީ ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުންވެސް ބޭނުންވަނީ ދެފަރާތު ދެމެދުގައިވާ އެއްބަސްވުން ދެމެހެއްޓުން ކަމުގައިވާއިރު، އަދި
ޕްރީމިއަރ އިކުއިޓީ ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ ދަޢުވާގައި ބައެއް ބިންތައް ޙަވާލުނުކުރެވޭކަ
ރެވޭކަމަށް ބުނާ
ދައުލަތުން އިންކާރުކުރާކަމަށް ދައުލަތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
ބުނެފައިވާއިރު، ދެފަރާތު ދެމެދު އޮތް އެއްބަސްވުމުގެ ދަށުން ޢަމަލުކުރާނަމަ، އަދި އެ ޙާލަތު ދަމަހައްޓާނަމަ،
ދެފަރާތުން އެއްބަސްވެފައިވާގޮތަށް ޕްރީމިއަރ އިކުއިޓީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައުލަތަށް ކުލި
ދައްކަންޖެހޭކަމާއި،
0/
ބކޮށް
ދިވެހިރާއްޖޭގެ
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު ޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
10
2014/HC-A/366
ހ 0
32
2
31 0އ
ށ2
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 21/SC
-
A/2012 ޤަޟިއްޔާގައި ވަގުތީ އަމުރާ
ގުޅޭ ގޮތުން ކަނޑައަޅުއްވާފައިވާ ޝަރުޠުތަކުގެ ތެރެއިން، ވަގުތީ އަމުރު ނެރުމަކާނުލައި އަސްލު މައުޟޫޢީ ދަޢުވާ
ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް މި މައްސަލާގައި އޮތްތޯ ބަލާއިރު،
ވަގުތީ އަމުރަށް އެދޭ ފޯމުގައި ވަގުތީ އަމުރު ނުނެރެފިނަމަ އަމުރަށް އެދޭ ފަރާތަށް ލިބޭނެ
ގެއްލުންކަމަށް ބުނެފައިވަނީ، 28 ސެޕްޓެމްބަރު 2008 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ޓްރޭނިންގް
އިންސްޓިޓިއުޓް އާއި ރިސޯޓް ތަރައްޤީކުރަންޖެހޭ މުއްދަތު ބަދަލުވުމުގެ އިޙްތިމާލު އޮތުމުން، ޓޫރިޒަމް ޤާނޫނުގެ 7
ވަނަ މާއްދާގެ ދަށުން ބިމުކުލީގެ ފައިސާ އެންމެ ފުރަތަމަ އެއްބަސްވުމުގައި ސޮއިކުރިއިރު އެއްބަސްވެފައި އޮތް
އުޞޫލުން ދައްކަންޖެހޭގޮތަށް އޮތުމަކީ ޤާނޫނީ ގޮތުންނާއި ކޮންޓްރެކްޓް އުޞޫލަށް ބަލާއިރު ހަމަޖެހޭ
ހަންކަމުންނާއި، ކުލި ދައްކަންޖެހޭ ތާރީޚެއް ކަނޑައެޅުމުގެ ކުރިން އެ ފައިސާ ދައްކަންޖެހޭގޮތަށް އޮވެ އެ
ފައިސާ ނުދެއްކިއްޖެ ހިނދެއްގައި ދަޢުވާކުރާ ފަރާތް ޖޫރިމަނާވެ، ޕްރޮޖެކްޓަށް އިންވެސްޓްކުރަން ހުރި ފައިސާ
އުނިވެގެން ގޮސް، މިކަމުގެ ސަބަބުން ޕްރޮޖެކްޓް ނިންމުމަށް ދަތިތަކެއް ކުރިމަތިވެ، ތަދާރުކުނުކުރެވޭފަދަ
ގެއްލުމަކާއި ކުރިމަތިލާންޖެހުންކަމާއި،
އެހެންނަމަވެސް، ޕްރީމިއަރ އިކުއިޓީ ޕްރައިވެޓް ލިމިޓެޑާއި ދިވެހި ސަރުކާރާ ދެމެދު 28
ސެޕްޓެމްބަރު 2008 ގައި ސޮއިކޮށްފައިވާ ލ. ބޮޑު ފިނޮޅު އަދި ލ. ގަސްގަނޑު ފިނޮޅު އަދި ލ. ގަމުގެ ދެ
ބިމެއް ޓްރޭނިންގް ރިސޯޓަކާއި ޓޫރިސްޓް ރިސޯޓެއް ތަރައްޤީކޮށް ހިންގުމަށް ކުއްޔަށްދިނުމަށްވެފައިވާ
އެއްބަސްވުމުގެ ދަށުން ޕްރީމިއަރ އިކުއިޓީ ޕްރައިވެޓް ލިމިޓެޑުން ދިވެހި ސަރުކާރަށް ކުލި ދައްކަންޖެހޭކަމަށާއި،
ދިވެހި ސަރުކާރާއި ޕްރީމިއަރ އިކުއިޓީ ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ އިސްވެބުނެވުނު އެއްބަސްވުމަށް
އިޞްލާޙުތަކެއް ގެނެވިފައިވާކަމަށާއި، އަދި އެ އިޞްލާޙުތަކުގެ ތެރެއިން 4 ވަނަ އިޞްލާޙުގައި ޕްރީމިއަރ
އިކުއިޓީ ޕްރައިވެޓް ލިމިޓެޑަށް އިސްވެބުނެވުނު އެގްރިމެންޓްގައިވާ ރަށްތަކާއި ބިންތައް ޙަވާލުކޮށްފައިވާކަމަށް
ދައުލަތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކޮށްފައިވާކަމާއި، އަދި ޕްރީމިއަރ އިކުއިޓީ ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ބިން އެފަރާތާއި ޙަވާލުކޮށްފައިނުވާކަމަށް ބުނެފައިވީނަމަވެސް، މި އިޞްލާޙު ހިމެނޭގޮތުންގެއްގެ ފައި
Xec
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
11
2014/HC-A/366
އެގްރިމެންޓްގައި ޕްރިމިއަރ އިކުއިޓީ ޕްރައިވެޓް ލިމިޓެޑުން ސޮއިކޮށްފައިވާނެކަމަށް ޕްރީމިއަރ އިކުއިޓީ ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަމާއި،
ދައުލަތުން އެއްބަސްވުމާއި ޚިލާފުވެފައިވާކަން ނުވަތަ ޕްރީމިއަރ އިކުއިޓީ ޕްރައިވެޓް ލިމިޓެޑާއި
އެއްބަސްވުމުގައިވާ ތަންތަން ޙަވާލުކޮށްފައިވާކަން ނުވަތަ ނޫންކަން މައުޟޫޢީގޮތުން ކަނޑައެޅިގެންދާނީ ސިވިލް
ކޯޓުގެ ނަންބަރު 2013/Cv-C/2181 ޤަޟިއްޔާއިންކަމާއި، އަދި އެ ޤަޟިއްޔާ ނިމޭގޮތަކުން އެއްބަސްވުމުގެ
ދަށުން ރިސޯޓް އަދި ޓްރޭނިންގ އިންސްޓިޓިއުޓް ތަރައްޤީކުރަންޖެހޭ މުއްދަތު ބަދަލުވެ، ޕްރީމިއަރ އިކުއިޓީ
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޓޫރިޒަމް ޤާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ބިޑު ކުލި ދައްކަންޖެހޭ ތާރީޚް
ކަނޑައެޅިގެންގޮސްފިނަމަ، މިހާރު އެއްބަސްވުމުގައިވާ ގޮތަށް ދައްކާފައިވާ ކުލީގެ ބަދަލު ޢަދުލުވެރި ގޮތަކަށް އިޢާދަ
ކުރެވިދާނެކަން ނުވަތަ ސެޓް އޯފް ކުރެވިދާނެކަން އެނގޭކަމާއި،
އެހެންކަމުން، ޕްރީމިއަރ އިކުއިޓީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ނެރުމަށް އެދިފައިވާ އަމުރު
ނުނެރެވިއްޖެނަމަ، ޕްރީމިއަރ އިކުއިޓީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކުރިމަތިލާންޖެހިދާނެ ތަދާރުކު ނުކުރެވޭފަދަ
އަދި އިޢާދަ ނުކުރެވޭފަދަ ނުރައްކަލަކާއި ނުވަތަ ގެއްލުމެއް ޕްރީމިއަރ އިކުއިޓީ ޕްރައިވެޓް ލިމިޓެޑަށް
ބުނެދެވިފައިނުވާކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނުކަމެވެ.
2$=
(ހ) ހަތަރުވަނަ ކަމަކީ، ޝަރުޢީ ކޯޓަކަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން ކޯޓަކުން ނެރޭ،
އިސްތިއުނާފަށް ހުށަހެޅިފައިމިވާފަދަ ނިންމުންތަކަކީ އެނިންމުމެއް ނިންމި މައްސަލައެއް ހިނގަމުންދާ މުއްދަތުގެ
ތެރޭގައި، އެފަދަ ނިންމުމެއްގެ ސަބަބުން ގެއްލުމެއް ލިބެމުންދާކަމަށް ނުވަތަ އަމުރަށް އެދުނު އިރު ހުރި ޙާލަތު
ނޫން އެހެން ޙާލަތެއް މިހާރު މެދުވެރިވެފައިވާކަމަށް ޤަބޫލުކުރެވޭނަމަ އެކަމާއިމެދު އަލުން ވިސްނަވާ
ނިންމަވައި ދެއްވުންއެދި، މައްސަލަ ބަލާ ކޯޓަކަށް ހުށަހެޅިދާނެ ފަދަ ނިންމުމެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 132/HC-A/2014 ޤަޟިއްޔާގައި ފާހަގަކޮށްފައިވާކަމާއި، އެހެންކަމުން ޕްރީމިއަރ އިކުއިޓީ ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން އެދިފައިވާ ފަދަ ވަގުތީ އަމުރެއްނެރެދެވެން ނެތްކަމަށް އެކޯޓުން ނިންމެވި ފަހުން، އަމު ޑީޑީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ: ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/366
އެދުނު އިރު ހުރި ޙާލަތު ނޫން އެހެން ޙާލަތެއް މިހާރު މެދުވެރިވެފައިވާކަމަށް ޕްރީމިއަރ އިކުއިޓީ ޕްރައިވެޓް
ލިމިޓެޑަށް ޤަބޫލުކުރެވޭނަމަ އެ ނިންމެވުން އަލުން މުރާޖަޢާ ކޮށްދެއްވުމަށް ސިވިލް ކޯޓުގައި އެދުމުގެ ފުރުސަތު
ޕްރީމިއަރ އިކުއިޓީ ޕްރައިވެޓް ލިމިޓެޑަށް ގެއްލިގެންނުދާކަން ފާހަގަކުރެވެން އޮންނަކަމެވެ.
8/a &
ނަންބަރު
ވީމާ، ބަޔާންވެދިޔަ ކަންކަން
ހުރުމާއެކު، ސިވިލް ކޯޓުގެ
2014
/
04/B
-
CR
-
9
/
VN "ވަގުތީ އަމުރާމެދު ކޯޓުން ނިންމިގޮތް" އަށް ބަދަލު ގެންނަންޖެހޭ
ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނެވެ.
ވީނަންޖެހޭ ތަނެއް ނެތްކަމަށް
• ޙުކުމް:
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު
2014
/
04/B
-
CR
-
9
/
VN "ވަގުތީ އަމުރާމެދު ކޯޓުން ނިންމިގޮތް އިސްތިއުނާފު ކުރުމަށްޓަކައި ޕްރީމިއަރ
އިކުއިޓީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ ބިނާކޮށް، އެ ނިންމެވުން
ނިންމަވާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލަކާ ޚިލާފަށްކަމަށް ބަލާނެ ތަނެއް ނެތްކަމަށް މައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
މިއަށް
ޚި
ދިވެހިރާއްa
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv